އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-04)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ފެބްރުއަރީ 2026 ގައި)
(މި ގަވާއިދުގެ 16 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2022-38 އުވާލެވިފައި)
ފުރަތަމަ ބާބު
ތައާރުފާއި މަގުސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް، އިންސްޓިޓިއުޓްގެ މެންބަރުން ކަމުގައި ނުވާގޮތަށް، އިންސްޓިޓިއުޓްގައި ރަޖިސްޓަރީކުރުމަށް ޓަކައި، ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދުތަކަކ،ީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމެވެ.
(ހ) ދިވެހިރާއްޖޭގައި އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރަޖިސްޓަރީ އެކުލަވައިލައި ބެލެހެއްޓުން.
(ށ) އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓަރީކުރުމުގެ ފަންނީ ގިންތިތައް ކަނޑައެޅުމާއި ރަޖިސްޓަރީކުރުމުގެ އިޖުރާތުތައް ބަޔާންކުރުން.
(ނ) އެކައުންޓެންޓްސް އިން ބިޒްނަސް، އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާއިރު ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑުތަކާއި އެ ފަރާތްތަކުން އަދާކުރަންޖެހޭ އިލްތިޒާމުތައް ބަޔާންކުރުން.
(ރ) ދިވެހިރާއްޖޭގައި އެކައުންޓެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެކައުންޓިންގ ކޮމްޕެޓެންސީތަކުގެ ކުރިއެރުން ބަލައި، އެ ކަންކަން ތަރައްގީކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަގުފަހިކޮށްދިނުން.
(ބ) އެކައުންޓެންޓްސް އިން ބިޒްނަސްގެ ފެންވަރާއި، މަސައްކަތުގެ އަހު ލާގީ މިންގަނޑުތަކާއި ފަންނީ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެ އެއްބާރުލުން ދިނުން.
(ޅ) އެކައުންޓެންޓްސް އިން ބިޒްނަސްގެ ގާބިލިއްޔަތާއި ހުނަރު އިތުރުވާނެ ފަދަ ތަމްރީނުތަކާއި މަށްރޫއުތައް ހިންގުން.
(ކ) އެކައުންޓެންޓްސް އިން ބިޒްނަސްގެ ފަންނީ ކުރިއެރުމަށް ފަހިކޮށްދެވޭނެ ސީ.ޕީ.ޑީ. ފުރުސަތުތައް ބަޔާންކުރުން.
(އ) ދިވެހިރާއްޖޭގެ އެކައުންޓިންގގެ ދާއިރާގައި ދިވެހީންނަށް ވަޒީފާ ލިބޭ މިންވަރު އިތުރުވާނެ އަދި އެ ދާއިރާގައި ދިވެހީންގެ ވާދަވެރިކަން އިތުރުވާ ފަދަ ފަހި މާހައުލެއް ގާއިމުކުރުން.
(ވ) އެކައުންޓެންޓްސް އިން ބިޒްނަސްގެ މަސައްކަތާމެދު އެ ފަރާތްތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ކަމާބެހޭ އިދާރާތަކާއި އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފެއްދުން.
3 ވަނަ މާއްދާ - ގަވާއިދު ހިނގާ ފަރާތްތައް
(ހ) މި ގަވާއިދު ހިނގާނީ، އެކައުންޓެންޓްސް އިން ބިޒްނަސްގެ މައްޗަށެވެ.
(ށ) އިންސްޓިޓިއުޓުގެ މެންބަރުންގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ.
ދެވަނަ ބާބު
އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓަރީކުރުން
4 ވަނަ މާއްދާ - އެކައުންޓެންޓްސް އިން ބިޒްނަސްގެ ގިންތިތައް
(ހ) މި ގަވާއިދުގެ ދަށުން އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓަރީކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ގިންތީގެ ތެރެއިން ގިންތިއަކަށެވެ.
- ކެޓެގަރީ A: ޕްރައިވެޓް އެންޓިޓީތަކުގެ ފައިނޭންށަލް ރިޕޯޓިންގެ ޒިންމާތައް އަދާކުރާ އެންމެ އިސްވެރީން؛
- ކެޓެގަރީ B: ޕްރައިވެޓް އެންޓިޓީތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރާ މުވައްޒަފުންގެ ތެރެއިން މި މާއްދާގައި ބަޔާންކޮށްފައިވާ ކެޓެގަރީ A އަށް ފެތޭ ފަރާތްތަކަށް ރިޕޯޓުކުރާ މުވައްޒަފުން؛ އަދި
- ކެޓެގަރީ C: ކެޓެގަރީ A ނުވަތަ ކެޓެގަރީ B އަށް ފެތޭ ފަރާތްތަކުގެ ބެލުމުގެ ދަށުން މާލީ ބަޔާންތައް ތައްޔާރުކުރުމުގައި އެހީތެރިވެދޭ މުވައްޒަފުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތި ތަކަށް ނިސްބަތްވާ ފަރާތްތައް ކަނޑައެޅުމުގައި ރިއާޔަތްކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މައިގަނޑު މަސައްކަތު ޒިންމާތަކަށެވެ.
5 ވަނަ މާއްދާ - ރަޖިސްޓަރީކުރުން ލާޒިމުވުން
(ހ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓްސް އިން ބިޒްނަސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންސްޓިޓިއުޓުގައި ރަޖިސްޓަރީކުރުމަކީ އެ ފަރާތްތަކުގެ ވަޒީފާދޭ ފަރާތްތަކުގެ ޒިންމާއެކެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގަވާއިދު ނަންބަރު 2022-38 ގެ Regulation for Registration of Accountants in Business ދަށުން އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓުގައި އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކަކީ މި ގަވާއިދުގެ ބޭނުމަށް ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކެއް ކަމަށް ބެލެވޭނެއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ އެކައުންޓެންޓްސް އިން ބިޒްނަސްގެ ތެރެއިން، ގަވާއިދު ނަންބަރު 2022-38 ގެ Regulation for Registration of Accountants in Business ދަށުން އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދި އެ ފަރާތްތަކުގެ ވަޒީފާދޭ ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންސްޓިޓިއުޓަށް ހުށަހަޅަންވާނެއެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން ވަޒީފާއަށް އައްޔަނުކުރެވޭ އެކައުންޓެންޓްސް އިން ބިޒްނަސް އިންސްޓިޓިއުޓުގައި ރަޖިސްޓަރީކުރުމަށް އެދި އެ ފަރާތްތަކުގެ ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކަށް ވަޒީފާ ދިން ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންސްޓިޓިއުޓަށް ހުށަހަޅަންވާނެއެވެ.
6 ވަނަ މާއްދާ - ރަޖިސްޓަރީކުރަން އެދި ހުށަހެޅުން
(ހ) ވަޒީފާދޭ ކޮންމެ ފަރާތަކުން ވެސް، އިންސްޓިޓިއުޓުގެ ޕޯޓަލުގައި އެ ފަރާތުގެ އެކައުންޓެއް ރަޖިސްޓަރީކޮށް، އެ ފަރާތުގެ އެކައުންޓް މެދުވެރިކޮށް އިންސްޓިޓިއުޓާ މުއާމަލާތުކުރާނެ ޒިންމާދާރު ފަރާތެއް، ޕޯޓަލް މެދުވެރިކޮށް އައްޔަނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުގެ އެކައުންޓް މެދުވެރިކޮށް އިންސްޓިޓިއުޓާ މުއާމަލާތު ކުރާނެ ޒިންމާދާރު ފަރާތެއް އައްޔަނުކުރާއިރު، ޕޯޓަލުގައި ހުށަހެޅުމަށް ލާޒިމުކުރާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތައް، ވަޒީފާދޭ ފަރާތުން ހުށަހަޅަންވާނެއެވެ.
(ނ) ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުން ވަޒީފާގައި ގެންގުޅޭ އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓަރީކުރަން ހުށަހަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، އިންސްޓިޓިއުޓުގެ ޕޯޓަލުގައި ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތާ އެކުގައެވެ.
- އެކައުންޓެންޓުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެސް؛
- ދިވެހި ރައްޔިތެއް ނަމަ، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީ ފަރާތެއް ނަމަ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެ ފަރާތަކަށް ދޫކޮށްފައިވާ ވާރކް ޕާރމިޓުގެ ނަންބަރު؛
- ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް؛
- ވަޒީފާގެ މަގާމު؛
- ރަޖިސްޓަރީކުރަން އެދޭ ގިންތި؛
- އެކައުންޓެންޓް ހާސިލުކޮށްފައިވާ ސަނަދުތަކާއި އެ ފަރާތް ރަޖިސްޓަރީކުރެވޭ ގިންތި ކަނޑައެޅުމަށް ބޭނުންވާ އެހެނިހެން މައުލޫމާތ.ު
(ރ( މި މާއްދާގެ (ނ) ގެ ދަށުން އެކައުންޓެންޓަކު ރަޖިސްޓަރީކުރުމަށް އެދި ވަޒީފާދޭ ފަރާތުން ހުށަހަޅަންވާނީ އެ އެކައުންޓެންޓާ ގުޅޭ ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި، އިންސްޓިޓިއުޓުގެ ޕޯޓަލުގައި ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތަކާ އެކުގައެވެ.
- އެކައުންޓެންޓަކީ ދިވެހި ރައްޔިތެއް ނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ؛ އަދި
- އެކައުންޓެންޓަކީ ބިދޭސީ ފަރާތެއް ނަމަ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެ ފަރާތަށް ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ، އެ ފަރާތުގެ ވާރކް ޕާރމިޓުގެ ކޮޕީ.
(ބ) އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓަރީކުރުމުގެ އިލްތިޒާމު މި ގަވާއިދުގެ ދަށުން މަތިކޮށްފައިވަނީ ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް ކަމުގައި ވީ ނަމަވެސް، އެކައުންޓެންޓްސް އިން ބިޒްނަސްގެ ގޮތުގައި މަސައްކަތްކުރާ ފަރުދުންނަށް ވެސް އެ ފަރާތްތަކުން އަމިއްލައަށް އިންސްޓިޓިއުޓުގައި ރަޖިސްޓަރީވުމަށް އަދި ރަޖިސްޓަރީން އެ ފަރާތުގެ ނަން އުނިކުރުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ރަޖިސްޓަރީވުމަށް ހުށަހަޅާއިރު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި، އެ ފަރާތަކުން ވަޒީފާދޭ ފަރާތުގެ ފުރިހަމަ ނަމާއި ވިޔަފާރީގެ ރެޖިސްޓްރޭށަން ނަންބަރު ހުށަހަޅަންވާނެއެވެ.
7 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ހިނގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ވަޒީފާދޭ ފަރާތުން އިންސްޓިޓިއުޓަށް ޕޯޓަލް މެދުވެރިކޮށް އަންގައި، އެ ކަމެއް ރަޖިސްޓަރީގައި ރިކޯޑުކުރަންވާނެއެވެ.
- އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓަކު އިސްތިއުފާ ދިނުން؛ ނުވަތަ
- އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓަކު ވަޒީފާއިން ވަކިކުރުން؛ ނުވަތަ
- އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓަކާ ގުޅޭގޮތުން އިންސްޓިޓިއުޓަށް ހުށަހަޅައިފައިވާ އެއްވެސް މައުލޫމާތަކަށް ބަދަލެއް އައުން.
(ށ) އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓެއްގެ ވަޒީފާގެ ހާލަތަށާއި، އިންސްޓިޓިއުޓަށް އެ ފަރާތަކާ ގުޅޭގޮތުން ހުށަހަޅައިފައިވާ މައުލޫމާތަކަށް އަންނަ ބަދަލުތައް އިންސްޓިޓިއުޓަށް އެންގުމުގެ އިލްތިޒާމު މި ގަވާއިދުގެ ދަށުން މަތިކޮށްފައިވަނީ ވަޒީފާދޭ ފަރާތްތަކުގެ މައްޗަށް ކަމުގައި ވީ ނަމަވެސް، އެކައުންޓެންޓުން އަމިއްލައަށް، އިންސްޓިޓިއުޓުގެ ޕޯޓަލް މެދުވެރިކޮށް، އިންސްޓިޓިއުޓަށް މި މައުލޫމާތު އެންގުމުގެ އިހުތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - ރަޖިސްޓަރީން އުނިކުރުން
ތިރީގައި ބަޔާންކޮށްފައިވާ ހާލަތުތަކުން ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓަރީން އުނިކުރަންވާނެއެވެ.
(ހ) ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓަކު ރަޖިސްޓަރީން އުނިކުރުމަށް އެ ފަރާތުގެ ވަޒީފާދޭ ފަރާތުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓު އަމިއްލައަށް އެދި އިންސްޓިޓިއުޓުގެ ޕޯޓަލް މެދުވެރިކޮށް އިންސްޓިޓިއުޓަށް ހުށަހެޅުން.
(ށ) ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓެއް މަރުވުން.
(ނ) މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެކައުންޓެންޓަކު ރަޖިސްޓަރީން އުނިކުރުމަށް ކައުންސިލުން ނިންމުން.
(ރ) އެކައުންޓެންޓެއްގެ މައްޗަށް ޖިނާ އީ ކުށެއް ކުރިކަމަށް ދިވެހިރާއްޖޭގެ ނުވަތަ އެހެން އެއްވެސް ގައުމެއްގެ ގާނޫނުގެ ދަށުން ސާބިތުވުން.
9 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކައުންޓެންޓްސް އިން ބިޒްނަސްގެ ރަޖިސްޓަރީ ބަލަހައްޓައި، އެއަށް އުނިއިތުރު ގެނައުމަކީ އިންސްޓިޓިއުޓުގެ ޒިންމާއެކެވެ.
(ށ) މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓުން ލިޔެ ބަލަހައްޓާ ރަޖިސްޓަރީގައި، އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްދީފައިވާ އެކައުންޓެންޓުންނާ ގުޅޭ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ރަޖިސްޓަރީކުރެވިފައިވާ އެކައުންޓެންޓުގެ ފުރިހަމަ ނަން؛
- އެކައުންޓެންޓަކީ ދިވެހި ރައްޔިތެއް ނަމަ، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، އަދި އެ ފަރާތަކީ ބިދޭސީ ފަރާތެއް ނަމަ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެ ފަރާތަކަށް ދޫކޮށްފައިވާ ވާރކް ޕާރމިޓްގެ ނަންބަރު؛
- އެކައުންޓެންޓުގެ ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، އެ ފަރާތަށް ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް؛
- އެކައުންޓެންޓުގެ ވަޒީފާގެ މަގާމު؛
- އެކައުންޓެންޓް ރަޖިސްޓަރީކުރެވިފައިވާ ގިންތި؛
- އެކައުންޓެންޓް ހާސިލުކޮށްފައިވާ ސަނަދުތައް؛
- އެކައުންޓެންޓުގެ ވަޒީފާދޭ ފަރާތުގެ ފުރިހަމަ ނަމާއި، ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރާއި، ސަރވިސް އެޑްރަހާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް؛
- ވަޒީފާދޭ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކުގެ ފަރާތުން އިންސްޓިޓިއުޓާ މުއާމަލާތުކުރުމަށް ކަނޑައަޅައިފައިވާ ޒިންމާދާރު ފަރާތުގެ ފުރިހަމަ ނަމާއި، އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރާ ހައިސިއްޔަތާއި، އެ ފަރާތް މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް،
(ނ) އިންސްޓިޓިއުޓަށް ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، އަދި އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ރަޖިސްޓަރީއަށް އުނިއިތުރު ގެނައުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު، އިންސްޓިޓިއުޓަށް ލިބިގެންވެއެވެ. މި މާއްދާގެ ދަށުން އިންސްޓިޓިއުޓުގެ ފަރާތުން ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން އެ މަ އުލޫމާތެއް ނިސްބަތްވާ އެކައުންޓެންޓަށާއި، އެ އެކައުންޓެންޓެއްގެ ވަޒީފާދޭ ފަރާތަށް ލިޔުމުން އަންގައި، ޖަވާބުދާރީވުމަށް 14 (ސާދަ) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.
ތިން ވަނަ ބާބު
ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓްސް އިން ބިޒްނަސްގެ އިލްތިޒާމުތައް
10 ވަނަ މާއްދާ - ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް
(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެކައުންޓެންޓްސް އިން ބިޒްނަސް، ކޮންމެ މީލާދީ އަހަރަކު މަދުވެގެން 10 (ދިހައެއް) ގަޑިއިރުގެ ސީ.ޕީ.ޑީ. ފުރިހަމަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކައުންޓެންޓްސް އިން ބިޒްނަސް ފުރިހަމަކުރަންޖެހޭ ސީ.ޕީ.ޑީ.ގެ ތެރޭގައި ކޮންމެހެން ހިމަނަންޖެހޭ ވަކި ތަމްރީނުތައް ކަނޑައެޅުމުގެ އިހުތިޔާރު، އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކައުންޓެންޓްސް އިން ބިޒްނަސް ފުރިހަމަކުރާ 10 (ދިހައެއް)
ގަޑިއިރުގެ ސީ.ޕީ.ޑީ.ގެ ތެރެއިން މަދުވެގެން 5 (ފަހެއް) ގަޑިއިރު ވާންވާނީ އިންސްޓިޓިއުޓުން ކަނޑައަޅައިފައިވާ ތަމްރީނުތައް ފުރިހަމަކުރުމުގައި ހޭދަކުރާ ވަގުތަށެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ލާޒިމުކުރާ ސީ.ޕީ.ޑީ. ފުރިހަމަކޮށްފައިވާކަން ޔަގީންކޮށްދޭ ލިޔެކިޔުންތައް، ސީ.ޕީ.ޑީ. ފުރިހަމަކުރާ އަހަރަށްފަހު ފެށޭ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން، އިންސްޓިޓިއުޓުން ކަނޑައަޅާ ފޯމެޓެއްގައި އިންސްޓިޓިއުޓަށް ހުށަހަޅަންވާނެއެވެ.
(ބ) ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކައުންޓެންޓްސް އިން ބިޒްނަސް ސީ.ޕީ.ޑީ. ފުރިހަމަކުރާކަން ކަށަވަރުކުރުމަކީ އެ ފަރާތްތަކުގެ ވަޒީފާދޭ ފަރާތްތަކުގެ ޒިންމާއެކެވެ.
11 ވަނަ މާޢްދާ - ސުލޫކީ މިންގަނޑު
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ފަރާތްތަކުން ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އިންސްޓިޓިއުޓުގެ ފަރާތުން އެކުލަ ވައިލާ ނުވަތަ ކަނޑައަޅާ އެންމެހައި ސުލޫކީ މިންގަނޑުތަކާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
އެހެނިހެން ކަންކަން
12 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން
މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދ،ު ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އަންނަނިވި ފިޔަވަޅުތައް
އެޅުމުގެ ބާރު، އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
(ހ) މި ގަވާއިދާ ހިލާފުވެއްޖެ ނަމަ، ވެފައިވާ ހިލާފު އިސްލާހުކުރުމަށް ލިޔުމުން ނަސޭހަތް ދިނުމަށްފަހު އެ ކަމެއް ރަނގަޅުކުރުމަށް 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުން؛ އަދި
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ 14 (ސާދަ) ދުވަހުގެ މުއްދަތުގެ ތެރޭގައި ހިލާފުވެފައިވާ ފަރާތުން ވެފައިވާ ހިލާފު އިސްލާހުކޮށްފައި ނުވާ ނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، 1,000 (އެއްހާސް) ރުފިޔާއާއި 15,000 (ފަނަރަ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
13 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުގެ ނަތީޖާ
މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓުން ލިޔެ ބަލަހައްޓާ ރަޖިސްޓަރީއަކީ އިންސްޓިޓިއުޓުގެ ފަރާތުން ބަލަހައްޓާ އިދާރީ ރަޖިސްޓަރީއެކެވެ. އެ ރަޖިސްޓަރީގައި ރަޖިސްޓަރީކުރެވޭ އެއްވެސް ފަރާތަކަށް އެއްވެސް ސިފައެއްގައި ހުއްދައެއް ނުވަތަ ލައިސަންސެއް ނުވަތަ ސެޓިފިކޭށަނެއް ނުވަތަ ކޮމްޕެޓެންސީ އެޕްރޫވަލެއް ނުވަތަ އިންސްޓިޓިއުޓުގެ މެންބަރުކަން، ޗާޓަރޑް އެކައުންޓެންޓެއްގެ ހައިސިއްޔަތު ނުވަތަ މި ފަދަ އެހެން އެއްވެސް ހުއްދައެއް ނުވަތަ މަންފާއެއް ނުވަތަ ރަސްމީ ހައިސިއްޔަތެއް ލިއްބައިދޭ ކަމެއް ނޫނެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެ ވަނީ، އިންސްޓިޓިއުޓުގައި ރަޖިސްޓަރީވާ އެކައުންޓެންޓްސް އިން ބިޒްނަސްގެ މައުލޫމާތާއެކު މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންސްޓިޓިއުޓުން ލިޔެ ބަލަހައްޓާ ރަޖިސްޓަރީއަށެވެ.
(ށ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ ކައުންސިލަށެވެ.
(ނ) "ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް" ނުވަތަ "ސީ.ޕީ.ޑީ." ކަމަށް ބުނެފައި އެ ވަނީ، އެކައުންޓެންޓްސް އިން ބިޒްނަސްގެ ހުނަރު އިތުރަށް ތަރައްގީކޮށް ތާޒާކުރުމަށް ކުރިޔަށްގެންދާ އުނގެނުމުގެ ހަރަކާތްތަކަށެވެ.
(ރ) "އެކައުންޓެންޓްސް އިން ބިޒްނަސް" ނުވަތަ "އެކައުންޓެންޓް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގައި ޕްރައިވެޓް އެންޓިޓީތަކުގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމާއި، މާލީ މަސައްކަތްތައް ކުރާ މި ނޫންވެސް ފަރުދުންނަށެވެ.
(ބ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެ ވަނީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި ގާނޫނުގެ ދަށުން، ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް އުފައްދައިފައިވާ އިންސްޓިޓިއުޓަށެވެ.
(ޅ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އެކައުންޓެންޓްސް އިން ބިޒްނަސްއަށް ވަޒީފާ ދޭ ނުވަތަ ވަޒީފާ ދީގެން ގެންގުޅޭ ކޮންމެ ފަރާތަކަށާއި، އެއިން ފަރާތެއްގެ ބަދަލުގައި ހަރަކާތްތެރިވާ ކޮންމެ ފަރާތަކަށެވެ.
(ކ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) އަށެވެ.
(އ) "ޕްރައިވެޓް އެންޓިޓީ" ކަމަށް ބުނެފައި އެ ވަނީ، ހަމައެކަނި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގައިދުނުވާ ގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ށަހުސުތަކަށެވެ.
- ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ވިޔަފާރި ހިންގާ ފަރާތްތައް؛
- ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތައް؛
- ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތައް؛
- ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރށިޕްތައް؛
- ގާނޫނު ނަންބަރު 2024-11 (ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު) ގެ ދަށުން ހުއްދަ އަދި ލައިސަންސް ލިބިގެން ވިޔަފާރި ހިންގާ ފަރާތްތައް؛
- ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމުއިއްޔާތައް.
(ވ) "ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ މާއްދާތައް ބަޔާންކުރާ ގޮތުގެ މަތީން އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމަށް އިންސްޓިޓިއުޓުން ކަނޑައަޅައިފައިވާ އޮންލައިން ޕޯޓަލަށެވެ.
15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
16 ވަނަ މާއްދާ - އުވަ އިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2022-38 (Regulation for Registration of Accountants in Business) އުވުނީއެވެ.
މައި ގަވާއިދު
ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު (ގާނޫނު ނަންބަރު 2020-13)
އުވުނު ގަވާއިދު
ރެގިއުލޭށަން ފޯރ ރަޖިސްޓްރޭށަން އޮފް އެކައުންޓެންޓްސް އިން ބިޒްނަސް (ގަވާއިދު ނަންބަރު 2022-38)
ކިޔުންތެރިންގެ ހިޔާލު