ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު
(އުސޫލު ނަންބަރު 2025-10)
މި އުސޫލަށް އަމަލުކުރަން ފެށީ 28 މާރިޗު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދިވެހިންނަށް ލޯނުގެ ގޮތުގައި މާލީ އެހީ ދިނުމާއި، ލޯނު ދިނުމުގައި ބަލާނެ މިންގަނޑުތަކާއި، ލޯނު ދޭނެ ކަންތައްތަކާއި ލޯނުގެ ބޭނުންހިފުމާއި، ލޯނު އަނބުރާ ދެއްކުމާ ގުޅޭ ކަންކަން ބަޔާންކުރުމުގެ ގޮތުން ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ކ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ރާއްޖޭގެ ގައުމީ ތަރައްގީއަށް ބޭނުންވާ ގާބިލު ދިވެހިން ބިނާކޮށް، ވަޒީފާއަށް ނެރުމަށް ސަރުކާރުގެ މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތުގެ ދަށުން، ދަރިވަރުންނަށް ކިޔެވުމާއި ތަމްރީނު ހޯދުމަށް ބޭނުންވާ މާލީއެހީ، ލޯނުގެ ގޮތުގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
3 ވަނަ މާއްދާ - ލޯނުގެ ގިންތިތައް
މި އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 (ދޭއް) ގިންތިއަކަށެވެ. އެއީ، އަލަށް ކިޔަވަން ފަށާ ފަރާތްތަކުގެ ގިންތިއާއި މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ގިންތިއެވެ.
(ހ) އަލަށް ކިޔަވަން ފަށާ ފަރާތްތައް:
އަލަށް ކިޔަވަން ފަށާ ފަރާތްތައް ކަމުގައި ބަލާނީ، މި އުސޫލުގައިވާ ގޮތުގެ މަތިން ލޯނުގެ ފުރުސަތު ހުޅުވައިލުމަށްކުރާ އިއުލާނުގައި އެޕްލިކޭށަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިގެ ކުރިން އަލަށް މަތީ ތައުލީމުދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓަރީވެފައި ނުވާ ނުވަތަ ޓިއުށަންފީ ދައްކައިފައި ނުވާ ފަރާތްތަކެވެ.
(ށ) މިހާރު ކިޔަވަމުންދާ ފަރާތްތައް:
މިހާރު ކިޔަވަމުންދާ ފަރާތްތައް ކަމުގައި ބަލާނީ މި އުސޫލުގައިވާ ގޮތުގެ މަތިން ލޯނުގެ ފުރުސަތު ހުޅުވައިލުމަށްކުރާ އިއުލާނުގައި އެޕްލިކޭށަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިގެ ކުރިން، މަތީ ތައުލީމުދޭ މަރުކަޒެއްގައި ކިޔެވުން ފަށައިފައިވާ ފަރާތްތަކެވެ.
4 ވަނަ މާއްދާ - ލޯނަށް އެދެވޭނެ ފަރާތްތަކުގެ ށަރުތުތައް
(ހ) މި އުސޫލުގެ ދަށުން ލޯނަށް އެދެވޭނީ، އަންނަނިވި ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން؛
- ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުން؛
- އެމް.އެން.ކިއު.އެފް ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން، ނުވަތަ ޕައިލެޓް ލައިސަންސާއި މެޑިކަލް ފްލައިޓް ފަދަ ޕްރޮފެށަނަލް ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން؛
- ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން ޕައިލެޓް ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ނަމަ، އެމް.އެން.ކިއު.އެފް ގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތަކަށް ވުން؛
- ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން، ހިލޭ އެހީގެ ނުވަތަ ލޯނެއްގެ ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށް ވުން؛
- މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައިފައިވާ ނަމަ، އެއްބަސްވެފައިވާ ގޮތަށް ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފައިވުމާއެކު، ލޯނަށް އެދި ހުށަހަޅަން ދިން މުއްދަތު ހަމަވާއިރު، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށް ވުން؛
- ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި، ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރެއް ހުރި ފަރާތަކަށް ވުން މިގޮތުން ހުށަހަޅާ ގެރެންޓަރަކީ ލޯނު ނަގާ ފަރާތުގެ އާއިލާ މެންބަރަކަށް ވުން އަދި އެ ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސް ފަހެއް) އަހަރާ ދެމެދުގެ މީހަކަށް ވުން؛
- ކިޔަވަން އެދޭ ފެންވަރުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެމް.އެން.ކިއު.އެފް ގައި ކަނޑައަޅައިފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ފަރާތަކަށް ވުން އެންޓްރީ ކްރައިޓީރިއާ ފުރިހަމަވަނީ އެމް.އެން.ކިއު.އެފް އޯލްޓަރނޭޓިވް އެންޓްރީ ކްރައިޓީރިއާއިން ކަމަށްވާ ނަމަ، އެމް.ކިއު.އޭއިން ދޫކުރާ އިންޓެންޑެޑް ޕްރޮގްރާމް ރިކޮގްނިށަން ލިޔުން ހުށަހެޅުން؛
- ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓުގައި ހިމެނޭ ދާއިރާއެއްގެ ޕްރޮގްރާމެއް ފުރިހަމަކުރަން އެދޭ ފަރާތަކަށް ވުން؛
- "ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ފަރާތެއް" ނަމަ، ރާއްޖޭގައި ފުރިހަމަކުރެވެން ނެތް ޕްރޮގްރާމެއް ފުރިހަމަކުރަން އެދޭ ފަރާތެއް ކަމުގައި ވުން؛
- މިނިސްޓްރީން އިއުލާނުކޮށްފައިވާ ފުލް ސްކޮލަރށިޕަކަށް ހޮވިފައިވާކަމަށް ސްކޮލަރށިޕް ދޭ ފަރާތުން އަންގައިފައިވާ ފަރާތެއް ކަމުގައި ނުވުން؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްލޭޓަކަށް ކުރިމަތިލާ ނަމަ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވުން؛
(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޮޕްއަޕް ލޯނަށް އެދޭ ދަރިވަރެއްގެ ޑިފޯލްޓްވެފައިވާ ލޯނަކީ ޓޮޕްއަޕް ލޯނު ހޯދައިގެން ފުރިހަމަކުރަން އެދޭ ޕްރޮގްރާމް ފުރިހަމަކުރަން ނެގި ލޯނުކަމުގައިވާ ނަމަ، މި ށަރުތުން އިސްތިސްނާކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ކޮންސިއުލަރ މިށަންތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ ފަރާތްތަކަށާއި، މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ކޯޓާތެރޭގައި ހިމެނޭ ފަރާތްތައް މި ށަރުތުން އިސްތިސްނާކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކުރާ އިއުލާނުގައި ވަކި ދާއިރާތަކަކަށް ރާއްޖެއިން ބޭރުން ކިޔެވުމަށް ޖާގަ ކަނޑައެޅިފައިވާ ނަމަ، އެ ދާއިރާތަކަށް ކުރިމަތިލާ ފަރާތްތައް މި ށަރުތުން އިސްތިސްނާކުރެވޭނެއެވެ.
5 ވަނަ މާއްދާ - ފުރިހަމަކުރެވޭނެ ޕްރޮގްރާމްތަކާއި ކިޔަވަންދެވޭނެ ގައުމުތައް
(ހ) ލޯނު ދިނުމަށް ހުޅުވައިލައިފައިވާ ފުރުސަތުތަކުގެ ތަފުސީލާއި ހުޅުވައިލައިފައިވާ ޖާގައިގެ އަދަދާއި، ކިޔަވަން ދެވޭ ގައުމުތަކުގެ ތަފުސީލާއި ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ އުސޫލާއި ސްލޭޓްތަކަށް ޖާގަ ފުރުމުގެ އުސޫލާއި، ލޯނާ ގުޅޭ އިތުރު މައުލޫމާތު ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށްކުރާ އިއުލާނުގައި ބަޔާންކުރެވޭނެއެވެ.
(ށ) މި އުސޫލުގައިވާ ގޮތުގެ މަތިން ކިޔަވަން އެދޭ ޕްރޮގްރާމަކީ ތިރީގައި ބަޔާންކޮށްފައިވާ ފެންވަރުތަކުގެ ތެރެއިން ފެންވަރަކަށް ފެތޭ އަދި އެ މުއްދަތުގެ ޕްރޮގްރާމަކަށް ވާންވާނެއެވެ.
- ޑިޕްލޮމާ ޕްރޮގްރާމެއް ފުރިހަމަކުރާ ނަމަ، 3 (ތިނެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ވުން؛
- ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީ އޮނަރސްއާއެކު ފުރިހަމަކުރާ ޕްރޮގްރާމެއް ނަމަ، 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ނުވުން
- މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާ ނަމަ، 2 (ދޭޢް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ވުން
- ޑޮކްޓްރަލް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާ ނަމަ، 3 (ތިނެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ވުން
- އެމް.ބީ.ބީ.އެސް ޕްރޮގްރާމެއް ނަމަ، އިންޓާންށިޕާއެކު 6 (ހައެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތުގެ ޕްރޮގްރާމެއް ކަމުގައި ނުވުން
- ޕައިލެޓް ލައިސަންސް ޕްރޮގްރާމެއް ނަމަ، 2 (ދޭޢް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ނުވުން
- ފެލޯށިޕް ޕްރޮގްރާމެއް ނަމަ، 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޕްރޮގްރާމެއް ކަމުގައި ނުވުން
(ނ) މި އުސޫލުގެ ދަށުން ލޯނު ނަގައިގެން، ކިޔަވަން އެދުނު ޕްރޮގްރާމް ބޭނުން ކޮންމެ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ދެވިދާނެއެވެ. ނަމަވެސް، އެ ފުރުސަތު ހަމަޖައްސައި ދޭއިރު، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތްކޮށް ލޯނުގެ ޖުމުލަ ކަނޑައަޅާނީ އިއުލާނުކުރި ގައުމުތަކުގެ ތެރެއިން ލޯނަށް ހޮވުނު ފަރާތުން އިހުތިޔާރުކުރާ ކިޔަވައިދޭ މަރުކަޒަށް ދައްކަންޖެހޭ ފީއާއި، ކިޔަވަންދާ މަރުކަޒަށް ދައްކަންޖެހޭ ފީ އަޅާކިޔައި، ހަރަދު ކުޑަ ގައުމެއްގެ ރޭޓަކުންނެވެ. އަދި ކިޔަވައިދޭ މަރުކަޒަށް ދައްކަންޖެހޭ ފީގެ އިތުރުން މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތައް ހަމަޖައްސައިދެވޭނީ ލޯނަށް ހޮވުނު ފަރާތުން އިހުތިޔާރު ކުރާ އިއުލާނުކުރި ގައުމެއްގެ ރޭޓުންނެވެ.
(ރ) ރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ ލޯނެއް އެހެން ގައުމެއްގައި ކިޔެވުމަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ލޯނު ނަގާ ފަރާތް ކިޔެވުމަށް އިހުތިޔާރުކޮށްފައިވާ ޕްރޮގްރާމް ހިންގުން ރާއްޖޭގެ މަރުކަޒުން ހުއްޓައިލައި، އެ ޕްރޮގްރާމަކީ ރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިނުދޭ ޕްރޮގްރާމެއްކަމަށް ވެއްޖެ ނަމަ ނުވަތަ ރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިދޭ ޕްރޮގްރާމެއްކަމަށް ވިޔަސް އެ ފަރާތަށް އެ މަރުކަޒެއްގައި ކިޔަވަން ފުރުސަތު ނުލިބޭ ހާލަތެއްގައި އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު އެ ފަރާތަށް ދެވޭނެއެވެ. މި ހާލަތުގައި ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި މާއްދާގެ (ނ) ގަައިވާ ގޮތަށެވެ.
(ބ) ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނު ލިބިގެން ކިޔަވަމުން އަންނަ ފަރާތެއް ފުރިހަމަކުރަމުންދާ ޕްރޮގްރާމުގެ ބާކިއޮތް ބައެއް އެޑްވާންސްޑް ސްޓޭންޑިންގއާއެކު ރާއްޖޭގެ މަރުކަޒެއްގައި ފުރިހަމަކުރެވޭ ހާލަތެއްގައި އެގޮތަށް ދޭ ނަމަ، އެ ފަރާތަކަށް ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ. މި ހާލަތުގައި ޕްރޮގްރާމުގެ ބާކިއޮތް ބަޔަށް ފައިސާދޭނީ، ރާއްޖޭގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.
(ޅ) ބޭރު ގައުމެއްގައި ކިޔަވަމުންދާ ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ޖަމާކުރުމަށްފަހު އެހެން ގައުމަކަށް ކިޔެވުން ބަދަލުކުރުމަށް އެދިއްޖެ ނަމަ، އެކަން ކޮށްދޭނީ، ލޯނުގެ ދަށުން ކިޔެވަން ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުން ލޯނުގެ ޖުމުލަ އަދަދު އިތުރުކޮށް ނުދޭ ގޮތަށެވެ. ބަދަލުވާ ގައުމުގެ ރޭޓް ފުރަތަމަ އެދުނު ގައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ ދަށް ނަމަ، ޕްރޮގްރާމުގެ ބާކީއޮތް ބަޔަށް ފައިސާ ހަމަޖައްސައިދެވޭނީ ބަދަލުވާ ގައުމަކަށް ކަނޑައަޅައިފައިވާ ރޭޓުންނެވެ.
(ކ) ލޯނު ނަގައިގެން އެމް.އެން.ކިއު.އެފްގެ އެއްވެސް ލެވެލްއަކަށް ފެތޭ ޕްރޮގްރާމެއް ފުރިހަމަކުރާ ނަމަ، ފުރިހަމަކުރަންވާނީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެކެވެ. މި މާއްދާއިން އިސްތިސްނާވާނީ މި މާއްދާގެ (4) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކެވެ.
(އ) ޕްރޮފެށަނަލް ދާއިރާތަކުން ނުވަތަ ލައިސަންސިންގ ދާއިރާތަކުން ކިޔެވުމަށް އެދޭއިރު، އެދެންވާނީ، ކިޔެވި ދާއިރާއިން މަސައްކަތްކުރުމަށް ހުއްދަދޭ ރެގިއުލޭޓަރީ އޮތޯރިޓީން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭށަން އޮތޯރިޓީ) ޕްރޮގްރާމަކަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ ފަރާތްތަކުން ގަބޫލުކުރާ މަރުކަޒެއްގައި ގަބޫލުކުރާ ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ.
6 ވަނަ މާއްދާ - ލޯނަށް އެދި ހުށަހެޅުން
(ހ) ލޯނަށް އެދި ހުށަހަޅާނީ މިނިސްޓްރީން އިއުލާނުކުރުމުން އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އޭގައި ބަޔާންކުރާ ހުރިހައި ލިޔުންތަކާ އެކުގައެވެ.
(ށ) ލޯނަށް އެދޭ ކޮންމެ ފަރާތަކުން ވެސް ހުށަހަޅަންވާނީ، 1 (އެކެއް) އެޕްލިކޭށަނެވެ. 1 (އެކެއް) އެޕްލިކޭށަނަށްވުރެ ގިނަ އެޕްލިކޭށަން ހުށަހަޅައިފި ނަމަ، އެ ފަރާތެއްގެ އެޕްލިކޭށަންތައް ބާތިލުވާނެއެވެ.
(ނ) މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭށަން ހުށަހަޅާ ފަރާތްތަކުން މިހާރު ކިޔަވަމުންދާކަން އެނގޭނޭ ފަދަ ކިޔަވަމުންދާ މަރުކަޒުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
7 ވަނަ މާއްދާ - ލޯނު ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް އިސްކަންދޭނެ ތަރުތީބު
ލޯނު ލިބޭނެ ފަރާތްތައް ހޮވުމަށް އިސްކަންދޭނީ، އެޕްލިކޭށަން ހުށަހެޅުމަށްކުރާ އިއުލާނާއެކު ށާއިއުކޮށްފައިވާ "ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ ގޮތާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
8 ވަނަ މާއްދާ - ފުރުސަތުގެ ބޭނުން ހިފުމަށް ދޭ މުއްދަތު
(ހ) ކިޔެވުމަށް އެދި ހުށަހަޅައިފައިވާ ޕްރޮގްރާމް ފެށުމަށް ލިބޭނެ މުއްދަތަކީ، ލޯނު ހަމަޖެހުނުކަން އަންގާ ލިޔުމުގައިވާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮގްރާމް ނުފަށައިފި ނަމަ، ނުވަތަ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައިގެން މުއްދަތު އިތުރުނުކޮށްފި ނަމަ، ލޯނުގެ ފުރުސަތު ބާތިލުވާނެއެވެ.
(ށ) ލޯނު ހަމަޖެހުނުކަން އަންގާ ލިޔުން ލިބުމަށްފަހު، ލޯނުގެ ފައިސާ ލިބެން ބޭނުންވާ ދުވަހުގެ މަދުވެގެން ސަރުކާރު ބަންދު ނޫން 40 (ސާޅީސް) ދުވަހުގެ ކުރިން، ފުރިހަމަކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ ފައިސާ ދޫކުރުމަށް އެދޭ ފޯމު" އަދި އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) ލޯނު ލިބިފައިވާ ފަރާތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮގްރާމް ނުނިންމިއްޖެ ހާލަތެއްގައި ނުނިންމުނު ސަބަބު ބަޔާންކޮށް މަރުކަޒުން ދޫކޮށްފައިވާ ލިޔުން 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ - ލޯނުގައި ހިމެނޭނެ ހަރަދުތައް
ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަކަށެވެ.
- ޕްރޮގްރާމާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ؛
- ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)؛
- އަލަށް ކިޔަވަން ފަށާ ފަރާތްތަކުން ޕްރޮގްރާމް ފެށުމަށް ޓަކައި، ކިޔަވާ މަރުކަޒު ހުންނަ ގައުމެއްގެ ސިޓީ ނުވަތަ ރަށާ އެންމެ ކައިރި އެއަރޕޯޓަކަށް ށެޑިއުލްޑް ފްލައިޓެއްގައި ދިޔުމަށާއި، ޕްރޮގްރާމް ނިމުމުން، އެ ގައުމަކުން ރާއްޖެއައުމަށް ދަތުރު ކުރާނެ ށެޑިއުލްޑް ފްލައިޓެއްގެ ޓިކެޓް؛
- ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް ބުކް އެލަވަންސް؛
- ޕްރޮގްރާމް އަލަށް ފަށާ ފަރާތްތަކަށް އެސްޓަބްލިށްމަންޓް އެލަވަންސް (1 ފަހަރު)؛
- ޕްރޮގްރާމް ނިމިގެން އެނބުރި އައުމަށް ޑިޕާޗަރ އެލަވަންސް.
-
ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް, ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ހެލްތު އިންށުއަރެންސް؛
-
ކިޔަވާ މަރުކަޒުން ކަނޑައަޅައިފައިވާ ގޮތަކަށް ވިސާ ފީ؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި, އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު؛
- ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ފަރާތެއް، ރާއްޖޭގައި ނުހިންގާ ޕްރޮގްރާމެއް ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭނަމަ, ލޯނު ދެވޭނީ, ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ޕްރޮގްރާމް ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ލިބޭ ނަމައެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ޕްރޮގްރާމުގެ ނިމިފައިވާ ބަޔަށް އެޑްވާންސްޑް ސްޓޭންޑިންގ ނުލިބޭ ހާލަތްތަކުގައި, ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް އެ ފަރާތަކަށް އެހިނދަށް ކޮށްފައިވާ ހަރަދުގެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. އެހެންކަމުން, މި ހާލަތުގައި އެ ފަރާތް ބެލެވޭނީ, މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އަލަށް ކިޔަވަން ފަށާ ފަރާތެއްގެ ގޮތުގައެވެ.
(ށ) ރާއްޖޭގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ, އަންނަނިވި ކަންކަމަށް މިނިސްޓްރީން ކަނޑައަޅާ އަދަދުތަކަކަށެވެ.
- އަލަށް ކިޔަވަން ފަށާ ފަރާތްތަކުން ޕްރޮގްރާމް ފެށުމަށް ޓަކައި, ކިޔަވާ މަރުކަޒު, ހުންނަ ރަށަށް ވައިގެމަގުން/ކަނޑުމަގުން ދިޔުމަށާއި, ޕްރޮގްރާމް ނިމުމުން ކިޔެވި މަރުކަޒު ހުންނަ ރަށުން ވައިގެމަގުން/ކަނޑުމަގުން އެ ފަރާތެއްގެ ރަށަށް ދަތުރުކުރާނެ ޓިކެޓުގެ ހަރަދު:
- މަރުކަޒެއްގައި އެންރޯލްވެގެން ކިޔަވާ ނަމަ, ޕްރޮގްރާމާ ގުޅޭގޮތުން ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފީ:
- ޕްރޮގްރާމުގެ މުއްދަތުގައި ފެށޭ ކޮންމެ ދިރާސީ އަހަރަކަށް، ބުކް އެލަވަންސް؛
- ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު (ސްޓައިޕެންޑް)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި, އެކަމަށް މިނިސްޓްރީން ކަނޑައަޅާ ހަރަދު:
- ރާއްޖޭގައި ތިބެގެން, ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކިޔެވުމަށް ލޯނު ފައިސާ ދޫކުރާނީ, މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
- އުސޫލު ނަންބަރު 2023-16 (ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު) ގެ ދަށުން އެ ސްކީމުގައި ކިޔަވާ ފަރާތެއް, ލޯނު ސްކީމުގެ ދަށުން ރާއްޖޭގައި ކިޔެވުމަށް ހޮވިއްޖެ ނަމަ, އެ ފަރާތެއްގެ ޓިއުށަން ފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ ބަޔާއި, މި މާއްދާގެ (ށ) ގެ ދަށުން ދިނުމަށް ކަނޑައަޅައިފައިވާ އެހެނިހެން ހަރަދުތައް ދެވޭނެއެވެ.
10 ވަނަ މާއްދާ - ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅުމާއި ފައިސާ ޖަމާކުރުން
(ހ) ލޯނަށް އެދޭ ކޮންމެ ފަރާތަކަށް ވެސް ދޫކުރާނެ ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު، މިނިސްޓްރީންނެވެ.
(ށ) ލޯނުގެ ފައިސާ ޖަމާކޮށްދޭނީ, މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާ ދެމެދު ވެވޭ "މަތީ ތަގުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ގައި ސޮއިކުރުމަށްފަހުގައެވެ.
(ނ) ލޯނުގެ ފައިސާ ޖަމާކުރެވޭނީ، އުސޫލެއްގެ ގޮތުން ހަމައެކަނި ލޯނު ލިބޭ ފަރާތުގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވައިފައި އޮންނަ ރުފިޔާގެ އެކައުންޓަކަށެވެ. ނަމަވެސް، ލޯނު ލިބޭ ފަރާތަކީ, 18 (އަށާރަ) އަހަރު ނުވާ ފަރާތެއް ކަމުގައިވާ ނަމަ، އެ ފަރާތުން ކަނޑައަޅާ) މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ "އާއިލާ" މެންބަރެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވައިފައި އޮންނަ ރުފިޔާގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްދެވިދާނެއެވެ. އަދި މިގޮތަށް ފައިސާ ޖަމާކޮށްދެވޭނީ، ލޯނު އަނބުރާ އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވެ އިގުރާރުގައި ގެރެންޓަރ ސޮއިކުރުމުންނެވެ.
(ރ) ލޯނުގެ ފައިސާ ދޫކުރާނީ، އިންސްޓޯލްމަންޓުގެ ގޮތުގައެވެ. އެއީ ކޮންމެ އަހަރަކު 2 (ދޭއް). އިންސްޓޯލްމަންޓެވެ. ފުރަތަމަ އިންސްޓޯލްމަންޓަށްފަހު, ދެން ކޮންމެ ފަހަރަކު ވެސް އިންސްޓޯލްމަންޓް ދޫކުރާނީ، ލޯނު ނެގި ފަރާތުން ކިޔަވަމުންދާކަން މިނިސްޓްރީއަށް ކަށަވަރު ކުރެވޭ ފަދަ ލިޔުމެއް، އެ ދަރިވަރަކު ކިޔަވާ މަރުކަޒު މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުމުންނެވެ.
11 ވަނަ މާއްދާ - ޓޮޕްއަޕް ލޯނު
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނަށްދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި, ފުރިހަމަ ކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންށިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން "ޓޮޕްއަޕް" ލޯނުގެ ގޮތުގައި ފައިސާގެ އިތުރު އަދަދެއް ދިނުމަށް, މި އުސޫލުގެ ދަށުން ހަމަޖައްސައިދެވޭނެއެވެ.
12 ވަނަ މާއްދާ - ޓޮޕްއަށް ލޯނު ދިނުމުގެ ށަރަތާއި ކަންކަން
މި އުށޫމުގެ ދަށުން ޓޮޕްއަށް ލޯނަށް އެދެވޭނީ ދަރިވަރުންގެ އިހުތިޔާރުން ބޭރުން ދިމާވާ އަންނަނިވި ސަބަބަކާ ގުޅިގެން، އެ ކަންކަމަށް ހިނގާނެ ހަރަދުތަކަށެވެ.
(ހ) ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ މަރުކަޒުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ހުއްޓައިލުން.
(ށ) ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ވަގުތީގޮތުން މެދުކަނޑައިލުން.
(ނ) ޕްރޮގްރާމް ފުރިހަމަކުރަމުންދާ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލް ވިއިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ހަރަދުތަކަށް މަރުކަޒުން ބަދަލުތަކެއް ގެނައުން.
(ރ) ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހާ އިންޑާފިއްް، ކިޔެވި މަރުކަޒުގައި ހެދުމުގެ ފުރުސަތު ނެތުން, ނުވަތަ އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދީފައި ނެތުން.
(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް, ޕްރޮގްރާމަށް އެންގޯލްއިއުފީ އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ހަރަދުތަކަށް ބަދަލު އައިސްގެން ޓޮޕްއަޕް ލޯނުދެވޭނީ، އިއުލާނުކޮށްފައިވާ ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.
13 ވަނަ މާއްދާ - ޓޮޕްއަޕް ލޯނުގެ ޖުމުލަ އަދަދު ކަނޑައެޅުން
ޓޮޕްއަޕް ލޯނުގެ ޖުމުލަ އަދަދު ކަނޑައަޅާނީ, މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ރިއާޔަތް ކުރުމަށްފަހު, މިނިސްޓްރީންނެވެ. ލޯނުގެ މުޅި ޖުމުލައިގެ ގޮތުގައި ބެލެވޭނީ، ލޯނުގެ ގޮތުގައި ފުރަތަމަ ދޫކޮށްފައިވާ އަދަދާއި ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރެވޭ އަދަދާ އެކުގައެވެ. މިގޮތަށް އެއްކުރެވޭނީ, މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާ ދެމެދު ވެވޭ "މަތީ ތަގުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ތަކެވެ. މި މިނިސްޓްރީ މެދުވެރިވެގެން ކޮމާށަލް ބޭންކްތަކާއެކު ވެފައިވާ މަތީ ތަގުލީމާއި ތަމްރީނަށްދޭ ލޯނުތަކުގެ އެއްބަސްވުންތައް އެކެއް ނުކުރެވޭނެއެވެ.
14 ވަނަ މާއްދާ - ލޯނުގެ އެއްބަސްވުން އިސްލާހުކުރުން
ޓޮޕްއަޕް ލޯނު ދިނުމުގެ ކުރިން, މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުން، އަންނަނިވި ކަންކަން ހިމެނޭހެން އިސްލާހުކުރަންވާނެއެވެ.
(ހ) ޓޮޕްއަޕް ލޯނުގެ ފައިސާ ޖަމާކުރެވެނީ، ކުރިން ލޯނު ޖަމާކުރި އެކައުންޓު ނޫން އެހެން އެކައުންޓަކަށް ކަމުގައި ވާނަމަ, ކުރިން ލޯނު ޖަމާކުރި އެކައުންޓާއި, އިތުރު ފައިސާ ޖަމާކުރެވޭ އެކައުންޓުގެ ތަފުސީލު.
(ށ) އިތުރު ފައިސާ ދޫކުރުމުން, ލޯނުގެ ޖުމުލަ އަދަދަށް އަންނަ ބަދަލާއި, ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް އަންނަ ބަދަލު.
(ނ) އެއްބަސްވުން އަލަށް އެކުލަވައިލިއިރު ގެރެންޓީ ދިން ފަރާތް އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރަންވާނެކަން؛ ނުވަތަ ކުރިން ގެރެންޓީ ދިން ފަރާތް ނޫން އެހެން ފަރާތެއް ލޯނަށް ގެރެންޓީ ދޭކަމުގައި ވާނަމަ، އެ ފަރާތުން ގެރެންޓީ ދޭންވާނީ، ހަމައެކަނި އިތުރަށް ދޫކުރެވޭ ފައިސާގެ އަދަދަށް ނޫންކަމާއި, ގެރެންޓީ ދޭންވާނީ މުޅި ލޯނުގެ ޖުމުލަ އަދަދަށްކަން.
(ރ) މިނިސްޓްރީއާއި ލޯނު ނަގާ ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުމަށް ބަދަލުގެންނަން ޖެހޭކަމަށް މިނިސްޓްރީއަށް ފާހަގަކުރެވޭ އިތުރު ކަންކަން.
15 ވަނަ މާއްދާ - ލޯނުގެ ފައިސާ އަނބުރާ ދެއްކުން
(ހ) ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ޖުމުލަ ފައިސާ, ޕްރޮގްރާމް ނިމޭ ތާރީހުން ފެށިގެން، ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން), ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަރަންވާނެއެވެ. ޕްރޮގްރާމް ނިމޭ ތާރީހު ކަމުގައި ބަލާނީ, ތައުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ޕްރޮގްރާމް ފެށޭ ތާރީހާއި ނިމޭ ތާރީހު ނުވަތަ ޕްރޮގްރާމުގެ މުއްދަތު އެނގޭނޭހެން ދޫކޮށްފައިވާ އަން-ކޮންޑިށަނަލް އޮފަރ ނުވަތަ ޕްލޭސްމަންޓް ލެޓަރގައި އެ ޕްރޮގްރާމް ނިމޭނެ ކަމަށް ބަޔާންކޮށްފައިވާ ތާރީހެވެ.
(ށ) ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ޖުމުލަ ފައިސާ (ޓޮޕްއަޕް ލޯނުގެ އަދަދާއި) ކުރިން ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ފައިސާގެ ޖުމުލަ އަދަދު ހިމެނޭގޮތަށް), ޕްރޮގްރާމް ނިމޭ ތާރީހުން ފެށިގެން، ލަސްވެގެން 7 (ހަތެއް) ވަނަ މަހުން ފެށިގެން، ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަންވާނެއެވެ. ޕްރޮގްރާމް ނިމޭ ތާރީހު ކަނޑައެޅުމުގައި ބަލާނީ، ތައުލީމު ހާސިލުކުރާ މުއައްސަސާއިން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކަށެވެ. މި ލިޔެކިޔުންތަކުގައި ކޯހުގެ ފެށޭ ތާރީހާއި ނިމޭ ތާރީހު، ނުވަތަ ކޯހުގެ މުޅި މުއްދަތު، ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް, މެޑިސިން ފަދަ މެންޑަޓަރީ އިންޓާންށިޕެއް ފުރިހަމަކުރުމުން މެނުވީ, އެ ދާއިރާއެއްގައި މަސައްކަތްކުރުމުގެ ހުއްދަ/އަސަނަންސް ނުލިބޭ ދާއިރާއެއްގެ ޕްރޮގްރާމެއް ނަމަ, ޕްރޮގްރާމް ނިމޭ ތާރީހު ކަމުގައި ބަލާނީ, ޕްރޮގްރާމުގެ ކިޔެވުން ނިންމާ އިންޓާންށިޕް ނިމޭ ތާރީހެވެ.
(ރ) ލޯނު ނަގާ ފަރާތާއެކު ވެވޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" އާ އެއްގޮތަށް ލޯނުގެ ޖުމުލަ ފައިސާ އަނބުރާ ދައްކަމުން ގެންދަންވާނެއެވެ. ލޯނު އަދާކުރަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް, ލޯނު އަދާކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގައިފައި އޮންނަންވާނެއެވެ.
(ބ) ލޯނު ނެގި ފަރާތުން އެއްވެސް ސަބަބަކާ ހުރެ ފައިސާ ނުދައްކައިފި ނަމަ, އެ ފައިސާ ދައްކަންވާނީ، އެ މަސްއޫލިއްޔަތު އުފުލުމަށް އެއްބަސްވެ؟ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރި ގެރެންޓަރެވެ.
(ޅ) ލޯނު އަނބުރާ ދައްކާ ނިންމަންޖެހޭ މުއްދަތު ކަނޑައަޅާ، ލޯނުގެ ގޮތުގައި ކަނޑައެޅުނު ފައިސާގެ ޖުމުލަ އަދަދުގެ މައްޗަށް ބިނާކޮށެވެ. ލޯނު އަދާކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ލޯނު އަނބުރާ ދައްކަންވާނެއެވެ.
(ކ) ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ލޯނު ފައިސާ އަނބުރާ އަދާކޮށް ނިމުމާ ދެމެދު، ލޯނު އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އެއްވެސް ފަރާތަކާ ގުޅޭނެ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެ ނަމަ, އެކަން ލިޔުމުން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.
(އ) ލޯނު ފައިސާ އަދާކުރަމުން ނު.ދާނަމަ, ލޯނު ނެގި ފަރާތާއެކު ވެލޭ "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އެއްބަސްވުން" ގައި ވާގޮތަށް ނުވަތަ ށަރުއީ ކޯޓެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބެގްނެވެއެވެ.
16 ވަނަ މާއްދާ - ވޯލް ދޫކުރުމުގައި އަގަލުކުރެވޭނެ އާންމު އުސޫލުތައް
(ހ) ނޭށަނަލް ޓްރެއިނިންގ ނީޑްސް ލިސްޓުގެ ތެރެއިން އެއްވެސް ދާއިރާއަކަށް ލޯނު ދޭނެ ސްލޮޓުގެ އަދަދު ވަކިން ކަނޑައަޅައި އިއުލާނުކޮށްފި ނަމަ، އެފަދަ ދާއިރާއަކުން ލޯނު ހޯދުމަށް އެދެންވާނީ, އެ ދާއިރާއަކަށް ކަނޑައެޅިފައިވާ ސްލޮޓްތަކަށެވެ.
(ށ) ހުޅުވައިލައިފައިވާ ސްލޮޓަކަށް ކަނޑައަޅައިފައިވާ އަދަދަށް ޖާގަ ހަމަ ނުވާނަމަ، އެ ސްލޮޓްތަކަށް ޖާގަ ހަމަކުރާނީ، މިނިސްޓްރީން އެކުލަވައިލައިފައިވާ ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ ގޮތާއި, ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ނ) ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ ގޮތާއި, ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން "ދިހާރު ކިޔަވަމުންދާ" ފަރާތްތަކަށް ލޯނު ދިނުމުގައި އިސްކަންދެވޭނީ، އެކަޑަމިކް މެރިޓް ސްކޯރއިން އެންމެ މަތިން ސްކޯރ ކުރާ ފަރާތްތަކަށެވެ. މި ގިންތިން ހޮވޭ ފަރާތްތަކަށް, މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުތަކަށް ލޯނުން ފައިސާ ދޫކުރާނީ، ލޯނަށް އިއުލާނުކުރާ ތާރީހުން ފެށިގެން ޕްރޮގްރާމުގެ ބާކީ މުއްދަތަށް ކުރަންޖެހޭ ހަރަދުތަކަށެވެ.
(ރ) އެއްވެސް ފަރާތެއް ލޯނު ދިނުމަށް ހޮވުނު ސްލޮޓް ފިޔަވައި އެހެން ސްލޮޓަކަށް ބަދަލެއް ނުކުރެވޭނެއެވެ.
(ބ) ލޯނަށް ހޮވޭ ފަރާތްތަކުގެ ވަގުތީ ނަތީޖާ އާންމުކުރުމުން އެ ނަތީޖާއާ ގުޅޭ އެއްވެސް ށަކުވާއެއް އޮތްނަމަ, ވަގުތީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހަޅަން ދޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލޯނަށް ހޮވޭ ފަރާތްތަކުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެއެވެ.
(ޅ) މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބޭ ފަރާތްތަކާ ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރާ އެންމެހައި އުސޫލުތައް, މި އުސޫލާ ފުށުނާރާނޭހެން, ލޯނަށް ހޮވޭ ފަރާތްތަކުގެ މައްޗަށް ވެސް ހިނގާނެއެވެ.
(ކ) ތައުލީމު ހާސިލުކުރަމުންދާ މަރުކަޒުން އެއްވެސް ސަބަބާކުހުރެ ދަރިވަރު ވަކިކޮށްފި ނަމަ، ނުވަތަ މަރުކަޒުން ޕްރޮގްރާމް ހުއްޓައިލައިފި ނަމަ, ނުވަތަ ދަރިވަރު އަމިއްލަ އިހުތިޔާރުގައި ކިޔެވުން ހުއްޓައިލައިފި ނަމަ، ނުވަތަ ޕްރޮގްރާމުން ފެއިލްވެއްޖެ ނަމަ، އެކަން 14 (ސާދަ). ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެހައިތަނަށް އެ ފަރާތަކަށް ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އަނބުރާ އަދާކުރަންވާނެއެވެ.
(އ) މި އުސޫލުގެ ތެރެއިން ލޯނަށް އެދި ނުވަތަ ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް ސައްހަ ނޫން މައުލޫމާތު ހިމަނައިފައިވާކަން ނުވަތަ މައުލޫމާތު ފުރިހަމަނުކޮށް އެޕްލިކޭށަން ހުށަހެޅިކަން މިނިސްޓްރީއަށް އެނގޭ ހިސާބުން، އެޕްލިކޭށަން ބާތިލުވާނެއެވެ. އެކަން އެނގުނީ ލޯނު ލިބޭކަމުގެ ލިޔުން ދޫކުރި ފަހުން ކަމުގައި ވިޔަސް, ނުވަތަ ލޯނު ނަގައިފައިވާ ފަރާތް ކިޔަވަން ފެށިފަހުން ކަމުގައި ވިޔަސް, އެ ފަރާތެއްގެ އެޕްލިކޭށަނާއި އެ ފަރާތަކަށް ދޫކޮށްފައިވާ ލޯނު ބާތިލުވާނެއެވެ. މި ހާލަތުގައި ލޯނުގެ ގޮތުގައި ނުވަތަ ޓޮޕްއަޕް ލޯނުގެ އެއްވެސް ފައިސާއެއް ދޫކޮށްފައިވާ ނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފައިސާގެ މިންވަރު އަނބުރާ ދައްކަންވާނެއެވެ.
(ވ) ލޯނަށް ނުވަތަ ޓޮޕް.އަޕް ލޯނަށް އެދި ހުށަހަޅާ ލިޔެކިޔުމެއްގައި ހަގީގަތާ ހިލާފު މައުލޫމާތެއް ދީފައިވާކަމަށް ނުވަތަ ނާޖާއިޒު ފައިދާއެއް ލިބޭފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ ކަމެއް ތަހުގީގު ކުރުމަށް، ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައި، ށަރުއީ ކޯޓުތައް މެދުވެރިކޮށް، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.
(މ) މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ, އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް މާނަކުދުން ދޭހަށުވާހައި ހިނދަކު, އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ, އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މަތީ ތަގުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑު (ވޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރތް (އެމް.އެން.ކިޔު.ހެއްފި) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކަށާއި, ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.
(ށ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކަށެވެ.
(ނ) "ފުލްޓައިމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފުލްޓައިމް ޕްރޮގްރާމްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގްރާމްތަކަށެވެ. އެއީ, މަދުވެގެން އަހަރަކު 120 (އެއްސަތޭކަ ވިހި) ކުރެޑިޓުގެ ރޭޓުން ފުރިހަމަކުރާ ޕްރޮގްރާމްތަކެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ, މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާއަށެވެ.
(ބ) ޑިޕޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއާ ހަމައަށް, މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ރީފޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުން، ނުވަތަ އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ދިއުމަށެވެ.
(ށ) "ފުލް ސްކޮލަރށިޕް" ކަމަށް ބުނެފައި އެވަނީ، ލޯނުނަގާ ފަރާތުން ކިޔެވުމަށް ޓަކައި އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ސްކޮލަރށިޕްތަކަށެވެ. މިފަދަ ސްކޮލަރށިޕެއްގައި ކިޔަވަންދާ ގައުމުން ކަނޑައަޅައިފައިވާ ސްޓައިޕެންޑާއި އެހެނިހެން ހަރަދު, މިނިސްޓްރީން އެ ގައުމަކަށް ކަނޑައަޅައިފައިވާ މިފަދަ ދަރަދަށްވުރެ ކުޑަ ނަމަ, އެ ބެލެވޭނީ ޕާނިއަލް ސްކޮލަރސަޕަކަށެވެ.
(ކ) "އެޑްވާންސްޑް ސްޓޭންޑިންގ" ކަމަށް ބުނެފައި އެވަނީ، ކުރިން ކިޔެވި ޕްރޮގްރާމުގެ މޮޑިއުލެއް ނުވަތަ މޮޑިއުލްތަކެއް ވަޒަންކޮށް,ފަހުން ކިޔަވާ ޕްރޮގްރާމުގެ މޮޑިއުލެއް ނުވަތަ މޮޑިއުވްތަކެއް ކިޔަވަން ނުޖެހި ޕްރޮގްރާމް ފުރިހަމަކުރާގޮތަށް ހަމަޖައްސައިފައިވުމަށެވެ.
(އ) "އާއިލީ މެންބަރު" ކަމަށް ބުނެފައި އެވަނީ, ލޯނަށް އެދޭ ފަރާތުގެ ބައްޕަ, ނުވަތަ މަންމަ, ނުވަތަ އެއްބަނޑުއެއްބަފާ/އެއްބަނޑު/އެއްބަފާ ދައްތައެއް، ނުވަތަ ބޭބެއެއް، ނުވަތަ ކޮއްކޮއެއް، ނުވަތަ މައިފުށުގެ.ޗަޕައިފުށުގެ ބޮޑުބޭބެއެއް، ނުވަތަ ބޮޑުދައިތައެއް، ނުވަތަ ލޯނަށް އެދޭ ފަރާތުގެ އަމިއްލަ ދަރިއެއް ނުވަތަ ގާނޫނީގޮތުން އެ ފަރާތާ ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
(ވ) "ގެރެށްޓަރ" ކަމަށް ބުނެފައި އެވަނީ, ލޯނު އެއްބަސްވުމުގައި ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ ލޯނާ ގުޅިގެން ލޯނު ނަގާ ފަރާތުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އަދާކުރާނެ ކަމުގެ ޔަގީންކަން ދީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތަކަށެވެ.
(މ) "އާއިލާ" ކަމަށް ބުނެފައި އެވަނީ, ލޯނަށް އެދޭ ފަރާތުގެ މަންމަ, ނުވަތަ ބައްޕަ, ނުވަތަ ދަރިން، ނުވަތަ ގާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތަކަށެވެ.
(ފ) "ޓޮޕް.އަޕް" ކަމަށް ބުނެފައި އެވަނީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ދަރިވަރު ކިޔަވަމުންދާ ޕްރޮގްރާމުގެ މުއްދަތުގައި, ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ފްރޮގްރާމް ފުރިހަމަކުރުމަށް އިތުރުވާ މުއްދަތަށް ދޭ ލޯނަށެވެ.
18 ވަނަ މާއްދާ - މި އުސޫލު ށާއިއުކުރަން ފަށާ ތާރީހު
މި އުސޫލަށް އަލުވަކަރަށް ފަށާނީ, ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިރުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)
ކިޔުންތެރިންގެ ހިޔާލު