ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-34)
ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ އަރިމަތީ ސުރުހީ، އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި މެނޭޖްމަންޓް ޕްލޭން 9.
(ހ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެޖެންސީގެ މަށްވަރާޔާއެކު އެކުލަވައިލައި، މި ގަވާއިދުގެ ޖަދުވަލު 6 ގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.
(ށ) ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ މެނޭޖްމަންޓް ޕްލޭންތައް އެޖެންސީން އެކުލަވައިލުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ޕްލޭންތައް، މަދުވެގެން 5 (ފަހެއް) އަހަރަކުން އެއްފަހަރު އެޖެންސީން މުރާޖައާ ކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި 16.
(ހ) ދިވެހިރާއްޖޭގެ މާހައުލަށް ނޭޓިވް ދިރޭ ތަކެއްޗާއި، ދިވެހިރާއްޖެއަށް ހިޖުރަކުރާ ދިރޭ ތަކެތީގެ ތެރެއިން ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައެޅުމުގައި ބަލާނެ މިންގަނޑު، މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމަނައިފައި އެވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައަޅާނީ، "ގައިޑްލައިންސް ފޮރ ޔޫޒިންގ ދަ އައިޔޫސީއެން ރެޑް ލިސްޓް ކެޓަގަރީޒް އެންޑް ކްރައިޓީރިއާ" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާއަށް (މ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(މ) "ގައިޑްލައިންސް ފޮރ ޔޫޒިންގ ދަ އައިޔޫސީއެން ރެޑް ލިސްޓް ކެޓަގަރީޒް އެންޑް ކްރައިޓީރިއާ" ކަމަށް ބުނެފައި އެވަނީ، "އިންޓަނޭށަނަލް ޔޫނިއަން ފޮރ ކޮންސަރވޭށަން އޮފް ނޭޗަރ" އިން އެކުލަވައިލައި، ށާއިއުކޮށްފައިވާ ކްރައިޓީރިއާގެ އެންމެފަހުގެ އަދަދަށެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ޖަދުވަލު 5 އަންނަނިވި ގޮތަށް އިތުރުކުރުން.
ޖަދުވަލު 5
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައެޅުމުގަ އި ބަލާނެ މިންގަނޑު
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީ ގެ ކެޓެގަރ | Red List Category | |
1. | ނެތިގޮސްފައިވާ | Extinct |
2. | ގުދުރަތީ މާހައުލުން ނެތިގޮސްފައިވާ | Extinct in the Wild |
3. | ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކެޓަގަރީތައް | Threatened Categories |
4. | ނާޒުކު ފައްތަރެއް/ހާލަތެއްގައިވާ | Critically Endangered |
5. | ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ | Endangered |
6. | ނެތިދިއުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ | Vulnerable |
7. | ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެދާނެ | Near Threatened |
8. | ހާލަތު ރަނގަޅު | Lease Concern |
9. | އެކަށީގެންވާ ވަރަށް މައުލޫމާތު ނެތް | Data Deficient |
10. | އެއްވެސް ކެޓަގަރީއަކަށް ނުފެތޭ | Not Applicable |
11. | މީޒާންކޮށްފައި ނުވާ | Not evaluated |
12. | ނެތިދިއުމުގެ ނުރައްކާ | Extinction Risk |
13. | އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބެންހުރި | Adequate Data |
14. | މީޒާންކޮށްފައިވާ | Evaluated |
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއިކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކޮންސޮލިޑޭޓެޑް ގަވާއިދު
ކިޔުންތެރިންގެ ހިޔާލު