-

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-21)

(މި ގަވާއިދުން ވަނީ ގަވާއިދު ނަންބަރު 2019-1090 އުވާލެވިފައި)

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްްްްސަދު

މި ގަވާއިދުގެ މަގްްްްސަދަކީ، ފުރިހަމަ ގޮތުގައި ގާނޫނު ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމާއި އެ ފަރާތްތަކެއްގެ މައްޗަށް ގާނޫނު ހިނގާ ފަރާތްތަކުން އަމަލުކުރަންވާނެ ގޮތް ކަނޑައެޅުމާއި ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

 

 

ދެވަނަ ބާބު

ރަޖިސްޓަރީކުރުން

 

3 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން

(ހ) ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންވާނީ، "އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން" (MIRA 117) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅާ ފަރާތްތަކުން، އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުމަށް، "އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން" (MIRA 117) ފޯމު މީރާއަށް އިތުރަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުޖޫރަ ލިބޭ މީހެއް ރަޖިސްޓަރީކުރުމަށް އުޖޫރަ ދޭ ފަރާތުން ހުށަހަޅަންވާނީ، "އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރުން" (MIRA 118) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ރ) ނުއުފުލޭ މުދަލަކުން ލިބޭ އާމްދަނީއާ ގުޅިގެން، ރަޖިސްޓަރީކުރަން ހުށަހަޅަންވާނީ އެ ނުއުފުލޭ މުދަލުގެ ވެރިފަރާތުގެ ނަމުގައެވެ.

 

4 ވަނަ މާއްދާ - އުޖޫރަ ނޫން އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ އެންމެހައި ފަރާތްތައް، ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) ގާނޫނުގެ 79 ވަނަ މާއްދާގެ (ށނ) ގެ (2) ވަނަ ނަންބަރުގައި މާނަކޮށްދީފައިވާ ޕާޓްނަރށިޕްތަކަށް މި ގަވާއިދުގައި ހަވާލާދޭނީ "ޑީމްޑް ޕާޓްނަރށިޕް" މި ގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ރައްދުނުވާ ފަރުދުންނާއި ޑީމްޑް ޕާޓްނަރށިޕްތައް އަންނަނިވި ށަރުތިތަކުން ށަރުތެެއް ފުރިހަމަވާނަމަ ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ހަރަކާތެއް ހިންގުމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އެ މީހާއަށް ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދޫކޮށްފައިވުން؛ ނުވަތަ
  2. އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕުން އެއްވެސް މީހަކަށް ދޭ އުޖޫރައިން، ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުން ތިބުން؛ ނުވަތަ
  3. އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕުން ހިންގާ ހުރިހާ ވިޔަފާރި ހަރަކާތަކުން 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އެ މީހާއަށް ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕަށް ލިބޭ ޖުމްލަ އާމްދަނީ 40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުވުން.

(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ މީހެއް، ނުވަތަ ޑީމްޑް ޕާޓްނަރށިޕަކުން، ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަދަ ފައިސާއެއް ދައްކާނަމަ، އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕް ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓަރީކުރުން

މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 79 ވަނަ މާއްދާގެ (ހވ) ގައި މާނަކޮށްދީފައިވާ ފަދަ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - އާމްދަނީ ނުލިބޭ ފަރާތްތަކާއި އިސްތިސްނާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) އެއްވެސް އާމްދަނީއެއް ނުލިބޭ ފަރާތެއްނަމަ، ނުވަތަ އެ ފަރާތަކަށް ލިބޭ ހުރިހާ އާމްދަނީއަކީ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ އާމްދަނީ ކަމުގައިވާނަމަ، އެ ފަރާތުން ރަޖިސްޓަރީކުރަން ހުށަހަޅަން ލާޒިމުވާނީ އެ ފަރާތަކީ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް އުޖޫރަ ދޭ ފަރާތެއްނަމައެވެ.

(ށ) މި މާއްދާއަށް އަމަލުކުރާނީ މި ގަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާ ހިިލާފުނުވާ ގޮތުގެމަތިންނެވެ.

 

7 ވަނަ މާއްދާ - އުޖޫރަ ލިބޭ މީހުން ރަޖިސްޓަރީކުރުން

(ހ) އުޖޫރަ ލިބޭ މީހުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަކީ އުޖޫރަ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) އެ ފަރާތުން އުޖޫރަ ދޭ މީހުން ރަޖިސްޓަރީކުރަން ހުށަހެޅުމަށް، އުޖޫރަ ދޭ ފަރާތުގެ މައްޗަށް ލާޒިމުވާނީ އަންނިވި ހާލަތްތަކުގައެވެ.

  1. އުޖޫރަ ލިބޭ މީހާއަށް އުޖޫރަ ދޭ ފަރާތުން 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް، ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ދޭނެކަމަށް އަންދާޒާކުރެވުން؛ ނުވަތަ
  2. އުޖޫރަ ލިބޭ މީހާއަށް ވިދިވިދިގެން 2 (ދޭއް) މަހުގައި، ކޮންމެ މަހަކަށް، ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި
    60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އުޖޫރަ ދޭ ފަރާތުން ދިނުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތެއް ފުރިހަމަވެގެން އެ ފަރާތުން އުޖޫރަ ދޭ އެއްވެސް މީހެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް ލާޒިމުވެއްޖެނަމަ، އެ ފަރާތުން އުޖޫރަ ދޭ މީހުންގެ ތެރެއިން ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް 30,000 (ތިރީސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އުޖޫރަ ދޭ އެންމެން ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ މީހެއްނަމަ، އަދި އުޖޫރަ ދޭ އެއްވެސް ފަރާތަކުން އެ މީހާ ރަޖިސްޓަރީކޮށްފައި ނުވާނަމަ، ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) އަށް އަމަލުކުރާނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި، އެވްރެޖްކޮށް މަހެއްގެ މައްޗަށް އެ މީހަކަށް ލިބޭ ޖުމްލަ އާމްދަނީ 40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުވާނަމައެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް މީހަކަށް، ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބުނު އާމްދަނީގެ ޖުމްލަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ޖުމްލަ އާމްދަނީއަށް ބަލައި ރަޖިސްޓަރީކުރުން

މި ބާބުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީކުރަން ލާޒިމުވާ ށަރުތެެއް ފުރިހަމަނުވި ނަމަވެސް، ފަރުދުން ފިޔަވައި އެހެން ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގައި ލިބުނު ޖުމްލަ އާމްދަނީ 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ ފަރާތުން ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ރަޖިސްޓަރީކުރުން

މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތެއްގެ މައްޗަށް ގާނޫނު ހިނގާ ކޮންމެ ފަރާތަކުން ވެސް ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހަޅަން ނުޖެހުން

މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމައަށް، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރަން ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

11 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުން

(ހ) ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ރެޖިސްޓްރޭށަނާ ގުޅޭ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލުއައި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް އެ ފަރާތުން މީރާއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކުން، އެ ފަރާތުން އުޖޫރަ ދޭ މީހެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހެއްގެ އެ ފަރާތުން ދީފައިވާ ވަޒީފާއާ ގުޅޭ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލެއް މީރާކަނެކްޓް މެދުވެރިކޮށް މީރާއަށް އަންގަންވާނެއެވެ.

(ނ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން، އުޖޫރަ ލިބޭ މީހާއަށް އެހެން ބާވަތެއްގެ އާމްދަނީއެއް ލިބޭނަމަ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް އުޖޫރަ ލިބޭ މީހާ އެ ކަން މީރާއަށް އަންގަންވާނެއެވެ.

(ރ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން، އެ މީހާ އިތުރު ވަޒީފާއެއް އަދާކުރާނަމަ އަދި އެ ވަޒީފާ ދިން ފަރާތުން އެ ކަން މީރާއަށް އަންގާފައި ނުވާނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް އުޖޫރަ ލިބޭ މީހާ އެ ކަން މީރާއަށް އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީން އުނިކުރުން

(ހ) ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މީހެއް މަރުވެއްޖެނަމަ، މި ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން އޭނާގެ ވާރިސުުން މީރާއަށް އެ ކަން އެންގުމުން، އެ މީހާ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުނީއެވެ.

(ށ) ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް، ނުވަތަ ޕާޓްނަރށިޕެއް  ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް އުވައިލުމުން، އެ ފަރާތެއް ރަޖިސްޓަރީން އުނިކުރެވޭނެއެވެ.

(ނ) ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒުތައް މެދުވެރިކޮށް ކުރަމުންދާ ވިޔަފާރި ނިމުމަކަށް އަތުވެއްޖެނަމަ، އެ ދާއިމީ މަރުކަޒުތަކުގެ ވެރިފަރާތުން ރަޖިސްޓަރީން އުނިކުރަން ހުށަހަޅަންވާނެއެވެ.

 

 

ތިންވަނަ ބާބު

އުޖޫރައިގެ މާނައިގައި ނުހިމެނޭ އިނާޔަތާއި މަންފާ

 

13 ވަނަ މާއްދާ - އުޖޫރައިގެ މާނައިގައި ނުހިމެނޭ އިނާޔަތާއި މަންފާ

ގާނޫނުގެ 79 ވަނަ މާއްދާގެ (ޔ) ގައި ބަޔާންކޮށްފައިވާ އިނާޔަތާއި މަންފާގެ ތެރޭގައި އުޖޫރަ ދޭ ފަރާތުން ފައިސާއިން ނޫން ގޮތަކަށް ފޯރުކޮށްދޭ އަންނަނިވި އިނާޔަތާއި މަންފާ ނުހިމެނެއެވެ.

(ހ) ގާނޫނު ނަންބަރު 2009-11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާއާއި 9 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތް؛

(ށ) ދައުލަތުން، ސަލާމަތީ ހިިދުމަތެއް މެދުވެރިކޮށް، އެއްވެސް މީހަކަށް ފޯރުކޮށްދޭ ހިމާޔަތާއި ރައްކާތެރިކަން؛

(ނ) އެ މީހާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ އުޖޫރަ ދޭ ފަރާތުން ފޯރުކޮށްދީފައިވާ ތަނެއްގައި، އުޖޫރަ ދޭ ފަރާތުން މުވައްޒަފުންނަށް ހަމަހަމަ ކަމާއެކު ފޯރުކޮށްދޭ ތިރީގައި ބަޔާންކޮށްފައިވާ އިނާޔަތާއި މަންފާ؛

  1. ކެއިންބުއިން؛
  2. މުނިފޫހިފިލުވުމާއި ކުޅިވަރު.

(ރ) އެ މީހާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ ތަން ފިޔަވައި އެހެން ތަނެއްގައި ނަމަވެސް، އާންމު އުސޫލުން ނޫން ގޮތަކަށް ވަކި ހާއްސަ ކަމަކާ ގުޅިގެން މުވައްޒަފުންނަށް ހަމަހަމަ ކަމާއެކު ފޯރުކޮށްދޭ ކެއިންބުއިން؛

(ބ) އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އެ މީހާ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ހަމައެކަނި މުވައްޒަފުން ބޭތިއްބުމަށް ހާއްސަކުރެވިގެން އަދި މުވައްޒަފުން ފިޔަވައި އެހެން މީހަކަށް އެ ތަނުގައި ދިރިއުޅުމުގެ ހައްގު ނެތް އަދި މުވައްޒަފުން ފިޔަވައި އެހެން މީހަކަށް ދިރިނޫޅެވޭ ގޮތަށް އުޖޫރަ ދޭ ފަރާތުން ފޯރުކޮށްދޭ ދިރިއުޅޭ ތަން؛

(ޅ) ދައުލަތުގެ ސަލާމަތީ ހިިދުމަތްތަކުގެ މުވައްޒަފުންނަށް އެ ސަލާމަތީ ހިިދުމަތުގެ މަރުކަޒެއްގައި ނުވަތަ އޮފީހެއްގައި ނުވަތަ ޕޯސްޓެއްގައި ފޯރުކޮށްދޭ ދިރިއުޅޭ ތަން؛

(ކ) ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއިން ބޭރުގައި ހުރި ތަނެއްގައި ވަޒީފާ އަދާކުރާ މީހަކަށް ދައުލަތުން ފޯރުކޮށްދޭ ދިރިއުޅޭ ތަން؛

(އ) އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރަނީ މީހުން ދިރިއުޅޭ ރަށެއް ފިޔަވައި އެނޫން ތަނެއްގައިނަމަ، އަދި އޭނާ ދިރިއުޅެނީ އެ ތަނުގައި ނޫންނަމަ، ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާ ތަނަށް ގޮސްއައިސްވުމަށް އުޖޫރަ ދޭ ފަރާތުން ފޯރުކޮށްދޭ ދަތުރުފަތުރު؛

(ވ) އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާ ތަން ފިޔަވައި އެހެން ތަނަކަށް، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށްޓަކައި 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ދިއުމަށް އުޖޫރަ ދޭ ފަރާތުން ފޯރުކޮށްދޭ ދަތުރުފަތުރާއި ކެއުމާއި ހުރުން؛

(މ) މި މާއްދާގެ (ވ) އަށް އަމަލުކުރާނީ، މި މާއްދާގެ (ކ) އާ ހިިލާފުނުވާ ގޮތުގެ މަތިންނެވެ.

(ފ) މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ކުރިއެރުވުމުގެ މަގްްްްސަދުގައި ތަފާތުކުރުމެއް ނެތި މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް އަދި އެ ކަމަށް ހިނގާ ހަރަދު ވަކިވަކި މުވައްޒަފުންނަށް ކަނޑައެޅިގެން އެލޮކޭޓް ނުކުރެވޭ، އުޖޫރަ ދޭ ފަރާތުން ދިވެހިރާއްޖޭގައި ބާއްވާ ރެކްރިއޭށަނަލް ހަރަކާތްތައް؛

(ދ) އަންނަނިވި ށަރުތިތައް ހަމަވާ، އިންޓްރެސްޓަކާ ނުލައި ނުވަތަ އޯޑިނަރީ އޯޕަން މާކެޓް އިންޓްރެސްޓް ރޭޓަށްވުރެ ކުޑަ ރޭޓެއްގައި އުޖޫރަ ދޭ ފަރާތުން ދޭ ލޯނުގެ އިންޓްރެސްޓް ނުވަތަ އެޑްވާންސްގެ އިންޓްރެސްޓް (އެއް ވަގުތެއްގައި 1 (އެކެއް) ލޯނު ނުވަތަ އެޑްވާންސްއަށްވުރެ ގިނަ ނުވާގޮތަށް)؛

  1. ލޯނު ނުވަތަ އެޑްވާންސް އަނބުރާ ދައްކަންޖެހޭ މުއްދަތު 6 (ހައެއް) މަސްދުވަހަށްވުރެ އިތުރުނުވުން؛ އަދި
  2. ލޯނު ނުވަތަ އެޑްވާންސްގެ ޕްރިންސިޕަލް އަދަދު 50,000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވުން.

(ތ) އުޖޫރަ ދޭ ފަރާތަކުން ފޯރުކޮށްދޭ، އުޖޫރަ ލިބޭ މީހާ ކުރާ މަސައްކަތުގައި ލާންޖެހޭ އަންނައުނު، އެ އަންނައުނަކީ މަސައްކަތުގައި ބޭނުންކުރުމަށް ހާއްސަ އަދި މަސައްކަތުގެ މާހައުލުން ބޭރުގައި އާންމުކޮށް ލުމަށް އެކަށީގެންނުވާ އަންނައުނެއްނަމަ؛

(ލ) އުޖޫރަ ދޭ ފަރާތުން ދޭ އެވޯޑް، އަހަރަކަށް ދެވޭ ޖުމްލަ އަދަދު 5,000 (ފަސް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ؛

(ގ) ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ވަރކް ވިޒާ ހެއްދުމުގެ ނުވަތަ އައުކުރުމުގެ ބޭނުމަށް ހަދާ މެޑިކަލް ޗެކްއަޕް؛

(ޏ) ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޭންޖެހޭ މެޑިކަލް އިންށުުއަރެންސް؛

(ސ) މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ދިމާވާ ހާދިސާއަކާ ގުޅިގެން އުޖޫރަ ލިބޭ މީހެއްގެ ސިއްހަތަށް ލިބޭ ގެއްލުމަކަށް އުޖޫރަ ދޭ ފަރާތުން ކޮށްދޭ ބޭސްފަރުވާ؛

(ޑ) ފައިސާއިން ނޫން ގޮތަށް އުޖޫރަ ދޭ ފަރާތުން ދޭ އިނާޔަތާއި މަންފާ، މަހަކަށް ދެވޭ ޖުމްލަ އަދަދު 1,000 (އެއް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ.

 

 

ހަތަރުވަނަ ބާބު

އުޖޫރައިގެ މާނައިގައި ހިމެނޭ ބައެއް އިނާޔަތާއި މަންފާ

 

14 ވަނަ މާއްދާ - އުޖޫރައިގެ މާނައިގައި ހިމެނޭ ބައެއް އިނާޔަތާއި މަންފާ

މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޖޫރައިގެ މާނައިގައި ނުހިމެނޭ އިނާޔަތާއި މަންފާތައް ފިޔަވައި، އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ދޭ ކޮންމެ އިނާޔަތަކާއި މަންފާއަކީ އުޖޫރައިގެ މާނަގައި ހިމެނޭ އިނާޔަތާއި މަންފާއެކެވެ. އަދި މި ބާބުގައި ބަޔާންކޮށްފައިވާ އިނާޔަތާއި މަންފާތަކަކީ އުޖޫރައިގެ މާނައިގައި ހިމެނޭ ހުރިހާ އިނާޔަތަކާއި މަންފާތަކެއް ނޫނެވެ.

 

15 ވަނަ މާއްދާ - ހިސާބުކުރާ އިނާޔަތާއި މަންފާގެ އަދަދުން ބައެއް އުޖޫރަ ލިބޭ މީހާ ދެއްކުން

މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ބާބުގެ ދަށުން ހިސާބުކުރާ އިނާޔަތާއި މަންފާގެ އަދަދުން އެއްވެސް ބައެއް އުޖޫރަ ލިބޭ މީހާ ދައްކާނަމަ، އެ އަދަދަކީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާއެއް ނޫނެވެ.

 

16 ވަނަ މާއްދާ - ގުޅުންހުރި ފަރާތަކުން ދޭ އުޖޫރައާއި ގުޅުންހުރި ފަރާތަކަށް ލިބޭ އުޖޫރަ

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް އިނާޔަތަކާއި މަންފާއެއް ދެނީ އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުންނަމަ
އެ އިނާޔަތާއި މަންފާގެ މިންވަރަކީ، އެ އިނާޔަތާއި މަންފާގެ އޯޕަން މާކެޓް ވެލިއުއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް އިނާޔަތަކާއި މަންފާއެއް ލިބެނީ އުޖޫރަ ލިބޭ މީހަކާ ގުޅުންހުރި ފަރާތަކަށްނަމަ ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކަށްނަމަ، އެއީ އުޖޫރަ ލިބޭ މީހާއަށް ލިބޭ އިނާޔަތަކާއި މަންފާއެވެ

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެ ފަރާތުން ކަނޑައަޅާ ފަރާތު" ގެ މާނައިގެ ތެރޭގައި އުޖޫރަ ދޭ ފަރާތުން ކޮންޓްރޯލްކުރާ ނުވަތަ އުޖޫރަ ދޭ ފަރާތުގެ ވަސީީލަތްތައް ބޭނުންކޮށްގެން ހިންގާ ނުވަތަ އުޖޫރަ ދޭ ފަރާތުގެ މުވައްޒަފުން ތަމްސީލުކުރާ ކުންފުނި، ޖަމްއިިއްޔާ، ޖަމާއަތް، ކޯޕަރޭޓިވް ސޮސައިޓީ ފަދަ ތަންތަން ހިމެނެއެވެ.

 

17 ވަނަ މާއްދާ - ދިރިއުޅޭ ތަން

އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ފޯރުކޮށްދޭ ދިރިއުޅޭ ތަނުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) އެ ތަނަކީ އުޖޫރަ ދޭ ފަރާތުގެ ތަނެއްނަމަ، ނުވަތަ އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތެއްގެ ތަނެއްނަމަ ނުވަތަ އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތެއްގެ އަތުން ކުއްޔަށް ހިފާފައިވާ ތަނެއްނަމަ އެ ތަނުގެ ކުލީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު.

(ށ) އެ ތަނަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތަކުން ފިޔަވައި އެހެން ފަރާތެއްގެ އަތުން ކުއްޔަށް ހިފާފައިވާ ތަނެއްނަމަ، އެ ތަނަށް އުޖޫރަ ދޭ ފަރާތުން ދައްކާ ކުލި.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ތަނަކީ ފަރނިށްޑް ތަނެއް ނޫންނަމަ އަދި އެ ތަނުގެ ފަރުނީޗަރު އުޖޫރަ ދޭ ފަރާތުން ދޭނަމަ، ފަރުނީޗަރު ނުހިމަނައި،
އެ އަކުރުތަކުގައިވާ ގޮތަށް ހިސާބުކުރާ އަދަދަށް، ތިރީގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާ ފަރުނީޗަރުގެ ވެލިއު.

 

ފަރުނީޗަރު ނުހިމަނައި ހިސާބުކުރާ އަދަދު    

(ރ) މި މާއްދާގެ ބޭނުމަށް ފަރނިށްޑް ތަނެއް ކަމަށް ބަލާނީ އެ ތަނުގައި ފިޓިންގސް ފިޔަވައި އިތުރު ފަރުނީޗަރެއް ހުރިނަމައެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ ދިރިއުޅޭ ތަނުގައި އުޖޫރަ ދޭ ފަރާތުގެ ހަރަދުގައި ފޯރުކޮށްދޭ އަންނަވި ވަސީީލަތްތަކާއި ހިިދުމަތްތަކުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛

  1. ކަރަންޓާއި ފެނާއި ކުނި އުކައިދިނުން ފަދަ ހިިދުމަތްތައް؛
  2. ކޭބަލް ޓީވީއާއި، ޓެލެފޯނާއި އިންޓަރނެޓްގެ ހިިދުމަތް؛
  3. މަރާމާތުކުރުމާއި، ޒީނަތްތެރިކުރުން؛
  4. ފޮޅައި ސާފުކުރުން.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ވަސީީލަތްތަކާއި ހިިދުމަތްތަކުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ، އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ. 

  1. އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދެނީ ސީދާ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
  2. އެ ވަސީީލަތެއް ނުވަތަ ހިިދުމަތްތެއް ފޯރުކޮށްދެނީ ސީދާ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރާ ހަރަދު.

 

18 ވަނަ މާއްދާ - މުދަލެއް ނުވަތަ ހިިދުމަތެއް ގަތުން، ވިއްކުން ނުވަތަ ދިނުން

(ހ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ މުދަލެއް ނުވަތަ ހިިދުމަތެއް އޭގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ބޮޑު އަގެއްގައި ގަނެފިނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދަކީ އެ މުދަލެއް ނުވަތަ ހިިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ އެ މުދާ ނުވަތަ ހިިދުމަތް ގަތް އަގު ބޮޑުވި މިންވަރެވެ.

(ށ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާއަށް މުދަލެއް ނުވަތަ ހިިދުމަތެއް އޭގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގަކަށް ވިއްކައިފިނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދަކީ އެ މުދަލުގެ ނުވަތަ ހިިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ އެ މުދާ ނުވަތަ ހިިދުމަތް ވިއްކި އަގު ކުޑަވި މިންވަރެވެ.

(ނ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާއަށް މުދަލެއް ނުވަތަ ހިިދުމަތެއް ހިލޭ ދީފިނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދަކީ މުދަލުގެ ނުވަތަ ހިިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.

(ރ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ބޭނުމަށް ތިންވަނަ ފަރާތަކުން މުދަލެއް ނުވަތަ ހިިދުމަތެއް ގަތުމަށްފަހު، އެ މުދާ ނުވަތަ ހިިދުމަތް އުޖޫރަ ލިބޭ މީހާއަށް ފޯރުކޮށްދީފިނަމަ އަދި އޭގެ މުގާބިލުގެ ގޮތުގައި އުޖޫރަ ލިބޭ މީހާ އުޖޫރަ ދޭ ފަރާތަށް ދައްކާ އަގަކީ އެ މުދާ ނުވަތަ ހިިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދަކީ އެ މުދާ ނުވަތަ ހިިދުމަތުގެ އަގުގެ ގޮތުގައި އުޖޫރަ ލިބޭ މީހާ އުޖޫރަ ދޭ ފަރާތަށް ދައްކާ އަގާއި، އެ މުދާ ނުވަތަ ހިިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުގެ ތަފާތެވެ.

 

19 ވަނަ މާއްދާ - މުދަލެއް ބޭނުންކުރުމުގެ ހައްގު ދިނުން

(ހ) އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދެއް ފިޔަވައި، އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، މުދަލެއް ބޭނުންކުރުމުގެ ހައްގު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.

  1. އެ މުދަލަކީ އުޖޫރަ ދޭ ފަރާތުގެ މުދަލެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛ 
  2. އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ ނުވަތަ ހިލޭ ބޭނުންކުރުމުގެ ހައްގު ހޯދާފައިވާ މުދަލެއްނަމަ، އެ މުދަލުގެ މަހު ކުލީގެ  އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
  3. އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ، އެ މުދަލުގެ މަހު ކުލީގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން ދައްކާ އަދަދު.

(ށ) އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދެއް ފިޔަވައި، އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށާއި އެނޫން ކަމަކަށް މުދަލެއް ބޭނުންކުރުމުގެ ހައްގު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.

  1. އެ މުދަލަކީ އުޖޫރަ ދޭ ފަރާތުގެ މުދަލެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން:
  2. އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތަކުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ ނުވަތަ ހިލޭ ބޭނުންކުރުމުގެ ހައްގު ލިބިފައިވާ މުދަލެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން:
  3. އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން:

 

20 ވަނަ މާއްދާ - ހިިދުމަތެއް ބޭނުންކުރުމުގެ ހައްގު ދިނުން

(ހ) އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، އުޖޫރަ ދޭ ފަރާތުން ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ހިިދުމަތެއް ފޯރުކޮށްދޭނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.

  1. އެ ހިިދުމަތަކީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ހިިދުމަތެއްނަމަ، އެ މަހަކަށް ހިސާބުކުރެވޭ އެ ހިިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
  2. އެ ހިިދުމަތަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ހިިދުމަތެއްނަމަ، އެ ހިިދުމަތަށް އުޖޫރަ ދޭ ފަރާތުން މަހަކަށް ކުރާ ހަރަދު.

(ށ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށާއި އެނޫން ކަމަކަށް ހިިދުމަތެއް ބޭނުންކުރުމުގެ ހައްގު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.

  1. އެ ހިިދުމަތަކީ އުޖޫރަ ދޭ ފަރާތުން، ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ހިިދުމަތެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
  2. އެ ހިިދުމަތަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ހިިދުމަތެއްނަމަ؛

 

21 ވަނަ މާއްދާ - އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ހައްގު ދިނުން

(ހ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ހައްގު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދު މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.

  1. އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ ކަނޑު އުޅަނދެއްނަމަ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
  2. އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ އެއްގަމު އުޅަނދެއްނަމަ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛

  3. އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތަކުން ކުއްޔަށް ނަގައިފައިވާ ނުވަތަ އެ ފަރާތަށް ހިލޭ ބޭނުންކުރުމުގެ ހައްގު ލިބިފައިވާ އުޅަނދެއްނަމަ، އެ އުޅަނދުގެ މަހު ކުލީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
  4. އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުން ކުއްޔަށް ނަގައިފައިވާ އުޅަނދެއްނަމަ އެ އުޅަނދުގެ ކުލީގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން މަހަކަށް ދައްކާ އަދަދު.

(ށ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށާއި އެނޫން ކަމަކަށް އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ހައްގު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހަކަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދު މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.

  1. އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ ކަނޑު އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛

  2. އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ އެއްގަމު އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛

  3. އެ އުޅަނދަކީ ގުޅުންހުރި ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ އުޅަނދެއްނަމަ ނުވަތަ ގުޅުންހުރި ފަރާތުން ހިލޭ ބޭނުންކުރުމުގެ ހައްގު ދީފައިވާ އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛

  4. އެ އުޅަނދަކީ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދަކާ ގުޅިގެން، އުޖޫރަ ދޭ ފަރާތުން ފޯރުކޮށްދޭ އަންނަނިވި ވަސީީލަތްތަކާއި ހިިދުމަތްތަކުގެ އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދު މަހަކަށް ހިސާބުކުރާނީ މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  1.  ފިއުލް؛
  2. ޑްރައިވަރު، ކެޕްޓަން އަދި ކްރޫއިންގެ އުޖޫރަ؛
  3. އަހަރީފީއާއި އެންމެހައި ޖޫރިމަނާ؛
  4. އިންށުުއަރެންސް ޕްރީމިއަމް؛
  5. ދޮވުމާއި މަރާމާތުކުރުމާއި މެއިންޓެނަންސް އަދި ސަރވިސްކުރުން؛
  6. ޕާކްކުރާ ތަނަށް ދައްކާ ފައިސާ؛ 
  7. ސަލާމަތީ ސެޓްފިކެޓް ހެއްދުމަށް ކުރާ ހަރަދު؛
  8. ޑޮކިން ޗާރޖްސް؛

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އިނާޔަތާއި މަންފާއަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދަކާ ގުޅިގެން ދޭ އިނާޔަތާއި މަންފާއެއްނަމަ،
އެ އިނާޔަތާއި މަންފާގެ އަދަދު މަހަކަށް ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

  1. އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
  2. އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރާ ހަރަދު.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އިނާޔަތާއި މަންފާއަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދަކާ ގުޅިގެން ދޭ އިނާޔަތާއި މަންފާއެއްނަމަ، އެ އިނާޔަތާއި މަންފާގެ އަދަދު މަހަކަށް ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

  1.  އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
  2. އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.

(ޅ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، އުޖޫރަ ދޭ ފަރާތުގެ ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ނުވަތަ އެ ފަރާތުން ކުއްޔަށް ހިފާފައިވާ އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއްގައި ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްގައި ދަތުރުކުރާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދަކީ އެ ދަތުރުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.

 

22 ވަނަ މާއްދާ - ލޯނު

އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހަކަށް އިންޓްރެސްޓަކާ ނުލައި (އިންޓްރެސްޓް ފްރީ) ލޯނެއް ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނެއް ދީފިނަމަ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދަކީ އެ ބާވަތުގެ ލޯނުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއިން ހިސާބުކުރާ އިންޓްރެސްޓްގެ އަދަދާ އެ ލޯނަށް އެ މީހަކު ދައްކާ އިންޓްރެސްޓްގެ ތަފާތެވެ.

 

23 ވަނަ މާއްދާއުޖޫރަ ދޭ ފަރާތުގެ ހަރަދުގައި ޗުއްޓީ ހަމަޖައްސައިދިނުން

އުޖޫރަ ދޭ ފަރާތުގެ ހަރަދުގައި އުޖޫރަ ލިބޭ މީހެއް، ޗުއްޓީއެއް ހޭދަކޮށްފިނަމަ، އެ ޗުއްޓީއާ ގުޅޭ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) ޗުއްޓީ ހޭދަކޮށްފައިވަނީ އުޖޫރަ ދޭ ފަރާތުގެ ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ ތަނެއްގައިނަމަ އެ ޗުއްޓީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛

(ށ) ޗުއްޓީ ހޭދަކޮށްފައިވަނީ އުޖޫރަ ދޭ ފަރާތުގެ ތަނެއްގައި ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ ތަނެއްގައި ނޫންނަމަ، އެ ޗުއްޓީއަށް އުޖޫރަ ދޭ ފަރާތުން ކުރި ހަރަދު.

 

24 ވަނަ މާއްދާ - ހައްޖު ދަތުރާއި އުމްރާ ދަތުރު

އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހަކަށް ހައްޖު ދަތުރެއް ނުވަތަ އުމްރާ ދަތުރެއް ދީފިނަމަ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އަދަދު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) ހައްޖަށް ނުވަތަ އުމްރާއަށް ގެންދާ ފަރާތަކީ، އުޖޫރަ ދޭ ފަރާތް ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްނަމަ، އެ ހިިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.

(ށ) ހައްޖަށް ނުވަތަ އުމްރާއަށް ގެންދާ ފަރާތަކީ، އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއްނަމަ، އެ ހިިދުމަތާ ގުޅިގެން އުޖޫރަ ދޭ ފަރާތުން ކުރި ހަރަދެވެ.

 

25 ވަނަ މާއްދާ - ގޭގައި މަސައްކަތްކުރުމަށް ކުރާ ހަރަދު

އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އުޖޫރަ ލިބޭ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރަނީ އޭނާ ދިރިއުޅޭ ތަނުގައިނަމަ، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބޭނުންކުރުމުގެ ހައްގު ލިބިފައިވާ އަދި އެނޫން ކަމަކަށް ބޭނުން ނުކުރާ ވަސީީލަތްތަކާއި ހިިދުމަތްތައް ފިޔަވައި، އެ ތަނުގެ އެހެނިހެން ހަރަދުތަކުގެ ތެރެއިން އުޖޫރަ ދޭ ފަރާތުން ހަމަޖައްސައިދޭ ހަރަދުގެ (ދިރިއުޅޭ ތަން ހިމެނޭ ގޮތުން) އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދެނީ ސީދާ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛ 

(ށ) އެ ވަސީީލަތެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛

 

26 ވަނަ މާއްދާ - ވަޒީފާ އަދާކުރަން ފެށުމަށް ނުވަތަ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ކުރަންޖެހޭ ދަތުރު

(ހ) އުޖޫރަ ލިބޭ މީހަކު ވަޒީފާ އަދާކުރަން ފެށުމަށްޓަކައި އޭނާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމަށް ހަމަޖެހިފައިވާ ތަނަށް ދިއުމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ނުވަތަ ވަޒީފާއިން ވަކިވުމާ ގުޅިގެން، އޭނާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމަށް ހަމަޖެހިފައިވާ ތަނުން އަނބުރައި ދިއުމަށްޓަކައި، އުޖޫރަ ދޭ ފަރާތުން ހަމަޖައްސައިދޭ ދަތުރުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

  1. އެ ދަތުރު ކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ދަތުރުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
  2. އެ ދަތުރު ކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ނޫންނަމަ، އެ ދަތުރަށް އުޖޫރަ ދޭ ފަރާތުން ކުރި ހަރަދު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަތުރުގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުން މީހަކު ގެނައުމާއި ދިވެހިރާއްޖެއިން ބޭރަށް މީހަކު ފޮނުވުންވެސް ހިމެނެއެވެ.

 

27 ވަނަ މާއްދާ - އިންށުުއަރެންސް ޕްރީމިއަމްއާއި އިންށުުއަރެންސްގެ ފައިސާ

(ހ) އަންނަނިވި ހާލަތްތަކުގައި އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހަކަށް ނަގައިދީފައިވާ އިންށުުއަރެންސް ޕޮލިސީގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނިވި ގޮތަށެވެ.

  1. އެ އިންށުުއަރެންސް ޕޮލިސީއަކީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުން ދޫކޮށްފައިވާ އިންށުުއަރެންސް ޕޮލިސީއެއްނަމަ އެ ޕޮލިސީގެ ޕްރީމިއަމްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
  2. އެ އިންށުުއަރެންސް ޕޮލިސީއަކީ އުޖޫރަ ދޭ ފަރާތުން ދޫކޮށްފައިވާ އިންށުުއަރެންސް ޕޮލިސީއެއް ނޫންނަމަ، އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ދޫކޮށްފައިވާ އިންށުުއަރެންސް ޕޮލިސީއެއް ނޫންނަމަ،
    އެ ޕޮލިސީގެ ޕްރީމިއަމްގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން ދައްކާ އަދަދު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންށުުއަރެންސް ޕޮލިސީއެއްގެ ޕޮލިސީ ހޯލްޑަރަކީ އުޖޫރަ ލިބޭ މީހާ ކަމުގައިވާނަމަ ނުވަތަ އެ އިންށުުއަރެންސް ޕޮލިސީގެ ހޯލްޑަރއަކީ އުޖޫރަ ލިބޭ މީހާކަމުގައި ނުވިނަމަވެސް، އެ ޕޮލިސީގެ ބެނިފިށިއަރީއަކީ އުޖޫރަ ލިބޭ މީހާކަމުގައިވާނަމަ، އެއީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާއެވެ.

(ނ) ހެލްތު އިންށުުއަރެންސް ފިޔަވައި، މި މާއްދާގައި ބަޔާންކުރާ އިންށުުއަރެންސް ޕޮލިސީއެއްގެ ދަށުން އުޖޫރަ ލިބޭ މީހާއަށް ލިބޭ ފައިސާއަކީ، ގާނޫނުގެ 12 ވަނަ މާއްދާގެ (ތ) އާ ހިިލާފުނުވާ ގޮތުގެމަތިން، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާއެވެ.

 

28 ވަނަ މާއްދާ - ދަތުރުފަތުރާއި، ކެއިންބުއިމާއި، މުނިފޫހިފިލުވުމާއި ކުޅިވަރު

އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ފޯރުކޮށްދޭ ދަތުރުފަތުރާއި، ކެއިންބުއިމާއި މުނިފޫހިފިލުވުމާއި ކުޅިވަރުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) ދަތުރުފަތުރު ނުވަތަ ކެއިންބުއިން ނުވަތަ މުނިފޫހިފިލުވުމާއި ކުޅިވަރު ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ހިިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު.

(ށ) އެ ދަތުރުފަތުރު ނުވަތަ ކެއިންބުއިން ނުވަތަ މުނިފޫހިފިލުވުމާއި ކުޅިވަރު ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ނޫންނަމަ
އެ ހިިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރި ހަރަދު.

 

29 ވަނަ މާއްދާ - ސިއްހީ ފަރުވާއަކަށް ހިނގާ ހަރަދު

އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ސިއްހީ ހިިދުމަތެއް ފޯރުކޮށްދޭނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) އެ ސިއްހީ ހިިދުމަތް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ސިއްހީ ހިިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛

(ށ) އެ ސިއްހީ ހިިދުމަތް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ނޫންނަމަ، އެ ސިއްހީ ހިިދުމަތް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރި ހަރަދު.

 

30 ވަނަ މާއްދާ - ފައިސާއެއް ދައްކައިދިނުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އުޖޫރަ ލިބޭ މީހާ ދައްކަންޖެހޭ ފައިސާއެއް އުޖޫރަ ދޭ ފަރާތުން ދައްކައިދީފިނަމަ، އެ ގޮތުން ދައްކައިދިން އަދަދަކީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.

 

31 ވަނަ މާއްދާ - ޕެންށަން ފަންޑް ނުވަތަ ރިޓަޔަރމަންޓް ފަންޑަށް ދައްކާ ފައިސާ

(ހ) އުޖޫރަ ލިބޭ މީހާއަށް މަންފާ ލިބޭ ޕެންށަން ފަންޑު ނުވަތަ ރިޓަޔަރމަންޓް ފަންޑު ނުވަތަ އުޖޫރަ ލިބޭ މީހާގެ ވެލްފެއަރ ހައްގުތަކާ ގުޅޭ އެނޫންވެސް ފަންޑަކަށް އުޖޫރަ ދޭ ފަރާތުން ދައްކާ ފައިސާގެ އަދަދަކީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ. ގާނުނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމަށް، އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާއަށް ދައްކާ ފައިސާއަކީ އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތާއި މަންފާއެއް ނޫނެވެ.

 

32 ވަނަ މާއްދާ - އެވޯޑްސް

އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ފައިސާއިން ނޫން ގޮތަކަށް ދޭ އެވޯޑްގެ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަކީ އެ އެވޯޑަށް އުޖޫރަ ދޭ ފަރާތުން ކުރި ހަރަދެވެ.

 

 

ފަސްވަނަ ބާބު

ވިތުހޯލްޑިންގ ޓެކްސް

 

33 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް

މި ބާބުގައި "ވިތުހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހަށާއި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަށެވެ.

 

34 ވަނަ މާއްދާ - ހެޑްއޮފީހާއި ދާއިމީ މަރުކަޒަކީ ވަކި ދެ ފަރާތް ކަމުގައި ބެލުން

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާނަމަ، ގާނޫނުގެ 55 ވަނަ މާއްދާއަށް އަމަލުކުރުމުގައި ބަލާނީ އެ ފަރާތާއި އެ ދާއިމީ މަރުކަޒަކީ ވަކި، ދެ ފަރާތްކަމުގައެވެ.

 

35 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ ވިތުހޯލްޑިންގ ޓެކްސް އުނިކުރެވިފައިވާ އާމްދަނީ

ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާކަމަށް ބެލެވޭނީ، އެ މުއާމަލާތުން ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާކަން އަންގައިދޭ ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް އެ ފަރާތަށް ލިބިފައިވާނަމައެވެ.

 

36 ވަނަ މާއްދާ - މުއްދަތު ނުވަތަ އަދަދު އެނގެން ނެތް ހާލަތްތަކުގައި ވިތުހޯލްޑިންގ ޓެކްސް އުނިކުރުން

(ހ) އެއްވެސް ފަރާތަކުން ގާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކީ، އެ ފައިސާ ނިސްބަތްވާ އަހަރު ނިމުނުއިރު، އެ ފައިސާ ދައްކަންޖެހޭ ވަގުތު ކަނޑައެޅިގެން އެނގެން ނެތް ފައިސާއެއްނަމަ، ނުވަތަ އަދަދު ކަނޑައެޅިގެން އެނގެން ނެތް ފައިސާއެއްނަމަ، ގާނޫނުގެ 80 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ އަދަދު ކަނޑަޅާނީ، އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަރޑް 37 (ޕްރޮވިޒަަންސް، ކޮންޓިންޖެންޓް ލައިބިލިޓީސް އެންޑް ކޮންޓިންޖެންޓް އެސެޓްސް) އާ އެއްގޮތަށް ޕްރޮވިޒަަންއެއް ހަދަންޖެހޭނަމަ އެ ޕްރޮވިޒަަންގެ އަދަދުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ޕްރޮވިޒަަންގެ ފައިސާ ދައްކާނީ ކޮން މަހެއްގައިކަން ކަނޑައެޅިގެން އެގެން ނެތްނަމަ، އެ ޕްރޮވިޒަަން ނިސްބަތްވާ އަހަރާ ވިދިގެން ފެށޭ އަހަރުގެ އެޕްރީލް މަސް ނުވަތަ ފައިސާ ދައްކާ ތާރީހު ހިމެނޭ މަސް، މި ދެ މަހުގެ ތެރެއިން ކުރިން ބައްދަލުވާ މަހުގައި އެ ޕްރޮވިޒަަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ލިބޭ ފަރާތުން އެ އާމްދަނީ ހިމަނަންވާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ނުވަތަ (ބ) އާ އެއްގޮތަށް، އެ އާމްދަނީ ހިމަނަންޖެހޭ ހިސާބުކުރާ މުއްދަތުގައެވެ.

(ރ) މި މާއްދާގެ (ށ) ރައްދުވާ ހާލަތުގައި، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވާ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި، އިތުރަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނަމަ އުނިކުރަންވާނެއެވެ. އަދި އެއާ ގުޅިގެން އިތުރަށް ދައްކަންޖެހޭ ޓެކްސް ދައްކަންވާނެއެވެ.

 

37 ވަނަ މާއްދާ -  ރީއިމްބަރސްމަންޓްގެ ގޮތުގައި ދައްކާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް ދެއްކުން

(ހ) ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހިިދުމަތަކަށް ނުވަތަ ކަމަކަށް ފައިސާއެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން އެ ހިިދުމަތެއް ދިނުމަށް ނުވަތަ އެ ކަމަކަށް ކޮށްފައިވާ ހަރަދުތައް ރިއިމްބަރސް ކުރުމުގެ ގޮތުން ދައްކާ ފައިސާއެއް ހިމެނުނުކަމުގައި ވިޔަސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނީ (ރީއިމްބަރސް ކުރުމަށް ދައްކާ ފައިސާވެސް ހިމެނޭގޮތުން) ދައްކާ ފައިސާގެ ޖުމްލަ އަދަދުންނެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާއަކީ، ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއެއް ރިކަވަރ ކޮށްދިނުމަށް ދައްކާ ފައިސާއެއްނަމަ، އެ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

 

38 ވަނަ މާއްދާފައިސާ ދައްކާފައިވަނީ ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިކަމަށް ބެލުން

ގާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކުން، އެ ފައިސާ ދައްކާ ފަރާތުން ވިތުހޯލްޑިންގ ޓެކްސް އުނި ނުކޮށް އެ ފައިސާ ދައްކާފައިވާނަމަ، ގާނޫނުގެ 56 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެ މުއާމަލާތުން އުނިކުރަންޖެހޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު (މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ކަމަށްވާނަމަ، ކޮންމެ ބްރެކެޓަކަށް ވަކިން) ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ. 

 

39 ވަނަ މާއިްދާ - ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ މުއްދަތަކަށް ނިސްބަތްވާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ނުޖެހުން

(ހ) ގާނޫނުގެ 54 ވަނަ މާއްދާ ހިނގާނީ، ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ނަގަން ފަށާ ތާރީހުގައި ފެށޭ ނުވަތަ އެ ތާރީހުގެ ފަހުން ފެށޭ މުއްދަތަކަށް ނިސްބަތްވާ އުޖޫރައަށެވެ.

(ށ) ގާނޫނުގެ 55 ވަނަ މާއްދާ ހިނގާނީ، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ތާރީހުގައި ފެށޭ ނުވަތަ އެ ތާރީހުގެ ފަހުން ފެށޭ މުއްދަތަކަށް ނިސްބަތްވާ ފައިސާއަށެވެ.

 

40 ވަނަ މާއިްދާ - ބޭރު ފައިސާއިން ދައްކާ ފައިސާ ރުފިޔާއަށް ބަދަލުކުރުން

(ހ) ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ދެނީ، ނުވަތަ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަނީ ރުފިޔާއިން ނޫންނަމަ، މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި އެ ފަރާތަކުން އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ އެ ފައިސާ އުނިކުރަންޖެހުނު ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ށާއިިއުކޮށްފައިވާ އެކްސްޗޭންޖް ރޭޓްގެ %2± ("ޕްލަސް އޯރ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ. އަދި އެކްސްޗޭންޖް ރޭޓް ބެލުމުގައި ރިއާޔަތްކުރަންވާނީ އެއް މަސްދަރަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަދަ ފައިސާ ދައްކަނީ ދިވެހިރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ އަދަދު ރުފިޔާއަށް ބަދަލުކުރުމުގައި ބޭންކަކުން އެ މުއާމަލާތަކަށް ހަމަޖައްސައިދިން އެކްސްޗޭންޖް ރޭޓް ބޭނުންކުރެވިދާނެއެވެ. 

 

41 ވަނަ މާއިްދާ - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް

(ހ) ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ %0 (ސުމެއް އިންސައްތަ) ގެ ރޭޓުގައި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓަށް، މި ގަވާއިދުގައި ހަވާލާދޭނީ "ޓެކްސް-ފްރީ ތްރެށުޯލްޑް" މި ގޮތަށެވެ

(ށ) ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 12 (ބާރަ) މަސްދުވަހެއްގެ ތެރޭގައި އެވްރެޖްކޮށް މަހަކަށް 30,000 (ތިރީސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އުޖޫރަ ދޭ ކޮންމެ ފަރާތަކަށް، "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމު، އުޖޫރަ ލިބޭ މީހާ ހުށަހަޅަންވާނެވެ.

(ނ) މި މާއްދާގެ (ށ) ރައްދުވާ އުޖޫރަ ލިބޭ މީހަކު، "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމު އުޖޫރަ ދޭ ފަރާތަށް ހުށަނާޅައިފިނަމަ، އެ މީހަކަށް އެ މަހަކަށް ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލައިން، %8 (އަށެއް އިންސައްތަ) ގެ ރޭޓުގައި، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ނ) ރައްދުވާ މީހަކަށް މަހަކަށް ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ އިތުރުވާ މިންވަރުން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ، އެ އިތުރުވި މިންވަރު ނިސްބަތްވާ، ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓުތަކަށް ވަކިވަކިން ހިސާބުކޮށްގެންނެވެ.

(ބ) އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އުޖޫރަ ލިބޭ މީހެއްނަމަ، މި މާއްދާގެ (ށ) ގެ ދަށުން، އުޖޫރަ ދޭ ފަރާތްތަކަށް "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ހުށަހަޅާއިރު، އެ މީހާގެ ޓެކްސް-ފްރީ ތްރެށުޯލްޑް ބޭނުންކުރާނެ އުޖޫރަ ދޭ 1 (އެކެއް) ފަރާތް އިހްތިޔާރުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ ޓެކްސް-ފްރީ ތްރެށުޯލްޑް ބްރެކެޓްވެސް ހިމެނޭގޮތުން ކޮންމެ ބްރެކެޓަކަށް ވަކިން ހިސާބުކުރުމަށް ފަހުގައެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން، އެ މީހަކަށް އެ މަހަކަށް ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލައިން، %8 (އަށެއް އިންސައްތަ) ގެ ރޭޓުގައި، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ކ) ރައްދުވާ ފަރާތަކަށް މަހަކަށް ދެވޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ އިތުރުވާ މިންވަރުން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ، އެ އިތުރުވި މިންވަރު ނިސްބަތްވާ، ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓުތަކަށް ވަކިވަކިން ހިސާބުކޮށްގެންނެވެ.

(ވ) މި މާއްދާގެ (ކ) ނުވަތަ (އ) ރައްދުވާ އުޖޫރަ ލިބޭ މީހަކު، އެ އަކުރުތަކުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓާއި ބްރެކެޓްތައް ބަދަލުކުރަން ބޭނުންވެއްޖެނަމަ، "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (MIRA 917) ފޯމު މެދުވެރިކޮށް ރޭޓާއި ބްރެކެޓްތައް ބަދަލުކުރުމަށް ހުށަހެޅިދާނެއެވެ.

(މ) މި މާއްދާގެ (ވ) ގެ ދަށުން ލިބޭ ހުށަހެޅުމަކަށް ރިއާޔަތްކުރުމަށްފަހު، މީރާއިން ރޭޓާއި ބްރެކެޓްތައް ކަނޑައަޅައިފިނަމަ، މި މާއްދާގެ (ކ) ނުވަތަ (އ) ރައްދުވާ އުޖޫރަ ދޭ ފަރާތްތަކުން އެ މީހާގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިން، ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ، މީރާއިން ކަނޑައެޅި ރޭޓާއި ބްރެކެޓްތަކުގައެވެ.

(ފ) އުޖޫރަ ލިބޭ މީހަކު، އެއްވެސް މަހެއްގެ 10 ވަނަ ދުވަސް ނުވަތަ އެ ދުވަހުގެ ކުރިން "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމު އުޖޫރަ ދޭ ފަރާތަކަށް ހުށަހަޅައިފިނަމަ، އެ ފޯމުގައި ކަނޑައަޅައިފައިވާ ކަންކަމަށް އެ މަހުން ފެށިގެން އުޖޫރަ ދޭ ފަރާތުން އަމަލުކުރަންވާނެއެވެ. އުޖޫރަ ލިބޭ މީހަކު، މަހުގެ 10 ވަނަ ދުވަހުގެ ފަހުން "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމު އުޖޫރަ ދޭ ފަރާތަކަށް ހުށަހަޅައިފިނަމަ، އެންމެ ލަސްވެގެން އެ ހުށަހަޅާ މަހާ ވިދިގެން ފެށޭ މަހުގައި، އެ ފޯމުގައި ކަނޑައަޅައިފައިވާ ކަންކަމަށް އުޖޫރަ ދޭ ދަރާތުން އަމަލުކުރަންވާނެއެވެ.

(ދ) އުޖޫރަ ލިބޭ މީހަކު ހުށަހަޅައިފައިވާ "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (MIRA 917) ފޯމަކާ ގުޅިގެން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓާއި ބްރެކެޓްތައް އެ މަހުގެ 10 ވަނަ ދުވަސް ނުވަތަ އެ ދުވަހުގެ ކުރިން މީރާއިން އަންގައިފިނަމަ އެ މަހަކުން ފެށިގެން އެކަން އުޖޫރަ ދޭ ފަރާތުން ތަންފީޛުކުރަންވާނެއެވެ. "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (MIRA 917) ފޯމަކާ ގުޅިގެން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓާއި ބްރެކެޓްތައް މީރާއިން އަންގާފައިވަނީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށްވާނަމަ، އެންމެ ލަސްވެގެން އެ މަހާ ވިދިގެން ފެށޭ މަހުގައި އެކަން އުޖޫރަ ދޭ ފަރާތުން ތަންފީޛުކުރަންވާނެއެވެ.

(ތ) ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ލާޒިމުނުވާ އުޖޫރަ ދޭ ފަރާތްތަކަށް، މި މާއްދާގެ (ނ) އިން ފެށިގެން (ދ) އަށް ހުރި އަކުރުތައް ރައްދެއްނުވާނެއެވެ.

(ލ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތްތަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ނުވަތަ އެނޫންވެސް ގޮތަކުން މީރާއަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، މީހެއްގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިން، މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އުނިކުރަންޖެހޭ ރޭޓާއި ބްރެކެޓްތައް، އުޖޫރަ ދޭ ފަރާތްތަކަށް މީރާއަށް އެންގިދާނެއެވެ. މި ގޮތަށް މީރާއިން ކަނޑައަޅާ ރޭޓާއި ބްރެކެޓްތަކުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް، އުޖޫރަ ދޭ ފަރާތުން އުނިކުރަންވާނެއެވެ.

 

42 ވަނަ މާއިްދާ - އާންމުކޮށް ދޭ އުޖޫރައިގެ އަދަދަށްވުރެ ތަފާތު އަދަދެއް އުޖޫރައިގެ ގޮތުގައި ދޭން ޖެހުން

(ހ) މި މާއްދާ ހިނގާނީ، އުޖޫރަ ލިބޭ މީހާ، މި ގަވާއިދުގެ 41 ވަނަ މާއްދާގެ (ބ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން އެ މީހާއަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރުމުގައެވެ.

(ށ) އެއްވެސް މީހަކަށް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ އަދަދަކީ، 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ މަދު އަދަދެއްނަމަ، އަދި އެ ޓެކްސް އަހަރުގައި އެ މީހާއަށް ދޭ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ  އުޖޫރައިގެ ޖުމްލަ 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ މަދުވާނެކަމަށް އަންދާޒާކުރެވޭނަމަ، އެ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވީ ކަމުގައިވީ ނަމަވެސް، އެ މަހަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ލާޒިމެއްނޫނެވެ.

(ނ) މި މާއްދާގެ (ށ) ރައްދުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ  ވިދިވިދިގެން 2 (ދޭއް) މަހުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަދި އޭގެ ފަހުން އެ ޓެކްސް އަހަރުގައި އަންނަ މަހެއްގައި އެ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ނިމުމަކަށް އަންނާނެއެވެ.

 

43 ވަނަ މާއިްދާ - މަހު އުޖޫރަ ހިސާބުކުރުން

(ހ) އުޖޫރަ ދޭ ފަރާތުން މަހު އުޖޫރަ ދިނުމުގައި، މަހުގެ ވަކި ތާރީހަކާ ހަމައަށް އުޖޫރަ ހިސާބުކޮށް، މަހު އުޖޫރަ ދޭނަމަ އެ އުސޫލުން އެ މަހަށް ޖެހޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ހިސާބު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 2020 ވަނަ އަހަރުގެ އެޕްރީލް މަހަށް ވާ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ހިސާބު ކުރާނީ 1 އެޕްރީލް 2020 އިން ފެށިގެން، އެ މަހުގެ އުޖޫރަ ހިސާބުކުރުމަށް ބޭނުންކުރާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތާރީހުގެ ނިޔަލަށެވެ.

 

ހަވަނަ ބާބު

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާ

 

44 ވަނަ މާއްދާ - ޖަމްއިިއްޔާ ނުވަތަ ޖަމާއަތް

ގާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، "ޖަމްއިިއްޔާ" އަދި "ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ށަރުތިތަކުންކުރެ ށަރުތެއް ފުރިހަމަވާ ކޮންމެ ޖަމްއިިއްޔާއެއް ނުވަތަ ޖަމާއަތަކަށެވެ.

(ހ) ގާނޫނު ނަންބަރު 2003-01 (ޖަމްއިިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ

(ށ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ދިވެހިރާއްޖޭގައި އުފައްދައިފައިވާ ފަރާތަކަށްވުން.

 

45 ވަނަ މާއްދާ - އާންމު މަންފާތައް

ގާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، "އެނޫންވެސް އާންމު މަންފާއެއް ކުރިއެރުވުމަށް" ކުރާ ކަންތައްތައް ކަމުގައި ބެލެވޭނީ އަންނަނިވި ކަންތައްތަކެވެ.

(ހ) އިންސާނީ އެހީ ފޯރުކޮށްދިނުން؛

(ށ) ތިމާވެށި ނުވަތަ "ވައިލްޑްލައިފް" ހިމާޔަތްކުރުން؛

(ނ) އިޖްތިމާއިީ ދުޅަހެޔޮކަމާއި ފުދުންތެރިކަން އިތުރުކުރުން؛

(ރ) ސުަގާފީ ހަރަކާތްތައް ކުރިއެރުވުން؛

(ބ) ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއެރުވުން؛

(ޅ) ވަކި ޕްރޮފެށަންއެއް ނުވަތަ އިގްްްްތިސީާދީ ދާއިރާއެއް ކުރިއެރުވުން؛

(ކ) ސަރަހައްދެއްގެ ނުވަތަ ރަށެއްގެ މުޖުތަމައު ތަރައްގްްްީކުރުން؛

(އ) ޑިމޮކްރެސީ  ކުރިއެރުވުން؛

(ވ) "ގުޑް ގަވަރނެންސް"؛

(މ) "އެޑްވޮކެސީ".

 

46 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް ހުށަހެޅުން

(ހ) ގާނޫނުގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް ބޭނުންވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުން، "ޗެރިޓަބްލް އޮގަނައިޒޭށަންތައް ރަޖިސްޓަރީކުރުން" (MIRA 103) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާއިރު، ގާނޫނު ނަންބަރު 2011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ބޭނުމަށް، ޓެކްސް ރޫލިންގ TR-2014/B38  (ޗެރިޓަބަލް އޮގަނައިޒޭށަންތައް) ގެ ދަށުން، މީރާއިން ގަބޫލުކުރާ ޖަމްއިިއްޔާތަކުގެ ލިސްޓުގައި ހިމެނޭ ފަރާތްތައް، މި ބާބުގެ ދަށުން ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުގެ ގޮތުގައި ބެލެވޭނެއެވެ.

 

47 ވަނަ މާއްދާ - ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުގެ ލިސްޓު

(ހ) ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުގެ ލިސްޓު މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކޮށްގެން، މި ބާބުގެ ދަށުން ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ - ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުގެ އަހަރީ ރިޕޯޓު

(ހ) ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުން ކޮންމެ ކަލަންޑަރު އަހަރަކާ ގުޅޭ އަހަރީ ރިޕޯޓާއި އެ އަހަރެއްގައި ލިބުނު ޑޮނޭށަންގެ މައުލޫމާތު ހިމެނޭ ގޮތަށް އާމްދަނީއާއި ހަރަދުގެ ބަޔާނެއް ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއިން ކަނޑައަޅާ ފޯމެޓެއްގައި މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ޖެހިގެން އަންނަ އަހަރުގެ  ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅައިފައި ނުވާނަމަ، އެ ޖަމްއިިއްޔާއެއް ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެއެވެ. އަދި އެ ޖަމްއިިއްޔާއިން އަލުން ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދަން ބޭނުންވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅަންވާނެއެވެ.

 

49 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ޖަމްއިިއްޔާއެއްކަން  އަންގައިދޭ ލޯގޯ

(ހ) ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތަކުގެ މާކެޓިންގ މެޓީރިއަލްތަކާއި، ލެޓަރހެޑާއި، ވެބްސައިޓާއި، އީމެއިލް އަދި އެ ފަދަ އެހެނިހެން ލިޔެކިޔުންތަކުގައި، އެ ޖަމްއިިއްޔާއަކީ ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ޖަމްއިިއްޔާއެއްކަން އެންގުމުގެ ގޮތުން މީރާއިން ކަނޑައަޅާ ލޯގޯއެއް ބޭނުންކުރެވިދާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާތައް ފިޔަވައި އެހެން ފަރާތްތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލޯގޯ ބޭނުންކޮށްގެން ނުވާނެއެވެ.

 

50 ވަނަ މާއްދާ - ޖަމްއިިއްޔާއަކަށް ޑޮނޭށަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދައްކާ ފައިސާ އުނިކުރުން

ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާއަކަށް ޑޮނޭށަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާ، ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އުނިކުރެވޭނީ އެ ފައިސާ ދިން ތާރީހުގައި އެ ޖަމްއިިއްޔާއެއް މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ށާއިއުކުރާ ލިސްޓުގައި ހިމެނޭ ކަމުގައިވާނަމައެވެ.

 

51 ވަނަ މާއްދާ - ޖަމްއިިއްޔާތަކަށް ލިބޭ އާމްދަނީ އިސްތިސްނާވުން

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިިއްޔާއަކަށް ލިބޭ އާމްދަނީ، ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގެ ދަށުން އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާވާނީ، އެ އާމްދަނީ ޓެކުހުން އިސްތިސްނާ ނުވިނަމަ، އެ ފަރާތުން އެ އަހަރަކަށް އާމްދަނީން ނަގާ ޓެކްސްގެ ބަޔާން ހުށަހަޅަންޖެހޭނެ ތާރީހުގައި ނުވަތަ އޭގެ ކުރިން އެ ފަރާތަކަށް ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާނަމައެވެ.

 

ހަތްވަނަ ބާބު

ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް

 

52 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް

ގާނޫނުގެ 22 ވަނަ މާއްދާގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަކީ:

(ހ) އެ ބޭންކު އޮޕަރޭޓުކުރާ ގައުމެއްގެ މަރުކަޒީ ބޭންކުން ބޭންކިންގ ލައިސަންސް ދޫކޮށްފައިވާ ބޭންކުތައް؛

(ށ) އެ ކުންފުނި އޮޕަރޭޓުކުރާ ގައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެ ފަދަ ކުންފުނިތައް ރެގިއުލޭޓްކުރާ ފަރާތުން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުނިތަކާއި ލީސިންގ ފައިނޭންސް ކުންފުނިތައް؛

(ނ) ބައިނަލްއަގްްްްވާމީ މާލީ އިދާރާތަކާއި، އެ އިދާރާތަކުން ކޮންޓްރޯލްކުރާ އޭޖެންސީތައް.

 

53 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބައިނަލް އަގްްްްވާމީ މާލީ އިދާރާތަކުގެ ލިސްޓު

(ހ) މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) ރައްދުވާ ބައިނަލްއަގްްްްވާމީ މާލީ އިދާރާތަކުގެ ލިސްޓު، މީރާގެ ބޯޑުން ފާސްކުރުމަށްފަހު، މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށާއިއުކުރާ ލިސްޓަށް ބައިނަލްއަގްްްްވާމީ މާލީ އިދާރާއެއް އިތުރުކުރަން ބޭނުންވާނަމަ ޓެކްސް ދައްކާ ފަރާތްތަކުން ކޮމިށަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ނ) މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކޮށްގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަގްްްްވާމީ މާލީ އިދާރާތަކުގެ ލިސްޓަށް، މީރާގެ ބޯޑުން ފާސްކުރުމަށްފަހު، އުނިއިތުރު ގެނައުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ރ) މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) އަށް އަމަލުކުރަންވާނީ، ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންޖެހޭ ތާރީހުގައި ނުވަތަ އޭގެ ކުރިން ކޮމިށަނަރ ޖެނެރަލް އެ ބައިނަލްއަގްްްްވާމީ މާލީ އިދާރާ ގަބޫލުކޮށްފައިވާނަމައެވެ.

 

 އަށްވަނަ ބާބު

ބައިނަލްއަގްްްްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓުތަކަށް ދެވޭ އިސްތިސްނާ

 

54 ވަނަ މާއްދާ - އިސްތިސްނާއަށް އެދި ހުށަހެޅުން

(ހ) ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމަށް އެދި މީރާއަށް ހުށަހަޅާނީ، އިސްތިސްނާއަށް އެދޭ ފޯމު (MIRA 607) މެދުވެރިކޮށް، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތުން އެ ހުށަހެޅުމާއެކު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އެ ފަރާތުގެ ހިންގުމާއި ކޮންޓްރޯލް އޮތީ ކޮން ތަނެއްގައިކަން ބަޔާންކޮށްދޭ، އެ ފަރާތުގެ އެކްސްޓަރނަލް އޮޑިޓަރުގެ ލިޔުމެއް؛
  2. އެ ފަރާތުން ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުއާމަލާތާ ގުޅޭ އެއްބަސްވުންތަކާއި އެހެނިހެން ލިޔެކިޔުންތައް.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނަށް އަމަލަކުރަން ފެށިއިރު، ގާނޫނު ނަންބަރު 2011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ފަރާތްތަކަށް ލިބޭ، ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީއަކީ މި ބާބުގެ ދަށުން އިސްތިސްނާ ދީފައިވާ އާމްދަނީކަމަށް ބެލެވޭނެއެވެ.

 

55 ވަނަ މާއްދާ - އިސްތިސްނާއަށް އެދޭ ފަރާތް ވަޒަންވެރިވެފައިވާ ގައުމު

ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގެ ބޭނުމަށް އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތް ވަޒަންވެރިވެފައިވާ ގައުމަކީ، އެ ފަރާތުގެ ހިންގުމާއި ކޮންޓްރޯލް އޮތް ތަނެވެ.

 

56 ވަނަ މާއްދާ - އިސްތިސްނާ ފެށޭ ތާރީހު

ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކުރާ އިސްތިސްނާ އެއްވެސް ފަރާތަކަށް ދެވުނު ކަމަށް ބެލެވޭނީ ކޮމިށަނަރ ޖެނެރަލް އެ ފަރާތަކަށް ލިޔުމުން އެ ކަން އެންގުމުން،
އެ އެންގުމުގައިވާ ތާރީހުން ފެށިގެންނެވެ.

 

 

ނުވަވަނަ ބާބު

ހިސާބުކުރުން

 

57 ވަނަ މާއްދާ - ހިސާބުތައް ތައްޔާރުކުރުން

(ހ) ހަމައެކަނި އެންމެ ފަރާތަކުން އުޖޫރަ ލިބޭ މީހުން ފިޔަވައި އެހެން ފަރާތްތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ހިނގާ ކޮންމެ ފަރާތަކުންމެ، އެ ފަރާތަކަށް ލިބޭ އާމްދަނީގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

 

58 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތު

(ހ) ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ކޮންމެ ފަރާތެއްގެވެސް ހިސާބުކުރާ މުއްދަތަކީ 1 ޖަނަވަރީން 31 ޑިސެންބަރުގެ ނިޔަލަށެވެ.

(ށ) ޓެކްސް އަހަރެއްގެ ތެރޭގައި އާމްދަނީ ލިބޭ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު، އެ ޓެކްސް އަހަރުގެ 31 ޑިސެންބަރުގައި ނިންމަންވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައިސްފިނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތު ނިމުމަކަށް އަންނާނެއެވެ.

 

59 ވަނަ މާއްދާ - ހިސާބުކުރުމުގެ އުސޫލުތައް

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އެއްވެސް ފަރާތަކުން 1 (އެކެއް) ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރި ކުރާނަމަ އެ ހުރިހާ ވިޔަފާރިއަކަށް ނިސްބަތްކޮށް ޖުމްލަ ހިސާބެއް ތައްޔާރުކުރަންވާނެއެވެ. 

(ށ) އެއްވެސް ފަރާތަކުން އެއްވެސް ދާއިމީ މަރުކަޒެއްގެ ހިސާބުތައް ތައްޔާރުކުރަންޖެހޭނަމަ، އެ ހިސާބުތައް ތައްޔާރުކުރަންވާނީ ހަމައެކަނި އެ މަރުކަޒަކުން ނުވަތަ މަރުކަޒެއް މެދުވެރިވެގެން ކުރި ވިޔަފާރިއަކަށެވެ. އަދި އެ ފަރާތަކުން ދިވެހިރާއްޖޭގައި 1 (އެކެއް) ދާއިމީ މަރުކަޒަށްވުރެ ގިނަ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާނަމަ، އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރަންވާނީ، އެ މަރުކަޒުތަކުގެ ތެރެއިން އެއް ރޭޓެއްގައި ޓެކްސް ދައްކަންޖެހޭ މަރުކަޒުތަކަކީ ވަކި އެއް ށަހުސީެއްގެ ގޮތުގައި ބަލައި، އެ ހުރިހާ މަރުކަޒުތަކެއް އެކުލެވޭގޮތަށެވެ.

(ނ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ކުރާ ވިޔަފާރިއާ އެއްފަދަ އެހެން ވިޔަފާރިއެއް ދިވެހިރާއްޖޭގައި ކުރާނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިއްކާ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް، ނުވަތަ އެ މުދަލަކާ ނުވަތަ މަރޗެންޑައިޒްއަކާ އެއް ބާވަތެއްގެ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް ދިވެހިރާއްޖޭގައި ވިއްކައިގެން އާމްދަނީ ހޯދާނަމަ މި މާއްދާގެ (ށ) ގެ ބޭނުމަށް ބެލެވޭނީ އެއީ އެ ދާއިމީ މަރުކަޒުންކުރާ ވިޔަފާރިއެއްކަމަށެވެ.

(ރ) މި ގަވާއިދުގެ 57 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ ގާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަގްްްްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެންނެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ޖުމްލަ އާމްދަނީ އަހަރަކަށް 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، އެ ފަރާތެއްގެ ހިސާބު ތައްޔާރުކުރުމަށް "ކޭށް ބޭސިސް" އިހްތިޔާރު ކުރެވިދާނެއެވެ.

(ޅ) އެއްވެސް ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި މި މާއްދާގެ (ބ) ގެ ދަށުން "ކޭށް ބޭސިސް" އިހްތިޔާރުކުރާނަމަ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބަލާނީ އެ ފަރާތަކަށް އެ އަހަރެއްގެ ތެރޭގައި ފައިސާއިން ލިބުނު އާމްދަނީއަށާއި އެ އަހަރުގެ ތެރޭގައި ފައިސާއިން ކުރެވުނު ހަރަދަށެވެ.

 

60 ވަނަ މާއްދާ - ހިސާބުކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންމެހައި ފަރާތްތަކުން، މީރާއަށް އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ދެނެގަނެވޭނެ ފަދަ ފެންވަރަކަށް އެ ފަރާތެއްގެ ހިސާބުތައް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ފަދަ ހިސާބުތައް ހުންނަންވާނީ އެ ފަރާތެއްގެ ފަންކްށަނަލް ކަރަންސީ އިންނެވެ.

(ށ) އެއްވެސް ފަރާތެއްގެ ފަންކްށަނަލް ކަރަންސީ ކަނޑައަޅަންވާނީ އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންނެވެ.

(ނ) ފަންކްށަނަލް ކަރަންސީ ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތްތައް ރެކޯޑު ކުރަންވާނީ އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ށާއިއުކުރާ، އެ މުއާމަލާތް ހިނގި ދުވަހުގެ އެކްސްޗޭންޖް ރޭޓުގެ %±2  ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.

(ރ) މި މާއްދާގެ ބޭނުމަށް އެކްސްޗޭންޖް ރޭޓު ބެލުމުގައި ރިއާޔަތްކުރަންވާނީ އެއް މަސްދަރަކަށެވެ.

 

61 ވަނަ މާއްދާ - ކުންފުނި އުވައިލުން

(ހ) ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމުން އެ ކުންފުންޏެއްގެ ހިސާބުކުރާ މުއްދަތު ނިމޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުން ކަމަށް ބެލެވޭނީ:

  1. ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) (މީގެ ފަހުން "ކުންފުންޏާބެހޭ ގާނޫނު") ގެ 76 ވަނަ މާއްދާގެ (ހ) ގެ ދަށުން ހާއްސަ ގަރާރެއް ފާސްކުރުމަށްފަހު، އެ މާއްދާގެ (ނ) ގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އެ ކަން އެންގުމުން؛ ނުވަތަ
  2. ކުންފުންޏާބެހޭ ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ކުރުމުން؛ ނުވަތަ
  3. ކުންފުންޏާބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިއުލާނެއް ކުރުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގަރާރެއް ފާސްކޮށްފިނަމަ ނުވަތަ މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ކޮށްފިނަމަ، ކުންފުންޏާބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) ނުވަތަ 81 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކުންފުނި އުވައިލުމުގެ މަސައްކަތް ކުރުމަށް އައްޔަންކުރާ ފަރާތުން، އެ ގަރާރު ފާސްކުރާތާ ނުވަތަ އެ އަމުރު ކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކަމާބެހޭ މައުލޫމާތު މީރާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމާއެކު، ކުންފުންޏާބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ (ނ) ނުވަތަ 83 ވަނަ މާއްދާގެ ދަށުން ކުރާ އާންމު އިއުލާނުގެ ކޮޕީއަކާއި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ފޮނުވާ އެންގުމުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

(ރ) ޓެކްސް އަހަރެއްގެ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ނުވަތަ އެ ތާރީހުގެ ކުރިން ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފަށައިފިނަމަ، އެ އިންޓެރިމް ޕޭމަންޓާއި އެ ޓެކްސް އަހަރަށް ދައްކަންޖެހޭ އެހެން އިންޓެރިމް ޕޭމަންޓްތައް އެ ކުންފުނިން ދައްކާކަށް ނުޖެހޭނެއެވެ.

(ބ) ކުންފުންޏާބެހޭ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމާއެކު ނިމޭ ހިސާބުކުރާ މުއްދަތަށް އެ ކުންފުނިން އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅައި، އެ މުއްދަތަށް ދައްކަންޖެހޭ ފައިނަލް ޕޭމަންޓް ދައްކަންވާނެއެވެ.

(ޅ) ކުންފުންޏާބެހޭ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިކުއިޑޭޓަރ ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، އެ ކުންފުނިން މީރާއަށް ދައްކަންޖެހި ނުދައްކައިހުރި އެންމެހައި ފައިސާ ދައްކައި ހަލާސީްކުރެވުނުކަން ލިކުއިޑޭޓަރ ޔަގީންކުރަންވާނެއެވެ.

(ކ) ލިކުއިޑޭޓަރ އައްޔަންކުރާ ތާރީހުން ފެށިގެން ގާނޫނުގެ ދަށުން ކުންފުނިން އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ޒިންމާވާ ފަރާތަކީ އެ ލިކުއިޑޭޓަރެވެ.

(އ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމުގެ ފަހުން ފެށޭ އެއްވެސް 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި އެ ކުންފުންޏަށް ޓެކްސް ބިނާކުރެވޭ އާމްދަނީގެ ގޮތުގައި 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރަށް ލިބޭނެކަމަށް ނުވަތަ ލިބުނުކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެ ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުމުގެ ފަހުން ފެށޭ މުއްދަތަކަށް ނުވަތަ މުއްދަތުތަކަކަށް ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދެއްކުމަށް ލާޒިމުކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

62 ވަނަ މާއްދާ - ރެވެނިއު އެކައުންޓާއި ކެޕިޓަލް އެކައުންޓުގައި ހުރި މުދަލާއި ދަރަނި ކަނޑައެޅުން

(ހ) ގާނޫނުގެ 13 ވަނަ މާއްދާގެ ބޭނުމަށް، "ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ" ކަމަށް ބުނެފައި އެވަނީ އެ ފަރާތަކުން ޓްރޭޑް ނުކުރާ މުދަލާއި، ކެޕިޓަލް އެލަވަންސް ދެވޭ މުދަލާއި، ބައިނަލްއަގްްްްވާމީ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް ނުވަތަ އިންވެސްޓްމަންޓް ޕްރޮޕަޓީ ނުވަތަ އިންޓެންޖިބަލް އެސެޓް ނުވަތަ މިނޫންވެސް ނޮން-ކަރަންޓް އެސެޓްގެ ގޮތުގައި ބެލެވޭ އެސެޓެވެ.

(ށ) ގާނޫނުގެ 13 ވަނަ މާއްދާގެ ބޭނުމަށް، "ކެޕިޓަލް އެކައުންޓެއްގައި ހުރި ދަރަނި" ކަމަށް ބުނެފައި އެވަނީ ގާނޫނުގެ 4 ވަނަ ބާބުގެ ދަށުން އުނިކުރެވޭ ފަދަ ހަރަދެއް އެ ދަރަންޏަކާ ގުޅިގެން ނުހިނގާ، ނުވަތަ ބައިނަލްއަގްްްްވާމީ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޮން-ކަރަންޓް ލައިބިލިޓީގެ ގޮތުގައި ބެލެވޭ ދަރަންޏަށެވެ.

(ނ) "ރެވެނިއު އެކައުންޓެއްގައި ހުރި މުދަލާއި ދަރަނި" ކަމަށް ބުނެފައި އެވަނީ، ކެޕިޓަލް އެކައުންޓެއްގައި ހުރި އެސެޓާއި ދަރަނީގެ ތެރޭގައި ނުހިމެނޭ އެންމެހައި އެސެޓާއި ދަރަންޏަށެވެ.

 

63 ވަނަ މާއްދާ - ހެޖިންގ އަދި އެނޫންވެސް އެފަދަ މުއާމަލާތްތަކަށް އަމަލުކުރާނެ ގޮތް

(ހ) ގާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ހެޖިންގ ނުވަތަ އެނޫންވެސް އެ ފަދަ މުއާމަލާތްތައްކަމަށް ބުނެފައި އެވަނީ، އެސެޓަކާ ނުވަތަ ލައިބިލިޓީއަކާ ގުޅޭ ވަކި ރިސްކެއްގެ ސަބަބުން ކޭށް ފްލޯއަށް އަތުވެދާނެ (އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތެއްގެ ފައިދާ ނުވަތަ ގެއްލުމަށް އަސަރު ފޯރުވާ ފަދަ) ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ހެޖް ކުރުމަށެވެ.

(ށ) ހެޖިންގ ޓްރާންޒެކްށަންތަކުން ލިބޭ އަންރިއަލައިޒްޑް ގެއިން އާއި ލޮސް (އޭގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ހެޖިންގ ޓްރާންޒެކްށަންތަކުން ލިބޭ އަންރިއަލައިޒްޑް ގެއިން އާއި ލޮސް ވެސް ހިމެނޭ ގޮތުން) އަށް ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) ރައްދެއް ނުވާނެއެވެ.

(ނ) ހިސާބުތައް ތައްޔާރުކުރުމުގެ އެކްރޫއަލް ބޭސިސް އެއްވެސް ފަރާތަކުން އިހްތިޔާރުކޮށްފައިވާނަމަ، އަދި ގާނޫނުގެ 4 ވަނަ ބާބުގެ ދަށުން އުނިކުރެވޭ ފަދަ ހަރަދެއް އެކުލެވޭ މުއާމަލާތަކާ ގުޅިގެން ހެޖިންގ ޓްރާންޒެކްށަނެއްގައި އެ ފަރާތުން ބައިވެރިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހަރަދުގެ ގޮތުގައި އުނިކުރެވޭ އަދަދަކަށް ވާނީ އެ ހެޖިންގ ކޮންޓްރެކްޓާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ އަދަދެވެ.

(ރ) ހިސާބުތައް ތައްޔާރުކުރުމުގެ އެކްރޫއަލް ބޭސިސް އެއްވެސް ފަރާތަކުން އިހްތިޔާރުކޮށްފައިވާނަމަ، އަދި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމެނޭ އާމްދަނީއެއް އެކުލެވޭ މުއާމަލާތަކާ ގުޅިގެން ހެޖިންގ ޓްރާންޒެކްށަނެއްގައި
އެ ފަރާތުން ބައިވެރިވާނަމަ، އެ ހެޖިންގ ކޮންޓްރެކްޓާ ގުޅިގެން އާމްދަނީގެ ގޮތުގައި އެ ފަރާތަކަށް (ހަރަދު ކަނޑައި ބާކީ) ލިބެންޖެހޭ އަދަދު، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ތެރޭގައި ހިމެނޭނެއެވެ.

(ބ) ހެޖިންގ ޓްރާންޒެކްށަންތަކުން ލިބޭ ގެއިން އާއި ލޮސް (އޭގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ހެޖިންގ ޓްރާންޒެކްށަންތަކުން ލިބޭ ގެއިން އާއި ލޮސް ވެސް ހިމެނޭ ގޮތުން) ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ތެރޭގައި ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ރ) ގެ ބޭނުމަށް، އެއްވެސް ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ނިމުމުން ހެޖިންގ ކޮންޓްރެކްޓެއް ވެލިއުކޮށްގެން ލިބޭ އަންރިއަލައިޒްޑް ގެއިން އާއި ލޮސް ހިމަނައިގެން ނުވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ވިޔަފާރިއަކީ ހެޖިންގ ޓްރާންޒެކްށަންތަކުގައި ބައިވެރިވުންކަމުގައިވާނަމަ، ނުވަތަ ފޮރިން އެކްސްޗޭންޖް، އިންޓްރެސްޓް ސްވޮޕް، ޑެރިވެޓިވް ނުވަތަ މި ނޫންވެސް
މި ފަދަ ކޮންޓްރެކްޓްތަކުގެ މުއާމަލާތް ހިންގުން ކަމުގައިވާނަމަ، ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ފަދަ މުއާމަލާތްތަކުން ލިބޭ އެންމެހައި ރިއަލައިޒްޑް އަދި އަންރިއަލައިޒްޑް ގެއިން އާއި ލޮސް ހިމަނަންވާނެއެވެ.

 

64 ވަނަ މާއްދާ - ނުއުފުލޭ މުދަލަކުން ލިބޭ އާމްދަނީ

ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ނުއުފުލޭ މުދަލަކުން އާމްދަނީ ލިބޭ ފަރާތުގެ ގޮތުގައި ބަލާނީ، އެ ނުއުފުލޭ މުދަލެއްގެ ވެރިފަރާތެވެ.

 

65 ވަނަ މާއްދާ - ބިނާކުރާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުން

(ހ) މި މާއްދާ ރައްދުވާނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބިނާކުރެވޭ ނުއުފުލޭ މުދަލަށް އެކަންޏެވެ.

(ށ) ތިންވަނަ ފަރާތަކަށް އެ މުދާ ކުއްޔަށް ދޫކޮށްގެން ނުވަތަ އެނޫން ގޮތަކުން ވިޔަސް، ބިނާކުރާ ފަރާތަށް އެ މުދަލުން ލިބޭ އެންމެހައި އާމްދަނީ އެ ފަރާތުގެ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ.

(ނ) އެ މުދަލުން ލިބޭ އާމްދަނީއާ ގުޅިގެން، ބިނާކުރާ ފަރާތަށް ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުކުރެވިދާނެއެވެ.

(ރ) ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުކޮށްފިނަމަ، ބިނާކުރާ ފަރާތުން އެ މުދަލަށް ކުރާ އެއްވެސް ހަރަދަކާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

(ބ) ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުނުކުރާނަމަ، ބިނާކުރާ ފަރާތުން އެ މުދާ ބިނާކުރުމަށް ކޮށްފައިވާ ހަރަދު، އެ ފަރާތުން ކެޕިޓަލައިޒް ކުރަންވާނެއެވެ. އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ހަރަދު އުނި ކުރަންވާނީ އެ ފަރާތާއި ވެރިފަރާތާއެކު ވެފައިވާ ކުލީގެ އެއްބަސްވުމުގެ މުއްދަތާއި، 25 އަހަރާއި، މި ދެ މުއްދަތުންކުރެ ކުރު މުއްދަތަކަށް ސްޓްރެއިޓް ލައިން ބޭސިސްއިން އެ ހަރަދު ބަހައިލައިގެންނެވެ. އަދި މި ހާލަތުގައި، އެ ފަރާތުން އެ މުދަލާ ގުޅޭގޮތުން ކޮށްފައިވާ އެހެނިހެން ހަރަދުތައް، ގާނޫނާއި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވޭނެއެވެ.

(ޅ) މުދަލުގެ އެއްވެސް ބައެއް، ބިނާކުރާ ފަރާތުގެ އަމިއްލަ ބޭނުމަށް ނުވަތަ ވިޔަފާރީގެ ބޭނުން ނޫން އެހެން ބޭނުމަކަށް ބޭނުންކުރާނަމަ، އެ ބަޔަކާ ގުޅޭގޮތުން މި މާއްދާގެ (ބ) ގެ ދަށުން އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

(ކ) ކުއްޔަށް ދޫކޮށްގެން ނުވަތަ އެނޫން ގޮތަކުން ވިޔަސް، ވެރިފަރާތަށް އެ މުދަލުން ލިބޭ އެންމެހައި އާމްދަނީ އެ ފަރާތުގެ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ.

(އ) އެ މުދަލުން ލިބޭ އާމްދަނީއާ ގުޅިގެން، ވެރިފަރާތަށް ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުކުރެވިދާނެއެވެ.

(ވ) ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުކޮށްފިނަމަ، ވެރިފަރާތުން އެ މުދަލަށް ކުރާ އެއްވެސް ހަރަދަކާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

(މ) ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރު ނުކުރާނަމަ، އަދި ވެރިފަރާތުން އެ މުދާ ބިނާކުރުމަށް އެއްވެސް ހަރަދެއް ކޮށްފައިވާނަމަ، އެ ހަރަދަށް ގާނޫނާއި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ. އެބަހީ، އެ މުދާ ބިނާކުރުމަށް ވެރިފަރާތުން ކޮށްފައި ނުވާ ހަރަދަކަށް، ނުވަތަ ބިނާކުރާ ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން ކޮށްފައިވާ ހަރަދަކަށް، މުދަލުގެ ވެރިފަރާތަކަށް ކެޕިޓަލް އެލަވަންސެއް އުންޏެއް ނުކުރެވޭނެއެވެ. އަދި މި ހާލަތުގައި، އެ ފަރާތުން އެ މުދަލާ ގުޅޭގޮތުން ކޮށްފައިވާ އެހެނިހެން ހަރަދުތައް، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވޭނެއެވެ.

 

66 ވަނަ މާއްދާ - ގްރޫޕުގައި ހިމެނޭ އެހެން ކުންފުންޏަކަށް ކެޕިޓަލް އެސެޓެއް ބަދަލުކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ށަރުތިތައް ފުރިހަމަވާ ހާލަތުގައި، ކެޕިޓަލް އެސެޓް ބަދަލުކުރާ ފަރާތަށާއި މުދާ ބަދަލުކުރެވޭ ފަރާތަށް މި މާއްދާގެ (ށ)، (ނ) އަދި (ރ) ރައްދުވާނެއެވެ.

  1. ކުންފުނިތަކުގެ ގްރޫޕެއްގައި ހިމެނޭ ކުންފުންޏަކުން، އެ ގްރޫޕްގައި ހިމެނޭ އެހެން ކުންފުންޏަކަށް ކެޕިޓަލް އެސެޓެއް ބަދަލުކުރުން، އަދި އެ ދެ ކުންފުންޏަކީވެސް ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ، ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައިފައިވާ "ޓެކްސް-ފްރީ ތްރެށުޯލްޑް" ހިއްސާކުރާ ދެ ކުންފުނި ކަމުގައިވުން؛ އަދި
  2. ކެޕިޓަލް އެސެޓް ބަދަލުކުރުމުގެ މުގާބިލުގެ ގޮތުން، އެސެޓް ބަދަލުކުރާ ފަރާތަށް ނުވަތަ އެ ފަރާތުގެ ހިއްސީާދާރުންނަށް ދޫކުރެވޭ އަދި/ނުވަތަ ބަދަލުކުރެވޭ ހިއްސީާ ނޫން އެހެން މުގާބިލެއް ނެތުން؛ އަދި
  3. އެސެޓް ބަދަލުކުރެވޭ ފަރާތުން އެ ކެޕިޓަލް އެސެޓް ބޭނުންކުރަނީ، އެސެޓް ބަދަލުކުރުމާ ހަމައަށް އެ އެސެޓް ބަދަލުކުރާ ފަރާތުން ކުރަމުންދިޔަ ވިޔަފާރި ކުރުމަށް ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި، އެސެޓް ބަދަލުކުރާ ފަރާތަށާއި އެސެޓް ބަދަލުކުރެވޭ ފަރާތަށް އަންނަނިވި ގޮތް އިހްތިޔާރުކުރެވިދާނެއެވެ.

  1. ބަދަލުކުރެވުނު ކެޕިޓަލް އެސެޓަކީ، އެ އެސެޓް  ބަދަލުކުރެވުނު ވަގުތު އެ އެސެޓްގެ ޓެކްސް ރިޓްން ޑައުން ވެލިއުގައި ވިއްކައިލެވުނު އެސެޓެއް ކަމުގައި ބެލެވުން؛ އަދި
  2. ކެޕިޓަލް އެސެޓް ބަދަލުކުރުމަށްފަހު އެ އެސެޓާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ މުދާ ބަދަލުކުރެވުނު ފަރާތަށް ކަމުގައިވުން، އަދި އެ ގޮތުން ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ (އެސެޓް ބަދަލުކުރި ފަރާތުން އެ އެސެޓް ބޭނުންކުރަމުން ގެންދިޔަނަމަ ކެޕިޓަލް އެލަވަންސް އުނިކުރާނެ ބީދައިން) އެ އެސެޓް ބޭނުންކުރެވޭނެކަމަށް އަންދާޒާކޮށްފައިވާ މުއްދަތުން ބާކީ އޮތް މުއްދަތަށް ކަމުގައިވުން؛ އަދި
  3. ކެޕިޓަލް އެސެޓް ބަދަލުކުރުމަށްފަހު އެ އެސެޓާ ގުޅިގެން ބެލެންސިންގ އެލަވަންސް އުނިކުރެވޭނީ ނުވަތަ ބެލެންސިންގ ޗާޖް ހިނގާނީ (އެސެޓް ބަދަލުކުރި ފަރާތުން އެ އެސެޓް ބޭނުންކުރަމުން ގެންދިޔަނަމަ ބެލެންސިންގ އެލަވަންސް އުނިކުރާނެ ނުވަތަ ބެލެންސިންގ ޗާޖް ހިނގާނެ ބީދައިން) އެސެޓް ބަދަލުކުރެވުނު ފަރާތަށް ކަމުގައިވުން.

(ނ) އެއް ކެޕިޓަލް އެސެޓަށްވުރެ ގިނަ ކެޕިޓަލް އެސެޓް ބަދަލުކުރާނަމަ މި މާއްދާގެ ދަށުން އެ ހުރިހާ ކެޕިޓަލް އެސެޓަކަށް ވެސް އިހްތިޔާރުކުރަންވާނީ އެއްގޮތެކެވެ. އަދި
މި ގޮތުން އިހްތިޔާރުކުރާ ގޮތް ބަދަލެއް ނުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) އިހްތިޔާރުކުރާ ހާލަތުގައި އެ ކަން މީރާއަށް އަންގަންވާނީ، އެ މުއާމަލާތް ހިންގުމުގެ ކުރިން، އެސެޓް ބަދަލުކުރާ ފަރާތާއި އެސެޓް ބަދަލުކުރެވޭ ފަރާތުން ސޮއިކޮށް އަންގާ ލިޔުމަކުންނެވެ. މި މާއްދާ ރައްދުވާނީ އެސެޓް ބަދަލުކުރާ ފަރާތާއި އެސެޓް ބަދަލުކުރެވޭ ފަރާތުން އިހްތިޔާރުކޮށްފައިވާ ގޮތް ގަބޫލުކޮށް ކޮމިށަނަރ ޖެނެރަލް އެ ކަން ލިޔުމުން އެންގުމުންނެވެ.

 

 

ދިހަވަނަ ބާބު

އުނިކުރުން

 

67 ވަނަ މާއްދާ - ހަރަދުގެ ނިސްބަތް ބަހައިލުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ޖުމްލަ އާމްދަނީ ހޯދުމަށް ހިނގާފައިވާ ހަރަދުގެ ނިސްބަތް ބަލާނީ އެ ހަރަދެއް ބަހައިލުމަށް އެކަށީގެންވާ އަދި އަދުލުވެރި އަސާސެއްގެ މައްޗަށް ބިނާކޮށެވެ.

(ށ) މި މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ހަރަދެއް ބަހައިލައިފިނަމަ، އެ ހަރަދެއް ބަހައިލުމުގައި ބޭނުންކޮށްފައިވާ އަސާސަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަސާސެއްކަމަށް އެ ފަރާތަކުން ދެކޭ ސަބަބާއި އެ އަސާސް ހިސާބުކޮށްފައިވާ ގޮތުގެ ތަފްސީލު ލިޔެ ބަލަހައްޓަންވާނެއެވެ.

 

68 ވަނަ މާއްދާ - މުދަލު ޒަކާތް

ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މުދަލު ޒަކާތުގެ ގޮތުގައި އުނިކުރެވޭނީ އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި ދައުލަތުގެ ކަމާބެހޭ އޮފީހަކަށް އެ ފަރާތަކުން މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަދަދެވެ. އަދި މި އަދަދު އުނިކުރެވޭނީ، އެ އޮފީހަކުން ދޫކޮށްފައިވާ، މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަދަދު އެނގޭނެ ރަސީދެއް ނުވަތަ ލިއުމެއް އޮތްނަމައެވެ.

 

69 ވަނަ މާއްދާ - ދާއިމީ މަރުކަޒުގެ ހެޑް އޮފީސް

(ހ) ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ހުރި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއްގެ "ހެޑް އޮފީސް" ކަމަށް ބުނެފައިވަނީ:

  1. ދާއިމީ މަރުކަޒުގެ ވެރިފަރާތް؛ ނުވަތަ
  2. ދާއިމީ މަރުކަޒުގެ ވެރިފަރާތުގެ، ދިވެހިރާއްޖެއިން ބޭރުގައި ހުރި، އެހެން ދާއިމީ މަރުކަޒެއް؛ ނުވަތަ
  3. ދާއިމީ މަރުކަޒާ ގުޅުންހުރި، ނުވަތަ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކާ ގުޅުންހުރި އެއްވެސް ފަރާތަކަށެވެ.

(ށ) ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ދާއިމީ މަރުކަޒާއި ދާއިމީ މަރުކަޒުގެ ހެޑް އޮފީހަކީ ގުޅުންހުރި ފަރާތްތަކެވެ.

 

70 ވަނަ މާއްދާ - ހެޑް އޮފީސް ހަރަދު

(ހ) ގާނޫނުގެ 24 ވަނަ މާއްދާގެ ބޭނުމަށް، "ހެޑް އޮފީސް ހަރަދު" ގެ ތެރޭގައި ހިމެނެނީ ދާއިމީ މަރުކަޒެއްގެ ހެޑް އޮފީހަކުން ދިވެހިރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ކޮށްފައިވާނަމަ އެ ހަރަދުތަކެވެ.

(ށ) ހެޑް އޮފީސް ހަރަދު ކުރެވުނީ ހަމައެކަނި އެ ދާއިމީ މަރުކަޒުގެ އާމްދަނީ ހޯދުމަށް އެކަނިކަމަށް ކަނޑައެޅިގެން އެނގެން ނެތްނަމަ، އެ ހަރަދުގެ ސަބަބުން ދާއިމީ މަރުކަޒަށް ލިބޭ މަންފާގެ ނިސްބަތުން، އެ ހަރަދު އަދުލުވެރިކަމާއެކު ބަހައިލުމުން ދާއިމީ މަރުކަޒަށް ނިސްބަތްވާ މިންވަރު ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

 

71 ވަނަ މާއްދާ - އެކްސެސިވް ކޮމްޕެންސޭށަން

ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގެ ބޭނުމަށް، ގާނޫނުގެ 79 ވަނަ މާއްދާގެ (ޕ) ގައި މާނަކޮށްދީފައިވާ "އެކްސެސިވް ކޮމްޕެންސޭށަން" ކަނޑައެޅުމުގެ ބޭނުމަށް، މުއާމަލާތެއްގެ އަގުކަމަށް ބަލާނީ އެ މުއާމަލާތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.

 

72 ވަނަ މާއްދާ - ގެއްލުން ކުރިއަށްހުރި ހިސާބުކުރާ މުއްދަތުތަކުގައި އުނިކުރުން

ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގެއްލުމުގެ އަދަދު ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭނީ ވިޔަފާރި އާމްދަނީންނެވެ.
 

 

އެގާރަވަނަ ބާބު

ކެޕިޓަލް އެލަވަންސް

 

73 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސާގުޅޭ

މި ބާބުގެ ބޭނުމަށް:

(ހ) "ކެޕިޓަލް އެލަވަންސް" ކަމަށް ބުނެފައިވަނީ، ކެޕިޓަލް ހަރަދަކާ ގުޅިގެން ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސަށެވެ.

(ށ) "ބެލެންސިންގ އެލަވަންސް" ކަމަށް ބުނެފައިވަނީ، ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ ބެލެންސިންގ އެލަވަންސަށެވެ.

(ނ) "ބެލެންސިންގ ޗާޖް" ކަމަށް ބުނެފައިވަނީ، ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އިތުރުކުރެވޭ ބެލެންސިންގ ޗާޖަށެވެ.

(ރ) "ޓެކްސް ރިޓްންޑައުން ވެލިއު" ކަމަށް ބުނެފައިވަނީ، ކެޕިޓަލް އެސެޓެށް ގަތުމަށް ހިނގި ހަރަދާއި، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެ އެސެޓްގެ އަގުގެ ގޮތުގައި މި ގަވާއިދުގެ 80 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރެވޭ އަދަދާއި، މި ދެ އަދަދުންކުރެ ކުޑަ އަދަދަކުން، ކުރީގެ ހިސާބުކުރާ މުއްދަތުތަކުގައި ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވިފައިވާ އަދަދުތަކުގެ ޖުމްލަ އުނިކުރުމުން އަންނަ އަދަދަށެވެ.

(ބ) "އިިމާރާތް" ކަމަށް ބުނެފައިވަނީ، އިިމާރާތްތަކާއި، ޖެޓީތަކާއި، ސްލިޕްވޭތަކާއި، މަގުތަކާއި މިނޫންވެސް މި ފަދަ އެހެނިހެން ދާއިމީ ބިނާތައްވެސް ހިމެނޭ ގޮތުންނެވެ.

(ޅ) "އެއަރކްރާފްޓް" ކަމަށް ބުނެފައިވަނީ، މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، ސީޕްލޭން، އަދި މިނޫންވެސް އޭރޯޑައިނަމިކްސް ބޭނުންކޮށްގެން ދުއްވާ އެންމެހައި އުޅަނދުތައް ހިމެނޭ ގޮތުންނެވެ.

(ކ) "ރެލަވަންޓް އިވެންޓް" ކަމަށް ބުނެފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމަކަށެވެ.

  1. ކެޕިޓަލް އެސެޓެއް ވިއްކައިލުން ނުވަތަ ދިނުން؛
  2. ކެޕިޓަލް އެސެޓެއްގެ މިލްކުވެރިކަން އެ އެސެޓްގެ ވެރިފަރާތުން ދާއިމީކޮށް ނެތިދިއުން؛
  3. ހަލާކުވެގެން ނުވަތަ އެނޫންވެސް ގޮތަކަށް ކެޕިޓަލް އެސެޓެއް ނެތިދިއުން؛
  4. ކެޕިޓަލް އެސެޓް ބޭނުންކުރުން ދާއިމީކޮށް ހުއްޓާލުން ނުވަތަ އެ އެސެޓް ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓާލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވައިލުން؛
  5. ކެޕިޓަލް އެސެޓެއްގެ ވެރިފަރާތުން އެ އެސެޓް ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައުން؛
  6. އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓެއްގެ ބައެއް ވިއްކައިލުން ނުވަތަ ބޭނުންކުރުމުގެ ހައްގު އެހެން ފަރާތަކަށް ދިނުން.

 

74 ވަނަ މާއްދާ - ކެޕިޓަލް ހަރަދު އަގުކުރުން

މި ބާބުގެ ދަށުން އެ ހަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭ އެއްވެސް ހަރަދަކީ ބާޒާރުގައި ހިނގާނެ ހަރަދަކަށްވުރެ އިތުރު ހަރަދެއްނަމަ، އެ ހަރަދެއްގެ އަދަދު ކަމަށް ބެލެވޭނީ ގާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަގްްްްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.

 

75 ވަނަ މާއްދާ - ބާޒާރުގައި ކެޕިޓަލް އެސެޓުގެ އަގު

މި ބާބުގެ ބޭނުމަށް، މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުނުވާ ގޮތުގެމަތިން، ތިރީގައިވާ ހާލަތްތަކުގައި ކެޕިޓަލް އެސެޓެއް ގަތުމަށް ކުރެވުނު ހަރަދުކަމަށް ބަލާނީ އެ އެސެޓެއް އެންމެ ފުރަތަމަ ބޭނުންކުރިއިރު ހުރި އަގު ކަމަށް ގާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަގްްްްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.

(ހ) ވިޔަފާރިއެއް ހިންގާ ފަރާތަކުން، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ކެޕިޓަލް އެސެޓެއް ގަތުމަށް ހިނގާފައިވާ ހަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް ހޯދުމަށް އެދުން؛

(ށ) އެ ކެޕިޓަލް އެސެޓެއް ފުރަތަމަ ބޭނުންކުރި އިރު، އެ އެސެޓް އަސްލު ގަތް އަގަށްވުރެ އޭގެ ބާޒާރުގެ އަގު ކުޑަވުން.

 

76 ވަނަ މާއްދާހިސާބުކުރާ މުއްދަތުން ބައެއްގައި ކެޕިޓަލް އެސެޓް ބޭނުންކުރުން

ކެޕިޓަލް އެސެޓް ގަންނަ ހިސާބުކުރާ މުއްދަތުގައި އެ އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ އެ މުއްދަތެއްގެ ބޮޑު ބައެއްގައި އެ އެސެޓް ބޭނުންކޮށްފައިވާނަމައެވެ. އެއީ، ފުރިހަމަ ހިސާބުކުރާ މުއްދަތެއްގައިނަމަ މަދުވެގެން 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު އެ އެސެޓް ބޭނުންކޮށްފައިވާނަމައެވެ.

 

77 ވަނަ މާއްދާ - ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަކަށް ކެޕިޓަލް އެސެޓް ބޭނުންކުރުން

އެއްވެސް މިންވަރަކަށް ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަކަށް ބޭނުންކުރާ ކެޕިޓަލް އެސެޓެއްނަމަ، އެ އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ އެ ވިޔަފާރީގެ ބޭނުމަށް އެ އެސެޓެއް ބޭނުންކޮށްފައިވާ ނިސްބަތަކުންނެވެ.

 

78 ވަނަ މާއްދާ - ކެޕިޓަލް ހަރަދު އެއްފަހަރާ އުނިކުރުން

(ހ) މި ބާބުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ކެޕިޓަލް އެސެޓެއް ނުވަތަ އެއް ބާވަތެއްގެ ކެޕިޓަލް އެސެޓްތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ހަރަދު 5,000 (ފަސް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އެ ފަރާތަކުން އެ ހަރަދު ހިނގި ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި
އެ ހަރަދެއް އެއްފަހަރާ އުނިކުރުމަށް އިހްތިޔާރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން އެއްފަހަރާ އުނިކުރުމަށް އިހްތިޔާރުކުރާ ހަރަދުގެ ޖުމްލަ އެއްވެސް ހިސާބުކުރާ މުއްދަތެއްގައި 100,000 (އެއް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކޭށް ބޭސިސްއަށް ހިސާބު ތައްޔާރުކުރާ ފަރާތްތަކުން އެއްވެސް ކެޕިޓަލް އެސެޓެއް ނުވަތަ އެއް ބާވަތެއްގެ ކެޕިޓަލް އެސެޓްތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ހަރަދު 50,000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އެ ހަރަދުކުރި ހިސާބުކުރާ މުއްދަތުގައި އެ ހަރަދެއް އެއްފަހަރާ އުނިކުރުމަށް އިހްތިޔާރު ކުރެވިދާނެއެވެ.

 

79 ވަނަ މާއްދާ - އެއް ހަރަދެއް ދެ ފަހަރު އުނި ނުކުރުން

މި ބާބުގެ ބޭނުމަށް، އެއްވެސް ހަރަދެއް 1 (އެކެއް) ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރީގެ ހިސާބުތަކުން ނުވަތަ އެލަވަންސް އުނިކުރެވޭ 1 (އެކެއް) ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީއަކުން އުންޏެއް ނުކުރެވޭނެއެވެ.

 

80 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ކެޕިޓަލް އެސެޓް އަގުކުރުން

(ހ) ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ކެޕިޓަލް އެސެޓަކީ، ގަވާއިދު ނަންބަރު 32011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 46 ވަނަ މާއްދާގެ (ހ) ދަށުން އަގު ކަނޑައަޅައިފައިވާ މުދަލެއްނަމަ، ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގައި އެ މުދަލުގެ އަގު ކަމަށް ބަލާނީ އެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފައިވާ އަދަދެވެ.

(ށ) ވިޔަފާރިކުރާ ފަރާތެއްގެ އަތުގައި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި ކެޕިޓަލް އެސެޓަކީ، ގަވާއިދު ނަންބަރު 32011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ ދަށުން އަގު ކަނޑައަޅައިފައި ނުވާ އެސެޓެއްނަމަ، އެ އެސެޓުގެ އަގު ކަނޑައަޅާނީ އެ އެސެޓް ގަތް ދުވަހުން ފެށިގެން ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމައަށް އެ އެސެޓް ބޭނުންކުރެވުނު ކޮންމެ އަހަރަކަށް ނުވަތަ އަހަރަކުން ބަޔަކަށް، އެ އެސެޓް ގަތް އަގާއި މި ބާބުގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާ ގުނަކުރުމުން އަންނަ އަދަދު (ނޮށަނަލް އެޖަސްމަންޓް)، އެ އެސެޓް ގަތް އަގުން އުނިކޮށްގެންނެވެ.

(ނ) ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭންކުތަކަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސެޓް ގަތް އަގުން އުނިކުރާ އަދަދަކީ ގާނޫނުގެ ބޭނުމަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ބޭނުމަށް، އެސެޓް ގަތް އަގު އެނގެން ނެތްނަމަ އެ އަދަދުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ބޭނުމަށް، އެސެޓް ބޭނުންކޮށްފައިވާ މުއްދަތު އެނގެން ނެތްނަމަ އެ މުއްދަތުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ. 

(ކ) މި މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން އެސެޓް ގަތް އަގުކަމަށް ނުވަތަ އެ އެސެޓް ބޭނުންކޮށްފައިވާ މުއްދަތުކަމަށް ކޮށްފައިވާ އަންދާޒާއަށް ބަދަލު ގެނައުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

81 ވަނަ މާއްދާ - ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި ކެޕިޓަލް އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރުން

ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ކެޕިޓަލް އެސެޓަކަށް އުނިކުރެވޭ ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އެ އެސެޓް ގަތް އަގާއި މި ބާބުގައި ބަޔާންކޮށްފައިވާ އެ އެސެޓެއްގެ ކެޕިޓަލް އެލަވަންސް ރޭޓާ ގުނަކޮށްގެންނެވެ.

 

82 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސްއާ ގުޅޭ އާންމު މާއްދާތައް

(ހ) ކެޕިޓަލް އެސެޓަކާ ގުޅިގެން އެއްވެސް ފަރާތަކަށް އުނިކުރެވޭ ކެޕިޓަލް އެލަވަންސް ބެލެވޭނީ އެ އެލަވަންސް ދެވުނު މުއްދަތެއްގައި އެ ފަރާތެއްގެ ހަރަދެއްގެ ގޮތުގައެވެ.

(ށ) މި ބާބުގެ ދަށުން އެއްވެސް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭ އެލަވަންސެއް ހިމެނޭނީ އެ ހިސާބުކުރާ މުއްދަތު ނިމޭ ޓެކްސް އަހަރެއްގެ އެ ފަރާތެއްގެ ޓެކްސް ބަޔާނުގައެވެ.

(ނ) އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެ ކުރުނަމަ، މި ގަވާއިދުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް އުނިކުރަންވާނީ އެ ހިސާބުކުރާ މުއްދަތުގެ ނިސްބަތުންނެވެ.

(ރ) ކެޕިޓަލް ހަރަދަކާ ގުޅިގެން މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް ނުވަތަ އެހާތަނަށް ދެވުނު ޖުމްލަ އެލަވަންސް، އެ ހަރަދުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ބ) ކެޕިޓަލް އެސެޓެއްގެ ޓެކްސް ރިޓްންޑައުން ވެލިއު 0 (ސުމެއް) އަށް ވުމަށްފަހު، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ މުދަލެއްގެ ކެޕިޓަލް އެލަވަންސްގެ ގޮތުގައި އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

 

83 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސްގެ ރޭޓްތައް

(ހ) މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް އުނިކުރެވޭ އެސެޓްގެ ބާވަތްތަކާއި ކެޕިޓަލް އެލަވަންސް އުނިކުރެވޭ ރޭޓް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.

 

 

އެސެޓްގެ ބާވަތް

%ރޭޓް

އިިމާރާތް  4
އެއަރކްރާފްޓް 7
ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު 7
ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު ނޫން އެހެނިހެން އުޅަނދު 5
ފަރުނީޗަރާއި ފިޓިންގ 10
އިންޖީނުލީ އެއްގަމު އުޅަނދުފަހަރު  20
އާރތް މޫވިންގ ވެހިކަލް  5
ޕްލާންޓް އަދި އިކުއިޕްމަންޓް (އޮފީސް އިކުއިޕްމަންޓް ފިޔަވައި) 10
އޮފީސް އިކުއިޕްމަންޓް 20
ކޮމްޕިއުޓަރ ސޮފްޓްވެއަރ ½33
ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށި ފަދަ)، ލިނެން، އަދި ހިފާ ގެންގުޅޭ ސާމާނު  ½33

 

(ށ) މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް، އެ އެސެޓް ގަތް އަގާއި މި މާއްދާގެ (ހ) ގައިވާ ތާވަލުގައި އެ އެސެޓެއް ނިސްބަތްވާ ބާވަތަށް ކަނޑައަޅައިފައިވާ ރޭޓާ ގުނަކޮށްގެން ހިސާބުކުރުމަށްފަހު، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގެންގުޅޭ ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށި ފަދަ)، ލިނެން އަދި ހިފައި ގެންގުޅޭ ސާމާނުގެ ބަދަލުގައި އަލަށް ގަންނަ އެ ފަދަ އެސެޓް ގަތުމަށް ހިނގާ ހަރަދު، އެ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެކުގައި އުނިކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިިމާރާތެއް ނުވަތަ އިިމާރާތެއްގެ ބައެއް ހެދުމުގެ ހަރަދު ހޯދާފައިވަނީ ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކަކުން ނުވަތަ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު-ނޫން މާލީ އިދާރާއަކުން ގެދޮރު އިިމާރާތްކުރުމަށް ނަގާފައިވާ ލޯނަކުން ކަމުގައިވާނަމަ، އެ ހަރަދަށް، އަންނަނިވި ގޮތަށް ހިސާބުކުރުމަށްފަހު، ޓެކްސް ނެގޭ އާމްދަނީ ހިސާބުކުރުމުގައި ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.

  1.  އިިމާރާތުގެ އަގުގެ ތެރެއިން ލޯނުގެ ހަރަދު ނުހިމެނޭ ބަޔަށް ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.


  2. އިިމާރާތުގެ އަގުގެ ތެރެއިން ލޯނުގެ ހަރަދުގެ ބަޔަށް ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
    (i) ލޯނު ނަގާފައިވަނީ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ދުވަހުގެ ކުރިން ކަމުގައިވާނަމަ:


    (ii) ލޯނު ނަގާފައިވަނީ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ދުވަހު ނުވަތަ އޭގެ ފަހުން ކަމުގައިވާނަމަ:

 (ބ) މި މާއްދާގެ (ރ) ގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކުރަން އެއްވެސް ފަރާތަކުން އިހްތިޔާރުކޮށްފިނަމަ، އިިމާރާތުގެ އަގުގެ ތެރޭގައި 1 (އެކެއް) ލޯނަށްވުރެ ގިނަ ލޯނު ހިމެނޭނަމަ އެއިން ކޮންމެ ލޯނަކުން އިިމާރާތުގެ އަގުގެ ތެރޭގައި ހިމަނާފައިވާ މިންވަރު ވަކިކޮށް އެއިން ކޮންމެ ބަޔަކަށް ވަކިވަކިން މި މާއްދާގެ (ރ) ގައިވާ ގޮތަށް ކެޕިޓަލް އެލަވަންސް ހިސާބުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކުރަން އެއްވެސް ފަރާތަކުން އިހްތިޔާރުކޮށްފިނަމަ، އެ އިހްތިޔާރު ބަދަލެއް ނުކުރެވޭނެއެވެ. އަދި، ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތުގެ ގޮތުގައި މި މާއްދާގެ (ރ) ގެ ދަށުން ބޭނުންކޮށްފައިވާ މުއްދަތު ބަދަލެއް ނުކުރެވޭނެއެވެ.

 

 

84 ވަނަ މާއްދާ - އިންޓޭންޖިބަލް އެސެޓަށް އުނިކުރެވޭ އެލަވަންސް

(ހ) ވިޔަފާރިއެއް ކުރަމުންދާ ފަރާތަކުން އިންޓޭންޖިބަލް އެސެޓެއް ގަތުމަށް ހަރަދެއް ކޮށްފައިވާނަމަ، އެ ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.

(ށ)މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އެ އެސެޓެއް ބޭނުންކުރެވޭނެކަމަށް އެ ފަރާތުން އަންދާޒާކޮށްފައިވާ މުއްދަތަށް ބަދަލު ގެނައުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތާއަބަދަށް ބޭނުންކުރެވޭނެ އިންޓޭންޖިބަލް އެސެޓެއްނަމަ، އެ އިންޓޭންޖިބަލް އެސެޓް ބޭނުންކުރެވޭނެ މުއްދަތު ކަމުގައި ބަލާނީ 10 (ދިހައެއް) އަހަރެވެ.

 

 85 ވަނަ މާއްދާބިން ހިއްކުމާ ގުޅޭ ކެޕިޓަލް ހަރަދަށް އުނިކުރެވޭ އެލަވަންސް

(ހ) ހިސާބުކުރާ މުއްދަތެއްގައި އެއްވެސް ފަރާތަކުން ބިން ހިއްކުމާ ގުޅިގެން ހަރަދެއް ކޮށްފައިވާނަމަ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ބިން ހިއްކުމާ ގުޅޭގޮތުން ހިނގާފައިވާ ހަރަދުތައް ބެލެވޭނީ، އެ ފަރާތުން ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަޑާ އެއްގޮތްވާ ގޮތުގެމަތިން އެ ހަރަދުތައް ކެޕިޓަލް އެސެޓެއްގެ ގޮތުގައި އެ ފަރާތުގެ ހިސާބުތަކުގައި ހިމަނާފައިވާ ހިސާބުކުރާ މުއްދަތުގައި ހިނގާފައިވާ ހަރަދުތަކުގެ ގޮތުގައެވެ.

 

86 ވަނަ މާއްދާވިޔަފާރި ފެށުމުގެ ކުރިން ހިނގާ ހަރަދުތައް

(ހ) ގާނޫނުގެ 26 ވަނަ މާއްދާގެ ބޭނުމަށް، ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ހަރަދުކަމަށް ބެލެވޭނީ، އެ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ވިޔަފާރި އާމްދަނީ ހޯދުމަށް ކޮށްފައިވާ ހަރަދަށެވެ.

(ށ) ވިޔަފާރި ފެށުމުގެ ކުރިން ހިނގާފައިވާ ހަރަދުތަކުގެ ތެރެއިން، އެ ހަރަދަކީ ވިޔަފާރި ފެށުމުގެ ފަހުން ހިނގިނަމަ ކެޕިޓަލް ހަރަދެއްގެ ގޮތުގައި ނުބަލާނެ ހަރަދެއްނަމަ، ފުރަތަމަ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ހަރަދު އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ރައްދުނުވާ ހާލަތުގައި، ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ހަރަދަށް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.

 

87 ވަނަ މާއްދާކެޕިޓަލް އެލަވަންސް އުނި ނުކުރެވޭ އެސެޓްތައް

އަންނިވި ބާވަތްތަކުގެ އެސެޓަކަށް ކޮށްފައިވާ ހަރަދަކަށް ކެޕިޓަލް އެލަވަންސް އުނި ނުކުރެވޭނެއެވެ.

(ހ) ބިން؛

(ށ) ގުޑްވިލް؛

(ނ) ސާބިތުކޮށް އަގު ކަނޑައެޅެން ނެތް ޣައިރު މާއްދީ މުދާ؛

(ރ) މި ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) އާއި 84 ވަނަ މާއްދާގެ (ހ) އާއި 85 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ އެސެޓްތައް ފިޔަވައި އެހެނިހެން އެސެޓްތައް.

 

88 ވަނަ މާއްދާ - ބެލެންސިންގ އެލަވަންސް އަދި ބެލެންސިންގ ޗާޖް

(ހ) މި މާއްދާ ރައްދުވާނީ މި ބާބުގެ ދަށުން ކެޕިޓަލް އެލަވަންސް ދެވިފައިވާ އެސެޓެއް ތަސައްރުފުކުރާ ހާލަތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ އެސެޓެއް ތަސައްރުފުކުރި އަގަކީ 0 (ސުމެއް) ނަމަ، ނުވަތަ އެ އެސެޓެއްގެ ތަސައްރުފުކުރި އަގަކީ ޓެކްސް ރިޓްން ޑައުން ވެލިއުއަށްވުރެ ދަށް އަދަދެއްނަމަ، ހިސާބުކުރާ މުއްދަތުގައި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ އެލަވަންސްގެ ގޮތުގައި އެ ދަށްވި އަދަދު އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އެއްވެސް އެސެޓަކަށް ރައްދުވާނަމަ، އަދި އޭގެ ޓެކްސް ރިޓްން ޑައުން ވެލިއުއަށްވުރެ ތަސައްރުފުކުރި އަގު އިތުރުނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖްގެ ގޮތުގައި އެ އިތުރުވާ އަދަދު ހިމަނަންވާނެއެވެ.

(ރ) 

  1. ކެޕިޓަލް އެސެޓަކަށް މި މާއްދާގެ (ހ) ރައްދުވާނަމަ އަދި އެ އެސެޓްގެ ޓެކްސް ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ތަސައްރުފުކުރި އަގު އިތުރުވާނަމަ؛ އަދި
    އެ އެސެޓަކަށް މި ގަވާއިދުގެ 80 ވަނަ މާއްދާގެ (ށ) ރައްދުވާނަމަ،
  2. މި ގަވާއިދުގެ 88 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖްގެ ގޮތުގައި އަންނަނިވި އަދަދުތަކުގެ ޖުމްލަ ހިމެނޭނެއެވެ.
    (i) އަންނަނިވި އަދަދުތަކުންކުރެ ކުޑަ އަދަދެއް:
    (ހހ) އެ އެސެޓެއްގެ ޓެކްސް ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ތަސައްރުފުކުރި އަގު އިތުރުވާ އަދަދު؛ ނުވަތަ
    (ހށ) އެ އެސެޓަކަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައި ދެވިފައިވާ އުނިކުރުންތަކުގެ ޖުމްލަ؛ އަދި
    (ii) އެ އެސެޓް ގަތް އަގަށްވުރެ އޭގެ ތަސައްރުފު ކުރި އަގު އިތުރުވާ އަދަދު.

 

89 ވަނަ މާއްދާ - ތަސައްރުފުކުރި އަގު 

(ހ) މެދުވެރިވި ރެލަވަންޓް އިވެންޓަކީ އެސެޓެއް ވިއްކައިލުންނަމަ، އެ އެސެޓުގެ ތަސައްރުފުކުރި އަގު ކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

  1. އެ އެސެޓެއް ވިއްކައިލުމުން ލިބުނު އަދަދުން، އެ އެސެޓް ވިއްކައިލުމަށް ދިޔަ ހަރަދު އުނިކުރުމަށްފަހު ބާކީވާ އަދަދު، އަދި
  2. އެ އެސެޓެއް ވިއްކައިލެވޭނެ އަގަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދަ ކަމަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އިންށުުއަރެންސް ފައިސާގެ އަދަދު، އަދި
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު އެއްވެސް ފައިސާއެއް ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ށ)  މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެސެޓް ވިއްކައިފައިވަނީ ބާޒާރުގައި އެ އެސެޓް ވިއްކައިލެވޭނެ އަގަށްވުރެ ދަށް އަގަކަށް ކަމުގައިވާނަމަ،

(ނ) އެ އެސެޓްގެ ތަސައްރުފުކުރި އަގުކަމަށް ބަލާނީ ގާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަގްްްްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.
މެދުވެރިވި ރެލަވަންޓް އިވެންޓްއަކީ ދާއިމީކޮށް ގެއްލުން، ނައްތާލުން، ހަލާކުވުން، ނުވަތަ އެސެޓް އެއްކޮށް ދޫކޮށްލުންނަމަ، އެ އެސެޓްގެ ތަސައްރުފުކުރި އަގު ކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

  1. އެސެޓެއް ނުވަތަ އެ އެސެޓުގެ ބަޔަކަށް ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާގެ އަދަދު، އަދި؛
  2. އެސެޓަށް ލިބުނު ގެއްލުމާ ގުޅިގެން ނުވަތަ މި ފަދަ އެނޫން ވެސް ސަބަބަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް އިންށުުއަރެންސް ފައިސާއެއްގެ އަދަދު، އަދި؛
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ރ) މެދުވެރިވި ރެލަވަންޓް އިވެންޓްއަކީ އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓުގެ ބައެއް ވިއްކައިލުން ނުވަތަ ބޭނުންކުރުމުގެ ހައްގު އެހެން ފަރާތަކަށް ދިނުންކަމަށްވާނަމަ؛

  1. މުގާބިލެއްގެ ގޮތުގައި ދައްކާފައިވަނީ ފައިސާ ނޫންނަމަ އެ އެސެޓެއް ތަސައްރުފުކުރި އަގުކަމަށް ބަލާނީ ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ހައްގު އުނިކުރެވޭނެ ފައިސާގެ އަދަދެވެ.
  2. ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ހައްގު ދީފައިވަނީ މުގާބިލެއްގެ ގޮތުގައި އެ އެސެޓަށް ލިބޭނެ އަދަދަށްވުރެ ދަށް އަގެއްގައިނަމަ، ތަސައްރުފުކުރި އަގު ކަމަށް ބަލާނީ ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ހައްގު އުނިކުރެވޭނެ ފައިސާގެ އަދަދެވެ.
  3. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ނުހިމެނޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ތަސައްރުފުކުރި އަގުކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.
    (i) އެ އިންޓޭންޖިބަލް އެސެޓެއް ބޭނުންކުރުމުގެ ހައްގު ދިނުމުން ލިބުނު އަދަދުން، އެ ހައްގު ދިނުމަށް ދިޔަ ހަރަދު އުނި ކުރުމަށްފަހު ލިބުނު ނުވަތަ ލިބެންޖެހޭ އަދަދު؛
    (ii) އެ ހައްގު ވިއްކައިލެވޭނެ ނުވަތަ އުނިކުރެވޭނެ އަގަށް އެއްވެސް އަސަރެއް ކުރުވައިފާނެ ފަދަ އަމަލަކާ ގުޅިގެން އިންށުުއަރެންސްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛
    (iii) އެހެން އެއްވެސް ބަދަލެއްގެ ގޮތުގައި ނުވަތަ މުގާބިލެއްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛

(ބ) އެހެން އެއްވެސް ރެލަވަންޓް އިވެންޓެއް މެދުވެރިވެއްޖެ ހާލަތެއްގައި ތަސައްރުފުކުރި އަގުކަމަށް ބަލާނީ އެ އިވެންޓެއް ހިނގި ވަގުތު، ބާޒާރުގައި އެ އެސެޓެއް ވިއްކައިލެވޭނެ އަގެވެ.

 

90 ވަނަ މާއްދާވިޔަފާރި ބަދަލުކުރުމާ ގުޅިގެން ބަދަލުކުރެވޭ އެސެޓް

(ހ) އަންނަނިވި ށަރުތިތައް ފުރިހަމަވާ ހާލަތްތަކުގައި، ވިޔަފާރި ބަދަލުކުރި ފަރާތަށް އަދި ވިޔަފާރި ބަދަލުކުރެވޭ ފަރާތަށް މި މާއްދާގެ (ށ)، (ނ) އަދި (ރ) ރައްދުވާނެއެވެ.

  1. ފަރުދެއްގެ ނަމުގައި ކުރާ ވިޔަފާރިއެއް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ފަހުން ކުންފުންޏެއްގެ ނަމަށް ބަދަލުކުރާނަމަ؛ އަދި
  2. ވިޔަފާރި ބަދަލުކުރުމުގެ މުގާބިލެއްގެ ގޮތުގައި އެ ފަރުދަކަށް ކުންފުނީގެ ހިއްސީާ ލިބޭނަމަ؛ އަދި
  3. ވިޔަފާރި ބަދަލުކުރުމުގެ މުގާބިލެއްގެ ގޮތުގައި ކުންފުނީގެ ހިއްސީާ ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭނަމަ؛ އަދި
  4. ވިޔަފާރި ބަދަލުކުރުމުގައި، ކުރިން ވެސް ވިޔަފާރީގައި ބޭނުންކުރެވުނު އަދި ވިޔަފާރި ބަދަލުކުރި ފަރާތަށް މި ބާބުގެ ދަށުން އެލަވަންސް ދެވިފައިވާ ކެޕިޓަލް އެސެޓެއް ހިމެނޭނަމަ.

(ށ) އެއް އެސެޓަށްވުރެ ގިނަ އެސެޓް ބަދަލުކުރާނަމަ، މި ގަވާއިދުގެ ބޭނުމަށް އެ ހުރިހާ އެސެޓަކަށްވެސް ހިިޔާރުކުރަންވާނީ އެއްގޮތެކެވެ. މި ގޮތުން އިހްތިޔާރުކުރާ ގޮތް ބަދަލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ރައްދުވާނަމަ، އެ އެސެޓެއް ބަދަލުކުރުން އެއީ ރެލަވަންޓް އިވެންޓެއްކަމަށް ނުބެލެވޭނެއެވެ. އަދި އެ ފަދަ ބަދަލެއް ކުރާ ދުވަހުން ފެށިގެން އުނިކުރެވޭ ކެޕިޓަލް އެލަވަންސެއް ނުވަތަ ބެލެންސިންގ އެލަވަންސެއް ނުވަތަ ބެލެންސިންގ ޗާޖެއް އުނިކުރެވޭނީ އެ އެސެޓެއް ބަދަލުކުރެވުނު ފަރާތަށެވެ. އަދި މިގޮތަށް ބަދަލުކުރެވުނު ފަރާތަށް އުނިކުރެވޭ އެލަވަންސް އުނިކުރެވޭނީ އެ ބަދަލުކުރި ފަރާތުން އެ ވިޔަފާރިއެއް ކުރަމުންގެންދާކަމަށް ބަލައިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހިިޔާރުކުރާ ގޮތެއް މީރާއަށް އަންގަންވާނީ ވިޔަފާރި ބަދަލުކުރި ފަރާތް އަދި ބަދަލުކުރެވޭ ފަރާތް ސޮއިކޮށް އަންގާ ލިޔުމަކުންނެވެ. އަދި މި ފަދަ އެންގުމެއް އަންގާނީ ތިރީގައިވާ ތާރީހުތަކުގެ ތެރެއިން ކުރިން އަންނަ ތާރީހިެއްގައެވެ.

  1. އެ ފަދަ ބަދަލެއް ކުރެވުނު ޓެކްސް އަހަރެއް ނިމުމަށްފަހު 6 (ހަޔެއް)   މަސްދުވަސް ވުމުގެ ކުރިން، ނުވަތަ
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިއްސީާގެ ތެރެއިން ހިއްސީާއެއް ވިއްކައިލާ ދުވަހު.

 

 

91 ވަނަ މާއްދާކެޕިޓަލް އެލަވަންސް އުނިކޮށްފައިވާ ކެޕިޓަލް އެސެޓް ތަސައްރުފުކުރުން

(ހ) މި މާއްދާ ހިނގާނީ އަންނަނިވި ކަންތައްތައް މެދުވެރިވާ ހާލަތްތަކުގައެވެ.

  1. މި ބާބުގެ ދަށުން ކެޕިޓަލް އެސެޓަކަށް ކެޕިޓަލް އެލަވަންސް ދީފައިވަނިކޮށް އެ އެސެޓެއް ވަކިން ނުވަތަ އެހެން އެއްވެސް އެސެޓަކާއެކު ވިއްކައިލައިފިނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އަދި
  2. ކެޕިޓަލް އެސެޓް ވިއްކައިލުމުން ލިބުނު މުގާބިލަކީ ވިއްކައިލެވުނު ހުރިހާ އެސެޓަކަށް ނިސްބަތްވާ އެއްޗަކަށްވާނަމަ، ނުވަތަ އިންށުުއަރެންސްގެ ގޮތުގައި ލިބުނު ފައިސާއަކީ ހަލާކުވި ހުރިހާ އެސެޓަކަށް ނިސްބަތްވާ ނުވަތަ އެކަމާއި ގުޅޭ އިންށުުއަރެންސް ޕޮލިސީގެ ދަށުން ކުރެވިފައިވާ ކްލެއިމްއަކަށް ވެއްޖެނަމަ، އަދި
  3. ވިއްކި އަގު ނުވަތަ އިންށުުއަރެންސްގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު، ވިއްކުނު ނުވަތަ ހަލާކުވި އެސެޓްގެ ނިސްބަތުން ބަހައިފައި ނުވާނަމަ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދު އެ އެސެޓުގެ ސައްހަ އަދަދުތަކަށް ނިސްބަތްކޮށް އެ އެސެޓުތަކުގެ މެދުގައި ޓެކްސް ދައްކާ ފަރާތުން ބަހަންވާނެއެވެ.

 

 

ބާރަވަނަ ބާބު

އިންށުުއަރެންސްގެ ވިޔަފާރި

 

92 ވަނަ މާއްދާ - އިންށުުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުން

(ހ) ގާނޫނުގެ 39 ވަނަ މާއްދާގެ ބޭނުމަށް، ހަމައެކަނި ލައިފް އިންށުުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުންނާއި ލައިފް އިންށުުއަރެންސް ވިޔަފާރިއާއި އެހެނިހެން އިންށުުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ، ލައިފް އިންށުުއަރެންސް ވިޔަފާރިތަކަށް ހާއްސަ އުސޫލުތަކާ އެއްގޮތަށެވެ.

(ށ) ހަމައެކަނި ލައިފް އިންށުުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުންނާއި ލައިފް އިންށުުއަރެންސް ވިޔަފާރިއާއި އެހެނިހެން އިންށުުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަކުގެ ލައިފް އިންށުުރަންސްގެ ބަޔަށް ނިސްބަތްވާ ޓެކްސް ބިނާކުރެވޭ އާމްދަނީއަކީ އިންވެސްޓްމަންޓުން ލިބޭ އާމްދަނީން، ހިންގުމުގެ ހަރަދުތައް އުނިކުރުމުން އޮންނަ އަދަދެވެ.

(ނ) އިންށުުއަރެންސް ވިޔަފާރީގެ ވެރިފަރާތަކީ "މިއުޗުއަލް" ނުވަތަ "ޕްރޮޕްރައިޓަރީ" ކަމުގައި ވިޔަސް، މި މާއްދާގެ (ށ) ރައްދުވާނެއެވެ.

 

 

ތޭރަވަނަ ބާބު

ކެޕިޓަލް ގެއިންއާއި ލޮސް

 

93 ވަނަ މާއްދާ - ގާނޫނުގެ ދަށުން ޓެކްސް ނަގާ ދުވަހުގެ ކުރިން ހޯދާފައިވާ މުދާ

ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ގަނެފައިވާ މުދަލެއްގެ އަގުކަމަށް، ގާނޫނުގެ 30 ވަނަ މާއްދާގެ ބޭނުމަށް،  ބަލާނީ 1 ޖަނަވަރީ 2020 ގައި އެ މުދަލެއްގެ އޯޕަން މާރކެޓް ވެލިއުއެވެ.

 

94 ވަނަ މާއްދާ - ގުޅުންހުރި ދެ ފަރާތެއްގެ ދެމެދުގައި ގަނެވިއްކާ މުދާ

ގުޅުންހުރި ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މުއާމަލާތެއްގައި، މުދަލެއް ތަސައްރުފުކޮށްގެން ލިބުނު މުގާބިލުގެ އަދަދު، ގާނޫނުގެ 30 ވަނަ މާއްދާގެ ބޭނުމަށް ކަނޑައަޅާނީ، ގާނޫނުގެ 67 ވަނަ މާއްދާގައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

95 ވަނަ މާއްދާ - ކެޕިޓަލް ލޮސް އުނިކުރުން

(ހ) ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ކެޕިޓަލް ލޮސް އުނިކުރެވޭނީ ކެޕިޓަލް ގެއިންއިންނެވެ.

(ށ) ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ކެޕިޓަލް ގެއިންއިން ކެޕިޓަލް ލޮސް އުނިކުރާނަމަ، އުނިކުރަމުން ގެންދެވޭނީ
އެ ގެއްލުންވި ހިސާބުކުރާ މުއްދަތު ނިމުނު ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.

(ނ) މި މާއްދާގެ (ށ) ބަޔާންކޮށްފައިވާ ގޮތަށް ކެޕިޓަލް ލޮސްގެ އަދަދު އުނިކުރަމުން ގެންދަންވާނީ އެ ކެޕިޓަލް ލޮސް އައިސްފައިވާ ތަރުތީބު (ކުރިން ވި ގެއްލުން ކުރިން އުނިކުރާ އުސޫލު) އިންނެވެ.

(ރ) ކެޕިޓަލް ލޮސް ނޫން އެހެން ގެއްލުމެއް ކެޕިޓަލް ގެއިންއިން އުންޏެއް ނުކުރެވޭނެއެވެ.

 

 

 ސާދަވަނަ ބާބު

ޓެކްސް ބަޔާން އަދި ޓެކްސް ދެއްކުން

 

96 ވަނަ މާއްދާ - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

(ހ) ގާނޫނުގެ ދަށުން، އެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް އުޖޫރަ ދޭނަމަ، އެ މަހަކަށް "މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 601) ފޯމު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ބަޔާނުގައި، އެ ފަރާތަކުން އުޖޫރަ ދޭ މީހުންގެ ތެރެއިން މި ގަވާއިދުގެ 7 ވަނަ މާއްދާ ރައްދުވާ އުޖޫރަ ލިބޭ ހުރިހާ މީހުން ހިމަނަންވާނެއެވެ.

(ނ) އެއްވެސް މަހެއްގައި، މި މާއްދާގެ (ހ) ގެ ދަށުން ބަޔާނެއް ހުށަހަޅައިފިނަމަ، އެ މަހުން ފެށިގެން ކުރިއަށްހުރި އެ އަހަރުގެ ބާކީ މަސްތަކަށް އެ ފަރާތުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.

(ރ) އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނި ކުރަންޖެހޭ ފަދަ ހާލަތެއް ނާންނާނެކަމަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ނ) ގެ ދަށުން ބަޔާން ހުށަހަޅަންޖެހުމުން އިސްތިސްނާކޮށްދިނުން އެދި ކޮމިށަނަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.

 

97 ވަނަ މާއިްދާ - ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން

(ހ) ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން ހުށަހަޅަން ލާޒިމުވާނީ، ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން ނިސްބަތްވާ އަހަރުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއް ހުށަހަޅަން ލާޒިމުވިނަމައެވެ.

(ށ) ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން، އުޖޫރަ ދޭ ފަރާތުން ހުށަހަޅަންވާނީ، "ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން" (MIRA 650) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ނ) ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން، އެ ބަޔާން ނިސްބަތްވާ ޓެކްސް އަހަރާ ވިދިގެން ފެށޭ ޓެކްސް އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅައި، އަދި ރިކޮންސައިލް ކުރުމާ ގުޅިގެން އިތުރަށް ފައިސާއެއް ދައްކަންޖެހޭނަމަ، މި ތާރީހުގެ ނިޔަލަށް އެ ފައިސާ ދައްކަންވާނެއެވެ.

 

98 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

"ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 602) ފޯމު ހުށަހަޅަންޖެހޭނީ، ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާނަމަ، އެ ދައްކާ މަހަކަށެވެ.

 

99 ވަނަ މާއްދާ - އިންކަމް ޓެކްސް ބަޔާން

(ހ) ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ބަޔާނަށް

މި ގަވާއިދުގައި ހަވާލާދޭނީ "އިންކަމް ޓެކްސް ބަޔާން" މި ފަދައިންނެވެ.

(ށ) އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން" (MIRA 604) ފޯމެވެ.

 

100 ވަނަ މާއްދާ - އިންޓެރިމް ބަޔާން

(ހ) ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓެރިމް ޕޭމަންޓާ ގުޅޭ ބަޔާނަށް މި ގަވާއިދުގައި ހަވާލާދޭނީ "އިންޓެރިމް ބަޔާން" މި ފަދައިންނެވެ.

(ށ) އިންޓެރިމް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންޓެރިމް ބަޔާން" (MIRA 603) ފޯމެވެ.

 

101 ވަނަ މާއްދާ -  އިންކަމް ޓެކްސް ބަޔާން  ހުށަހެޅުމުން އިސްތިސްނާވުން

(ހ) ފަރުދެއްގެ ހިސާބުކުރާ މުއްދަތުގައި ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އަދި ޖުމްލަ އާމްދަނީ 2,000,000 (ދެ މިލިއަން) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، އެ މުއްދަތައް
އެ ފަރުދަކު އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ށ) ޑީމްޑް ޕާޓްނަރށިޕެއްގެ ހިސާބުކުރާ މުއްދަތުގައި ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އަދި ޖުމްލަ އާމްދަނީ 2,000,000 (ދެ މިލިއަން) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، އެ މުއްދަތަށް އެ ޑީމްޑް ޕާޓްނަރށިޕްއިން އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަރުދެއްގެ ހިސާބުކުރާ މުއްދަތެއްގެ ޖުމްލަ އާމްދަނީއަކީ ވަޒީފާ ދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަކަމުގައިވާނަމަ، އެ މުއްދަތައް އެ ފަރުދަކު އިންކަމް ޓެކްސް  ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ރ) ހިސާބުކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކަށް، އެ ހިސާބުކުރާ މުއްދަތުގައި ދިވެހިރާއްޖެއިން ލިބުނު ޖުމްލަ އާމްދަނީއަކީ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމުގައިވާނަމަ، އެ މުއްދަތަށް އެ ފަރާތުން އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

102 ވަނަ މާއްދާ - އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ މާލީ ހިސާބުތައް

(ހ) އިންކަމް ޓެކްސް ބަޔާނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެވެ.

  1. އާމްދަނީ އާއި ހަރަދުގެ ބަޔާން؛
  2. ބެލެންސް ށީޓް؛
  3. ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާން؛
  4. ހިއްސީާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާން؛
  5. މާލީ ހިސާބުތަކާ ގުޅޭ ނޯޓްސް؛
  6. ޑިރެކްޓަރުންގެ ރިޕޯޓް؛
  7. އޮޑިޓަރުގެ ރިޕޯޓް.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ޖުމްލަ އާމްދަނީ އަހަރަކަށް 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުން ލާޒިމެއް ނޫނެވެ. އަދި މި ފަދަ ފަރާތްތަކުން މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) އިހްތިޔާރު ކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގެ (2)، (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ވެސް އިސްތިސްނާވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ހަމައެކަނި އާމްދަނީއަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށްވާނަމަ، އަދި ޓެކްސް އަހަރެއްގައި އެ ފަރާތަކުން ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުކުރާނަމަ، މި މާއްދާގެ (ހ) ގެ (1) އިން (7) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ. މި އަކުރަށް އަމަލުކުރާނީ މި މާއްދާގެ (ރ) އާ ހިިލާފު ނުވާނެ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުނިތައް ފިޔަވައި އެނޫން ފަރާތްތަކުން މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާކަށް ނުޖެހޭނެއެވެ. ކުންފުނިތަކުން ޑިރެކްޓަރުންގެ ރިޕޯޓް ތައްޔާރުކުރަންވާނީ ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ފޯމެޓާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

 

103 ވަނަ މާއްދާމީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން

(ހ) މި ގަވާއިދުގެ 96 ވަނަ މާއްދާއާއި 97 ވަނަ މާއްދާއާއި 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާންތައް ހުށަހަޅަންވާނީ މީރާކަނެޓް މެދުވެރިކޮށެވެ. އަދި، އެ ބަޔާންތަކާ ގުޅޭ ފައިސާ ދައްކަންވާނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

104 ވަނަ މާއްދާ - މާލީ ހިސާބުތައް އޮޑިޓްކުރުން

މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގައި، އެ ފަރާތުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅާއިރު ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ މުސްތަގްްްިއްލު އޮޑިޓަރަކު ސޮއިކުރަންވާނެއެވެ.

 

105 ވަނަ މާއްދާ - މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ކަރަންސީ

މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ފަންކްށަނަލް ކަރަންސީއިންނެވެ.

 

106 ވަނަ މާއްދާ - ޕްރެޒެންޓޭށަން ކަރަންސީ

(ހ) މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މީރާއަށް ހުށަހަޅާ ކަރަންސީއަކީ އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއެވެ.

(ށ) އެ ފަރާތެއްގެ ފަންކްށަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ ރުފިޔާއެވެ.

(ނ) އެ ފަރާތެއްގެ ފަންކްށަނަލް ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައިވާނަމަ
އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ އެމެރިކާ ޑޮލަރެވެ.

(ރ) އެ ފަރާތެއްގެ ފަންކްށަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އަދި އެމެރިކާ ޑޮލަރު ފިޔަވައި އެހެން ކަރަންސީއެއް ކަމުގައިވާނަމަ، ޕްރެޒެންޓޭށަން ކަރަންސީގެ ގޮތުގައި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު އިހްތިޔާރުކުރެވިދާނެއެވެ.

(ބ) އެއްވެސް ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީ އާއި ފަންކްށަނަލް ކަރަންސީ ތަފާތުނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައް އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަށް ބަދަލުކުރަންވާނީ އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ށާއިއުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީހުގެ އެކްސްޗޭންޖް ރޭޓުގެ % ±2  ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.

 

107 ވަނަ މާއްދާ - ބަޔާން ތައްޔާރުކުރަންޖެހޭ ކަރަންސީ

އިންޓެރިމް ބަޔާނާއި އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއިންނެވެ.

 

108 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ ކަރަންސީ

(ހ) އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ، ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ ރުފިޔާއިންނެވެ.

(ށ) އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައިވާނަމަ، ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

(ނ) އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައިވެފައި، މި މާއްދާގެ (ށ) ގެ ދަށުން ރުފިޔާއިން ޓެކްސް ދެއްކުމަށް އިހްތިޔާރުކޮށްފިނަމަ، އެ ފަރާތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު އެމެރިކާ ޑޮލަރުން ރުފިޔާއަށް ބަދަލުކުރަންވާނީ 1 (އެކެއް) އެމެރިކާ ޑޮލަރަށް 15.42ރ (ފަނަރަ ރުފިޔާ ސާޅީސް ދެ ލާރި) ގެ ރޭޓުންނެވެ.

(ރ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އަދި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

109 ވަނަ މާއްދާޓެކްސް ދައްކާ މީހަކު މަރުވުން

(ހ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ ވާރިސުން އެ ކަން މީރާއަށް އަންގަންވާނެއެވެ. މި ގޮތަށް އަންގާއިރު އެ މީހާ މަރުވިކަން އެނގޭނެ ރަސްމީ ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނުގެ 52 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށްޓަކައި، އެ މީހާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލަ ށަރުއިީ ކޯޓަށް ހުށަހެޅުމަކީ އޭނާގެ ވާރިސުންގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މަރުވި މީހާގެ ވާރިސުން އަމަލުކޮށްފައި ނުވާނަމަ، މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށްޓަކައި މީރާއަށް އެ މައްސަލަ ށަރުއިީ ކޯޓަށް ހުށަހެޅިދާނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތް މަރުވެފައިވީ ނަމަވެސް، ދިރިހުރި މީހަކަށް ލިބިދެވޭ ފަދައިން ގާނޫނުން ލިބިދޭ އެންމެހައި ހައްގުތައް މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާ ފަރާތަށް ލިބިދޭންވާނެއެވެ.

(ބ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ އޭނާގެ އާމްދަނީން ނަގާ ޓެކުހާ ގުޅިގެން އަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހު އޭނާގެ އެންމެފަހު ހިސާބުކުރާ މުއްދަތު ނިމުނީއެވެ.
  2. މަރުވި މީހާގެ ފަރާތުން އޭނާގެ އެންމެފަހު ހިސާބުކުރާ މުއްދަތަށް ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭނަމަ، ނުވަތަ ޓެކްސް ދައްކަންޖެހޭނަމަ ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމުގެ ސުންގަޑިއަކީ ތިރީގައި ބަޔާންކޮށްފައިވާ ތާރީހުގެ ތެރެއިން ފަހުން އަންނަ ދުވަހެކެވެ.
    (i) ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީހު؛
    (ii) މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ށަރުއިީ ކޯޓުން ކަނޑައަޅާ ދުވަހުން ފެށިގެން އަންނަ ފުރަތަމަ ޖޫން މަހުގެ 30 ވަނަ ދުވަސް. 
  3. މި މާއްދާގައި ބަޔާންކުރާ އެންމެފަހު ހިސާބުކުރާ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ އަދަދަށް ބިނާކޮށް އެއްވެސް އިންޓެރިމް ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެއެވެ.

(ޅ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ، ގާނޫނުގެ 54 ވަނަ މާއްދާއާއި 55 މާއްދާގައި ބަޔާންކޮށްފައިވާ އޭނާގެ ވިތުހޯލްޑިންގ ޓެކުހުގެ އިލްތިޒާމުތަކާ ގުޅިގެން އަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. އެ މީހާ މަރުވި ދުވަހު ހިނގަމުންދާ މަހަށް ހުށަހަޅަންޖެހޭ، ގާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ތިރީގައި ބަޔާންކޮށްފައިވާ ތާރީހުގެ ތެރެއިން ފަހުން އަންނަ ދުވަހެކެވެ.
    (i) ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީހު؛
    (ii) މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ށަރުއިީ ކޯޓުން ކަނޑައަޅާ ދުވަހާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަސް. 
  2. އެ މީހާ މަރުވި ދުވަހު ހިނގަމުންދާ ޓެކްސް އަހަރަށް ހުށަހަޅަންޖެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ، މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ށަރުއިީ ކޯޓުން ކަނޑައަޅާ ދުވަސް ހިމެނޭ ޓެކްސް އަހަރަށް ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއެވެ.

(ކ) މީހަކު މަރުވިއިރު އޭނާގެ ޓެކުހާގުޅޭ އިލްތިޒާމެއް އޮތްނަމަ، ނުވަތަ އޭނާގެ އެންމެފަހު ހިސާބުކުރާ މުއްދަތަށް ނުވަތަ މަހަކަށް އިލްތިޒާމެއް އުފެދޭނެކަމަށް އަންދާޒާކުރެވޭނަމަ، މި މާއްދާގެ (ށ) އަށް އަމަލުކުރުން އެ މީހާގެ ވާރިސުންގެ މައްޗަށް ލާޒިމެވެ.

(އ) ޓެކްސް ދައްކާ މީހަކު މަރުވުމަށްފަހު، އޭނާގެ ވާރުތައިން ލިބޭ އާމްދަނީ އެއްވެސް ފަރާތަކުން ބޭނުންކުރަމުންދާނަމަ، އެ ގޮތުން ބޭނުންކުރަމުންދާ އާމްދަނީއަކީ، ގާނޫނުގެ ބޭނުމަށް، އެ އާމްދަނީ ބޭނުންކުރަމުންދާ ފަރާތުގެ އާމްދަނީއެކެވެ. އަދި އެ އާމްދަނީން ޓެކްސް ދެއްކުމަށް އެ އާމްދަނީ ބޭނުންކުރަމުންދާ ފަރާތުން ފުރިހަމައަށް ޒިންމާވާންވާނެއެވެ.

(ވ) ޓެކްސް ދައްކާ މީހަކު މަރުވުމަށްފަހު، އޭނާގެ ނަމުގައި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް އެހެން ފަރާތަކުން ހިންގަމުންދާނަމަ، އެ ވިޔަފާރިއަކާ ގުޅިގެން އުފެދޭ ގާނޫނުގެ 54 ވަނަ މާއްދާއާއި 55 މާއްދާގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކުހުގެ އެންމެހައި އިލްތިޒާމުތަކަކީ އެ ވިޔަފާރިއެއް ހިންގާ ފަރާތެއްގެ އިލްތިޒާމުތަކެކެވެ.

 

 

ފަނަރަވަނަ ބާބު

ދިވެހިރާއްޖެއިން ބޭރުގައި ދައްކާ ޓެކުހަށް ދެވޭ ކްރެޑިޓް

 

110 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުން ލިބުނު އަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކުހުގެ އަދަދު

(ހ) ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް އަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރާނީ، އަންނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް އަދަދު ހިސާބުކުރުމުގައި، ހިސާބުކުރާ މުއްދަތެއްގައި ވެފައިވާ ގެއްލުމެއް ނުވަތަ ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް އަދަދު ހިސާބުކުރުމުގައި ވެފައިވާ ގެއްލުމެއް އުނި ނުކުރެވޭނެއެވެ. 

 

111 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތު ތަފާތުވުން

 ދިވެހިރާއްޖެއިން ބޭރުގައި ޓެކްސް ދައްކަންޖެހޭ ހިސާބުކުރާ މުއްދަތާއި މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިސާބުކުރާ މުއްދަތު ތަފާތުނަމަ، ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" ގެ އަދަދު ހިސާބުކުރާނީ، ދިވެހިރާއްޖެއިން ބޭރުގައި ޓެކްސް ދައްކާފައިވާ އާމްދަނީން، އެ ފަރާތުގެ ޖުމްލަ އާމްދަނީގައި ހިމަނާފައިވާ އަދަދުގެ ނިސްބަތުންނެވެ.

 

112 ވަނަ މާއްދާ - ކްރެޑިޓްގެ ގޮތުގައި އަދަދެއް އުނި ނުކުރެވޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި، ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖެއިން ބޭރުގައި ދައްކާ ޓެކުހަށް ދެވޭ ކްރެޑިޓްގެ ގޮތުގައި އަދަދެއް އުނި ނުކުރެވޭނެއެވެ.

(ހ) ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" ގެ އަދަދަކީ 0 (ސުމެއް) ނުވަތަ އެއަށްވުރެ ކުޑަ އަދަދަކަށްވުން؛ ނުވަތަ

(ށ) ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (2) ނަންބަރުގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް އަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކްސް" ގެ އަދަދަކީ 0 (ސުމެއް) ނުވަތަ އެއަށްވުރެ ކުޑަ އަދަދަކަށްވުން.

 

113 ވަނަ މާއްދާ - ކޮންޓްރޯލްޑް ފޮރިން އެންޓިޓީޒް ކޮންޓްރޯލްކުރާ ފަރާތްތަކަށް ދެވޭ ޓެކްސް ކްރެޑިޓް

(ހ) ގާނޫނުގެ 72 ވަނަ މާއްދާގެ ބޭނުމަށް، ގާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންޓްރޯލްޑް ފޮރިން އެންޓިޓީއަކުން ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކުހުގެ އަދަދުން، އެފަދަ ށަހްސެއް ކޮންޓްރޯލްކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަށް ނިސްބަތްވާ މިންވަރަކީ، ދިވެހިރާއްޖޭއިން ބޭރުގައި ދައްކާފައިވާ ޓެކްސް ކަމަށް ބެލިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި، ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" ހިސާބުކުރާނީ އަންނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.

(ރ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި، ގާނޫނުގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް އަދަދު" އަކީ ގާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާ އަދަދެވެ.

 

 

ސޯޅަވަނަ ބާބު

އާއްމު މާއްދާތައް

 

114 ވަނަ މާއްދާ - ފައިސާ ދައްކާ ތާރީހު

ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ފައިސާ ދައްކާ ތާރީހުގެ ގޮތުގައި ބެލެވޭނީ އަންނަނިވި ތާރީހުތަކެވެ.

(ހ) ފައިސާ ދައްކާފައިވަނީ ނަގުދު ފައިސާއިން ކަމަށްވާނަމަ، ފައިސާ ލިބެންޖެހޭ ފަރާތަށް ނުވަތަ އެ ފަރާތުގެ ބަދަލުގައި ފައިސާ ބަލައިގަންނަ ފަރާތަށް އެ ފައިސާ ދެއްކި ތާރީހިެވެ.

(ށ) ފައިސާ ދައްކާފައިވަނީ ޗެކުން ނަމަ، އެ ޗެކު ތައްޔާރުކުރާ ތާރީހިެވެ.

(ނ) ފައިސާ ދައްކާފައިވަނީ ޓެލެގްރެފިކް ޓްރާންސްފަރ މެދުވެރިކޮށް ކަމަށްވާނަމަ، އެ ޓެލެގްރެފިކް ޓްރާންސްފަރ ކުރަން ހުށަހެޅި ތާރީހިެވެ.

(ރ) ފައިސާ ދައްކާފައިވަނީ ހިސާބުތަކުން އަޅައިކަނޑައިގެން ކަމަށްވާނަމަ، ނުވަތަ އެ ފަރާތުގެ އެކައުންޓަށް (ކަރަންޓް އެކައުންޓް ހިމެނޭގޮތުން) ކްރެޑިޓްކޮށް ދީގެން ކަމަށްވާނަމަ، އެ އެޖަސްޓްމަންޓް ހަދާ އެކައުންޓިންގ އެންޓްރީ ފޮތްތަކުގައި ރިކޯޑްކުރާ ތާރީހިެވެ.

 

115 ވަނަ މާއްދާ - ފައިސާ ދައްކަންޖެހުނު ތާރީހު

(ހ) ގާނޫނުގެ 80 ވަނަ މާއްދާގެ ބޭނުމަށް އެއްވެސް ފަރާތެއްގެ ހިސާބުތަކުގައި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ކަމަށް ބުނެފައި އެވަނީ އަންނަނިވި ތާރީހުތަކުގެ ތެރެއިން ކުރިން އަންނަ ތާރީހަށެވެ.

  1. ފައިސާ ދައްކަންޖެހޭ ފަރާތުގެ ހިސާބުތަކުގައި، އެ ފައިސާގެ އަދަދަކީ އެހެން ފަރާތަކަށް ދެއްކުން ލާޒިމު ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ ތާރީހު؛
  2. މާޒީގައި ހިނގާފައިވާ ކަމަކާ ގުޅިގެން، ފައިސާ ދައްކަންޖެހޭ ފަރާތުން، އެހެން ފަރާތަކަށް އަދާކުރުން ލާޒިމު ޒިންމާއެއް އުފެދުނު ތާރީހު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް އެ ފަރާތަކަށް ދައްކަންޖެހެނީ އެ މަހެއްގެ ކޮން ދުވަހެއްގައިކަން ޔަގީން ކުރެވެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ ތާރީހުގެ ގޮތުގައި ކަނޑައަޅާނީ އެ މަހެއްގެ އެންމެ ފަހު ދުވަހެވެ.

 

116 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ހުއްދަކުރާ ބައިނަލްއަގްްްްވާމީ އިދާރާތައް

ގާނޫނުގެ 12 ވަނަ މާއްދާގެ (މ) ގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް ހުއްދަކުރާ ބައިނަލް އަގްްްްވާމީ އިދާރާތަކުގެ ތެރޭގައި ހިމެނެނީ:

(ހ) ދިވެހިރާއްޖެއިން މެންބަރެއްގެ ގޮތުގައި ބައިވެރިވާ އެންމެހައި ބައިނަލްއަގްްްްވާމީ ޖަމްއިިއްޔާތަކާއި ޖަމާއައްތަކާއި އިދާރާތައް؛

(ށ) ދުނިޔޭގެ ގައުމުތަކުގެ މައްޗަށް އެކުލެވޭ އިއްތިހާދުތަކާއި ޖަމާއަތްތައް؛

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކޮންޓްރޯލްކުރާ އޭޖެންސީތައް.

 

117 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ތައުލީމު ދޭ މަރުކަޒުތަކާއި ރިސާޗް މަރުކަޒުތައް

ގާނޫނުގެ 12 ވަނަ މާއްދާގެ (ލ) ގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ތައުލީމު ދޭ މަރުކަޒުތަކާއި ރިސާޗްކުރާ މަރުކަޒުތަކަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ތައުލީމު ދޭ މަރުކަޒުތަކާއި ރިސާޗްކުރާ މަރުކަޒުތަކެވެ.

 

118 ވަނަ މާއްދާ - ތައުލީމާގުޅޭ އެހީއާއި ސްކޮލަރށިޕް

(ހ) ގާނޫނުގެ 12 ވަނަ މާއްދާގެ (ލ) ގެ ބޭނުމަށް، ތައުލީމާގުޅޭ އެހީއާއި ސްކޮލަރށިޕްގެ މިންވަރަކީ، އަންނަނިވި އަދަދުތަކުގެ ޖުމްލައެވެ.

  1. ތައުލީމު ދޭ މަރުކަޒަށް ނުވަތަ ރިސާޗް މަރުކަޒަށް ދައްކާ ޓިއުށަން ފީ؛
  2. ސްޓައިޕެންޑް (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭށަނުން ކަނޑައަޅައިފައިވާ ރޭޓަށްވުރެ އިތުރު ނޫން މިންވަރަކަށް)؛
  3. ދިވެހިރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރުމަށް ނުވަތަ ރިސާޗްކުރުމަށް ދީފައިވާ އެހީއެއް ނުވަތަ ސްކޮލަރށިޕެއްނަމަ، ދިވެހިރާއްޖެއާ އެ ގައުމާ ދެމެދު އިކޮނޮމީ ކުލާހުގައި ދަތުރުކުރުމަށް ދެވޭ ޓިކެޓްގެ އަގު (އަހަރަކު
    1 (އެކެއް) ފަހަރު)؛

 

119 ވަނަ މާއްދާ - ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ

ގާނޫނުގެ 12 ވަނަ މާއްދާގެ (ގ) ގެ (2) ވަނަ ނަންބަރުގެ (ii) ވަނަ ނަންބަރުގެ ބޭނުމަށް ހަދިޔާއަކީ ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗެއްކަމަށް ބަލާނީ އެ އެއްޗެއް ކައިވެނީގެ މުނާސަބަތުގައި ކައިވެނިކުރާ ދެ މީހުންކުރެ މީހަކަށް ލިބުނީ ކައިވެނިކުރާ ދުވަހުގެ ކުރިން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ ކައިވެނިކުރާ ދުވަހު، ނުވަތަ ކައިވެނިކުރާ ދުވަހުގެ ފަހުން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނަމައެވެ.

 

120 ވަނަ މާއްދާ - ދިރިއުޅޭ ތަން ނުވަތަ ދިރިއުޅުން މައިގަނޑު ގޮތެއްގައި ގާއިމުވެފައިވާ ތަން

(ހ) ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ) އަދި 30 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، މީހެއްގެ ދިރިއުޅޭ ތަން ނުވަތަ ދިރިއުޅުން މައިގަނޑު ގޮތެއްގައި ގާއިމުވެފައިވާ ތަނަކީ، އެ މީހާއަށް އެ ތަނެއްގެ މިލްކުވެރިކަން ލިބުނު ތާރީހުން ފެށިގެން ނުވަތަ އެ ތާރީހުގެ ފަހުން އަންނަ ތާރީހަކުން ފެށިގެން، އެ ތަނެއްގައި އެ މީހަކު  މެދުނުކެނޑި ދިރިއުޅޭތާ 2 (ދޭއް) އަހަރަށްވުރެ ކުރުނޫން މުއްދަތެއް ފާއިތުވެފައިވާ ތަނެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ސަބަބުތަކުން ކުރެ ސަބަބަކާހުރެ އޭނާ އެ ތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނު ނަމަވެސް އެ ގޮތުން މެދުކެނޑޭ މުއްދަތުގައި އެ ތަން ކުއްޔަށްދީގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ ތަނުން އާމްދަނީއެއް ހޯދައިފައި ނުވާނަމަ، އޭނާ އެ ތަނުގައި މެދުނުކެނޑި ދިރިއުޅެމުން ގޮސްފައިވާ ކަމަށް ބަލަންވާނެއެވެ.

  1. އޭނާ އާދަވެގެން ދިރިއުޅޭ ތަން، އަލުން އިިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށްޓަކައި އޭނާގެ ދިރިއުޅުން އެހެން ތަނަކަށް ބަދަލުކޮށްފައިވީނަމަވެސް އަދި އެ ތަން އިިމާރާތްކޮށް ނިމުމުން ނުވަތަ މަރާމާތުކޮށް ނިމުމުން ދިރިއުޅުން އެ ތަނަށް ބަދަލުކޮށްފައިވުން؛
  2. އޭނާ އަދާކުރާ ވަޒީފާގެ ސަބަބުން އެހެން ތަނެއްގައި ދިރިއުޅެން އޭނާއަށް މަޖުބޫރުވެފައިވުން؛
  3. އޭނާ އެތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނީ ސިއްހީ ފަރުވާއެއް ހޯދުމަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް އެހެން ތަނެއްގައި ދިގުމުއްދަތަކަށް ހުންނަންޖެހުމުން ކަމަށްވެފައި، އެ މުއްދަތުގައި އޭނާގެ ދިރިއުޅޭ ތަން ހުރީ ހުސްކޮށް ނުވަތަ އެ ތަނުގައި އެ މުއްދަތުގައި ދިރިއުޅުނީ އެ ތަން ބެލެހެއްޓުމުގެ މަގްްްްސަދުގައި އޭނާގެ ތިމާގެ މީހެއް ކަމުގައިވުން.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ) އަދި 30 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިސްތިސްނާ ލިބޭނީ އޭނާ އެ ތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނު މުއްދަތުގެ ކުރިން އަދި ފަހުންވެސް އެ ތަނަކީ އޭނާ އާދަވެގެން ދިރިއުޅޭ ތަނަށްވުމާއެކު،  އޭނާ އެ ތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނު މުއްދަތުގައި ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ) އަދި 30 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އިސްތިސްނާއެއް ބޭނުންކޮށްފައި ނުވާނަމައެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަނެއްގެ ބައެއް، ދިރިއުޅުން ފިޔަވައި އެހެން ބޭނުމަކަށް ބޭނުންކުރާނަމަ އެ ބަޔަކީ ދިރިއުޅުން މައިގަނޑު ގޮތެއްގައި ގާއިމުވެފައިވާ ތަނުގެ މާނައިގައި ހިމެނޭ ބައެއް ނޫނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދިރިއުޅުން ފިޔަވައި އެހެން ބޭނުމަކަށް ބޭނުންކުރުމުގެ މާނައިގެ ތެރޭގައި، ދިރިއުޅޭ ތަނުގައި އެހެން ކަމަކަށް ބޭނުންކުރުމަށް ހާއްސަކުރެވިފައިވާ ތަނެއް ނެތި، އެހެން ކަމަކަށް އެ ތަނުގެ ބައެއް ބޭނުންކުރުން ނުހިމެނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ތަސައްރުފުކޮށްގެން ލިބޭ ފައިދާއިން އިސްތިސްނާވާ އަދަދު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. ތަސައްރުފުކުރި ތަނަކީ ވަކި ބައިބަޔަށް ބަހައިލެވޭ ޔުނިޓްތަކަކަށްވެފައި، އަދި އެއިން ކޮންމެ ޔުނިޓެއް އެއީ ވަކިވަކީން ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ވިޔަސް ބޭނުންކުރެވޭފަދަ ޔުނިޓެއްނަމަ، ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެންނެވެ.
  2.  ތަސައްރުފުކުރި ތަނަކީ މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ބަހައިނުލެވޭ ތަނެއްނަމަ، އެކަށީގެންވާ އަދުލުވެރި އަސާސެއްގެ މައްޗަށް ބިނާކޮށެވެ.
  3. ތަސައްރުފުކުރި ތަނަކީ މި މާއްދާގެ (ޅ) ގެ (1) އަދި (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިންވެސް ބަހައިނުލެވޭ ތަނެއްނަމަ، އެ ތަނުގެ ފްލޯ އޭރިޔާގެ ނިސްބަތަށް ބިނާކޮށެވެ.

(ކ) ތަސައްރުފުކުރި ތަން އިިމާރާތްކޮށްފައިވަނީ، އެ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމެއްގައިނަމަ، ތަސައްރުފުކުރި އަގުގެ ތެރޭގައި އެ ބިމުގެ އަގުވެސް ހިމެނޭނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް އިިމާރާތްކޮށްފައި ހުރި ބިމުގެ ބައެއް، އެ އިިމާރާތް ނުހިމެނޭ ގޮތުން ތަސައްރުފުކޮށްފިނަމަ، އެ ގޮތުން ތަސައްރުފުކުރި ބަޔަށް ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ) އަދި 30 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އިސްތިސްނާ ރައްދެއްނުވެއެވެ.

(ވ)

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނަކީ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ މީހުން މިލްކުވެރިކަން ހިއްސާކުރާ ތަނެއްނަމަ، އެ ތަނުގެ މިލްކުވެރިކަން ނިސްބަތްވާ ވަކިވަކި މީހުންނަށް ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ) އަދި 30 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އިސްތިސްނާ ލިބޭނީ މި މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް އެ މީހެއްގެ ށަރުތިތައް ފުރިހަމަވާނަމައެވެ.
  2. މި މާއްދާގެ (ވ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި އިސްތިސްނާ ނުލިބޭ މީހެއް ހުރިނަމަ އެ ތަން ތަސައްރުފުކޮށްގެން ލިބުނު އާމްދަނީން އެ މީހަކަށް ނިސްބަތްވާ ބަޔަށް އިސްތިސްނާއެއް ނުލިބޭނެއެވެ.

 

121 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭ އަގުމަގުކުރުމުގެ އުސޫލުތައް

އުޖޫރައިގެ ތެރޭގައި ހިމެނޭ އިނާޔަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާރކެޓް ވެލިއު ހިސާބުކުރާނެ ގޮތް މި ގަވާއިދުގެ ހަތަރު ވަނަ ބާބުގައި ކަނޑައަޅައިފައި ނުވާ އިނާޔަތާއި މަންފާއާއި ގާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން އަގު ކަނޑައެޅެން ނެތް އެނޫންވެސް މުދަލެއް ނުވަތަ ހިިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާރކެޓް ވެލިއު ކަނޑައަޅާނީ، ގާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން، އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަރޑް 13 (ފެއަރ ވެލިއު މެށަރމެންޓް) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

122 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ އެކައުންޓިންގ ސްޓޭންޑަޑްތައް

ގާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ "އެނޫންވެސް އެކައުންޓިންގ ސްޓޭންޑަޑް" ގެ ތެރޭގައި ހިމެނެނީ، އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭށަން ފޮރ އިސްލާމިކް ފައިނޭންށަލް އިންސްޓިޓިއުށަންސް (AAOIFI) ސްޓޭންޑަޑްސްއެވެ.

 

123 ވަނަ މާއްދާ - ރީފަންޑް ދިނުން

(ހ) ޓެކްސް ދައްކާ ފަރާތަކުން، ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ނުވަތަ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ބަޔާނެއްގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދެއްކިފައިވުން ކަމަށްވާނަމަ، އިތުރަށް ދެއްކިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ދިނުމުގައި އަމަލުކުރާނީ އަންނިވި ގޮތަށެވެ.

  1. ޓެކްސް ދައްކާ ފަރާތުން މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއިން އަޅައިކެނޑުން؛ ނުވަތަ
  2. ޓެކްސް ދައްކާ ފަރާތުން މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެއް ނެތްނަމަ، ޓެކްސް ދައްކާ ފަރާތަށް ފައިސާއިން އެ މިންވަރު ދިނުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން އެދިއްޖެނަމަ، އިތުރަށް ދެއްކިފައިވާ ޓެކްސް، ކުރިއަށްހުރި މުއްދަތުތަކުގައި މީރާއަށް ދައްކަންޖެހޭ ފައިސާއިން އުނިކުރުމަށް ބެހެއްޓިދާނެއެވެ.

 

124 ވަނަ މާއްދާ - އެސެޓެއްގެ ވެރިފަރާތް

(ހ) މި ގަވާއިދުގެ ބޭނުމަށް، އެސެޓެއްގެ ވެރިފަރާތަކީ، އެ އެސެޓުގެ ގާނޫނީ ވެރިފަރާތެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފައިނޭންސް ލީސްއެއްގެ ދަށުން ހޯދާފައިވާ އެސެޓެއްގެ ވެރިފަރާތަކީ އެ އެސެޓުގެ "ލެސީ" އެވެ. އަދި
މި ހާލަތުގައި "ލެސޯ" އަކީ، އެސެޓުގެ ވެރިފަރާތެއް ނޫނެވެ.

 

125 ވަނަ މާއްދާ - އުޖޫރަ ލިބޭ މީހާއަށް އުޖޫރައިގެ މައުލޫމާތު ދިނުން

އެ ފަރާތުން އުޖޫރަ ދޭ ކޮންމެ މީހަކަށް، އެ ފަރާތުން ދޭ އުޖޫރައިގެ ތަފްސީލު އަންނަނިވި ގޮތުގެމަތިން ލިއުމުން ދޭންވާނެއެވެ.

(ހ) އުޖޫރަ ލިބޭ މީހާއަކީ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މީހެއްނަމަ، އެ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ އަދަދު އެ މަހެއްގެ މުސާރަ ސްލިޕްގައި ހިމަނައިގެން؛

(ށ) އުޖޫރަ ލިބޭ މީހާއަކީ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ނުޖެހޭ މީހެއްނަމަ، ޓެކްސް އަހަރެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ޓެކްސް އަހަރަށް ދޭން ޖެހުނު އުޖޫރައިގެ ޖުމްލަ އަދަދު.

 

126 ވަނަ މާއްދާ - ހިންގުމާއި ކޮންޓްރޯލް

ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްގެ ހިންގުމާއި ކޮންޓްރޯލް އޮތް ތަން ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ. އެހެން ނަމަވެސް މިއީ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްގެ ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ތަން ކަނޑައެޅުމުގައި ރިއާޔަތްކުރާނެ ހަމައެކަނި ކަންތައްތަކެއް ނޫނެވެ.

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ބައްދައްލުވުންތައް ނުވަތަ ޕާޓްނަރުންގެ ބައްދަލުވުންތައް އާންމު ގޮތެއްގައި ބާއްވާ ތަން؛

(ށ) އާންމު ސިޔާސަތުތަކާއި ސްޓްރެޓީޖިކް މިސްރާބުތަކާއި މުހިއްމު އެއްބަސްވުންތަކާއި މުހިއްމު މާލީ ނިންމުންތައް ފަދަ ކަންކަން ނިންމާ ތަން؛

(ނ) ޕަރފޯމަންސް ޖުމްލަ ގޮތެއްގައި މޮނިޓަރކޮށް، ޕަރފޯމަންސްއަށް ރިއާޔަތްކޮށް އެކުލަވައިލެވޭ ސްޓްރެޓީޖިކް ރެކޮމެންޑޭށަންތައް މުރާޖައާކުރާ ތަން.

 

127 ވަނަ މާއްދާ - ނުއުފުލޭ މުދާ

ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، "ނުއުފުލޭ މުދާ" ގެ މާނައިގެ ތެރޭގައި، ނުއުފުލޭ މުދަލަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށްޓަކައި ބޭނުންކޮށްފައިވާ މުދަލާއި، ލައިވްސްޓޮކާއި، އަދި ދަނޑުވެރިކަމަށް ނުވަތަ ފޮރެސްޓްރީއަށް ބޭނުންކުރާ އިކުއިޕްމަންޓާއި ލޭންޑެޑް ޕްރޮޕަޓީއަކާ ގުޅިގެން ގާނޫނެއްގެ ދަށުން ލިބޭ ހައްގުތަކާއި، ވަގުތީގޮތުން ދެވަނަ ފަރާތެއްގެ ނުއުފުލޭ މުދަލަކުން ފައިދާއެއް ލިބިގަތުމުގެ ހައްގާއި، މައުދަން ނުވަތަ އެހެން ނެޗުރަލް ރިސޯސްއެއް ނެގުމުގެ މަސައްކަތާ ގުޅިގެން މުގާބިލެއް ލިބުމުގެ ހައްގު އަދި އެ ފަދަ މަސައްކަތެއް ކުރުމުގެ ހައްގާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހިރާއްޖޭގެ ބަޔަކަށް މުދަލެއް ނުވަތަ ހިިދުމަތެއް ފޯރުކޮށްދިނުމުގެ ލައިސަންސް ނުވަތަ ހުއްދަ ހިމެނެއެވެ. އެހެން ނަމަވެސް، ނުއުފުލޭ މުދަލުގެ މާނައިގެ ތެރޭގައި ކަނޑުބޯޓު އަދި މަތިންދާބޯޓު ނުހިމެނެއެވެ.

 

128 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ހިިދުމަތް

ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށް، އަންނަވި ހާލަތްތަކުގައި ބަލަންވާނީ ހިިދުމަތް ފޯރުކޮށްދިނީ ދިވެހިރާއްޖޭގައިކަމަށެވެ.

(ހ) އެ ހިިދުމަތް ނުވަތަ އެ ހިިދުމަތުން ބައެއް ފޯރުކޮށްދިން ވަގުތު ހިިދުމަތް ފޯރުކޮށްދޭ ފަރާތް ދިވެހިރާއްޖޭގައި ހުރުން؛ ނުވަތަ

(ށ) އެ ހިިދުމަތް ނުވަތަ އެ ހިިދުމަތުން ބައެއް ފޯރުކޮށްދިނީ، ހިިދުމަތް ދޭ ފަރާތުގެ ދިވެހިރާއްޖޭގައި ހުރި މުވައްޒަފެއް ނުވަތަ ދިވެހިރާއްޖޭގައި ހުރި އޭޖެންޓެއް މެދުވެރިކޮށް ކަމަށްވުން.

 

 

ސަތާރަވަނަ ބާބު

މާނަކުރުން

 
129 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު:

(ހ) "އިންޓްރެސްޓް" ގެ މާނައިގެ ތެރޭގައި، ގާނޫނުގެ 79 ވަނަ މާއްދާގެ (ހޅ) ގައި މާނަކޮށްދީފައިވާ ފައިނޭންސް ލީސް ގެ އިންޓްރެސްޓް ހިމެނެއެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށެވެ.

 

 

އަށާރަވަނަ ބާބު

ގަވާއިދަށް އަމަލުކުރުން

 

130 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

131 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، ގަވާއިދު ނަންބަރު 2019-1090 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އުވުނީއެވެ.

 

މި ގަވާއިދަށް ގެެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

އުވުނު ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1090)

 

މައި ގާނޫނު

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު