-

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2025-120)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 ޑިސެމްބަރު 2025 ގައި)

(މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ހ) އިން ވަނީ ގަވާއިދު ނަންބަރު 2023-111 އުވާލެވިފައި)

 

އެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ބިދޭސީން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެނައުމަށް އަމަލުކުރަންޖެހޭ އުސޫލުތަކާއި، ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ބިދޭސީންނަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތްތަކާއި، ބިދޭސީންނަށް ވަޒީފާ ދިނުމާއި ވަޒީފާގައި ގެންގުޅުމުގައި އަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތަކާއި ހަމަތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 65 ވަނަ މާއްދާއާއި، 2-65 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" އެވެ.

 

 

ދެވަނަ ބާބު

އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން

 

3 މާއްދާ - އެކްސްޕެޓް ސިސްޓަމް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނާ ގުޅިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތަކާއި ޕަރމިޓްތައް ދޫކޮށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން މިނިސްޓްރީއާއެކު ކުރަންޖެހޭ މުއާމަލާތުތައް ކުރަންވާނީ "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށެވެ.

 

4 މާއްދާ - އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން

އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެ، އެ ސިސްޓަމް ބޭނުންކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

5 މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ވަޒީފާ އަދާކުރަން ދިވެހިރާއްޖޭގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި، ބިދޭސީން ގެންނަން ބޭނުންވާ ވަޒީފާދޭ ފަރާތްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތަކާއި ޕަރމިޓްތަކާ ގުޅިގެން އެކިއެކި ހިދުމަތްތައް ދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން އެދޭ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާދޭ ފަރާތް ތަމްސީލުކުރަން އައްޔަނުކުރާ ރެޕްރެޒެންޓޭޓިވުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

  1. މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
  2. ބުއްދި ސަލާމަތުން ހުރި ފަރާތެއް ކަމުގައި ވުން.

(ނ) މި ގަވާއިދުގެ ދަށުން އެކްސްޕެޓް ސިސްޓަމް ރަޖިސްޓަރީކޮށް ސިސްޓަމް ބޭނުންކުރެވޭނީ ވެރިފައިޑް އީ-ފާސް އް މެދުވެރިކޮށެވެ.

 

6 މާއްދާ - ވަޒީފާދޭ ފަރާތް

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ބިދޭސީން ގެންނަން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންވާނެއެވެ.

 

7 މާއްދާ - ވަރކް ޕަރމިޓާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތަކީ ވަރކް ޕަރމިޓާ ގުޅިގެން މި ގަވާއިދުގެ ދަށުން އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ނަމަ، އެ ފަރާތަކީ އެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ސައްހަ ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

8 މާއްދާ - ވަޒީފާދޭ ފަރާތްތަކުގެ ރެޕްރެޒެންޓޭޓިވްސް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ވަޒީފާދޭ ފަރާތް ތަމްސީލުކޮށްދޭ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ރަޖިސްޓަރީވެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ވަޒީފާދޭ ފަރާތުގެ ދިވެހި މުވައްޒަފުން؛
  2. ކެޓަގަރީ A ގެ ލައިސަންސް ނުވަތަ ކެޓަގަރީ B ގެ ލައިސަންސް ލިބިފައިވާ އެމްޕްލޯއިންމަންޓް އެޖެންސީ؛
  3. އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތުން އައްޔަނުކުރާ އަމިއްލަ ފަރުދެއް.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމިއްލަ ފަރުދަށް އެކްސްޕެޓް ސިސްޓަމުގައި ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ވަޒީފާދޭ 5 (ފަހެއް) ފަރާތަށް ވުރެ ގިނަ ފަރާތެއް ތަމްސީލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތަށް ގިނަވެގެން އައްޔަނުކުރެވޭނީ 2 (ދޭއް) ރެޕްރެޒެންޓޭޓަރުންނެވެ.

 

9 މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާ ސިސްޓަމް ޔޫޒަރސް

މި ގަވާއިދުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތައް ރަޖިސްޓަރީކޮށްދެވޭނީ އެކްޓިވް ޔޫޒަރސްގެ ގޮތުގައެވެ.

 

10 މާއްދާ - އެކްޓިވް ޔޫޒަރ

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކްސްޕެޓް
ސިސްޓަމުގައި ރަޖިސްޓަރީވާން ހުށަހަޅ،ާ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވްސް، އެކްޓިވް ޔޫޒަރއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ށ) އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް އެދެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކްޓިވް ޔޫޒަރގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކަށެވެ.

 

11 މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ކުރާ މުއާމަލާތްތަކަށް ޒިންމާވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާ ޔޫޒަރސް، އެ ސިސްޓަމް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް އެ ޔޫޒަރއެއްގެ ވެރިފަރާތުން ޒިންމާވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވްއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާ ޔޫޒަރއެއް ސިސްޓަމުގައި ކުރާ މުއާމަލާތްތަކަކީ މި ގަވާއިދުގެ ބޭނުމަށް ވަޒީފާދޭ ފަރާތުން ކުރާ މުއާމަލާތުތަކެކެވެ. އަދި އެ މުއާމަލާތްތަކާ ގުޅިގެން އުފުލަންޖެހޭ ޒިންމާތައް ވަޒީފާދޭ ފަރާތާއި ސިސްޓަމުގައި މުއާމަލާތުކުރި ޔޫޒަރގެ ވެރިފަރާތުން
އުފުލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވްގެ ހައިސިއްޔަތުން ހަރަކާތްތެރިވާ ޔޫޒަރއެއް ސިސްޓަމުގައި ކޮށްފައިވާ މުއާމަލާތްތަކަކީ ވަޒީފާދޭ ފަރާތުގެ ހުއްދައަކާ ނުލައި ނުވަތަ ވަޒީފާދޭ ފަރާތަށް އޮޅުވައިލައިގެން ނުވަތަ ސައްހަނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ހިންގި މުއާމަލާތްތަކެއްކަން ށަރުއީ ކޯޓަކުން އޭނާގެ މައްޗަށް ސާބިތުވެއްޖެ ހިނދެއްގައި އެ މުއާމަލާތްތަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއްގެ ޒިންމާ، ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވުގެ ހައިސިއްޔަތުން ހަރަކާތްތެރިވި ޔޫޒަރއަކު އުފުލަންޖެހޭނެއެވެ.

(ރ) އެކްސްޕެޓް ސިސްޓަމުގެ ޔޫޒަރ އެކައުންޓެއްގެ މައުލޫމާތު، އެކައުންޓް ބޭނުންކުރާ ފަރާތް ނޫން އެހެން ފަރާތަކާ ހިއްސާކުރުމާއި، އެކައުންޓް ބޭނުންކުރަން ހުއްދަ ދިނުން ނުވަތަ މި ގަވާއިދާ ހިލާފަށް ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި، އެ މައްސަލައެއް ތަހުގީގުކޮށްދޭން އެދި ދިވެހި ފުލުހުންގެ ހިދުމަތަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

 

 

ތިން ވަނަ ބާބު

ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކު ރަން ބޭނުންވާ ހުއްދަތަކާއި ޕަރމިޓްތައް

 

12 މާއްދާ - ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުން

ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ބިދޭސީން ގެ ންނަން ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރަން ހުއްދަ ދިނުމާއި، ވަޒީފާ އަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދިނުމުގެ އިހުތިޔާރު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

13 މާއްދާ - ބިދޭސީން ދިވެހިރާއް ޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ހުއްދަ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީއަކު ގެނައުމުގެ ކުރިން، އަންނަނިވި ހުއްދަތައް ނެގުމަކީ އެ ބިދޭސީއަކު ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެންނަ ފަރާތުގެ ޒިންމާއެކެވެ.

(ހ) ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓް ރަޖިސްޓަރީކުރުން.

(ށ) ބިދޭސީން ގެންނަން ބޭނުންވާ ކޯޓާ ހޯދުން.

(ނ) ބިދޭސީން ގެންނަން ބޭނުންވާ ވަރކް ޕަރމިޓް.

 

14 މާއްދާ - ވަރކްސައިޓް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓަކީ މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީކޮށް، ބިދޭސީން ވަޒީފާގައި ގެންގުޅުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ސައިޓެއް ކަމުގައި ވާންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ވަރކްސައިޓް ރަޖިސްޓަރީނުކޮށް ނުވަތަ އެއްވެސް ސަބަބަކާހުރެ މިނިސްޓްރީން އެ ވަރކްސައިޓުގެ ހުއްދަ ބާތިލުކޮށްފައިވާ ނަމަ، ނުވަތަ ހުއްދަ ހިފަހައްޓައިފައިވާ ނަމަ، ހުއްދަ ނެތި ނުވަތަ އެ ހުއްދަ އައުކުރުމަކާ ނުލައި އެ ވަރކްސައިޓުގައި ބިދޭސީން ވަޒީފާ އަދާކުރުމަކީ މަނާ ކަމެކެވެ. އަދި މިފަދަ އަމަލެއް ހިންގާ ފަރާތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

15 މާއްދާ - ވަރކްސައިޓް

މި ގަވާއިދުގެ ބޭނުމަށް ވަރކްސައިޓެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ އަންނަނިވި ތަންތަނާއި ތަކެއްޗެވެ.

(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ވިޔަފާރި ބޭނުމަށް ހިންގާ ތަންތަން.

(ށ) މީހުން ދިރިނޫޅޭ ރަށްރަށުގައި ވިޔަފާރި ބޭނުމަށް ހިންގާ ތަންތަން.

(ނ) އޮންލައިން ވިޔަފާރި ނުވަތަ ވަރޗުއަލް ވިޔަފާރި ހިންގާ ތަންތަން.

(ރ) ވިޔަފާރި ބޭނުމަށް ބޭނުންކުރާ ކަނޑު އުޅަނދުތައް.

(ބ) ގޭބިސީތައް.

 

16 މާއްދާ - ވަރކްސައިޓް ބޭނުންކުރުން

އެއްވެސް ވަރކްސައިޓެއްގައި ބިދޭސީއަކަށް ވަޒީފާ އަދާކުރެވޭނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ވަރކްސައިޓް ރަޖިސްޓަރީކުރަން ހުށަހަޅައި، ވަރކްސައިޓް ރަޖިސްޓަރީކޮށް، އެ ތަނުގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބުމުންނެވެ.

 

17 މާއްދާ - ވަރކްސައިޓް ބަދަލުވުން

މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަ ލިބިގެން ވަކި ވަރކްސައިޓެއްގައި ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު، އެ ވަރކްސައިޓު ނޫން އެހެން ސައިޓެއްގައި ނުވަތަ ލޮކޭށަނެއްގައި ވަޒީފާ އަދާކުރާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

18 މާއްދާ - އެއް ވަރކްސައިޓަށް ވުރެ ގިނަ ވަރކްސައިޓުގައި ބިދޭސީން ވަޒީފާ އަދާކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރާ ވަރކްސައިޓްތަކުގެ ތެރެއިން، ވަރކްސައިޓްތަކުގެ ބާވަތަށް ނުވަތަ އެ ވަރކްސައިޓުގައި ކުރާ މަސައްކަތުގެ ބާވަތަށް (ބިޒްނަސް އެކްޓިވިޓީ) ނުވަތަ އެ ވަރކްސައިޓުގައި ވަޒީފާ އަދާކުރާ ބިދޭސީން އަދާކުރާ ވަޒީފާގެ ބާވަތަށް (ކިއުޕޭށަން) ބަލައި، އެއީ އެއް ބާވަތެއްގެ މަސައްކަތްތައް ކުރާ ވަރކްސައިޓްތަކެއް ނަމަ، އެ ވަރކްސައިޓުގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް، މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އުސޫލުގެ މަތީން، 1 (އެކެއް) ވަރކްސައިޓަށް ވުރެ ގިނަ ވަރކްސައިޓުގައި މަސައްކަތްކުރުމުގެ ހުއްދަ ދެވިދާނެއެވެ.

 

19 މާއްދާ - ވަރކްސައިޓް އިންސްޕެކްޓްކުރުން

(ހ) ވަރކްސައިޓް ރަޖިސްޓަރީކުރަން ހުށަހަޅާއިރު ހުށަހަޅާ މައުލޫމާތު ވެރިފައިކުރަން ނުވަތަ ވަރކްސައިޓުގައި ކުރަން ރަޖިސްޓަރީކޮށްފައިވާ މަސައްކަތުގެ ބާވަތުން ފުރިހަމަވާންޖެހޭ މިންގަނޑުތައް ވަރކްސައިޓުގައި ފުރިހަމަވޭތޯ ބަލަން ނުވަތަ އެ ތަނަކީ މުވައްޒަފުން މަސައްކަތްކުރަން އެކަށޭނެ ތަނެއްތޯ ބަލަން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީން ވަރކްސައިޓްތައް އިންސްޕެކްޓްކޮށް ބެލުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅައިފައިވާ ވަރކްސައިޓްތަކާއި ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓްތައް، މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ވަޒީފާދޭ ފަރާތަށް ދުރާލައި އެންގުމަކާ ނުލައި އިންސްޕެކްޓް ކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީން ކުރާ އިންސްޕެކްށަނަކުން، ރަޖިސްޓަރީކުރަން ހުށަހަޅައިފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓަކާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅައިފައިވަނީ ދޮގު މައު ލޫމާތެއްކަން އެނގިއްޖެ ނަމަ ނުވަތަ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރި ނަމަ ނުވަތަ އިންސްޕެކްށަނަށް އެއްބާރުލުން ނުދޭ ނަމަ، ވަރކްސައިޓު ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީކުރަން އެދިފައިވާ ވަޒީފާދޭ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

 

ހަތަރު ވަނަ ބާބު

ކޯޓާ ހޯދުން

 

20 މާއްދާ - ކޯޓާ

(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަން ބޭނުންވާ ކޯޓާ، ވަޒީފާދޭ ފަރާތުން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހޯދަންވާނެއެވެ.

(ށ) މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ނުވަތަ މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަކާ ނުލައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަކީ މަނާކަމެކެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރުމަކީ ނުވަތަ ވީއްލުމަކީ ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

 

21 މާއްދާ - ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތައް

(ހ) ވަޒީފާދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީން ބަލަންވާނެއެވެ.

  1. ކޯޓާއަށް އެދޭ ވަރކްސައިޓުގައި ނުވަތަ ވަރކްސައިޓުތަކުގައި، ވަޒީފާދޭ ފަރާތުން ކުރާ ނުވަތަ ކުރަމުންދާ މަސައްކަތުގެ ދާއިރާއަށް ބޭނުންވާ ބިދޭސީންގެ އަދަދު؛
  2. ކޯޓާއަށް އެދޭ ބާވަތުގެ މަސައްކަތްތެރީން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުން ލިބެންހުރި މިންވަރު؛
  3. ކޯޓާއަށް އެދޭ ވަރކްސައިޓުގައި ނުވަތަ ވަރކްސައިޓްތަކުގައި މުވައްޒަފުން ގެންގުޅޭ ނަމަ، ވަޒީފާގައި ގެންގުޅޭ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންގެ އަދަދު؛
  4. ކޯޓާއަށް އެދޭ ވަރކްސައިޓަށް ނުވަތަ ވަރކްސައިޓުތަކަށް ބޭނުންވާނެ މަސައްކަތްތެރީންނާ ގުޅޭގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ލަފާކުރާ އަދަދާއި، މަސައްކަތްތެރީންގެ ކިބައިގައި ހުންނަންޖެހޭނެކަމަށް ކަނޑައަޅާ ށަރުތުތައް؛
  5. ވަޒީފާދޭ ފަރާތުން ކޯޓާ ނަގަން އެދޭ ކެޓަގަރީ؛
  6. ވަޒީފާދޭ ފަރާތުގެ މާލީ ގާބިލުކަން 

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ވަޒީފާދޭ ފަރާތުގެ މާލީ ގާބިލުކަން ވަޒަންކުރުމުގައި ބަލާނީ، ވަޒީފާދޭ ފަރާތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއާ ހިއްސާކުރާ މައުލޫމާތަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ވަޒީފާދޭ ފަރާތުގެ މާލީ ގާބިލުކަން ވަޒަންކުރުމުގައި، މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައި އޮތް ނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ކޯޓާ ދޫނުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

22 މާއްދާ - ކޯޓާ ދޫކުރާ ކެޓަގަރީތައް 

(ހ) ބިދޭސީން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެންނަން ކޯޓާ ދޫކުރެވޭނީ އަންނަނިވި ކެޓަގަރީތަކަށެވެ.

  1. ޕަރމަނަންޓް ކޯޓާ؛
  2. ޕްރޮޖެކްޓް ކޯޓާ.

(ށ) މި މާއްދާގެ ދަށުން ދޫކުރާ ޕަރމަނަންޓް ކޯޓާއަކީ މަސައްކަތުގެ ދާއިރާއަށް ބަލައި، ވަޒީފާދޭ ފަރާތަށް ދޫކުރާ ކޯޓާއެވެ.

(ނ) މި މާއްދާގެ ބޭނުމަށް ދޫކުރާ ޕްރޮޖެކްޓް ކޯޓާއަކީ، ވަކި ހާއްސަ ޕްރޮޖެކްޓަކާ ގުޅިގެން ނުވަތަ ވަކި މަސައްކަތަކާ ގުޅިގެން، އެ ޕްރޮޖެކްޓުގެ މުއްދަތަށް، ވަޒީފާދޭ ފަރާތަށް ދޫކުރާ ކޯޓާއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދޫކުރާ ޕްރޮޖެކްޓް ކޯޓާ، އެ ޕްރޮޖެކްޓެއްގެ މުއްދަތު ހަމަވުމުން، ކޯޓާ ދޫކޮށްފައިވާ ސައިޓުގެ ސްޓޭޓަސް "ސައިޓް ކްލިއަރެންސް" އަށް ބަދަލުކުރެވޭނެއެވެ. އަދި ސައިޓް ކްލިއަރެންސުގެ މުއްދަތުގެ ތެރޭގައި އެ ޕްރޮޖެކްޓާ ގުޅިގެން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށް، އެ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޖެކްޓަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރުމުގެ ބަދަލުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕަރމަނަންޓް ކޯޓާއަކަށް ނުވަތަ ވަޒީފާދޭ ފަރާތުގެ އެހެން ޕްރޮޖެކްޓެއްގެ ކޯޓާއަކަށް ބަދަލުކުރުމުގެ އިހުތިޔާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ "ސައިޓް ކްލިއަރެންސް" ގެ މުއްދަތުގެ ގޮތުގައި ދެވޭނީ، 3 (ތިނެއް) މަސްދުވަހާއި، 6 (ހައެއް) މަސްދުވަހާއި، 12 (ބާރަ) މަސްދުވަހުގެ މުއްދަތެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރެއިން މުއްދަތެއް ދެވޭނީ، އެ ވަރކްސައިޓަކާ ގުޅިފައިވާ ވަރކް ޕަރމިޓުގެ އަދަދާއި ވަރކް ޕަރމިޓުގެ ސައްހަކަމަށް ރިއާޔަތްކޮށެވެ.

 

23 މާއްދާ - ކޯޓާ ދޫކުރާ ދާއިރާތައް

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަން ކޯޓާތައް ދޫކުރެވޭނީ އަންނަނިވި ދާއިރާތަކަށެވެ.

  1. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ދޫކުރާ ކޯޓާ؛
  2. ދައުލަތުގެ އިދާރާތަކަށް ދޫކުރާ ކޯޓާ؛
  3. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތައް ނުހިމެނޭހެން އެހެނިހެން ގާނޫނީ ށަހްސުތަކަށް ދޫކުރާ ކޯޓާ؛
  4. ގެވެށި މަސައްކަތަށް ދޫކުރާ ކޯޓާ.

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތައް ނުހިމެނޭހެން އެހެނިހެން ގާނޫނީ ށަހްސަކުން ހިންގާ ވިޔަފާރިއަކަށް ކޯޓާ ދޫކުރެވޭނީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

 

24 މާއްދާ - ކޯޓާއަށް އެދޭ ފަރާތުގެ ށަރުތުތައް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަން ކޯޓާ ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައި ވުން.

(ށ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ބިދޭސީން ވަޒީފާ އަދާކުރަން ވަރކްސައިޓެއް ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވުން. 

(ނ) ކޯޓާއަށް އެދޭ ފަރާތަކީ ބިދޭސީން ވަޒީފާގައި ގެންގުޅޭ ފަރާތެއް ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތެއް ކަމުގައި ވުން.

(ރ) ކޯޓާއަށް އެދޭ ފަރާތަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) އާއި، ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލަކާ ހިލާފުވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި އަމަލުކުރަމުންއަންނަ އެހެން ގާނޫނަކާ ހިލާފުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(ބ) ވަޒީފާދޭ ފަރާތަކީ ގާނޫނީ ށަހްސެއް ކަމުގައި ވާ ނަމަ، ގާނޫނީ ށަހްސުގެ މެންބަރުންނަކީ ނުވަތަ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވާ ފަރާތްތަކަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) އާއި، ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލަކާ ހިލާފުވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި އަމަލުކުރަމުންއަންނަ އެ ނޫން ގާނޫނަކާ ހިލާފުވެފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއް ކަމުގައި ނުވުން.

 

25 މާއްދާ - ކޯޓާއަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ކޯޓާ ހޯދަން އެދި ހުށަހަޅަންވާނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އާންމުކުރާ މަގާމުތަކަށް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓާއަކާ ނުލައި ބިދޭސީން ގެނައުމުގެ އިހުތިޔާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

 

26 މާއްދާ - ކޯޓާ ދޫނުކުރުން

ކޯޓާއަށް އެދި ހުށަހަޅާއިރު ހުށަހަޅާ މައުލޫމާތު ޔަގީންކުރުމަށްފަހު، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ނަމަ ނުވަތަ ކޯޓާއަށް އެދި ހުށަހެޅި މައުލޫމާތު ސައްހަނޫން ނަމަ، ވަޒީފާދޭ ފަރާތަށް ކޯޓާ ދޫނުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

27 މާއްދާ - ކޯޓާ ޔޫޓިލައިޒްކުރުން

މި ގަވާއިދުގެ ދަށުން ދޫކުރާ ކޯޓާއަށް ބިދޭސީއަކު ގެނެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

28 މާއްދާ - ކޯޓާ ފީ

(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކޯޓާ ޔޫޓިލައިޒްކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކޯޓާގެ ފީގެ ގޮތުގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ކޯޓާއަކަށް 2,000 (ދެހާސް) ރުފިޔ،ާ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ބަހައިލައިގެން ދައްކަން ބޭނުންވާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ދެއްކުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓާ ފީ ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ދައްކާ ނަމަ، އެ ފަރާތުގެ ކޯޓާ ޔޫޓިލައިޒްކުރެވޭނީ، ށެޑިއުލްކޮށްފައިވާ ޕޭމަންޓުގެ ފުރަތަމަ ޕޭމަންޓު ދެއްކުމުންނެވެ.

 

29 މާއްދާ - ކޯޓާގެ މުއްދަތު

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކު ރަން ބިދޭސީން ގެންނަން ދޫކުރާ ކޯޓާގެ މުއްދަތަކީ، މި ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން އެ ކޯޓާއަކަށް ވަޒީފާދޭ ފަރާތުން ފީ ދައްކާ މުއްދަތެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރޮޖެކްޓްތަކަށް ދޫކޮށްފައިވާ ޕްރޮޖެކްޓް ކޯޓާތައް، ކޯޓާއަށް އެދި ހުށަހަޅާއިރު ބަޔާންކުރާ މުއްދަތު ހަމަވުމުން، އެ ޕްރޮޖެކްޓުގެ މުއްދަތު އިތުރުކޮށްފައިނުވާ ނަމަ، ކޯޓާގެ މުއްދަތު ހަމަވީކަމުގައި ބަލައި، މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ސައިޓުގެ ސްޓޭޓަސް "ސައިޓް ކްލިއަރެންސް" އަށް ބަދަލުކުރަންވާނެއެވެ.

 

30 މާއްދާ - ކޯޓާއަށް ބަދަލުގެނައުން

މި ގަވާއިދުގެ ދަށުން ދޫކުރާ ކޯޓާތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

31 މާއްދާ - ކޯޓާގެ އުސޫލާ ހިލާފުވުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާއެއް މި ގަވާއިދާ ހިލާފަށް ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

32 މާއްދާ - ކޯޓާ ބާތިލުކުރުން

މި ބާބުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ 26 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލު ތަންފީޒުކުރުމަށް ޓަކައި، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ޕަރމަނަންޓް ކޯޓާއާއި ޕްރޮޖެކްޓް ކޯޓާތައް ބާތިލުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

ފަސް ވަނަ ބާބު

ބިދޭސީން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވަރކް ޕަރމިޓް)

 

33 މާއްދާ - މާއްދާ - ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނަކީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާ އަދާކުރަން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ނަގައިފައިވާ ބިދޭސީއެއްކަމުގައި ވާންވާނެއެވެ.

(ށ) ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއަކަށް، އެއްވަގުތެއްގައި މަސައްކަތްކުރުމަށް ދޫކުރެވޭނީ އެންމެ ހުއްދައެކެވެ.

 

34 މާއްދާ - ވަރކް ޕަރމިޓް އެންޓްރީ ޕާސް

(ހ) މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދައަށް އެދޭ ބިދޭސީއަކީ އަލަށް ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއް ނަމަ ނުވަތަ އައު ވަރކް ޕަރމިޓެއްގައި އަންނަ ބިދޭސީއެއް ނަމަ، އެފަދަ ފަރާތްތަކުން ދިވެހިރާއްޖެއަށް އެތެރެވުމުގެ ކުރިން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވަރކް ޕަރމިޓް އެންޓްރީ ޕާސް ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސްއަކީ މި ގަވާއިދުގެ ބޭނުމަށް މިނިސްޓްރީން ދޫކުރާ ވަރކް ޕަރމިޓް ހުއްދައިގެ ބައެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބޭނުންކުރެވޭނީ، އެ އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ބިދޭސީއަކު ރާއްޖެ އެތެރެވުމުން، ކޮންޑިށަނަލް ވަރކް ޕަރމިޓެއް ދޫކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކޮންޑިށަނަލް ވަރކް ޕަރމިޓުގެ މުއްދަތަކީ، އެ ބިދޭސީއަކު ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު، ވަރކް ޕަރމިޓް ނެގުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގައިފައި ނުވާ ނަމަ، އެ އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ.

 

35 މާއްދާ - ކޮންޑިށަނަލް ވަރކް ޕަރމިޓް

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ވަޒީފާދޭ ފަރާތް ބަދަލުކުރަން އެދި، މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފި ނަމަ ނުވަތަ މި ގަވާއިދުގެ 62 ވަނަ މާއްދާގެ ދަށުން ފިލައިގެން ނުވަތަ ގެއްލިގެން ރިޕޯޓްކޮށްފައިވާ ބިދޭސީއެއްގެ މިސިންގ ރިޕޯޓް އަނބުރާ ގެންގޮސްފި ނަމަ ނުވަތަ މި ގަވާއިދުގެ 78 ވަނަ މާއްދާގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އެދި ހުށަހަޅައިފި ނަމަ، އެފަދަ ފަރާތްތަކަށް ވަރކް ޕަރމިޓް ލިބުމާ ހަމަޔަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރާ ކޮންޑިށަނަލް ވަރކް ޕަރމިޓެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޑިށަނަލް ވަރކް ޕަރމިޓުގެ މުއްދަތަކީ، ވަޒީފާދޭ ފަރާތުން ސެކިއުރިޓީ ޑިޕޮޒިޓް ދައްކާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންޑިށަނަލް ވަރކް ޕަރމިޓުގެ މުއްދަތު ހަމަވާއިރު، ވަރކް ޕަރމިޓް ނަގަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގައިފައިނުވާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. 

 

36 މާއްދާ - ވަރކް ޕަރމިޓް ނެގުމާއި ފީ ދެއްކުން

(ހ) މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކު 350 )ތިންސަތޭކަ ފަންސާސް( ރުފިޔާ ދެއްކުމުންނެވެ.

(ށ) ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކީ ވަރކް ޕަރމިޓް އެންޓްރީ ޕާސްއެއްގެ ދަށުން ރާއްޖެ އަންނަ ފަރާތެއް ނަމަ، 30 (ތިރީސް) ދުވަހުގެ
ތެރޭގައި، ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް
ވަރކް ޕަރމިޓް ނަގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓް ނަގައިފައި ނުވާ ނަމަ، އިތުރު 15 (ފަނަރަ) ދުވަހުގެ މުއްދަތު، ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން، ވަޒީފާދޭ ފަރާތަށް ދޭންވާނެއެވެ.

(ރ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ވަރކް ޕަރމިޓް ފީ ނުދައްކައިފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތާމެދު ފިޔަވަޅު 
އެޅޭނެއެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު ހަމަވުމުން، އެ ބިދޭސީއަކަށް ވަޒީފާދޭ ފަރާތުގެ ރުހުމާނުލައި ވަޒީފާދޭ އެހެން ފަރާތަކަށް ބަދަލުވުމުގެ އިހުތިޔާރު ލިބޭނެއެވެ.

 

37 މާއްދާ - ވަރކް ވީޒާ 

މި ގަވާއިދުގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް ލިބޭ ތާރީހުން ފެށިގެން، 30 (ތިރީސް) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ވާރކް ވީޒާ ހޯދަންވާނެއެވެ.

 

38 މާއްދާ - ވަރކް ޕަރމިޓުގެ މުއްދަތު

(ހ) މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ދޫކުރާ ވަރކް ޕަރމިޓުގެ މުއްދަތަކީ، ވަރކް ޕަރމިޓުގެ ފީ ދައްކައިފައިވާ މުއްދަތެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރކް ޕަރމިޓާ ގުޅިގެން މި ގަވާއިދުގައި ފުރިހަމަކުރަންޖެހޭ ށަރުތެއް އުނިވެއްޖެ ނަމަ ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ހުށަހަޅައިފައިވާ ލިޔުމެއްގެ މުއްދަތު ހަމަވެއްޖެ ނަމަ، އެ ވަރކް ޕަރމިޓެއް ބަލަންވާނީ، މި ގަވާއިދުގެ ބޭނުމަށް މުއްދަތު ހަމަވެފައިވާ
ވަރކް ޕަރމިޓެއްގެ ގޮތުގައެވެ.

 

39 މާއްދާ - ވަރކް ޕަރމިޓް ދޫކުރެވޭ ކެޓެގަރީތައް

މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭނީ އަންނަނިވި ކެޓަގަރީތަކަށެވެ.

(ހ) ޕްރޮފެށަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީ.

(ށ) ނޮނ-ްޕްރޮފެށަނަލް ކެޓަގަރީ.

(ނ) ޑޮމެސްޓިކް.

 

40 މާއްދާ - ޕްރޮފެށަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީ

(ހ) މި ގަވާއިދުގެ ބޭނުމަށް ޕްރޮފެށަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީގެ ވަޒީފާއެއް ކަމުގައި ބަލާނީ، އެ ވަޒީފާއަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ ސެޓުފިކެޓު ލެވެލް 7 ނުވަތަ އެޔަށް ވުރެ މަތީ ލެވެލެއްގެ ތައުލީމީ ސެޓުފިކެޓު ބޭނުންވާ ނުވަތަ ސެޓުފިކެޓު ލެވެލް 5 ނުވަތަ ސެޓުފިކެޓު ލެވެލް 6 އާއެކު، ކުރަންޖެހޭ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ބޭނުންވާ މަގާމުތަކުގެ ގޮތުގައި މިނިސްޓްރީން އާންމުކުރާ މަގާމުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ ވަކި ބާވަތްތަކެއްގެ ޕްރޮފެށަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީގެ މަގާމުތަކަށް ވަރކް ޕަރމިޓަށް އެދި ހުށަހަޅާއިރު އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތުން، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން އާންމުކުރާ ބާވަތްތަކެއްގެ ޕްރޮފެށަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީގެ މަގާމުތަކަށް ވަރކް ޕަރމިޓަށް އެދި ހުށަހަޅާ ބިދޭސީންގެ ތައުލީމީ ސެޓުފިކެޓު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

41 މާއްދާ - ނޮނ-ްޕްރޮފެށަނަލް ކެޓަގަރީ

(ހ) މި ގަވާއިދުގެ ބޭނުމަށް ނޮނ-ްޕްރޮފެށަނަލް ކެޓަގަރީ ވަޒީފާއެއް ކަމުގައި ބަލާނީ، އެ ވަޒީފާ އަދާކުރާ ފަރާތުގެ ކިބައިގައި، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ ސެޓުފިކެޓު ލެވެލް 5 ނުވަތަ އެ ސެޓުފިކެޓާ އެއްފެންވަރުގެ ތައުލީމީ ސެޓުފިކެޓު ނުވަތަ އެ ފެންވަރުގެ މަސައްކަތުގެ ތަޖުރިބާ ބޭނުންވާ ނުވަތަ ކުރަންޖެހޭ މަސައްކަތާ ގުޅިގެން ވަޒީފާދޭ ފަރާތުން ދޭ އިރުށާދުތައް ކިޔަން އެނގޭ، މަސައްކަތަށް ބޭނުންވާ އަސާސީ ހުނަރު ލިބިފައި ހުންނަންޖެހޭނެކަމަށް މިނިސްޓްރީން އާންމުކުރާ މަގާމުތަކަށެވެ.

(ށ) ނޮނ-ްޕްރޮފެށަނަލް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކިލްޑް) ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި ވަރކް ޕަރމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ، 10 (ދިހައެއް) އަހަރުދުވަހެވެ.

 

42 މާއްދާ - ޑޮމެސްޓިކް ކެޓަގަރީ

(ހ) މި ގަވާއިދުގެ ބޭނުމަށް ޑޮމެސްޓިކް ކެޓަގަރީގެ ވަޒީފާއެއް ކަމުގައި ބަލާނީ، ގެވެށި މަސައްކަތާ ގުޅުންހުރި މަސައްކަތްކުރަން ބިދޭސީން ގެނެވޭނެ މަގާމުތަކުގެ ގޮތުގައި މިނިސްޓްރީން އާންމުކުރާ މަގާމުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން އާންމުކުރާ މަގާމުތަކުގެ ތެރެއިން، ގޭތެރޭގެ މަސައްކަތްކުރަން ނުވަތަ އެހީތެރިވާން ގެންނަ ބިދޭސީންނާއި، ބަލިމީހާއަށް އެހީތެރިވާން ގެންނަ ބިދޭސީން ގެންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

43 މާއްދާ - ވަޒީފާދޭ ފަރާތް ބަދަލުކުރުން

(ހ) ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއެއްގެ ވަޒީފާދޭ ފަރާތް ބަދަލުކުރާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ބަދަލުކޮށް، އައު ވަރކް ޕަރމިޓެއް ނަގަންވާނެއެވެ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތް ބަދަލުކޮށް އައު ވަރކް ޕަރމިޓެއް ނަގައިފައި ނުވާ ނަމަ، މި ގަވާއިދުގެ ބޭނުމަށް ބިދޭސީއަށް ވަޒީފާދިން ފަރާތްކަމުގައި ބަލާނީ، ވަރކް ޕަރމިޓުގައި ބަޔާންކޮށްފައިވާ ވަޒީފާދިން ފަރާތެވެ.

(ނ) މި މާއްދާގެ ދަށުން ވަޒީފާދޭ ފަރާތް ބަދަލުކޮށްދެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ވަޒީފާދޭ ފަރާތުގެ ރުހުމާއެކު ވަޒީފާދޭ ފަރާތް ބަދަލުކޮށްދޭން އެދި މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ އައު ފަރާތުން ހުށަހެޅުން؛
  2. މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަރކް ޕަރމިޓް ފީ ނުދައްކާތާ 1 (އެކެއް) މަސްދުވަސް ފާއިތުވެގެން ގޮސްފައިވުން؛
  3. މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބިދޭސީ ފަރާތް ފިލައިފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުން ކަމުގައި ލޭބަރ ރިލޭށަންސް އޮތޯރިޓީގެ ތަހުގީގުން އެނގެން އޮތުން ނުވަތަ ލޭބަރ ރިލޭށަންސް އޮތޯރިޓީގެ ތަހުގީގަށް ވަޒީފާދޭ ފަރާތުން އެއްބާރުލުން ނުދިނުމުގެ ސަބަބުން އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ނުގެންދެވި 30 (ތިރީސް) ދުވަސް ފާއިތުވެފައިވުން؛
  4. ބިދޭސީއަކާ ގުޅިގެން މިސިންގ ރިޕޯޓް ކޮށްފައިވަނީ ދޮގު މައު ލޫމާތާއެކީ ނުވަތަ ގަސްތުގައި އޮޅުވައިލައިގެންކަން މިނިސްޓްރީއަށް ނުވަތަ ތަހުގީގީ އިދާރާއެއްގެ ތަހުގީގަކުން ސާބިތުވުން؛
  5. ލޭބަރ ރިލޭށަންސް އޮތޯރިޓީ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލް ނުވަތަ ށަރުއީ ކޯޓަކުން ބިދޭސީއަކާބެހޭ މައްސަލައެއް ބަލައި ނިމުމަށްފަހު ވަޒީފާދޭ ފަރާތް އިހުމާލުވެފައިވާކަން ސާބިތުވުން.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަޒީފާދޭ ފަރާތް ބަދަލުކުރުމަށް، ވަޒީފާދިން ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ބޭނުމެއް ނުވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ވަޒީފާދޭ ފަރާތުން ބިދޭސީއަކު މިސިންގ ރިޕޯޓްކޮށްކުރުން ނުވަތަ އެ ބިދޭސީއަކު މިސިންގ އެބްސްކޮންޑް ކަމަށް ކަނޑައަޅައި ފައިވާ ހާލަތްތަކުގައި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ މުއްދަތުގެ ތެރޭގައި އެ ބިދޭސީންނަށް ވަޒީފާދޭ ފަރާތް ބަދަލުކުރުމުގެ އިހުތިޔާރު ލިބޭނެއެވެ.

(ޅ) މި މާއްދާއާ ހިލާފަށް ވަޒީފާދިން ފަރާތް ބަދަލުކޮށް، އައު ވަރކް ޕަރމިޓެއް ނުނަގައި، ބިދޭސީން ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ. މި ފަދަ އަމަލެއް ހިންގާ ފަރާތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

(ކ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއެއް، އެ ފަރާތުގެ ރުހުމާ ނުލައި، ވަޒީފާގެ އެއްބަސްވުން ނުވަތަ ވަޒީފާދޭ ފަރާތް ބަދަލުކޮށްގެން ނުވާނެއެވެ.

 

44 މާއްދާ - ވަރކް ޕަރމިޓް ރީ-އިށޫކުރުން

(ހ) މި ގަވާއިދުގެ ދަށުން މިސިންގ ރިޕޯޓް އަނބުރާ ގެންނަ ހާލަތްތަކުގައްޔާއި ބާތިލުކުރެވިފައިވާ ވަރކް ޕަރމިޓް އަލުން ދޫކުރާ ހާލަތްތަކުގައި، އެކްސްޕެކްޓް ސިސްޓަމް މެދުވެރިކޮށް، އައު ވަރކް ޕަރމިޓެއް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އައު ވަރކް ޕަރމިޓް ދޫކުރެވޭނީ، ކުރިން ދޫކޮށްފައިވާ ވަރކް ޕަރމިޓުގެ ޑިޕޮޒިޓް، އައު ވަރކް ޕަރމިޓަށް ޓްރާންސްފަރ ކުރުމަށްފަހުގައެވެ.

 

45 މާއްދާ - ވަރކްސައިޓް ބަދަލުކުރުން

ވަކި ވަރކްސައިޓެއްގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއަކު، އެ ވަރކްސައިޓު ނޫން އެހެން ސައިޓެއްގައި ނުވަތަ ލޮކޭށަނެއްގައި ވަޒީފާ އަދާކުރާ ނަމަ، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

46 މާއްދާ - މަގާމާއި ކޯޓާ ސްލޮޓް ބަދަލުކުރުން

(ހ) ވަރކް ޕަރމިޓެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއަކު ވަރކް ޕަރމިޓް ދޫކޮށްފައިވާ މަގާމު ނޫން އެހެން މަގާމަކަށް ބަދަލުކުރާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) ވަރކް ޕަރމިޓެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއަކު ވަރކް ޕަރމިޓް ދޫކޮށްފައިވާ ކޯޓާ ސްލޮޓް ބަދަލުކުރާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

47 މާއްދާ - ވަރކް ޕަރމިޓް ބާތިލުކުރުން 

(ހ) އަންނަނިވި ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީންނަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކުރެވޭނެއެވެ.

  1. ވަރކް ޕަރމިޓް ބާތިލުކޮށްދިނުމަށް އެދި ވަޒީފާދޭ ފަރާތުން ހުށަހެޅުން؛
  2. ވަޒީފާދޭ ފަރާތް ބަދަލުވުން
  3. ވަރކް ޕަރމިޓުގެ ދަށުން ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު ގެއްލިފައިވުން ނުވަތަ ފިލުން؛
  4. ވަރކް ޕަރމިޓުގެ ދަށުން ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު މަރުވުން؛
  5. ވަރކް ޕަރމިޓާ ގުޅިގެން މި ގަވާއިދުގައި ފުރިހަމަކުރަންޖެހޭ ށަރުތެއް އުނިވުން ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ހުށަހަޅައިފައިވާ ލިޔުމެއްގެ ސައްހަކަން ގެއްލުން؛
  6. ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއަކު މި ގަވާއިދާ ހިލާފުވުން؛
  7. ދިވެހިރާއްޖޭގެ ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން؛
  8. ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއަކު 3 (ތިނެއް) މަސްދުވަހަށް ނުވަތަ އެޔަށް ވުރެ ދިގު މުއްދަތަކަށް ބަންދުކުރުން ނުވަތަ ޖަލަށްލުން؛
  9. ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއަކު ވަރކް ވީޒާ ނޫން އެހެން ވީޒާއަކަށް ބަދަލުވުން؛
  10. ވަޒީފާދޭ ފަރާތް މަރުވުން؛
  11. ވަޒީފާދޭ ފަރާތަކީ ވިޔަފާރި ށަހްސެއް ކަމުގައި ވާ ނަމަ ނުވަތަ ގާނޫނީ އެހެން ށަހްސެއް ކަމުގައި ވާ ނަމަ، އެ ފަރާތް އުވިގެން ދިޔުން ނުވަތަ އެފަދަ އެހެން ށަހްސަކާ އެއްކޮށްލުން؛
  12. ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާ ހިލާފުވުން؛
  13. ތަހުގީގީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކުރާ ތަހުގީގަކަށް އެ ބިދޭސީއަކު އެއްބާރުލުން ނުދިނުމުގެ ސަބަބުން އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ނުގެންދެވި 10 (ދިހައެއް) ދުވަސް ފާއިތުވެފައިވުން؛
  14. ވަރކް ޕަރމިޓް ބާތިލުކޮށްދޭން އެދި އެ ބިދޭސީއެއްގެ ފަރާތުން ހުށަހެޅުން؛
  15. ވަޒީފާދޭ ފަރާތުން ބިދޭސީއަކު ރާއްޖެއިން ފުރައިގެން ދިޔަކަމަށް އެކްސްޕެޓް ސިސްޓަމުގައި އިގުރާރުވެ، ވަރކް ޕަރމިޓް ބާތިލުކުރަން ހުށަހެޅުން؛
  16. ދިވެހިރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާއަކުން، ބިދޭސީ މީހާ ގެއްލިގެން ޕްރިޒިއުމް ޑެޑްކަމަށް ކަނޑައެޅުން؛
  17. ބިދޭސީއަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ލިބުން؛
  18. މެޑިކަލީ އަންފިޓް ބިދޭސީއަކު ރާއްޖެއިން ފުރަން ކަމާ ގުޅުންހުރި އިދާރާއަކުން އެންގުމުން، ފުރަން އަންގައިފައިވާ މުއްދަތުގެ ތެރޭގައި ރާއްޖެއިން ފުރައިފައިނުވުން؛
  19. ވަރކް ޕަރމިޓް ހުއްދައިގެ ދަށުން މެދުނުކެނޑި 4 (ހަތަރެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރުން؛
  20. އިދާރީ މައްސަލައަކާ ގުޅިގެން ނުވަތަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވަރކް ޕަރމިޓުގެ ށަރުތު ހަމަނުވާ ބިދޭސީއަކަށް ވަރކް ޕަރމިޓް ދޫކުރެވިފައިވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށްދޭން އެދި ވަޒީފާދޭ ފަރާތުން ހުށަހެޅޭނީ، އެ ބިދޭސީއަކީ ވަރކް ޕަރމިޓް ބާތިލުކުރަން އެދި ހުށަހަޅާއިރު އެ ވަޒީފާއިން ވަކިވެފައިވާ އަދި ދިވެހިރާއްޖެއިން ފުރައިފައިވާ ބިދޭސީއަކަށް ވާ ނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ (14) ވަނަ ނަންބަރުގެ ދަށުން ވަރކް ޕަރމިޓް ބާތިލުކޮށްދޭން އެދި ބިދޭސީއަކު ހުށަހަޅައިފި ނަމަ، އެ ފަރާތުގެ ވަރކް ޕަރމިޓް ބާތިލުކުރުމުގެ ކުރިން އެ ބިދޭސީއަކީ ދިވެހިރާއްޖެއިން ފުރައިގެން ގޮސްފައިވާ ފަރާތެއްކަން މިނިސްޓްރީން ކަށަވަރު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއެއްގެ ވަރކް ޕަރމިޓެއް ބާތިލުކޮށްފި ނަމަ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި އަލުން ވަރކް ޕަރމިޓެއް ދޫކުރެވޭނީ، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކުރި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ފަހުންނެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ (14) ވަނަ ނަންބަރުގެ ދަށުން ވަރކް ޕަރމިޓް ބާތިލުކޮށްދޭން އެދި ހުށަހަޅައިފައިވާ ބިދޭސީއެއްގެ ވަރކް ޕަރމިޓް ފީ ނުދައްކާތާ 6 (ހައެއް) މަސްދުވަސް ފާއިތުވެއްޖެ ނަމަ، އެ ބިދޭސީއަކަށް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ނުހިނގާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކުރި އިރު، ވަޒީފާދޭ ފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަސް ފުރިހަމަވުމުގެ ކުރިން، އެފަދަ ބިދޭސީއަކު، ވަރކް ޕަރމިޓުގެ ދަށުން ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރަން ދިވެހިރާއްޖެއަށް އައުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ކ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު ވަކި މުއްދަތަކަށް އެހެން ފަރާތެއްގެ ވަޒީފާއެއް އަދާނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން ނިންމައިފި ނަމަ، ކޯޓުން ކަނޑައަޅާ މުއްދަތު ހަމަވަންދެން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އެ ބިދޭސީއަކަށް މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ދޫކޮށްގެން ނުވާނެއެވެ.

(އ) 2023 ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރީގެ ތާރީހެއްގައި ބިދޭސީއަކު ރާއްޖެއިން ފުރައިގެން ދިއުމުން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ވަޒީފާދޭ ފަރާތުން ބާތިލުކުރާ ނަމަ، އެ ވަރކް ޕަރމިޓަކަށް ކޯޓާ ފީއެއް ނުނެގޭނެއެވެ.

(ވ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރކް ޕަރމިޓް ބާތިލުނުކޮށް، އެ ވަރކް ޕަރމިޓް ސްލޮޓް ބަދަލުކޮށްފައިވާ ނަމަ، ކޯޓާ ފީ ދައްކަންވާނީ، ވަރކް ޕަރމިޓް ދޫކޮށްފައިވާ ސްލޮޓަށެވެ.

(މ) މި މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ވަރކް ޕަރމިޓް ބާތިލުކުރަން ހު ށަހެޅޭނެ ތާރީހާއި ށަރުތުތައް މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

 

48 މާއްދާ - ވަރކް ޕަރމިޓް ބާތިލުކުރާއިރު ފީ ދައްކަންޖެހޭ މުއްދަތު

(ހ) ވަރކް ޕަރމިޓް ބާތިލުކުރުމުގައި ހާލަތަށް ރިއާޔަތްކޮށް ވަރކް ޕަރމިޓް ފީއާއި ކޯޓާ ފީ ދައްކަންޖެހޭ މުއްދަތުތައް ބެލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށެވެ.

  1. އެ ބިދޭސީއަކު ރާއްޖެއިން ފުރި ދުވަހާ ހަމަޔަށް؛
  2. ވަކި ތާރީހަކާ ހަމަޔަށް؛
  3. ވަޒީފާދޭ ފަރާތުން ހުއްދަ ބާތިލުކުރުމާ ހަމަޔަށް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި، އެ ހާ ލަތްތަކަށް ފީ ނެގޭނެ މުއްދަތު، ވަޒީފާދޭ ފަރާތުން ވަރކް ޕަރމިޓް ބާތިލުކުރާއިރު، އެކްސްޕެޓް ސިސްޓަމުން ފެންނަން ހުން ނަންވާނެއެވެ.

 

49 މާއްދާ - ބާތިލުކޮށްފައިވާ ވަރކް ޕަރމިޓް އަލުންދޫކުރުން (އ)ަންޑޫ ކެންސަލޭށަން(

(ހ) އެއްވެސް ސަބަބަކާހުރެ ބާތިލުކޮށްފައިވާ ވަރކް ޕަރމިޓެއް އަނބުރާ ދޫކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ވަރކް ޕަރމިޓް ދޫކުރަންވާނީ ކޯޓާ ސްލޮޓަކާ
އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކޮށްފައިވާ ނަމަ، އައު ވަރކް ޕަރމިޓެއް ދޫކުރަންވާނެއެވެ.

އެކްސްޕެޓް ސިސްޓަމް ބަލަހައްޓާ ދައުލަތުގެ އިދާރާއަކުން އޮޅުމަކުން ނުވަތަ ވަރކް ޕަރމިޓް ބާތިލުކުރުމުގެ ގަސްތުގައި ނޫން ގޮތަކަށް އެ އިދާރާއަކަށް ވަރކް ޕަރމިޓެއް ބާތިލުކުރެވިއްޖެ ނަމަ، މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ބާތިލުކުރެވިފައިވާ ވަރކް ޕަރމިޓް ރީ-އިށޫ ކުރަންވާނެއެވެ.

 

50 މާއްދާ - ވަރކް ޕަރމިޓް ނުހޯދައި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ) ވަރކް ޕަރމިޓް ނުނަގައި ނުވަތަ މި ގަވާއިދުގެ މާއްދާތަކާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަރކް ޕަރމިޓް ހޯދުމެއްނެތި ބިދޭސީއަކު ވަޒީފާގައި ގެންގުޅެފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

 

ހަވަނަ ބާބު

ސެކިއުރިޓީ ޑިޕޮޒިޓް

 

51 މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް 

(ހ) މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަގާ ސެކިއުރިޓީ ޑިޕޮޒިޓަކީ، ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު ދައުލަތުގެ ހަރަދުގައި ގައުމަށް އަނބުރާ ފުރުވައިލަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން ބަހައްޓާ ފައިސާއެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީއަކު ގެނެވެނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ބިދޭސީއަކަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމަށް ފަހުގައެވެ.

 

52 މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ރިފަންޑް ކުރުން

މި ގަވާއިދުގެ 51 ވަނަ މާއްދާގެ ދަށުން ނަގާ ސެކިއުރިޓީ ޑިޕޮޒިޓް ރިފަންޑު ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

53 މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ޓްރާންސްފަރކުރުން

މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތުން ބަހައްޓައިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ، އެއް ވަރކް ޕަރމިޓުން އަނެއް ވަރކް ޕަރމިޓަށް، ހާއްސަ ހާލަތްތަކުގައި ޓްރާންސްފަރ ކުރެވިދާނެއެވެ.

 

54 މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ނުދެއްކުން

މި ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ދައްކައިފައިނުވާ ބިދޭސީންނަށް، މި ގަވާއިދުގެ ދަށުން އެއްވެސް ބާވަތެއްގެ ވަރކް ޕަރމިޓެއް ދޫކޮށްގެން ނުވާނެއެވެ.

 

ހަތްވަނަ ބާބު

ވަރކް ޕަރމިޓުގެ ހުއްދައިގެ ދަށުން ވަޒީފާއަށް ގެންނަ ބިދޭސީން ވަޒީފާގައި ގެންގުޅުމާއި ބެލެހެއްޓުން

 

55 މާއްދާ - ބިދޭސީން ވަޒީފާގައި ގެންގުޅުން

ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން ވަޒީފާގައި ގެންގުޅެންވާނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ފުރިހަމަކޮށް، އެ ގާނޫނުތަކާ ތައާރުޒުނުވާނޭ ގޮތެއްގެ މަތީންނެވެ.

 

56 މާއްދާ - ބިދޭސީންނަށް ވަޒީފާ ދިނުން

އެއްވެސް ވަޒީފާއަކަށް ބިދޭސީއަކު ގެނެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ވަޒީފާއަށް ދިވެއްސަކު ހޯދަން އެދި ޖޮބް ސެންޓަރުގައި އިއުލާނުކުރުމަށްފަހު، އެ ވަޒީފާއަށް އެކަށީގެންވާ ދިވެއްސަކު ނުލިބިއްޖެ ނަމައެވެ.

 

57 މާއްދާ - ވަޒީފާއަށް ހޮވިފައިވާކަން އެންގުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން ބިދޭސީއަކު ގެންނަ ނަމަ، މި ގަވާއިދުގެ ޖަދުވަލު 9 ގައި ހިމަނައިފައިވާ ނަމޫނާ "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތުން ވަޒީފާއަށް ހޮވުނުކަން އެނގޭނެ ފަދަ ލިޔުމެއް ނުވަތަ ލެޓަރ އޮފް އެޕޮއިންޓްމަންޓް، ވަޒީފާދޭ ފަރާތުން ވަޒީފާއަށް ގެންނަ ބިދޭސީއަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލުމާ ހަމަޔަށް، މި ގަވާއިދުގެ ބޭނުމަށް ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެކެވެ.

(ނ) ވަޒީފާއަށް ހޮވުނުކަން އަންގައި އެ ބިދޭސީއަކަށް ދޭ ލިޔުމުގައި ނުވަތަ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމެނޭ އެއްވެސް މާއްދާއެއް، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާއާ ތައާރުޒުވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ނުވަތަ ވަޒީފާއަށް ހޮވުނުކަން އަންގާ ލިޔުމުގައި، މިނިސްޓްރީން އާންމުކުރާ ނަމޫނާ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނޫން ނަމަ، އެ ލިޔުމަކީ މި މާއްދާގެ ބޭނުމަށް ސައްހަ ލިޔުމެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.

 

58 މާއްދާ - ވަޒީފާގެ އެއްބަސްވުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަ ތާރީހުން ފެށިގެން ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި، އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށް، އެއްބަސްވުމުގެ ކޮޕީއެއް، ބިދޭސީ ފަރާތާ ހަވާލު ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައި ލައި، އެ މުވައްޒަފާ ހަވާލުކޮށްފައިނުވާ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެފަދަ އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ހަދައިފައިނުވާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

59 މާއްދާ - ވަޒީފާގެ ބަޔާން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ވަޒީފާދޭ ފަރާތުން އެއްވެސް ބިދޭސީއަކަށް ވަޒީފާދޭ ނަމަ ނުވަތަ އެ ބިދޭސީއަކު އަދާކުރަމުން އައި ވަޒީފާ ބަދަލުވެއްޖެ ނަމަ، އެ ބިދޭސީއަކު ވަޒީފާއަށް ނުކުންނަ ތާރީހުން ފެށިގެން ނުވަތަ ވަޒީފާ ބަދަލުވި ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭގޮތުން ވަޒީފާގެ ބަޔާނެއް، ވަޒީފާއަށް ގެންނަ ބިދޭސީއަކަށް ލިޔުމަކުން ދޭންވާނެއެވެ.

 

60 މާއްދާ - ވަޒީފާއަށް ގެންނަ ބިދޭސީއަކާ ހަވާލުވުމާއި، އުޅޭނެ ތަން ހަމަޖެއްސުން

(ހ) ވަރކް ޕަރމިޓުގެ ދަށުން ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް އެތެރެވުމުން، ވަޒީފާދޭ ފަރާތުން، އެ ބިދޭސީއަކު ރާއްޖެ އެތެރެވާ ބަނދަރަކުން އެ ބިދޭސީއަކާ ހަވާލުވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުން ހަވާލުވާ ބިދޭސީން، ވަޒީފާދޭ ފަރާތުގެ ވަޒީފާގައި ގެންގުޅޭ މުއްދަތުގައި، އެ ބިދޭސީންގެ ނިދުމާއި ހުރުމުގެ އިންތިޒާމު، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ އުސޫލުގެ މަތީން، ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ބިދޭސީއަކު ދިވެހިރާއްޖެ އެތެރެވުމުން ވަޒީފާދޭ ފަރާތުން ހަވާލުނުވެއްޖެ ނަމަ ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ބިދޭސީއެއްގެ ނިދުމާއި ހުރުމުގެ އިންތިޒާމު ވަޒީފާދޭ ފަރާތުން ހަމަޖައްސައިފައިނުވާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތާމެދު ފިޔަވަޅު އަޅަންވާނެއެވެ.

 

61 މާއްދާ - ބިދޭސީން ދަފުތަރުގައި ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކު ރަން ގެންނަ ބިދޭސީން، އެ ބިދޭސީއަކު ވަޒީފާ އަދާކުރަން ހަމަޖެހިފައިވާ ވަރކްސައިޓް ހުންނަ ރަށަކަށް ނުވަތަ ސިޓީއަކަށް ގެންދިޔުމަށްފަހު ނުވަތަ ވަޒީފާ އަދާކުރާ ރަށް ނުވަތަ ސަރަހައްދު ބަދަލުވާ ހާލަތްތަކުގައި، ކަމާ ގުޅުންހުރި އިދާރާއަކުން އެކަމުގެ މައުލޫމާތު ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތު، މިނިސްޓްރީން އެ އިދާރާއަކާ ހިއްސާކުރަންވާނެއެވެ.

 

62 މާއްދާ - ބިދޭސީއަކު ފިލުން ނުވަތަ ގެއްލުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު، ވަޒީފާދޭ ފަރާތަށް ފިލައިފި ނަމަ ނުވަތަ ބިދޭސީއަކު ގެއްލިއްޖެ ނަމަ، ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރުމާއެކު، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގެއްލިގެން ނުވަތަ ފިލައިގެން ރިޕޯޓްކުރާ ބިދޭސީންގެ މައްސަލ،ަ މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލޭބަރ ރިލޭށަންސް އޮތޯރިޓީ މެދުވެރިކޮށް ތަހުގީގު ކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެނެސްފައިވާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ، މިނިސްޓްރީއަށް އެކަން ރިޕޯޓްނުކޮށް ތިބޭ ފަރާތްތަކާ މެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

63 މާއްދާ - ވަޒީފާއިން ވަކިކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެނެސްފައިވާ ބިދޭސީއަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ސަބަބަކާހުރެ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެނެސްފައިވާ ބިދޭސީއަކު ވަޒީފާއިން ވަކިކޮށްފި ނަމަ، މި ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކުރަން ހުށަހަޅަންވާނެއެވެ.

 

64 މާއްދާ - ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު، އެ ބިދޭސީއެއްގެ ވަޒީފާގެ އެއްބަސްވުން ހަމަވުމުން ނުވަތަ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވުމުން، ވަޒީފާއާބެހޭ އެއްބަސްވުން އައުކޮށް ވަރކް ޕަރމިޓުގެ މުއްދަތު އިތުރުކުރުމަކާ ނުލައި ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ބިދޭސީއެއްގެ ވަޒީފާގެ އެއްބަސްވުން ހަމަވުމުން ނުވަތަ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވާއިރު، ވަޒީފާގެ އެއްބަސްވުން އައުކޮށް ވަރކް ޕަރމިޓުގެ މުއްދަތު އިތުރުނުކުރާ ނަމަ، ވަރކް ޕަރމިޓުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ވަޒީފާދޭ ފަރާތުން އެ ބިދޭސީއަކު ގައުމަށް އަނބުރާ ފުރުވައިލުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެނެސްފައިވާ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލަން ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގައިފި ނަމަ، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ބިދޭސީއަކު އަނބުރާ ފުރުވައިލުމުގެ އިންތިޒާމު، ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ބިދޭސީއެއްގެ ވަރކް ޕަރމިޓުގެ މުއްދަތު ހަމަނުވަނީސް އެ ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވައިލަން ދައުލަތުގެ އިދާރާއަކުން އަންގާ މުއްދަތުގައި ވަޒީފާދޭ ފަރާތުން އެ ބީދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިނުލައިފި ނަމަ، ވަޒީފާދޭ ފަރާތުން ބަހައްޓައިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން، އެ ފަރާތް ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

(ބ) މި މާއްދާއާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ މަނާކަމެކެވެ. އަދި ވަޒީފާދޭ އެފަދަ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

65 މާއްދާ - ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު މަރުވުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަނިކޮށް މަރުވެއްޖެ ނަމަ، މިނިސްޓްރީއާއި، މަރުވި މީހާގެ އާއިލާއާއި، އެ މީހާ ނިސްބަތްވާ ގައުމުގެ ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލޭޓް މިށަނެއް ދިވެހިރާއްޖޭގައި ގާއިކޮށްފައިވާ ނަމަ، އެ މިށަނަކަށް އެކަން އަންގައި، އެ މީހާ ވަޅުލުމުގެ ހަރަދާއި އެކަމުގެ އިންތިޒާމުތައް ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބިދޭސީ ފަރާތުގެ ވަޒީފާގެ އެއްބަސްވުމުގައި ވަކިގޮތަކަށް އަމަލުކުރަން އެއްބަސްވެފައިވާ ނަމަ، މި މާއްދާގެ (ހ) އަށް އަމަލުކުރުމާއެކު، ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނިޔާވި ފަރާތުގެ އެންމެހައި ކަންކަން ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިދޭސީ މީހާ ނިޔާވީ ދިވެހިރާއްޖޭގައި ނަމަ، އަދި އެ ބިދޭސީމީހާގެ އާއިލާގެ ފަރާތުން އެ މީހާގެ ހަށިގަނޑު ގައުމަށް އަނބުރާ ގެންނަން ބޭނުންވެއްޖެ ނަމަ، އަދި ވަޒީފާދޭ ފަރާތުން ބިދޭސީ ފަރާތުގެ ނަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ އިންށުއަރެންސެއް ނަގައިފައި ނުވާ ނަމަ، ވަޒީފާދޭ ފަރާތާއި މަރުވި މީހާގެ އާއިލާއިން އެއްބަސްވާ ގޮތެއްގެ މަތީން، މަރުވި މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިލުމުގެ އިންތިޒާމު، ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

66 މާއްދާ - ވަޒީފާދޭ ފަރާތް މަރުވުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ ވަޒީފާގެ އެއްބަސްވުން ބިނާވެފައި އޮތ،ީ ވަޒީފާދޭ ފަރާތުގެ ފަރުދީ ހައިސިއްޔަތުގެ މައްޗަށް ކަމުގައި ވާ ނަމަ، ވަޒީފާދޭ ފަރާތް ނިޔާވި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެނެސް، އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލައިފައި ނުވާ ނަމަ، 1 (އެކެއް) މަސްދުވަސް ހަމަވުމުން، އެ ފަރާތަށް ދީފައިވާ ވަރކް ޕަރމިޓް ބާތިލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީއަކު، ވަޒީފާދޭ އެހެން ފަރާތެއްގެ ނަމަށް ބަދަލުވާން ބޭނުން ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ވަޒީފާދޭ ފަރާތް ބަދަލުކޮށްދޭން އެދި ހުށަހެޅުމުގެ ފުރުސަތު އެ ބިދޭސީއަށް ވަޒީފާދޭން ބޭނުންވާ ފަރާތަށް ލިބިގެންވެއެވެ. 

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވަޒީފާދޭ ފަރާތުގެ ވާރިސަކު، ވަޒީފާދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީން އެ ފަރާތުގެ ނަމަށް ބަދަލުކުރަން ބޭނުންވާ ނަމަ، ވަޒީފާދޭ ފަރާތުގެ ވާރިސުން ސާބިތުވާ ކޯޓުގެ ލިޔުމަކާއެކު، ބާކީތިބި ވާރިސުންގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، ވަޒީފާދޭ ފަރާތް ބަދަލުކޮށްދޭން އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ވަޒީފާދޭ ފަރާތް ބަދަލުކުރާއިރު، ބިދޭސީގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކުރުމަށް ޓަކައި މި ގަވާއިދުގެ 57 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ވަޒީފާ ގަބޫލުކުރިކަން އެނގޭނޭހެން ބިދޭސީ މީހާގެ ސޮއި ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތް ބަދަލުކޮށްފައި ނުވާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ހުއްދަ ބާތިލުކޮށް، ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލެވޭ ހާލަތުގައި އެ ބިދޭސީއަކަށް ދައްކައިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ރީފަންޑެއް ނުކުރެވޭނެއެވެ.

 

67 މާއްދާ - ވަޒީފާދޭ ފަރާތް އުވައިލުން ނުވަތަ ބަދަލުވުން

(ހ) ވަޒީފާދޭ ފަރާތަކީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއް ނަމަ، އެ ތަނެއް އުވައިލެވޭނީ ނުވަތަ ހުއްޓައިލެވޭނީ ނުވަތަ އެހެން ވެސް ވިޔަފާރި ށަހްސަކާ ނުވަތަ ގާނޫނީ ށަހްސަކާ އެއްކޮށްލެވޭނީ، ވަޒީފާދޭ ފަރާތުގެ ނަމުގައި ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ގެނެސްފައިވާ ބިދޭސީއަކު ހުރި ނަމަ، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށް ގައުމަށް އަނބުރާ ފޮނުވައިލައި، ސެކިއުރިޓީ ޑިޕޮޒިޓް ފައިސާގެ ރީފަންޑް ލިބުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަޒީފާދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީން ވަޒީފާދޭ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ބޭނުންވާ ނަމަ، ވަޒީފާދޭ ފަރާތް އުވައިލުމުގެ ކުރިން ނުވަތަ އެއްކޮށްލުމުގެ ކުރިން، މި ގަވާއިދުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ބަދަލުކުރަންވާނެއެވެ.

(ނ) ވަޒީފާ ދޭ ފަރާތަކީ ދައުލަތުގެ އިދާރާއެއް ނަމަ އަދި އެއްވެސް ސަބަބަކާހުރެ އެ އިދާރާއެއް އުވައިލަން ޖެހިއްޖެ ނަމަ ނުވަތަ ގާނޫނާއި ގަވާއިދަށް ގެންނަ ބަދަލަކުން ނުވަތަ އެ އިދާރާއިން ކުރަމުންދިޔަ މަސައްކަތް ހުއްޓައިލާ ހާލަތުގައި ނުވަތަ އިދާރާއިން ކުރަމުންއައި މަސައްކަތް އެހެން އިދާރާއަކަށް ބަދަލުކުރާ ހާލަތުގައި، އެ އިދާރާއެއްގެ ނަމުގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީން އެހެން އިދާރާއަކަށް ބަދަލުކުރުން ނުވަތަ ވަރކް ޕަރމިޓް ބާތިލުކޮށް ފުރުވައިލުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

68 މާއްދާ - ގަވާއިދާ ހިލާފަށް ބިދޭސީން ވަޒީފާގައި ގެންގުޅުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން، މި ގަވާއިދާ ހިލާފަށް ވަޒީފާގައި ގެންގުޅެނިކޮށް ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ވަޒީފާދޭ ފަރާތަކުން އުފުލަންޖެހޭ ޒިންމާތައް، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަކުން އުފުލަންވާނެއެވެ.

 

 

އަށް ވަނަ ބާބު

ފިޔަވަޅު އެޅުން

 

69 މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަތަކަށް އެދި ވަޒީފާދޭ ފަރާތުން ހުށަހަޅާ ރިކުއެސްޓްތަކަށް، އަންނަނިވި ކަންތައްތަކަށް ބެލުމަށްފަހު ހުއްދަ ދޫނުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ވަރކް ޕަރމިޓް މިސިންގ ރިޕޯޓުކޮށްފައިވާ އަދަދު؛
  2. މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކައިފައި ނުވުން؛
  3. ވަޒީފާދޭ ފަރާތް އިހުމާލުވެފައިވާ ވަރކް ޕަރމިޓުގެ އަދަދ.ު

(ށ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަތަކާއި ޕަރމިޓްތައް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައެއް ނުވަތަ ޕަރމިޓެއް ބާތިލުކުރުމުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ނުވަތަ އެނޫންވެސް ފަރާތަކަށް ލިބިދޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

 

ނުވަ ވަނަ ބާބު

ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓްތައް އިންސްޕެކްޓްކުރުމާއި މޮނިޓަރ ކުރުން

 

70 މާއްދާ - ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓްތައް އިންސްޕެކްޓްކުރުމާއި މޮނިޓަރކުރުން

(ހ) ވަޒީފާ އަދާކުރަން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ވަޒީފާގައި ގެންގުޅެނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުމުގެ ގޮތުން، ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓްތަކަށާއި ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަންތަން އިންސްޕެކްޓްކޮށް މޮނިޓަރކުރުމަށް ޓަކައި، ކުރިން އެންގުމަކާ ނުލައި، ކޮންމެ ވަގުތެއްގައި ވެސް، އެ ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ތަނަކީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، ބިދޭސީ މަސައްކަތްތެރީން އުޅެމުންދާ ތަނެއްކަމަށް ގަބޫލުކުރެވޭ ކޮންމެ ތަނަކަށް ވެސް ވަދެ، އެ ތަނެއް އިންސްޕެކްޓްކޮށް މޮނިޓަރކުރުމުގެ ބާރު، މިނިސްޓްރީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތްކުރާ ތަނަކީ މީހުން ދިރިއުޅޭ ގެއެއްކަމަށް ވާ ނަމަ، އެ ތަން އިންސްޕެކްޓްކޮށް މޮނިޓަރކުރަން އެ ތަނަށް ވަންނަންވާނީ، އެ ގޭގެ ވެރި ފަރާތުގެ ހުއްދަ ލިބިގެން ނުވަތަ އެފަދަ ހުއްދައެއް ނެތް ނަމަ، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، މަސައްކަތްކުރާ ތަން އިންސްޕެކްޓްކޮށް މޮނިޓަރކުރަން ދާ ފަރާތްތަކަށް، މި ގަވާއިދާއި، މި ގަވާއިދުގެ ޖަދުވަލުތަކުގައިވާ އުސޫލުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒުކުރެވިފައިވޭތޯ ބެލުމުގެ ގޮތުން، މަސައްކަތްކުރާ ތަން ބަލައި ފާސްކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުމާއި، މީހުން ނާ ސުވާލުކޮށް މައުލޫމާތު އެއްކުރުމުގެ ބާރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކުރަން ދާ ފަރާތްތަކާ މިނިވަންކަމާއެކު އެއްވެސް ހުރަހެއްނެތި ވާހަކަދެއްކޭނެ ފުރުސަތު، އޭނާގެ ވަޒީފާގައި ގެންގުޅޭ މުވައްޒަފުންނަށް، ވަޒީފާދޭ ކޮންމެ ފަރާތަކުން ވެސް ތަނަވަސްކޮށްދޭންވާނެއެވެ.

 

71 މާއްދާ - ބިދޭސީން ވަޒީފާ އަދާކުރާ ވަރކް ސައިޓް ބަލައި ފާސްކުރުން

ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓެއް ބަލައި ފާސްކުރެވޭނީ، މި ގަވާއިދާ ހިލާފަށް ބިދޭސީން މަސައްކަތްކުރާ ވަރކްސައިޓެއްކަމަށް ބެލެވޭ ހާލަތްތަކާއި ނުވަތަ އެފަދަ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ނުވަތަ ވަޒީފާދޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން އަންނަކަން ކަށަވަރުކުރުމަށެވެ.

 

72 މާއްދާ - ބަލައި ފާސްކުރެވޭނެ ބާވަތްތައް

މި ބާބުގެ ދަށުން ބިދޭސީން ވަޒީފާ އަދާކުރާ ވަރކް ސައިޓްތައް ބަލައި ފާސްކުރެވޭނީ، ތރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

(ހ) ދުރާލައި އެންގުމަށްފަހު.

(ށ) ދުރާލައި ނޯޓިސް ދިނުމަކާ ނުލައި.

(ނ) ފޮލ-ޯއަޕް އިންސްޕެކްށަން.

(ރ) ރެންޑަމް އިންސްޕެކްށަން.

 

73 މާއްދާ - ސައިޓް ބަލައި ފާސްކުރާނެ އިންސްޕެކްޓަރުން ކަނޑައެޅުން

(ހ) ވަރކް ސައިޓްތައް ބަލައި ފާސްކުރުމެއްގައި އަމަލީގޮތުން ހަރަކާތްތެރިވާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅައިފައިވާ އިންސްޕެކްޓަރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރުންގެ ކިބައިގައި އޭނާއަކީ އެކަމަށް ޓަކައި އައްޔަނުކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި ވަރކް ސައިޓްތައް ބަލައި ފާސްކުރާ ހުރިހާ ވަގުތެއްގައި، އިންސްޕެކްޓަރުގެ އަތުގައި މި ލިޔުން އޮންނަންވާނެއެވެ.

(ނ) ބަލައި ފާސްކުރުމެއްގައި ހަރަކާތްތެރިވާ އިންސްޕެކްޓަރުންނަށް، ގާނޫނާ ހިލާފަށް ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓްތައްކަމަށް ބެލެވޭ ތަންތަނާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. ދުރާލައި އެންގުމަށްފަހު ނުވަތަ ދުރާލައި ނޯޓިސް ދިނުމަކާ ނުލައި، ވަރކް ސައިޓްތަކަށް ވަދެ، ބަލައި ފާސްކުރުން؛
  2. ވަރކް ސައިޓްތަކުގައި ތިބޭ މީހުންނާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުން؛
  3. ވަރކް ސައިޓްތަކުގައިވާ ގުޅުންހުރި ރިކޯޑުތަކާއި ލިޔުންތައް ބަލައި ކޮޕީ ހެއްދުމާއި، އެ ތަންތަނުގައިވާ ތަކެތީގެ ފޮޓޯނެގުން؛
  4. ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުން.

(ރ) މި ގަވާއިދުގެ ބޭނުމަށް ބަލައި ފާސްކުރަނީ މީހުން ދިރިއުޅޭ ތަނެއް ކަމުގައި ވާ ނަމަ، އިންސްޕެކްޓަރުން އެ ތަނަކަށް ވަންނަންވާނީ، ތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނުވަތަ އެފަދަ ހުއްދައެއް ނެތް ނަމަ، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ބ) ވަރކް ސައިޓެއް ބަލައި ފާސްކުރާ ވަގުތު، ވަޒީފާދޭ ފަރާތުން ނުވަތަ އެ ތަނުގައި ވިޔަފާރިކުރާ ފަރާތުން ނުވަތަ އެ ތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތަކަށް ހާޒިރުވެހުރެވިދާނެއެވެ.

 

74 މާއްދާ - ވަރކް ސައިޓްތައް ބަލައި ފާސްކުރުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައެޅުން

(ހ) ބަލައި ފާސްކުރުމެއްގައި، ގާނޫނާ ހިލާފަށް ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ސާބިތުވެއްޖެ ނަމަ، އެފަދަ ފަރާތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ހިލާފަށް ކުރަމުންދާ ވިޔަފާރި ހުއްޓުވުން؛
  2. ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ ވަރކްސައިޓް ބަންދުކުރުން؛
  3. ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރަމުންދާ ބިދޭސީންނާމެދު، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ފިޔަވަޅުއެޅުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން؛
  4. ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީ ފަރާތް ޖޫރިމަނާކުރުން؛
  5. ގަވާއިދާ ހިލާފަށް މަސައްކަތްކުރި ބިދޭސީއަކީ ވަކި ފަރާތެއްގެ ވަޒީފާގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ބިދޭސީއެއްކަމުގައި ވާ ނަމަ، އެ ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުން.

(ށ) ވަރކް ސައިޓްތައް ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވާ އިންސްޕެކްޓަރުން، ބަލައި ފާސްކުރުމުގައި، ތިރީގައިވާ ކަންކަން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ. 

  1. ބަލައި ފާސްކުރާ އިންސްޕެކްޓަރުންގެ މައުލޫމާތު؛
  2. ބަލައި ފާސްކުރާ ވަރކް ސައިޓުގެ މައުލޫމާތާއި، ބަލައި ފާސްކު ރާ ދުވަހާއި، ބަލައި ފާސްކުރި ވަގުތު؛
  3. ބަލައި ފާސްކުރަނީ މީހުން ދިރިއުޅޭ ތަނެއް ކަމުގައި ވާ ނަމަ، ބަލައި ފާސްކުރާ ތަނުގެ ވެރިފަރާތުން ހުއްދަ ދީފައިވާކަމުގެ ލިޔުން؛
  4. ވަރކް ސައިޓްގައި އެވަގުތު ހާޒި ރުވެތިބި މުވައްޒަފުންނާއި މީހުންގެ މައުލޫމާތު؛
  5. ތަނުގައިވާ ތަކެތީގެ ފޮޓޯ ނެގުމުގެ އިތުރުން، ތަނުން ފާހަގަކުރެވުނު ކަންކަމުގެ މައުލޫމާތު؛
  6. ތަނުން ނަގާ ނުވަތަ ނަކަލުކުރާ ރިކޯޑުތަކާއި، ލިޔެކިޔުމުގެ މައުލޫމާތު؛
  7. ވަރކް ސައިޓުގައި އެއްވެސް މީހަކާ ސުވާލުކޮށްފައިވާ ނަމަ، އެކަމުގެ މައުލޫމާތާއި، އެއްވެސް ފަރާތެއްގެ ބަޔާން ނަގައިފައިވާ ނަމަ، އެކަމުގެ ތަފުސީލު؛
  8. ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރަމުންދާ ބިދޭސީން އެ ތަނުގައި މަސައްކަތްކުރާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު؛
  9. ހާލަތަށް ރިއާޔަތްކޮށް، މިނިސްޓްރީން ރިކޯޑުކުރަން އަންގާ އިތުރު ކަންކަން.

 

 

ދިހަވަނަ ބާބު

ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުން

 

75 މާއްދާ - ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް ޓަކައި މިނިސްޓްރީން ހަދާ އެސެސްމަންޓަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީންނެވެ. އެގޮތުން ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ކަނޑައެޅުމުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ކަންކަން މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއް ގައުމަކުން އެންމެ ގިނައިން ހުއްދަދެވި ދިވެހިރާއްޖެއަށް ގެނެވޭނެ އަދަދު ކަނޑައަޅާނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ސަލާމަތާއި ދާހިލީ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތަށް ރިއާޔަތްކޮށްގެންނެވެ.

 

 

އެގާރަވަނަ ބާބު

އެހެނިހެން

 

76 މާއްދާ - ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން

މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދައެއް ހޯދުމަށް އެދި އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން، ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުގެ ސިއްރުކަން، މިނިސްޓްރީން ހިފަހައްޓަންވާނެއެވެ. އަދި ގާނޫނަކުން ބާރު ލިބިގެން ތަހުގީގީ އިދާރާއަކުން ހިންގާ ތަހުގީގަކަށް ނުވަތަ ކޯޓުގެ އަމުރަކަށް މެނުވީ، ވިޔަފާރީގެ ސިއްރު މައުލޫމާތު، ތިންވަނަ ފަރާތަކާ މިނިސްޓްރީން ހިއްސާކޮށްގެން ނުވާނެއެވެ.

 

77 މާއްދާ - ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަތަކަށް ނަގާ ފައިސާއާއި، އެކިއެކި ހިދުމަތްތަކަށް ނަގާ ފައިސާއާއި، ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާގެ އަދަދުތައް، ވަޒީފާދޭ ފަރާތުން ބަރާބަރަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަން ދަތިވާ ވަޒީފާދޭ ފަރާތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް، ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކާއެކު ހަމަޖައްސައިދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ފައިސާ ދެއްކުމަށް، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ދިނުން؛
  2. ފައިސާ ދައްކަންޖެހޭ ތަފުސީލާއި ދައްކަންޖެހޭ ތާރީހު ހިމެނުން؛
  3. ފައިސާ ނުދައްކައިފި ނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުން؛
  4. ވަޒީފާދޭ ފަރާތުގެ އިގުރާރު 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސެޓްލްމަންޓު އެގްރީމަންޓުގެ ދަށުން ފައިސާ ދައްކަމުންދާ ވަޒީފާދޭ ފަރާތްތަކަށް މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ދޫކުރުމުގައި ވަކި މިންގަނޑުތަކެއް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފުރުސަތެއް ހުޅުވައިލައިފައިވާ ނަމަ ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑެއް ކަނޑައަޅައިފި ނަމަ، މިނިސްޓްރީން އެކަން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ފައިސާ ދެއްކުމުގައި ވަޒީފާދޭ އެއްވެސް ފަރާތެއް އިސްތި ސްނާކޮށްގެން ނުވާނެއެވެ.

 

78 މާއްދާ - ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ނުވަތަ މީގެ ކުރިން އަމަލުކޮށްފައިވާ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީން ލީގަލައިޒްކުރުން ނުވަތަ ގަވާއިދުގެ ތެރެއަށް ފެއްތުމުގެ ޕުރޮގުރާމުތައް ހިންގުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޕުރޮގުރާމެއް ހިންގާ ނަމަ، އެ ޕުރޮގުރާމު ހިންގާނެ ތާރީހާ އި މުއްދަތު އެނގޭނޭ ހެން، އަދި ޕުރޮގުރާމު ހިންގާނެ ގޮތުގެ ތަފުސީލު، މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

 

79 މާއްދާ - ދިމާވާ ޓެކްނިކަލް މައްސަލަތަކަށް ހައްލު ހޯދުން

(ހ) އެކްސްޕެޓް ސިސްޓަމުގެ ނުވަތަ އެއާ ގުޅިފައިވާ އެއްވެސް ސިސްޓަމެއްގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ވަޒީފާދޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނުދެއްކި ނުވަތަ އެ ފަރާތުން ބޭނުންވާ ހިދުމަތެއް ނުލިބި ލަސްވާ ނަމަ، އެ ވަޒީފާދޭ ފަރާތަކަށް ސަރވިސް ސަސްޕެންށަނަކާ ނުލައި ހިދުމަތް ލިބޭނެ އިންތިޒާމު، މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، މަސައްކަތުގެ ބާވަތަށް ބެލުމަށްފަހު، ސަރވިސް ސަސްޕެންށަނަކާ ނުލައި ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

80 މާއްދާ - ނޯޓަރައިޒްކުރުން

(ހ) މި ގަވާއިދުގެ ދަށުން ނޯޓަރައިޒް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ނޯޓަރައިޒް ކުރެވޭނީ، ކަމާބެހޭ ގާނޫނުގެ ދަށުން ނުވަތަ ގަވާއިދުގެ ދަށުން ނޯޓަރައިޒް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް އެކަންޏެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޯޓަރީއަކު، އާންމު އުސޫލުން ނޯޓަރައިޒްކުރުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނޯޓަރައިޒްކޮށްފައިވާ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅައިފި ނަމަ، އެ ނޯޓަރީއަކީ، މި ގަވާއިދުގެ ބޭނުމަށް ބްލެކްލިސްޓުކޮށްފައިވާ ފަރާތެއްކަމަށް ކަނޑައަޅައި، ބްލެކްލިސްޓްކުރެވޭ މުއްދަތަށް އެ ފަރާތުން ނޯޓަރީކޮށްފައިވާ ލިޔެކިޔުންތައް ބަލައިނުގަންނަން މިނިސްޓްރީއަށް ނިންމިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ޕަބްލިކް ނޯޓަރީއެއް ނޯޓަރައިޒްކުރާ ލިޔެކިޔުންތައް މިނިސްޓްރީން ބަލައިނުގަންނަން ނިންމައިފައިވާ ނަމަ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިނިސްޓްރީން އެކަން އާންމުކުރަންވާނެއެވެ.

 

81 މާއްދާ - ޖަދުވަލުތައް

މި ގަވާއިދުގެ ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ، މި ގަވާއިދުގެ ޖަދުވަލުތައް ވެސް ހިމަނައިގެންނެވެ.

 

82 މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އި ބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ނުވަތަ "ވަޒީފާއާބެހޭ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށެވެ.

(ށ) "އެކްސްޕެޓް ސިސްޓަމް" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނާ ގުޅިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތަކާއި ޕާމިޓްތައް ދޫކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން މިނިސްޓްރީއާއެކު ކުރަންޖެހޭ މުއާމަލާތުތައް ކުރުމުގައި ބޭނުންކުރާ އޮންލައިން ސިސްޓަމަށެވެ.

(ނ) "ވަރކް ޕަރމިޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި، ވަޒީފާ އަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުންނަން ވަޒީފާއާބެހޭ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭ ހުއްދައަށެވެ.

(ރ) "ވަޒީފާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަކަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށެވެ.

(ޅ) "ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާ އަދާކުރަން އެންމެ ގިނަވެގެން ރާއްޖެ ގެނައުން ހުއްދަކުރާ ބީދޭސީންގެ އަދަދަށެވެ.

(ކ) "އެމްޕްލޯއިމަންޓް އެޖެންސީ" ކަމަށް ބުނެފައި އެވަނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަޒީފާދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން ނުވަތަ އެ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތްދޭ ސަރުކާރުގެ ދާއިރާތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ.

(އ) "ރެޕްރެޒެންޓޭޓިވް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ބަދަލުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތުތައް ކުރުމަށް ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތަށެވެ.

(ވ) "ގާނޫނީ އެހެނިހެން ށަހްސު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ދައުވާކުރުމާއި ދައުވާ އުފުލުމުގެ ހައްގު ލިބިދީފައިވާ ފަރާތްތަކަށެވެ.

(މ) "ވަރކްސައިޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގެންނަ ބިދޭސީން މަސައްކަތްކުރާ ތަނަށެވެ.

(ފ) "އޮކިއުޕޭށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގެންނަ ބިދޭސީން އަދާކުރާ މަގާމަށެވެ.

(ދ) "އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅޭން، ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.

(ތ) "ވަރކް ވީޒާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއަކަށް، އޭނާ ރާއްޖޭގައި މަސައްކަތްކުރަން ދޫކޮށްފައިވާ ހުއްދަކަމުގައިވާ ވާރކް ޕަރމިޓަށް ބިނާކޮށް، ވާރކް ޕަރމިޓުގެ މުއްދަތަށް ރާއްޖޭގައި ހުންނަން، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކުރާ ހުއްދައަށެވެ.

(ލ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރަން ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެ ފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީގޮތުން ނަގުލުވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.

(ގ) "ބިދޭސީ" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން ގެނެސްފައިވާ ކޮންމެ ބިދޭސީއަކަށެވެ.

(ޏ) "މިސިންގ އެބްސްކޮންޑް" ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ފިލައިގެން ދިއުމުން، ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާ މިސިންގ ރިކުއެސްޓް، ލޭބަރ ރިލޭށަންސް އޮތޯރިޓީ މެދުވެރިކޮށް ތަހުގީގުކޮށް ނިމުމުން، އެ ބިދޭސީއަކު ފިލައިފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލެއްނެތިކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ، ހުށަހަޅައިފައިވާ މިސިންގ ރިކުއެސްޓް، އެ ބިދޭސީއަކު ގަސްތުގައި ފި ލައިފައިވާކަމަށް ނިންމައި، ވަރކް ޕަރމިޓް ސްޓޭޓަސް "މިސިންގ އެބްސްކޮންޑް" އަށް ބަދަލުކުރާ ހާލަތަށެވެ.

(ސ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ސިސްޓަމް ޔޫޒަރ އެގްރީމަންޓް" ކަމަށް ބުނެފައި އެވަނީ، އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތައް ބަޔާންކޮށްފައިވާ، ސިސްޓަމް ބޭނުންކުރާ ފަރާތްތަކުން ސިސްޓަމް މެދުވެރިކޮށް ވެވޭ އެއްބަސްވުމަށެވެ.

(ޑ) "ސައިޓް ކްލިއަރެންސްގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ސައިޓެއްގައި މަސައްކަތްކުރަން ދީފައިވާ މުއްދަތު ހަމަވުމުން، އެ ސައިޓެއްގެ ދަށުން ރާއްޖެ ގެނެސްފައި ތިބި ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލަން ނުވަތަ ހުއްދަ އޮތް އެހެން ސައިޓަކަށް ބަދަލުކުރަން ނުވަތަ ވަޒީފާދޭ އެހެން ފަރާތެއްގެ ދަށަށް ބަދަލުކުރަން ދޭ މުއްދަތަށެވެ.

 

83 މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގެ 5 ވަނަ މާއްދާގެ (ބ) އަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ.

(ނ) މި ގަވާއިދުގެ 41 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ.

(ރ) މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގެ (19) ވަނަ ނަންބަރަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ.

(ބ) މި ގަވާއިދުގެ 47 ވަނަ މާއްދާގެ (އ) އަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީން އާންކޮށް އަންގައި އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ.

(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

 

84 މާއްދާ - އުވައިލެވޭ ގަވާއިދު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިހައިތަނަށް އަމަލުކުރަމުންއައި ގަވާއިދު ނަންބަރު 2023-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގެ ދަށުން ހޯދައިފައިވާ ކޯޓާއާއި ހުއްދަތަކާއި ޕަރމިޓްތައް، މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، އެ ކޯޓާއާއި ހުއްދައާއި ޕަރމިޓް ދޫކޮށްފައިވާ މުއްދަތަށް ދެމިއޮންނާނެއެވެ.

 

ޖަދުވަލު 1

ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދޭން ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީ ވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދޭން ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދޭން ބޭނުންކުރާ ސިސްޓަމްގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގައި އަމަލުކުރާން ގޮތުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން ނަގަންޖެހޭ ހުއްދަތަކަށް އެދި ހުށަހެޅުމަށާއި، އެ ހުއްދަތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތުތައް ކުރުމަށާއި، ބިދޭސީންނާ ގުޅުންހުރި މައުލޫމާތު މެނޭޖްކޮށް ބަލަހައްޓައި، ހުއްދަތައް ދޫކުރަން ބޭނުންކުރަންވާނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ އެކްސްޕެޓް ސިސްޓަމެވެ.

 

4 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުން

(ހ) އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ އެންމެހައި ފަރާތްތައް މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ވަޒީފާދޭ ފަރާތްތައް އެ ސިސްޓަމުގައި ރަޖިސްޓަރީކޮށްދެވޭނީ، އަންނަ ނިވި ބާވަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ބާވަތަކަށެވެ. 

  1. އަމިއްލަ ފަރުދުން؛
    1. ދިވެހި ރައްޔިތެއް،
    2. އަމިއްލަ ފަރުދުންގެ ވިޔަފާރި،
  2. ދައުލަތުގެ ބާރުތަކާއި އިދާރާތައް؛
    1. ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތައް،
    2. ރައްޔިތުންގެ މަޖިލިސް،
    3. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް،
    4. ސަރުކާރުގެ ވުޒާރާއެއްގެ ނުވަތަ އިދާރާއެއްގެ ގޮތުގައި ނުހިމެނޭ މިނިވަން މުސްތަގިއްލު މުއައްސަސާތަކާއި އިދާރާތައް،
  3. ގާނޫނީ އެހެނިހެން ށަހްސުތައް؛
    1. ޖަމުއިއްޔާ ޖަމާއަތް.
    2. ސިޔާސީ ޕާޓީ.
    3. އެހެނިހެން ގާނޫނީ ށަހްސް.
  4. ބިޒްނަސް އެންޓިޓީ /ވިޔަފާރި ށަހްސު؛
    1. ޕްރައިވެޓް ކުންފުނި.
    2. ޕަބްލިކް ކުންފުނި.
    3. ދައުލަތުގެ ކުންފުނި.
    4. ލޯކަލް އޮތޯރިޓީ ކުންފުނި.
    5. ޖެނެރަލް ޕާޓްނަރށިޕް.
    6. ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕް.
    7. ކޯޕަރޭޓިވް ސޮސައިޓީ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކްސްޕެޓް ސިސްޓަމާ ގުޅުންހުރި ހިދުމަތްދޭ ފަރާތްތައް ސިސްޓަމުގައި ރަޖިސްޓަރީކޮށްދެވޭނީ އަންނަ ނިވި ބާވަތްތަކުގެ ތެރެއިން ކޮންމެވެސް ބާވަތަކަށެވެ.

  1. ވިޔަފާރި އުސޫލުން އެކަމަޑޭށަނު ގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތެއް؛
  2. ވަރކް ޕާމިޓް މެޑިކަލްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއް؛
  3. ވަރކް ޕާމިޓް މެޑިކަލް އިންށުއަރެންސް ފޯރުކޮށްދޭ ފަރާތެއް،

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ވަޒީފާދޭ ފަރާތެއްގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ސިސްޓަމުގައި ރަޖިސްޓަރީކޮށްދެވޭނީ، އަންނަނިވި ފަރާތްތަކެވެ.

  1. ވަޒީފާދޭ ފަރާތުގެ ދިވެހި މުވައްޒަފެއް؛
  2. ކެޓަގަރީ A ގެ ލައިސަންސް ނުވަތަ ކެޓަގަރީ B ގެ ލައިސަންސް ލިބިފައިވާ އެމްޕްލޯއިންމަންޓް އެޖެންސީ؛
  3. ވަޒީފާދޭ ފަރާތުން އައްޔަނުކުރާ އަމިއްލަ ފަރުދެއް،

 

5 ވަނަ މާއްދާ - ރަޖިސްޓަރީވުމަށް އެދި ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ، ގާނޫނު ނަންބަރު 19/2014 (އ)ަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު( ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ށ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮ ށްފައިވާ ދައުލަތުގެ ބާރުތަކާއި އިދާރާތަކާއި ގާނޫނީ އެހެނިހެން ށަހްސުތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1.  ސިސްޓަމުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާ އިދާރާގެ ލިޔުން ނުވަތަ ގަރާރު؛
  2. ރަޖިސްޓަރީވާން އެދެނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދައިފައިވާ އިދާރާއަކުން ނަމަ، އެކަން އެނގޭނެ ފަދަ ލިޔުމެއް؛
  3. ރަޖިސްޓަރީވާން އެދެނީ ގާނޫނީ ށަހްސަކުން ނަމަ، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރަން އާންމު ޖަލްސާއިން ފާސްކޮށްފައިވާ ހާއްސަ ގަރާރާއި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކުލަ ކޮޕީ.

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތައް ފިޔަވައި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނާއި، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ އިދާރާތައް މި އުސޫލުގެ ބޭނުމަށް ޓަކައި ބަލާނީ ދައުލަތުގެ އިދާރާއެއް ކަމުގައެވެ.

(ރ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބިޒްނަސް އެންޓިޓީ ނުވަތަ ވިޔަފާރި ށަހްސުތައް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާއިރު، އެ ބިޒްނަސް އެންޓިޓީއަކުން ނުވަތަ ވިޔަފާރި ށަހްސަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން ނިންމައިފައިވާކަން އަންގައިދޭ ނޯޓަރައިޒްޑް ބޯޑު ރިޒޮލިއުށަނެއް ހުށަހަޅަންވާނެއެވެ.

(ބ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވިޔަފާރި އުސޫލުން އެކަމަޑޭށަނުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާއިރު، ފުރިހަމަކޮށްފައިވާ އެކަމަޑޭށަން ފެސިލިޓީ ރެޖިސްޓްރޭށަން ފޯމާއި، ސިސްޓަމުގައި ރަޖިސްޓަރީވާން ނިންމައިފައިވާކަން އަންގައިދޭ ނޯޓަރައިޒްޑް ބޯޑު ރިޒޮލިއުށަނެއް ހުށަހަޅަންވާނެއެވެ.

(ޅ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް މެޑިކަލްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާއިރު، ފުރިހަމަކޮށްފައިވާ ވަރކް ޕަރމިޓް މެޑިކަލް ސަރވިސް ރަޖިސްޓްރޭށަން ފޯމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭށަންގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކުލަ ކޮޕީއަކާއި، މިނިސްޓްރީ އޮފް ހެލްތާއެކު ހަދައިފައިވާ ވޯރކް ޕަރމިޓް މެޑިކަލް ހަދަން ހުއްދަ ދިނުމުގެ އެއްބަސްވުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީއާއި، ސިސްޓަމުގައި ރަޖިސްޓަރީވާން ނިންމައިފައިވާކަން އަންގައިދޭ ނޯޓަރައިޒްޑް ބޯޑު ރިޒޮލިއުށަނެއް ހުށަހަޅަންވާނެއެވެ.

(ކ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް މެޑިކަލް އިންށުއަރެންސް ފޯރުކޮށްދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާއިރު، ފުރިހަމަކޮށްފައިވާ ވަރކް ޕަރމިޓް މެޑިކަލް އިންށުއަރެންސް ރަޖިސްޓްރޭށަން ފޯމާއި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ އިންށުއަރެންސް ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސްގެ ކުލަ ކޮޕީއަކާއި، ސިސްޓަމުގައި ރަޖިސްޓަރީވާން ނިންމައިފައިވާކަން އަންގައިދޭ ނޯޓަރައިޒްޑް ބޯޑު ރިޒޮލިއުށަނެއް ހުށަހަޅަންވާނެއެވެ.

(އ) މި އުސޫލުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދި ހުށަހަޅާ 
ފަރާތަކީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓަރީވާންޖެހޭ ފަރާތެއް ނަމަ ނުވަތަ އެ ފަރާތުން ފޯރުކޮށްދޭ ހިދުމަތަކާ ގުޅިގެން ދައުލަތުގެ އިދާރާއަކުން އެއްވެސް ހުއްދައެއް ނަގަންޖެހޭ ފަރާތެއް ނަމަ، މި އުސޫލުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން ހުށަހެޅުމުގެ ކުރިން، ރަޖިސްޓްރޭށަ ނަށް ބޭނުންވާ ހުއްދަތައް ނަގަންވާނެއެވެ. އެއްވެސް ސަބަބަކާ ހުރެ، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން ހުށަހަޅާއިރު ނަގަންޖެހޭ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގައިފައި ނުވާ ނަމަ ނުވަތަ ރަޖިސްޓަރީކުރަންޖެހޭ އިދާރާއެއްގައި ރަޖިސްޓަރީވެފައި ނުވާ ނަމަ، މި މާއްދާގެ ބޭނުމަށް އެ ފަރާތެއް ބަލާނީ، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން ށަރުތު ހަމަނުވާ ފަރާތެއްގެ ގޮތުގައެވެ.

(ވ) މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން އެސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރާ ވަޒީފާދޭ ފަރާތަކީ ދައުލަތުގެ އިދާރާއަކުން ދޫކުރާ ހުއްދައެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވާ ނަމަ، އެފަދަ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރެވޭނީ، އެ ހުއްދައިގެ މުއްދަތަށެވެ.

(މ) މި މާއްދާގެ ބޭނުމަށް ހުށަހަޅާ ބޯޑު ރިޒޮލިއުށަން ނުވަތަ ކުންފުނީގެ ބޯޑުގެ ގަރާރާއި ލިޔުން ވާންޖެހޭނީ، މިނިސްޓްރީން އާންމުކުރާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކަށެވެ. މި ނޫން ގޮތަކަށް އެކުލަވައިލައިފައިވާ ބޯޑު ރިޒޮލިއުށަން ނުވަތަ ގަރާރާއި ލިޔުންތަކާއި، މިނިސްޓްރީން އާންމުކުރާ ނަމޫނާ ބޯޑު ރިޒޮލިއުށަނުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނޫން ލިޔުންތަކަކީ މި މާއްދާގެ ބޭނުމަށް ސައްހަ ލިޔެކިޔުންތަކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.

(ފ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތުގެ ދިވެހި މުވައްޒަފުންނާއި ވަޒީފާދޭ ފަރާތުން އައްޔަނުކުރާ އަމިއްލަ ފަރުދުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވެރިފައިޑް އ-ީފާސް އެކައުންޓެއް މެދުވެރިކޮށެވެ.

(ދ) މި މާއްދާގެ (ފ) ގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ވަޒީފާދޭ ފަރާތުގެ ދިވެހި މުވައްޒަފުންނަކީ ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ތ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ ވަޒީފާދޭ ފަރާތްތަކަށް ވިއު ޔޫޒަރ އެކައުންޓް ހަދައިދެވޭނީ، އެ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތްތަކަށް އެކަންޏެވެ.

 

6 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުން ރެޕްރެޒެންޓޭޓިވްއެއް އައްޔަނުކުރުމާއި ވަކިކުރުން

އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ކޮންމެ ފަރާތްތަކަށް މި އުސޫލުގެ ދަށުން ރެޕްރެޒެންޓޭޓިވްއެއް އައްޔަނުކުރަން އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާނެ ގޮތާއި، އަދި ރެޕްރެޒެންޓޭޓިވްއެއް ވަކިކުރަން ބޭނުންވާނެ ލިޔެކިޔުންތަކާއި ހުށަހަޅާނެ ގޮތުގެ ތަފުސީލު، މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގެ އެކައުންޓް ޑީއެކްޓިވޭޓްކުރުން

(ހ) މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްގެ އެކްސްޕެޓް ސިސްޓަމުގެ އެކައުންޓް ޑީއެކްޓިވޭޓްކުރެވޭނީ، ޑީއެކްޓިވޭޓްކުރަން އެދޭ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި އެކްޓިވް އެއްވެސް ހުއްދައެއް ނެތްނަމައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ބާރަކުން ނުވަތަ އިދާރާއަކުން ނުވަތަ ގާނޫނީ އެހެނިހެން ށަހްސަކުން ނުވަތަ ވިޔަފާރި ށަހްސަކުން ނުވަތަ ބިޒްނަސް އެންޓިޓީއަކުން އެކައުންޓު ޑީއެކްޓިވޭޓްކުރަން އެދި ހުށަހަޅާއިރު، މިނިސްޓްރީން އާންމުކުރާ ނަމޫނާ ލިޔުން ނުވަތަ ބޯޑު ރިޒޮލިއުށަނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ނޯޓަރައިޒްޑް ލިޔުމެއް ހުށަހަޅަންވާނެއެވެ. މިނޫން ގޮތަކަށް އެކުލަވައިލައިފައިވާ ބޯޑު ރިޒޮލިއުށަން ނުވަތަ ލިޔުންތަކާއި، މިނިސްޓްރީން އާންމުކުރާ ނަމޫނާގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނޫން ލިޔުންތަކަކީ މި މާއްދާގެ ބޭނުމަށް ސައްހަ ލިޔެކިޔުންތަކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބާތިލުކޮށްފައިނުވާ ހުރިހާ ހުއްދައެއް ބަލާނީ، އެކްޓިވް ހުއްދަތަކުގެ ގޮތުގައެވެ.

 

8 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް 

(ހ) މި އުސޫލުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެ، އެކްސްޕެޓް ސިސްޓަމު ބޭނުންކުރާ ފަރާތްތަކުން ސިސްޓަމް ބޭނުންކުރަންވާނީ، ސިސްޓަމުގެ ޔޫޒަރ އެގްރީމަންޓާ ހިލާފުނުވާނޭ ގޮތެއްގެ މަތީންނެވެ.

(ށ) އެކްސްޕެޓް ސިސްޓަމް ބޭނުންކޮށްގެން ހިދުމަތެއް ހޯދަން އެދި ހުށަހަޅާއިރު ފޯރުކޮށްދޭ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރު ކުރަންވާނެއެވެ.

(ނ) އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކޮށް ހުށަހަޅާ ލިޔެކިޔުންތަކާއި ދޮގު މައުލޫމާތު ހިމެނޭ ލިޔެކިޔުންތައް ހުށަހަޅައިފި ނަމަ، އެ މައުލޫމާތު ހުށަހެޅި ފަރާތަކުން ޒިންމާވާން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މައުލޫމާތު ހުށަހެޅި ފަރާތަކީ ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވްއެއް ނަމަ، މައުލޫމާތު ހުށަހެޅި ފަރާތާއެކު،
ވަޒީފާދޭ ފަރާތް ޒިންމާވާން ޖެހޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކޮށް ހުށަހަޅާ ފަރާތްތަކާއި ދޮގު މައުލޫމާތު ހުށަހަޅާ ފަރާތްތަކަށް، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ. އަދި އެ މައްސަލައެއް ތަހުގީގުކޮށްދޭން އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.
(ޅ) އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކުން، މިނިސްޓްރީން އަންގައިފި ހިނދެއްގައި، މިނިސްޓްރީއަށް ދީފައިވާ ޔޫޒަރއާ ގުޅުންހުރި މައުލޫމާތުތައް އަދާހަމަކުރަންވާނެއެވެ.

(ކ) އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރަން ހުއްދަ ދިނުން ނުވަތަ މި ނޫން އެހެން ގޮތަކަށް ވެސް ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ. އަދި އެ އަމަލަކީ ޖިނާއީ ކުށެއް ހިމެނޭ އަމަލެއް ކަމުގައި މިނިސްޓްރީއަށް ފެނިއްޖެ ނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާދޭ ފަރާތަށް ނޭނގި ނުވަތަ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނޭނގި، އެ ފަރާތުގެ އެކައުންޓް އެހެން ފަރާތަކުން ބޭނުންކުރަމުން އަންނަކަން އެނގިއްޖެ ނަމަ ނުވަތަ ށައްކުކުރެވިއްޖެ ނަމަ، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިފަދަ ށަކުވާއެއް މިނިސްޓްރީއަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ދޭން އެދި، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.

(ވ) މި އުސޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވާ ފަރާތަކާމެދު ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔޫޒަރ އެގްރީމަންޓާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. އަދި އެ ކަމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ހިމެނޭ މައްސަލައެއް ނަމަ، ކަމާބެހޭ ތަހުގީގީ އިދާރާއަކަށް އެ މައްސަލައެއް ތަހުގީގުކޮށްދޭން އެދި ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތުގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ރަޖިސްޓަރީކޮށް ހުއްދަ ދޫކޮށްފައިވާ ފަރާތެއްގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރަން ހުއްދަ ދިނުން ނުވަތަ މި ނޫން އެހެން ގޮތަކަށް ވެސް ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކޮށްގެން
ނުވާނެއެވެ.

 

10 ވަނަ މާއްދާ - މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

މި އުސޫލުގައިވާ މާއްދާތަކާ ހިލާފަށް، އަންނަނިވި ކަންކަން ކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ފިޔަވަޅު އެޅުމުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ހ) ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތައް،

(ށ) ށައްކުކުރެވޭ މައުލޫމާތު ހުށަހަޅާ ފަރާތްތައް،

(ނ) ޖިނާއީ ކުށެއް އެކުލެވޭ މުއާމަލާތު ހުށަހަޅާ ފަރާތްތައް،

(ރ) ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތައް.

 

 

ޖަދުވަލު 2
ބިދޭސީން ވަޒީފާއަށް ގެންނަން ކޯޓާ ދޫކުރުމާބެހޭ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަން ބޭނުންވާ ކޯޓާއަށް އެދުމުގައްޔާއި ކޯޓާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ބިދޭސީން ވަޒީފާއަށް ގެންނަން ކޯޓާ ދޫކުރުމާބެހޭ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ކޯޓާ

މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ބިދޭސީއަކު ގެނެވޭނީ، މި އުސޫލުގެ ދަށުން ވަޒީފާދޭ ފަރާތަށް ދޫކުރާ ކޯޓާއަކަށެވެ.

 

4 ވަނަ މާއްދާ - ކޯޓާ ޕޫލް

(ހ) ވަޒީފާދޭ ފަރާތުން ރަޖިސްޓަރީކުރާ ވަރކްސައިޓްތަކުގެ ބާވަތަށް ބަލައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ވަޒީފާދޭ ފަރާތަށް، މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ދޫކުރާ ކޯޓާތައް ވަކި ޕޫލެއްގެ ގޮތުގައި ދޫކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޯޓާތަކަކީ ޕަރމަނަންޓް ކެޓަގަރީ ކޯޓާތަކެއް ނަމަ، އެ ކޯޓާ ޕޫލުގައި 1 (އެކެއް) ވަރކްސައިޓަށް ވުރެ ގިނަ ބާވަތުގެ ވަރކްސައިޓް ހިމެނިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިއުލާނުކުރާ މަސައްކަތުގެ ބާވަތުގެ ކޯޓާ ޕޫލްތަކުގައި 1 (އެކެއް) ވަރކްސައިޓަށް ވުރެ ގިނަ ވަރކްސައިޓެއް ނުހިމެނޭނެއެވެ. 

(ރ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޯޓާތަކަކީ، ޕްރޮޖެކްޓް ކެޓަގަރީ ކޯޓާތަކެއް ނަމަ، އެ ކޯޓާ ޕޫލުގައި 1 (އެކެއް) ވަރކްސައިޓަށް ވުރެ ގިނަ ބާވަތުގެ ވަރކްސައިޓް ހިމެނިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޖެކްޓް ކޯޓާ ޕޫލުގައި ހިމަނާ ވަރކްސައިޓްތަކަކީ، އެ ޕްރޮޖެކްޓާ ގުޅިގެން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓްތަކެއް ކަމުގައި ވާންޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ކޯޓާ ސްލޮޓް

މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން ކޯޓާ ޕޫލަކަށް ދޫކޮށްފައިވާ ކޯޓާއެއް ޔޫޓިލައިޒްކޮށް، ވަޒީފާދޭ ފަރާތުން ބިދޭސީއަކު ގެންނަން ބޭނުންވާ ނަމަ، ގެންނަން ބޭނުންވާ ބިދޭސީއަކު އަދާކުރާނެ މަގާމަށް އެ ސްލޮޓެއް އެލޮކޭޓްކޮށް، މި ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާ - ކޯޓާއަށް އެދުން

މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓަކަށް ނުވަތަ ވަރކްސައިޓްތަކަކަށް ކޯޓާއަށް އެދި ހުށަހަޅާއިރު، ކޯޓާއަށް އެދި ހުށަހަޅާ ވަރކްސައިޓަކީ ކޮބައިކަމާއި، ކޯޓާއަށް އެދޭ މަގާމުތަކާއި، ކޯޓާއަށް އެދޭ މިންވަރު ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭ ކެޓަގަރީތައް

މި އުސޫލުގެ ދަށުން ބިދޭސީން ގެންނަން، ވަޒީފާދޭ ފަރާތްތަކަށް ކޯޓާ ދޫކުރެވޭނީ، އަންނަނިވި ކެޓެގަރީތަކަށެވެ.

(ހ) ޕަރމަނަންޓް ކޯޓާ،

(ށ) ޕްރޮޖެކްޓް ކޯޓާ،

 

8 ވަނަ މާއްދާ - ޕަރމަނަންޓް ކޯޓާ

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ޕަރމަނަންޓް ކޯޓާއަކީ، މަސައްކަތުގެ ދާއިރާއަށް ބަލައި، ވަކި މުއްދަތެއް ނެތްގޮތަށް ދޫކުރާ ކޯޓާއެވެ.

(ށ) މި އުސޫލުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ވަކި މަސައްކަތުގެ ބާވަތަށް ދޫކުރެވޭނީ އެންމެ ޕަރމަނަންޓް ކޯޓާ ޕޫލެކެވެ.

 

9 ވަނަ މާއްދާ - ޕްރޮޖެކްޓް ކޯޓާ

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ދޫކުރެވޭ ޕްރޮޖެކްޓް ކޯޓާއަކީ، ވަކި ހާއްސަ ޕްރޮޖެކްޓަކާ ގުޅިގެން ނުވަތަ މަސައްކަތަކާ ގުޅިގެން އެ ޕްރޮޖެކްޓުގެ މުއްދަތަށް، ވަޒީފާދޭ ފަރާތަށް ދޫކުރާ ކޯޓާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕްރޮޖެކްޓެއްގެ މުއްދަތު ހަމަވެއްޖެ ނަމަ، ކޯޓާ ދޫކޮށްފައިވާ ސައިޓުގެ ސްޓޭޓަސް "ސައިޓް ކްލިއަރެންސް" އަށް ބަދަލުވާނެއެވެ. އަދި ސައިޓް ކްލިއަރެންސްގެ މުއްދަތުގެ ތެރޭގައި އެ ޕްރޮޖެކްޓާ ގުޅިގެން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށް، އެ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ހުއްދަތައް، ވަޒީފާދޭ ފަރާތުން ބާތިލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރުމުގެ ބަދަލުގައި، ވަޒީފާދޭ ފަރާތުގެ ޕަރމަނަންޓް ކޯޓާއަކަށް ނުވަތަ ވަޒީފާދޭ ފަރާތުގެ އެހެން ޕްރޮޖެކްޓެއްގެ ކޯޓާއަކަށް، އެ ކޯޓާ ބަދަލުކުރުމުގެ އިހުތިޔާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓުގެ މުއްދަތު ހަމަވ،ެ ކޯޓާ ސްލޮޓުގެ މުއްދަތު ހަމަވާއިރު، އެ ކޯޓާ ސްލޮޓުގައި އެކްޓިވް ވަރކް ޕަރމިޓެއް އޮތް ނަމަ، އެ ކޯޓާ ސްލޮޓަކަށް ޕްރޮޖެކްޓުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ކޯޓާ ފީ ދައްކަން ޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑް

(ހ) މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ކޯޓާއަކީ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ކޯޓާއެއް ނަމަ، އެ ޕްރޮޖެކްޓުގެ ބާވަތުން، ޕްރޮޖެކްޓުގެ މަސައްކަތްތައް ނިމޭފަހުން "ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑް" ގެ މުއްދަތަށް ވަރކްސައިޓަށް ދީފައިވާ ކޯޓާގެ މުއްދަތު އިތުރުކުރަން ވަޒީފާދޭ ފަރާތުން އެދިއްޖެ ނަމަ، ވަޒީފާދޭ ފަރާތަށް އެ ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑުގެ ތެރޭގައި ވަޒީފާދޭ ފަރާތުން ބޭނުންކުރަން ބޭނުންވާ ސްލޮޓްތަކުގެ ތަފުސީލު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑުގެ މުއްދަތު ފަށާއިރު، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު މިނިސްޓްރީއާ ހިއްސާނުކުރާ ވަޒީފާދޭ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

11 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭނެ ދާއިރާތައް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަން ކޯޓާތައް ދޫކުރެވޭނީ އަންނަނިވި ދާއިރާތަކަށެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ދޫކުރާ ކޯޓާ،

(ށ) ދައުލަތުގެ އިދާރާތަކަށް ދޫކުރާ ކޯޓާ،

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތައް ނުހިމެނޭހެން، ގާނޫނީ އެހެނިހެން ށަހްސުތަކަށް ދޫކުރާ ކޯޓާ،

(ރ) ގެވެށި މަސައްކަތަށް ދޫކުރާ ކޯޓާ.

 

12 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ދޫކުރާ ކޯޓާ

(ހ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓާ ދޫކުރެވޭނީ، ކޯޓާއަށް އެދޭ ވިޔަފާރިއަކީ ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އާއެއްގޮތްވާ ގޮތުގެ މަތީން، އެ ވިޔަފާރިއަކުން ހިންގާ ވިޔަފާރި ހަރަކާތްތައް
ރަޖިސްޓަރީކޮށްގެން ހިންގަމުންއަންނަ ވިޔަފާރިއެއް ކަމުގައި ވާ ނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ދޫކުރެވޭ މަސައްކަތްތަކަށް ކޯޓާ ދޫކުރެވޭނީ، އެ މަސައްކަތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ނުވަތަ ހޯދަންޖެހޭ ހުއްދަތަކާއި ރަޖިސްޓްރޭށަންތައް ފުރިހަމަކޮށް އެފަދަ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.

 

13 ވަނަ މާއްދާ - ދައުލަތުގެ އިދާރާތަކަށް ދޫކުރާ ކޯޓާ

(ހ) މި އުސޫލުގެ ދަށުން ދައުލަތުގެ އިދާރާތަކަށް ދޫކުރެވޭނީ، އިދާރީ މަގާމުތަކަށް ބޭނުންވާ މުވައްޒަފުންނާއި، އެ އިދާރާއަކުން ދޭ ހިދުމަތަކަށް ބޭނުންވާ ޕްރޮފެށަނަލް މަގާމުތަކަށް ދޫކުރާ ކޯޓާއެވެ.

(ށ) ދައުލަތުގެ އިދާރާއަކުން ހިންގާ ވިޔަފާރިއަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ކޯޓާ ދޫކުރެވޭނީ، މި އުސޫލުގެ 12 ވަނަ މާއްދާގެ ދަށުންނެވެ.

 

14 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތައް ނުހިމެނޭހެން ގާނޫނީ އެހެނިހެން ށަހްސުތަކަށް ދޫކުރާ ކޯޓާ

މި އުސޫލުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތައް ނުހިމެނޭހެން ގާނޫނީ އެހެނިހެން ށަހްސުތަކަށް ކޯޓާ ދޫކުރެވޭނީ، އެ ށަހްސެއްގެ ބާވަތަށް ބަލައި، އިދާރީ މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ގެންނަން ބޭނުންވާ ކޯޓާއާއި، އެ ށަހްސަކީ ވަކި ބާވަތެއްގެ މަސައްކަތެއް ކުރަމުން އަންނަ ށަހްސެއް ނަމަ، އެ މަސައްކަތަށް ބޭނުންވާ ޕްރޮފެށަނަލް ފަރާތްތައް ގެންނަން ބޭނުންވާ ކޯޓާ އެކަންޏެވެ.

 

15 ވަނަ މާއްދާ - ޑޮމެސްޓިކް ކެޓަގަރީ ކޯޓާ

(ހ) މި ގަވާއިދުގެ ދަށުން ޑޮމެސްޓިކް ކެޓެގަރީގެ ކޯޓާ ދޫކުރެވޭނީ، ކޯޓާއަށް އެދިފައިވާ މަގާމަކީ ގެވެށި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރަން ބިދޭސީން ގެނެވޭނެ މަގާމެއްގެ ގޮތުގައި މިނިސްޓްރީން އާންމުކޮށްފައިވާ މަގާމެއް ކަމުގައި ވާ ނަމައެވެ.

(ށ) މި އުސޫލުގެ ދަށުން ގެވެށި މަސައްކަތް ކުރަން ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ 3 (ތިނެއް) ކޯޓާއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާދޭ ފަރާތުގެ މާލީ ގާބިލުކަމާއި ހާލަތަށް ރިއާޔަތްކޮށް، 3 (ތިނެއް) ކޯޓާއަށް ވުރެ ގިނައިން ކޯޓާ ދޫކުރުމުގެ އިހުތިޔާރު، މިނިސްޓް ރީއަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ކޯޓާ ސްލޮޓްފީ ދެއްކުމަކާ ނުލައި ބިދޭސީން ގެނައުން

މި އުސޫލުގެ 15 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އާންމުކުރާ މަގާމުތަކުގެ ތެރެއިން، އަންނަނިވި މަގާމުތަކަށް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ކޯޓާ ސްލޮޓްފީ ދެއްކުމަކާ ނުލައި، ވަޒީފާ އަދާކުރަން ބިދޭސީން ގެނެވިދާނެއެވެ.

(ހ) ގޭތެރޭގެ މަސައްކަތްކުރަން ނުވަތަ އެހީތެރިވާން ގެންނަ ބިދޭސީން.

(ށ) ބަލިމީހާއަށް އެހީތެރިވާން ގެންނަ ބިދޭސީ އެޓެންޑެންޓުން.

 

17 ވަނަ މާއްދާ - ކޯޓާ ދޫކުރާނެ އަދަދު ކަނޑައެޅުން

(ހ) މި ގަވާއިދުގައި އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި އުސޫލުގެ ދަށުން ވަޒީފާދޭ ފަރާތަށް ދޫކުރާ ކޯޓާގެ އަދަދު ކަނޑައަޅާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

  1. ވަރކްސައިޓް ރަޖިސްޓަރީކުރާއިރު ހުށަހަޅާ މައުލޫމާތުތަކަށް ބަލައިގެން އެ މަސައްކަތެއް ކުރަން ބޭނުންވާނެ މަސައްކަތްތެރީންގެ އަދަދު؛
  2. އެ ވަޒީފާދޭ ފަރާތުން ގެންގުޅޭ ދިވެހި މުވައްޒަފުންގެ އަދަދު؛
  3. ވަޒީފާދޭ ފަރާތުގެ މާލީ ގާބިލުކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މަސައްކަތުގެ ބާވަތުން، ވަޒީފާދޭ ފަރާތަށް މި އުސޫލުގެ ދަށުން ލިބޭނެ ކޯޓާގެ އަދަދު އެނގޭނެ އިންތިޒާމެއް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 

18 ވަނަ މާއްދާ - ކޯޓާ ސްލޮޓް ޔޫޓިލައިޒްކުރުން

(ހ) މި ގަވާއިދުގެ ދަށުން އެލޮކޭޓްކުރާ ކޯޓާއަކަށް ބިދޭސީއަކު ގެނެވޭނީ، އެ ވަޒީފާއަކީ ދިވެއްސަކު ހޯދުމަށް އެދި ނޭށަނަލް ޖޮބް ސެންޓަރުގައި އިއުލާނުކުރަންޖެހޭ ފަދަ ވަޒީފާއެއް ނަމަ، އެ ވަޒީފާއަށް ދިވެއްސަކު ހޯދުމަށް އެދި ނޭށަނަލް ޖޮބް ސެންޓަރުގައި މަދުވެގެން 7 (ހަތެއް) ދުވަހު އިއުލާނުކޮށް، އެކަށީގެންވާ ދިވެއްސަކު ނުލިބިއްޖެ ނަމައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޖޮބް ސެންޓަރުގައި ކުރާ އިއުލާނުގައި، ވަޒީފާދޭ ފަރާތުން ބޭނުންވާ މުވައްޒަފުންގެ އަދަދާއި، އެ ވަޒީފާގެ މަގާމާ ގުޅޭ އެހެނިހެން މައުލޫމާތު ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކޯޓާ ބޭނުންކުރަން އެދޭއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއުލާނުކުރިތާ 3 (ތިނެއް) މަސް ދުވަސް ފާއިތުވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއުލާނާ ގުޅިގެން އެ ވަޒީފާއަށް ދިވެއްސަކު ކުރިމަތިލައިފި ނަމަ، އެ ފަރާތެއްގެ ޖޮބް އެޕްލިކޭށަނާމެދު ނިންމި ގޮތެއް، ނޭށަނަލް ޖޮބް ސެންޓަރު މެދުވެރިކޮށް، ވަޒީފާއަށް ކުރިމަތިލި ފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކޯޓާ ބޭނުންކުރާއިރު، އެ ކޯޓާގެ ދަށުން ވަޒީފާއަށް ގެންނަންވާނީ، މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޖޮބް ސެންޓަރުގައި ކުރާ އިއުލާނުގައި ބަޔާންކޮށްފައިވާ ވަޒީފާގެ ށަރުތުތަކުގެ ތެރޭގައި ހިމެނޭ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާގެ ށަރުތު ފުރިހަމަވާ ބިދޭސީއެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކޯޓާގެ ދަށުން ވަޒީފާއަށް ގެނެވޭ ފަރާތަށް ދޭންވާނީ، ނެށަނަލް ޖޮބް ސެންޓަރުގައި އިއުލާނުކުރި މުސާރައާއި އިނާޔަތެވެ.

(ކ) މި މާއްދާގެ ދަށުން ކޯޓާ ސްލޮޓެއް ޔޫޓިލައިޒްކުރެވޭނީ، މަސައްކަތުގެ ބާވަތަށް ބަލައި، ކޯޓާ ޕޫލާއި އެކްޓިވް ވަރކްސައިޓެއް ލިންކުކޮށްފައިވާ ނަމައެވެ.

 

18 ވަނަ މާއްދާ - ކޯޓާ ޕޫލަށް ދޫކޮށްފައިވާ މަގާމުތައް ބަދަލުކުރުން

(ހ) މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން ކޯޓާ ޕޫލަށް ދޫކުރާ މަގާމަށް، ވަޒީފާދޭ ފަރާތުން އެއްވެސް ބަދަލެއް ގެނެވޭނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ށ) މި މާއްދާގެ ދަށުން ކޯޓާ ޕޫލުގެ މަ ގާމެއް ބަދަލުކުރަން ހުށަހެޅި ނަމަވެސް، އެ މަގާމަށް ބޭނުންކޮށްފައިވާ ސްލޮޓަށް ވުރެ، ކޯޓާ ޕޫލުގައި އެ މަގާމަކަށް ހުއްދަ ދީފައިވާ އަދަދު ދަށެއް ނުކުރެވޭނެއެވެ. 

 

20 ވަނަ މާއްދާ - ކޯޓާ ސްލޮޓަށް ބަދަލުގެނައުން

(ހ) މި އުސޫލުގެ 18 ވަނަ މާއްދާގެ ދަށުން ޔޫޓިލައިޒްކުރެވޭ ކޯޓާ ސްލޮޓްތަކުގެ މަގާމަށް ނުވަތަ ކޯޓާ ސްލޮޓް ނިސްބަތްވާ ޕޫލަށް އެއްވެސް ބަދަލެއް ގެނެވޭނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓާ ސްލޮޓެއްގެ މަގާމު ބަދަލުކުރެވޭނީ، އެ ކޯޓާ ސްލޮޓް އެލޮކޭޓްކުރަން އެދޭ މަގާމަކީ ކޯޓާ ޕޫލަށް ދޫކޮށްފައިވާ މަގާމަކަށް ވާ ނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މަގާމާ ގުޅިގެން ކޯޓާ ޕޫލުގައި ހުއްދަ ދީފައިވާ މިންވަރު ހަމަވެފައިވާ ނަމަ، މި މާއްދާގެ ދަށުން ކޯޓާ ސްލޮޓް އެ މަގާމަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ކޯޓާ ސްލޮޓް ނިސްބަތްވާ ޕޫލް ބަދަލުކުރުމަށް ވަޒީފާ ދޭ ފަރާތުން އެދުނު ނަމަވެސް، ކޯޓާ ސްލޮޓް ބަދަލުކުރެވޭނީ، ބަދަލުކުރަން އެދޭ ކޯޓާ ޕޫލުގައި އަންޔޫޓިލައިޒްޑް ކޯޓާ ސްލޮޓް ހުރިނަމައެވެ.

 

21 ވަނަ މާއްދާ - ކޯޓާ އިތުރުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ކޯޓާގެ އަދަދު އިތުރުކުރެވޭނީ، މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން ކޯޓާ ޕޫލަށް ދޫކޮށްފައިވާ ކޯޓާގެ އަދަދު އިތުރުކުރަން، އެކްސްޕެޓް ސިސްޓަމުގައި އެދިގެންނެވެ.

 

22 ވަނަ މާއްދާ - ކޯޓާ މަދުކުރުން ނުވަތަ ކެންސަލްކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ކޯޓާގެ އަދަދު މަދުކުރެވޭނީ، މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން ކޯޓާ ޕޫލަށް ދޫކޮށްފައިވާ ކޯޓާގެ އަދަދު މަދުކުރަން، އެކެސްޕެޓް ސިސްޓަމުގައި އެދިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓާ ޕޫލަކަށް ދޫކޮށްފައިވާ ކޯޓާ މަދުކުރަން ހުށަހަޅާއިރު، އެ ޕޫލުގައި ހިމެނޭ އެކްޓިވް ވަރކްޕަރމިޓް ދޫކޮށްފައިވާ ކޯޓާ ސްލޮޓްތައް މަދުކުރެވޭނީ، މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ސްލޮޓަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކުރުމަށްފަހުގައެވެ.

(ނ) މި އުސޫލުގެ ދަށުން ކޯޓާ ޕޫލަށް ދޫކޮށްފައިވާ ހުރިހާ ކޯޓާއެއް ކެންސަލްކޮށްފި ނަމަ، އެ ކޯޓާ ޕޫލް އިންއެކްޓިވް ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، އަންނަނިވި ހާލަތްތަކުގައި ވަޒީފާދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާގެ އަދަދު މަދުކުރުމުގެ ނުވަތަ ކެންސަލްކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ކޯޓާ ޕޫލާ ލިންކުކޮށްފައިވާ ވަރކް ސައިޓު، އެކްޓިވް ސްޓޭޓެއްގައި ނެތިގެން، ކޯޓާގެ އަދަދަށް ބަދަލު ގެންނަން ޖެހުން؛
  2. ފާއިތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފައިލްކުރަންޖެހޭ އިންކަމް ޓެކްސް ނުވަތަ ޖީ.އެސް،ޓީ ފައިލްކޮށްފައިވާ މިންވަރާއި، ދޫކޮށްފައިވާ ކޯޓާގެ އަދަދަށް ރިއާޔަތްކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓާ ޕޫލް މަދުކުރެވޭއިރު ނުވަތަ ކެންސަލްކުރެވޭއިރު، އެ ކޯޓާތަކަށް ފައިސާ ދައްކައިފައިވާ ނަމަ، އެ ފައިސާ ރީފަންޑެއް ނުކުރެވޭނެއެވެ. އަދި މި ގޮތަށް ކޯޓާ ޕޫލް މަދުކުރަނީ ނުވަތަ ކެންސަލްކުރާ ނަމަ، އެންމެ ފުރަތަމަ ކެންސަލް ކުރެވެންވާނީ، ކޯޓާ ޔުޓިލައިޒްކޮށްފައިނުވާ ސްލޮޓްތަކެވެ. އެއަށްފަހު އެންމެ މަދުން ކޯޓާ ފީ ދައްކައިފައިވާ ކޯޓާ ސްލޮޓްތައް ކެންސަލްކުރުމުގައި އިސްކަންދޭންވާނެއެވެ. ނަމަވެސް، ކޯޓާ ސްލޮޓް ކެންސަލްކުރުމުގެ ކުރިން، ވަޒީފާދޭ ފަރާތުން ފައިސާ ދައްކައިފައިވާ ކޯޓާ ސްލޮޓް އެހެން ކޯޓާ ޕޫލަކަށް ބަދަލުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ކޯޓާއަށް އެލޮކޭޓްކޮށްފައިވާ މަގާ މެއް ވަގުތީގޮތުން ހުއްޓުވުން

މި އުސޫލުގެ ދަށުން ކޯޓާއަށް އެލޮކޭޓްކޮށްފައިވާ މަގާމެއް ޔޫޓިލައިޒްކުރުން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ވަގުތީގޮތުން ހުއްޓުވުން ނުވަތަ އެ މަގާ މަކަށް އައު ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ބިދޭސީއަކު ގެނައުމުގެ ހުއްދަ ނުދިނުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ކޯޓާގެ މުއްދަތު

(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށް އޮތް ނަމަވެސް، މި އުސޫލުގެ ދަށުން ދޫކުރާ ކޯޓާތަކުގެ މުއްދަތުގައި އެ ކޯޓާ ދޫކުރާ މަސައްކަތުގެ ދާއިރާއާ ގުޅިގެން ފުރިހަމަކުރަންޖެހޭ ނުވަތަ ހޯދަންޖެހޭ ހުއްދަތަކާއި ރަޖިސްޓްރޭށަންތަކުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެއްޖެ ނަމަ، މި އުސޫލުގެ ދަށުން އެ ކޯޓާ ޔޫޓިލައިޒް ކުރެވޭނީ، އެ މުއްދަތުތައް އައުކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ކޯޓާއަކީ ޕްރޮޖެކްޓް ކޯޓާއެއް ނަމަ އެ ކޯޓާއެއްގެ މުއްދަތަކީ، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތެވެ.

 

25 ވަނަ މާއްދާ - ވަރކްސައިޓަކާއި، މަސައްކަތުގެ ބާވަތްތަކާއި ކޯޓާ ލިންކުކުރުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓާ ދޫކުރެވޭނީ، މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ވަރކްސައިޓަކަށް ނުވަތަ ވަރކްސައިޓްތަކަކަށް ކަމުގައި ވީ ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީފާދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާ ޕޫލާއި ވަޒީފާދޭ ފަރާތުގެ އިތުރު ވަރކްސައިޓްތަކެއް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ލިންކު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓާ ޕޫލް ލިންކު ކުރެވޭނީ، މަސައްކަތުގެ ބާވަތަށް ބަލައި، އެއްބާވަތުގެ ވަރކްސައިޓްތަކެވެ.

(ނ) މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ޕްރޮޖެކްޓް ކެޓެގަރީގެ ކޯޓާ ޕޫލެ އް، ޕްރޮޖެކްޓެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓްތައް ނޫން ސައިޓަކާ ލިން ކެއް ނުކުރެވޭނެއެވެ.

 

26 ވަނަ މާއްދާ - ކޯޓާ ދޫނުކުރެވޭނެ މަގާމުތައް

(ހ) މި އުސޫލުގެ ދަށުން އަންނަނިވި މަގާމުތަކަށް ކޯޓާ ދުލެއް ނުކުރެވޭނެއެވެ.

  1. ޓެކްސީ ޑްރައިވަރުން / ކުލީ ދަތުރުކުރާ އެއްގަމު އުޅަނދުގެ ޑްރައިވަރުން؛
  2. މަތިންދާބޯޓުފަހަރުގެ ކ-ޯޕައިލެޓުން / ފަސްޓް އޮފިސަރުން؛
  3. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން؛
  4. ފޮޓޯގްރަފީއާއި، ވީޑިއޯގްރަފީއާއި، އެއާ ގުޅުންހުރި މަސައްކަތްތަކަށް؛
  5. މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތަށް؛
  6. ގަވާއިދު ނަންބަރު 2020-81 (ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ ކޭށިއަރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށް، ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެންހުރި މިންވަރަށް ބަލައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަކަށްފަހު އަންނަނިވި މަގާމުތަކަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލު ކުރަންވާނެއެވެ. އަދި އެ ތާރީހަށް ފަހުން، އެ މަގާމުތަކަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަންވާނެއެވެ.

  1. ހެއަރ ޑްރެސަރ؛
  2. ބިއުޓީށަން؛
  3. ބޭބީ ސިޓަރ؛
  4. ޕާސަނަލް ޓްރެއިނަރ؛
  5. އިލެކްޓްރީށަން؛
  6. ގެސްޓް ރިލޭށަން އޮފިސަރ (އިންގްލިށް)؛
  7. ޓުއަރ ގައިޑް؛
  8. އެކައުންޓަންޓް؛
  9. އިމާމު،

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަކަށްފަހު، އަންނަނިވި މަގާމުތަކަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލު ކުރަންވާނެއެވެ. އަދި އެ ތާރީހަށް ފަހުން، އެ މަގާމުތަކަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަންވާނެއެވެ.

  1. ޑައިވަރ؛
  2. ނަރުހުން؛
  3. ބިލްޑިންގ އިންސްޕެކްޓަރ؛
  4. ސަރވޭޔަރ؛
  5. ސައިޓް ސުޕަވައިޒަރ؛
  6. ޕައިލެޓް؛
  7. ފޮޓޯގްރަފަރ؛

(ބ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަކަށްފަހު، އަންނަނިވި މަގާމުތަކަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލު ކުރަންވާނެއެވެ. އަދި އެ ތާރީހަށް ފަހުން، އެ މަގާމުތަކަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަންވާނެއެވެ.

  1. އިލެކްޓްރިކަލް އިންޖިނިއަރ؛
  2. ޑައިވް އިންސްޓްރަކްޓަރ.

(ޅ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށްފަހު، އަންނަނިވި މަގާމުތަކަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލު ކުރަންވާނެއެވެ. އަދި އެ ތާރީހަށްފަހުން، އެ މަގާމުތަކަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަންވާނެއެވެ.

  1. ހައުސް ކީޕިންގ މެނޭޖަރ؛
  2. ހިއުމަން ރިސޯސް މެނޭޖަރ؛
  3. ފްރަންޓް އޮފީސް މެނޭޖަރ؛
  4. ޕްރައިމަރީ ޓީޗަރއާއި ސެކަންޑަރީ ޓީޗަރ.

 

27 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތައް މި އުސޫލަށް ފެއްތުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކުގެ ތެރެއިން، ދޫކޮށްފައިވާ ކޯޓާ އިތުރުކުރާ ނަމަ ނުވަތަ އެ ކޯޓާ ދޫކޮށްފައިވާ މަސައްކަތުގެ ދާއިރާއާ ގުޅިގެން ފުރިހަމަކުރަންޖެހޭ ނުވަތަ ހޯދަންޖެހޭ ހުއްދަތައް ހޯދައިފައި ނުވާ ނަމަ ނުވަތަ ހުއްދަތައް ސައްހަނޫން ނަމަ، މިނިސްޓްރީން އަންގާ މުއްދަތެއްގެ ތެރޭގައި އެ ކޯޓާއާ ގުޅޭ އެންމެހައި ކަންކަން، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާދޭ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ކޯޓާތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން މިނިސްޓްރީން އަންގާ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށްފައި ނުވާ ނަމަ، އެ ކޯޓާތަކަށް ނަގައިފައިވާ ވަރކް ޕަރމިޓްތައް ބާތިލުކޮށް، އެ ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، މި ގަވާއިދުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކުރާ ހާލަ ތުގައި، މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތް ބަދަލުކުރަން 60 (ފަސްދޮޅަސް) ދުވަހުގެ ފުރުސަތެއް އެ ބިދޭސީންނަށް ދޭންވާނެއެވެ.

 

28 ވަނަ މާއްދާ - އުސޫލާ ހިލާފުވުން

މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

 

ޖަދުވަލު 3

ކޯޓާ ފީ ނެގުމުގެ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން ކޯޓާ ފީ ދެއްކުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ކޯޓާ ފީ ނެގުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ކޯޓާ ފީ

(ހ) ކޯޓާ ފީއަކީ، މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ދޫކުރާ ކޯޓާތައް، މި ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ޔޫޓިލައިޒްކުރުމުގެ ކުރިން، ކޯޓާއަށް ނަގާ ފީއެކެވެ.

(ށ) ކޯޓާ ފީގެ އަގަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 65-4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތުން ޔޫޓިލައިޒްކުރާ ކޮންމެ ކޯޓާއަކަށް، 12 (ބާރަ) މަސްދުވަހަށް، 2,000 (ދެހާސް) ރުފިޔާއެވެ.

 

4 ވަނަ މާއްދާ - ކޯޓާ ފީ ދައްކަންޖެހޭ މުއްދަތު

(ހ) މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު ދޫކުރާ ކޯޓާގެ ފީ ދައްކަންޖެހޭ މުއްދަތަކީ، މި ގަވާއިދުގެ ދަށުން ކޯޓާ ޔޫޓިލައިޒްކުރާ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހަށެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފަށާއިރު ޔޫޓިލައިޒްކޮށްފައިވާ ކޯޓާތަކަށް ފީ ދައްކަންޖެހޭނީ، މިނިސްޓްރީން އަންގާ ތާރީހަކުން ފެށިގެން 12 (ބާރަ) މަސްދުވަހަށެވެ.

 

5 ވަނަ މާއްދާ - ކޯޓާ ޔޫޓިލައިޒްކުރުމަށް ފީ ދެއްކުން

(ހ) މި އުސޫލުގެ ދަށުން ކޯޓާ ޔޫޓްލައިޒް ކުރެވޭނީ، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ފީގެ ގޮތުގައި 12 (ބާރަ) މަސްދުވަހަށް 2,000 (ދެހާސް) ރުފިޔާ ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ބަހައިލައިގެން ދައްކަން ބޭނުންވާ، ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ކޯޓާ ފީ ދައްކާ ނަމަ، މި އުސޫލުގެ ދަށުން ކޯޓާ ޔޫޓިލައިޒްކުރެވޭނީ މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ ޕޭމަންޓް ށެޑިއުލާ އެއްގޮތްވާ ގޮތުގެ މަތީން ފުރަތަމަ ށެޑިއުލް ޕޭމަންޓް ދެއްކުމަށްފަހުގައެވެ.

(ރ) މި ގަވާއިދުގެ ދަށުން އެއްފަހަރާ ކޯޓާއަކަށް ފީ ދެއްކޭނެ އެންމެ ދިގު މުއްދަތަކީ، 36 (ތިރީސްހައެއް) މަސްދުވަހެވެ.

 

6 ވަނަ މާއްދާ - ކޯޓާ ފީ ރީފަންޑުކުރުން

މި އުސޫލުގެ ދަށުން ވަޒީފާދޭ ފަރާތުން ދައްކާ ކޯޓާ ފީ، ރީފަންޑެއް ނުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ކޯޓާ ފީ ދެއްކުން

ކޯޓާ ފީ ދައްކާނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިނިސްޓްރީން ކަނޑައަޅާ 
އިދާރާއަކަށެވެ.

 

8 ވަނަ މާއްދާ - މި އުސޫލާ ހިލާފުވުން 

މި އުސޫލުގައި ކޯޓާ ފީ ދައްކަން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކޯޓާ ފީ ނުދައްކާ ވަޒީފާދޭ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

 

 

 

ޖަދުވަލު 4

ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދޫކުރުމުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަތައް ނެގުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދޫކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ވަރކް ޕަރމިޓަށް އެދުން 

(ހ) މި ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، ބިދޭސީން ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަރކް ޕަރމިޓް ދޫކުރެވޭނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުންނެވެ.

 

4 ވަނަ މާއްދާ - ވަރކް ޕަރމިޓް އެންޓްރީ ޕާސް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން، ވަރކް ޕަރމިޓް ހުއްދައަށް އެދޭ ބިދޭސީއަކީ އަލަށް ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއް ނަމަ ނުވަތަ ކުރިން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރި ނަމަވެސް އައު ވަރކް ޕަރމިޓެއްގެ ދަށުން އަންނަ ބިދޭސީއެއް ނަމަ، އެ ފަދަ ބިދޭސީއަކު ދިވެހިރާއްޖެއަށް އައުމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް އެންޓްރީ ޕާސް ނަގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންޓްރީ ޕާސްގައި ދިވެހިރާއްޖެއަށް އަންނަ ބިދޭސީން، ދިވެހިރާއްޖެއަށް އަންނަ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، ވަރކް ޕަރމިޓް ފީދައްކައި، ވަރކް ޕަރމިޓް ނަގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބޭނުންކުރެވޭނީ، އެ އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ. އަދި އެ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބަލަންވާނީ، މި އުސޫލުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް ހުއްދައިގެ ބައެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓް ނަގައިފައި ނުވާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއަޅައި، އިތުރު 15 (ފަނަރަ) ދުވަހުގެ މުއްދަތު، ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން، ވަޒީފާދޭ ފަރާތަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ދޫކުރާ އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ވަރކް ޕަރމިޓް އެންޓްރީ ޕާސް ދޫކޮށްފައިވަނީ، މިނިސްޓްރީއަށް ހުށަހަޅައިފައިވާ ސައްހަނޫން މައުލޫމާތުގެ މައްޗަށް ކަމުގައި ފާހަގަކުރެވިއްޖެ ނަމަ ނުވަތަ މި ގަވާއިދުގެ ދަށުން ވަޒީފާދޭ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށްފި ނަމަ ނުވަތަ މި ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބާތިލުކުރެވޭނެއެވެ. އަދި އެ އެންޓްރީ ޕާސްގައި ބިދޭސީއަކު ދިވެހިރާއްޖެއަށް އައިސްފައިވާ ނަމަ، އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލަން އެންގުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ކޮންޑިށަނަލް ވަރކް ޕަރމިޓް

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެ އެތެރެވެފައިވާ ބިދޭސީންނާއި، 43 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތް ބަދަލުކު ރަން އެދޭ ބިދޭސީންނާއި، 62 ވަނަ މާއްދާގެ ދަށުން ފިލައިގެން ނުވަތަ ގެއްލިގެން ރިޕޯޓުކޮށްފައިވާ މިސިންގ ރިޕޯޓު އަނބުރާ ގެންދާ ބިދޭސީންނާއި، 78 ވަނަ މާއްދާގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އެދި ހުށަހަޅާ ބިދޭސީންނަށް، ކޮންޑިށަނަލް ވަރކް ޕަރމިޓެއް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޑިށަނަލް ވަރކް ޕަރމިޓް ދޫކުރެވޭނީ، މި ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ދެއްކުމުންނެވެ.

(ނ) މި މާއްދާގެ ދަށުން ދޫކުރާ ކޮންޑިށަނަލް ވަރކް ޕަރމިޓް ދޫކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، ވަރކް ޕަރމިޓް ފީދައްކައި ވަރކް ޕަރމިޓް ނަގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންޑިށަނަލް ވަރކް ޕަރމިޓުގެ މުއްދަތު ހަމަވާއިރު، ވަރކް ޕަރމިޓް ނަގަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގައިފައި ނުވާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއަޅައި، އިތުރު 15 (ފަނަރަ) ދުވަހުގެ މުއްދަތު، ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން، ވަޒީފާދޭ ފަރާތަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ވަރކް ޕަރމިޓާ ގުޅޭ ކަންކަން ފުރިހަމަކުރަން ވަޒީފާދޭ ފަރާތަށް ލިބޭ މުއްދަތުގެ ތެރޭގައި އެ ވަރކް ޕަރމިޓް ދޫކޮށްފައިވާ ކޯޓާގެ މުއްދަތު ވަޒީފާދޭ ފަރާތުން ދަމަހައްޓަންވާނެއެވެ.

 

6 ވަނަ މާއްދާ - ވަރކް ޕަރމިޓް ދޫކުރެވޭ ކެޓަގަރީތައް

މި އުސޫލުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭނީ އަންނަނިވި ކެޓަގަރީތަކަށެވެ.

(ހ) ޕްރޮފެށަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރ.ީ

(ށ) ނޮން ޕްރޮފެށަނަލް ކެޓަގަރ.ީ

(ނ) ޑޮމެސްޓިކް.

 

7 ވަނަ މާއްދާ - ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީ

(ހ) މި ގަވާއިދުގެ 40 ވަނަ މާއްދާގެ ދަށުން ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީގެ ވަޒީފާތަކަށް ގެންނަ ބީދޭސީންނަކީ، މި ގަވާއިދު 40 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ ސެޓުފިކެޓު ލެވެލް 7 ނުވަތަ އެޔަށް ވުރެ މަތީ ލެވެލެއްގެ ތައުލީމީ ސެޓުފިކެޓެއް ހާސިލުކޮށްފައިވާ ނުވަތަ ސެޓުފިކެޓު ލެވެލް 5 ނުވަތަ ސެޓުފިކެޓު ލެވެލް 6 އާއެކު، އަދާކުރަންޖެހޭ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ ވަކި ބާވަތްތަކުގެ ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީގެ މަގާމުތަކަށް، މަސައްކަތުގެ ބާވަތުން ގުޅުންހުރި ދާއިރާއަކުން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ބިދޭސީން، އިތުރު ތައުލީމީ ސެޓުފިކެޓަކާ ނުލައި ގެނެވިދާނެއެވެ.

 

8 ވަނަ މާއްދާ - ނޮނ-ްޕްރޮފެށަނަލް ކެޓަގަރީ

(ހ) މި ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އާންމުކުރާ ނޮނ-ްޕްރޮފެށަނަލް ކެޓަގަރީގެ ވަޒީފާތަކަށް ގެ ންނަ ބީދޭސީންނަކީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ ސެޓުފިކެޓު ލެވެލް 5 ނުވަތަ އެއާ އެއްފެންވަރުގެ ތައުލީމީ ސެޓުފިކެޓު ނުވަތަ އެ ފެންވަރުގެ މަސައްކަތުގެ ތަޖުރިބާ ނުވަތަ ކުރަންޖެހޭ މަސައްކަތާ ގުޅިގެން ވަޒީފާދޭ ފަރާތުން ދޭ އިރުށާދުތައް ކިޔަން އެނގ،ޭ މަސައްކަތަށް ބޭނުންވާ އަސާސީ ހުނަރު ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ނޮނ-ްޕްރޮފެށަނަލް ކެޓެގަރީގެ މަގާމުތަކުގެ ތެރެއިން ވަރކް ޕަރމިޓް ދޫކުރާ އަނ-ް ސްކިލްޑް ކެޓެގަރީގެ މަގާމުތައް މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ޑޮމެސްޓިކް ކެޓަގަރީ

މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އާންމުކުރާ ޑޮމެސްޓިކް ކެޓެގަރީގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ގޭތެރޭގެ މަސައްކަތްކުރަން ނުވަތަ އެހީތެރިވާން ގެންނަ ބިދޭސީންނާއި ބަލިމީހާއަށް އެހީތެރިވާން ގެންނަ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރުމުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ 16 ވަނަ މާއްދާއަށް ރިއާޔަތް ކުރަންވާނެއެވެ. 

 

10 ވަނަ މާއްދާ - ވަރކް ޕަރމިޓުގެ ށަރުތު 

(ހ) މި އުސޫލުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭނީ، އަންނަނިވި ށަރުތު ފުރިހަމަވާ ބިދޭސީންނަށެވެ.

  1. ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކީ ވަރކް ޕަރމިޓް އެންޓްރީ ޕާސްއެއްގެ
    ދަށުން ދިވެހިރާއްޖެއަށް އަންނަ ފަރާތެއް ނަމަ، ޕާސްޕޯޓުގައި 1 (އެކެއް) އަހަރުދުވަހުގެ ވެލިޑިޓީއެއް އޮތުން؛
  2. މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތް ބަދަލުކުރަން އެދި ހުށަހަޅާ ނަމަ، ޕާސްޕޯޓުގައި 45 (ސާޅީސްފަހެއް) ދުވަހުގެ ވެލިޑިޓީއެއް އޮތުން؛
  3. ވަރކް ޕަރމިޓުގެ ދަށުން ބިދޭސީން ގެންނަން އެދޭ މަގާމަކީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓާ ސްލޮޓް އެލޮކޭޓްކޮށް، މި ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން ފީދައްކައިފައިވާ ކޯޓާ ސްލޮޓެއް ކަމުގައިވުން؛
  4. ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކީ، މި ގަވާއިދުގެ 33 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި، 78 ވަނަ މާއްދާގެ ދަށުން ވަރކް ޕަރމިޓަކަށް އެދޭ ފަރާތެއް ނަމަ، މި ގަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ ނަމޫނާ ލެޓަރ އޮފް އެޕޮއިންޓްމެންޓުގައި ބަޔާންކޮށްފައިވާ މައު ލޫމާތު ހިމެނޭގޮތަށް، ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކު ވަޒީފާއަށް ހޮވިފައިވާކަން
    ވަޒީފާދޭ ފަރާތުން އަންގައިފައިވުން؛
  5. ވަރކް ޕަރމިޓަށް އެދޭ މަގާމަކީ، މި އުސޫލުގެ 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގެ ދަށުން ތައުލީމާއި ތަޖުރިބާއާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅަންޖެހޭ މަގާމެއް ނަމަ، ބިދޭސީ ގެންނަން އެދޭ މަގާމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވުން؛
  6. ވަރކް ޕަރމިޓަށް އެދޭ މަގާމަކީ ދައުލަތުގެ ވަކި އިދާރާއެއްގެ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން އަދާކުރެވޭ މަގާމެއް ނަމަ، އެ ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައި ވުން؛
  7. އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހަކު ކަމުގައި ނުވުން؛
  8. ޓެރަރިޒަމުގެ އަމަލެއް ހިންގުމުގެ ކުށް، އަދި / ނުވަތަ ކުޑަކުދިންނާއިއަންހެނުންނަށް އަނިޔާކުރުމުގެ ކުށް، އަދ/ި ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ކުށް، އަދ/ި ނުވަތަ ކޯޕަރޭޓް ފްރޯޑް ނުވަތަ މި ބާވަތުގެ ޖިނާއީ އެ ނޫން ވެސް ކުށެއްގެ ތުހުމަތު ކުރެވިފައިވާ ނުވަތަ އެފަދަ ކުށެއްގެ ހުކުމެއް ތަންފީޒުކުރަމުން އަންނަ ބިދޭސީއަކު ކަމުގައި ނުވުން؛
  9. ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކީ ސެކިއުރިޓީ ސްކްރީންކުރަން ކަމާބެހޭމުއައްސަސާއަކުން ކަނޑައަޅައިފައިވާ ގައުމަކުން ދިވެހިރާއްޖެއަށް އެތެރެވާ ފަރާތެއް ނަމަ ނުވަތަ ސެކިއުރިޓީ ސްކްރީންކުރަން ކަމާބެހޭ މުއައްސަސާއަކުން ކަނޑައަޅައިފައިވާ ބިދޭސީއެއް ނަމަ ނުވަތަ ވަރކް ޕަރމިޓަށް އެދި ހުށަހަޅަނީ ސެކިއުރިޓީ ސްކްރީން ކުރަންޖެހޭކަމަށް ދައުލަތުގެ މުއައްސަސާއަކުން ނިންމައިފައިވާ ވަރކްސައިޓަކަށް ނަމަ، ސެކިއުރިޓީ ސްކްރީނިންގ ފުރިހަމަކޮށްފައިވުން؛
  10. ވަރކް ވީޒާ ނުވަތަ ބިޒްނަސް ވީޒާ ނުވަތަ ސްޕެށަލް ވީޒާ ފިޔަވައި އެހެން ވީޒާއެއްގެ ދަށުން ދިވެހިރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ނުވުން؛
  11. މި އުސޫލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވުން؛
  12. ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީގެ ބައޯމެޓްރިކްސް، މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ ގޮތެއްގެ މަތީން، ކަނޑައަޅައި ފައިވާ މުއްދަތުގެ ތެރޭގައި އަދާހަމަކޮށްފައިވުން.

(ށ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ގޭތެރޭގެ މަސައްކަތްކުރަން ނުވަތަ އެހީތެރިވާން ގެންނަ ބިދޭސީންނާއި، ބަލިމީހާއަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ ގެންނަ ބިދޭސީން، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން އިސްތިސްނާވެގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގެ ދަށު ން ހަދާ ސެކިއުރިޓީ ސްކްރީނިންގއިން ފާސްނުވާ ބިދޭސީން، ހުއްދަ ބާތިލުކޮށް ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް ވީޒާ ނޫން އެހެން ވީޒާއެއްގެ ދަށުން ދިވެހިރާއްޖޭގައި ހުރި ފަރާތެއް، މި އުސޫލުގެ 7 ވަނަ މާއްދާގެ ޕްރޮފެށަނަލް ކެޓަގަރީގެ މަގާމަކަށް ވަރކް ޕަރމިޓަށް އެދި ހުށަހަޅައިފި ނަމަ، އެފަދަ ބިދޭސީއަކަށް މި އުސޫލުގެ ދަށުން ވަރކް ޕަރމިޓް ދޫކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (12) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައިނުވާ ނަމަ ވަރކް ޕަރމިޓުގެ ށަރުތު ހަމަނުވާކަމަށް ބެލެތި، ވަރކް ޕަރމިޓުގެ މުއްދަތު އިތުރުނުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ވަރކް ޕަރމިޓަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ވަރކް ޕަރމިޓުގެ ހުއްދަޔަ ށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ވަރކް ޕަރމިޓަށް އެދޭ ބިދޭސީގެ ޕާސްޕޯޓުގެ ބަޔޯ ޑޭޓާ ޕޭޖުގެ ކުލަ ކޮޕީ.

(ށ) އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ ނަންބަރު ޖަހައިފައިވާ ނަމަ، އެ ސަފުހާގެ ކޮޕީ ނުވަތަ ކުރީގެ ޕާސްޕޯޓުގެ ކުލަ ކޮޕީ ނުވަތަ އެ ގައުމެއްގެ އިމިގްރޭށަނުން ކުރިން ދޫކޮށްފައިވާ ޕާސްޕޯޓްތަކާ ގުޅޭގޮތުން ލިޔުމެއް ދޫކޮށްފައިވާ ނަމަ އެ ލިޔުން.

(ނ) ވަރކް ޕަރމިޓަށް އެދޭ ބިދޭސީގެ ޕާސްޕޯޓު ސައިޒުގެ ޑިޖިޓަލް ކުލަ ފޮޓ.ޯ

(ރ) މި ގަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ ނަމޫނާ ލެޓަރ އޮފް އެޕޮއިންޓްމެންޓުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތުން، ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކު ވަޒީފާއަށް ހޮވިފައިވާކަން އަންގައިދޭ ލެޓަރ އޮފް އެޕޮއިންޓްމަންޓް.

(ބ) ވަރކް ޕަރމިޓަށް އެދޭ މަގާމަކީ މި އުސޫލުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ ދަށުން ތައުލީމާއި ތަޖުރިބާއާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅަންޖެހޭ މަގާމެއް ނަމަ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓުފިކެޓުގެ ކުލަ ކޮޕީ.

(ޅ) ވަރކް ޕަރމިޓަށް އެދޭ މަގާމަކީ ދައުލަތުގެ ވަކި އިދާރާއެއްގެ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން އަދާކުރެވޭ މަގާމެއް ނަމަ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ އެ ހުއްދައިގެ ނުވަތަ ލައިސަންސްގެ ކުލަ ކޮޕީ.

(ކ) ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކީ ވަޒީފާ އަދާކުރަން ސިއްހަތު ތަންދޭ ފަރާތެއްކަން އަންގައިދޭ، ވަރކް ޕަރމިޓް މެޑިކަލް.

(އ) ވަރކް ޕަރމިޓަށް އެދޭ ބިދޭސީގެ ގައުމުގެ ފުލުހުންގެ އިދާރާއަކުން ދޫކޮށްފައިވާ، 6 (ހައެއް) މަސްދުވަސް ނުވާ ޕޮލިސް ރިޕޯޓު.

(ވ) މި ގަވާއިދުގެ 60 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ފަރާތުން އެ ބިދޭސީއެއްގެ ނިދުމާއި ހުރުމުގެ އިންތިޒާމު (އ)ެކަމަޑޭށަން( ހަމަޖައްސައިފައިވާ ގޮތުގެ މައުލޫމާތު.

(މ) ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅައިފައިވާ ވެކްސިންތައް ފުރިހަމަކޮށްފައިވާ ފަރާތެއްކަން އަންގައިދޭ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ޑޮކިއުމަންޓެއް؛

(ފ) ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކީ ބަލިމީހެއްގެ އެހީތެރިއެއްގެ މަގާމަށް ގެންނަ ބިދޭސީއެއް ނަމަ، ބަލިމީހާގެ އެހީ ތެރިއެއްގެ ގޮތުގައި ބިދޭސީއަކު ރާއްޖެ ގެންނަން ބޭނުންވެގެން ހުށަހަޅާ ފަރާތަކީ އެފަދަ މީހަކު ބޭނުންވާ ފަރާތެއްކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން.

 

12 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން

މި އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭއިރު، މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި، އެއްބަސްވުމުގެ ކޮޕީއެއް، ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކާ ހަވާލުކުރަންވާނެއެވެ. އަދި މިނިސްޓްރީން އެދިއްޖެ ހިނދެއްގައި އެއްބަސްވުމުގެ ކޮޕ،ީ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ވަރކް ޕަރމިޓް މެޑިކަލް 

(ހ) މި އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭއިރު، މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ވަރކް ޕަރމިޓް މެޑިކަލް ހިދުމަތް ފޯރުކޮށްދޭ ތަނަކުން، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މެޑިކަލް ޓެސްޓުތައް ހަދަންވާނެއެވެ.

(ށ) ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އެކަށޭނެ ސިއްހަތެއްގައި ހުރި ފަރާތެއް ނޫންކަމަށް، ސިއްހީ ހިދުމަތްތެރިޔަކު ނުވަތަ ހެލްތް ޕްރޮޓެކްށަން އެޖެންސީ (އެޗް.ޕީ.އޭ.) އިން ކަނޑައަޅައިފި ނަމަ، މި އުސޫލުގެ ދަށުން އެ ބިދޭސީއަކަށް ވަރކް ޕަރމިޓް ދުލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ސިއްހީ ހިދުމަތްތެރިއަކު ދޫކުރާ ލިޔުމެއްގައި، އެ ބިދޭސީއަކީ ވަކި މުއްދަތަކަށް ބޭސްކުރުމުން ރަނގަޅުވެދާނެ ފަދ،ަ ގައިން ގަޔަށް ނާރާ ބައްޔެއް ތަހައްމަލުކުރަމުން އަންނަ ފަރާތެއްކަމަށް ބަޔާންކޮށްފި ނަމަ، މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކަކާއެކު، އެ ބިދޭސީއަކަށް ކޮންޑިށަނަލް ވަރކް ޕަރމިޓެއް ދޫކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބަކާހުރެ ވަރކް ޕަރމިޓް ދޫނުކުރަން މިނިސްޓްރީން ނިންމައިފި ނަމަ، ކަމާ ގުޅުންހުރި އިދާރާއަކުން އަންގާ ގޮތެއްގެ މަތީން އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލުމުގެ އިންތިޒާމު، ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ. މި މާއްދާއާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. 

(ބ) ވަރކް ޕަރމިޓް ހޯދުމަށްފަހު ރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއްގެ ވަރކް ޕަރމިޓް މުއްދަތު އިތުރުކުރަން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހުއްދަ ލިބިފައިވާ ރަޖިސްޓަރޑް މެޑިކަލް ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން ނުވަތަ އެހެންވެސް އިދާރާއަކުން ހަދައިފައިވާ މެޑިކަލެއް ހުށަހެޅިދާނެއެވެ. އަދި މި ހާލަތުގައި މެޑިކަލްގެ މުއްދަތުގެ ގޮތުގައި 1 (އެކެއް) މަސްދުވަހުގެ ވެލިޑިޓީ ދެވޭނެއެވެ.

 

14 ވަނަ މާއްދާ - ވަރކް ޕަރމިޓް މެޑިކަލް އިންށުއަރެންސް

މި އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭއިރު، މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ވަރކް ޕަރމިޓް މެޑިކަލް އިންށުއަރެންސް ހިދުމަތް ފޯރުކޮށްދޭ ތަނަކުން، މިނިސްޓްރީން ކަނޑައަޅާ ފެންވަރެއްގެ ހެލްތު ކަވަރ/ އިންށޫރެންސް ޕޮލިސީ ނެގުމަށްފަހު، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ބިދޭސީންގެ އެކަމަޑޭށަން

މި އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭއިރު، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓުގެ ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ އެކަމަޑޭށަން ހަމަޖެއްސުމުގެ އިންތިޒާމު ރޭވިފައިވާ ގޮތް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ބިދޭސީގެ މައުލޫމާތު ހިއްސާކުރުން

(ހ) މި އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭއިރު، ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުއްދަތުގައި، އެ ފަރާތުގެ މައުލޫމާތު ހޯދަން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ ބިދޭސީއަކާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުން، ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކަށް، އެ ބިދޭސީއަކާ ގުޅޭނެ ފޯނު ނަ ންބަރެއް އެ ބިދޭސީއެއްގެ އަމިއްލަ ނަމުގައި ހަމަޖައްސައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ވަރކް ޕަރމިޓް ހުއްދައިގެ ދަށުން އަންނަ ބިދޭސީން ވެރިފައިކުރުން

(ހ) މި އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭ ފަރާތްތަކާއި ވަރކް ޕަރމިޓް ނަގާ ބިދޭސީން ވެރިފައިކުރަން މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ވަޒީފާދޭ ފަރާތުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓުގައި ދިވެހިރާއްޖެއަށް އަންނަ ބިދޭސީން ވެރިފައިކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަރކް ޕަރމިޓަށް އެދޭ ބިދޭސީއަކު ވެރިފައިކުރުމަށް ޓަކައި މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ހާޒިރުވާން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީން އަންގައިފި ނަމަ، އެ ތަނަކަށް އެ ބިދޭސީއަކު ގެންދިއުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީން ވެރިފައިކުރަން ބޭނުންވާ ބިދޭސީއަކު ވެރިފައި ނުކުރެވިއްޖެ ނަމަ ނުވަތަ ވެރިފިކޭށަނަށް އެއްބާރުލުން ނުދީފި ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކޮށް، އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލަން، ވަޒީފާދޭ ފަރާތަށް އެންގުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ވަރކް ޕަރމިޓް ފީ

(ހ) މި އުސޫލުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، މަދުވެގެން 1 (އެކެއް) މަސްދުވަހަށް ވަރކް ޕަރމިޓުގެ ފީގެ ގޮތުގައި 350 (ތިންސަތޭކަ ފަންސާސް) ރުފިޔ،ާ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ވަރކް ޕަރމިޓް ފީ ދެއްކުމަށްފަހު ވަރކް ޕަރމިޓް ނަގައިފައިވާ ނަމަ، ވަރކް ޕަރމިޓުގެ ފީ ދައްކައިފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ކުރިޔަށް އޮތް މުއްދަތަށް ނުވަތަ މަދުވެގެން 1 (އެކެއް) މަސްދުވަހަށްވާ، ވަރކް ޕަރމިޓް ފީ ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދައްކާ ވަރކް ޕަރމިޓް ފީއަކީ، ވަޒީފާދޭ ފަރާތަށް އަނބުރާ ރީފަންޑުކުރެވޭނޭ ފީއެއް ނޫނެވެ.

(ރ) މި އުސޫލުގެ ދަށުން ދައްކަންޖެހޭ ވަރކް ޕަރމިޓް ފީ ނުދައްކާތާ 3 (ތިނެއް) މަސްދުވަސް ފާއިތުވެއްޖެ ނަމަ، އެ ބިދޭސީއެއްގެ ވަޒީފާ ދޭ ފަރާތް ބަދަލުކޮށްދޭން އެދުމުގެ އިހުތިޔާރު، އެ ބިދޭސީއަކަށް ލިބިގެންވެއެވެ.

(ބ) މި އުސޫލުގެ ދަށުން ދައްކަންޖެހޭ ވަރކް ޕަރމިޓް ފީ ނުދައްކާތާ 6 (ހައެއް) މަސްދުވަސް ފާއިތުވެއްޖެ ނަމަ، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށް، ކަމާ ގުޅުންހުރި އިދާރާއެއް މެދުވެރިކޮށް ގައުމަށް އަނބުރާ ފޮނުވައިލުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށްފި ނަމަ، އެ ވަޒީފާދޭ ފަރާތުގެ ވަޒީފާއަކަށް، ބުނެވިދިޔަ މާއްދާގެ ދަށުން ވަރކް ޕަރމިޓް ބާތިލުކޮށްފައިވާ ބިދޭސީއަކު ގެނެވޭނީ 10,000 (ދިހަހާސް) ރުފިޔާގެ ސަރވިސް ފީއެއް ދެއްކުމަށްފަހުގައެވެ.

(ކ) މި އުސޫލުގެ ދަށުން އެއްވެސް ބިދޭސީއެއްގެ ވަރކް ޕަރމިޓަށް ފީ ނުދައްކައިގެން، ވަޒީފާ ދޭ ފަރާތަކާމެދު މި މާއްދާގެ (ބ) ގެ ދަށުން ފިޔަވަޅެއް އަޅައިފި ނަމަ، އެ ފަރާތެއްގެ މައުލޫމާތު އާންމުކުރުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ ދެއްކުން

މި އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭ ބިދޭސީންނަށް، މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން އެންޓްރީ ޕާސް ދޫކުރެވޭނީ ނުވަތަ ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއެއްގެ ވަޒީފާދޭ ފަރާތް ބަދަލުކުރެވޭނީ ނުވަތަ މި ގަވާއިދުގެ 62 ވަނަ މާއްދާގެ ދަށުން، ފިލައިގެން ނުވަތަ ގެއްލިގެން ރިޕޯޓްކޮށްފައިވާ ބިދޭސީއެއްގެ މިސިންގ ރިޕޯޓް އަނބުރާ ގެންގޮސްފި ނަމަ، ވަރކް ޕަރމިޓް ރީ-އިށޫ ކުރެވޭނީ ނުވަތަ 78 ވަނަ މާއްދާގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތޭނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ އުސޫލުގެ ދަށުން ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދެއްކުމުންނެވެ.

 

20 ވަނަ މާއްދާ - ވަރކް ޕަރމިޓުގެ މުއްދަތު

(ހ) މި ގަވާއިދުގެ 38 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ ދަށުން ދޫކުރާ ވަރކް ޕަރމިޓާ ގުޅޭގޮތުން ނަގަންޖެހޭ ހުއްދައެއް ނުވަތަ ލައިސަންސެއްގެ މުއްދަތު ހަމަވެއްޖެ ނަމަ، މި އުސޫލުގެ ބޭނުމަށް އެ ވަރކް ޕަރމިޓެއް ބަލާނީ، މުއްދަތު ހަމަވެފައިވާ ވަރކް ޕަރމިޓެއްގެ ގޮތުގައެވެ. (ށ) މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ވަރކް ޕަރމިޓެއްގެ މުއްދަތު ހަމަވެއްޖެ ނަމަ، އެ ވަރކް ޕަރމިޓަކީ މި އުސޫލުގެ ބޭނުމަށް މުއްދަތު ހަމަވެފައިވާ ވަރކް ޕަރމިޓެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ގެނެސްފައިވާ ބިދޭސީއަކަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، މުއްދަތު ހަމަވެފައިވާ ލިޔެ ކިޔުންތައް އައުކޮށް، އެ ވަރކް ޕަރމިޓުގެ ފީ ދެ އްކުމުންނެވެ. 

 

21 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ބަދަލުކުރުން

(ހ) ވަރކް ޕަރިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު، އެ ބިދޭސީއަކު ވަޒީފާ އަދާކުރަމުން އަންނ،ަ ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތް ނޫން، ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުކުރަން އެދޭ ނަމަ، ވަޒީފާ ދޭ އައު ފަރާތުން އެ ފަރާތުގެ ނަމުގައި އެ ބިދޭސީއަށް ވަޒީފާ ދޭން، މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، އައު ވަރކް ޕަރމިޓެއް ނަގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބިދޭސީއަކަށް ވަޒީފާދޭން އެދޭ، ވަޒީފާ ދޭ އައު ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެމްޕްލޯޔަރ ޗޭންޖް ރިކުއެސްޓް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެމްޕްލޯޔަރ ޗޭންޖް ރިކުއެސްޓް ހުށަހަޅާއިރު، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކޮށް، މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތް ބަދަލުކުރަން އެދޭ ބިދޭސީއަށް ދޫކޮށްފައިވާ ވަރކް ޕަރމިޓުގެ މުއްދަތު ހަމަނުވާ ނަމަ، އަދި ވަޒީފާދޭ ފަރާތުން ގަވާއިދުން ވަރކް ޕަރމިޓް ފީ ދައްކަމުންއަންނަ ނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތުގެ ނަމުން އެ ބިދޭސީއަކު ވަޒީފާދޭ އެހެން ފަރާތެއްގެ ނަމަށް
    ބަދަލުވާން އިއުތިރާޒު ނުކުރާކަމުގެ ނޯ އޮބްޖެކްށަން ލެޓަރ؛
  2. ވަޒީފާ ދޭ އައު ފަރާތާއި ވަޒީފާދޭ ފަރާތް ބަދަލުކުރާ ބިދޭސީ ސޮއިކޮށްފައިވާ ލެޓަރ އޮފް އެޕޮއިންޓްމެންޓ.ް

(ރ) މި މާއްދާގެ ދަށުން ވަޒީފާ ދޭ އައު ފަރާތުގެ ނަމަށް ބިދޭސީ ފަރާތް ބަދަލުކުރަން ހުށަހަޅާއިރު، އެ ބިދޭސީއަކު ބަދަލުކުރަން ބޭނުންވާ މަގާމުގެ ކޯޓާގައި މަދުވެގެން 45 (ސާޅީސް ފަހެއް) ދުވަސް އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ވަޒީފާދޭ ފަރާތް ބަދަލުކުރި ކަމުގައި ބަލަންވާނީ، މި އުސޫލުގެ 19 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ އައު ފަރާތުން ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދައްކައި، ވަޒީފާދޭ އައު ފަރާތުގެ ނަމުގައި ބަދަލުކުރަން އެދޭ ބިދޭސީއަށް ވަރކް ޕަރމިޓް ދޫކުރުމުންނެވެ.

 

22 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ވަރކްސައިޓް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 1 (އެކެއް) ވަރކްސައިޓަށް ވުރެ ގިނަ ވަރކްސައިޓުގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އަދި ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓުތަކަކީ ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ވަރކްސައިޓެއް ނަމަ، ބީދޭސީން އެ ވަގުތަކު މަސައްކަތްކުރަމުންއަންނަ ވަރކްސައިޓް ގާއިމުކޮށްފައިވާ ރަށުގެ މައުލޫމާތު، އެކްސްޕެޓް ސިސްޓަމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކްސްޕެޓް ސިސްޓަމުގައި އަދާހަމަކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ވަރކް ޕަރމިޓް ސްލޮޓް ބަދަލުކުރުން

(ހ) މި އުސޫލުގެ ދަށުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީއަކު، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓުގައި ބަޔާންކޮށްފައިވާ މަގާމާއި، ކޯޓާ ސްލޮޓާއި، ދޫކޮށްފައިވާ ކޯޓާ ޕޫލަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާ ނަމަ، ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަރކް ޕަރމިޓް ސްލޮޓް ޗޭންޖް ރިކުއެސްޓް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަރކް ޕަރމިޓް ސްލޮޓް ޗޭންޖް ރިކުއެސްޓް ހުށަހަޅާއިރު، މަދުވެގެން 1 (އެކެއް) ދުވަހުގެ ވަރކް ޕަރމިޓާއި ކޯޓާ ސްލޮޓުގެ ވެލިޑިޓީ އޮންނަންވާނެއެވެ.

 

24 ވަނަ މާއްދާ - ޕާސްޕޯޓު އައުކުރުން 

ވަރކް ޕަރމިޓެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޕާސްޕޯޓު އައުކޮށް، އައު ޕާސްޕޯޓެއް ހައްދައިފި ނަމަ ނުވަތަ ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްފި ނަމަ، ވަޒީފާދޭ ފަރާތުން އެ ބިދޭސީއެއްގެ ވަރކް ޕަރމިޓުގައި ހިމެނޭ މައުލޫމާތު ބަދަލުކުރަން، އެކްސްޕެޓް ސިސްޓަމުން ޕާސްޕޯޓް އެޑް ރިކުއެސްޓެއް ހުށަހަޅަންވާނެއެވެ.

 

25 ވަނަ މާއްދާ - ވަރކް ޕަރމިޓް ބާތިލުކުރުން

(ހ) މި ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީންނަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކުރެވެނޭއެވެ.

(ށ) މި ގަވާއިދުގެ 47 ވަނަ މާއްދާގެ ދަށުން ވަރކް ޕަރމިޓް ބާތިލުކުރާ އެއްވެސް ހާލަތެއްގައި މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ އެއްވެސް ފީއެއް ނުވަތަ ޖޫރިމަނާއެއް އޮތް ނަމަ، އެ ފައިސާ ދައްކައި ހަލާސްކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަރކް ޕަރމިޓް ބާތިލުކޮށްފައިވަނީ މި ގަވާއިދާ ހިލާފުވެގެން ކަމުގައި ވާ ނަމަ ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށްގެން ކަމުގައި ވާ ނަމަ، ވަޒީފާދޭ ފަރާތާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

26 ވަނަ މާއްދާ - ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދެނެގަތުން

(ހ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް، މިނިސްޓްރީން ހަމަޖައްސާ ވަސީލަތެއް މެދުވެރިކޮށް، އެ ބިދޭސީންނަކީ ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތެއްކަން އެނގޭނެ އިންތިޒާމު، މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީން ހަމަޖައްސާ ވަސީލަތަކީ، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެ ފަރާތަކަށް ދެއްކޭގޮތަށް ނުވަތަ އެ ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް ޓަކައި ބެލޭނެ ގޮތަށް، އެ ބިދޭސީއެއްގެ އަތުގައި ހުރިހާ ވަގުތެއްގައި ވެސް ބޭއްވޭނެ ފަދަ އެއްޗަކަށް ވާންވާނެއެވެ.

(ނ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު، ވައިގެ މަގުން ނުވަތަ ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތް މެދުވެރިކޮށް އެ ބިދޭސީއަކީ ކާކުކަން ވެރިފައި ކުރަންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތެއް ނެތ،ި ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ގޮވައިގެން ދަތުރުކޮށްގެން ނުވާނެއެވެ.

(ރ) ކުއްލި ހާލަތްތަކުގައްޔާއި އެ ބިދޭސީއެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތް ނެތި ދަތުރުކުރުން، މި މާއްދާގެ (ނ) އިން އިސްތިނާވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދެނެގަންނަން މިނިސްޓްރީން ހަމަޖައްސާ ވަސީލަތް ބިދޭސީންނަށް ދޫކުރުމުގައި މިނިސްޓްރީން އިދާރީ ފީއެއް ނަގަން މި މާއްދާ ހުރަހެއް ނާޅައެވެ.

(ޅ) މި މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދެނެގަންނަން މިނިސްޓްރީން ވަކި ވަސީލަތެއް ބޭނުންކުރަން ފެށުމަށްފަހު، ދައުލަތުގެ ކަމާ ގުޅުންހުރި ފަރާތަކުން އެ ބިދޭސީއަކީ ކާކުކަން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ވަސީލަތެއް ބޭނުންކޮށްގެން އެ ބިދޭސީއަކު ދެނެގަނެވެންވާނެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ، ބިދޭސީއަކަށް އެ ވަސީލަތް ބޭނުންކޮށްގެން ކާކުކަން ބެލޭގޮތް ނުވެއްޖެ ނަމަ، އެ ބިދޭސީއަކު ޑިޓެންށަން ސެންޓަރަށް ބަދަލުކުރެވޭނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ޑިޓެންށަން ސެންޓަރަށް ބަދަލުކުރާ ބިދޭސީން މިނިސްޓްރީން ދެނެގަތުމަށްފަހު، އެ ބިދޭސީއަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ސައްހަ ވަރކް ޕަރމިޓެއް އޮތް ފަރާތެއް ނަމަ، އަދި އެ ބިދޭސީއަކީ މި ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީއަކަށް ނުވާ ނަމަ، އެ ބިދޭސީއެއްގެ ވަޒީފާދޭ ފަރާތާ ހަވާލުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން ޑިޓެންށަން ސެންޓަރަށް ބަދަލުކުރާ ބިދޭސީން މިނިސްޓްރީން ދެނެގަތުމަށްފަހު، އެ ބިދޭސީއަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ސައްހަ ވަރކް ޕަރމިޓެއް ނެތް ފަރާތެއް ނަމަ ނުވަތަ އެ ބިދޭސީއަކީ މި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެއް ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކޮށް، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގެ ދަށުން ފިޔަވަޅުއަޅައި، ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

 

27 ވަނަ މާއްދާ - ބިދޭސީއަކު ގެއްލުން ނުވަތަ ފިލުން

ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ވަޒީފާ އަދާކުރަން ދިވެހިރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ގެއްލިއްޖެ ނަމަ ނުވަތަ ވަޒީފާދޭ ފަރާތަށް ފިލައިގެން ހިނގައްޖެ ނަމަ، ވަޒީފާދޭ ފަރާތުން، މި ގަވާއިދު ޖަދުވަލު 8 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ބިދޭސީއެއްގެ މިސިންގ ރިޕޯޓް ރިކުއެސްޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

28 ވަނަ މާއްދާ - އުސޫލާ ހިލާފު ވުން

(ހ) މި އުސޫލާ ހިލާފަށް، ވަރކް ޕަރމިޓް ނުހޯދައި، މި ގަވާއިދުގެ މާއްދާތަކާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ. އަދި އެގޮތަށް ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވައިގެން ވެސް ނުވާނެއެވެ.

(ށ) މި އުސޫލާ ހިލާފުވެއްޖެ ނަމަ ނުވަތަ މި އުސޫލުގެ ދަށުން ވަރކް ޕަރމިޓް ފީ ދައްކަން ކަނޑައެޅިފައިވާ ގޮތުގެ މަތީން ވަރކް ޕަރމިޓް ފީ ނުދައްކާ ވަޒީފާދޭ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

 

29 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތުގެ މައްޗަށް ދޫކުރާ ވަރކް ޕަރމިޓް

(ހ) މި އުސޫލުގެ ދަށުން ދޫކުރާ ވަރކް ޕަރމިޓަކީ ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ދޫކުރާ އެހެނިހެން ހުއްދައަކީ، ސައްހަނޫން މައުލޫމާތުގެ މައްޗަށް ދޫކުރި ހުއްދައެއް ކަމުގައި ވެއްޖެ ނަމަ، އެ ހުއްދަތައް ބާތިލުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

 

 

ޖަދުވަލު 5
ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، މި ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ނެގުމާއި ރީފަންޑުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، " ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑްކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދެއްކުން

މި ގަވާއިދުގެ ދަށުން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ބިދޭސީންނަށް، މި ގަވާއިދުގެ 34 ވަނަ މާއްދާގެ ދަށުން އެންޓްރީ ޕާސް ދޫކުރެވޭނީ ނުވަތަ މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީއެއްގެ ވަޒީފާދޭ ފަރާތް ބަދަލުކުރެވޭނީ ނުވަތަ 62 ވަނަ މާއްދާގެ ދަށުން ފިލައިގެން ނުވަތަ ގެއްލިގެން ރިޕޯޓްކޮށްފައިވާ ބިދޭސީއެއްގެ މިސިންގ ރިޕޯޓް އަނބުރާ ގެންގޮސްފި ނަމަ ވަރކް ޕަރމިޓް ރީ-އިށޫ ކުރެވޭނީ ނުވަތަ މި ގަވާއިދުގެ 78 ވަނަ މާއްދާގެ ދަށުން ގަވާއިދުގެ ތެރެއަށް ފެއްތޭނީ މިނިސްޓްރީން އަންގާ ގޮތުގެ މަތީން، މި ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދެއްކުމުންނެވެ.

 

4 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާގެ މިންވަރު ކަނޑައެޅުމުގައި އެ ބިދޭސީއެއް ގައުމަށް އަނބުރާ ފޮނުވައިލުމަށް ޓިކެޓަށް ހޭދަވާ އަ ދަދަށް ވުރެ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ކަނޑައަޅާ އަދަދު އިތުރުވެގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އެކި ގައުމުތަކަށް ނިސްބަތްވާ ބިދޭސީންނަށް ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ނުވަތަ ޑިޕޮޒިޓް ރޭޓްސް، މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ރޭޓް، ޓިކެޓުގެ ހަރަދަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މުރާޖާކޮށް އިސްލާހުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދެއްކުން

ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދައްކާނީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.

 

6 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ޓްރާންސްފަރކުރުން

މި ގަވާއިދުގެ ދަށުން މިސިންގ ރިޕޯޓް އަނބުރާ ގެންނަ ހާލަތްތަކުގައި، ވަޒީފާދޭ ފަރާތުން ދައްކައިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާއެއް ވަރކް ޕަރމި ޓުން އަނެއް ވަރކް ޕަރމިޓަށް ޓްރާންސްފަރ ކުރެވިދާނެއެވެ. އަދި އެގޮތުގެ މަތީން ޓްރާންސްފަރ ކުރުމަކީ، މި އުސޫލުގެ 3 ވަނަ މާއްދާގެ ބޭނުމަށް ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދައްކައިފައިވުން ކަމުގައި ބެލެވޭނެއެވެ.

 

7 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ޔޫޓިލައިޒްކުރުން

(ހ) ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީއަކު ދައުލަތުގެ ހަރަދުގައި ގައުމަށް އަނބުރާ ފޮނުވައިލަން ޖެހިއްޖެ ނަމަ، އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލުމަށް ޓަކައި، މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ދައްކާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ބޭނުންކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ބިދޭސީއަކަށް ދައްކައިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާގެ އެއްވެސް މިންވަރެއް ދައުލަތުން ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލުމަށް ބޭނުންކޮށްފި ނަމަ، އެ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ދައްކައިފައިވާ ފައިސާ، މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތަށް ރީފަންޑެއް ނުކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ރީފަންޑްކުރުން

(ހ) ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އައުމަށްފަހު ފިލައިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީންނާއި، މި އުސޫލުގެ އެއްވެސް މާއްދާއެއްގައި ވަކި ހާލަތްތަކާ ގުޅިގެން ސެކިއުރިޓީ ޑިޕޮޒިޓް ރީފަންޑް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، އަންނަނިވި ހާލަތްތަކުގައި ސެކިއުރިޓީ ޑިޕޮޒިޓް ރީފަންޑު ކުރަންވާނެއެވެ.

  1. އެންޓްރީ ޕާސް ނުވަތަ ވަރކް ޕަރމިޓް ބާތިލުކުރުން؛
  2. ވަޒީފާދޭ ފަރާތް ބަދަލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ރީފަންޑް ކޮށްދެވޭނީ، ކެންސަލްކޮށްފައިވާ ވަރކް ޕަރމިޓުގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތުގެ ނަމުގައިވާ ބެންކު އެކައުންޓަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަޒީފާދޭ ފަރާތް ނޫން އެހެން ފަރާތަކަށް ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ރީފަންޑް ކުރެވޭނެއެވެ.

  1. ކޯޓު އަމުރެއްގެ ދަށުން ވަޒީފާދޭ ފަރާތް ނޫން އެހެން ފަރާތަކަށް ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ރީފަންޑް ކޮށްދޭން އެންގުން؛
  2. ގާނޫނީ ށަހްސެއް އުވައިލުމުގެ މަރުހަލާގައި، އެ ފަރާތެއްގެ ނަމުގައި ގެނެސްފައިވާ ބިދޭސީންގެ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ، ކުންފުނި އުވައިލުމަށް ހަވާލުކޮށްފައިވާ ފަރާތަށް ޖަމާކޮށްދިނުން.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނީ ށަހްސެއް އުވައިލައިފައިވާ ނަމަ، އެ ފަރާތެއްގެ ނަމުގައި ގެނެސްފައިވާ ބިދޭސީ ފަރާތްތަކަށް ބަހައްޓައިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދޫކުރެވޭނީ، ށަރުއީ ކޯޓު އަމުރެއްގެ ދަށުން، ކޯޓު މެދުވެރިކޮށެވެ.

(ބ) މި ގަވާއިދުގެ ދަށުން ބިދޭސީއަކު ދިވެހިރާއްޖެ ގެނެސްފައިވަނީ ވަޒީފާދޭ ފަރާތުގެ ފަރުދީ ހައިސިއްޔަތުން ނަމަ، އަދި ވަޒީފާދޭ ފަރާތް މަރުވެފައިވާ ނަމަ، ސެކިއުރިޓީ ޑިޕޮޒިޓް ރީފަންޑުކުރެވޭނީ ށަރުއީ ކޯޓު އަމުރެއްގެ ދަށުންނެވެ.

 

9 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެހެން ބިދޭސީއެއްގެ ވަރކް ޕަރމިޓް ޑިޕޮސިޓުގެ ގޮތުގައި ބޭނުންކުރުން

މި ގަވާއިދުގެ ދަށުން، ބިދޭސީ ފަރާތަކަށް ދައްކައިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ރީފަންޑުކުރުމުގެ ބަދަލުގައި، އެ ސެކިއުރިޓީ ޑިޕޮޒިޓް ދައްކައިފައިވާ ވަޒީފާދޭ ފަރާތުގެ ނަމުގައި ގެންނަ އެހެން ބިދޭސީއަކަށް ސެކިއުރިޓީ ޑިޕޮޒިޓް ދައްކަން ބޭނުންކުރަން ބޭނުންވެއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ ނިޒާމެއްގެ ދަށުން އެ ފައިސާ، ފަހުން ގެންނަ ބިދޭސީއެއްގެ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ރީފަންޑްކުރަން އެދި ހުށަހެޅުން

(ހ) މި އުސޫލުގެ 8 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ރީފަންޑުކުރެވޭނީ، އެޕްލިކޭށަން ހުށަހެޅުމާ ހަމަޔަށް 6 (ހައެއް) މަސްދުވަސް ނުވާ ބޭންކް އެކައުންޓް ވެރިފިކޭށަން ސްލިޕަކާއެކ،ު ސެކިއުރިޓީ ޑިޕޮޒިޓް ރީފަންޑްކުރަން އެދި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންނެވެ.

(ށ) މި މާއްދާގެ ބޭނުމަށް ބޭންކް އެކައުންޓް ވެރިފިކޭށަން ސްލިޕެއްގެ ގޮތުގައި ބެލެވޭނީ އަންނަނިވި ލިޔުންތަކެވެ.

  1. ގާނޫނީ ށަހްސެއް ނަމަ، ކުންފުނީގެ އެކައުންޓުގެ ނަމުގައިވާ ޗެކެއްގެ ކޮޕީއެއް؛
  2. ބެންކު ސްޓޭޓްމަންޓް؛
  3. ފައިސާ ޖަމާކުރިކަމުގެ ނުވަތަ ފައިސާ ނެގިކަމުގެ ސްލިޕް؛
  4. ބެންކުން ދީފައިވާ ލިޔުމެއް؛
    ފިޔަވަޅު އެޅުން. 11 މި އުސޫލާ ހިލާފުވާ ވަޒީފާދޭ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ. 

 

 

 

ޖަދުވަލު 6
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅެން، ވަޒީފާދޭ ފަރާތުން "އެކަމަޑޭށަން" ހަމަޖައްސައިދިނުމުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، މި ގަވާއިދުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅެން، ވަޒީފާދޭ ފަރާތުން އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - އެކަމަޑޭށަން ހަމަޖައްސައިދެވޭނެ ގޮތްތައް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކަމަޑޭށަން ހަމަޖައްސަންވާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއްގެ މަތީންނެވެ.

(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރަން ގެންނަ ބިދޭސީންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތް، ވަޒީފާދޭ ފަރާތްތަކަށް ވިޔަފާރި އުސޫލުން ހަމަޖައްސައިދޭ ފަރާތެއް މެދުވެރިކޮށް، އެކަމަޑޭށަން ހަމަޖެއްސުން.

(ށ) ވަޒީފާދޭ ފަރާތުން ހިންގައި ބަލަހައްޓާ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީންނަށް އެކަމަޑޭށަން ހަމަޖެއްސުން.

(ނ) ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކީ ޕްރޮފެށަނަލް ގިންތީގެ މުވައްޒަފެއް ނަމަ، އެ ބިދޭސީ ފަރާތް އަމިއްލައަށް އެކަމަޑޭށަން ހަމަޖެއްސުން.

 

4 ވަނަ މާއްދާ - ވިޔަފާރި އުސޫލުން އެކަމަޑޭށަނުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީކުރުން

މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ގަވާއިދު ނަންބަރު -103R2020/ )ބިދޭސީ މުވައްޒަފުންގެ އެކަމަ ޑޭށަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު( ގެ ދަށުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާ )މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް( ގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - އެކަމަޑޭށަން ފެސިލިޓީތައް ރަޖިސްޓަރީކުރުމާއި ބޭނުންކުރުމުގެ ހުއްދަ ހޯދުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނާއި، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ވަޒީފާ ދޭ ފަރާތްތަކުން، އެ ފަރާތްތަކުން އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ނުވަތަ ތަންތަން، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީން މިނިސްޓްރީގައި ރަޖިސްޓަރީކޮށް، އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި އެ ތަންތަން ބޭނުންކުރުމުގެ ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަމަޑޭށަން ފެސިލިޓީތައް މިނިސްޓްރީގައި ރަޖިސްޓަރީކޮށް ހުއްދަ ދޫކުރެވޭނީ، މި އުސޫލުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަލައި ޗެކްކުރުމަށްފަހު، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވ،ާ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅެން ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ އާންމު މިންގަނޑުތައް ފުރިހަމަވާނަމައެވެ.

 

6 ވަނަ މާއްދާ - ވަރކް ޕަރމިޓް ހޯދުމުގައި އެކަމަޑޭށަންގެ މައުލޫމާތު ހުށަހެޅުން

(ހ) މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގެ 11 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާ އަދާކުރަން ބިދޭސީ ފަރާތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، މިނިސްޓްރީން ކަނޑައަޅައިފައިވާ ނިޒާމެއްގެ ދަށުން އެ ބިދޭސީ ފަރާތަށް އެކަމަޑޭށަން ހަމަޖައްސައިފައިވާ ތަނުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބިދޭސީ ފަރާތަށް އެކަމަޑޭށަން ހަމަޖައްސައިފައިވާ ތަނަކީ، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގައި ރަޖިސްޓަރީކޮށް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ ތަނަކަށް ވާންވާނެއެވެ.

 

7 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް، ހުއްދަ ނުހޯދައި، އެކޮ މޮޑޭށަނުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އެކަމަޑޭށަން ފެސިލިޓީ ހިންގުމާއި، ބިދޭސީން ބައިތިއްބުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓަރީނުކޮށް ނުވަތަ ހުއްދަ ނުހޯދައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދިނުމާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކަމަޑޭށަން ފެސިލިޓީތައް ހިންގުމާއި، އެ ތަންތަނުގައި ބިދޭސީ ފަރާތްތައް ބޭތިއްބުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

8 ވަނަ މާއްދާ - ވިޔަފާރި އުސޫލުން ހިންގާ އެކަމަޑޭށަން ފެސިލިޓީތަކުގައި ބައިތިއްބާ ބިދޭސީން ބެލެހެއްޓުން

ވިޔަފާރި އުސޫލުން ހިންގާ އެކަމަޑޭށަން ފެސިލިޓީތަކުގައި ބައިތިއްބާ ބިދޭސީ ފަރާތްތަކާ ގުޅޭގޮތުން، މި ގަވާއިދުގައްޔާއި ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން، ވަޒީފާދޭ ފަރާތުން ފުރިހަމަކޮށް، ބިދޭސީ ފަރާތްތައް ގަވާއިދުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

9 ވަނަ މާއްދާ - ބިދޭސީންނަށް އެކޮމޮޑޭށަނުގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު ބެލެހެއްޓުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަނަކީ ކުއްޔަށް ދޫކޮށްފައިވާ ތަނެއް ނަމަ، އެ ތަން ބޭނުންކުރަމުން އަންނަނީ ކުއްޔަށް ދޫކޮށްފައިވާ ބޭނުމަށްކަން ކަށަވަރުކުރުމާއި، އެ ތަނުގައި ބައިތިއްބާ ބިދޭސީންގެ މައުލޫމާތު، ވަޒީފާދޭ ފަރާތުން ބަލަހައްޓަންވާނެއެވެ. އަދި ކުލީގެ އެއްބަސްވުމާ ހިލާފަށް އެ ތަނުގައި ކަމެއް ހިނގާ ނަމަ، ކުއްޔަށްދޭ ފަރާތުން، ކުއްޔަށް ހިފާ ފަރާތަށް އެ ކަމެއް އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - ބިދޭސީން ދިރިއުޅެން ހަމަޖައްސައިދޭ ތަންތަނުގައި ހުންނަންވާނޭ އާންމު މިންގަނޑުތައް

މި ގަވާއިދުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅެން ހަމަޖައްސައިދޭ އެކަމަޑޭށަން ފެސިލިޓީތައް ހުންނަންވާނީ، ގާނޫނު ނަންބަރު 21/2021 )ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު( އާއި، ގަވާއިދު ނަންބަރު 2021-15 (ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - އާންމު މިންގަނޑަށް ވުރެ ފުރިހަމަޔަށް އެކަމަޑޭށަން ހަމަޖައްސައިދިނުން

މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މިންގަނޑަށް ވުރެ އިތުރަށް އެއްވެސް ހައްގެއް ނުވަތަ އިނާޔަތެއް ބިދޭސީންނަށް ލިބިދެވޭ ގޮތަށް، ވަޒީފާދޭ ފަރާތުން އެކަމަޑޭށަން ހަމަޖައްސައިދިނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

ބަލައި ޗެކްކުރުން

(ހ) މި ގަވާއިދުގެ ދަށުން އެކަމަޑޭށަން ފެސިލިޓ،ީ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކޮށް ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަމަވޭތޯ ކަށަވަރުކުރުމުގެ ގޮތުން، މިނިސްޓްރީން އެ ތަންތަން ބަލައި ޗެކްކުރުމަށް ފަހުގައެވެ.

(ށ) އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަންތަނަކީ، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ހިންގާ ތަންތަންތޯ ބެލުމަށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅެން ހަމަޖައްސައިދޭ ތަންތަނާއި، އެ ތަންތަނާ ގުޅުންހުރި ތަންތަން، މަދުވެގެން އަހަރަކު އެއްފަހަރު މިނިސްޓްރީން ބަލައި ޗެކްކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަންތަން ބަލައި ޗެކްކުރާއިރު، މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނުފެތޭ ތަންތަން، މި އުސޫލުގައިވާ މިންގަނޑާ އެއްގޮތަށް އިސްލާހުކުރަން، ވަޒީފާދޭ ފަރާތަށް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އަންގައި، އިސްލާހުކުރަން މުއްދަތެއް ދެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރި އުސޫލުން އެކަމަޑޭށަނުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ނުވަތަ ވަޒީފާދޭ ފަރާތްތަކުން މި އުސޫލުގައިވާ މިންގަނޑާ އެއްގޮތަށް އެކަމަޑޭށަން ފެސިލިޓީގެ ކަންކަން އިސްލާހު ނުކޮށްފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، ޖަދުވަލު 7 ގައިވާ އުސޫލުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 1 ގެ ލެވެލް 8 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ސަސްޕެންޑްކޮށް، ވިޔަފާރި އުސޫލުން އެކަމަޑޭށަނުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ސަސްޕެންޑްކުރާ ޓިއަރ 1 ގެ ލެވެލް 8 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ސަސްޕެންޑް ކުރެވޭނެއެވެ. މީގެ އިތުރުން، ގަވާއިދު ނަންބަރު 2021-15 (ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅުމަށް ޓަކައި، ކަމާ ގުޅުންހުރި ވުޒާރާއަށް އެކަން އެންގޭނެއެވެ.

 

12 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

13 ވަނަ މާއްދާ - އެންގުން

މި ގަވާއިދުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅެން ހަމަޖައްސައިދޭ އެކަމަޑޭށަން ފެސިލިޓީތައް ހުރީ މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގަވާއިދު ނަންބަރު 2021-15 (ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު) އާ އެއްގޮތަށްތޯ ބެލުމަށް ޓަކައި ގަވާއިދުން މިނިސްޓްރީން މޮނިޓަރކޮށް، އެ މިންގަނޑުތަކާ ހިލާފުވެފައިވާ ވަޒީފާދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަންވާނެއެވެ.

 

 

ޖަދުވަލު 7

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދާ ހިލާފުވުމުން ފިޔަވަޅު އެޅުމުގެ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާތުތައް ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދާ ހިލާފުވުމުން
ފިޔަވަޅު އެޅުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ފިޔަވަޅު އެޅޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް އަންނަ ބިދޭސީންނާއި، ރެޕްރެޒެންޓޭޓިވްސްއާއި، އެމްޕްލޯއިމަންޓް އެޖެންސީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެކަމަޑޭށަން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ވަރކް ޕަރމިޓް އިންށިއުރަންސް ސަރވިސްދޭ ފަރާތްތަކާއި، ވަރކް ޕަރމިޓް މެޑިކަލް ސަރވިސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ކުރުން މަނާ ކަންކަން

(ހ) ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

  1. މި ގަވާއިދުގެ ޖަލުވަލު 1 ގައިވާ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔޫޒަރ އެގްރީމަންޓާ ހިލާފުވުން؛
  2. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އުސޫލުގެ 8 ވަނަ މާއްދާގެ (ށ) އާ ހިލާފަށް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން ސައްހަނޫން މައުލޫމާތު ހުށަހެޅުމާއި، ދޮގު މައުލޫމާތު ހުށަހެޅުން؛
  3. މި ގަވާއިދުގެ ޖަލުވަލު 1 ގައިވާ އުސޫލުގެ 8 ވަނަ މާއްދާ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން އެސްޕެޓް ސިސްޓަމް ބޭނުންކުރަން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ އެކައުންޓުގެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުން ނުވަތަ އެހެން ފަރާތަކުން އެ އެކައުންޓް ބޭނުންކުރަން ހުއްދަ ދިނުން؛
  4. މި ގަވާއިދުގެ ޖަލުވަލު 1 ގައިވާ އުސޫލާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ނަހަމަގޮތުގައި ބޭނުންކުރުން؛
  5. މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޑިފެކްޓްސް ލައިބިލިޓީ ޕީރިއެޑް" ގެ މުއްދަތު ފަށާއިރު، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު މިނިސްޓްރީއާ ހިއްސާނުކުރުން؛
  6. މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން ދޫކޮށްފައިވާ ކޯޓާއެއް މި ގަވާއިދާއި، މި ގަވާއިދުގެ ޖަލުވަލުތަކާ ހިލާފަށް ބޭނުންކުރުން؛
  7. މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ އުސޫލުގެ މަތީން ކޯޓާ ފީ ނުދެއްކުން؛
  8. މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ މުއްދަތު ހަމަވާއިރު، ވަރކް ޕަރމިޓް ނަގަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގައިފައި ނުވުން؛
  9. މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންޑިށަނަލް ވަރކް ޕަރމިޓުގެ މުއްދަތު ހަމަވާއިރު، ވަރކް ޕަރމިޓް ނަގަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގައިފައި ނުވުން؛
  10. މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލުމުގެ އިންތިޒާމު ވަޒީފާ ދޭ ފަރާތުން ހަމަޖައްސަން އެންގުމުން، އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިނުލައި ރާއްޖޭގައި ބެހެއްޓުން؛
  11. މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ހުއްދަ ހޯދުމެއް ނެތި ބިދޭސީއަކު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމާއި، ވަޒީފާގައި ގެންގުޅުން؛
  12. މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ވަރކް ޕަރމިޓް ފީ ދައްކަން ކަނޑައެޅިފައިވާ ގޮތުގެ މަތީން ވަރކް ޕަރމިޓް ފީ ދައްކައިފައި ނުވުން؛
  13. ވަޒީފާދޭ ފަރާތް ބަދަލުކޮށް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އައު ވަރކް ޕަރމިޓް ނުނަގައި ބިދޭސީން ވަޒީފާގައި ގެންގުޅުން؛
  14. މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގެ ދަށުން ވަރކް ޕަރމިޓަށް އެދޭއިރު ސައްހަނޫން މައުލޫމާތު ދިނުން ނުވަތަ ދޮގު މައުލޫމާތު ދިނުން؛
  15. މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ބިދޭސީއަކު ދިވެހިރާއްޖެ އެތެރެވުމުން ވަޒީފާދޭ ފަރާތުން ހަވާލުނުވުން ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ބިދޭސީއެއްގެ ނިދުމާއި ހުރުމުގެ އިންތިޒާމު ވަޒީފާދޭ ފަރާތުން ހަމަޖައްސައިފައި ނުވުން؛
  16. މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސެކިއުރިޓީ ޑިޕޮޒިޓް ނުދެއްކުން؛
  17. މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ އުސޫލާ ހިލާފަށް ރަޖިސްޓަރީނުކޮށް ނުވަތަ ހުއްދަ ނުހޯދައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކަމަޑޭށަންގެ ހިދުމަތް ފޯރުކޮށްދިނުން ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެކަމަޑޭށަނުގެ ހިދުމަތް ފޯރުކޮށްދޭން އެކަމަޑޭށަން ފެސިލިޓީތައް ހިންގުމާއި، އެ ތަންތަނުގައި ބިދޭސީ ފަރާތްތައް ބޭތިއްބުން؛
  18. ދިވެހިރާއްޖޭގައި ވަޒީފާ އަދާކު ރަން ގެނެސްފައިވާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ، މި ގަވާއިދު ޖަދުވަލު 8 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން މިނިސްޓްރީއަށް އެކަން ރިޕޯޓްނުކޮށް ހުރުން؛
  19. މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަހުގީގަށް އެއްބާރުލުން ނުދިނުން؛
  20. ވަޒީފާދޭ ފަރާތުގެ އިހުމާލުން ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލުން ނުވަތަ ގެއްލުން؛
  21. ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީއަކު ފިލުން؛
  22. މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ވަރކްސައިޓުގެ މައުލޫމާތު ހިއްސާނުކުރުން؛
  23. މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އުސޫލުގެ 10 ވަނަ މާއްދާއާ ހިލާފަށް ވަޒީފާދޭ ފަރާތުގެ ބެލުމުގެ ދަށުން ވަޒީފާ އަދާކުރަމުންއަންނަ ބީދޭސީން އެ ވަގުތަކު މަސައްކަތްކުރަމުން އަންނަ ރަށް ނުވަތަ ދާއިރާ އެކްސްޕެޓް ސިސްޓަމުގައި އަދާހަމަނުކުރުން ނުވަތަ މި އުސޫލުގެ ދަށުން ބިދޭސީން މަސައްކަތްކުރަން ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓް ނޫން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރުން؛
  24. މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އުސޫލުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓަކާ ގުޅިގެން މިނިސްޓްރީއަށް ދޮގު މައުލޫމާތު ހުށަހެޅުން؛
  25. މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ވަރކްސައިޓް އިންސްޕެކްޓްކުރަން ދިޔުމުން، މަގްބޫލު ސަބަބެއް ނެތި ވަރކްސައިޓް އިންސްޕެކްޓްކުރަން ވަޒީފާދޭ ފަރާތުން އިންކާރުކޮށް ދެކޮޅުހެދުން ނުވަތަ މިނިސްޓްރީއަށް ބޭނުންވާ އެއްބާރުލުން ނުދިނުން؛
  26. މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އުސޫލާ ހިލާފަށް ވަރކްސައިޓް ރަޖިސްޓަރީނުކޮށް ނުވަތަ މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި ނުވަތަ އެއްވެސް ސަބަބަކާހުރެ ވަރކްސައިޓުގެ ހުއްދަ ބާތިލުކޮށްފައިވަނިކޮށް ނުވަތަ ހިފަހައްޓައި ފައިވަނިކޮށް، މިނިސްޓްރީގެ ހުއްދަނެތި ނުވަތަ އެ ހުއްދަ އައުކުރުމަކާ ނުލައި އެ ވަރކްސައިޓުގައި ބިދޭސީން ވަޒީފާ އަދާކުރުން؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 1 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 4 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ރ( މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޅ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ރެޕްރެޒެންޓޭޓިވްސް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 ގެ ލެވެލް 1 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ކ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ އެމްޕްލޯއިމަންޓް އެޖެންސީތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 ގެ ލެވެލް 1 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(އ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 ގެ ލެވެލް 1 ގެ ދަރަޖައިން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ވ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 5 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(މ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 2 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ފ) މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ދ) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވ

(ތ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 6 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ލ) މި މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ބިދޭސީ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 3 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ގ) މި މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 6 ގެ ލެވެލް 2 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޏ) މި މާއްދާގެ (ހ) ގެ (12) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 1 އާއި 2 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ސ) މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޑ) މި މާއްދާގެ (ހ) ގެ (14) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 1 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޒ) މި މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޓ) މި މާއްދާގެ (ހ) ގެ (16) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 2 ގެ ލެވެލް 2 އާއި 8 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޔ) މި މާއްދާގެ (ހ) ގެ (17) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޕ) މި މާއްދާގެ (ހ) ގެ (17) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ހިދުމަތްދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 6 އާއި 8 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޖ) މި މާއްދާގެ (ހ) ގެ (18) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 2 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ޗ) މި މާއްދާގެ (ހ) ގެ (19) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 3 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ހހ) މި މާއްދާގެ (ހ) ގެ (20) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 1 އާއި 3 ގެ ލެވެލް 4 އާއި 7 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ
އަމަލެކެވެ.

(ހށ) މި މާއްދާގެ (ހ) ގެ (21) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ބިދޭސީ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 2 ގެ ލެވެލް 1 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ހނ) މި މާއްދާގެ (ހ) ގެ (22) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 3 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ހރ) މި މާއްދާގެ (ހ) ގެ (23 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ
ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 3 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ހބ) މި މާއްދާގެ (ހ) ގެ (24) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 1 އާއި 4 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ހޅ) މި މާއްދާގެ (ހ) ގެ (25) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 5 ގެ ލެވެލް 1 އާއި 3 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ހކ) މި މާއްދާގެ (ހ) ގެ (26) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ވަޒީފާދޭ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުގެ ތާވަލުގެ ޓިއަރ 7 ގެ ލެވެލް 4 އާއި 6 އާ ދެމެދުގެ ދަރަޖައަކުން ފިޔަވަޅު އެޅޭނެ އަމަލެކެވެ.

(ހއ) މި ގަވާއިދުގެ ދަށުން އެއްވެސް ސަބަބަކާހުރެ އެއްވެސް ފަރާތެއް ޖޫރިމަނާކުރެވިއްޖެ ހާލަތެއްގައި، އެ ޖޫރިމަނާއެއް 30 (ތިރީސް) ދުވަހުގެ މުއްދަތެއްގައި ހަލާސް ނުކޮށްފި ނަމަ، އެ ފަރާތެއް މި އުސޫލުގެ ފިޔަވަޅު އެޅުމުގެ ދަރަޖަ ބަޔާންކޮށްފައިވާ ތާވަލުގެ ޓިޔަރ 2 ލެވެލް 8 އިން ފިޔަވަޅު އެޅޭނެއެވެ.

 

5 ވަނަ މާއްދާ - ފިޔަވަޅު އެޅުން

އަންނަނިވި ހާލަތްތަކުގައި މި އުސޫލުގެ ދަށުން ފިޔަވަޅުއެޅުމުގެ ގޮތުން އަންނަނިވި ފަދައިން އަމަލުކުރުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ފަރާތްތައް، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުރަތަމަ ފަހަރު އިހުމާލުވެއްޖެ ކަމަށް ސާބިތުވެއްޖެ ނަމަ، 50,000 (ފަންސާސްހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ފަރާތްތައް، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދެވަނަ ފަހަރު އިހުމާލުވެއްޖެ ކަމަށް ސާބިތުވެއްޖެ ނަމަ، 75,000 (ހަތްދިހަފަސްހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

(ނ) މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާ ފަރާތްތައް، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތިންވަނަ ފަހަރު އިހުމާލުވެއްޖެ ކަމަށް ސާބިތުވެއްޖެ ނަމަ، 100,000 (އެއްލައްކަ) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

(ރ) މި ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކުރުމުގެ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަނުވާ ނަމަ، ށަރުތެއް ފުރިހަމަނުވާ އަހަރަކަށް 2,000 (ދެހާސް) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުން.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރާއްޖެ އައުމަށްފަހު 15 )ފަނަރަ( ދުވަހުގެ ތެރޭގައި ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކުރާ ނަމަ، ވަރކް ޕަރމިޓް މެޑިކަލްއާއި ވަރކް ޕަރމިޓް މެޑިކަލް އިންށުއަރެންސް ނެތުމުގެ ސަބަބުން ވަޒީފާދޭ ފަރާތް ޖޫރިމަނާއެއް ނުކުރެވޭނެއެވެ.

(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ކުރާ މުއާމަލާތެއްގައި، ހިއުމަން ޓްރެފިކިންގއާ ގުޅުންހުރި މައްސަލައެއްގެ ތުހުމަތުކުރެވިއްޖެ ނަމަ ނުވަތަ ށައްކު ކުރެވިއްޖެ ނަމަ، އަދި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިއްޖެ ނަމަ ނުވަތަ ޖިނާއީ ކުށަކަށް ށައްކު ކުރެވިއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފަރާތަކާމެދު ފިޔަވަޅު އަޅައި، އެ މައްސަލައެއް ތަހުގީގުކޮށްދޭން އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުން.

(ކ) ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކާމެދު، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅުން.

(އ) މި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތުގައި، މިނިސްޓްރީއަށް އެއްބާރުލުން ނުދޭ ވަޒީފާދޭ ފަރާތްތަކާއި، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އަންގާ އެންގުންތަކަށް އަމަލުނުކުރާ ވަޒީފާދޭ ފަރާތްތަކާއި، މި ގަވާއިދުގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާމެދު މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅުން.

(ވ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާއަކުން ބަލަމުންއަންނަ މައްސަލައަކާ ގުޅިގެން، އެ އިދާރާއަކުން، އެ ފަރާތް ނުވަތަ އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅެމުންއަންނަ ފަރާތް ބްލެކްލިސްޓުކުރަން ނުވަތަ ސަސްޕެންޑްކުރަން ނިންމައިފި ނަމަ، ވަޒީފާދޭ ފަރާތާއި އެ ބިދޭސީއަކު ބްލެކްލިސްޓްކޮށް ސަސްޕެންޑްކުރުން.

 

6 ވަނަ މާއްދާ - ފިޔަވަޅުތައް ދަރަޖަކުރުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ދަރަޖަކުރެވިފައިވަނީ މި ޖަދުވަލާއެކު ހިމަނައިފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

7 ވަނަ މާއްދާ - ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަތައް ބާތިލުކުރުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މި އުސޫލުގެ ދަށުން ފިޔަވަޅުއެޅޭ ފަރާތަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް، އެ ހުއްދަތަކުގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީ ފަރާތް ގައުމަށް އަނބުރާ ފޮނުވައިލަން އެންގުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ދުމަތް މެދުކަނޑައިލުން (ސަސްޕެންޑްކުރުން)

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް، މި ގަވާއިދުގެ ދަށުން ފޯރުކޮށްދެމުންއަންނަ ހިދުމަތްތައް ފޯރުކޮށްދިނުން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މެދުކަނޑައިލުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބްލެކްލިސްޓު ކުރުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ބްލެކްލިސްޓު ކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބްލެކްލިސްޓު ކުރާ ފަރާތްތަކާމެދު މި އުސޫލުގެ ވަކި ފިޔަވަޅެއް ނުވަތަ އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު ވަކިވަކިން ނުވަތަ އެކުގައި އެޅުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީ ފަރާތެއް ދިވެހިރާއްޖެ ގެނައުމަށްފަހު، އެ ފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.

(ހ) ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެ ގެނައުމަށްފަހު، އެ ފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން.

(ށ) އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 (ފަންސާސްހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

(ނ) ތަކުރާރުކޮށް އިހުމާލުވުމުގެ އަމަލުތައް ހިންގާ ވަޒީފާދޭ ފަރާތްތަކާމެދު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުގެ އިތުރުން، މި ގަވާއިދުގެ ދަށުން ފޯރުކޮށްދެމުންއަންނަ ހިދުމަތްތައް ފޯރުކޮށްދިނުން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މެދުކަނޑައިލުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި، މި ގަވާއިދާ ހިލާފުވާ ކަންކަމުގައި، ގަވާއިދާ ހިލާފަށް އަމަލުކުރި ފަރާތާމެދު މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއަޅައި، އެ ހިލާފުވުމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު،
މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް މައްސަލައެއް ތަހުގީގުކުރަމުން އަންނަ ނަމަ، އެ މައްސަލައަކާ ގުޅިގެން ކުރެވޭ ތަހުގީގު ނިމެންދެން ނުވަތަ މައްސަލަ ހައްލުވަންދެން އެ މައްސަލައެއް ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ސަސްޕެންޑްކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

 

ޖަދުވަލު 7 އާ ގުޅޭ

ފިޔަވަޅުތަކުގެ ދަރަޖަތަކުގެ ތާވަލު 

(އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

 

ޖަދުވަލު 8

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކ،ީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީއަކު ގެއްލިއްޖެ ނަމަ ނުވަތަ ވަޒީފާދޭ ފަރާތަށް ފިލައިފި ނަމަ، މި ގަވާއިދުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ރިޕޯޓުކުރާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ބިދޭސީއަކު ފިލުމުން ނުވަތަ ގެއްލުމުން ރިޕޯޓްކުރުން

(ހ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ވަޒީފާ އަދާކުރަން ދިވެހިރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ގެއްލިއްޖެ ނަމަ ނުވަތަ ވަޒީފާދޭ ފަރާތަށް ފިލައިފި ނަމަ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ބިދޭސީއެއްގެ މިސިންގ ރިޕޯޓް ރިކުއެސްޓެއް، ވަޒީފާދޭ ފަރާތުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ މިސިންގ ރިކުއެސްޓުގައި، އަންނަނިވި މައުލޫމާތު ފުރިހަމަވާންވާނެއެވެ.

  1. އެ ބިދޭސީއަކު ގެއްލުނު ތާރީހު ނުވަތަ ފިލައިފައިވާ ތާރީހު؛
  2. އެ ބިދޭސީއަކު ގެއްލިފައިވާ ގޮތުގެ ނުވަތަ ފިލައިގެން ދިޔަގޮތުގެ ސަބަބާއި، ކަންހިނގައިދިޔަ ގޮތުގެ ތަފުސީލު؛
  3. ފިލައިގެން އުޅޭ ނުވަތަ ގެއްލިގެންއުޅޭ ބިދޭސީގެ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ؛
  4. އެ ބިދޭސީއަކު ގެއްލުނު ތާރީހުގެ ކުރިޔަށް ހިނގައިދިޔަ މީލާދީ 3 (ތިނެއް) މަސްދުވަހު، ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް މުސާރަ ދީފައިވާކަން އަންގައިދޭ ބެންކު ޑޮކިއުމެންޓެއް ނުވަތަ ށަރުއީ ކޯޓަކުން ސައްހަކަން ކަށަވަރުކޮށްފައިވާ ލިޔުމެއް؛

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ އަދި އެ ބިދޭސީއަކު ފިލައިގެން ދިޔަކަމަށް ނުވަތަ ގެއްލުނުކަމަށް މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައިވާ ތާރީހާ ހަމަޔަށް، ސައްހަ އެއްބަސްވުމަކަށް ވާންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މިސިންގ ރިޕޯޓްކުރާ ކޮންމެ ރިކުއެސްޓަކަށް، މިސިންގ ރިޕޯޓިންގ ފީގެ ގޮތުގައި 1,000 (އެއްހާސް) ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެއެވެ.

 

4 ވަނަ މާއްދާ - ބިދޭސީގެ ވަރކް ޕަރމިޓުގެ ސްޓޭޓަސް ބަދަލުވުން

މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން މިސިންގ ރިކުއެސްޓެއް ހުށަހަޅައިފި ނަމަ،އެ ރިކުއެސްޓުގައި ބަޔާންކޮށްފައިވާ ބިދޭސީގެ ވަރކް ޕަރމިޓުގެ ސްޓޭޓަސް،"ރިޕޯޓެޑް މިސިންގ" އަށް ބަދަލުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މިސިންގ ރިޕޯޓް ރިކުއެސްޓް އަނބުރާ ގެނައުން

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ބިދޭސީއަކު ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓެއް ކޮށްފައިވަނިކޮށް، ވަޒީފާދޭ ފަރާތަށް އެ ބިދޭސީއަކު ފެނިއްޖެ ނަމަ ނުވަތަ އަނބުރާ އަތުވެއްޖެ ނަމަ، އެ މިސިންގ ރިޕޯޓްކުރި ރިކުއެސްޓް، ވަޒީފާދޭ ފަރާތުން އެނބުރާ ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިސިންގ ރިޕޯޓް ރިކުއެސްޓެއް އަނބުރާ ގެންދަން ވަޒީފާދޭ ފަރާތުން ހުށަހަޅައިފި ނަމަ، މިސިންގ ރިކުއެސްޓް ވިތްޑްރޯވަލް ފީގެގޮތުގައި 10,000 (ދިހަހާސް) ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން މިސިންގ ރިޕޯޓް ރިކުއެސްޓް އަނބުރާ އިއާދަކުރަން އެދި ހުށަހަޅަނީ މިސިންގ ރިޕޯޓް ރިކުއެސްޓް ހުށަހެޅިތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފީ ދައްކާކަށެއް ނުޖެހޭނެއެވެ.

 

6 ވަނަ މާއްދާ - މިސިންގ ރިޕޯޓާމެދު ގޮތެއް ނިންމުން

(ހ) އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅޭ މިސިންގ ރިކުއެސްޓްތަކާމެދު ގޮތެއް ނިންމަންވާނީ، އެ ރިކުއެސްޓްތަކާއެކު ހުށަހަޅާ މައުލޫމާތު ތައް ވެރިފައިކޮށް، ލޭބަރ ރިލޭށަންސް އޮތޯރިޓީ މެދުވެރިކޮށް އެ މައްސަލަ ތަހުގީގުކުރުމަށް ފަހުގައެވެ.

(ށ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މިސިންގ ރިޕޯޓު ރިކުއެސްޓްތައް ވެރިފައިކޮށް ތަހުގީގުކޮށްދޭން އެދި، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް މިނިސްޓްރީން ފޮނުވަންވާނެއެވެ.

(ނ) ލޭބަރ ރިލޭށަންސް އޮތޯރިޓީގެ ތަހުގީގުން ވަޒީފާދޭ ފަރާތުން މިސިންގ ރިކުއެސްޓް އަނބުރާ އިއާދަކުރަން އެދިއްޖެ ނަމަ، އިތުރު 7 (ހަތެއް) ދުވަހުގެ މުހުލަތެއް، ފީއަކާ ނުލައި، ވަޒީފާދޭ ފަރާތަށް ލި ބޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ހުށަހެޅޭ މިސިންގ ރިޕޯޓް ރިކުއެސްޓްތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު، ލޭބަރ ރިލޭށަންސް އޮތޯރިޓީން އެކުލަވައިލައި އާންމުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - މިސިންގ ރިކުއެސްޓު ވެރިފައިކޮށް ތަހުގީ ގުކުރުން

(ހ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ވެރިފައިކޮށް ތަހުގީ ގުކޮށްދިނުމަށް އެދި ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް މިނިސްޓްރީން ފޮނުވާ ރިކުއެސްޓަކާ ގުޅިގެން މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަވޭތޯ ބަލައި، އަންނަނިވި މައުލޫމާތުތައް، ލޭބަރ ރިލޭށަންސް އޮތޯރިޓީން ވެރިފައި ކުރަންވާނެއެވެ.

  1. ގެއްލިފައިވާކަމަށް ނުވަތަ ފިލައިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީގެ ނުވަތަ އެ ބިދޭސީއަށް ވަޒީފާދިން ފަރާތުގެ މުވައްޒަފުންނާ ގުޅޭ މައްސަލައެއް، ދައުލަތުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ހުށަހަޅައިފައިވާ ނަމަ، އެ މައުލޫމާތު؛
  2. މިސިންގ ރިޕޯޓުކޮށްފައިވާ ބިދޭސީގެ ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކޮށްފައިވާ މިންވަރު؛
  3. މިސިންގ ރިޕޯޓުކޮށްފައިވާ ވަޒީފާދޭ ފަރާތުގެ ބިދޭސީ މުވައްޒަފުން ގެއްލިގެން ނުވަތަ ފިލައިގެން މިސިންގ ރިޕޯޓް ރިކުއެސްޓްތައް ހުށަހެޅިފައިވާ މިންވަރު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގުކުރަން، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް މިނިސްޓްރީން ފޮނުވާތާ، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ތަހުގީގު ނިމުނުގޮތުގެ ރިޕޯޓު، މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގު ނިންމައިނުލެވިއްޖެ ނަމަ، އެ މުއްދަތުގެ ތެރޭގައި ތަހުގީގާ ގުޅޭ ވަގުތީ ރިޕޯޓެއް އެކުލަވައިލައިފައި މިނިސްޓްރީއާ އެ ރިޕޯޓު ހިއްސާކުރަންވާނެއެވެ. 

 

8 ވަނަ މާއްދާ - ކޯޓާގެ ސްލޮޓް ހިފެހެއްޓުން

މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގު މުއްދަތުގެ ތެރޭގައި މިސިންގ ރިޕޯޓުކޮށްފައިވާ ބިދޭސީއަށް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތުގެ ކޯޓާ ސްލޮޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

 

9 ވަނަ މާއްދާ - ތަހުގީ ގަށް އެއްބާރުލުން ދިނުން

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީން ކުރާ ތަހުގީގުތަކަށް ވަޒީފާދޭ ފަރާތުން އެއްބާރުލުން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލޭބަރ ރިލޭށަންސް އޮތޯރިޓީން ކުރާ ތަހުގީގަށް ވަޒީފާދޭ ފަރާތުން އެއްބާރުލުން ނުދިނުމުގެ ސަބަބުން، މި އުސޫލުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިމިފައި ނުވާ ނަމަ، އެ ބިދޭސީއަކު ފިލައިފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުން ކަމުގައި ބަލައި، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި އުސޫލުގެ 8 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ލޭބަރ ރިލޭށަންސް އޮތޯރިޓީން ހިންގާ ތަހުގީގު ނިމިފައިނުވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލަކުން ކަމުގައި ނުވާ ނަމަ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓާ ސްލޮޓް ހުސްކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލޭބަރ ރިލޭށަންސް އޮތޯރިޓީން ކުރާ ތަހުގީގު ނިމިފައިނުވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލަކުން ކަމުގައި ވާ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވުމުގެ އިހުތިޔާރު، އެ ބިދޭސީއަކަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ އިހުމާލުން ބިދޭސީއަކު ގެއްލުން ނުވަތަ ފިލައިގެން ދިއުން

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގު ނިމުނުގޮތުގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި، އެ ބިދޭސީއަކު ފިލައިފައިވަނީ ނުވަތަ ގެއްލިފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމުގައި މިނިސްޓްރީއަށް ގަބޫލުކުރެވޭ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތާމެދު ފިޔަވަޅު އަޅަންވާނެއެވެ.

(ށ) ބިދޭސީއަކާ ގުޅިގެން މިސިންގ ރިޕޯޓް ކޮށްފައިވަނީ ދޮގު މައުލޫމާތާއެކީގައިކަން ނުވަތަ ގަސްތުގައި އޮޅުވައިލައިގެންކަން މިނިސްޓްރީއަށް ނުވަތަތަ ހުގީގީ އިދާރާއަކަށް ސާބިތުވެއްޖެ ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތާމެދު ފިޔަވަޅު އަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ އިހުމާލެއްނެތި ބިދޭސީއަކު ގެއްލުން ނުވަތަ ފިލައިގެން ދިއުން

މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި، އެ ބިދޭސީއަކު ފިލައިފައިވަނީ ނުވަތަ ގެއްލިފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލެއް އޮވެގެން ނޫންކަމުގައި މިނިސްޓްރީއަށް ގަބޫލުކުރެވޭ ނަމަ، އެ ބިދޭސީއެއްގެ މިސިންގ ރިޕޯޓް ރިކުއެސްޓް މިނިސްޓްރީއަށް ލިބިފައިވާ ތާރީހުން ފެށިގެން، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށް، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން އެ ބިދޭސީއަކާމެދު ފިޔަވަޅު އަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މިސިންގ ރިޕޯޓްކޮށްފައިވާ ބިދޭސީއަކު ފެނުން

(ހ) މި އުސޫލުގެ ދަށުން މިސިންގ ރިޕޯޓެޑްކަމަށް ވަރކް ޕަރމިޓް ސްޓޭޓަސް ބަދަލުކޮށްފައިވާ ބިދޭސީއަކ،ު ދައުލަތުގެ އިދާރާއަކުން ހިންގާ އިންސްޕެކްށަނަކުން ނުވަތަ އެހެންވެސް ގޮތަކުން ފެނިއްޖެ ނަމަ، އެ ފަރާތުގެ ވަރކް ޕަރމިޓް ސްޓޭޓަސް "ފައުންޑް" އަށް ބަދަލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިދޭސީއަކީ މި އުސޫލުގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީން ކުރާ ތަހުގީގުން، ވަޒީފާދޭ ފަރާތުގެ އިހުމާލެއްނެތި ފިލައިފައިވާ ފަރާތެއްކަމަށް ކަނޑައަޅައިފައިވާ ނަމަ، އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ގައުމަށް އަނބުރާ ފޮނުވައިލާ ބިދޭސީން ގައުމަށް ފޮނުވައިލުމުގެ ކުރިން، މި ގަވާއިދު ޖަދުވަލު 7 ގައިވާ އުސޫލުގެ ދަށުން އެ ބިދޭސީއަކާމެދު އެއްވެސް ފިޔަވަޅެއް އަޅައިފައިވާ ނަމަ، އެ ފަރާތަކާމެދު އަޅައިފައިވާ ފިޔަވަޅާއި، ފިޔަވަޅު އަޅައިފައިވާ މުއްދަތު، އެ ބިދޭސީއަކަށް އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - މިސިންގ ރިޕޯޓްކޮށްފައިވާ ބިދޭސީންގެ ސެކިއުރިޓީ ޑިޕޮޒިޓް

މި އުސޫލުގެ ދަށުން މިސިން ގ ރިޕޯޓުކޮށްފައިވާ ބިދޭސީއެއްގެ ސެކިއުރިޓީ ޑިޕޮޒިޓް ރިފަންޑުކުރެވޭނީ، ވަޒީފާދޭ ފަރާތުގެ ހަރަދުގައި އެ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލައިފައިވާ ނަމައެވެ.

 

14 ވަނަ މާއްދާ - މިސިންގ ރިޕޯޓު ހުށަނޭޅުން

ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ވަޒީފާ އަދާކުރާ ބިދޭސީއަކު ގެއްލުމުން ނުވަތަ ފިލައިގެން ދިއުމުން އެ ބިދޭސީއެއްގެ މިސިންގ ރިޕޯޓު، މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅައިފައި ނުވާ ނަމަ، އެ ބިދޭސީއަކީ ގެއްލިފައިވާ ނުވަތަ ފިލައިގެންއުޅޭ ބިދޭސީއެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

15 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ މިސިންގ ރިޕޯޓް ރިކުއެސްޓް

(ހ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، އެކްސްޕެޓް ސިސްޓަމުގައި މިސިންގ ރިޕޯޓެޑްކަމަށް ފެންނަންހުރި ބިދޭސީއެއްގެ މިސިންގ ރިޕޯޓު އަނބުރާ ގެންދިއުމަށް، ވަޒީފާދޭ ފަރާތުން ބޭނުންވާ ނަމަ، މި އުސޫލަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މިސިންގ ރިކުއެސްޓެއް އަނބުރާ ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، މިސިންގ ރިޕޯޓް ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފި ނަމަ، މިސިންގ ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެއެވެ.

 

 

ޖަދުވަލު 9

ލެޓަރ އޮފް އެޕޮއިންޓްމަންޓުގެ ޓެމްޕްލޭޓް 

(އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

ޖަދުވަލު 10

ވަރކްސައިޓް ރަޖިސްޓަރީ ކުރުމުގެ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު 

މި އުސޫލަކ،ީ މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވަރކްސައިޓު ރަޖިސްޓަރީކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާތުތައް ބަޔާންކޮށްފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ނަން 

މި އުސޫލަށް ކިޔާނީ، "ވަރކްސައިޓް ރަޖިސްޓަރީކުރުމުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - ވަރކްސައިޓް ރަޖިސްޓަރީކުރުން

މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، އެއްވެސް ބިދޭސީއަކަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، މި އުސޫލުގެ ދަށުން އެ ބިދޭސީއަކު ވަޒީފާ އަދާކުރާ ވަރކްސައިޓް، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ - ވަރކްސައިޓް ސްޓޭޓަސް

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރޭށަ ނުގެ އެންމެހައި ކަންކަން ފުރިހަމަކޮށް ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކާއި، މި އުސޫލާ އެއްގޮތަށް އަދާހަމަކޮށްގެން ބޭނުންކުރަމުން އަންނަ ސައިޓުތައް، އެކްސްޕެޓް ސިސްޓަމު ން ފެންނަން ހުންނަންވާނީ، އެކްޓިވް ވަރކްސައިޓެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރުމަށްފަހު، ވަރކްސައިޓް ބަންދުކޮށްފައިވާ ނަމަ ނުވަތަ މަސައްކަތް ހުއްޓައިލައިފައިވާ ނަމަ ނުވަތަ އެނޫންވެސް ސަބަބަކާހުރެ މަސައްކަތް ކުރި ޔަށްނުގެންދާ ނަމަ، އެކްސްޕެޓް ސިސްޓަމުން އެ ވަރކްސައިޓެއް ފެންނަން ހުންނަންވާނީ، "އިނ-ްއެކްޓިވް" ވަރކްސައިޓެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރުމަށްފަހު، ވަރކްސައިޓް ރަޖިސްޓަރީކުރަން މިނިސްޓްރީއަށް ހުށަހަޅައިފައިވާ ލިޔުންތަކާއި ހުއްދަތަކުގެ ސައްހަކަން ގެއްލިފައިވާ ނުވަތަ މިނިސްޓްރީން އަޅާ ފިޔަވަޅަކާ ގުޅިގެން ވަރކްސައިޓަށް ދީފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފަހައްޓައިފައިވާ ވަރކްސައިޓްތައް އެކްސްޕެޓް ސިސްޓަމުން ފެންނަން ހުންނަންވާނީ، "ސަސްޕެންޑެޑް" ވަރކްސައިޓެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރުމަށްފަހު، އެއްވެސް ސަބަބަކާހުރެ ވަރކްސައިޓް ބަންދުކުރުމަށްފަހު ނުވަތަ މަސައްކަތް ހުއްޓައިލުމަށްފަހު ނުވަތަ މިނިސްޓްރީން އަޅާ ފިޔަވަޅަކާ ގުޅިގެން ވަރކްސައިޓުގައި މަސައްކަތްކުރުން ހުއްޓުމަކަށް ގެނެސް އެ ވަރކްސައިޓުގައި މަސައްކަތްކުރަން ގެނެސްފައިވާ ބިދޭސީން އެހެން ވަރކްސައިޓަކަށް ނުވަތަ ވަޒީފާދޭ ފަރާތް ބަދަލުކުރުމުގެ ނުވަތަ ފޮނުވައިލުމުގެ މަރުހަލާގައިވާ ނަމަ، އެކްސްޕެޓް ސިސްޓަމުން އެ ވަރކްސައިޓެއް ފެންނަން ހުންނަންވާނީ، "ޕެންޑިންގ ސައިޓް ކްލިއަރެންސް" ވަރކްސައިޓެއްގެ ގޮތުގައެވެ.

 

5 ވަނަ މާއްދާ - މައުލޫމާތު އަދާހަމަކުރުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންއަންނަ ބިދޭސީންނަށް ދޫކޮށްފައިވާ ކޯޓާ ނަގަން ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓުތައް، މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލެއްގެ ދަށުން ރަޖިސްޓަރީ ކޮށް، މި އުސޫލާ އެއްގޮތަށް މައުލޫމާތުތައް އަދާހަމަކުރަންވާނެއެވެ. 

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކޮށް ބިދޭސީން ވަޒީފާ އަދާކުރަން ހުއްދަ ދީފައިވާ ވަރކްސައިޓުގެ އެއްވެސް މައުލޫމާތެއް ނުވަތަ ވަރކްސައިޓް ރަޖިސްޓްރޭށަނަށް ހުށަހެޅިއިރު ހުށަހަޅައިފައިވާ އެއްވެސް ހުއްދައެއް ބަދަލުވެއްޖެ ނަމަ ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނަމަ ނުވަތަ ހުއްދަ އައުކޮށްފައިވާ ނަމަ ނުވަތަ ވަރކްސައިޓާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީއަށް ބޭނުންވެއްޖެ ނަމަ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އެކްސްޕެޓް ސިސްޓަމުގައި އެ މައުލޫމާތުތައް އަދާހަމަކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ވަރކްސައިޓުގެ މައުލޫމާތު ހިއްސާކުރަން މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

6 ވަނަ މާއްދާ - ވަރކްސައިޓުގެ ބާވަތްތައް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނީ، އަންނަނިވި ކެޓެގަރީތަކުގެ ކެޓަގަރީއެއްގެ ވަރކްސައިޓަކަށެވެ.

  1. މީހުން ދިރިއުޅޭ ރަށްރަށުގައި ވިޔަފާރި ބޭނުމަށް ހިންގާ ވަރކްސައިޓް؛
  2. މީހުން ދިރިނޫޅޭ ރަށްރަށުގައި ވިޔަފާރި ބޭނުމަށް ހިންގާ ވަރކްސައިޓް؛
  3. އޮންލައިންކޮށް ނުވަތަ ވަރޗުއަލްކޮށް ހިންގާ ވިޔަފާރިތަކުގެ ވަރކްސައިޓް؛
  4. ވިޔަފާރި ބޭނުމަށް ބޭނުންކުރާ ކަނޑު އުޅަނދު؛
  5. ގޭބިސީ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަރކްސައިޓްތައް ރަޖިސްޓަރީ ކުރެވޭ ބާވަތްތައް ބަހައިލައިފައިވާ ގޮތ،ް އެކްސްޕެޓް ސިސްޓަމުން ފެންނަން ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީކުރަން އެދޭ ވަރކްސައިޓުން ހިންގަން ބޭނުންވާ ހަރަކާތް (type work) އާއި، އެ ހަރަކާތުގެ ދަށުން ހިންގާނެ ގުޅުންހުރި ހަރަކާތްތައް (activities related type work) މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން ގޭބީސީތަކަށް ދޫކުރާ ވަރކް ސައިޓުގެ ހުއްދައިގެ ދަށުން ވިޔަފާރީގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ވަރކްސައިޓް ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން ރަޖިސްޓަރީ ކުރާ ވަރކްސައިޓްތައް ރަޖިސްޓަރީކުރުމަށް ޓަކައި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ސައިޓް ރެޖިސްޓްރޭށަން ރިކުއެސްޓެއް ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ރިކުއެސްޓުގައި، ރަޖިސްޓަރީކުރަން އެދޭ ބާވަތުގެ ވަރކްސައިޓް ނުވަތަ ސައިޓް ޓައިޕާއި، މި އުސޫލުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަރަކާތްތަކާއި، ގުޅުންހުރި ލިޔެކިޔުންތަކާއި މައުލޫމާތު، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި އުސޫލުގެ ދަށުން ވަޒީފާދޭ ކޮންމެ ފަރާތަކަށް އެއް އެޑްރެހެއްގައި އެއްބާވަތުގެ މަސައްކަތުގެ ދަށުން ރަޖިސްޓަރީކުރެވޭނީ އެއް ވަރކް ސައިޓެވެ.

 

8 ވަނަ މާއްދާ - ވަރކްސައިޓުގެ އެޑްރެސް ބަދަލުވުން

މި އުސޫލުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވަރކްސައިޓެއްގެ އެޑްރެސް ބަދަލުވެއްޖެ ނަމަ، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަރކްސައިޓުގެ ބަދަލުވި އެޑްރެހުގައި ވަރކްސައިޓް އަލުން ރަޖިސްޓަރީކުރަން އެދެންވާނެއެވެ.

 

9 ވަނަ މާއްދާ - ޕްރޮޖެކްޓްތަކަށް ހާއްސަކޮށް ވަރކްސައިޓް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނަކީ ވަކި ހާއްސަ ޕްރޮޖެކްޓަކާ ގުޅިގެން ވަޒީފާ އަދާކު ރަން ގެންނަ ބައެއް ނަމަ، އެ ޕްރޮޖްކްޓުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ ވަރކްސައިޓްތައް ރަޖިސްޓަރީކޮށްދެވޭނީ އެ ޕްރޮޖެކްޓުގެ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރޮޖެކްޓުގެ ބާވަތުން، ޕްރޮޖެކްޓުގެ މަސައްކަތްތައް ނިމޭފަހުން ޑިފެކްޓްސް އެންޑް ލައިބިލިޓީ ޕީރިއެޑްގެ މުއްދަތަށް ވަރކްސައިޓުގެ މުއްދަތު އިތުރުކުރަން އެދުމުގެ ފުރުސަތު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - އެއް ވަރކްސައިޓަށް ވުރެ ގިނަ ވަރކްސައިޓުގައި ބިދޭސީން މަސައްކަތްކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 1 (އެކެއް) ވަރކްސައިޓަށް ވުރެ ގިނަ ވަރކްސައިޓުގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އަދި ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓުތަކަކީ ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ވަރކްސައިޓެއް ނަމަ، ބީދޭސީން އެ ވަގުތަކު މަސައްކަތްކުރަމުންއަންނަ ވަރކްސައިޓް ގާއިމުކޮށްފައިވާ ރަށުގެ މައުލޫމާތު، އެކްސްޕެޓް ސިސްޓަމުގައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީން އަދާހަމަކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށް ވަޒީފާދޭ ފަރާތުން ބިދޭސީން ވަޒީފާ އަދާކުރަން ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓްތަކަކީ ގްރޭޓަރ މާލޭ އޭރިއާ (މާލެ، ހުޅުމާލެ، ވިލިނގިލ،ި ތިލަފުށ،ި ގުޅިފަޅު) އަށް ނިސްބަތްވާ ރަށްތަކެއްގައި ގާއިމުކޮށްފައިވާ ވަރކްސައިޓްތަކެއް ނަމަ ނުވަތަ ގުޅިފައިވާ ރަށްތަކެއްގައި ގާއިމުކޮށްފައިވާ ވަރކްސައިޓްތަކެއް ނަމަ، މި ވަރކްސައިޓްތައް ބަލާނީ، އެ ކަނޑައެޅިފައިވާ ދާއިރާއަށް ނިސްބަތްވާ ވަރކްސައިޓްތަކެއް ކަމުގައެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތުގެ ބެލުމުގެ ދަށުން ވަޒީފާ އަދާކުރަމުންއަންނަ ބީދޭސީން އެ ވަގުތަކު މަސައްކަތް ކުރަމުން އަންނަ ދާއިރާ އެކްސްޕެޓް ސިސްޓަމުގައި އަދާހަމަކުރަންވާނެއެވެ.

(ނ) މި މާއްދާއާ ހިލާފަށް ވަޒީފާދޭ ފަރާތުގެ ބެލުމުގެ ދަށުން ވަޒީފާ އަދާކުރަމުން އަންނަ ބީދޭސީން އެ ވަގުތަކު މަސައްކަތްކުރަމުން އަންނަ ރަށް ނުވަތަ ދާއިރާ އެކްސްޕެޓް ސިސްޓަމުގައި އަދާހަމަނުކުރުމަކީ ނުވަތަ މި އުސޫލުގެ ދަށުން ބިދޭސީން މަސައްކަތްކުރަން ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓު ނޫން އެހެން ސައިޓެއްގައި ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ މަނާކަމެކެވެ. އަދި އެފަދަ ވަޒީފާދޭ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

11 ވަނަ މާއްދާ - މައުލޫމާތު ބޭނުންކު ރަން ހުއްދަ ދިނުން

(ހ) މި އުސޫލުގެ ދަށުން ވަރކްސައިޓް ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ފަރާތްތަކުން، އެ ފަރާތުން ހުށަހަޅާ ރިކުއެސްޓްތައް ޕްރޮސެސްކުރުމަށް، ދައު ލަތުގެ ގުޅުންހުރި އިދާރާތަކުން މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ހޯދައިގެން، އެ މައުލޫމާތު ބޭނުންކުރުމުގެ ހުއްދ،ަ މިނިސްޓްރީއަށް ދޭންވާނެއެވެ.

(ށ) މ މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ދޭ ހުއްދަ އަނބުރާ ގެންގޮސްފި ނަމަ ނުވަތަ މިނިސްޓްރީއާ މައުލޫމާތު ހިއްސާނުކުރުމަށް މައުލޫމާތު ހުރި އިދާރާއަކަށް އަންގައިފި ނަމަ، މި ގަވާއިދުގެ ދަށުން އެ ވަޒީފާދޭ ފަރާތަށް މިނިސްޓްރީން ދެމުންއައި ހިދުމަތްތައް ހުއްޓައިލުމުގެ އިހުތިޔާރު ނުވަތަ އެ ހިދުމަތް މެދުކަނޑައިލުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ަރކްސައިޓް ރަޖިސްޓަރީކުރަން ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރަން އެދި ހުށަހަޅާ އައު ވަރކްސައިޓުތަކާއި ރަޖިސްޓަރީކޮށްގެން ބިދޭސީން ގެންގުޅުމުގެ ހުއްދަ ދީފައިވާ ވަރކްސައިޓްތަކާ ގުޅޭގޮތުން ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ހުށަހަޅައިފައިވާ މައުލޫމާތުގެ ސައްހަކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

(ށ) ވަރކްސައިޓް ރަޖިސްޓަރީކު ރަން އެދި މިނިސްޓްރީއަށް ދޮގު މައުލޫމާތު ހުށަހަޅައިފި ނަމަ ނުވަތަ ވަރކްސައިޓް ރަޖިސްޓަރީކޮށްފައިވަނީ އޮޅުވައިލައިގެންކަން މިނިސްޓްރީއަށް އެނގިއްޖެ ނަމަ، މިފަދަ އަމަލެއް ހިންގާ ފަރާތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި، އެ މައްސަލައެއް ތަހުގީގުކޮށްދޭން އެދި، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ވަރކްސައިޓް ސަސްޕެންޑްކުރުން

(ހ) އެއްވެސް ސަބަބަކާހުރެ މިނިސްޓްރީން ވަރކްސައިޓެއް ސަސްޕެންޑްކޮށްފި ނަމަ، އެ ވަރކްސައިޓެއްގައި ބިދޭސީންނަށް ވަޒީފާ އަދާކުރެވޭނީ، ސަސްޕެންށަނާ ގުޅިގެން މިނިސްޓްރީން އަންގާ ކަންކަން އި ސްލާހުކުރުމާއެކ،ު މި އުސޫލުގެ ޖަދުވަލު 7 ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ވަރކްސައިޓުގައި ބިދޭސީން އަލުން މަސައްކަތްކުރުމުގެ ހުއްދަ މިނިސްޓްރީން ދިނުމުންނެވެ.

(ށ) އެއްވެސް ސަބަބަކާހުރެ މިނިސްޓްރީން ވަރކްސައިޓެއް ސަސްޕެންޑްކޮށްފި ނަމަ، ވަރކްސައިޓް ސަސްޕެންޑްކޮށްފައިވާ މުއްދަތަށް އެ ވަރކްސައިޓުގައި ބިދޭސީން މަސައްކަތް ކުރުވައިގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ވަރކްސައިޓުގެ ހުއްދަ ބާތިލުކުރުން

(ހ) އެއްވެސް ސަބަބަކާހުރެ މިނިސްޓްރީން ވަރކްސައިޓަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށްފި ނަމަ، އެ ވަރކްސައިޓެއްގެ ސްޓޭޓަސް، "އިންއެކްޓިވް " ސްޓޭޓަސްއަށް ބަދަލުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަރކްސައިޓުގެ ސްޓޭޓަސް، "އިންއެކްޓިވް" ސްޓޭޓަސްއަށް ބަދަލުވެއްޖެ ނަމަ، އަދި ވަޒީފާދޭ ފަރާތުގެ ނަމުގައި އިތުރު ވަރކްސައިޓެއް ރަޖިސްޓަރީކޮށްފައި ނުވާ ނަމަ، ވަޒީފާދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީން، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ގައުމަށް އަނބުރާ ފޮނުވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުއްދަ ބާތިލުކުރާ ވަރކްސައިޓުގައި ވަޒީފާ އަދާކުރާ ބިދޭސީންތައް އެހެން ވަރކްސައިޓެއްގައި ރަޖިސްޓަރީވާން ބޭނުންވާ ނަމަ ނުވަތަ ވަޒީފާދޭ ފަރާތް ބަދަލުކުރަން ބޭނުންވާ ނަމަ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ބަދަލުކުރަން ނުވަތަ އައު ވަރކްސައިޓެއްގައި ރަޖިސްޓަރީވާން އެދި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން އިންއެކްޓިވް ވަރކްސައިޓެއްގައި ބިދޭސީން ވަޒީފާ އަދާކޮށްގެން ނުވާނެއެވެ. މި މާއްދާއާ ހިލާފަށް އިންއެކްޓިވް ވަރކްސައިޓެއްގައި ބިދޭސީން ވަޒީފާގައި ގެންގުޅޭ ވަޒީފާދޭ ފަރާތްތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ސައިޓް ކްލިއަރެންސް

(ހ) މި އުސޫލުގެ ދަށުން ވަރކްސައިޓުގެ ސްޓޭޓަސް "ސައިޓް ކްލިއަރެންސް" އަށް ބަދަލުވެއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި،އެ ވަރކްސައިޓުގައި ވަޒީފާ އަދާކުރާ ބިދޭސީން، ގައުމަށް އަނބުރާ ފޮނުވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ވަރކްސައިޓުގައި ވަޒީފާ އަދާކުރާ ބިދޭސީން ވަޒީފާދޭ ފަރާތުގެ އެހެން ވަރކްސައިޓެއްގައި ރަޖިސްޓަރީކުރަން ބޭނުންވާ ނަމަ ނުވަތަ ވަޒީފާދޭ ފަރާތް ބަދަލުކުރަން ބޭނުންވާ ނަމަ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ބަދަލުކުރަން ނުވަތަ އައު ވަރކްސައިޓެއްގައި ރަޖިސްޓަރީވާން އެދި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން "ސައިޓް ކްލިއަރެންސް" މުއްދަތުގެ ގޮތުގައި ދެވޭނީ 3 (ތިނެއް) މަސްދުވަހާއި، 6 (ހައެއް) މަސްދުވަހާއި، 12 (ބާރަ) މަސްދުވަހުގެ މުއްދަތެވެ.

 

16 ވަނަ މާއްދާ - އުސޫލާ ހިލާފުވުން

މި އުސޫލާ ހިލާފަށް ވަރކްސައިޓުތަކުގައި ބިދޭސީން ގެންގުޅޭ ވަޒީފާދޭ ފަރާތްތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2025-120)

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

 

އުވުނު ގަވާއިދު

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-111)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު