-

ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-218) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-05)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ޖަނަވަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2015-218 (ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 67 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

67 (ށ). ކޮންމެ ޖަލު އޮފިސަރަކު، މަދުވެގެން ހަފުތާއަކު 48 (ސާޅީސް އަށެއް) ގަޑިއިރު މަސައްކަތް ކުރަން ވާނެއެވެ. އަދި މުވައްޒަފުންނާއި އިދާރީ މަސައްކަތްކުރާ ޖަލު އޮފިސަރުން، މަދުވެގެން ހަފުތާއަކު 35 (ތިރީސް ފަހެއް) ގަޑިއިރު މަސައްކަތް ކުރަން ވާނެއެވެ. މިގޮތަށް ކަނޑައަޅައިފައި ވިޔަސް، މަސައްކަތު ވަގުތާއި މަސައްކަތް ކުރަންޖެހޭ ދުވަސްތައް ކަނޑައެޅުމާއި ބަދަލުކުރުމުގެ އިހްތިޔާރ،ު ކޮމިށަނަރ އޮފް ޕްރިޜަންސްއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-218)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު