-

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-128)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 އޮގަސްޓް 2022 ގައި)

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު  (ގަވާއިދު ނަންބަރު 2021-25) އަށް އަންނަނިވި އިސްލާހު ގެނައުން

 

1 ވަނަ މާއްދާ -

ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި މެނޭޖްމަންޓް ޕްލޭން 9.

(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް، 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް،އެޖެންސީގެ މަށްވަރާޔާއެކު އެކުލަވައިލައި، މި ގަވާއިދުގެ ޖަދުވަލު 6 ގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ -

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު