ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ށަރީއަތްކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2025-116)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ނޮވެމްބަރު 2025 ގައި)
ތައާރުފާއި ނަން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ބާރު ލިބިގެން، ކޯޓުތަކުން އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ށަރީއަތްކުރުމާބެހޭ ގަވާއިދު" އެވެ.
ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުން
2 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅުން
(ހ) ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅުމުގައްޔާއި، ކުށުގެ ތުހުމަތުކުރެވޭ މީހުން ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރާނީ، ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށަކަށް ތުހުމަތުކުރެވިގެން ހައްޔަރުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް މީހުން ހާޒިރުކުރާއިރު، ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމާއެކުގައި މި ގަވާއިދުގެ ދަށުން އެ ކޯޓަކުން އާންމުކޮށްފައިވާ މައުލޫމާތު ފޯމު ފުރިހަމަކޮށް، ކޯޓަށް އެ ފޯމު ހުށަހަޅަންވާނެއެވެ.
3 ވަނަ މާއްދާ - ހައްޔަރާއި ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ކުރިޔަށްގެންދާނެ ގޮތް
(ހ) ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި، ތުހުމަތުކުރެވުނު މީހާ ހައްޔަރުކުރެވުނު ގޮތާއި، ހައްޔަރުކުރި ހާލަތާއި ސަބަބުތައް ގާނޫނު ތަންފީޒުކުރާ މުވައްޒަފު ހުށަހަޅައި ނިމުމުން، ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ. އެއަށްފަހު، އޭނާ ހައްޔަރުކޮށްފައިވާ ގޮތާމެދު ފަނޑިޔާރު ގޮތެއް ކަނޑައަޅަންވާނެއެވެ.
(ށ) ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތީން ކަމަށް ވާ ނަމަ، އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގެ ކުރިން ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ. މިގޮތުން ފުރަތަމަ ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންވާނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަށެވެ. އޭގެފަހުން ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ.
4 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން
(ހ) ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ގާނޫނުގެ 58 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ނުވަތަ އެ ކުށުގެ އަމަލުގައި ބައިވެރިވިކަމަށް ބެލެވޭ މިންވަރުގެ ހެކި؛
- ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި އޭގެ މިންވަރު؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތްކުރާނީ އެހިނދަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ހެކިތަކާއި ލިޔެކިޔުންތަކަށް ބެލުމަށްފަހުގައެވެ.
(ނ) ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ފިޔަވައި އެހެން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި، ގާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އެ ކުށަކީ އަނިޔާވެރި ކުށެއް ކަމުގައިވެފައި، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ކުށުގެ ށިކާރައަކަށްވީ ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުސަތު ނުވަތަ މުޖުތަމައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތްތޯ ބެލުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.
- ކުށްކުރުމުގައި އަނިޔާވެރިކަމެއް ހިމެނިފައިވުން؛
- ކުށުގެ ބާވަތާއި ކުށްކޮށްފައިވާ ގޮތާއި ކުށުގެ ކުޑަބޮޑުމިން؛
- ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރިކޯޑު؛
- ތުހުމަތުކުރެވޭ ފަރާތުގެ ހައްޔަރާއި ބަންދު ރިކޯޑު.
(ރ) ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ފިޔަވައި، އެ ނޫން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި، ގާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، އެ ކުށާ ގުޅޭ ހެކި ފޮރުވައިފާނެކަމުގެ ނުވަތަ އެފަދަ މައްސަލައެއްގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމުގެ އިހުތިމާލު ބޮޑުކަމަށް ބެލެވޭނެ ހާލަތްތަކެއް ހުރިތޯ ބެލުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.
- މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރު؛
- ހުށަހެޅިފައިވާ މައްސަލައިގެ ކުރިން ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއްގެ ށަކުވާ ނުވަތަ އެފަދަ ކުށެއްގެ ތުހުމަތު ކުރެވުން؛
- ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފުވެފައިވާކަން ނުވަތަ ނޫންކަން؛
- މުޖުތަމައުގައި ތުހުމަތުކުރެވޭ ފަރާތުގެ މަގާމާއި ބާރާއި ނުފޫޒު އޮތް މިންވަރު؛
- ހެކި ފޮރުވައިފާނެ ކަމަށް ބެލެވޭ އެހެނިހެން ސަބަބުތައް.
(ބ) ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ފިޔަވައި، އެ ނޫން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި، ގާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، އޭނާ ފިލައިފާނޭކަމުގެ އިހުތިމާލު ބޮޑުކަމަށް ބެލެވޭނެ ހާލަތްތަކެއް އޮތްތޯ ބެލުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.
- ތުހުމަތުކުރެވޭ މީހާގެ ފިލައިގެން ގޮސް، އެހެން ގައުމެއްގައި ދިރިއުޅުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު؛
- މީގެ ކުރިން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްފައިވާ މީހެއްކަން ނުވަތަ ނޫންކަން؛
- ތުހުމަތުކުރެވޭ މީހާ ފިލައިގެން ދިޔުމުގެ އިހުތިމާލު ނައްތައިލެވޭނެކަން ނުވަތަ ކުޑަކުރެވޭނެކަން.
ކޯޓު އަމުރު ދޫކުރުން
5 ވަނަ މާއްދާ - ކޯޓު އަމުރު
ގާނޫނުގެ ދަށުން ކޯޓުން ދޫކުރަންޖެހޭ އަމުރުތަކަށް އެދި ހުށަހެޅުމުގައްޔާއި، އަމުރުތައް ދޫކުރުމުގައި، އަމަލުކުރާނީ، ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
6 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ އަމުރު
(ހ) ގާނޫނުގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމުގައި އަމަލުކުރާނީ، ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 44 ވަނަ މާއްދާގެ (ރ) ގެ ދަށުން އަމުރަކަށް އެދި ހުށަހަޅާ ހާލަތުގައި، އެ ހިނދަށް ވެސް ބަލައި ފާސްކުރުން ހިނގަމުންދާ ނަމަ، ބަލައި ފާސްކުރަން ފަށާ ވަގުތުން ފެށިގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އަމުރަށް އެދި ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު، ބަލައި ފާސްކުރަން ފެށި ވަގުތު، ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ބަލައި ފާސްކުރުމުގެ ކޯޓު އަމުރަކަށް އެދި ހުށަހަޅައިފި ނަމަ، އަމުރު ދޫކުރުމާމެދު، ވީ އެންމެ އަވަހަކަށް ފަނޑިޔާރު ގޮތެއް ނިންމަންވާނެއެވެ.
7 ވަނަ މާއްދާ - އިންތިޒާމުވެގެން ހިންގާ ގްރޫޕްތަކުގެ ހަރަކތްތަކުގައި ކުޑަކުދިން ބައިވެރިވުން ހުއްޓުވުމުގެ ނުވަތަ އެފަދަ ހަރަކާތްތަކުން ކުޑަކުދިން ރައްކައްތެރިކުރުމުގެ އަމުރަކަށް އެދުން
(ހ) ގާނޫނުގެ 70 ވަނަ މާއްދާއާއި 71 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖަކާ ދެކޮޅަށް، އަމުރަކަށް އެދި ޕްރޮސިކިއުޓަރ، ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ކުރިން އެފަދަ އަމުރެއް ނެރުމަކީ އެ ހިނދުން އެ ހިނދަށް މުހިންމު ކަމެއް ކަމަށް ވާ ނަމަ، އެ ހުށަހެޅުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ނިންމަންދެން ވަގުތީ އަމުރަކަށް އެދުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކަށް އެދުން
(ހ) ގާނޫނުގެ 8 ވަނަ ބާބުގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ އަމުރު މުރާޖާކޮށްދިނުމަށް އެދި، އަމުރު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
(ނ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
ކުށްކުށާ ގުޅުންހުރި މުދަލާއި ފައިސާ
9 ވަނަ މާއްދާ - ކުންކުާ ގުޅުންހުރި މުދަލާއި ފައިސާ ހިފެހެއްޓުމާއި މުއާމަލާތުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދުން
(ހ) ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގާނޫނުގެ 3 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތަހުގީގު މަރުހަލާގައި ނުވަތަ އެފަދަ ކުށަކާ ގުޅޭ ދައުވާއެއް ކޯޓުގައި ކުރިޔަށްދާ މަރުހަލާގައި އެއިން ކުށަކާ ގުޅިފައިވާ ފައިސާއިން ނުވަތަ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމުގެ ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާނީ އިހްތިސާސް ލިބިގެންވާ ދަށު މަރުހަލާގެ ކޯޓަކަށެވެ.
(ށ) މި މާއްދާގެ (ހ) ދަށުން އަމުރަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާނީ، މި ގަވާއިދުގެ ދަށުން އެ ކޯޓަކުން އާންމުކޮށްފައިވާ ފޯމުންނެވެ.
(ނ) މި މާއްދާގެ ދަށުން އަމުރަކަށް އެދި ކޯޓަށް ހުށަހަޅާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
10 ވަނަ މާއްދާ - ހިފަހައްޓާ މުދަލާއި ފައިސާ ބަލަހައްޓާނެ ގޮތެއް ކަނޑައެޅުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓު އަމުރުގައި، ހިފަހައްޓައިފައިވާ ނުވަތަ މުއާމަލާތުކުރުން ހުއްޓުވައިފައިވާ ފައިސާ ނުވަތަ މުދާ ބަލަހައްޓަމުން ގެންދަންވާނީ އަދި ފައިސާއާމެދު ނުވަތަ މުދަލާމެދު އަމަލުކުރަންވާނީ ގަވާއިދު ނަންބަރު 2025/R-92 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޯޓު އަމުރު އޮންނަންވާނީ މި ގަވާއިދުގެ ދަށުން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށެވެ.
11 ވަނަ މާއްދާ - އަމުރު މުރާޖައާކުރުމާއި އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރު މުރާޖައާކޮށްދިނުމަށް ނުވަތަ އަމުރު ނިމުމަކަށް ގެނައުމަށް އެދި އެ އަމުރެއް ނެރުނު ކޯޓަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އެ އަމުރު ރައްދުވި ފަރާތަށް ނުވަތަ މުދަލުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ކޯޓުން ނެރެފައިވާ އަމުރު މުރާޖައާކުރުމަށް ނުވަތަ އަމުރު ނިމުމަކަށް ގެނައުމަށް ޓަކައި ހުށަހަޅާނީ މި ގަވާއިދުގެ ދަށުން އެ ކޯޓަކުން އާންމުކޮށްފައިވާ ފޯމުންނެވެ.
(ނ) ފައިސާއާއި މުދަލުން މުއާމަލާތުކުރުން ހިފެހެއްޓުމަށް ކޯޓުން ނެރުނު އަމުރު މުރާޖައާކުރުމަށް އެދި ހުށަހެޅުމުން ނުވަތަ އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅުމުން އެ އަމުރު މުރާޖައާކޮށް ގޮތެއް ނިންމާނީ އެ އަމުރެއް ނެރުނު ފަނޑިޔާރެކެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އަމުރު މުރާޖައާކުރުމަށް ނުވަތަ އަމުރު ނިމުމަކަށް ގެނައުމަށް ހުށަހެޅިއިރު އަމުރު ނެރުނު ފަނޑިޔާރު ރަސްމީ ދުވަހު މަސައްކަތުގައި ނެތް ނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ އެ ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އެ ވަގުތު ކޯޓާ ހަވާލުވެހުރި ފަނޑިޔާރު ނުވަތަ ކޯޓުގެ އެ ސެކްށަނަކާ ހަވާލުވެހުރި ފަނޑިޔާރެކެވެ.
(ބ) މި މާއްދާގައިވާ ގޮތުގެ މަތީން ށަރީއަތުގެ މަރުހަލާގައި އަމުރު މުރާޖައާކުރުމާއި އަމުރު ނިމުމަކަށް ގެނައުމާމެދު ގޮތެއް ނިންމާނީ އެ މައްސަލަ ބަލާ ފަނޑިޔާރެކެވެ.
(ޅ) ފައިސާއާއި މުދަލުން މުއާމަލާތުކުރުން ހިފެހެއްޓުމަށް ކޯޓުން ނެރުނު އަމުރު މުރާޖައާކުރުމަށް ނުވަތަ ނިމުމަކަށް ގެނައުމަށް ކޯޓުން ނެރޭ އަމުރު އޮންނަންވާނީ މި ގަވާއިދުގެ ދަށުން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށެވެ.
12 ވަނަ މާއްދާ - ކުށް ސާބިތުވުމާ ގުޅިގެން ދައުވާ ހުށަހެޅުން
(ހ) ގާނޫނުގެ 53 ވަނަ މާއްދާގެ ބޭނުމަށް ގާނޫނުގެ 3 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅޭ ދައުވާ ކޯޓަށް ހުށަހަޅާއިރު، ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާ އެ މައްސަލައެއްގެ ތެރެއިން ދައުލަތަށް ނަގައިދިނުމަށް އެދޭ ނަމަ އެ މުދަލަކާއި ފައިސާގެ ތަފުސީލު ދައުވާ ފޯމާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) ގާނޫނުގެ 3 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ހާލަތުގައި، އެ މައްސަލައެއްގެ ހުކުމްކުރުމާ އެކުއެކީގައި، ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދާ ދައުލަތަށް ނެގުމަށް ހުކުމްކުރި ފަނޑިޔާރު އަމުރެއް ނެރެންވާނެއެވެ.
(ނ) ކުށްކޮށްގެން ހޯދާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ނެރޭ އަމުރު އޮންނަންވާނީ މި ގަވާއިދުގެ ދަށުން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށެވެ.
13 ވަނަ މާއްދާ - އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅުން
ކުށްކޮށްގެން ހޯދާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ނެރެފައިވާ އަމުރު ނިމުމަކަށް ގެނައުމަށްޓަކައި، ގާނޫނުގެ 53 ވަނަ މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާނީ މި ގަވާއިދުގެ ދަށުން އެ ކޯޓަކުން އާންމުކޮށްފައިވާ ފޯމުންނެވެ.
އާންމު މާއްދާތައް
14 ވަނަ މާއްދާ - ނުހައްގުން ހޯދައިފައިވާ މުއްސަނދިކަމެއް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުން
ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މީހަކު ހޯދައިފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދައިފައިވާ މުއްސަނދިކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
15 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުން
(ހ) ގާނޫނުގެ 63 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފައިވާ ނިންމުން ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
16 ވަނަ މާއްދާ - ކްލެސިފައިޑް އިންޓެލިޖެންސްކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުން
ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން، ކްލެސިފައިޑް އިންޓެލިޖެންސްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، އެ ކޯޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
17 ވަނަ މާއްދާ - ތަހުގީގަށް ދީފައިވާ ބަޔާން ބަލައިގަތުން
ގާނޫނުގެ 62 ވަނަ މާއްދާގެ ބޭނުމަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ މީހަކު ތަހުގީގަށް ދީފައިވާ ބަޔާން ބަލައިގަތުން ތަހުގީގަށް ދީފައިވާ އިންޓަވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގއާއި ތަހުގީގަށް ދީފައިވާ ބަޔާން އަކުރުން އަކުރަށް ލިއެފައިވާ ޓްރާންސްކްރިޕްޓް ށަރީއަތަށް ހުށަހެޅުމަށް އެންގުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ގަވާއިދަށް އިސްކަން ދިނުން
އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގައި އެ އިޖުރާތުތައް ބަޔާންކޮށްފައިވާ އެންމެހައި ކަންކަމުގައި އަމަލުކުރަންވާނީ މި ގަވާއިދަށެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ އެންމެހައި ކަންކަމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ށަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
19 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ވަކި ހާއްސަ ގާނޫނަކަށް ނިސްބަތްނުވާ ގޮތަށް "ގާނޫނު" މި ފަދައިން ބަޔާންކޮށްފައި އެވަނީ ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) އަށެވެ.
20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު