-

ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-218) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-06)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ޖަނަވަރީ 2017 ގައި)

 

ގަވާއިދު ނަންބަރު 2015-218 (މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާޣެ (ވ) ގެ ފަހަތަށް އަންނަނިވި ގޮތެއް އަކުރެއް އިތުރުކުުރުން. 

ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް 45.

(މ) ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފިޒިކަލް ފިޓްނަސް ޓެސްޓުން ފާސްނުވުން، ނުވަތަ ފިޒިކަލް ފިޓްނަސް ޓެސްޓް ފުރިހަމަ ނުކުރުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-218)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު