-

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-84)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 ސެޕްޓެމްބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) އެ ފަރާތެއްގެ ފަންކްށަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ކަމުގައި ވާ ނަމަ، އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ އެމެރިކާ ޑޮލަރެވެ.

(ރ) މި މާއްދާގެ (ނ) ހިނގާނީ، ޓެކްސް އަހަރު 2024 އިން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(-1ރ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރު 2024 އަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާންތައްޔާރުކުރުމަށް، މި މާއްދާގެ (ނ) ރައްދެއް ނުވާނީެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބަޔާން ހުށަހަޅަންޖެހޭ ފަރާތުގެ ފަންކްށަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާންތައް ތައްޔާރުކުރަންވާނީ އެމެރިކާ ޑޮލަރުންނެވެ.

(ރ) މި މާއްދާގެ (ނ) އަށް އަމަލުކުރާނީ 31 އޮކްޓޫބަރު 2024 ގައި ނުވަތަ އެ ތާރީހުގެ ފަހުން ނިމޭ މުއްދަތުތަކަށް ބަޔާން ތައްޔާރުކުރުމުގައެވެ.

(ބ) މި މާއްދާގެ ބޭނުމަށް ކަރަންސީބަދަލުކުރަންވާނީ އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ށާއިއުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީހުގެ އެކްސްޗޭންޖް ރޭޓުގެ %±2 ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 108 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓެކްސް ދައްކަންޖެހޭ ކަރަންސީ 108.

(ހ) އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ ރުފިޔާ ކަމުގައި ވާ ނަމަ، ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް، މީރާއަށް ދައްކަންވާނީ އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

(ށ) އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައި ވާ ނަމަ، ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް، މީރާއަށް ދައްކަންވާނީ އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.

(ނ) މި މާއްދާގެ (ށ) ހިނގާނީ، ޓެކްސް އަހަރު 2024 އިން ފެށިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރު 2024 އަށް ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.

(ބ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ޓެކްސް ދައްކަންޖެހޭ ފަރާތުގެ ފަންކްށަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓެކްސްތައް މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.

(ކ) މި މާއްދާގެ (ޅ) އަށް އަމަލުކުރާނީ، 31 އޮކްޓޫބަރު 2024 ގައި ނުވަތަ އެ ތާރީހުގެ ފަހުން ނިމޭ މުއްދަތުތަކަށް ފައިސާ ދެއްކުމުގައެވެ.

(އ) މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ބ) ގެ ދަށުން އެމެރިކާ ޑޮލަރުން ޓެކްސް ދެއްކުމަށް އިހްތިޔާރުކުރުމުން، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ރުފިޔާއިން އެމެރިކާ ޑޮލަރަށް ބަދަލުކުރަން ޖެހިއްޖެ ނަމަ ބަދަލުކުރާނީ، 15/42 (ފަނަރަ ރުފިޔާ ސާޅީސް ދެ ލާރި) އަށް 1 (އެކެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު