-

ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-218) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-05)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ޖަނަވަރީ 2017 ގައި)

 

ގަވާއިދު ނަންބަރު 2015-218 (މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 90 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަހަރީ ޗުއްޓީ 90.

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް، ޖަލު އޮފިސަރުންނާއި، މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 50 (ފަންސާސް) ދުވަސް ދޭންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 116 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އައިޑެންޓިފިކޭށަން ކާޑު ހެއްދުމަށް ފޮޓޯ ނެގުން 116.

(ށ) އައިޑެންޓިފިކޭށަން ކާޑުގެ ފޮޓޯޯ ނަގާއިރު ބެކްގްރައުންޑް ހުންނަންވާނީ ހުދުކުލައިގައެވެ. 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-218)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު