-

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-139) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-220)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ނޮވެމްބަރު 2022 ގައި)

ގަވާއިދު ނަންބަރު 2022-139 (ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އުނިކޮށް، އެ މާއްދާގެ (ށ) އާއި (ނ) އިސް ލާހުކުރުން.

(ށ) ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ތެރެއިން މި ގަވާއިދުގެ ޖަދުވަލު 2 ގެ (ހ) ގައި ހިމެނޭ ލައިސަންސް ދޫކުރެވ ގިންތިތަކުގެ ތެރެއިން، ނަންބަރު 1 އާއި، ނަންބަރު 2 އާއި ނަންބަރު 3 ގެ ދަށުން ލައިސަންސް ދޭ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ އަންނަނިވި ގޮތުގެމަތީންނެވެ.

  1. 15 (ފަނަރަ) މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުގައި، ގިނަވެގެން 4 (ހަތަރެއް) ބިދޭސީން؛
  2. 15 (ފަނަރަ) މީޓަރާއި 24 (ސައުވީސް) މީޓަރާ ދެމެދުގެ އުޅަނދުތަކުގައި، ގިނަވެގެން 6 (ހައެއް) ބިދޭސީން؛
  3. 24 (ސައުވީސް) މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން 8 (އަށެއް) ބިދޭސީން

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ، އެކަމާ ގުޅ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވާރކްޕާމިޓެއް ލިބިގެންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) އާއި (ޅ) ގެ ގޮތުގައި ދެ އަކުރު އިތުރުކުރުން.

(ބ) އުޅަނދުގައި ހަރަކާތްތެރިވާ ބިދޭސީންނަށް މުސާރައާއި އިނާޔަތް ދިނުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެ މަތީން މަސްވެރި އުޅަނދުގައި މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބިދޭސީން ގެންގުޅެންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ކޯޓާ ހޯދައިގެންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

  ލައިސަންސް/ގިންްތި ލައިސަންސުގެ މުއްދަތު ލައިސަންސް ފީ (ރުފިޔާ)
      15 މީޓަރަށް ވުރެ ކުދި އުޅަނދު 15 މީޓަރުން ފެށިގެން 20 މީޓަރާ ހަމަޔަށް 20 މީޓަރުން ފެށިގެން ބޮޑެތި އުޅަނދު
1. ހަމައެކަނި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރު 12 މަސްދުވަސް 500 1،000 1،500
2. ހަމައެކަނި ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުފަހަރު 12 މަސްދުވަސް 500 1،000 1،500
3. ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުފަހަރާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު 12 މަސްދުވަސް 500 1،000 1،800
4. އެކްސްޕޯޓުކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު 24 މަސްދުވަސް 250 250 500
5. ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު (ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު ހިމެނޭ ގޮތަށް) 24 މަސްދުވަސް 250 250 500

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގޮތުގެ މަތީން ގެންނަ އިސްލާހުތަކާ އެއްގޮތަށް 18 ވަނަ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-139)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-139)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު