-

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-91)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 މާރިޗު 2023 ގައި)

 

6 މެއި 2009 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިރުކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތަށް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ކުރުން 4.

(ނ) ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

  1. ފުރިހަމަކޮށްފައިވާ 1-LR ފޯމު؛
  2. A0, A1 ގިންތީގެ އުޅަނދު ފިޔަވައި އެހެނިހެން އުޅަނދު ރަޖިސްޓަރީ ކުރުމަށް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، މުޅިން އައު އުޅަނދެއްނަމަ މެނިފެކްޗަރ ސެޓުފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީ އާއި، ބޭނުންކޮށްފައިވާ ނުވަތަ ޑީ ރެޖިސްޓަރޑް އުޅަނދެއްނަމަ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް އުޅަނދުގެ ޑީ ރެޖިސްޓްރޭށަން ސެޓުފިކެޓާއި،އެކްސްޕޯޓް ސެޓުފިކެޓު؛
    2.1 އުޅަނދު އުފެއްދި ކުންފުނި
    2.2 މޮޑެލް
    2.3 އިންޖީނު ނަންބަރު
    2.4 ޗެސިސް ނަންބަރު
    2.5 އުޅަނދު އުފެއްދި އަހަރު
  3. ރޯޑްވާދިނަސް ރިޕޯޓު؛
  4. A0, A1 ގިންތީގެ އުޅަނދު ފިޔަވައި އެހެނިހެން އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނަމަ، އެ ވެހިކަލެއް ގަރާޖުކުރުމަށް ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (އ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަގުތީ ގޮތުން ރަޖިސްޓަރީ ކުރުން 5.

ވަގުތީގޮތުން އުޅަނދު ރަޖިސްޓަރީކުރަން ހުށަހަޅާނީ، ފުރިހަމަކޮށްފައިވާ 1-LR ފޯމުންނެވެ. އެ ފޯމު ހުށަހަޅާއިރު، އެދޭ ހިދުމަތަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަށްރޫއާބެހޭ ލިޔެކިޔުންތައް.

(ށ) އުޅަނދު ބޭނުންކުރާނެ ސަރަހައްދު ނުވަތަ ސައިޓުގެ ނަން.

(ނ) އެ ވަގުތަކު ހުށަހަޅަންޖެހޭ ކަމުގައި އެއްގަމު ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާ ލިޔުންތައް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.

އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރެވޭ ގިންތިތައް 12.

11 ".B3 "ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 3 (ތިނެއް) މީހުންނަށް ވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ، 3 (ތިނެއް) ފުރޮޅުލީ އުޅަނދު.

12 ".B4 "ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 4 (ހަތަރެއް) މީހުންނަށް ވުރެ އިތުރުވާ، ފަސިންޖަރުން އުފުލާ، 3 (ތިނެއް) ފުރޮޅުލީ އުޅަނދު 

13 ".C3 "ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނަށް ވުރެ ދަށުގެ ޓްރައިސައިކަލް.

14 ".C4 "ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނުން ފެށިގެން މަތީގެ ޓްރައިސައިކަލް.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާނަކުރުން 16.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަށެވެ.

(ށ) "1-LR ފޯމު" ކަމަށް ބުނެފައި އެވަނީ، އެ އިރެއްގައި އެއްގަމު އުޅަނދުގެ ރަޖިސްޓަރީގެ ހިދުމަތަށް ހޯދުމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ށާއިއުކުރާ ފޯމަށެވެ.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2009)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (6 މެއި2009) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު