-

ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2015-218)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 ނޮވެމްބަރު 2015 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފް

މިއީ ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ބާރުލިބިގެން އެކުލަވާލެވިފައިވާ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން 

މިގަވާއިދަށް ކިޔާނީ "މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މިގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދުގައި ހިމެނޭ ބާބުތައް

(ހ) "އެއްވަނަ ބާބު: އިބްތިދާއީ މާއްދާތައް

(ށ) "ދެވަނަ ބާބު: ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުމާއި ވަޒީފާއިން ވަކިކުރުން"

(ނ) "ތިންވަނަ ބާބު: ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް"

(ރ) "ހަތަރުވަނަ ބާބު: މަސައްކަތު ގަޑި"

(ބ) "ފަސްވަނަ ބާބު: ހެދުން ބަހައްޓަންވީ ގޮތް"

(ޅ) "ހަވަނަ ބާބު: ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުން"

(ކ) "ހަތްވަނަ ބާބު: ޖަލު އޮފިސަރުންނާއި މުވައްޒަފުން ކުރާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ފިޔަވަޅު އެޅުން"

(އ) އެއްވަނަ ބާބު: "ސަލާމާއި ޗުއްޓީ"

(ވ) ދެވަނަ ބާބު: "ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް ގޯނާ ކުރުން"

(މ) ތިންވަނަ ބާބު: "އައިޑެންޓިފިކޭށަން ކާޑު"

 

 

އެއްވަނަ ބާބު: އިބްތިދާއީ މާއްދާތައް

 

6 ވަނަ މާއްދާ - ޖަލު އޮފިސަރުންނާއި މުވައްޒަފުން އަމަލުކުރަންވާ އާންމު އުސޫލު

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާ އަދާކުރުމުގައި، ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންވުމުގެ އިތުރުން، ކޮމިށަނަރ އޮފް ޕްރިޒަންސް އޯޑަރުގެ ގޮތުގައި ކަނޑައަޅާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ސިޔާސަތުތަކަށާއި، އުސޫލުތަކަށާއި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޕްރޮސީޖަރތަކަށް އެންމެހައި ޖަލު އޮފިސަރުންނާއި މުވައްޒަފުން ފުރިހަމައަށް ކިޔަމަންވާން ވާނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހިދުމަތެއް ލިބިގަތުމަށް ބޭނުންވެގެން އަންނަ މީހުންނާމެދު އެންމެހައި ޖަލު އޮފިސަރުންނާއި މުވައްޒަފުން އަމަލު ކުރަންވާނީ އި ހްތިރާމާއި އޯގާތެރިކަމާއެކުގައެވެ.

(ނ) ހިދުމަތް ކުރުމަށާއި ހިދުމަތް ދިނުމުގައި، ހުރިހާ ޖަލު އޮފިސަރުންނާއި މުވައްޒަފުންވެސް ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަށް މަސައްކަތް ކުރަންވާނެއެވެ.

(ރ) ފައިސާއާއި ތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު އެތަކެއްޗަށް ރައްކައުތެރިވާންވާނެއެވެ. ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ ހަވާލުގައި ފައިސާ ނުވަތަ ތަކެތި ގެންގުޅެންވާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.

(ބ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ދައުރު އަދާކުރުމަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ހިންގުމަށްޓަކައި ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ އަމުރެއް ކުރުމުގެ ބާރު ގާނޫނީގޮތުން ލިބިފައިވާ ފަރާތަކުން ކުރާ އަމުރުތަކަށް ކިޔަމަންވެ އެއަމުރާ އެއްގޮތަށް ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން އަމަލުކުރަންވާނެއެވެ.

(ޅ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެއްވެސް ލިޔުމެއް، ނުވަތަ ފޮޓޯއެއް، ނުވަތަ ކުރެހުމެއް، ނުވަތަ ޕްލޭނެއް އަދި މިނޫންވެސް އެފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ނަކަލެއް ހާމަކުރަން ޖެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. މީގެ އިތުރުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާބެހޭ އެއްވެސް މައުލޫމާތެއް، އެކަމެއް އަންގަންޖެހޭ ނުވަތަ އެނގޭންޖެހޭ މީހަކަށް މެނުވީ އަންގައިގެންނުވާނެއެވެ. 

 

7 ވަނަ މާއްދާ - އޮފީސް ހުޅުވުމާއި ލެއްޕުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޑިޕާޓްމަންޓްތައް އިދާރީ ގޮތުން ހިންގާ އޮފީސް ހުޅުވަން ވާނީ އެކަންކުރުމުގެ ހުއްދަ ލިބިފައިވާ ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއް ނުވަތަ އެފަދަ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހުރެގެންނެވެ. އޮފީސް ހުޅުވާފައި ހުންނަ ވަގުތު ތަކުގައި އޮފީސް ހުޅުވުމުގެ ހުއްދަ އޮތް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އޮފީހުގައި ނެތިގޮސްގެން ނުވާނެއެވެ. އަދި އޮފީސް ލައްޕަން ވާނީވެސް އެފަދަ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނުވަތަ އެފަދަ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފެއްގެ ބެލުމުގެ ދަށުންނެވެ.

 

8 ވަނަ މާއްދާ - ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ކުރުން

(ހ) އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ރަސްމީ ގަޑީގައި އަމިއްލަ ވިޔަފާރިއާބެހޭ ކަމެއް ނުވަތަ މާލީ ފައިދާއެއް ލިބޭ ނުވަތަ ނުލިބޭ މަސައްކަތެއްވިޔަސް ކޮށްގެން ނުވާނެއެވެ.

(ށ) އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް މާލީ ފައިދާލިބޭ މަސައްކަތެއް ކުރުމަށް، އެހެން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އެ ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ ރަސްމީ ގަޑީގައި ބޭނުންކޮށްގެން ނުވާނެއެވެ.

 

9 ވަނަ މާއްދާ - ދައުލަތުގެ ދުއްވާ އެއްޗެހި ބޭނުން ކުރުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެއްވެސް ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އެ ޖަލު އޮފިސަރެއްގެ ނުވަތަ އެ މުވައްޒަފެއްގެ މަގާމުގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ދޫކޮށްފައިވާ ދުއްވާ އެއްޗެއް، އިތުރު އާމްދަނީއެއް ހޯދުމަށްޓަކައި ބޭނުން ކުރުމަކީ މަނާކަމެކެވެ.

(ށ) އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އޮފީހުގެ ދުއްވާ އެއްޗެހީގައި އަމިއްލަ ދަތުރުތައް ކުރުމަކީ މަނާކަމެކެވެ.

(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އިމާރާތްތަކަށް ކޮމިށަނަރ އޮފް ޕްރިޒަންސް ހަމަޖައްސަވާ އުސޫލެއްގެ ދަށުން، ކޮމިށަންޑް އޮފިސަރުން ބޭނުންކުރާ ވެހިކަލްގައި ވަނުމަކީ ހުއްދަކަމެކެވެ.

 

10 ވަނަ މާއްދާ - ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން ތިބެން ދޭ ތަންތަން ބޭނުންކުރުން

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ދިރިއުޅުމަށް ނުވަތަ ތިބުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ދީފައިވާ ނުވަތަ އެހެން މުއައްސަސާއެއް މެދުވެރިކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ހަމަޖައްސައިދީފައިވާ ތަންތަން ބޭނުން ކުރަންވާނީ އެތަނެއް ބޭނުންކުރުމަށް ކަނޑައެޅޭ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި މިފަދަ ތަންތަނުގައި، އެއުސޫލާ އެއްގޮތްވާގޮތުގެ މަތިން މެނުވީ އެ ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ އާއިލާގެ މެމްބަރުން ނުވަތަ އެހެން ބަޔަކުވިޔަސް އެތަނެއްގައި ބައިތިއްބައިގެން ނުވާނެއެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އޮފީހުން ދީފައިވާ ތަނެއް ބޭނުންކޮށްގެން މާލީ އެއްވެސް ފައިދާއެއް ހޯދުމާއި ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސިއްހީ މިންގަނޑާއި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް

މަސައްކަތުގެ ދާއިރާގައި މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި، އެކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެހައި ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން އަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ހަދިޔާ

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކޮރަޕްށަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ކަމެއް އަވަސް ކޮށްދިނުމުގެ ގޮތުން ނުވަތަ ކަމެއް ކޮށްދިނުމުގެ ގޮތުން ދޭ އެއްވެސް އެއްޗެއް ގަބޫލު ކުރުމަކީ މަނާކަމެކެވެ.

(ށ) އެއްވެސް ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އެއްވެސް ފަރާތަކުން ހަދިޔާއެއް ދީފިނަމަ އެކަން ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ސްޕަވައިޒަރަށް ވަގުތުން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - މަސައްކަތު ވެށީގެ ސާފުތާހިރުކަން ބެލެހެއްޓުން

މަސައްކަތުގެ ވެށި ނުވަތަ މަސައްކަތް ކުރަމުންދާތަން ނުވަތަ މާ ހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެތަނެއްގައި މަސައްކަތްކުރާ އެންމެހައި ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ ޒިންމާއެކެވެ.

 

14 ވަނަ މާއްދާ - އެޑްރެސް ކާޑު

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެޑްރެސް ކާޑު ބޭނުންކުރަންވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށެވެ.

 

15 ވަނަ މާއްދާ - ކެއުމަށާއި އަމިއްލަ ބޭނުމަށް ދެވޭ ވަގުތު

(ހ) އާންމު ހާލަތުގައި ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް އެމީހުންގެ ޑިއުޓީގެ ވަގުތު 5 (ފަހެއް) ގަޑިއިރަށްވުރެ ދިގު ދެމިގެންދާނަމަ، ޑިއުޓީ ވަގުތުގެ ތެރޭގައި، މަސައްކަތަށް ދަތިނުވާގޮތަށް، ކެއުމަށް 30 (ތިރީސް) މިނެޓުގެ ހުސް ވަގުތުކޮޅެއް ދޭންވާނެއެވެ.

(ށ) ޑިއުޓީ ގަޑީގައި މަސައްކަތަށް ދަތިނުވާގޮތަށް ނަމާދުކުރުމަށް އެ ނަމާދެއްގެ ވަގުތު ފާއިތުނުވަނީސް 15 (ފަނަރަ) މިނެޓުގެ ހުސް ވަގުތުކޮޅެއް ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދޭންވާނެއެވެ.

 

16 ވަނަ މާއްދާ - ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ބައިވެރިވާ ކުޅިވަރު މުބާރާތްތައް ފިޔަވައި ކުލަބް ޖަމުއިއްޔާތަކުން ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ބައިވެރިވެވޭނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ލިޔުމުން ހުއްދަ ލިބިގެންނެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ދިވެހިރާއްޖެ ތަމްސީލުކުރާ ކުޅިވަރު ޓީމެއްގައި ބައިވެރިވުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

17 ވަނަ މާއްދާ - ސަރުކާރުގެ މުއައްސަސާތަކަށް ހާޒިރުވުން

(ހ) ސަރުކާރުގެ އޮފީސްތަކަށާއި ށަރީއަތުގެ މަޖިލީހަކަށް، ނުވަތަ ގާނޫނީ ށަހްސެއް ލިބިފައިވާ ކޮމިށަނަކަށް، ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެހެންވެސް ސަރުކާރުގެ މުއައްސަސާއަކަށް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން މުއާމަލާތެއް ކުރުމަށް ހާޒިރުވާންވާނީ އެތަނަކުން ލިޔުމުން އެންގުމުންނެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ސަރުކާރުގެ އޮފީސްތަކަށާއި ށަރީއަތުގެ މަޖިލީހަށް ނުވަތަ ކޮމިށަނަކަށް، ނުވަތަ ރައްޔިތުންގެ މަޖިލީހަށް ވަޒީފާގެ ހައިސިއްޔަތުން ހާޒިރުވާންވާނީ ޔުނީފޯމުގައި ނުވަތަ ސަރުކާރުން ގަބޫލުކުރާ ރަސްމީ ހެދުމެއްގައެވެ.

 

18 ވަނަ މާއްދާ - ވަޒީފާއން ސަސްޕެންޑް ކުރުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކުރެވޭނީ ޑިސިޕްލިނަރީ ބޯޑުގެ މަށްވަރާގެ މަތިން ކޮމިށަނަރަށެވެ.

(ށ) ސަސްޕެންޑު ކުރެވިފައިވާ ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އިމާރާތްތަކުގެ ތެރެއިން އެއްވެސް އިމާރާތަކަށް ހުއްދަނެތި ނުވަދެވޭނެއެވެ. އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އާއިލާއާއެކު ދިރިއުޅެން ހަވާލުކޮށްފައިވާ ތަންތަން މިމާއްދާގައި ބުނެފައިވާ އިމާރާތްތަކުގެ މާނައިގައި ނުހިމެނެއެވެ.

(ނ) ސަސްޕެންޑު ކުރެވުނު މައްސަލައިގައި އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްސަލަ ށަރީއަތަށް ފޮނުވާފަދަ ހެކި ނެތިގެން މައްސަލަ ށަރީއަތަށް ނުފޮނުވައި އަލުން ވަޒީފާއަށް ނެރެފިނަމަ ސަސްޕެންށަންގައި ހުރި މުއްދަތަށް އެމީހަކަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދޭންވާނެއެވެ. ށަރީއަތަށް ހުށަހެޅުމަށް ފޮނުވިފައިވާ މައްސަލަތަކުގައި އެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް މުސާރައާއި އިނާޔަތްތައް ދިނުމާމެދު ގޮތް ނިންމާނީ ޑިސިޕްލިނަރީ ބޯޑުގެ ލަފާގެ މަތިން ކޮމިށަނަރެވެ.

 

19 ވަނަ މާއްދާ - ވަޒީފާއިން ސަސްޕެންޑު ކުރެވޭނެ ހާލަތްތައް

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކުރާ އަހްލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލެއްގެ ސަބަބުން، އެއަމަލަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ނަމަށާއި ށަރަފަށް ހުތުރުކަމެއް އަތުވެދާނެ ފަދަ އަމަލެއް ކަމުގައި ބެލެވޭ ކަމެއްގައި ނުވަތަ ކަންކަމުގައި އެ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ވަޒީފާއިން ސަސްޕެންޑު ކުރެވިދާނެއެވެ.

(ށ) ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ އުޅުމާއި އަހްލާގު ހުންނަ ގޮތެއްގެ ސަބަބުން އެމީހަކާއެކު މަސައްކަތްކުރާ އެހެން ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނަމަ އެފަދަ ކަމެއް ކުޅަ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ވަޒީފާއިން ސަސްޕެންޑު ކުރެވިދާނެއެވެ.

(ނ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހިންގާ ނުވަތަ ހިންގި އަމަލެއްގެ ސަބަބުން، ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި، މަސްލަ ހަތު ދެމެހެއްޓުމަށް ބުރޫއަރާފާނެ ކަމަށް ބެލެވޭނަމަ، އެފަދަ ކަމެއް ކުޅަ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ވަޒީފާއިން ސަސްޕެންޑު ކުރެވިދާނެއެވެ.

(ރ) ޖިނާއީ ކުށެއް ކުރުމުގެ ސަބަބުން ގާނޫނީ ގޮތުން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ބަންދު ކުރެވިއްޖެނަމަ ބަންދުކުރި ތާރީހުން ފެށިގެން އެމީހަކު ވަޒީފާއިން ސަސްޕެންޑު ކުރެވުނީއެވެ.

(ބ) ވަޒީފާ ދެވިފައިވަނީ ވަޒީފާއަށް ހޮވުމަށް ކުރެވޭ ބަސްދީގަތުމުގައި ދީފައިވާ ސައް ހަނޫން މައުލޫމާތެއްގެ ސަބަބުންކަމަށް ސާބިތުވާ ފަރާތްތައް ވަޒީފާއިން ސަސްޕެންޑު ކުރެވިދާނެއެވެ.

 

20 ވަނަ މާއްދާ - ކައިވެނިކުރުމާއި ވަރިކުރުން

(ހ) ޖަލު އޮފިސަރުންނާއި މުވައްޒަފުން، ކައިވެންޏެއްކުރުމުގެ 7 (ހަތެއް) ދުވަސްކުރިން ކައިވެންޏާއި ބެހޭ މައުލޫމާތު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަރި ސާބިތު ކުރުމަށްފަހު 14 (ސާދަ) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އިނދެ ވަރި ކޮށްފައިވާ ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ގޮތުގައި ދެމީހުން ތިބެ ކައިވެނި ކުރުމަކީ މަނާކަމެކެވެ.

 

21 ވަނަ މާއްދާ - އިތުރު އާމްދަނީ ހޯދުމަށް މަސައްކަތްކުރުން

ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާ އަދާކުރަންޖެހޭ ރަސްމީ ވަގުތުގައި އަމިއްލަ މަސައްކަތެއް ނުކުރުމާއި، އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސްލަ ހަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

 

22 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު ބެލުން

ޖަލު އޮފިސަރުންގެ ނުވަތަ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރުބެލުން އަމާޒުކުރަންވާނީ ތިރީގައި އެވާ ކަންތައްތަކަށެވެ.

(ހ) ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެއަހަރަކަށް ކަނޑައަޅާ މަސައްކަތްތަކެއް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފާ ހަވާލުކުރުމަށްފަހު އަހަރު ނިމުމުން އެ ހަވާލުކުރި މަސައްކަތްތައް ކުރެވިފައިވާ މިންވަރު ވަޒަންކުރުން.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަގްސަދުތައް ހާސިލުކުރުމުގައި ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި ފެންވަރު ދެނެގަތުން.

(ނ) އެޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައިވާ ކަންތައްތައް.

(ރ) މިމާއްދާގެ (ހ) އަދި (ށ) ގައިވާ މައުލޫމާތުގެ އަލީގައި، ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް، ދޭންޖެހޭ އިރުށާދާއި، ތަމްރީނުތައް ފާހަގަކޮށް އެކަންތައްކުރުމަށް މަގުފަހިކުރުން.

 

23 ވަނަ މާއްދާ - ބަހުގެ މާނަ

(ހ) "ސަސްޕެންޑު ކުރުން" ކަމުގައި މިގަވާއިދުގައި ބުނެފައިއެވަނީ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އޮފީހުގެ މަސައްކަތަށް ނިކުތުން މަނާކުރުމަށެވެ.

(ށ) "ޖަލު އޮފިސަރުން" ކަމަށް ބުނެފައި އެވަނީ ރިމާންޑް ޖަލުތަކުގައި އާއި އާންމު ޖަލުތަކުގައި މަސައްކަތްކުރާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނަށެވެ.

(ނ) މިގަވާއިދުގައި "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ޖަލު އޮފިސަރުގެ ހުވާނުކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ތިބޭ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނެވެ.

(ރ) މިގަވާއިދުގައި "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާ ހިންގުމާއި ހަވާލުވެ ހުރި މިނިސްޓަރަށެވެ.

(ބ) މިގަވާއިދުގައި "ޕްރޮމޯށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމެޓީ އަށެވެ.

(ޅ) މިގަވާއިދުގައި "އާއިލާ" ކަމަށް ބުނެފައި އެވަނީ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މަންމަ، ބައްޕަ، އަނބިން، ފިރިމީހާ، އަދި ދަރިންނަށެވެ.

(ކ) މިގަވާއިދުގައި "ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޗީފް ޕްރިޒަން އޮފިސަރުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

(އ) މިގަވާއިދުގައި "ސްޓާފް" ކަމަށް ބުނެފައިވަނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށެވެ.

 

 

ދެވަނަ ބާބު: ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުމާއި ވަޒީފާއިން ވަކިކުރުން

 

24 ވަނަ މާއްދާ - މަގާމު އުފެއްދުމާއި އުވާލުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ބޭނުންވާ އެންމެހައި ޖަލު އޮފިސަރުންގެ ނުވަތަ މުވައްޒަފުންގެ މަގާމުތައް އުފެއްދުމާއި، މަގާމެއް އުވާލަން ވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މަގާމު އުފެއްދުމާއި، މަގާމު އުވާލުމަށް ކޮމިށަނަރ ހުއްދަ ދެއްވުމުން މަގާމު އުފެއްދުމަށް ނުވަތަ އުވާލުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރާނީ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތަކުން ނުވަތަ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ ކަންތައް ހަމަޖެއްސުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ޑިޕާޓްމަންޓުންނެވެ.

(ނ) މަގާމެއް އުފައްދަން ހުށަހަޅަންވާނީ ޑިޕާޓްމަންޓަކަށް އަލަށް މަސައްކަތެއް ހަވާލުވެގެން ނުވަތަ ކުރަމުންގެންދާ މަސައްކަތްތައް އިތުރުވުމުގެ ސަބަބުން ނުވަތަ ޑިޕާޓްމަންޓްގެ މަސައްކަތަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަގާމެއް އުފައްދަން ޖެހިއްޖެނަމައެވެ.

 

25 ވަނަ މާއްދާ - ވަޒީފާ ބަޔާން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހުރިހާ މަގާމުތަކެއްގެވެސް ވަޒީފާ ބަޔާންތައް ލިޔެފައި ހުންނަން ވާނެއެވެ. އަދި ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ވަޒީފާ ހަވާލުކުރާއިރު، އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ވަޒީފާ ބަޔާން، އެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އޮޅުންފިލުވައިދީ، ވަޒީފާދޭ ދުވަހުން ފެށިގެން ގިނަވެގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި އޭނާ ލައްވައި ވަޒީފާ ބަޔާނުގައި ސޮއި ކުރުވަންވާނެއެވެ.

(ށ) ވަޒީފާ ބަޔާނުގައި އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އާންމުކޮށް ނުވަތަ ވަކި ހާލަތެއް މެދުވެރި ނުވާހާ ހިނދަކު ކުރަންޖެހޭ މަސައްކަތްތައް ލިޔެފައި އޮންނަންވާނެއެވެ.

(ނ) މި ގަވާއިދު ފާސްކުރެވޭތާ ގިނަވެގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެންމެހައި ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ ވަޒީފާ ބަޔާން ފުރިހަމަކޮށް ނިންމަންވާނެއެވެ.

 

26 ވަނަ މާއްދާ - ވަޒީފާ ދިނުމުގެ ކުރިން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެއްވެސް ވަޒީފާއަކަށް މީހަކު އައްޔަން ކުރަންވާނީ ބަލަންވާ އެންމެ މަދު މިންވަރު ތިރީގައި ބަޔާންވެގެންވާ ށަރުތުތައް އެމީހެއްގެ ކިބައިގާ ހުންނަ ހާލަތްތަކުގައި އެކަންޏެވެ:

(ހ) މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.

(ށ) އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ނ) ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން؛

(ރ) އެއްވެސް ސަބަބަކާހުރެ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމުގައި ނުވުން. މީގެތެރޭގައި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެފައިވާ މީހުން ނުހިމެނެއެވެ.

(ބ) މީގެ އިތުރުން ވަޒީފާގެ ބާވަތުންވެސް ނުވަތަ އެހެން ގޮތަކުން ވިޔަސް އެހެން ށަރުތެއްވާނަމަ އެވަގުތެއްގައި ވަޒީފާއަށް ވެއްދުމަށް ކަނޑައެޅިފައިވާ ށަރުތުތަކާއި ބެލެވޭ މިންގަނޑުތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އިއުލާން ކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - މަގާމުތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުމާއި ވަޒީފާއިން ވަކިކުރުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަޒީފާދޭނީ ކޮމިށަނަރެވެ. އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މަގާމު ދަށްކޮށް ހަދާނީ ޑިސިޕްލިނަރީ ބޯޑުގެ ލަފާގެ މަތިން ކޮމިށަނަރެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއަށް މީހުން ހޯދުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

(ނ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުމުން، އެމީހަކީ މުއްދަތަކަށް ހިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހެއްކަމުގައި ނުވާނަމަ މަގާމު ހުސްނުވިކަމުގައި ވީނަމަވެސް، އެމީހެއްގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށިދާނެއެވެ. އަދި ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އެހެން މަގާމަކަށް ބަދަލުކުރާ ހާލަތްތަކުގައި މަގާމު ހުސްނުވި ކަމުގައި ވީނަމަވެސް އެމީހެއްގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ކުރެވިދާނެއެވެ.

(ރ) ވަޒީފާއަށް އެދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ.

(ބ) ވަޒީފާއަށް އެދި މީހަކު ހުށަހެޅުމުން އޭނާ ވަޒީފާއަށް އެދި ފޮނުވާފައިވާ ލިޔުންތަކުގެ ސައް ހަކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ބަލަންވާނެއެވެ.

(ޅ) ސަރުކާރުގެ އެހެން އިދާރާއެއްގެ ވަޒީފާގައިހުރި މީހަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއަށް ބަދަލު ކުރެވޭނީ އެމީހަކު ބަދަލުވުމާމެދު އެމީހަކު ވަޒީފާ އަދާކުރާ އޮފީހުގެ އިއުތިރާޒެއް ނެތް ހާލަތެއްގައެވެ.

(ކ) ވަޒީފާއަށް މީހަކު ހޮވަންވާނީ ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން ވަޒީފާއަށް ށަރުތު ފުރިހަމަވާ ފަރާތްތަކާ ވަކިވަކިން އިންޓަރވިއުކޮށް، މަގާމަށް އެންމެ އެކަށީގެންވާ މީހެކެވެ.

(އ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އޭނާ ހުރި ރޭންކުން މަތީ ރޭންކަކަށް ބަދަލުކުރާއިރު އެރޭންކަކަށް ކަނޑައަޅާފައިވާ ޓްރެއިނިންގ ފުރިހަމަ ކުރަންވާނެއެވެ. އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންދޭ ފިޒިކަލް ފިޓްނަސް ޓެސްޓުން ފާސްވާންޖެހޭނެއެވެ.

(ވ) ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރަންވާނީ އެކަން ބަޔާންކޮށް ކޮމިށަނަރ ސޮއިކޮށް ފޮނުވާ ލިޔުމަކުން ނުވަތަ ޗިޓަކުންނެވެ. ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބު، އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.

(މ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ރޭންކްތަކުގެތެރެއިން ޕްރިޒަން ޕްރައިވެޓް ފިޔަވައި އެހެން ރޭންކްތަކަށް އަލަށް މީހަކު ހަމަޖައްސަންވާނީ މިސަރވިސްގައި މަސައްކަތްކުރާ އޮފިސަރުންގެތެރެއިން އެ ރޭންކެއްގެ ށަރުތު ފުރިހަމަވާ ފަރާތެއް ނެތިއްޖެ ހާލަތެއްގައެވެ.

 

28 ވަނަ މާއްދާ - އިންޓަވިއު ޕެނަލް އެކުލަވާލުން

(ހ) އިންޓަވިއު ޕެނަލްގައި ހިމަނަންވާނީ އިންޓަވިއު ކުރެވޭ ފަރާތާ އާއިލީ ގުޅުމެއް ނެތް ނުވަތަ އަމިއްލަ މަސްލަ ހަތު އެއްވެސް މިންވަރަކަށް ނުހިމެނޭ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނެވެ.

(ށ) އިންޓަވިއު ޕެނަލްގައި މަދުވެގެން 3 (ތިނެއް) މެމްބަރުން ތިބެންވާނެއެވެ.

 

29 ވަނަ މާއްދާ - ވަޒީފާގައި ބިދޭސީން ގެންގުޅުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާތަކަށް ހޮވަންވާނީ ދިވެހިންނެވެ. ބިދޭސީއަކު ގެނެވޭނީ ބޭނުންވާ ވަޒީފާ އަދާކުރެވޭ ވަރުގެ ދިވެއްސަކު އެމަގާމަކަށް އެދިފައި ނެތްނަމަ، ކޮންޓްރެކްޓް އުސޫލުންނެވެ.

(ށ) ޖަލު އޮފިސަރެއްގެ ވަޒީފާއަށް ބިދޭސީއަކު ގެނެސްގެންނުވާނެއެވެ.

 

30 ވަނަ މާއްދާ - ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަންޖެހޭ ތަކެތި

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއަށް ކުރިމަތިލާ މީހުން، އެކަމަށް އެދި ހުށަހަޅާނީ "މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" އާއެކު، ތިރީގައި އެވާ ލިޔުން ނުވަތަ ތަކެތި ހުށަހަޅަންވާނެއެވެ.

(ހ) އެމީހަކަށް ލިބިފައިވާ ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ށ) އެމީހަކަށް ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ނ) ފޮޓޯ ނެގިފަހުން 3 (ތިނެއް) މަސް ވެފައިނުވާ އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ؛

(ރ) އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ؛

(ބ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ގަބޫލްކުރާ މެޑިކަލް ޗެކް-އަޕްގެ ނަތީޖާ؛

(ޅ) ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމް؛

(ކ) ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާދީފައިވާ އޮފީހުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން؛

(އ) މީގެ އިތުރުންވެސް، އެއިރަކު ވަޒީފާއަށް ވެއްދުމުގެ ށަރުތެއްގެ ގޮތުގައި ވަކި ކަމެއް ކަނޑައަޅާ އެކަމާގުޅޭ ލިޔުން ހުށަހަޅަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ނިންމައިފިނަމަ އެފަދަ ލިޔުންތަކުގެ ކޮޕީ ނުވަތަ އެލިޔުންތައް؛

(ވ) ވަޒީފާއަށް ވަންނަން އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

 

31 ވަނަ މާއްދާ - ވަޒީފާއަށް އެދި ހުށަހެޅުމާއި ވަޒީފާ ދިނުމުގެ ކުރިން ކުރެވޭ ކަންތައްތައް

(ހ) ވަޒީފާގެ ށަރުތު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަންވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ކަނޑައަޅާ ތަނަކަށެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުން އެ ފޯމާއެކު ލިޔުންތަކުގެ ސައް ހަކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ބަލަންވާނެއެވެ.

(ށ) ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކުގެ ބެކްގްރައުންޑް ބަލާ، އިންޓަވިއު ކުރުމާއި ހަވާލުކުރެވޭ މަސްއޫލިއްޔަތުގެ ގޮތުން ބަލަން ޖެހޭ އެހެނިހެން ކަންތައްތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ބަލަން ވާނެއެވެ.

(ނ) ވަޒީފާއަށް ވަންނަން އެދޭ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ކުރިން އެމީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ތަ ހުލީލު ކުރަންވާނެއެވެ.

(ރ) ވަޒީފާ ހަމަޖެއްސުމުގެ ކުރިން ހިނގާފައިވާ ކުށުގެ އެއްވެސް އަމަލެއްގައި ބައިވެރިވި ކަމަށް ރިކޯޑުކުރެވިފައިވޭތޯ ބަލަން ވާނެއެވެ.

 

32 ވަނަ މާއްދާ - ވަޒީފާ ދިނުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާދޭންވާނީ މިގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންތަކުން ފާސްވެފައިވާ ފަރާތްތަކުގެ ތެރެއިން އެއިރަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އަށް މީހުން ބޭނުންވާ އަދަދަށް، އެންމެ ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދީގެންނެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު ކޮންމެ ޖަލު އޮފިސަރަކު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ހުވާކުރަން ޖެހޭނެއެވެ.

 

33 ވަނަ މާއްދާ - ޕްރޮބޭށަންގައި ހުންނަ ޖަލު އޮފިސަރާއި ނުވަތަ މުވައްޒަފާމެދު އަމަލުކުރާނެ ގޮތް

ޕްރޮބޭށަންގައި ހުންނަ ކޮންމެ ޖަލު އޮފިސަރަކާއި ނުވަތަ މުވައްޒަފަކާމެދު އަންނަނިވި ގޮތުގެ މަތިން އަމަލުކުރަން ވާނެއެވެ. 

(ހ) ޕްރޮބޭށަން މުއްދަތަކީ މަދުވެގެން 6 (ހައެއް) މަސްދުވަހެވެ. މިމުއްދަތު ހަމަވާއިރު ދާއިމީ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށްވުމަށްޓަކައި އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ވަޒީފާ އަދާކުރަން ފެށުމާއެކު އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އެންގުން. ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ޕްރޮބޭށަންގެ މުއްދަތުގައި އެއްވެސް ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާނަމަ، އެ ތަމްރީނެއް ދިނުން.

(ށ) ޕްރޮބޭށަންގެ މުއްދަތުގައި ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު ބަލައި ރިކޯޑުކުރަންވާނެއެވެ.

(ނ) ޕްރޮބޭށަން މުއްދަތުގެ ތެރޭގައި ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ މަސައްކަތުގެ އަހްލާގާއި ހިދުމަތް ދިނުމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ވާނަމަ އެކަން ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ރަނގަޅު ކުރުމަށް އަންގައި ރިކޯޑުކުރުން.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމެއް ނުވަތަ ކަންތައްތައް ރަނގަޅުކޮށްފައި ނުވާނަމަ، މިގަވާއިދުގައިވާ ގޮތުގެމަތިން އިތުރު ނޯޓިހަކާނުލާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

34 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތެއް ކުރުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެންވާނީ ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅުމަށް މިގަވާއިދުގައި ބަޔާންވެގެންވާ ގޮތަށެވެ.

(ށ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުން ހޯދުމުގައާއި، މީހުން ހޮވުމުގައާއި މީހުން ހަމަޖެއްސުމުގައި ދާއިމީ މަގާމުތަކަށް މުވައްޒަފުން ހޯދުމާއި ހޮވުމާއި ހަމަޖެއްސުމުގައި އަމަލުކުރާ އާންމު އުސޫލުތައް ހިފަހައްޓަން ވާނެއެވެ. ނަމަވެސް، ހާއްސަ ޓެކްނިކަލް ދާއިރާއަކުން ކޮންމެހެން ބޭނުންވެގެން ހޯދަންޖެހޭ މީހުން ހޯދުމުގައާއި ހޮވުމާއި ހަމަޖެއްސުމުގައި ކޮންމެހެން މިމިންގަނޑު ހިފަހައްޓަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލާޒިމެއްނޫނެވެ.

(ނ) އާންމު އުސޫލެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެންވާނީ މަގާމަކަށް އިއުލާނުކޮށް، އެމަގާމަކަށް ށަރުތު ހަމަވާ މީހަކު ނުވުމުންނެވެ.

(ރ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފެއް ނޫނެވެ.

(ބ) ކޮންމެހެން ކުރަންޖެހޭ ހާއްސަ މަސައްކަތެއް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން ބިދޭސީއަކު ގެންގުޅެވިދާނެއެވެ.

(ޅ) ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެންވާނީ ކަނޑައެޅިފައި އޮންނަ ވަކި ކޮންޓްރެކްޓެއްގައި މަސައްކަތާ ހަވާލުވާ ފަރާތާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން މަސައްކަތް ހަވާލުކުރާ ފަރާތުން ސޮއިކޮށް، އެ ކޮންޓްރެކްޓުގައި މަސައްކަތްކޮށް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަށެވެ.

(ކ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާއަށް ހަރަދު ކުރަންވާނީ އޭނާ ކުރާ މަސައްކަތް ނިސްބަތްވާ މަގާމުގެ މުސާރައާއި އެލަވަންސްތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާ ގޮތަށެވެ.

(އ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭމީހާ ކުރާ މަސައްކަތް ނިސްބަތްވާ މަގާމުގެ މުސާރައާއި އެލަވަންސްތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރު ހަރަދެއް ކުރަންޖެހޭނަމަ ހަރަދުކުރުމުގެ ކުރިން އެ ހަރަދުކުރުމުގެ ހުއްދަ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ފަރާތުން ލިޔުމުން ހޯދަން ވާނެއެވެ.

(ވ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއެއްގައި ޖަލު އޮފިށަރަކާ މަސައްކަތެއް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ހަވާލުކޮށްގެން ނުވާނެއެވެ. އަދި ޖަލު އޮފިށަރަކު އެފަދަ މަސައްކަތެއް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ހަވާލުވެގެންވެސް ނުވާނެއެވެ.

 

35 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން މަސައްކަތް ހަވާލުކުރުމާއި މަސައްކަތުން ވަކިކުރުން

(ހ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާ ކުރާ މަސައްކަތް ނިސްބަތްވާ މަގާމަށް އިއުލާންކޮށް، އެ މަގާމަކަށް ށަރުތު ހަމަވާ މީހަކު ނުލިބުނުނަމަ، ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާގެ ކޮންޓްރެކްޓް މި ގަވާއިދާ އެއްގޮތަށް ކުރިއަށް އޮތް އަހަރަށް އައު ކުރުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބިގެންވެއެވެ.

(ށ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާ ނިސްބަތްވާ މަގާމު އުފެއްދި މުއްދަތު ހަމަވެގެން، ނުވަތަ މަގާމު އުފެއްދި ބޭނުން ކެނޑިގެން މަގާމު އުވާލާއިރު، އެ މަގާމަށް ނިސްބަތްވާ މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ކޮންޓްރެކްޓްގައިވާ ގޮތަށް ކޮންޓްރެކްޓް އުވާލެވޭނެއެވެ.

(ނ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާ ކޮންޓްރެކްޓާއި ހިލާފު ވެއްޖެނަމަ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ކަމެއް ކޮށްފިނަމަ ކޮންޓްރެކްޓް ބާތިލް ވީއެވެ. އަދި މިކަން ކޮންޓްރެކްޓްގައި ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

(ރ) ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެން ފަށާނަމަ، އެމީހަކާބެހޭ މައުލޫމާތު ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓްރީގައި ލިޔަން ވާނެއެވެ.

(ބ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާއަށް އެމީހަކު ގެންގުޅެން ފެށިކަން ލިޔުމަކުން އަންގަންވާނެއެވެ.

(ޅ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންނަށް ދެވޭ އުޖޫރައާއި އިނާޔަތްތައް ކޮންޓްރެކްޓްގައި ލިޔެފައި އޮންނަންވާނެއެވެ.

(ކ) ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެން ފަށައިފިނަމަ އެމީހެއްގެ މައުލޫމާތު ފައިލް މިގަވާއިދުގައިވާ ގޮތުގެމަތިން ހަދައި ބަލަހައްޓަމުން ގެންދަންވާނެއެވެ.

(އ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު ދޫކޮށްލައިފިނަމަ ދޫކޮށްލިކަން އެމީހަކަށް ލިޔުމަކުން އަންގަންވާނެއެވެ.

(ވ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު ގާނޫނީ ބަންދެއްވެއްޖެނަމަ ނުވަތަ ހުކުމެއްގެ ދަށުން ބަންދެއްވެއްޖެނަމަ، އެމީހަކަށް އެހިސާބަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހު އެމީހަކު ދޫކޮށްލަން ޖެހޭނެއެވެ. އަދި މިގޮތަށް އަމަލުކުރެވޭނެކަން ކޮންޓްރެކްޓްގައި ލިޔެފައި އޮންނަންވާނެއެވެ.

(މ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު ކުރާ ކަމަކާ ގުޅިގެން އިސްލާ ހީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ، އިސްލާ ހީ ފިޔަވަޅު އަޅާނީ މިގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ. އަދި މިގޮތަށް އަމަލު ކުރެވޭނެކަން ކޮންޓްރެކްޓްގައި ލިޔެފައި އޮންނަންވާނެއެވެ.

 

36 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވޭނީ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

37 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ވަޒީފާ ދެވޭހިނދު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތަށް ލިޔެފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ލައްވައި ސޮއި ކުރުވަންވާނެއެވެ. ވަޒީފާއަށް އަލަށް ވަންނަ މީހުންނަށް ވަޒީފާ އަދާކުރަން ފެށުމުގެ ޗިޓް ހަވާލު ކުރަންވާނީ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.

ވަޒީފާގެ އެއްބަސްވުން:

  1. ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ ވަނަވަރު
  2. ރޭންކް ނުވަތަ މަގާމް
  3. ޕްރޮބޭށަން
  4. މުސާރައާއި އިނާޔަތްތައް
  5. ޗުއްޓީ
  6. ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.

 

38 ވަނަ މާއްދާ - އޮރިއެންޓޭށަން ޕްރޮގްރާމް ހިންގުން

ވަޒީފާއަށް އަލަށް ނިކުންނަ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންނަށް އަމާޒުކޮށްގެން، ވަޒީފާގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އެންމެހައި ގަވާއިދުތައް ސާފުކޮށްދިނުމަށާއި، ވަޒީފާގެ މާ ހައުލަށް އަހުލުވެރިކޮށްދިނުމުގެ ގޮތުން އޮރިއެންޓޭށަން ޕްރޮގްރާމް ހިންގަން ވާނެއެވެ.

 

39 ވަނަ މާއްދާ - މަގާމުތަކުގެ ރަޖިސްޓްރީ

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހުރިހާ މަގާމުތަކުގެ ރަޖިސްޓްރީ ލިޔެ ބަލަހައްޓަންވާނެއެވެ. އެގޮތުން މި ރަޖިސްޓްރީގައި އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ:

  1. މަގާމުގެ ނަން؛
  2. މަގާމުގެ ނަންބަރު؛
  3. މަގާމު އިތުރުކުރި އަދަދު؛
  4. މަގާމު އުނިކުރި އަދަދު؛
  5. މަގާމު އިތުރުކުރުމުން ނުވަތަ އުނިކުރުމުން ބާކީއޮތް ޖުމުލަ އަދަދު؛
  6. މަގާމު އުފެއްދި ޗިޓް/ސިޓީ ނަންބަރާއި ތާރީހު؛
  7. މަގާމު އުވާލި ޗިޓް/ސިޓީ ނަންބަރާއި ތާރީހު؛
  8. މަގާމުގެ މުސާރަ؛
  9. މަގާމުގެ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް؛
  10. އުޖޫރަ ހަމަޖެއްސި ޗިޓް/ސިޓީ ނަންބަރާއި ތާރީހު.

 

40 ވަނަ މާއްދާ - ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ރިކޯޑު ބެލެހެއްޓުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ރަޖިސްޓްރީ، ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޑިޕާޓްމަންޓުން ބަލަހައްޓަންވާނެއެވެ. މިގޮތުން މައިގަނޑު ގޮތެއްގައި، ތިރީގައި އެވާ ރަޖިސްޓަރީތައް ބަލަހައްޓަން ވާނެއެވެ:

  1. ޖަލު އޮފިސަރުންގެ ރަޖިސްޓްރީ؛
  2. މުވައްޒަފުންގެ ރަޖިސްޓްރީ؛
  3. ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓްރީ؛
  4. ރިޓަޔަރ ކޮށްފައިވާ މީހުންގެ ރަޖިސްޓްރީ؛
  5. ވަޒީފާއިން ވަކިކޮށްފައި/ވަކިވެފައިވާ މީހުންގެ ރަޖިސްޓްރީ.

(ށ) މިމާއްދާގެ (ހ) ގައިވާ ރަޖިސްޓްރީތައް ފޮތެއްގައި ނުވަތަ މިކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ ކޮމްޕިއުޓަރ ޕްރޮގްރާމެއްގެ އެހީގައި އެންމެ މަދުވެގެން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ބަލަހައްޓަން ވާނެއެވެ:

  1. ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް؛
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ބިދޭސީއެއްނަމަ ޕާސްޕޯޓް ނަންބަރު؛
  3. ސަރވިސް ނަންބަރު؛
  4. ގައުމީ ނިސްބަތް؛
  5. އުފަން ތާރީހު؛
  6. ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅޭނަމަ ގެންގުޅޭ މަގާމު؛
  7. މަގާމުގެ މުސާރަ އާއި އިނާޔަތްތައް؛
  8. ވަޒީފާ ދިން ތާރީހު؛
  9. ވަޒީފާއިން ވަކިކުރި ތާރީހު؛
  10. ވަޒީފާއިން ވަކިކުރި، ވަކިވި ސަބަބު؛

(ނ) ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މަގާމުތައް ތަރުތީބުކުރުމުގައި ބަލަންވާނީ ރޭންކަށާއި، އެންމެ ފަހުން މަގާމުގެ ކުރިއެރުން ލިބުނު ތާރީހަށާއި ރެކޯޑު ކާޑު ނަންބަރަށެވެ.

(ރ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ނަމަށް ނުވަތަ އެޑްރެހަށް، ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތަށް ބަދަލެއް އަތުވެއްޖެނަމަ، އެބަދަލެއް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ޑިޕާޓްމަންޓަށާއި، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު މަސައްކަތްކުރާ ޑިޕާޓްމަންޓަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތަށް ހުށަހަޅާއިރު އެކަމާބެހޭ ރަސްމީ ލިޔުންތަކުގެ ނަކަލު ހުށަހަޅަންވާނެއެވެ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެގެން އައުކޮށްފިނަމަ، ކާޑުގެ ކޮޕީ 07 (ހަތެއް) ދުވަހުގެ ތެރޭގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

(ބ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވުމަށްފަހު، ނުވަތަ ވަޒީފާއިން ވަކިވުމަށްފަހު، ވަޒީފާ އަދާކުރިގޮތުގެ ލިޔުމެއް ބޭނުންވެގެން އެދިއްޖެނަމަ، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއަދާކުރި ގޮތުގެ ލިޔުން ދޭންވާނެއެވެ. މިލިޔުމުގައި އެމީހަކު ވަޒީފާގައި އުޅުނުގޮތުގެ ބަޔާނަކާއި، ވަޒީފާއިން ވަކިކުރި ނުވަތަ ވަކިވި ސަބަބު ލިޔަންވާނެއެވެ.

 

41 ވަނަ މާއްދާ - ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުމުގެ ޒިންމާ ވަކި ޑިޕާޓްމަންޓަކާއި ކޮމިށަނަރ އޮފް ޕްރިޒަންސް ހަވާލުކުރަންވާނެއެވެ.

(ށ) ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތުގެ ރިކޯޑު ފައިލްގައި އެންމެ މަދުވެގެން ތިރީގައިވާ ލިޔުންތައް ހިމަނަންވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަހެޅި ފޯމް؛
  2. ލިބިފައިވާ ފާސްތަކާއި ސަނަދުތަކުގެ އަސްލާއި، އެއްގޮތް ފޮޓޯ ކޮޕީ، ނުވަތަ ފޮޓޯކޮޕީ ލިބެންނެތްނަމަ "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް"އިން އެތަކެތި ބަލައި އެތަކެތީގެ މައުލޫމާތު ނޯޓް ކޮށްފައިވާ ލިއުމެއް؛
  3. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުން ހުށަހަޅާފައިވާނަމަ، އެލިޔުންތައް؛
  4. ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމް؛
  5. ވަޒީފާ ދިން ޗިޓު ނުވަތަ ޗިޓުގެ ކޮޕީ؛
  6. ވަޒީފާގެ އެއްބަސްވުމުގެ އަސްލު؛
  7. ވަޒީފާ ދިނުމުން، ބަދަލުކުރުމުން، ވަކިކުރުމުން، އެކަން ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް އެންގި ލިޔުމުގެ ކޮޕީ؛
  8. ވަޒީފާ ބަޔާނުގެ ކޮޕީ؛
  9. މުސާރައަށް ބަދަލު ގެނައުމަށް ލިޔުމެއް ފޮނުވައިފައިވާނަމަ، ފޮނުވާފައިވާ ލިޔުން؛
  10. ސަލާމާއި ޗުއްޓީއަށް އެދި ހުށަހަޅާ ފޯމްއާއި ސަލާމުގައި ހުރި ދުވަހަށް ޑޮކްޓަރު ދީފައިވާ ސެޓްފިކެޓް؛
  11. ޗުއްޓީދޭ ލިޔުން ނުވަތަ އެލިއުމުގެ ކޮޕީ؛
  12. ތަމްރީން ކޯހެއް ފުރިހަމަ ކޮށްފައިވާނަމަ ފުރިހަމަކުރި ކޯހާބެހޭ މައުލޫމާތު، ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު؛
  13. ޖަލު އޮފިސަރުންނާއި މުވައްޒަފުގެ ކުށުގެ ނުވަތަ ޑިސިޕްލިނަރީ މައްސަލަތަކުގެ ރިކޯޑު؛
  14. ވަޒީފާ ލިބުމަށްފަހު ގާނޫނީ ގޮތުން ބަންދެއްގެ ނުވަތަ ށަރީއަތުން އަދަބެއް ލިބިފައިވާނަމަ އެކަމުގެ ރިކޯޑު؛
  15. އެހެން އޮފީހަކުން ހިންގާ ކަމެއްގައި ނުވަތަ ގައުމީ ފެންވަރުގައި ހިންގާ ކަމެއްގައި ނުވަތަ ބައިނަލް އަގުވާމީ ފެންވަރުގައި ހިންގާ ކަމެއްގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ތަމްސީލް ކުރުމަށް ފޮނުވާނަމަ އެކަމުގެ މައުލޫމާތު؛
  16. ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ހާއްސަ މަސައްކަތުގެ މައުލޫމާތު؛
  17. ވަޒީފާ ބަދަލުކުރި ޗިޓު ނުވަތަ ޗިޓުގެ ކޮޕީ؛
  18. ވަޒީފާއިން ވަކިކުރި ޗިޓު ނުވަތަ ޗިޓުގެ ކޮޕީ؛
  19. ވަޒީފާ އަދާކުރިގޮތުގެ ލިއުމުގެ ކޮޕީ؛
  20. އެކިބާވަތުގެ އެލަވަންސްތައް ހަމަޖެއްސެވި ކަމުގެ ޗިޓް ނުވަތަ ޗިޓުގެ ކޮޕީ؛
  21. ހިދްމަތުގެ ފެންވަރު ބަލާފޯމް

(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް މެދުވެރިވެގެން ކިޔަވައިދީފައިވާ ނުވަތަ ތަމްރީން ދީފައިވާ ކޮންމެ ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާބެހޭ ގޮތުން ތިރީގައިވާ މައުލޫމާތު އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ރިކޯޑުގައި ހިމަނަންވާނެއެވެ.

  1. ސްކޮލަރށިޕްގައި ދިއުމަށްއެދޭ ޖަލު އޮފިސަރުންނާއި، މުވައްޒަފުން، އެޕްލިކޭށަން ފޯމް
  2. ކޯސް ހަމަޖެހުމާއި ގުޅިގެން ފުރިހަމަކުރާ އިގްރާރު ފޯމް
  3. ކޯސް ފުރިހަމަ ކުރުމުން ލިބޭ ސަނަދުގެ ކޮޕީ
  4. ކޯހުން ހާއްސަ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ، އެލިޔުން

(ރ) ޖަލު އޮފިސަރުންނާއި، މުވައްޒަފުންގެ ރިކޯޑުގައިވާ ލިޔުންތަކަކީ ސިއްރު ލިޔުންތަކަށް ވާތީ މަސައްކަތާ ގުޅޭގޮތުން، ކޮންމެހެން ބަލަންޖެހޭ ޖަލު އޮފިސަރަކު، ނުވަތަ މުވައްޒަފަކު ފިޔަވައި އެހެން ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން އެރިކޯޑުގައިވާ މައުލޫމާތު ބަލައި، ހަދައިގެން ނުވާނެއެވެ. އަދި އެފަދަ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއް ނޫން ފަރާތަކަށް އެމައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.

(ބ) ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށްވެސް، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ބޭނުންވެއްޖެ ހިނދެއްގައި، އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައުލޫމާތު ރިކޯޑު ބެލޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ. އަދި ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއް އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ފައިލްގައިވާ ލިޔުމެއްގެ ކޮޕީ ބޭނުންވެއްޖެނަމަ އެލިޔުމެއް ލިބޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފުނުވާނެ ގޮތެއްގެ މަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓުންނެވެ.

 

42 ވަނަ މާއްދާ - ޖަލު އޮފިސަރުންނާއި މުވައްޒަފުން ޑިއުޓީތަކުން ވީއްލުމާއި ދޫކުރުން

(ހ) ސަރުކާރުގެ އިދާރާތަކަށް އެހީތެރިވުމުގެ ގޮތުން ނުވަތަ އާންމު ފަރާތަކުން، ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން އިންތިޒާމްކުރާ ހާއްސަކަމަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތަށް ދަތިނުވާނޭހެން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އެހެން އޮފީހަކަށް ނުވަތަ އެޖަމާއަތަކަށް ދޫކުރެވިދާނެއެވެ. މިގޮތަށް ދޫކުރެވޭ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ލައްވައި އެ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ދޫކުރެވިފައިވާ މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.

(ށ) އެއްވެސް ފަރާތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ދޫކުރެވޭނީ އެމަސައްކަތެއްގެ ކުޑަ ބޮޑު މިނަށާއި އެތަނެއްގައި އެމަސައްކަތަށް ބޭނުންކުރެވެން ތިބި މީހުންގެ އަދަދަށާއި، މަސައްކަތް ނިންމަންޖެހިފައިވާ މުއްދަތަށް ބެލުމަށްފަހު އެފަރާތަކަށް އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ފެނިއްޖެ ހާލަތެއްގައި، އޭގެ ސަބަބުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތަށް ދަތި ނުވާނަމައެވެ.

(ނ) ވަގުތީ ގޮތުން ދޫކޮށްފައިވާ ޖަލު އޮފިސަރުންނާއި މުވައްޒަފުން، މަސައްކަތަށް ހާޒިރުވެ ސޮއި ކުރަންވާނީ އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ދޫކޮށްފައިވާ އޮފީހުގައެވެ. އަދި އެމަސައްކަތް ނިމުމުން ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ތާރީހެއް ނުވަތަ ތާރީހުތަކެއްގައި އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ހާޒިރީގެ މައުލޫމާތު އެފަރާތަކުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހޯދަންވާނެއެވެ.

(ރ) ވަގުތީ ގޮތުން ދޫކޮށްފައިވާ ޖަލު އޮފިސަރުންނާއި، މުވައްޒަފުންގެ މުސާރައާމެދު، އެހެން ގޮތަކަށް އެއްބަސްވެވިފައި ނުވާނަމަ، އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މުސާރަ ދޭނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ. ވަގުތީ ގޮތުން ދޫކޮށްފައިވާ ޖަލު އޮފިސަރުންނާއި މުވައްޒަފުގެ ހިދުމަތް ލިބިގަންނަ ފަރާތުން، އެޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ދޭން އެއްބަސްވާ މުސާރައަކީ، އެޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް، ލިބެމުން އަންނަ މުސާރައަށްވުރެ ކުޑަ މުސާރައަކަށް ވެގެން ނުވާނެއެވެ.

(ބ) ވަގުތީ ގޮތުން ދޫކޮށްފައިވާ ޖަލު އޮފިސަރުންނާއި، މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސާއި ޖީބު ފައިސާފަދަ ސީދާ އެކަމަކަށް ހިނގާ ހަރަދުތައް ދޭންވާނީ އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ހިދުމަތް ވަގުތީ ގޮތުން ހޯދަމުންދާ ފަރާތުންނެވެ.

(ޅ) ވަގުތީގޮތުން ދޫކޮށްފައިވާ މުއްދަތު ހަމަވުމުން، އެޖަލު އޮފިސަރު ނުވަތަ މުވައްޒަފު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް އަނބުރާ ފޮނުވަންވާނެއެވެ. އަދި އެ ވަގުތީ ގޮތުން ދޫކޮށްފައިހުރި ދުވަސްތަކުގެ ހާޒިރީ ރިޕޯޓްވެސް ފޮނުވަންވާނެއެވެ.

(ކ) ވަގުތީ ގޮތުން އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ދައުލަތުގެ މުއައްސަސާއަކަށް ފިޔަވައި އެނޫންތަނަކަށް، ދޫކުރަންވާނީ ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ގޮތަށެވެ.

(އ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބޭނުމަކަށް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު މުސާރަ ލިބޭގޮތަށް ވީއްލުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ވަޒީފާ ބަދަލުވުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އެހެން އޮފީހެއްގެ ނުވަތަ މުއައްސަސާއެއްގެ ވަޒީފާއަށް ބަދަލުވާން ބޭނުންވެއްޖެނަމަ އެކަމުގެ ހުއްދައަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ލިޔުމުން އެދެންވާނެއެވެ.

 

44 ވަނަ މާއްދާ - ނޯޓިސް ދިނުން

ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހުރި މަގާމު އުވިއްޖެނަމަ، އެމީހަކަށް އަދާކުރެވިދާނެ އެހެން ވަޒީފާއެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި އޮތްތޯ ބަލައި އެމީހަކަށް އަދާކުރެވޭވަރުގެ ވަޒީފާއެއް އޮތްނަމަ، އެވަޒީފާއަކަށް ބަދަލުކޮށްދޭންވާނެއެވެ. ބަދަލުކޮށްދޭނެ މަގާމެއް ނެތިގެން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ވަކިކުރަންވާނީ ތިރީގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމަށްފަހުއެވެ.

(ހ) ހިދުމަތުގައި 3 (ތިނެއް) އަހަރު ހަމަނުވާ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއް ކަމުގައިވާނަމަ، 1 (އެކެއް) މަސްދުވަސް.

(ށ) ހިދުމަތުގައި 3 (ތިނެއް) އަހަރު ވެފައިވާ 6 (ހައެއް) އަހަރު ހަމަނުވާ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއް ކަމުގައިވާނަމަ، 2 (ދޭއް) މަސްދުވަސް.

(ނ) ހިދުމަތުގައި 6 (ހައެއް) އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއް ކަމުގައިވާނަމަ 3 (ތިނެއް) މަސްދުވަސް.

 

45 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް

ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ވަޒީފާއިން ވަކިކުރެވޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

(ހ) ޖިނާއީ ކުށެއް ސާބިތުވެގެން، ހުކުމެއް ކުރުމުން.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކުރާ ތަ ހްގީގަކުން ނުވަތަ ތަ ހްލީލަކުން، ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކޮށްފިކަން ތަ ހްގީގަށް ނުވަތަ ތަ ހްލީލަށް މަދަނީ މިންގަނޑުން ސާބިތުވާ ހާލަތެއްގައި، އެކުޅަ އަމަލެއްގެ ސަބަބުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ފަދަ ސަލާމަތީ ހިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ، އޭގެ ސަބަބުން، ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ، ނުވަތަ އެހެން ޖަލު އޮފިސަރުންނަށާއި މުވައްޒަފުންނަށާއި އަދި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުން.

(ނ) ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ ކުޑަކަމުދާ އެއްޗެތި ޓެސްޓު ކުރެވުނުއިރު މަސްތުވާ އެއްޗަކަށް ޕޮސިޓިވްވުން، ނުވަތަ ކުޑަކަމުދާ އެއްޗެތި ދޭން އިންކާރުކުރުން.

(ރ) "ރިޓަޔަރ" ކުރުމާބެހޭ ގަވާއިދުގައިވާ ގޮތަށް ރިޓަޔަރމެންޓް އުމުރު ހަމަވުމުން.

(ބ) ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އަސާސީ ތަމްރީން ކޯހުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.

(ޅ) ޑިސިޕްލިނަރީ ބޯޑުގެ ލަފާގެ މަތިން ވަޒީފާއިން ވަކިކުރުމަށް ކޮމިށަނަރ ނިންމުމުން.

(ކ) ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާ އަދާކުރުމަށް ނުކުޅެދުން.

(އ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުން.
(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނިޔާވުން.

 

46 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 35 ވަނަ މާއްދާއަށް ރިއާޔަތްކޮށް ޑިސިޕްލިނަރީ ބޯޑުގެ މަށްވަރާގެ މަތިން ކޮމިށަނަރަށެވެ.

(ށ) މިގަވާއިދުގެ 45 ވަނަ މާއްދާގައިވާ ކަމެއް މެދުވެރިވެގެން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ ވަޒީފާއިން ވަކިކުރި ސަބަބާއެކު އެޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ.

 

47 ވަނަ މާއްދާ - އެދިގެން ވަޒީފާއިން ވަކިކުރުން

(ހ) ވަޒީފާއިން ވަކިވާން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ބޭނުންވެގެން އެކަމަށް އެދެންވާނީ ލިޔުމުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައެވެ. ވަކި މުއްދަތަކަށް ސަރުކާރަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތް ކުރަންޖެހިފައިވާ ޖަލު އޮފިސަރުންނާއި މުވައްޒަފުން ވަޒީފާއިން ވަކިވުމަށް އެދެންވާނީ އެމުއްދަތު ހަމަވުމަށްފަހުއެވެ. ވަޒީފާއިން ވަކިވާން އެދި ފޮނުވާ ސިޓީގައި ވަކިވާން އެދޭ ސަބަބު ބަޔާންކުރަންވާނެއެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން އެކަމަށް އެދެންވާނެއެވެ.

(ނ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ހުށަހެޅުމުން، ގިނަވެގެން ރަސްމީ މަސައްކަތު 14 (ސާދަ) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ޖަވާބުދީފިނަމަ، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެޖަލު އޮފިސަރަކާއި ނުވަތަ މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ތަކެއްޗާއި ފައިސާއާބެހޭ ކަންތައްތައް ހުރި ގޮތް ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓުން ބަލައި، އެކަންކަން ނިންމުމަށްފަހު 14 (ސާދަ) ދުވަސް ހަމަވުމުގެ ކުރިންވެސް އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. (ބަޔާންކުރެވުނު 14 (ސާދަ) ދުވަސް ގުނާނީ ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ މަސައްކަތު ދުވަހެވެ.)

(ރ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް ހުށަހެޅުމުން ދޭ ޖަވާބަކީ އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އެވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމެއް ނޫނެވެ. ވަޒީފާއިން ވަކިކުރިކަން އަންގާނީ "ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓު" އިންނެވެ. "ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓު" އެޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ލިބެންދެން ގަވާއިދުން އޮފީހަށް ނިކުމެ އެޖަލު އޮފިސަރާ ނުވަތަ މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

(ބ) ވަޒީފާއިން ވަކިވުމަށް ހުށަހެޅުމުން، ރަސްމީ މަސައްކަތު 14 (ސާދަ) ދުވަހުގެ ތެރޭގައި، އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޖަވާބު ދޭންވާނެއެވެ.

(ޅ) "ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓު" ގައި މަދުވެގެން ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ:

  1. ވަޒީފާއިން ވަކިކުރި މީހާގެ ފުރިހަމަ މައުލޫމާތު؛
  2. ވަޒީފާދިން ތާރީހާއި ވަޒީފާއިން ވަކިކުރި ތާރީހު؛
  3. ވަޒީފާއިން ވަކިކުރި ސަބަބު.

(ކ) ވަކި މުއްދަތަކަށް ހިދުމަތް ކުރުމަށް އިގްރާރެއްގައި ސޮއިކޮށްފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެއިގްރާރުގައި ވާގޮތަށް އަމަލު ކުރުމަށްފަހުއެވެ. ކޯސް، ސެމިނަރ ނުވަތަ ވާރކްށޮޕަށް ފޮނުވުމުގެ ކުރިން މުވައްޒަފުން ވާ އިގްރާރުގައި އެކޯހަށް ނުވަތަ ސެމިނާއަކަށް ނުވަތަ ވާރކްށޮޕަށް ހަރަދު ކުރެވޭ ފައިސާއާއި ބޮންޑުގެ މުއްދަތު އަދި ފައިސާ ނަގާނެ އުސޫލެއް ބަޔާން ކުރަންވާނެއެވެ. މިގަވާއިދު ފާސްވުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ ކޯސް، ނުވަތަ ސެމިނަރ ނުވަތަ ވާރކް ށޮޕްގައި ކުރެވިފައިވާ އިގުރާރެއް ވުޖޫދުގައިވާނަމަ، އަމަލުކުރެވޭނީ އެ އިގުރާރުގައިވާ ގޮތުގެމަތިންނެވެ. އަދި އިގުރާރަށް ބަދަލުގެނެވޭނީ މުވައްޒަފު އެއްބަސްވާ ހާލަތުގައެވެ.

(އ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ މައްސަލައެއް ތުހުމަތުވެގެން ތަ ހްގީގު ކުރެވެމުން ދަނިކޮށް، އޭނާ ވަޒީފާއިން ވަކިވާން އަމިއްލައަށް އެދިއްޖެނަމަ އޭނާ ވަޒީފާއިން ވަކިކުރެވޭނީ އެމައްސަލައެއްގެ ތަ ހުގީގު ނިމުމުންނެވެ. އަދި އެމައްސަލައެއްގެ ބާވަތުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމައިފިނަމަ، އޭނާ ވަޒީފާއިން ވަކިވުމަށް ލާފައިވާ ސިޓީ ބާތިލްކޮށް، ގަވާއިދުގައިވާ ގޮތަށް އަމަލުކޮށް، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

 

ތިންވަނަ ބާބު: ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް

 

48 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދިނުން ލިބިދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސް އެވެ.

(ށ) މުސާރަ ދޭނީ އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހުރި މަގާމަށް ނުވަތަ ރޭންކަށް ކަނޑައެޅިފައިވާ އަދަދަށް، ނުވަތަ ވަޒީފާ ދިނުމަށްފަހު ނުވަތަ ވަޒީފާ ބަދަލުކުރުމަށްފަހު، ލިޔުމަކުން މުސާރަ ހަމަޖައްސާފައިވާނަމަ، ނުވަތަ މުސާރައަށް ބަދަލުގެނެސް އެކަން އަންގާފައިވާނަމަ، އެލިޔުމެއްގައިވާ އަދަދަށެވެ.

(ނ) މުސާރަ ދޭނީ މީލާދީ މަހެއްގެ އެންމެފަހު ދެދުވަހުންކުރެ ދުވަހެއްގައެވެ. މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ މުސާރަދޭނީ އެމަހެއްގެ ބަންދު ނޫން އެންމެ ފަހު ދެ ދުވަހުގެ ތެރެއިން ދުވަހެއްގައެވެ.

(ރ) މުސާރަ ދޭނީ ވަޒީފާދިން ޗިޓުގައި ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ތާރީހުން ފެށިގެންނެވެ.

(ބ) މުސާރަ ދޭނީ ވަޒީފާއަށް ނުކުންނަ ދުވަސްތަކަށާއި، މިގަވާއިދުގައިވާ ފަދައިން ޗުއްޓީ އަދި ސަލާމުގައި ހުންނަ ދުވަސްތަކަށެވެ. މިމާއްދާ މިހެން އޮތުމަކުން ސަރުކާރު ބަންދު ދުވަސްތަކަށާއި ގަވާއިދުން ހުއްދަ ލިބިގެން ދޫކޮށްފައި ހުންނަ ދުވަސްތަކަށާއި ވަޒީފާއަށް ހާޒިރުވާން ނުޖެހޭ ދުވަސްތަކަށް އެޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ހައްގުވާ މުސާރަ އުނިވެގެން ނުދާނެއެވެ.

(ޅ) އެހެން އޮފީހަކުން ނުވަތަ މުއައްސަސާއަކުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއަށް ބަދަލުވާ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މުސާރަ ދޭނީ އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއަށް ބަދަލުވެ ނުކުންނަ ތާރީހުން ފެށިގެންނެވެ.

(ކ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކުށެއްގެ ތުހުމަތުގައި ނުވަތަ ކުށެއް ސާބިތުވެގެން ހައްޔަރުކޮށްފިނަމަ، ހައްޔަރުކުރުމާއި، ވަޒީފާއިން ވަކިކުރުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާއި، ހައްޔަރުކުރުމާއި ދޫކޮށްލުމާއި ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާމެދު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

  1. ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާއި ބެހޭ މައްސަލަ ބަލަމުންދާއިރު ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުންނަ ދުވަސްތަކަށް މުސާރަ ނުދެވޭނެއެވެ.
  2. އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތު ވެފައިވާނަމަ، ބަންދުގައި ހުރި ދުވަސްތަކަށްވާ މުސާރަ ނުދެވޭނެއެވެ.

(އ) ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން ވަޒީފާއިން ވަކިވާ، ނުވަތަ ވަކިކުރާ ނުވަތަ ރިޓަޔަރ ކުރާ ދުވަހާ ހަމައަށް އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިބެންވާ އިނާޔަތްތަކާއި އެލަވަންސްތައް މިގަވާއިދާއި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ދޭންވާނެއެވެ. 

 

49 ވަނަ މާއްދާ - ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދޭ އެލަވަންސްތައް

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތް ކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދެވޭނެ އެލަވަންސްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ސަރވިސް އެލަވަންސް،

(ށ) ނޮންޕްރެކްޓިސް އެލަވަންސް،

(ނ) ފޯނު އެލަވަންސް،

(ރ) ޔުނީފޯމު އެލަވަންސް،

(ބ) ރަމަޒާން މަހުގެ މުނާސަބަތުގައި ދޭ އިނާޔަތް،

(ޅ) ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގެ ހަރަދު،

(ކ) ދަތުރު އެލަވަންސް،

(އ) ހައުސިންގ އެލަވަންސް.

 

50 ވަނަ މާއްދާ - ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސަކީ، ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ދެމިހުރި ކޮންމެ ޖަލު އޮފިސަރަކާއި މުވައްޒަފަކަށްވެސް ދެވޭ އެލަވަންސެކެވެ.

 

51 ވަނަ މާއްދާ - ނޮންޕްރެކްޓިސް އެލަވަންސް

ނޮންޕްރެކްޓިސް އެލަވަންސަކީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ބާވަތުން އާމްދަނީ ހޯދުމަށް އެހެން ވަޒީފާއެއް އަދާކުރުމަކީ މަނާ ކަމަކަށްވާތީއާއި އެހެން ވަޒީފާއެއް އަދާކުރުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ބުރޫއަރާފާނެ ނުވަތަ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އުފެދިދާނެފަދަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުކުރުމަށް ދެވޭ އެލަވަންސެކެވެ. މިއެލަވަންސް ދެވޭނީ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

52 ވަނަ މާއްދާ - ފޯނު އެލަވަންސް

(ހ) ފޯނު އެލަވަންސަކީ އެކި ބޭނުންތަކުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތްކުރުމަށް އަމިއްލަ މޯބައިލް ފޯނު ބޭނުންކުރަން ޖެހޭ ކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދެވޭ އެލަވަންސެކެވެ.

(ށ) ފޯނު އެލަވަންސް ދެވޭނީ އެކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، އެޖަލު އޮފިސަރާ ނުވަތަ މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތަކާއި، މަގާމަށާއި، ފޯނުކުރަން ޖެހޭނެ ކަމަށްބެލެވޭ އަދަދަށް ރިއާޔަތް ކުރުމަށްފަހުއެވެ.

 

53 ވަނަ މާއްދާ - ޔުނީފޯމު އެލަވަންސް

(ހ) ޔުނީފޯމު އެލަވަންސަކީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޔުނީފޯމު އަޅަންޖެހޭ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް، ޔުނީފޯމު ދޮވެ އިސްތިރި ކުރުމުގެ ހަރަދެއްގެ ގޮތުން މަހަކު އެއްފަހަރު ދެވޭ އެލަވަންސެކެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުން ޔުނީފޯމު ދޮވެ އިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ޖަލު އޮފިސަރުންނަށާއި، މުވައްޒަފުންނަށް މި އެލަވަންސެއް ދެވޭނެއެވެ.

 

54 ވަނަ މާއްދާ - ރަމަޒާން މަހުގެ މުނާސަބަތުގައި ދޭ އިނާޔަތް

(ހ) ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް، ރަމަޒާން މަހުގެ މުނާސަބަތުގައި، ސަރުކާރުން ދޭ އިނާޔަތުގެ ފައިސާ، ދޭންވާނެއެވެ. ރަމަޒާންމަހުގެ މުނާސަބަތުގައި ދޭ އިނާޔަތުގެ ފައިސާ ދޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތިން، ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން މިއެލަވަންސް ދެވޭނީ ހަމައެކަނި މުސްލިމުންނަށެވެ.

 

55 ވަނަ މާއްދާ - ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގެ ހަރަދު

(ހ) ރަސްމީ މަސައްކަތެއް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވޭ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންނަށް ތިރީގައިވާ ހަރަދުތައް، އެހެން ފަރާތަކުން އެފައިސާ ދޭން ހަމަޖެހިފައިނުވާނަމަ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދޭންވާނެއެވެ:

  1.  ދަތުރުގެ ޓިކެޓް؛
  2. ކެއުމާއި ހުރުމުގެ ހަރަދު (ދަތުރުމަތީގައި ތަނެއްގައި މަޑުކުރަންޖެހޭނަމަ އެތަނެއްގައި ހުރުމުގެ ހަރަދާވެސްއެކު)
  3. ޖީބު ފައިސާ
  4. އިންސިޑެންށަލް ހަރަދު

(ށ) މިމާއްދާގެ (ހ) ގެ (4) ގައިވާ ހަރަދަށް ދޫކުރާ ފައިސާ ހަރަދުކުރި ގޮތުގެ ހިސާބު، އެދަތުރެއް ނިންމާފައި މާލެ އަންނަތާ ގިނަވެގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި، އެޖަލު އޮފިސަރު ނުވަތަ މުވައްޒަފު، ފައިސާއާއިބެހޭ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގެ (2)، (3) އަދި (4) ގައިވާ ހަރަދުތަކަށް ދޭނެ ފައިސާގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އިންނެވެ.

(ރ) މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހަރަދުތަކުގެ އިތުރުން، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކުރާ ރަސްމީ ދަތުރުގެ ބޭނުން ހާސިލްކުރުމަށްޓަކައި އިތުރު ހަރަދެއް ހިނގާނެ ކަމަށްބެލެވޭނަމަ އެހަރަދަށްވާ ފައިސާ އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަށް ދިނުމަށް މިމާއްދާ ހުރަހެއްނާޅާނެއެވެ. މީގެ އިތުރުންވެސް ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ފޮނުވަން ހަމަޖެހިފައިވާ މަންޒިލާއި ދިވެހިރާއްޖޭގެ މޫސުމާއި ހުރި ތަފާތެއްގެ ސަބަބުން ހާއްސަ ހެދުމެއް ބޭނުންކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށްބެލެވޭ ހާލަތްތަކުގައި އެކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އިން ކަނޑައަޅާފައިވާ އަދަދަށް، އިތުރު އިނާޔަތް ދެވިދާނެއެވެ.

 

55 ވަނަ މާއްދާ - ދަތުރު އެލަވަންސް

(ހ) އަތޮޅުތަކަށާއި، އަތޮޅުތަކުން މާލެއަށާއި، އެއްއަތޮޅުން އަނެއް އަތޮޅަށާއި، އެއްރަށުން އަނެއް ރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށްވެސް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެމަތިން ކޮއްތު އެލަވަންސާއި ދަތުރު އެލަވަންސް ލިބޭނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލެއް ނުވަތަ ޑިޓެންށަން ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށްކުރާ ދަތުރުތަކަށް، މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުދެވޭނެއެވެ. ނަމަވެސް މިގޮތަށް ކުރާ ދަތުރުތަކުގެ އެންމެހައި ހަރަދުތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސައިދޭންވާނެއެވެ. 

(ނ) ވިލިނގިލީގައި ނިދުމާއި ކެއިން ބުއިން ފަދަ ކަންތައް ހަމަޖެހިފައިވާ މާލޭގައި ވަޒީފާ އަދާކުރާ ޖަލު އޮފިސަރުންނާއި، މުވައްޒަފުންނާއި، މާލޭގައި ނިދުމާއި ކެއިންބުއިން ފަދަ ކަންތައް ހަމަޖެހިފައިވާ ވިލިނގިލީގައި ވަޒީފާ އަދާކުރާ ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް އެލަވަންސެއް ދެވޭނެއެވެ. މިއެލަވަންސް ދޭނީ އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ލިޔުމަކުން އެކަމަށް އެދުމުންނެވެ. މިގޮތަށް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ލިޔުމާއެކު، މާލޭގައި ވަޒީފާ އަދާކުރާ މީހެއްނަމަ، އެމީހެއްގެ ދިރިއުޅުން ވިލިނގިލީގައި ހަމަޖެހިފައިވާ ކަމުގެ ސަރުކާރުގެ ކަމާގުޅޭ ރަސްމީ އިދާރާއެއްގެ ލިޔުމެއް، ނުވަތަ އެމީހަކީ ވިލިނގިލީގައި ވަޒީފާ އަދާކުރާ މީހެއްނަމަ އެމީހެއްގެ ދިރިއުޅުން މާލޭގައި ހަމަޖެހިފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މިއެލަވަންސް ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ޗުއްޓީގައި ހުންނަ ދުވަސްތަކަށް ނުދެވޭނެއެވެ.

(ރ) ހުޅުމާލޭގައި ނިދުމާއި ކެއިން ބުއިން ފަދަ ކަންތައް ހަމަޖެހިފައިވާ މާލޭގައި ވަޒީފާ އަދާކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންނާއި، މާލޭގައި ނިދުމާއި ކެއިން ބުއިން ފަދަ ކަންތައް ހަމަޖެހިފައިވާ ހުޅުމާލޭގައި ވަޒީފާ އަދާކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ހުޅުމާލެ ފެރީން ދަތުރު ކުރެވޭނެ ފާސް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހޯދައި ދޭނެއެވެ. ފާސް ހޯދައިދޭނީ އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ލިޔުމަކުން އެކަމަށް އެދުމުންނެވެ. މިގޮތަށް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ލިޔުމާއެކު، މާލޭގައި ވަޒީފާ އަދާކުރާ މީހެއްނަމަ، އެމީހެއްގެ ދިރިއުޅުން ހުޅުމާލޭގައި ހަމަޖެހިފައިވާ ކަމުގެ ސަރުކާރުގެ ކަމާގުޅޭ ރަސްމީ އިދާރާއެއްގެ ލިޔުމެއް، ނުވަތަ އެމީހަކީ ހުޅުމާލޭގައި ވަޒީފާ އަދާކުރާ މީހެއްނަމަ އެމީހެއްގެ ދިރިއުޅުން މާލޭގައި ހަމަޖެހިފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

 

55 ވަނަ މާއްދާ - ހައުސިންގ އެލަވަންސް

ހައުސިންގ އެލަވަންސަކީ، ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ނިދުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ފަރާތްތައް ފިޔަވައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ބަޖެޓް ލިބިފައިވާ މިންވަރަށް ބަލައި، މިއެލަވަންސް ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތް، މަހަކު އެއްފަހަރު ދެވޭ އެލަވަންސެކެވެ.

 

55 ވަނަ މާއްދާ - ޖަލު އޮފިސަރުންނާއި، މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ބޭސް ފަރުވާ ކޮށްދިނުން.

(ށ) ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ އާއިލާއަށް ބޭސް ފަރުވާ ކޮށްދިނުން.

(ނ) ޖަލުގެ އޮފިސަރަކާ ނުވަތަ މުވައްޒަފަކާ ހަވާލުކުރެވި އަދާކުރަމުންދާ މަސައްކަތަކާ ގުޅިގެން، އެމީހަކަށް ނުވަތަ އޭނާގެ މުދަލާއި ގެދޮރަށް، މީހަކު ނުވަތަ ބަޔަކު ގަސްތުގައި ދޭ ގެއްލުމަކާ ގުޅިގެން އެކަމުގެ ބަދަލު ދިނުން.

(ރ) ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ މައިން ބަފައިންނާއި އަނބިން ނުވަތަ ފިރިމީހާއާއި 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ ޖަނާޒާގެ ހަރަދު ދިނުން.

(ބ) ކެއިން ބުއިން ހަމަޖައްސައިދިނުން.

(ޅ) އެސިސްޓެންޓް ކޮމިށަނަރ އޮފް ޕްރިޒަންސްގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގެ ޖަލު އޮފިސަރުންނަށް ކާރެއް ދިނުން.

(ކ) ކޮމިށަންޑް އޮފިސަރުންނަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކަނޑުގައި ދުއްވާ އުޅަނދުގައި، ރަސްމީ މަސައްކަތަށް ދަތިނުވާނެހެން އަމިއްލަ ކުރު ދަތުރުތައް ކުރުން.

(އ) ބަޖެޓް ތަންދޭ މިންވަރަކުން ސާރޖެންޓް ރޭންކުން ފެށިގެން މަތީ ރޭންކުތަކުގެ ޖަލު އޮފިސަރުންނަށް، ލޯނު އުސޫލުން، މޮޓޯ ސައިކަލު ހޯދައި ދިނުން.

(ވ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އަދާކުރަމުންދާ ނުވަތަ އަދާކޮށްފައިވާ ރަސްމީ މަސައްކަތާ ގުޅިގެން އޭނާއަށް ނުވަތަ އޭނާގެ އާއިލާއަށް ނުރައްކަލެއް ބައެއް ނުވަތަ މީހެއްގެ ފަރާތުން ދިމާވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، އޭނާގެ ނުވަތަ އޭނާގެ އާއިލާގެ ސަލާމަތަށް މީހަކު ނުވަތަ މީހުން ބޭތިއްބުން ނުވަތަ އޭނާ ދިރިއުޅޭ ތަނުގައި ސެކިއުރިޓީ ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުން. މިނުކުތާގައި ބުނެވިދިޔަ ސަބަބާ ގުޅިގެން، ޖަލު އޮފިސަރަކަށް ނުވަތަ އޭނާގެ އާއިލާއަށް ދިމާވެދާނެ ނުރައްކާތެރި ކަމެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް މިނުކުތާގައި ބުނެވިދިޔަ އެންމެހައި ކަންތައްތައް ޖަލު އޮފިސަރަކަށް ހަމަޖައްސައި ދިނުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

(މ) ނިދުމުގެ އިންތިޒާމް ހަމަޖައްސައިދިނުން.

59 ވަނަ މާއްދާ - ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަށް ބޭސް ފަރުވާ ކޮށްދިނުން

ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ބަލިވުމުން އެބައްޔަށް ފަރުވާކުރުމަށް ހިނގާ ހަރަދު ދެނީ 

ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސަރުކާރުގެ ސިއް ހީ މަރުކަޒަކުން ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ހޮސްޕިޓަލެއް ނުވަތަ ކްލިނިކަކުން ހޯދާ ހިދުމަތްތަކަށެވެ. ބަލިވެފައިވާ އޮފިސަރަކަށް ބޭނުންވާ ފަރުވާއަކީ، ރާއްޖޭގައި ދެވެންނެތް ފަރުވާއެއް ކަމަށްވާނަމަ، އެކަމަށް އެހީ ދޭނީ، މިކަމަށްޓަކައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އުސޫލުން އެކަމަށް، ކޮމިށަނަރ އޮފް ޕްރިޒަންސް އައްޔަނުކޮށްފައިވާ ކޮމިޓީއަކުން، ނިންމާ ގޮތަކަށެވެ.

 

60 ވަނަ މާއްދާ - އާއިލާއަށް ބޭސްފަރުވާ ކޮށްދިނުން

ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އާއިލާގެ މެމްބަރަކު ބަލިވުމުން، އެމީހަކަށް ޖެހިފައިވާ ބައްޔަށް ފަރުވާކުރުމަށް، ހިނގާ ހަރަދު ދޭނީ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސަރުކާރުގެ ސިއް ހީ މަރުކަޒަކުން ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ހޮސްޕިޓަލެއް ނުވަތަ ކްލިނިކަކުން ހޯދާ ހިދުމަތްތަކަށެވެ. މިގޮތުން، އެފަރުވާއަކީ، ރާއްޖޭގައި ދެވެންނެތް ފަރުވާއެއް ކަމަށްވާނަމަ، އެކަމަށް އެހީދޭނީ، އެކަމަށްޓަކައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އުސޫލުން، މިފަދަ ކަންތަކުގައި ގޮތް ނިންމުމަށް ކޮމިށަނަރ އޮފް ޕްރިޒަންސް އައްޔަނުކޮށްފައިވާ ކޮމިޓީއަކުން ނިންމާ ގޮތަކަށެވެ.

 

61 ވަނަ މާއްދާ - ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އަދާކުރަމުންދާ މަސައްކަތާ ގުޅިގެން ގަސްތުގައި ދޭ ގެއްލުމަކާ ގުޅިގެން އެކަމުގެ ބަދަލުދިނުން

ޖަލު އޮފިސަރަކާއި ނުވަތަ މުވައްޒަފަކާއި، ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތަކާއި ނުވަތަ އޭނާ ކުރަމުންދާ ރަސްމީ މަސައްކަތާ ގުޅިގެން، އެމީހަކަށް ނުވަތަ އޭނާގެ އާއިލާގެ މެމްބަރަކަށް ނުވަތަ އޭނާގެ މުދަލާއި ގެދޮރަށް މީހަކު ނުވަތަ ބަޔަކު ދޭ އަނިޔާ ނުވަތަ ގެއްލުމަކާ ގުޅިގެން، އެކަމުގެ ބަދަލު އެމީހަކަށް ލިބިދެވޭނެއެވެ.

 

62 ވަނަ މާއްދާ - ޖަނާޒާގެ ހަރަދު

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ދިވެހިރާއްޖޭގައި ނިޔާވެއްޖެނަމަ އެ މީހެއްގެ ޖަނާޒާގެ ކަންތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސައިދޭން ވާނެއެވެ. އަދި، ރާއްޖެއިން ބޭރުގެ ގައުމެއްގައި ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނިޔާވެއްޖެނަމަ އޭނާގެ ޖަނާޒާގެ ހަރަދު ހަމަޖައްސާފައިވާ އުސޫލެއްގެ ދަށުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޭންވާނެއެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ރަސްމީ ޑިއުޓީގައި ރާއްޖެއިން ބޭރުގައި ހަރަކާތްތެރި ވަނިކޮށް، ނިޔާވެއްޖެނަމަ އޭނާގެ ޖަނާޒާގެ އެންމެހައި ކަމެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސައިދޭން ވާނެއެވެ.

(ނ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އާއިލާގެ މެމްބަރަކު ނިޔާވުމުންވެސް އަމަލުކުރެވޭނީ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

63 ވަނަ މާއްދާ - ކެއިން ބުއިން

ޖަލު އޮފިސަރުންނާއި، މުވައްޒަފުންނަށް ކަނޑައަޅާފައިވާ އުސޫލުން، ކެއިން ބުއިމުގެ އިންތިޒާމް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސައިދޭން ވާނެއެވެ. މިގޮތުން ކަނޑައެޅޭ ވަކިބަޔަކަށް ނުވަތަ އެންމެހައި އޮފިސަރުންނަށް ވަކި އަދަދެއްގެ ފައިސާ، ކެއިން ބުއިމުގެ ކެއިން ބުއިމަށް އެލަވަންސް ދެވޭ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިލޭ ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަނުން އެ ހިދުމަތް ލިބިގަނެގެން ނުވާނެއެވެ.

 

64 ވަނަ މާއްދާ - ނިދުމުގެ އިންތިޒާމް

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިބިފައިވާ ބަޖެޓާއި އެކަމަށްޓަކައި ހަމަޖައްސާފައިވާ ވަސީލަތް ތަންދޭ މިންވަރަކުން، ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ނިދުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދޭ އޮފިސަރުންނާއި މުވައްޒަފުންނަށް ނިދުމުގެ އިންތިޒާމް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅަކަށް ހަމަޖައްސައިދޭން ވާނެއެވެ.

 

65 ވަނަ މާއްދާ - ކޮމިށަންޑް އޮފިސަރުން

ކޮމިށަންޑް އޮފިސަރުންގެ ބޭނުންތަކަށް އުޅަނދުފަހަރު ބޭނުންކުރަންވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

 

66 ވަނަ މާއްދާ - ޑިއުޓީގައި ހަރަކާތްތެރިވަނިކޮށް ނިޔާވާ އޮފިސަރުންނާއި މުވައްޒަފުންނަށް ދެވޭ އިނާޔަތް:

އޮފިސަރެއްގެ ވާޖިބު އަދާކުރުމުގައި ހަރަކާތްތެރިވަނިކޮށް ދިމާވާ ނުވަތަ ދިމާކުރުވާ ހާދިސާއެއްގެ ސަބަބުން ނިޔާވާ ޖަލު އޮފިސަރުންނާއި މުވައްޒަފުން އެވީ ގުރުބާނީގެ އަގު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ވަޒަންކުރަންވާނެއެވެ. އަދި މިފަދައިން ނިޔާވާ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އާއިލާއަށް މިމާއްދާގައި ބަޔާންވެގެންވާ އިނާޔަތްތައް ލިބިދޭންވާނެއެވެ.

(ހ) ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރައިގެ %60 (ފަސްދޮޅަސް އިންސައްތަ) އާއި އެމީހަކު ވަޒީފާގައި ވޭތުކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދު ގަނޑުކޮށް އެއްފަހަރާ ދެވޭ އިނާޔަތެއްގެ ގޮތުގައި އޭނާގެ އާއިލާއަށް ދޭންވާނެއެވެ.

(ށ) ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރައިގެ %140 (އެއްސަތޭކަ ސާޅީސް އިންސައްތަ) އަށްވާ ފައިސާ ކޮންމެ މަހަކު ހާއްސަ އެލަވަންސެއްގެ ގޮތުގައި އޭނާގެ އާއިލާއަށް ދޭންވާނެއެވެ. މިގޮތުން ހުވަފަތް އަނބިން (ނުވަތަ ފިރިމީހާ) މީހަކާ ކައިވެނިކުރަންދެން ނުވަތަ އޭނާގެ ދަރިންނަށް 18 (އަށާރަ) އަހަރު ފުރެންދެން ނުވަތަ އޭނާގެ މައިންބަފައިން ދުނިޔޭގައި ތިބިހާ ދުވަހަކު މިއެލަވަންސް ދެވޭނެއެވެ.

(ނ) ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރިން ދިވެހިރާއްޖޭގައި ތައުލީމު ހާސިލުކުރަމުންދާނަމަ، ތައުލީމު އުނގެނުމަށް ދައްކަންޖެހޭ ފީއާއި އިމްތި ހާނުތަކަށް ދައްކަންޖެހޭ ފީ، އާއިލާއިން އެދިއްޖެ ހާލަތެއްގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދައްކަންވާނެއެވެ.

(ރ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނިޔާވުމުގެ ސަބަބުން އޭނާގެ އާއިލާ ދިރިއުޅެމުން އައި ރަށުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ނުވަތަ އަވަށަކަށް ދިރިއުޅުން ބަދަލުކުރާނަމަ އޭނާގެ އާއިލާއަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޕެސެޖް 

ދޭންވާނެއެވެ. "ޕެސެޖް ފީ" ދެވޭނީ، ދިވެހިރާއްޖޭގެ މީހުން، ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ނުވަތަ އެއް އަވަށުން، އަނެއް އަވަށަށް، ބަދަލުވާނަމައެވެ.

(ހ) ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ފަސްދާނު ލާންވާނީ ރަސްމީ ހާލަތުގައެވެ.

(ށ) ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ މައިންބަފައިންނަށާއި 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނާއި، ހުވަފަތް އަނބިން އަދި ފިރިމީހާއަށް، ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ ރޭންކަށް ކަނޑައެޅިފައިވާ ފަދައިން ބޭސްފަރުވާގެ ހަރަދު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޭންވާނެއެވެ. މިގޮތުން އަނބިން ނުވަތަ ފިރިމީހާ، އެހެން މީހަކާ ކައިވެނި ކުރުމުން އެމީހަކަށް ބޭސް ފަރުވާގެ ހަރަދު ދިނުން ހުއްޓާލެވޭނެއެވެ.

(ނ) ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ އާއިލާއަށް މިމާއްދާގައި ބަޔާންވެގެންވާ އިނާޔަތް ލިބިދިނުމުގައި، އިނާޔަތް ހަވާލުކުރުމަށް ށަރުއީ ކޯޓަކުން ވަކި ގޮތަކަށް ނިންމާފައިނުވާ ހާލަތުގައި އިނާޔަތް ހަވާލުކުރެވޭނީ އާއިލާގެ ކޮންމެވެސް އެއް މެމްބަރަކަށެވެ.

(ރ) ނިޔާވާ ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް އޭނާގެ އާއިލާއާއެކު ދިރިއުޅުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަވާލުކޮށްފައިވާ ތަން ހުސްކުރުމަށް އޭނާގެ އާއިލާއަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަންގަންވާނީ، އޭނާގެ އަނބިން ނުވަތަ ފިރިމީހާ އެހެން މީހަކާ ކައިވެނިކުރުމުން، ނުވަތަ އޭނާގެ ދަރިންނަށް 18 (އަށާރަ) އަހަރު ފުރުމުން، ނުވަތަ އޭނާގެ މައިން ބަފައިންގެ އޭނާ ފިޔަވައި އެހެން ދަރިއަކު ނެތް ހާލަތުގައި އެމީހުން ނިޔާވުމުންނެވެ. ނަމަވެސް، ދިރިއުޅުމަށް ހަވާލުކުރެވިފައިވާ ތަން އެކަށީގެންވާ ރަނގަޅު ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރޭ ހާލަތާއި، ތަކުރާރުކޮށް އެތަނެއްގެ ތެރޭ ޖިނާއީ ކުށްކުރާ ހާލަތްތަކުގައި ނިޔާވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ އާއިލާގެ ކިބައިން އެތަން ނެގޭނެއެވެ.

 

 

ހަތަރުވަނަ ބާބު: މަސައްކަތު ގަޑި

 

67 ވަނަ މާއްދާ - މަސައްކަތު ގަޑި

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފުލް ޓައިމް ވަޒީފާއެއް ދީފައި ހުންނަ ކޮންމެ ޖަލު އޮފިސަރަކީ ހަފްތާއަކު 7 (ހަތެއް) ދުވަހަށް، ދުވާލަކު 24 (ސައުވީސް) ގަޑިއިރަށް، ވަޒީފާ ދީފައި ހުންނަ މީހެކެވެ. ގާނޫނާއި ގަވާއިދާ ހިލާފު ނުވާނޭ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ހަފްތާގެ ކޮންމެ ދުވަހަކުވެސް، އަދި ދުވަހުގެ ކޮންމެ ގަޑިއެއްގައިވެސް، ވަޒީފާގެ ބޭނުމެއްގައި މަސައްކަތަށް ނެރުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް އިހުތިޔާރު ލިބިގެންވާ ކަމެކެވެ.

(ށ) ކޮންމެ ޖަލު އޮފިސަރަކު މަދުވެގެން ހަފްތާއަކު 48 (ސާޅީސް އަށެއް) ގަޑިއިރު މަސައްކަތް ކުރަންވާނެއެވެ. އަދި މުވައްޒަފުން މަދުވެގެން ހަފްތާއަކު 40 (ސާޅީސް) ގަޑިއިރު މަސައްކަތްކުރަންވާނެއެވެ. މިގޮތަށް ކަނޑައަޅާފައި ވީނަމަވެސް، މަސައްކަތު ވަގުތާއި މަސައްކަތް ކުރަންޖެހޭ ދުވަސްތައް ކަނޑައެޅުމާއި ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބިގެންވެއެވެ.

(ނ) ރަސްމީ ގަޑި ވަކި ގޮތަކަށް ހަމަޖައްސާފައި ވީނަމަވެސް އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނިންމަންޖެހޭ މަސައްކަތްތައް ނުނިމި ހުރެއްޖެނަމަ، އެމަސައްކަތްތައް ނިންމުމަށްޓަކައި އެޑިޕާޓްމަންޓުގެ ވެރިއަކު ނުވަތަ ސުޕަވައިޒަރެއްގެ ގޮތުން މަސައްކަތްކުރާ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އަންގާ ގޮތެއްގެ މަތިން ނުރަސްމީ ގަޑީގައި ނިކުމެ މަސައްކަތް ކުރަންވާނެއެވެ.

(ރ) އިމަޖެންސީ ހާލަތުގައި ނުވަތަ ވަކި ހާލަތެއް މެދުވެރިވެދާނެކަމަށް ބެލެވިގެން އެކަމެއް ހުއްޓުވުމަށް ނުވަތަ ވަކި ކަމެއް ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ނުކުމެގެން ކުރަންޖެހޭ މަސައްކަތެއް އޮތްކަމަށް ހެޑް އޮފް ޑިޕާޓްމަންޓް ނުވަތަ ސީނިއަރ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކަނޑައަޅައިފިނަމަ، މިމާއްދާގެ (ށ) ގައި ބަޔާންވެގެންވާ ވަގުތަށްވުރެ އިތުރަށް އެކަމެއް ކޮންޓްރޯލްވުމާ ހަމައަށް ނުވަތަ އެކަމެއް ނިމުމާ ނުވަތަ އެހެން ގޮތަކަށް އެކަމަކަށް ހަރަކާތްތެރިވުމަށް ކަނޑައެޅުމާ ހަމައަށް އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން ހަރަކާތްތެރިވާންވާނެއެވެ.

(ބ) ޑިޕާޓްމަންޓްތައް ހިންގާ އޮފީސް ރަސްމީގަޑިއަށް ހުޅުވުމުގައި ގަޑިޖެހުމުގެ 15 (ފަނަރަ) މިނެޓް އިރު ކުރިން އޮފީސް ހުޅުވަންވާނެއެވެ.

(ޅ) ޑިއުޓީ ބަހައިގެން މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ރަސްމީ ގަޑިއަކީ އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ޑިއުޓީ ޖެހޭ ގަޑިއެވެ.

(ކ) ކޮންމެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކުވެސް އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު މަސައްކަތަށް ގަޑިއަށް ހާޒިރުވާންވާނެއެވެ. އަދި މަސައްކަތަށް ހާޒިރުނުވެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، ގަވާއިދުން ސަލާމް ބުނަންވާނެއެވެ ނުވަތަ ޗުއްޓީ ނަގަންވާނެއެވެ.

(އ) އާންމު ހާލަތުގައި 24 (ސައުވީސް) ގަޑިއިރު ހިދުމަތް ދޭންޖެހޭ ޔުނިޓްތަކުގެ ތެރެއިން ށިފްޓް އުސޫލުން މަސައްކަތްކުރާ ޔުނިޓްތައް މަސައްކަތްކުރާނީ މަދުވެގެން 03 (ތިނެއް) ށިފްޓަށެވެ. މިގޮތަށް މަސައްކަތް ކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ބަންދު ދުވަހަކަށްވާނީ އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އޮފް ދުވަހެވެ.

(ވ) ދިމާވާ ހާލަތަކާ ނުވަތަ ކޮންމެހެން ހައްލުކުރަން ޖެހޭ ކަމަކާ ގުޅިގެން އެކަމެއް ހައްލުވުމާ ހަމައަށް ނުވަތަ އެކަމެއް ކޮންޓްރޯލް ކުރުމަށް ކުރެވޭ ޕްލޭނާ އެއްގޮތަށް. ޑިއުޓީ ގަޑިއަށް ބަދަލު ގެނައުމުގެ އިހުތިޔާރު އިދާރީ އޮނިގަނޑުގައި ބަޔާންކުރާ ހެޑް އޮފް ޑިޕާޓްމަންޓް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން އަށް ލިބިގެންވެއެވެ.

 

68 ވަނަ މާއްދާ - ރަށުން ބޭރަށް ދިއުމާއި،

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އޭނާ މަސައްކަތްކުރާ ރަށް ފިޔަވައި، އެހެން ރަށަކަށް އަދި މާލެ ކަމުގައިވާނަމަ، ހުޅުމާލެ، ވިލިނގިލި ފިޔަވައި، 24 (ސައުވީސް) ގަޑިއިރަށްވުރެ ކުރު މުއްދަތަކަށް ދާންވާނީ އެ ޖަލު އޮފިސަރަކު ނުވަތަ އެ މުވައްޒަފެއްގެ ސުޕަވައިޒަރުގެ ހުއްދަ ހޯދައިގެންނެވެ. 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގުނަމަ ހެޑް އޮފް ޑިޕާޓްމަންޓްގެ ހުއްދައާއެކު ޑިއުޓީއަށް ރަސްމީކޮށް ހާޒިރުވާންނުޖެހޭ ދުވަހަކު، މުވައްޒަފަށް، ރަށުން ބޭރަށް ދެވިދާނެއެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ރާއްޖެއިން ބޭރަށް، ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވިޔަސް އަމިއްލަ ބޭނުމެއްގައި ދާންވާނީ ޗުއްޓީ ނަގައިގެން ނުވަތަ އެ ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ އޮފް ދުވަހުއެވެ. މިގޮތުން އެ ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ އޮފް ދުވަހު ރާއްޖެއިން ބޭރަށް ދާންވާނީ އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ސުޕަވައިޒަރުގެ ހުއްދަ ލިބިގެންނެވެ.

(ނ) ރަސްމީ މަސައްކަތުގެ ގަޑީގައި ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އަމިއްލަ ކަމެއްގައި އޮފީހުން ބޭރަށް ދާންވާނީ، ކޮންމެހެން ނުގޮސް ނުވާނެފަދަ ހާލަތެއްގައި ޔުނިޓްގެ ނުވަތަ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ. އަދި އަމިއްލަ ކަންކަމުގައި މުވައްޒަފުން ބޭރަށްގޮސް، އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު ރިކޯޑުކޮށްފައި އޮންނަންވާނެއެވެ. މިކަމަށްޓަކައި އެމީހަކު ބޭރަށްދިޔަ ބޭނުމަކާއި ގަޑިއާއި، އެނބުރި ޔުނިޓަށް ނުވަތަ ޑިޕާޓްމަންޓަށް އައި ގަޑީގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

(ރ) ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް އެމީހުންގެ ޑިއުޓީގެ ވަގުތު 5 (ފަހެއް) ގަޑިއިރަށްވުރެ ދިގުދެމިގެންދާނަމަ، ޑިއުޓީ ވަގުތުގެ ތެރޭގައި މަސައްކަތަށް ދަތިނުވާގޮތަކަށް ކެއުމަށް 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. އަދި ކޮންމެ ނަމާދަކަށް އެ ނަމާދެއްގެ ވަގުތު ފާއިތުނުވަނީސް 15 (ފަނަރަ) މިނެޓްގެ ވަގުތުކޮޅެއް ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދޭންވާނެއެވެ.

 

69 ވަނަ މާއްދާ - ގަޑި ޖެހުން

(ހ) އޮފީސް ހުޅުވުމާ ހަވާލުވެ ހުރި ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ގަޑިޖެހޭ ވަގުތަކީ، އޮފީސް ހުޅުވަންޖެހޭ ގަޑި ފެށުމުގެ 10 (ދިހައެއް) މިނެޓް ކުރިންނެވެ. އެނޫން ޖަލު އޮފިސަރުންނާއި މުވައްޒަފުން ގަޑިޖެހޭނީ ރަސްމީ ގަޑިއަށްވުރެ 01 (އެކެއް) މިނެޓް ފަހުން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުތުމުންނެވެ. ޑިއުޓީ ބަހައިގެން މަސައްކަތް ކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުން ގަޑިޖެހޭނީ، އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިއުޓީއަށް ނިކުންނަން ހަމަޖައްސާފައިވާ ގަޑިއެއްގެ ފަހުން ހާޒިރުވުމުންނެވެ.

(ށ) މަސައްކަތަށް ނުކުމެ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން އޮފީހަށް ހާޒިރުވިކަން ރިކޯޑުކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް، ކަނޑައެޅިފައިވާ ގޮތުގެ މަތިން ހާޒިރުވިކަން ރިކޯޑު ނުކޮށް ނުވަތަ ހާޒިރީ ފޮތުގައި ސޮއި ނުކޮށް އޮވެއްޖެނަމަ، ނުވަތަ ހާޒިރީ ބަލަހައްޓާ ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް އެހެންވެސް ގޮތަކުން، ހާޒިރުވިކަން ނާންގާ އޮވެއްޖެނަމަ، ގަޑި ޖެހޭނެއެވެ. އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑި ޖެހުމުގެ ކުރިން ހާޒިރުވިކަން ރިކޯޑު ނުކުރެވި ނުވަތަ ހާޒިރީގައި ސޮއި ނުކުރެވިއްޖެނަމަ އެމަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ، ހާޒިރީ ބަލަހައްޓާ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އެކަން އެންގުމަށްފަހު، ހާޒިރުވިކަން ރިކޯޑު ކުރަންވާނެއެވެ.

(ނ) އޮފީސް ހުޅުވާ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ހާޒިރު ނުވެގެން ގަޑި ޖެހުނުއިރު، އޮފީސް ނުހުޅުވިއްޖެނަމަ އޮފީހުގެ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން، އެވަގުތު ހާޒިރުވެހުރި އިސްމީހަކު، އެހެން ޖަލު އޮފިސަރުންނާއި، މުވައްޒަފުން ހާޒިރުވި ގަޑި ބަލަންވާނެއެވެ؛ އަދި އޮފީސް ހުޅުވުމުން ހާޒިރުވި ގަޑި ރިކޯޑު ކުރަންވާނެއެވެ.

(ރ) ޖަލު އޮފިސަރު ނުވަތަ މުވައްޒަފަކު ނުރަސްމީ ގަޑިއަށް ނުކުތުމުގައިވެސް، ނުކުންނަން އަންގާފައިވާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ ރަސްމީ ގަޑީގައި ގަޑި ޖެހޭ ފަދައިން ގަޑި ޖެހޭނެއެވެ. މިގޮތުން މިގަވާއިދުގެ 70 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

(ބ) ވަޒީފާއަށް ނިކުމެ، މަސައްކަތް ނިންމާ ގަޑި މަސައްކަތް ނިންމާފައި ދިއުމުގެ ކުރިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ރިކޯޑު ކުރަންވާނެއެވެ.

(ޅ) ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ރަސްމީ ޑިއުޓީއަށް ހާޒިރުނުވެވުނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތެއްގައި އުޅުމުގެ ސަބަބުން ކަމަށްވާނަމަ ގަޑި ނުޖެއްސުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ލިބިގެންވެއެވެ.

 

70 ވަނަ މާއްދާ - ގަޑީލާރި ކެނޑުން

(ހ) ވަޒީފާ އަދާކުރުމަށް، ނިކުތުމަށް ހަމަޖައްސާފައިވާ ގަޑިއަށް ނުނިކުތުމުގެ ސަބަބުން ގަޑީލާރި ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ މުސާރައިން ކެނޑޭނީ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު އޮފީހަށް ލަސްވި ވަގުތަށްވާ މިންވަރަށެވެ. ގަޑިޖެހިގެން ޑިއުޓީއަށް ހާޒިރުވާ ޖަލު އޮފިސަރުންނާއި، މުވައްޒަފުންގެ ގަޑީލާރި ނެގޭނީ އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މުސާރައިގެ ނިސްބަތުންނެވެ.

(ށ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބަލާނީ އަސާސީ މުސާރަ 30 (ތިރީސް) އިން ގެއްލީމާ ލިބޭ އަދަދު 8 (އަށެއް) އިން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރު ކަމުގައި ބަލައިގެންނެވެ.

(ނ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ގަޑި ޖެހިގެން ދުވާލަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މުސާރައިގެ އަދަދެވެ.

 

71 ވަނަ މާއްދާ - ވީގޮތެއް ނާންގައި އޮފީހަށް ހާޒިރުނުވެ ހުރުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ އެއްވެސް ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ވީގޮތެއް ނާންގައި، ވަޒީފާއަށް ހާޒިރުނުވެ، ވަޒީފާގައި ދެމިއެއް ނުހުރެވޭނެއެވެ. އެ ގޮތަށް ހުންނަ އެންމެ ދުވަހެއްވެސް ބެލެވޭނީ ވަޒީފާއަށާއި ޒިންމާއަށް އިހުމާލުވުމެއް ކަމުގައެވެ.

(ށ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވީނުވީއެއް ނާންގައި ވިދިވިދިގެން 5 (ފަހެއް) ދުވަހު ހުރެއްޖެނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

 

 

ފަސްވަނަ ބާބު : ހެދުން ބަހައްޓަންވީ ގޮތް

 

72 ވަނަ މާއްދާ - މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވީ ގޮތް

މަސައްކަތުގައި އުޅޭއިރު އޮފީހުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުން ރަސްމީ ޑިއުޓީގައި އުޅޭއިރު ހެދުން ބަހައްޓަންވީ ގޮތް ހެދުން ބަހައްޓަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ކަނޑައަޅާ އުސޫލާއި އެއްގޮތްވާގޮތަށެވެ.

(ހ) އިދާރީ މަސައްކަތްކުރާ ޖަލު އޮފިސަރުންގެ ތެރެއިން ޔުނީފޯމު އަޅަން ނުޖެހޭ ފިރިހެން ޖަލު އޮފިސަރުންގެ ހެދުމަކީ، ދިގު ފަޒްލޫނާއި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ޓައީއާއި ބޫޓެވެ. ނަމަވެސް، ސަޕޯޓް ސަރވިސް މަގާމުތަކުގެ މުވައްޒަފުން ޓައީ ނާޅައި އުޅުމާއި ބޫޓުގެ ބަދަލުގައި އެކަށީގެންވާ ފައިވާނެއް ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ. ބުނެވިދިޔަ އެކަށީގެންވާ ފައިވާނުގެ ތެރޭގައި ފެންފައިވާން ނުހިމެނެއެވެ.

(ށ) ޖަލު އޮފިސަރުންގެ ތެރެއިން ޔުނީފޯމު އަޅަން ނުޖެހޭ އަންހެން ޖަލު އޮފިސަރުންގެ ހެދުމަކީ (ފާސްކުރި ހެދުން) ނަންބަރު ހެދުން ނުވަތަ ޕާކިސްތާން ހެދުން (ށަލްވާރާއި ގަމީސް ނުވަތަ ކުރުތާއާއި ދޯޕައްޓާ) ނުވަތަ ހަރުވާޅާއި އެއާއެކުގައިލާ މަތީބައި، ނުވަތަ އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރާ ހެދުމާއި، މީނޫންވެސް ޖަމާއަތުގެ އަދަބާއި ހިލާފުނުވާ ހެދުމަކާއި އަދި އެކަށީގެންވާ ފައިވާނެއް ނުވަތަ ބޫޓެކެވެ.

(ނ) ޔުނިފޯމް އެޅުމަށް ހަމަޖައްސާފައިވާ ޖަލު އޮފިސަރެއްގެ ރަސްމީ ޑިއުޓީގައި އުޅޭއިރު ހުންނަންވާނީ ޔުނިފޯމްގައެވެ. ޔުނިފޯމް އަޅާއިރު، "ޔުނިފޯމާބެހޭ ގަވާއިދު" އާއި އެއްގޮތްވާގޮތުގެ މަތިން ޔުނިފޯމްގައި ހިމެނޭ ހުރިހާ ބައިތަކެއް ހަމައަށް ބޭނުންކުރަންވާނެއެވެ.

 

73 ވަނަ މާއްދާ - ރަސްމީ ޑިއުޓީގައި ނޫން

(ހ) ރަސްމީ ޑިއުޓީއެއް ނޫންގޮތަށް ނުނިމިހުރި މަސައްކަތެއް ނިންމުމަށް ނުވަތަ ޖަލްސާއަކަށް ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާހުރެ އޮފީހުގެ މަސައްކަތަށް ވަގުތުގައި އޮފީހުގެ މަސައްކަތަށް ނުކުންނަ ފިރިހެން ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ހެދުމަކީ، ފަޓްލޫނާއި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ނުވަތަ ޓީށާޓާއި ބޫޓް ނުވަތަ އެކަށީގެންވާ ފައިވާނެވެ. ނުވަތަ އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހެދުމެވެ. ފަސްބައި ވައްކޮށް ކަނޑާފައިހުންނަ ގަމީސް ލައިގެން އޮފީހުގެ މަސައްކަތަށް ނުކުންނަނަމަ ފަޓްލޫންގެ ނުވަތަ ޖިންސުގެ ދަށަށް ޖަހަންވާނެއެވެ.

(ށ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަށް، ނުނިމިހުރި މަސައްކަތެއް ނިންމުމަށް، ނުވަތަ ޖަލްސާއަކަށް ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާހުރެ، އޮފީހުގެ މަސައްކަތަށް ނުކުންނަ އަންހެން ޖަލު އޮފިސަރުންނާއި، މުވައްޒަފުންގެ ހެދުމަކީ ފާސްކުރި ހެދުން (ހެދުން ނަންބަރު) ނުވަތަ ޕާކިސްތާނީ ހެދުން، ސަލްވާރާއި ގަމީސް (ދޯޕައްޓާ) ނުވަތަ ކުރުތާއާއި ހަރުވާލާއި އެއާއެކުގައިލާ މަތީބައި، ނުވަތަ އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރާ ހެދުމާއި މިނޫންވެސް ޖަމާއަތުގެ އަދަބާއި ހިލާފުނުވާ ހެދުމަކާއި އަދި އެކަށީގެންވާ ފައިވާނެއް ނުވަތަ ބޫޓެކެވެ.

 

74 ވަނަ މާއްދާ - ރަސްމިއްޔާތުގައި ބައިވެރިވާއިރު ހެދުން ބަހައްޓަންވީގޮތް

(ހ) ސަރުކާރުގެ ތަންތަނުން ބާއްވާ މުހިއްމު ރަސްމިއްޔާތުތަކުގައި، ބައިވެރިވާ ފިރިހެން ޖަލު އޮފިސަރުންނާއި، މުވައްޒަފުން ތިބެންވާނީ އެކި މުނާސަބަތުތަކުގައި، ބޭނުންކުރުމަށް ހަމަޖައްސާފައިވާ ހެދުމެއްގައި ނުވަތަ އެރަސްމިއްޔާތަކަށް ދިއުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސާ ހެދުމެއްގައެވެ. އަދި އަންހެން ޖަލު އޮފިސަރުންނާއި މުވައްޒަފުން ތިބެންވާނީ އެކިއެކި މުނާސަބަތްތަކުގައި، ސަރުކާރުން ގަބޫލުކުރާ ހެދުމެއްގައި ނުވަތަ ދިވެހި ހެދުމެއްގައި ނުވަތަ އެރަސްމިއްޔާތަށް ދިއުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ހެދުމެއްގައެވެ. ކުޅިވަރު މުބާރާތްތަކުގެ ރަސްމިއްޔާތުތައް މީގެތެރޭގައި ނުހިމެނެއެވެ.

(ށ) ރަސްމީ ޖަލްސާތަކާއި، ރިސެޕްށަންތަކަށް ހާޒިރުވާއިރު ހެދުން ބަހައްޓަންވާނީ ތިރީގައިވާ ގޮތަށެވެ.

  1. ދައުވަތު ކާޑުގައި ވަކި ގޮތަކަށް ހެދުން ބެހެއްޓުމަށް ބުނެފައިވާނަމަ އެގޮތަށް؛
  2. ދައުވަތު ކާޑުގައި ވަކިގޮތަކަށް ހެދުން ބެހެއްޓުމަށް ބުނެފައި ނުވާނަމަ، ރަސްމީ ގަޑީގެ އޮފީސް ހެދުމުގައި؛
  3. ވަކި ޔުނީފޯމެއްގައި ޖަލު އޮފިސަރުން ދިއުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅައިފިނަމަ އެޔުނީފޯމުގައި.

(ނ) ކުޅިވަރު މުބާރާތް ފަދަ ކަންކަމާއި އެކިއެކި ނަތީޖާ ފާޅުކުރުމާއި އިނާމް ދިނުމުގެ ޖަލްސާ ފަދަ ކަންކަމުގައި ބައިވެރިވާ ޖަލު އޮފިސަރުންނާއި މުވައްޒަފުން ހެދުން ބަހައްޓަންވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ހެދުމެއްގައެވެ.

(ރ) ހެދުން އެޅުމުގައި، ކޯޓް ފަޓުލޫނާއި ސަފާރީ ގަމީހާއި ފަޓުލޫނާއެކު ބޭނުންކުރަންވާނީ ބޫޓެވެ. އެހެން ހެދުމާއެކު ބޫޓު ނުވަތަ އެކަށީގެންވާ ފައިވާނެކެވެ.

 

75 ވަނަ މާއްދާ - ބޮލުގެ އިސްތަށިގަނޑު ހުންނަންވާނެ ގޮތް:

(ހ) އަންހެން ޖަލު އޮފިސަރުންނާއި މުވައްޒަފުން، އެންމެ ކުރުވެގެން ބޮލުގެ އިސްތަށިގަނޑު ކޮށަންވާނީ ކޮނޑަށްވުރެ ކުރުނުވާ ވަރަށެވެ. އަދި ދިގުކޮށް ބަހައްޓަންވާނީ އުނަގަނޑަށްވުރެ ދިގުނުވާ ގޮތަށެވެ. އުނަގަނޑަށްވުރެ ދިގު އިސްތަށިގަނޑު ބަހައްޓަންޖެހޭނީ އުނަގަނޑަށްވުރެ ދިގުނުވާނޭ ގޮތަށް ފައްތަރުކޮށް ދަތިޖަހާފައެވެ.

(ށ) ބޮލުގެ އިސްތަށިގަނޑުގައި ކަޅުކުލަ ފިޔަވައި އިތުރު ކުލައެއް ޖެއްސުމަކީ މަނާކަމެކެވެ. މިގޮތުން އަތްވަށް ނުކުތުމުން އަރާކުލަވެސް، އެއީ ކަޅުކުލަ ކަމުގައި ނުވާނަމަ، އެކަން ކުރުމަކީ މަނާކަމެކެވެ.

(ނ) ފިރިހެން ޖަލު އޮފިސަރުންނާއި މުވައްޒަފުން ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ރީތިކޮށް ކޮށާ ފުނާ އަޅާފައެވެ. މިގޮތުން ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ބޮލުގެ މަތިންނާއި ކުރިމަތިން 4 (ހަތަރު) ސެންޓިމީޓަރަށް، ބޮލުގެ އަރިމަތީގެ މަތިން 3 (ތިނެއް) ސެންޓިމީޓަރަށް އަދި 2 (ދޭއް) ސެންޓިމީޓަރަށް އައިބުނުވާ ވަރަށް އެއްވަރަށް ކޮށާފައެވެ.

 

76 ވަނަ މާއްދާ - ގަހަނާ އެޅުމާއި ޒީނަތްތެރިވުން:

(ހ) އަންހެން ޖަލު އޮފިސަރުންނާއި މުވައްޒަފުން ޑިއުޓީގައި ނުވަތަ ވަޒީފާގެ ވަގުތުގައި ލާންވާނީ 1 (އެކެއް) ޖޯޑު ކަންފަތު މުދިއެވެ. ކަންފަތުގައި މުދިލާންވާނީ ކަންފަތުގެ ފޫޅުގައި އެ ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ ކަންފަތުގެ ފޫޅާ އެކަށީގެންވާ ކުޑަ އެއްޗެކެވެ. ކަންފަތުގައި މުދިލާނަމަ، ލާން ޖެހޭނީ ޑައިމީޓަރުގައި 6 (ހައެއް) މިލިމީޓަރަށްވުރެ ބޮޑު ނުވާވަރުގެ ބޮޅެއް ނުވަތަ ސްޓަޑެކެވެ.

(ށ) އަންހެން މުވައްޒަފުން ޑިއުޓީ ވަގުތުގައި ކަންފަތުގެ ފޫޅުގައިލާމުދި ނުވަތަ އަތުގައިއަޅާ ގަޑި، ކެވެލި، ތަނޑި އަދި ހިފާ އަނގޮޓި ފިޔަވައި ގަހަނާ ގޮތުގައި ހިމެނޭ އިތުރު އެއްވެސް އެއްޗެއް އެޅުމަކީ މަނާކަމެކެވެ.

(ނ) ޑިއުޓީ ވަގުތުގައި، އަންހެން ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އަތުގައި ބައި ސެންޓިމީޓަރަށްވުރެ ފުޅާ ނުވާވަރުގެ ރަން ނުވަތަ ރިހި ކެވެލިކޮޅެއް ނުވަތަ ތަނޑި ޖޯޑެއް އެޅުމަކީ ހުއްދަ ކަމެކެވެ. މިގޮތުން، ޑިއުޓީގައި ނުވަތަ ރަސްމީ މަސައްކަތަށް އޮފީހުގައި އުޅޭއިރު އަޅަންވާނީ 1 (އެކެއް) ކެވެލިކޮޅު ނުވަތަ 1 (އެކެއް) ތަނޑި ޖޯޑެވެ.

(ރ) އަންހެނުންގެ ޒީނަތްތެރިކަމަށް ބޭނުންކުރާ "ލިޕްސްޓިކާއި މޭކަޕް" ކުރުންފަދަ ކަންކަން މެދުމިނެއްގައި ކުރެވިދާނެއެވެ. އެގޮތުން އެމީހެއްގެ ތުންފަތުގެ ހަމުގެ ކުލައާއި ގުޅޭގޮތުން ރަތް ނުވަތަ "ފިޔާތޮށި ކުލައިގެ" "ލިޕްސްޓިކް"ފަދަ ތަކެތި ޖެއްސިދާނެއެވެ. ކަޅުކުލަ ފިޔަވައި އެހެން ކުލައެއްގެ "މަސްކަރާ" ބޭނުންކޮށްގެން ނުވާނެއެވެ.

(ބ) މޭކަޕް ކުރުމުގެ ގޮތުން އައިލިޑްގައި ކުލަ ޖެއްސުމާއި، ހަމުގެ ކުލައާއި ތަފާތު ޓޯނެއްގެ ފައުންޑޭށަނާއި ކުލަ ބޭނުންކޮށްގެން ނުވާނެއެވެ.

(ޅ) އަންހެން ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ޑިއުޓީ ގަޑިތަކުގައި 1 (އެކެއް) އަނގޮޓި އެޅިދާނެއެވެ. އަނގޮޓި އަޅަންވާނީ އެއަނގޮޓި އަޅާފައިހުންނަ އިނގިލި ފިޔަވައި އެހެން އިނގިއްޔަކަށް އެއަނގޮޓީގައި އިންނަ އެސް ނުވަތަ ޑިޒައިނެއް ނާރާގޮތަށެވެ. މިގޮތުން އަޅާ އަނގޮޓީގެ ފުޅާމިން 1 (އެކެއް) ސެންޓިމީޓަރަށްވުރެ ފުޅާވެގެން ނުވާނެއެވެ.

(ކ) ފިރިހެން ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި މުދި ލެއްވުމަކީ މަނާކަމެކެވެ.

(އ) ޑިއުޓީގައި އުޅޭއިރު ނުވަތަ ރަސްމީ މަސައްކަތަށް އޮފީހުގައި އުޅޭއިރު ފިރިހެން ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ރަން ފިޔަވައި އެހެން މައުދަނަކުން އުފައްދާފައިވާ 1 (އެކެއް) އަނގޮޓި އިނގިލީގައި އެޅިދާނެއެވެ. އަނގޮޓި އަޅަންވާނީ އެއަނގޮޓި އަޅާފައި ހުންނަ އިނގިލި ފިޔަވައި އެހެން އިނގިއްޔަކަށް އެއަނގޮޓީގައި އިންނަ އެސް ނުވަތަ ޑިޒައިނެއް ނާރާނެ ގޮތަށެވެ. އަޅާ އަނގޮޓީގެ ފުޅާމިން 1 (އެކެއް) ސެންޓިމީޓަރަށްވުރެ ފުޅާވެގެން ނުވާނެއެވެ.

(ވ) ޑިއުޓީގައި އުޅޭއިރު އަދި ޑިއުޓީ ނޫން ގަޑީގައި ފެންނަގޮތަށް ކަރުގައި ފިރިހެން ޖަލު އޮފިސަރުންނާއި މުވައްޒަފުން ފަށް އެޅުމަކީ މަނާކަމެކެވެ.

(މ) އަތާއި ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ހުންނަންވާނީ އަބަދުވެސް ރީތިކޮށް ކަނޑާފައެވެ. ފިރިހެން ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އަތުގައި ހީނާފަތް އެޅުމާއި އަތާއި އަތުގެ ނިޔަފަތީގައި އެއްވެސް ކުލައެއް ޖެއްސުމަކީ މަނާކަމެކެވެ.

 

 

ހަވަނަ ބާބު: ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުން

 

77 ވަނަ މާއްދާ - މަސައްކަތުގެ މާ ހައުލު

އަންނަނިވި ކަންތައްތަކުގެ މައްޗަށް އެކުލެވިގެންވާ ސިއް ހީ ގޮތުން ދުޅަހެޔޮ ރައްކާތެރި މަސައްކަތުގެ މާ ހައުލެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތް ކުރާ ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ގާއިމް ކޮށްދިނުމަކީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ޒިންމާއެކެވެ.

(ހ) އިންސާފުވެރި އަދި ހަމަހަމަ؛

(ށ) ރައްކާތެރި އަދި މަދަދުވެރި،

(ނ) ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ މެދުގައި ވަކި ބަޔަކާ ދިމާކުރުމެއް ނެތް ނުވަތަ ވަކި ބަޔަކު، އަސާސެއް ނެތި، ތަފާތު ކުރުމެއް ނެތް،

(ރ) ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި މަސައްކަތް ކުރަމުންދާ ގޮތާމެދު ތެދުވެރިކަމާއެކު ފާޑުކިޔޭ، އަދި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތަރައްގީއަށް ފުރުސަތު ލިއްބައިދޭ، އަދި

(ބ) އެކިއެކި ނިންމުންތައް ނިންމުމުގައި، ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ށައުގުވެރިކަމާއެކު ބައިވެރިވެވޭ.

 

78 ވަނަ މާއްދާ - މަސައްކަތް ކުރާނެ ތަން

(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށި ދުވަހުން ފެށިގެން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ވަޒީފާ އަދާކުރާ އެންމެހައި ޖަލު އޮފިސަރުންނާއި މުވައްޒަފުން އެވަގުތަކު މަސައްކަތް ކުރަމުންދާ ތަނަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަން ކަމުގައި ބެލެވޭނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާނެ ތަންތަން ކަނޑައަޅާނީ ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތެކެވެ.

(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި މުވައްޒަފުން ވަޒީފާ އަދާކުރަންވީ ތަނެއް ކަނޑައަޅާނީ ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހުއެވެ.

  1. އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ބޭނުން އެވަގުތެއްގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް އެންމެ ބޮޑަށް ހިފޭ ދާއިރާ،
  2. އެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިބިފައިވާ ތައުލީމާއި، ތަމްރީނާއި، ހުނަރު އަދި ތަޖުރިބާ،
  3. މަގާމުގެ ކުރިއެރުމުގެ ށަރުތެއްގެ ގޮތުގައި ވަކި މަގާމުތަކުގެ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން މަސައްކަތް ކުރުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް،

(ރ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާފައިވާ އަސާސީ ތަމްރީނު ފުރިހަމަކޮށް ޖަލު އޮފިސަރުން ހުވާ ކުރުމާއިއެކު، އެ ޖަލު އޮފިސަރަކު ވަޒީފާ އަދާކުރާ ތަން ކަނޑައަޅަންވާނެއެވެ.

 

79 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ތަން ބަދަލުކުރުން

(ހ) ތަނެއްގެ ނުވަތަ ރަށެއްގެ އާންމު މަސްލަހަތަށް ބަލައި ވަކި ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ވަކި ތަނެއްގައި ވަޒީފާ އަދާ ކުރުމުގެ ސަބަބުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ތަސައްވުރަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ބެލެވިއްޖެ ހިނދެއްގައި، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަން، އެހެން ތަނަކަށް ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތަކަށް، ލިބިގެންވެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަން ބަދަލު ކުރަން ބޭނުންވެގެން އެދިއްޖެނަމަ، ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހު ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތަކުން ބަދަލު ކުރެވިދާނެއެވެ.

  1. އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހުރި ދާއިރާއެއްގައި، މަދުވެގެން 6 (ހައެއް) މަސްދުވަހު ވަޒީފާ އަދާކޮށްފައިވުން.
  2. ޖަލު އޮފިސަރ ނުވަތަ މުވައްޒަފު ބަދަލުވާން އެދޭ ތަނުގައި، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހުރި މަގާމާ އެއްފެންވަރުގެ މަގާމެއް އޮތުން.
  3. ބަދަލުވާން އެދޭ ދާއިރާއަކަށް ބޭނުންވާ ތަމްރީނު ލިބިފައިވުން.
  4. ބަދަލުވާން އެދޭ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވުން.

(ނ) އެއް މަގާމުން އަނެއް މަގާމަށް ބަދަލުވުމުގެ ކުރިން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އަދާކުރަންޖެހޭ ޑިއުޓީ ޓާރމް ފުރިހަމަ ކުރުމުގެ ގޮތުން ވަޒީފާ އަދާކުރާ ތަން ބަދަލު ކުރެވިދާނެއެވެ.

(ރ) ވަކި ތަނަކަށް ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަށް އެކަކަށްވުރެ ގިނަ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން އެދިއްޖެނަމަ، އެތަނަށް ބަދަލުވުމުގެ ފުރުސަތު ދެވޭނީ އެތަނެއްގައި ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތުގެ ބާވަތަށް ބަލައި، އެކަމަށް އެންމެ އެކަށީގެންވާ މީހުންގެ ތެރެއިން ތިރީގައިވާ ކަންކަމަށް ބެލުމަށްފަހުގައެވެ. މިގޮތުންވެސް ބަދަލުކުރާނެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކަނޑަނޭޅިއްޖެ ހިނދެއްގައި، އިސްކަންދޭނީ ފުރަތަމަ އެދުނު ތަރުތީބަށް ބަލައިގެންނެވެ.

  1. ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ދިމާވެގެން އުޅޭ ހާލަތަށް ރިއާޔަތް ކުރުން؛
  2. އެ ދާއިރާއެއްގެ މަސައްކަތާ ގުޅޭގޮތުން ތަމްރީނާއި ހުނަރު އަދި ގާބިލުކަން ލިބިފައިވުން.
  3. ބަދަލުވާން އެދޭ ތަނަކީ އާއިލާ މީހުން ދިރިއުޅޭ ތަން ކަމުގައިވުން

(ބ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ވަޒީފާ އަދާކުރާ ތަން، އެހެން ތަނަކަށް ބަދަލުކުރަންވާނެއެވެ.

  1. އަނބިން، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ އަދި އެއްބަފާ ނުވަތަ އެއްބަނޑު މީހުން އެއް ސެކްށަނެއްގައި އަދި އެއް ކޮމާންޑެއްގެދަށުން މަސައްކަތް ކުރަން ނުޖެހޭނެފަދަ ގޮތަކަށް ހަމަޖެއްސުމަށް.
  2. އަނބިން، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ އަދި އެއްބަފާ ނުވަތަ އެއްބަނޑު މީހަކު އެ ޖަލު އޮފިސަރެއް ވަޒީފާ އަދާކުރާ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދާނަމަ، އެޖަލެއްގައި މަސައްކަތް ކުރަން ނުޖެހޭނެފަދަ ގޮތަކަށް ހަމަޖެއްސުމަށް.

(ޅ) ޑިޕާޓްމަންޓް އަދި ސެކްށަން ތެރޭގައި ޖަލު އޮފިސަރުންނާއި މުވައްޒަފުން ބަދަލުކުރުމުގެ އިހުތިޔާރު އެތަނެއް ހިންގުމާ ހަވާލުވެހުރި ވެރިޔަކަށް ލިބިގެންވެއެވެ. މިގޮތަށް ގެނެވޭ ބަދަލު ކޮމިށަނަރ އޮފް ޕްރިޒަންސް އަށް އަންގަންވާނެއެވެ.

 

80 ވަނަ މާއްދާ ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމުގައި އިސްތިސްނާވާ ހާލަތްތައް

(ހ) ވަޒީފާ އަދާކުރާ ތަން ބަދަލުކުރުން ތިރީގައިވާ ހާލަތްތަކުގައި އިސްތިސްނާ ކުރުމުގެ އިހުތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ހ) ބަލިވެއިނުމާއި ނުވަތަ ވިހެއުން.

(ށ) ވަކިކަހަލަ މާ ހައުލެއްގައި ވަޒީފާ އަދާކުރުމަށް އުޒުރުވެރިވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު އެކަމަށް އެދުމުން.

 

81 ވަނަ މާއްދާ - (ހ) ބަދަލުކުރުމުގެ ނޯޓިސް

ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަން ބަދަލުކުރަން ނިންމުމާއެކު އެކަން މަދުވެގެން 5 (ފަހެއް) ދުވަސް ކުރިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.

(ހ) ބަދަލުކުރާ ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް؛

(ށ) ޖަލު އޮފިސަރު ނުވަތަ މުވައްޒަފު މަސައްކަތްކުރާ ޑިޕާޓްމަންޓް ނުވަތަ ސެކްށަނަށް؛

(ނ) ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ބަދަލުކުރާ ޑިޕާޓްމަންޓް ނުވަތަ ސެކްށަނަށް.

 

 

ހަތްވަނަ ބާބު: ޖަލު އޮފިސަރުންނާއި މުވައްޒަފުން ކުރާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ފިޔަވަޅު އެޅުން

 

82 ވަނަ މާއްދާ - އިސްލާ ހީ ފިޔަވަޅު އެޅުން

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު މިގަވާއިދުގައި ބަޔާންކުރާ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއް ކޮށްފިނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކާމެދު އިސްލާ ހީ ފިޔަވަޅު އަޅަންވާނެއެވެ.

(ށ) އަދަބު ދިނުމުގައި އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތައް ވަކި ގޮތަކަށް ކަނޑަނާޅާ ހިނދެއްގައި މިގަވާއިދުގައި ކަނޑައެޅިފައިވާ އަދަބުތައް ޖަލު އޮފިސަރުންނާއި މުވައްޒަފުން ހަރަކާތްތެރިވާ އެންމެހައި ދާއިރާތަކުގައި ދޭންވާނެއެވެ.

(ނ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއް ކުރިއިރު ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމުގައިވިޔަސް ނުވަތަ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން ހަރަކާތްތެރިވާ ދާއިރާއަކުން ބޭރުގައި ކަމުގައިވިޔަސް، މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކާ މެދު އަމަލު ކުރެވޭނެއެވެ.

(ރ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިވުމުން، މިގަވާއިދުގެ ދަށުން އެމީހަކާ މެދު ފިޔަވަޅު އަޅައިގެން ނުވާނެއެވެ.

 

83 ވަނަ މާއްދާ - މައްސަލަ ތަ ހުގީގު ކުރުން

(ހ) ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ޑިސިޕްލިނަރީ މައްސަލަތަކާއި އިދާރީ މައްސަލަތައް ތަ ހުގީގު ކުރުމަށް ހާއްސަ ޑިޕާޓްމަންޓެއް ނުވަތަ ޔުނިޓެއް، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ކޮމިށަނަރ އޮފް ޕްރިޒަންސް އުފައްދަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޑިޕާޓްމަންޓް ނުވަތަ ޔުނިޓް ހިންގަންވާނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ބެލުމުގެ ދަށުން ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ކޮމިށަންޑް އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.

(ނ) ޖަލު އޮފިސަރެއްގެ މައްޗަށް ހުށަހެޅިފައިވާ ޑިސިޕްލިނަރީ ނުވަތަ އިދާރީ މައްސަލައެއްގައި، ތުހުމަތު ކުރެވިފައިވާ ޖަލު އޮފިސަރަކީ ކޮމިށަންޑް އޮފިސަރަކަށް ނުވާނަމަ އެމީހަކާ ސުވާލުކުރަންވާނީ އޭނާއާ އެއްރޭންކެއްގެ ނުވަތަ އެއަށްވުރެ އިސް ރޭންކެއްގެ ޖަލު އޮފިސަރެކެވެ.

(ރ) ޑިސިޕްލިނަރީ ނުވަތަ އިދާރީ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ ފަރާތަކީ ކޮމިށަންޑް އޮފިސަރެއްނަމަ އޭނާއާ ސުވާލުކުރާނީ ކޮމިށަންޑް އޮފިސަރެކެވެ.

(ބ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކުރާ ޑިސިޕްލިނަރީ ނުވަތަ އިދާރީ މައްސަލައެއް 

ސާބިތުކުރުމަށްޓަކައި އެ އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ކުޑަކަމުދާ އެއްޗެހި ތަ ހްލީލު ކުރުމާއި އަދި ޕޮލިގްރަފީ ޓެސްޓް ކުރުމުގެ އިހްތިޔާރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިބިގެންވެއެވެ.

ޑިސިޕްލިނަރީ ކުށްތަކަށް .84 ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ ކިބައިން ފެންނަ ޑިސިޕްލިނަރީ މައްސަލަތަކަށް އަދަބު ކަނޑައަޅާނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

85 ވަނަ މާއްދާ -ޑިސިޕްލިނަރީ ކުށްތައް

(ހ) މި ގަވާއިދުގެ މަގްސަދަށްޓަކައި ޑިސިޕްލިނަރީ ކުށްތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

  1. ހުއްދަނެތި ނުވަތަ މަގުބޫލު އުޒުރަކާ ނުލައި އެމީހަކު ޑިއުޓީގައި ހުރުމަށް ކަނޑައަޅާފައިވާ ވަގުތުގައި ޑިއުޓީ އަދާކުރުމަށް ކަނޑައަޅާފައިވާ ތަނަށް ހާޒިރުނުވުން ނުވަތަ އެ ޑިއުޓީ ވަގުތުގައި އެތަނުގައި ނެތުން؛
  2. ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ އަމުރަކަށް ކިޔަމަންނުވުން، ނުވަތަ ހަމަޖައްސާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކާ ހަވާލުކުރާ ވާޖިބެއް އަދާ ނުކުރުމާއި، ބަހުން ނުވަތަ އަމަލުން ނުކިޔަމަންތެރިކަން ހާމަކުރުން؛
  3. ޖަލުގައި ހުރި މީހަކު ކުށެއް ކުރާކަން އެނގިހުރެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އަންގަންޖެހޭ ފަރާތަށް ނޭންގުން؛
  4. ޖަލުގައި ހުންނަ ތަކެތި ނުވަތަ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުން.
  5. ޖަލުގައި ހުންނަ ތަކެތީގެ ތެރެއިން އެމީހަކު ޒިންމާވާންޖެހޭ އެއްޗެއް ބެލެހެއްޓުމުގައި ފަރުވާކުޑަކުރުން؛
  6. އެމީހަކު އަދާކުރާ ވަޒީފާއާ ފުށުއަރާ ކަމެއް ނުވަތަ މަސައްކަތެއް ކުރުން ނުވަތަ އެފަދަ ކަމެއް ކުރުމުގައި ބައިވެރިވުން ނުވަތަ އެމީހަކު ވަޒީފާގައި ކުރާ މަސައްކަތް ކުރުމަށް ހުރަސްއެޅޭ ބާވަތުގެ ހަރަކާތެއްގައި ބައިވެރިވުން؛
  7. ރިށްވަތު ހިފުން ނުވަތަ ރިށްވަތުކަމަށް ބެލެވިދާނެ ހާލަތެއްގައި ވަޒީފާގެ ގޮތުން މުއާމަލާތް ކުރަންޖެހޭ މީހެއްގެ އަތުން ނުވަތަ ޖަލުގައި ހުރި މީހެއްގެ އަތުން ނުވަތަ ޖަލުގައި ހުރި މީހަކާ ގުޅުންހުރި މީހެއްގެ އަތުން ހަދިޔާ ނުވަތަ އެފަދަ އެހެނިހެން ތަކެތި ބަލައިގަތުން؛
  8. ޖަލުގައި ހުރި ގައިދީއަކާ ނުވަތަ ބަންދުމީހަކާ އަދި ޖަލުގައި ހުރި ގައިދީއެއް ނުވަތަ ބަންދުމީހެއްގެ އަނބިމީހާއާ ނުވަތަ ފިރިމީހާއާ ލޯބީގެ ގުޅުން ހިންގުން؛
  9. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި މި ގަވާއިދާ ހިލާފަށް ޖަލުގައި ހުރި އެއްވެސް އެއްޗެއް ނުވަތަ ޖަލުން ބޭރުން އެއްވެސް އެއްޗެއް، ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް ނުވަތަ ޖަލުގައި ހުރި ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ ފަރާތުން ޖަލުގައި ހުރި އެހެން ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް އަތްތުކޮށް، ޖަލުގެ ތެރެއަށް ގެނެސް ނުވަތަ ޖަލުން ބޭރަށް ނެރެ، ނުވަތަ ޖަލުގެ ތެރެއަށް ވައްދަން އުޅެ ނުވަތަ ޖަލުން ބޭރަށް ނެރެން އުޅެ، ނުވަތަ ޖަލުގެ ތެރެއަށް ވެއްދުމަށް ނުވަތަ ޖަލުން ބޭރަށް ނެރުމަށް ހުއްދަކޮށް، ނުވަތަ އެފަދަ ކަމަކަށް މަގުފަހިކޮށްދިނުން؛

  10. ޖަލު އޮފިށަރަކަށް ނުވަތަ މުވައްޒަފަކަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ދޮގު މައުލޫމާތު ދިނުން؛

  11. ޖަލުގައި ހުރި ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލުމުގައި އެހީތެރިވުން ނުވަތަ ޖަލު އޮފިސަރެއްގެ އިހުމާލުން ޖަލުގައި ހުރި ގައިދީއަކު ނުވަތަ ބަންދުމީހަކު ފިލަން މެދުވެރިވުން؛

    .12 ޖަލުގައި ހުރި ގައިދީއަކާ ނުވަތަ ބަންދުމީހަކާ މާރާމާރީ ހިންގުމާއި، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޫންގޮތަކަށް ޖަލުގައި ހުރި އެއްވެސް ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ ގަޔަށް އަތްލުން؛

     

  12. އެއްވެސް ޖަލު އޮފިސަރެއް، ޖަލުގައި ހުރި ގައިދީއަކާ ނުވަތަ ބަންދުމީހަކާމެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލެއް ހިންގުން؛

  13. ޖަލު އޮފިސަރުންނާއި މުވައްޒަފުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އަގުވެއްޓޭ ގޮތަށް އިންޓަރނެޓްގައާއި ސޯށަލް ނެޓްވޯރކްތަކުގައި ވާހަކަ ދައްކައިގެން ނުވާނެއެވެ. އަދި ގާނޫނީ ގޮތުން އުފެދިފައިވާ އެއްވެސް އިދާރާއެއް ބަދުނާމްވާގޮތަށް އެއްވެސް ތަނެއްގައި ވާހަކަ ދައްކާ ހަދައިގެން ނުވާނެއެވެ.

     

(ށ) މި ގަވާއިދުގެ މަގުސަދަށްޓަކައި، އިދާރީ ކުށްތައް ކަމުގައި ކަނޑައަޅާފައިވާ ކުށްތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

  1. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތަކާއި ޖަލު އަމުރުތަކާއި، ކޯޑް އޮފް ކޮންޑަކްޓާއި ގާނޫނާ ގަވާއިދާ ހިލާފު ނުވާނޭ ގޮތުގެމަތިން އެކުލަވާލެވިފައިވާ އުސޫލުތަކަށާއި ޕޮލިސީތަކާ ހިލާފުވުން، ނުވަތަ އެއިންކަމަކަށް އިހްމާލުވުން ނުވަތަ ފަރުވާ ކުޑަކުރުމުގެ ސަބަބުން އެއިން ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ ޕޮލިސީއަކާ ހިލާފުވުން؛
  2. ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތު މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށްވުރެ ދަށް ފަންތީގެ އަމަލު ކުރުމާއި ހުތުރުބަހުން މުއާމަލާތްކުރުން ނުވަތަ މުހާތަބްކުރުން
  3. ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކުރުން

  4. ސާފުތާހިރުކަން ކުޑަވުން

  5. ގަވާއިދާ ހިލާފަށް، އެޖަލު އޮފިސަރަކަށް ނިސްބަތްނުވާ ޖަލު އޮފިސަރުންގެ ޔުނިފޯމެއް ނުވަތަ އެފަދަ ޔުނިފޯމެއްގެ ބައެއް އޭނާގެ ބެލުމުގެ ދަށުގައި ހުއްދަ ނެތި ބެހެއްޓުން ނުވަތަ ބޭނުންކުރުން

  6. ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާ ހަވާލުކޮށްފައިވާ އެއްވެސް އާލާތެއް، އުޅަނދެއް، ޔުނިފޯމެއް، ހަތިޔާރަކަށް ލިބޭ ގެއްލުމެއް އަންގަން ޖެހޭ ފަރާތަށް، އެކަމެއް އަންގަން ޖެހޭ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނާންގައި އޮތުން

  7. އެހެން ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ މަސައްކަތަށް އަސަރުކޮށްފާނެ ފަދަ ނުވަތަ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ މެދުގައި މަސްލަ ހަތު ގެއްލޭފަދަ ހަގީގަތާ ހިލާފު ވާހަކަ ދެއްކުން

  8. ފިތުނަ ފަސާދަ އުފެއްދުމާއި މި ހަގީގަތް އޮޅޭ ގޮތަކަށް ސައް ހަ ނޫން މައުލޫމާތެއް ރަސްމީ އެއްވެސް ފޮތެއްގައި ނުވަތަ ރިކޯޑެއްގައި އެއްވެސް އިބާރާތެއް ރިކޯޑު ކުރުން ނުވަތަ ސަރުކާރުގެ ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވާލައި ބަދަލުކުރުން

  9. ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ދޭންޖެހޭ ރިޕޯޓެއް ނުވަތަ ފޮނުވަން ޖެހޭ ރިޕޯޓެއް ނުދިނުން ނުވަތަ ފޮނުވުން ލަސްކުރުން

  10. ސިއް ހަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ގައިން ގަޔަށް އަރާ ޒާތުގެ ބައްޔެއް ހުރެ އެކަން އަންގަންޖެހޭ ފަރާތަށް ނާންގާ ޑިއުޓީއަށް ނިކުތުން

  11. ހުއްދަ ނެތި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އުޅަނދެއް ދުއްވުން

  12. މަސައްކަތުގެ ދާއިރާގައި އެހެން ޖަލު އޮފިސަރުންނާ ނުވަތަ މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭފަދަ މަސައްކަތްތައް ނުކުރުން

  13. މިގަވާއިދާ ހިލާފަށް ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން

  14. މަސައްކަތް ގަޑީގައި ނިދުން.

  15. ގާނޫނާ ގަވާއިދާ ހިލާފަށް ދައުލަތުގެ ނުވަތަ އޮފީހުގެ އެއްވެސް މައުލޫމާތެއް ހާމަކުރަންނުޖެހޭ ފަރާތަކަށް ހާމަކުރުން، ދޫކުރުން، ބޭރުކުރުން، ކޮޕީހެދުން، ރެކޯޑު ކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހިކުރުން، ނުވަތަ އެހީތެރިވެދިނުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުން.

  16. ދައުލަތާއި ސަރުކާރާއި އެ އޮފީސް ބަދުނާމުވާފަދަ ކަމެއް ކުރުން.

  17. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން 16 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ އަމަލަކަށް އަރައިގަތުމަށް، އެހެން ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ހިތްވަރުދިނުން.

 

86 ވަނަ މާއްދާ - ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައެޅުން

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ކަނޑައެޅޭ އަދަބުތައް ތިރީގައި އެވަނީއެވެ.

(ހ) ނަސޭހަތްދިނުން

  1. ނަސޭހަތްދިނުމަކީ، ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން އިސްލާ ހީ ފިޔަވަޅު އެޅުމަށް ހަވާލުކޮށްފައިވާ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އިސްލާ ހީ ފިޔަވަޅާ ބެހޭގޮތުން އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ރަސްމީކޮށް ލިޔުމުން އެކަން އަންގައި އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ލިޔުމުން ނަސޭހަތްތެރިވުމެވެ. ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިޔުމުންދޭ ނަސޭހަތް ރައްކާތެރިކަމާއެކު ފައިލުކޮށް ބަލަހައްޓަންވާނެއެވެ.
  2. ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ނަސޭހަތްތެރި ވެވޭނީ ގިނަވެގެން 2 (ދޭއް) ފަހަރުއެވެ.

(ށ) އިންޒާރުދިނުން

  1. އިންޒާރު ދިނުމަކީ، ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން އިސްލާ ހީ ފިޔަވަޅު އެޅުމަށް ހަވާލުކޮށްފައިވާ އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އަހުލާގު ދަށްވެ ނަސޭހަތްތެރިވުމުންވެސް އިސްލާ ހު ނުވިނަމަ، އެކަން ތަކުރާރު ނުކުރުމަށާއި ތަކުރާރުކޮށްފިނަމަ އަޅާނެ ފިޔަވަޅު ބަޔާންކޮށް ލިޔުމެއް ދިނުމެވެ.
  2. ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އިންޒާރު ދެވޭނީ 1 (އެކެއް) ފަހަރުއެވެ.

(ނ) 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޑިއުޓީ އިތުރުކުރުން

  1. ނަސޭހަތްދީ އިންޒާރު ދިނުމުންވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، އިސްލާ ހު ނުވެއްޖެނަމަ، އިތުރު އިސްލާ ހީ ފިޔަވަޅެއްގެ ގޮތުން، 6 (ހައެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އަދާކުރަންޖެހޭ ޑިއުޓީގެ ވަގުތު އިތުރު ކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.
  2. ޑިއުޓީ ވަގުތު އިތުރު ކުރެވޭނީ ކޮންމެ ދުވަހެއްގެ ރަސްމީ ޑިއުޓީގެ އިތުރުން ގިނަވެގެން 3 (ތިނެއް) ގަޑިއިރަށް ވުރެ އިތުރުނުވާނެ ގޮތަކަށެވެ.

(ރ) މަގާމު ދަށްކުރުން،

  1. ޖަލު އޮފިސަރު ނުވަތަ މުވައްޒަފުކުރާ ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްގެ އަދަބެއްގެ ގޮތުން މަގާމު ދަށްކުރުމަށް، ޑިސިޕްލިނަރީ ބޯޑުން ނިންމައިފިނަމަ، އެފަދައިން އަމަލުކުރުމަށް ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ. މަގާމު ދަށްކުރުމުގައި އުސޫލެއްގެ ގޮތުން އެއްފަހަރާ އެއް ރޭންކަށްވުރެ ދަށްކޮށްގެން ނުވާނެއެވެ. އެހެން ނަމަވެސް "މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު" އާ އެއްގޮތްވާ ގޮތަށް އަމަލުކުރުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

(ބ) ސަސްޕެންޑުކުރުން،

  1. ސަސްޕެންޑު ކުރުމަކީ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއް ކުރުމުގެ ސަބަބުން، އެކުށެއްގެ ކުޑަބޮޑުމިނަށްބަލައި އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއަށް ނެރުމަކީ އޭގެ ސަބަބުން އެހެން ޖަލު އޮފިސަރުންނަށާއި މުވައްޒަފުންނަށާއި، އޮފީހުގެ މަސައްކަތަށް ނުރަނގަޅު އަސަރުކޮށްފާނެ ނުވަތަ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަ ހަތަށް ބުރޫއަރާފާނެ ކަމަކަށްވާތީވެ، އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް، ވަޒީފާއަށް ނުނިކުމެ ހުރުމަށް ނުވަތަ ވަޒީފާގެ ޒިންމާ އަދާނުކޮށް ހުރުމަށް ލިޔުމުން އަންގާ އެންގުމެކެވެ.
  2. ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ސަސްޕެންޑު ކުރެވޭނެ އެންމެ ދިގު މުއްދަތަކީ ގިނަވެގެން 21 (އެކާވީސް) ދުވަހެވެ.

(ޅ) ގެއްލުމުގެ ބަދަލުދޭން އެންގުން،

  1. ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މަސައްކަތަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުދަލަކަށް ނުވަތަ އާލާތަކަށް ނުވަތަ އެނޫންވެސް ގޮތަކުން އޮފީހަށް މާއްދީ ގެއްލުމެއް ލިބޭނެކަން އެނގިހުރެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އަތުން 

    ކަށީގެންވާ ބަދަލު ހޯދުމުގެ އިހުތިޔާރު، ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވެއެވެ.

  2. ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ފުށުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިބޭ، މާއްދީ ގެއްލުމުގެ ބަދަލު ކަނޑައަޅާނީ ޑިސިޕްލިނަރީ ބޯޑުންނެވެ.

  3. ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ފުށުން ލިބޭ މާއްދީ ގެއްލުން ކަނޑައެޅުމުގެ މައްސަލަ ނިންމުމުގައި، އެޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ ބަޔާން ހޯދަންވާނެއެވެ. އަދި އެކަމުގައި ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ އިހުމާލުވުން އޮތް މިންވަރު ބަލަންވާނެއެވެ.

  4. ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު، އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އަމިއްލައަށް އެއްފަހަރާވެސް ދެއްކިދާނެއެވެ. ނުވަތަ އެކި މަސްތަކަށް ބަހާލައިގެން ދައްކާ ހަލާސްކުރާގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

  5. ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު ދޭން އެންގުމުން، ޖަލު އޮފިސަރު ނުވަތަ މުވައްޒަފު އެގޮތަށް އަމަލު ނުކުރާނަމަ، އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މުސާރައިން އެފައިސާ ކެނޑުމުގެ އިހުތިޔާރު، ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތަށް އުނިކުރަންވާނީ އެމުވައްޒަފުގެ އަސާސީ މުސާރައިގެ %33 (ތިރީސް ތިނެއް އިންސައްތަ) އަށްވުރެ އިތުރުނުވާ ގޮތަށެވެ.

  6. ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު ދައްކާ ހަލާސްވުމުގެ ކުރިން އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކުރެވިއްޖެނަމަ، އެފައިސާ އެއްފަހަރާ ދެއްކުމަށް އަންގަންވާނެއެވެ. މިގޮތުން އެފައިސާ ނުދައްކައިފިނަމަ، އެފައިސާ ހޯދުމުގެ މައްސަލަ ށަރީއަތަށް ހުށަހަޅަންވާނެއެވެ.

     

    (ކ) ވަޒީފާއިން ވަކިކުރުން
    1. ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށުގެ އަދަބެއްގެ ގޮތުން އެމީހަކު ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމައިފިނަމަ އެކަން ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.

 

87 ވަނަ މާއްދާ - ޑިސިޕްލިނަރީ ކުށްތައް އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑު

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއް ކުރިކަމަށް ބެލެވޭ ހާލަތުގައި އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އެފަދަ މައްސަލައެއް ނިންމަންވާނީ އޭނާގެ ފަރާތުން ހުށަހަޅާ ލިޔުންތަކާއި، އެމައްސަލައިގައި ލިބެންހުރި އެންމެހައި މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

(ށ) މިގަވާއިދުގެ 86 ވަނަ މާއްދާގެ (ރ) އިން ފެށިގެން (ކ) ގެ ނިޔަލަށް، ބަޔާންކޮށްފައިވާ އަދަބުތައް ދިނުމުގައި، އެއް އަދަބަށްވުރެ ގިނަ އަދަބު އެއްފަހަރާ ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް މިގަވާއިދުގެ ދަށުން އަދަބު ދިނުމަށް ކަނޑައަޅާއިރު، ކުށުގެ ކުޑަ ބޮޑުމިނަށް ރިއާޔަތް ކުރަން ވާނެއެވެ. އަދި އާންމު އުސޫލެއްގެ ގޮތުން، އަދަބު ތަންފީޒު ކުރަންވާނީ މިގަވާއިދުގެ 86 ވަނަ މާއްދާގައި އަދަބުތައް ބަޔާންކޮށްފައިވާ ތަރުތީބަށް އިސްކަން ދީގެންނެވެ.

(ނ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކުރާ ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 86 ވަނަ މާއްދާގައި އަދަބުތައް ބަޔާންކޮށްފައިވާ ތަރުތީބުން ނޫންވެސް އަދަބު ކަނޑައެޅުމުގެ އިހުތިޔާރު އިދާރީ ކުށްތަކަށް އަދަބު ކަނޑައެޅުމަށް އައްޔަނު ކޮށްފައިވާ ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވެއެވެ.

(ރ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް ތަފާތު ދެމައްސަލައެއްގެ ގޮތުގައި ށަކުވާއެއް ހުށަހެޅިފައިވާނަމަ އެ ދެމައްސަލަ ކުރިއަށް ގެންދަންވާނީ ތަފާތު ދެ މައްސަލައެއްގެ ގޮތުގައެވެ. އަދި، ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިވާ ސަބަބަށްޓަކައި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.

(ބ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކަށް އަދަބު ކަނޑައެޅުމުގައި، ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް ހުށަހެޅިގެން އަދަބު ކަނޑައެޅިފައިވާ ނުވަތަ ނިމިފައިވާ އެހެން މައްސަލަތަކަށް ރިއާޔަތްކުރުމަށް މިމާއްދާ ހުރަހެއް ނާޅައެވެ. އެހެން ނަމަވެސް ތަ ހުގީގަށް ސާބިތު ނުވުމުގެ ސަބަބުން ފިޔަވަޅު ނާޅާ ހުންނަ މައްސަލަތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.

(ޅ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކޮށްފައިވާ ޑިސިޕްލިނަރީ ނުވަތަ އިދާރީ މައްސަލައަކާ ގުޅިގެން އޭނާއަށް ލިބިދީފައިވާ އަހުލާގީ ކުލަ ނުވަތަ އަހުލާގީ މެޑަލް އޭނާގެ ކިބައިން އުނިކުރެވިދާނެއެވެ. މިގޮތުން އުނިކުރެވޭނީ އެންމެފަހުން އޭނާއަށް ލިބިދީފައިވާ އަހުލާގީ ކުލަ ނުވަތަ އަހުލާގީ މެޑަލްއެވެ.

 

88 ވަނަ މާއްދާ - ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ރިކޯޑުގައި އަދަބު ހިމެނުން

(ހ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް މިގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް އަދަބެއް ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅައިފިނަމަ އެކަން ޖަލު އޮފިސަރު ނުވަތަ މުވައްޒަފުގެ ރިކޯޑުގައި ހިމެނުމަށްޓަކައި، ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ޑިޕާޓްމަންޓަށް 24 (ސައުވީސް) ގަޑިއިރު ތެރޭގައި އަންގަން ވާނެއެވެ.

(ށ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް އެއްވެސް އަދަބެއް ތަންފީޒު ކުރަންވާނީ އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ރިކޯޑުގައި އެކަން ހިމެނުމަށްފަހުގައެވެ. 

 

89 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ ބާރު

(ހ) ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވިފައިވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު، އޭނާގެ ދިފާއުގައި ހުށަހަޅާ ހުށަހެޅުންތަކާއި އެ މައްސަލައާގުޅޭ އެހެނިހެން މައުލޫމާތުތަކާއި، ބަޔާންތަކަށް ރިއާޔަތްކުރުމަށްފަހު، މިގަވާއިދުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އެ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ އަދަބު ދިނުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

(ށ) މިގަވާއިދުގެ 86 ވަނަ މާއްދާގެ (ރ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަދަބުތައް ދެވޭނީ ޑިސިޕްލިނަރީ ބޯޑުގެ މަށްވަރާގެ މަތިން ކޮމިށަނަރެވެ.

(ނ) ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށަކާ ބެހޭގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަން ނިންމި ގޮތާމެދު ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ހިތްހަމަނުޖެހޭނަމަ އެ މައްސަލަ ބަލައިދިނުން އެދި 14 (ސާދަ) ދުވަހުގެ ތެރޭގައި ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެއެވެ.

(ރ) މިގަވާއިދުގައި ބަޔާންވެގެންވާ ޑިސިޕްލިނަރީ ބޯޑުން، މައްސަލައަކާމެދު ނިންމާ ނިންމުމަކީ ޖާއިޒް ނިންމުމެއް ކަމަށް ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ގަބޫލުނުކުރެވޭ ހާލަތްތަކުގައި އެފަދައިން ގަބޫލު ނުކުރެވޭ ސަބަބު ބަޔާންކޮށް އަލުން ބޯޑުގެ މަށްވަރާއަށް ފޮނުވުމުގެ އިހުތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ލިބިގެންވެއެވެ.

 

 

އަށްވަނަ ބާބު: ސަލާމާއި ޗުއްޓީ

އަހަރީ ޗުއްޓީ

 

90 ވަނަ މާއްދާ - އަހަރީ ޗުއްޓީ

އަހަރީ ޗުއްޓީ އަކީ ކޮންމެ ޖަލު އޮފިސަރަކާއި މުވައްޒަފަކުވެސް މެދުނުކެނޑި، 01 (އެކެއް) އަހަރު ދުވަހު ވަޒީފާއަދާ ކުރުމުން ހަމަ މުސާރައާއެކު ހައްގުވާ ޗުއްޓީއެކެވެ. އަހަރީ ޗުއްޓީ ލިބޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް، ޖަލު އޮފިސަރުންނާއި، މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 38 (ތިރީސް އަށެއް) ދުވަސް ދޭންވާނެއެވެ.

(ށ) އަހަރީ ޗުއްޓީގެ ދުވަސްތައް އެއްފަހަރާ ނުވަތަ އެކި ފަހަރު މަތިން ބަހާލައިގެންވެސް ނެގިދާނެއެވެ.

(ނ) ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިބޭ އަހަރީ ޗުއްޓީ ނުނަގައި ހުރެއްޖެނަމަ، އެމީހެއްގެ އަހަރީ ޗުއްޓީގެ ދުވަސްތައް 02 (ދޭއް) އަހަރުވަންދެން ޖަމާކުރެވޭނެއެވެ. އަދި ޗުއްޓީ ނުނަގާ 02 (ދޭއް) އަހަރު ވަންދެން ހުރެއްޖެނަމަ، އެމީހެއްގެ އިތުރުވާ 

ދުވަސްތައް އުނިވާނެއެވެ:

(ރ) ޖަލު އޮފިސަރާ ނުވަތަ މުވައްޒަފާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި، މަސައްކަތުގެ ގޮތުން، އޭނާ ޗުއްޓީ ބޭނުންވިނަމަވެސް، އޮފީހުން ޗުއްޓީ ނުދިނުމުގެ ސަބަބުން އޭނާގެ ޗުއްޓީގެ ދުވަސްތައް އުނިވެގެން ނުދާނެއެވެ. މިގޮތަށް ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ޗުއްޓީ ނުދީ ހިފެހެއްޓޭނީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހަށެވެ.

(ބ) މިމާއްދާގެ (ރ) ގައި ބަޔާންވެގެންވާ ހާލަތް ނޫން އެހެން ހާލަތަކާ ގުޅިގެން އަހަރީ ޗުއްޓީގެ 76 (ހަތްދިހަ ހައެއް) ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް، އޭގެ ފަހަކުން ޗުއްޓީ އެއް ނުލިބޭނެއެވެ. މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް، ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.

(ޅ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީއެއް އޮވެއްޖެނަމަ، އެޗުއްޓީގެ ބަދަލުގައި އޭނާއަށް އެއިރަކު ލިބޭ މުސާރައިގެ ނިސްބަތުން ދުވަހަކަށް ޖެހޭ މުސާރައިގެ ރޭޓުން އެދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.

(ކ) އަހަރީ ޗުއްޓީ ދޭންވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ކަނޑައަޅާފައިވާ ގޮތުގެމަތިން އެޑިޕާޓްމަންޓަކުން ތައްޔާރު ކުރާ ޗުއްޓީ ތާވަލާ އެއްގޮތަށެވެ.

(އ) މިމާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ތާވަލު، ޖަލު އޮފިސަރުންނާ މުވައްޒަފުންނާ މަށްވަރާކޮށް، ކޮންމެ އަހަރެއް ފެށުމާއެކު، ތައްޔާރުކުރަންވާނެއެވެ.

(ވ) އަހަރީ ޗުއްޓީ ދިނުމުގައި، އަހަރު ބަލާނީ އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ވަޒީފާދިން ތާރީހުން ފެށިގެންނެވެ.

 

91 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ

މުސާރަ ނުލިބޭ ޗުއްޓީ ނެގޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ނުވަތަ މިނޫންވެސް އެފަދަ ކަމަކާ ގުޅިގެން ޗުއްޓީއެއް ނަގަން ކޮންމެހެން ޖެހިއްޖެނަމައެވެ.

  1. އަމިއްލަ ގޮތުން ތައުލީމު ހާސިލުކުރުމަށްޓަކައި ދިގު ޗުއްޓީއެއް ބޭނުންވުން؛
  2. ދިގު މުއްދަތަކަށް އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ސިއް ހީ ފަރުވާއެއް ކުރަންޖެހުން ނުވަތަ އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އަނބިމީހާ، ފިރިމީހާ، ދަރިއަކު، މަންމަ، ބައްޕަ ނުވަތަ ށަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް ޖެހިފައިވާ ބައްޔަކަށް ދިގު މުއްދަތަކަށް ސިއް ހީ ފަރުވާ ހޯދުމަށްޓަކައި ދިގު މުއްދަތަކަށް ޗުއްޓީއެއް ބޭނުންވުން؛
  3. ބޭރު ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލަރ މިށަނެއްގެ ވަޒީފާއަކަށް 

    އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ފިރި، ނުވަތަ އަނބިމީހާ، ދިއުމުން، އަނބި ނުވަތަ ފިރިމީހާ އާއެކު ދިރިއުޅުމަށް ދިގު މުއްދަތަކަށް ޗުއްޓީއެއް ބޭނުންވުން.

  4. ބަލިވެ އިނުމާއި، ވިހެއުމާ ގުޅިގެން ދިގު މުއްދަތަކަށް ޗުއްޓީއެއް ބޭނުންވުން.

(ށ) އަހަރީ ޗުއްޓީގައި، ޗުއްޓީ ހައްގުވާ ދުވަސްތަކެއް އޮތް ޖަލު އޮފިސަރަކަށް، ނުވަތަ މުވައްޒަފަކަށް މުސާރަ ނުލިބޭ ޗުއްޓީ ދޭންވާނީ، އަހަރީ ޗުއްޓީގައި އޮތް ދުވަސްތަކަށް ޗުއްޓީ ދިނުމަށްފަހު، އިތުރަށް ޗުއްޓީއެއް ކޮންމެހެން ބޭނުންވެގެން ހުށަހެޅުމުންނެވެ.

(ނ) މުސާރަ ނުލިބޭ ޗުއްޓީގައި ހުންނަ މުއްދަތު އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި ނުގުނޭނެތީ އެދުވަސްތައް، ރިޓަޔަރމެންޓްގެ މުއްދަތު ބެލުމުގައިވެސް ނުގުނޭނެއެވެ. ވަކި މުއްދަތަކަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އަށް ހިދުމަތްކުރަން ޖެހިފައިވާ މީހަކު މި ޗުއްޓީ ނަގައިފިނަމަ، މުސާރަ ނުލިބޭ ޗުއްޓީގައި ހުރި ދުވަސްތައް، އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހިދުމަތް ކުރަން ޖެހިފައިވާ މުއްދަތުގެ ތެރޭގައި ނުހިމެނޭނެއެވެ.

(ރ) މިމާއްދާގެ (ހ) ގައިވާ ހާލަތްތައް ފިޔަވައި، މުސާރަ ނުލިބޭ ޗުއްޓީ ނަގަން ޖެހޭ އިތުރު ހާލަތެއް މެދުވެރިވެގެން މުސާރަ ނުލިބޭ ޗުއްޓީ ބޭނުންވާ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އެ ޗުއްޓީ ލިބޭނީ މަދުވެގެން 05 (ފަހެއް) އަހަރު ދުވަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތްކޮށްފައިވާނަމައެވެ.

(ބ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީ ބޭނުންކުރަންވާނީ، އެ ޗުއްޓީއެއް ނެގި ބޭނުމަށެވެ. އަދި ޗުއްޓީ ނެގި ބޭނުމާ ހިލާފަށް ޗުއްޓީގެ ބޭނުންކޮށްފިނަމަ ޗުއްޓީ ކެންސަލް ކުރުމުގެ އިހްތިޔާރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އަށް ލިބިގެންވެއެވެ. އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ، އެޗުއްޓީ ނެގި ބޭނުމާ ހިލާފަށް ކުރި ކަމެއް ކަމަށް ނުބެލެވޭނެއެވެ.

(ޅ) އަމިއްލަ ގޮތުން ތައުލީމު ހާސިލު ކުރުމަށް މުސާރަ ނުލިބޭ ޗުއްޓީއަށް ބޭނުންވާ މުވައްޒަފަކަށް މި ޗުއްޓީ ދެވޭނީ، ތައުލީމު ދޭ ނުވަތަ ތަމްރީން ދޭ މަރުކަޒަށް އެމީހަކު ގަބޫލުކޮށްފައިވާ ކަމުގެ ލިޔުމާއެކު އެކޯހަށް ފަންޑުކުރާނެ ގޮތުގެ މައުލޫމާތު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އަށް ހުށަހެޅުމުންނެވެ. ރާއްޖެއިން ބޭރަށް ދިއުމަށް މިޗުއްޓީ ލިބޭނީ، އެމީހަކު ކިޔަވަންދާ މަރުކަޒަށް ދިއުމަށާއި، އެތަނަކުން އެނބުރި އައުމަށް ލަފާކުރާ މުއްދަތު ހިމަނައިގެން ކޯހުގެ މުއްދަތަށް ވުރެ 14 (ސާދަ) ދުވަސް އިތުރުނުވާ ގޮތެއްގެ މަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން މިކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށެވެ.

(ކ) މިމާއްދާގެ (ހ) ގެ (2) ގައިވާ ހާލަތްތައް މެދުވެރިވެގެން މުސާރަ ނުލިބޭ ޗުއްޓީ ލިބޭނީ އެޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދިގު މުއްދަތަކަށް ބޭސްފަރުވާ ލިބިދޭންޖެހޭ ކަމަށް ސިއް ހަތާބެހޭ ވުޒާރާއިން ގަބޫލުކުރާ ޑޮކްޓަރަކު ނުވަތަ ހަކީމަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުންނެވެ. މި ގޮތުން ޗުއްޓީ ދެވޭނީ ގިނަވެގެން 01 (އެކެއް) އަހަރުގެ މުއްދަތަށެވެ.

(އ) މިމާއްދާގެ (ހ) ގެ (3) ގައިވާ ހާލަތް މެދުވެރިވެގެން މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ ގިނަވެގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ވ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީގައި ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހުންނަ މުއްދަތަށް އޭނާއަށް މުސާރަ އާއި މަހުން މަހަށް ދިނުމަށް ކަނޑައެޅިފައިވާ އެލަވަންސްތައް ނުދެވޭނެއެވެ.

(މ) ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީ ދޭންވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް، އެކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ކަނޑައަޅާފައިވާ ވަކި ޕަސެންޓަކަށްވުރެ ގިނަ ނުވާނެ ގޮތަކަށެވެ.

 

92 ވަނަ މައްދާ - ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވިހެއުމާ ގުޅިގެން، ވިހާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

(ށ) ސިއް ހަތާބެހޭ ވުޒާރާއިން ގަބޫލުކުރާ ފެންވަރުގެ ޑޮކްޓަރަކު ނުވަތަ ހަކީމަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން، އެ ސެޓްފިކެޓްގައިވާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން ދޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީ އެ މުވައްޒަފަކަށް ދޭންވާނެއެވެ.

(ނ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި މުވައްޒަފަކު ހުންނަ މުއްދަތުގައި މިގަވާއިދުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި އިނާޔަތްތައް ލިބިދޭން ވާނެއެވެ.

(ރ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ނުވަތަ ވިހެއުމުގެ ސަބަބުން، ވަޒީފާއަށް ނުކުތުމަށް އެ މީހެއްގެ ސިއް ހީ ހާލަތު ތަންނުދޭކަމަށް ނުވަތަ އޭނާގެ ދަރިފުޅު ބައްޔެއްވެއްޖެކަން ބަޔާންކޮށް ސިއް ހަތާބެހޭ ވުޒާރާއިން ގަބޫލުކުރާ ފެންވަރުގެ ޑޮކްޓަރަކު ނުވަތަ ހަކީމަކު މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ ވިހެއުމުގެ ކުރިން ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް އަދި ވިހެއުމުގެ ފަހުން ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މިމާއްދާގެ (ހ) ގައިވާ މުއްދަތުގެ އިތުރަށް ދެވިދާނެއެވެ. މިގޮތުން ދެވޭ ޗުއްޓީގެ ދުވަސްތަކަށް މުސާރަ ނުލިބޭނެއެވެ.

(ބ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކުރުމަށްފަހު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 01 (އެކެއް) މުސާރައިން ނުކެނޑޭ ގޮތަށް، ކޮންމެ ދުވަހަކުވެސް، ދަރިފުޅު ގާތަށް ދިއުމަށް 01 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ޑިއުޓީގަޑީގެ ތެރޭގައި ދޭންވާނެއެވެ. މިގޮތުން ދެވޭ ހުސްވަގުތުކޮޅު، މަސައްކަތު ވަގުތު ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ނުދެވޭނެއެވެ.

 

93 ވަނަ މާއްދާ - ދަރިއަކު ލިބުމުން ދެވޭ ޗުއްޓީ

(ހ) ފިރިހެން ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭ ގޮތަށް ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 07 (ހަތެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

(ށ) ވިހެއުމާ ގުޅިގެން އަންހެން ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، އެއްއަހަރު ދުވަހަށްވުރެ ދިގުނުވާ ގޮތަށް، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއެއް ދެވިދާނެއެވެ.

(ނ) ދަރިފުޅުގެ މަންމައާއި ބައްޕަ މަސައްކަތްކުރަނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ކަމަށް ވަނީނަމަ މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ އެ ދެ މީހުންނަށް ފެންނަ ގޮތަކަށް އެޗުއްޓީގެ މުއްދަތު އެމީހުންގެ މައްޗަށް ބަހާލެވިދާނެއެވެ.

(ރ) މި ޗުއްޓީ ބޭނުންނަމަ، ވިހެއުމާ ގުޅިގެން އަންހެން ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަސް ކުރިން ޗުއްޓީ ނެގުމަށް ހުށަހަޅަންވާނެއެވެ.

 

94 ވަނަ މާއްދާ - ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ

ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން، އެދުވަހުން ފެށިގެން، މުސާރަ ލިބޭ ގޮތަށް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 07 (ހަތެއް) ދުވަހުގެ ޗުއްޓީއެއް އެމީހަކަށް ދޭންވާނެއެވެ.

 

95 ވަނަ މާއްދާ - ހައްޖު އަދި އުމްރާގެ ޗުއްޓީ

(ހ) ހައްޖަށް ދިއުމަށް އެދޭ ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް، ފުރަތަމަ ފަހަރަށް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް، ހަމަމުސާރައާއެކު 35 (ތިރީސް ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ. ދެވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް ހައްޖަށްދާން ބޭނުންވާ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންނަށް މުސާރައާއެކު، ކޮންމެ 05 (ފަހެއް) އަހަރުން 01 (އެކެއް) ފަހަރު 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ.

(ށ) އުމުރާއަށް ދިއުމަށް ޗުއްޓީއަށް އެދޭ ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް، ހަމަމުސާރައާއެކު، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ކޮންމެ 05 (ފަހެއް) އަހަރަކުން 01 (އެކެއް) ފަހަރު ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ދެ ބާވަތުގެ ޗުއްޓީ އެއްފަހަރާ މީލާދީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނުލިބޭނެއެވެ.

 

96 ވަނަ މާއްދާ - މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ

މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ ހަމަޖައްސައި ދެވޭނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެންނެވެ. މިޗުއްޓީ ދެވޭނީ ތައުލީމު ހާސިލުކުރުމަށް ދިގު މުއްދަތަކަށް ޗުއްޓީ ބޭނުންވާ ފަރާތްތަކަށައި، ވަޒީފާގައި އުޅެނިކޮށް ލިބޭ އަނިތާ އަކަށް ބޭސް ފަރުވާކުރުމަށް އެކަންޏެވެ. 

 

97 ވަނަ މާއްދާ - އާއިލީ ޒިންމާ ޗުއްޓީ

ޖަލު އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ އާއިލީ މެމްބަރަކު ބަލިވުމާ ގުޅިގެން ނުވަތަ ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން މުސާރަ ލިބޭގޮތަށް، ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް އަހަރު ދުވަހުގެ ތެރޭގައި ދެވިދާނެއެވެ. ޖަލު އޮފިސަރުގެ ބަންދުދުވަސް ކަމުގައި ބަލާނީ އެ ޖަލު އޮފިސަރެއްގެ އޮފް ދުވަހެވެ. އަދި މުވައްޒަފަކުނަމަ، ހުކުރު ދުވަހެވެ. އާއިލީ މެމްބަރުންކަމުގައި ބަލާނީ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ އަދި ށަރުއީ އަދި ގާނޫނީ ގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.

(ށ) އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސަން ބޭނުންވެއްޖެނަމަ އެކަން އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ރަސްމީ ޑިއުޓީ ފެށުމުގެ މަދުވެގެން 01 (އެކެއް) ގަޑިއިރު ކުރިން، ޗުއްޓީ ނަގާ ސަބަބާއެކު އެޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އިމީޑިއެޓް ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެކަން ނާންގާ އާއިލީ ޒިންމާ ޗުއްޓީގެ ކަންތައްތައް ފުރިހަމަ ނުކޮށްފިނަމަ، އެދުވަހެއް ބެލެވޭނީ ވަޒީފާއަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އާއިލީ ޒިންމާ ޗުއްޓީގައި ހުންނަ ފުރަތަމަ ދުވަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަން އަންގަންވާނެއެވެ.

(ރ) އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިއުޓީއަށް ހާޒިރުވުމަށްފަހު އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އާއިލީ ޒިންމާ ޗުއްޓީ ނަގަންޖެހޭ ފަދަ ހާލަތެއް ދިމާވެގެން، މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި، އަދި އެދުވަހުގެ ޑިއުޓީ ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެދުވަހަކީ އެ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ޑިއުޓީއަށް ހާޒިރުވި ދުވަހެއްކަމަށް ބަލާ އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ދޫކޮށްލެވިދާނެއެވެ. އަދި މި ހާލަތުގައި އެ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު ޑިއުޓީ ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެދުވަހަކީ އާއިލީ ޒިންމާގެ ޗުއްޓީ ދުވަހެއްގެ ގޮތުގައި ބަލާ، އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.

(ބ) އާއިލީ ޒިންމާ ޗުއްޓީއަކީ ޖަމާކުރެވޭނެ ޗުއްޓީއެއް ނޫނެވެ.

(ޅ) އާއިލީ ޒިންމާ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް، ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައިވިޔަސް މި ޗުއްޓީ ދެވިދާނެއެވެ.

(ކ) އާއިލީ ޒިންމާ ޗުއްޓީގައި ހުރުމަށްފަހު، އޮފީހަށް ނުކުންނަ ދުވަހު އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ "ރަސްމީ ޑިއުޓީ" ނިމުމުގެ ކުރިން އާއިލީ ޒިންމާ ޗުއްޓީގައި ހުރި ސަބަބު ބަޔާން ކުރާ "ފޯމު" ފުރިހަމަކުރުމަށްފަހު އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅައިފިނަމަ، އެ ޖަލު އޮފިސަރު ނުވަތަ މުވައްޒަފު އާއިލީ ޒިންމާ ޗުއްޓީގައި ހުރި ދުވަސް ބެލެވޭނީ ވަޒީފާއަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.

 

98 ވަނަ މާއްދާ -ޗުއްޓީދިންކަމުގެ ލިޔުން

ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އާއިލީ ޒިންމާ ޗުއްޓީ ފިޔަވައި، އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ދީފިނަމަ އެޗުއްޓީ ދިން ތާރީހާއި، ޗުއްޓީ ނިންމާފައި އޮފީހަށް ނުކުންނަން ޖެހޭ ތާރީހު އެނގޭނެ ރަސްމީ ލިޔުމެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ މީހަކަށް ދޭންވާނެއެވެ.

 

99 ވަނަ މާއްދާ - ސަލާމް ބުނުން

(ހ) ސަލާމް ބުނަންވާނީ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ބަލިވެގެން އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނުކުތުމަށް ކަނޑައަޅާފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ނުނިކުމެވޭފަދަ ހާލަތެއް މެދުވެރި ވުމުން ކޮންމެހެން ސަލާމް ނުބުނެ ނުވެއްޖެނަމައެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތް މެދުވެރިވެގެން ސަލާމް ބުނަން ބޭނުންވާ ޖަލު އޮފިސަރު ނުވަތަ މުވައްޒަފުން، ވަޒީފާއަށް ހާޒިރުނުވެވޭ ދުވަހުގެ ޑިއުޓީ ގަޑި ޖެހުމުގެ މަދުވެގެން 1 (އެކެއް) ގަޑި އިރު ކުރިން ސަލާމުގައި ހުންނަން ޖެހިފައިވާ ސަބަބު އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ އިމީޑިއެޓް ސްޕަވައިޒަރަށް އަންގަންވާނެއެވެ. މިގޮތުން ސަލާމުގައި ހުންނަ ކޮންމެ ދުވަހަކުވެސް، އެކަން އަންގަންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމަށްފަހު، ސަލާމް ބުނަން ބޭނުންވެގެން ހުށަހަޅާ ފަރާތްތަކުގެ ސަލާމް ގަބޫލުކުރެވޭނީ އެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ދިމާވެފައިވާ ބަލި ހާލަތަށް ރިއާޔަތް ކުރުމަށްފަހު، އެއީ މަގުބޫލު ކަމެއް ކަމުގައި ބެލެވޭ ހާލަތްތަކުގައި އެކަންޏެވެ.

(ރ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ހިދުމަތްކުރާ ކޮންމެ އަހަރަކަށް، ސަލާމުގެ ގޮތުގައި މުސާރަ ލިބޭގޮތަށް، ދެވޭނީ ގިނަވެގެން 30 (ތިރީސް) ދުވަހެވެ. މިގޮތަށް އޮތްކަމުގައި ވީނަމަވެސް އާއްމުކޮށް ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔެއް ޖެހިގެން ސަލާމް ބުނަން ޖެހޭ ހާލަތްތަކުގައި، ސަލާމްގައި ހުންނަން ޖެހޭ މުއްދަތު 30 (ތިރީސް) ދުވަހަށްވުރެ އިތުރުވާނަމަ އެކަމަށް ގޮތެއް ނިންމާނީ ސަރުކާރު ގަބޫލުކުރާ ޑޮކްޓަރެއްގެ ލިޔުމަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.

(ބ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ސަލާމުގައި ހުންނަ ކޮންމެ ދުވަހަކަށް، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިއުޓީއަށް ނިކުންނަ ދުވަހު އެ މުވައްޒަފެއްގެ ޑިއުޓީ ނިމުމުގެ ކުރިން، އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފު ސަލާމްގައި ހުރި ހުރިހާ ދުވަސްތަކަށް ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށް، ސިއް ހަތާބެހޭ ވުޒާރާގައި ރަޖިސްޓްރީ ކޮށްފައިވާ ސިއް ހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ޖެހޭނެއެވެ. އަދި އެފަދަ ސެޓްފިކެޓެއް ހުށަނާޅައިފިނަމަ އެދުވަސްތައް ބެލެވޭނީ ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ.

(ޅ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު، ސަލާމުގައި ހުރެ މަހު މުސާރަ ދޭ ދުވަސް އަތުވެއްޖެނަމަ އެދުވަހާ ހަމައަށްވާ ސެޓްފިކެޓް ހުށަހެޅުމުން މެނުވީ، އެމަހުގެ މުސާރަ ދޭންވާނީ ނުނިކުމެހުރި ދުވަސްތަކަކީ ހާޒިރުނުވާ ދުވަސްތައް ކަމުގައި ބަލައިގެންނެވެ. ނަމަވެސް އޮފީހަށް ނިކުންނަ ފުރަތަމަ ދުވަހު ސަލާމުގެ ސެޓްފިކެޓް ހުށަހަޅައިފިނަމަ ސަލާމުގެ މުއްދަތަށް ކެނޑި މުސާރައާއި އިނާޔަތަށްވާ އަދަދު ޖެހިގެން އަންނަ މަހުގެ މުސާރައާއެކު ދޭންވާނެއެވެ.

(ކ) އޮފީހުގެ މަސައްކަތުގައި އުޅެނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން، ފަރުވާކުރުމަށް ސަލާމުގައި ހުންނަ ދުވަސްތަކަށް ހަމަ މުސާރަ ލިބޭނެއެވެ. އަދި މިދުވަސްތައް އެ ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ސަލާމް ރިކޯޑަށް ނުގުނޭނެއެވެ.

(އ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިއުޓީއަށް ހާޒިރުވުމަށްފަހު އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ބަލިވެގެން މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި، އަދި އެދުވަހުގެ ޑިއުޓީ ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ އެދުވަހަކީ އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފު ޑިއުޓީއަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ދޫކޮށްލެވިދާނެއެވެ. އަދި މި ހާލަތުގައި އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފު ޑިއުޓީ ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެދުވަހަކީ ސަލާމުގެ ޗުއްޓީ ދުވަހެއްގެ ގޮތުގައި ބަލާ ސަލާމުގެ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.

(ވ) ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ 1 އަހަރު ނުވިކަމުގައިވިޔަސް، މި ޗުއްޓީ ދެވިދާނެއެވެ.

 

100 ވަނަ މާއްދާ - ޗުއްޓީގައި ވަނިކޮށް މަސައްކަތަށް ނެރުން

(ހ) ޗުއްޓީގައި ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ހުއްޓާ ދިމާވާ ހާލަތެއްގެ ސަބަބުން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އޮފީހަށް ކޮންމެހެން ނެރެން ބޭނުންވެއްޖެނަމަ ޗުއްޓީގައި ހުރި ޖަލު އޮފިސަރު ނުވަތަ މުވައްޒަފު އޮފީހަށް ނެރެވިދާނެއެވެ. އެގޮތުން، އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އޮފީހަށް ނެރުމުގެ އަމުރު ނެރޭނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދައާއެކު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުންގެ ކަންތައްތައް ހިންގުމާ ހަވާލުކުރެވިފައިވާ ޑިޕާޓްމަންޓުންނެވެ. މިގޮތަށް ނެރެވޭނީ ގައިދީންނާއި ބަންދުމީހުން ބައިތިއްބާ ތަނަކަށް ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެންނެވެ:

  1. ޖަލު އެލާޓުކުރުން
  2. ގައިދީއަކު ނުވަތަ ބަންދު މީހަކު މަރުވުން.
  3. ޖަލުގައި ނުރައްކާތެރި ހާދިސާއެއް ހިނގުން،

  4. ގުދުރަތީ ހާދިސާއެއް ދިމާވުން،

 

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ މި ހާލަތުގައި ޖަލު އޮފިސަރަކު، ނުވަތަ މުވައްޒަފަކު އޮފީހަށް ނެރެފިނަމަ އެކަމެއް ނިމުމުން، އެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް، އޭނާގެ ޗުއްޓީ ނެގި މުއްދަތަށް ހަމަނުވެ އޮތް ދުވަސްތަކަށް ޗުއްޓީ ދެވިދާނެއެވެ. އެގޮތުން ޗުއްޓީ ދެވޭނީ އެޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އޮފީހަށް ނެރުނު ބޭނުމެއް ނިމުމުން، އޭނާ ބޭނުންވެއްޖެ ހިނދެއްގައެވެ.

 

101 ވަނަ މާއްދާ - ބަންދުދުވަސްތައް

އަންނަނިވި ދުވަސްތަކަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ބަންދު ދުވަސް ދުވަހެވެ.

(ހ) ގައުމީ ދުވަސް

(ށ) މިނިވަން ދުވަސް

(ނ) ޖުމްހޫރީ ދުވަސް

(ރ) ހިޖުރީ އަހަރުގެ ފުރަތަމަ ދުވަސް

(ބ) މީލާދީ އަހަރުގެ ފުރަތަމަ ދުވަސް

(ޅ) ރަމަޒާންމަހުގެ ފުރަތަމަ ދުވަސް

(ކ) ފިތުރު އީދު ދުވަސް

(އ) ހައްޖު ދުވަސް

(ވ) އަޒް ހާ އީދު ދުވަސް

(މ) ނަސްރުގެ ދުވަސް

(ފ) ކީރިތި ރަސޫލާގެ އީދުމީލާދު ދުވަސް

(ދ) ރާއްޖެ އިސްލާމްވި ދުވަސް

(ތ) ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަސް

(ލ) ބަންދު ދުވަހެއްކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ދުވަސްތައް

 

 

ނުވަވަނަ ބާބު: ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް ގޯނާ ކުރުން

 

102 ވަނަ މާއްދާ - ގޯނާ

(ހ) މަސައްކަތުގެ މާ ހައުލުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ގޯނާކުރުމަކީ ތަފާތު ގޮތްގޮތުން އެހެން ޖަލު އޮފިސަރަކު، ނުވަތަ މުވައްޒަފަކު (ނުވަތަ ޖަލު އޮފިސަރުންތަކެއް ނުވަތަ މުވައްޒަފުންތަކެއް) ކުރާ އަމަލެއްގެ ސަބަބުން ޖަލު އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް ނޭދެވޭ އަސަރެއް ކުރިމަތި ކުރުވުމެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން މަސައްކަތް ކުރަންވާނީ އެންމެހައި ޖަލު އޮފިސަރުންނާއި، މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ ހިތްހަމަޖެހުން ލިބިފައިވާ މާ ހައުލެއް ގާއިމުކޮށް ދިނުމަށެވެ. އެހެންކަމުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެންމެހާ ޖަލު އޮފިސަރުން ނުވަތަ މުވައްޒަފުން މި މަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

(ށ) މަސައްކަތުގެ ދާއިރާގައި، އަންހެނުންނާއި، ފިރިހެނުންނަށް އަބުރުވެރިކަމާއި ނަފުސުގެ އިއްޒަތާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެއްވެސް ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އެހެން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އެއްވެސް ބާވަތެއްގެ ގޯނާ ކުރުމުގެ އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ރ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު އަނެއް ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާމެދު ގޯނާ ކުރުމުގެ އަމަލެއް ހިންގައިފިނަމަ، އެ ހިންގި އަދި އެ ކަމުގައި ބައިވެރިވި ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އިސްލާ ހީ ފިޔަވަޅު އަޅަންވާނެއެވެ. އަދި އެފަދަ މައްސަލައެއް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ލަސްނުކޮށް ޑިސިޕްލިނަރީ ބޯޑުން ބަލައި 14 (ސާދަ) ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންވާނެއެވެ.

 

103 ވަނަ މާއްދާ - ގޯނާގެ ވައްތަރުތައް

ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންކަމުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައި އެވާ ކަންތައްތަކުގެ ތެރެއިން ކަމެއް، ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ނުވަތަ ޖަލު އޮފިސަރުންތަކެއް ނުވަތަ މުވައްޒަފުންތަކެއް، އެހެން ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ނުވަތަ ޖަލު އޮފިސަރުންތަކަކަށް ނުވަތަ މުވައްޒަފުންތަކަކަށް ކުރުމަކީ ނުވަތަ އެކިއެކި ކަންތައްތައް ތަކުރާރުކޮށް ކުރުމަކީ، ގޯނާ ކަމަށް ބެލެވިދާނެ އަމަލުތަކެވެ:

(ހ) ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ރުޅިއެރުވުމަށް ދެރަކޮށްލުމަށް، ނުވަތަ ނިކަމެތިކޮށްލުމުގެ ގޮތުން، މަލާމާތްކުރުން ދިމާކުރުން، ޖެއްސުންކުރުން ނުވަތަ ފުރައްސާރަ ކުރުން.

(ށ) ގޯނާއެއްކަމުގައި ގިނަބަޔަކު ގަބޫލުކުރާ އަމަލެއް ކުރުން ނުވަތަ އެފަދަ އަމަލެއް ކުރަން އުޅުން.

(ނ) ޖަލު އޮފިސަރަށް ނުވަތަ މުވައްޒަފަށް ނަފުސާނީ ނުވަތަ ޖިސްމާނީ ގެއްލުމެއް ދިނުން، ނުވަތަ ދެވިދާނެ ކަމެއް އަމަލުން ހަރަކާތުން، ނުވަތަ ބަހުން ދެއްކުން.

(ރ) ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާ ދިމާއަށް އަހުލާގީ ގޮތުން ބޭއަދަބީ ބަހުން މުހާތަބު ކުރުމާއި އެއްޗެހި ގޮވުން.

(ބ) އެކަށީގެންވާ ސަބަބަކާ ނުލައި، ވަޒީފާއިން ވަކިކުރެވިދާނެކަމަށް ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެކަމަށް ބުނެ ބިރުދެއްކުން.

(ޅ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މަސައްކަތަށް ޖެއްސުން ކުރުން ނުވަތަ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރެވޭ އަމަލުތައް.

 

104 ވަނަ މާއްދާ - ޖިންސީ ގޯނާ ކުރުން

މި ގަވާއިދުގެ ބޭނުމަށްޓަކައި ތިރީގައި ބުނެފައި މިވާ އަމަލުތަކަކީ ޖިންސީ ގޯނާކުރުން ކަމުގައި ބެލެވޭނެއެވެ.

(ހ) ޖިންސީ ބޭނުމަކު ނުވަތަ ޖިންސީ އެދުމެއް އޮވެގެން މަސައްކަތުގެ މާ ހައުލުގައި ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާ އަނގަބަހުން ނުވަތަ އިށާރާތަކުން ބެހުމާއި، އެހެން ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ހަށިގަނޑުގައި ޖެހުމާއި ކޮށްޓުމާއި ވިކުމާއި އަތްލާއްތުމާއި ފިރުމުން.

(ށ) މަސައްކަތްކުރާ އޮފީހުގައި ނުވަތަ އޮފީހުގެ ރަސްމީ ދަތުރެއްގައި ނުވަތަ މަސައްކަތުގެ މާ ހައުލުގައި ޖިންސީ އެދުމެއް ހާސިލުކުރުމަށްޓަކައި އެހެން ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ލައްވައި އެއްވެސް އަމަލެއް ކުރުވުން ނުވަތަ ކުރުވަން އުޅުން.

(ނ) ހަޑިހުތުރު އިބާރާތުން ޖިންސީ ކަންކަމާބެހޭ ގޮތުން ވާހަކަ ދެއްކުމާއި، ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ޖިންސީ ގޮތުން ށައުގުވެރި ކުރުވުމަށްޓަކައި ވާހަކަ ދެއްކުމާއި ބޭނުމަށްޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހުށަހެޅުމާއި، ހަޑިހުތުރު ބަސްބުނުމާއި ހަޑިހުތުރު ޖޯކު ކިޔުމާއި ހަޑިހުތުރު އަމަލެއް ހިންގުން.

(ރ) އެހެން ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް އެއްވެސް ބާވަތެއްގެ ޒަރީއާއަކުން އޮރިޔާން ކާޑު ދެއްކުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ހިންގުން.

(ބ) ޖަލު އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ޖިންސަށް ނިސްބަތްކޮށް އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ކުޑައިމީސްކުރުމާއި، މަލާމާތްކުރުމާއި، ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ހިންގުން.

(ޅ) ޖިންސީ އެދުމެއް ހާސިލްކުރުމުގެ މަގްސަދުގައި އިދާރީގޮތުން ކޮށްދޭން ނުޖެހޭ ކަމެއް ކޮށްދިނުން ނުވަތަ ކޮށްދޭން ޖެހޭކަމެއް ކޮށްނުދިނުމާއި، ދޭންޖެހޭ ހައްގެއް ނުދީ ހިފެހެއްޓުން ނުވަތަ ބިރުދެއްކުން ނުވަތަ ދޭންނުޖެހޭ ހައްގެއް ދީ ބިރުދެއްކުން.

(ކ) މި ގަވާއިދުގައި ބުނެފައިވާ އެއްވެސް އަމަލެއް ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާމެދު ހިންގައިފިނަމަ އެ މައްސަލައެއް އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅުމުގެ ހައްގު ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިބިގެންވެއެވެ.

 

105 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމާއި މައްސަލަ ބެލުން

(ހ) މި ގަވާއިދުގައި ބުނެފައިވާ އެއްވެސް އަމަލެއް ޖަލު އޮފިސަރަކާ ނުވަތަ މުވައްޒަފަކާމެދު ހިންގައިފިނަމަ އެ މައްސަލައެއް އެ ޖަލު އޮފިސަރަކު ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅުމުގެ ހައްގު ކޮންމެ ޖަލު އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިބިގެންވެއެވެ.

(ށ) ށަކުވާ ކޮމިޓީން އެ ކޮމިޓީއަށް ހުށަހެޅޭ މައްސަލަ ބެލުމުގައި އަމަލު ކުރާނީ ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. 

 

 

ދިހަވަނަ ބާބު: އައިޑެންޓިފިކޭށަން ކާޑު

 

106 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑު

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮންމެ ސްޓާފަކަށް ސްޓާފް އައިޑެންޓިފިކޭށަން ކާޑު ދޫކުރަންވާނެއެވެ. އަދި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ތަފާތު އެކި އެކި ކަންކަމުގައި ޒިޔާރަތް ކުރާފަރާތްތަކަށް ވިޒިޓަރސް އައިޑެންޓިފިކޭށަން ކާޑެއް ދޫކުރަންވާނެއެވެ.

 

107 ވަނަ މާއްދާ - އައިޑެންޓިފިކޭށަން 

އައިޑެންޓިފިކޭށަން ކާޑުގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކޮށް، މެނޭޖްކުރާނީ ހިއުމަން ކާޑު ހެދުމާއި ދޫކުރުން: ރިސޯސްއިންނެވެ. ކާޑު ހެދުމާއި ދޫކުރުމާއި، ކާޑުގެ އެންމެހައި މަސައްކަތްތައް ކުރާނީ ހިއުމަން ރިސޯސްއިންނެވެ.

 

108 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑުގެ ބާވަތް

(ހ) ސްޓާފް އައިޑެންޓިފިކޭށަން ކާޑު

(ށ) ވިޒިޓަރސް އައިޑެންޓިފިކޭށަން ކާޑު

 

109 ވަނަ މާއްދާ - ސްޓާފް އައިޑެންޓިފިކޭށަން ކާޑު

ސްޓާފް އައިޑެންޓިފިކޭށަން ކާޑަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ ކޮންމެ ސްޓާފަކަށް ކާކުކަން އަންގައިދިނުމަށް ދެވޭނެ ކާޑެކެވެ. ސްޓާފް އައިޑެންޓިފިކޭށަން ކާޑަކީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ ކާޑެކެވެ.

(ހ) ޖަލު އޮފިސަރުންގެ އައިޑެންޓިފިކޭށަން ކާޑު

(ށ) މުވައްޒަފުން

 

110 ވަނަ މާއްދާ - ވިޒިޓަރސް އައިޑެންޓިފިކޭށަން ކާޑު

(ހ) ވިޒިޓަރސް ކާޑަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލުތަކަށް އަދި އެނޫންވެސް ތަންތަނަށް އެކި އެކި ބޭނުންތަކުގައި ވަންނަ ފަރާތްތަކަށް ދެވޭ ކާޑެކެވެ.

(ށ) މި ކާޑަކީ ޖަލުތަކަށް އަދި އެނޫންވެސް ތަންތަނަށް ވަންނަ ފަރާތްތައް އެތެރޭގައި އުޅޭ ކޮންމެ ވަގުތެއްގައި ފެންނަ ގޮތަށް ހުންނަން ޖެހޭ ކާޑެކެވެ.

(ނ) އައި ބޭނުން ނިމުމުން ނިކުންނަ ވަގުތު މި ކާޑު އަނބުރާ ގޭޓް ހައުސް ނުވަތަ އެންޓްރެންސްއަށް ހަވާލުކުރަން ޖެހޭނެއެވެ.

(ރ) ވިޒިޓަރސް ކާޑު ދެވޭނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލުތަކަށް ފެމެލީ ވިޒިޓަށް އަންނަ ފަރާތްތަކާއި ސަރުކާރުގެ އެކި އެކި މުއައްސަސާތަކުން އަންނަ ފަރާތްތަކަށާއި، އެކި އެކި މަސައްކަތްތަކަށް ވަންނަ ފަރާތްތަކަށެވެ.

 

111 ވަނަ މާއްދާ - ސްޓާފް އައިޑެންޓިފިކެށަން ކާޑުގައސި ހުންނާނެ މައުލޫމާތު

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ސްޓާފް އައިޑެންޓިފިކޭށަން ކާޑުގައި ތިރީގައި ބަޔާންވެގެން އެވާ މައުލޫމާތު ހުންނަންވާނެއެވެ.

  1. މުވައްޒަފުގެ ފުރިހަމަ ނަން
  2. މުވައްޒަފުގެ ރޭންކް ނުވަތަ މަގާމް
  3. ރެކޯޑް ކާޑު ނަންބަރު
  4. ކާޑު ހެއްދި ތާރީހު
  5. ކާޑުގެ މުއްދަތު ހަމަވާ ތާރީހު
  6. ކާޑުގެ ސީރިއަލް ނަންބަރު
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު
  8. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެޖް
  9. މުވައްޒަފުގެ ފޮޓޯ

 

112 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑު ބޭނުންކުރުން

(ހ) އެ ސްޓާފަކަށް ދޫކުރެވިފައިވާ އައިޑެންޓިފިކޭށަން ކާޑު އެހެން ސްޓާފަކު ބޭނުން ކުރަން ނުވަތަ އެހެން ސްޓާފަކަށް ދިނުމަކީ މަނާކަމެކެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އައިޑެންޓިފިކޭށަން ކާޑަކީ ކޮންމެ ސްޓާފެއްގެ އަތުގައި އަބަދުމެ އޮންނަން ޖެހޭނެ އެއްޗެކެވެ.

(ނ) ސްޓާފަކު ވަޒީފާގެ ވާޖިބު އަދާކުރުމުގައި އެމީހަކީ ކާކުކަން އަންގައިދޭން ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އައިޑެންޓިފިކޭށަން ކާޑު ދައްކަން ޖެހޭނެއެވެ.

(ރ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި އުޅޭއިރު، އަބަދުވެސް ސްޓާފް އައިޑެންޓިފިކޭށަން ކާޑު ފެންނަ ގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

 

113 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑު ހަލާކުވުން ނުވަތަ ގެއްލުން

(ހ) ސްޓާފަކާއި ހަވާލުކުރެވިފައިވާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އައިޑެންޓިފިކޭށަން ކާޑެއް ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، 24 ގަޑިއިރުގެ ތެރޭގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ އެސްޓާފަކު މަސައްކަތްކުރާ ސެކްށަންގެ ވެރިޔާއަށް އަންގަންވާނެއެވެ

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އައިޑެންޓިފިކޭށަން ކާޑެއް ގެއްލިފައި ނުވަތަ ހަލާކުވެފައިވަނީ މުވައްޒަފެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ކަމަށްވާނަމަ، އެމައްސަލައެއްގެ މައުލޫމާތާއިއެކު އެކަން ލިޔުމަކުން އަންގަންވާނެއެވެ.

(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އައިޑެންޓިފިކޭށަން ކާޑެއް ގެއްލިފައި، ނުވަތަ ހަލާކުވެފައިވަނީ ސްޓާފުގެ އިހުމާލުންކަމަށްވާނަމަ އަލުން، ކާޑު ހައްދައިދެވޭނީ ޖޫރިމަނާގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް ރުފިޔާ) ދެއްކުމުންނެވެ.

 

114 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑެއް ހޮވައިފިނަމަ އަމަލު ކުރާނެ ގޮތް

(ހ) އެއްވެސް ފަރުދަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އައިޑެންޓިފިކޭށަން ކާޑެއް ހޮވައިފިނަމަ ލަސްނުކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާއި ހަވާލު ކުރަންވާނެއެވެ.

(ށ) އެއްވެސް ޖަލަކުން ނުވަތަ އެނޫންވެސް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވުޒާރާއަކުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އައިޑެންޓިފިކޭށަން ކާޑެއް ހޮވައިފިނަމަ، ލަސްނުކޮށް އެތަނެއްގެ ހިއުމަން ރިސޯސަސްއާ ހަވާލުކުރަންވާނެއެވެ.

 

115 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑު އަނބުރާ ހަވާލުކުރުން

(ހ) ސްޓާފު އައިޑެންޓިފިކޭށަން ކާޑަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މިލްކަކަށް ވާތީވެ، ސްޓާފަކު ވަޒީފާއިން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ، ނުވަތަ ރިޓަޔަރ ކޮށްފިނަމަ ވަގުތުން އެސްޓާފަކަށް ދޫކުރެވިފައިވާ އައިޑެންޓިފިކޭށަން ކާޑު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާއި ހަވާލު ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ސްޓާފުންނަށް ދޫކުރެވޭ އައިޑެންޓިފިކޭށަން ކާޑަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ބޭނުންވެއްޖެ ހިނދެއްގައި އަތުލެވިދާނެ ކާޑެކެވެ.

 

116 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑު ހެއްދުމަށް ފޮޓޯ ނެގުން

(ހ) އައިޑެންޓިފިކޭށަން ކާޑުގެ ފޮޓޯ ނަގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ތަނެއްގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އޮފިސަރުންނެވެ.

(ށ) އައިޑެންޓިފިކޭށަން ކާޑުގެ ފޮޓޯ ނަގާނީ ނޫކުލައިގެ ބެކްގްރައުންޑްގައެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެޖް "ވޯޓަރ" މާކެއްގެ ގޮތުގައި ބެކްގްރައުންޑުން ފެންނަން ހުންނަންވާނެއެވެ.

(ނ) ޖަލްއޮފިސަރުން އައިޑެންޓިފިކޭށަން ކާޑު ފޮޓޯ ނަގާނީ ޔުނިފޯމާއި ރޭންކާއި އެކުގައެވެ. އަދި މުވައްޒަފުންގެ ފޮޓޯ ނަގާނީ ރަސްމީ ހެދުމުގައެވެ.

 

117 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ކާޑު އިގުރާރު

ހުރިހާ ސްޓާފުންނަށްވެސް އައިޑެންޓިފިކޭށަން ކާޑު ދޫކުރާނީ އިގްރާރުކިޔައި ސޮއި ކުރުމަށްފަހުގައެވެ. އަދި އިގްރާރު ސްޓާފުގެ ޕާރސަނަލް ފައިލްގައި ފައިލް ކުރެވޭނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2014-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު