-

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-139) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-97)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ 8 އޮކްޓޫބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2022-139 (ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -. ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ ވީ.އެލް.ޑީ އެއްވެސް ސަބަބަކާހުރެ ނިވިއްޖެ ނަމަ ނުވަތަ މިނިސްޓްރީއަށް އެ އުޅަނދުގެ ޖީ.ޕީ.އެސް. ޕޮޒިށަން ނުފެންނަކަމަށް، އުޅަނދު އޮޕަރޭޓުކުރާ ފަރާތަށް ނުވަތަ ކެޔޮޅަށް މިނިސްޓްރީން އަންގައިފި ނަމ،ަ އުޅަނދު އޮތް ސަރަހައްދު (ތޫލާއި އަރުޒު ވަކިން އެނގޭނެހެން)، އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ހަރަކާތުގެ މައުލޫމާތ،ު ކޮންމެ 4 (ހަތަރެއް) ގަޑިއިރަކުނ،ް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-139)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-139)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު