-

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު

(6 މެއި 2009)
  

1 ވަނަ މާއްދާ - ތައާރަފް

މިއީ ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރު ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ އެއްކަމުގައި ދުެއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދެވެ.  

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ އެއްމަގު ދަތުރުފަތުރުގެ ވުޒާރާއިންނާއި، އެއްގަމު ދަތުރުފަތުރުގެ ވުޒާރާއިން އިހްތިޔާރުދީފައިވާ ފަރާތްތަކުންނެވެ. 

 

4 ވަނަ މާއްދާ - ރަޖިސްޓްރީ ކުރުން

(ހ) އިންޖީނުލީ ކޮންމެ އުޅަނދެއް ރަޖިސްޓްރީ ކުރަން ހުށަހަޅާނީ އެނެކްސް 01 ގައިވާ "އެއްކަމު އުޅަނދުގެ ހިދުމަތަށް އެދޭ ފޯމް" ގައި ބުނެފައިވާ ފޯމް، އެއްގަމު އުޅަނދުގެ ރަޖިސްޓްރާރަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. 

(ށ) އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހަޅާއިރު، އެދޭ ހިދްމަތަކާއި ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތަކުގެ އަސްލު ހުށަހަޅަން ވާނެއެވެ.  

(ނ) ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

  1. އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރިކަން އެނގޭނެ ލިޔުމެއް؛
  2. އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ އުޅަދެއްނަމަ ޑިއުޓީ ދެއްކިކަމުގެ ލިޔުން؛
  3. ހިދުމަތަށް އެދޭ ފަރާތުގެ އައިޑެންޓިފިކޭށަން؛
  4. މީގެ އިތުރުންވެސް އެވަގުތަކުގެ ހުށަހަޅަންޖެހޭ ކަމުގައި އެއްގަމު ދަތުރުފަތުރާ ބެހޭ ޒުރާރާއިން ކަނޑައަޅާ ލިޔުންތައް.

(ރ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެެތްކަމުގެ ލިޔުމާއި، ގަރާތުގެ ވެރިފަރާޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ. މި މާއްދާގައި ވާ އުޅަނދުތަކުގެ މާނައިގާ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކުރެވިފައިވާ 2-4 ފުރޮޅުލީ ސައިކަލު ނުހިމެނެއެވެ. 

(ބ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރި ކޮށްދެވޭނީ އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ވަކި އުމުރަކަށް ފެތޭ އެއްގަމު އުޅަނދުތަކެވެ. ރަޖިސްޓްރިކޮށް ނުދެވޭނެ އިންޖީނުލީ އުޅަނދުތައް ތިރީގައި އެވަނީއެވެ.

  1. ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕެސިޓީ 150 ކޮޑި ސެންޓިމީޓަރުން ފެށިގެން ދަށުގެ މޮޓޯ ސައިކަލު؛
  2. އުފެއްދި ތާރީހުން ފެށިގެން 3 އަހަރަށްވުރެން އިތުރުވެފައިވާ މޮޓޯސައިލާއި އޮޓޯ ސައިކަލު؛
  3. އުފެއްދި ތާރީހުން ފެށިގެން 5 އަހަރަށްވުރެން އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވަރ ފަދަ ދަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން 1 ޓަނު ހަމަނުވާޕިކަޕު؛
  4. އުފެއްދި ތާރީހުން ފެށިގެން 7 އަހަރަށްވުރެން އިތުރުވެފައިވާ އުފުލޭ ބަރުދަން 1 ޓަނުން ފެށިގެން 4 ޓަނު ހަމަނުވާ ޕިކަޕާއި ލޮރީ؛
  5. އުފެއްދި ތާރީހުން ފެށިގެން 10 އަހަރަށްވުރެން އިތުރުވެފައިވާ އުފުލޭ ބަރުދަން 4 ޓަނުން ފެށިގެން 10 ޓަނު ހަމަނުވާ އުޅަނދު؛
  6. އުފެއްދި އަހަރުން ފެށިގެން 15 އަހަރު ނުވަތަ އެއަށްވުރެ ގިނަދުވަސްވެފައިވާ އުފުލުޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އުޅަނދު

 (ޅ) ޑިޕްލޮމެޓިކް އިމިއުނިޓީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ނުދައްކާ، ރާޢްޖެ އެތެރެކޮށްފައިވާ އުޅަނދެއް، ޑިޕްލޮމޭޓަކަށް ނޫން އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދަށް، ދިވެހި ސަރުކާރަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމުންނެވެ. 

 

5 ވަނަ މާއްދާ -ވަގުތީ ގޮތުން ރަޖިސްޓްރީ ކުރުން

 ވަތުގީ ތޮގުން އުޅަނދު ރަޖިސްޓްރީ ކުަރަން ހުށަހަޅާނީ އެނެކްސް 01 ގައިވާ "އެއްގަމު އުޅަނދުގެ ހިދުމަތަށް އެދޭ ފޯމް" އެވެ. އަދި އެފޯމު ހުށާހަޅާއިރު، އެދޭ ހިދުމަތަކާއި ގުޅޭ ގޮތުންް ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ. މިގޮތުުން ރަޖިސްޓްރީ ކުރުަމސް ހުށަހަޅާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. 

(ހ) ރާއްޖެ އެތެރެކުރި ކަމުގެ ލިޔުން؛

(ށ) މަށްރޫއާ ބެހޭ ލިޔެކިޔުންތައް؛

(ނ) އުޅަނދު ބޭނުންކުރާނެ ސަރަހައްދު ނުވަތަ ސައިޓްގެ ނަން؛

(ރ) މީގެ އިތުރުންވެސް އެވަގުތަކުގެ ހުށަހަޅަންޖެހޭ ކަމުގައި އެއްގަމު ދަތުރުފަރުތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާ ލިޔުން

 

6 ވަނަ މާއްދާ - އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ނުކޮށް ބޭނުން ކުރުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ ރަޖިސްޓްރީނުކޮށް އިންޖީނުލީ އުޅަނދު އެއްތަނުން އަނެއް ތަނަށް ދެއްވާފައި ގެންދިއުމާއި ބަންޑާރަ މަގުތަކުގައި ޕާކުކުރުމަކީ މަނާކަމެކެވެ. 

(ށ)  އިންޖީނުލީ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ނުކޮށް މަތުމަތީގައި ދުއްވޭނީ، އެއްގަމު ދަތުރުފަތުރުގެ ވުޒާރާއިންނާއި މި ގަވާއިދުގެ ދަށުން އިހްތިޔާރު ދީފައިވާ ފަރާތަކުން ހުއްދަ ހޯދުމަށްފަހު އެނެކްސް 02 ގައި ބަޔާންވެގެންވާ ގޮތަށް "ސުން" ބޯޑު އެއުޅަނުދުގެ ކުރީގައިއާއި ފަހަތުގައި ހަރުކޮށްގެން ހަމައެކަނި އެއްތަނުން އަނެއްތަނަށް ގެންދިއުމަށެވެ. 

(ނ) "ސުން" ބޯޑު ޖަހައިގެން އުޅަނދު  އެއްތަނުން އަނެއްތަނަށް ގެންދާއިރު، އުޅަނދުގައި މުދާ އުފުލުމާއި މީހުން އުފުލުމުކީ މަނާކަމެކެވެ. އަދި އުޅަނދު އެއްތަނުން އަނެއް ތަނަށް ގެންދާއިރު، އެއްގަމު ދަތުރުފަތުރުގެ ވުޒާރާއިންނާއި މި ގަވާއިދުގެ ދަށުން އިހްތިޔާރު ދީފައިވާ ފަރާތަކުން ދީފައިވާ ހުއްދަ އުޅަނދުގައި އޮންނަންވާނެއެވެ.  

 

(ނޯޓް: މި ގަވާއިދުގެ 7ވަނަ މާއްދާ ހިމެނިފައި ނުވޭ) 

 

8 ވަނަ މާއްދާ - ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖެހުން

(ހ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު މަތުމަތީގައި ދުއްވޭނީ ރަޖިސްޓްރީ ކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް، އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް އެނެކްސް 03 ގައި ފާހަނގަކޮށްފައިވާ ގޮތަށް ނަންބަރު ބޯޑު ހަރުކުރުމަށް ފަހުގައެވެ.

(ށ) ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. ނަންބަރު ބޯޑުގެ އަކުތަކުގެ ސައިޒު ހުންނަންވާނީ އެނެކްސް 03 ގައި ފާހަގަކޮށްފައިވާ ގޮތަށެވެ. އަދި މިއާއި ހިލާފަށް ނަންބަރު ބޯޑުގެ އަކުރުތައް ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ. 

(ނ) މިމާއްދާއާއި ހިލާފަށް ނަންބަރު ބޯޑު ތައްޔާރުކޮށްގެން އިންޖީނުލީ އުޅަނދުތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައިހުންނަ އިސްކުރު 1 (އެކެއް) ސެންޓިމީޓަރަށް ވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނުކުމެފައި ހުރުމަކީ މަނާކަމެކެވެ. 

(ރ) ނަންބަރު ބޯޑު ގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް 1 (އެކެއް) މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ. 

(ބ) އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުަމަކީ މަނާކަމެކެވެ. 

(ޅ) މިމާއްދާގެ (ށ) އަށް އަމަލުކުރަން ފަށާނީ މި ގަވާއިދު އިއުލާންކޮށް ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ފަހުންނެވެ. 

 

9 ވަނަ މާއްދާ - ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ހަރުކުރަން ޖެހޭ ނަމްބަރު ބޯޑާއި އަކުރުތަކުގެ ކުލަތައް

(ހ) ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުގެ ނަންބަރު ބޯޑު ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. 

(ށ) ކޮންސިއުލަރ މިށަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ. 

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ނުހިމެނޭ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ކަޅުކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.  

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) އާއި ހިލާފަށް އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހަރުކޮށްގެން ބޭނުންކުރުމާއި، ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ. 

 

10 ވަނަ މާއްދާ - އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ބަހާލެވޭ ބައިތައް

 އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބަހާލެވިފައިވަނީ ތިރީގައިވާ ބައިތަކަށެވެ.

(ހ) G ރަމްޒުކުރަނީ ސަރުކާރުގެ އުޅަނދު؛

(ށ) D ރަމްޒުކުރަނީ ޑިޕްލޮމެޓިކް / ކޮންސިުލަރ މިށަންތަކުގެ އުޅަނދު؛

(ނ) T ރަމްޒުކުރަނީ ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުފަހަރު؛

(ރ) P ރަމްޒުކުރަނީ އަމިއްލަ ފަރަތްތަކުގެ ނަންމަތީގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދު؛

(ބ) C ރަމްޒުކުރަނީ ކުންފުނިތަކުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދުފަހަރު؛

S ރަމްޒުކުރަނީ ސިކިއުރިޓީ ހިދުމަތްދޭ ފަރާތްތަކަށާއި ސަލާމަތީ ބާރުގެ އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު މުޒާރާގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު.

 

11 ވަނަ މާއްދާ - އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ސަރަހައްދުތައް

(ހ) އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ ޒޯން "B" ،"A" އަދި "C" ގައެވެ.

(ށ) ޒޯނު "A" ގައި ހިމެނެނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެއެވެ. 

(ނ) ޒޯން "B" ގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުަގައި ހިމެނޭ ރަށްތަކެވެ. 

ޒޯނު "C" ގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ. އއ. އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ހިމެނޭ ރަށްތަކެވެ.  

 

12 ވަނަ މާއްދާ - އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ގިންތިތައް

(ހ) އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ގިންތިތަކަށް ބަހާލައިގެންނެވެ. 

  1. A0 ގިންތީގައި ހިމެނެނީ އިންޖީނު ކެޕެސިޓީގައި 50 ކޮޑި ސެންޓިމީޓަރ ފެށިގެން މަތީގެ މޮޓޯ ސައިކުލު، އިންޖީނުލީ ބައިސްކަލު، ސްކޫޓަރ ފަދަ އުޅަނދު.
  2. A1 ގިންތީގައި ހިމެނެނީ އިންޖީނު ކެޕެސިޓީގައި 50 ކޮޑި ސެންޓިމީޓަރ ފެށިގެން ދަށުގެ މޮޓޯ ސައިކުލު، އިންޖީނުލީ ބައިސްކަލު، ސްކޫޓަރ ފަދަ އުޅަނދު.
  3. B0 މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ 20 މީހުންނަށްވުރެ އިތުރުވާ އިންޖީނުލީ އެއްގަމު އުޅަނދު.
  4. B1 މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ 09 މީހުންނަށްވުރެ އިތުރުނުވާއިންޖީނުލީ އެއްގަމު އުޅަނދު.
  5. B2 މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ 10 ން 20 މީހުންނަށްވުރެ އިތުރނުވާ އިންޖީނުލީ އެއްގަމު އުޅަނދު.
  6. C0 މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަން) އަށްވުރެ މަތީ އިންޖީނުލީ އެއްގަމު އުޅަނދު.
  7. C1 މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 2000 ކިލޯ (2 ޓަން) ފެށިގެން ދަށް އިންޖީނުލީ އެއްގަމު އުޅަނދު.
  8. C2 މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 2000 ކިލޯ (2 ޓަން) އަށްވުރެ 4000 ކިލޯ (4 ޓަން) ހަމަވާ އިންޖީނުލީ އުޅަނދު.
  9. D0 އާޓިކިއުލޭޓް އުޅަނދު ފަހަރު ނުވަތަ 3 އެކްސެލަށްވުރެ ގިނައިނ އެކްސެލު ހުންނަ އިންޖީނުލީ އެއްގަމު އުޅަނދު؛
  10. V1 ވެހިކިއުލަރ އިކުއިޕްމަންޓް. 

(ށ) އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތެޔޮ އަންދައިގެން ނޫން ގޮތަކަށް ދުއްވާ އެއްޗެހި މި މާއްދާއިން ރަޖިސްޓްރީ ކުރެވޭ ގިންތި ކަނޑައަޅާނީ، އެބޭނުންކުރާ، ޖާގައިގެ ގޮތުން އެއްވަރު، ތެޔޮ އަޅައިގެން ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭ ގިންތިއަކަށެވެ. 

 

13 ވަނަ މާއްދާ - އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯންފިޔަވައި އެހެން ޒޯނެއްގައި ދުއްވުން

އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވޭނީ އެއްގަމު ދަތުރުފަތުރާބެހޭ ވުޒާރާއިން ނުވަތަ އެވުޒާރާއިން އިހްތިޔާރު ދީފައިވާ ފަރާތަކުން ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ.  

 

14 ވަނަ މާއްދާ - ވެރިފަރާތް ބަދަލުކުރުން

(ހ) އްއަގުމު އުޅނެދްއެގެ ވރިަފަރާތް ބަދުލުކޮށްދެވނީ ވެރިފަރާތް ބަދަލުކުރާ ދުވަހާ ހަމައަށް، އެ އުޅަނދަކާ ގުޅިގެން ސަރުކާރަށާއި އެހްނ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ، އެ ފައިސާއެއް ދެއްކުމުންނެވެ. 

(ށ) ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގެ، އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކަން ބޭނުންވެއްޖެ ނަމަ، އެކަން ކުރާނީ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރްށް ނުވަތަ ތަޖިސްޓްރާރ ކަނޑައަޅާ ފަރާތކަށް ހުށަހަޅައިގެންނެވެ. މިގޮތުން ހުށަހަޅާއިރު، ފޯމް ހުށަހަޅާނީ އެނެކްސް 01 ގައިވާ "އެއްގަމު އުޅަނދުގެ ހިދުމްތައްއެދޭ ފޯމް" އިންނެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދި ފޯމު ހުށަހަޅާއިރ، އެދޭ ހިދުމަތަކާއި ގުޅޭ ގޮތުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކުގެ އަސްލާއި އަދި އެނެކްސް 04 (A1) ގައިވާ ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ. 

(ނ) ދެފުރޮޅާށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ވެރިފަރާތް ބަދަލުކުރާނަމަ، މިގަވާއިދުގެ 04 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. 

 

15 ވަނަ މާއްދާ - ރަޖިސްޓްރީ ބާތިލުކުރުން

(ހ) އެއްވެސް ސަބަބަކާހުރެ އުޅަނދެއް ނައްތާލަން ބޭނުންވެއްޖެ ހާލަތެއްގައި، އެ އުޅަނދެއް ނަންތާލުމުގެ ކުރިން އެއުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރުމަށް އެދި ރަޖިސްޓްރީގެ އަސްލާއި އެނެކްސް 04 (A1) ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ. 

(ށ) ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގެ މިލްކުވެރިކަން ބަދަލުުކުރެވޭނީ ނުވަތަ ރަޖިސްޓްރީ ބާރިލުކުރެވޭނީ އެނެކްސް 01 ގައިވާ "އެއްގަމު އުޅަނދުގެ ހިދްމަތަށް އެދޭ ފޯމް" ގައިވާ ފޯމާއެކު އެކުންފުނީގެ ހިންގާގަވާއިދިގައިވާ ގޮތުގެ މަތިން ފާސްކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ރިސޮލއިށަނެއް ހުށަހެޅުމުންނެވެ. ޖަމާއަތެއްނަމަ އެޖަމާއަތުގެ މަސްއޫލުވެރިން ނުވަތަ ހިންގާ ކޮމިޓީން އެކަން ފާސްކޮށްފައިވާކަން ބަޔާންކުރާ ލިޔުމެއް ހުށަހެޅުމުންނެވެ. 

(ނ) އުޅަނދުގެ ވެރިފަރާތް މަރުވެއްޖެ ހާލަތެއްގައި އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނީ ނުވަތަ ބަދަލުކުރެވޭނީ ށަރީއަތުން އެ އެއްޗަކާއިމެދު ނިންމާފަިއވާ ގޮތެއްގެ މަތިން އެނެކްސް 01 ގައި "އެއްގަމު އުޅަނދުގެ ހިދްމަތަށް އެދޭ ފޯމް" އާއިއެކު ށަރުއީ ރިޕޯޓް، އެއްގަމު އުޅަނދުގެ ރަޖިސްޓްރާރަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުންނެވެ. 

29 އެޕްރީލް 2009 

 

އެނެކްސް 01 "އެއްގަމު އުޅަނދުގެ ހިދުމަތަށް އެދޭ ފޯމް"

 

 

 

އެނެކްސް 02 "ސުން" ބޯޑު

 

 

 

 

އެނެކްސް 03 "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް"

 

އެނެކްސް 04 "ރަޖިސްޓަރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމަށް މައްސަލަ ސާފުކުރާ މޯފު"

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (6 މެއި2009) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-00)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު