އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-98)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2024-102 ގެ 118 ވަނަ މާއްދާއިން އުވާލެވިފައި)
(މި ގަވާއިދުގެ 26 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2017-40 އުވާލެވިފައި)
20 ވަނަ ބާބު
އިބްތިދާއީ މާއްދާތައް
20 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، އެންޓި-ކޮރަޕްށަން ކޮމިށަނަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ބޭނުން ހިފުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން ކޮރަޕްށަނުގެ ކުށްތައް ތަހުގީގު ކުރުމުގެ އެންމެހައި މަރުހަލާތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 36 ވަނަ މާއްދާއިން ބާރުލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު" އެވެ.
21 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގުސަދަކީ، އެންޓި-ކޮރަޕްށަން ކޮމިށަނަށް މައްސަލަ ހުށަހަޅޭނެ އުސޫލާއި، ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގަށް މީހުން ހާޒިރުކުރާނެ އުސޫލާއި، ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި، ތަކެތި ހިފެހެއްޓުމުގައްޔާއި، ތަހުގީގު ކުރުމާ ގުޅޭގޮތުން އެންޓި-ކޮރަޕްށަން ކޮމިށަނަށް ލިބިދޭ އެނޫންވެސް ބާރުތައް ބޭނުންކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ.
22 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، އެންޓި-ކޮރަޕްށަން ކޮމިށަނުންނެވެ.
23 ވަނަ މާއްދާ - ކޮމިށަނުގެ އެންގުންތަކަށް އަމަލުކުރުން
ކޮމިށަނަށް ހާޒިރުވުމަށް ނުވަތަ މައުލޫމާތެއް ދިނުމަށް ނުވަތަ ލިޔުމެއް ހުށަހެޅުމަށް، ނުވަތަ ކޮމިށަނުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލު ކުރުމަކީ، ދިވެހި ރައްޔިތުންގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް ލާޒިމް ކަމެކެވެ. ކޮމިށަނުން އަންގާ މިފަދަ އެންގުންތަކަށް އަމަލު ނުކުރާ ފަރާތްތަކާމެދު، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
24 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން
މި ގަވާއިދަށް އިސްލާހު ގެނެވޭނީ، އެ އިސްލާހެއް ކޮމިށަނުގެ މެންބަރުންގެ ޖަލްސާއަކަށް ހުށަހަޅައިގެން، އެ އިސްލާހު ފާސްކޮށްގެންނެވެ. އަދި އެ އިސްލާހަކަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހެއް ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާއަކާ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ މާއްދާއަކާ ތައާރުޒުވާ ހާލަތުގައި އަމަލުކުރާނީ އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
26 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2017-40 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު) އުވުނީއެވެ.
27 ވަނަ މާއްދާ - ޖަދުވަލުތައް
މި ގަވާއިދުގައި ހިމަނައިފައިވާ 7 ޖަދުވަލަކީ މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ އެ ޖަދުވަލުތަކާ އެކުގައެވެ. އެ ޖަދުވަލުތަކަށް ހަވާލާދެވޭ ހިނދު، އެ ހަވާލާދެވެނީ، މި ގަވާއިދުގެ ބަޔަކަށް ކަމުގައި ބެލެވޭނެއެވެ.
28 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނާއެވެ.
(ހ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގައި ބުނެފައިވާ އެންޓި-ކޮރަޕްށަން ކޮމިށަނާއި، ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި އެ ފަރާތުގެ ފުރިހަމަ ބެލުމުގެ ދަށުން ކޮމިށަނުގެ މަސައްކަތް ހިނގާ ކޮ ންމެ ތަނަކަށެވެ.
(ށ) "މުދާ" ކަމަށް ބަޔާންކޮށްފައި އެވަނީ، ލިޔެކިޔުމާއި، ތަކެއްޗާއި، މާއްދީ މުދަލާއި، މާއްދީ ނޫން މުދާ ހިމެނޭގޮތުން އަގެއް ހުރި ކޮންމެ އެއްޗަކަށެވެ.
40 ވަނަ ބާބު
މައްސަލަ ހުށަހެޅުމާއި، މައްސަލައާގުޅޭ މައުލޫމާތު ސާފުކުރުން
40 ވަނަ މާއްދާ - ހުށަހެޅޭނެ މައްސަލަތައް
ކޮމިށަނަށް ތަހުގީގު ކޮށްދިނުމަށް އެދި ހުށަހެޅޭނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކެވެ.
(ހ) ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށްތައް؛
(ށ) ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ ކުށްތައް؛
(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި، 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިށްވަތާ ގުޅުންހުރި ކުށްތައް؛
(ރ) ގާނޫނަކުން ތަހުގީގު ކުރުމަށް ހަވާލުކުރާ އެނޫން ވެސް ކުށްތައް.
41 ވަނަ މާއްދާ - މައުލޫމާތު ދޭ ފަރާތް ނުވަތަ މައްސަލަ ހުށަހަޅާ ފަރާތް
މިި ގަވާއިދުގައި ބުނެފައިވާ މައުލޫމާތު ދޭ ފަރާތަކީ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތަކީ ކޮރަޕްށަނުގެ ކުށެއް ކުރިކަމުގެ ނުވަތަ ކޮރަޕްށަނުގެ ކުށެއް ކުރަމުންދާކަމުގެ މައުލޫމާތު ދޭ، ނުވަތަ ކޮރަޕްށަނުގެ ކުށެއް ކުރާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން، ނުވަތަ އެފަދަ ހާދިސާއެއް ހިނގައިގެން އެކަމުގެ މައުލޫމާތު ކޮމިށަނަށް ދޭ ކޮންމެ ފަރާތެކެވެ.
42 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ގޮތް
(ހ) ކޮމިށަނަށް މައްސަލަ ހުށަހެޅުމަށް ތިރީގައި މިވާ ވަ ސީލަތްތަކާއި ގޮތްތައް ބޭނުންކޮށްގެން މައްސަލައެއް ހުށަހެޅިދާނެއެވެ.
- ފޯނުން ގުޅައިގެން އަނގަބަހުން؛
- ލިޔުމުން؛
- ފެކުހުން؛
- އީ-މެއިލުން؛
- ކޮމިށަނުގެ ވެބްސައިޓް މެދުވެރިކޮށް؛
- ކޮމިށަނަށް މައްސަލަ ހުށަހަޅާ ފޯމުން؛ (ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނަ ފޯމު ނުވަތަ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ފޯމު)
- ކޮމިށަނަށް ހާޒިރުވެ.
(ށ) މިި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް މައްސަލަ ހުށަހެޅުމަށްޓަކައި ބޭނުންކުރާނީ ކޮމިށަނުގެ ރަސް މީ ވެބްސައިޓުގައި އާންމުކޮށްފައިވާ ރަސްމީ ފޯނު ނަންބަރުތަކާއި، އީމެއިލާއި، އެޑްރެސްތަކާއި ލިންކުތަކެވެ. އެ މައުލޫމާތަށް އެއްވެސް ބަދަލެއް އަންނަ ހާލަތުގައި އެކަން އާންމުކުރަންވާނެއެވެ.
43 ވަނަ މާއްދާ - މައްސަލައެއް ހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތް
(ހ) ކޮމިށަނަށް މައްސަލައެއް ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ދޭންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް މައުލޫމާތު ދިނުމަށް، ނުވަތަ ކޮމިށަނުން އިތުރަށް މައުލޫމާތު ހޯދުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
- މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
- ކުށެއް ކުރިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބު ނުވަތަ ސަބަބުތައް؛
- ކުށް ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީހު؛
- މައްސަލަ ހިނގި ތަން، ނުވަތަ ހިނގާ ތަން، ނުވަތަ ހިނގާނެކަމަށް ބެލެވޭ ތަން.
44 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން
(ހ) ކޮޮމިށަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ދޭ މައުލޫމާތު ރެކޯޑު ކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "މައްސަލަ ކޮމިށަނުގައި ރަޖިސްޓަރީކުރިކަމުގެ ލިޔުން" މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
(ށ) ކޮޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިށަނުން ބަލަން ކަނޑައަޅާ މައްސަލަތަކާއި ބެލެން ނެތްކަމަށް ކަނޑައަޅާ މައްސަލަތަކުގެ ދަފުތަރެއް ކޮމިށަނުން ބަލަހައްޓަންވާނެއެވެ. އަދި ކޮމިށަނުން އެ މައްސަލަ ބެލުމާމެދު ނިންމިގޮތެއް މި ދަފުތަރުގައި ބަޔާންކުރުމާއެކު، މައްސަލަ ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
45 ވަނަ މާއްދާ - މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުން
(ހ) ކޮޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލައާ ގުޅުންހުރި ފަރާތަކުން މައުލޫމާތެއް ސާފުކުރަން އެދިއްޖެ ނަމަ، ތަހުގީގަށް ދަތިނުވާ ގޮތުގެ މަތިން އެ މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކޮށްދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "މައްސަލައާ ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، މައްސަލަ ހުށަހެޅި ފަރާތް ނުވަތަ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ ފަރާތަށެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅުންހުރި ފަރާތަކުން މައުލޫމާތެއް ސާފުކުރަން އެދުނު ނަމަވެސް، އެ މައުލޫމާތު ދިނުމުން ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ މައުލޫމާތެއް ހާމަނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
46 ވަނަ މާއްދާ - މައްސަލައެއް ހުށަހެޅުމުން އަމަލުކުރެވޭ ގޮތް
(ހ) ކޮޮމިށަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ކޮމިށަނަށް ހުށަހެޅުނު މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) ކޮޮމިށަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، ކޮމިށަނުން އި ތުރަށް ކުރިޔަށް ނުގެންދިޔުމަށް ނިންމާ މައްސަލަތަކުގެ ރެކޯޑު، ކޮމިށަނުން ބަލަހައްޓަން ވާނެއެވެ.
47 ވަނަ މާއްދާ - މައްސަލަ ތަހުގީގު ކުރުމާމެދު ގޮތެއް ކަނޑައެޅުން
ކޮޮމިށަނަށް ހުށަހެޅޭ މައްސަލައެއްގައި، މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ތިރީގައިވާ ގޮތްތަކުންކުރެ ގޮތެއް ކަނޑައަޅަންވާނެއެވެ.
(ހ) މައްސަލަ ތަހުގީގު ކުރުމަށް ނިންމުން.
(ށ) މައްސަލަ ކުރިޔަށް ގެންދެވޭ މިންވަރަށް މައްސަލަ ހުށަހެޅުމުގައި މައުލޫމާތު ހުށަހަޅައިފައި ނުވުމުން، މައްސަލަ ތަހުގީގު ނުކުރުމަށް ނިންމުން.
(ނ) މައްސަލައިގައި ކޮރަޕްށަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ފެންނާތީ ތަހުގީގު ނުކުރުމަށް ނިންމުން.
(ރ) އެހެން އިދާރާއެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނަމަ، އެ މައްސަލައެއް އެ އިދާރާއަކަށް ފޮނުވުމަށް ނިންމުން.
48 ވަނަ މާއްދާ - ވަކި މައުލޫމާތެއް ނުވަތަ ވަކި ރިޕޯޓެއް ލިޔުމުން ދިނުމަށް އެންގުން
ކޮމިށަނުން ތަހުގީގު ކުރަމުންގެންދާ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތެއް ލިޔުމުން ހޯދުމަށް ޓަކައި ނުވަތަ އެ މައްސަލައެއްގައި ކަން ހިނގައިފައިވާ ގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް، ކަމާބެހޭ ފަރާތަކަށް ނުވަތަ މައްސަލައާ ގުޅުން ހުރި ފަރާތަކަށް އަންގައިފި ނަމަ، އެ މައުލޫމާތެއް ކޮމިށަނަށް ލިޔުމުން ހިއްސާކުރަންވާނެއެވެ.
49 ވަނަ މާއްދާ - މައްސަލަ ނުބަލަން ނިންމުމާއި، ނަތީޖާ
(ހ) ކޮޮމިށަނުން މައްސަލައެއް ނުބަލަން ނިންމައިފި ނަމަ، ނުވަތަ ތަހުގީގު ކުރުމަށް ކަނޑައެޅޭ މައްސަލައެއް ތަހުގީގު އިތުރަށް ކުރި ޔަށް ނުގެންދަން ނިންމައިފި ނަމަ،އެކަން ލިޔުމުން ރެކޯޑު ކުރަން ވާނެއެވެ. އަދި އެ މައްސަލައެއް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.
(ށ) ކޮޮމިށަނުން މައްސަލައެއް ނުބަލަން ނިންމި ނިންމުން، ރަނގަޅު ނޫންކަމަށް ފެންނަ ނަމަ، ނުވަތަ އެ ނިންމުން މުރާޖައާ ކުރަންޖެހޭ ކަމަށް ފެންނަ ނަމަ،ސަބަބުތަކާއެކު، ކޮމިށަނުގެ ނިންމުން މުރާޖައާ ކޮށްދިނުން އެދި ހުށަހެޅިދާނެއެވެ.
50 ވަނަ މާއްދާ - މައްސަލަ ނިމުމާއި، ނިމުނުގޮތް އެންގުމާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން
(ހ) ކޮޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގެ ތަހުގީގު ނިމުމުން، އެ މައްސަލައަކާމެދު އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- އެ މައްސަލައަކީ ކޮރަޕްށަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ނަމަ، އެފަދައިން ކަނޑައަޅައި މައްސަލަ ނިންމުން؛
- ކޮރަޕްށަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށް ވެފައި، އެކަން ސާބިތުކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރި ނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
- މި މާއްދާގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ އިތުރުން، އެ މައްސަލައަކީ ކޮމިށަނުގެ ބާރު ހިނގާ ދާއިރާގައި ހިމެނޭ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ނަމަ، އެކަން އިސްލާހުކުރަން އެންގުން.
(ށ) ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު، އެ މައްސަލައާބެހޭ ރިޕޯޓެއް ހޯދުމަށް އެ މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެ ނަމަ، އެ މައްސަލައާބެހޭ ރިޕޯޓެއް އެ ފަރާތަށް ދޭންވާނެއެވެ. އަދި މައްސަ ލައިގެ ޒިންމާ އުފުލަންޖެހޭކަމަށް ކޮމިށަނަށް ފާހަގަކުރެވޭ ކޮންމެ ފަރާތަކަށް އެ މައްސަލައާބެހޭ ރިޕޯޓުގެ ކޮޕީއެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްސަލައާބެހޭ ރިޕޯޓް ހޯދުމަށް ހުށަހަޅަންވާނީ ލިޔުމުންނެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް، އަންނަނިވި ހާލަތްތަކުގައި ތިބި މީހުންނަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
- މައްސަލަ ހުށަހެޅިއިރު ވަކި ފަރާތެއް ނާންގާ ހުށަހެޅި މީހުން؛
- މައްސަލައިގައި ވާގޮތް ބަލަން ބޭނުން ނުވާކަމަށް ކޮމިށަނަށް އަންގައިފައިވާ މީހުނ
60 ވަނަ ބާބު
މައުލޫމާތު ސާފުކުރުމަށް އެދުމާއި، މައުލޫމާތު ދިނުން
60 ވަނަ މާއްދާ - ކޮމިށަނުން މައުލޫމާތު ދޭނެ ކަންތައްތައް
(ހ) މި ގަވާއިދުގެ ދަށުން ކޮމިށަނުން ދޭން ހަމަޖެހިފައިވާ މައުލޫމާތުތައް ތިރީގައި މިވަނީއެވެ.
- ކޮމިށަނުން ބަލާ މައްސަލަތަކުގެ ތެރެއިން ނިމިފައިވާ މައްސަލަތައް ނިމިފައިވާ ގޮތުގެ މައުލޫމާތު. ކޮމިށަނުން ބަލާ މައްސަލައެއް ނިމުނުކަމަށް ބަލާނީ، އެ މައްސަލައެއް ކޮމިށަނުން ތަހުގީގުކޮށް މައްސަލައާމެދު ކޮމިށަނުން ގޮތެއް ނިންމުމުންނެވެ.
- ކޮމިށަނުން ހިންގާ ޕްރިވެންށަން ޕްރޮގްރާމުގެ ދަށުން އޯޑިޓް ކުރެވޭ ތަންތަން އޯޑިޓް ކުރުމަށްފަހު، ފާހަގަކުރެވޭ ކަންތައްތަކުގެ މައުލޫމާތާއި، އެ ކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު.
- ކޮރަޕްށަނާ ބެހޭގޮތުން ސަރުކާރުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު.
- ކޮރަޕްށަނާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު.
- ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު.
- ކޮމިށަނުގެ އިންސާނީ ވަ ސީލަތްތައް ތަރައްގީކުރުމަށާއި، ކޮމިށަނުގެ އޮނިގަނޑު ވަރުގަދަކުރުމަށާއި، ކޮމިށަނުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މައުލޫމާތު.
- ކޮމިށަނުން ކުރާ މަސައްކަތްތަކާ ގުޅިގެން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ބަހޭ މައުލޫމާތު.
- ކޮމިށަނުން ހިންގާ މަށްރޫއުތަކާ ބެހޭ މައުލޫމާތު.
- ކޮމިށަނުން ކުރާ އެކިއެކި ދިރާސާތަކާ ބެހޭ މައުލޫމާތާއި، އެ ދިރާސާތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު.
- ކޮމިށަނުގެ މަސައްކަތްތަކާ ގުޅިގެން ހާމަކުރަން ކޮމިށަނުގެ މެންބަރުންނަށް ފެންނަ މައުލޫމާތު.
61 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުން
(ހ) ކޮމިށަނުން މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭފޯމު" ފުރިހަމަކޮށްފައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފޯމު، ކޮމިށަނުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ކޮމިށަނަށް ހުށަހެޅިއިރު، އެ ފޯމުގައި ބަޔާންކުރަންޖެހޭ މައުލޫމާތެއް ނުހިމަނާ އޮތްނަމަ، އެ ކަމެއް އިސްލާހު ކުރުމުގެ
ފުރުސަތު އެ ފަރާތަކަށް ދޭންވާނެއެވެ. އަދި މައުލޫމާތު ހޯދަން އެދުނު ފަރާތުން އެ މައުލޫމާތު ފުރިހަމަކުރަން އިންކާރުކުރާ ނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މައުލޫމާތު ހޯދަން ހުށަހަޅާ މީހާގެ ޒާތީ މައުލޫމާތުތަކާއި ރައްޔިތުންގެ އާންމު ފައިދާ ހިމެނިގެންވާ ކަމަކާ ގުޅޭ މައުލޫމާތުތައް ފިޔަވައި، އެހެން މައުލޫމާތެއް ދޫކުރެވޭނީ، ކޮމިށަނުން ކަނޑައަޅާ އަގެއް ދެއްކުމުންނެވެ.
(ރ) މައުލޫމާތެއް ހޯދުމަށް އެދުމުން، ދޫކުރަންޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު އެކުލެވިގެންވާ މައުލޫމާތަކަށް ވާ ނަމަ، އެ މައުލޫމާތު ދޫކުރުމަށް އެ ތިންވަނަ މީހާ އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް، އެ މައުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅަންވާނެއެވެ. ނަމަވެސް އެ ތިންވަނަ މީހާ މަރުވެފައިވާ ނަމަ، ނުވަތަ އެ ތިންވަނަ މީހާ ތަސައްރަފު ނުފުދޭ ފަދަ ހާލަތަކަށް އައިސްފައިވާ ނަމަ، އެ މީހާގެ ގާނޫނީ ބަލަދުވެރިޔަކު ނުވަތަ ށަރުއީ ބަލަދުވެރިޔަކު އެދިއްޖެ ހިނދެއްގައި އެ މައުލޫމާތެއް ދޫކުރެވިދާނެއެވެ. ތަސައްރަފު ނުފުދޭ ފަދަ ހާލަތަކަށް އެ މީހާ އައިސްފައިވާކަމަށް ބަލާނީ،އެކަން ބަޔާންކުރާ މެޑިކަލް ރިޕޯޓެއް ކޮމިށަނަށް ހުށަހެޅުމުންނެވެ.
62 ވަނަ މާއްދާ - މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު
(ހ) އަންނަނިވި ހާލަތްތަކުގައި މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު) އާއި ގަވާއިދު ނަންބަރު 2014-384 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު) ގެ ދަށުން އިސްތިސްނާ ކޮށްފައިވާ މައުލޫމާތަކަށް ވުން.
- އާންމުކޮށް ބެލެން ހުންނަ މައުލޫމާތު.
- އެ މައުލޫމާތެއް ދިނުމުން، ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ކޮމިށަނަށް ފެންނަ މައުލޫމާތު.
- އާންމު އުސޫލުން ގަންނަން ލިބޭގޮތަށް ހުންނަ މައުލޫމާތާއި ލިޔުންތައް.
63 ވަނަ މާއްދާ - ސިޓީއާއި ލިޔުންތަކަށް ޖަވާބުދިނުން
ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކާ ގުޅުމެއް ނެތް ކަންކަމުގައި ކޮމިށަނުން މައުލޫމާތު ސާފުކުރުމަށް ހުށަހަޅައިފި ނަމަ، އެ މައުލޫމާތު ސާފުކުރުމަށް ހުށަހެޅި ތާރީހުން ފެށިގެން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމަކަށް ޖަވާބު ދޭން ވާނެއެވެ.
64 ވަނަ މާއްދާ - ރިކޯޑާއި މައުލޫމާތު ދިނުން ފަސްކުރުމުގެ އިހްތިޔާރު
(ހ) އަންނަނިވި ހާލަތްތަކުގައި ރިކޯޑެއް ނުވަތަ މައުލޫމާތެއް ދިނުން ފަސްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- މި ގަވާއިދުގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އާންމުކޮށް ށާއިއު ކުރަންޖެހޭ މައުލޫމާތަކަށް ވެފައި، އެކަން ކުރަންޖެހޭ ވަގުތު އައިސްފައި ނުވުން.
- ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށް ވެފައި، އެ މައުލޫމާތު ހުށަހެޅުމުގެ ވަގުތު އައިސްފައި ނުވުން.
- ގާނޫނެއްގެ ދަށުން ނުވަތަ ހިނގަމުންދާ ކަމަކާ ގުޅޭގޮތުން ނުވަތަ ކުރިޔަށް ރަވައިފައިވާ ކަމަކާ ގުޅޭގޮތުން ވަކި ފަރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށް ވެފައި، އެ ފަރާތަކަށް އެ މައުލޫމާތު ހުށަހެޅުމުގެ ވަގުތު އައިސްފައި ނުވުން.
(ށ) މައުލޫމާތު ހޯދުމަށް ނުވަތަ ރިކޯޑު ސާފުކުރުމަށް އެދުނު ފަރާތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެގެން އެ މައުލޫމާތެއް އެ ވަގުތު ދެވެން ނެތް ނަމަ، އެ ކަމުގެ ސަބަބު ބަޔާންކޮށް، އެ މައުލޫމާތެއް ދެވޭނެކަމަށް ލަފާކުރެވޭ މުއްދަތެއް އެ ފަރާތަކަށް އަންގަންވާނެއެވެ.
65 ވަނަ މާއްދާ - މައުލޫމާތު ރަނގަޅުކޮށްދިނުން
އެއްވެސް ފަރާތަކާ ބެހޭގޮތުން ކޮމިށަނުން ދިން މައުލޫމާތެއްގައި ރަނގަޅުނޫން މައުލޫމާތު ހިމެނިފައިވާކަމަށް ފެނިގެން އެކަން ރަނގަޅު ކޮށްދިނުމަށް އެ ފަރާތުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި، އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، އެއީ ރަނގަޅު ކުރަންޖެހޭ މައުލޫމާތެއް ކަމަށް ވާ ނަމަ، އެ ރިކޯޑެއް ނުވަތަ އެ މައުލޫމާތެއް ރަނގަޅު ކޮށްދޭންވާނެއެވެ. އަދި އެކަން ލިޔުމަކުން އެ ފަރާތަކަށް އަންގަންވާނެއެވެ. އަދި، މިފަދައިން ރިކޯޑެއް ނުވަތަ މައުލޫމާތެއް ރަނގަޅު ކޮށްދިނުމަށް އެދި ހުށަހަޅަން ޖެހޭނީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަންނަނިވި ހާލަތްތަކާ ގުޅިގެންނެވެ.
- އެ މައުލޫމާތެއްގައި ވަނީ އެ މައުލޫމާތު ހޯދަން އެދި ހުށަހެޅި ފަރާތުގެ އަމިއްލަ ޒާތީ މައުލޫމާތު ކަމުގައި ވުން.
- ދައުލަތުގެ އިދާރާއަކުން ކުރާ އިދާރީ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން އެ މައުލޫމާތަކީ ބޭނުންކުރާންޖެހޭ މައުލޫމާތަކަށް ވުން.
- އެ މައުލޫމާތަކީ، އެ މައުލޫމާތު ނިސްބަތްވާ ފަރާތުން ދެކޭ ގޮތުގައި ސައްހަ ނޫން، ނުވަތަ ތެދު ނޫން، ނުވަތަ ފުރިހަމަ ނޫން، ނުވަތަ ކަމެއް އޮޅިގެން ހިނގައިދާ ފަދަ މައުލޫމާތެއް ކަމުގައި ވުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުގައިވާ މައުލޫމާތެއް ރަނގަޅުކޮށްދިނުމަށް އެދި އެ ފަރާތަކުން ހުށަހެޅިކަމުގައިވިޔަސް، އަންނަނިވި ހާލަތްތަކުގައި އެކަން ނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- އެ މައުލޫމާތަކީ، ފުރިހަމަ، ރަނގަޅު އަދި އޭގެ އަސާސީ އެއްވެސް ކަމެއް އޮޅިގެން ނުދާނެގޮތަށް ހުރި ރިކޯޑެއްކަން ނުވަތަ މައުލޫމާތެއްކަން ކޮމިށަނަށް ކަށަވަރުވުން.
- މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ތެދުނޫން މައުލޫމާތު ނުވަތަ އޮޅުންއަރައިފާނެ މައުލޫމާތު ހިމެނިގެންވާކަމަށް ކޮމިށަނަށް ކަށަވަރުވުން.
- ރަނގަޅުކޮށްދިނުމަށް އެދޭ މައުލޫމާތު ރަނގަޅުކޮށްދެވޭނީ، ވަކި ގާނޫނެއްގައިވާ ވަކި އުސޫލަކުން އަމަލުކުރުމުންކަމަށް ކަނޑައެޅިފައިވުމާއެކު، އެގޮތަށް އަމަލުކޮށްފައި ނުވުން.
66 ވަނަ މާއްދާ - މީޑިޔާއަށް ހާމަކުރަން ނުޖެހޭ މައުލޫމާތު
(ހ) ތިރީގައިވާ މައުލޫމާތު މީޑިޔާއަށް ހާމަނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ގާނޫނާ ހިލާފަށް މީހަކު އަމަލެއް ކޮށްފިކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރަމުންދާ ތަހުގީގަކަށް ހުރަސްއެޅިދާނެ ފަދަ މައުލޫމާތު.
- ކޮމިށަނަށް މައުލޫމާތު ދޭ ފަރާތް ސިއްރުކުރަންޖެހޭ ފަދަ ހާލަތުގައި އެ ފަރާތެއް.
- އެ މައުލޫމާތެއް ހާމަކުރުމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ކޮމިށަނަށް ނުލިބިދާނެ ފަދަ މައުލޫމާތު؛
- ގާނޫނެއް ހިންގުމުގައި ނުވަތަ ތަންފީޒު ކުރުމުގައި ހިފަހައްޓަންޖެހޭ ސިއްރު މައުލޫމާތު؛
- މީހެއްގެ ނަފްސަށް ނުވަތަ ރައްކައުތެރިކަމަށް ގެއްލުމެއް ލިބިދާނެ ފަދަ މައުލޫމާތު؛
- ހިނގަމުންދާ ށަރީއަތަކަށް ހުރަސްއެޅިދާނެ މައުލޫމާތު؛
- ގާނޫނާ ހިލާފަށް ކުރާ އަމަލުތައް ހުއްޓުވުމަށް ޓަކައި ނުވަތަ އެފަދަ އަމަލުތައް ތަހުގީގު ކުރުމަށް ޓަކައި ނުވަތަ އެފަދަ ކަންކަމާ ގުޅޭގޮތުން މުއާމަލާތު ކުރުމަށް ޓަކައި ހެދިފައިވާ ސައްހަ އުސޫލުތަކަށް އަމަލު ނުކުރެވިދާނެ ފަދަ މައުލޫމާތު؛
- އަމަން އާންމާއި އާންމު މަސްލަހަތު ރައްކައުތެރި ކުރުމަށް ޓަކައި ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހުރަސްއެޅޭ ފަދަ މައުލޫމާތު؛
- އިމާރާތެއްގެ ނުވަތަ ތަނެއްގެ ނުވަތަ ފުރާ ދުއްވާ އުޅަނދެއްގެ ރައްކައުތެރިކަމަށް ގެއްލުން ލިބިދާނެކަމަށް ގަބޫލުކުރެވޭ މައުލޫމާތު؛
- ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ މީހަކު ފިލުމަށް ފަސޭހަވާ ފަދަ މައުލޫމާތު.
67 ވަނަ މާއްދާ - މީޑިޔާއަށް މައުލޫމާތު ދިނުން
ކޮމިށަނުން މީޑިޔާއަށް މައުލޫމާތު ދިނުމުގައި އަމަލުކުރާނީ ކޮމިށަނުގެ މީޑިޔާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
80 ވަނަ ބާބު
ގާނޫނީވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން
80 ވަނަ މާއްދާ - ގާާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު
(ހ) ކޮޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ތަހުގީގަށް ހާޒިރުކުރާ ނަމަ، އެ ފަރާތަކަށް ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ހައްގު ލިބިގެންވާކަން ކޮމިށަނުން އެ ފަރާތަކަށް އަންގަންވާނެއެވެ.
(ށ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތަހުގީގަކަށް ހާޒިރުކުރެވޭ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް އެދިއްޖެ ނަމަ، އެ ވަގުތަކުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް، ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް އެ ފަރާތަކަށް ކޮމިށަނުން ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަގުބޫލު ސަބަބަކާހެދި ވަކީލަކު އައްޔަނު ނުކުރެވިގެން ވަކީލަކު އައްޔަނު ކުރުމަށް އިތުރު މުއްދަތެއް ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ ކުރިން، ސަބަބު ބަޔާންކޮށް، ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތަކަށް ލިޔުމުން އެދެންވާނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދޭން އެދުމުން، އެއީ އެކަށީގެންވާ ސަބަބެއް ކަމަށް ފެންނަ ނަމަ، އެ ފަރާތަކަށް ވަކީލަކު އައްޔަނު ކުރުމަށް، 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް ދޭންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އައްޔަނު ކޮށްފައިވާ ވަކީލަކު އެ މައްސަލައަކުން ތަނާޒުލުވެއްޖެ ނަމަ، ވަކީލަކު އައްޔަނު ކުރުމަށް 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް ދޭންވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގާނޫނީ ވަކީލަކު އައްޔަނު ނުކޮށްފި ނަމަ، ވަކީލަކު އައްޔަނު ނުކުރީކަމަށް ބަލައިފައި ތަހުގީގު ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ކ) ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ކުށުގެ ތުހުމަތުކުރެވޭ މީހަކަށް ލިބިދޭ ހައްގުގެ ދަށުން، އެއް ވަކީލަކަށް ވުރެ ގިނަ ވަކީލުން އައްޔަނު ކުރިކަމުގައި ވިޔަސް، އޭނާއާއެކު ތަހުގީގަށް ވަދެވޭނީ އޭނާ ކަނޑައަޅާ 1 (އެކެއް) ވަކީލަކަށެވެ. އެހެންނަމަވެސް، ތަހުގީގު ކުރުމަށް ބޭނުންކުރާ ތަނުގެ ޖާގައާއި ވަސީލަތްތައް ހުރި މިންވަރަކުން އިތުރު ވަކީލަކު ބައިވެރިކުރުމުގެ ފުރުސަތު ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
81 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ ފުރުސަތު ދޫކޮށްލުން
ކޮޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުން ނުވާކަމަށް ބުނެފި ނަމަ، ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އެ ފަރާތަށް ދިންކަމަށާއި، އެ ފަރާތުން ވަކީލަކު އައްޔަނު ކުރަން ދިން ފުރުސަތު ދޫކޮށްލީކަން އެނގޭގޮތަށް ކޮމިށަނުން ދޭ ލިޔުމެއްގައި ސޮއިކުރަންވާނެއެވެ.
82 ވަނަ މާއްދާ - ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު
(ހ) ކޮޮމިށަނުން ކުރިޔަށްގެންދާ ތަހުގީގަށް ގާނޫނީ ވަކީލަކު އައްޔަނުކުރީ ކަމުގައި ބެލެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު" ފުރިހަމަކޮށްފައި ކޮމިށަނަށް ހުށަހެޅުމުންނެވެ. މި ފޯމު، ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނަންވާނެއެވެ. އަދި، މި ފޯމު، ކޮމިށަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ވެސް ހުންނަންވާނެއެވެ.
(ށ) "ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން މެނުވީ އެ ފޯމު ބަލައެއް ނުގަނެވޭނެއެވެ.
(ނ) ވަކީލަކު އައްޔަނު ކުރުމަށްފަހު، ތަހުގީގަށް ހާޒިރުވާންޖެހޭ ވަގުތު ކޮމިށަނަށް ހާޒިރުވާންޖެހޭ ފަރާތަށް ކޮމިށަނުން އެންގުމުން، އެ މައުލޫމާތު އެ ފަރާތުން އައްޔަނު ކޮށްފައިވާ ވަކީލަށް އެންގުނީކަމުގައި ބެލެވޭނެއެވެ.
(ރ) ކޮމިށަނުގެ ތަހުގީގަށް އައްޔަނު ކޮށްފައިވާ ވަކީލަކަށް ތަރުޖަމާނެއްގެ އެހީ ބޭނުންވާ ނަމަ، އެފަދަ އެހީ ހޯދުމަކީ އެ ވަކީލެއްގެ ޒިންމާއެކެވެ.
83 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ ށަރުތު
(ހ) ކޮޮމިށަނުން ކުރާ ތަހުގީގަކަށް، ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކެވެ.
- ވަކާލާތު ކުރުމުގެ ހުއްދަ އޮތުން.
- އެ ވަކީލަކު އައްޔަނު ކުރުމަށް އެދޭ މައްސަލައިގައި ސުވާލު ކުރެވޭ އެހެން ފަރާތެއްގެ ވަކީލެއް ކަމުގައި ނުވުން.
- އެ ވަކީލަކު އައްޔަނު ކުރުމަށް އެދޭ މައްސަލައިގައި އެއްވެސް ދައުރެއްއޮތް ފަރާތެއް ކަމުގައި ނުވުން.
(ށ) ތަހުގީގަށް ހާޒިރު ކުރެވުނު ފަރާތުން އައްޔަނުކުރި ވަކީލަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ނުވާ ނަމަ، ވަކީލު އައްޔަނުކުރި ފަރާތަށް ސަބަބާއެކު އެކަން އަންގައި، ވަކީލަކު އައްޔަ ނު ކުރުމަށް، 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް ލިޔުމުން ދޭންވާނެއެވެ.
(ނ) މިށަނުން ބަލަމުންދާ މައްސަލަތަކުގައި ވަކީލުންގެ ގޮތުގައި އައްޔަނުވާ ވަކީލުންގެ ދަފުތަރެއް ކޮމިށަނުން ބަލަހައްޓަންވާނެއެވެ.
(ރ) ކޮމިށަނުގެ ވަޒީފާގައި އުޅުމަށްފަހު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފަކު ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ނުވަތަ އެހެން މުއައްސަސާއަކާ ގުޅިގެން ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، އެ މުވައްޒަފަކު ކޮމިށަނުގެ ވަޒީފާއިން ވަކިވާތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ފާއިތުވުމުންނެވެ. އަދި ކޮމިށަނުގެ ވަޒީފާގައި އުޅުމަށްފަހު ވަޒީފާއިން ވަކިވެފައިވާ ކޮމިށަނުގެ މެ ންބަރަކު ނުވަތަ ސެކްރެޓަރީ ޖެނެރަލަކު، ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ނުވަތަ އެހެން މުއައްސަސާއަކާ ގުޅިގެން ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، އެ ފަރާތެއް ކޮމިށަނުގެ ވަޒީފާއިން ވަކިވާތާ 4 (ހަތަރު) އަހަރުދުވަހުގެ މުއްދަތު ފާއިތުވުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މީހަކު ކޮމިށަނުގައި މަސައްކަތް ކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައެއް ތަހުގީގު ކުރުމުގައި ނުވަތަ މައްސަލައާ ގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގައި ބައިވެރިވެފައިވާ ނަމަ، އެ މައްސަލައިގެ ވަކީލެއްގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެއެވެ.
84 ވަނަ މާއްދާ - ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުން
ކޮޮމިށަނުގެ ތަހުގީގަށް ހާޒިރުކޮށްފައިވާ ފަރާތަކުން، އެ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށްގެން މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެ ނަމަ، އެ ފުރުސަތު ދޭންވާނެއެވެ.
85 ވަނަ މާއްދާ - ގާނޫނީ ވަކީލު، ކުރުން މަނާ ކަންތައްތައް
(ހ) ކޮޮމިށަނުން ކުރާ ތަހުގީގުތަކަށް އައްޔަނު ކުރެވޭ ގާނޫނީ ވަކީލަކު، އޭނާގެ މުވައްކިލާއެކު ހާޒިރުވެ ހުންނައިރު، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
- ތަހުގީގުގައި ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް، ސުވާލު ކުރެވޭ ފަރާތުގެ ބަދަލުގައި ޖަވާބުދިނުން؛
- ތަހުގީގުގައި ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް، ތަހުގީގަށް ހާޒިރު ކުރެވިފައިވާ ފަރާތުން ދޭންޖެހޭ ޖަވާބު ލިޔުމަކުން، ނުވަތަ ހަރަކާތަކުން، ނުވަތަ އިށާރާތަކުން ވެސް ބުނެދިނުން؛
- ތުހުމަތުކުރެވޭ ފަރާތެއްގެ އިއުތިރާފުގެ ބަސް، އޭނާގެ މުވައްކިލުގެ ފަރާތުން، ނުވަތަ އޭނާގެ ބަދަލުގައި ދިނުން؛
- ދަބަސް، ފޯނު، މައްސަލައާ ގުޅުން ނެތް ޑޮކިއުމަންޓް، މަންޒަރާއި އަޑު ރިކޯޑު ކުރެވޭ ފަދަ އެއްވެސް އެއްޗެއް ނުވަތަ އިލެކްޓްރޯނިކް އާލާތެއް،ތަހުގީގު މަޖިލީހަށް ވެއްދުން؛
- ތަހުގީގު ފެށުމަށްފަހު، ތަހުގީގު މެދުކަނޑައިލެވިފައިވާ ވަގުތެއްގައި ފިޔަވައި، ތަހުގީގުކުރާ ފަރާތުގެ ހުއްދައެއް ނެތި، ތަހުގީގު ކޮޓަރިން ނުކުތުން؛
- ތަހުގީގު ކުރިޔަށް ގެންދިޔުމަށް އެއްވެސް ގޮތަކުން ހުރަސްއެޅުން. މި މާއްދާގެ ބޭނުމަށް ހުރަސް އެޅުންކަމުގައި ބެލެވޭނީ، މާއްދީގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސް ކުރިމަތިކުރުވައިގެން، ނުވަތަ ހުއްދަނޫން އެނޫންވެސް އަމަލެއް ކޮށްގެން ހުރަސް އެޅުމަށެވެ؛
- ގާނޫނަކުން މައުލޫމާތު ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ފަރާތެއް ފިޔަވައި، އިތުރު އެހެން ފަރާތަކަށް ތަހުގީގުކުރާ މައްސަލައިގެ ވާގިއާއާގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ، އެ ގާނޫނީ ވަކީލަކު ތަހުގީގުން ބޭރުކުރުމުގެ އިހްތިޔާރު، ތަހުގީގުކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އެ ވަކީލަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާއަކަށް މައްސަލަ ފޮނުވުމާއި، އެ ތަހުގީގުގައި އެ ވަކީލަކު ބައިވެރި ނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ވަކީލަކާމެދު އެއްވެ ސް ފިޔަވަޅެއް އަޅައިފި ނަމަ، އެ ވަކީލަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، ތަހުގީގުގެ މަޖިލީހުގައި ކުރެވޭ ވަކި ސުވާލަކާ ގުޅިގެން، ސުވާލު ކުރެވެމުންދާ ހިނދު، އެ ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން ވަކީލު އޭނާގެ މުވައްކިލާއެކު ވަކިން މަށްވަރާކުރުމަށް ބޭނުންވާކަމަށް ހުށަހެޅުމަކީ ގާނޫނީ ވަކީލަށް ކުރެވިދާނެ ކަމެކެވެ.
100 ވަނަ ބާބު
ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން މީހުން ހާޒިރުކުރުން
100 ވަނަ މާއްދާ - ތަހުގީގަށް މީހުން ހާޒިރުކުރުން
(ހ) ކޮރަޕްށަނުގެ ކުށެއްގެ ތަހުގީގަކާ ގުޅޭގޮތުން، ކޮމިށަނުގެ އިދާރާއަކަށް ހާޒިރުވުމަށް، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ހާޒިރުވުމަށް އަންގާ އަމުރު" މެދުވެރިކޮށް ލިޔުމުން އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މިި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރަކީ، ކޮމިށަނުގެ އިންވެސްޓިގޭށަންގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ނެތް ހާލަތެއްގައި އޭނާ ކަނޑައަޅާ ފަރާތަކުން ސޮއިކޮށްފައި ދޫކުރާ އަމުރެއް ކަމުގައި ވާންވާނެއެވެ.
(ނ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކޮމިށަނަށް ހާޒިރުވުމަށް އެންގޭނީ، އަންނަނިވި ހާލަތްތަކުގައެވެ.
- މައްސަލަ ހުށަހަޅާ ފަރާތެއް ކަމުގައި ވުން؛
- މައުލޫމާތާއި ހެކިބަސް ހޯދުމަށް ހާޒިރުކުރެވޭ ފަރާތެއް ކަމުގައި ވުން؛
- މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި ވުން؛ކޮމިށަނުގެ ތަހުގީގަކާ ގުޅިގެން އެކިއެކި އެންގުންތައް އެން ގުމަށް ހާޒިރުކުރެވޭ ފަރާތެއް ކަމުގައި ވުން؛
- މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ކޮމިށަނުގެ ތަހުގީގަކާ ގުޅިގެން ހާޒިރުކުރަންޖެހޭ އެހެނިހެން ފަރާތެއް ކަމުގައި ވުން.
- މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ވަކިކަހަލަ ފަންނީ ލަފައެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ކޮމިށަނުން ބޭނުންވެގެން އެފަދަ ފަރާތަކަށް ހާޒިރުވުމަށް ދައުވަތެއް ދެވިދާނެއެވެ.
101 ވަނަ މާއްދާ - ރުހުމުގައި ކޮމިށަނުގެ އިދާރާއަށް ހާޒިރުވުން
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހެއްގެ ރުހުމުގައި ނުވަތަ މައްސަލައަކާ ގުޅިގެން ހެކިބަހެއް ނުވަތަ މައުލޫމާތެއް ދިނުމަށް ކޮމިށަނުގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވާ މީހާގެ ރުހުމުގައި، އޭނާއަށް ފޯނުކޮށްފައިއަންގައިގެން ނުވަތަ މުވާސަލާތީ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް، ނުވަތަ އެ މީހަކާ ބައްދަލުކޮށްފައި ހާޒިރުވާންޖެހޭ ގަޑި އަންގައިގެން ކޮމިށަނުގެ އިދާރާއަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މިި މާއްދާގައިވާ ގޮތުގެ މަތިން އަންގާ އެންގުމަކާ ގުޅިގެން ކޮމިށަނުގެ އިދާރާއަށް ހާޒިރުވާއިރު، އެ މީހެއްގެ ގާނޫނީ ވަކީލާއެކު ހާޒިރުވުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.
102 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން މީހުން ހާޒިރުކުރުން
(ހ) މިި ގަވާއިދުގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން މީހުން ހާޒިރުކުރާއިރު، ހާޒިރުވުމަށް އަންގާ އަމުރު އެ މީހަކަށް ރައްދުކުރާނީ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށެވެ.
- ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތާ ހަވާލުކޮށްގެން؛
- ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހުގައި އުޅޭ،ތަސައްރުފު ފުދިފައިވާ މީހަކާ ހަވާލުކޮށްގެން؛
- ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހަށް ޕޯސްޓްކޮށްގެން؛
- މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދު ނުކުރެވުނު ނަމަ، ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަށް ޕޯސްޓްކޮށްގެން.
(ށ) ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރުގެ އެހެން އޮފީހެއް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއް ނުވަތަ އަމިއްލަ ފަރާތެއް މެދުވެރިކޮށް ކޮމިށަނަށް ހާޒިރުވުމަށް އަންގާ އަމުރު، އެ އަމުރު ރައްދުވާ ފަރާތަކަށް ރައްދުކުރެވިދާނެއެވެ.
(ނ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ ތަހުގީގު ކުރިޔަށްގެންދާ ރަށުގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ކުރިން، ހާޒިރުވުމުގެ އަމުރު އޭނާއަށް ރައްދުކުރަންވާނެއެވެ.
(ރ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ މާލެ ސިޓީ ފިޔަވައި އެހެން ރަށެއްގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، ހާޒިރުވުމުގެ އަމުރު އޭނާއަށް ރައްދުކުރަންވާނެއެވެ.
(ބ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ ރާއްޖެއިން ބޭރުގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، ހާޒިރުވުމުގެ އަމުރު އޭނާއަށް ރައްދުކުރަންވާނެއެވެ.
(ޅ) ޒިރުވުމަށް އަންގާ އަމުރެއްގެ ދަށުން ހާޒިރުކުރާ ފަރާތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ނަމަ، ގާނޫނީ ވަކީލަކާއެކު ހާޒިރުވުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިގެންވެއެވެ.
(ކ) ހާޒިރުވުމުގެ އަމުރު ފޮނުވައިގެން ކޮމިށަނަށް ހާޒިރުވުމަށް އަންގައިފައިވާ ފަރާތަކުން ހާޒިރުވުމަށްފަހު، ލަސްނުކޮށް ކޮމިށަނުގެ މުވައްޒަފަކަށް ހާޒިރުވިކަން އަންގަންވާނެއެވެ. އަދި، ކޮމިށަނުގެ މުވައްޒަފަކަށް ލަސްނުކޮށް އެ އަމުރު ހަވާލުކުރަންވާނެއެވެ. ކޮމިށަނަށް ހާޒިރުވިކަން އެންގުމަށްފަހު، ނުވަތަ ހާޒިރުވުމަށް އަންގާ އަމުރު ހަވާލުކުރުމަށްފަހު، އެ މައްސަލަ ބެލުމާ ހަވާލުވެހުރި އިންވެސްޓިގޭށަން އޮފިސަރުގެ ހުއްދަ ނެތި، ކޮމިށަނުގެ އިދާރާއިން ބޭރަށް ގޮސްގެން ނުވާނެއެވެ. އަދި ހުއްދަނެތި ބޭރަށް ހިނގައްޖެ ނަމަ، އެ ފަރާތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އެޅޭނެއެވެ.
103 ވަނަ މާއްދާ - ހާޒިރު ވުމަށް އަންގާ އަމުރަށް ހާޒިރުވުމަށް އުޒުރުވެރިވުން
(ހ) ކޮމިށަނުގެ ހާޒިރުވުމަށް އަންގާ އަމުރުގައިވާ ގަޑިއަށް، އަމުރު ރައްދުވާ ފަރާތުން ހާޒިރުވާންވާނެއެވެ. މަގްބޫލު އުޒުރެއް އޮވެގެން، ހާޒިރުވުމަށް އަންގާ އަމުރުގައިވާ ގަޑިއަށް ހާޒިރުވެވެން ނެތްނަމަ، ހާޒިރުވާންޖެހޭ ގަޑީގެ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ކުރިން، ސަބަބު ބަޔާންކޮށް، ލިޔުމަކުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
(ށ) މިި މާއްދާގެ (ހ) ގެ ބޭނުމަށް، މަގުބޫލު ސަބަބެއް ކަމުގައި ބަލާނީ، އަންނަނިވި
ކަންކަމެވެ.
- ދަތުރުފަތުރު ކުރެވޭ ވަރަށް މޫސުން ތަން ނުދިނުން؛
- ހާޒިރު ނުވެވޭ ފަދަ ބައްޔެއް ވުން. މި ހާލަތުގައި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް އެ ލިޔުމާއެކު ހުށަހަޅަންވާނެއެވެ.
- މަގުބޫލު އެހެނިހެން ސަބަބެއް މެދުވެރިވުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވެފައިވާކަން ސާބިތުކޮށްދިނުމަކީ އަމުރު ރައްދުވި ފަރާތުގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މަގްބޫލު އުޒުރަކާ ހެދި ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތަށް، ހާޒިރުވުމަށް އިތުރު ފުރު ސަތެއް ދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ބ) މިށަނަށް ހާޒިރުވުމަށް ފޮނުވާ އަމުރާ، މަގުބޫލު އުޒުރެއްނެތި ހަވާލުނުވި ނަމަ، ނުވަތަ ކޮމިށަނަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑިއަށް މަގުބޫލު އުޒުރެއްނެތި ހާޒިރުނުވެއްޖެ ނަމަ، ކޯޓު އަމުރެއް މެދުވެރިކޮށް، އެ ފަރާތެއް ބަންދުގައި ބަހައްޓައިގެން ކޮމިށަނަށް ހާޒިރުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
104 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އަމުރުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) ކޮމިށަނަށް ހާޒިރުވުމަށް އަންގާ އަމުރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހާޒިރުވުމަށް އަންގާ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، އުމުރު؛
- ހާޒިރުވުމަށް އަންގާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ހާޒިރުކުރެވޭ ހައިސިއްޔަތު؛
- ކުށަކަށް ތުހުމަތުކުރެވޭ ފަރާތެއް ނަމަ، އެނާއާމެދު ކުރެވޭ ތުހުމަތުގެ ހުލާސާ؛
- ތަހުގީގަކަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު ނަމަ، ކުރަމުންދާ ތަހުގީގުގެ ހުލާސާ؛
- ހާޒިރުވާން އަންގާ ތަނާއި ތާރީހާއި ގަޑި؛
- ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛
- ހާޒިރުވެ ބައްދަލުކުރަންވީ އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރެކޯޑު ކާޑުގެ ނަންބަރު؛ އަދި
- ހުއްދަ ދޭ ވެރިޔާގެ ސޮޔާއި ރެކޯޑު ކާޑުގެ ނަންބަރު.
105 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހަކު ހާޒިރުކުރުން
ބަަންދުކޮށްފައިވާ މީހަކު ކޮމިށަނަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެ މީހަކު ހާޒިރުކުރާނީ، އެ މީހަކު ބަންދުކުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ. މި މާއްދާގައި މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަންދުކޮށްފައިވާ މީހަކު ކޮމިށަނުގެ އިދާރާއަށް ހާޒިރުކުރުމުގެ ބަދަލުގައި، އެ ފަރާތެއް ބަންދުކޮށްފައިވާ ތަނަކަށް ގޮސް ބައްދަލުކޮށްގެން ބަޔާންނެގުމަކަށް ހުރަހެއް ނެތެވެ.
106 ވަނަ މާއްދާ - ހާޒިރުވާއިރު ކާކުކަން އެނގޭނޭ ލިޔުމެއް ގެނައުން
ކޮޮމިށަނަށް ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ މީހަކީ ކާކުކަން އެނގޭނެ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މި މާއްދާގެ ބޭނުމަށް ކާކުކަން އެނގޭނެ ރަސްމީ ލިޔުންކަމުގައި ބަލާނީ އަންނަނިވި ލިޔުންތަކަށެވެ.
- ޕާސްޕޯޓް؛
- ޑްރައިވިންގ ލައިސަންސް؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން، ވަގުތީގޮތުން ބޭނުންކުރުމަށް ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ލިޔުމެއް.
107 ވަނަ މާއްދާ - ހާޒިރުވުމަށް އަންގައި އިއުލާނު ކުރުން
(ހ) ކޮޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަށް ހާޒިރުވުމަށް އަންގާ އަމުރު، މި ގަވާއިދުގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ އެއްވެސް ގޮތަކަށް ރައްދުކުރެވުނުކަން ކަށަވަރު ނުކުރެވުނު ނަމަ، ނުވަތަ އެ ފަރާތެއް ދިރިއުޅޭ ތަނެއް ނޭނގޭ ނަމަ، ނުވަތަ އެ ފަރާތަކަށް އަމުރު ރައްދު ކުރާނެ ގޮތާބެހޭ މައުލޫމާތު ކޮމިށަނަށް ލިބިފައި ނުވާ ނަމަ، އަދި އޭނާގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަކަށްވެސް އޭނާ އުޅޭ ތަނެއްގެ މައުލޫމާތު ނޭނގޭ ނަމަ، ތުހުމަތުކުރެވޭ މީހާގެ ފޮޓޯއާއެކު، އޭނާ ހޯދުމަށް އާންމުކޮށް އިއުލާނު ކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ތުހުމަތުކުރެވޭ މީހާގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތާ މުއާމަލާތު ކުރެވުނު ތާރީހު ކޮމިށަނުން ރެކޯޑު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހާޒިރުކުރެވޭ ފަރާތުގެ ނަން، ދާއިމީ އެޑްރެސް، އުމުރު؛
- ހާޒިރުކުރެވޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ހާޒިރުކުރެވޭ ހައިސިއްޔަތު؛
- ހާޒިރުވާން އަންގާ ތަން، ތާރީހު، ގަޑި.
108 ވަނަ މާއްދާ - ހާޒިރުވާން އަންގާ ތަން، ތާރީހު، ގަޑި
ތިިރީގައިވާ ފަރާތްތައް ކޮމިށަނަށް ހާޒިރުކޮށް ބަޔާން ނެގުމުގެ ބަދަލުގައި، އެ ފަރާތެއް އުޅޭ ތަނަކަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް ތަހުގީގު ޓީމު ގޮސްގެން ބަޔާން ނެގިދާނެއެވެ.
ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކޮމިށަނަށް
ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތައް؛
- ބަލިހާލަތެއްގެ ސަބަބުން ސިއްހީ ފަރުވާދޭ ތަނެއްގައި ނުވަތަ ގޭގައި އެނދުމަތިކޮށްފައިވާ ފަރާތްތައް؛
- ދިރިއުޅޭ ތަނުން ނުނިކުތުމަށް ށަރުތުކޮށްފައި ށަރުއީ ކޯޓަކުން ބަންދުން ދޫކޮށްފައިވާ ފަރާތްތައް.
(ށ) ކޮމިށަނުން ހިންގާ ތަހުގީގެއްގައި ބަޔާން ނަގަންޖެހޭ ފަރާތަކީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ހާލަތުގައިވާ ފަރާތެއް ނަމަ، އެ ފަރާތަކާ ތަހުގީގުގައި ސުވާލުކުރުމަކީ އެ ފަރާތަށް ޖެހިފައިވާ ބަލީގެ ޒާތުން އެ މީހެއްގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް، މެޑިކަލް ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ލިޔުން ދޫކޮށްފައިވާ ފަރާތެއް ނަމަ، އެ ލިޔުމަށް ރިއާޔަތްކޮށް ފައި، އެ ފަރާތުގެ ބަޔާން ނުނަގައި ދޫކޮށްލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ ޖިސްމާނީ ހާލަތާއި، ނަފްސާނީ ހާލަތު ކަނޑައަޅާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ދޫކޮށްފައިވާ ސިއްހީ ލިޔެކިޔުންތަކަށް ރިއާޔަތް ކޮށްގެންނެވެ.
109 ވަނަ މާއްދާ - ތަހުގީގަށް މީހުން ހާޒިރު ނުކުރެވޭނެ ގަޑިތައް
(ހ) ދިިމާވާ ހާއްސަ ހާލަތެއްގައި މެނުވީ، ތިރީގައި މިވާ ގަޑިތަކުގައި ތަހުގީގަށް މީހުން ހާޒިރުކޮށްގެން ނުވާނެއެވެ.
- ރޭގަނޑު 30:10 އާއި ހެނދުނު 8:00 އާ ދެމެދު؛
- ހުކުރުދުވަހުގެ ހެނދުނު 30:10 އާއި މެންދުރުފަހުގެ 2:00 އާ ދެމެދު؛
- ރަމަޒާންމަހުގެ ހަވީރު 5:00 އާއި ރޭގަނޑު 45:8 އާ ދެމެދު.
(ށ) މިި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ ހާއްސަ ހާލަތެއް މެދުވެރިވެއްޖެކަމަށް ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިވާ ނަ މައެވެ.
- ތަހުގީގަށް ބޭނުންވާ މީހަކު ކުއްލި ގޮތަކަށް ފުރައިގެންދާން ޖެހިގެން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ އޭނާގެ ތަހުގީގު އަވަސްކޮށްދިނުމަށް އެ ފަރާތުން އެދުމުން، އެ ހާލަތަކީ ހާއްސަ ހާލަތެއްކަމަށް، މައް ސަލަ ތަހުގީގުކުރާ ފަރާތުން ކަނޑައެޅުން؛
- އަވަހަށް އެ ފަރާތުގެ ބަޔާން ނުނަގައިފި ނަމަ، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ހުރަސްއެޅިދާނޭ ކަމަށް އެ މައްސަލަ ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވުން؛
- މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ދިމާވާ ކަމަކާ ގުޅިގެން، އެ ކަމަކީ ހާއްސަ ހާލަތެއް ކަމަށް މައްސަލަ ތަހުގީގުކުރާ ފަރާތަށް ފެންނަ ހާލަތްތައް.
110 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހުން ކުރުން މަނާ ކަންތައްތައް
(ހ) ކޮޮމިށަނަށް ހާޒިރުކުރެވޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
- މުުވާސަލާތީ ވަސީލަތްތަކާއި ރިކޯޑުކުރުމުގެ ވަސީލަތްތައް، ތަހުގީގު މަޖިލީހަށް ވެއްދުން؛
- މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާ ފަދަ އެއްވެސް އެއްޗެއް، ތަހުގީގު މަޖިލީހަށް ވެއްދުން؛
- ކޮމިށަނުން ޗެކްކުރުމަށްފަހު، ތަހުގީގު މަޖިލީހަށް ވެއްދުމުގެ ހުއްދަ ލިބިފައިވާ ލިޔެކިޔުންތައް ފިޔަވައި އިތުރު އެއްޗެއް ވެއްދުން؛
- ކޮމިށަނުގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ ނުވަތަ ކޮމިށަނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކުރުން؛
- ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ އެހެން މީހުންނާ ވާހަކަދައްކައި،ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުން؛
- ކޮމިށަނުގެ ބޭނުމަށް ރާއްޖެއިން ބޭރުން ނުވަތަ ރަށުން ބޭރުން ގެނެވޭ މީހުން، ކޮމިށަނުގެ ހުއްދަ ނުލިބި ފުރައިގެން ދިޔުން؛
- ކޮޮމިށަނުގެ ހުއްދަނެތި، ކޮމިށަނުގެ އިދާރާއިން ނުވަތަ ކޮމިށަނުގެ ތަހުގީގު އެ އިރެއްގައި ހިނގަމުންދާ ތަނަކުން ބޭރަށް ދިޔުން؛
- ގާނޫނަކުން މައުލޫމާތު ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ފަރާތެއް ފިޔަވައި، އިތުރު އެހެން ފަރާތަކަށް ތަހުގީގުކުރާ މައްސަލައިގެ ވާގިއާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުން.
111 ވަނަ މާއްދާ - ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން
ކޮޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ހާޒިރުކުރަންޖެހޭ ފަރާތަކުން ކޮމިށަނުން ބަލަމުންދާ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ ނުވަތަ ހެކި ފޮރުވައިފާނެ ކަމުގެ ނުވަތަ ހެކި ނައްތައިލައިފާނެ ކަމުގެ އިހްތިމާލު އޮތް ހާލަތެއްގައި ނުވަތަ ކޮމިށަނަށް ހާޒިރުވުމުގައި އެއްބާރުލުން ނުދޭ ހާލަތެއްގައި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ތަހުގީގަށް ހާޒިރުކުރެވިދާނެއެވެ.
112 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ތިބޭ މީހުން ހާޒިރުކުރުން
(ހ) ކޮމިށަނުން ބަލާ މައްސައެއްގައި ތުހުމަތުކުރެވިއްޖެ ހިނދެއްގައި ނުވަތަ މައްސަލައަކާ ގުޅިގެ ން ކަމެއް އޮޅުންފިލުވުމަށް ޓަކައި ނުވަތަ ހެކި ހޯދުމަށް ޓަކައި ބޭނުންވެއްޖެ ހިނދެއްގައި، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެއިން ބޭރުގައިވާ އަންނަނިވި ފަރާތްތައް ހާޒިރުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ދިިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް؛
- ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭއިން ބޭރުގައި ހިންގޭ ރާއްޖެއާ ގުޅުންހުރި މުއާމަލާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވާ، ނުވަތަ ބައިވެރިވާކަމަށް ކޮމިށަނަށް މައުލޫމާތު ލިބިފައިވާ، ނުވަތަ ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ބިދޭސީން؛
- އެ ފަރާތެއްގެ ކިބައިން ކޮމިށަނަށް މައުލޫމާތު ހޯދަން ބޭނުންވާ ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތައް.
113 ވަނަ މާއްދާ - ދަތުރު ހަރަދާއި ތިބުމާއި ކެއުމުގެ ހަރަދު ދިނުން
ކޮޮމިށަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކޮމިށަނަށް ހާ ޒިރުކުރެވޭ މީހުންގެ ތެރެއިން ރަށުން ބޭރުން ގެނެވޭ މީހުންނަށް ސަރުކާރުން އެ އިރަކު ހަމަޖައްސައިފައި އޮންނަ އުސޫލެއްގެ މަތިން ދަތުރު ހަރަދާއި ތިބުމާއި ކެއުމުގެ ހަރަދު ދެވޭނެއެވެ.
20 ވަނަ ބާބު
ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތްތަކާ ސުވާލުކުރުން
120 ވަނަ މާއްދާ - ހާާޒިރުވުމުގެ އަމުރުން ހާޒިރުކުރެވޭ ފަރާތްތަކާ ސުވާލުކުރުން
(ހ) މިި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ހާޒިރުވުމަށް އަންގާ އަމުރު" ގެ ދަށުން ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތެއް ކޮމިށަނަށް ހާޒިރުކޮށްގެން ސުވާލުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
121 ވަނަ މާއްދާ - ސުވާލުކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން
(ހ) ސުުވާލުކުރެވޭ ފަރާތަކީ ތުހުމަތުގައި ސުވާލުކުރާ ފަރާތެއް ނަމަ، އެ ފަރާތާ ސުވާލުކުރަން ފެށުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ތުހުމަތުގައި ސުވާލުކުރެވޭ ފަރާތްތަކަށް ދޭ ގާނޫނީ އިންޒާރު" ލިޔުމުން އެ ފަރާތަށް ދޭންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް، ކޮމިށަނުން އެ ފަރާތަށް ދޭންވާނެއެވެ.
(ށ) މިި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިށަނުން ދޭ ގާނޫނީ އިންޒާރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ކުށެއްގެ ތުހުމަތު ކުރެވޭކަން އަދި ތުހުމަތު ކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެންކަން؛
- ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިގެންވާކަމާއި، އޭނާ ދައްކާ ކޮންމެ ވާހަކައެއްވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަން؛
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން؛
- ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ނަމަ، އަދި ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައި ނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު ލިބިގެންވާކަން.
(ށ) ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުކުރާ ކޮންމެ ފަހަރަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު، މި މާއްދާގައިވާ ގޮތުގެ މަތިން،ތުހުމަތުކުރެވޭ މީހާއަށް ލިޔުމުން ދޭންވާނެއެވެ.
122 ވަނަ މާއްދާ - ސުވާލުކުރެވޭނެ ވަގުތުގެ ދިގުމިން
ކޮޮމިށަނުން ކުރިޔަށްގެންދާ ތަހު ގީގަކާ ގުޅިގެން ހާޒިރުކުރެވޭ ފަރާތަކާ ސުވާލު ކުރުން މެދުނުކެނޑި ކުރިޔަށް ގެންދެވޭނީ 2 (ދޭއް) ގަޑިއިރުއެވެ. އަދި އެއަށްވުރެ އިތުރުވާ ނަމަ،ތަހުގީގު މަޖިލިސް މެދުކަނޑައިލުމަށްފަހު، 10 (ދިހައެއް) މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.
123 ވަނަ މާއްދާ - ތަހުގީގުގައި ކުށަށް އިއުތިރާ ފުވުން
ތުުހުމަތުގައިވާ ފަރާތަކުން ތަހުގީގުގައި ކުށަށް އިއުތިރާ ފުވާން ބޭނުންކަމަށް ބުނެފި ނަމަ، ނުވަތަ އިއުތިރާފު ވެއްޖެ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 96 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފުރުސަތު ދިނުމަށް ޓަކައި، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ކޮމިށަނުން، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
124 ވަނަ މާއްދާ - ކުޑަކުދިންނާއި، ނަފްސާނީ އުނިކަމެއް ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރަންވީ ގޮތް
(ހ) ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ނުވަތަ ނަފްސާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ނަމަ، ތަހުގީގު މަރުހަލާގައި އެ ފަރާތާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
- މިި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތަކާ ސުވާލުކުރެވޭނީ، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއްގެ ގޮތުގައި އައްޔަނު ކުރެވޭނީ،މައިންބަފައިން، ނުވަތަ ބެލެނިވެރިން، ނުވަތަ ބަލަދުވެރިންގެ ތެރެއިން މީހެކެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްލަހަތު ހިމާޔަތް ކުރެވޭނޭ ފަރާތެއް އައްޔަނު ކުރުމަށް، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއް އައްޔަނުކުރާ ފޯމު" ފުރިހަމަކޮށްފައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އެ ފޯމު، ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، ކޮމިށަނުގެ ވެބްސައިޓުން އެ ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
- މި މާއްދާގެ ބޭނުމަށް ކުޑަކުދިން ކަމުގައި ބަލާނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނެވެ.
- މި މާއްދާގެ ބޭނުމަށް، ނަފްސާނީ އުނިކަމެއް، ނުވަތަ ޖިސްމާނީ އުނިކަމެއް ހުރި މީހެއް ކަމުގައި ބަލާނީ، ސިކު ނޑީގެ އުނިކަމެއް ހުރިކަމަށް، ނުވަތަ ލޮލަށް ނުފެންނަ ކަމަށް، ނުވަތަ އަޑު އިވުމުން މަހުރޫމްވެފައިވާ ކަމަށް،ނުވަތަ ވާހަކަ ދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑު އުނިކަމެއް ހުރިކަމަށް، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓަކާއެކު، އެކަން ލިޔުމުން ކޮމިށަނަށް އަންގާ މީހެކެވެ.
- ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ނުވަތަ ނަފްސާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ކަމުގައި ވާ ނަމަ، އެ ފަރާތާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހުގީގުގައި ކުރެވޭ ސުވާލުތަކާއި، އެ ފަރާތުން ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔުންތަކުގައި ބުނާ އެއްޗެއް އެ ފަރާތަށް ވިސްނިފައިވާކަން ޔަގީންކުރުމަކީ ތަހުގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.
125 ވަނަ މާއްދާ - ލިޔަންކިޔަން ނުދަންނަ މީހުންނާމެދު އަމަލުކުރާނެ ގޮތް
ކޮޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކީ ލިޔަންކިޔަން ނޭނގޭ ފަރާތެއް ނަމަ، އެ ފަރާތުން ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ މައްސަލައިގެ ތަހުގީގުގައި އޭނާއާ ސުވާލުކުރުމުގައި ބައިވެރިނުވާ ފަރާތެއް މެދުވެރިކޮށް އެ ބަޔާން އެ ފަރާތަކަށް އިއްވަންވާނެއެވެ. އަދި ސުވާލުކުރެވޭ މީހާގެ ގާނޫނީ ވަކީލު ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި ސުވާލުކޮށްފި ނަމަ އަދި އޭނާ ބޭނުންވެއްޖެ ނަމަ، އޭނާގެ ވަކީލު ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް އައްޔަނު ކޮށްފައިވާ ފަރާތް މެދުވެރިކޮށް އޭނާއަށް ބަޔާން އިއްވުމުގެ ފުރުސަތު ދޭންވާނެއެވެ.
126 ވަނަ މާއްދާ - ތަރުޖަމާނަކު އައްޔަނުކޮށްދިނުން
ކޮޮމިށަނަށް ހާޒިރުކޮށް ސުވާލުކުރެވޭ ފަރާތް އާންމުކޮށް ވާހަކަދައްކައި އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން ސުވާލުކުރުމަށް ތަހުގީގުކުރާ ފަރާތަށް ނޭނގޭ ނަމަ، އެ ތަހުގީގު ކުރިޔަ ށް ގެންދަންވާނީ، ތަހުގީގުގައި އޭނާއާ ކުރާ ސުވާލުތައް ތަރުޖަމާކޮށްދޭނެ ފަރާތެއް ކޮމިށަނުން އައްޔަނު ކޮށްގެންނެވެ. އަދި، ކޮމިށަނަށް ހާޒިރުކުރެވިފައިވާ ފަރާތަކީ އިށާރާތުން ވާހަކަދައްކާ މީހެއް ނަމަ، އޭނާއާ ކުރާ ސުވާލުތައް ބަޔާންކޮށްދެވޭނެ މީހަކު ކޮމިށަނުން އައްޔަނު ކުރަން ވާނެއެވެ.
127 ވަނަ މާއްދާ - މަސްލަހަތު ހިމާޔަތް ކުރުމަށް އައްޔަނުވާ ފަރާތުގެ ޒިންމާ
މަަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ތަހުގީގުގައި ބައިވެރިވާ ފަރާތުގެ ޒިންމާ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ލަފާ ދިނުން؛
- އެ ކުއްޖަކާމެދު ނުވަތަ އެ މީހަކާމެދު އަމަލުކުރެވެނީ އަދުލުވެރިކަމާއެކު،ގާނޫނާ އެއްގޮތަށްތޯ ބެލުން؛
- އެ ކުއްޖަކު ނުވަތަ އެ މީހަކު ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމާއި، އެ ކުއްޖާއާ ނުވަތަ އެ މީހާއާ މުއާމަލާތު ކުރުމުގައި ތަހުގީގުކުރާ ފަރާތަށް އެހީތެރިވުން.
(ށ) މަސްލަހަތު ހިމާޔަތް ކުރުމަށް އައްޔަނު ކޮށްފައިވާ ފަރާތުން، ތަހުގީގަށް ހާޒިރު ކުރެވިފައިވާ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދަން ބޭނުންކަމަށް ބުނެފި ނަމަ، އެއީ ތަހުގީގަށް ހާޒިރު ކުރެވިފައިވާ ފަރާތުން ބުނި ބުނުމެއް ކަމުގައި
ބެލެވޭނެއެވެ.
128 ވަނަ މާއްދާ - މަސްލަހަތު ހިމާޔަތް ކުރުމަށް އައްޔަނު ކުރެވޭ ފަރާތުން ކުރުން މަނާ ކަންތައް
މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ގާނޫނީ ވަކީލުން ކުރުން މަނާ ކަންތައްތަކަކީ، މަސްލަހަތު ހިމާޔަތް ކުރުމަށް އައްޔަނު ކުރެވޭ ފަރާތުން ކުރުން މަނާ ކަންތައްތަކެވެ.
129 ވަނަ މާއްދާ - ސުވާލުކުރުމާ ގުޅޭ އާންމު އުސޫލުތައް
(ހ) ކޮޮމިށަނުން ކުރާ ތަހުގީގެއްގައި ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރާ ނަމަ، އެ ފަރާތަކާ ސުވާލުކުރުމުގެ ކުރިން ދޭންޖެހޭ ގާނޫނީ އިންޒާރާއި، އެއަށް އެ ފަރާތުން ދޭ ޖަވާބާއި، އެ ފަރާތާ ކުރެވޭ ސުވާލުތަކާއި، އެ ސުވާލުތަކަށް ދޭ ޖަވާބުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑު ކުރަން ވާނެއެވެ.
(ށ) ކޮމިށަނުން ކުރާ ތަހުގީގެއްގައި އެ މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް، ނުވަތަ އެނޫންވެސް ބޭނުމަކު ކޮމިށަނުން އެދިގެން މައުލޫމާތު ދޭ ފަރާތަކާ ކުރެވޭ ސުވާލުތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކޮށްގެން ކުރިޔަށް ގެންދާ ނަމަ، އެ މަޖިލީހުގައި އަޑުއަހާ ފަރާތެއް ބައިވެރިނުކޮށް ސުވާލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) ކޮމިށަނުން ކުރާ ތަހުގީގެއްގައި، ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރާ މަޖިލީހުގައި، އެ މަޖިލީހުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑު ކުރުމުގެ އިތުރުން، އެ މަޖިލީހުގައި އަޑުއަހާ ފަރާތެއްގެ ގޮތުގައި 2 (ދޭއް) ފަރާތެއް ބައިވެރިކުރަންވާނެވެ. އެހެންނަމަވެސް، އެ މަޖިލީހުގައި ސުވާލުކުރެވެނީ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑު ކުރެވިގެން ނުވަތަ ސުވާލުކުރެވޭ ފަރާތުގެ ގާނޫނީ ވަކީލެއް، ނުވަތަ ބެލެނިވެރިއެއް، ނުވަތަ މަސްލަހަތު ހިމާޔަތްކުރާ ފަރާތެއްގެ ހާޒިރުގައި ނަމަ، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ މަޖިލީހުގައި އަޑުއަހާ ފަރާތެއް ބައިވެރިނުކޮށް ސުވާލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) ތަހުގީގުގައި ރެކޯޑު ކުރެވޭ އަޑާއި ނުވަތަ އަޑާއި މަންޒަރަކީ، އެ މީހަކު ތަހުގީގުގައި އެގޮތަށް ދައްކައިފައިވާ ވާހަކަ ކަމަށް ސާބިތުކޮށްދިނުމަށް ޓަކައި ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭނެ ހެއްކެކެވެ.
140 ވަނަ ބާބު
ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ހެއްކާއި މައުލޫމާތު ހޯދުމާއި، ތަންތަން ބަލައި ފާސްކުރުން
140 ވަނަ މާއްދާ - އާންމު ތަންތަނަށް ވަނުން
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި، އާންމު ތަނަކަށް، ކޯޓު އަމުރަކާ ނުލައި ވަނުމުގެ ބާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 30 ވަނަ މާއްދާއިން ކޮމިށަނަށް ލިބިގެންވެއެވެ.
141 ވަނަ މާއްދާ - އާންމު ތަންތަން ބަލައި ފާސްކުރުން
މި ގަވާއިދުގެ 140 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ލިބިދޭ ބާރުގެ ބޭނުންހިފުމުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ވެސް ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) އެ ތަނެއް ބަލައި ފާސްކުރުމަށް ޓަކައި، އެ ތަނުގައި ތިބެންޖެހޭނެ ކަމަށް ކޮމިށަނުން ކަނޑައަޅާ އެކަށޭނަ ވަގުތެއް ވަންދެން އެ ތަނުގައި ތިބުން؛
(ށ) ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ފެނޭތޯ އެ ތަނެއް ހޯދުން؛
(ނ) ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންދިއުން؛
(ރ) އާންމު ތަނެއްގައި ހުރި މީހަކު ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަން ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި، ނުވަތަ އެ މީހެއްގެ އަތުން ހެކިތަކެއް ފެނިއްޖެ ހިނދެއްގައި، އެ މީހާގެ އަތުގައި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޮތްކަމަށް އިންވެސްޓިގޭށަން އޮފިސަރަށް ގަބޫލުކުރެވޭ ނަމަ، ކޯޓު އަމުރަކުން ހުއްދަ ލިބިގެން، ނުވަތަ ފުލުހުން މެދުވެރިކޮށް، އެ މީހެއްގެ އަތުން އެ އެއްޗެއް، އިންވެސްޓިގޭށަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންދިއުން؛
(ބ) އެ ތަނާއި، އެ ތަނުގައިވާ އެއްޗެހީގެ ފޮޓޯއާއި ވީޑިއޯ ނެގުން؛
(ޅ) އެ ތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުން؛
(ކ) އެ ތަނެއް ކޮނެގެން ބެލުން؛
(އ) ބަންދުކޮށްފައި ހުރި އެއްޗެއް އެ ތަނެއްގައި ހުރި ނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛
އަދި
(ވ) ތަޅުލައިފައި ހުރި އެއްޗެއް އެ ތަނެއްގައި ހުރި ނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ތަޅު ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން.
142 ވަނަ މާއްދާ - އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނަށް ވަނުމުގެ ބާރު
ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅުންހުރިކަމަށް ފެންނަ ލި ޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 24 ވަނަ މާއްދާގައިވާ ބަޔާންކޮށްފައިވާ ކޮމިށަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނަށް، ކޯޓު އަމުރަކާ ނުލައި ވަނުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
143 ވަނަ މާއްދާ - އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ތަންތަނަށް ރުހުމާއެކު ވަނުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި އަމިއްލަ ތަނަކަށް ވަންނަން ޖެހިއްޖެ ނަމަ، އެ ތަނަކަށް ވަދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ "ވެރިފަރާތުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ ފަރާތެއްގެ ރުހުމާއެކުގައެވެ. ރުހުން ނެތް ހާލަތުގައި އެ ތަނަކަށް ވަދެވޭނީ ކޯޓު އަމުރަކާ އެކުގައެވެ.
(ށ) މި ބާބުގެ މަގްސަދަށްޓަކައި "މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް" ކަމުގައި ބުނެފައި އެވަނީ، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތް ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތް ހިމެނޭ ގޮތުންނެވެ.
144 ވަނަ މާއްދާ - އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުން ބަލައި ފާސްކުރުމަކަށް ނުވާގޮތުން ހެއްކާއި މައުލޫމާތު ހޯދުން
(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި މައުލޫމާތު ހޯދުމަށް، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ކޮމިށަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނަށް ކޮމިށަނުގެ މުވައްޒަފުން ގޮސް އެ ތަންތަން ބަލައި ފާސްކުރުމަކަށް ނުވާގޮތުން، އެ ތަންތަނާއި އެ ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި އެ ހެނިހެން ތަކެތި ބަލައި ތަހުގީގު ކުރުމާއި، ބޭނުންވެއްޖެ ނަމަ އެ ތަކެތި ކޮމިށަނަށް ގެނައުމުގެ ބާރު، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް އިދާރާއަކުން މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި މައުލޫމާތު ހޯދުމަށް އެ އިދާރާއަކަށް ދާނީ، ކޮމިށަނުގެ އަމުރެއް ހިފައިގެންނެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކޮމިށަނުގެ އަމުރެއް އެ އިދާރާއަކަށް ފޮނުވައިގެން މައުލޫމާތު ހޯދުމަށް ހުރަހެއްނެތެވެ.
- އެ މައުލޫމާތަކީ ގިނަދުވަސްވެގެން އެ މައުލޫމާތު ހޯދުމަށް ވަގުތު ބޭނުންވާ މައުލޫމާތެއް ކަމުގައި ވުން.
- އެ މައުލޫމާތަކީ ބަދަލުކުރެވޭނެ ފުރުސަތު ނެތް މައުލޫމާތަކަށް ވުން.
- ކޮމިށަނުގެ އިދާރާއެއް ނެތް ރަށަކުން ލިޔެކިޔުމާއި ތަކެތި ހޯދަންޖެހުން.
- ކޮމިށަނުން ކަނޑައަޅާ މިނޫންވެސް އިތުރު ހާލަތްތަކުގައި.
145 ވަނަ މާއްދާ - ކޯޓު އަމުރަކާއެކު އަމިއްލަ ތަންތަން ބަލައި ފާސްކުރުން
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި ކޯޓު އަމުރަކާއެކު އަމިއްލަ ތަނަކަށް ވަނުމުގެ ބާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެ ތަނުގައި ތިބި ބަޔަކަށް، އެ ތަނަށް ވަންނަކަން އަންގަންވާނެއެވެ. އެހެންނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެ ތަނުގައި ތިބި ބަޔަކަށް އަންގާ އެންގުން ދުރާލައި އެންގުން ލާޒިމެއް ނޫނެވެ. އެ ތަނަކަށް ވަނުމުގެ ހިނދުކޮޅެއްގެ ކުރިން އެކަން އެންގުމުން، މި މާއްދާގެ މަގްސަދު ހާސިލުވީކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަލައި ފާސްކުރުމުގެ މަގްސަދު ގެއްލިދާނެ ކަމަށް ފެނިއްޖެ ހާލަތެއްގައި، އެ ތަނުގައި ތިބި ބަޔަކަށް އެންގުމަކާ ނުލައި އެ ތަނަށް ވަނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) އަމިއްލަ ތަނަކަށް ވަންނަ ވަނުމުގައި، އެ ތަނެއްގެ ވެރިފަރާތުގެ ހާޒިރުގައި އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެ ތަނަކަށް ދިއުމަށްފަހު، ލަސްނުކޮށް، އެ ކޯޓު އަމުރުގެ ކޮޕީ، އެ ތަނެއްގެ ވެރިފަރާތާ ނުވަތަ ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަކާ ހަވާލުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން އޮތް ނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒު ކުރުމަށް ޓަކައި އަމިއްލަ ތަނަކަށް ވަންނައިރު، އެ ތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ އެހެން މީހަކު ހުރެފައި، އެ ތަން ބަލައި ފާސްކުރުމުގެ ކުރިން ނުވަތަ އެއަށްފަހު އެއިން ފަރާތަކުން އެ ތަން ދޫކޮށްފައި ހިނގައްޖެ ނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުމަށް ލިބިދޭ ހައްގު ދޫކޮށްލީކަމުގައި ބަލައި، ބަލައި ފާސްކުރުމައިގެން ކުރިޔަށް ދެވިދާނެއެވެ. އެހެންނަމަވެސް، ތަނުގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ އެހެން މީހަކަށް ކޮންމެ ވަގުތެއްގައިވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި ބަލައި ފާސްކުރުން ކުރިޔަށް ގެންދިޔުމުގެ ހައްގު ލިބިގެންވެއެވެ.
(ޅ) ކޯޓު އަމުރުގައި އެ ތަނެއް ބަލައި ފާސްކުރުމަށް ހުއްދަ ދީފައިވާ ވަގުތުގައި، އެ ތަނެއް ބަލައި ފާސްކޮށް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހެއްކާއި މައުލޫމާތު ގެނައުމަށް ސަމާލުކަން ދޭންވާނެއެވެ. ކޯޓު އަމުރެއްގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމަށްފަހު، އައު އަމުރަކުން އެ ވަގުތު އިތުރުކޮށްދީފައި ނުވާ ނަމަ، ކުރީގެ އަމުރުގައި ދީފައިވާ ވަގުތު ހަމަވުމަށްފަހު އެ ތަނަކުން ހެއްކާއި މައުލޫމާތު ހޯދައިގެން ނުވާނެއެވެ. އަދި އެ ތަނެއްގެ އެތެރޭގައި ތިބެގެންވެސް ނުވާނެއެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަނެއް ބަލައި ފާސްކުރުމަށްފަހު އެއްވެސް އެއްޗެއް ކޮމިށަނުގެ ބެލުމުގެ ދަށަށް ގެންނަ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ބަލައި ފާސްކުރުމަށްފަހު ހިފަހައްޓާ ތަކެތީގެ އިންވެންޓްރީ ފޯމު" ގެ 2 (ދޭއް) އަސްލު ފުރިހަމަކޮށްފައި، 1 (އެކެއް) އަސްލު، ތަނުގެ ވެރިފަރާތަށް ނުވަތަ އޭނާ ނެތް ހާލަތެއްގައި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ދިނުމަށްފަހު، 1 (އެކެއް) އަސްލު،މައްސަލައިގެ ފައިލުގައި ރައްކައު ކުރަން ވާނެއެވެ.
146 ވަނަ މާއްދާ - ބަލައި ފާސްކުރުމާ ގުޅޭގޮތުން ކޮމިށަނަށް ލިބިދޭ އިތުރު ބާރުތައް
(ހ) ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގެއްގައި، ކޯޓު އަމުރަކާއެކު އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތައް ކޮމިށަނުގެ ފަރާތުން ބަލައި ފާސްކުރާ މުވައްޒަފުންނަށް ލިބިގެންވެއެވެ.
(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން، ތަނެއް ބަލައި ފާސްކުރުމުގައި، ނުވަތަ ތަނަކުން ހެއްކާއި މައުލޫމާތު ހޯދުމުގައި، ގިނަ އަދަދެއްގެ ފައިސާ ފެނިއްޖެ ހާލަތެއްގައި، އަދި އެ ފައިސާ ގުނުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަށް ތަހުގީގުކުރާ ފަރާތަށް ފެނިއްޖެ ނަމަ، އެ ފައިސާއެއް ސީލްކުރުމަށްފަހު، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށް، އެ ފައިސާއެއް ކޮމިށަނަށް ގެނެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ސީލްކުރުމަށްފަހު، އެ ފައިސާއެއް ކޮމިށަނަށް ގެނެވުނު ކަމުގައި ވިޔަސް، އެ ފައިސާއެއްގެ ސީލް ކަނޑައި ގުނަންވާނީ، އެ ފައިސާ ނެގުނު ތަނުގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ ފަރާތެއްގެ ހާޒިރުގައެވެ.
147 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ރެކޯޑު ބެލެހެއްޓުން
(ހ) ކޯޓު އަމުރަކާއެކު އަމިއްލަ ތަނެއް ކޮމިށަނުން ބަލައި ފާސްކޮށްފި ކޮންމެ ހާލަތެއްގައި، އެ ތަނެއް ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މުވައްޒަފު، އަންނަނިވި މައުލޫމާތު ހިމެނޭ އިންވެންޓަރީއެއް އެކުލަވައިލަންވާނެއެވެ.
- ބަލައި ފާސްކުރި ތަނުގެ މައުލޫމާތު؛
- ބަލައި ފާސްކުރި ތަނުގެ ވެރިފަރާތުގެ މައުލޫމާތު؛
- ބަލައި ފާސްކުރި ތަނާ ހަވާލުވެހުރި ފަރާތުގެ މައުލޫމާތު؛
- އެ ތަނުގައި ހުރި އެއްޗެއް ބަލައި ފާސްކޮށްފައިވާކަން؛
- ބަލައި ފާސްކުރި ސަބަބު؛
- ބަލައި ފާސްކުރި ޓީމުގެ އިސްކޮށްހުރި އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރެކޯޑު ކާޑުގެ ނަންބަރާއި، މަސައްކަތް ކުރާ ޑިޕާޓްމަންޓް ނުވަތަ ސެކްށަން؛
- ބަލައި ފާސްކުރި ތަނުގައި ހާޒިރުވެ ތިބި މީހުން؛
- ބަލައި ފާސްކުރަން ފެށި ވަގުތު؛
- ބަލައި ފާސްކޮށް ނިންމި ވަގުތު؛
- ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި އިންވެސްޓިގޭށަން އޮފިސަރުންގެ ނަމާއި ރެކޯޑު ކާޑުގެ ނަންބަރު؛ އަދި
- ބަލައި ފާސްކުރި ތަނުން އެއްޗެއް ނެގި ނަމަ، އެ އެއްޗެއްގެ ތަފުސީލާއި، އެ އެއްޗެއް ފެނުނު ތަން. (އެ އެއްޗަކަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެކަން އެނގޭނެ ގޮތަކަށް)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވެންޓަރީ އެކުލަވައިލަންވާނީ، ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މުވައްޒަފާއި ކޮމިށަނުގެ އެހެން މުވައްޒަފަކާއި، ތަނުގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތުހިމާޔަތް ކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒު ކުރަމުންދާއިރު ތަނުގެ ވެރިފަރާތް ނުވަތަ މުދަލުގެ ވެރިފަރާތް ނުވަތަ އެއިން ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުރުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުދަލުގެ އިންވެންޓްރީ އެކުލަވައިލާއިރު ހާޒިރުވެ ހުންނަން ބޭނުންނުވެ، އެ ތަން ދޫކޮށްފައި ހިނގައްޖެ ނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި މުދަލުގެ އިންވެންޓްރީ ނެގުމަށް މި މާއްދާއިން ލިބިދޭ ހައްގު ދޫކޮށްލީ ކަމުގައި ބެލެވޭނެއެވެ. އެހެންނަމަވެސް، އެއިން މީހަކަށް ކޮންމެ ވަގުތެއްގައިވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި މުދަލުގެ އިންވެންޓްރީ ނެގުމުގެ ކަންކަން ކުރިޔަށްގެންދިއުމުގެ ހައްގު ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވެންޓްރީގެ 1 (އެކެއް) އަސްލު، ކޮމިށަނުގައި ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ލިޔާ އިންވެންޓްރީގެ 1 (އެކެއް) އަސްލު، އެ ތަނާ ހަވާލުވެހުރި މީހާއަށް ހަވާލުކުރަން މަސައްކަތްކޮށް، އެ ފަރާތުން އެ ލިޔުމާ ހަވާލު ނުވި ނަމަ، ލިޔުމުގައި އެކަން ފާހަގަކޮށް، އިންވެސްޓިގޭށަން ޓީމުގެ 2 (ދޭއް) އިންވެސްޓިގޭޓަރުން ލިޔުމުގައި ސޮއިކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން ލިޔާ އިންވެންޓްރީގެ 1 (އެކެއް) އަސްލު، އެ ތަނާ ހަވާލުވެހުރި މީހާއަށް ހަވާލުކުރަން މަސައްކަތްކޮށް، އެ ފަރާތުން އެ ލިޔުމާ ހަވާލު ނުވި ނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށްފަހު، ބަލައި ފާސްކުރެވުނު ތަނުގައި އެ އިންވެންޓްރީގެ 1 (އެކެއް) އަސްލު، ފަސޭހައިން ފެންނާނޭ ފަދައިން ހަރުކުރަންވާނެއެވެ.
(ކ) މި މާއްދާގެ މަގްސަދަށްޓަކައި، ބަލައި ފާސްކުރާ ތަނުގެ ވެރިފަރާތް ނުވަތަ އެ ތަނުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކީ، އެ ތަނުގައި ހުރި މުދަލުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްކަމަށް ބެލެވޭނެއެވެ.
148 ވަނަ މާއްދާ - ބަދަލުދިނުން
ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރަކާ ނުލައިނަމަވެސް، ކޮމިށަނުން ތަނެއް ބަލައި ފާސްކުރުމުގައި، ކޮމިށަނަށް ލިބިދޭ ގާނޫނީ ބާރު ބޭނުންކުރުމުގެ ސަބަބުން، އެ ތަނަކަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އަންނަނިވި 2 (ދޭއް) އުސޫލުން ކުރެ އުސޫލެއް ހިނގާނެއެވެ.
(ހ) ކޮމިށަނުން ބަލައި ފާސްކުރި ތަނަކީ، ކުށާ ގުޅުންހުރި މީހުން ނުވަތަ ކުށާ ގުޅުންހުރި ތަކެތި ހުރި ތަނެއްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، އެ ތަނަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ލިބުނު ގެއްލުމަށް ކޮމިށަނުން ޒިންމާވާކަށެއްނުޖެހޭނެއެވެ.
(ށ) ކޮމިށަނުން ބަލައި ފާސްކުރި ތަނަކީ، ކުށާ ގުޅުންހުރި މީހުން ނުވަތަ ކުށާ ގުޅުންހުރި ތަކެތި ހުރި ތަނެއްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލު ނުކުރެވޭ ނަމަ، އަދި ތަނެއް ބަލައި ފާސްކުރުމަށް ހުރަހެއް ކުރިމަތިކުރުވައިފައި ނުވާ ނަމަ، އެ ތަނަށް ނުވަތަ އެ ތަނުގައި ހުރި އެއްޗަކަށް ލިބުނު ގެއްލުން، ކޮމިށަނުން ކަނޑައަޅާ އާންމުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ހާލަތަށް ބަލައިފައި، ކޮމިށަނުން މަރާމާތު ކޮށްދޭން ވާނެއެވެ. ނުވަތަ ބަދަލުދޭންވާނެއެވެ.
160 ވަނަ ބާބު
ހަނުހުރުމުގެ ހައްގު
160 ވަނަ މާއްދާ ހަނުހުރުމުގެ ފުރުސަތު ދިނުމާއި، ރިކޯޑު ބެލެހެއްޓުން
(ހ) ހާޒިރުކުރެވިފައިވާ ފަރާތަކީ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް ނަމަ، ތަހުގީގުގައި އޭނާއާ ސުވާލުކުރުމުގެ ކުރިން، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ. އަދި އެފަދައިން އޭނާއަށް އެންގުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމާއި، ތަހުގީގުގެ ކޮންމެ ހިސާބަކުންވެސް އެ ފުރުސަތު އޭނާއަށް އޮންނާނެކަން އަންގަންވާނެއެވެ. އަދި އެ ހައްގުގެ ބޭނުން ހިފާ ނަމަ، އެ ހައްގު އޭނާ އިހްތިޔާރު ކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން ލިޔުމުން ރެކޯޑު ކުރަންވާނެއެވެ.
(ށ) ތުހުމަތުކުރެވޭ ފަރާތުން ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފި ނަމަ، އެ ފަރާތުން އެފަދައިން ބުނެފައިވާތީ، ހަނުހުރުމުގެ ފުރުސަތު ދޭކަމަށާއި، އެ ހިސާބުން ތަހުގީގުގައި އޭނާއާ ސުވާލުކުރުން ނިމުނީ ކަމަށް ބުނެ، އެ ފަރާތަކާ ސުވާލުކުރުން ހުއްޓައިލަންވާނެއެވެ. އަދި އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އިތުރަށް އޭނާއާ އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. ނަމަވެސް، އެ ފަރާތުން ހަނުހުރުމަށްފަހު އަލުން ބަޔާންދޭން ބޭނުންވާ ކަމަށް ބުނެފި ނަމަ، އަލުން ބަޔާން ނެގުމަކަށް ހުރަހެއް ނެތެވެ.
(ނ) މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކުން ހަނުހުރުމުގެ ފުރުސަތު ބޭނުން ނުވާކަމަށް ބުނެ، އެ ހައްގު ދޫކޮށްލުމަށްފަހު ތަހުގީގުގައި ސުވާލުކުރެވެމުން ދަނިކޮށް އެ ފުރުސަތު ބޭނުންކަމަށް ބުނެފި ނަމަ، ތަހުގީގުގައި ސުވާލުކުރުން މެދުކަނޑައިލައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރަންވާނެއެވެ.
(ރ) ހަނުހުރުމުގެ ހައްގުގެ ބޭނުންކުރުމުގެ ކުރިން މައުލޫމާތެއް ދީފައިވާ ނަމަ، އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޔާނެއްގައި އެ ފަރާތުން ސޮއިކުރަން ޖެހޭނޭކަމަށާއި، އެ ބަޔާނުގެ ގާނޫނީ ސައްހަކަމަށް އުނިކަމެއް ނާންނާނެކަން، އެ ފަރާތަށް ބުނެދޭންވާނެއެވެ.
(ބ) މައްސަލައިގައި ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވޭ ފަރާތްތަކަށް ހަނުހުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުން ވެސް ތަހުގީގުގައި ކުރާ ސުވާލުތަކަށް އެ ފަރާތުން ޖަވާބު ނުދޭ ނަމަ، އެހިސާބުން ތަހުގީގު ނިންމައިލަންވާނެއެވެ.
(ކ) ތުހުމަތުކުރެވޭ ފަރާތުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިކަމަށް ފާޅުގައި ބުނެފި ނަމަ، އޭނާއާ ސުވާލުކުރާ އިންވެސްޓިގޭށަން އޮފިސަރު، ލިޔުމުން އެކަން ރިކޯޑުކުރަންވާނެއެވެ.
(އ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ރިކޯޑުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ސުވާލުކުރެވޭ މީހާގެ ނަމާއި، އުމުރާއި، ޖިންސް؛
- ސުވާލުކުރެވޭ މީހާގެ ދާއިމީ އެޑުރެހާއި، މިހާރު އުޅޭ އެޑްރެސް؛
- ސުވާލުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ފާސްޕޯޓު ނަންބަރު؛
- ސުވާލުކުރެވޭ މީހާގެ ގައުމީ ނިސްބަތް؛
- ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް؛
- ސުވާލުކުރެވޭ މީހަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހެއް ނަމަ، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް؛
- ސުވާލުކުރެވޭ މީހާއަކީ ބިދޭސީއެއް ނަމަ، ނުވަތަ އަޑުނީވޭ މީހެއް ނަމަ، ނުވަތަ ވާހަކަ ނުދެއްކޭ މީހެއް ނަމަ، ނުވަތަ ކުއްޖެއް ނަމަ، ތަރުޖަމާކޮށްދޭ ފަރާތް؛
- ކުރެވޭ ކުށުގެ ތުހުމަތު؛
- ސުވާލުކުރެވޭ މީހާ ހަނުހުރީ ސުވާލުކުރަން ފެށުމުގެ ކުރިންކަން ނުވަތަ ސުވާލުކުރެވެމުން ދަނިކޮށްކަން؛ އަދި
- ސުވާލުކުރެވުނު ތާރީހާއި ގަޑި.
161 ވަނަ މާއްދާ ހަނުހުރުމުގެ ހައްގު ލިބިދެވޭ ދާއިރާ
(ހ) ހާޒިރުކުރެވިފައިވާ ފަރާތަކީ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް ނަމަ، ތަހުގީގުގައި އޭނާއާ ސުވާލުކުރުމުގެ ކުރިން، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ. އަދި އެފަދައިން އޭނާއަށް އެންގުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމާއި، ތަހުގީގުގެ ކޮންމެ ހިސާބަކުންވެސް އެ ފުރުސަތު އޭނާއަށް އޮންނާނެކަން އަންގަންވާނެއެވެ. އަދި އެ ހައްގުގެ ބޭނުން ހިފާ ނަމަ، އެ ހައްގު އޭނާ އިހްތިޔާރު ކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން ލިޔުމުން ރެކޯޑު ކުރަންވާނެއެވެ.
(ށ) ތުހުމަތުކުރެވޭ ފަރާތުން ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފި ނަމަ، އެ ފަރާތުން އެފަދައިން ބުނެފައިވާތީ، ހަނުހުރުމުގެ ފުރުސަތު ދޭކަމަށާއި، އެ ހިސާބުން ތަހުގީގުގައި އޭނާއާ ސުވާލުކުރުން ނިމުނީ ކަމަށް ބުނެ، އެ ފަރާތަކާ ސުވާލުކުރުން ހުއްޓައިލަންވާނެއެވެ. އަދި އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އިތުރަށް އޭނާއާ އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. ނަމަވެސް، އެ ފަރާތުން ހަނުހުރުމަށްފަހު އަލުން ބަޔާންދޭން ބޭނުންވާ ކަމަށް ބުނެފި ނަމަ، އަލުން ބަޔާން ނެގުމަކަށް ހުރަހެއް ނެތެވެ.
(ނ) މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކުން ހަނުހުރުމުގެ ފުރުސަތު ބޭނުން ނުވާކަމަށް ބުނެ، އެ ހައްގު ދޫކޮށްލުމަށްފަހު ތަހުގީގުގައި ސުވާލުކުރެވެމުން ދަނިކޮށް އެ ފުރުސަތު ބޭނުންކަމަށް ބުނެފި ނަމަ، ތަހުގީގުގައި ސުވާލުކުރުން މެދުކަނޑައިލައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރަންވާނެއެވެ.
(ރ) ހަނުހުރުމުގެ ހައްގުގެ ބޭނުންކުރުމުގެ ކުރިން މައުލޫމާތެއް ދީފައިވާ ނަމަ، އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޔާނެއްގައި އެ ފަރާތުން ސޮއިކުރަން ޖެހޭނޭކަމަށާއި، އެ ބަޔާނުގެ ގާނޫނީ ސައްހަކަމަށް އުނިކަމެއް ނާންނާނެކަން، އެ ފަރާތަށް ބުނެދޭންވާނެއެވެ.
(ބ) މައްސަލައިގައި ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވޭ ފަރާތްތަކަށް ހަނުހުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުން ވެސް ތަހުގީގުގައި ކުރާ ސުވާލުތަކަށް އެ ފަރާތުން ޖަވާބު ނުދޭ ނަމަ، އެހިސާބުން ތަހުގީގު ނިންމައިލަންވާނެއެވެ.
(ކ) ތުހުމަތުކުރެވޭ ފަރާތުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިކަމަށް ފާޅުގައި ބުނެފި ނަމަ، އޭނާއާ ސުވާލުކުރާ އިންވެސްޓިގޭށަން އޮފިސަރު، ލިޔުމުން އެކަން ރިކޯޑުކުރަންވާނެއެވެ.
(އ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ރިކޯޑުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ސުވާލުކުރެވޭ މީހާގެ ނަމާއި، އުމުރާއި، ޖިންސް؛
- ސުވާލުކުރެވޭ މީހާގެ ދާއިމީ އެޑުރެހާއި، މިހާރު އުޅޭ އެޑްރެސް؛
- ސުވާލުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ފާސްޕޯޓު ނަންބަރު؛
- ސުވާލުކުރެވޭ މީހާގެ ގައުމީ ނިސްބަތް؛
- ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް؛
- ސުވާލުކުރެވޭ މީހަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހެއް ނަމަ، ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް؛
- ސުވާލުކުރެވޭ މީހާއަކީ ބިދޭސީއެއް ނަމަ، ނުވަތަ އަޑުނީވޭ މީހެއް ނަމަ، ނުވަތަ ވާހަކަ ނުދެއްކޭ މީހެއް ނަމަ، ނުވަތަ ކުއްޖެއް ނަމަ، ތަރުޖަމާކޮށްދޭ ފަރާތް؛
- ކުރެވޭ ކުށުގެ ތުހުމަތު؛
- ސުވާލުކުރެވޭ މީހާ ހަނުހުރީ ސުވާލުކުރަން ފެށުމުގެ ކުރިންކަން ނުވަތަ ސުވާލުކުރެވެމުން ދަނިކޮށްކަން؛ އަދި
- ސުވާލުކުރެވުނު ތާރީހާއި ގަޑި.
161 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު ލިބިދެވޭ ދާއިރާ
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުށުގެ ތުހުމަތުގައިވާ މީހަކަށް ހަނުހުރުމުގެ ހައްގު ލިބިދެނީ ތަހުގީގުކުރާ ފަރާތަކުން ކުރާ ސުވާލަކަށް ދޭ ޖަވާބަކުން، އޭނާގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހެކި ހުށަހެޅިދާނެ ހާލަތެއްގައި ނުވަތަ އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދޭންޖެހޭ ހާލަތުގައި، އެ ނިސްބަތަށް އެކަންޏެވެ. އެ ނޫން ހާލަތްތަކުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.
(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިށަނުން ށަރީއަތަށް ހުށަހަޅައިފާނެ މައުލޫމާތަކީ، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މައުލޫމާތެއް ނަމަ، އެ މައުލޫމާތެއް ކޮމިށަނަށް ނުދީ، އެ ހާލަތުގައި ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިދެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އޭނާގެ ފަރާތުން ދެވޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާ ނަމަ، އެ މައުލޫމާތެއް ކޮމިށަނަށް ހާމަކުރަންވާނެއެވެ. އަދި އެ ހާލަތުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް އޭނާއަކަށް ނުކުރެވޭނެއެވެ.
162 ވަނަ މާއްދާ - އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގު
(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްވެސް، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށް ޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް، ނުވަތަ އިނގިލީގެ ނިށާން، ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް، ނުވަތަ ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައި ވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ހާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ކޮރަޕްށަނުގެ ކުށެއްގައި ހައްޔަރުކުރާ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް، ނުވަތަ އިނގިލީގެ ނިށާން، ނުވަތަ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެއް، ނުވަތަ ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލެއް ދިނުމަށް އޭނާ އިންކާރު ކޮށްފި ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
163 ވަނަ މާއްދާ - ވަނަ މާއްދާ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައި ނުވާ ކަންކަން
(ހ) މި ގަވާއިދުގެ 162 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެނޫން ހާލަތެއްގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް، ނުވަތަ އިނގިލީގެ ނިށާން، ނުވަތަ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެއް، ނުވަތަ ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.
(ށ) ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި، މި ގަވާއިދުގެ 162 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ ދާއިރާއިން ބޭރުގައި، ވަކި އެއްޗެއް އޮތް ތަނެއް ބުނެދިނުން،ނުވަތަ ވަކި ތަނެއް ހުޅުވޭނެ ގޮތް ބުނެދިނުން، ނުވަތަ ތަޅުދަނޑިއެއް އޮތް ތަން ބުނުން، ނުވަތަ ޕާސްވަރޑެއް ބުނުން، ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ބުނުން،ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެދޭން ޖެހުމެއް ނުހިމެނެއެވެ.
(ނ) ވަކި އެއްޗެއް އެއީ ކާކުގެ އެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި އެކަނި، އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކަށް ނުވާގޮތުން، މީހެއްގެ އިނގިލީގެ ނިށާނެއް، ނުވަތަ އަޑުގެ ރިކޯޑިންގއެއް، ނުވަތަ އަތުލިޔުމުގެ ސާމްޕަލެއް، ނުވަތަ ސޮއިގެ ސާމްޕަލެއް، ނުވަތަ ފޮޓޯއެއް، ނުވަތަ މިނެއް ދިނުމަށް އެންގުމުން، އެކަން ކުރަންޖެހުމަކީ ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.
164 ވަނަ މާއްދާ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާންދިނުން ކަމުގައި ނުވާ ކަންކަމާ ގުޅިގެން ކޯޓު އަމުރު ހޯދުމާއި ތަންފީޒުކުރުން
(ހ) މި ގަވާއިދުގެ 162 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސާމްޕަލެއް ދިނުމަށް އިންކާރު ކޮށްފި ނަމަ، އެ ސާމްޕަލް ހޯދުމަކީ އެ ތަހުގީގަށް މުހިންމު ކަމެއްކަމަށް ތަހުގީގުކުރާ ފަރާތަށް ގަބޫލު ކުރެވިއްޖެ ނަމަ، އެ ސާމްޕަލެއް ނެގުމަށް ޓަކައި ކޯޓު އަމުރެއް ހޯދުމަށް ކޮމިށަނަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރު ހޯދުމަށް ކޮމިށަނުގެ ފަރާތުން އެދޭނީ، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާ ނުވަތަ ކޮމިށަނުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް، ސާމްޕަލް ނެގުމަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރު ދީފި ނަމަ، އެ އަމުރުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ސާމްޕަލް ހޯދުމަށް ކޮމިށަނަށް ބާރުލިބިދެވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރު ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ހާލަތްތަކުގައި، އެ އަމުރު ތަންފީޒު ކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރުގެ ބޭނުން ކުރުމަށް ޓަކައި ފުލުހުންގެ އެހީތެރިކަން ހޯދުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި ސާމްޕަލް ނެގުމުގައި މި އަކުރުގައި ބަޔާންކޮށްފައިވާ ފަދަ ބާރެއް ބޭނުންކޮށްފި ނަމަ، އެކަން ރެކޯޑުކުރަން ވާނެއެވެ.
80 ވަނަ ބާބު
ސާމްޕަލް ނެގުން
180 ވަނަ މާއްދާ - ސާމްޕަލްގެ މާނަ
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް ހިމެނޭގޮތަށެވެ.
181 ވަނަ މާއްދާ - އިނގިލީގެ ނިށާން
(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގާ ގުޅިގެން، މީހެއްގެ އިނގިލީގެ ނިށާން ނަގަން ޖެހިއްޖެ ނަމަ، އިނގިލީގެ ނިށާން ނަގާނީ މި މާއްދާގައިވާ ގޮތަށެވެ.
(ށ) "އިނގިލީގެ ނިށާން" ކަމަށް ބަޔާންކޮށްފައި އެވަނީ، އަތްތިލައިގެ ނުވަތަ ފައިތިލައިގެ ހުދުހަމަށްވާ ބަޔާއި، އަތާއި ފައިގެ އިނގިލިތަކާއި، އިނގިލިތަކަށްނުވާ އަތްތިލައިގެނުވަތަ ފައިތިލައިގެ ހުދުހަމުގެ ބަޔާއި، އަތްތިލައިގެ ނުވަތަ ފައިތިލައިގެ ހަމުގެ ޕެޓަރނާއި، ފްރިކްށަން ރިޖާއި، މާއްދީ ސިފަތަކާއި ނިށާންތައް ހިމެނޭ ގޮތުންނެވެ.
(ނ) އިނގިލީގެ ނިށާނުގެ ސާމްޕަލުގެ ތެރޭގައި، އަންނަނިވި 2 (ދޭއް) ބާވަތުގެ ސާމްޕަލް ހިމެނެއެވެ.
- އިނގިލީގެ ނިށާން ދިނުމަށް ކޮމިށަނުން އެދުމުގެ ކުރިން އޭނާ އިނގިލީގެ ނިށާން ޖަހައިފައިވާކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ލިޔުމެއްގެ އަސްލު؛ އަދި
- އިނގިލީގެ ނިށާން ދިނުމަށް ކޮމިށަނުން އެދުމުން، އެނާ އިނގިލީގެ ނިށާން ޖަހާ ލިޔުން.
(ރ) އިނގިލީގެ ނިށާން ނެގުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތަށް ގާނޫނީ ވަކީލަކާއެކު އިނގިލީގެ ނިށާން ދިނުމުގެ ފުރުސަތު އޮތްކަމާއި، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު އޮތްކަން ބުނެދީ، އެ ފަރާތަށް އެ ހައްގުތައް ދިންކަން ލިޔުމުން ރެކޯޑު ކުރަން ވާނެއެވެ.
(ބ) އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގުގެ ދަށުން އިނގިލީގެ ނިށާން ދިނުމަށް އިންކާރު ކޮށްފި ނަމަ، އެ ފަރާތުގެ އިނގިލީގެ ނިށާން ނަގަންވާނީ ކޯޓު އަމުރެއް ހޯދައިގެންނެވެ.
(ޅ) މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، ކޮމިށަނުން ހިފަހައްޓާ ތަކެތީގެ ތެރޭގައި ހިފެހެއްޓިދާނެއެވެ.
(ކ) މި މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިނގިލީގެ ނިށާން ނަގައިނިމުމުން، އިނގިލީގެ ނިށާނުގެ ސާމްޕަލް ރައްކައުތެރިކަމާއެކު ބަލަހައްޓައި، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ކުރަން ވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، އެހެން ތިންވަނަ ފަރާތެއްގެ އަތުގައި އޮތް ހާލަތުގައި، އެ ފަރާތުގެ ރުހުމާއެކު، ކޯޓު އަމުރަކާ ނުލައި ކޮމިށަ ނަށް އެ ސާމްޕަލް ހޯދިދާނެއެވެ.
182 ވަނަ މާއްދާ - އަތުލިޔުމުގެ ސާމްޕަލް
(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގާ ގުޅިގެން، މީހެއްގެ އަތުލިޔުމުގެ ސާމްޕަލް ނަގަން ޖެހިއްޖެ ނަމަ، އަތުލިޔުމުގެ ސާމްޕަލް ނަގާނީ މި މާއްދާގައިވާ ގޮތަށެވެ.
(ށ) "އަތުލިޔުމުގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ ސާމްޕަލަށެވެ.
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ކޮމިށަނުން އެދުމުގެ ކުރިން އޭނާ ލިޔެފައިވާ ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ލިޔުމެއްގެ އަސްލު؛ އަދި
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ކޮމިށަނުން އެދުމުން، ކޮމިށަނުން ދޭ ފޯމެއްގައި އެ ފަރާތުން ލިޔާ ލިޔުން.
(ނ) އަތުލިޔުމުގެ ސާމްޕަލް ނެގުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތަށް ގާނޫނީ ވަކީލަކާއެކު އަތުލިޔުމުގެ ސާމްޕަލް ދިނުމުގެ ފުރުސަތު އޮތްކަމާއި، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު އޮތްކަން ބުނެދީ، އެ ފަރާތަށް އެ ހައްގުތައް ދިންކަން ލިޔުމުން ރެކޯޑު ކުރަން ވާނެއެވެ.
(ރ) އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގުގެ ދަށުން އަތުލިޔުމުގެ ސާމްޕަލް ދިނުމަށް އިންކާރު ކޮށްފި ނަމަ، އެ ފަރާތުގެ އަތުލިޔުމުގެ ސާމްޕަލް ނަގަންވާނީ ކޯޓު އަމުރެއް ހޯދައިގެންނެވެ.
(ބ) މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، ކޮމިށަނުން ހިފަހައްޓާ ތަކެތީގެ ތެރޭގައި ހިފެހެއްޓިދާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަތުލިޔުމުގެ ސާމްޕަލް ނަގައި ނިމުމުން، އަތުލިޔުމުގެ ސާމްޕަލް ރައްކައުތެރިކަމާއެކު ބަލަހައްޓައި، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ކުރަން ވާނެއެވެ.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، އެހެން ތިންވަނަ ފަރާތެއްގެ އަތުގައި އޮތް ހާލަތުގައި، އެ ފަރާތުގެ ރުހުމާއެކު، ކޯޓު އަމުރަކާ ނުލައި ކޮމިށަނަށް އެ ސާމްޕަލް ހޯދިދާނެއެވެ.
183 ވަނަ މާއްދާ - ސޮއިގެ ސާމްޕަލް
(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގާ ގުޅުންހުރި ލިޔުމެއްގައި ކޮށްފައިވާ ސޮޔާ ގުޅޭގޮތުން ސުވާލު އުފެދޭ ނަމަ، ނުވަތަ ސުވާލު އުފެދޭ ސޮއި ހިމެނޭ ލިޔުން ދައުވާކުރާ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބޭނުން ކުރަން ޖެހޭ ނަމަ، އެ ސޮއިކޮށްފައިވާ ފަރާތުގެ ސޮއިގެ ސާމްޕަލެއް ނެގިދާނެއެވެ.
(ށ) ސޮއިގެ ސާމްޕަލް ނެގުމާ ގުޅޭގޮތުން ހިނގާނީ، މި ގަވާއިދުގެ 182 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކެވެ.
184 ވަނަ މާއްދާ - އިލެކްޓްރޯނިކް ޑިވައިސަސްތަކުން ނެގޭ ސާމްޕަލް
އިލެކްޓްރޯނިކް ޑިވައިސްތަކުން ނަގާ ސާމްޕަލް ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތިން ނުވަތަ އެ ތަކެތި ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި، އެހެނިހެން މައުލޫމާތަށެވެ.
(ހ) ކޮމްޕިއުޓަރު، ޕަރސަނަލް ކޮމްޕިއުޓަރު، ލެޕްޓޮޕް، ޓެބްލެޓް ހިމެނޭ ގޮތަށް؛
(ށ) މޯބައިލް ފޯނު؛
(ނ) ކެމެރާ؛
(ރ) އިލެކްޓްރޯނިކް ސްޓޯރޭޖް، ހާޑް ޑިސްކާއި، ސިމް ކާޑާއި، ޕެން ޑްރައިވާއި، މެމޮރީ ކާޑާއި، މޯޑެމްއާއި، ޕޯޓަބަލް މީޑިއާ ޕްލޭޔަރާއި، ކްލައުޑް ސްޓޯރޭޖާއި، އޮންލައިން ސްޓޯރޭޖުގެ ވަސީލަތްތައް ހިމެނޭ މިފަދަ އެހެނިހެން ތަކެތި؛
(ބ) ގަޑި، ސްމާޓް ވޮޗާއި، އަތުކުރީގައި އަޅާ ޑިޖިޓަލް ގަޑިއާއި، މިފަދަ އެހެނިހެން ތަކެތި؛
(ޅ) އޯޑިއޯ ރިކޯޑަރާއި، ވީޑިއޯ ރިކޯޑަރު؛
(ކ) ސީސީޓީވީ ކެމެރާގެ ސްޓޯރޭޖު ޔުނިޓު؛ އަދި
(އ) މި މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އިތުރުން، މައުލޫމާތު ރައްކައުކުރެވޭ އިލެކްޓްރޯނިކް އެހެނިހެން އާލާތްތައް.
185 ވަނަ މާއްދާ - ޑިޖިޓަލް އެވިޑެންސް
ކޮމިށަނުން ކުރާ ތަހުގީގުތަކުގައި، އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ޑިޖިޓަލް އެވިޑެންސްގެ ގޮތުގައި ހޯދަން ޖެހިއްޖެ ހާ ލަތެއްގައި މި މާއްދާގައިވާ އުސޫލުތައް ހިނގާނެއެވެ.
(ހ) އެ ހެއްކަކީ، ކޮމިށަނުގެ އިހްތިސާސް ހިނގާ އިދާރާއެއްގެ ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިވާ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ނަމަ، ކޯޓު އަމުރަކާ ނުލައި އެ މައުލޫމާތެއް ހޯދުން.
(ށ) އެ ހެއްކަކީ، ކޮމިށަނުގެ އިހްތިސާސް ނުހިނގާ އިދާރާއެއްގެ ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިވާ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ނަމަ، އެ ފަރާތުގެ ރުހުމާއެކު އެ މައުލޫމާތެއް ހޯދުން. ރުހުން ނުލިބޭ ނަމަ، ކޯޓު އަމުރަކާއެކު އެ މައުލޫމާތެއް ހޯދުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރުހުން ދިންކަން ކޮމިށަނުން ލިޔުމުން ރެކޯޑު ކުރަން ވާނެއެވެ. އަދި އެ ލިޔުމުގެ 2 (ދޭއް) އަސްލު ތައްޔާ ރުކޮށް، 1 (އެކެއް) އަސްލު، އެ ތަނެއްގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަށް ދޭންވާނެއެވެ.
(ރ) ކޮމިށަނުގެ ތަހުގީގަށް ނަގާ ޑިޖިޓަލް އެވިޑެންސުގެ ގޮތުގައި ނަގާ ފައިލުތަކުގެ އަސްލަށް ބަދަލު އަންނާނެ ފަދަ ކަމެއް ކޮމިށަނުގެ އެއްވެސް މުވައްޒަފަކު ނުވަތަ އެ ހެކި ގެންގުޅޭ ފަރާތަކުން ނުވަތަ ބެލެހެއްޓުމާ ހަވާލުކޮށްފައިވާ ފަރާތަކުން ކޮށްގެންނުވާނެއެވެ.
(ބ) ޑިޖިޓަލް އެވިޑެން ސާ ގުޅިގެން ފުރިހަމަކުރާ ހުރިހާ މަރުހަލާތަކެއް އެނގޭނެގޮތަށް އޮޑިޓް ޓްރެއިލްއެއް ނުވަތަ ރެކޯޑެއް ތައްޔާރުކޮށްފައި ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. މިނިވަން ފަރާތަކުން އެ ޑިޖިޓަލް އެވިޑެންސް ކުރިން އެނަލައި ޒްކުރި މަރުހަލާތަކާ އެއްގޮތަށް އެނަލައިޒްކުރުމުން އަންނަންވާނީ، އެއް ނަތީޖާއެކެވެ.
186 ވަނަ މާއްދާ - ފޮޓޯ ނުވަތަ ވީޑިއޯ ނެގުމާއި މިން އެޅުން
(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގެ ނުވަތަ އެ ތަނުގައި ހުރި އެއްޗެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. ފޮޓޯއާއި ވީޑިއޯ ނަގާ ނަމަ، ނެގި ތަނާއި، ތަރީހާއި، ގަޑި އެނގޭނެހެން ރެކޯޑު ބަލަހައްޓަން ވާނެއެވެ.
(ށ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގެ ނުވަތަ އެ ތަނުގެ ތެރޭގައި ހުރި އެއްޗެއްގެ މިން އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. މިން އަޅަން ޖެހިއްޖެ ނަމަ، މިން ނެގި ތަނާއި، ތާރީހާއި، ގަޑި އެނގޭނޭހެން ރެކޯޑު ބަލަހައްޓަން ވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ހާލަތުގައި ފޮޓޯ ނުވަތަ ވީޑިއޯ ނަގާނީ، ނުވަތަ މިންއަޅާނީ، އެ އިދާރާއެއްގެ ނުވަތަ އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.
(ރ) ކޮމިށަނުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ނުހިމެނޭ ތަނެއްގެ އެތެރެ ނުވަތަ ތަނެއްގެ އެތެރޭގައިވާ އެއްޗެއްގެ ފޮޓޯ ނަގަން ޖެހިއްޖެ ނަމަ، ނުވަތަ މިން އަޅަން ޖެހިއްޖެ ނަމަ، އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތެއްގެ ރުހުމާއެކު އެކަން ކުރެވިދާނެއެވެ. އެ ފަރާތުން އެކަމަށް އިންކާރުކުރާ ހާލަތުގައި އެކަން ކުރަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރުހުން ދިންކަން ކޮމިށަނުން ލިޔުމުން ރެކޯޑު ކުރަން ވާނެއެވެ. އަދި އެ ލިޔުމުގެ 2 (ދޭއް) އަސްލު ތައްޔާރުކޮށް، 1 (އެކެއް) އަސްލު އެ ތަނެއްގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތަށް ދޭންވާނެއެވެ.
187 ވަނަ މާއްދާ - ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް
ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ "ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، އިނގިލީގެ ނިށާނާއި، އަތުލިޔުމުގެ ސާމްޕަލް ފިޔަވައި، އިލެކްޓްރޯނިކް ޑިވައިސްތައް ހިމެނޭގޮތުން، ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާއި އެއްކުރެވޭ މައުލޫމާތު ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި، އެފަދަ އެހެނިހެން މައުލޫމާތަށެވެ.
188 ވަނަ މާއްދާ - ހެކީގެ ގޮތުގައި ނަގާ ތަކެއްޗާއި ސާމްޕަލްތައް ސީލްކުރުމާއި، އެވިޑެންސް ނަންބަރު ދިނުން
ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހެއްކެއްގެ ގޮތުގައި މުދަލެއް، ނުވަތަ އެނޫންވެސް އެއްޗެއް، ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ސާމްޕަލެއް ނަގައިފި ނަމަ، އެ އެއްޗަކާ އެކަށޭނެ ގޮތަކަށް ސީލްކޮށް، އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު ރެކޯޑު ކުރަން ވާނެއެވެ.
189 ވަނަ މާއްދާ - ޗެއިން އޮފް ކަސްޓަޑީ
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ގެނެވޭ ލިޔުންތަކުގެ ކޮޕީ ފިޔަވައި، އަނބުރާ ރައްދުކުރާ ގޮތަށް ގެންނަ ތަކެއްޗާއި ލިޔެކިޔުންތަކުގެ އަސްލާއި، ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނުގެ ބެލުމުގެ ދަށަށް ހެއްކެއްގެ ގޮތުގައި ގެނެވޭ މުދަލެއް، ނުވަތަ އެނޫންވެސް އެއްޗެއް، ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަގާ ސާމްޕަލްތައް ސީލްކުރުމަށްފަހު، އެ އެއްޗެއްގެ ބޭރުގައި ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، އެވިޑެންސް ނަންބަރު ލިޔަންވާނެއެވެ.
(ށ) (ށ) މި މާއްދާގެ (ހ) ގައިވާ، އެއްޗެއް ނަގާ ހިސާބުން ފެށިގެން ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރަމުން ގެންދަންވާނެއެވެ. އަދި އެ އެއްޗެއް، އެއް ތަނުން އަނެއް ތަނަށް ގެންދާ ނަމަ، ނުވަތަ އެ އެއްޗަކާ ހަވާލުވެހުރި ފަރާތް ބަދަލުވާ ނަމަ، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެކަން ރެކޯޑު ކުރަން ވާނެއެވެ.
(ނ) ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ހިމެނޭ މައުލޫމާތެއްގެ ލިޔުމުގައި އިމްލާ ކުށެއް ނުވަތަ ލިޔުމުގެ ކުށެއް ލިޔެވިއްޖެ ނަމަ، އެ ކުށެއް ލިޔުނު ކޮމިށަނުގެ މުވައްޒަފަކު، އެއް ރޮނގުން އެ ތަނެއް ކަނޑައިލުމަށްފަހު، ރަނގަޅު ގޮތް ލިޔެ، އެ ތަނާ ދިމާގައި ނުވަތަ އެ ތަނުގެ ކައިރީގައި ސޮއިކުރަންވާނެއެވެ.
190 ވަނަ މާއްދާ - ސާމްޕަލް ނެގުމުގެ ކުރިން ރުހުން ހޯދުން
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ސާމްޕަލެއް ދިނުމަށް މީހަކު ރުހޭކަމަށް ބުނެފި ނަމަ، އޭނާގެ ކިބައިން ހޯދަން ބޭނުންވާ ސާމްޕަލް ނަގަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްގައި، އޭނާ އެ ސާމްޕަލް ދިނުމަށް ރުހޭކަމުގައި ސޮއިކުރުމުންނެވެ.
- ސާމްޕަލް ދޭ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ސާމްޕަލް ދޭ މީހާގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތު؛
- ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަން؛
- ސާމްޕަލް ނަގާ ސަބަބު؛
- ސާމްޕަލް ދޭ މީހާގެ ސޮޔާއި، އިނގިލީގެ ނިށާން؛
- ސާމްޕަލް ނެގުނު ތަން؛
- ސާމްޕަލް ނަގާ ފަރާތް ނުވަތަ ފަރާތްތަކުގެ ނަމާއި، އެ ފަރާތްތަކު ގެ ރިކޯޑު ކާޑުގެ ނަންބަރު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ސާމްޕަލް ނެގިއިރު ހާޒިރުވެތިބި ފަރާތްތަކުގެ ނަމާއި، ރިކޯޑު ކާޑުގެ ނަންބަރު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
- ކޮރަޕްށަނުގެ ކުށެއްގައި ބައިވެރިވިތޯ ބެލުމަށްޓަކައި އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިކިޔުމަށް އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސާމްޕަލް ދޭ މީހާ ސޮއިކުރާ ލިޔުން، ރިކޯޑުކޮށްފައި ރައްކައުތެރިކަމާއެކު ކޮމިށަނުން ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސާމްޕަލް ދޭ މީހާ އެކަމަށް ލިޔުމުން ރުހުން ދީފައި ނުވާހައި ހިނދަކު، އޭނާގެ ހަށިގަނޑުގެ ބޭރުންނާއި ހަށިގަނޑުގެ އެތެރެއިން ސާމްޕަލެއް ނެގޭނީ، ކޯޓު އަމުރަކާ އެކުގައެވެ.
191 ވަނަ މާއްދާ - ސާމްޕަލް ހޯދުމަށް ކޯޓު އަމުރަކަށް އެދުން
ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ތުހުމަތުގައިވާ މީހާގެ ހަށިގަނޑުގެ ތެރެއިންނާއި ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުމުގެ އަމުރަށް ކޯޓުގައި އެދޭއިރު، އަންނަނިވި މައުލޫމާތު ކޮމިށަނުން ހުށަހަޅަންވާނެއެވެ.
(ހ) މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
(ށ) ތުހުމަތު ކުރެވޭ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ ކުށަކީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ، ކޮން ކުށެއްކަން؛
(ނ) ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަން؛
(ރ) ތުހުމަތު ކުރެވޭ މީހާ ކުރިކަމަށް ތުހުމަތު ކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް އެހައިތަނަށް ލިބިފައިވާ ހެކި؛
(ބ) ކޯޓު އަމުރަށް އެދެނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮން ކަމަކަށް ޓަކައި ކަމާއި، އެކަން ކުރަން ބޭނުންވާ ސަބަބު؛
(ޅ) ކޯޓު އަމުރުން ކުރުމަށް ހުއްދަދޭ ކަންކަން ކޮމިށަނުގެ ފަރާތުން ތަންފީޒުކުރާނެ އިންވެސްޓިގޭށަން އޮފިސަރުންގެ ނަމާއި މަގާމު؛ އަދި
(ކ) ކޯޓުން އިތުރު މައުލޫމާތެއް ހުށަހެޅުމަށް އެދޭ ނަމަ، އެ މައުލޫމާތު.
192 ވަނަ މާއްދާ - ސާމްޕަލް ނެގުމުގައި މައުލޫމާތު ރެކޯޑުކުރުން
ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ތުހުމަތުގައިވާ މީހާގެ ހަށިގަނޑުގެ ތެރެއިންނާއި ހަށިގަނޑުގެ ބޭރުން ސާމްޕަލް ނަގާ ހާލަތުގައި، އަންނަނިވި މައުލޫމާތު ރިކޯޑު ކުރަން ވާނެއެވެ.
(ހ) ސާމްޕަލް ނެގުނު މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
(ށ) ސާމްޕަލް ނެގި ތާރީހާއި ގަޑި؛
(ނ) ސާމްޕަލް ނަންބަރު؛
(ރ) މައްސަލައިގެ ކޭސް ނަންބަރު؛
(ބ) ސާމްޕަލް ނަގަނީ ކޯޓު އަމުރެއްގެ ދަށުން ނަމަ، ކޯޓު އަމުރުގެ ނަންބަރު؛
(ޅ) ސާމްޕަލްގެ ބާވަތް؛
(ކ) ހަށިގަނޑުން ސާމްޕަލް ނެގިފައިވަނީ އެ މީހެއްގެ އެއްބާރުލުމާ އެކުގައިކަން ނުވަތަ ނޫންކަން؛
(އ) ހަށިގަނޑުން ސާމްޕަލް ނެގިފައިވަނީ އެ މީހެއްގެ އެއްބާރުލުމާ އެކުގައި ކަމަށް ނުވާ ނަމަ، އަމުރު ތަންފީޒުކުރުމަށް ބާރުގެ ބޭނުން ކުރެވުނުކަން ނުވަތަ ނޫންކަން. އަދި ބާރުގެ ބޭނުންކުރި ނަމަ، އެކަމުގެ ތަފުސީލު؛
(ވ) ކޮރަޕްށަނުގެ ކުށެއް ކުރިތޯ ބެލުމަށް ޓަކައި، އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިބެލުމަށްޓަކައި އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަން، އެ މީހަކަށް އެންގިކަން ނުވަތަ ނޫންކަން.
193 ވަނަ މާއްދާ - ހެކީގެ ގޮތުގައި ނަގާ ތަކެއްޗާއި ސާމްޕަލްތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ އުސޫލުތައް
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގެންނަ ލިޔުންތަކުގެ އަސްލާއި، އެހެނިހެން ތަކެއްޗާއި ސާމްޕަލް ކޮމިށަނަށް ގެނެސް، ލަސްނުކޮށް އެވިޑެންސްރޫމަށް ލާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުންތަކުގެ އަސްލާއި ތަކެތި ހަވާލުކުރާނީ އެވިޑެންސްރޫމް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތް ލައްވާ ޗެއިން އޮފް ކަސްޓަޑީގެ ލިޔުމުގައި ސޮއިކުރުވުމަށްފަހުއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތީގެ ދަ ފުތަރެއްގައި ލިޔެ، އެ ތަކެތި ރައްކައުތެރިކަމާއެކު އެވިޑެންސް ރޫމުގައި ބަލަހައްޓަންވާނެއެވެ. އެވިޑެންސް ރޫމުގެ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ.
- ތަކެތީގެ ވެރިފަރާތް އެނގޭނަމަ، ވެރިފަރާތުގެ މައުލޫމާތު؛
- ތަކެތީގެ އެވިޑެންސް ނަންބަރު؛
- ތަކެތީގެ ބާވަތް؛
- ތަކެތީގެ އަދަދު ނުވަތަ ބަރުދަން؛
- ތަކެތި ގެނެވުނު ތާރީހާއި ވަގުތު؛
- ތަކެތި ގެނެވުނުއިރު އެ ތަކެތި ހުރި ހާލަތު؛
- ތަކެތި ގެނައި ފަރާތުގެ މައުލޫމާތާއި ސޮއި؛ އަދި
- ތަކެއްޗާ ހަވާލުވި ފަރާތުގެ މައުލޫމާތާއި ސޮއި.
(ރ) އެވިޑެންސް ރޫމަށް ވަދެނުކުމެވޭނީ، އެވިޑެންސްރޫ މަށް ވަދެ ނުކުތުމުގެ ހުއްދަ ކޮމިށަނުން ދީފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެވިޑެންސް ރޫމުގެ ތަޅުދަނޑި ބަލަހައްޓާނީ، ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތްތަކުންނެވެ.
(ބ) އެވިޑެންސް ރޫމަށް ވަދެނުކުތުމުގެ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެ ތަނަށް ވަދެނުކުންނަންވާނީ، ވަދެނުކުމެވާ ވަގުތު އެކްސެސް ކޮންޓްރޯލް ސިސްޓަމުން ބެލެހެއްޓޭގޮތަށް ކާޑު ނުވަތަ އިނގިލީގެ ނިށާން ބޭނުންކޮށްގެންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އެކްސެސް ކޮންޓްރޯލް ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް، އެވިޑެންސްރޫ މަށް ވަދެނުކުމެވާ ފަރާތްތަކާއި ވަގުތު އެނގޭގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ.
(ކ) އެވިޑެންސް ރޫމުގައި 24 (ސައުވީސް) ގަޑިއިރު އޮޕަރޭޓްކުރެވެމުންދާ ގޮތަށް ސަރވައިލެންސް ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. މިގޮތަށް ރިކޯ ޑުކުރެވޭ މައުލޫމާތު 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތަކަށް ރައްކައުކޮށްފައި ހުންނަންވާނެއެވެ.
(އ) އެވިޑެންސް ރޫމް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތް ނުވަތަ އެވިޑެންސާ ހަވާލުވެހުރި ފަރާތް، ކޮމިށަނުގެ ވަޒީފާއިން ވަކިވާ ނަމަ، ނުވަތަ ދިގު މުއްދަތަކަށް ކޮމިށަނުގެ މަސައްކަތާ ދުރުވާ ނަމަ، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި އެވިޑެންސްތައް،ކޮމިށަނުން ކަނޑައަޅައިފައިވާ އެހެން ފަރާތަކާ ހަވާލުކޮށްފައި، ޗެއިން އޮފް ކަސްޓަޑީގެ ލިޔުމުގައި ސޮއިކުރުވަންވާނެއެވެ.
194 ވަނަ މާއްދާ - ސާމްޕަލް ނެގުމާއި ފޮރެންސިކް ތަހުލީލަށް ފޮނުވުން
(ހ) ކޮމިށަނުގެ ތަހުގީގަށް ސާމްޕަލެއްގެ ގޮތުގައި، ނުވަތަ ޑިޖިޓަލް އެވިޑެންސްގެ ގޮތުގައި ބޭނުންކުރުމަށް އައިޓީގެ ވަސީލަތެއް ނަގަން ޖެހިއްޖެ ނަމަ، އެ ކަމެއް ކުރަންވާނީ،ކޮމިށަނުގެ މުވައްޒަފަކު މެދުވެރިކޮށް، ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓްރޭޓް މެދުވެރިކޮށެވެ.
(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓްރޭޓަށް، ފޮރެންސިކް ތަހުލީލަށް އެއްވެސް އެއްޗެއް ފޮނުވާ ނަމަ، އެކަމަށް އެދޭނީ ލިޔުމުންނެވެ. އަދި އެ ލިޔުމާއެކު، ތަހުލީލަށް ހުށަހަޅަން އެދޭ އެއްޗަކާއި، އެ އެއްޗެއްގެ ޗެއިން އޮފް ކަސްޓަޑީ އަންގައިދޭ ލިޔުން ހުށަހަޅަން ވާނެއެވެ.
(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގުގެ ބޭނުމަށްޓަކައި ޕެންޑްރައިވް، ހާޑްޑްރައިވް، ރިކޯޑަރު ފަދަ ވަސީލަތްތައް ނުވަތަ ލިޔުމެއް ނުވަތަ އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ އެނޫންވެސް އެއްޗެއް ފޮރެންސިކް ތަހުލީލަށް ފޮނުވަން ޖެހިއްޖެ ނަމަ އަމަލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި މިއިން ހާލަތެއްގައި އެޑްމިޓެޑް ސްޕެސިމަންއެއް ހޯދަންޖެހޭ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން، އެ ސްޕެސިމެންއެއް ނަގަންވާނެއެވެ.
200 ވަނަ ބާބު
މުދާ ހިފެހެއްޓުން
200 ވަނަ މާއްދާ - ކޯޓު އަމުރަކާ ނުލައި މުދާ ހިފެހެއްޓުން
(ހ) އަންނަނިވި ހާލަތްތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ މުދާ، ކޯޓު އަމުރަކާ ނުލައި ހިފެހެއްޓުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އިދާރާއަކަށް، ކޮމިށަނުގެ އަމުރެއް ހިފައިގެން ގޮސް މައްސަލައަކާ ގުޅިގެން ހިފަހައްޓާ މުދާ.
- ކޯޓު އަމުރަކާ ނުލައި އާންމު ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ އެއްޗެއް.
- އަމިއްލަ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތުގެ ނުވަތަ އެ ވަގުތަކު އެ ތަނަކާ ހަވާލުވެހުރި ފަރާތެއްގެ ރުހުމާއެކު އެ ތަނެއް ބަލައި ފާސްކުރުމުގައި ފެންނަ ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ އެއްޗެއް.
201 ވަނަ މާއްދާ - ކޯޓު އަމުރަކާއެކު މުދާ ހިފެހެއްޓުން
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތެއްގެ މުދާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް، ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށަށް އެ މުދާ ދިޔަނުދިނުމަށް، ނުވަތަ އެ މުދަލުން އެއްވެސް ތަސައްރުފެއް ނުކުރުމަށް، ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ މުދާ ބެހެއްޓުމަށް، މައްސަލަ ބެލުމަށް ހަވާލުކޮށްފައިވާ އިންވެސްޓިގޭށަން ޓީމަށް ފެނިއްޖެ ނަމަ، ކޮމިށަނުގެ ހުއްދަޔާއެކު އެކަން ކުރުމަށް ޓަކައި ކޯޓު އަމުރެއް ހޯދިދާނެއެވެ.
(ށ) ތުހުމަތުކުރެވޭ ފަރާތެއްގެ މުދަލެއް ހިފެހެއްޓޭނީ، ލިބިހުރި އެންމެހައި ހެކީގެ ބުރަދަނަށް ބަލައި، އެ މުދަލަކީ ތުހުމަތު ކުރެވިފައިވާ ކޮރަޕްށަނުގެ އަމަލު ހިންގައިގެން ހޯދައިފައިވާ ކަމަށް ނުވަތަ ހޯދައިދީފައިވާ ކަމަށް ނުވަތަ އެ އަމަލު ހިންގުމަށް ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މުދާ ކަމުގައި ވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފެހެއްޓުނު މުދާ ތަހުގީގުގެ ބޭނުމަށް އިތުރު މުއްދަތަކަށް ހިފަހައްޓަން ޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ،ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދެންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފެހެއްޓުނު މުދާ ތަހުގީގުގެ ބޭނުމަށް އިތުރު މުއްދަތަކަށް ހިފަހައްޓަން ނުޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް އެ ފަރާތުގެ މުދާ ހިފެހެއްޓުމުގެ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެނެވިދާނެއެވެ. އަދި އެކަން އެ މުދަލުގެ ވެރިފަރާތަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ލިޔުމުން އަންގަންވާނެއެވެ.
202 ވަނަ މާއްދާ - ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ބެލެހެއްޓުން
މި ގަވާއިދުގެ 200 ވަނަ މާއްދާއާއި 201 ވަނަ މާއްދާގެ ދަށުން ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީއެއް، މި ގަވާއިދުގެ 147 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަލަހައްޓަންވާނެއެވެ.
203 ވަނަ މާއްދާ - ހިފަހައްޓާ މުދާ ރައްކައުތެރިކަމާއެކު ބެލެހެއްޓުން
މި ބާބުގެ ދަށުން ކޮމިށަނުގެ ތަހުގީގަށް ހިފަހައްޓާ އެއްޗެހި، އެ އެއްޗެހީގެ ވެރިފަރާތާ އަނބުރާ ހަވާލުކުރެވެންދެން ނުވަތަ އެ އެއްޗެއްސާމެދު އަމަލުކުރަންޖެހޭ އެހެން ގޮތަކަށް އަމަލުކުރެވެންދެން ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 193 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
204 ވަނަ މާއްދާ - ސީލްކުރުމާއި އެވިޑެންސް ނަންބަރު ދިނުން
މި ބާބުގެ ދަށުން ހިފަހައްޓާ މުދަލެއް ސީލްކުރުމާއި އެ މުދަލަކަށް އެވިޑެންސް ނަންބަރު ދިނުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 188 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
205 ވަނަ މާއްދާ - މުދާ ހިފެހެއްޓޭ ބޭނުން
(ހ) މި ގަވާއިދުގެ ދަށުން ބަލައި ފާސްކުރުމާ ގުޅިގެން ކޮމިށަނުން ހިފަހައްޓާ މުދަލަކީ، އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ. އަދި އެ މުދަލަކީ އެ ކަންކަން ނިމެންދެން ކޮމިށަނުގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެ ތަކެއްޗެވެ.
- ކޮމިށަނުން ކުރަމުންގެންދާ ތަހުގީގެއްގައި ބޭނުންކުރުމަށް؛
- ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހިފެހެއްޓޭ އެއްޗަކީ ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗަކަށް ވާ ނަމަ، އެކަން ކުރުމަށްފަހު، އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލު ކުރަން ވާނެއެވެ. ނުވަތަ އެއްޗަކީ، މައުލޫމާތު ރައްކައުކުރެވޭ އެއްޗެއް ކަމުގައި ވެފައި، ތަހުގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނި ކަމުގައި ވާ ނަމަ، އެ މައުލޫމާތަކަށް ވާސިލުވެ، އެ މައުލޫމާތު ނަކަލުކުރުމަށްފަހު، އެ މުދަލެއްގެ ވެރިފަރާތާ ހަވާލު ކުރަން ވާނެއެވެ.
206 ވަނަ މާއްދާ - ހިފަހައްޓާ މުދާ އަނބުރާ ރައްދުކުރުން
(ހ) ކޮމިށަނުގެ ތަހުގީގަށް ހިފަހައްޓައިފައިވާ މުދަލެއް، އެ މުދަލެއްގެ ވެރިފަރާތަށް އަނބުރާ ރައްދުކުރުމުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންވެގެންވާ ފަދައިންނެވެ.
(ށ) ހިފަހައްޓައިފައިވާ މުދަލެއް އަނބުރާ ރައްދުކުރާއިރު، އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދެއްގައި ރައްދުކުރަންވާނީ އެ އެއްޗެއް ނުވަތަ އެ މުދަލެއް އަތުލެވުނު ފަރާތަކަށެވެ.
(ނ) (ނ) ހިފެހެއްޓިފައިވާ އެއްޗެއް ވެރިފަރާތާ ހަވާލުކުރަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭ ލިޔުމަކާ އެކުގައެވެ.
- މުދަލުގެ ނަމާއި، ބާވަތާއި، މުދަލަށް ދީފައިވާ އެވިޑެންސް ނަންބަރު؛
- މުދާ ހިފެހެއްޓި ތާރީހާއި ތަން؛
- މުދާ ހިފެހެއްޓި ސަބަބު؛
- މުދަލުގެ ވެރިފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މުދަލާ ހަވާލުވި ފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުލޫމާތާއި ސޮއި؛
- މުދާ ހަވާލުކުރި އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑުގެ ނަންބަރާއި، ސޮއި؛
- މުދާ ހަވާލުކުރަން ހުއްދަ ދިން އިސްވެރިޔާގެ ނަމާއި، ރިކޯޑު ކާޑުގެ ނަންބަރާއި ސޮއި؛
- މުދާ ހަވާލުކުރި ތާރީހާއި ގަޑި؛ އަދި
- މުދާ ހަވާލުކުރެވުނުއިރު މުދާ ހުރި ހާލަތު.
220 ވަނަ ބާބު
އެކައުންޓް މޮނިޓަރކުރުމާއި، ފައިސާ ހިފެހެއްޓުމާއި، މުއާމަލާތު ކުރުން ހުއްޓުވުން
220 ވަނަ މާއްދާ - އެކައުންޓް މޮނިޓަރކުރުން
ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން މީހެއްގެ ނުވަތަ ފަރާތެއްގެ ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރ ކުރަން ޖެހިއްޖެ ހިނދެއްގައި، އަންނަނިވި 2 (ދޭއް) ގޮތުން ކުރެ ގޮތަކަށް ކޮމިށަނަށް އެކަން ކުރެވިދާނެއެވެ.
(ހ) ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން؛ ނުވަތަ
(ށ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 72 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން.
221 ވަނަ މާއްދާ - އެކައުންޓް މޮނިޓަރކުރެވޭ ހާލަތްތައް
(ހ) މި ގަވާއިދުގެ 220 ވަނަ މާއްދާގެ (ށ) ގެ ދަށުން، އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ ބޭންކު އެކައުންޓާއި، އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު، ކޮމިށަނަށް ލިބިގެންވެއެވެ.
- ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއް ކޮށްފައިވާ މީހާއާއި، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވާ މީހާއާއި، އެފަދަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ މީހާ؛
- ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމްކުރާ ކުށެއްގެ އަމަލުން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި މަންފާ ލިބިފައިވާ މީހާ؛
- ކޮރަޕްށަނުގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހާ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ބޭނުމަށް ޓަކައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމްކުރާ ކުށެއްކަމަށް ބަލާނީ، ގާނޫނަކުން ކަނޑައަޅައިފައިވާ ކުށަކަށް ވުމާއެކު، އެ ކުށް ކޮށްގެން ހޯދައިފައިވާ މުދާ ދައުލަތަށް ނެގުން ލާޒިމުކަމަށް އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅައިފައިވާ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް ޓަކައި ކޮރަޕްށަނުގެ އަމަލުން މަންފާއެއް ލިބިގަތުންކަމަށް ބެލުމުގައި އަންނަނިވި ހާލަތްތައް ހިމެނިގެންވެއެވެ.
- ކުށެއްގެ ތުހުމަތު ކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކޮށްފާނެކަމަށް ލިބޭ މައުލޫމާތު؛
- ކުށެއްގެ ތުހުމަތު ކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ބަލަހައްޓާނީ ނުވަތަ އެއާ ހަވާލުވާނީ އެހެން ތިންވަނަ މީހަކު މެދުވެރިކޮށް ކަމަށް ލިބޭ މައުލޫމާތު؛
- ކުށެއްގެ ތުހުމަތު ކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އަމަލާ ގުޅިގެން އުފެދޭ ފައިސާގެ އަސްލަށް ބަދަލުގެނައުމުގެ ބޭނުމުގައި އެއިން މުއާމަލާތެއް ހިންގާކަމަށް ލިބޭ މައުލޫމާތު؛
- ކުށެއްގެ ތުހުމަތު ކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން އުފެދޭ ފައިސާ ލިބިގަތް ގޮތުގެ ހަގީގަތް އޮޅުވައިލުމަށް ނުވަތަ ފޮރުވުމަށް ވަކި އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އުޅޭކަމަށް ލިބޭ މައުލޫމާތު؛
- ކުށެއްގެ ތުހުމަތު ކުރެވޭ މީހާ ހިންގި ކުށުގެ އަމަލުން ނުވަތަ އެ އަމަލާ ގުޅިގެން ލިބުނު ފައިސާއާއި އޭނާއާ އޮތް ގުޅުން ފޮރުވުމަށް އެހެން ތިންވަނަ ފަރާތެއްގެ ހަވާލުގައި ބަހައްޓަން އުޅޭކަމަށް ލިބޭ މައުލޫމާތު؛ ނުވަތަ
- ކޮރަޕްށަނުގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ ކަމަށް ކޮމިށަނަށް ލިބޭ އެހެނިހެން މައުލޫމާތު.
222 ވަނަ މާއްދާ - އެކައުންޓް މޮނިޓަރކުރުމުގެ އަމުރަކަށް އެދުން
(ހ) މި ގަވާއިދުގެ 221 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓު ނަންބަރާއި، ގައުމު، ނުވަތަ ގާނޫނީ ށަހުސެއް ނަމަ،ނަމާއި ރަޖިސްޓަރީ ނަންބަރު؛
- ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
- ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ އެ ކުށް ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން އެދޭ ބޭންކު އެކައުންޓް ނުވަތަ އެކައުންޓްތަކުގެ މައުލޫމާތު؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
- އެކައުންޓް މޮނިޓަރކުރަން ބެނުންވަނީ އެކައުންޓުގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ނުވަތަ އެނގޭ ގޮތަށްކަން؛
- އެކައުންޓް މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓުގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ކަމަށްވާނަމަ، އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު؛
- އެ އަމުރުގެ ދަށުން މޮނިޓަރކުރުމަށް ހުއްދަކުރެވޭ އެކައުންޓު މޮނިޓަރކުރެވޭ ތާރީހު ނުވަތަ ތާރީހުތައް، ނުވަތަ މުއްދަތު؛
- ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގުސަދަކަށް ހުއްދައިގެ ބޭނުން ނުކުރެވޭނެކަން؛
- މޮނިޓަރކުރުމުގެ ހުއްދަ ދެވޭ އެކައުންޓް ނިސްބަތްވާ ބޭންކު ނުވަތަ މާލީ އިދާރާ؛
- އަމުރަށް އެދޭ އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑު ނަންބަރާއި، ސޮއި؛ އަދި
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓުގެ ވެރިޔާގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއްގައި ބަޔާންކުރާ ގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް އެ އަމުރުގެ ދަށުން އެއްކުރާ މައުލޫމާތުގެ ބޭނުން ކޮމިށަނަކަށް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މީހެއްގެ އެކައުންޓު މޮނިޓަރކުރުމަށް ހޯދާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓު އަމުރު ހޯދި ބޭނުން ނެތި ހިނގައްޖެ ނަމަ، ކޮމިށަނުން އެ އަމުރު ބާތިލުކުރަން އެދެންވާނެއެވެ.
223 ވަނަ މާއްދާ - ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުން
މި ގަވާއިދުގެ 221 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޖިނާއީ ކުށެއްގެ ތަހުގީގާ ގުޅިގެން، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން ބޭންކު އެކައުންޓަކާއި އެ އެކައުންޓުން ކުރާ މުއާމަލާތް ބަލަން ޖެހިއްޖެ ހާލަތެއްގައި، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ކޮމިށަނަށް އެކަން ކުރެވިދާނެއެވެ.
(ހ) ކަސްޓަމަރެއްގެ ބޭންކު އެކައުންޓުތަކާއި، ޑިޕޮ ޒިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮ ޒިޓް ބޮކްސްތަކާއި، އަދި / ނުވަތަ މުއާމަލާތުތަކާބެހޭ މައުލޫމާތު ނުވަތަ ސްޓޭޓްމަންޓް ކޮމިށަނަށް ދިނުމަށް ކަމާބެހޭ ބޭންކެއްގައި ލިޔުމުން އެދުން؛
(ށ) ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން، ކަސްޓަމަރެއްގެ ބޭންކު އެކައުންޓުތަކާއި، ޑިޕޮޒިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮޒިޓް ބޮކްސްތަކާއި، އަދި / ނުވަތަ މައުލޫމާތު ނުވަތަ ސްޓޭޓްމަންޓް ކޮމިށަނަށް ހޯދައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުން؛ އަދި
(ނ) ކަސްޓަމަރެއްގެ ބޭންކު އެކައުންޓުތަކާއި، ޑިޕޮ ޒިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮ ޒިޓް ބޮކްސްތަކާއި، އަދި / ނުވަތަ މުއާމަލާތުތަކާބެހޭ މައުލޫމާތު، ނުވަތަ ސްޓޭޓްމަންޓް ނުވަތަ ބޭންކުން ބަލަހައްޓާ ކަސްޓަމަރުންގެ އެނޫން ވެސް މައުލޫމާތެއް ހޯދުމަށް އެދި ބޭންކަށް ހުށަހަޅާ ލިޔުމުގައި ކޮމިށަނުގެ މެ ންބަރަކު ސޮއިކުރަންވާނެއެވެ.
224 ވަނަ މާއްދާ - އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތެއްގެ ފައިސާ ނުވަތަ ބޭންކް އެކައުންޓެއް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް، ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށަށް އެ ފައިސާ ދިޔަނުދިނުމަށް، ނުވަތަ އެ ފައިސާއިން އެއްވެސް ތަސައްރުފެއް ނުކުރުމަށް، ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ ފައިސާ ބެހެއްޓުމަށް ކޯޓު އަމުރެއް ހޯދުމުގެ ބާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅާންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓު ނަންބަރާއި، ގައުމު، ނުވަތަ ގާނޫނީ ށަހުސެއް ނަމަ،ނަމާއި ރަޖިސްޓަރީ ނަންބަރު؛
- ކުރަމުންދާކަމަށް، ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
- ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ އެ ކުށް ކުރަން އުޅޭކަމަށް، ނުވަތަ ކުރަމުންދާކަމަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރުގެ ދަށުން އެކައުންޓު ހިފެހެއްޓުމަށް ބޭނުންވާ ބޭންކު އެކައުންޓް ނުވަތަ އެކައުންޓްތަކުގެ މައުލޫމާތު؛
- އެ އަމުރުގެ ދަށުން އެކައުންޓް ހިފެހެއްޓުމަށް ނުވަތަ މުއާމަލާ ތު ކުރުން ހުއްޓުވުމަށް އެދޭ މުއްދަތާއި ތާރީހުތައް؛
- ހިފެހެއްޓުމަށް ބޭނުންވާ އެކައުންޓް ނުވަތަ އެކައުންޓުތައް ހުރި ބޭންކު ނުވަތަ މާލީ އިދާރާ؛
- އަމުރަށް އެދޭ އިންވެސްޓިގޭށަން އޮފިސަރުގެ ނަމާއި، ރިކޯޑު ކާޑުގެ ނަންބަރާއި، ސޮއި؛ އަދި
- ކޯޓު އަމުރަށް އެދުމަށް ހުއްދަދިން ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓު ގެ ވެރިޔާގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު.
(ނ) މި މާއްދާގެ ދަށުން ހިފެހެއްޓި ފައިސާ ތަހުގީގުގެ ބޭނުމަށް އިތުރު މުއްދަތަކަށް ހިފަހައްޓަން ޖެހޭކަމަށް މައްސަލަ ބަލާ ތަހުގީގު ޓީމަށް ފެނިއްޖެ ނަމަ، ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދެންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، ކޯޓު އަމުރު ހޯދި ބޭނުން ފިލައި ހިނގައްޖެ ނަމަ، އެ އަމުރު ބާތިލުކުރުމަށް ކޮމިށަނުން އެދެންވާނެއެވެ.
225 ވަނަ މާއްދާ - ހިފެހެއްޓޭ ފައިސާ ބެލެހެއްޓުން
މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ދައުލަތަށް ނަގަންޖެހޭ ނަމަ، އެ ފައިސާ ދައުލަތަށް ނަގަންދެން ނުވަތަ ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެންނަންދެން، ރައްކައުތެރިކަމާއެކު އެ ފައިސާ ބަލަހައްޓަންވާނެއެވެ.
240 ވަނަ ބާބު
ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން
240 ވަނަ މާއްދާ - ޒާތީ މުއާމަލާތް
ކޮމިށަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް، އެއްވެސް ފަރާތަކުން ފާއިތުވި މުއްދަތެއްގައި ކޮށްފައިވާ، ނުވަތަ ހިނގަމުންދާ ޒާތީ މުއާސަލާތެއްގެ މައުލޫމާތު ބޭނުންވާ ނަމަ، ނުވަތަ އެއްވެސް ފަރާތެއްގެ ޒާތީ މުއާސަލާތެއް ރެކޯޑުކޮށްގެން ހެއްކެއްގެ ގޮތުގައި ހޯދަން ބޭނުންވާ ނަމަ، އަދި ވަކި މުއްދަތަކަށް މޮނިޓަރ ކުރަން ބޭނުންވާ ނަމަ، އެކަން ކުރަންވާނީ، ކޯޓު އަމުރެއް ހޯދައިގެންނެވެ.
241 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުމުގެ ތެރޭގައި ހިމެނޭ ކަންކަން
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މީހަކު ހިންގާ ޒާތީ މުއާމަލާތަކީ، ކޮމިށަނުން ތަހުގީގު ކުރަމުންދާ ކުށްތަކުގެ ތެރެއިން ކޮރަޕްށަނުގެ ކުށަކަށް މަގުފަހިވާ އެއްވެސް މައުލޫމާތެއް ހިމެނޭ މުއާމަލާތެއް ކަމަށް ބެލުމުގެ އެކަށީގެންވާ ހެކި، ކޮމިށަނަށް ލިބިފައިވާ ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 74 ވަނަ މާއްދާއަށް ހަވާލާދީ، ކޯޓު އަމުރެއްގެ ދަށުން އެ މުއާމަލާތެއް ސަރވެއިލްކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ބާވަތުގެ ޒާތީ މުއާމަލާތްތައް ސަރވައިލްކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.
- ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛
- މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށްގެން ހިންގާ ޒާތީ މުއާމަލާތްތައް.
242 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުމުގެ ހުއްދަ ހޯދުން
(ހ) މި ގަވާއިދުގެ 241 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އަންނަނިވި ކަންކަން ފުރިހަމަ ކުރުމަށް ފަހުގައެވެ.
- އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
- އެ މުއާމަލާތް ސަރވެއިލްކޮށްގެން މެނުވީ، ތުހުމަތުކުރެވޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެން ނެތްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ އަދި
- އެ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ އަމުރަކަށް އެދުމަށް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.
(ށ) މި ގަވާއިދުގެ 241 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫ މާތު ހުށަހަޅަންވާނެއެވެ.
- ސަރވެއިލަންސް ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު ނުވަތަ ގާނޫނީ ށަހުސެއް ނަމަ، ނަމާއި ރަ ޖިސްޓަރީ ނަންބަރު؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ ކުށް؛
- އޭނާ އެ ކުށް ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ލިބިފައިވާ ހެކި؛
- އެ އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުއްދަތު؛ އަދި
- އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވެއިލަންސް ހިންގުމަށްޓަކައި ޒިންމާ އުފުލާނެ ފަރާތުގެ ނަމާއި، މަގާމާއި، ރިކޯޑު ކާޑުގެ ނަންބަރު.
(ނ) މި ގަވާއިދުގެ 241 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންކުރާނެ ސަރވައިލަންސް ޑިވައިސް ނުވަތަ ޑިވައިސްތަކުގެ ބާވަތް؛
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތުގެ ތަފުސީލު؛
- ސަރވައިލަންސެއް ހިންގައިގެން އެ ކުށާ ގުޅޭ ހެކި ލިބޭނެކަމަށް ގަބޫލުކުރެވޭ ސަބަބު؛
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް؛ އަދި
- އެ އަމުރުގެ ދަށުން ސަރވައިލަންސެއް ހިންގުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއް ނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަ ސީލަތެއްނަމަ، އެ ތަނެއް.
(ރ) މި ގަވާއިދުގެ 240 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ލިބިދޭ ބާރުގެ ބޭނުން ކޮމިށަނުން ކުރަންވާނީ، މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ބ) މި ގަވާއިދުގެ 240 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހިންގާ ސަރވައިލަންސެއްގައި ހޯދޭ އެއްވެސް މައުލޫމާތެއް، އެ ސަރވައިލަންސް ނިސްބަތްވާ ކުށަކާ ގުޅިގެން ހިންގާ ތަހުގީގެއްގެ ނުވަތަ ށަރީއަތެއްގެ ބޭނުމަށް މެނުވީ، އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެން ނުވާނެއެވެ.
260 ވަނަ ބާބު
ޕާސްޕޯޓު ހިފެހެއްޓުން
260 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުން
މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އޭނާގެ ޕާސްޕޯޓު ނުވަތަ އޭނާއަށް ދޫކޮށްފައިވާ ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ އެނޫން ރަސްމީ ލިޔުމެއް، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ ބާރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 75 ވަނަ މާއްދާއިން ކޮމިށަނަށް ލިބިގެންވެއެވެ.
261 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހެއްގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ރަސްމީ އެނޫން ލިޔުމެއް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓުގެ ނަންބަރު؛
- ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާ ކޮށްފައިވާ ކަމަށް ނުވަތަ ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާ އެ ކުށް ކުރި ކަމަށް ލިބިފައިވާ ހެކި؛
- ދިވެހިރާއްޖެ ދޫކޮށް އޭނާ ފިލައިގެންދާން އުޅޭ ކަމަށް ބެލޭ ސަބަބާއި، އެކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި؛
- އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛ އަދި
- އެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މުއްދަތު.
(ށ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ތަންފީޒު ކުރުމަށް ޓަކައި އެ އަމުރު ނެރޭ ތާރީހުގައި، އެ އަމުރުގެ ކޮޕީއެއް، ކޮމިށަނުން، ޕާސްޕޯޓުތަކާ ބެހޭ ދައުލަތުގެ މުއައްސަސާއަށް ފޮނުވަން ވާނެއެވެ. އަދި ހަމަ އެއާ އެކުއެކީގައި، ވީ އެންމެ އަވަހަކަށް، އެ އަމުރު ނިސްބަތްވީ މީހާއަށް އެކަން އަންގައި، އެ އަމުރުގެ ކޮޕީއެއް، އެންމެ ލަސްވެގެން 36 (ތިރީސް ހައެއް) ގަޑިއިރުގެ ތެރޭގައި އޭނާއަށް ދޭންވާނެއެވެ.
262 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދު ހާސިލުވުން
ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއްގެ ދަށުން، ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މުއްދަތު ހަމަވުމުގެ ކުރިން ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދު ހާސިލު ވެއްޖެ ނަމަ، އެ ޕާސްޕޯޓެއް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރުމަށް ކޮމިށަނުން އެދެންވާނެއެވެ.
280 ވަނަ ބާބު
ގުޅިގެން ހިންގާ ތަހުގީގު
280 ވަނަ މާއްދާ ޖޮއިންޓް އިންވެސްޓިގޭށަން ހިންގޭނެ ހާލަތު
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ ކޮރަޕްށަނުގެ މައްސަލައެއްގައި، ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްތިސާސް ހިނގާ ނަމަ، އަންނަނިވި 2 (ދޭއް) ގޮތުން ކުރެ ގޮތަކަށް ލަސްނުކޮށް ކޮމިށަނުން އަމަލު ކުރަން ވާނެއެވެ.
- އެ ކުށުގެ އެ ބައިގެ ތަހުގީގު އެ އިދާރާއަކުން ކުރިޔަށް ގެންދިއުމަށް ޓަކައި އެ އިދާރާއަށް މައްސަލަ ފޮނުވުން؛ ނުވަތަ
- ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގު މަށް ކޮމިށަނަށް ފެންނަ ހާލަތުގައި އެކަން އެ އިދާރާއަކަށް އެންގުން ނުވަތަ ގުޅިގެން ތަހުގީގުކުރިޔަށް ގެންދިއުމަށް އެދި ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެހެން އިދާރާއަކަށް އެ މައްސަލަ ފޮނުވަންވާނީ ލިޔުމަކުންނެވެ.
281 ވަނަ މާއްދާ ޖޮއިންޓް އިންވެސްޓިގޭށަންގެ އެއްބަސްވުން
(ހ) ކޮމިށަނުން ބަލަމުންދާ ކޮރަޕްށަނުގެ މައްސަލައެއްގައި ދައުލަތުގެ ވަކި އިދާރާއަކާ ނުވަތަ އިދާރާތަކަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގާ ނަމަ، އެކަން ކުރާނީ،އެކަމަށްޓަކައި އެ އިދާރާއަކާ ނުވަތަ އެ އިދާރާތަކަކާއެކު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ، ޖޮއިންޓް އިންވެސްޓިގޭށަނުގައި ކޮމިށަނާއެކު ބައިވެރިވާ ދައުލަތުގެ އިދާރާ ނުވަތަ އިދާރާތަކާއެކު އިހްތިސާސް ހިއްސާކުރާނެ ނުވަތަ މަސައްކަތާއި ދައުރު ވަކިކުރާނެ ހަމަތައް ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދޭނެ އުސޫލުތައް ބަޔާންކުރާ އެއްބަސްވުމެވެ.
(ނ) ކޮމިށަނާއި، އެ އެއްބަސްވުމެއް ވެވޭ ދައުލަތުގެ އިދާރާއިން ބޭނުން ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން، ވަކި މުއްދަތަކަށް، ނުވަތަ ވަކި މައްސަލައަކަށް ބިނާކޮށްގެން އެކުލަވައިލެވިދާނެއެވެ.
(ރ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުމުގެ ނަތީޖާއަކަށްވާނީ، ޖޮއިންޓް އިންވެސްޓިގޭށަނުން ތަހުގީގުކުރާ ޖިނާއީ މައްސަލަ ތަހުގީގު ކުރުމަށް ކޮމިށަނަށް ލިބިގެންވާ އިހްތިސާސްގެ ހައިސިއްޔަތަށް އުނިކަމެއް އައުމަކާ ނުލައި، އެ މައްސަލައިގައި ކޮމިށަނާ ބައިވެރިވި ދައުލަތުގެ އިދާރާއަށް ނުވަތަ އިދާރާތަކަށް ވެސް އިހްތިސާސް ލިބިދިނުމާއެކު، ގާނޫނީ ހައިސިއްޔަތާއި ބާރު އެ ތަހުގީގަށް ލިބިދިނުމެވެ.
300 ވަނަ ބާބު
ތަހުގީގާ ގުޅުންހުރި އެހެނިހެން ކަންކަން
300 ވަނަ މާއްދާ - މައުލޫމާތާއި ލިޔެކިޔުމާއި ތަކެތި ހޯދުމަށް ފޮނުވާ އަމުރު
(ހ) މައުލޫމާތެއް ފޮނުވައިދިނުމަށް އެދި ކަމާ ގުޅުންހުރި އިދާރާއަކަށް ކޮމިށަނުން އަމުރު ފޮނުވާ ނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތެއް ފޮނުވުމަށް ކޮމިށަނަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބަކާހުރެ ޖަވާބު ނުދެވިއްޖެ ނަމަ، އެ އިދާރާއަކަށް އިތުރު މުއްދަތެއް ދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން، ހޯދަން އެދޭ މައުލޫމާތަކީ ނުވަތަ ލިޔުންތަކަކީ އީ-މެއިލްގެ ޒަރީއާއިން ނުވަތަ އިލެކްޓްރޯނިކް އެހެން ވަސީލަތެއް މެދުވެރިކޮށްގެން ހޯދަން އެދޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނަމަ، ކޮމިށަނަށް ފޮނުވާ ލިޔެކިޔުންތަކުގެ ލިސްޓެއް ތައްޔާރުކޮށްފައި، އެ ލިސްޓުގައި އެ އިދާރާގެ ތައްގަނޑު ޖަހަންވާނެއެވެ. އެހެންނަމަވެސް، ކޮމިށަނަށް ފޮނުވާ ލިޔުންތަކުގައި ތައްގަނޑު ޖަހާނީ ހަމައެކަނި ކޮމިށަނުން އެކަމަށް އެދޭ ހާލަތްތަކުގައެވެ.
(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ އަމުރަށް، އެކަށީގެންވާ ސަބަބެއްނެތި ތަބާނުވެއްޖެ ނަމަ، ކޮމިށަނަށް އެއްބާރުލުން ނުދިންކަމުގެ މައްސަލަ ބެލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ލިޔެކިޔުމާއި ތަކެތި ހޯދުމަށް އަމުރު ފޮނުވުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި، ލިޔެކިޔުމާއި ތަކެތި ހޯދުމަށް އެ އިދާރާއަކަށް ސިޓީ ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
301 ވަނަ މާއްދާ - ތަހުގީގީ އެހެން އިދާރާތަކުގެ އެހީތެރިކަން ހޯދުން
ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެއްކެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ނުވަތަ އެނޫންވެސް ތަހުގީގާ ގުޅުންހުރި އެހެނިހެން ކަންކަމަށް ތަހުގީގީ އެހެން އިދާރާއެއްގެ އެހީތެރިކަން ބޭނުންވާ ނަމަ، އެފަދަ ކަމެއްގައި ތަހުގީގީ އެހެން އިދާރާއެއްގެ އެހީތެރިކަން ހޯދިދާނެއެވެ.
302 ވަނަ މާއްދާ - ހެއްކާއި މައުލޫމާތު ދިނުމަށް އިންކާރުކުރުން
(ހ) "ބަލައި ފާސްކުރުމުގެ އަމުރު" ހިފައިގެން ލިޔެކިއުން ހޯދުމަށް ނުވަތަ ބަލައި ފާސްކުރުމަށް ދިއުމުން، ލިޔެކިޔުމާއި ތަކެތި ދިނުމަށް އިންކާރުކޮށްފި ނަމަ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެކަން، އެ ކަމަށް އިންކާރުކުރި ފަރާތަކަށް ބުނެދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުން ވެސް އެ ފަރާތްތަކުން ލިޔެކިޔުމާއި ތަކެތި ދިނުމަށް އިންކާރުކޮށްފި ނަމަ، އެ މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ބެލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
303 ވަނަ މާއްދާ - ތަހުގީގުތަކާ ގުޅިގެން ރާއްޖެއިން ބޭރުން އެހީތެރިކަން ހޯދުން
(ހ) ކޮމިށަނުގެ ތަހުގީގުތަކާ ގުޅޭ ގޮތުން ބޭރު ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2018-130 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) ގާނޫނު ނަންބަރު 2015-02 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން ފޯރުކޮށްދެވޭ ނުވަތަ ހޯދޭ އެހީގެ ތެރޭގައި، އަންނަނިވި ހާލަތްތަކުގައި، ޖިނާއީ މައްސަލައެއްގައި ށަރީއަތަކަށް ނުވަތަ ތަހުގީގަކަށް ބޭނުންވާ އެއްޗެހި ދިނުން ނުވަތަ ހޯދުން ހިމެނެއެވެ.
- މީހެއްގެ ބަޔާން ނެގުމުގައި ނުވަތަ ހެކިބަސް ހޯދުމުގައި؛
- ށަރީއަތެއްގައި ހެކިބަސް ދިނުމަށް ޓަކައި ނުވަތަ ތަހުގީގެއްގައި އެހީތެރިވުމަށް ޓަކައި، ދިވެހިރާއްޖޭގައިވާ މީހަކު ބޭރު ގައުމަކަށް ފޮނުވުމުގައި ނުވަތަ ބޭރު ގައުމެއްގައިވާ މީހަކު ދިވެހިރާއްޖެއަށް ގެނައުމުގައި؛
- ށަރުއީ ލިޔުން ހޯދައި، ރައްދުކުރުމުގައި؛
- ހެކި ހޯދުމަށް ތަންތަން ބަލައި ފާސްކުރުމުގައި؛
- މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާއި، މުދާ ހިފެހެއްޓުމުގައި؛
- އެއްޗެއްސާއި ތަންތަން ބަލައި ފާސްކުރުމުގައި؛
- މައުލޫމާތާއި ހެކީގެ ގޮތުގައި ހޯދާ އެއްޗެހި ފޯރުވައިދިނުމުގައި؛
- ބޭންކު ރެކޯޑާއި، ވިޔަފާރީގެ ރެކޯޑުތައް ފަދަ ކަމާ ގުޅޭ ލިޔެކިޔުމާއި ރެކޯޑުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ރަސްމީ ކޮޕީ ހޯދުމުގައި؛ އަދި
- ހެކީގެ ގޮތުގައި ބޭނުންކުރުމަށް، ކުށް ކޮށްގެން ހޯދާ މުދާ ހޯދުމުގައި.
304 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުކުރެވޭ ފަރާތުން ހުށަހަޅާ ލިޔެކިޔުމާއި ތަކެތި
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކުން ތަހުގީގަށް ގެނެސްދޭ ލިޔެކިޔުމާއި ތަކެތި ބަލައިގަންނަންވާނީ، އެފަދަ ލިޔެކިޔުމާއި ތަކެތި ބަލައިގަތުމަށް ތައްޔާރުކޮށްފައިވާ ސްލިޕް ފުރިހަމަ ކުރުމަށް ފަހުގައެވެ.
(ށ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކުން ހެއްކެއްގެ ގޮތުގައި އެސް.އެމް.އެސް އެއް، ނުވަތަ ފޮޓޯ ފަދަ ޑިޖިޓަލް ހެއްކެއް ތަހުގީގާ ހިއްސާކުރުމަށް އެދޭ ނަމަ، އެ ހެކި ނަގާނީ، މި ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
305 ވަނަ މާއްދާ - ތިޖޫރީ ގުނުމުގައި އަމަލުކުރެވޭ އުސޫލު
(ހ) މައްސަލައަކާ ގުޅިގެން އިދާރާއެއްގެ ތިޖޫރީގައި ހުރި ފައިސާ ގުނަން ޖެހިއްޖެ ނަމަ، ތިޖޫރީ ގުނާނީ، ކޮމިށަނުގެ އިންވެސްޓިގޭށަން ޓީމުގެ ހާޒިރުގައި، އެ އިދާރާއެއްގައި ތިޖޫރީ ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުންނެވެ. މިގޮތަށް ގުނުމަށްފަހު،އިންވެސްޓިގޭށަން ޓީމުން އެ އަދަދު ކަށަވަރު ކުރަންވާނެއެވެ. އަދި ތިޖޫރީ ގުނުމަށްފަހު، އެކަން ލިޔުމުން ރެކޯޑު ކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތިޖޫރީ ގުނުމަށްފަހު، އެކަން ރެކޯޑުކުރާ ލިޔުމުގެ 2 (ދޭއް) އަސްލު ފުރިހަމަކޮށް، 1 (އެކެއް) އަސްލު އެ އިދާރާއާ ހަވާލުކުރަންވާނެއެވެ.
306 ވަނަ މާއްދާ - ލިޔެކިޔުމާއި ތަކެތި އަނބުރާ ރައްދުކުރުން
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގެންނަ ލިޔުންތަކުގެ އަސްލާއި ތަކެތި ގެނައި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކާމެދު އަމަލުކުރުމާމެދު ތިރީގައިވާ ގޮތުން ކުރެ ގޮތެއް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.
- ތަކެތީގެ ވެރިފަރާތާ ތަކެތި ހަވާލުކުރުން؛
- ތަކެތި ނައްތައިލުން؛
- ދައުލަތުގެ ބެލުމުގެ ދަށަށް ތަކެތި ގެނައުން؛
- ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ ކަމާ ގުޅޭ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އެއްޗަކާމެދު އަމަލުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ގޮތެއް ކަނޑައެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާ އެ ކަމަކަށް ހޯދުމަށްފަހު، އެ ލަފަޔާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ.
(ނ) މި މާއްދާގައިވާ ގޮތުގެ މަތިން އަނބުރާ ހަވާލުކުރާ ލިޔެކިޔުމުގެ އަސްލާއި ތަކެތި، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނީ، "ލިޔެކިޔުމުގެ އަސްލާއި ތަކެތި އަނބުރާ ހަވާލުކުރާ ފޯމު" އިންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އަސްލާއި ތަކެތި އަނބުރާ ހަވާލުކުރާ ފޯމުގެ 2 (ދޭއް) އަސްލު ތައްޔާރުކޮށްފައި 1 (އެކެއް) އަސްލު، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލު ކުރަން ވާނެއެވެ. އަދި އަނބުރާ ހަވާލުކުރާ ލިޔެކިޔުމުގެ އަސްލާއި ތަކެތި އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރިކަން "އެވިޑެންސް ރޫމުގެ ދަފުތަރު" ގައި ރެކޯޑު ކުރަން ވާނެއެވެ.
320 ވަނަ ބާބު
ތަހުގީގު މަރުހަލާގައި އަޅާ ފިޔަވަޅުތައް
320 ވަނަ މާއްދާ ކޯޓު އަމުރު ހޯދޭނެ ކަންކަން
(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން އަންނަނިވި ކަންކަން ކުރަންވާނީ އެކަމުގެ އިހްތިސާސް އޮތް ކޯޓެއް މެދުވެރިކޮށް، ކޯޓު އަމުރު ހޯދައިގެންނެވެ.
- ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރުކުރުމަށް؛
- ތަހުގީގު ކުރަމުންދާ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް؛
- ރާއްޖެއިން ބޭރުގައި އުޅޭ ފަރާތެއް ކޮމިށަނަށް ހާޒިރުވުމަށް އިންކާރު ކުރާ ނަމަ، އެ ފަރާތެއް ހާޒިރުކުރުމަށް؛
- އަމިއްލަ މީސްމީހުންގެ ގޯތިގެދޮރާއި މުދާ ބަލައި ފާސްކުރުމަށް ވެރިފަރާތުން އިންކާރު ކުރާ ނަމަ، އެ ތަންތަނަށް ވަދެ ބަލައި ފާސްކުރުމާއި ހެކި ހޯދުމަށް؛
- ސޮއިގެ ނުވަތަ އަތުލިޔުމުގެ ނުވަތަ އިނގިލީގެ ނިށާނުގެ ސާމްޕަލް ދިނުމަށް އިންކާރު ކުރާ ނަމަ، އެ ސާމްޕަލް ނެގުމަށް؛
- ފައިސާއާއި މުދަލުން ތަސައްރަފު ކުރުން ހުއްޓުވުމަށް؛
- ކުށް ކޮށްގެން ހޯދައިފައިވާކަމަށް ތުހުމަތު ކުރެވޭ މުދަލާއި ފައިސާ ދައުލަތުގެ ތަންތަން ފިޔަވައި އެހެން ތަނެއްގައި ހުންނަ ހާލަތުގައި، އެ ތަކެއްޗާ އި ފައިސާ ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނައުމަށް؛
- ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ހުއްދައެއް، ނުވަތަ ލައިސަންސެއް، ނުވަތަ ދެފަރާތެއްގެ ދެމެދުގައި ގާއިމްކޮށްފައިވާ އެއްބަސްވުމެއް ބާތިލުކުރުމަށް؛
- ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް،ޕާސްޕޯޓް ހިފެހެއްޓުމަށް؛
- މަތީގައިވާ ހާލަތްތައް ފިޔަވައި ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކޯޓު އަމުރު ހޯދަންޖެހޭ ފަދަ އިތުރު ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކަމަކަށް.
321 ވަނަ މާއްދާ ކޮމިށަނުގެ އެންގުމަކަށް އަމަލު ނުކުރުން
ކޮމިށަނަށް ހާޒިރުވުމަށް، ނުވަތަ މައުލޫމާތެއް ދިނުމަށް ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިށަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް، ގާނޫނު ނަންބަރު 2008-13 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއަކަށް ނުވަތަ ފަރާތަކަށް އަންގައިފައިވަނިކޮށް، އެފަދައިން އަމަލު ނުކޮށްފި ނަމަ، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިިމެނިފައި
ޖަދުވަލު 1
މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން
ޖަދުވަލު 2
ޤާނޫނީ ވަކީލު އައްޔަނު ކުރާ ފޯމު
ޖަދުވަލު 3
ހާޒިރު ވުމަށް އަންގާ އަމުރު - Summons
ޖަދުވަލު 4
ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް ދޭ ގާނޫނީ އިންޒާރު
ޖަދުވަލު 5
މަޞްލަޙަތު ޙިމާޔަތް ކުރެވޭނޭ ފަރާތެއް ޢައްޔަނު ކުރާ ފޯމު
ޖަދުވަލު 6
ހުއްދަ ދިންކަމުގެ ލިޔުން
ޖަދުވަލު 7
ބަލައި ފާސްކުރުމަށްފަހު ހިފެހެއްޓުނު ތަކެތީގެ އިންވެންޓްރީ
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވި ގަވާއިދު
އެންޓ-ިކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-102)
މައި ގާނޫނު
- ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)
- އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-13)
އުވުނު ގަވާއިދު
އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2017-40
ކިޔުންތެރިންގެ ހިޔާލު