ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025-120) އަށް 3ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-69)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ސެޕްޓެމްބަރު 2026 ގައި)
ގަވާއިދު ނަންބަރު 2025-120 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 58 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، (ރ) ގެ ގޮތުގައ،ި އަންނަނިވި ފަދައިން އަކުރެއް
އިތުރުކުރުން.
(ރ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބެންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވައިފައިވާ ބެންކު އެކައުންޓަކަށެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025-120)
ކިޔުންތެރިންގެ ހިޔާލު