އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-15)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 މާރިޗު 2026 ގައި)
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އަންނަނިވި ފަދައިން އިސްލާހުކުރުން.
ރަޖިސްޓަރީކުރުން 4.
(ރ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން 2 (ދޭއް) ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކޮށްދެވޭނީ، އެ އުޅަނދެއް ރަޖިސްޓަރީކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއަކާއި، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުން ހުށަހެޅުމުންނެވެ. މި މާއްދާގައިވާ އުޅަނދުތަކުގެ މާނައިގައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން C0, D0, V1 ގިން ތީގެ އިންޖީނުލީ އުޅަނދުތަކާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކުރެވިފައިވާ 2 (ދޭއް) ފުރޮޅުލީ ސައިކަލާއި، 3 (ތިނެއް) ފުރޮޅުލީ ސައިކަލާއި، 4 (ހަތަރެއް) ފުރޮޅުލީ ސައިކަލެއް ނުހިމެނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ޅ-1) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ރަޖިސްޓަރީކުރުން 4.
(ޅ-1) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) ހިއްސާއަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުގެ ތެރެއިން، އެ ކުންފުންޏެއްގެ މަގުސަދުތަކުގެ ތެރޭގައި ނުވަތަ މަސައްކަތްތަކުގެ ތެރޭގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން އުފުލުމާއި މުދާ އުފުލުމުގެ ހިދުމަތް ދިނުން ހިމެނިފައިވާ ކުންފުނިތަކަށް، އެ ކުންފުނީގެ ނަމުގައި އުޅަނދު ރަޖިސްޓަރީކޮށްދިނުމަށް މި މާއްދާ ހުރަހެއް
ނާޅައެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ވ) އަންނަނިވި ފަދައިން އިސްލާހުކުރުން.
ރަޖިސްޓަރީކުރުން 4.
(ވ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ އެއްގަމު އުޅަނދުގެ ތެރެއިން 2 (ދޭއް) ފުރޮޅުލީ އެއްގަމު އުޅަނދުތަކާއި، މިނިސްޓްރީން ކަނޑައަޅާ ވަކި އުޅަނދުތަކެއް ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ބޭނުންކުރުމަށް ޓަކައި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ، މިނިސްޓްރީން ނަގަންވާނެއެވެ. އަދި ހުއްދަ ނަގަން ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ފުރިހަމަކޮށްފައިވާ ފޯމު (މިނިސްޓްރީން އާންމުކުރާ، އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު)؛
- އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ށޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީ؛
- އުޅަނދު އެތެރެކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ނުވަތަ ކުންފުނީގެ ރެޖިސްޓްރޭށަން ސެޓުފިކެޓު؛
- ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، މުޅިން އައު ނުވަތަ ރަޖިސްޓަރީކުރުމަކާ ނުލައި ބޭނުންކޮށްފައިވާ ހެވީ ވެހިކަލް ކެޓަގަރީގެ އުޅަނދެއް ނަމަ، މެނިފެކްޗަރ ސެޓުފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީއާއި، އެކްސްޕޯޓް ސެޓުފިކެޓާއި، ބޭނުންކޮށްފައިވާ ޑީ-ރެޖިސްޓަރޑް އުޅަނދެއް ނަމަ، ޑީ-ރެޖިސްޓްރޭށަން ސެޓުފިކެޓާއި އެކްސްޕޯޓް ސެޓުފިކެޓު،
4.1 އުޅަނދު އުފެއްދި ކުންފުނި؛
4.2 މޮޑެލް؛
4.3 ޗެސިސް ނަންބަރު؛
4.4 އިންޖީނު ނަންބަރު؛
4.5 އުފުލޭ ބަރުދަން ނުވަތަ އުފުލޭ މީހުންގެ އަދަދު؛
4.6 އުޅަނދު އުފެއްދި އަހަރު އެނގޭނެ ސައްހަ ލިޔުމެއް.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.
ރަޖިސްޓަރީކޮށްފައި ހުންނަ އުޅަނދުގައި ހަރުކުރަންޖެހޭ ނަންބަރު ބޯޑާއި އަކުރުތަކުގެ ކުލަތައް
(ހ) ވިޔަފާރި އުސޫލުން ބޭނުންކުރާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ހުންނަންވާނީ، ރީނދޫކުލައިގެ ބޯޑެއްގައި، ކަޅުކުލައިގެ އަކުރުން ލިޔެފައެވެ.
(ށ) ކޮންސިއުލަރ މިށަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ، ނޫކުލައިގެ ބޯޑެއްގައި، ހުދުކުލައިގެ އަކުރުން ލިޔެފައެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ނުހިމެނޭ އިންޖީނުލީ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ، ކަޅުކުލައިގެ ބޯޑެއްގައި ހުދުކުލައިގެ އަކުރުން ލިޔެފައެވެ.
(ރ) މި މާއްދާގެ (ހ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދު (އީ.ވީ.ވެހިކަލް) ތަކުގައި ބޭނުންކުރާ ނަންބަރު ބޯޑު ހުންނަންވާނީ، ފެހިކުލައިގެ ބޯޑެއްގައި، ރީނދޫކުލައިގެ އަކުރުން ލިޔެފައެވެ. އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވާނީ، ފެހިކުލައިގެ ބޯޑެއްގައި، ހުދުކުލައިގެ އަކުރުން ލިޔެފައެވެ.
(ބ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެއްވެސް އުޅަނދެއްގައި، މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފަށް ނަންބަރު ބޯޑު ހަރުކުރުމާއި، ދިއްލޭ ކުލަތައް ބޭނުންކޮށްގެން ނަންބަރު ބޯޑު ތައްޔާރުކޮށްގެން ބޭނުންކުރުމަކީ މަނާކަމެކެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން
މާނަކުރުން 16.
(ބ) "އިލެކްޓްރިކް އުޅަނދު ނުވަތަ އީ.ވީ. ވެހިކަލް" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައި، ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުންކޮށް ދުއްވިދާނެ ކޮންމެ އުޅަނދަކަށެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ އެނެކްސް 6 "މިނިސްޓްރީން ކަނޑައަޅައިފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގައި
އަމަލުކުރާނެ ގޮތުގެ އުސޫލު" އިސްލާހުކުރުން.
7 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން (ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހާ ހަމަޔަށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ރަޖިސްޓަރީކޮށްގެން ބޭނުންކުރަމުންދާ އިލެކްޓްރިކް އުޅަނދު (އީ.ވީ.ވެހިކަލް) ތަކުން، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) އަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2009)
ކިޔުންތެރިންގެ ހިޔާލު