-

ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު

(އުސޫލު ނަންބަރު 2023-16)

މި އުސޫލަށް އަމަލުކުރަން ފެށީ 10 މޭ 2023 ގައި)

މި އުސޫލުގެ 17 ވަނަ މާއްދާގެ (ށ) އިން ވަނީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު (އުސޫލު – 13 ނޮވެމްބަރު 2019) އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކ،ީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނުމާ ގުޅިގެން، އެ ފެންވަރަށް ދިވެހިރާއްޖޭގައި ސަރުކާރުގެ ހަރަދުގައި ކިޔަވައިދިނުމުގެ ކަންކަން ހިންގާނެގޮތް ބަޔާންކުރާ އުސޫލެވ.ެ

(ށ) މި އުސޫލަށް ކިޔަނ،ީ "ފުރަތަމަ ޑިގްރީ ސްކީ މުގެ އުސޫލު" އެވ.ެ

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކ،ީ ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ހަރަދު ކުރުމުގެ ކަންތައްތައ،ް ފަސޭހަކަމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒުކުރުމެވ.ެ

 

3 ވަނަ މާއްދާ - މި އުސޫލުގައިވާ ގޮތަށް ކިޔެވޭނެ ދަރިވަރުންގެ ށަރުތުތައް

މި އުސޫލުގައިވާ ގޮތަށް ކިޔެވޭނ،ީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ކިޔެވުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭ އޮންލައިން އެޕްލިކޭށަން ފޯމުގައިވާ ހުރިހާ މައުލޫމާތު ރަނގަޅަށް ފުރިހަމަކޮށ،ް މި އުސޫލާ އެއްގޮތަށް އަމަލުކުރުމަށ،ް އެ ފޯމުގައިވާ އިގްރާރުގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ވުން.

(ނ) ފުރަތަމަ ޑިގްރީ ސްކީމުގައި ބައިވެރިވުމަށް އެދި މިނިސްޓްރީއަށް އެޕްލިކޭށަން ހުށަހަޅާއިރު އުމުރުން 50 (ފަންސާސް) އަހަރު ފުރިފައި ނުވުން.

(ރ) ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކޮށްފައި ނުވުން.

(ބ) ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ވިޔަސް ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފެށިނަމ،ަ މަގްބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ ކިޔެވުން ހުއްޓައިލައިފައި ނުވުން. 

(ޅ) ފުލްޓައިމް ދަރިވަރަކަށް ވުން. 

(ކ) ފުރަތަމަ ޑިގްރީއަށްވުރެ މަތީ ފެންވަރުގެ ނުވަތަ ފުރަތަމަ ޑިގްރީގެ އެހެން ޕްރޮގްރާމެއް ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައި ނުވުން.

(އ) ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒަކުން ޖާގަ ލިބިފައިވާކަމުގެ ލިޔުން (ޕްލޭސްމަންޓް ލެޓަރ)، މި އުސޫލުގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ލިބިފައިވުން.

(ވ) 12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިނިސްޓްރީން ށާއިއުކޮށްފައިވާ "މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ހިދުމަތް ނުކުރާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން އެޅި ފިޔަވަޅެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައި ނުވުން.

(މ) ސަރުކާރު މެދުވެރިވެގެން ނުވަތަ އެހެން މުއައްސަސާއެއް މެދުވެރިވެގެން ނުވަތަ އެނޫން ގޮތަކުންވިޔަސް ފުރަތަމަ ޑިގްރީ ފެންވަރަށް ހިލޭ އެހީގައި ކިޔެވޭނެ އެހެން ގޮތެއް ހަމަޖެހިފައިވާ ދަރިވަރެއްކަމުގައި ނުވުން.

(ފ) ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން މިނިސްޓްރީން ދިން ލޯނެއްގެ އެއްވެސް ފައިސާއެއް ނަގައިފައިވާ ދަރިވަރެއް ނަމ،ަ އެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކަމުންދާ ނުވަތަ ދައްކައި ނިންމައިފައިވާ ދަރިވަރެއް ކަމުގައި ވުން.

(ދ) ފުރަތަމަ ޑިގްރީ ހާސިލުކުރަން މިނިސްޓްރީން ދޭ ލޯނެއްގެ ފައިސާ ލިބެމުންދާ ދަރިވަރެއް ނަމ،ަލޯނުގެ ފުރުސަތު ދޫކޮށްލައ،ި އެހައިތަނަށް ލޯނުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަނޑައެޅިފައިވާ ގޮތުގެ މަތީން އަނބުރާ ދައްކަން އެއްބަސްވާ ދަރިވަރެއް ކަމުގައި ވުން.

(ތ) މި އުސޫލުގައިވާ ގޮތުގެ މަތީން ފައިސާ ލިބިގެން ކިޔެވުމުގެ ފުރުސަތު އެއްފަހަރު ލިބ،ި ކިޔަވަން ފެށި ޕްރޮގްރާމ،ް މަގުބޫލު އުޒުރެއްނެތި ފުރިހަމަ ނުކޮށް ހުއްޓައިލައިފައިވާ ދަރިވަރެއް ކަމުގައި ނުވުން. 

 

4 ވަނަ މާއްދާ - ކިޔެވޭނެ ޕްރޮގްރާމްތަކުގެ ށަރުތުތައް 

މި އުސޫލުގައިވާ ގޮތަށް ކިޔެވޭނެ ޕްރޮގްރާމްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީނ،ް މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކުގެ ލެވެލް 7 ގެ ޕްރޮގްރާމެއްކަމަށް ގަބޫލުކުރާ ޕްރޮގްރާމަކަށް ވުން. 

(ށ) މި މާއްދާގެ (ހ) ގައި ހިމެނޭ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކޮށ،ް އެ ދާއިރާއިން ޕްރެކްޓިސް ކުރަން ލައިސަންސް ބޭނުންވާނަމ،ަ އެ ދާއިރާއެއްގެ ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ދޭ ޕްރޮގްރާމަކަށް ވުން.

(ނ) ޓްވިނިންގ ޕްރޮގްރާމެއް ނަމ،ަ އެ ޕްރޮގްރާމުގެ ބޮޑުބައި ކިޔަވާނީ ރާއްޖޭގައިކަން އެނގޭނެ ލިޔުމެއް  ކިޔަވަމުންދާ މަރުކަޒުން ލިބިފައިވުން.

 

5 ވަނަ މާއްދާ - ސަރުކާޒުން ހަރަދުކުރުން

މި އުސޫލުގައިވާ ގޮތަށް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ހަރަދު ކުރާނީ އަންނަނިވި ގޮތަށެވެ. 

(ހ) މި އުސޫލުގައިވާ ގޮތަށް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ހަރަދު ކުރާނީ ދަރިވަރުގެ ޕްރޮގްރާމް ފީއަށެވ.ެ އެގޮތުނ،ް ސަރުކާރުން ހަރަދު ކުރާނ،ީ ޕްރޮގްރާމް ފީ ދިނުމަށް ސަރުކާރުން ކަނޑައަޅައި މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް އިއުލާނުކޮށްފައިވާ ދާއިރާތަކަށް އިއުލާނުގައި ކަނޑައަޅައިފައިވާ މިންވަރަކަށެވ.ެ

(ށ) މި މާއްދާގެ (ހ) ގައި ވާ ގޮތުގެ މަތީން އެކި ދާއިރާތަކުގެ ފުރަތަމަ ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭން ކަނޑައަޅާ މިންވަރުތައް އެނގޭނޭ ތާވަލެއ،ް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަމުން ގެންދާނެއެވ.ެ މި ތާވަލުގައި ކަނޑައަޅައިފައިވާ މިންވަރަށްވުރެ އިތުރަށް ހިނގާ ހަރަދެއް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލައަށެވ.ެ

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސ،ް ޕްރޮގްރާމަކަށް މަރުކަޒުން ކަނޑައަޅާ ޓިއުށަން ފީ، ސަރުކާރުން ކަނޑައަޅައި އިއުލާނުކޮށްފައިވާ އަދަދަށްވުރެ ކުޑަނަމ،ަ އެ ޕްރޮގްރާމަކަށް ސަރުކާރުން ދޭނީ އެ މަރުކަޒުން ކަނޑައަޅާ ޕްރޮގްރާމް ފީގެ އަދަދެވ.ެ

(ރ) މި އުސޫލުގެ 8 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިނ،ް ފުރަތަމަ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވެ ކިޔަވަން ފެށުމަށްފަހު ދިގުވެގެން 18 (އަށާރަ) މަސްދުވަސް ފާއިތުވުމަށްފަހު މި ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހަޅައިފިނަމަ ފައިސާ ދޫކުރާނ،ީ ހުށަހެޅި ދުވަހުން ފެށިގެން ޕްރޮގްރާމުގެ ބާކީ އޮންނަ ބައިގައި ފެށޭ ސެމެސްޓަރތަކަށެވ.ެ

(ބ) ޓްވިނިންގ ޕްރޮގްރާމަކަށް ސަރުކާރުން ފައިސާ ދޭނަމ،ަ ދޭނ،ީ އެ ޕްރޮގްރާމަށް ޓިއުށަން ފީގެ ގޮތުގައި ދިނުމަށް ސަރުކާރުން ކަނޑައަޅައި އިއުލާނުކޮށްފައިވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތީނ،ް ދިވެހިރާއްޖޭގައި ކިޔަވާ ބަޔަށް އެކަންޏެވ.ެ

(ޅ) ދަރިވަރަށް ދޫކުރާ ފައިސާ ޖަމާކުރާނ،ީ ދިވެހިރާއްޖޭގައި ހުޅުވައިފައިވާ ބޭންކެއްގައ،ި ދަރިވަރުގެ ނަމުގައި އޮންނަ ދިވެހި ރުފިޔާ އެކައުންޓަކަށެވެ. 

(ކ) ފައިސާ ޖަމާކުރާނ،ީ ދަރިވަރުގެ އެކަޑެމިކް އަހަރަކަށް 2 (ދޭއް) ފަހަރު މަތިންނެވ.ެ

(އ) ދަރިވަރަށް ފުރަތަމަ ފަހަރު ފައިސާ ދޫކުރުމަށްފަހ،ު ދެން ކޮންމެ ފަހަރަކު ފައިސާ ދޫކުރާނ،ީއެންމެފަހުން ދޫކުރި ފައިސ،ާ ކިޔަވައިދޭ މަރުކަޒަށް ދެއްކިކަމުގެ ރަސީދ،ު މިނިސްޓްރީއަށް ހުށަހެޅުމުންނެވ.

 

6 ވަނަ މާއްދާ - ޕްރޮގްރާމް ބަދަލުކުރުން

މި އުސޫލުގައިވާ ގޮތަށް ފައިސާ ލިބިގެން ކިޔަވަމުންދާ ދަރިވަރަކު ކިޔަވަމުންދާ ޕްރޮގްރާމް ބަދަލު ކުރެވޭނީ އެންމެ ފަހަރަކުއެވ.ެ މިގޮތުން ޕްރޮގްރާމް ބަދަލުކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައެވެ. 

(ހ) ދޫކޮށްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ސަރުކާރުން ދަރިވަރަށް ހޭދަކޮށްފައިވާ ފައިސ،ާ މި އުސޫލުގެ ޖަދުވަލު 1 ގައިވާ ގޮތަށް މިނިސްޓްރީއަށް ދައްކައިފައިވުން.

(ށ) ދޫކޮށްލާ ޕްރޮގްރާމުގައި ފުރިހަމަކޮށްފައިވާ ހުރިހާ މޮޑިޔުލަކަށް އެޑްވާންސްޑް ސްޓޭންޑިންގ ލިބިފައިވުން.

 

7 ވަނަ މާއްދާ - މަރުކަޒު ބަދަލުކުރުން

މި އުސޫލުގައިވާ ގޮތަށް ފައިސާ ލިބިގެން ކިޔަވަމުންދާ ދަރިވަރަކު ކިޔަވަމުންދާ މަރުކަޒު ބަދަލު ކުރެވޭނީ އެންމެ ފަހަރަކުއެވ.ެ މިގޮތުން މަރުކަޒު ބަދަލުކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައެވެ. 

(ހ) މަރުކަޒު ބަދަލުވާއިރު މި ސްކީ މުގެ ދަށުން ދަރިވަރަށް ހޭދަކޮށްފައިވާ ފައިސ،ާ މި އުސޫލުގެ 
ޖަދުވަލު 1 ގައިވާ ގޮތަށް މިނިސްޓްރީއަށް ދައްކައިފައިވުން.

(ށ) ދޫކޮށްލާ މަރުކަޒުގައި ކިޔަވަމުންދިޔަ ޕްރޮގްރާމުން ފުރިހަމަކޮށްފައިވާ ހުރިހާ މޮޑިޔުލަކަށް އެޑްވާންސްޑް ސްޓޭންޑިންގ ލިބިފައިވުން.

 

8 ވަނަ މާއްދާ - ދަރިވަރުގެ ޒިންމާތައް

މި އުސޫލުގެ ދަށުން ކިޔަވަން ފައިސާ ހޯދަން ހުށަހަޅާ ދަރިވަރ،ު ތިރީގައި ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރަންވާނެއެވެ. 

(ހ) މި ސްކީމުގެ ދަށުން ކިޔެވުމަށް އެދޭ ފޯމ،ު މިނިސްޓްރީގެ "މައި އެޑިޔު ޕޯޓަލް" މެދުވެރިކޮށް 
ހުށަހެޅުމާއ،ި މި އުސޫލާ އެއްގޮތަށް އަމަލުކުރަން އެއްބަސްވުން.

(ށ) ފުރަތަމަ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވެގެން ކިޔަވަން ފެށުމަށްފަހ،ު ގިނަވެގެން 18 (އަށާރަ)މަސްދުވަސް ފާއިތުވުމުގެ ކުރިން އެކަމަށް އެދި ހުށަހެޅުން. 

(ނ) މިނިސްޓްރީން ކަނޑައަޅައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ޕްލޭސްމެންޓް ލެޓަރ ނުވަތަ ލިޔުމެއް މިނިސްޓްރީއަށް ހުށަހެޅުން. 

  1. ދަރިވަރުގެ ނަން؛
  2. ދަރިވަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  3. ޕްރޮގްރާމުގެ ނަން؛
  4. ޕްރޮގްރާމް ފެށޭ ތާރީހު؛
  5. ޕްރޮގްރާމް ނިމޭ ތާރީހު ނުވަތަ މުއްދަތު؛
  6. ޓްވިނިންގ ޕްރޮގްރާމެއްނަމަ ރާއްޖޭގައި ކިޔަވާ މުއްދަތު؛
  7. އެޑްވާންސްޑް ސްޓޭންޑިންގ ލިބިފައިވާނަމަ އެކަން؛
  8. ޕްރޮގްރާމަށް އެވޯޑްކުރާ ކްރެޑިޓްގެ ޖުމުލަ؛

(ރ) ޖުމުލަ ޓިއުށަން ފީ ނުވަތަ ޕްރޮގްރާމުގެ ފީ ޕޭމަންޓް ށެޑިއުލް / ފީ ސްޓްރަކްޗަރ ހުށަހެޅުން.

(ބ) ދަރިވަރަށް ފުރަތަމަ ފަހަރު ފައިސާ ދޫކުރުމަށްފަހ،ު ދެން ކޮންމެފަހަރަކު ފައިސާ ދޫކުރުމުގެ ކުރިން އެންމެ ފަހުން ދޫކުރި ފައިސ،ާ ކިޔަވައިދޭ މަރުކަޒަށް ދެއްކިކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހެޅުން.

(ޅ) ޕްރޮގްރާމް ނިމޭނެކަމަށް ޕްލޭސްމެންޓް ލެޓަރގައި ކަނޑައަޅައި ފައިވާ ތާރީހުގައި ނުވަތަ އޭގެ ފަހުން ފާއިތުވާ ފުރަތަމަ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި ޕްރޮގްރާމް ފުރިހަމަކުރުން.(ނިމޭ ތާރީހުކަމަށް ބަލާނ،ީ 13 ނޮވެންބަރު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު" އާ އެއްގޮތަށް ޑިފަރ ކޮށްފައިވާނަމަ އެ މުއްދަތު ހިމަނައިގެންނެވ.ެ)

(ކ) މި މާއްދާގެ (ޅ) ގައި އޮތް ގޮތަށް ޕްލޭސްމަންޓް ލެޓަރގައި ނިމޭނެކަމަށް އޮތް ތާރީހު ފާއިތުވެފައިވާނަމ،ަ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ޕްރޮގްރާމް ފުރިހަމަކުރުން. (ނިމޭ ތާރީހުކަމަށް ބަލާނ،ީ 13 ނޮވެންބަރު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު" އާ އެއްގޮތަށް ޑިފަރ ކޮށްފައިވާނަމަ އެ މުއްދަތު ހިމަނައިގެންނެވ.ެ) 
(އ) މިނިސްޓްރީއަށް ހުށަހަޅަން އަންގާ ލިޔެކިޔުންތައް އެ އެންގުމުގައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން.

(ވ) މި އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތަށް ފައިސާ އަނބުރާ ދައްކަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމ،ަ ދަރިވަރަށް ސަރުކާރުން ހަރަދުކޮށްފައިވާ މިންވަރ،ު މި އުސޫލުގެ ޖަދުވަލު 1 (އެކެއް) ގައިވާ ގޮތުގެ މަތީން އަނބުރާ ދެއްކުން.

 

9 ވަނަ މާއްދާ - ޑިފަރކުރެވޭނެ ގޮތާއި މުއްދަތު

މި އުސޫލުގައިވާ ގޮތަށް ކިޔަވާ ދަރިވަރަކަށް ޕްރޮގްރާމް ޑިފަރކުރެވޭނެގޮތް ތިރީގައި މިވަނީއެވެ. 

(ހ) ކިޔަވައިދޭ މަރުކަޒުން ޑިފަރކުރަން ހުއްދަކުރާކަމުގެ ލިޔުމެއް މިނިސްޓްރީއަށް ހުށަހެޅުން. 

(ށ) އެކިފަހަރުމަތިން ވިޔަސް ދަރިވަރަކަށް ޑިފަރކުރެވޭނެ އެންމެ ދިގު މުއްދަތަކީ 12 (ބާރަ) މަސްދުވަހެވ.ެ މި މުއްދަތު ބަލާނ،ީ ދަރިވަރަށް ފައިސާ ދޭން ފަށަން ކަނޑައަޅާ ތާރީހުންނެވ.ެ މި މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެ ދިގުވެއްޖެ ނަމަ ބެލެވޭނީ، އެ ދަރިވަރަކު ޕްރޮގްރާމް ހުއްޓައިލީކަމަށެވެ. 

 

10 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތައް

މި އުސޫލުގައި ވާގޮތަށް ހަރަދުކޮށްގެން ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ޓަކައި ތިރީގައި މިވާ ޒިންމާތައް މިނިސްޓްރީން އުފުލަންވާނެއެވެ. 

(ހ) ފައިސާ ލިބުމަށް އެދި އޮންލައިންކޮށް ހުށަހަޅާ އެޕްލިކޭށަނުގައިވާ މައުލޫމާތު ފުރިހަމަކަން ނުވަތަ ނޫންކަނ،ް ރަސްމީ 10 (ދިހަ) ދުވަހުގެ ތެރޭގައ،ި ހުށަހެޅި ފަރާތަށް އެންގުން.

(ށ) ފައިސާ ލިބުމަށް ށަރުތު ހަމަވާ ދަރިވަރުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫކުރަމުން ގެންދިއުން. 

 

11 ވަނަ މާއްދާ - ފައިސާ ދޫކުރުން ހުއްޓައިލާނެ ހާލަތްތައް

މި އުސޫލުގައިވާ ގޮތަށް ފައިސާ ލިބެމުންދާ ދަރިވަރުންނަށް ސަރުކާރުން ހަރަދުކުރުން އަންނަނިވި ހާލަތްތަކުގައި މިނިސްޓްރީން ހުއްޓައިލާނެއެވެ. 

(ހ) ކިޔަވަމުންދާ ޕްރޮގްރާމް ނުވަތަ މަރުކަޒު މިނިސްޓްރީގެ ހުއްދަނެތި ބަދަލުކުރުން.

(ށ) ކިޔަވައިދޭ މަރުކަޒުން ޕްރޮގްރާމް ހިންގުން ހުއްޓައިލުން.

(ނ) ދަރިވަރުގެ ކިޔެވުން ދަރިވަރު އަމިއްލައަށް ހުއްޓައިލުން.

(ރ) ކިޔަވަމުންދާ ޕްރޮގްރާމުން ދަރިވަރު ވަކިކުރުން.

(ބ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ދަރިވަރު އަމަލު ނުކުރުން. 

 

12 ވަނަ މާއްދާ - ފައިސާ ދޫނުކުރާނެ ކަންކަން

ޕްރޮގްރާމުގެ ފީގެ އިތުރުން މަރުކަޒަށް ފައިސާ ދައްކަންޖެހޭ އެހެނިހެން ކަންކަމަށް (މިސާލު: ދަސްވެނިވުމުގެ ފ،ީ އެޑްމިށަންފ،ީ އެގްޒަމިނޭށަން ފީ ދެއްކުން ނުވަތަ އެޑްވާންސްޑް ސްޓޭންޑިންގ ލިބިފައިވާ މޮޑިއުލްތަކާއ،ި މޮޑިއުލް ރިޕީޓްކުރުން ފަދަ ކަންކަމަށް) ފުރަތަމަ ޑިގްރީ ސްކީ މުގެ ތެރެއިން ފައިސާ ދުލެއް ނުކުރާނެއެވެ. 

 

13 ވަނަ މާއްދާ - ދަރިވަރ،ު ސަރުކާރަށް ފައިސާ ދައްކަންޖެހޭ ހާލަތްތައް

މި އުސޫލުގައި ވާ ގޮތަށް ދަރިވަރަށް އެއްވެސް ފައިސާއެއް ދޫކުރުމަށްފަހު އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވެއްޖެނަމ،ަ މި އުސޫލުގެ ޖަދުވަލު 1 ގައިވާ ގޮތަށް ދަރިވަރު އެ ފައިސާ މިނިސްޓްރީއަށް އަނބުރާ ދައްކަންޖެހޭނެއެވެ. 

(ހ) މަގްބޫލު އުޒުރަކާ ނުލައި ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓައިލުން.

(ށ) ދަރިވަރު ޕްރޮގްރާމުން ފެއިލްވެއްޖެކަމަށް މަރުކަޒުން ކަނޑައެޅުން.

(ނ) ފުރަތަމަ ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން.

(ރ) މިނިސްޓްރީއަށް ހުށަހަޅަންޖެހޭ އެއްވެސް މައުލޫމާތެއް ސިއްރުކުރުނ/ް ހިފެހެއްޓުން ނުވަތަ ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާކަން ފާހަގަވުން.

(ބ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އާއ،ި މި އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް މިނިސްޓްރީން ކޮށްފައިވާ ހަރަދު އަނބުރާ ދައްކަން ޖެހުން. 

 

14 ވަނަ މާއްދާ - ސަރުކާރުން ދަރިވަރަށް ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ހާލަތުގައި ނުދައްކާނަމަ އެޅޭނެ ފިޔަވަޅުތައް

ސަރުކާރުން ދަރިވަރަށް ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ހާލަތުގައި ނުދައްކާ ނަމަ ތިރީގައިވާ ފިޔަވަޅުތައް އެޅޭނެއެވެ.

(ހ) ސަރުކާރުން ދަރިވަރަށް ކުރި ހަރަދު އަނބުރާ ދައްކައި ނިމެންދެނ،ް މި މިނިސްޓްރީން އިއުލާނުކުރާ މަތީ ތައުލީމާއި ތަމްރީނުގެ އެއްވެސް ފުރުސަތެއް ނުދިނުން.

(ށ) ފައިސާ ހޯދުމަށް ށަރުއީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

 

15 ވަނަ މާއްދާ - ސަރުކާރުން ކަނޑައަޅާ ރޭޓަށް ބަދަލުގެނައުން 

މި އުސޫލުގައިވާ ގޮތަށް ޕްރޮގްރާމް ފީ ދިނުމަށް ސަރުކާރުން ކަނޑައަޅައ،ި މިނިސްޓްރީގެ ވެބްސައިޓުގައި އިއުލާނުކޮށްފައިވާ ޕްރޮގްރާމްތަކާއ،ި އެ ޕްރޮގްރާމްތަކަށް ޕްރޮގްރާމް ފީގެ ގޮތުގައި ދޭ އަދަދުތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އަމަލުކުރާނ،ީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. 

(ހ) ބަދަލުގެނައުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭށަން ހުށަހެޅި ދަރިވަރަކ،ު ކިޔަވަން ހުށަހަޅައިފައިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް އެ ދަރިވަރަށް ދޭ ފައިސާގެ އަދަދަށް އުނިކަމެއް ނުގެނައުން. 

(ށ) ބަދަލުގެނައުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭށަން ހުށަހެޅި ދަރިވަރަކ،ު ކިޔަވަން ހުށަހަޅައިފައިވާ ޕްރޮގުރާމް ފުރިހަމަކުރުމަށް ދޭ ފައިސާގެ އަދަދ،ު މި ބަދަލުގެ ސަބަބުން އިތުރުވާނަމ،ަ ބަދަލުގެނައި ތާރީހުގެ ފަހުން ފެށޭ ސެމެސްޓަރތަކުގެ ޕްރޮގްރާމް ފ،ީ އެ ބަދަލާ އެއްގޮތަށް އިތުރުކުރުން. 

 

16 ވަނަ މާއްދާ - މާނަކުރުން 

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ. 

(ހ) "ފުރަތަމަ ޑިގްރީ" ކަމަށް ބުނެފައި އެ ވަނ،ީ މަދުވެގެން 360 (ތިންސަތޭކަ ފަސްދޮޅަސް) ކްރެޑިޓް ހަމަވ،ާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ބެޗްލަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީއާ އެއްވަރުގެ ސަނަދަކަށެވ.ެ އެއީ އެޑްވާންސްޑް ސްޓޭންޑިންގ ލިބިފައިވާނަމ،ަ އެފަދަ މޮޑިއުލެއްގެ ކްރެޑިޓާ ވެސް އެކުގައެވެ.

(ށ) "ފުލްޓައިމް" ކަމަށް ބުނެފައި އެ ވަނ،ީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ޕްރޮގްރާމް ކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގްރާމްތަކަށެވެ.

(ނ) "ޑެލިވަރީ މޯޑަލިޓީ" ކަމަށް ބުނެފައި އެ ވަނީ ، ކިޔަވައިދޭ ތައުލީމީ ޕްރޮގްރާމް ދަރިވަރުންނަށް ފޯރުކޮށްދޭ ގޮތަށެވެ.

(ރ) "ޕްލޭސްމަންޓް" ކަމަށް ބުނެފައި އެ ވަނ،ީ މަތީ ތައުލީމުދޭ މަރުކަޒަކުން އެ ތަނުގެ ފަރާތުން ހިންގާ ޕްރޮގްރާމެއްގައި ކިޔެވުމަށް ދަރިވަރަކަށް ދީފައިވާ ޖާގައަށެވެ.

(ބ) "މަރުކަޒު" ކަމަށް ބުނެފައި އެ ވަނ،ީ ގާނޫނެއްގެ ދަށުން ރާއްޖޭގައި އުފައްދައިފައިވާ ޔުނިވަރސިޓީތަކާއ،ި ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް މިނިސްޓްރީން ހުއްދަ ދީފައިވ،ާ މަތީ ތައުލީމު ދޭ މަރުކަޒުތަކަށެވެ.

(ޅ) "މޮޑިއުލް" ކަމަށް ބުނެފައި އެ ވަނ،ީ ފުރަތަމަ ޑިގްރީ ޕްރޮގްރާމުގައި ކިޔަވާ މާއްދާއަކަށެވ.ެ

(ކ) "ޕްރޮގްރާމް" ކަމަށް ބުނެފައި އެ ވަނ،ީ ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް ކިޔަވާ މޮޑިއުލްތައް ހިމެނޭ ޕްރޮގްރާމަށެވެ.

(އ) "ޑިފަރކުރުން" ކަމަށް ބުނެފައި އެ ވަނ،ީ ޕްރޮގްރާމުގެ ވަކި މިންވަރެއް ފުރިހަމަކުރުމަށްފަހ،ުބާކީ ބައި ފަހުން ފުރިހަމަކުރާ ގޮތަށް ކިޔެވުން މެދުކަނޑައިލުމަށެވެ.

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނ،ީ މަތީ ތައުލީމާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަން އެއިރަކު ހަވާލުވެފައިވާ ސަރުކާރުގެ އިދާރާއަށެވެ.

(މ) "އެޑްވާންސްޑް ސްޓޭންޑިންގ" ކަމަށް ބުނެފައި އެ ވަނ،ީ ކުރިން ކިޔެވި މޮޑިއުލެއްގެ މައްޗަށް ބިނާކޮށ،ް ފަހުން ކިޔަވާ ޕްރޮގްރާމުގެ މޮޑިއުލެއް ކިޔަވަން ނުޖެހި ޕްރޮގްރާމް ފުރިހަމަކުރާގޮތަށް ހަމަޖެއްސުމަށެވެ. 

 

17 ވަނަ މާއްދާ - އުސޫލަށް ޢަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

(ށ) މި އުސޫލަށް ޢަމަލުކުރަން ފެށުމުނ،ް 13 ނޮވެންބަރު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު" އުވުނީއެވެ. 

 

 

ޖަދުވަލު 1

މި އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތަށް ފައިސާ ދައްކަންޖެހޭނަމަ ދައްކަންވީ މުއްދަތު

މި އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތަށް ފައިސާ އަނބުރާ ދައްކަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމ،ަ އެ ފައިސާ ދެއްކުމުގައި ދަރިވަރު ޢަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) ދަރިވަރަށް ޚަރަދުކުރީ 25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ މަދު މިންވަރެއްނަމ،ަ އެ މިންވަރެއ،ް 2 އަހަރުދުވަހުގެ (24 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވ.

(ށ) ދަރިވަރަށް ޚަރަދުކުރި މިންވަރު 25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ އިތުރުވެފައި 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ މަދު ނަމ،ަ އެ މިންވަރެއ،ް 2 އަހަރާއި 6 މަސްދުވަހުގެ (30 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވެ. 

(ނ) ދަރިވަރަށް ޚަރަދުކުރި މިންވަރު 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ އިތުރުވެފައި 100,000 (އެއްލައްކަ)  ރުފިޔާއަށްވުރެ މަދުނަމ،ަ އެ މިންވަރެއ،ް 3 އަހަރާއި 6 މަސްދުވަހުގެ (42 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވެ.

(ރ) ދަރިވަރަށް ޚަރަދުކުރި މިންވަރު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުވެފައި 200,000 (ދެލައްކަ) ރުފިޔާއަށްވުރެ މަދުނަމ،ަ އެ މިންވަރެއ،ް 4 އަހަރުދުވަހުގެ (48 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވެ.

(ބ) ދަރިވަރަށް ޚަރަދުކުރި މިންވަރު 200,000 (ދެލައްކަ) ރުފިޔާއަށްވުރެ އިތުރުވެފައި 300,000 (ތިންލައްކަ)  ރުފިޔާއަށްވުރެ މަދުނަމ،ަ އެ މިންވަރެއ،ް 7 އަހަރުދުވަހުގެ (84 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވެ.

(ޅ) ދަރިވަރަށް ޚަރަދުކުރި މިންވަރު 300,000 (ތިންލައްކަ) ރުފިޔާއަށްވުރެ އިތުރުވެފައި 400,000 (ހަތަރުލައްކަ)  ރުފިޔާއަށްވުރެ މަދުނަމ،ަ އެ މިންވަރެއ،ް 10 އަހަރުދުވަހުގެ (120 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވެ.

(ކ) ދަރިވަރަށް ޚަރަދުކުރި މިންވަރު 400,000 (ހަތަރުލައްކަ) ރުފިޔާއަށްވުރެ އިތުރުވެފައި 500,000 (ފަސްލައްކަ)  ރުފިޔާއަށްވުރެ މަދުނަމ،ަ އެ މިންވަރެއ،ް 12 އަހަރުދުވަހުގެ (144 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވެ.

(އ) ދަރިވަރަށް ޚަރަދުކުރީ 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ގިނަ މިންވަރެއް ނަމ،ަ އެ މިންވަރެއ،ް 15 އަހަރުދުވަހުގެ (180 މަސްދުވަސް) ތެރޭގައި އަނބުރާ ދައްކަންވާނެއެވެ.

 

މައި ގާނޫނު/ގަވާއިދު

ނެތް

 

އުވުނު އުސޫލު

ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު (އުސޫލު – 13 ނޮވެމްބަރު 2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު