-

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-25)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށްޓާއި، ދިރޭ ތަކެތީގެ މުއްސަނދިކަމާއި، ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށް ޓަކައި ރައްކައުތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބަކަށް ވީހިނދު، ގާނޫނު ނަންބަރު 4/1993  (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ވެށްޓާއި، ގުޅިލާމެހިގެން ހިނގަމުންދާ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ގުދުރަތީ ވަސީލަތްތަކުން ލިބޭ ހިިދުމަތްތަކާއި، ގިނަގުނަވެގެންވާ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ރައްކައުތެރިކޮށް ބެލެހެއްޓުން؛

(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ތަކެތި ކަނޑައެޅުމުގައްޔާއި، އެ ތަކެތި ބެލެހެއްޓުމުގައި، ހަރުދަނާ އުސޫލުތައް ގާއިމުކޮށް، އެ އުސޫލުތަކަކީ ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނިގެންދާ، ދެފުށް ފެންނަ އުސޫލުތަކެއްކަން ކަށަވަރުކުރުން؛

(ނ) ތިމާވެށީގެ ގޮތުން މުހިންމު ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ދިރުމަށް މުހިންމު ސަރަހައްދުތައް ދެނެގަތުން؛

(ރ) ބައިނަލްއަގްްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ރައްކައުތެރިކޮށް، އެ ތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ގައުމީ ފެންވަރުގައި މައިމަގަށް ނެރުމާއި، އެފަދަ ދިރުންތައް ހިމާޔަތްކުރުމަށް ގައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުން؛

(ބ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ތަކެތި ކަނޑައެޅުމުގައްޔާއި، އެ ތަކެތީގެ މާހައުލުގައި އުޅޭއިރު، އެ ތަކެއްޗަށް ގެއްލުން ލިބިދާނެ ފަދަ އެންމެހައި ކަންތައްތައް ހުއްޓުވުން؛

(ޅ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ރައްކައުތެރިކޮށް ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ޑާޓާބޭސްއެއް ގާއިމުކޮށް ބެލެހެއްޓުން؛

(ކ) ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ހާލަތު އަންގުވައިދޭ ލިސްޓެއް އެކުލަވައިލައި ބެލެހެއްޓުން؛

(އ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި ކަނޑައެޅުމުގައި މުޖުތަމައުގެ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުން.

(ވ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ތަހުލީލުތައް ކުރުމުގެ އުސޫލުތައް ހަރުދަނާކުރުން.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ގާނޫނު ނަންބަރު 1994-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން، ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެތީގެ ގޮތުގައި ކަނޑައަޅައި އިއުލާނު ކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2014-169 (ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު) އުވުނީއެވެ. އަދި  މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫންޏާމެދު އަމަލުކުރާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

5 ވަނަ މާއީްދާ - ގަވާއިދު ތަންފީޒު ކުރުން

(ހ) މި ގަވާއިދު ތަންފީޒު ކުރާނީ، މިނިސްޓްރީންނާއި އެޖެންސީންނެވެ.
ގަވާއިދު ތަންފީޒު ކުރުމަށް ޓަކައި މިނިސްޓްރީއާއި އެޖެންސީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން

(ށ) މިނިސްޓްރީއާއި އެޖެންސީގެ ފަރާތުން ހޯދިދާނެއެވެ.

 

6 ވަނަ މާއްދާ - ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި ކަނޑައެޅުން

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ކުރާ އިއުލާނުގައި، އަންނަނިވި ބައިތައް މިނިސްޓްރީން ހިމަނަންވާނެއެވެ.

  1. ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީގެ ބާވަތުގެ ނަން (ދިވެހި ނަން، އިނގިރޭސި ނަން، ސައިންޓިފިކް ނަން (ޖީނަސް - ސްޕށީީޒް ނުވަތަ ޓެކްސާ ހިމެނޭ ގޮތަށް))؛
  2. ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ވަކި ދިރުމެއް، ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުނު ސަބަބާއި އެ އެއްޗެއްގައި ނުވަތަ އެ ތަކެތީގައި އެކުލެވިގެންވާ ހިާއްސަ ސިފަތައް؛
  3. ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީ ގޮތުގައި ކަނޑައެޅުމުން މަނާވެގެންދާ ކަންތައްތައް.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭތަކެތީގެ އަސާސީ މައުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި، މި ގަވާއިދުގެ ޖަދުވަލު 1 އަށް ގެނެވޭ އިސްްލާހުތަކުގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ގުދްރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި ކަނޑައަޅާނެ މިންގަނޑު

ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭތަކެތި ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

(ހ) އެ ދިރުމެއްގެ އާބާދީ ރާއްޖޭގައި މަދުވުން، ނުވަތަ މަދުވަމުން ދިޔުން؛

(ށ) އެ ދިރުމެއްގެ އާބާދީ، ދުނިޔޭގައި މަދުވަމުންދާ މިންވަރު، ނުވަތަ އެ ދިރުމަކަށް ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ނުރައްކާ؛

(ނ) ދިރުމުގައި ތަބީއީީގޮތުން އެކުލެވިގެންވާ ސިފަތައް (ހެދިބޮޑުވާ މިންވަރު، ފުރާވަރަށް އަރަން ނަގާ މުއްދަތު، ވިހާ ފްރީކުއެންސީ، އެކި ހިސާބުތަކަށް ހިޖުރަކުރާ މިންވަރު، އާންމުކޮށް ވިހައި، ކައިބޮއެ، ނިދާ މާހައުލުގެ ހާލަތު)؛

(ރ) އެ ދިރުމެއް މާހައުލީ ނިޒާމުގައި އަދާކުރާ ދައުރުގެ މުހިންމުކަން؛

(ބ) ތާރީހިީގޮތުން، ނުވަތަ ސަގާފީގޮތުން އެ ދިރުމަކަށް ލިބިފައިވާ ހިާއްސަކަން؛

(ޅ) އެ ދިރުމެއް މަދުވުމުގެ ސަބަބުން، ނުވަތަ ނެތިދިޔުމުގެ ސަބަބުން، އިގްްތިސްާދީ ސްިނާއަތްތަކަށް ހީނަރުކަން އަންނަ ނަމަ، އެ ސްިނާއަތަކަށް އަސަރުކުރާ މިންވަރު.



8 ވަނަ މާއްދާ - ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީގެ ޑޭޓާބޭސް 

ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީގެ މައުލޫމާތު، އެޖެންސީން ބަލަހައްޓައި، އާންމުކޮށް ފެންނާނޭހެން ބަހައްޓާންވާނެއެވެ.

 

9 ވަނަ މާއްދާ - ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި މެނޭޖްމަންޓް ޕްލޭން (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް، 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް،އެޖެންސީގެ މަށްވަރާޔާއެކު އެކުލަވައިލައި، މި ގަވާއިދުގެ ޖަދުވަލު 6 ގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެ. (އިސްލާހު ކުރެވިފައި)

(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ މެނޭޖްމަންޓް ޕްލޭންތައް އެޖެންސީން އެކުލަވައިލުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ޕްލޭންތައް، މަދުވެގެން 5 (ފަހެއް) އަހަރަކުން އެއްފަހަރު އެޖެންސީން މުރާޖައާ ކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް ކަނޑައެޅުން

މި ގަވާއިދުގައި އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަކީ މި ގަވާއިދާ ހިިލާފުވުން ކަމަކަށް ނުބެލެވޭނެއެވެ.

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗަކަށް، ނުރައްކާތެރި ބަލިފަތުރާ ޖަރާސީމެއްގެ ސަބަބުން، ބަލިޖެހިއްޖެކަން ފާހަގަކުރެވިއްޖެނަމަ، ނުވަތަ އޭގެ ސަބަބުން ރާއްޖޭގެ މާހައުލުގައިވާ އެހެން ދިރުމަކަށް ނުވަތަ ދިރޭ އެއްޗަކަށް އެއްވެސް ބާވަތެއްގެ ނުރައްކަލެއް ނުވަތަ ގެއްލުމެއް މެދުވެރިވާކަމަށް އެޖެންސީއަށް ފާހަގަކުރެވިއްޖެނަމަ، އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން އެފަދަ ތަކެތި ނައްތައިލުމަކީ، ނުވަތަ އެފަދަ ހާލަތެއްގައި    އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ، މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެތި ހިފައި ގެންގުޅުން ކަމުގައެއް، ނުވަތަ އެ ތަކެއްޗަށް ގެއްލުން ދިނުން ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބައީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭތަކެތި އަތުލައިގަތުމާއި، އަތުލައިގަނެފައިވާ ތަކެތި އެޖެންސީގެ ފަރާތުން، ނުވަތަ އެޖެންސީގެ ފަރާތުން ލިޔުމުން ހުއްދަ ދީފައިވާ ފަރާތަކުން، އެ ތަކެތި ނެގުމަކީ، ނުވަތަ ބެލެހެއްޓުމަކީ، ނުވަތަ ނައްތައިލުމަކީ މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭތަކެތި ހިފައި ގެންގުޅުން ކަމުގައެއް، ނުވަތަ ގެއްލުން ދިނުން ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް، އޭގެ މާހައުލުގައި ހައްޔަރުވެފައި ވާނަމަ، ނުވަތަ ގެއްލުމެއް ލިބޭފަދަ ހާލަތެއްގައި ވާނަމަ، އެ ހާލަތަކުން ސަލާމަތް ކުރުމަކީ، އެ ތަކެތި ހިފައި ގެންގުޅުން ކަމަގައެއް، ނުވަތަ އެ ތަކެއްޗަށް ގޯނާކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

(ރ) މި ގަވާއިދުގެ މަގުސަދާ ހިިލާފުނުވާ ގޮތަށް، ކަނޑައެޅިގެން މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތެއް ކުރުން، ނުވަތަ އެފަދަ ދިރުމެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލުތައް ޕްރޮމޯޓުކުރުމަށް އިސްތިހާރުކުރުން، މި ގަވާއިދުގެ ދަށުން، ވިޔަފާރީގެ ބޭނުމަށް ނުވަތަ ވިޔަފާރީގެ ފައިދާއަށް ކުރާ އިސްތިހާރުކުރުން ކަމުގައެއް ނުބެލެވޭނެއެވެ. 

(ބ)

  1. ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް، މަސްވެރިކަން ކުރުމުގައި ބައިކެޗްގެ ގޮތުގައި ހިފުން؛
  2. މި މާއްދާގެ (ބ) ގެ (1) ގައި ބަޔާންކޮށްފައިވާ ގޮތަށް ބައިކެޗްގެ ގޮތުގައި ހިފޭ ދިރުންތައް، އިތުރު ގެއްލުމެއް ލިބުނަ ނުދީ، އޯގާތެރިކަމާއެކު އޭގެ މާހައުލަށް ދޫކޮށްލަންވާނެއެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ލޮގުކުރުމަށްފަހު، އެޖެންސީއަށް އަވަހަށް އަންގާންވާނެވެ.

(ޅ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް ރިސަރޗް ކުރުމަށް ކުރެވޭ އެއްވެސް ކަމަކީ މި ގަވާއިދުގެ އެހެން މާއްދާއަކާ ހިިލާފު ނުވާކަމުގައި ވާނަމަ، މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭތަކެތި ހިފައި ގެންގުޅުން ކަމުގައެއް، ނުވަތަ އެ ތަކެއްޗަށް ގެއްލުން ދިނުން ކަމުގައެއް ނުބެލެވޭނެއެވެ.

 

11 ވަނަ މާއްދާ - ހިާއްސަ ހުއްދަ ނަގަންޖެހޭ ހާލަތްތައް

އަންނަނިވި ކަންކަން ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ ފޯމު މެދުވެރިކޮށް، އެޖެންސީގެ ހިާއްސަ ހުއްދައާ އެކުގައެވެ.

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް، ހިާއްސަ ހާލަތެއްގައި ބެލެއްހެއްޓުން؛

(ށ) ސަގާފީ ކަންކަމާއި ތަކެތި ރައްކައުތެރި ކުރުމަށް ޓަކައި ނުވަތަ ދިވެހި ތަރިކަ ދެމެހެއްޓުމަށް ޓަކައި ކަނޑައެޅޭ ހިާއްސަ ހާލަތްތަކުގައި، ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް ނުވަތަ އޭގެ ބައިތައް ބޭނުންކުރުން؛

(ނ) ތައުލީމީ ބޭނުމަށް ޓަކައި، ނުވަތަ ހޭލުންތެރި ކުރުމަށް ޓަކައި، ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް، ނުވަތަ އޭގެ ބައިތައް ޑިސްޕްލޭ ކުރުން.

 

12 ވަނަ މާއްދާ - ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ  ދިރޭ ތަކެތީގެ ރިސަރޗް ކުރުން

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް ނުވަތަ  އެއްޗެއްގެ ބައެއްގެ ދިރާސާ ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމެނޭ ފޯމު މެދުވެރިކޮށް، އެޖެންސީގެ ހުއްދަ ލިބިގެންނެވެ.

(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް ނުވަތަ އެއްޗެއްގެ ބައެއް ދިރާސާ ކުރުމަށް ހުށަހަޅާ ހުށަހެޅުން، ދިރާސާ ކުރަން ފެށުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 3 (ތިނެއް) ހަފުތާގެ ކުރިން، އެޖެންސީއަށް ހުށަހަޅާންވާނެއެވެ.

(ނ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެތީގެ ރިސަރޗުގެ ހޯދުންތަކާއި، ރިސަރޗާ ގުޅޭ އެންމެހައި ޕަބްލިކޭށަންތައް، އޭޖެންސީއާ ހިއްސާކުރާންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނާ ރިސަރޗާ ގުޅޭ އެންމެހައި ޕަބްލިކޭށަންތަކުގެ ކޮޕީ، އެޖެންސީއާ ހިއްސާނުކުރާ ފަރާތަކަށް އިތުރު ހުއްދަ ނުދިނުމުގެ އިހިްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެތީގެ ތެރެއިން ގަވާއިދާ ހިިލާފަށް ހިފައި ގެންގުޅޭ ދިރޭތަކެތި ނެގުން (confiscation)

ގުދްރަތީ ނުވަތަ ތަަބީއީީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ ތަކެތި އެޖެންސީއަށް ނެގުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތަށެވެ.

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެތި ނުވަތަ އެ ތަކެތީގެ ބައެއް ތަންފީޒީ އިދާރާއިން ނެގުމަށްފަހު، އެޖެންސީއަށް އެކަން އަންގާންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ތަންފީޒީ އިދާރާއަށް ނަގާ ދިރޭ ތަކެތި ގެންދާންވާނީ، މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެޖެންސީގައި ރަޖިސްޓަރީކޮށްފައިވާ އެކަމަށް ހިާއްސަ ތަނަކަށެވެ.

(ނ) މި މާއްދާގެ ދަށުން އެޖެންސީއަށް ނަގާ ތަކެއްޗާމެދު އަމަލުކުރާންވީ ގޮތެއް ކަނޑައަޅާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން މި ތަކެއްޗާމެދު އަމަލުކުރާންވީ ގޮތެއް، މި ތަކެތި އެޖެންސީގެ ދަށަށް ގެނެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެޖެންސީން ކަނޑައަޅާންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެޖެންސީއަށް ނަގާ ތަކެއްޗާމެދު އަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް އެޖެންސީން ބަލަހައްޓާންވާނެއެވެ.

 

14 ވަނަ މާއްދާ - ތަންފީޒީ އިދާރާއަށް ނަގާ ދިރޭ ތަކެއްޗާއި އެ ތަކެތީގެ ބައިތަކާމެދު އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއަށް ނަގާ ތަކެއްޗާމެދު އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

  1. އެޖެންސީއަށް ނަގާ ދިރޭ އެއްޗަކީ، އެ އެއްޗެއްގެ ހާލު ރަނގަޅު އަދި އަމިއްލައަށް މާހައުލުގައި ދިރިއުޅެވޭނެ އެއްޗެއް ނަމަ، އޭގެ މާހައުލަށް ދޫކޮށްލުން؛
  2. އެޖެންސީއަށް ނަގާ ދިރޭ އެއްޗަކީ، އޭގެ ހާލު ދެރަ އަދި އަމިއްލައަށް މާހައުލުގައި ދިރިނޫޅެވޭނެ އެއްޗެއް ނަމަ، އެޖެންސީގައި ރަޖިސްޓަރީކޮށްފައިވާ އެކަމަށް ހިާއްސަކޮށްފައިވާ ތަނުގައި، އޭގެ ހާލު ރަނގަޅުވެ، އެ އެއްޗެއް އަމިއްލައަށް މާހައުލުގައި އުޅެވޭވަރު ވަންދެން ބެލެހެއްޓުން؛
  3. އަތުލައިގަނެވޭ ދިރޭ އެއްޗަކީ އޭގެ ހާލު ދަށް އަދި އަމިއްލައަށް މާހައުލުގައި ދިރިނޫޅެވޭނެ އެއްޗެއް ކަމަށް ވެފައި، ބަންދު މާހައުލެއްގައި ގެންގުޅެގެން އެ ތަކެތީގެ ހާލު ރަނގަޅު ނުކުރެވޭނެ އެއްޗެއް ނަމަ، ނުވަތަ އެ ދިރުމަކަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާނަމަ، އަދި އެ ބަލީގެ ސަބަބުން މާހައުލުގައިވާ އެހެން ދިރުންތަކަށް ނުރައްކާވުމުގެ ފުރުސަތު އޮތް ނަމަ، އޯގާތެރިކަމާއެކު، ރައްކައުތެރި ގޮތަކަށް ނައްތައިލުން؛

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ހިމާޔަތްކޮށްފައިވާ އެއްވެސް ޖަނަވާރެއް ނައްތައިލަންވާނީ، މިނިސްޓްރީއާއި އެޖެންސީގެ މަޝްވަރާއާއެކު، އެފަދަ ޖަނަވާރެއް ނައްތައިލުމުގެ ހުއްދަ ލިޔުމުން ލިބިފައިވާ ފަރާތަކުންނެވެ.    

(ނ) އެޖެންސީގެ ބެލުމުގެ ދަށަށް ގެނެވޭ  ދިރޭ ތަކެތީގެ ބައެއްނަމަ، އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން، ތައުލީމީ ބޭނުމަށް ޓަކައި ނުވަތަ ހޭލުންތެރިކުރުމަށް ޓަކައި އެ ތަކެތި ޑިސްޕްލޭ ކުރެވިދާނެއެވެ.

 

15 ވަނަ މާއްދާ - ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ  ދިރޭ ތަކެތި ބެލެހެއްޓުމަށް ސެންޓަރު ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ދަށުން، ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް ބެލެހެއްޓުމަށް ޓަކައި، މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަން ނުވަތަ ސެންޓަރު، އެޖެންސީގައި ރަޖިސްޓަރީ ކުރާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަން ނުވަތަ ސެންޓަރު ރަޖިސްޓަރީ ކުރާންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު މެދުވެރިކޮށް އެޖެންސީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދުމަށްފަހުއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ދިރޭ ތަކެތި ބަލަހައްޓާ ފަރުވާދޭ ސެންޓަރުތަކުގެ ތެރެއިން މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތި ބަލަހައްޓާ ފަރުވާދޭ ސެންޓަރުތައް އެޖެންސީއަށް ހުށަހަޅައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ރ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭތަކެތި ބެލެހެއްޓުމަށް ރަޖިސްޓަރީ ކޮށްފައިވާ ސެންޓަރުތަކުން، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު، އެ ސެންޓަރުން ބަލަހައްޓައިފައިވާ ނުވަތަ ބަލަހައްޓަމުންދާ ދިރޭ ތަކެތީގެ ތަފުސީލީ ރިޕޯޓެއް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ވޭތުވެދިޔަ އަހަރު އެ ސެންޓަރުގައި މަސައްކަތްކުރި މުވައްޒަފުންނާއި، ދަރުމަވެރިންނާއި، ތަމްރީނު ދީފައިވާ ދިވެހިންގެ އަދަދު؛
  2. ވޭތުވެދިޔަ އަހަރު ސެންޓަރުގައި ބަލަހައްޓައިފައިވާ ދިރޭތަކެތީގެ މައުލޫމާތު (ދިރޭތަކެތި އެ ސެންޓަރަކަށް ގެންދެވުނު ތާރީހިާއި، ކޮށްފައިވާ ފަރުވާއާއި،  ޑައިގްނޯސިސްއާއި، ފަރުވާއަށް އެހެން ސެންޓަރަކަށް ބަދަލުކޮށްފައިވާނަމަ އެކަން؛
  3. ތަފާސްހިސާބު (އެ ސެންޓަރުގައި ބަލަހައްޓައިފައިވާ ދިރުންތަކުގެ އަދަދާއި، ފަރުވާ ދީފައިވާ ދިރުންތަކުގެ އަދަދާއި، އެހެން ސެންޓަރަކަށް ބަދަލުކޮށްފައިވާ ދިރުންތަކުގެ އަދަދާއި، މަރުވެފައިވާ ދިރުންތަކުގެ އަދަދު)؛
  4. ވޭތުވެދިޔަ އަހަރު ހިންގައިފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގެ ތަފުސީލު؛
  5. ވޭތުވެދިޔަ އަހަރު އެ ސެންޓަރަކުން އެއްވެސް ރިސަރޗެއް ކޮށްފައިވާނަމަ،   އޭގެ މައުލޫމާތު؛
  6. ވޭތުވެދިޔަ އަހަރު ނެރެފައިވާ ޕަބްލިކޭށަން؛
  7. ވޭތުވެދިޔަ އަހަރު، ދިރޭތަކެތި ބެލެހެއްޓުމުގައި ކުރިމަތިވި ދަތި އުނދަގޫ ކަންތައްތަކާއި ހުރަސްތައް.

 

16 ވަނަ މާއްދާ - ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި (އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ މާހައުލަށް ނޭޓިވް ދިރޭ ތަކެއްޗާއި، ދިވެހިރާއްޖެއަށް ހިޖުރަކުރާ ދިރޭ ތަކެތީގެ ތެރެއިން ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައެޅުމުގައި ބަލާނެ މިންގަނޑު، މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމަނައިފައި އެވަނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައަޅާނީ، "ގައިޑްލައިންސް ފޮރ ޔޫޒިންގ ދަ އައިޔޫސީއެން ރެޑް ލިސްޓް ކެޓަގަރީޒް އެންޑް ކްރައިޓީރިއާ" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

17 ވަނަ މާއްދާ - ގަވާއިދާ ހިިލާފުވުން

އަންނަނިވި ކަންކަން، އެއްވެސް ފަރާތަކުން ކުރުމަކީ މަނާ ކަމެކެވެ.

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުންދިނުން، އަދި އޭގެ ތަަބީއީީ ގޮތްތަކަށް ނުވަތަ ގުދުރަތީ ނިޒާމަށް    ބުރޫ އަރާނެ ފަދަ އަމަލެއް ކުރުން.

(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗެއް މެރުން، ބޭނުންކުރުން، ދިރުވައި އާލާކުރުން، ހިފުން، ގެއްލުންދިނުން، ގޯނާކުރުން.

(ނ) ގަވާއިދު ތަންފީޒުކުރާ ފަރާތަކުން އަންގާ އެންގުމަކާ ހިިލާފަށް އަމަލުކުރުން، ނުވަތަ ގަވާއިދު ތަންފީޒުކުރާ ފަރާތަކަށް ގާނޫނީ ވާޖިބު ނުވަތަ ޒިންމާ އަދާކުރުމަށް     ހުރަސްއެޅުން.

(ރ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާމެދު އަމަލުކުރުމަށް މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލުތަކާ ހިިލާފުވާކަމެއް ކުރުން.

(ބ) މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ ފޯމެއްގައި ދޮގު މައުލޫމާތު ހިމެނުމާއި، ފޯމާއެކު ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅުން.

(ޅ) މި ގަވާއިދުގެ ދަށުން ސެންޓަރުތަކަށް ދޫކުރާ ހުއްދައިގައި ށަރުތަުކޮށްފައިވާ ކަމަކާ ހިިލާފުވުން.

(ކ) މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަތަކާ ހިިލާފުވާ ކަމެއް ކުރުން.

(އ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ބައިތައް އިސްތިހާރު ކުރުން.

  

18 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިނުވާ ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ، ގަވާއިދު ނަންބަރު 9/2011 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުންނެވެ.

(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ، 30,000 (ތިރީސްހާސް ރުފިޔާ) އާއި 50,000 (ފަންސާސްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީގެ ހާއްޔާއި، ނިދާ ތަންތަނާއި،  ބިސްއަޅާ ތަންތަނާއި، ވިހާ ތަންތަނަށް ގެއްލުންދީފިނަމަ، 30,000 (ތިރީސްހާސް ރުފިޔާ) އާއި 50,000 (ފަންސާސްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާމެދު އަމަލުކުރުމަށް މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލުތަކާ ހިިލާފުވެއްޖެނަމަ، 30,000 (ތިރީސްހާސް ރުފިޔާ) އާއި 100,000 (އެއްލައްކަ ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް ދިރާސާ ކުރުމަށް ދީފައިވާ ހުއްދައިގައި ދޮގު މައުލޫމާތު ހިމަނައިފައިވާނަމަ، ނުވަތަ އެ ހުއްދައާ ހިިލާފުވެއްޖެނަމަ، އެ ހުއްދަ ބާތަިލުކޮށް، 5,000 (ފަސްހާސް) ރުފިޔާއާއި 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ އެއްޗެއް ބެލެހެއްޓުމަށް ހުއްދަ ދީފައިވާ ސެންޓަރު ހިންގަން ދީފައިވާ ހުއްދަޔާ ހިިލާފުވެއްޖެނަމަ، ހުއްދަ ބާތަިލުކޮށް، 10,000 (ދިހަހާސް) ރުފިޔާއާއި 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

19 ވަނަ މާއްދާ -  މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރާންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ، ސަރުކާރުގެ ވުޒާރާއަށެވެ. 

(ށ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހިްތިޔާރުގެ ދަށުން ތިމާވެށީގެ ވުޒާރާއާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދައިފައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.

(ނ) "ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި" ކަމުގައި ބުނެފައި އެވަނީ:

  1. ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން، އެ ގާނޫނުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ހިމާޔަތްކުރާ ދިރޭތަކެތި؛
  2. މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ނުވަތަ އޭގެ ފަހުންވެސް، ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ގޮތުގައި، ގާނޫނުން ބާރުލިބިގެން ވަކި މަގުސަދެއްގައި ހިމާޔަތް ކޮށްފައިވާ ދިރުމެއް؛
  3. ދިރޭތަކެއްޗާއި، އެ ތަކެތީގެ ޅައެއްޗެއްސާއި، އޭގެ ބިހާއި، އޭގެ ބައިތަކާއި، އޭގެ ބައިތައް ބޭނުން ކޮށްގެން އުފައްދާ ތަކެތި.

(ރ)"ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ދިރޭ ތަކެއްޗަށް ލިބިފައިވާ އަނިޔާއެއް ނުވަތަ ގެއްލުމަކުން ރަނގަޅުވުމަށް ފަރުވާ ދިނުމަށެވެ. (rehabilitation)

(ބ) "ގަވާއިދާ ހިިލާފަށް ހިފައިގެން ގެންގުޅޭ ދިރޭ ތަކެތި ނެގުން"  ނުވަތަ "ތަންފީޒީ އިދާރާއަށް ނެގުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުމެއް ނުވަތަ އޭގެ ބައެއް، ގަވާއިދާ ހިިލާފަށް ގެންގުޅޭ ފަރާތެއްގެ އަތުން ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. (confiscation)

(ޅ) "އިސްތިހާރުކުރުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުން މަނާކޮށްފައިވާ ކަމެއް ކުރުމަށް ކުރާ އިސްތިހާރަށެވެ. ނަމަވެސް، ދިރޭތަކެއްޗާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ މާހައުލުތައް ޕްރޮމޯޓު ކުރުމަށް ކުރާ އިސްތިހާރު މީގެ ތެރެއިން އިސްތިސްނާވާނެއެވެ.

(ކ) "ދިރުވައި އާލާކުރުން" ކަމަށް ބުނެފައި އެވަނީ، އެ ދިރުމެއްގެ އާބާދީ މަދުވުމުގެ ސަބަބުން، އެ ތަކެތީގެ އާބާދީ އިތުރުކުރުމަށް ޓަކައި ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން އެ ތަކެތި ގެންގުޅުމަށެވެ.

(އ) "ބައިކެޗް" ކަމަށް ބުނެފައި އެވަނީ، ވަކި އެއްޗެއް ހިފަން އުޅެނިކޮށް، ނުވަތަ ބާނަން އުޅެނިކޮށް، ގަސްތަކާ ނުލައި އެހެން އެއްޗެއް ހިފުން ނުވަތަ ބޭނުންކުރުމަށެވެ.

(ވ) "ތަންފީޒީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސްއަށެވެ.

(މ) "ގައިޑްލައިންސް ފޮރ ޔޫޒިންގ ދަ އައިޔޫސީއެން ރެޑް ލިސްޓް ކެޓަގަރީޒް އެންޑް ކްރައިޓީރިއާ" ކަމަށް ބުނެފައި އެވަނީ، "އިންޓަނޭށަނަލް ޔޫނިއަން ފޮރ ކޮންސަރވޭށަން އޮފް ނޭޗަރ" އިން އެކުލަވައިލައި، ށާއިއުކޮށްފައިވާ ކްރައިޓީރިއާގެ އެންމެފަހުގެ އަދަދަށެވެ. (އިތުރު ކުރެވިފައި)

 

 

މި ގަވާއިދުގެ ޖަލުވަލުތައް އެޓޭޗްކުރެވިފައވާ ފައިލުގައި ހިމެނިފައި

 

މައި ގަވާއިދު

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 25/2021)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1993)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު