-

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު  (ގަވާއިދު ނަންބަރު 2021-25)

އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-111)

 

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ތަކެއްޗާބެހޭ މެނޭޖްމަންޓް ޕްލޭން 9.

ގުުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ހިމެނޭ މެނޭޖްމަންޓް ޕްލޭންތައް، 2022 ވަނަ އަހަރުގެ ފެބުރުވަރީމަހުގެ ނިޔަލަށް އެޖެންސީން އެކުލަވައިލުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 5 ގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު