މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-60)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 1 އޮކްޓޫބަރު 2026 ގައި)
ފުރަތަމަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ މެޖިސްޓްރޭޓް ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، މައްސަލަ ބަލައިގަތުމާއި، މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަ ހިންގުމާއި، ކޯޓުގެ އިދާރީ ކަންކަމާއި، ކޯޓުގެ އިހްތިސާސްގައިވާ މިނޫންވެސް ކަންކަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަކީ، މެޖިސްޓްރޭޓް ކޯޓުތައް ހިންގުމުގައި ހުރިހާ ކޯޓުތަކުން އެއްގޮތަކަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި، އެ ގާނޫނުގެ 156 ވަނަ މާއްދާއިން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އިދާރީ އޮނިގަނޑު
މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ އޮނިގަނޑު ކަނޑައަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
3 ވަނަ މާއްދާ - ރަސްމީ މަސައްކަތު ގަޑި
މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ށަރުއީ ދާއިރާއިން އެ ވަގުތަކު ކަނޑައަޅައިފައިވާ ރަސްމީ މަސައްކަތު ގަޑިއެކެވެ.
4 ވަނަ މާއްދާ - ކޯޓުގެ ސިއްކަ
(ހ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ކޮންމެ މެޖިސްޓްރޭޓް ކޯޓެއްގައި ބޭނުންކުރުމަށް ޓަކައި އެ ކޯޓަކަށް ހާއްސަ ވަކި ސިއްކައެއް އޮންނަންވާނެއެވެ.
(ށ) ކޯޓުގައި އާންމުކޮށް ބޭނުންކުރާ ސިއްކަ އޮންނަންވާނީ ދިވެހިބަހުންނެވެ. އެހެންނަމަވެސް، ދިވެހިބަސް ނޫން އެހެނިހެން ބަސްބަހުން ހުންނަ ލިޔުންތަކުގައި ޖެހުމަށް ޓަކައި އިނގިރޭސިބަހުން އޮންނަ ސިއްކައެއް ތައްޔާރުކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މެޖިސްޓްރޭޓް ކޯޓުގެ ނިންމުމެއް ލިޔެ ގަރާރުކުރެވޭ ކޮންމެ ރަސްމީ ލިޔުމެއްގައްޔާއި ކޯޓުގެ އެހެން ކޮންމެ ރަސްމީ ލިޔުމެއްގައި އެ ސިއްކަ ޖަހަންވާނެއެވެ. ބުނެވިދިޔަ އެއްވެސް ލިޔުމެއި، އެ ލިޔުމެއް ނިސްބަތްވާ މެޖިސްޓްރޭޓް ކޯޓެއްގެ ސިއްކައާ ނުލައި ސައްހައެއް ނުވާނެއެވެ.
(ރ) ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ ކޯޓުގެ އިސް މެޖިސްޓްރޭޓް ނުވަތަ ކޯޓުގެ ރަޖިސްޓްރާރ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، ކޯޓުގެ އެއްވެސް ލިޔުމެއްގައި އެ ކޯޓެއްގެ ސިއްކަ ޖަހައިގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ށަރީއަތްކުރެވޭ ބަސް
(ހ) ކޯޓުގައި ހިންގާ ށަރީއަތުގެ އެންމެހައި މަރުހަލާތައް ކުރިޔަށް ގެންދަންވާނީ، އަދި އެންމެހައި ލިޔެކިޔުންތަކާއި ރިކޯޑުތައް ބަލަހައްޓަންވާނީ ދިވެހިބަހުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިނގިރޭސިބަހުން ހުންނަ ލިޔެކިޔުންތައް ކޯޓަށް ބަލައިގަތުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި ދިވެހިބަސް ފިޔަވައި އެ ނޫން ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތަކުގެ ދިވެހިބަހުގެ ތަރުޖަމާއެއް ހުށަހެޅުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) ދިވެހިބަހާއި އިނގިރޭސިބަސް ފިޔަވައި އެ ނޫން ބަހަކުން ހުންނަ ލިޔެކިޔުންތަކުގެ ތަރުޖަމާ ހުށަހަޅާއިރު، އަސްލާ އެއްގޮތް ތަރުޖަމާއެއްކަން ކަށަވަރު ކުރެވިފައިވާ ތަރުޖަމާއެއް ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - ކޯޓުގެ ލިޔެކިޔުންތައް ބޭރަށް ގެންދިޔުން
(ހ) މެޖިސްޓްރޭޓް ކޯޓުގެ އެއްވެސް ލިޔެކިޔުމެއް، ކޯޓުގެ ހުއްދަނެތި ކޯޓުން ބޭރަށް ގެންދިޔުމަކީ މަނާކަމެކެވެ. އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ އެއްވެސް ލިޔުމެއް، ކޯޓުގެ ކަމާބެހޭ ފަރާތެއްގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ކޯޓުން ބޭރަށް ގެންގޮސްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓާ ހަވާލުވެ ހުންނަ މެޖިސްޓްރޭޓަށް ނުވަތަ ވަކި މައްސަލައެއް ބެލުމާ ހަވާލުވެ ހުންނަ މެޖިސްޓްރޭޓަށް، އޮންލައިން ވަސީ ލަތެއް މެދުވެރިކޮށް، މައްސަލައިގެ ފައިލުގައި ހިމެނޭ ލިޔުންތައް ބަލައިހެދޭނެ އިންތިޒާމެއް ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ށަރީއަތް ނިންމައި، އެ މައްސަލައަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލުކުރުމަށްފަހު، އެއްވެސް ލިޔުމެއްގެ އަސްލު ފައިލުން އުނިކޮށް އިތުރުކޮށް ހަދައިގެން ނުވާނެއެވެ.
(ރ) ގާނޫނަކުން ނުވަތަ ގަވާއިދަކުން ބާރު ލިބިގެން މެނުވީ، މައްސަލައެއް ގެ ފައިލު، އެ މައްސަލަ ބަލާ މެޖިސްޓްރޭޓުގެ ހުއްދަނެތި އެއްވެސް ފަރާތަކުން ހުޅުވައި ބަލައި ހަދައިގެން ނުވާނެއެވެ.
7 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
ކޯޓުގެ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ ރިކޯޑު ފުރިހަމައަށް ބަލަހައްޓަންވާނެއެވެ. އޭގެ ތެރޭގައި ކޯޓުން އެކުލަވައިލާ ލިޔެކިޔުންތަކާއި، ކޯޓަށް ލިބޭ ނުވަތަ ހުށަހެޅޭ އެންމެހައި ލިޔެކިޔުންތަކާއި ތަކެތީގެ ރިކޯޑު ހިމެނެއެވެ.
8 ވަނަ މާއްދާ - ކޯޓުގެ މުދަލާއި އިންވެންޓްރީ ބެލެހެއްޓުން
ކޯޓަށް ހޯދާ އެންމެހައި ހަރުމުދަލުގެ އިންވެންޓްރ،ީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކޯޓަކުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
ދެވަނަ ބާބު
މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމާއި ލިޔެކިޔުންތައް ބަލައިގަތުން
9 ވަނަ މާއްދާ - މައްސަލައާއި ލިޔެކިޔުންތައް ހުށަހެޅުން
(ހ) ކޯޯޓަށް ހުށަހަޅާ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހަޅަންވާނީ އެ ކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.
(ށ) ކޯޓަށް ހުށަހަޅާ މައްސަލަތަކާއި ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމުގައި އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އަމަލު ކުރެވިދާނެއެވެ. ކޯޓުގެ ކައުންޓަރަށް ހުށަހެޅުން؛ ނުވަތަ
- ކޯޓުން ކަނޑައަޅައިފައިވާ އ-ީމެއިލް އެޑްރެހަށް ހުށަހެޅުން؛ ނުވަތަ
- އިލެކްޓްރޯނިކް ވަސީލަތެއް ހަމަޖައް ސައިފައިވާ ނަމަ، އެ ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުން.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ށަރީއަތަށް ހުށަހަޅާ ލިޔުމެއް، ށަރީއަތުގެ މަޖިލީހުގައި ބަލައިގަތުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
10 ވަނަ މާއްދާ - މައްސަލައާއި ލިޔެކިޔުންތައް ހުށަހެޅޭނެ ގަޑި
(ހ) ކޯޓަށް އާންމުގޮތެއްގައި މައްސަލަ ނުވަތަ ލިޔެކިޔުންތައް ހުށަހެޅޭނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.
(ށ) އިސް މެޖިސްޓްރޭޓުގެ ހާއްސަ ހުއްދަޔަކާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި ގަޑިތައް ނޫން އެހެން ދުވަސްތަކާއި ގަޑިތަކުގައި ރަޖިސްޓަރީ ހުޅުވައިފައި ބެހެއްޓުމުގެ އިހުތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި މިގޮތުން ރަޖިސްޓަރީ ހުޅުވާ ހާލަތްތަކުގައި އެކަން އާންމު ކޮށް، ކޯޓުގައި ރިކޯޑުކޮށް ޔައުމިއްޔާ ކުރަންވާނެއެވެ.
(ނ) ކޯޓަށް މައްސަލަ ނުވަތަ ލިޔުމެއް ހުށަހެޅުނު ތާރީހު ކަމުގައި ބަލާނީ، ކޯޓުގެ ކައުންޓަރަށް އެ މައްސަލައިގެ ފޯމު ނުވަތަ ލިޔުމެއް ލިބުނު ތާރީހާއި ގަޑިއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހަޅާ ހާލަތުގައި، އެ މައްސަލައެއް ނުވަތަ ލިޔުމެއް ކޯޓަށް ލިބުނު ތާރީހާއި ގަޑިއެވެ.
(ރ) ކޯޓަށް މައްސަލައެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅައިފައިވަނީ މި މާއްދާގެ (ހ) ގައި ކޯޓުން ކަނޑައަޅައިފައިވާ ގަޑީގެ ފަހުން ކަމުގައި ވާ ނަމަ، އެ މައްސަލައެއް ނުވަތަ ލިޔެކިޔުމެއް ކޯޓަށް ހުށަހެޅުނު ތާރީހުކަމަށް ބަލާނީ ވިދިގެން އަންނަ ރަސްމީ ދުވަހުގެ ތާރީހެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅުނު ތާރީހު ބަލާނީ މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީންނެވެ.
(ޅ) ށަރީއަތްކުރުމާ ގުޅޭ އިޖުރާއީ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މައްސަލަ ހުށަހެޅުމަށް ވަކި ގަޑިއެއް ކަނޑައަޅައިފައިވާ ނަމަ، އަދި މައްސަލަ ކޯޓަށް ހުށަހެޅުނުކަމަށް ބަލާނެ މުއްދަތާ ގުޅޭގޮތުން ވަކި ގޮތެއް ބަޔާންކޮށްފައިވާ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އެފަދަ މައްސަލަތަކުގެ މައްޗަކަށް ނުހިނގާނެއެވެ.
11 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުން ކޯޓުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު
(ހ) މައްސަލަ ހުށަހަޅާ ފޯމު ކޯޓަށް ލިބުމާއެކު، އެ ފޯމު ލިބުނު ތާރީހާއި ގަޑިއާއި ފޯމާ ހަވާލުވި މުވައްޒަފުގެ ނަން ނޯޓުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މައްސަލަ ހުށަހަޅާ ފޯމެއް ކައުންޓަރުން ބަލައިގަތުމުގައި ބަލާނީ، މައްސަލަ ހުށަހަޅާ ފޯމު ފުރައިފައިވޭތޯއާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހަމަވޭތޯއެވެ. މިފަދައިން ފުރިހަމަވާ ފޯމެއް ނަމަ، އެ ފޯމެއް ކައުންޓަރުން ބަލައިގަނ،ެ އެންޓްރީ ތައްގަނޑު ޖަހައި، އެ މައްސަލައެއް ކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް އެ ކޯޓަކާ ހަވާލުވެ ހުރި ރަޖިސްޓްރާރއަކަށް ފޮނުވަންވާނެއެވެ.
(ނ) މައްސަލަ ހުށަހަޅާ ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި، ހުށަހެޅިފައިވާ ފޯމު ފުރިހަމަވާކަން ނުވަތަ ފޯމު އިސްލާހުކުރަންޖެހޭކަން ނުވަތަ ހުށަހަޅަންޖެހޭ ލިޔުމެއް އޮތް ނަމަ، އެ ފޯމު ހުށަހެޅި ފަރާތަށް އެކަން ކޯޓުން އަންގަންވާނެއެވެ. މިފަދައިން އަންގާ އެންގުން އޮންނަންވާނީ ރަޖިސްޓްރާރ އަންގާ އެންގުމެއްގެ ގޮތުގައެވެ.
(ރ) މައްސަލަ ހުށަހަޅާ ފޯމު އިސްލާހު ކުރަންޖެހޭ ނަމަ އެކަން ކުރަން ނުވަތަ އިތުރު ލިޔުމެއް ހުށަހަޅަންޖެހޭ ނަމަ ވަކި މުއްދަތެއްގައި އެ ކަމެއް ކުރަން ރަޖިސްޓްރާރ ލިޔުމަކުން އަންގަންވާނެއެވެ.
(ބ) ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމަށް ދޭ މުއްދަތުގައި އެ ފޯމު އިސްލާހު ނުކޮށްފި ނަމަ ނުވަތަ ފުރިހަމަކުރަން އަންގާ ކަމެއް ފުރިހަމަނުކޮށްފި ނަމަ، އެ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓުގެ ވަގުތީ ފަރުވާގެ އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅައިފައިވާ ނަމަ ނުވަތަ އެ ނޫންވެސް އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކެއް ކަމަށް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ މައްސަލަތަކުގައި، އެފަދަ ފޯމުތަކާ މެދު ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ރަޖިސްޓްރާރ ގޮތެއް ނިންމައި، އަދި އިތުރަށް ފުރިހަމަކުރަންޖެހޭ އިދާރީ އެހެނިހެން ކަންކަން ފުރިހަމަކުރުމަށްފައި، އެ މައްސަލައިގެ ފައިލާއެކު އެ ފޯމ،ު ކޯޓުގެ އިސް މެޖިސްޓްރޭޓާ ހަވާލުކުރަންވާނެއެވެ.
12 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން
(ހ) ކޯޓަށް ހުށަހަޅާ މައްސަލައެއް ކޯޓުގައި ރަޖިސްޓަރީކުރުމަށް ޓަކައި ފީއެއް ދައްކަންޖެހޭ ނަމަ، ފީއާއި ފީ ދައްކާނޭ ގޮތުގެ ތަފުސީލު، މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ށ) މައްސަލައެއް ކޯޓުގައި ރަޖިސްޓަރީކުރުމަށް ޓަކައި ފީއެއް ދައްކަންޖެހޭ ނަމަ، ހަސްމުގެ ފަރާތުން، އެ ފީ، ކޯޓަށް ދައްކަންވާނެއެވެ.
(ނ) މައްސަލަ ހުށަހަޅާ ފޯމެއް ބަލައިގަނެ އެ މައްސަލައެއް ރަޖިސްޓަރީކުރުމާއެކު، ރަޖިސްޓަރީކުރާ ތަރުތީބުން ކޮންމެ މައްސަލައަކަށް ގަޒިއްޔާ ނަންބަރެއް ދޭންވާނެއެވެ. އަދި މައްސަލައިގެ ފައިލު ހެދުމަށްފަހު، މައްސަލައިގެ ފައިލު، ވީ އެންމެ އަވަހަކަށް، ކޯޓުގެ އިސް މެޖިސްޓްރޭޓާ ހަވާލުކުރަންވާނެއެވެ. އެ ކޯޓަކީ އެއް މެޖިސްޓްރޭޓަކު މަސައްކަތްކުރާ ކޯޓެއް ނަމަ، މައްސަލައިގެ ފައިލު ހަވާލުކުރާނީ އެ މެޖިސްޓްރޭޓާއެވެ.
(ރ) މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދޭނެ ގޮތާއި، ކޯޓުން ނިންމާ އެހެނިހެން ށަރުއީ ނިންމުންތަކަށް ނަންބަރު ދޭނެ ގޮތް، މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމު ކުރަންވާނެއެވެ.
13 ވަނަ މާއްދާ - ގަޒިއްޔާގެ ދަފުތަރު
(ހ) ކޯޓުގައި ރަޖިސްޓަރީކުރެވޭ ގަޒިއްޔާތަކުގެ ދަފުތަރެއް އޮންނަންވާނެއެވެ. ރަޖިސްޓްރާރއަކު އައްޔަނުކުރެވިފައިވާ ކޯޓެއް ނަމަ، މި ދަފުތަރު ބަލަހައްޓާނީ ރަޖިސްޓްރާރ އެވެ. ރަޖިސްޓްރާރއަކު އައްޔަނުކުރެވިފައިވާ ނުވާ ކޯޓެއް ނަމަ މި ދަފުތަރު ބަލަހައްޓާނީ، ކޯޓާ ހަވާލުވެ ހުރި މެޖިސްޓްރޭޓު އެކަމަށް ކަނޑައަޅާ މުވައްޒަފެކެވެ.
(ށ) ގަޒިއްޔާގެ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ގަޒިއްޔާ ނަންބަރު؛
- ގަޒިއްޔާގެ ބާވަތް؛
- ހުށަހެޅި ތާރީހު؛
- ރަޖިސްޓަރީކުރެވުނު ތާރީހު؛
- ހުށަހެޅި ފަރާތުގެ މައުލޫމާތު (ނަން، ދާއިމީ އެޑްރެސް، މިހާރު އުޅޭ އެޑްރެސް، ކާކުކަން އަންގައިދޭ ލިޔުމުގެ ނަންބަރު، ޖިންސު، އުމުރު، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް)؛
- ރައްދުވާ ފަރާތުގެ މައުލޫމާތު (ނަން، ދާއިމީ އެޑްރެސް، މިހާރު އުޅޭ އެޑްރެސް، ކާކުކަން އަންގައިދޭ ލިޔުމުގެ ނަންބަރު، ޖިންސު، އުމުރު، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް)؛
- ތަމްސީލުކުރާ ވަކީލުން؛
- ރަޖިސްޓަރީ ކުރެވިފައިވާ މުދަލެއް ހިމެނޭ ނަމަ، އެ މުދަލުގެ މައުލޫމާތު؛
- ދައުވާގެ ނުވަތަ މައްސަލައިގެ ހުލާސާ؛
- ހަވާލުކުރި ސެކްށަނާއި މެޖިސްޓްރޭޓް؛
- ތަހުވީލުކޮށްފައިވާ ނަމަ، ތަހުވީލުކުރި ކޯޓު؛
- ނިންމި މެޖިސްޓްރޭޓް؛
- ނިންމި ތާރީހު؛
- ސައިޓޭށަން ނަންބަރު؛
- ނިންމި ގޮތް؛
- ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނަންބަރު؛
- ދަފުތަރުގައި ހިމެނުމަށް ރަޖިސްޓްރާރއަށް ފެންނަ އެހެނިހެން މައުލޫމާތު.
(ނ) އެ ގަޒިއްޔާއަކީ ޖިނާއީ ދައުވާއެއް ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ދައުވާކުރާ ފަރާތުގެ ރެފަރެންސް ނަންބަރު؛
- ތަހުގީގުކުރި ފަރާތުގެ ކޭސް ނަންބަރު ނުވަތަ ރެފަރެންސް ނަންބަރު؛
- ދައުވާކޮށްފައިވަނީ ކޮން ގާނޫނަކުން ކަމާއި، އެ ގާނޫނު ނަންބަރާއި މާއްދާ،
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، ގަޒިއްޔާގެ ދަފުތަރުގައި ހިމެނުމަށް ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ކަނޑައަޅާ ކޮންމެ މައުލޫމާތެއް ގަޒިއްޔާގެ ދަފުތަރުގައި ހިމަނަންވާނެއެވެ.
14 ވަނަ މާއްދާ - މައްސަލަ ބަލާ މެޖިސްޓްރޭޓް ކަނޑައެޅުން
(ހ) އެ ކޯޓަކީ އެއް މެޖިސްޓްރޭޓަށް ވުރެ ގިނަ މެޖިސްޓްރޭޓުން މަސައްކަތްކުރާ ކޯޓެއް ނަމަ، އެ ކޯޓުގެ އިސް މެޖިސްޓްރޭޓަށް މައްސަލައިގެ ފައިލު ލިބުމުން، ލަސްނުކޮށް އެ މައްސަލައެއް ބަލާނޭ މެޖިސްޓްރޭޓަކު، އިސް މެޖިސްޓްރޭޓް އައްޔަނުކުރަންވާނެއެވެ.
(ށ) އެއް މެޖިސްޓްރޭޓަށް ވުރެ ގިނަ މެޖިސްޓްރޭޓުން މަސައްކަތްކުރާ ކޯޓުތަކުގައި މައްސަލަ ބަލަން މެޖިސްޓްރޭޓުން ކަނޑައަޅާނީ، ބުރުހަމަވާ ގޮތަށް، ތަރުތީބުން ހުރިހާ މެޖިސްޓްރޭޓުންނަށް މައްސަލަތައް ހަމަހަމައަށް ބެހެމުންދާނޭ ގޮތަށެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، މައްސަލަތައް ތަރުތީބުކުރާނީ، މަދަނީ މައްސަލަތަކާއި، އާއިލީ މައްސަލަތަކާއި، ޖިނާއީ މައްސަލަތައް ވަކީންނެވެ. މީގެ އިތުރުން، މަދަނީ މައްސަލަތަކުގައި، ހުކުމް ތަންފީޒުކުރުމަށް ހުށަހަޅާ މައްސަލަތަކާއި އެނޫން މައްސަލަތައް މެޖިސްޓްރޭޓުންގެ މެދުގައި ބެހުމުގައި ބަލާނީ ވަކި ދެ ބާވަތެއްގެ މައްސަލައިގެ ގޮތުގައެވެ.
(ރ) ކޯޓަށް ހުށަހަޅާ ޖިނާއީ ދައުވާތައް މެޖިސްޓްރޭޓުންގެ މެދުގައި ބެހުމުގައި އަދަދު ހަމަކުރާނީ، ރަޖިސްޓަރީކުރެވޭ ކޮންމެ ދައުވާ ފޯމެއް އެއީ އެއް މައްސަލައެއްގެ ގޮތުގައި ބަލައިގެންނެވެ. އެއް ދައުވާ ފޯމުން ހުށަހަޅާ ވަކިވަކި ދައުވާތަކަށް ވަކި ގަޒިއްޔާ ނަންބަރެއް ދިންނަމަވެސް، މައްސަލަ ބެހުމުގެ ބޭނުމަށް އެ ގަޒިއްޔާތައް ބަލާނީ އެއް މައްސަލައެއްގެ ގޮތުގައެވެ.
(ބ) މެޖިސްޓްރޭޓުންގެ މެދުގައި މައްސަލަ ބެހުމުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބައިތަކަށް ވުރެ އިތުރަށް އެހެނިހެން ބައިތަކަށް މައްސަލަތައް ބަހައިގެން ނުވާނެއެވެ.
(ޅ) މެޖިސްޓްރޭޓުންގެ މެދުގައި ބުރުހަމަވާނޭހެން ތަރުތީބުން މައްސަލަ ބެހުމުގައި، ކުރިން ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާ ސީދާ ގުޅުންހުރ،ި އަދި އެކުއެކީގައި ހިންގަންޖެހޭ ބާވަތުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ފޮނުވާނީ، ކުރިން ހުށަހެޅުނު މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަށެވެ. ނަމަވެސް، މި ގޮތުން މައްސަލައެއް ހަވާލުކޮށްފި ނަމަ، އެ ބާވަތުގެ ދެން ހުށަހެޅޭ މައްސަލަތައް ތަރުތީބުކުރާނީ، މެޖިސްޓްރޭޓުންގެ މެދުގައި މައްސަލަތަކުގެ އަދަދު ހަމަހަމަވާނޭ ގޮތަކަށެވެ.
(ކ) މި މާއްދާގެ ބޭނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހޭބިއަސް ކޯޕަސް އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކާއި މުދާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް ބަލާނީ ވަކި ގަޒިއްޔާއެއްގެ ގޮތުގައެވެ.
15 ވަނަ މާއްދާ - އިސްތިއުނާފީ ކޯޓުން ތަހުވީލުކުރެވޭ މައްސަލަތައް ބެލުން
(ހ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގައިވާ ގޮތުގެ މަތީން، އަލުން ބެލުމަށް އިސްތިއުނާފީ ކޯޓަކުން މެޖިސްޓްރޭޓް ކޯޓަކަށް ތަހުވީލުކުރާ މައްސަލަތައް އެ ކޯޓުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ތަހުވީލުވާ މައްސަލަތައް ރަޖިސްޓަރީކުރާނީ އެ މައްސަލަތައް ތަހުވީލުވާ ތަރުތީބުންނެވެ.
(ށ) ކޯޓުތަކަށް ތަހުވީލުވާ މައްސަލަތައް ރަޖިސްޓަރީ ކުރަންވާނީ، އައު ގަޒިއްޔާއެއްގެ ގޮތުގައެވެ. އަދި މިފަދަ ގަޒިއްޔާތަކަށް ނަންބަރު ދޭންވާނީ، ތަހުވީލުކޮށްގެން ބަލާ މައްސަލައެއްކަން އެނގޭނޭ ފަދަ ގޮތަކަށެވެ. ތަހުވީލުވާ މައްސަލަތައް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރޭށަން ފީއެއް ނުނަގާނެއެވެ.
(ނ) އަލުން ބެލުމަށް ތަހުވީލުކުރާ މައްސަލަ މެޖިސްޓްރޭޓް ކޯޓުން ބަލަންވާނީ، ތަހުވީލުކުރެވުނު މައްސަލައިގައި ހުކުމްކުރި ނުކުތާގެ ތަރަހައިގެ ތެރޭގައެވެ. އަދި ތަހުވީލުކުރިއިރު އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ތަހުވީލުކޮށްގެން ބަލާ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތަކީ ދަށު ކޯޓަށް ފުރަތަމަ އެ މައްސަލަ ހުށަހެޅި ފަރާތެވެ.
(ރ) ކޯޓުތަކަށް ތަހުވީލުވާ މައްސަލަތައް ބަލާނެ މެޖިސްޓްރޭޓަކު އައްޔަނުކުރާނީ، ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލާނެ މެޖިސްޓްރޭޓުން އައްޔަނުކުރުމުގައި އަމަލުކުރާ އުސޫލުންނެވެ. މި އުސޫލުން އެ މެޖިސްޓްރޭޓަކާ ހަވާލު ކުރަންޖެހޭ ތަހުވީލުވި މައްސަލައަކީ އެ މެޖިސްޓްރޭޓަކު ކުރިން ނިންމައިފައިވާ މައްސަލައެއް ނަމަ، އެ މައްސަލަ ބެލުމަށް އެ މެޖިސްޓްރޭޓަކާ ހަވާ ލުކޮށްގެން ނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ތަހުވީލުވި މައްސަލަ އެ ކޯޓުގެ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރެވެން އޮތް ނަމަ، އެފަދައިން ހަވާލު ކުރަންވާނެއެވެ. އެ ކޯޓެއްގައި އިތުރު މެޖިސްޓްރޭޓަކު ނެތް ނަމަ، އެ މައްސަލައެއް ހަވާލުކުރާނީ، ޖުޑީށަލް ދާއިރާގައި ދެންތިބި މެޖިސްޓްރޭޓުންގެ މެދުގައި ބުރުހަމަވާނޭހެން ތަރުތީބުންނެވެ. މި ގޮތަށް މައްސަލަ ހަވާލުކުރުމުގައި، އެ ކޯޓަކާ އެންމެ ކައިރި ރަށެއްގައި ހުރި ކޯޓުގެ މެޖިސްޓްރޭޓަށް އިސްކަންދިނުމުގެ އިހުތިޔާރު، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - އެއް ދަރަޖައިގެ އެއް ކޯޓުން އަނެއް ކޯޓަށް މައްސަލަ ތަހުވީލުކުރުން
(ހ) ކޯޓަކުން ބަލަމުންދިޔަ މައްސަލައެއްގައި އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، އިހްތިސާސް ލިބިގެންވާ ކޯޓަށް އެ މައްސަލަ ތަހުވީލުކުރަން ނިންމައިފި ނަމަ، އެ މައްސަލަ ތަހުވީލުވާ ކޯޓަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން މައްސަލައެއް ތަހުވީލުކުރާއިރު، އެ މައްސަލައިގެ ފައިލުގެ ކޮޕީ، ތަހުވީލުވާ ކޯޓަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ތަހުވީލުވާ މައްސަލައިގެ ލިޔެކިޔުން ކޯޓަށް ލިބުމާއެކު ރަޖިސްޓަރީކުރަންވާނީ އައު ގަޒިއްޔާއެއްގެ ގޮތުގައެވެ. ނަމަވެސް، މިފަދަ މައްސަލަތައް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރޭށަން ފީއެއް ނުނަގާނެއެވެ.
ތިންވަނަ ބާބު
ކޯޓު އަމުރު ނެރުން
17 ވަނަ މާއްދާ - ކޯޓު އަމުރަށް އެދި ހުށަހަޅާނެ ވަގުތު
(ހ) ކޯޓު އަމުރަށް އެދި ހުށަހަޅާނީ، ރަސްމީ ގަޑީގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަދަނީ މައްސަލަތަކާއި އާއިލީ މައްސަލަތަކާ ގުޅިގެން އިސްތިސްނާ ހާލަތްތަކުގައި ނުވަތަ ކޯޓުން އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭ ބާވަތްތަކުގެ ކޯޓު އަމުރުތަކަށް އެދި ކޮންމެ ވަގުތަކު ވެސް ހުށަހެޅިދާނެއެވެ. އަދި މި ފަދައިން އަމުރަކަށް އެދި ހުށަހަޅާ ހާލަތުގައި ހުށަހަޅާ ފަރާތުން އެކަން ކޯޓުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖިނާއީ މައްސަލަތަކާ ގުޅުންހުރި އަންނަނިވި އަމުރުތަކަށް އެދި، ކޮންމެ ވަގުތެއްގައި ވެސް ކޯޓަށް ހުށަހެޅިދާނެއެވެ.
- ހައްޔަރުކުރުމަށް އެދި ހުށަހަޅާ އަމުރު؛
- ބަލައި ފާސްކުރުމުގެ އަމުރު؛
- ޕާސްޕޯޓު ނުވަތަ ޓްރެވެލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ އަމުރު؛
- ހޭބިއަސް ކޯޕަސް އަމުރު؛
- އަވަހަށް ނެރެދޭން ޖެހޭކަމަށް ގަބޫލުކުރެވޭ އެހެނިހެން އަމުރުތައް.
18 ވަނަ މާއްދާ - އަމުރާ މެދު ގޮތެއް ނިންމުން
(ހ) ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކި ވަގުތެއް ކަނޑައަޅައިފައިވާ ނަމަ، އެ މުއްދަތުގެ ތެރޭގައި އެ ހުށަހެޅުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ށ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކޯޓު އަމުރަކަށް އެދި ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ހުށަހަޅާތާ އެންމެ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އަމުރު ނެރުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓުގެ އިހުތިޔާރުން ބޭރުގެ ކަމެއް ދިމާވެގެން އެ މުއްދަތުގެ ތެރޭގައި އެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނުނިމިއްޖެ ނަމަ، އެންމެ ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އަދި ލަސްވި ސަބަބު، ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
19 ވަނަ މާއްދާ - ކޯޯޓު އަމުރާ މެދު ނިންމިގޮތް ލިޔުމުން ދިނުން
(ހ) ކޯޓު އަމުރަކަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމާމެދު ނިންމި ގޮތް، އަމުރަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި، އަމުރަށް އެދުނު ފޯމުގެ ރިފަރެންސް ނަންބަރާއި، އަމުރަށް އެދުނު ފަރާތާއި، އަމުރަށް އެދުނު ތާރީހާއި، އަމުރާ މެދު ގޮތެއް ނިންމި ތާރީހާއި، އަމުރާ މެދު ގޮތެއް ނިންމި މެޖިސްޓްރޭޓުގެ ނަމާއި، ސޮޔާއި، އަމުރާ މެދު ނިންމި ގޮތާއި، ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.
(ނ) މަދަނީ މައްސަލަތަކާއި އާއިލީ މައްސަލަތަކުގައި ކޯޓު އަމުރަކަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ، މަދަނީ މައްސަލަތަކާއި އާއިލީ މައްސަލަތަކުގެ ށަރީއަތްކުރުމާ ގުޅޭ އިޖުރާއަތު ބަޔާންކޮށްފައިވާ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އުސޫލެއްގައި ބަޔާންކޮށްފައިވާ ގޮތަކަށެވެ.
ހަތަރުވަނަ ބާބު
ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުން
20 ވަނަ މާއްދާ - ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓު ހުޅުވައިފައި ހުންނަ ގަޑިތައް
(ހ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރާ ވަގުތު ކަނޑައަޅާނީ، އެ ޖުޑީށަލް ދާއިރާއެއްގެ މެޖިސްޓްރޭޓުންގެ މަށްވަރާޔާއެކު، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ. މި ގޮތުން ކަނޑައަޅާ ވަގުތު، ކޯޓުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް އާންމުކޮށްފައިވާ ގަޑި ފިޔަވައި، އެހެން ގަޑިއެއްގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ ނަމަ، ގަޑި ކަނޑައަޅާނީ، ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އެ ދުވަހަކަށް، އެ ކޯޓަކަށް ކަނޑައެޅިފައިވާ މެޖިސްޓްރޭޓެވެ.
21 ވަނަ މާއްދާ - ުހުމަތުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރުން
(ހ) ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެވޭ މީހުން، އަންނަނިވި ގޮތަކުން ކުރެ ގޮތަކަށް ކޯޓަށް ހާޒިރުކޮށްފި ނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
- ކުށުގެ ތުހުމަތުކުރެވޭ މީހާ ކޯޓުގެ އިމާރާތުގެ އެތެރެއަށް ވެއްދުން؛
- ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދާ ހާލަ ތުގައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ ށަރީއަތުގެ މަޖިލީހާ ގުޅައިލެވިފައިވާ ތަނަކަށް ކުށުގެ ތުހުމަތުކުރެވޭ މީހާ ހާޒިރުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދާ މެދު ގޮތެއް ނިންމުމަށް ކުށުގެ ތުހުމަ ތުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރި ގަޑި ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅައިލެވިފައިވާ ށަރީއަތުގެ މަޖިލީހަށް ތުހުމަތުކުރެވޭ މީހާ ހާޒިރުކުރެވުނު ގަޑ،ި ކޯޓުގެ ކަމާބެހޭ މުވައްޒަފުން ރިކޯޑުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާޒިރީ ރިކޯޑުގައި، ކުށުގެ ތުހުމަތުކުރެވޭ މީހާގެ ނަމާއި، ކުށުގެ ތުހުމަތުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރި ފަރާތުގެ ނަމާއި، ސަރވިސް ނަންބަރާއި، ހާޒިރުކުރި ތާރީހާއި ގަޑި ނޯޓުކޮށްފައި އޮންނަންވާނެއެވެ. އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅައިލެވިފައިވާ މަޖިލީހަށް ތުހުމަތުކުރެވޭ މީހާ ހާޒިރުކުރެވުނު ގަޑިއާއި ތާރީހާއި، ކޯޓަށް އެ މައުލޫމާތު ހިއްސާކުރި މުވައްޒަފުގެ ނަމާއި ރިކޯޑު ކާޑު ނަންބަރު ނުވަތަ ސަރވިސް ނަންބަރު ނޯޓުކޮށްފައި އޮންނަންވާނެއެވެ.
ފަސްވަނަ ބާބު
ތަރުޖަމާނަކު ހަމަޖެއްސުން
22 ވަނަ މާއްދާ - ތަރުޖަމާނަކު ހަމަޖެއްސުން
(ހ) ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، މައްސަލައިގައި ހިމެނޭ ފަރާތަކުން ތަރުޖަމާނަކު ހަމަޖައްސަން ބޭނުންވާ ހާލަތުގައި، ތަރުޖަމާނަކު ހަމަޖެއްސުމުގެ އިހުތިޔާރު، އެ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) ކޯޓަށް ހުށަހަޅައިފައިވާ ޖިނާއީ މައްސަލަތަކުގައި، ތަރުޖަމާނުން ހަމަޖެއްސުމުގައި އަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) މަދަނީ މައްސަލަތަކާއި އާއިލީ މައްސަލަތަކުގައި ހަސްމުންގެ ފަރާތުން ބޭނުންވާ ތަރުޖަމާނެއް ހަމަޖެއްސުމުގެ އިހުތިޔާރު އެ ހަސްމަކަށް ލިބިގެންވެއެވެ. އަދި މި ގޮތުން ހަމަޖައްސާ ތަރުޖަމާނުންގެ ރިކޯޑު އެ މައްސަލައެއްގެ ފައިލުގައި ބެލެހެއްޓުމުގެ އިތުރުން، ކޯޓުގައި އެ މައުލޫމާތު ވަކިން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ރ) ކޯޓުގައި ހިނގަމުންދާ މައްސަލަތައް ފިޔަވައި، ކޯޓުގައި ކުރާ ކައިވެނިތަކާ ގުޅުންހުރި ނުވަތަ ކޯޓުން ދޭ އެ ނޫންވެސް ހިދުމަތަކާ ގުޅިގެން ތަރުޖަމާނަކު ހަމަޖައްސަންޖެހިއްޖެ ހާލަތެއްގައި ތަރުޖަމާނު ހަމަޖެއްސުމަކީ އެކަމަށް އެދި ހުށަހަޅާ ފަރާތަކުން ކުރަންޖެހޭ ކަމެކެވެ.
(ބ) މަދަނީ ނުވަތަ އާއިލީ އިޖުރާއަތު ބަޔާންކޮށްފައިވާ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ތަރުޖަމާނުން ހަމަޖެއްސުމުގެ ފީއަށް ކޯޓުން ޒިންމާވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ނަމަ، އެފަދަ މައްސަލައެއްގައި ހަމަޖައްސާ ތަރުޖަމާނުންގެ ފީއަށް ކޯޓުން ޒިންމާވާކަށް ނުޖެހޭނެއެވެ.
(ޅ) ހުށަހެޅިފައިވާ މައްސަލަ ކުރިޔަށް ގެންދިޔުމުގައި ތަރުޖަމާނަކު ބޭނުންވާކަމަށް މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަށް ފެނިއްޖެ ނަމަ، މައްސަލަ ކުރިޔަށް ގެންދިޔުމުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ހަވަނަ ބާބު
މައްސަލައިން ތަނާޒުލުވުން
23 ވަނަ މާއްދާ - މައްސަލައިން ތަނާޒުލުވުން
(ހ) ކޯޓުގެ މެޖިސްޓްރޭޓަކާ ހަވާލުކޮށްފައިވާ މައްސަލައަކުން އެ މެޖިސްޓްރޭޓަކު ތަނާޒުލުވާންޖެހޭ ފަދަ ސަބަބެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުން އާންމުކޮށްފައިވާ 2026-35 (ފަނޑިޔާރުންނާ ހަވާލުކުރެވޭ މައްސަލަތަކުން ތަނާޒުލުވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކޯޓުގެ މެޖިސްޓްރޭޓަކާ ހަވާލުކޮށްފައިވާ މައްސަލައަކުން އެ މެޖިސްޓްރޭޓަކު ތަނާޒުލުވާންޖެހޭ ފަދަ ސަބަބެއް މެދުވެރިވެއްޖެ ނަމަ، ތަނާޒުލުވުމަށް އެދި ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ހުށަހަޅާނީ، ލިޔުމުން ނުވަތަ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާ ނަމަ އެ ސިސްޓަމުގެ ތެރެއިންނެވެ. މި ގޮތުން ހުށަހަޅާއިރު، ތަނާޒުލުވާ ސަބަބު ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައަކުން ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ތަނާޒުލުވާންޖެހޭ ހާލަތުގައި ތަނާޒުލުވާންޖެހޭ ސަބަބު ބަޔާންކޮށްފައި ހުށަހަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
(ރ) ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓު އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، މެޖިސްޓްރޭޓަކު ތަނާޒުލުވާންޖެހޭ ފަދަ ސަބަބެއް އޮވެގެން ތަނާޒުލުވާ ނަމަ އަމަލުކުރާނީ ވެސް މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
24 ވަނަ މާއްދާ - ތަނާޒުލުވުމަށް އެދި ހުށަހަޅާ މައްސަލަތަކާ މެދުގައި ގޮތެއް ނިންމުން
(ހ) މައްސަލައަކުން ތަނާޒުލުވުމަށް އެދި މެޖިސްޓްރޭޓް ހުށަހަޅާ ދުވަހުން ފެށިގެން ގިނަވެގެން ރަސްމީ މަސައްކަތުގެ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާމެދު ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި މެޖިސްޓްރޭޓް ގޮތެއް ނިންމަންވާނެއެވެ. އެފަދައިން ނިންމާ ނިންމުން، ތަނާޒުލުވި މެޖިސްޓްރޭޓަށާއި މައްސަލަ ހަވާލުކުރާ މެޖިސްޓްރޭޓަށް ލިޔުމުން އަންގައި، ރިކޯޑު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ނިންމާ ނިންމުމަކީ ތަނާޒުލުވުން ބަލައިގަތުން ކަމަށް ވާ ނަމަ، އެ މައްސަލަ ބެލުން އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މައްސަލަ ބެލުން އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލެއި، ކޮންމެ ޖުޑީށަލް ދާއިރާއެއްގައި ލިޔުމުން އޮންނަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި، ތަނާޒުލުވާ މައްސަލަތައް މެޖިސްޓްރޭޓުންނާ ހަވާލުކުރާނެ ތަރުތީބާއި، ހަވާލުކުރުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމާއި، އެފަދަ މައްސަލަތައް ހަވާލުނުކުރެވޭނެ ހާލަތްތަކެއް އޮތް ނަމަ އެ ހާލަ ތްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކުން ތަހުވީލުކުރާ މައްސަލަތަކުގެ ތެރެއިން ކުރިން އެ މެޖިސްޓްރޭޓަކު ނިންމައިފައިވާ މައްސަލައަކަށްވެގެން އެފަދަ މައްސަލަތަކުން ތަނާޒުލުވާ ހާލަތުގައި އެ މައްސަލައެއް ބަލާނެ މެޖިސްޓްރޭޓެއް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ބ) ތަނާޒުލުވުމަށް އެދި ހުށަހަޅާ ހާލަތުގައި، އެ ހުށަހެޅުމާމެދު ވީ އެންމެ އަވަހަކަށް ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި މެޖިސްޓްރޭޓް ގޮތެއް ނިންމައި، މި މާއްދާގައިވާ ގޮތުގެ މަތީން އެ މައްސަލަ އެހެން މެޖިސްޓްރޭޓަކާ ހަވާލުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އެކުލަވައިލަންވާނެއެވެ. މި އުސޫލު އެކުލަވައިލާނީ، ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ މަށްވަރާގެ މަތީން، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.
25 ވަނަ މާއްދާ - މައްސަލަ ބެލުން ހަވާލުވާ މެޖިސްޓްރޭޓުން އަމަލުކުރާނެ ގޮތް
މި ގަވާއިދުގައިވާ ގޮތުގެ މަތީން މައްސަލަ ބެލުން އެހެން މެޖިސްޓްރޭޓަކާ ހަވާލުކޮށްފި ނަމަ، އެ މައްސަލައެއް ބެލުމުގައި އަމަލުކުރާނީ، އިޖުރާއީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
26 ވަނަ މާއްދާ - މައްސަލަ ބެލުން އެހެން ކޯޓެއްގެ މެޖިސްޓްރޭޓަކާ ހަވާލުކުރުން
މެޖިސްޓްރޭޓަކު ތަނާޒުލުވި މައްސަލަ ބެލުން ހަވާލުކޮށްފައިވަނީ އެހެން ކޯޓެއްގެ މެޖިސްޓްރޭޓަކާ ކަމުގައި ވާ ނަމަ، ކޭސް މެނޭޖްމަންޓު ސިސްޓަމުގެ ތެރެއިން އެ މައްސަލައަކަށް އެކްސެސް ދިނުމުގެ އިންތިޒާމ،ު މައްސަލަ ހުށަހެޅިފައިވާ ކޯޓުން ހަމަޖައްސައިދޭންވާނެއެވެ. އަދި މައްސަލަ ކުރިޔަށްގެންދިއުމުގައި އިދާރީ އެންމެހައި އިންތިޒާމުތައް، މައްސަލަ ހުށަހެޅިފައިވާ ކޯޓުން ފުރިހަމަކޮށްދޭންވާނެއެވެ.
ހަަތްވަނަ ބާބު
ކޯޓަށް މީހުން ހާޒިރުކުރުން
27 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު
(ހ) ށަރީއަތްކުރުމާ ގުޅޭގޮތުން ހެދިފައިވާ އިޖުރާއީ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ވަކިގޮތެއް ބަޔާންކޮށްފައިނުވާ ހާލަ ތްތަކުގައި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނީ މި ގަވާއިދާ އެއްގޮތަށެވެ.
(ށ) ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތާއި ވަކީލުންނާއި ހެކީ ންނާއި ށަރީއަތާ ގުޅުންހުރި އެހެނިހެން ކަންކަމުގައި ކޯޓަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރާނީ އެކަމަށް ކޯޓުން ނެރޭ އަމުރަކުންނެވެ.
(ނ) ދައުވާލިބޭ ފަރާތުން ނުވަތަ ހެކިން ކޯޓު އަމުރާ ހަވާލުވުމަށް އިންކާރުކޮށްފި ނަމަ ނުވަތަ ކޯޓު އަމުރު ރައްދުވެ މަގްބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އިހުތިޔާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
28 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން
(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރާނީ، ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް އެ ވަގުތު ދިރިއުޅޭ އެޑްރެހަށް ނުވަތަ ދާއިމީ އެޑްރެހަށް ނުވަތަ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެ ކަމަށް އެ ފަރާތުން ކޯޓަށް މައުލޫމާތު ދީފައިވާ އީމެއިލަކަށް ނުވަތަ މުއާސަލާތީ ވަސީލަތެއްގެ އެކައުންޓަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމުން، ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމަށް ބަލަންވާނެއެވެ.
(ނ) ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް ދިރިއުޅޭ އެޑްރެހުގައި ނުވަތަ ދާއިމީ އެޑްރެހުގައި އުޅޭ މީހަކަށް ނުވަތަ ކޯޓަށް ހާޒިރުވާންޖެހޭ ފަރާތުގެ ވަކީލަށް ނުވަތަ ކޯޓުގައި އެ ފަރާތް ތަމްސީލުކުރުމަށް އައްޔަނުކޮށްފައިވާ މީހަކަށް އަމުރު ހަވާލުކުރުމުން، ކޯޓަށް ހާޒިރުވުމުގެ އަމުރު އެ ފަރާތަކަށް ރައްދުކުރެވުނީ ކަމަށް ބަލަންވާނެއެވެ.
(ރ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރަން ދިޔައިރު، ކޯޓަށް ހާޒި ރުވާންޖެހޭ މީހާ ދިރިއުޅެނީ އެ އެޑްރެހުގައިކަމަށް ވީނަމަވެސް، އެ ވަގުތު އެ އެޑްރެހުގައި އެ މީހާ ނެތްކަމަށް ބުނެ އެ އެޑްރެހުގައި އުޅޭ މީހަކު މައުލޫމާތު ދީފައިވާ ނަމަ، އަމުރު ރައްދުކުރެވޭތޯ 3 (ތިނެއް) ފަހަރު ބެލުމަށްފަހު، އަމުރު ރައްދު ނުކުރެވުނު ނަމަ، ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު، އެ އެޑްރެހުގައި ތަތްކުރެވިދާނެއެވެ. މިފަދައިން އަމުރު ތަތްކުރުމުން، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ކުރެވުނީ ކަމަށް ބަލަންވާނެއެވެ.
(ބ) ކޯޓަށް ހާޒިރުކުރަންޖެހޭ މީހާ އާންމުކޮށް ދިރިއުޅޭ ތަނަކީ ނުވަތަ މަސައްކަތްކުރާ ތަނަކީ ކަނޑުގައި ދުއްވާ އުޅަނދެއް ނަމަ، ހާޒިރުވާންޖެހޭ މީހާއަށް ނުވަތަ އުޅަނދުގެ ކެޕްޓަނަށް އަމުރު ރައްދުކުރުމުން، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން އުޅަނދުގެ ކެޕްޓަން އަމުރާ ހަވާލުނުވާ ހާލަތުގައި އެ އުޅަނދުގައި އަމުރު ތަތްކުރެވިދާނެއެވެ. އަދި މިފަދައިން އަމަލުކުރުމުން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
29 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި އަމުރު ރައްދުކުރުން
މަދަނީ މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ދައުވާލިބޭ ފަރާތަށް ރައްދުކުރުމުގައި، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ހުކުމް ތަންފީޒުކުރުމުގެ ބާބުގައިވާ ގޮތުގެ މަތީން އަމަލުކުރެވިދާނެއެވެ.
30 ވަނަ މާއްދާ - ދައުވާ ލިބޭ ފަރާތުގެ އެޑްރެސް ސާފުކުރުން
(ހ) ދައުވާލިބޭ ފަރާތް ދިރިއުޅޭ އެޑްރެސްކަމުގައި ދައުވާކުރާ ފަރާތުން ހިއްސާކޮށްފައިވާ އެޑްރެހުގައި ދައުވާލިބޭ ފަރާތް ނޫޅޭ ނަމަ، ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކޮށްދިނުމަށް ދައުވާކުރާ ފަރާތަށް ކޯޓުން އަންގާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކުރުމަށްފަހު، އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދައުވާކުރާ ފަރާތަށް އެންގި އެންގުމަށް ދައުވާކުރާ ފަރާތުން އިޖާބަދީފައި ނުވާ ނަމަ، ދައުވާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
31 ވަނަ މާއްދާ - ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރުމާއި ރަތް ނޯޓިސް
(ހ) ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުނުވެގެން އެކަން ދައުވާކުރާ ފަރާތުން ހިއްސާކޮށްފި ނަމަ، ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރާނީއެވެ.
(ށ) ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރެވިފައި ނުވާ ނަމަ، ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހުގައި ރަތް ނޯޓިސް ތަތްކުރާނީއެވެ.
(ނ) ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަކީ ދަފުތަރު ކަމަށް ވާ ނަމަ، މި މާއްދާގެ (ހ) އާއި (ށ) އަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.
32 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން
(ހ) މި ގަވާއިދުގެ 31 ވަނަ މާއްދާގެ ދަށުން ތަތްކުރާ ރަތް ނޯޓިހަށް، ދައުވާލިބޭ ފަރާތުން އިޖާބަދީފައި ނުވާ ނަމަ ނުވަތަ ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަކީ ދަފުތަރު ކަމަށް ވާ ނަމަ، ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާނީއެވެ.
(ށ) ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުމުން، ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުނުވި ނަމަ، ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންގޮސް މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް ށަރީއަތްކުރުމާބެހޭ އިޖުރާއީ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ޣައިރު ހާޒިރުގައި ނުހިންގޭނެ ކަމަށް ބަޔާންކޮށްފައިވާ މައްސަލަތައް ޣައިރު ހާޒިރުގައި ހިންގައިގެން ނުވާނެއެވެ.
33 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން
(ހ) ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އަމަލުކުރުމެއް ނެތި ކޯޓަށް ހާޒިރުނުވި ނަމަ ނުވަތަ އަމުރުގައި ނުހިފައިފި ނަމަ ނުވަތަ ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ހިނގައްޖެ ނަމަ ނުވަތަ އެޑްރެސް ބަދަލުވެގެން އެކަން ކޯޓަށް އަންގައިފައި ނެތުމުން ކޯޓަށް ހާޒިރުވުމުގެ އަމުރު އެ ފަރާތަށް ރައްދުކުރެވެން ނެތް ނަމަ، ދައުވާލިބޭ ފަރާތް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ށ) ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރު ނުކުރެވޭ ހާލަތުގައި، އެ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމެއް ނެތި ހުކުމް ތަންފީޒުކުރެވެން އޮތް ނަމަ، ހުކުމް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ހުކުމް ތަންފީޒުކުރުމަކީ ކޯޓަށް ލިބިގެންވާ އިހުތިޔާރެކެވެ.
(ނ) ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުނުވި ނަމަ ނުވަތަ އަމުރުގައި ނުހިފައިފި ނަމަ ނުވަތަ ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ހިނގައްޖެ ނަމަ ނުވަތަ އެޑްރެސް ބަދަލުވެގެން އެކަން ކޯޓަށް އަންގައިފައި ނެތުމުން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން ނެތް ނަމަ، ދައުވާލިބޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
34 ވަނަ މާއްދާ - މައުލޫމާތު ސާފުކުރުމަށް ޑިރެކްޓަރުން ހާޒިރުކުރުން
(ހ) ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި ދައުވާ ލިބެނީ ކުންފުންޏަކަށް ނަމަ ނުވަތަ ގާނޫނީ ށަހްސަކަށް ވެފައި، އަދި އެ ފަރާތުން ކޯޓަށް ހާޒިރުނުވާ ނަމަ ނުވަތަ ހާޒިރުވުމުގެ އަމުރާ ހަވާލުނުވި ނަމަ ނުވަތަ އެޑްރެސް ބަދަލުވެގެން އެކަން ކޯޓަށް އަންގައިފައި ނެތުމުގެ ސަބަބުން ކޯޓަށް ހާޒިރުވުމުގެ އަމުރު އެ ފަރާތަށް ރައްދުކުރެވެން ނެތް ނަމަ، ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ބޭނުމަށް، ކުންފުންޏެއްގެ ނުވަތަ ގާނޫނީ ށަހްސެއްގެ ޑިރެކްޓަރުންނާއި މަސްއޫލުވެރިންނާއި އެ ތަނެއްގެ އެކި މަގާމުތައް އަދާކޮށްފައިވާ ނުވަތަ އަދާކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ށ) ކޯޓަށް ހާޒިރުވުމަށް އަންގައިފައިވާ ޑިރެކްޓަރަކު ނުވަތަ މަސްއޫލުވެރިޔަކު ނުވަތަ ކުންފުނީގެ މަގާމެއް އަދާކުރި ނުވަތަ އަދާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވި ނަމަ ނުވަތަ އަމުރުގައި ނުހިފައިފި ނަމަ، ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
35 ވަނަ މާއްދާ - ޕާސްޕޯޓު ހިފަހައްޓައިފިކަން އެންގުން
މި ގަވާއިދުގައިވާ ގޮތުގެ މަތީން އެއްވެސް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ހާލަތުގައި، ޕާސްޕޯޓު ހިފަހައްޓައިފިކަމުގެ ލިޔުން، ވީ އެންމެ އަވަހަކަށް އެ މީހަކަށް ފޮނުވުމަށް މަސައްކަތް ކުރަންވާނެއެވެ.
36 ވަނަ މާއްދާ - ބަންދުގައި ތިބޭ މީހުން ކޯޓަށް ހާޒިރުކުރުން
(ހ) ބަންދުގައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުމަށް އަންގައި އަމުރުކުރާނީ، އެ މީހަކު ބަންދުކުރުމުގެ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކަށެވެ.
(ށ) ބަންދުގައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުމަށް ޓަކައި ފޮނުވާ އަމުރު އެ އިދާރާއަކަށް ރައްދުކުރުމުން، އެ މީހަކު ބަންދުކޮށްފައިވާ އިދާރާއަކުން ނުވަތަ ހައްޔަރުކޮށްފައިވާ އިދާރާއަކުން ކޯޓަށް ހާޒިރުވުމަށް އަންގައިފައިވާ ތާރީހާއި ގަޑިއާއި، ހާޒިރުވާންޖެހޭ ސަބަބު، ވީ އެންމެ އަވަހަކަށް އެ މީހާއަށް އޮޅުންފިލުވައިދޭން ވާނެއެވެ.
(ނ) ބަންދުގައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުމަށް އަންގާ އަމުރު، ބަންދުގައި ނުވަތަ ހައްޔަރުގައި ބަހައްޓައިފައިވާ އިދާރާއަށް ރައްދުވުމުން، އެ އިދާރާއަކުން، އެ އަމުރުގައިވާ ތާރީހާއި ގަޑިއަށް އެ މީހަކު ކޯޓަށް ހާޒިރު ކޮށްދޭންވާނެއެވެ.
37 ވަނަ މާއްދާ - ެހެން ރަށެއްގައި ހުރި މީހަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން
(ހ) އެހެން ރަށެއްގައި ހުރި މީހަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކޮށްދިނުމަށް، އަމުރު ރައްދުވާ ފަރާތް ހުރި ރަށުގައި ހުރި ކޯޓެއްގައި އެދެވިދާނެއެވެ. ނުވަތަ އެފަދަ އަމުރުތައް ޕޯސްޓް މެދުވެރިކޮށް ނުވަތަ ކޮރިއަރ ހިދުމަތެއް މެދުވެރިކޮށް ވެސް ފޮނުވިދާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް އެއް ކޯޓުން ފޮނުވާ ކޯޓު އަމުރު، އަނެއް ރަށު ގެ ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް ރައްދުކުރުމުން، އަމުރު ރައްދުކުރީކަމުގައި ބެލެވޭނެއެވެ. ނަމަވެސް މި ހާލަތުގައި އަމުރު ރައްދުނުކުރެވިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ އެ މައްސަލަ ހުށަހެޅިފައިވާ ކޯޓުންނެވެ.
38 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުން
(ހ) ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރެވޭ ކޮންމެ ފަރާތަކުން ވެސް، އަމުރުގައި ކަނޑައެޅިފައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުވާން ވާނެއެވެ. އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ބޭއްވުމަށް ޓަކައި ފޮނުވާ އަމުރާ އެއްގޮތަށް އެ އަމުރު ރައްދުކުރެވޭ ކޮންމެ ފަރާތަކުން ވެސް އަޑުއެހުމުގައި ބައިވެރިވާންވާނެއެވެ.
(ށ) ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް ކޯޓަށް ހާޒިރުވިކަމަށް ބަލާނީ، އަމުރުގައި ކަނޑައެޅިފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވެ، ކޯޓަށް ހާޒިރުވިކަން ކޯޓުގެ ކައުންޓަރާ ހިއްސާކުރުމުންނެވެ. ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދާ އަޑުއެހުމެއް ނަމަ ކޯޓަށް ހާޒިރުވިކަމަށް ބަލާނީ، ކޯޓުން އިރުށާދު ދީފައިވާ ގޮތަށް އަޑުއެހުމުގައި ބައިވެރިވުމުންނެވެ. އަދި އެ އަމުރުގައިވާ ގޮތަށް އަޑުއެހުމުގައި ބައިވެރިނުވުމަކީ ކޯޓަށް ހާޒިރުނުވުން ކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓަށް ހާޒިރުވުމަށް އަމުރު ރައްދުވެ، މަގުބޫލު ސަބަބެއް ނެތި އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފަރާތަކާ މެދު އަމަލުކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް، މަގުބޫލު ސަބަބުތައް ކަމުގައި ބަލާނީ އަންނަނިވި ސަބަބުތަކެވެ.
- ކޯޓަށް ހާޒިރުވާންޖެހޭ މީހާ ނުވަތަ އެ މީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ އުފަން ދަރިޔަކު ނުވަތަ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ބަލަންޖެހޭ އެނޫންވެސް މީހަކު ބަލިވެގެން އެ މީހަކު ބެލުމަށް ނުވަތަ އެ މީހަކަށް އެހީތެރިވާން ހުންނަން ޖެހުން؛
- އަނބިމީހާ ވިހެއުމަށް ނުވަތަ ދަރިޔަކު ހިތާނުކުރުމަށް އެ ތަނުގައި ހުންނަން ޖެހުން؛
- ކޯޓަށް ހާޒިރުވާންޖެހޭ މީހާ ނުވަތަ އޭނާގެ ވާރުތަވެރިޔަކު ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ މީހަކު ނުވަތަ އޭނާ ކައިވެނިކޮށްގެންއުޅޭ މީހާ ނުވަތަ އެ މީހާގެ ވާރުތަވެރިޔަކު ނުވަތަ ކޯޓަށް ހާޒިރުވާންޖެހޭ މީހާގެ ބެލުމުގެ ދަށުގައިވާ މީހަކު ނިޔާވުން؛
- ކޯޓަށް ހާޒިރުވާންޖެހޭ މީހާ ހުރީ ބަންދެއްގައި ނުވަތަ ގާނޫނު ލާޒިމުކުރާ ކަރަންޓީނުގައި ކަމަށް ވުން؛
- ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުނުއިރު، އެ އަމުރުގައިވާ ގަޑިއަށް އެހެން ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހާޒިރުވުމަށް ކުރިން އަމުރު ރައްދުވެފައި އޮތުން؛
- ކައިވެނީގެ މައުޛޫނެއްގެ ގޮތުން ނުވަތަ ވަލީވެރިއެއްގެ ގޮތުން ނުވަތަ ހެކިވެރިއެއްގެ ގޮތުން ނުވަތަ ކައިވެނިވާ މީހެއްގެ ގޮތުން ކައިވެނީގެ މަޖިލީހަކަށް ހާޒިރުވާންޖެހުން؛
- ކޯޓު އަމުރުގައިވާ ގަޑީގައި ބައިވެރިވާންޖެހޭގޮތަށް ކޮލެޖެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި ނުވަތަ ސްކޫލެއްގައި އިމްތިހާނެއް އޮތުން؛
- ކޯޓަށް ހާޒިރުވާން ޖެހިފައިވާ މީހާގެ ބާރު ނުހިނގާ ކަމެއް ނުވަތަ ނުރައްކައުތެރި ހާދިސާއެއް އެ މީހަކަށް ދިމާވުން؛
- މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ނުކުރެވޭ ގޮތް ދިމާވުން؛
- މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ސަބަބުތައް ފިޔަވައި ކޯޓަށް ބަލައިގަނެވޭނެ އެހެން ސަބަބެއް އޮތުން.
(ބ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުނުއިރު، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައިވާ ނަމަ، އަމުރު ރައްދުކުރާ ދުވަހާ ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު، ސަބަބު ބަޔާންކޮށް ލިޔުމަކުން ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި މިފަދައިން އަންގާ އެންގުމާއެކު އެކަމަށް ބާރުދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ޅ) މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ، އަމުރު ރައްދުކުރި ދުވަހަށް ނުވަތަ ޖެހިގެން އަންނަ ދުވަހަށް ކަމުގައި ވާ ނަމަ އަދި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެފައިވާ ނަމަ، އެ ސަބަބު ބަޔާންކޮށް، ހާޒިރުވާންޖެހޭ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ލިޔުމަކުން އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި މިފަދައިން އަންގާ އެންގުމާއެކު، އެކަމަށް ބާރުދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. މިފަދައިން އަމަލުނުކުރާ ނަމަ ބަލާނީ، މަގުބޫލު ސަބަބެއްނެތި ކޯޓަށް ހާޒިރުނުވީކަމުގައެވެ.
(ކ) ކޯޓަށް ހާޒިރުނުވެވޭނެކަމަށް ބަޔާންކޮށް ހުށަހެޅި ސަބަބަކީ، މަގުބޫލު ސަބަބެއްކަމަށް ކޯޓުން ކަނޑައަޅައި އަޑުއެހުން ކެންސަލްކުރިކަން ނާންގާހައި ހިނދަކު، އަމުރުގައިވާ ގޮތުގެ މަތީން ކޯޓަށް ހާޒިރުވާންޖެހޭނެއެވެ.
(އ) ކޯޓަށް ހާޒިރުވާންޖެހޭ މީހަކީ ބަންދުގައި ހުރި މީހެއް ނަމަ، މި މާއްދާގެ (ބ) އާއި (ޅ) ގައިވާ ގޮތުގެ މަތީން އެ މީހަކު ކޯޓަށް ހާޒިރުނުކުރެވޭ ސަބަބު ކޯޓަށް އަންގާނީ، އެ މީހަކު ބަންދުކޮށްފައިވާ އިދާރާއަކުންނެވެ.
(ވ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެގެން ކޯޓަށް ހާޒިރުވެވެން ނެތް ނަމަ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިޔަށްގެންދިއުމަށް ހަސްމުންނަށް އެދެވިދާނެއެވެ. އަދި އެފަދައިން އެދޭ ނަމަ، ކޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން އެކަމަށް އެދި ހުށަހަޅަންވާނެއެވެ.
(މ) ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ބަޔާންކުރި ސަބަބަށް ބަލައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލައިގެ އަޑުއެހުންކުރިޔަށް ގެންދިއުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. އެފަދައިން ކަނޑައަޅާ ހާލަތުގައި، ވީޑިއޯ ކޮންފަރެންސްގައި، މައްސަލައިގައި ހިމެނޭ ފަރާތްތައް ބައިވެރިވާންޖެހޭނެއެވެ.
(ފ) މި މާއްދާގެ (މ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ އަޑުއެހުމެއް ކުރިޔަށް ގެންދެވޭނީ، އެ އަޑުއެހުމެއް ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށް
ގެންދިއުމަށް ގާނޫނަކުން ހުއްދަކޮށްފައިވާ ހާލަތުގައެވެ.
39 ވަނަ މާއްދާ - މެޑިކަލް ފޯމު ހުށަހެޅުން
(ހ) ކޯޓަށް ހާޒިރުވާންޖެހޭ މީހާގެ ބަލިހާލަތު ހުރި ގޮތުގެ ސަބަބުން ކޯޓަށް ހާޒިރުވުނުވެވޭ ނަމަ، އަޑުއެހުން ތާވަލުކޮށްފައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން އެކަން ކޯޓާ ހިއްސާކުރަންވާނެއެވެ. އަދި ކޯޓުން ދޫކުރާ މެޑިކަލް ފޯމު ފުރުމަށްފަހު، ބަލި ހާލަތު ކަށަވަރުކޮށްދޭ، ސަރުކާރު ގަބޫލުކުރާ ސިއްހީ މަސައްކަތްތެރިއެއްގެ ސޮޔާއި މަރުކަޒެއްގެ ތައްގަނޑު ޖެހުމަށްފަހު، މައްސަލަ ތާވަލުކޮށްފައިވާ ގަޑިއާ ވިދިގެން އަންނަ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ ތެދު ދޮގު ސާބިތުކުރަންޖެހޭ ފަދަ ހާލަ ތެއް މެދުވެރިވެއްޖެ ނަމަ، މެޑިކަލް ފޯމުގައި ސޮއިކުރި ފަރާތް ކޯޓަށް ހާޒިރުކުރުމުގެ އިހުތިޔާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
40 ވަނަ މާއްދާ - ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުނުވުން
(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މި ގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދ،ަ ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް ނެތި، ދައުވާލިބޭ ފަރާތުން ކޯޓު އަމުރުގައިވާ ގޮތުގެ މަތީން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިޔުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް، ޣައިރު ހާޒިރުގައި އަޑުއެހުމެއް ކުރިޔަށް ގެންދެވޭނީ، ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމަށް ގާނޫނަކުން ހުއްދަކޮށްފައިވާ ހާލަތުގައެވެ.
(ށ) މައުޒޫއީ މައްސަލައެއްގައި ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ އަދި ކަނޑައެޅިފައިވާ ގޮތުގެ މަތީން އަމަލުކުރުމެއް ނެތި ކޯޓަށް ހާޒިރު ނުވި ނަމަ، އެ މީހަކު ހާޒިރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލައި، އެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
41 ވަނަ މާއްދާ - ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވުން
ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މި ގަވާއިދުގެ 38 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދ،ަ ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫންގޮތަކަށް އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، މައްސަލަ ހުށަހެޅި ފޯމު ބާތިލުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
42 ވަނަ މާއްދާ - ކޯޓުގެ ހުއްދަ ނެތި ފުރައިގެން ދިއުން
(ހ) ކޯޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ދައުވާކުރާ ފަރާތް ނުވަތަ ދައުވާލިބޭ ފަރާތް ނުވަތަ އެ ދައުވާއަކާ ގުޅިގެން ހާޒިރުވާންޖެހޭ މީހަކު، ކޯޓަށް ހާޒިރުނުވެވޭގޮތަށް ރަށުން ބޭރަށް ފުރައިގެން ދާންވާނީ، ކޯޓުގެ ހުއްދަ ލިބިގެންނެވެ.
(ށ) މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ދައުވާކުރާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން، ރަށުގައި ނެތުމުގެ ސަބަބުން އަމުރު ރައްދު ނުވި ނަމަ އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައި ނުވާ ނަމަ، މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހަޅާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން، ރަށުގައި ނެތުމުގެ ސަބަބުން އަމުރު ރައްދުނުވި ނަމަ އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައި ނުވާ ނަމަ، ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
43 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމަށް އަންގައިފައިވާ ގޮތަށް ކޯޓަށް ހާޒިރުނުވުން
ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، އަމުރުގައިވާ ގޮތަށް ކޯޓަށް ހާޒިރު ނުވި ނަމަ، އަދި މި ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކޮށްފައި ނުވާ ނަމަ، ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
44 ވަނަ މާއްދާ - މައުޒޫއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާ އަމުރުގައި ނުހިފުން
(ހ) މައުޒޫއީ މައްސަލައެއްގައި، ކޯޓަށް ހާޒިރުކުރުމުގެ އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތްކޮށް، ދައުވާލިބޭ ފަރާތުން އެ އަމުރުގައި ނުހިފައިފި ނަމަ، އިތުރު ނޯޓިހެއް ދިނުމެއްނެތި އެ މީހެއްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިޔުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ށ) މައުޒޫއީ މައްސަލައެއްގައި، ކޯޓަށް ހާޒިރުކުރުމުގެ އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތްކޮށް، ދައުވާކުރާ ފަރާތުން އެ އަމުރުގައި ނުހިފައިފި ނަމަ، މައްސަލަ ހުށަހަޅާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ނުހިފިކަމަށް ކޯޓުން ބަލާނީ، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ކޯޓުން ދާ މުވައްޒަފު ދޭ މައުލޫމާތުގެ މައްޗަށް ބަލައިގެންނެވެ.
45 ވަނަ މާއްދާ - އެޑްރެސް ބަދަލުވުން
(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި އެ މައްސަލައިގައި ހިމެނޭ ހަސްމުންގެ އެޑްރެސް ބަދަލުވެއްޖެ ނަމަ ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތުގެ އެޑްރެސް ބަދަލުވެއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކޯޓަށް އަންގަންވާނެއެވެ.
(ށ) ދައުވާކުރާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ދިޔައިރު، އެ ފަރާތް ދިރިއުޅޭކަމަށް އެ ފަރާތުން ކޯޓަށް ހިއްސާކޮށްފައިވާ އެޑްރެހުގައި އެ ފަރާތެއް ނޫޅޭ ނަމަ، މައްސަލަ ހުށަހެޅި ފޯމު ބާތިލުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ނ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ދިޔައިރު، އެ ފަރާތް ދިރިއުޅޭކަމަށް ދައުވާލިބޭ ފަރާތުން ކޯޓަށް ހިއްސާކޮށްފައިވާ އެޑްރެހުގައި އެ ފަރާތް ނޫޅޭ ނަމަ، ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
46 ވަނަ މާއްދާ - ޣައިރު ހާޒިރުގައި ހިންގާ މައްސަލަތަކުގެ އަޑުއެހުންތައް
ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށްގެންދަން ނިންމާ ހާލަތުގައި، ކުރިޔަށް ހުރި އަޑުއެހުންތަކަށް ހާޒިރުވުމަށް، ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓަކުން ނުފޮނުވާނެއެވެ.
47 ވަނަ މާއްދާ - ހާޒިރުނުވުމުގެ ސަބަބުން އަޑުއެހުން ކެންސަލްކުރުމާއި، ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުން
ށަރީއަތް ފެށުމަށް ތާވަލުކޮށްފައިވާ ގަޑިޔަށް ވުރެ އިތުރަށް 15 (ފަނަރަ) މިނިޓު ބެލުމަށްފަހު، މައްސަލައިގެ ހަސްމުން ހާޒިރުނުވި ނަމަ ނުވަތަ އޮންލައިންކޮށް ކުރިޔަށްގެންދާ ށަރީއަތުގެ މަޖިލީހަށް ހަސްމަކު ބައިވެރިވެފައިނުވާ ނަމަ، އެ ހަސްމަކު ހާޒިރުނުވީ ކަމަށް ބަލައި މައްސަލައިގެ އަޑުއެހުން ކެންސަލްކުރުން ނުވަތަ އެ ހަސްމެއްގެ ޣައިރު ހާޒިރުގައި މައްސަލައިގެ އަޑުއެހުން ކުރިޔަށް ގެންދިއުމުގެ އިހުތިޔާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
އަށްވަނަ ބާބު
ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތްތައް ކުރިޔަށް ގެންދިޔުން
48 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުންތައް
ށަރީއަތުގެ އަޑުއެހުންތައް ކުރިޔަށްގެންދާނީ ކޯޓަށް ހާޒިރުވެގެން ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ.
49 ވަނަ މާއްދާ - އަޑުއެހުން ކުރިޔަށް ގެންދާނެ ގޮތް
(ހ) ށަރީއަތްކުރުމާ ގުޅޭގޮތުން ހެދިފައިވާ އިޖުރާއީ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ހިންގުމުގައި އަމަލުކުރާނެ ވަކިގޮތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ހިންގުމުގައި އަމަލުކުރާނީ މި ގަވާއިދާ އެއްގޮތަށެވެ.
(ށ) އިބްތިދާއީ އަޑުއެހުމާއި ށަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ނުވަތަ ކޯޓަށް ހާޒިރުކޮށްގެން ކުރިޔަށްގެންދިއުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ނ) ށަރީއަތް ހިންގުމުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށް ގެންދެވޭ ށަރީއަތުގެ އަޑުއެހުމެއްގައި ބައިވެރިވާ މީހުން، އެ އަޑުއެހުމެއް ބޭއްވުމަށް ކަނޑައެޅިފައިވާ ގަޑީގެ 5 (ފަހެއް) މިނިޓުގެ ކުރިން އެ އަޑުއެހުމުގައި ބައިވެރިވާންވާނެއެވެ.
(ރ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށް ގެންދެވޭ ށަރީއަތުގެ އަޑުއެހުމެއްގައި ބައިވެރިވާންޖެހޭ މީހަކު ށަރީއަތުގެ މަޖިލީހަށް ހާޒިރުވި ގަޑިކަމުގައި ބެލެވޭނީ، އެ ށަރީއަތެއް ހިންގުމަށް ކޯޓުން ކަނޑައަޅާ މަންސައެއްގައި އެ މީހަކު ބައިވެރިވާ ގަޑިއެވެ.
(ބ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ބާއްވާ ނަމަ، ކޯޓަށް ހާޒިރުވުމަށް ފޮނުވާ އަމުރާއެކު، އަޑުއެހުން ކުރިޔަށްދާނެ ގޮތުގެ އިރުށާދު ފޮނުވަންވާނެއެވެ.
50 ވަނަ މާއްދާ - ށަރީއަތުގެ މަޖިލި ސް ފެށުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ކަންކަން
ށަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން، އަންނަނިވި ކަންކަން ފުރިހަމަވެފައިވާކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ.
(ހ) މައްސަލައިގައި ހާޒިރުވާންޖެހޭ މީހުން ހާޒިރުވިކަން ނުވަތަ ނޫންކަން.
(ށ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގައި ބައިވެރިވާ ފަރާތްތަކަށް ށަރީއަތުގެ އަޑު ނުވަތަ އަޑާއި މަންޒަރު ލިބޭކަން.
(ނ) މައްސަލައިގެ ހަސްމުން ތިބީ ށަރީއަތަށް ހާޒިރުވުން ހުއްދަކުރާ ފަދަ ހެދުމެއްގައިކަން.
(ރ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ކޯޓުން ހުއްދަ ދީފައިވާ މީހުން ފިޔަވައި އިތުރު ފަރާތެއް ށަރީއަތުގެ މަޖިލީހަށް ވައްދައި ފައި ނުވާކަން.
(ބ) ށަރީއަތުގެ އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކުން އެ އަޑުއެހުމުގައި ބައިވެރިވާއިރު ތިބި ތަނަކީ ށަރީއަތުގެ މަޖިލީހެއްގައި ބައިވެރިވުމަށް އެކަށީގެންވާ ފަދަ ތަނެއްކަން.
ނުވަ ވަނަ ބާބު
ހަރަދުގެ މައްސަލަތަކުގައި ހަރަދުގެ ރިކޯޑު ބެލެހެއްޓުން
51 ވަނަ މާއްދާ - ހަރަދު ގެއްލުން
(ހ) އާއިލީ މައްސަލަތަކުގައި ކޯޓުގެ ހުކުމަކުން ހަރަދެއް ލައްވައިފައިވާ ނަމަ، ހަރަދު ދައްކަންޖެހޭ ފަރާތުގެ ނަމުގައި ކޯޓުގައި ފައިސާގެ ކަންކަން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން އެ ފަރާތެއްގެ ހަރަދު އެކައުންޓެއް ހުޅުވަންވާނެއެވެ.
(ށ) ހަރަދާ ގުޅޭ މައްސަލައެއް ކޯޓުން ނިންމައިފި ނަމަ، އެ މައްސަލައިގެ ހުކުމްކުރާ ދުވަހު، ހަރަދު އެކައުންޓު ހުޅުވައި، އެ މައުލޫމާތު، ފައިސާގެ ކަންކަން ބެލެހެއްޓުމަށް ކޯޓުގައި ގާއިމުކޮށްފައިވާ ނިޒާމުގައި އަދާހަމަކުރަމުން ގެންދަންވާނެއެވެ.
52 ވަނަ މާއްދާ - ހަރަދު އުނިކުރުން
(ހ) ކޯޓެއްގެ ހުކުމަކުން ލައްވައިފައިވާ ހަރަދުގެ ފައިސ،ާ ކޯޓުން ކުރާ ހުކުމަކުން މެނުވީ އުންޏެއް ނުކުރެވޭނެއެވެ. އަދި ކޯޓުގައި ހުޅުވައިފައިވާ ހަރަދުގެ އެކައުންޓު ބަންދުކުރެވޭނީ ކޯޓުގެ ހުކުމަކުން އެ ހަރަދު ކަނޑައިލައިފައިވާ ނަމަ ނުވަތަ ހަރަދު ދެއްކުމަށް ހުކުމުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެ، އެ ފަރާތަކުން އެ ހަރަދު ދައްކައި ހަލާސްކޮށްފައިވާނަމައެވެ.
(ށ) ކޯޓުގެ ހުކުމަކުން ލައްވައިފައިވާ ހަރަދު ކަނޑައިލުމަށް އެދި ނުވަތަ ކޯޓުން ބޭރުން ދައްކައިފައިވާ ފައިސާ އުނިކުރުމަށް އެދ،ި ހަރަދު ލެއްވި ކޯޓު ނޫން ކޯޓަކަށް މައްސަލަ ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ކުރިޔަށް ގެންދިއުމުގެ ކުރިން، ހަރަދު ލެއްވި ކޯޓަށް ލިޔ،ެ ހަރަދު އެކައުންޓާ ގުޅޭ މައުލޫމާތު އެ ކޯޓަކުން ސާފުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ހުށަހަޅައި، އެ މައްސަލައިގައި ހަރަދުން ބައެއް އުނިކޮށްފައިވާ ނަމަ ނުވަތަ ހަރަދު ކަނޑައިލައިފައިވާ ނަމަ، ހަރަދު ފުރަތަމަ ލެއްވި ކޯޓަށް އެކަން ލަސްނުކޮށް އަންގަންވާނެއެވެ. އަދި ހަރަދު އެކައުންޓު ބަންދުކުރަންޖެހޭ ނަމަ އެކަން އެ ކޯޓަކަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ހަރަދުގެ އެކައުންޓަށް ބަދަލު އަތުވެދާނެ ފަދަ ނިންމުމެއް ކޯޓުން ނިންމައި، ހަރަދު ލެއްވި ކޯޓަށް އެކަން އަންގާއިރު، މައްސަލައިގެ ހުކުމުގެ ކޮޕީއެއް، ހަރަދު ލެއްވި ކޯޓަށް ފޮނުވަންވާނެއެވެ.
(ބ) ކޯޓެއްގެ ހުކުމަކުން ހަރަދު ކަނޑައިފައިވާ ނަމަ ނުވަތަ ކޯޓުން ބޭރުން ދެއްކި ފައިސާއެއް އުނިކުރުމަށް ނުވަތަ އެ ނޫންވެސް ބޭނުމެއްގައި އެ ހައިތަނަށް ކޯޓަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުދައްކާ އޮތް ނަމަ، ހަރަދުގެ ފައިސާއެއް އުނިކުރުމަށް ކޯޓެއްގެ ހުކުމަކުން ކަނޑައަޅައި، ހަރަދު ލެއްވި ކޯޓަށް އެކަން އެންގުމުން، ލަސްނުކޮށް ހަރަދު އެކައުންޓަށް އެ ބަދަލުތައް ގެނައުމަށްފަހު، ހުކުމްކުރި ކޯޓަށް އެ މައުލޫމާތު ފޮނުވަންވާނެއެވެ.
(ޅ) އެހެން ކޯޓަކުން ލައްވައިފައިވާ ހަރަދަކާ ގުޅިގެން ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ހިންގުމުގެ ބޭނުމަށް ހަރަދު އެ ކޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނީ، މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނެވެ.
(ކ) ހަރަދުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން، އަދި ކޯޓުން ހަރަދުގެ މައްސަލައެއް ނިންމައިފި ނަމަ، ހަރަދުގެ އެކައުންޓާއި ދަރަނީގެ ރިކޯޑުގެ މައުލޫމާތު ދުވަހުން ދުވަހަށް އަދާހަމަކޮށް ބެލެހެއްޓުމުގެ އިސް ޒިންމާ އޮންނާނީ ކޯޓުގެ އިދާރީ އެންމެ އިސް މުވައްޒަފަށެވެ.
ދިހަވަނަ ބާބު
ލިޔުން ދޫކުރުން
53 ވަނަ މާއްދާ - ލިޔުން ދޫކުރުން
(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނުވަތަ ކޯޓުން ދޭ ހިދުމަތަކާ ގުޅިގެން ތައްޔާރުކުރެވޭ އަންނަނިވި ލިޔުންތައް، އެ ލިޔުމަކާ ގުޅުންހުރި ފަރާތަކަށް ކޯޓުން ދޫކުރަންވާނެއެވެ.
- ފޯމު ބަލައިގަތުމަށްފަހު ދޭ ލިޔުން؛
- ފޯމު އިސްލާހުކުރުމަށް އަންގާ ލިޔުން؛
- މައްސަލަ ބަލައިގަތްކަން އަންގާ ލިޔުން؛
- މައްސަލަ ބަލައިނުގަތުމަށް ނިންމިކަން އަންގާ ލިޔުން؛
- ށަރީއަތް ނިމުނުގޮތް (ހުލާސާ ރިޕޯޓު)؛
- ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު؛
- ކައިވެނީގެ ސެޓުފިކެޓު؛
- ވަރީގެ ސެޓުފިކެޓު؛
- ކައިވެނިކޮށްގެން އުޅޭ މީހެއްކަން އަންގާ ލިޔުން؛
- މަރު ސާބިތުކޮށްފައި ދޭ ލިޔުން؛
- ކޯޓުން ދޫކުރަންޖެހޭކަމަށް އިސް މެޖިސްޓްރޭޓް ކަނޑައަޅާ އެހެނިހެން ލިޔުންތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެއް ހަވާލުކުރަންޖެހޭ ފަރާތް ހުރީ އެހެން ރަށެއްގައި ކަމަށް ވާ ނަމަ، އެ ލިޔުމެއް ހަވާލުކުރެވޭނީ، އޭނާ އެ ވަގުތު ހުރި ރަށެއްގެ ރަށުކޯޓު މެދުވެރިކޮށް ނުވަތަ އޭނާ އިއުތިރާޒު ނުކުރާ ނަމަ، އީ -މެއިލް މެދުވެރިކޮށް ނުވަތަ ކޯޓުގެ ރަސްމީ މަންސައެއް މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް މީހަކާ ހަވާ ލުކުރުމަށް އެހެން ކޯޓަކުން ފޮނުވައިފި ނަމަ، އެ ލިޔުމެއް ލިބުނު ކޯޓުން އެ ފަރާތަކަށް ރައްދުކޮށްދޭންވާނެއެވެ.
(ރ) އެ ލިޔުމަކާ ގުޅުންހުރި ފަރާތެއްކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.
- މައްސަލައިގެ ހަސްމުން؛
- އެ ލިޔުމެއްގެ މަސްލަހަތު އޮތް ފަރާތްތައް؛
- އެ ލިޔުމެއް ނިސްބަތްވާ ފަރާތަކުން، އެ ލިޔުމެއް ހަވާލުކުރުމަށް ލިޔުމުން އެދޭ ފަރާތެއް.
54 ވަނަ މާއްދާ - ށަރީއަތް ނިމުނުގޮތް އަދި ރިޕޯޓު ދޫކުރުން
(ހ) ކޮންމެ މައްސަލައެއް ނިންމާ ދުވަހު ނުވަތަ ހުކުމްކުރާ ދުވަހު މައްސަލައިގެ ށަރީއަތް ނިމުނުގޮތުގެ އަސްލެއް، މައްސަލައިގެ ހަސްމުންނަށް ދޫކުރަންވާނެއެވެ. އަދި ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭ އެހެނިހެން ލިޔެކިޔުންތަކުގެ ކޮޕީއެއް، އެކަމަށް ކަނޑައެޅިފައިވާ ފީއެއް ނެގުމަށްފަހު ދޫކުރަންވާނެއެވެ.
(ށ) ކޯޓުން ހުކުމްކުރާ މައްސަލަތަކުގެ ށަރީއަތް ނިމުނުގޮތް، އެ މައްސަލައެއްގެ ހުކުމްކުރާ ދުވަހު، ކޯޓުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި ށަރީއަތް ނިމުނުގޮތް، އެ މައްސަލައެއްގައި އެ ފަރާތެއްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމި ފަރާތަށް ރައްދުކުރެވެން އޮންނަ ހާލަތުގައި، އެ ފަރާތަކަށް އެ ނިންމުން ރައްދުކުރުމަށް ކޯޓުން މަސައްކަތްކޮށް، އެކަން ރިކޯޑު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓާއި، މައްސަލައިގެ އެންމެހައި ލިޔުންތަކާއި، ބަޔާންތައް ނުވަތަ ހުކުމަށް ވާސިލުވުމަށް ހަވާލާދެވުނު އެންމެހައި ލިޔުންތައް ހިމެނޭހެން މައްސަލައިގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ. އަދި މައްސަލައިގެ ހަސްމުން އެދިއްޖެ ނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އެ ފަރާތަކަށް ދޫކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ށަރީއަތްކުރުމާބެހޭ އިޖުރާއަތު ބަޔާންކޮށްފައިވާ ގަވާއިދުތަކާއި އުސޫ ލުތަކުގައި ރިޕޯޓު ދޫކުރުމަށް ވަކި އުސޫލެއް ކަނޑައެޅިފައިވާ ނަމަ، ރިޕޯޓު ދޫކުރުމުގައި އަމަލުކުރާނީ އެ އުސޫލަކަށެވެ.
55 ވަނަ މާއްދާ - ދުވަސްވީ ށަރުއީ ލިޔުން
(ހ) ށަރީއަތްކުރުމާބެހޭ އިޖުރާއަތު ބަޔާންކޮށްފައިވާ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، ދުވަސްވީ ށަރުއީ ލިޔުންތައް ކަމުގައި ބަލާނީ، އެ ލިޔުންތައް ތައްޔާރުކުރި ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ފާއިތުވެފައިވާ ލިޔުންތަކަށެވެ.
(ށ) ދުވަސްވީ ށަރުއީ ލިޔުމެއް ދޫކުރެވޭނީ، އެފަދަ ލިޔުންތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީއާއި، ކޮޕީ ހައްދައިގެން ދޫކުރަންޖެހޭ ލިޔުމެއް ނަމަ، ކޮޕީ ހައްދާ ކޮންމެ ސަފުހާއަކަށް ނަގަން ހަމަޖެހިފައިވާ ފީ ނެގުމަށްފަހުގައެވެ. ނަމަވެސް ދުވަސްވީ ށަރުއީ ލިޔުމެއްގެ ސޮފްޓް ކޮޕީ ހޯދަން އެދިފައިވާ ނަމަ، އެ ލިޔުމެއް ދޫކުރުމުގައި ވަކި ސަފުހާތަކަށް ފީއެއް ނުނެގޭނެއެވެ.
56 ވަނަ މާއްދާ - ލިޔެކިޔުންތައް ދޫކުރާއިރު ފީ ނެގުން
މި ގަވާއިދުގެ 55 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލިޔުންތަކާއި ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ފިޔަވައި އެހެނިހެން ލިޔުންތައް ފީ ނެގުމަކާ ނުލައި ދޫކުރެވޭނީ 1 (އެކެއް) ފަހަރުއެވެ. އިތުރަށް ދޫކުރާ ކޮންމެ ފަހަރަކު އިދާރީ ފީއެއްގެ ގޮތުގައި، ކޮޕީ ހައްދާ ކޮންމެ ސަފުހާއަކަށް ކަނޑައެޅޭ ވަކި ފީއެއް ނަގަންވާނެއެވެ.
57 ވަނަ މާއްދާ - ކޯޓުން ނިންމާ މައްސަލަތަކުގެ. ފައިލު ރައްކައުތެރިކޮށް ބެލެހެއްޓުން
(ހ) ކޯޓަށް ހުށަހެޅި ނިންމާ ކޮންމެ މައްސަލައެއްގެ ފައިލު، އެ މައްސަލައިގައި ހުކުމްކުރުމާއެކު ނުވަތަ އެ މައްސަލައެއް ނިމުމާއެކު، ފައިލުގައި ހުރި އެންމެހައި ލިޔުންތައް ސްކޭންކުރުމަށްފަހު، ސަރވަރގައި ރައްކައުކޮށް ބަލަހައްޓަންވާނެއެވެ. އަދި މައްސަލައިގެ އަސްލު ފައިލު ރައްކައުތެރިކަމާއެކު ކޯޓުގައި ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފައިލު ރައްކައުކުރުމަށްފަހު އަރުށީފުކުރުމުގައި އަމަލުކުރާނީ، ށަރުއީ ލިޔުންތައް އަރުށީފުކުރުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
އެގާރަވަނަ ބާބު
މެޖިސްޓްރޭޓް ކޯޓުތަކުގައި ކައިވެންޏާއި ވަރި ރަޖިސްޓަރީކުރުން
58 ވަނަ މާއްދާ - ކައިވެންޏާއި ވަރި ރަޖިސްޓަރީކުރުން
މެޖިސްޓްރޭޓް ކޯޓުތަކުގައި ކައިވެންޏާއި ވަރި ރަޖިސްޓަރީކުރުމުގައި އަމަލުކުރާނީ މި ބާބުގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ.
59 ވަނަ މާއްދާ - ކައިވެނީގެ ރަޖިސްޓްރާރ
މެޖިސްޓްރޭޓް ކޯޓަށް ކައިވެނީގެ ރަޖިސްޓްރާރ އެއް އައްޔަނުކޮށްފައިވާ ނަމަ، އާއިލާއާބެހޭ ގާނޫނުގައި ކައިވެނީގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުކަމަށް ކަނޑައަޅައިފައިވާ ކަންތައްތައް ކުރާނީ، ކައިވެނީގެ ރަޖިސްޓްރާރއެވެ. ކައިވެނީގެ ރަޖިސްޓްރާރ އެއް ނެތް ކޯޓުތަކުގައި އެ މަސްއޫލިއްޔަތު އަދާކުރާނީ، ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.
60 ވަނަ މާއްދާ - ކައިވެނީގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް
ކައިވެނީގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކުރުމުގެ ހުއްދަ ދިނުން.
(ށ) ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ ކަންކަން ބެލެހެއްޓުން.
(ނ) ކައިވެނިކުރަން އެދޭ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުން.
(ރ) ކުރެވޭ ކައިވެނިތައް ދުވަހުންދުވަހަށް ރަޖިސްޓަރީކުރުން.
(ބ) ދެއަނތްބަށް ކައިވެނިކުރުމަށް އެދި ހުށަހަޅާ މީހުންނާއި، ދިވެހިންނާ ކައިވެނިކުރަން އެދޭ ބިދޭސީންގެ ކިބައިގައި ށަރުއީގޮތުންނާއި ގާނޫނީގޮތުން ހުންނަންޖެހޭ ށަރު ތުތައް ފުރިހަމަވޭތޯ ބެލުމާއި، އެ ކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ޅ) ކޮންމެ ދުވަހަކު ކޮށްދެވޭ ކައިވެނި، ދަފުތަރުގައި ލިޔެ ބެލެހެއްޓުމާއި، ކޮންމެ ދުވަހަކު ސާބިތުކުރެވޭ ވަރ،ި ކޯޓުގައި ރަޖިސްޓަރީކޮށް، ވަރީގެ ދަފުތަރު
ބެލެހެއްޓުން.
(ކ) ކައިވެންޏާއި ވަރީގެ ސެޓުފިކެޓު ހެއްދުމާއި، ސެޓުފިކެޓު ދޫކުރުމުގެ ކަންތައް ބަލަހައްޓައި އެ ކަންތައް ހަމަޖެއްސުން.
(އ) ކައިވެންޏާއި ވަރީގެ ރިކޯޑުތަކުގެ ތަފާސްހިސާބު ބެލެހެއްޓުން.
(ވ) ކައިވެންޏާއި ވަރިއާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.
(މ) އާއިލާއާބެހޭ ގާނޫނާއި އާއިލާއާބެހޭ ގަވާއިދުގައި ކައިވެނީގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅައިފައިވާ އެހެނިހެން ކަންކަން.
ކައިވެނި
61 ވަނަ މާއްދާ - ކައިވެނިކުރުމަށް އެދި ކޯޓަށް ހުށަހެޅުން
ކޯޓުގައި ކައިވެނިކޮށްދޭނީ، އާއިލާއާބެހޭ ގާނޫނާއި އާއިލާއާބެހޭ ގަވާއިދާއި މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައިވެނިކުރުމަށް އެދި ކޯޓަށް ހުށަހެޅުމުންނެވެ.
(ހ) ކައިވެނިކުރަން އެދި ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ހާއްސަކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔު ންތަކާއެކު، އެ ކައިވެންޏެއް ކުރަން ބޭނުންވާ ތާރީހުގެ 7 (ހަތެއް) ދުވަހުގެ ކުރިންނެވެ.
(ށ) ކައިވެނިކުރުމަށް އެދި ހުށަހަޅާ ފޯމު ކޯޓުން ބަލައިގަންނާނީ، ވަލީގެ ކަންތައްތައް ފުރިހަމަވެފައިވާކަން އެނގެން އޮތުމުންނެވެ.
(ނ) ކައިވެނިކުރުމަށް އެދޭ ފޯމު ހުށަހެޅުމާއި ކޯޓަށް ފައިސާދެއްކުމުގެ ކަންތައްތައް ހަމަޖައްސަންވާނީ، ކައިވެނިކުރަން ބޭނުންވާ ފަރާތުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ކައިވެނިވާ ދެފަރާތް ފިޔަވައި އެހެން ފަރާތަކާ ހަވާލުކުރާ ނަމަ، އެކަން ބަޔާންކޮށް، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ނުވަތަ ޕާސްޕޯޓުގެ ކޮޕީއާއެކު ސިޓީއަކުން ކޯޓަށް އަންގަންވާނެއެވެ.
62 ވަނަ މާއްދާ - ކައިވެނިކުރަން އެދޭ ފޯމު ފުރުން
ކައިވެނިކުރުމަށް އެދި ހުށަހަޅާ ފޯމު ކޯޓުން ބަލައިގަންނަންވާނީ، ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ކިޔަން އެނގޭ ގޮތަށް ސާފުކޮށް ދިވެހިބަހުން ތާނަ އަކުރުން ލިޔެވިފައިވާނަމައެވެ. ކައިވެނިކޮށްދިނުމަށް އެދޭ ފޯމުގައި ޓިޕެކްސް ޖަހައި ކަނޑައިފައި ހުރެގެން ނުވާނެއެވެ.
63 ވަނަ މާއްދާ - ކައިވެނިކޮށްދޭ ދުވަސްތަކާއި ގަޑިތައް
(ހ) އާންމުގޮތެއްގައި ކައިވެނިކޮށްދެވޭނީ ކޯޓުގައެވެ. ނަމަވެސް ކައިވެނިކުރާ ފަރާތުން އެދިއްޖެ ނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭންވާނެއެވެ.
(ށ) ސަރުކާރު ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައިވެނިކުރުމަށް އެދި ފޯމު ހުށަހަޅާ ފަހުން، ކައިވެނިކުރުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ހަމަޖައްސައިފި ނަމަ، އެ ދުވަހެއްގައި ކޯޓުގައި ކުރުމަށް ހަމަޖެހިފައިވާ ކައިވެނިތައް ތާވަލުކުރެވިފައިވާ ގަޑިތަކުގައި ކޮށްދެވޭނެއެވެ.
64 ވަނަ މާއްދާ - ކައިވެނިކޮށްދޭ ދުވަސްތައް އިއުލާނު ކުރުން
މީލާދީ ކޮންމެ އަހަރެއް ނިމުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، ޖެހިގެން އަންނަ އަހަރުގެ ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ޖުޑީށަލް ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓުންގެ މަށްވަރާގެ މަތީން ކަނޑައަޅަހު، ކޯޓުން އިއުލާނު ކުރަންވާނެއެވެ.
65 ވަނަ މާއްދާ - ފޯމު ފީ ދެއްކުމާއި ކައިވެނީގެ މައުލޫމާތު ސާފުކުރުން
(ހ) ކައިވެނިކުރަން އެދި ހުށަހެޅި ފޯމުގައިވާ މައުލޫމާތު ފުރިހަމަވެފައިވާ ނަމަ، ކައިވެނިކުރުމާބެހޭގޮތުން ކޯޓުން ކުރަންޖެހޭ ކަންތައްތައް ކުރިޔަށް ގެންދެވޭނީ ފޯމުގެ ފީއެއްގެ ގޮތުގައި 25 (ފަންސަވީސް) ރުފިޔާ ކޯޓަށް ދެއްކުމުންނެވެ.
(ށ) ފޯމަށް ދައްކަންޖެހޭ ފީ ދެއްކުމުން، ކައިވެނިކުރުމަށް އެދޭ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ތާރީހާއި ގަޑި އަންގައިދޭ ލިޔުމެއް ކޯޓުން ދޫކުރަންވާނެއެވެ.
(ނ) ކައިވެނިވާން އެދޭ ދެ ފަރާތުގެ ކައިވެނިކޮށްދިނުމުގެ ކުރިން އެ ދެ ފަރާތް ކޯޓަށް ހާޒިރުކޮށް ދެ ފަރާތުގެ މައުލޫމާތު ކޯޓުން ސާފުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތަކުގެ މައުލޫމާތު، އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ސާފުކުރުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
66 ވަނަ މާއްދާ - ހަގީގަތާ ހިލާފު ނުވަތަ ދޮގު މައުލޫމާތު ދިނުން
(ހ) ކައިވެނިކޮށްދިނުމަށް އެދޭ ފޯމު ފުރިހަމަކުރުމުގައި ހަގީގަތާ ހިލާފު މައުލޫމާތު ނުވަތަ ދޮގު މައުލޫމާތު ދީފައިވާ ނަމަ، އެ ކައިވެނީގެ ފޯމު ބާތިލުކުރުމަށްފަހު، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކައިވެންޏެއް ކޮށްދެވޭނީ، ކައިވެނިކޮށްދިނުމަށް އެދި ކޯޓަށް އަލުން ފޯމު ހުށަހެޅުމުން، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން އޭގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
67 ވަނަ މާއްދާ - މަގުބޫލު ސަބަބަކާހުރެ ރަސްމީ ގަޑީގައި ފައިސާ ދެއްކޭގޮތް ނުވުން
ދިމާވާ މަގުބޫލު ސަބަބަކާހުރެ ކައިވެންޏަށް ދައްކަންޖެހޭ ފައިސ،ާ ކަނޑައެޅިފައިވާ ގަޑީގައި ދެއްކިފައިނުވާ ހާލަތުގައި، ނުރަސްމީ ގަޑީގައި އެ ފައިސާ ބަލައިގަނ،ެ ކައިވެނިކޮށްދިނުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
68 ވަނަ މާއްދާ - ކައިވެނީގެ އެއްބަސްވުން ކޯޓަށް ހުށަހެޅުން
ކައިވެނިވާ ދެ ފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތަކުގެ މައްޗަށް ދެ ފަރާތުން އެއްބަސްވުމެއް ވެފައިވާ ނަމަ، ކައިވެނިކުރުމަށް އެދި ހުށަހަޅާ ފޯމާއެކު ނުވަތަ ކައިވެނި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމާއެކު އެ އެއްބަސްވުން ހުށަހަޅަންވާނެއެވެ.
69 ވަނަ މާއްދާ - ައިވެނީގެ އެއްބަސްވުން ރަޖިސްޓަރީކުރުން
(ހ) ކައިވެނިވާ ދެ ފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް އެއްބަސްވުމެއްގައި ހިމަނައި، އެ އެއްބަސްވުން ކޯޓުގައި ރަޖިސްޓަރީކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތެއްގެ މަތީން ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްތޯ ކޯޓުން ބަލަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އޮންނަންވާނީ ދިވެހިބަހުންނެވެ. ނަމަވެސް އެއްބަސްވުމަކީ ބިދޭސީއަކާއެކު ވެވޭ އެއްބަސްވުމެއް ނަމަ، އެއްބަސްވުން ކޯޓަށް ހުށަހަޅަންވާނީ، ދިވެހި ތަރުޖަމާއާ އެކުގައެވެ.
70 ވަނަ މާއްދާ - ކައިވެނީގެ ހެކިން
(ހ) ކައިވެނީގެ ހެކިން ހަމަޖެއްސުމަކީ ކައިވެނިކުރާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
(ށ) ކައިވެނީގެ ހެކިންގެ ގޮތުގައި ހަމަޖައްސާ ފަރާތަކީ އެ ކޯޓެއްގެ މުވައްޒަފުންނަށް ވެގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ކައިވެންޏަކީ އެ މުވައްޒަފުގެ ގާތްތިމާގެ މީހެއްގެ ކައިވެންޏެއް ކަމަށް ވާ ނަމަ، ކައިވެނީގެ ރަޖިސްޓްރާރގެ ހުއްދަޔާއެކު، އެ ކައިވެންޏެއްގެ ހެކިވެރިއެއްގެ ގޮތުގައި އެ ކޯޓެއްގެ މުވައްޒަފަކު ބަލައިގަތުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ރ) ކައިވެނީގެ ހެކިންނަކީ އިސްލާމްދީނުގައި ހެކި ގަބޫލުކުރެވޭ ށަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކަކަށް ވާންވާނެއެވެ.
(ބ) ކައިވެނިކޮށްދިނުމަށް އެދި ފޯމު ހުށަހެޅުމަށްފަހު، ކައިވެނީގެ ހެކިން ބަދަލުކުރުމަށް އެދޭ ނަމަ، އެ ކައި ވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑީގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން، ސަބަބާއެކު އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.
71 ވަނަ މާއްދާ - ވަލީ ހަމަޖެއްސުން
(ހ) ކައިވެނީގެ ވަލީ ހަމަޖެއްސުމަކީ ކައިވެނިވާ ދެފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
(ށ) ވަލީވެރިޔާ ނުވަތަ ވަލީ ހަވާލުކުރެވިފައިވާ މީހާ ވަލީ ދެނީ ކައިވެނީގެ މަޖިލީހަށް ހާޒިރުވެގެން ކަމަށް ވާ ނަމަ، ކައިވެނީގެ މަޖިލީހަށް ހާޒިރުވެ، ކައިވެނިކޮށްދޭ ށަރުއީ މައުޛޫނާ، ވަލީ ހަވާލުކުރަންވާނެއެވެ.
(ނ) ވަލީވެރިޔާއަށް ކައިވެނީގެ މަޖިލީހަށް ހާޒިރުނުވެވޭ ކަމުގައި ވާ ނަމަ، އެހެން ފަރާތަކާ ވަލީ ހަވާލުކުރަންވާނެއެވެ. ނުވަތަ އެ ކައިވެނިކޮށްދޭ ށަރުއީ މައުޛޫނާ، ވަލީ ހަވާލުކުރަންވާނެއެވެ.
72 ވަނަ މާއްދާ - ހާކިމުގެ ވަލީ ހަމަޖެއްސުން
(ހ) ނަސަބުގެ ގޮތުން ވަލީއަރާ މީހަކު ދުނިޔޭގައި ނެތް ނަމަ ނުވަތަ މަގުބޫލު ސަބަބެއްނެތި ވަލީވެރިޔާ ވަލީ ދިނުމުން މަނާވެގެންފައިވާ ނަމަ ނުވަތަ ވަލީވެރިޔާ ވީތަނެއް ނޭނގޭ ނަމަ ނުވަތަ ވަލީވެރިޔާއަކީ ކާކުކަން ނޭނގޭ ނަމަ ނުވަތަ ވަލީވެރިޔާއަކީ ވަލީ ދިނުމުގެ ށަރުތު ފުރިހަމަވާ މީހަކަށް ނުވާ ނަމަ، ކައިވެނިކުރަން އެދޭ އަންހެނާއަށް ހާކިމުގެ ވަލީ ހަމަޖެއްސުމަށް އެދެވިދާނެއެވެ. ހާކިމުގެ ވަލީ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅަންވާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކުގައެވެ.
(ށ) ހާކިމުގެ ވަލީ ހަމަޖައްސާނީ އާއިލާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) އާއިލާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ހާކިމުގެ ވަލީ ދޭން ޖެހިއްޖެ ނަމަ، ހާކިމުގެ ވަލީއަށް ކައިވެނި ކޮށްދިނުމުގެ ހުއްދަ ދޭނީ، އާއިލާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން، އެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ އެ ވަގުތަކު އެ ކޯޓެއް ހިންގުމާ ހަވާލުވެހުންނަ މެޖިސްޓްރޭޓެކެވެ.
(ރ) ހާކިމުގެ ވަލީ ހަމަޖައްސައިދެވޭނީ އަންނަނިވި ލިޔުންތައް ފުރިހަމަކުރުމަށްފަހުގައެވެ.
- ކައިވެނިވާ ދެމީހުން ކައިވެންޏަށް ރުހޭކަމުގެ ބަޔާން؛
- ކައިވެނިވާ ދެމީހުންނާއި ކައިވެނީގެ ވަލީވެރިޔާގެ ނުވަތަ އެ ކައިވެންޏަށް ރުހޭބަސް ދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
- ކައިވެނިވާ އަންހެނާއަކީ، ނަސަބު ގެ ވަލީވެރިޔަކު ނެތް މީހެއް ނަމަ، ކައިވެނިވާ ދެ މީހުންނާއި ކައިވެ ނިވާ އަންހެނާގެ މަންމަގެ ބަޔާން، އަދި މަންމަ ދުނިޔޭގައި ނެތް ނަމަ، މަންމަފަރާތު މާމަގެ ބަޔާން، އަދި އެފަދަ މީހަކު ނެތް ނަމަ، ކައިވެނިވާ އަންހެނާގެ ބެލެނިވެރިޔާގެ ބަޔާން؛
- ކައިވެނިވާ އަންހެނާގެ ވަލީވެރިޔަކު ދުނިޔޭގައި ނެތްކަމަށް ބުނާ ނަމަ، ވަލީވެރިޔާގެ އެންމެ ގާތްތިމާގެ ދެމީހުންގެ ބަޔާން. އެފަދަ މީހަކު ދުނިޔޭގައި ނެތް ނަމަ، އެކަން ދެނެހުރި ދެ ހެކީންގެ ބަޔާނާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
73 ވަނަ މާއްދާ - ވަލީ ހަވާލުކުރުން
(ހ) ކައިވެނީގެ ފޯމުގައި ވަލީވެރިޔާ ސޮއިކުރުމަށްފަހު، އެއްވެސް ސަބަބަކާހުރެ ކައިވެނީގެ މަޖިލީހަށް ހާޒިރު ވެވެން ނެތް ނަމަ، އެހެން ފަރާތަކާ ވަލީ ހަވާލުކުރުމަށް އެދ،ި އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެހެން ފަރާތަކާ ވަލީ ހަވާލުކުރަން އެދޭ ނަމަ، ވަލީއާ ހަވާލުވާނެ ފަރާތެއް ވަލީވެރިޔާ އައްޔަނުކޮށް، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ވަލީވެރިޔާ ވަލީގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިޔަށް ގެންދަންވާނެއެވެ. އަދި މިގޮތުގެ މަތީން ވަލީއާ ހަވާލުވި ފަރާތުން ކައިވެނިކުރާ ކޯޓަށް ހާޒިރުވެ، ވަލީއާ ހަވާ ލުވިކަމަށް ސޮއިކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން އެހެން ފަރާތަކާ ވަލީ ހަވާލުކޮށްފި ނަމަ، އެ ފަރާތެއް ކައިވެނީގެ މަޖިލީހަށް ހާޒިރުވެ، ކައިވެނިކޮށްދޭ މައުޛޫނާ، ވަލީ ހަވާލުކުރަން ވާނެއެވެ.
74 ވަނަ މާއްދާ - ވަގުތީގޮތުން ކައިވެނކޮށްދިނުން ފަސްކުރެވޭ ސަބަބުތައް
(ހ) ކައިވެނިކޮށްދިނުން ވަގުތީގޮތުން ފަސްކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- ދަރިންގެ ހަރަދު ސާބިތުވެފައިވާ ނަމަ، އެ ހިނދަށް ދައްކަންޖެހޭ ފައިސާ ދައްކަންދެން؛
- ކޯޓުގެ ހުއްދަނެތި ގާނޫނާ ހިލާފަށް ވަރިކޮށްފައިވާ ނަމަ، ޖޫރިމަނާ ފައިސާ ދައްކަންދެން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި އާއިލާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މީހެއްގެ ކައިވެނި ކޮށްދެވިދާނެއެވެ.
75 ވަނަ މާއްދާ - ކައިވެނިކޮށްދޭ ފަރާތް
(ހ) އާންމުގޮތެއްގައި ކައިވެނިތައް އަގްދުކޮށްދޭނީ އާއިލާއާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައިވާ ގޮތުގެ މަތީން އަދި އެ ކޯޓަކުން ކަނޑައަޅާ ގޮތެއްގެ މަތީން، ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރގެ ހުއްދަޔާއެކު، މެޖިސްޓްރޭޓެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓުން ކަނޑައަޅައިފި ނަމަ، ށަރުއީ މައުޛޫނުކަމުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކައިވެނިކޮށްދިނުމުގެ ހުއްދަ ލިބިފައިވާ ށަރުއީ މައުޛޫނަކަށް ކައިވެނި ކޮށްދެވިދާނެއެވެ.
76 ވަނަ މާއްދާ - ކައިވެނީގެ މަޖިލިސް
ކޯޓުން ބޭރުގައި އިންތިޒާމްކުރެވޭ ކައިވެނީގެ މަޖިލިސް ވާންވާނީ، ކައިވެނީގެ މަޖިލީހަށް ހާޒިރުވާންޖެހޭ ފަރާތްތަކަށާއި ކޯޓުގެ ފަރާތުން ކައިވެނިކޮށްދިނުމަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ތިބެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ތަނަކަށެވެ.
77 ވަނަ މާއްދާ - ކައިވެނީގެ މަޖިލީހަށް ހާޒިރުވާންޖެހޭ ފަރާތްތައް
ކައިވެނީގެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހުންނަކީ، ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާ ނުވަތަ އެހެން ފަރާތަކާ ވަލީ ހަވާލުކޮށްފައިވާ ނަމަ ވަލީއާ ހަވާލުވި ފަރާތާއި، ދެ ހެކީންނެވެ.
78 ވަނަ މާއްދާ - ކައިވެނީގެ މަޖިލީހަށް ހާޒިރު ނުވުން
(ހ) ކައިވެނިކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ކަނޑައެޅިފައިވާ ތަނަކަށް، ކައިވެނީގެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން މީހަކު ހާޒިރުނުވެއްޖެ ނަމަ، ކޯޓުން ކައިވެނި ކޮށްދެވޭނީ، ގަޑިޖެހުނު ކޮންމެ މީހަކަށް، ކައިވެނިވާން އެދޭ ފަރާތުން، އާއިލާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކޮށް، ޖޫރިމަނާ ފައިސާގެ ޑިޕޮޒިޓް،ކޯޓާ ހަވާލުކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ހަވާލުކުރުމުން ކައިވެނިކޮށްދިން ނަމަވެސް، ކައިވެނީގެ ސެޓުފިކެޓު ދޫކުރެވޭނީ، ކޯޓުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ޖޫރިމަނާގެ ފައިސާ ކޯޓަށް ދެއްކުމުންނެވެ. އަދި މި ފައިސާ ދެއްކުމާއެކު، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެއްކި ޑިޕޮޒިޓް ފައިސ،ާ އެ ފައިސާ ދެއްކި ފަރާތާ އަނބުރާ ހަވާލުކުރަންވާނެއެވެ. އަދި މިފަދައިން ބަހައްޓާ ޑިޕޮޒިޓް ފައިސާ ނެގުނުކަމާއި އަނބުރާ ހަވާލު ކުރެވުނުކަން، ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
(ނ) ކައިވެނިކުރަން ހަމަޖެހިފައިވާ ތާރީހާއި ގަޑިއަށް ކައިވެނީގެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން އެއްވެސް މީހަކު ކައިވެނީގެ މަޖިލީހަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހަކު ހާޒިރުވުމަށް އިތުރު 15 (ފަނަރަ) މިނިޓުގެ ފުރުސަތެއް ދެވޭނެއެވެ. މި ފުރުސަތުގައި ވެސް ހާޒިރުނުވެއްޖެ ނަމަ، ހާޒިރުނުވީކަމުގައި ބަލައި، ފޯމު ކެންސަލްކުރުމުގެ އިހުތިޔާރު، ކޯޓަށް
ލިބިގެންވެއެވެ.
79 ވަނަ މާއްދާ - ކައިވެނިކޮށްދިނުމަށް އެދި ހުށަހެޅި ފޯމު ބާތިލުކުރުން
އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެ ނަމަ، ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ބާތިލުކުރެވޭނެއެވެ.
(ހ) ކައިވެނިކުރަން ހުށަހަޅާ ފިރިހެނާގެ ސާބިތު ހަރަދެއް ނުވަތަ ވަރީގެ ޖޫރިމަނާއެއް އޮވެ، އެ ފައިސާ ދެއްކުމަށް ކޯޓުން އަންގާ މުއްދަތުގައި ފައިސާ ނުދެއްކުން.
(ށ) ކައިވެނި ފޯމު ހުށަހެޅުމަށްފަހު، ކައިވެނި ފޯމު ހުށަހަޅާ ފަރާތުން ކޯޓަށް ވަކި އެއްޗެއް ނާންގާ 1 (އެކެއް) މަސްދުވަސް ފާއިތުވުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ހާލަތުގެ އިތުރުން، ކައިވެނީގެ ފޯމު ބާތިލުކޮށްދިނުމަށް އެދި ކައިވެނިކުރަން އެދޭ ފަރާތުން ހުށަހެޅުން.
80 ވަނަ މާއްދާ - ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ބާތިލުކުރުމަށްފަހު އަލުން ކައިވެނިކޮށްދިނުމަށް އެދި ހުށަހެޅުން
މި ގަވާއިދުގެ 78 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ބާތިލު ކުރެވިއްޖެ ނަމަ، އެ ހާލަތުގައި އަމަލުކުރާނީ، އެކަމަށް ޓަކައި އާއިލާއާބެހޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.
81 ވަނަ މާއްދާ - ދިވެހި ބިދޭސީ ކައިވެނި
ދިވެހި ރައްޔިތަކާ ކައިވެނިކުރުމަށް އެދި ހުށަހަޅާ ބިދޭސީ މީހެއްގެ ކިބައިގައި އާއިލާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އަންނަނިވި ކަންކަން ފުރިހަމަވޭތޯ ކަށަވަރުކުރަންވާނެއެވެ.
- ށަރުއީގޮތުން ކައިވެނި ސައްހަވުމުގެ ސިފަތައް އޭނާގެ ކިބައިގައި ފުރިހަމަވުން؛
- ކައިވެނިކުރަން އެދޭ ބިދޭސީ މީހާއަކީ މުސްލިމެއް ކަމުގައި ވުން؛
- ކައިވެނިކުރަން އެދޭ ބިދޭސީ މީހާ ކުރިން ކައިވެންޏެއް ކޮށްފައިވާކަން ނުވަތަ ނޫންކަން؛
- ކައިވެނިކުރަން އެދެނީ ބިދޭސީ ފިރިހެނަކު ނަމަ، އެ މީހެއްގެ އާއިލީ ހަރަދުބަރަދު ބެލެހެއްޓޭވަރުގެ މީހެއްކަން.
(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، ކައިވެނިކުރަން އެދޭ ބިދޭސީ ފިރިހެނާއަކީ އެ މީހެއްގެ އާއިލީ ހަރަދުބަރަދު ބެލެހެއްޓޭވަރުގެ މީހެއްކަމުގައި ބަލާނީ، އެ މީހެއްގެ އާމްދަނީގެ ގޮތުގައި މަހަކު މަދުވެގެން 15,000 (ފަނަރަ ހާސް) ރުފިޔާ ލިބޭނަމައެވެ.
(ނ) ދިވެހި ރައްޔިތަކާ ބިދޭސީއަކު ކައިވެނިކުރުމަށް އެދި ހުށަހަޅާ ފޯމާއެކު، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ކަައިވެނިކުރަން އެދޭ ބިދޭސީމީހާއަކީ އަލަށް އިސްލާމްވެފައިވާ މީހެއް ނަމަ، އިސްލާމްވިކަމުގެ ސެޓުފިކެޓުގެ އަސްލު ހުށަހެޅުން؛
- އަލަށް އިސްލާމްވި މީހަކު ކަމުގައި ވާ ނަމަ، އިސްލާމްދީނުގައި މުސްލިމަކަށް ކޮންމެހެން އެނގުން ލާޒިމު ކަންކަން އޭނާއަށް އެނގޭ މީހަކުކަން ކަށަވަރުކޮށްދީފައިވާ، ކަމާބެހޭ އިދާރާއެއްގެ ލިޔުން ހުށަހެޅުން؛
- ބިދޭސީ މީހާއަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއްކަން ނުވަތަ ނޫންކަން އަންގައިދޭ، އެ މީހެއްގެ ގައުމުގެ ރަސްމީ އިދާރާއެއްގެ ލިޔުމެއް ނުވަތަ ނޮޓަރައިޒްކޮށްފައިވާ ލިޔުމެއް ހުށަހެޅުން؛
- ބިދޭސީ މީހާގެ މާލީ ތަނަވަސްކަން ހުރިކަން ކޯޓަށް ކަށަވަރުކޮށްދިނުމަށް ޓަކައި، އެ މީހެއްގެ ފާއިތުވި 6 (ހައެއް) މަސްދުވަހުގެ ބެންކު ސްޓޭޓްމަންޓް ނުވަތަ ބެންކު ސްޓޭޓްމަންޓް މެދުވެރިކޮށް މާލީ ތަނަވަސްކަން ސާބިތުކޮށްދެވެން ނެތް ފަރާތެއް ނަމަ، އެ މީހެއްގެ މިލްކިއްޔާތުގައި މާލީ ތަނަވަސްކަން ހުރިކަން ސާބިތުވާ ލިޔެކިޔުންތަކާއި، އެ ކަމަށް ހެކިވާނެ ދެ މީހެއްގެ މައުލޫމާތު ނުވަތަ އެ މީހަކު ކުރާ މަސައްކަތުން އެފަދަ އާމްދަނީއެއް ލިބޭކަން ސާބިތުވާ ލިޔެކިޔުންތަކާއި، އެ ކަމަށް ހެކިވާނެ ދެ މީހެއްގެ މައުލޫމާތު ހުށަހެޅުން؛
- ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ ތަނަކުން ހައްދައިފައިވާ، 15 (ފަނަރަ) ދުވަހަށް ވުރެ ގިނަ ދުވަސްވެފައިނުވާ މެޑިކަލް ރިޕޯޓެއް ހުށަހެޅުން.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް އާމްދަނީ ލިބޭކަން ކޯޓަށް ސާބިތުކޮށް ނުދެވޭ ނަމަ، ކައިވެނިވާ އަންހެނާގެ ވަލީވެރިޔާއަކީ އެފަދަ ތަނަވަސްކަން ހުރި މީހެއްކަން ސާބިތުކޮށްދިނުމާއެކު، އާއިލީ ހަރަދުތައް ކުރުމުގެ ޒިންމާ އުފުލުމަށް އެއްބަސްވެ، ވަލީވެރިޔާ ކޯޓަށް ހާޒިރުވެ، ކޯޓުން ކަނޑައަޅައިފައިވާ އިގުރާރުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖެހުމުން، އެ ކައިވެނި ކޮށްދިނުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ބ) ބިދޭސީ ފިރިހެނާއަކީ އެއް އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކުރާ މީހެއް ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އާމްދަނީގެ އިތުރުން، މި ގަވާއިދުގެ 82 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންތައްތައް ފުރިހަމަ ވާންވާނެއެވެ.
(ޅ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނިކުރާ ނަމަ، ކައިވެނީގެ ކުރިން، އާއިލާއާބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ކަންކަމުގެ މައްޗަށް އިގުރާރުވާންވާނެއެވެ.
- ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނިކުރުމަށްފަހު ވަރިކުރަންވާނީ، އާއިލާއާބެހޭ ގާނޫނާއި އާއިލާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަން؛
- ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނިކުރުމަށްފަހު ވަރިކޮށްފި ނަމަ، އާއިލާއާބެހޭ ގާނޫނާއި އާއިލާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން އެ ދެ މީހުންނަށް ލިބިފައިވާ ކުދީންގެ ހަރަދާއި އަންހެންމީހާގެ ހަރަދުގެ ކަންތައް، ވަރިކުރި ފިރިހެންމީހާ ހަމަޖައްސާނެކަން؛
- ވަރިކުރިއިރު އަނބިމީހާ ބަލިވެއިން ކަމުގައި ވާ ނަމަ، އާއިލާއާބެހޭ ގާނޫނާއި އާއިލާއާބެހޭ ގަވާއިދުގައި އެފަދަ އަންހެނަކަށް ދިނުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަދެއް، ވަރިކުރި ފިރިހެންމީހާ ދޭނެކަން؛
- ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނިކުރުމަށްފަހު އަންހެންމީހާ ރާއްޖެއިން ބޭރުގައި ފިރިހެން މީހާގެ ބެލުމުގެ ދަށުގައި އުޅެނިކޮށް ވަރިކުރިކަމަށް ވާ ނަމަ، މި މާއްދާގެ (ޅ) ގެ (2) ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހަރަދުތަކުގެ އިތުރަށް އަންހެންމީހާ ދިރިއުޅޭ ރަށަށް އާދެވޭނެގޮތް ހަމަޖައްސައިދ،ީ އެކަމަށް ހިނގާނެ ހުރިހާ ހަރަދެއް ފިރިހެންމީހާ ދޭނެކަން.
82 ވަނަ މާއްދާ - އެއް އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކޮށްދިނުން
(ހ) އެއް އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކުރަން އެދި ކޯޓަށް ހުށަހަޅައިފި ނަމަ، އެ ހުށަހަޅާ މީހާއަކީ އަންނަނިވި ށަރުތު ތައް ފުރިހަމަވާ މީހެއްތ،ޯ ކޯޓުން ބަލަންވާނެއެވެ.
- މީހެއްގެ އަނބިދަރީންނަށް ކުރަންޖެހޭ ހަރަދުތައް ކުރަމުންދާ މީހަކަށްވުން؛
- ދެއަނތްބަށް ކައިވެނިކުރަން އެދޭ ފިރިހެނާއަކީ، މަދުވެގެން މަހެއްގެ މައްޗަށް 15,000 (ފަނަރަ ހާސް) ރުފިޔާގެ އާމްދަނީއެއް ލިބޭ މީހަކަށް ވުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މާލީ ތަނަވަސްކަން ހުރިކަން ކޯޓަށް ކަށަވަރުކޮށްދިނުމަށް ޓަކައި، އެ މީހެއްގެ ފާއިތުވި 6 (ހައެއް) މަސްދުވަހުގެ ބެންކު ސްޓޭޓްމަންޓް، ކޯޓަށް ހުށަހަޅަންވާނެއެވެ. ބެންކު ސްޓޭޓްމަންޓް މެދުވެރިކޮށް މާލީ ތަނަވަސްކަން ސާބިތުކޮށްދެވެން ނެތް ފަރާތެއް ނަމަ، އެ މީހެއްގެ މިލްކިއްޔާތުގައި މާލީ ތަނަވަސްކަން ހުރިކަން ސާބިތުވާ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމާއެކު، އެކަމުގެ މައްޗަށް ދެ މީހަކު ކޯޓުގައި ހެކިވާންޖެހޭނެއެވެ. ނުވަތަ އެ މީހަކު ކުރާ މަސައްކަތުން އެފަދަ އާމްދަނީއެއް ލިބޭކަން އެނގޭނ،ެ ކޯޓަށް އިތުބާރުކުރެވޭ ލިޔެކިޔުން ހުށަހެޅުމާއެކު، އެކަމުގެ މައްޗަށް ދެ މީހަކު ކޯޓުގައި ހެކިވާންޖެހޭނެއެވެ.
(ނ) ދެއަނތްބަށް ވުރެ ގިނަ އަނބީ ންނާ ކައިވެނިކުރަން އެދޭ މީހާގެ އަނބީންނާއި ދަރިންގެ ޖުމުލަ އަދަދު 3 (ތިނެއް) އަށް ވުރެ ގިނަވާ ނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ އާމްދަނީގެ އިތުރުން، ކޮންމެ މީހަކަށް 1,000 (އެއްހާސް) ރުފިޔާގެ މަގުން އާމްދަނީއެއް ލިބެންވާނެއެވެ.
(ރ) ކައިވެނިކުރުމަށް އެދޭ ފިރިހެނާއަކީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އާމްދަނީއެއް ލިބޭ މީހަކަށް ވެފައި، މިހާރު އިން އަނބިމީހާއަށް ހަރަދުނުކުރާކަމަށް ބުނ،ެ ކޯޓަށް މައްސަލަ ހުށަހަޅައިފައި ނުވާ ނަމަ ބެލެވޭނީ، އަނބިމީހާއަށް ގަވާއިދުން ހަރަދުކުރާކަމުގައެވެ.
(ބ) އަނބިމީހާއަށާއި ދަރީންނަށް ހަރަދުކުރޭތޯ ބެލުމަށް އަނބިމީހާ ކޯޓަށް ހާޒިރުކޮށް ބަޔާން ނެގުން މި ގަވާއިދު މަނައެއް ނުކުރެއެވެ. އަދި މިގޮތުން އަނބިމީހާ ކޯޓަށް ހާޒިރުވުމަށް ތިންފަހަރަށް ކޯޓުން ޗިޓު ފޮނުވުމުން ހާޒިރުނުވެއްޖެ ނަމަ، ކައިވެނިކުރުމަށް އެދޭ ފިރިހެނާ ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކައިވެނިކޮށްދިނުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ޅ) އެއް އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކުރަން ހުށަހަޅައިފައިވާ މީހާ އަނބިމީހާއަށާއި ދަރީންނަށް ހަރަދުނުދޭ ކަމުގައި ބުނ،ެ އެފަދަ މައްސަލައެއް އެ ކައިވެނި ކުރުމަށް އެދި ހުށަހެޅިއިރު ކޯޓަކަށް ހުށަހަޅައިފައިވާ ނަމަ، އެފަދަ މައްސަލައެއް ނުނިމެނީސް ދެއަނތްބަށް ކައިވެނިކޮށެއް ނުދެވޭނެއެވެ. އަދި ދަރަންޏެއް ސާބިތުވެފައިވާ ނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުން
ނުދާ ނަމަ، މިފަދަ ކައިވެންޏެއް ކޮށެއް ނުދެވޭނެއެވެ.
(ކ) ކައިވެނިކުރަން ހުށަހަޅައިފައިވާ މީހާގެ ގެދޮރު ހުރިކަމުގައި ބެލެވޭނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ރަޖިސްޓަރީކުރެވިފައިވާ ގޯތިގެދޮރު ހުރި ކަމުގައި ވާ ނަމައެވެ. ގެދޮރުގެ ތަނަވަސްކަން ހުރިކަމުގައި ބަލާނީ، ކޮންމެ އަނތްބެއް ވަކިން ދިރިއުޅެވޭނެ މަގު ފަހިކޮށްދެވެން ހުރިނަމައެވެ. އަދި އެ ތަނެއްގެ ރަޖިސްޓަރ،ީ ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ކައިވެނިކުރަން އެދޭ މީހާ ދިރިއުޅެނީ ކުއްޔަށް ކަމުގައި ވާ ނަމަ، ގެދޮރުގެ ތަނަވަސްކަން ހުރިކަމުގައި ބަލާނީ، ކޮންމެ އަނތްބެއް ދިރިއުޅުމަށް ޓަކައި ވަކިން ތަނެއް ކުއްޔަށްހިފޭނެ މަގު ފަހިކޮށްދެވެން ހުރިނަމައެވެ. އަދި ކައިވެނިކުރަން އެދޭ މީހާގެ 18 (އަށާރަ) އަހަރު ނުފުރޭ ދަރީންނާއި، ހާއްސަ އެހީއަށް ބޭނުންވާ ދަރީން ތިބި ނަމަ، އެ ކުދީންނަށް ދިރިއުޅޭނެ މަގު ފަހިކޮށްދީފައިވާނަމައެވެ.
(އ) ކައިވެނިކުރުމަށް އެދޭ ފިރިހެނާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ކައިވެނިކުރާ އަންހެނާގެ ނަމުގައި ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ އެ ނޫންވެސް ބޯހިޔާވަހިކަމެއް އޮވެ، އެފަދަ ތަނެއްގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ނަމަ، މި މާއްދާގެ (ކ) ގެ ބޭނުމަށް، ކައިވެނިކުރަން ހުށަހަޅައިފައިވާ މީހާގެ ގެދޮރު ހުރިކަމަށް ބެލެވޭނެއެވެ. އަދި މި ހާލަތުގައި ދިރިއުޅުމުގެ ކަންކަން ހަމަޖެހޭނެކަމަށް ބުނާ ފަރާތުގެ ބަޔާނެއް ކޯޓުން ނަގަންވާނެއެވެ.
83 ވަނަ މާއްދާ - ތެލަސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން
(ހ) ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު، ކައިވެނިކުރަން އެދޭ ދެ މީހުން ތެލަސީމިއާއަށް ޓެސްޓުކޮށް، އޭގެ ނަތީޖާ ހުށަހަޅަންވާނެއެވެ.
(ށ) ކައިވެނިކުރަން އެދޭ ދެ މީހުންނަކީ، އެ ދެ މީހުންގެ ފަރާތުން ތެލަސީމިއާ ކުދީން ލިބިދާނެ ފަދަ މީހުންކަން ފާހަގަކުރެވިއްޖެ ނަމަ، އެ ކައިވެންޏެއް ކޮށްދިނުމުގެ ކުރިން، ގާނޫނު ނަންބަރު 2012-04 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ މަގުސަދު ހާސިލުކުރުމުގެ ގޮތުން، ތެލަސީމިއާއާބެހޭ މައުލޫމާތު، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހޯދުމަށް، ކައިވެނިކުރަން އެދޭ ދެ މީހުންނަށް އަންގަންވާނެއެވެ.
(ނ) މި މައްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހޯދައިފައިވާކަން އެނގޭނެ ލިޔުން ކޯޓަށް ހުށަހަޅަން އެ މަރުކަޒަކަށް ކޯޓުން އެންގިދާނެއެވެ. ނުވަތަ އެފަދަ ލިޔުމެއް، ކައިވެނިކުރަން އެދޭ ފަރާތުން ހުށަހަޅަން ކޯޓަށް އެންގިދާނެއެވެ.
(ރ) ތެލަސީމިއާއާ ގުޅޭ މައުލޫމާތު، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހޯދުމަށްފަހު ވެސް، އެ ކައިވެނިކުރަން އެ ދެ މީހުން ބޭނުންވާ ހާލަތުގައި، އެ ކައިވެންޏެއް ކޮށްދިނުމުގެ ކުރިން، ކައިވެނިކުރަން އެދި ހުށަހަޅާ ދެ މީހުންގެ މައިންބަފައިންގެ ނުވަތަ ބެލެނިވެރީންގެ ހާޒިރުގައި، ތެލަސީމިއާ ކުދިން ލިބުމުގެ ނުރައްކާ އޮތްކަން ބަޔާންކޮށްދ،ީ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ސަމާލުކަމަށް ކޯޓުން އެކަން ގެންނަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައިވެނިކުރަން އެދޭ ދެ މީހުން ކުރެ އެކަކުގެ ކިބައިގައި ތެލަސީމިއާ ވާރުތަކުރާ ގޮތް ނެތް ނަމަ، ކައިވެނިކުރަން އެދޭ ދެވަނަ މީހާގެ ތެލަސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން ލާޒިމެއް ނޫނެވެ.
ވަރިއާއި ރުޖޫއަ
84 ވަނަ މާއްދާ - ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހެޅުން
(ހ) އާާއިލާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ކޯޓަށް ހުށަހެޅޭނީ، އެކަމަށް
އެދޭ ފޯމުގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި އެ ފޯމާއެކު 25 (ފަންސަވީސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ކޮޕީއެއް ހޯދަން، މައްސަލަ ރައްދުވާ ފަރާތުން އެދިއްޖެ ނަމަ، އެ ފަރާތަކަށް އެ ފޯމުގެ ކޮޕީއެއް ދޭންވާނެއެވެ.
(ނ) ވަރިޔާމެދު އޮޅުމެއް އަރައިފި ނަމަ ނުވަތަ ވަރިއާމެދު ށައްކެއް ވެއްޖެ ނަމަ، ވަކި މައްސަލައެއްގެ ގޮތުގައި އެކަން ކޯޓަށް ހުށަހަޅަންވާނެއެވެ.
(ރ) ވަރިކޮށްފި ނަމަ، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި އަންހެންމީހާއަށް އޭނާ ވަރިކުރިކަން އެނގޭ ދުވަހުން ފެށިގެން، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް އަންގަންވާނެއެވެ.
(ބ) ކޯޓަށް ވަރިކުރިކަން ނާންގާ ހުރެއްޖެ ނަމަ، 100 (އެއްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެކަން ކޯޓަށް އެންގި ދުވަހަކާ ހަމަޔަށް، ކޮންމެ ދުވަހަކަށް 1 (އެކެއް) ރުފިޔާ ޖޫރިމަނާއެއް ނެގޭނެއެވެ.
(ޅ) ހުއްދަނެތި ކޯޓުން ބޭރުގައި ވަރިކޮށްފި ނަމަ، 5,000 (ފަސް ހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން، ވަރިކުރި ފިރިހެނާ ޖޫރިމަނާ ކުރެވޭނެއެވެ.
85 ވަނަ މާއްދާ - ދެމަފިރިން ސުލްހަކުރުން
ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ދެމަފިރިން ސުލްހަކުރުމަށް އިސްކަންދީ މެޖިސްޓްރޭޓް ކޯޓުތަކުގެ އާއިލީ އިޖުރާއަތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސުލްހައިގެ އިޖުރާއަތު ކުރިޔަށް ގެންދަންވާނެއެވެ.
86 ވަނަ މާއްދާ - ވަރީގެ ދަފުތަރު
އާާއިލާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން ވަރި ދަފުތަރުކޮށް އެ ދަފުތަރު ބެލެހެއްޓުމަކީ ކައިވެނީގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތެކެވެ. ކައިވެނީގެ ރަޖިސްޓްރާރ އައްޔަނުކުރެވިފައިނުވާ ކޯޓުތަކުގައި މަސްއޫލިއްޔަތު އަދާކުރާނީ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.
87 ވަނަ މާއްދާ - ވަރީގެ ސެޓުފިކެޓު
(ހ) ވަރި ސާބިތުކުރެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަރީގެ ސެޓުފިކެޓު ހެއްދުމަށް ޓަކައި ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި ހުށަހެޅުން ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކޯޓުން ވަރީގެ ސެޓުފިކެޓު ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވަރީގެ ސެޓުފިކެޓު ނުގެންގޮސްފި ނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ދެ ފަރާތުން ކުރެ ކޮންމެ ފަރާތެއް 1 (އެކެއް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) ކޯޓުން ދިމާވާ މައްސަލައަކާ ގުޅިގެން ވަރީގެ ސެޓުފިކެޓު ނުގެންދެވި ދިމާވާ ހާލަތްތައް މި މާއްދާގެ (ށ) އިން އިސްތިސްނާވާނެއެވެ.
88 ވަނަ މާއްދާ - އިއްދަ
އިއްދައިގެ މުއްދަތު ހަމަވުމުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި ފޯމު ހުށަހެޅޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިއްދަ ހަމަކުރިކަން ސާބިތުކުރުމަށް ޓަކައި ވަރީގެ ސެޓު ފިކެޓުގައި އެކަމަށް ކަނޑައެޅިފައިވާ ތަނުގައި މެޖިސްޓްރޭޓަކު ސޮއިކޮށް، ސިއްކަ ޖަހަންވާނެއެވެ.
89 ވަނަ މާއްދާ - ކައިވެނި ރުޖޫއަކުރުން
ކައިވެނި ރުޖޫއަކުރުމަށް ހުށަހަޅޭނީ ރަޖުއީ ވަރިއަކުން ވަރިކޮށްފައިވާ ހާލަތުގައި، ވަރިވެފައިވާ އަންހެނާގެ އިއްދައިގެ މުއްދަތުގެ ތެރޭގައެވެ.
90 ވަނަ މާއްދާ - ކައިވެނި ރުޖޫއަކޮށްދިނުމަށް އެދި ހުށަހެޅުން
ކައިވެނި ރުޖޫއަކޮށްދިނުމަށް އެދި ހުށަހަޅާނީ އެކަމަށް ކޯޓުން ކަނޑައަޅައިފައިވާ ފޯމުންނެވެ. ކައިވެނި ރުޖޫއަކޮށްދިނުމަށް އެދި ހުށަހަޅާ ނަމަ ހުށަޅަންވާނީ، އެ ކައިވެނި ރުޖޫއަކުރުމަށް ކޯޓުން ކުރަންޖެހޭ ކަންކަން އިއްދައިގެ މުއްދަތުގެ ތެރޭގައި ކުރެވޭނެ އެކަށީގެންވާ ވަގުތު ލިބޭގޮތަށެވެ.
91 ވަނަ މާއްދާ - ކައިވެނި ރުޖޫއަކޮށްދިނުމުގެ ކުރިން ކޯޓުން ބަލަންޖެހޭ ކަންކަން
(ހ) ކައިވެނި ކޮށްދެވޭނީ ދަރިންގެ ހަރަދުގެ ފައިސާ ދެއްކުމުން ކަމަށް އާއިލާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ އޮތުން ކައިވެނި ރުޖޫއަކުރުމުގެ މައްޗަކަށް ނުހިނގާނެއެވެ. އަދި ކުރިން ކޮށްފައިވާ ކައިވެންޏަކާ ގުޅިގެން ލައް ވައިފައިވާ އަނބިމީހާގެ ހަރަދު ނުވަތަ ކުރިން ކޮށްފައިވާ ވަރިއަކާ ގުޅިގެން ލައް ވައިފައިވާ އިއްދައިގެ ހަރަދު ދެއްކިފައި އޮތުން، ކައިވެނި ރުޖޫއަކުރުމުގެ މައްޗަކަށް ނުހިނގާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައިވެންޏެއް ރުޖޫއަކުރުމަށް ހުށަހަޅާ ހާލަތުގައި، އެ ކައިވެންޏެއް ރުޖޫއަކުރުމުގެ ކުރިން، ގާނޫނާ ހިލާފަށް ވަރިކޮށްގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކަން ހުކުމްކޮށްފައިވާ ނަމަ، ކައިވެނި ރުޖޫއަކޮށްދިނުމުގެ ކުރިން، ޖޫރިމަނާގެ ފައިސާ ކޯޓަށް ދައްކަންވާނެއެވެ.
92 ވަނަ މާއްދާ - ކައިވެނި ރުޖޫއަކޮށްދިނުމުގެ ކުރިން، ހަރަދާމެދު ގޮތެއް ނިންމުން
(ހ) ކައިވެނި ރުޖޫއަކުރަން ހުށަހަޅާއިރު، އެ ކައިވެނިން ވަރިވެފައިވާ އަންހެނާގެ އިއްދައިގެ ހަރަދު ނުވަތަ އެ ކައިވެނިން ލިބިފައިވާ ދަރިންގެ ހަރަދު ލައްވައިފައިވާ ނަމަ، އެ ހަރަދާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ކައިވެނި ރުޖޫއަކުރަން ހުށަހަޅާއިރު، އިއްދައިގެ ހަރަދު ނުވަތަ ދަރިންގެ ހަރަދު ކަނޑައިލުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ނަމަ، އެ މައްސަލަ ނިމުމުގެ ކުރިން ވެސް، އެ ކައިވެނި ރުޖޫއަކޮށްދިނުމުގެ އިހުތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ނ) ކޯޓެއްގެ ހުކުމަކުން ލައްވައިފައިވާ އިއްދައިގެ ހަރަދެއް ނުވަތަ ދަރިންގެ ހަރަދެއް، އެ ކައިވެނި ރުޖޫއަކުރިނަމަވެސް، ހުކުމަކުން އެ ހަރަދު ކަނޑައިލުމުގެ ކުރިން، ކޯޓުން އިދާރީގޮތުން ހަރަދުގެ އެކައުންޓު
ބަންދުކޮށްގެން ނުވާނެއެވެ.
(ރ) ކައިވެނި ރުޖޫއަކުރުމަށް ހުށަހަޅައިފައިވަނީ، ވަރީގެ މައްސަލަ ނިންމި ނުވަތަ ހަރަދުގެ މައްސަލަ ނިންމި ކޯޓަށް ކަމުގައި ނުވާ ނަމަ، ހަރަދާ މެދު ކޯޓުން ކަނޑައަޅާ ގޮތެއް، ހަރަދު ލެއްވި ކޯޓަށް އަންގައި، ހަރަދު އެކައުންޓު ބަންދުކުރަންޖެހޭ ނަމަ، ހުކުމްކުރުމާއެކު އެކަން އެ ކޯޓަކަށް އަންގަންވާނެއެވެ.
ބާރަ ވަނަ ބާބު
ކޯޓުން ދޭ ހިދުމަތަށް ފީ ނެގުން
93 ވަނަ މާއްދާ - ކޯޓުން ދޭ ހިދުމަތަށް ފީ ނެގުން
(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ށަރީއަތްކުރުމާ ގުޅޭ އިޖުރާއަތު ބަޔާންކޮށްފައިވާ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކި ބާވަތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފީއެއް ނަގަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ނަމަ، އެފަދަ މައްސަލަތައް ކޯޓުގައި ރަޖިސްޓަރީކުރެވޭނީ ކަނޑައެޅިފައިވާ ފީ، ކޯޓަށް ދެއްކުމުންނެވެ.
(ށ) ކޯޓަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ފީއެއް ދައްކަންޖެހޭ ނަމަ، މައްސަލަ ހުށަހަޅާ ފަރާތަށް ފީ ދެއްކުމަށް އަންގާނީ، އެ މައްސަލައެއް ކޯޓުގައި ރަޖިސްޓަރީކޮށްދެވޭ ގޮތަށް އޮންނަ ހާލަތުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ރަޖިސްޓަރީކުރުމަށް ކޯޓަށް ދައްކާ ފީއަކީ، އެ މައްސަލައެއް ބާތިލުކުރުމަކުން ނުވަތަ އަނބުރާ ގެންދިއުމަކުން ނުވަތަ އެ ނޫން ވެސް ސަބަބަކާހުރެ އަނބުރާ ރައްދުކުރެވޭނެ ފީއެއް ނޫނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފީއާއި، އޭގެ އިތުރުން ކޯޓުން ދޭ ހިދުމަތްތަކަށް ނަގާނެ ފީތަކުގެ ލިސްޓާއި އަދަދ،ު ސުޕްރީމް ކޯޓުން އާންމު ކުރަންވާނެއެވެ. އަދި މި ލިސްޓު ކޮންމެ ދެ އަހަރުން އެއްއަހަރު މުރާޖާ ކުރަންވާނެއެވެ.
ތޭރަވަނަ ބާބު
މެޖިސްޓްރޭޓް ކޯޓުގެ ށަރީއަތުގެ މަޖިލީހުގެ ނިޒާމާއި ކޯޓުގެ ހުރުމަތް
94 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހަށް މީހުން ވެއްދުމާއި ނެރުން
(ހ) ށަރީއަތުގެ މަޖިލީހަށް މީހުން ވެއްދުމުގެ ކުރިން ކޯޓު އޮފިސަރަކު ނުވަތަ އެކަމަށް ކަނޑައަޅައިފައިވާ ކޯޓުގެ މުވައްޒަފަކު، އެ މީހަކީ ކާކުކަން، ފޮޓޯޖެހި ރަސްމީ ލިޔުމަކަށް ބަލައި ކަށަވަރުކުރަންވާނެއެވެ. އަދި ށަރީއަތަށް ހާޒިރުވާ މީހުންގެ ދަފުތަރުގައި އެ މީހެއްގެ ނަން ނޯޓުކުރަންވާނެއެވެ.
(ށ) ށަރީއަތުގެ މަޖިލީހަށް ވަދެވޭނީ، ކޯޓުގެ އަމުރަކުން ށަރީއަތަށް ހާޒިރުކުރެވޭ މީހުންނަށާއި، އެ މީހުންގެ ވަކީލުންނަށާއި، ށަރީއަތުގެ މަޖިލީސް އަޑުއެހުމަށް ހާޒިރުވާ މީހުންނަށެވެ.
(ނ) ށަރީއަތުގެ މަޖިލީހަށް މީހުން ވައްދާއިރު، އެ މީހަކު ތަމްސީލުކުރަން އެއް ވަކީލަށް ވުރެ ގިނަ ވަކީލުން ހާޒިރުވާ ހާލަތުގައި، ށަރީއަތުގެ މާލަމުގެ ޖާގަ އޮތް މިންވަރަށް ބަލައި، ވަކީލުންނަށް ވަދެވޭނެ އަދަދެއް ކަނޑައެޅުމުގެ އިހުތިޔާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
(ރ) ށަރީއަތުގެ މަޖިލިސް އަޑުއެހުމަށް ހާޒިރުވާ މީހުންނަށް ށަރީއަތުގެ މަޖިލީހަށް ވަނުމުގެ ފުރުސަތު ދެވޭނީ، ށަރީއަތުގެ މާލަމުގެ ޖާގަ އޮތް މިންވަރަށް ބަލައި، ހާޒިރުވި ތަރުތީބުންނެވެ.
(ބ) ށަރީއަތުގެ މަޖިލިސް އަޑުއެހުމަށް އަންނަ ފަރާތްތަކުން، ށަރީއަތުގެ ނިޒާމު ނުގެއްލޭގޮތަށް ށަރީއަތުގެ މާލަމުގެ ޖާގަ އޮތް މިންވަރަކުން، ވަދެ ނިކުމެ ހެދޭނެއެވެ.
(ޅ) ށަރީއަތުގެ މަޖިލީހަށް ވަންނަ މީހުން ށަރީއަތުގެ މަޖިލީހުގައި ތިބެންވާނީ، ކޯޓު އޮފިސަރު ނުވަތަ އެ ކަމަށް ކަނޑައަޅައިފައިވާ ކޯޓުގެ މުވައްޒަފު ކަނޑައަޅާ ގޮތެއްގެ މަތީން، އެ ތަރުތީބުންނެވެ.
95 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހަށް ވަންނަ ފަރާތްތައް އަޅަންޖެހޭ ހެދުން
(ހ) ގާާނޫނީ ވަކީލުން ފިޔަވައި، ކޯޓަށް ހާޒިރުވާ ފަރާތްތައް ށަރީއަތުގެ މަޖިލީހަށް ވައްދާނީ، ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރި ނަމައެވެ. މިގޮތުން އަންނަނިވި ބާވަތްތަކުގެ ހެދުމާއި ގަހަނާ އަޅައިގެން ކޯޓަށް ހާޒިރުވުމަކީ މަނާކަމެކެވެ.
- ކަކޫ ނިވާނުވާ ފަދަ ހެދުން؛
- އެކަށީގެންނުވާ ފަދަ އިބާރާތް ލިޔެފައި ހުންނަ ހެދުމާއި، އިސްލާމްދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ށިއާރުތައް ރަމްޒުކޮށްދޭ ފަދަ ހެދުމާއި، ސިޔާސީ ލިޔުމެއް ނުވަތަ ކުރެހުމެއް ހުރި ހެދުމާއި، އެފަދަ ގަހަނާތައ.ް
(ށ) ކޯޓަށް ހާޒިރުވެ ހުރި މީހަކީ މޫނު ނިވާކޮށްގެން ހުރި މީހެއް ނަމަ، ށަރީއަތުގެ މާލަމަށް ވެއްދުމުގެ ކުރިން، ކޯޓުގެ މުވައްޒަފަކު، އެއީ ކާކުކަން ކަށަވަރުކުރަންވާނެއެވެ. މިގޮތަށް ކާކުކަން ކަށަވަރުކުރަންޖެހޭ މީހަކީ އަންހެނަކު ނަމަ އެކަން ކުރާނީ، ކޯޓުގެ އަންހެން މުވައްޒަފެކެވެ. އަދި އަންހެން މުވައްޒަފަކު އެ ވަގުތު ކޯޓުގައި ނެތް ނަމަ، އެހެން ކޯޓެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަ ފަކު މެދުވެރިކޮށް، މޫނު ނިވާކޮށްގެން ހުރި މީހާއަކީ ކާކުކަން ކަށަވަރުކުރެވިދާނެއެވެ. ނުވަތަ މެޖިސްޓްރޭޓް ކޯޓު ހުރި ރަށުގެ ދައުލަތުގެ އިދާރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު މެދުވެރިކޮށް، މޫނު ނިވާކޮށްގެން ހުރި މީހާއަކީ ކާކުކަން ކަށަވަރު ކުރެވިދާނެއެވެ.
(ނ) ކޯޓަށް ހާޒިރުވާ ގާނޫނީ ވަކީލުންނަށް ށަރީއަތުގެ މަޖިލީހަށް ވަދެވޭނީ ކޯޓުފަޓުލޫނުގައެވެ.
96 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހާ ގުޅޭ ކަންކަން އިއުލާނުކުރުން
ށަރީއަތުގެ މަޖިލީހަށް މެޖިސްޓްރޭޓް ވަނުމުގެ ކުރިން، އެ މަޖިލީހަކީ ށަރީއަތުގެ ކޮން މަޖިލީހެއްކަމާއި، އެ ށަރީއަތުގެ މަޖިލީހުގައި ހިންގޭ މައްސަލަ ބަލާ މެޖިސްޓްރޭޓުގެ ނަމާއި، ށަރީއަތުގެ މަޖިލީހުގެ ނިޒާމު ހިފަހައްޓަންޖެހޭ ގޮތާއި، ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއްކޮށްފި ނަމަ އެ މީހަކާމެދު އަމަލުކުރެވޭނެ ގޮތް، ކޯޓުގެ މުވައްޒަފު، ހުރިހާ ހާޒިރީންނަށް އިއްވަންވާނެއެވެ.
97 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް ފެށުން
(ހ) ހާޒިރުވެގެން ބާއްވާ ށަރީއަތްތަކުގައި، ށަރީއަތުގެ މާލަމަށް މެޖިސްޓްރޭޓް ވަނުމުން، ހުރިހާ ހާޒިރީން، ކޮޅަށް ތެދުވަންވާނެއެވެ.
(ށ) ށަރީއަތުގެ މަޖިލިސް ފެށޭނީ، "`" (ކޯޓުގެ ނަން) ގެ ށަރީއަތުގެ މަޖިލިސް ފެށުނީ!" މިހެން ކިޔައި، ށަރީއަތުގެ މަޖިލިސް ފެށުނުކަން، މައްސަލަ ބަލާ މެޖިސްޓްރޭޓް އިއުލާނުކުރުމުންނެވެ.
98 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް މެދުކަނޑައިލުން
ށަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ފެނިއްޖެ ހިނދެއްގައި ށަރީއަތުގެ މަޖިލިސް މެދުކަނޑައިލުމުގެ އިހުތިޔާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
99 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް ނިމުން
ށަރީއަތުގެ މަޖިލިސް ނިމޭނީ، ށަރީއަތުގެ މަޖިލިސް ނިމުނުކަން، މައްސަލަ ބަލާ މެޖިސްޓްރޭޓް އިއުލާނުކުރުމުންނެވެ. ށަރީއަތުގެ މަޖިލިސް ނިމުނުކަން އިއުލާނުކުރުމުގެ ކުރިން، މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާ ނަމަ، ފަހުން އެކަން އަންގާނެކަމަށާއި، އަދި މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ ނަމަ، މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން، މައްސަލަ ބަލާ މެޖިސްޓްރޭޓް އިއުލާނުކުރަންވާނެއެވެ.
100 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ ނިޒާމު ބެލެހެއްޓުން
(ހ) ށަރީއަތުގެ މަޖިލިސް ކޮންޓުރޯލުކޮށް، އެ މަޖިލީހުގެ ގަވާއިދުތަކާއި ނިޒާމު ބަލަހައްޓާނީ، އެ ށަރީއަތުގެ މަޖިލީހުގައި ހިނގަމުންދާ މައްސަލަ ބަލާ މެޖިސްޓްރޭޓެވެ.
(ށ) ށަރީއަތުގެ މަޖިލީހުގައި ވާހަކަދެއްކޭނީ، މައްސަލަ ބަލާ މެޖިސްޓްރޭޓް ހުއްދަދިނުމުން، ހުއްދަދިން މީހަކަށެވެ.
(ނ) މައްސަލަ ބަލާ މެޖިސްޓްރޭޓް އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ށަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަންވާނީ ކޮޅަށް ތެދުވެ ހުރެއެވެ.
(ރ) މައްސަލައިގައި ހިމެނޭ މީހުން ށަރީއަތުގެ މަޖިލީހަށް ހުށަހަޅާ ލިޔެކިޔުމާއި ތަކެތި ށަރީއަތުގެ މަޖިލީހަށް ހުށަހަޅާނީ، މައްސަލަ ބަލާ މެޖިސްޓްރޭޓް ހުއްދަ ދިނުމުން، އެކަމަށް ކަނޑައަޅައިފައިވާ ކޯޓުގެ މުވައްޒަފު
މެދުވެރިކޮށެވެ.
(ބ) ށަރީއަތުގެ މަޖިލީހުގައި ހިނގަމުންދާ މައްސަލައިގެ މައުޒޫއުން ބޭރުން އެއްވެސް މީހަކު އެހެން މީހެއްގެ ނަފުސަށް ނުވަތަ ޒާތަށް ނުވަތަ އަބުރަށް ހަޑިހުތުރުކޮށް ދިމާކުރުމުގެ ގޮތުން ވާހަކަދެއްކުން ހުއްދަކުރެވިގެން ނުވެއެވެ. އަދި ށަރީއަތަށް ހުށަހެޅޭ ބަޔާނެއްގައި މިފަދަ އިބާރާތްތައް ބޭނުންކޮށްފައިވާ ނަމަ، އެ އިބާރާތްތައް އުނިކުރުމަށް އެންގުމުގެ ބާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހެކިބަސްދޭން ހާޒިރުވެ ހުރި މީހަކު އިވުނުކަމަށް ބުނެ ހެކިބަސް ދިނުމުގެ ގޮތުން ބުނެފައިވާ ބަހެއް އެއީ އެހެން މީހެއްގެ ނަފުސަށް ނުވަތަ ޒާތަށް ނުވަތަ އަބުރަށް ހަޑިހުތުރުކޮށް ދިމާކުރުމުގެ ގޮތުން ވާހަކަދެއްކުން ކަމުގައެއް ނުބެލެވޭނެއެވެ.
(ކ) ށަރީއަތުގެ މަޖިލީހުގައި މެޖިސްޓްރޭޓް ކުރާ އަމުރުތަކަށް، އެ އަމުރު ރައްދުވާ މީހުން ކިޔަމަންވާންވާނެއެވެ. އަދި ށަރީއަތުގެ މަޖިލީހުގެ ހުރުމަތް ކުޑަވާގޮތަށް އެއްވެސް މީހަކު އަމަލުކޮށްގެން ވެސް ނުވާނެއެވެ. އަދި ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސް އަމަލެއް ށަރީއަތުގެ މަޖިލީހުގެ ހާޒިރީން ކުރެ އެއްވެސް މީހަކު ކޮށްގެން ނުވާނެއެވެ.
(ކ) ށަރީއަތުގެ މަޖިލިސް އަޑުއެހުމަށް ހާޒިރުވެ ތިބި މީހުންގެ ތެރެއިން މީހަކު ށަރީއަތުގެ ނިޒާމާ ހިލާފު އަމަލެއް ކޮށްގެން އެކަން ރަނގަޅުކުރުމަށް އެންގުމުން ވެސް އެކަން ތަކުރާރުކުރާ ނަމަ، އެ މީހަކު ށަރީއަތުގެ މާލަމުން ނެރުމަށް އެންގުމުގެ ބާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
101 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލުތައް
(ހ) ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވީކަމުގައި ބެލެވޭނީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމުންނެވެ.
- ކޯޓުގައި ހިނގަމުންދާ ށަރީއަތަކަށް ހުރަސްއެޅުން ނުވަތަ ހުރަސްއަޅަން މަސައްކަތްކުރުން؛
- ހިނގަމުންދާ ށަރީއަތެއްގައި ނުވަތަ މައްސަލައެއްގައި މެޖިސްޓްރޭޓަކު އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ކުރުން؛
- މައްސަލައަކާ ގުޅިގެން ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ ށަރީއަތެއްގައި ދޭންޖެހޭ މައުލޫމާތު ދިނުމަށް އިންކާރުކުރުން؛
- ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ ށަރީއަތެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެކިވެރިޔެއްގެ ހައިސިއްޔަތުން ނުވަތަ ހެކިބަސްދޭންޖެހޭ ފަދަ މަގާމެއްގައި ހުރެ ށަރީއަތަށް ބޭނުންވާ މައުލޫމާތު ދިނުމަށް އިންކާރުކުރުން؛
- ކޯޓުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ނުވަތަ ފޮޓޯ ނެގޭ އެއްވެސް ވަސީލަތެއް ށަރީއަތުގެ މާލަމަށް ވައްދައި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރުން؛
- ހިނގަމުންދާ ށަރީއަތެއްގައި އަނެއް މީހާއަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ކަމެއް ކުރުން؛
- މައްސަލައާ ގުޅިގެން ހާޒިރުވާ މީހުންނާއި ވަކީލުން، ށަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ މެޖިސްޓްރޭޓުގެ އިޒުނަނެތި ށަރީއަތުގެ މަޖިލީހުން ނުކުތުން ނުވަތަ ށަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުން؛
- ށަރީއަތުގެ މަޖިލިސް އަޑުއެހުމަށް ވަންނަ މީހުން، ށަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުން؛
- މީގެއިތުރުން ވެސް، ށަރީއަތުގެ ނިޒާމާ ހިލާފުވާ ފަދަ އަމަލެއް ކުރުން.
(ށ) ހުއްދަ ދެވިގެން އަޑު ނުވަތަ މަންޒަރު ރިކޯޑުކުރަމުންދަނިކޮށް، ކުރިޔަށްދާ މަޖިލީހަކީ އަޑާއި މަންޒަރު ރިކޯޑުކުރުން އެންމެ ރަނގަޅުނޫން ށަރީއަތެއް ކަމަށް މައްސަލަ ބަލާ މެޖިސްޓްރޭޓަށް ފެނިއްޖެ ނަމަ، ކޯޓުގެ މުވައްޒަފު މެދުވެރިކޮށް، އަޑާއި މަންޒަރު ރިކޯޑުކުރަމުންދިޔަ ވަސީލަތްތައް ނަގަން އަންގައި، އެ ވަސީލަތްތަކުގައިވާ އެ ހިނދަށް ރިކޯޑު ކުރެވިފައިވާ އަޑާއި މަންޒަރު ނައްތައިލަން އަމުރު ކުރަންވާނެއެވެ. އަދި ށަރީއަތުގެ މަޖިލިސް ނިމުމުން، އެފަދަ ވަސީލަތްތައް އެ ތަކެތީގެ ވެރިފަރާތާ ހަވާލުކުރުމަށް އެންގުމުގެ އިހުތިޔާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
102 ވަނަ މާއްދާ - ވަގުތުން ކަނޑައެޅޭ އަދަބު
މި ގަވާއިދުގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ށަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވެއްޖެ ނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު، މައްސަލަ ބަލާ މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
103 ވަނަ މާއްދާ - ވަކީލަކު ށަރީއަތުގެ ނިޒާމާ ހިލާފުވުން
މި ގަވާއިދުގެ 101 ވަނަ މާއްދާގައިވާ ފަދަ އަމަލެއް ކުރީ ގާނޫނީ ވަކީލަކު ނަމަ، ށަރީއަތުގެ ނިޒާމާ ހިލާފަށް އެ ވަކީލަކު ކުރި އަމަލާއި އަދި އަދަބެއް ކަނޑައެޅުނު ނަމަ، އެ ކަނޑައެޅުނު އަދަބުގެ މައުލޫމާތު، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ކޯޓުން އަންގަންވާނެއެވެ.
ސާދަވަނަ ބާބު
ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލިސް
104 ވަނަ މާއްދާ - ޖުޑީށަލް ދާއިރާ
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އިދާރީ ދާއިރާއަކީ ވަކި ޖުޑީށަލް ދާއިރާއެކެވެ.
105 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލިސް
(ހ) ކޮންމެ ޖުޑީށަލް ދާއިރާއެއްގައި، އެ ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހެއް އޮންނަންވާނެއެވެ.
(ށ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގައި ހިމެނޭނީ، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ އިތުރުން، އެ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރެވިފައިވާ މެޖިސްޓްރޭޓުންނެވެ.
106 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ އާންމު މަޖިލިސް ބޭއްވުން
(ހ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން، އަހަރަކު މަދުވެގެން 2 (ދޭއް) ޖަލްސާ ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް، އެ ދާއިރާގެ އިސް މެޖިސްޓްރޭޓަށް ފެނިއްޖެ ނަމަ ޖަލްސާއެއް ބޭއްވިދާނެއެވެ.
(ނ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ މެންބަރުންގެ ދެބައިކުޅައެއްބައި މެންބަރުން، އާންމު މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހަޅައިފި ނަމަ، އާންމު މަޖިލީހުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.
107 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ އާންމު މަޖިލީހުގެ ގާނޫނީ އަދަދު
(ހ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ، އެ ޖުޑީށަލް ދާއިރާއެއްގައި ހިމެނޭ މެޖިސްޓްރޭޓުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެޖިސްޓްރޭޓުން އެ ޖަލްސާއަށް ހާޒިރުވުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖުޑީށަލް ދާއިރާއެއްގައި އެ ވަގުތެއްގައި ތިބި މެޖިސްޓްރޭޓުންގެ އަދަދަކީ 2 (ދޭއް) ނަމަ، އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ، އެ ޖުޑީށަލް ދާއިރާއެއްގެ ހުރިހާ މެޖިސްޓްރޭޓުން އެ ޖަލްސާއަށް ހާޒިރުވުމުންނެވެ.
108 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތު
ށަރުއީ ދާއިރާގެ އާންމު އުސޫލުތަކާއި ސިޔާސަތުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތީން، އަންނަނިވި ކަންކަން ކުރުމަކީ ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތެކެވެ.
(ހ) ޖުޑީށަލް ދާއިރާގެ ކޯޓުތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހިދުމަތް ދިނުމުގައި ހުންނަ ތަފާތުތައް ނައްތައިލުމާބެހޭގޮތުން މަށްވަރާކޮށް، ގޮތެއް ނިންމުން.
(ށ) ކޯޓުތަކުގެ މުވައްޒަފުން ތަމްރީނުކުރަން ބޭނުންވާ ދާއިރާތައް ދެނެގަނެ ޖުޑީށަލް އެކަޑަމީއަށް ހުށަހެޅުން.
(ނ) ގާނޫނަކުން ކަނޑައެޅޭ ކަމެއް ނުވަތަ ޖުޑީށަލް ދާއިރާގެ ނިސްބަތުން ހަވާލުކުރެވޭ ކަންކަން ކުރިޔަށް ގެންދިއުން.
(ރ) ކޯޓުތަކުގެ ދާހިލީ ކަންކަމުގެ ތެރެއިން މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ މަށްވަރާއަށް އެދި ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ ކޯޓުގެ އިސް މެޖިސްޓެރޭޓް ހުށަހަޅާ ކަންކަމުގައި މަށްވަރާކޮށް ލަފާދިނުން.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޖުޑީށަލް ދާއިރާގެ ދާހިލީ ކަންކަން ކުރުން.
109 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ރިޔާސަތު
ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު ހަވާލުވެ ހުރި މެޖިސްޓްރޭޓެކެވެ.
110 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް
ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަނޑައަޅާ މުވައްޒަފެކެވެ.
111 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތު
ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ޖަލްސާ ބާއްވާ ތަނުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
(ށ) ޖަލްސާގެ އެޖެންޑާ ތައްޔާރުކޮށް، ޖަލްސާއަށް އެންގުމާއި، ހާޒިރީ ބެލެހެއްޓުން.
(ނ) އާންމު މަޖިލީހަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެހެނިހެން ލިޔެކިޔުންތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
(ރ) އާންމު މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާ ބެލެހެއްޓުން. (ބ) އާންމު މަޖިލީހުގެ ޖަލްސާތަކުގެ ރިކޯޑިންގ ބެލެހެއްޓުން.
(ޅ) އާންމު މަޖިލީހުގެ ޖަލްސާތަކުގެ ނިންމުންތަކާއި، ޖަލްސާގެ ޔައުމިއްޔާ. ޖަލްސާ ބާއްވާތާ ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔ،ެ ޖަލްސާގައި ބައިވެރިވި މެޖިސްޓްރޭޓުން ސޮއިކުރުމަށް ފޮނުވުން.
(ކ) އާންމު މަޖިލީހުން ފާސްކުރާ ނިންމުންތައި، އެކަމަށް ކަނޑައެޅިފައިވާ ފައިލުގައި ރައްކައުކުރުން.
(އ) އާންމު މަޖިލީހުން ފާސްކުރާ ކަންތައްތައް ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ލަފާގެ މަތީން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
(ވ) އާންމު މަޖިލީހުގެ ފަރާތުން އެއްވެސް ފަރާތަކަށް މައުލޫމާތެއް ދޭން ޖެހިއްޖެ ނަމަ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތެއް އެ ފަރާތަކަށް ދިނުން.
(މ) އާންމު މަޖިލީހުގެ ޖަލްސާތަކުގައި ހިނގާ ކަންކަމުގެ ސިއްރު ހިފެހެއްޓުން.
112 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހަށް ހުށަހެޅުންތައް ހުށަހެޅުން
(ހ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހަށް ހުށަހެޅުމެއް ހުށަހެޅުމަށް މެޖިސްޓްރޭޓަކު ނުވަތަ ރަޖިސްޓްރާރ ނުވަތަ ށަރީއަތްކުރާ ސެކްށަނަކުން ނުވަތަ އިދާރީ ސެކްށަނަކުން ބޭނުންވެއްޖެ ނަމަ، މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އެ ހުށަހެޅުމެއް، ލިޔުމުން ހުށަހެޅިދާނެއެވެ.
(ށ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހަށް ހުށަހަޅާ އެންމެހައި ހުށަހެޅުންތަކުގެ ރިކޯޑު، ސެކްރެޓޭރިއެޓުން ބަލަހައްޓަންވާނެއެވެ.
113 ވަނަ މާއްދާ - ހުށަހެޅުންތައް ތާވަލުކުރުން
(ހ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހަށް ހުށަހެޅުމަށް ޓަކައި ހުށަހެޅޭ އެންމެހައި ހުށަހެޅުންތައް އެޖެންޑާގައި ތާވަލުކުރަންވާނީ، ހުށަހެޅޭ ތަރުތީބަށް އިސްކަންދީގެންނެވެ. ނަމަވެސް އެޖެންޑާކުރުމަށް ހުށަހެޅިފައިވާ ކަންކަމުގެ ބޭރުން އާންމު މަޖިލީހުގެ ކުއްލި ޖަލްސާގައި ވަކި ކަމެއް އެޖެންޑާކުރުމުގެ އިހުތިޔާރު، ދާއިރާގެ އިސް މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
(ށ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހަށް ހުށަހެޅި ގޮތެއް ނިމިފައިނުވާ ނުވަތަ އަނބުރާ ގެންގޮސްފައިނުވާ އެންމެހައި ހުށަހެޅުންތައް އެޖެންޑާއިން ފެންނަން އޮންނަންވާނެއެވެ. އަދި ކޮންމެ ހުށަހެޅުމެއް ވެސް އެޖެންޑާގައި ހިމަނާނީ ހުށަހެޅި ފަރާތް އެނގޭ ގޮތަށެވެ.
(ނ) ފަހުން ހުށަހެޅޭ ހުށަހެޅުމަކީ އަވަހަށް ތާވަލުކުރުމުގެ ޒަރޫރަތްތެރިކަމާއި މުހިންމުކަން އޮތް ހުށަހެޅުމެއް ކަމުގައި ވާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަރުތީބުން އިސްތިސްނާކޮށް، އެފަދަ ހުށަހެޅުންތަކަށް އިސްކަންދިނުމުގެ އިހުތިޔާރު، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ލިބިގެންވެއެވެ.
(ރ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން، އެ ޖަލްސާގެ އެޖެންޑާ. ހުރިހާ މެޖިސްޓްރޭޓުންނަށް ފޮނުވަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމެވެސް، ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހެއް ހިނގަމުންދަނިކޮށް، މެޖިސްޓްރޭޓަކު އިތުރު ހުށަހެޅުމެއް ހުށަހެޅުމަށް ބޭނުންވާ ނަމަ، އަދި އެފަދަ ހުށަހެޅުމަކަށް ވަގުތު އޮތް ނަމަ، އެފަދަ ހުށަހެޅުމަކާ މެދު މަށްވަރާކޮށްގެން ގޮތެއް ނިންމިދާނެއެވެ.
114 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ނިންމުން
(ހ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ކަމެއް ފާސްވާނީ، ޖަލްސާއަށް ހާޒިރުވި މެޖިސްޓްރޭޓުންގެ އަޣުލަބިއްޔަތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖުޑީށަލް ދާއިރާގެ ކޯޓުތަކަށް އައްޔަނުކޮށްފައިވާ މެޖިސްޓްރޭޓުންގެ އަދަދަކީ 2 (ދޭއް) ނަމަ، މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ކަމެއް ފާސްވާނީ، އެ ޖުޑީށަލް ދާއިރާއެއްގެ ހުރިހާ މެޖިސްޓްރޭޓުން އެ ޖަލްސާއަށް ހާޒިރުވެ، މެޖިސްޓްރޭޓުންގެ އިއްތިފާގުންނެވެ.
(ނ) މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ކަމެއް ނިންމަންވާނީ، ޖަލްސާއަށް
ހާޒިރުވެ، ހުށަހެޅިފައިވާ ކަމަކާމެދު ވާހަކަދެއްކުމަށް އެދިފައިވާ މެޖިސްޓްރޭޓުންނަށް ފުރުސަތު ދިނުމަށްފަހު، ޖަލްސާއަށް ހާޒިރުވެތިބި މެޖިސްޓްރޭޓުންގެ މެދުގައި އަތްއުފުލައިގެން ނެގޭ ވޯޓަކުންނެވެ.
115 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ނިންމުންތައް ބެލެހެއްޓުން
(ހ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ނިންމުންތައް އެކުލަވައިލާންވާނީ، ވަކިވަކި މަޖިލިސްތަކުގައި ނިންމާ ނިންމުންތައް ވަކިވާނެގޮތަށް އެ މަޖިލީހެއްގެ ހުރިހާ ނިންމުންތައް އެއް ޑޮކިއުމެންޓަކުން ފެންނާނެ ގޮތަކަށެވެ.
(ށ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ނިންމުންތައް، އެ ނިންމުމެއް ނިންމި މަޖިލިސް ބާއްވާތާ ގިނަވެގެން މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ. އަދި އެ ނިންމުންތަކުގައި މެޖިސްޓްރޭޓުން ސޮއިކުރަންވާނެއެވެ.
(ނ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގައި، އެ ނިންމުން ނިންމި ތާރީހާއި، އެ ނިންމުން ނިންމި ޖަލްސާގައި ބައިވެރިވި މެޖިސްޓްރޭޓުންގެ ނަމާއި، މެޖިސްޓްރޭޓުން ވޯޓު ދިން ގޮތް އެނގެން އޮންނަންވާނެއެވެ.
116 ވަނަ މާއްދާ - މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުގެ ނިންމުންތައް ހިއްސާކުރުން
(ހ) ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ނިންމާ ނިންމުންތައް ވާންވާނީ، ށަރުއީ ދާއިރާގެ އާންމު އުސޫލުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ނިންމުންތަކަކަށެވެ.
(ށ) އާންމު މަޖިލީހުގެ ނިންމުންތައް، އެ ނިންމުމަކާ ގުޅޭ ކޯޓަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވަންވާނެއެވެ. އަދި އެ ޖުޑީށަލް ދާއިރާއެއް ގެ ހުރިހާ މެޖިސްޓްރޭޓުންނަށް އެ ނިންމުންތައް ފެންނާނެ ގޮތަށް އިންތިޒާމު ހަމަޖައްސަންވާނެއެވެ.
(ނ) މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ނިންމާ ނިންމުމަކީ އާންމުންނާ ގުޅުންހުރި ނިންމުމެއް ކަމަށް ވާ ނަމަ ނުވަތަ ވަކީލުންނާ ގުޅުންހުރި ކަމަކަށް ވާ ނަމަ، އެ ނިންމުމެއް ނިންމި ގޮތާއި، އަމަލުކުރާނެ ގޮތް، ކޯޓުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ރ) މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ނިންމާ ނިންމުމަކީ ދައުލަތުގެ ވަކި އިދާރައަކާ ނުވަތަ މުއައްސަސާއަކާ ގުޅުންހުރި ކަމެއް ކަމަށް ވާ ނަމަ، އެ ނިންމުމެއް ނިންމި ގޮތާއި، އަމަލުކުރާނެ ގޮތް، އެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ލަސްނުކޮށް ކޯޓުން އަންގަންވާނެއެވެ.
ފަނަރަވަނަ ބާބު
މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި އެހެނިހެން މުވައްޒަފުން
117 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތަކުގެ އެންމެ އިސް ފަރާތް
(ހ) މެޖިސްޓްރޭޓް ކޯޓުގެ އެންމެ އިސް ފަރާތަކީ، އެ ކޯޓެއްގެ އިސް މެޖިސްޓްރޭޓެވެ.
(ށ) މެޖިސްޓްރޭޓް ކޯޓެއްގައި އިސް މެޖިސްޓްރޭޓަކު ނެތް ހާލަތެއްގައި ނުވަތަ މެޖިސްޓްރޭޓް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އެ މެޖިސްޓްރޭޓަށް ފެށެންދެން ނުވަތަ އެހެން އިސް މެޖިސްޓްރޭޓަކު އައްޔަނުކުރެވެންދެން އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރާނީ، އެ ވަގުތަކު އެ ކޯޓެއްގެ ހިންގުން ހަވާލުކޮށްފައިވާ މެޖިސްޓްރޭޓެކެވެ.
118 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ޖުޑީށަލް ދާއިރާތަކުގެ އެންމެ އިސްފަރާތަކީ، އެ ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރެވޭ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.
119 ވަނަ މާއްދާ - ޖުޑީށަލް ދާއިރާ އިދާރީގޮތުން އިންތިޒާމުކޮށް ބެލެހެއްޓުމުގެ އިސް ފަރާތް
(ހ) ޖުޑީށަލް ދާއިރާތައް އިދާރީގޮތުން އިންތިޒާމުކޮށް ބެލެހެއްޓުމުގެ އެންމެ އިސް ފަރާތަކީ، އެ ޖުޑީށަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެވެ.
(ށ) ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބޭނެ އިންތިޒާމުތައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސަންވާނެއެވެ
120 ވަނަ މާއްދާ - ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
(ހ) ޖުޑީށަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.
- އެ ދާއިރާއެއްގައި ހިމެނޭ ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓަކު ގާއިމުވެ ނެތް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ޓަކައި އެ ދާއިރާއަކަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން މެޖިސްޓްރޭޓުން ކަނޑައެޅުން؛
- އިޖުރާއީ ކަންކަމާއި އިދާރީ ކަންކަމުގައި އެ ދާއިރާގެ އެހެން މެޖިސްޓްރޭޓުންނަށް ލަފާދީ އެހީތެރިވެދިނުން؛
- އިޖުރާއީ ކަންކަމުގައްޔާއި އިދާރީ ކަންކަމުގައި ޖުޑީށަލް ދާއިރާގެ ރަޖިސްޓްރާރ އަށް އިރުށާދު ދިނުން؛
- މައްސަލަތައް ލަސްވެގެންނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ މިނޫންވެސް ށަކުވާތައް ބަލައި، ފިޔަވަޅު އެޅުން؛
- ޖުޑީށަލް ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓުން ޗުއްޓީއަށް އެދި ހުށަހެޅުމުން، އެ މެޖިސްޓްރޭޓުންނަށް ޗުއްޓީ ދިނުމުގެ ހުއްދަ ދިނުން؛
- ކޯޓުތަކުގެ ހިންގުމާ ގުޅޭ ކަންކަމުގައި އެޑްމިނިސްޓްރޭޓަރަށް ލަފަޔާއި އިރުށާދު ދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުން ކުރުމަށް ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅައިފައިވާ މި ނޫން ވެސް ކަންކަން، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭނެއެވެ.
121 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) އެއް މެޖިސްޓްރޭޓަށް ވުރެ ގިނަ މެޖިސްޓްރޭޓުން ތިބޭ ކޯޓެއް ނަމަ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ މެޖިސްޓްރޭޓުން ކަނޑައެޅުން.
(ށ) އެއް މެޖިސްޓްރޭޓަށް ވުރެ ގިނަ މެޖިސްޓްރޭޓުން ތިބޭ ކޯޓެއް ނަމަ، އެ ކޯޓުގެ އެހެން މެޖިސްޓްރޭޓުންނަށް ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ދުރުން މަސައްކަތްކުރުމުގެ ހުއްދަ ދިނުން.
(ނ) ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަށްވަރާޔާއެކު، އެ މެޖިސްޓްރޭޓް ކޯޓެއްގެ އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކޮށް، ކޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އެ ކޯޓަކާ ހަވާލުވެ ހުންނަ ކޯޓު އެޑްމިނިސްޓްރޭޓަރަށް ދޭންޖެހޭ ލަފަޔާއި އިރުށާދުތައް ދިނުން.
122 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތަކުގެ ރަޖިސްޓްރާރ
(ހ) މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށާއި، އެފަދަ މައްސަލަތައް ކޯޓުގައި ހިންގުމުގައި، ޖުޑީށަލް ދާއިރާގެ ކޯޓުތަކަށް އެހީތެރިވެދޭނެ ރަޖިސްޓްރާރ އަކު، ކޮންމެ ޖުޑީށަލް ދާއިރާއެއްގައި ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރެވޭ ރަޖިސްޓްރާރގެ އިތުރުން، ޖުޑީށަލް ދާއިރާއެއްގައި ރަޖިސްޓްރާރ އައްޔަނުކުރެވިފައިވާ ރަށް ނޫން އެހެން ރަށްތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އަހަރަކު 50 (ފަންސާސް) އަށް ވުރެ އިތުރުވާ ކޯޓުތަކުގައި އެސިސްޓެންޓް ރަޖިސްޓްރާރ އަކު ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އައްޔަނުކުރެވޭ އެސިސްޓެންޓް ރަޖިސްޓްރާރ އިންނަކީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށާއި، އެފަދަ މައްސަލަތައް ކޯޓުގައި ހިންގުމުގައި، ޖުޑީށަލް ދާއިރާއަށް އައްޔަނުކުރެވޭ ރަޖިސްޓްރާރގެ ލަފަޔާއި އިރުށާދުގެ ދަށުން އެ ރަށްތަކުގެ ކޯޓުތަކަށް އެހީތެރިވެދިނުމަށް އައްޔަނުކުރެވޭ ފަރާތެކެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ރަޖިސްޓްރާރގެ މަގާމަށާއި އެސިސްޓެންޓް ރަޖިސްޓްރާރގެ މަގާމަށް އައްޔަނުކުރެވޭ މީހަކީ މެޖިސްޓްރޭޓްކަމުގެ ށަރުތު ފުރިހަމަވާ މީހަކަށް ވާންޖެހޭނެއެވެ.
123 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތަކުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތު
(ހ) ރަޖިސްޓްރާރގެ މަ ސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.\
- ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން؛
- ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން؛ މިގޮތުން ބަލާ ބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއް ނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް އިސްލާހުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިހުތިޔާރު، ރަޖިސްޓްރާރ އަށް ލިބިގެންވެއެވެ.
- ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން؛
- ހުށަހެޅޭ މައްސަލަތަކަކީ، އެ ކޯޓަކުން ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލަތަކެއްކަން ކަށަވަރުކުރުން؛
- މި ގަވާއިދުގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ކުރުން؛
- ޖުޑީށަލް ދާއިރާގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ރަޖިސްޓްރާރގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާ ކަންކަން ކުރުން.
(ށ) ރަޖިސްޓްރާރ ނެތް ހާލަތެއްގައި ނުވަތަ އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން ނުވަތަ އެހެން ރަޖިސްޓްރާރއެއް އައްޔަނުކުރެވެންދެން ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރާނީ، އެ ޖުޑީށަލް ދާއިރާއެއްގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އެކަމަށް ކަނޑައަޅާ ފަރާތެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ފެންނަ ބައެއް މަސްއޫލިއްޔަތު ނުވަތަ ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ހުއްދަޔާއެކު ރަޖިސްޓްރާރ ކަނޑައަޅާ މަސްއޫލިއްޔަތުތަކެއް، އެސިސްޓެންޓް ރަޖިސްޓްރާރ އިންނާ ހަވާލުކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން އެސިސްޓެންޓް ރަޖިސްޓްރާރ އާ ހަވާލުކުރެވޭނީ، އެ އެސިސްޓެންޓް ރަޖިސްޓްރާރ އަކު އައްޔަނުކުރެވިފައިވާ ކޯޓާއި އެ އެސިސްޓެންޓް ރަޖިސްޓްރާރއަކާ ހަވާލުވެފައިވާ އިތުރު ކޯޓުތަކުގެ މަސްއޫލިއްޔަތުތަކެވެ.
(ބ) ޖުޑީށަލް ދާއިރާގެ ކޯޓުތަކުގެ ތެރެއިން ރަޖިސްޓްރާރ އަކު ނުވަތަ އެސިސްޓެންޓް ރަޖިސްޓްރާރ އަކު ނެތް ކޯޓުތައް މި މާއްދާގެ (ރ) ގެ ދަށުން އެސިސްޓެންޓް ރަޖިސްޓްރާރ އަ ކާ ހަވާލުކުރާނީ، މެޖިސްޓްރޭޓުންގެ މަށްވަރާއާއެކު، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.
124 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުން މުރާޖާކުރުން
(ހ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ށަރީއަތްކުރުމާ ގުޅޭ އިޖުރާއަތު ބަޔާންކޮށްފައިވާ ގާނޫނަކުން ނުވަތަ މި ގަވާއިދުން ބާރު ލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާ މެދު ނުވަތަ ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ، އެ ކަމެއް ނުވަތަ އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި އެ ކަމެއް ނުވަތަ އެ ނިންމުމެއް ނިންމި ކޯޓަކަށް ހުށަހެޅުމުގެ އިހުތިޔާރު، އެކަމަކާ ނުވަތަ އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުމެއް އަލުން ބަލައިދިނުމަށް އެދޭ ނަމަ، އެ ނިންމުމެއް ނިންމައި އެކަން އެ ފަރާތަކަށް އެންގި ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކޯޓަކަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގައި ހުށަހަޅައިފައިނުވާ ނަމަ، އެ ކަމެއް ނުބެލޭނެއެވެ.
(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅާނީ، އެ ކޯޓެއްގެ އިސް މެޖިސްޓްރޭޓެވެ.
125 ވަނަ މާއްދާ - ކޯޓުތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުން
(ހ) އިސްމެޖިސްޓްރޭޓުގެ ލަފާގެ ދަށުން ކޯޓުތަކުގެ އިދާރީ ހިންގުމާބެހޭ ކަންކަން ބަލަހައްޓައި ތަންފީޒުކުރުމުގައި އިސް މެޖިސްޓްރޭޓަށް އެހީތެރިވުމަށް ޓަކައި ކޯޓުގެ އިދާރީ އެންމެ އިސް މުވައްޒަފުގެ މަސްއޫލިއްޔަތު އަދާކުރާ ކޯޓު އެޑްމިނިސްޓްރޭޓަރަކު ހުންނަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޯޓު އެޑްމިނިސްޓްރޭޓަރަކީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޯޓުތަކަށް އައްޔަނުކުރެވޭ މީހަކަށް ވުން މި މާއްދާ ހުރަހެއް ނާޅައެވެ.
126 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުން ގެ މަސްއޫލިއްޔަތުތައް
ކޯޓުތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ކޯޓު އެޑްމިނިސްޓްރޭޓަރަކާ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ އެންމެހައި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ހިދުމަތްދިނުމުގެ ރޫހު އުފައްދައި، މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެކަށީގެންވާ ވެށްޓެއް ކޯޓުގައި ގާ އިމުކުރުން.
(ށ) ކޯޓު އެޑްމިނިސްޓްރޭޓަރަކާ ހަވާ ލުކުރެވިފައިވާ ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ދަތުރުތަކާއި އެ ކޯޓުތަކުން ކުރާ އެހެނިހެން ރަސްމީ ދަތުރުތައް އިންތިޒާމުކޮށް ބެލެހެއްޓުން.
(ނ) ކޯޓު ހުޅުވާ މުވައްޒަފުންގެ މައުލޫމާތު ގަވާއިދުން ބެލެހެއްޓުން.
(ރ) ކޯޓު އެޑްމިނިސްޓްރޭޓަރަކާ ހަވާ ލުކުރެވިފައިވާ ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ހާޒިރީ ރިކޯޑުތަކުގެ ރިޕޯޓުތައް މަހުން މަހަށް ބެލެހެއްޓުން.
(ބ) ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން މެޖިސްޓްރޭޓުން ކޯޓަށް ހާޒިރުނުވެ، ދުރުން މަސައްކަތްކުރާ ދުވަސްތަކުގެ ރިކޯޑު ބެލެހެއްޓުން.
(ޅ) ރަސްމީ ގަޑީގައި ކޯޓާއި މެޖިސްޓްރޭޓުންގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމާއި، ކޯޓަށް ހާޒިރުވާ ފަރާތްތަކުގެ ހަރަކާތްތައް މޮނިޓަރކޮށް، ކޯޓުގައި ހިނގާ ހާދިސާތައް ބަލައި ރިޕޯޓުކުރުމުގެ އެންމެހައި އިންތިޒާމުތައް ބެލެހެއްޓުން.
(ކ) ކޯޓަށް ހުށަހެޅޭ ލިޔެކިޔުންތަކާއި ތަކެތި ސެކްށަންތަކާ ހަވާލުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރިޔަށްދޭތޯ ބެލުމާއި، ޑިސްޕެޗް ކުރަންޖެހޭ ލިޔުންތައް ކަމާބެހޭ މުވައްޒަފުން ލައްވައި ޑިސްޕެޗް ކުރުވުމުގެ އިންތިޒާމު ހަމަޖެއްސުން.
(އ) މައްސަލަ ނިމިފައިވާ ފައިލުތައް އަރުށީފަށް ފޮނުވުމަށް ތައްޔާރުކުރުވުމާއި، އަރުށީފަށް ފޮނުވޭ ފައިލުތަކުގެ ރިކޯޑު ބެލެހެއްޓުން.
(ވ) ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނުކުރުމާއި، ވަޒީފާއަށް އެދޭ މީހުންގެ މައުލޫމާތު ބަލައިގަނެ ބެލެހެއްޓުމާއި، އިންޓަވިއުކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ވަޒީފާ ހަމަޖެއްސުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
(މ) ކޮންމެ މަހެއްގެ މުސާރަ ށީޓް ތައްޔާރުކުރުމަށް ބޭނުންވާ ހާޒިރީ ރިޕޯޓާއި، ގަޑީ ލާރީގެ ރިޕޯޓާއި، އިތުރުގަޑީގެ ރިޕޯޓު ނެގުމާއި، ރިޕޯޓުތައް ޗެކްކުރުން.
(ފ) މުވައްޒަފުންގެ މުސާރަ ށީޓާއި ޕެންށަން ށީޓް،ކޮންމެ މަހަކު ތައްޔާރުކޮށް، މުސާރަ ދިނުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
(ދ) ކޯޓަށް އަލަށް ގުޅޭ މުވައްޒަފުންނަށް އިންޑަކްށަން ކުރިޔަށް ގެންދިއުމާއި، އެކަމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
(ތ) ކޯޓުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތުތައް ސެކްށަންތަކުން ހޯދައި، އަހަރީ ރިޕޯޓު އެކުލަވައިލުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
(ލ) ށަރީއަތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދީ، ށަރީއަތް ހިންގުމަށް ޓަކައި ކޯޓު ރޫމްތައް ތައްޔާރުކޮށް ބެލެހެއްޓުން.
(ގ) ކޯޓުން މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި، ކޯޓުން އާންމުކުރާ މައުލޫމާތުތައް އޮންލައިންކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުން.
(ޏ) ކޯޓަށް ބޭނުންވާ އެކިއެކި މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހޯދުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، އެ ތަކެތި ބޭނުންކުރުމުގެ އިންތިޒާމާއި، ރައްކައުތެރިކަމާއެކު އެ ތަކެތި ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
(ސ) ކޯޓަށް ނަގާ އެކިއެކި ފީތަކާއި އެހެނިހެން ގޮތްގޮތުން ކޯޓަށް ދައްކަންޖެހޭ ފައިސ،ާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތެއްގެ މަތީން ބަލައިގަނ،ެ އެ ފައިސާގެ ހިސާބު ބަލަހައްޓައި، ކަނޑައެޅިފައިވާ ގޮތުގެ މަތީން އެ ފައިސާއާ މެދު އަމަލުކުރުން.
127 ވަނަ މާއްދާ - ކޯޓުގެ މުވައްޒަފުން
(ހ) ކޯޓުގެ މުވައްޒަފުންނަކީ އެ ކޯޓެއްގެ ރަޖިސްޓަރީގައި ހިމެނޭ އެންމެހައި މުވައްޒަފުންނެވެ.
(ށ) ކޮންމެ ކޯޓެއްގައި ވެސް އެ ކޯޓެއްގެ މުވައްޒަފުން ބައިކުރެވިފައިވާ ގޮތުގެ އޯގަނައިޒޭށަނަލް ޗާޓެއް ނުވަތަ އިދާރީ އޮނިގަނޑެއް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. މި އޮނިގަނޑުގައި، ކޯޓުގައި އެކުލެވޭ މަގާމުތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިފައި އޮންނަންވާނެއެވެ.
128 ވަނަ މާއްދާ - ކޯޓުގެ މުވައްޒަފުންގެ މަސްއޫލިއްޔަތް
ކޯޓުގެ މުވައްޒަފުންގެ ތެރެއިން މި ގަވާއިދުގައި ވަކި މުވައްޒަފަކު ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ މުވައްޒަފެއްގެ ވަޒީފާގެ ބަޔާނުގައި ވަޒީފާގެ މަސްއޫލިއްޔަތުކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުމަކީ އެ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ.
129 ވަނަ މާއްދާ - ކޯޓުގެ މުވައްޒަފުންނަށް ލިބިދޭ ރައްކައުތެރިކަން
ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި މުވައްޒަފުންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކައުތެރިކަން ކޯޓުގެ ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވެއެވެ.
ސޯޅަވަނަ ބާބު
އަހަރީ ބައްދަލުވުން
130 ވަނަ މާއްދާ - ކޯޓުތަކުގެ އަހަރީ ބައްދަލުވުން ބޭއްވުން
މީލާދީ ކޮންމެ އަހަރަކު އެއްފަހަރު ޖުޑީށަލް ދާއިރާގެ ކޯޓުތަކުގެ އަހަރީ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
131 ވަނަ މާއްދާ - އަހަރީ ބައްދަލުވުމުގައި ހިމެނޭ ބައިތައް
ކޯޓުތަކުގެ އަހަރީ ބައްދަލުވުމުގައި، އަންނަނިވި ބައިތައް ހިމެނެންވާނެއެވެ.
(ހ) ފާއިތުވި އަހަރުގެ ޖުޑީށަލް ދާއިރާގެ ކޯޓުތަކުގެ މަސައްކަތް ހިނގައިދިޔަ ގޮތުގެ ރިޕޯޓު ހުށަހެޅުން.
(ށ) ކުރިޔަށް އޮތް އަހަރުގެ ޖުޑީށަލް ދާއިރާގެ ކޯޓުތަކުގެ މަސައްކަތް ކުރިޔަށްގެންދާނެ ގޮތުގެ ތަސައްވުރު ހިމެނޭ ރިޕޯޓު ހުށަހެޅުން.
(ނ) ކޯޓަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި، ފާހަގަކުރަނިވި މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި، ފާއިތުވި އަހަރު ށަރަފުވެރިކަމާއެކު ވަކިވެފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުން.
(ރ) ކޯޓަށް ދިގުމުއްދަތަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުން.
(ބ) ޖުޑީށަލް ދާއިރާގައި ހިމެނޭ ރަށްތަކުގައި ކޯޓަށް ފަރިތަ މުޖުތަމައެއް އުފެއްދުމަށް މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކާއި، ކުރުމަށް ރޭވިފައިވާ މަސައްކަތްތައް ހާމަކުރުން.
132 ވަނަ މާއްދާ - އަހަރީ ބައްދަލުވުން ބޭއްވުމުގެ. އިންތިޒާމުތައް
(ހ) ކޮންމެ ޖުޑީށަލް ދާއިރާއެއްގައި ބާއްވާ އަހަރީ ބައްދަލުވުން ބާއްވާނެ ތާރީހަކާއި ބާއްވާނެ ރަށެއް ކަނޑައަޅާނީ، އެ ޖުޑީށަލް ދާއިރާއެއްގެ މެޖިސްޓްރޭޓުންގެ އާންމު މަޖިލީހުން ފާސްކޮށްގެންނެވެ.
(ށ) ޖުޑީށަލް ދާއިރާގެ އަހަރީ ބައްދަލުވުން ބާއްވާނެ ރަށެއް ނުވަތަ ތަނެއް ކަނޑައެޅުމުގައި، އެ ޖުޑީށަލް ދާއިރާގެ ކޯޓުތަކުގެ ތެރެއިން މުވައްޒަފުން ގިނަ ކޯޓަކަށް އަދި ދަތުރުފަތުރުގެ އިންތިޒާމު ފަސޭހަ ރަށަކަށް ނުވަތަ ތަނަކަށް އިސްކަންދޭން ވާނެއެވެ.
(ނ) ޖުޑީށަލް ދާއިރާގެ އަހަރީ ބައްދަލުވުން ބޭއްވުމަށް ދާ ހަރަދު ކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތީން އަދި ކޯޓުތަކުގެ ހަރަދުތައް ކުރުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވައިލާ އުސޫލުގައިވާ ގޮތުގެ މަތީންނެވެ.
(ރ) ޖުޑީށަލް ދާއިރާގެ އަހަރީ ބައްދަލުވުން ބާއްވާތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ ބައްދަލުވުމަށް ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު ރިޕޯޓެއް އެކުލަވައިލައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ކަމާބެހޭ ސެކްށަނަށް ފޮނުވަންވާނެއެވެ. އަދި ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ހަރަދުގެ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް، ކޮންމެ މީލާދީ އަހަރެއްގެ ސެޕްޓެ ންބަރުމަހުގެ ކުރިން ފޮނުވަންވާނެއެވެ.
ސަތާރަވަނަ ބާބު
ތަފާސްހިސާބު ބެލެހެއްޓުމާއި އާންމު ކުރުން
133 ވަނަ މާއްދާ - ތަފާސްހިސާބު ނެގުން
(ހ) ކޯޓުގެ ށަރުއީ ސެކްށަންތަކާއި، އިދާރީ ސެކްށަންތަކުގެ އެންމެހައި މަސައްކަތްތައް އެނގޭނޭހެން، ކޮންމެ މީލާދީ މަހެއް ވަކިން، ތަފާސްހިސާބު ކޯޓުން ބަލަހައްޓަންވާނެއެވެ. ތަފާސްހިސާބު ނަގާނީ، ކޮންމެ މީލާދީ މަހެއް ނިމުމުން، ވިދިގެން އަންނަ މަހުގެ ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައެވެ.
(ށ) މުޅި ކޯޓުގެ ތަފާސްހިސާބު އެކުލަވައިލައި ބެލެހެއްޓުމަށް ޓަކައި ވަކި މުވައްޒަފަކާ އެ މަސައްކަތް ހަވާލުކުރަންވާނެއެވެ. އަދި ކޮންމެ ސެކްށަނަކުން ވެސް މަދުވެގެން 1 (އެކެއް) މުވައްޒަފާ އެ ސެކްށަނުގެ ތަފާސްހިސާބު ނެގުމުގެ މަސައްކަތް ހަވާލުކުރަންވާނެއެވެ.
(ނ) މީލާދީ ކޮންމެ މަހެއް ނިމުމުން، ފެށޭ މަހުގެ ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮންމެ ސެކްށަނަކުން ވެސް އެ ސެކްށަނެއްގެ ތަފާސްހިސާބު ތައްޔާރުކޮށް، މުޅި ކޯޓުގެ ތަފާސްހިސާބު ރިޕޯޓު އެކުލަވައިލުމަށް ޓަކައި، އެކަމަށް ކަނޑައެޅިފައިވާ މުވައްޒަފަށް ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިޕޯޓ،ު ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހުންނަ ކޯޓަށް، ކޮންމެ މަހަކު ފޮނުވަންވާނެއެވެ.
134 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ބޭނުންވާ ތަފާސްހިސާބު ނެގުން
(ހ) ކޯޓުގެ ތަފާސްހިސާބު ތައްޔާރުކުރުމުގައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ބޭނުންވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ށ) ޯޓުގެ ތަފާސްހިސާބުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ބޭނުންވާ ތަފާސްހިސާބުތައް، އެ ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން ފޮނުވަންވާނެއެވެ.
135 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަނަށް ބޭނުންވާ ތަފާސްހިސާބު ނެގުން
(ހ) ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ތަފާސްހިސާބު، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމަށް ޓަކައި، ކޮންމެ މަހެއް ނިމުމުން، އެހައިތަނަށް 1 (އެކެއް) އަހަރުދުވަސް ވެފައިވާ މައްސަލަތަކުގެ ތަފާސްހިސާބު، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ފޮނުވާ ތަފާސްހިސާބުގައި، މައްސަލައިގައި އެ ހައިތަނަށް އަޅައިފައިވާ ފިޔަވަޅުތަކާއި، މައްސަލަ ނުނިމި ލަސްވާ ސަބަބު، އެ މައްސަލައެއް ބަލާ މެޖިސްޓްރޭޓް،ތަފުސީލުކޮށް ލިޔެފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަފާސްހިސާބު ތައްޔާރުކުރާނީ، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަންގާ ނަމޫނާއާ އެއްގޮތަށެވެ.
އަށާރަވަނަ ބާބު
މައުލޫމާތު ހާމަކުރުން
136 ވަނަ މާއްދާ - ކޯޓުން މައުލޫމާތު ހާމަކުރުން
(ހ) ކޯޯޓުން ހާމަކުރަންޖެހޭ އެންމެހައި މައުލޫމާތު މީޑިއާއަށް ހާމަކުރާނީ، ކޯޓުގެ އިސް މެޖިސްޓްރޭޓުގެ އިރުށާދާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި މައްސަލައަކާ ގުޅުންހުރި މައުލޫމާތެއް މީޑިއާއަށް ހާމަކުރަންވާނީ، އެ މައްސަލައެއް ބަލާ މެޖިސްޓްރޭޓެއްގެ އިރުށާދުގެ ދަށުންނެވެ.
(ނ) ކޯޓުގެ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް، ކޯޓުގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ހާމަކުރުމަކީ މަނާކަމެކެވެ.
137 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
ކޯޓުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު ވެސް ކޯޓުގެ މަސައްކަތުގެ ތެރެއިން އޭނާއަށް ލިބޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި އެއިން އެއްވެސް މައުލޫމާތެއް ނުވަތަ އޭނާ އަދާކުރާ ވަޒީފާ، ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ ހާސިލުކޮށްދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
138 ވަނަ މާއްދާ - ށަރުއީ ކޯޓުތަކުން އެދިގެން އެހީތެރިކަން ފޯރުކޮށްދިނުން
(ހ) ށަރުއީ ކޯޓުތަކުން ހޯދުމަށް ބޭނުންވާ ފޯމުތަކާއި ލިޔުންތަކާއި ނިންމުންތަކުގެ ނަމޫނާ ފަދަ ލިޔުންތައް، ކޯޓުން ފޯރުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމަކަށް ކޯޓަކުން އެދިއްޖެއް ނަމަ، އެކަމަށް އެދުނުތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އެ ކޯޓަކަށް ޖަވާބުދޭންވާނެއެވެ.
139 ވަނަ މާއްދާ - ށަރުއީ ކޯޓުތަކުން ލިޔެކިޔުން ހޯދަން އެދި ހުށަހަޅާނެ ގޮތް
ށަރުއީ ކޯޓުތަކަށް ދޫކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ލިޔުމެއް ހޯދުމަށް އެދި ހުށަހަޅާނީ، އ-ީމެއިލް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށެވެ. މިފަދަ ހުށަހެޅުންތަކަށް ޖަވާބުދޭނީ، ކޯޓުގެ ރަޖިސްޓްރާރއެވެ.
140 ވަނަ މާއްދާ - ކޯޓުތަކުން ފޮނުވާ މެސެޖުތަކާއި އޭގެ ޖަވާބުގެ ރިކޯޑު ބެލެހެއްޓުން
ށަރުއީ ކޯޓުތަކުން ފޮނުވާ ސިޓީތަކާއި މެސެޖުތަކާއި އެނޫންވެސް ލިޔުންތަކާއި އޭގެ ޖަވާބު، އިދާރީ ހިންގުމާބެހޭ ސެކްށަނުން ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު، ކޯޓުގެ ތަފާސްހިސާބުގެ ތެރޭގައި ބަލަހައްޓައި ހާމަކުރަންވާނެއެވެ.
141 ވަނަ މާއްދާ - މީސްމީޑިއާގައި ކޯޓުގެ މައުލޫމާތު ހާމަކުރުން
(ހ) މީސްމީޑިއާ މެދުވެރިކޮށް ކޯޓުގެ މަސައްކަތާއި، ކޯޓާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ކޯޓުން ބާރުއެޅުމުގެ ގޮތުން، ކޯޓުން ކަނޑައަޅާ މީސްމީޑިއާ މަންސަތަކުގައި ކޯޓުގެ އެކައުންޓު ހުޅުވަންވާނެއެވެ.
(ށ) މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި ހުޅުވޭ މިފަދަ އެކައުންޓުތައް ބަލަހައްޓައި މައުލޫމާތު ހާމަކުރާނީ، ކޯޓުގެ މީޑިއާ އޮފިސަރެވެ. މީޑިއާ އޮފިސަރު ނެތް ހާލަތެއްގައި، ކޯޓުގެ އިސް މެޖިސްޓްރޭޓް ކަނޑައަޅާ މުވައްޒަފެކެވެ.
142 ވަނަ މާއްދާ - މީސްމީޑިއާ މެދުވެރިކޮށް ކޯޓުގެ މައުލޫމާތު ހާމަކުރުމުގެ ދާއިރާ
އަންނަނިވި މައުލޫމާތުތައި، މީސްމީޑިއާ މެދުވެރިކޮށް ކޯޓުން އާންމުކުރަންވާނެއެވެ.
(ހ) ކޯޓާއި ކޯޓުގެ މަސައްކަތާ ގުޅޭ އާންމު މައުލޫމާތ.ު
(ށ) ކޯޓުގެ ދުވަހުގެ ތާވަލ.ު
(ނ) ކޯޓުގެ ތަފާސްހިސާބ.ު
(ރ) ކޯޓުން ނެރޭ އިއުލާނުތަކާއި ދެންނެވުން.
(ބ) އަދުލުއިންސާފު ގާއިމުކުރުމުގެ ނިޒާމާ ގުޅޭ މައުލޫމާތ.ު
(ޅ) ކޯޓުން ކަނޑައަޅާ އެހެނިހެން މައުލޫމާތު.
143 ވަނަ މާއްދާ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުން
ގާާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން ހުށަހަޅާ ފޯމުތަކާ ގުޅިގެން ކޯޓުން ޖަވާބުދާރީވާނީ، ކޯޓުގެ އިންފޮމޭށަން އޮފިސަރެވެ. އިންފޮމޭށަން އޮފިސަރަކު ނެތް ހާލަތެއްގައި، އިސް މެޖިސްޓްރޭޓް ކަނޑައަޅާ މުވައްޒަފެކެވެ.
ނަވާރަވަނަ ބާބު
ކޯޓުންކުރާ އިލްމީ މަސައްކަތްތައް
144 ވަނަ މާއްދާ - އިލްމީ މަސައްކަތް ރާވައި ހިންގުން
(ހ) އަދުލުއިންސާފު ގާއިމުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ހާއްސަކޮށް، އަދި އަދުލުގެ ނިޒާމު އާންމުކޮށް ހަރުދަނާކޮށް ކުރިއެރުވުމަށް ކޯޓުން އިލްމީ މަސައްކަތް ކުރަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މަސައްކަތް ވިލަރެސްކުރާނީ، އިސް މެޖިސްޓްރޭޓުގެ ބިއުރޯއިން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފު ނުވަތަ މުވައްޒަފުންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މަސައްކަތްތަކުގެ ރިކޯޑު، އިސް މެޖިސްޓްރޭޓުގެ ބިއުރޯއިން ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތުތައް، ކޯޓުގެ ތަފާސްހިސާބުގެ ތެރޭގައި ހިމަނައި ހާމަކުރަންވާނެއެވެ.
145 ވަނަ މާއްދާ - ބިލުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމެންޓު ފޮނުވުން
(ހ) ބިލުތަކަށާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ކޮމެންޓު ފޮނުވައިދިނުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތަކުގެ ރިކޯޑާއް، އެކަމާ ގުޅިގެން ކޯޓުން ކުރާ އެންމެހައި މަސައްކަތްތަކުގެ ރިކޯޑު، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ބަލަހައްޓަންވާނެއެވެ.
(ށ) ކޮމެންޓު ކުރުމަށް ޓަކައި ކޯޓަށް ހުށަހެޅޭ ހުށަހެޅުންތައް ވިލަރެސްކުރާނީ، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަށްވަރާގެ މަތީން، ޖުޑީށަލް ދާއިރާގައި މަސައްކަތްކުރާ ރަޖިސްޓްރާރއިންނާއި ލީގަލް އޮފިސަރުންނެވެ.
(ނ) ބިލުތަކަށާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ކޮމެންޓު ފޮނުވައިދިނުމަށް އެދި ހުށަހެޅުމުން، ޖުޑީށަލް ދާއިރާގައި ހިމެނޭ ހުރިހާ މެޖިސްޓްރޭޓުންނަށް އެ ހުށަހެޅުން ފޮނުވައް، މެޖިސްޓްރޭޓުންގެ ފަރާތުން ހުށަހަޅާ ކޮމެންޓުތައް ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު ބަލަހައްޓާނީ، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ބިއުރޯއިންނެވެ.
(ބ) މެޖިސްޓްރޭޓުންގެ މަށްވަރާގެ މަތީން ކޮމެންޓު ތައް ނިންމައް، ލަސްނުކޮށް، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް، ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ބިއުރޯއިން ފޮނުވަންވާނެއެވެ.
ވިހިވަނަ ބާބު
ކޯޓު ހުޅުވައި ލެއްޕުން
146 ވަނަ މާއްދާ - ކޯޓު ހުޅުވައި ލެއްޕުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، ކޯޓު ހުޅުވައި ލައްޕާނީ، ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ، ކޯޓު ހުޅުވުމުގެ ހުއްދަ އޮންނަ މުވައްޒަފެކެވެ.
(ށ) ކޯޓު ހުޅުވައި ލެއްޕުމަށް މުވައްޒަފުންގެ ތާވަލެއް އެކު ލަވައިލައް، އެ ތާވަލުގައިވާ މުއްދަތުގައި ކޯޓުގެ ތަޅުދަނޑިއެއް އެ މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ.
147 ވަނަ މާއްދާ - ކޯޓުގެ ތަޅުދަނޑި އޮންނާނެ ފަރާތްތައް
ކޯޓުގެ ތަޅުދަނޑި ދާއިމީގޮތެއްގައި އޮންނާނީ، އެ ކޯޓުގެ އިދާރީ އެންމެ އިސް މުވައްޒަފާއި އިސް މެޖިސްޓްރޭޓުގެ އަތުގައެވެ. މީގެ އިތުރުން، ކޯޓުގެ ތަޅުދަނޑި ހަވާލުކުރާނެ މުވައްޒަފުން، އިސް މެޖިސްޓްރޭޓު ކަނޑައަޅަންވާނެއެވެ. އަދި އެ ހަފުތާއެއްގައި ކޯޓު ހުޅުވަން ހަމަޖެހިފައިވާ މުވައްޒަފުގެ އަތުގައި ކޯޓުގެ ތަޅުދަނޑިއެއް ހަވާލުކޮށްފައި ބާއްވަންވާނެއެވެ.
148 ވަނަ މާއްދާ - ނުރަސްމީ ގަޑިތަކުގައި ކޯޓު ހުޅުވުން
(ހ) ކޯޓު ހުޅުވަން ހަވާލުކުރާ މުވައްޒަފަށް، ކޯޓުގެ ރަސްމީ މަސައްކަތު ގަޑި ފިޔަވައި އެހެން ގަޑިއެއްގައި ކޯޓު ހުޅުވޭނީ، ކޯޓުގެ އިސް މެޖިސްޓްރޭޓް ނުވަތަ ކޯޓުގެ ރަޖިސްޓްރާރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ ހުއްދަ ލިބިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކޯޓުގެ ރަސްމީ މަސައްކަތުގެ ގަޑީގެ އިތުރުން އަދި އާންމުގޮތެއްގައި ކޯޓު ހުޅުވައިފައި ބަހައްޓަން ހަމަޖައްސައިފައިވާ ގަޑިތައް ފިޔަވައި އެ ނޫން ގަޑިއެއްގައި ކޯޓު ހުޅުވާ ނަމަ، ކޯޓުގެ އިސް މެޖިސްޓްރޭޓަށް އެކަން އަންގަންވާނެއެވެ.
(ނ) އެހެން ކޯޓެއްގެ ށަރީއަތެއް ހިންގުމަށް ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހެއް ބޭއްވުމަށް އެ ކޯޓަކުން އެދިގެން ނުރަސްމީ ގަޑީގައި ކޯޓު ހުޅުވައި ބަންދުކުރާނީ، އެ ހަފު ތާއެއްގައި ކޯޓު ހުޅުވަން ހަމަޖެހިފައިވާ މުވައްޒަފެވެ.
(ރ) ކޯޓުގައި އޮތް މައްސަލައެއް އެހެން ކޯޓެއްގެ މެޖިސްޓްރޭޓަކާ ހަވާ ލުކޮށްފައިވާ ހާލަތުގައް، ނުރަސްމީ ދުވަހެއްގައި ނުވަތަ ނުރަސްމީ ގަޑިއެއްގައި އެ މެޖިސްޓްރޭޓަކު މައްސަލަ ދިރާސާކުރުމުގެ ބޭނުމަށް ކޯޓު ހުޅުވަންޖެހޭ ހާލަތުގައި ކޯޓު ހުޅުވާނީ، އެ ކޯޓެއްގެ އިސް މެޖިސްޓްރޭޓަށް އެކަން އެންގުމަށްފަހުގައެވެ.
(ބ) ކޯޓު ލެއްޕުމަށް ހަމަޖެހިފައިވާ މުވައްޒަފު، ކޯޓު ލެއްޕުމުގެ ކުރިން، ކޯޓުގެ ހުރިހާ ދޮރުތަކެއް ރަނގަޅަށް ތަޅުލެވިފައިވޭތޯ ބަލައް، އަދި ކޮންމެހެން ބަހައްޓަންޖެހޭ ލައިޓުތަކާއް، އެއަރކޮންޑިށަން ފަދަ ތަކެތި ފިޔަވައި ކަރަންޓުގެ އެ ނޫން އާލާތްތައް ނިއްވައިލަންވާނެއެވެ.
149 ވަނަ މާއްދާ - ނުރަސްމީ ގަޑީގައި ކޯޓު ހުޅުވައި ލެއްޕުމުގެ ރިކޯޑު ބެލެހެއްޓުން
ޖިނާއީ ތަހުގީގަކާ ގުޅިގެން ގާނޫނު ތަންފީޒުކުރާ އިދާރާގެ ބޭނުމަށް އަމުރެއް ދޫކުރަން ޖެހިގެން ނުވަތަ އެ ނޫން ވެސް އެފަދަ ކުއްލި ކަމެއް ދިމާވެގެން، ކޯޓު ހުޅުވަން ހަމަޖެހިފައިވާ މުވައްޒަފު ފިޔަވައި އެ ނޫން މުވައްޒަފަކު ނުވަތަ މެޖިސްޓްރޭޓަކު ކޯޓު ހުޅުވައިފި ނަމަ، ކޯޓު ހުޅުވި ގަޑިއާއި ލެއްޕި ގަޑި ލިޔެ ރިކޯޑު ބަލަހައްޓަންވާނެއެވެ.
150 ވަނަ މާއްދާ އެެހެނިހެން ބޭނުންތަކުގައި ކޯޓު ހުޅުވުން
ށަރުއީ ދާއިރާއިން ދޭ ހިދުމަތަކާ ގުޅިގެން ނުވަތަ އެ ނޫން ވެސް އެފަދަ ބޭނުމަކަށް ވަކި ކޯޓެއް ހުޅުވައިފައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އަންގައިފި ހާލަތެއްގައި ކޯޓު ހުޅުވާ ނަމަ، ކޯޓު ހުޅުވާ ފަރާތަކުން، އެކަމުގެ މައުލޫމާތު، ކޯޓުގެ އިސް މެޖިސްޓްރޭޓަށް ދޭންވާނެއެވެ.
އެކާވީސްވަނަ ބާބު
އާންމު މާއްދާތައް
151 ވަނަ މާއްދާ - ކޯޓުތަކުން އެހެނިހެން ކޯޓުތަކަށް އެހީތެރިކަން ފޯރޮކޮށްދިނުން
އެހެން ކޯޓުތަކުގައި ހިނގާ ށަރީއަތްތަކާ ގުޅިގެން، ކޯޓަކަށް މީހުން ހާޒިރުކޮށްދިނުމަށް އެދޭ ހާލަތުގައް، ހަފުތާގެ ވަކި ދުވަހެއް އެހެނިހެން ކޯޓުތަކަށް ހަމަޖެއްސުމުގެ ބަދަލުގައް، އެ ކޯޓެއްގެ ތާވަލުން ޖާގަ ލިބެން އޮތް މިންވަރަކުން އެހެން ކޯޓުތަކުގެ ށަރީއަތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
152 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގައި ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައް، އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެހުންނަ މެޖިސްޓްރޭޓް ވެސް ހިމެނޭނެއެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ރަޖިސްޓްރާރ ކަމަށް ބަޔާންކޮށްފައިވާ ހާލަތުގައި، އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެހުރި އެސިސްޓެންޓް ރަޖިސްޓްރާރއާއް، އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުވެފައިވާ އެހެނިހެން ފަރާތްތައް ހިމެނެއެވެ.
(ނ) މި ގަވާއިދުގައި ކޯޓު އެޑްމިނިސްޓްރޭޓަރ ކަމަށް ބަޔާންކޮށްފައިވާ ހާލަތުގައި، އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުވެފައިވާ ފަރާތް ހިމެނެއެވެ.
(ރ) މި ގަވާއިދުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށެވެ.
(ބ) މި ގަވާއިދުގައި ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނުކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) އަށެވެ.
(ޅ) މި ގަވާއިދުގައި ދައުލަތުގެ މާލިއްޔަތު ގާނޫނުކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އަށެވެ.
(ކ) މި ގަވާއިދުގައި އާއިލާއާބެހޭ ގާނޫނުކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އަށެވެ.
(އ) މި ގަވާއިދުގައި ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުކަމަށް ބަޔާންކޮށްފައިވަނީ، އުސޫލު ނަންބަރު 2024-02 (ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށެވެ.
(ވ) މި ގަވާއިދުގައި ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުކަމަށް ބަޔާންކޮށްފައިވަނީ، ގަވާއިދު ނަންބަރު 2011-05 (ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު) އަށެވެ.
(މ) މި ގަވާއިދުގައި އާއިލާއާބެހޭ ގަވާއިދުކަމަށް ބަޔާންކޮށްފައިވަނީ، ގަވާއިދު ނަންބަރު 2022-99 (އާއިލާއާބެހޭ ގަވާއިދު) އަށެވެ.
(ފ) މި ގަވާއިދުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުކަމަށް ބަޔާންކޮށްފައިވަނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) އަށެވެ.
153 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 3 (ތިނެއް) މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު