-

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-139)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 އޮގަސްޓް 2022 ގައި)

ބާބު 1

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި، 29 ވަނަ މާއްދާގެ (އ) އާއި، 33 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގޮތުން އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް، ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށް ޓަކައި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅޭުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުތައް ބަޔާންކުރުން.

(ށ) ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނު ގައިވާ ކަންކަން ތަންފީޒުކުރުން.

(ނ) ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާދޭިނުމަށް ކޮމިޓީއެއް އެކުލަވައިލުމާއި، އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، އެ ކޮމިޓީ ހިންގުމާބެހޭ ކަންކަން ބަޔާންކުރުން.

(ރ) ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅޭންހުރި ހަރަކާތްތަކަށް ލައިސަންސްދިނުމާ ގުޅޭ ކަންކަން ކަނޑައެޅުން.

(ބ) ކަނޑުމަހުގެ މަސްވެރިކަން މޮނިޓަރކޮށް، ކޮންޓްރޯލްކުރުމާއި، ސަރވޭލަންސްއާ ގުޅޭ ފިޔަވަޅުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ވަދުއަޅައިގެން މަސްވެރިކަންކުރާ އެންމެހައި އުޅަނދުފަހަރަށް ލައިސަންސް ދޫކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުންނެވެ.

(ނ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވިޔަފާރި ބޭނުމަށް، މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ތެރެއިން، އެކްސްޕޯޓުކުރުމަށް ނުވަތަ އެކްސްޕޯޓުކުރާ ފަރާތްތަކަށް ވިއްކުމަށް ކަނޑުމަސް ޕްރޮސެސްކުރާ ތަންތަން ފިޔަވައި، ހަމައެކަނި ދިވެހިރާއްޖޭގެ އެތެރޭގެ ބާޒާރުތަކަށް ވިއްކުމަށް ޕްރޮސެސްކުރާ ތަންތަނަށް ލައިސަންސް ދޫކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

މި ގަވާއިދު ހިނގާނެ ދާއިރާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކަނޑުމަހުގެ ބާވަތްތަކާއި، އެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ ދޮށީގެ މަސްވެރިކަމާއި، އަތުނަނުގެ މަސްވެރިކަމާއި، ވަދުނަނުގެ މަސްވެރިކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ ހަރަކާތްތަކުގައި އަމާޒުކުރާ ބާވަތްތައް ފިޔަވައި، ހިފާ، ނުވަތަ ބާނާ ނުވަތަ ނަގާ، ކަނޑުގެ އެހެނިހެން ދިރުން (ބައިކެޗް).

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ ހަރަކާތްތަކުގެ އިތުރުން، މަސްބޭނުމަށްފަހު މަސްބަނދަރަކަށް ނުވަތަ މަސްކިރާ އުޅަނދަކަށް ވިއްކުމުގެ ކުރިން، ކަނޑުގައި ދުއްވާ އެއް އުޅަނދުން އެހެން އުޅަނދަކަށް ކަނޑުމަސް ގެންދިއުމާއި (ޓްރާންށިޕްކުރުން)، ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް މަސް ނުވަތަ އެފަދަ އުފެއްދުމެއް ގެންދިއުން (ޓްރާންސްފަރ) އަދި މަސް ހަލާކުނުވާ ގޮތަށް ރައްކައުކުރުމުގެ ހަރަކާތްތަކާއި، މި ހަރަކާތްތަކާ ގުޅޭިފައިވާ އެންމެހައި ފަރާތްތަކާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، އެނޫންވެސް އުޅަނދުފަހަރާއި، ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމުގެ މަސައްކަތްކުރާ ތަންތަނާއި، މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ތަންތަން.

 

ބާބު 2

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން

 

5 ވަނަ މާއްދާ - ކޮމިޓީ އެކުލަވައިލުން

(ހ) ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާދިނުމަށް ޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ކޮމިޓީއެއް (މި ގަވާއިދުގައި، މީގެ ފަހުން ކޮމިޓީގެ ގޮތުގައި ހަވާލާދީފައި) އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް މެން ބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީ އެކުލަވައިލަންވާނީ،ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީގެ ފިށަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް؛ (މުގައްރިރު)؛
  2. މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ތަމްސީލުކުރާ މަންދޫބެއް؛
  3. ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ކޮންމެ ބާވަތެއް (ދޮށީގެ މަސްވެރިކަމާއި، އަތުނަނުގެ މަސްވެރިކަމާއި، ވަދުނަނުގެ މަސްވެރިކަމާއި، ލޭނު މަސްވެރިކަން) ތަމްސީލުކުރާ، އެއް ފަރާތް ހިމެނޭ ގޮތުގެ މަތީން 4 (ހަތަރެއް) މަސްވެރިން ؛
  4. އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް؛
  5. ރާއްޖޭގެ ބާޒާރުތަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް؛
  6. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ތަމްސީލުކުރާ މަންދޫބެއް؛
  7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރާ މަންދޫބެއް؛
  8. ލޯކަލް ގަވަރމަންޓް އޮތޯރިޓީ ތަމްސީލުކުރާ މަންދޫބެއް؛ 
  9. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، މި ގަވާއިދުގެ ދާއިރާތަކުގެ ތެރޭގައި ކަނޑައަޅައިފައިވާ ހަރަކާތްތަކާ ގުޅުންހުރި 2 (ދޭއް) ޖަމްއިއްޔާއަކުން، ކޮންމެ ޖަމްއިއްޔާއެއް ތަމްސީލުކުރާ 1 (އެކެއް) މަންދޫބު؛)
  10. ކަނޑުމަހުގެ ބާވަތްތަކާއި ކަނޑުމަހުގެ މަސްވެރިކަން ދިރާސާކުރާ ފަރާތެއް.

(ރ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ސަބަބަކާހުރެ މި ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ އެއްވެސް ބާވަތެއް ތަމްސީލުކުރާނެ މަސްވެރިއަކު ނެތް ހާލަތުގައި އެ މަސްވެރިކަމަށް ހާއްސަ މެންބަރަކު ނުހިމަނައި ކޮމެޓީ އެކުލަވައިލެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ށައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލައިފައި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފައި މިނިސްޓްރީން ކުރާ އިއުލާނުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށަހަޅަންޖެހ ލިޔުންތައް؛
  2. ލަފާދޭ ކޮމިޓީއަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛
  3. ށައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތެއް ހުށަނާޅައިފިނަމަ، މެންބަރުން ހޮވުމުގައި އަމަލުކުރާނެ އުސޫލު.

 

6 ވަނަ މާއްދާ - ކޮމިޓީގެ ދައުރު

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުންގެ ދައުރުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. މި މެންބަރުންނަށް، ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުން

ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ، މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މިނިސްޓްރީގެ ސެކްށަނުންނެވެ.

 

8 ވަނަ މާއްދާ - ކޮމިޓީގެ ޖަލްސާތައް

(ހ) ކޮމިޓީގެ ޖަލްސާއެއް، އެންމެ މަދުވެގެން ވެސް، އަހަރަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަވަސް ހައްލު ބޭނުންވާ ކަންކަމުގައި ހާއްސަ ޖަލްސާތައް ބޭއްވުމަށް މުގައްރިރަށް ގޮވައިލެވިދާނެއެވެ.

(ނ) ކޮމިޓީގެ ޖަލްސާއެއްގެ ކޯރަމަކީ، 6 (ހައެއް) މެންބަރުންނެވެ.

(ރ) ކޮމެޓީއަށް ހުށަހެޅޭ ކަމަކާ ގުޅޭ ގޮތުން، ކަމާ ގުޅޭ މާހިރުންނާއި ސިނާއަތުގެ މަންދޫބުންނާއި ސަރުކާރުގެ އިދާރާތަކާއި ކަމާ ގުޅޭ ސަރަހައްދީ ޖަމާއަތެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމާއަތެއްގެ ހިޔާލާއި މަށްވަރާ ކޮމެޓީއަށް ބޭނުންވާނަމަ، އެފަދަ ފަރާތަކަށް ކޮމެޓީގެ ޖަލްސާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވިދާނެއެވެ.

 

9 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ޕްލޭން ތަންފީޒުކުރެވ ގޮތުގެ ތަފުސީލު، އަހަރަކު އެއްފަހަރު މިނިސްޓަރަށް ފޮނުވުން.

(ށ) މި ޕްލޭން ތަންފީޒުކުރުމަށް ނުވަތަ މުރާޖައާ ކުރުމަށް ކޮމިޓީއަށް ހުށަހަޅައި، ކަނޑުމަހުގެ މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތާއި އެހެނިހެން މައުލޫމާތު އެކުލެވ ރިޕޯޓުތައް މުތާލިއާކުރުން.

(ނ) ކަނޑުމަހުގެ މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތު އެކުލެވ ރިޕޯޓުތަކުންނާއި، ކަމާ ގުޅޭ ފަރާތްތަކާއެކު ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި މަށްވަރާ ބައްދަލުވުންތަކުން ނެރެވ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅޭިގެން، މެނޭޖްކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

(ރ) ސަރަހައްދީ ފެންވަރުގައި ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑުމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް، ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

(ބ) "ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" ތަންފީޒުކޮށް، މުތާލިއާކޮށް މުރާޖައާކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

 

10 ވަނަ މާއްދާ - މެންބަރުން ވަކިކުރުމާއި ވަކިވުން 

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޓީއަށް އައްޔަނުކުރާ މެންބަރަކު، ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރާ ނަމަ، ނުވަތަ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގެ ރޫހާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގައިފިނަމަ، ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ، ނުވަތަ މިނިސްޓްރީގެ މެންޑޭޓް ތަންފީޒުކުރުމަށް ހުރަސްއަޅާނަމަ، އެ މެންބަރަކު  ވަކިކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީގެ މެންބަރަކު، ކޮމިޓީން ވަކިވުމަށް އެދި މިނިސްޓަރަށް ލިޔުމުން ހުށަހެޅުމުން،ކޮމިޓީގެ މެންބަރުކަމުން އެ ފަރާތެއް ވަކިވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރުކަމުން ވަކިކުރެވ ނުވަތަ ވަކިވާ މެންބަރުންގެ ބަދަލުގައި، ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތަށް އައު މެންބަރުން އައްޔަނުކުރާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

ބާބު 3

ލައިސަންސް ދޫކުރުން

 

11 ވަނަ މާއްދާ - ލައިސަންސް ނަގަންޖެހ ފަރާތްތައް 

(ހ) ކަނޑުމަހުގެ މަސްވެރިކަމުގައްޔާއި ކަނޑުމަހުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތަކުން މަސްވެރިކަމާއި ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮވެގެންނެވެ.

  1. ވިޔަފާރީގެ ބޭނުމަށް، މި ގަވާއިދުގެ ދާއިރާގައި ހިމެނޭ މަސްވެރިކަންކުރާ އެންމެހައި އުޅަނދުފަހަރު؛ 
  2. ވިޔަފާރީގެ ބޭނުމަށް ކަނޑުމަސް ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހަރަކާތްތަކަކީ، މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާވާ ހަރަކާތްތަކެކެވެ.

  1. އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް އަމާޒުނުކޮށް ހަމައެކަނި ރާއްޖޭގެ ބާޒާރުތަކަށް ވިއްކުމަށް މަހުގެ އުފެއްދުންތައް އުފެއްދުމަށް އަމިއްލަ ފަރުދުން ހިންގާ މަސް ޕްރޮސެސްކުރާ ތަންތަނުގެ ތެރެއިން، ދުވާލަކު އެ ތަނެއްގައި ޕްރޮސެސްކުރެވ (ޑެއިލީ ޕްރޮސެސިންގ ކެޕޭސިޓީ) 200 (ދުއިސައްތަ) ކިލޯއަށްވުރެ ކުޑަ ތަންތަން؛
  2. ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ؛
  3. ޕްރޮސެސްކޮށްފައިވާ މަހުން (ދަޅުމަސް، ހިކިމަސް، ވަޅޯމަސް، ލޮނުމަސް ފަދަ ބާވަތްތަކުން) އުފެއްދުންތައް އުފައްދާ ފަރާތްތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ކަނޑުމަހުގެ މަސްވެރިކަން ފިޔަވައި، އެހެން މަސްވެރިކަމެއް ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތަކަށް އަމާޒުކޮށް މަސްވެރިކަން ކުރަންވާނީ، އެ މަސްވެރިކަމާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެ މަސްވެރިކަމަކަށް ހާއްސަ ލައިސަންސެއްނަގައިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ވިޔަފާރި ބޭނުމަށް ކަނޑުމަސް ޕްރޮސެސްކުރުމުގެ ލައިސަންސް ނަގަންޖެހ ފަރާތަކުން، އަހަރެއްގެ ތެރޭގައި ގަންނަ މަހުގެ ޖުމުލަ ބަރުދަނުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑު ބައެއް، އެހެން މަސްވެރިކަމެއް ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ތަރަހައިގެ ތެރޭގައިވާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ، އެ މަސްވެރިކަމަކަށް ހާއްސަ ޕްރޮސެސްކުރުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސް ނަގަންޖެހ ފަރާތްތަކުން ޕްރޮސެސްކުރުމުގެ ހަރަކާތް ހިންގާ ކޮންމެ ސައިޓަކަށް ނުވަތަ ފެސިލިޓީއަކަށް ވަކި ލައިސަންސެއް ނަގަންވާނެއެވެ.

 

12 ވަނަ މާއްދާ - ލައިސަންސަށް އެދުމާއި، ލައިސަންސް ދޫކުރުމާއި،ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުން

(ހ) ކަނޑުމަހުގެ މަސްވެރިކަންކުރުމަށް ނުވަތަ ޕްރޮސެސްކުރުމަށް ލައިސަންސަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއިހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސްތައް އައުކޮށްދިނުމުގައި، ފާއިތުވެދިޔަ ލައިސަންސުގެ މުއްދަތުގައި ލައިސަންސުގެ ށަރުތުތައް އެ ފަރާތުން ފުރިހަމަކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ކުރިން ފުރިހަމަވެފައި ވާކަން ޔަގީންކުރަންޖެހ ކަންތައްތައް

(ހ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ލައިސަންސަށް އެދި ހުށަހަޅަންވާނީ، އެ އުޅަނދުގައި އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ.

  1. ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާގައި އުޅަނދު ރަޖިސްޓަރީކޮށްފައިވުން؛
  2. ލައިސަންސަށް އެދި ހުށަހަޅާ ދުވަހާ ހަމަޔަށް މުއްދަތު ހަމަނުވާ، ކަނޑުމަތީގެ ސަލާމަތީ ސެޓުފިކެޓު އޮތުން؛
  3. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން،މަސްވެރިކަންކުރާ އުޅަނދުތަކަށް ދޫކުރާ ސާފުތާހިރުކަމުގެ ސެޓުފިކެޓެއް އޮތުން.

(ށ) ވަދުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ލައިސަންސަށް އެދި ހުށަހަޅާ އުޅަނދު،ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި ރަޖިސްޓަރީކޮށްފައި އޮންނަންވާނެއެވެ.

(ނ) މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ލައިސަންސަށް އެދި ހުށަހަޅާ އުޅަނދު، ދިވެހި ރައްޔިތެއްގެ ނަންމަތީގައި ރަޖިސްޓަރީކޮށްފައިވުން، ނުވަތަ ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން،ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، %100 (ސައްތައިންސައްތަ) ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ނަންމަތީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ކަމުގައި ވުން.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ފަރާތެއްގެ ނުވަތަ ކުންފުންޏެއްގެ ހިއްސާ އޮތް ބޭންކެއް ނުވަތަ މާލީ އެފަދަ އެހެން އިދާރާއެއް މެދުވެރިކޮށް ދިވެހި ފަރުދަކު ނުވަތަ ކުންފުންޏަކުން ނަގާ ލޯނެއްގެ ދަށުން ގަނެފައިވާ އުޅަނދެއް، އެ ލޯނުގެ މުއްދަތުގައި އެ ބޭންކެއްގެ ނަމުގައި ނުވަތަ މާލީ އިދާރާއެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން އިސްތިސްނާވާނެއެވެ.

 

14 ވަނަ މާއްދާ - މަހާހި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސަށް އެދުމުގެ ކުރިން ފުރިހަމަވެފައިވާކަން ޔަގީންކުރަންޖެހ ކަންތައްތައް

(ހ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ، މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސަށް ނުވަތަ ޕްރޮސެސިންގ ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން، ޕްރޮސެސްކުރާ ތަނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސައްހަ ސެޓުފިކެޓެއް އޮތްކަން ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ޔަގީން ކުރަންވާނެއެވެ.

(ށ) ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން ޕްރޮސެސްކުރާ ފަރާތަކީ ދިވެހި ރައްޔިތެއްކަން، ނުވަތަ ޕްރޮސެސްކުރާ ފަރާތަކީ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ލައިސަންސުގެ މުއްދަތާއި ފީ

މަސްވެރިކަމަށާއި މަހުގެ އުފެއްދުންތައް އުފައްދާ ހަރަކާތްތަކުގެ ބާވަތަށާއި ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، ލައިސަންސްތައް ގިންތިކޮށްފައިވާ ގޮތާއި، ވަކިވަކި ގިންތިތަކަށް ނަގާނެ ލައިސަންސް ފީއާއި ލައިސަންސްތަކުގެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި އެވަނީއެވެ.

 

16 ވަނަ މާއްދާ - ލައިސަން ސުގެ ށަރުތުތައް

މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މަސްވެރިކަން ކުރުމުގެ ލައިސަންސާއި ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ އެންމެހައި ފަރާތްތަކުން، ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ލައިސަންސުގެ އާންމު ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ލައިސަންސާ ގުޅޭ އިންތިގާލީ މާއްދާ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަމާ ގުޅޭ ލައިސަންސްތަކަކީ، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަ ކަކާއި ހުއްދަތަކެއް ކަމުގައި ބަލައި، އެ ލައިސަންސްތަކާއި ހުއްދަތަކަކީ ބަޔާންކޮށްފައިވާ މުއްދަތަށް ދެމިއޮންނާނެ ލައިސަންސްތަކެކެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަމާ ގުޅޭ ލައިސަންސްތަކުގެ ށަރުތުތައް، މި ގަވާއިދުގެ ޖަދުވަލު 3 ގެ ދަށުން އެ ލައިސަންސުގެ ބާވަތަށް ކަނޑައަޅައިފައިވާ ށަރުތުތައް ކަމުގައި ކަނޑައެޅުނީއެވެ. އަދި މި އުޅަނދުފަހަރުން މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސުގެ އާންމު ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

ބާބު 4

ކަނޑުމަހުގެ މަސްވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވުން

 

18 ވަނަ މާއްދާ - ކަނޑުމަހުގެ މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ދާއިރާ

(ހ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއްވެސް މަސްވެރި އުޅަނދެއްގައި، ސީދާގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ތެރެއިން މި ގަވާއިދުގެ ޖަދުވަލު 2 ގެ (ހ) ގައި ހިމެނޭ ލައިސަންސް ދޫކުރެވ ގިންތިތަކުގެތެރެއިން، ނަންބަރު 1 އާއި، ނަންބަރު 2 އާއި ނަންބަރު 3 ގެ ދަށުން ލައިސަންސް ދޭ އުޅަނދުތަކުގައި، އުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށް ޓަކައި، އުޅަނދެއްގައި ގިނަވެގެން 2 (ދޭއް) ބިދޭސީންނަށް ވަޒީފާގައި ހަރަކާތްތެރިވެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމަށް ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ، އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުންއެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކްޕާމިޓެއް ލިބިގެންނެވެ.

(ރ) ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގެ ތެރެއިން ބިދޭސީން ވަޒީފާގައި ގެންގުޅުމުގެ ހުއްދަ އޮތް އުޅަނދުތަކުގައި ބިދޭސީން ވަޒީފާގައި ހަރަކާތްތެރިވާންވާނީ، އެ ފަރާތާއި އޮޑިވެރިޔާއާ ދެމެދު، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

(ބ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ތަންފީޒުކުރުމުގެ މަސައްކަތް ކުރާ ފިށަރީޒް ރޭންޖަރަކު ނުވަތަ ތަންފީޒީ އޮފިސަރަކު ކުރިޔަށްގެންދާ އިންސްޕެކްށަނެއްގައި މަސްވެރިކަން ކުރާ އުޅަނދެއްގައި ބިދޭސީން ހަރަކާތްތެރިވަމުން ގެންދަނިކޮށް ފާހަގަކުރެވިއްޖެ ނަމަ، އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު ނުވަތަ މާސްޓަރުގެ ފަރާތުން އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހައި ހިނދަކު އެ އުޅަނދެއްގައި ތިބި ބިދޭސީންނަކީ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ކަމުގައި ބެލެވޭނެއެވެ.

 

ބާބު 5

ކަނޑުމަހުގެ މަސްވެރިކަން މޮނިޓަރކުރުމާއި ކޮންޓްރޯލުކުރުމާއި ސަރވޭލަންސާ ގުޅޭ ފިޔަވަޅުތައް

 

19 ވަނަ މާއްދާ - މައުލޫމާތު އެއްކުރުމާއި ބެލެހެއްޓުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ، ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން، މަސް ރިޕޯޓު ނުވަތަ ލޮގު ފޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރިކޯޑުކޮށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ - ވެސަލް މޮނިޓަރިންގ ސިސސްޓަމް (ވީ.އެމް.އެސް)

(ހ) މަސްވެރިކަން ކުރާ އަންނަނިވި އުޅަނދުތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ޕްރޮގްރާމުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) އެއް ހަރުކޮށް، އެ ޑިވައިސް ބަލަހައްޓަންވާނެއެވެ.

  1. ދިގުމިނުގައި 24 (ސައުވީސް) މީޓަރު ހުންނަ ނުވަތަ އެއަށްވުރެ ދިގު އުޅަނދު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި؛
  2. 20 (ވިހި) މީޓަރުން ފެށިގެން 24 (ސައުވީސް) މީޓަރާ ދެމެދުގެ ދިގުމިނުގެ އުޅަނދު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛
  3. 18 (އަށާރަ) މީޓަރުން ފެށިގެން 20 (ވިހި) މީޓަރާ ދެމެދުގެ ދިގުމިނުގެ އުޅަނދު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 9 (ނުވައެއް) މަސްދުވަހުގެ ތެރޭގައި؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) ހުންނަންވާނީ، އަބަދުވެސް ހުޅުވައިފައި ނުވަތަ ސްވިޗް އޮންކޮށްފައެވެ.

(ނ) އުޅަނދުގެ މަރާމާތަށް ނުވަތަ މަސްވެރިކަމަށް ނުނިކުމެ ރަށެއްގެ ބަނދަރުގައި އަޅައިފައި އޮންނަ ހާލަތްތަކުގައި މިނިސްޓްރީއަށް ލިޔުމުން އަންގައި، އެކަމަށް ހުއްދަ ލިބިގެން ވީ.އެލް.ޑީ ނިއްވައިލެވިދާނެއެވެ.

(ރ) ކޮންމެ މަސްވެރި ދަތުރަކަށް އުޅަނދު ފުރުމުގެ ކުރިން އެ އުޅަނދުގެ ވީ.އެލް.ޑީ ފުރިހަމައަށް މަސައްކަތްކުރާކަން، އުޅަނދުގެ މާސްޓަރ ޔަގީންކުރަންވާނެއެވެ. އަދި ވީ.އެލް.ޑީ މަސައްކަތް ނުކުރާކަމަށް ފާހަގަކުރެވިއްޖެނަމަ، މިނިސްޓްރީއަށް އެކަން އެންގުމާއެކު، ވީ އެންމެ އަވަހަކަށް އެ މައްސަލައެއް ހައްލުކުރަންވާނެއެވެ.

(ބ) މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ "ވީ.އެލް.ޑީ" އެއްވެސް ސަބަބަކާހުރެ ނިވިއްޖެނަމަ، ނުވަތަ މިނިސްޓްރީއަށް އެ އުޅަނދުގެ ޖީ.ޕީ.އެސް ޕޮޒިށަން ނުފެންނަކަމަށް އުޅަނދު އޮޕަރ ޓްކުރާ ފަރާތަށް ނުވަތަ ކެޔޮޅަށް މިނިސްޓްރީން އަންގައިފިނަމަ، އުޅަނދު އޮތް ސަރަހައްދު (ތޫލާއި އަރުޒު ވަކިން އެނގޭނޭހެން)، އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ހަރަކާތުގެ މައުލޫމާތު، ކޮންމެ 6 (ހައެއް) ގަޑިއެއްގެއިރަކުން، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވަންވާނެއެވެ.

 

21 ވަނަ މާއްދާ - އޮބްޒާވަރުންނާއި އިލެކްޓްރޯނިކް މޮނިޓަރިންގ (އީ.އެމް)

(ހ) މަސްވެރިކަންކުރުމަށް ލައިސަންސް ދީފައިވާ އުޅަނދެއްގައި އޮބްޒާވަރެއް ބެހެއްޓުމަށް މި މިނިސްޓްރީން ނިންމައިފިނަމަ، އެކަމަށް އެއްބާރުލުންދީ، އުޅަނދުގެ ވެރިފަރާތުން ނުވަތަ އޮޕަރޭޓްކުރާ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ. އަދި މިގޮތުން، މިނިސްޓްރީން އުޅަނދެއްގައި އޮބްޒާވަރެއް ބެހެއްޓުމަށް ބޭނުންވާ ހާލަތްތަކުގައި، މަދުވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ކުރިން ، އެކަމުގެ ނޯޓިސް،ލައިސަންސް ދޫކޮށްފައިވާ ފަރާތަށް ލިޔުމުން ދޭންވާނެއެވެ.

(ށ) ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީން ކަނޑައަޅާ އެންމެހައި އޮބްޒާވަރުންނާއި އޮފިސަރުން، އެ ފަރާތުގެ ޒިންމާތައް އުފުލުމުގައި ކުރާ ކޮންމެ ކަމަކަށް، އުޅަނދުގެވެރިފަރާތާއި މާސްޓަރާއި ފަޅުވެރިންގެ ފަރާތުން އެއްބާރުލުން ދޭންވާނެއެވެ.

(ނ) ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އިލެކްޓްރޯނިކް މޮނިޓަރިންގ (އީ.އެމް) ސިސްޓަމެއް ހަރުކުރުމަށް މިނިސްޓްރީން ނިންމައި އެ ކަމެއް އަންގައިފިނަމަ، އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރ ޓްކުރާ ފަރާތުން އެކަމަށް އެއްބާރުލުންދީ، އީ.އެމް. ސިސްޓަމް ހަރުކުރުމަށާއި ހިންގުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ.

(ރ) އީ.އެމް. ހަރުކޮށްފައިވާ އުޅަނދު، މަސްވެރި ދަތުރުގައި ހަރަކާތްތެރިވާ އެންމެހައި ވަގުތެއްގައި އެ ސިސްޓަމް ހުންނަންވާނީ ހުޅުވައިފައި ނުވަތަ ސްވިޗް އޮންކޮށްފައެވެ.

(ބ) ރަށެއްގެ ބަނދަރުގައި އުޅަނދު އަޅައިފައި އޮންނައިރުގައްޔާއި މަރާމާތަށް އުޅަނދު އެހެލައިފައިވާ ހާލަތްތަކުގައި އީ.އެމް. ސިސްޓަމް ނިއްވައިލެވިދާނެއެވެ. މިފަދަ ހާލަތްތަކުގައި އުޅަނދުގެ ވެރިފަރާތް، ނުވަތަ އޮޕަރޭޓަރު، ނުވަތަ ކެޔޮޅު، އެކަން މިނިސްޓްރީއަށް ރިޕޯޓު ކުރަންވާނެއެވެ.

(ޅ) އީ.އެމް. ސިސްޓަމް ރަނގަޅަށް މަސައްކަތް ނުކުރާކަން އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓަރަށް ނުވަތަ މާސްޓަރަށް ފާހަގަވެއްޖެނަމަ، އެކަން މިނިސްޓްރީއަށް އެންގުމާއެކު، ވީ އެންމެ އަވަހަކަށް އެ މައްސަލައެއް ހައްލުކުރަންވާނެއެވެ.

(ކ) އީ.އެމް. ސިސްޓަމް ގާއިމުކޮށްފައިވާ އުޅަނދުފަހަރުގައި މަސްވެރިކަމުގެ އޮޕަރ ށަން ހިންގުމުގައި އަމަލުކުރަންވީ ގޮތާ ބެހޭ ގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ "އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމް ހިންގުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން އެ އުޅަނދުފަހަރުން އަމަލުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ކެޗް ސެޓުފިކެޓު

(ހ) މި ގަވާއިދުގެ ދާއިރާގައި ހިމެނޭ ކަނޑުމަހުގެ ބާވަތެއް ނުވަތަ ބާވަތްތަކުގެ އުފެއްދުންތަކެއް ހިމެނޭ ގޮތުން އެކްސްޕޯޓުކުރާ ކޮންމެ ށިޕްމަންޓަކާއެކު މިނިސްޓްރީން ދޫކުރާ ކެޗް ސެޓުފިކެޓެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންމެ ސެޓުފިކެޓަކަށް 20 (ވިހި) ރުފިޔާގެ ފީ އެއް ނެގޭނެއެވެ.

(ނ) ކެޗް ސެޓުފިކެޓަށް އެދި ހުށަހަޅާނީ، ފިށަރީޒް އިންފޮމޭށަން ސިސްޓަމް (އެފް.އައި.އެސް) ސޮފްޓްވެއަރ މެދުވެރިކޮށެވެ.

(ރ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ސޯލް ޕްރޮޕްރިއެޓަރށިޕަކަށް ފިށަރީޒް އިންފޮމޭށަން ސިސްޓަމް (އެފް.އައި.އެސް) ސޮފްޓްވެއަރގައި ރަޖިސްޓަރީވެ، ކެޗް ސެޓުފިކެޓަށް އެދި ހުށަހެޅިދާނެއެވެ.

 

ބާބު 6

ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅުން

 

23 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި މަނާކަމެއްކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި، މި ގަވާއިދުގައިވާ ލައިސަންސުގެ ށަރުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތުގެ މަތީންނެވެ.

(ރ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ތިންވަނަ ފަހަރަށް ކޮށްފިނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރެވޭނެއެވެ. އަދި އެ ފަރާތަކަށް ލައިސަންސް އަލުން ދޫކުރާނީ، ލައިސަންސް ބާތިލުކުރި ތާރީހުގެ 3 (ތިނެއް) މަސްދުވަހުގެ ފަހުންނެވެ.

 

ބާބު 7

މާނަކުރުން

 

24 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށްދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭ ގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭ ގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވަޒީރަށެވެ.

(ނ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި، ތަރައްގީކުރުމާ ގުޅޭ ޕްލ ނަށެވެ.

(ރ) "ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށް ކުރާ އެންމެހައި ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި، ތަރައްގީކުރުމާ ގުޅޭ ޕްލ ނަށެވެ.

(ބ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.

(ޅ) "ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.

(ކ) "ވިޔަފާރި ބޭނުމަށް މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެގޮތުން މަސްވެރިކަން ކުރުމަށެވެ.

(އ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒު ކުރުމަށް ޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ އޮފިސަރަކަށެވެ.

(ވ) "ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.

"މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުމަށް؛
  2. މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުމަށް؛
  3. އެކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ރަކާތްތައް ހިންގުމަށް؛
  4. "ރޭޑިއޯ ބީކަން" ހިމެނޭ ގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގ ޓްކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުމަށް؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށް ޓަކައި އެއްވެސް ކަމެއް ހިންގުމަށް.

(ފ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅޭުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

(ދ) "ލޮގްފޮތް" ނުވަތަ "މަސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކޮށްފައި މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅައިފައިވާ ވަސީލަތަށެވެ.

(ތ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

(ލ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައްޔާއި، މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ، އިދާރީ ކުށްތަކަށެވެ.

(ގ) "އޮބްޒާވަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.

(ޏ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަދުވަހަށް ބެހެއްޓުމަށް ޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.

(ސ) "ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަނަށެވެ. އަދި އެ ތަނެއްގައި:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަނަށް؛ ނުވަތަ
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަނަށް.

(ޑ) "އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނީ، އެއް ސަރަހައްދަކަށް މަސް ގެނައުމަށް ޓަކައި ފެންމަތީގައި އޮޔާދެމޭ ގޮތަށް ކަނޑުގައި ނަގިލި ލައިގެން ހަރުކުރާ ބޮޔަކަށް ނުވަތަ އެފަދަ އެހެން އެއްޗަކަށެވެ.

(ޒ) "ފިށަރީޒް އިންފޮމ ށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ  ދޫކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އޮންލައިން ނިޒާމަށެވެ.

(ޓ) "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޔ) "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޕ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.

(ޖ) "ޑޭޓާ ބޮއި" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ ބޭނުމަކަށް ނުވާ ގޮތަށް، ތިމާވެށީގެ މައުލޫމާތު އެއްކުރުމަށް ޓަކައި، ސަރުކާރުތަކުންނާއި ސައިންޓިފިކް ދިރާސާކުރާ ޖަމާއަތްތަކުން، އޮޔާދާގޮތަށް ދޫކުރާ ނުވަތަ ހަރުކޮށްފައި ހުންނަ ބޮއިތަކަށެވެ.

(ޗ) "ކަނޑުމަހުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.

(ހހ) "ކަނޑުމަހުގެ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ ކޮންމެ މަސްވެރިކަމަކަށެވެ.

 

ޖަދުވަލު 1

  ދިވެހި ނަން އިނގިރޭސި ނަން ސައިންޓިފިކް ނަން
(ހ) ކަޅުބިލަމަސް Skipjack tuna Katsuwonus pelamis
(ށ) ރީދޫއުރަހަ ކަންނެލި Yellowfin tuna Thunnus albacares
(ނ) ލޯބޮޑު ކަންނެލި Bigeye tuna Thunnus obesus
(ރ) ރާގޮނޑި Frigate tuna Auxis thazard
(ބ) ލައްޓި Kawakawa Euthynnus affinis

 

 

ޖަދުވަލު 2

ލައިސަންސް ދޫކުރުމުގެ ގިންތިތަކާއި، ފީތަކާއި، ލައިސަންސުގެ މުއްދަތުތައް 

 

(ހ) މަސްވެރިކަން ކުރުމުގެ ލައިސަންސް 

ލައިސަންސް/ ގިންތި 

ލައިސަންސުގެ 

މުއްދަތު

ލައިސަންސް ފީ (ރުފިޔާ)

   

15 މީޓަރަށް ވުރެ 

ކުދި އުޅަނދު

15 މީޓަރުން ފެށިގެން ބޮޑެތި އުޅަނދު 

1. ހަމައެކަނި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރު 12 މަސްދުވަސް 500 1،500
2. ހަމައެކަނި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު 12 މަސްދުވަސް 500 1،500
3. ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު  12 މަސްދުވަސް 500 1،800
4. އެކްސްޕޯޓުކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު 24 މަސްދުވަސް 250 500
5. ހަމައެކަނި ރާއްޖޜގެ ބާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ  މަސްވެރިކަންކުރާ އުޅަނދުފަހަރު (ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު ހިމެނ ގޮތަށް) 24 މަސްދުވަސް 250 500

 

(ށ) އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ ބާވަތްތައް ގަނެ ޕްރޮސެސްކުރާ ފެސިލިޓީތަކުގެ ލައިސަންސް 

ލަައިސަންސުގެ ގިންތި ތަކުގެ ތެރެއިން އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ ބާވަތްތައް ގަނެ ޕްރޮސެސްކުރާ ފެސިލިޓީތަކުގެ ތެރެއިން، އެ ފެސިލިޓީ އެއްގައި ދުވާލަކު އެންމެ ގިނައިން ޕްރޮސެސްކުރެވ ރޯމަހުގެ ބަރުދަން؛

ލައިސަންސުގެ މުއްދަތު

ލައިސަންސް ފީ (ރުފިޔާ)

(1) 5  މެޓްރިކް ޓަނަށްވުރެ ދަށް ފެސިލިޓީތައް 12 މަސްދުވަސް 2،000
(2) 5 މެެޓްރިކް ޓަނުން ފެށިގެން 15 މެޓްރިކް ޓަނާ ދެމެދުގެ ފެސިލިޓީތައް. 12 މަސްދުވަސް 5،000
(3) 15 މެެޓްރިކް ޓަނުން ފެށިގެން 30 މެޓްރިކް ޓަނާ ދެމެދުގެ ފެސިލިޓީތައް. 12 މަސްދުވަސް 10،000
(4) 30 މެޓްރިކް ޓަނަށްވުރެ މަތީގެ ފެސިލިޓީތައް. 12 މަސްދުވަސް 15،000

 

 

(ނ) އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް ނުވަތަ ދިވެހިރާއްޖޭގެ އެތެރޭގެ ބާޒާރުތަކަށް ވިއްކުމަށް ކަނޑުމަހުގެ ބާވަތްތައް ގަނެ ޕްރޮސެސްކުރާ ފެސިލިޓީތަކުގެ ލައިސަންސް

މަަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް ނުވަތަ ދިވެހިރާއްޖ ގެ އެތެރ ގެ ބާޒާރުތަކަށް ވިއްކުމަށް ކަނޑުމަހުގެ ބާވަތްތައް ގަނެ ޕްރޮސެސްކުރާ ފެސިލިޓީތަކުގެ ތެރެއިން، އެ ފެސިލިޓީ އެއްގައި ދުވާލަކު އެންމެ ގިނައިން ޕްރޮސެސްކުރެވ ރޯމަހުގެ ބަރުދަން؛ ލައިސަންސުގެ މުއްދަތު ލައިސަންސް ފީ (ރުފިޔާ)
(1) 5  މެޓްރިކް ޓަނަށްވުރެ ދަށް ފެސިލިޓީތައް 24 މަސްދުވަސް 200
(2) 5 މެެޓްރިކް ޓަނުން ފެށިގެން 15 މެޓްރިކް ޓަނާ ދެމެދުގެ ފެސިލިޓީތައް. 24 މަސްދުވަސް 500
(3) 15 މެެޓްރިކް ޓަނުން ފެށިގެން 30 މެޓްރިކް ޓަނާ ދެމެދުގެ ފެސިލިޓީތައް. 24 މަސްދުވަސް 1،000
(4) 30 މެޓްރިކް ޓަނަށްވުރެ މަތީގެ ފެސިލިޓީތައް. 24 މަސްދުވަސް 2،000

 

ޖަދުވަލު 3

ލައިސަންސްގެ ށަރުތުތައް

 

2. މަސްވެރިކަން ކުރުމުގެ ލައިސަންސުގެ އާންމު ށަރުތުތައް 

(ހ) ލައިސަންސް

  1. އުޅަނދުގައި ހިންގާ މަސްވެރިކަމުގެ އެންމެހައި ހަރަކާތްތައް ވާންވާނީ، އެ ލައިސަންސު ގައި ކަނޑައަޅައިފައިވާ  ސަރަހައްދުތަކުގައި އެ ލައިސަންސަކުން ހުއްދަ ދީފައިވާ މަސްވެރިކަމެއް ކުރުމަށް ހިންގާ ހަރަކާތްތަކަށެވެ.
  2. ލައިސަންސް ދޫކޮށްފައިވާ އުޅަނދުގައި ލައިސަންސް ނުވަތަ ލައިސަންސުގެ ކޮޕީއެއް ބާއްވަންވާނެއެވެ. އަދި ތަންފީޒީ  އޮފިސަރަކު ނުވަތަ ފިށަރީޒް ރޭންޖަރަކު ނުވަތަ މަސް ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން އެދިއްޖެނަމަ،  ލައިސަންސް ނުވަތަ ލައިސަންސުގެ ކޮޕީ އެ ފަރާތަކަށް ދައްކަންވާނެއެވެ.

 

(ށ) ރިޕޯޓު ކުރުން

  1. ލައިސަންސް ލިބިފައިވާ އުޅަނދުގައި ހުރިހާ ވަގުތެއްގައި ވެސް، އެ މަސްވެރިކަމަށް ކަނޑައަޅައިފައިވާ މަސްވެރިކަމުގެ ލޮގު ފޮތެއް އޮތްކަން އުޅަނދުގެ މާސްޓަރު ޔަގީންކުރަން ވާނެއެވެ. އަދި މަސްވެރި ދަތުރުގައި ލޮގު ފޮތް ގަވާއިދުން  ފުރިހަމަކުރަމުން ގެންދަންވާނެއެވެ.
  2. ލޮގު ފޮތުގައި ރިކޯޑުކުރާ މައުލޫމާތުގެ ސައްހަކަމާއި ފުރިހަމަކަން އުޅަނދުގެ މާސްޓަރު ޔަގީންކުރަންވާނެއެވެ. 
  3. މަސް ކިރުވަނީ ނުވަތަ ވިއްކަނީ އެކްސްޕޯޓުކުރުމަށް މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް މިނިސްޓްރީން ލައިސަންސް ދީފައިވާ ތަނަކަށް ނަމަ، އެ ދަތުރުގެ މަސްވެރިކަމުގެ މައުލޫމާތު ލޮގުފޮތުގައި ފުރިހަމަކުރުމަށްފަހު މަސް ކިރުވަން ފެށުމުގެ  ކުރިން މަސް ގަންނަ ފަރާތާ ހަވާލުކުރެވޭ ކަން އުޅަނދުގެ މާސްޓަރު ޔަގީންކުރަންވާނެއެވެ. އަދި އެހެނިހެން ފަރާތްތަކުން  ވިދިގެން އަންނަ މީލާދީ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
  4. މަސްވެރިކަމުގެ މައުލޫމާތު ރިޕޯޓު ކުރުމަށް ލޮގުފޮތް ފިޔަވައި އެހެން ގޮތެއް ނުވަތަ ގޮތްތަކެއް މިނިސްޓްރީގެ ފަރާތުން  ކަނޑައަޅައިފިނަމަ، އެ ގޮތުގެ މަތީން މައުލޫމާތުތައް ރިކޯޑުކޮށް، އުޅަނދުގެ މާސްޓަރު، އެ މައުލޫމާތު ފޮނުވަންވާނެއެވެ.

 

(ނ) މަނާ ހަރަކާތްތައް

މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އެއްވެސް އުޅަނދަކުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ހިންގުމާއި، ނުވަތަ އެފަދަ އެއްވެސް ހަރަކާތެއް ހިންގުމަށް އެހީތެރިވުމާއި، ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ މަނާކަމެކެވެ. ލައިސަންސް ލިބިފައިވާ އުޅަނދަކުން އެފަދަ ހަރަކާތެއް ނުހިންގާކަން ޔަގީންކުރުމަކީ އުޅަނދުގެ މާސްޓަރާއި، ވެރިފަރާތާއި، އޮޕަރޭޓަރުގެ ޒިންމާއެކެވެ.

  1. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނު ދަށުން ހަދައިފައިވާ ގަވާއިދަކުން ނުވަތަ މަސްވެރިކަމުގެ މެނ ޖްމެންޓް ޕްލ ނަކުން، ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން ނުވަތަ މެރުން މަނާކޮށްފައިވާ އެއްވެސް ބާވަތަކަށް އަމާޒުކޮށް މަސްވެރިކަންކުރުން، ނުވަތަ އެފަދަ ބާވަތަކަށް ގޯނާކުރުން، ނުވަތަ ގެއްލުން ދިނުން، ނުވަތަ އެފަދަ ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް އުޅަނދުގައި ބެހެއްޓުން، ނުވަތަ ރައްކައުކުރުން، ނުވަތަ ކަނޑުގައި ދުއްވާ އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުން (ޓްރާންށިޕްކުރުން)، ނުވަތަ އުޅަނދުގައި އެއްތަނުން އަނެއް ތަނަށް އުފުލުން، ނުވަތަ މަސްކިރާ ނުވަތަ މަސް ޕްރޮސެސްކުރާ ތަނަކަށް ގެންދިއުން.
  2. ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތަކަށް އަމާޒުކޮށްގެން މަސްވެރިކަންކުރުން، ނުވަތަ އެފަދަ ބާވަތަކަށް ގޯނާކުރުން، ނުވަތަ ގެއްލުން ދިނުން، ނުވަތަ އެފަދަ ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް، އުޅަނދުގައި ބެހެއްޓުން، ނުވަތަ ރައްކައުކުރުން، ނުވަތަ ކަނޑުގައި ދުއްވާ އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުން (ޓްރާންށިޕްކުރުން)، ނުވަތަ އުޅަނދުގައި އެއްތަނުން އަނެއް ތަނަށް އުފުލުން، އަދި މަސްކިރާ ނުވަތަ މަސް ޕްރޮސެސްކުރާ ތަނަކަށް ގެންދިއުން؛ މަހުގެ ތިރީ ތުންގަނޑުން ފެށިގެން މަހުގެ ނިގުލުގެ ކަފިވެފައިވާ ހިސާބުގެ މެދަށް، 60 (ފަސްދޮޅަސް) ސެންޓިމީޓަރު ހަމަނުވާ ހިބަރުގެ އެއްވެސް ބާވަތެއް ހިފުން، ނުވަތަ އުޅަނދުގައި ބެހެއްޓުން، ނުވަތަ ރައްކައުކުރުން، ނުވަތަ އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުން، ނުވަތަ އުޅަނދުގައި އެއްތަނުން އަނެއް ތަނަށް އުފުލުން، ނުވަތަ މަސް ކިރާ، ނުވަތަ މަސް ޕްރޮސެސްކުރާ ތަނަކަށް ގެންދިއުން.
  3. މަސް އައިން ހޯދުމަށް ނުވަތަ މަސްވެރިކަމުގައި އެހީތެރިކަން ހޯދުމަށް ޑްރޯން ނުވަތަ އެއްވެސް ބާވަތެއްގެ ވައިގެ އުޅަނދެއް ބޭނުންކުރުން.
  4. ގަވާއިދު ނަންބަރު  2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ހިލާފަށް ކަނޑުގެ މާހައުލުގެ މައުލޫމާތު އެއްކުރުމަށް ޓަކައި ކަނޑަށް ދޫކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ ބޮއެއްގެ (ޑޭޓާ ބޮއި) 1 (އެކެއް) ނޯޓިކަލް މޭލު ވަށައިގެންވާ ސަރަހައްދުގެ ތެރ ގައި މަސްވެރިކަން ކުރުން، ނުވަތަ ޑޭޓާ ބޮއެއްގައި ނުވަތަ ބޮއިގެ ނަގިލި ވަލުގައި އުޅަނދު ނުވަތަ މަސްވެރިކަމުގެ އާލާތެއް އެއްސުން ނުވަތަ ހަރުކުރުން ނުވަތަ އެފަދަ ބޮއެއްގެ ނަގިލިވައު ކަނޑައިލުން ނުވަތަ އެއްވެސް ގެއްލުމެއް ދިނުން.
  5. މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި މަސްވެރިކަން ކުރުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ބިދޭސީން ގެންގުޅުން ނުވަތަ ބައިވެރިކުރުވުން.
  6. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގައި މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން. 
  7. މަސްވެރިކަމުގައި، ކަނޑުމަހުގެ ނުވަތަ ހިބަރުގެ ބާވަތެއް ތިލަކުރުމަށް ޓަކައި، އަލިކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް އުޅަނދުގައި ހަރުކުރުމާއި، މިފަދަ އާލާތެއްގެ ބޭނުންކޮށްގެން މަސްތިލަކޮށްގެން މަސްވެރިކަންކުރުން.
  8. ގަވާއިދު ނަންބަރު  2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ހިލާފަށް، މިނިސްޓްރީގެ ފަރާތުން އަޅައިފައިވާ އޮއިވާލި ކަނދުފަތީގެ ވަށައިގެންވާ 3 (ތިނެއް) ނޯޓިކަލް މޭލު ސަރަހައްދުގައި މަސްވެރިކަންކުރުން، ނުވަތަ ކަނދުފައްޗާ ގުޅޭގޮތުން އެ ގަވާއިދުގައި މަނާކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން.
  9. މިނިސްޓްރީގެ ފަރާތުން އަޅައިފައިވާ އޮއިވާލި ކަނދުފައްޗަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް ކުރުން.
  10. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދެއްގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި މަސްވެރިކަން ކުރުން.
  11. މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އުޅަނދަކުން، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވުން. މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސެއް ލިބިގެން ހަރަކާތްތެރިވާ މަސްކިރާ އުޅަނދަކަށް ނޫން ގޮތަށް ކަނޑުމަތީގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގެ ހަރަކާތެއް (ޓްރާންށިޕްމަންޓް) ހިންގުން، ނުވަތަ ހިންގުމަށް މަސައްކަތް ކުރުން، ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.

 

(ރ) އެންވެރިކަން ކުރުން

އެންވެރިކަމުގެ އެންމެހައި ހަރަކާތްތައް ހިންގަނީ އެންވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަން އުޅަނދުގެ މާސްޓަރ ޔަގީންކުރަންވާނެއެވެ.

 

(ބ) މަސްވެރިކަމުގައި ހަރަ ކާތްތެރި ވެވޭނެ ސަރަހައްދު

މި ލައިސަންސުގެ ދަށުން މަސްވެރިކަމުގައި އުޅަނދު ހަރަކާތްތެރި ވާންވާނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައެވެ.

 

(ޅ) މަސް ކިރުވުން ނުވަތަ މަސް ވިއްކުން 

މަސް ކިރަންވާނީ ނުވަތަ މަސް ވިއްކަންވާނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ ރަށެއްގެ ބަނދަރަކަށް، ނުވަތަ މިނިސްޓްރީގެ  ފަރާތުން ދޫކޮށްފައިވާ ލައިސަންސެއް ލިބިގެން ހަރަކާތްތެރިވާ މަސްކިރާ ބަނދަރަކަށް ނުވަތަ ޕްލެޓްފޯމަކަށް ނުވަތަ މަސްކިރާ އުޅަނދަކަށެވެ.

 

(ކ) ތަންފީޒީ އޮފިސަރުންނަށާއި ފިށަރީޒް ރޭންޖަރުންނަށާއި ފިށަރީޒް އޮބްޒާވަރުންނަށް އެއްބާރުލުން ދިނުން 

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު)  އާއި، ގަވާއިދު ނަންބަރު  2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގައި ކަނޑައަޅައިފައިވާ، އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ތަންފީޒީ އޮފިސަރުންނާއި، ފިށަރީޒް ރޭންޖަރުންނާއި، ފިށަރީޒް އޮބްޒާރވަރުންނާއި، ހުއްދަދެވިފައިވާ އެ ނޫން ފަރާތްތަކުން  ކުރާ ކަންކަމުގައި ވެސް މާސްޓަރ ނުވަތަ/އަދި އުޅަނދުގެ ވެރިފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

(އ) ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީ.އެމް.އެސް) އަދި އިލެކްޓްރޯނިކް މޮނި ޓަރިންގ ސިސްޓަމް 

މާސްޓަރާއި އުޅަނދުގެ ވެރިފަރާތުން އަމަލު ކުރަންވާނީ، އުޅަނދުގެ ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީ.އެމް.އެސް) އަދި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމް ހިންގުމާބެހ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

(މ) އެހެނިހެން

  1. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދ ގަވާއިދުތަކުގެ ދަށުން، މާސްޓަރާ ހަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް އުޅަނދުގެ ވެރިފަރާތުން ހޯދައިދ ންވާނެއެވެ.
  2. ލައިސަންސް ލިބިފައިވާ މަސްވެރި އުޅަނދުން މިނިސްޓްރީއަށް ފޮނުވައިފައިވާ ފަޅުވެރިންގެ ލިސްޓަށް އެއްވެސް 
    އުނިއިތުރެއް އަތުވެއްޖެނަމަ، މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ. އަދި އުޅަނދުގައި ހަރަކާތްތެރިވާ ބިދޭސީންގެ ޕާސްޕޯޓުގެ ކޮޕީއާއި، ވާރކް ޕާމިޓާއި، އުޅަނދު މަސްވެރިކަމުގެ ދަތުރުގައި އުޅ އެންމެހައި ވަގުތުގައި އުޅަނދުގައި އޮތްކަން  އުޅަނދުގެ މާސްޓަރާއި އުޅަނދު އޮޕަރ ޓްކުރާ ފަރާތުން ޔަގީންކުރަންވާނެއެވެ.

 

2 މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސް ދިނުމުގެ ށަރު ތުތައް

(ހ) ލައިސަންސް

  1. ކަނޑުމަހުގެ އާންމު އުފެއްދުންތައް އުފެއްދުމުގެ ލައިސަންސް ދޫކުރެވ ތަންތަން ބޭނުންކުރަންވާނީ، ހަމައެކަނި ލައިސަންސުގައި ބަޔާންކޮށްފައިވާ ތަނުގައި ލައިސަންސުގެ މުއްދަތުގައި ހަމައެކަނި ލައިސަންސުގައި ބަޔާންކޮށްފައިވާ އުފެއްދުންތައް އުފެއްދުމަށެވެ.
  2. ލައިސަންސް ދޫކޮށްފައިވާ ފެސިލިޓީއަކަށް ރޯމަސް ގަންނަ އަދަދު ލައިސަންސުގައި ކަނޑައަޅައިފައިވާ ޑެއިލީ ޕްރޮސެސިންގ ކެޕޭސިޓީއަށްވުރެ އިތުރުވެގެން ނުވާނެއެވެ. 
  3. ލައިސަންސް ނަގައިފައިވާ ފަރާތުން، ލައިސަންސް ދޫކޮށްފައިވާ ފެސިލިޓީގައި ލައިސަންސް ނުވަތަ ލައިސަންސުގެ ކޮޕީއެއް ހުރިހާ ވަގުތެއްގައިވެސް ބާއްވައި، ފިށަރީޒް އެންފޯސްމެންޓް އޮފިސަރެއް ނުވަތަ ފިށަރީޒްރީ ންޖަރއެއް އެދިއްޖެނަމަ، އެ ފަރާތަކަށް ލައިސަންސް ނުވަތަ ލައިސަންސުގެ ކޮޕީ ދައްކަންވާނެއެވެ.

(ށ) ޕްރޮސެސް ކުރުމުގައި އަމަލުކުރަންޖެހ ގޮތް

މަހާއި މަހުން ތަކެތި އުފެއްދުމުގެ ލައިސަންސް ދީފައިވާ ފެސިލިޓީގައި ނުވަތަ ސަރަހައްދުގައި، މަހާއި މަހުން ތަކެތި އުފެއްދުމުގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ކަނޑައަޅައިފައިވާ ސިއްހީ މިންގަނޑުތަކާއި ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ނ) ލޮގު ފޮތްތައް، މަސްވެރި އުޅަނދުތަކަށް ފޯރުކޮށްދިނުމަށް މިނިސްޓްރީއަށް އެހީތެރިވެދިނުން

  1. މިނިސްޓްރީން ފޯރުކޮށްދީފައިވާ ލޮގު ފޮތްތައް، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، މަސްކިރުވަން ބަނދަރުކުރާ އުޅަނދުތަކަށް ފޯރުކޮށްދޭންވާނެއެވެ.
  2. މަސްވެރި އުޅަނދުތައް ލަފާ ސަރަހައްދުގައި ނުވަތަ މަސް ކިރާ ސަރަހައްދުގައި ލޮގު ފޮތްތައް ނުވަތަ ދުވަހު މަސްވެރިކަމުގެ މަސްރިޕޯޓު ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސުން.
  3. މިނިސްޓްރީގެ ބޭނުމަށް މަސްވެރިންގެ ފަރާތުން އެއްކުރާ ލޮގު ފޮތުގެ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު، މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

 

(ރ) ރިޕޯޓުކުރުމުގެ ށަރުތުތައް

  1. މަސް ކިރުމުގެ އެއްވެސް މަރު ހަލާއެއް ފަށަންވާނީ، އެ އުޅަނދަކުން މަސްދަތުރުގެ މައުލޫމާތު ފުރިހަމަކޮށްފައިވާ ލޮގު ފޮތުގެ ރިޕޯޓުތައް ހުށަހެޅިކަން ޔަގީން ކުރުމަށް ފަހުގައެވެ. އަދި މި ރިޕޯޓުތައް، މަސްވެރި އުޅަނދުން ފުރިހަމަކޮށްފައިވާ ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ކޮންމެ 14 (ސާދަ) ދުވަހަކުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ފޮނުވަންވާނެއެވެ.
  2. މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން ލައިސަންސް ލިބިފައިވާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާރޗޭސް ރިޕޯޓު) މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ. އެގޮތުން، މަހާއި މަހުން ތަކެތި އުފެއްދުމަށް ބޭނުންކުރާ މަސް ބޭނި އުޅަނދާއި، މަސް ބޭނި ތާރީހާއި، މަސް ބޭނި ސަރަހައްދު (ދުވަހު މަސްވެރިކަން ރިޕޯޓުކުރާ ލޮގު ފޮތުގައި މަސް ބޭނި ސަރަހައްދު ފާހަގަކުރުމަށް ޖަހާ ގޮޅި ނަންބަރު)، އަދި ބޭނިމަހުގެ ޖުމުލަ ބަރުދަނުގެ މައުލޫމާތުގެ އިތުރުން "މަސްވެރިކަމާބެހ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހ އުސޫލު" ގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު ޕާރޗޭސް ރިޕޯޓުތަކުގައި ހިމަނަންވާނެއެވެ. 
  3. މިގޮތުން ފޯރުކޮށްދ ހުރިހާ މައުލޫމާތަކީ، ތެދު، ފުރިހަމަ އަދި ސައްހަ މައުލޫމާތު ކަމުގައި ވާންވާނެއެވެ.

 

(ބ) ތަންފީޒީ އޮފިސަރުންނާއި، ފިށަރީޒްރީންޖަރުންނާއި، ފިށަރީޒް އޮބްޒާވަރުންނަށް އެއްބާރުލުން ދިނުން 

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖ ގެ މަސްވެރިކަމުގެ ގާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ތަންފީޒީ 
އޮފިސަރުންނާއި، މިނިސްޓްރީގެ ފަރާތުން ގާއިމްކޮށްފައިވާ ފިށަރީޒް ރޭންޖަރުންނާއި، ފިށަރީޒް އޮބްޒާވަރުންނާއި، މިނިސްޓްރީގެ ފަރާތުން ހާއްސަ ހުއްދަ ދެވިފައިވާ އެ ނޫން ފަރާތްތަކުން، އެ ގާނޫނާއި އެ ގާނޫނު ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލ ންތައް ތަންފީޒުކުރުމަށް ކުރާ އެންމެހައި ކަންކަމުގައި މާސްޓަރ ނުވަތަ/އަދި އުޅަނދުގެ 
ވެރިފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

(ޅ) މަނާ ހަރަކާތްތައް

  1. ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް ނެތް އުޅަނދުތަކުން މަސްގަތުން.
  2. ސައްހަ ލައިސަންސެއް ނެތް އުޅަނދަކުން ކިރުވައިފައިވާ މަސް ޕްރޮސެސްކުރުން.
  3. މަސް ގަންނަ އުޅަނދަށް ދޫކޮށްފައިވާ ލައިސަންސުގެ ދަށުން ބޭނުމަށް ހުއްދަ ދީފައިނުވާ ކަނޑުމަހުގެ ބާވަތެއްގެ މަހެއް އެ އުޅަނދަކުން ގަތުން.
  4. ލައިސަންސާ ހިލާފަށް މަސް ޕްރޮސެސްކުރުމުގެ މަސައްކަތްކުރުން.
  5. ވަކި މަސްވެރިކަމެއްގައި މަސްގަތުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ އެންމެ ދަށް އަގާ (ފްލޯ ޕްރައިސްއާ) ހިލާފަށް އެއަށް ވުރެ ދަށް އަގަކަށް މަސްގަތުން ނުވަތަ މަސް ގަތުމަށް ހުށަހެޅުން.
  6. މަސްގަތުމުގައްޔާއި، އައިސް، ނުވަތަ ތެޔޮ ފަދަ ވަސީލަތްތައް ފޯރުކޮށްދިނުމުގައި މަސްވެރި އުޅަނދުތަކާ މެދު އެއް ހަމައެއް ނުގެންގުޅުން

 

ޖަދުވަލު 4

ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް 

 

#

ހަރަކާތް

ޖޫރިމަނާކުރެވޭ ފަރާތް

ޖޫރިމަނާ (ޖޫރިމަނާކުރެވޭ ކޮންމެ ފަރާތަކަށް) 

ކުށް ތަކުރާރުކޮށްފި ނަމަ

1. ސައްހަ ލައިސަންސެއް ނެތި ވަދުނަނުގެ މަސްވެރިކަންކުރުން. އުޅަނދުގެ ކެޕްޓަން 5،000 ރުފިޔާ -
2. ސައްހަ ލައިސަންސެއް ނެތި ދޮށީގެ މަސްވެރިކަން ނުވަތަ އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރުން. އުޅަނދުގެ ކެޕްޓަން 20،000 ރުފިޔާ -
3. އުޅަނދުގައި ލައިސަންސް ނުވަތަ ލައިސަންސުގެ ކޮޕީއެއް ނެތުން. މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ ލައިސަންސްގެ ވެރިފަރާތް 5،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާ ގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 10،000 ރުފިޔާއާ ހަމަޔަށް)
4. އުޅަނދުގައި ލޮގު ފޮތް ނެތުން ނުވަތަ  ކަނޑައަޅައިފައިވާ ގޮތުގެ މަތީން ލޮގު  ފޮތް ފުރިހަމަކޮށްފައި ނެތުން. މާާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ ލައިސަންސުގެ ވެރިފަރާތް 750 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާ ގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 10،000 ރުފިޔާއާ ހަމަޔަށް)
5. މަސްދަތުރުގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންޖެހ އުސޫލުން ނުފޮނުވުން. މާާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ ލައިސަންސުގެ ވެރިފަރާތް 750 ރުފިޔާ -
6. ސައްހަ ނޫން މައުލޫމާތު ނުވަތަ ދޮގު މައުލޫމާތު މިނިސްޓްރީއަށް ހުށަހެޅުން. މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ  ލައިސަންސުގެ ވެރިފަރާތް 10،000ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާ ގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 50،000 ރުފިޔާއާ ހަމަޔަށް)
7. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭ ގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނު ދަށުން ހަދައިފައިވާ ގަވާއިދަކުން، ނުވަތަ މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭނަކުން، ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން ނުވަތަ މެރުން މަނާ އެއްވެސް ބާވަތަކަށް އަމާޒުކޮށް މަސްވެރިކަންކުރުން، ނުވަތަ  ގޯނާކުރުމާއި، މިފަދަ ބާވަތެއް ނުވަތަ 
ބާވަތެއްގެ ބައެއް އުޅަނދުގައި ބެހެއްޓުން، ނުވަތަ ރައްކައުކުރުން، ނުވަތަ ކަނޑުގައި ދުއްވާ އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުން (ޓްރާންށިޕް)، އުޅަނދުގައި އެއްތަނުން އަނެއް ތަނަށް އުފުލުމާއި، މަސްކިރާ ނުވަތަ މަސް ޕްރޮސެސްކުރާ ތަނަކަށް ގެންދިއުން.
މާާސްޓަރު ނުވަތަ ލައިސަންސުގެ  ވެރިފަރާތް   ޖޫރިމަނާ ހިސާބުކުރެވޭނީ ހިފައިފައިވާ ބާވަތެއް ވިއްކައިގެން ލިބޭނެ އާމްދަނީގެ 4 ގުނައަށްވާ މިންވަރަށާއި، ހިފައިފައިވާ ބާވަތުގެ މުހިންމުކަން މާހައުލީ ނިޒާމަށް އޮތް މިންވަރަށް ރިއާޔަތްކުރުމަށްފަހު
(ގިނަވެގެން 400،000 ރުފިޔާ)
8. މަހުގެ ތިރީ ތުންގަނޑުން ފެށިގެން މަހުގެ ނިގުލުގެ ކަފިވެފައިވާ ހިސާބުގެ މެދަށް، 60 (ފަސްދޮޅަސް) ސެންޓިމީޓަރު ހަމަނުވާ ހިބަރުގެ އެއްވެސް ބާވަތެއް ހިފުން، ނުވަތަ އުޅަނދުގައި ބެހެއްޓުން، ނުވަތަ ރައްކައުކުރުން، ނުވަތަ އެއް އުޅަނދުން އަނެއް އުޅަނދަށް 
ބަދަލުކުރުން، ނުވަތަ އުޅަނދުގައި އެއްތަނުން އަނެއް ތަނަށް އުފުލުމާއި، މަސް ކިރާ، ނުވަތަ މަސް ގަންނަ ތަނަކަށް ގެންދިއުން.
މާސްޓަރު ނުވަތަ ލައިސަންސުގެ  ވެރިފަރާތް 2،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1،000 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 50،000) ރުފިޔާއާ 
ހަމަޔަށް
9. މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން. މާސްޓަރު ނުވަތަ ލައިސަންސުގެ ވެރިފަރާތް 2،5000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާ ގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 10،000 ރުފިޔާއާ ހަމަޔަށް)
10. މަސްވެރިކަމުގައި، ކަނޑުމަހުގެ ނުވަތަ 
ކަނޑުމަހުގެ ނުވަތަ ހިބަރުގެ ބާވަތެއް 
ތިލަކުރުމަށް ޓަކައި، އަލިކުރުމަށް 
ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް 
އުޅަނދުގައި ހަރުކުރުމާއި، މިފަދަ އާލާތެއްގެ ބޭނުންކޮށްގެން މަސްތިލަކޮށް  މަސްވެރިކަންކުރުން.
މާސްޓަރު ނުވަތަ
އޮޕަރޭޓަރު
2،000 ރުފިޔާ -
11. މިނިސްޓްރީން ދޫކޮށްފައިވާ 
ލައިސަންސެއް ލިބިގެން ހަރަކާތްތެރިވާ މަސްކިރާ އުޅަނދުފަހަރު ފިޔަވައި އެހެން އުޅަނދަކަށް މަސް ބަދަލުކުރުމުގެ (ޓްރާންށިޕްކުރުމުގެ) ހަރަކާތެއް ހިންގުން.
މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ  ލައިސަންސުގެ ވެރިފަރާތް 5،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާ ގެ 
އަދަދަށް 10،000 ރުފިޔާ 
އިތުރުކޮށްފައި ޖޫރިމަނާކުރުން 
(ގިނަވެގެން 400،000 ރުފިޔާއާ ހަމަޔަށް)
12. ތަންފީޒީ އޮފިސަރުންނާއި، ފިށަރީޒް ރޭންޖަރުންނާއި، ފިށަރީޒް އޮބްޒާވަރުންނަށް އެއްބާރުލުން ނުދިނުން. މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ ލައިސަންސުގެ ވެރިފަރާތް  1،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާ ގެ 
އަދަދަށް 700 ރުފިޔާ  އިތުރުކޮށްފައި ޖޫރިމަނާކުރުން 
(ގިނަވެގެން 10،000 ރުފިޔާއާ ހަމަޔަށް)
13. ގުދުރަތީގޮތުން ނެތިގެން ނުދާ ކުނި ނުވަތަ ކެމިކަލް މަސްވެރިކަމުގެ ތެރ ގައި 
ކަނޑަށް އުކައިލުން.
މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ  ލައިސަންސުގެ  ވެރިފަރާތް 3،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1،000 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 10،000 ރުފިޔާއާ ހަމަޔަށް)
14. މަސްވެރިކަމުގައި ބޭނުންކުރާ އާލާތެއް (އެންދަމާ ދައު) ކަނޑަށް ދޫކޮށްލުން  ނުވަތަ އެއްލައިލުން. މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ  ލައިސަންސުގެ ވެރިފަރާތް 10،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1،000 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 100،000 ރުފިޔާއާ ހަމަޔަށް)
15. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭ ގެ މަސްވެރިކަމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގައި މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން. މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ  ލައިސަންސުގެ ވެރިފަރާތް 400،000 ރުފިޔާ -
16. ދިވެހިރާއްޖ ގެ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރުން ނުވަތަ ހަރަކާތްތެރިވުން. މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ  ލައިސަންސުގެ ވެރިފަރާތް 75،000 ރުފިޔާ -
17. އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިނގާ  ސަރަހައްދެއްގައި މަސްވެރިކަން ކުރުން  ނުވަތަ ހަރަކާތްތެރިވުން. މާސްޓަރު ނުވަތަ
އޮޕަރޭޓަރު ނުވަތަ 
ލައިސަންސުގެ 
ވެރިފަރާތް
150،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 100،000 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 400،000 ރުފިޔާއާ ހަމަޔަށް)
18. 18 ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖ ގެ މަސްވެރިކަމުގެ  ގާނޫނު) އިން ނުވަތަ އެހެން ގާނޫނަކުން ނޫނީ ގަވާއިދަކުން މަސްވެރިކަން ކުރުން  މަނާކޮށްފައިވާ ސަރަހެއްދައި މަސްވެރިކަން ކުރުން. މާސްޓަރު 5،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 10،000 ރުފިޔާއާ ހަމަޔަށް)
19. ޑޭޓާ ބޮއިއާ ގުޅޭ ގޮތުން މި ގަވާއިދުގައި މަނާކަމެއް ކަމަށް ކަނޑައަޅައިފައިވާ 
ހަރަކާތެއް ހިންގުން.
މާސްޓަރު 2،500 ރުފިޔާ -
20. ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭ ގެ މަސްވެރިކަމުގެ އާންމު 
ގަވާއިދު) އާ ހިލާފަށް، ކަނދުފަތީގެ ވަށައިގެން 3 (ތިނެއް) މޭލު  ސަރަހައްދުގައި މަސްވެރިކަން ކުރުން.
މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ ލައިސަންސުގެ ވެރިފަރާތް 5،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1،000 ރުފިޔާ  އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 10،000 ރުފިޔާއާ ހަމަޔަށް)
21 ލައިސަންސް ލިބިފައިވާ އުޅަނދަކުން މިނިސްޓްރީގެ ފަރާތުން އަޅައިފައިވާ ކަނދުފައްޗަކަށް އުނިއިތުރު ގެނައުން ނުވަތަ ގެއްލުން ދިނުން ނުވަތަ ކަނދުފައްޗަށް ގެއްލުން ލިބ ނެފަދަ އެއްވެސް ހަރަކާތެއް ހިންގުން. މާސްޓަރު ނުވަތަ
އޮޕަރޭޓަރު ނުވަތަ 
ލައިސަންސުގެ 
ވެރިފަރާތ
10،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1،000 ރުފިޔާ  އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 20،000 ރުފިޔާއާ 
ހަމަޔަށް)
22 ލައިސަންސް ލިބިފައިވާ އުޅަނދެއްގައި، މި ގަވާއިދާ ހިލާފަށް ބިދޭސީން  ހަރަކާތްތެރިވުން. މާސްޓަރު ނުވަތަ
އޮޕަރޭޓަރު ނުވަތަ 
ލައިސަންސުގެ 
ވެރިފަރާތް
ކޮންމެ ބިދޭސިއަކަށް 5،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1،000 ރުފިޔާ  އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 10،000 ރުފިޔާއާ 
ހަމަޔަށް)
23 އުޅަނދުގައި ހަރުކޮށްފައިވާ ވީ.އެލް.ޑީ ނުވަތަ އީ.އެމް. ސިސްޓަމް ގަސްތުގައި 
ނިއްވައިލުން، ނުވަތަ ގެއްލުންދިނުން ނުވަތަ ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީ.އެމް.އެސް) އަދި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމް ހިންގުމާބެހ އުސޫލުތަކާ ހިލާފުވުން.
މާސްޓަރު ނުވަތަ އޮޕަރޭޓަރު ނުވަތަ  ލައިސަންސުގެ ވެރިފަރާތް 1،000 ރުފިޔާ އެންމެ ފަހުން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1،000 ރުފިޔާ  އިތުރުކޮށްފައި ޖޫރިމަނާކުރުން (ގިނަވެގެން 20،000 ރުފިޔާއާ 
ހަމަޔަށް)
24.

ލައިސަންސެއްނެތި މަސް ޕްރޮސެސްކުރުން 

  ގިންތި: ޖަދުވަލު 2 ގެ (ށ) ގެ (1)
އަށް ފެތޭ ފެސިލިޓީތައް.
މަސް ޕްރޮސެސްކުރާ ތަނުގެ ވެރިފަރާތް ނުވަތަ އެ ތަނެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނުވަތަ ހަރަކާތްތެރިވާ ކަމަށް ބެލެވ ފަރާތް 5،000 ރުފިޔާ -
ގިންތި: ޖަދުވަލު 2 ގެ (ށ) ގެ (2)
އަށް ފެތޭ ފެސިލިޓީތައް.
10،00 ރުފިޔާ -
ގިންތި: ޖަދުވަލު 2 ގެ (ށ) ގެ (3)
އަށް ފެތޭ ފެސިލިޓީތައް.
15،000 ރުފިޔާ -
ގިންތި: ޖަދުވަލު 2 ގެ (ށ) ގެ (4)
އަށް ފެތޭ ފެސިލިޓީތައް.
20،000 ރުފިޔާ -
ގިންތި: ޖަދުވަލު 2 ގެ (ނ) ގެ (1)
އަށް ފެތޭ ފެސިލިޓީތައް.
2،500 ރުފިޔާ -
ގިންތި: ޖަދުވަލު 2 ގެ (ނ) ގެ (2)
އަށް ފެތޭ ފެސިލިޓީތައް.
5،000 ރުފިޔާ -
ގިންތި: ޖަދުވަލު 2 ގެ (ނ) ގެ (3)
އަށް ފެތޭ ފެސިލިޓީތައް.
10،000 ރުފިޔާ -
ގިންތި: ޖަދުވަލު 2 ގެ (ނ) ގެ (4)
އަށް ފެތޭ ފެސިލިޓީތައް.
15،000 ރުފިޔާ -
25. ޕްރޮސެސްކުރާ ތަނުގައި ލައިސަންސުގެ 
ކޮޕީއެއް ނެތުން
ލައިސަންސުގެ ވެރިފަރާތް 1،000 ރުފިޔާ -
26. ލައިސަންސް ހޯދުމަށް ދޮގު މައުލޫމާތު  ނުވަތަ ސައްހަ ނޫން މައުލޫމާތު ހުށަހެޅުން ލައިސަންސުގެ ވެރިފަރާތް 10،000 ރުފިޔާ -
27. މަސްވެރިކަމުގެ ސައްހަ ލައިސަންސެއް 
ނެތް އުޅަނދަކުން މަސް ގަތުން.
ލައިސަންސުގެ ވެރިފަރާތް 10،000 ރުފިޔާ -
28. ލައިސަންސުގެ ދަށުން ހުއްދަ ނެތް މަހުގެ 
އުފެއްދުންތައް އުފެއްދުން.
ލައިސަންސުގެ ވެރިފަރާތް 10،000 ރުފިޔާ -
29. އުޅަނދުގެ މަސްރިޕޯޓު ލިބުމުގެ ކުރިން 
ޕްރޮސެސްކުރާ ތަނަށް މަސް ކިރުވުން.
ލައިސަންސުގެ ވެރިފަރާތް 10،000 ރުފިޔާ އެންމެ ފަހުން ޖުރިމަނާކުރި އަދަދުގެ މައްޗަށް 1،000 ރުފިޔާ އިތުރުވުން 100،000 ރުފިޔާއާ 
ހަމަޔަށް)
30. ލައިސަންސުގެ ށަރުތުތަކާ އެއްގޮތަށް 
އުޅަނދުގެ މަސް ރިޕޯޓުތައް  މިނިސްޓްރީއަށް ނުފޮނުވުން.
ލައިސަންސުގެ ވެރިފަރާތް 5،000 ރުފިޔާ އެންމެ ފަހުން ޖުރިމަނާކުރި އަދަދުގެ މައްޗަށް 500 ރުފިޔާ އިތުރުވުން (10،000 ރުފިޔާއާ ހަމަޔަށް)
31. ލައިސަންސުގެ ށަރުތުތަކާ އެއްގޮތަށް 
މިނިސްޓްރީއަށް ޕަރޗޭސް ރިޕޯޓު 
ނުފޮނުވުން.
ލައިސަންސުގެ ވެރިފަރާތް 10،000 ރުފިޔާ -
32. އެންފޯސްމަންޓް އޮފިސަރުންނާއި،  ފިށަރީޒް ރ ންޖަރުންނާއި، ފިށަރީޒް  އޮބްޒާވަރުންނަށް އެއްބާރުލުން ނުދިނުން. ލައިސަންސުގެ ވެރިފަރާތް 5،000 ރުފިޔާ އެންމެ ފަހުން ޖުރިމަނާކުރި އަދަދުގެ މައްޗަށް 1،000 ރުފިޔާ އިތުރުވުން _10،000 ރުފިޔާއާ  ހަމަޔަށް)
33. މިނިސްޓްރީގެ ބޭނުމަށް މަސްވެރިންގެ  ފަރާތުން ލިބޭ މައުލޫމާތުގެ ސިއްރުކަން ނުހިފެހެއްޓުން ނުވަތަ މިނިސްޓްރީ ނޫން 
ފަރާތަކަށް އެ މައުލޫމާތު ހާމަކުރުން.
ލައިސަންސުގެ ވެރިފަރާތް 20،000 ރުފިޔާ -
34. ލައިސަންސް ލިބިފައިވާ ފަރާތަކުން،
ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވަރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކުން، ނުވަތަ 
މަސްވެރިކަމުގެ މެނ ޖްމެންޓް ޕްލޭނަކުން 
ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއް، އެ ބާވަތެއްގެ ބައެއް ނުވަތަ އެފަދަ ބާވަތެއް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއްގެ ވިޔަފާރިކުރުމާއި، ޕްރޮސެސްސްކުރުމާއި، ޕްރޮސެސްކުރާ 
ތަނެއްގައި ރައްކައުކޮށްފައި ބެހެއްޓުން ނުވަތަ ޑިސްޕްލ ކޮށްފައި ބެހެއްޓުން.
ލައިސަންސުގެ ވެރިފަރާތް ޖޫރިމަނާ ހިސާބުކުރެވޭނީ، ހިފައިފައިވާ ބާވަތެއް ވިއްކައިގެން  ލިބޭނެ އާމްދަނީގެ 4 ގުނައަށްވާ މިންވަރަށާއި، ހިފައިފައިވާ ބާވަތުގެ މުހިންމުކަން މާހައުލީ ނިޒާމަށް އޮތް މިންވަރަށް  ރިއާޔަތްކުރުމަށް ފަހު (ގިނަވެގެން 400،000 ރުފިޔާ)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-139)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު