-

ޕްރައިވެޓް ކުންފުނީގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-99)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮކްޓޫބަރު 2024 ގައި)

 

އެއްވަނަ ބާބު 
ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މި ގަވާއިދަކާ، ޕްރައިވެޓް ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި،އުވައިލުމުގެ ހަމަތަކާއި، ޕްރައިވެޓް ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެ ނޫން ވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށް، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 247 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޕްރައިވެޓް ކުންފުނީގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މަގުސަދަކާ، ޕްރައިވެޓް ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވައިލުމާ ގުޅޭ ގޮތުން، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ގުޅިގެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާނެ އިދާރާ 

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިންގާނީ ރަޖިސްޓްރާރއެވެ.

 

 

ދެވަނަ ބާބު

ޕްރައިވެޓް ކުންފުނި

 

4 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނި 

ޕްރައިވެޓް ކުންފުންޏަކާ، ޕަބްލިކް ކުންފުންޏަކަށް ނުވާ، އެކަކު ނުވަތަ އެއަށްވުރެ ގިނަ ފަރާތްތައް އެކުވެގެން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އުފައްދައި، ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏެކެވެ.

 

5 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ ސިފަތައް 

ޕްރައިވެޓް ކުންފުންޏަކާ، އަންނަނިވި ސިފަތައް ފުރިހަމަވެފައިވާ ކޮންމެ ކުންފުންޏެކެވެ.

(ހ) ކުންފުނީގެ ހިއްސާގެ ރައުސްމާލު ކަނޑައެޅިފައިވާ، އަދި 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އެކުލެވޭ؛ އަދި 

(ށ) ކުންފުނީގެ މެންބަރުންގެ ގޮތުގައި މަދުވެގެން 1 (އެކެއް)، އަދި 50 (ފަންސާސް) އަށްވުރެ ގިނަނުވާނޭހެން މެންބަރުންގެ އަދަދު ކަނޑައެޅިފައިވާ؛ އަދި

(ނ) ކުންފުނީގެ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ޑިރެކްޓަރުން ހިމެނޭ؛ އަދި

(ރ) ކުންފުންޏަކާ، ޕްރައިވެޓް ކުންފުންޏެއްކަމަށާއި، ކުންފުނީގެ ހިއްސާ އާންމުންނަށް ނުވިއްކޭނޭކަމަށް ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅައިފައިވާ ކުންފުނި.

 

6 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ މެންބަރުން

ގާނޫނަކުން މަނާނުކުރާހައި ހިނދަކު، އަދި ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތީން، ޕްރައިވެޓް ކުންފުންޏެއްގެ މެންބަރަކަށް ވެވޭނީ އަންނަނިވި ފަރާތްތަކަށެވެ. 

(ހ) ފަރުދުން.

(ށ) ސަރުކާރު،

(ނ) ގާނޫނީ ށަހްސު، (އެއީ ކުންފުންޏެއްކަމަށް ވީނަމަވެސް، ނުވަތަ ޕާޓްނަރށިޕެއްކަމަށް ވީނަމަވެސް، ނުވަތަ ދައުލަތުގެ މުއައްސަސާއެއްކަމަށް ވީނަމަވެސް، ނުވަތަ ލޯކަލް ކައުންސިލެއްކަމަށް ވީނަމަވެސް، ނުވަތަ ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ ޖަމުއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށްވީނަމަވެސް، ނުވަތަ އެހެން ގައުމެއްގެ ކަމާބެހޭ ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓްރަސްޓް، ފައުންޑޭށަން ފަދަ، ގާނޫނީ ށަހްސެއް ކަމުގައިވީނަމަވެސްމެއެވެ.)

 

7 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވުން

ޕްރައިވެޓް ކުންފުންޏެއްގެ މެންބަރުން ދަރަންޏަށް ޒިންމާވާންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެ، އެ މެންބަރަކަށް ކުންފުނިން އެކަށައަޅައިފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް، އެ ކުންފުންޏަށް ނުދައްކާ އޮތް ނަމަ، އެ މިންވަރަކަށެވެ.

 

 

ތިންވަނަ ބާބު

ޕްރައިވެޓް ކުންފުނި ރަޖިސްޓަރީކުރުން 

 

8 ވަނަ މާއްދާ - ރަޖިސްޓަރީކުރުން ލާޒިމުވުން

ޕްރައިވެޓް ކުންފުންޏެއް އުފެއްދޭނީ، ކުންފުނީގެ ހިއްސާ ނެގުމަށް އެއްބަސްވެފައިވާ މެންބަރުން، ކުންފުނީގެ އަސާސީ ގަވާއިދު އެކުލަވައިލައި ތަސްދީގުކޮށް، ގާނޫނާއި މި ގަވާއިދުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، ކުންފުނި ރަޖިސްޓަރީކުރަން ހުށަހަޅައި ރަޖިސްޓަރީކުރުމުންނެވެ.

 

9 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން 

(ހ) ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ޓަކައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) ޕްރައިވެޓް ކުންފުނި ރަޖިސްޓަރީކުރުމަށް ޓަކައި، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޒަރވްކޮށްފައިވާ ނަން؛
  2. ކުންފުނީގެ ބާވަތް؛
  3. ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ، ދިވެހިރާއްޖޭގެ އެޑްރެސް؛
  4. ކުންފުނީގެ ރައުސްމާލުގެ އަދަދާއި، ހިއްސާގެ އަދަދާއި، ހިއްސާ ބެހިފައިވާ ގޮތާއި، ކޮންމެ މެންބަރަކު ނެގުމަށް އެއްބަސްވެފައިވާ ހިއްސާގެ އަދަދާއި ނިސްބަތް؛
  5. މި ގަވާއިދުގެ ފަސްވަނަ ބާބުގައި ހިމެނޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތީންއެކުލަވައިލައިފައިވާ އަދި ކުންފުނީގެ ހިއްސާ ނެގުމަށް އެއްބަސްވެފައިވާ މެންބަރުން ސޮއިކޮށް، އެ މެންބަރުން ތަސްދީގުކޮށްފައިވާ، ކުންފުނީގެ ދުސްތޫރު؛
  6. ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މޯބައިލް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސަރވިސް އެޑްރެހާއި، އީމެއިލް އެޑްރެސް؛
  7. ކުންފުނި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތަކާ، ދިވެހި ރައްޔިތެއް ކަމުގައި ވާ ނަމަ، ރަޖިސްޓަރީކުރުމަށް ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕ،ީ އަދި ބިދޭސީ ފަރާތެއް ނަމަ ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތުގެޕާސްޕޯޓުގެ ކޮޕީ؛ 
  8. ކުންފުނީގެ ހިންގާ ގަވާއިދަކާ، ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ނަމޫނާ ހިންގާ ގަވާއިދު ކަމުގައި ނުވާ ނަމަ، ގާނޫނުގެ 228 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް؛
  9. ކުންފުނީގެ މެންބަރަކީ ފަރުދެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ނަންބަރާއި، މޯބައިލް ފޯނު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސަރވިސް އެޑްރެހާއި، އީމެއިލް އެޑްރެސް؛
  10. ކުންފުނީގެ މެންބަރަކީ ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތެއްގެ، މެންބަރުންގެ މައުލޫމާތު އެނގޭނޭ ލިޔުމެއް ނުވަތަ ރަޖިސްޓްރާރ ގަބޫލުކުރާ އެހެން ލިޔެކިޔުމެއް؛
  11. ކުންފުނީގެ ސަރވިސް އެޑްރެހެއް ގާއިމުކޮށްފައިވާ ނަމަ، ސަރވިސް އެޑްރެހުގެ މައުލޫމާތު؛
  12. ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެގާނޫނު) ގެ ދަށުން، ވިޔަފާރި ގިންތިކުރުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު؛
  13. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގައި ރަޖިސްޓަރީކުރުމަށް ބޭނުންވާ މައުލޫމާތު؛
  14. ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ މީހެއް ނޫންކަން ބަޔާންކޮށް ހުށަހަޅ،ާޑިރެކްޓަރުންގެ އިގްރާރު، 

(ނ) ކުންފުނި ރަޖިސްޓަރީކުރުމަށް ޓަކައި ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ކުންފުނި ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ވެވޭ އިގްރާރު ފުރިހަމަކުރުން؛
  2. ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ރަޖިސްޓަރީ ފީ ދެއްކުން؛
  3. ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް، ރަޖިސްޓަރީކުރުމަށް ހުށަހަޅާ ކުންފުނީގެ މަގުސަދުތައް ކުންފުނީގެ އަސާސީ ގަވާއިދުގައި ހަނިކޮށްފައިވޭތޯ ނުވަތަ ނޫންތޯ (limited/unlimited) އިހްތިޔާރުކުރުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުނި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ހުށަހަޅާ ފޯމުގައިވާ މައުލޫމާތުތައް ނުވަތަ ހުށަހަޅާ ލިޔެކިޔުންތައް ފުރިހަމަނޫންކަމަށް ރަޖިސްޓްރާރއަށް ފެނިއްޖެ ހިނދެއްގައި، އެ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަބަބަކާ ހުރ،ެ އެއްވެސް ފޯމެއް ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމައިފި ނަމަ، އެ ނިންމުން ރަޖިސްޓްރާރ ނިންމި ތާރީހުން ފެށިގެން، އެންމެ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަކުރުމަށް ރަޖިސްޓްރާރ އެންގުން 

(ހ) އަންނަނިވި ހާލަތްތަކުގައި، ކުންފުނި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ މައުލޫމާތު ފުރިހަމަނުވާކަމަށް ނިންމައި، ފޯމު ހުށަހެޅި ފަރާތަށް ރަޖިސްޓްރާރ އެކަންއަންގަންވާނެއެވެ.

  1. ރިޒަރވްކޮށްފައިވާ ނަމުގެ މުއްދަތު ހަމަވެފައިވުން؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވުން؛
  3. ރަޖިސްޓްރޭށަނަށް ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވުން؛
  4. ހުށަހަޅައިފައިވާ ލިޔެކިޔުންތަކަކާ، ސާފުކޮށް ކިޔަން އެނގޭނޭ ފަދަ ލިޔެކިޔުންތަކެއް ކަމުގައި ނުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެންގުމެއް އަންގައިފި ނަމަ، 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ކަމެއް އިސްލާހުކޮށް، އަލުން ރަޖިސްޓްރާރއަށް ފޯމު ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އިސްލާހުކޮށް ހުށަނާޅައިފި ނަމަ، އެ އެޕްލިކޭށަނަކީ ފުރިހަމަނުވާ އެޕްލިކޭށަނެއްގެ ގޮތުގައި ސިސްޓަމުގައި ރިކޯޑުކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - މައުލޫމާތަށް އަންނަ ބަދަލު ރަޖިސްޓްރާރއަށް އެންގުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރާއި (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރާއި (12) ވަނަ ނަންބަރާއި (13) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތު ތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް ގެންނަ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުންފުނިން ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުންފުނިން ހުށަހަޅައިފައި ނުވާ ނަމަ، އެ ފަރާތަކުން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތަކާ މެދު، މި ގަވާއިދުގެ ސައުވީ ސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

12 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނި ރަޖިސްޓަރީކޮށްދިނުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރައިވެޓް ކުންފުންޏެއް އުފައްދައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާ ރއަށް ހުށަހެޅުމުން، މި ގަވާއިދުގައި ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާ ނަމަ، އެ ކުންފުންޏެއް ރަޖިސްޓަރީކޮށް، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާދަފުތަރުގައި ހިމަނަންވާނެއެވެ. 

 

13 ވަނަ މާއްދާ - ރަޖިސްޓަރީ ސެޓުފިކެޓު 

(ހ) ޕްރައިވެޓް ކުންފުނި ރަޖިސްޓަރީކުރާ ތާރީހުގައި، ރަޖިސްޓްރާރގެ ނަމާއި، ރަސްމީ ސިއްކަ ހިމެނޭ ސެޓުފިކެޓެއް ކުންފުންޏަށް ދޫކުރަންވާނެއެވެ.

(ށ) ކުންފުނީގެ ރަޖިސްޓަރީ ސެޓުފިކެޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކުންފުނީގެ ނަން؛
  2. ކުންފުނީގެ ރަޖިސްޓަރީ ނަންބަރު؛
  3. ކުންފުނީގެ ބާވަތް؛
  4. ކުންފުނި ރަޖިސްޓަރީކުރެވުނު ތާރީހު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓަކާ، ކުންފުންޏެއް އުފައްދައި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާކަން ބަޔާންކުރާ އަންނަނިވި ކަންކަން ސާބިތުކޮށްދޭ ހެއްކެކެވެ.

  1. ޕްރައިވެޓް ކުންފުނި ރަޖިސްޓަރީކުރުމާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވާކަން؛
  2. ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނި ރަޖިސްޓަރީކޮށްފައިވާކަން؛
  3. ކުންފުނި ރަޖިސްޓަރީކޮށްފައިވަނީ، ސެޓުފިކެޓުގައި ކުންފުނި ރަޖިސްޓަރީކޮށްފައިވާ ތާރީހުކަމަށް ބަޔާންކޮށްފައިވާ ތާރީހުގައިކަން.

 

14 ވަނަ މާއްދާ - ރަޖިސްޓަރީވުމުގެ ނަތީޖާ 

ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން އަންނަނިވި ކަންކަން ފުރިހަމަވީކަމުގައި ބެލެވޭނެއެވެ.

(ހ) ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ ރަޖިސްޓަރީ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ ނަމުގައި، އެ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ގާނޫނީ ށަހްސެއްގެ ގޮތުގައި އެ ކުންފުންޏެއް ވެގެންދިޔުން.

(ށ) ކުންފުނީގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ އެންމެހައި ބާރާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އުފުލުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބުން.

(ނ) މި ގަވާއިދުގެ ނަވާރަވަނަ ބާބުގައި ހިމެނޭ މާއްދާތަކާ ހިލާފުނުވާނެ ގޮތެއްގެ މަތީން،ކުންފުނި އުވުމެއްނެތި ދެމިއޮތުމުގެ ހައްގު ކުންފުންޏަށް ލިބުން.

(ރ) ކުންފުނީގެ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބުން.

(ބ) ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން، އުފުލޭ މުދަލާއި ނޫފުލޭ މުދާ ލިބިގަތުމުގެ ބާރު ކުންފުންޏަށް ލިބިގެންވުން.

(ޅ) ކުންފުނީގެ އެންމެހައި އާމްދަނީއާއި މުދަލުގެ ވެރިފަރާތްކަމުގައި އެ ކުންފުނި ކަނޑައެޅިގެންދިޔުން.

(ކ) ކުންފުނީގެ ދުސްތޫރު ހުއްދަކުރާ ގޮތެއްގެ މަތީން، ކުންފުނީގެ މެންބަރުންނަށް ކުންފުނީގެ ފައިދާގައި ބައިވެރިވުމުގެ ހައްގު ލިބުން.

 

 

ހަތަރު ވަނަ ބާބު

ކުންފުނީގެ ބާވަތް ބަދަލުކުރުން 

 

15 ވަނަ މާއްދާ - ްރައިވެޓް ކުންފުންޏެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުން

(ހ) ޕްރައިވެޓް ކުންފުންޏެއް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށް ރަޖިސްޓަރީކުރެވޭނީ، އެ ބަދަލު ގެނައުމަށް ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ފާސްކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހެޅުމަށްފަހު، ޕަބްލިކް ކުންފުނީގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ކުންފުންޏެއް ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ބާވަތަށް ގެނެވުނު ބަދަލު ރަޖިސްޓަރީކުރުމަށް، އެ ބަދަލެއް ގެނައުމަށް ކުންފުނިން ނިންމާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. މި ގޮތުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ އަންނަނިވި ލިޔެކިޔުންތަކާއެކު ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ފުރިހަމަކުރާ ފޯމަކުންނެވެ.

  1.  ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށް،އެ ކުންފުނީގެ މެންބަރުން ފާސްކޮށްފައިވާ ހާއްސަ ގަރާރު؛
  2. ޕްރައިވެޓް ކުންފުންޏެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށް ޓަކައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ ދުސްތޫރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ކުންފުނީގެ މެންބަރުން ފާސްކޮށްފައިވާ ދުސްތޫރު؛
  3. މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމަނައިފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓ.ް

(ނ) ޕްރައިވެޓް ކުންފުންޏެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅާއިރު، ގާނޫނުގައި ބަޔާންކޮށްފައިވާ އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ކުންފުނީގެ ސެކްރެޓަރީއެއް، ގާނޫނުގެ 145 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުން؛
  2. މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުންފުނީގެ ރަޖިސްޓަރީ ފީ ދެއްކުން؛
  3. މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު ބަދަލުކުރާ ކުރުން ރަޖިސްޓަރީކުރުމަށް ދައްކަންޖެހޭ ފީ ދެއްކުން.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން، ޕްރައިވެޓް ކުންފުންޏެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހެޅުމުން، ޕަބްލިކް ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާ ނަމަ،އެ ކުންފުންޏެއް ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެ ކުންފުންޏަކަށް ރަޖިސްޓަރީ ސެޓުފިކެޓެއް، ރަޖިސްޓަރީކުރާ ތާރީހުގައި ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. އެގޮތުން ދޫކުރާ ސެޓުފިކެޓުގައި، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެ ކުންފުންޏަކާ، ޕްރައިވެޓް ކުންފުންޏެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުން، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުނު ކުންފުންޏެއްކަން؛
  2.  ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރި ތާރީހު؛
  3. ކުންފުނީގެ ބާވަތް ބަދަލުކުރުމުގެ ސަބަބުން، ގާނޫނުގެ 67 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ ހައިސިއްޔަތާއި ބާވަތް އަންގައިދޭ ރަމްޒު ބަދަލުވެފައިވާ ނަމަ، އެކަން.

 

16 ވަނަ މާއްދާ - ކުންފުނީގެ ބާވަތް ބަދަލުވުމުން ނުކުންނަ ނަތީޖާ 

މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުންފުންޏެއް އެއްބާވަތުން އަނެއް ބާވަތަށް ބަދަލުވުމުން، އެ ކުންފުންޏެއްގެ ހައްގަކަށް ނުވަތަ އިލްތިޒާމަކަށް ނުވަތަ އެ ކުންފުންޏަކުން ކުރާ ނުވަތަ ކޮށްފައިވާ މުއާމަލާތަކަށް ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ނުވަތަ ކޮށްފައިވާ ދައުވާއަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

 

 

ފަސް ވަނަ ބާބު

ކުންފުނީގެ ދުސްތޫރު

 

17 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރު

ކުންފުނީގެ ދުސްތޫރަކާ، މި ބާބުގައި ބަޔާންކޮށްފައިވާ، އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދެވެ.

 

18 ވަނަ މާއްދާ - އަސާސީ ގަވާއިދު

ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި ވެސް އަސާސީ ގަވާއިދެއް އޮންނަންވާނެއެވެ.

 

19 ވަނަ މާއްދާ - އަސާސީ ގަވާއިދުގައި ހިމަނަންޖެހޭ މައުލޫމާތު

ޕްރައިވެޓް ކުންފުނީގެ އަސާސީ ގަވާއިދުގައި އަންނަނިވި މައުލޫމާތުތައް ބަޔާންކުރަންވާނެއެވެ.

(ހ) ކުންފުނީގެ ނަން.

(ށ) ކުންފުނި ރަޖިސްޓަރީކޮށްފައިވާ އެޑްރެސް.

(ނ) ކުންފުނީގެ ބާވަތް.

(ރ) ކުންފުނި ރަޖިސްޓަރީކުރާއިރު، ކުންފުނީގެ ހިއްސާގެ ރައުސްމާލު އެކުލެވިގެންވާ ގޮތާއި، ހިއްސާގެ އަދަދާއި، އެކި ގިންތިތަކުގެ ހިއްސާ ހިމެނޭ ނަމަ، އެ މައުލޫމާތ.ު

(ބ) ކުންފުނި ރަޖިސްޓަރީކުރާއިރު، ކުންފުނީގެ މެންބަރުންގެ ގޮތުގައި ހިއްސާ އެކަށައަޅައިފައިވާ މެންބަރުންގެ މައުލޫމާތާއި، ކޮންމެ މެންބަރަކަށް އެކަށައަޅައިފައިވާ ނުވަތަ ކޮންމެ މެންބަރަކު ނަގަން އެއްބަސްވެފައިވާ ހިއްސާގެ އަދަދާއި ނިސްބަތް.

(ޅ) މެންބަރުން ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު،

(ކ) އެ ކުންފުނީގެ ހިންގާ ގަވާއިދަކާ، ރަޖިސްޓްރާރ އެކުލަވައިލައިފައިވާ ނަމޫނާ ހިންގާ ގަވާއިދުކަމަށް އެ ކުންފުނިން ކަނޑައަޅައިފައިވާ ނަމަ، އެކަން.

(އ) ކުންފުނީގެ މަގުސަދުތަކުގެ ގޮތުގައި ވަކި ކަންތައްތަކެއް ކަނޑައެޅުމަށް އިހްތިޔާރުކޮށްފައިވާ ނަމަ، އެ މަގުސަދުތައް.

 

20 ވަނަ މާއްދާ - ކުންފުނީގެ މަގުސަ ދުތައް 

(ހ) ކުންފުނީގެ އަސާސީ ގަވާއިދުގައި އެ ކުންފުނީގެ މަގުސަދުތަކުގެ ގޮތުގައި ވަކި ކަންތައްތަކެއް ބަޔާންކޮށްފައިނުވާހައި ހިނދަކު ނުވަތަ ވަކި މަގުސަދުތަކެއް މަނާކޮށްފައި ނުވާހައި ހިނދަކު، ކުންފުނީގެ މަގުސަދުތަކުގެ ގޮތުގައި ގާނޫނު މަނާނުކުރާ ކޮންމެ ކަމެއް ކުރުމަށް ހުއްދަ ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުނީގެ މަގުސަދުތަކުގެ ގޮތުގައި ވަކި ކަންތައްތަކެއް ކުންފުނީގެ އަސާސީ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރުމުގެ އިހްތިޔާރު ކޮންމެ ކުންފުންޏަކަށް ވެސް ލިބިގެންވެއެވެ.

(ނ) ކުންފުނީގެ މަގުސަދުތަކުގެ ގޮތުގައި އެ ކުންފުނީގެ އަސާސީ ގަވާއިދުގައި ވަކި ކަންތައްތަކެއް ބަޔާންކޮށްފައިވާ ނަމަ، ކުންފުނީގެ މަގުސަދުތައް ބަދަލުކުރެވޭނީ، މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

21 ވަނަ މާއްދާ - އަސާސީ ގަވާއިދަށް ބަދަލު ގެނައުން

ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުންފުނީގެ އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން އަސާސީ ގަވާއިދަށް ބަދަލެއް ގެނައުމަށް ހުއްދަކުރާ ގޮތެއްގެ މަތީންނެވެ.

 

22 ވަނަ މާއްދާ - ހިންގާ ގަވާއިދު

(ހ) މި ބާބުގެ މާއްދާތަކާ ހިލާފުނުވާނެ ގޮތެއްގެ މަތީން، ކޮންމެ ކުންފުންޏެއްގައި ވެސް ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ.މިގޮތުން؛

  1. ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރާއިރު، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދަކީ މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތުން އެކުލަވައިލައިފައިވާ ހިންގާ ގަވާއިދުކަމަށް އެ ކުންފުންޏަށް އިހްތިޔާރު ކުރެވިދާނެއެވެ.
  2. ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރާއިރު ނުވަތަ ރަޖިސްޓަރީކުރުމަށްފަހު ނަމަވެސް، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދަކާ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ނަމޫނާ ހިންގާ ގަވާއިދުކަމަށް އެ ކުންފުންޏަކުން ކަނޑައަޅައި އިހްތިޔާރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަނޑައެޅުމެއް ކުންފުނިން ކަނޑައެޅޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކުންފުނި ރަޖިސްޓަރީކުރާއިރު، އެ ކުންފުނީގެ ހިންގާ ގަވާއިދަކާ،މި މާއްދާގައި ބަޔާންކޮށްފައިވާ ނަމޫނާ ހިންގާ ގަވާއިދުކަމަށް ކުންފުނީގެ އަސާސީ ގަވާއިދުގައި ލިޔެ ކަނޑައެޅުމުން؛ ނުވަތަ
  2. ކުންފުނި ރަޖިސްޓަރީކުރުމަށްފަހު، އެއްވެސް ވަގުތެއްގައި، އެ ކުންފުނީގެ ހިންގާ ގަވާއިދަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ނަމޫނާ ހިންގާ ގަވާއިދުކަމަށް ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ކަނޑައަޅައި، ރަޖިސްޓްރާރއަށް ހުށަހެޅުމުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މެންބަރުންގެ ހާއްސަ ގަރާރު ފާސްކޮށްފައިވާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. އަދި މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު ބަދަލުކުރާ ކުރުން ރަޖިސްޓަރީކުރުމަށް ދައްކަންޖެހޭ ފީ ދައްކަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅައިފައިވާ ކުންފުންޏަކުން، ކޮންމެ ވަގުތެއްގައި ވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާއިހްތިޔާރުކުރުން ދޫކޮށްލައި، އެ ކުންފުނީގެ އަމިއްލަ ހިންގާ ގަވާއިދެއް އެކުލަވައިލުމަށް ކުންފުންޏަށް ނިންމިދާނެއެވެ. ކުންފުންޏަކަށް އެފަދައިން ނިންމޭނީ، ކުންފުނިން އެ ކަނޑައެޅުން އުވައިލައި، އެ ކުންފުނީގެ އަމިއްލަ ހިންގާ ގަވާއިދެއް އެކުލަވައިލުމަށް ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމައި،މި ގަވާއިދުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ ހިންގާ ގަވާއިދު އެކުލަވައިލައި، އެކަން ރަޖިސްޓްރާރއަށް ހުށަހަޅައި ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކުރުމުން، އެ ތާރީހަކުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - ހިންގާ ގަވާއިދުގައި ހިމަނަންޖެހޭ މައުލޫމާތު

ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރާއިރު ނުވަތަ ރަޖިސްޓަރީކުރުމަށް ފަހުގައި ނަމަވެސް، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދަކީ ރަޖިސްޓްރާރ އެކުލަވައިލައި އާންމުކޮށްފައިވާ ޕްރައިވެޓް ކުންފުނީގެ ނަމޫނާ ހިންގާ ގަވާއިދުކަމަށް އެ ކުންފުންޏަކުން ކަނޑައަޅައި އިހްތިޔާރުކޮށްފައިވާ ޕްރައިވެޓް ކުންފުނިތައް ފިޔަވައި، އެހެންކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި، އަންނަނިވި މައުލޫމާތުތައް ބަޔާންކުރަންވާނެއެވެ.

(ހ) ކުންފުނީގެ ހިއްސާއާއި ބޮންޑު ހިމެނޭގޮތުން، ރަޖިސްޓަރީކޮށްފައިވާ ސެކިއުރިޓީޒް، އެ ކުންފުނިން އާންމުންނަށް ނުވިއްކޭނެކަން.

(ށ) ކުންފުނީގެ މެންބަރުންގެ އަދަދު 50 (ފަންސާސް) އަށްވުރެ އިތުރުވެގެން ނުވާނެކަން.

(ނ) ކުންފުނީގެ މެންބަރުންގެ ބައްދަލުވުން ބާއްވާނެ ގޮތާއި، ބައްދަލުވުމުގެ ނޯޓިސް މެންބަރުންނަށް ދޭންޖެހޭނެ ގޮތާއި، އެ ބައްދަލުވުންތަކުގައި ވޯޓުލާނެ ގޮތާއި،ނިންމުންތައް ނިންމާނެ ގޮތާއި، ގަރާރު ފާސްކުރާނެ ގޮތް.

(ރ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާއި، ޑިރެކްޓަރުން އައްޔަނުކުރާނެނުވަތަ އިންތިހާބުކުރާނެ ގޮތާއި، ޑިރެކްޓަރުން ވަކިކުރާނެ ގޮތާއި، ޑިރެކްޓަރުންގެ ބައްދަލުވުން ބާއްވާނެ ގޮތް.

(ބ) ކުންފުނީގެ ޑިރެކްޓަރުންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް.

(ޅ) ކުންފުނީގެ ފައިދާ ބެހުމުގައި އަމަލުކުރާނެ ގޮތް.

(ކ) ކުންފުނީގެ މާލީ ހިސާބުތަކާއި މާލީ ރިކޯޑުތައް ބަލަހައްޓާނެ ގޮތް.

(އ) ކުންފުނީގެ އޮޑިޓަރު އައްޔަނުކުރާނެ ގޮތާއި، އޮޑިޓަރު ވަކިކުރާނެ ގޮތާއި، އޮޑިޓަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް.

(ވ) ކުންފުނި އުވައިލެވޭނެ ގޮތް.

(މ) ކުންފުންޏަށް ޑިބެންޗަރ މެދުވެރިކޮށް ފައިސާ ހޯދޭނެކަން ނުވަތަ ނޫންކަން.

 

24 ވަނަ މާއްދާ - ހިންގާ ގަވާއިދަށް ބަދަލު ގެނައުން

ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ހިންގާ ގަވާއިދަށް ބަދަލެއް ގެނައުމަށް ހުއްދަކުރާ ގޮތެއްގެ މަތީންނެވެ.

 

25 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ ނަމޫނާ ހިންގާ ގަވާއިދު އެކުލަވައިލުން

ޕްރައިވެޓް ކުންފުނީގެ ހިންގާ ގަވާއިދުގެ ނަމޫނާ ހިންގާ ގަވާއިދެއް ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ނަމޫނާ ހިންގާ ގަވާއިދަށް ބަދަލުގެނައުން

(ހ) މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނަމޫނާ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، މި މާއްދާއާ ހިލާފުނުވާނެ ގޮތެއްގެ މަތީން ރަޖިސްޓްރާރ އިސްލާހުކޮށް، އިސްލާހުކޮށްފައިވާ ނަމޫނާ ހިންގާ ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނަމޫނާ ހިންގާ ގަވާއިދަށް ގެންނަ އެއްވެސް އިސްލާހަކަށް އަމަލުކުރަން ފަށާނީ، އެ ގަވާއިދު އިސްލާހުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަމޫނާ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭ ހިނދު، މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅައިފައިވާ އެއްވެސް ކުންފުންޏަކުން އެ ބަދަލު ގެނެސް، އިސްލާހުކޮށްފައިވާ ނަމޫނާ ހިންގާ ގަވާއިދު އެ ކުންފުންޏެއްގެ މައްޗަށް ހިންގުމަށް ބޭނުން ނުވާ ނަމަ، މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، އެ ކުންފުނީގެ އަމިއްލަ ހިންގާ ގަވާއިދެއް އެކުލަވައިލައި، ނަމޫނާ ހިންގާ ގަވާއިދަށް ގެންނަ އިސްލާހަކަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ރަޖިސްޓަރީކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކޮށް އެ ކުންފުނީގެ އަމިއްލަހިންގާ ގަވާއިދެއް އެކުލަވައިލައި ރަޖިސްޓަރީކޮށްފައި ނުވާ ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، އެ ކުންފުންޏެއްގެ މައްޗަށް،އިސްލާހުކުރެވުނު ނަމޫނާ ހިންގާ ގަވާއިދުގެ މާއްދާތައް ހިނގާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ނަމޫނާ ހިންގާ ގަވާއިދަށް އަމަލުކުރުމަށް އިހްތިޔާރުކޮށްފައި ނުވާ ކުންފުނިތަކުން، ކޮންމެ ވަގުތެއްގައި ވެސް، މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) އަށް އަމަލުކުރުމުގެ ފުރިހަމަ އިހްތިޔާރު ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރަށް ގެންނަ ބަދަލު ރަޖިސްޓްރާރއަށް ހުށަހެޅުން

(ހ) ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފި ނަމަ، އެ ބަދަލެއް ގެންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން ރަޖިސްޓްރާރއަށް އަންގަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ބަދަލުގެނެވުނު އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު، ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ޓަކައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދުސްތޫރަށް ގެންނަ ބަދަލު ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތުތަކާއި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު ބަދަލުކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ނިންމުން އެކުލެވޭ ހާއްސަ ގަރާރު؛
  2. ބަދަލު ގެނެވުނު އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު؛
  3. މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމަނައިފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް؛
  4. މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރުމަށް ހުށަހަޅައި ބަދަލުގެނެވުނު އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު ރަޖިސްޓްރާރއަށް ހުށަހަޅަންވާނީ، ގެނެވުނު ބަދަލު ހިމެނޭގޮތުން އިސްލާހުކޮށްފައިވާ މުޅި އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރއަށް ހުށަހެޅުމެއް ލިބުމާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާ ނަމަ، އެ ހުށަހެޅުމެއް ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލު، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، ގާނޫނާއި މި ގަވާއިދާ ނުވަތަ އެ ހުށަހެޅުމެއް ހުށަހަޅާ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވޭ ނަމަ، އެކަން އިސްލާހުކޮށް، އަލުން އެ ހުށަހެޅުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ޅ) އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމަށް ރަޖިސްޓްރާރ އިހްތިޔާރުކުރާ ހާލަތުގައި، އެ ހުށަހެޅުން ހުށަހެޅުމަށް މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތެއް،ކުންފުންޏަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ނުވަތަ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުންފުނިން ރަޖިސްޓްރާރއަށް އެ ހުށަހެޅުމެއްހުށަނޭޅުމަކީ ކުށެކެވެ. އަދި މި ހާލަތުގައި، މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ނުވަތަ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކާ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލު ބާތިލުވާނެކަމެއް ނޫނެވެ. އަދި އެ ބަދަލަކާ، ގާނޫނާއި، މި ގަވާއިދުގެ މާއްދާތަކާއި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގެނެސްފައިވާ ބަދަލަކަށްވާ ނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.

 

28 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރަށް ބަދަލުގެނައުމަށް ކޯޓުން ނެރޭ އަމުރު ރަޖިސްޓްރާރއަށް ހުށަހެޅުން 

(ހ) ކުންފުނީގެ ދުސްތޫރަށް ބަދަލުގެނައުމަށް ގާނޫނާއި، މި ގަވާއިދާއި، ކުންފުނީގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ބަދަލެއް ގެނެވެން ނެތް ނަމަ،ކުންފުނީގެ ދުސްތޫރަށް ބަދަލެއް ގެނައުމަށް އެދ،ި ކުންފުނީގެ މެންބަރަކަށް ނުވަތަ ޑިރެކްޓަރަކަށް، ކޯޓަށް ހުށަހެޅިދާނެއެވެ. އެފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި،ކުންފުނީގެ ދުސްތޫރަށް ބަދަލުގެނައުމުގެ އަމުރެއް، ކޯޓަށް ފެންނަ ގޮތެއްގެ މަތީން ނުވަތަ ފެންނަ ށަރުތުތަކެއްގެ މަތީން ނެރެވިދާނެއެވެ.

(ށ) ކުންފުނީގެ ދުސްތޫރަށް ބަދަލުގެނައުމަށް ކޯޓަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކޯޓުން ނެރޭ އަމުރެއް، އެ އަމުރެއް ނެރޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކޯޓަށް ހުށަހެޅި ފަރާތުން، ރަޖިސްޓްރާރއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކޯޓު އަމުރު ރަޖިސްޓްރާރއަށް ލިބޭ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ކުންފުނީގެ ދުސްތޫރަށް ގެނެވުނު ބަދަލު،ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކޮށް،ރަޖިސްޓްރާރ، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.

 

29 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރު، މެންބަރުންނަށް ލިބުން 

(ހ) ކުންފުނީގެ އަސާސީ ގަވާއިދުގެ ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް ހޯދުމަށް އެދ،ިކޮންމެ ވަގުތެއްގައި ވެސް، ލިޔުމަކުން ކުންފުންޏަށް ހުށަހެޅުމުގެ ހައްގު، ކުންފުނީގެ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު ކުންފުނީގައި އެދުމުން، ކުންފުނީގެ އަސާސީ ގަވާއިދުގެ ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް ކުންފުނިން އެ މެންބަރަކަށް ފޯރުކޮށްނުދޭ ހާލަތްތަކުގައި، ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ އަސާސީ ގަވާއިދުގެ ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް ހޯދުމަށް އެދި ރަޖިސްޓްރާރއަށް ހުށަހެޅުމުގެ ހައްގު، ކޮންމެ މެންބަރަކަށް ވެސް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރއަށް ހުށަހެޅުމެއް ހުށަހަޅާނީ، ކުންފުނީގެ އަސާސީ ގަވާއިދުގެ ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް ކުންފުނިން އެ މެންބަރަކަށް ފޯރުކޮށްދީފައި ނުވާކަން ބަޔާންކޮށް ލިޔުމުންނެވެ. އަދި މި ލިޔުމާއެކު ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު ހޯދުމަށް އެދި އެ މެންބަރަކު ކުންފުންޏަށް ފޮނުވައިފައިވާ ލިޔުމާއި، އެކަމާ ގުޅިގެން ކުންފުންޏާއި، އެ މެންބަރަކާ ދެމެދު ކޮށްފައިވާ މުއާމަލާތްތައް އެނގޭނޭ ލިޔެކިޔުންތައް ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ރަޖިސްޓްރާރއަށް ހުށަހެޅުމެއް ލިބިއްޖެ ނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުން،އެ ހުށަހެޅުމުގައި އެދޭ ލިޔެކިޔުމެއް އެ ފަރާތަކަށް، ރަޖިސްޓްރާރ ދޫކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ކުންފުނީގެ ސިއްކަ

 

30 ވަނަ މާއްދާ - ކުންފުނީގެ ސިއްކަ

ކުންފުނީގެ ސިއްކައިގެ ގޮތުގައި ސިއްކައެއް ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް ކުންފުންޏެއްގައި ސިއްކައެއް އޮތުން ލާޒިމެއް ނޫނެވެ.

 

31 ވަނަ މާއްދާ - ކުންފުނީގެ ސިއްކަ ރަޖިސްޓަރީކުރުން 

(ހ) ކުންފުންޏެއްގައި ސިއްކައެއް ބޭނުންކުރުމަށް އިހްތިޔާރުކުރާ ނަމަ، އެ ސިއްކަ ބޭނުންކުރަންވާނީ، ރަޖިސްޓަރާރއަށް ސިއްކަ ރަޖިސްޓަރީކުރުމަށް ހުށަހަޅައި، ސިއްކަ ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ ދަށުން ސިއްކަ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް، ފުރިހަމަކޮށްފައިވާ ފޯމަކުންނެވެ.

(ނ) މި މާއްދާގެ ދަށުން ސިއްކަ ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅާއިރު، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ރަޖިސްޓަރީކުރުމަށް އެ އިރެއްގައި ރަޖިސްޓްރާރ ކަނޑައަޅާ ފޯމެޓެއްގައި ހުށަހެޅުން؛
  2. މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކުންފުނީގެ ސިއްކަ ރަޖިސްޓަރީކުރުމުގެ ފީ ދެއްކުން.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅާ ސިއްކައިގައި ކުންފުނީގެ ނަމާއި، ކުންފުނީގެ ރަޖިސްޓަރީ ނަންބަރު ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ނޫން އިތުރު އެއްވެސް ކުރެހުމެއް ނުވަތަ އިބާރާތެއް ހިމަނަން ބޭނުންވާ ނަމަ، އެ އިބާރާތެއް ނުވަތަ ކުރެހުމެއް ސިއްކައިގައި ހިމެނޭނީ ރަޖިސްޓްރާރއަށް ހުށަހަޅައި، ވިޔަފާރީގެ ނަމެއްގެ ގޮތުގައިއެ ސިއްކައިގައި ހިމަނަން ބޭނުންވާ އިބާރާތް ރަޖިސްޓަރީކުރުމަށްފަހު، ކުންފުނީގެ ސިއްކައިގެ ގޮތުގައި، އެ ކުރެހުން ނުވަތަ އިބާރާތް ރަޖިސްޓަރީކޮށްގެންނެވެ.

 

 

ހަތް ވަނަ ބާބު 
ކުންފުނީގެ ނަން

 

32 ވަނަ މާއްދާ - ކުންފުނީގެ ނަން

ރަޖިސްޓަރީކުރަން ހުށަހަޅާ ޕްރައިވެޓް ކުންފުންޏަށް ކިޔާ ނަމުގެ ގޮތުގައި އިހްތިޔާރުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަދަ ނަމެކެވެ.

(ހ) ކުންފުނީގެ އަސްލު ތަބީއަތާ ހިލާފުނުވާ ފަދަ ނުވަތަ އޮޅުންނާރާ ފަދަ ނަން.

(ށ) އެހެން ގާނޫނަކުން މަނާކޮށްފައިނުވާ ނަން.

(ނ) ގާނޫނާއި، މި ގަވާއިދުގެ ދަށުން މަނާކޮށްފައި ނުވާ ނަން.

 

33 ވަނަ މާއްދާ - ކުންފުނީގެ ހައިސިއްޔަތާއި ބާވަތް އަންގައިދޭ ރަމްޒު

ޕްރައިވެޓް ކުންފުނީގެ ބާވަތާއި ގާނޫނީ ހައިސިއްޔަތު ދޭހަކޮށްދިނުމުގެ ގޮތުން ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ޕްރައިވެޓް ލިމިޓެޑް" ނުވަތަ މި އިބާރާތުގެ ރަމްޒުކަމުގައިވާ "ޕވޓ ލޓޑ" އެ ނަމުގެ ބައެއްގެ ގޮތުގައި ލިޔަންވާނެއެވެ. މި ރަމްޒު އިނގިރޭސި އަކުރުން ލިޔާނީ "LTD PVT "މިގޮތަށެވެ. 

 

34 ވަނަ މާއްދާ - ނަމުގައި ބޭނުންކުރުން ހުއްދަ ކެރެކްޓަރސް

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ކުންފުނީގެ ނަމުގައި ބޭނުންކުރުން ހުއްދަ ކެރެކްޓަރސްތަކުގެ ލިސްޓެއް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާނެއެވެ.

 

35 ވަނަ މާއްދާ - ހުއްދަ ނޫން ނަން 

އަންނަނިވި ބާވަތްތަކުގެ ނަން، ކުންފުނީގެ ނަމުގެ ގޮތުގައި ރަޖިސްޓަރީކޮށް ނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ހ) ރަޖިސްޓަރީކޮށްފައިވާ އެހެން ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ނަމާ އެއްނަމެއް ނުވަތަ އެއްވައްތަރުގެ ނަން ނުވަތަ އެއްގޮތް ނަން.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ބިދޭސީ މުއައްސަސާއެއްގެ ނުވަތަ ސަރަހައްދީ ނުވަތަ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ ނުވަތަ ވިޔަފާރިއެއްގެ ނަމާ އެއްނަމެއް ނުވަތަ އެއްގޮތް ނަން.

(ނ) އެހެން ކުންފުންޏަކަށް ނުވަތަ ވިޔަފާރިއަކަށް ރިޒަރވްކޮށްފައިވާ ނަމާ އެއްނަމެއް ނުވަތަ އެއްވައްތަރުގެ ނަން.

(ރ) ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަކި އިދާރާއަކާ ގުޅުމެއްވާކަން ދޭހަކޮށްދޭ ފަދަ ނަން. 

(ބ) ދުނިޔޭގެ ނަން މަށްހޫރު ވިޔަފާރިއެއްގެ ނުވަތަ ބްރޭންޑެއްގެ ނަން ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ހުށަހަޅާ ނަމަ، އެ ވިޔަފާރިއެއްގެ ނުވަތަ ބްރޭންޑުގެ ހުއްދަ ނުހޯދައި ހުށަހަޅާ އެ ފަދަ ނަން.

(ޅ) ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަކި އިދާރާއަކަށާއި މުއައްސަސާއަކަށް ނުވަތަ މަށްރޫއަކަށް ބޭނުންކުރަމުން އައިސްފައިވާ ނަން.

(ކ) އެ ނަމަކާ، އެހެން ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑް މާރކަކަށްވުން.

(އ) އެ ނަމަކާ، ރާއްޖެއިން ބޭރުގައި މަށްހޫރު ނަމަކަށް ވެފައި، އެ ނަން ރާއްޖޭގައި ބޭނުންކޮށްގެން ކުރާ ވިޔަފާރިއަކާ، ރާއްޖެއިން ބޭރުގެ މަށްހޫރު ވިޔަފާރިއަކާ ގުޅުންހުރި ވިޔަފާރިއެއްކަމަށް ނުވަތަ އެ ވިޔަފާރިކަމަށް އާންމުންނަށް އޮޅުންއަރާފާނޭ ފަދަ ވިޔަފާރިއެއްގައި ބޭނުންކުރާ ނަމަކަށް ވުން.

(ވ) އެ ނަމަކާ، ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ނަމެއްކަމަށް ށަރުއީ ކޯޓެއްގެ ހުކުމެއްގައި ކަނޑައަޅައިފައިވާ ނަމަކަށް ވުން.

(މ) އެ ނަމަކާ، އިތުރު ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކުރުމަކާ ނުލައި، ހަމައެކަނި ކަމެއް ނުވަތަ ތަނެއް ނުވަތަ އެއްޗެއް ބަޔާންކޮށްދ،ޭ ވަކިފަރާތަކަށް އެ ނަމެއްގެ މިލްކުވެރިކަން ލިބިނުގަނެވޭނެ ނަމަކަށް ވުން.

(ފ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ނަމަކަށް ވުން.

(ދ) ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އުވައިލައިފައިވާ ކުންފުންޏެއްގެ ނަން، އުވައިލެވުނު ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް.

(ތ) އެހެން ގާނޫނެއްގެ ދަށުން ކިޔުން މަނާކޮށްފައިވާ ނަން.

(ލ) ކުންފުންޏަށް ކިޔަން ހުށަހަޅާ ނަމަކާ، އެހެން ގާނޫނެއްގެ ދަށުން ވަކި ހުއްދައެއް ހޯދަންޖެހޭ ނަމެއް ކަމުގައި ވާ ނަމަ، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަކާ ނުލައި ހުށަހަޅާ ނަން.

(ގ) ސިޔާސީ ޕާޓީއެއްގެ ނަން ނުވަތަ ވަކި ސިޔާސީ ޕާޓީއަކާ ގުޅުމެއްވާކަން ދޭހަކޮށްދޭފަދަ ނަން.

(ޏ) ކުންފުނި ހިންގުމުގައި ހަރަކާތްތެރިނުވާ ފަރާތެއްގެ ނަން ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުންކުރާ ނަމަ، އެ ފަރާތަކާ އޮތް ގުޅުން ބަޔާންކުރުމަކާ ނުލައި ހުށަހަޅާ ނަން.

(ސ) ކުންފުންޏަށް ކިޔަން ހުށަހަޅާ ނަމަކާ، މުޖުތަމައުގެ އަހްލާގީ މިންގަނޑާއި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ނުވަތަ ވަކި ދީނީ ފިކުރަކަށް ނުވަތަ މުޖުތަމައުގެ ވަކި ހާއްސަ ބަޔަކަށް ރައްދުވާގޮތަށް ބޭނުންކުރުން އެކަށީގެންނުވާ ނަމަކަށް ވުން.

(ޑ) ކުންފުނީގެ ބާވަތް ނޫން އެހެން ބާވަތެއްގެ ކުންފުންޏެއްކަން ދޭހަވާ ފަދަ ނަން ނުވަތަ ކުންފުނީގެ ހައިސިއްޔަތާއި ބާވަތް އަންގައިދޭ ރަމްޒުނޫން އެހެން ރަމްޒެއް ބޭނުންކޮށްފައިވާ ނަން.

(ޒ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިނުވާ ކެރެކްޓަރސް ހިމަނައިގެން ކިޔުމަށް ހުށަހަޅައިފައިވާ ނަން.

(ޓ) މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެހެން ކުންފުންޏެއްގެ ނަމާ އެއްވައްތަރެއްގެ ނުވަތަ އެއްގޮތް ނަމެއްގެ ގޮތުގައި ރަޖިސްޓްރާރ ކަނޑައަޅާ ނަން.

 

36 ވަނަ މާއްދާ - އެއްވައްތަރުގެ ނަން ނުވަތަ އެއްގޮތް ނަން ކަނޑައެޅުމާބެހޭ އުސޫލު

(ހ) ކުންފުންޏެއްގެ ނަމަކާ، އެހެން ކުންފުންޏެއްގެ ނަމާ އެއްގޮތް ނަމެއް ނުވަތަ އެއްވައްތަރު ނަމެއް ކަމުގައި ރަޖިސްޓްރާރ ކަނޑައަޅަންވާނީ ނަމުގައި ހިމެނޭ އަންނަނިވި ބައިތަކަށް ރިއާޔަތް ކުރުމެއް ނެތިއެވެ.

  1. ނަމުގެ ފުރަތަމަ ލަފުޒަކަށް ބޭނުންކޮށްފައިވާ "ދަ" (The)؛
  2. ނަމުގެ ފަހަތަށް ބޭނުންކޮށްފައިވާ "ކޮމްޕެނީ" (Company)،" ކޯ" (Co)،" ކޯޕަރޭށަން" (Corporation)،" ކޯރޕް" (Corp)، "އިންކޯޕަރޭޓެޑް" (Incorporated)،" އިންކް" (Inc)،" ހޯލްޑިންގ" (Holding)،" ގްރޫޕް" (Grou)،" މޯލްޑިވްސް" (Maldives)، "ލިމިޓެޑް" (Limited)،" ލޓޑ" (Ltd)؛
  3. ނަމުގައި ލަފުޒެއް އެކަހެރިކޮށް (singular) ނުވަތަ ޖުމުލަކޮށް (Plural(ބޭނުންކޮށްފައިވުން؛
  4. އެއް މާނައެއް ދޭހަވާ ތަފާތު ލަފުޒު ނަމުގައި ބޭނުންކޮށްފައިވުން؛
  5. ނަމުގައި ބޭނުންކޮށްފައިވާ އަކުރުތަކުގެ ސައިޒ،ު އަކުރުގެ ބާވަތާއި ކޭސް (uppercase/lowercase) އާއި، އެކްސެންޓާއި، އަކުރުތަކުގެ ދެމެދުގައިވާ ދުރުމިނާއި، ލިޔުމުގައި ބޭނުންކުރާ ނިށާންތައް؛
  6. އުވައިލެވިފައިވާ ކުންފުންޏެއް ނުވަތަ ކުންފުނީގެ ދަފުތަރުން އުނިކުރެވިފައިވާ ނަން، އުވައިލެވުނު ނުވަތަ އުނިކުރެވުނު ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ފަހުން އަލުން ބޭނުންކުރުން؛
  7. ނަމުގައި ލަފުޒުތައް އަތުރައިފައިވާ ތަރުތީބު؛ 
  8. ފުރަތަމަ ނަމުގައި ނުވަތަ ދެ ނަމުގައި ވެސް ހިމެނިފައިވާ ‘www ‘ފަދަ ހޮސްޓް ނަމެއް ނުވަތަ ‘org‘, net ‘ނުވަތަ ‘com ‘ފަދަ ޑޮމެއިން އެކްސްޓެންށަނެއް.

(ށ) ކުންފުންޏެއްގެ ނަމަކާ، އެހެން ކުންފުންޏެއްގެ ނަމަކާ އެއްގޮތް ނަމެއް ނުވަތަ އެއްވައްތަރު ނަމެއް ކަމުގައި ކަނޑައެޅުމުގައި، ނަމުގައި ބޭނުންކޮށްފައިވާ އަކުރުތައް ނުވަތަ ކެރެކްޓަރތައް ތަފާތުކަމުގައި ވީ ނަމަވެސް، ނަން ކިޔެނީ ނުވަތަ ޕްރޮނައުންސްކުރެވެނީ އެއްގޮތަކަށް ކަމުގައި ވާތީ، ކުންފުނީގެ ނަމަކީ އެހެން ކުންފުންޏެއްގެ ނަމާއި ސީދާ އެއްގޮތް ނަމެއް ނުވަތަ އެއްވައްތަރު ނަމެއް ކަމުގައިވާ ނަމަ، އެ ކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ނ) ކުންފުންޏަށް ކިޔަން ހުށަހަޅައިފައިވާ ނަން އެހެން ކުންފުންޏެއްގެ ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރިޒަރވްކޮށްފައިވާ ނަމާ އަޅައިބަލާއިރު ދެ ނަން ސީދާ އެއްގޮތް ކަމުގައި ނުވަތަ އެއްވައްތަރު ކަމުގައި ރަޖިސްޓްރާރ ކަނޑައަޅަންވާނީ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

(ރ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ ނަމަކާ، އެއްގޮތް ނަމެއް ކަމުގައި ރަޖިސްޓްރާރ ކަނޑައަޅައިފި ނަމަ، ނަން ރަޖިސްޓަރީކުރުމަށް ހުށަހެޅި ފަރާތަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އަންގަންވާނެއެވެ.

 

37 ވަނަ މާއްދާ - ނަން ރިޒަރވްކުރުން 

(ހ) ކުންފުންޏެއް ރަޖިސްޓަރީކުރަން އެދޭ ފަރާތަކުން، ކުންފުންޏަށް ކިޔަން ބޭނުންވާ ނަން ރިޒަރވްކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) ކުންފުންޏަށް ކިޔަން ބޭނުންވާ ނަމެއް ރިޒަރވްކުރުމަށް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށްހުށަހަޅަންވާނެއެވެ.

  1. ކުންފުންޏަށް ކިޔުމަށް ހުށަހަޅާ ނަން؛
  2. ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ނަމުގައި ދިވެހިބަސް ނުވަތަ އިނގިރޭސިބަސް ނޫން ބަހެއްގެ ލަފުޒެއް ބޭނުންކޮށްފައިވާ ނަމަ ނުވަތަ އަލަށް އުފައްދައިފައިވާ ބަހެއް ބޭނުންކޮށްފައިވާ ނަމަ، އެ ނަމުގެ މާނަ؛
  3. ކުންފުނި ހިންގުމުގައި ހަރަކާތްތެރިނުވާ ފަރާތެއްގެ ނަން ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުންކުރާ ނަމަ، އެ ފަރަތާކާ އޮތް ގުޅުން ބަޔާންކޮށް ހުށަހަޅާ ލިޔުން؛
  4. ކުންފުންޏަށް ކިޔަން ހުށަހަޅާ ނަމަކާ، ދުނިޔޭގެ ނަން މަށްހޫރު ވިޔަފާރިއެއްގެ ނުވަތަ ބްރޭންޑެއްގެ ނަން ކަމުގައިވާ ނަމަ، ކުންފުނީގެ ނަމުގެ ގޮތުގައި އެ ނަމެއް ބޭނުންކުރުމަށް، އެ ވިޔަފާރިއެއްގެ ނުވަތަ ބްރޭންޑެއްގެ ފަރާތުން ދޫކޮށްފައިވާ ހުއްދަ، އަދި މި ހުއްދައަކާ، ވަކި މުއްދަތަކަށް ދޫކޮށްފައިވާ ހުއްދައެއް ނަމަ، އެ މުއްދަތެއް އެނގޭނޭހެން ދޫކޮށްފައިވާ ހުއްދަ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއްގެ ނަން ރިޒަރވް ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ތާވަލާ އެއްގޮތަށް، ފީ ދެއްކުމުންނެވެ.

 

38 ވަނަ މާއްދާ - ނަން ރިޒަރވްކުރެވޭނެ މުއްދަތު 

(ހ) މި ގަވާއިދުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ނަން ރިޒަރވްކުރުމަށް އެދި ހުށަހެޅުމުން އެ ނަމެއް ރިޒަރވްކުރިކަން، ނަންރިޒަރވްކުރުމަށް ހުށަހެޅި ފަރާތަށް އަންގާ ތާރީހުން ފެށިގެން، 30 (ތިރީސް) ދުވަހުގެ މުއްދަތަށް އެ ނަން ރިޒަރވްކޮށްދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ ކުންފުންޏެއްގެ ނަން ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައި ނުވާ ނަމަ، އިތުރު ނޯޓިހެއް ފޮނުވުމަކާ ނުލައި ނަމުގެ ރިޒަރވޭށަން ބާތިލުކުރެވޭނެއެވެ.

 

39 ވަނަ މާއްދާ - ނަން ރިޒަރވްކުރާ މުއްދަތު އިތުރުކުރުން 

(ހ) ކުންފުނީގެ ނަން ރިޒަރވްކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ނަމަ، މި ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން، ނަން ރިޒަރވްކޮށްދެވޭ މުއްދަތު އިތުރުކޮށްދިނުމަށް އެދި ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުންޏަށް ކިޔަން ބޭނުންވާ ނަން، އިތުރު މުއްދަތަކަށް ރިޒަރވްކޮށްދިނުމަށް އެދި އެ ނަން ރިޒަރވްކުރި ފަރާތުން ހުށަހަޅައިފި ނަމަ، އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތަކަށް، އެ ނަން ރިޒަރވް ކޮށްދޭންވާނެއެވެ. މި ގޮތުން މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ނަން ރިޒަރވްކޮށްދެވޭނީ ވިދިވިދިގެން 3 (ތިނެއް) ފަހަރަށެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުންޏެއްގެ ނަން ރިޒަރވްކޮށްފައިވާ މުއްދަތު އިތުރުކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ތާވަލުގައިވާ ފީ ދެއްކުމުންނެވެ.

 

40 ވަނަ މާއްދާ - ރިޒަރވްކޮށްފައިވާ ނަން ބޭނުންކުރުން 

ކުންފުންޏެއް ރަޖިސްޓަރީކުރުމަށް، އެ ކުންފުންޏަކަށް ކިޔަން ބޭނުންވާ ނަން ރިޒާވުކުރުމަކުން ކުންފުނި ރަޖިސްޓަރީކުރެވުނީ ކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ ނަމުގައި އެއްވެސް މުއާމަލާތެއްކޮށް، އެ ނަމުގައި ކުންފުންޏެއް ހިންގާކަމަށް ދެއްކުމަކާ، މަނާ ކަމެކެވެ. 

 

41 ވަނަ މާއްދާ - ނަން ބަދަލުކުރުން 

(ހ) ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްގެ ނަމެއް ބަދަލުކުރުމަށް ބޭނުންވާ ނަމަ، ނަން ބަދަލުކުރަން ހުށަހެޅުމުގައްޔާއި ނަން ރިޒަރވްކޮށް ރަޖިސްޓަރީކުރުމުގައި އަމަލުކުރަންވާނީ، މި ބާބުގައި ނަން ރިޒަރވްކޮށް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އާންމު އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަން ބަދަލުކުރުމަށް ޓަކައި އައު ނަމެއް ރިޒަރވްކޮށް ރަޖިސްޓަރީކުރުމަށް ޓަކައި ރަޖިސްޓްރާރއަށް ހުށަހަޅާއިރު، ކުންފުނީގެ ނަން ބަދަލުކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ހާއްސަ ގަރާރު ހުށަހަޅަންވާނެއެވެ.

(ނ) ކުންފުންޏެއްގެ ނަން ބަދަލުވިކަމަށް ބެލެވޭނީ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ނަން ބަދަލުކުރަން ހުށަހަޅާ ހުށަހެޅުމުގައި، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާ ނަމަ، އެ ކުންފުންޏެއްގެ ނަން ބަދަލުކޮށް، އައު ނަން ރަޖިސްޓަރީކޮށް، ދަފުތަރުގައި ހިމެނުމުންނެވެ. މި ގޮތުން ކުންފުނީގެ ނަން ބަދަލުކުރުމަށްފަހު ކުންފުންޏަށް އައު ރަޖިސްޓަރީ ސެޓުފިކެޓެއް، ރަޖިސްޓްރާރ ދޫކުރަންވާނެއެވެ.

(ރ) ނަން ބަދަލުކޮށް ދޫކުރާ ރަޖިސްޓްރޭށަން ސެޓުފިކެޓުގައި، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާއި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ކުންފުނީގެ އައު ނަން؛
  2. ކުންފުންޏަށް ކުރިން ކިޔުނު ނަން؛
  3. ނަން ބަދަލުކޮށް ރަޖިސްޓަރީކުރެވުނު ތާރީހު.

 

42 ވަނަ މާއްދާ - ކުންފުނީގެ ނަން ބަދަލުކުރުމުގެ ނަތީޖާ 

(ހ) ކުންފުންޏެއްގެ ނަން ބަދަލުކޮށް ރަޖިސްޓަރީކުރުމުން އެ ކުންފުނީގެ އައު ނަން، ކުންފުންޏަށް ކުރިން ކިޔުނު ނަމާއި ނަން ބަދަލުކޮށް ރަޖިސްޓަރީކުރެވުނު ތާރީހު އެނގޭނޭ ނޯޓިހެއް ރަޖިސްޓްރާރގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) ކުންފުންޏެއްގެ ނަން ބަދަލުކުރުމަކުން، އެ ކުންފުނީގެ ގާނޫނީ ހައިސިއްޔަތަށް ނުވަތަ ކުންފުނީގެ ދަރަންޏާއި އެހެނިހެން ޒިންމާއަކަށް ނުވަތަ އެ ކުންފުންޏަކުން ކުރާ ދައުވާއަކަށް ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ އެއްވެސް ދައުވާއަކަށް ބަދަލެއް 
ނާންނާނެއެވެ.

(ނ) ކުންފުނީގެ ކުރީގެ ނަމުގައި ކުންފުންޏެއްގެ މައްޗަށް ހުށަހަޅާ ނުވަތަ ހުށަހެޅި ހިނގަމުންދާ ދައުވާއެއް، ކުންފުނީގެ އައު ނަމުގައި، އެ ކުންފުންޏާ ދެކޮޅަށް ހުށަހަޅައިގެން ކުރިޔަށް ގެންދެވިދާނެއެވެ.

 

43 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ ނަން ބޭނުންކުރުން 

ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކުން، ރަޖިސްޓަރީކޮށްފައިވާ ނަން ފިޔަވައި އެހެން ނަމެއްގައި ހަރަކާތްތެރިވެ ނުވަތަ ހިދުމަތްދީ ނުވަތަ މަސައްކަތްކޮށް ހަދައިގެން ނުވާނެއެވެ.

 

44 ވަނަ މާއްދާ - ނަމަށް އިއުތިރާޒުކުރުން 

(ހ) ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ކުންފުންޏެއްގެ ނަމަށް އިއުތިރާޒުކޮށް، ކޮންމެ ފަރާތަކަށް ވެސް ރަޖިސްޓްރާރއަށް ހުށަހެޅިދާނެއެވެ.

  1. ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްގެ ނަމަކާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ނަމަކާ، އިއުތިރާޒުކުރާ ފަރާތުގެ ވިޔަފާރި ނަމަކާ އެއްގޮތްކަން ބޮޑުކަމުން، އިއުތިރާޒުކުރާ ފަރާތުގެ ވިޔަފާރިއަކާ ގުޅުން އޮތްކަމަށް އާންމުންނަށް ދޭހަވެދާނެ ފަދަ ހާލަތެއް އޮތުން؛ ނުވަތަ
  2. ގާނޫނާއި މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފު ނަމެއްކަމަށް ގަބޫލުކުރެވުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއްގެ ނަމަށް އިއުތިރާޒުކޮށް ރަޖިސްޓްރާރއަށް ހުށަހަޅާނީ، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް، ފުރިހަމަކޮށްފައިވާ ފޯމަކުންނެވެ.

(ނ) ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ފުރިހަމަކުރާ ފޯމުގައި އަންނަނިވި މައުލޫމާތުތައް ފުރިހަމަވާންވާނެއެވެ.

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް ނަމަ:
    1.1 ރަޖިސްޓަރީކޮށްފައިވާ އެއްގޮތް ވިޔަފާރީގެ ނަން ރަޖިސްޓަރީކޮށް ރަޖިސްޓްރާރ ދޫކޮށްފައިވާ ކުންފުނީގެ ރަޖިސްޓްރޭށަން ސެޓުފިކެޓ.ު
    1.2 އިއުތިރާޒުކުރާ ފަރާތުން އެއްގޮތް ވިޔަފާރީގެ ނަން ބޭނުންކޮށްގެން ވިޔަފާރީގެ ހަރަކާތްތައް ހިންގުމަށް ހަރަދުތަކެއް ކޮށްފައިވާ ނަމަ އެކަން ބަޔާންކޮށް ހުށަހަޅާ ހުށަހެޅުން.
    1.3 އިއުތިރާޒުކުރާ ފަރާތުގެ ވިޔަފާރިއަކާ ގުޅުން އޮތްކަމަށްއާންމުންނަށް ދޭހަވާކަން ބަޔާންކޮށް ހުށަހަޅާ ހުށަހެޅުން ނުވަތަ އެކަމަށް ބާރުދޭ ހެކި.
    1.4 އިއުތިރާޒު ހުށަހަޅާ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ ވިޔަފާރީގެ ނަމާއި އަބުރަށް ނުރަނގަޅު އަސަރުކުރިކަން ބަޔާންކޮށް ހުށަހަޅާ ހުށަހެޅުން.
  2. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް ނަމަ، ހިލާފުވެފައިވާކަމަށް ގަބޫލުކުރ،ާ ގާނޫނުގެ ނުވަތަ މި ގަވާއިދުގެ މާއްދ.ާ

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުނީގެ ނަމަށް އިއުތިރާޒުކޮށް ރަޖިސްޓްރާރއަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެ ނަމަކަށް އިއުތިރާޒުކުރި ސަބަބުތަކަށް ޖަވާބުދާރީވުމަށް، 7 (ހަތެއް) ދުވަހުގެ މުއްދަތެއް، އެ ނަން ނިސްބަތްވާ ކުންފުންޏަށް ރަޖިސްޓްރާރ ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖަވާބުދާރީވުމަށް ދެވޭ މުއްދަތު ޖުމުލަ 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނޭހެން އިތުރުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ ދަށުން ނަމަށް އިއުތިރާޒުކުރި ސަބަބުތަކަށް ޖަވާބުދާރީވުމަށް ދެވޭ މުއްދަތުގައި ޖަވާބުދީފައި ނުވިނަމަވެސް، ރަޖިސްޓްރާރއަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ނިންމުމެއް ނިންމުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. 

(ކ) މި މާއްދާގެ ދަށުން ރަޖިސްޓްރާރއަށް ލިބޭ ހުށަހެޅުމަކާ ގުޅިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ނިންމުމެއް ނިންމައި، ނަން ބަދަލުކުރަންޖެހޭ ނަމަ، އެ ނަމެއް ބަދަލުކުރުމަށް އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތަކުން، އެ ނިންމުން ބާތިލުކުރުމަށް އެދި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ ހައްގު، އެ ފަރާތަކަށް ލިބިގެންވެއެވެ.

 

45 ވަނަ މާއްދާ - ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ އެންގުން 

(ހ) އަންނަނިވި ހާލަތްތަކުގައި ރަޖިސްޓަރީކޮށްދީފައިވާ ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

  1. ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ ނަމަކާ، އެއްވެސް ސަބަބަކާހުރ،ެ ގާނޫނުގެ ދަށުން ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަ ނޫން ބާވަތުގެ ނަމެއްކަމުގައި ވުން؛ ނުވަތަ
  2. ކުންފުނީގެ ނަމަށް އިއުތިރާޒުކޮށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކުންފުނީގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ ނިންމުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ އެ ކުންފުންޏަކަށް އަންގައިފި ނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ އެ މުއްދަތު އިތުރުކޮށްދިނުމަށް ކުންފުނިން އެދިގެން އެ މުއްދަތު އިތުރުކޮށްދީފައިވާ ނަމަ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ އެންގުމަކަށް ކުންފުނިން އަމަލުކޮށް، ކުންފުނީގެ ނަން ބަދަލުކޮށް ރަޖިސްޓަރީކުރުމަށް ޓަކައި، މި ގަވާއިދުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އަކުރުގައި ބަޔާންކޮށްފައިވާމުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ،އެ ކުންފުނިންނާއި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު ގާނޫނާއި މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. 

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، އެ ކުންފުންޏެއްގެ ނަން،އެ ކުންފުންޏެއްގެ ރަޖިސްޓަރީ ނަންބަރަށް ނުވަތަ ރަޖިސްޓަރީ ނަންބަރު ދޭހަވާ ފަދަ އެހެން ނަމަކަށް ބަދަލުކުރުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއްގެ ނަން ރަޖިސްޓްރާރ ބަދަލުކޮށްފި ނަމަ، އެ ކުންފުނީގެ އައު ނަން، ކުންފުންޏަށް ކުރިން ކިޔުނު ނަމާއި ނަން ބަދަލުކޮށް ރަޖިސްޓަރީކުރެވުނު ތާރީހު އެނގޭނޭ ނޯޓިހެއް ރަޖިސްޓްރާރގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

46 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދުން 

(ހ) މި ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ ކަނޑައަޅައިފި ނަމަ، ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކުންފުނީގެ ނަމަށް އިއުތިރާޒުކުރި ފަރާތަށާއި، ނަން ބަދަލުކުރުމަށް އެންގުނު ކުންފުނީގެ ވެރިފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމަށް ރަޖިސްޓްރާރގެ ނިންމުން ނިންމައިފައިވާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓަރަށް އެދި ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމަށް ހުށަހަޅައިފައި ނުވާ ނަމަ، ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދުމުގެ ފުރުސަތު ކުންފުނީގެ ނަމަށް އިއުތިރާޒުކުރި ފަރާތަށާއި، ނަން ބަދަލުކުރުމަށް އެންގުނު ކުންފުނީގެ ވެރިފަރާތަށް ލިބިގެނެއް ނުވެއެވެ.

 

47 ވަނަ މާއްދާ - ކުންފުނީގެ ނަން ފެންނަގޮތަށް ބެހެއްޓުން 

ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި ކުންފުނީގެ ސަރވިސް އެޑްރެހުގެ ބޭރުގައި، ކުންފުނީގެ އޮފީހަށް ވަދެނުކުންނަ ފަރާތްތަކަށާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ސާފުކޮށް ފެންނާނޭ ގޮތަކަށް، އެ ކުންފުންޏެއްގެ ނަން ލިޔެ ހަރުކޮށްފައިވާ ނަންބޯޑެއް ހުންނަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަރުކޮށްފައިވާ ނަންބޯޑަކާ، އަވަހަށް ހަލާކުވެދާ ފަދަ މެޓީރިއަލަކުން ހަދައިފައިވާ ނުވަތަ އޭގައި ލިޔެފައިވާ ނަން ފޮހެވި ކިޔަން ނޭގިދާނޭ ފަދަ ގޮތަކަށް ހެދިފައިވާ ނަން ބޯޑަކަށް ވެގެން ނުވާނެއެވެ.

 

 

އަށް ވަނަ ބާބު

ކުންފުނީގެ އެޑްރެސް

 

48 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ އެޑްރެސް 

(ހ) ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް،ރަޖިސްޓަރީކޮށްފައިވާ ދިވެހިރާއްޖޭގެ އެޑްރެހެއް އޮންނަންވާނެއެވެ.

(ށ) ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ އެޑްރެސް ބަދަލުކުރުމުގައި އަމަލުކުރާނީ،މި ގަވާއިދުގެ 21 ވަނަ މާއްދާއާއި 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ރަޖިސްޓަރީކޮށްފައިވާ އެޑްރެސް ބަދަލުކުރާ ނަމަ،އެކަން ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ޓަކައި، މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން،ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

 

49 ވަނަ މާއްދާ - ސަރވިސް އެޑްރެސް

(ހ) ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ އެޑްރެހުގެ އިތުރުން، ކުންފުނީގެ ސަރވިސް އެޑްރެހެއް ކުންފުންޏަށް ގާއިމުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާއިމުކުރާ ކުންފުނީގެ ސަރވިސް އެޑްރެހަކާ، ގާނޫނާއި މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން ކުންފުންޏަށް ފޮނުވަންޖެހޭ ނޯޓިހާއި، ގާނޫނީ ލިޔެކިޔުމާއި، އެހެނިހެން މުއާމަލާތްތައް ކުރުމަށާއި، އަދި ކުންފުންޏާއެކު މުއާމަލާތްކުރާ އެހެނިހެން ފަރާތްތަކުން ކުންފުންޏަށް ފޮނުވަންޖެހޭ ގާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް، ކުންފުނިން ކަނޑައަޅައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ އެޑްރެހެކެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ސަރވިސް އެޑްރެހެއް ގާއިމުކޮށް، ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، ގާނޫނާއި މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން ކުންފުންޏަށް ފޮނުވަންޖެހޭ ނޯޓިހާއި، ގާނޫނީ ލިޔެކިޔުމާއި، އެހެނިހެން މުއާމަލާތްތައް ކުރާނީ، ކުންފުނީގެ ސަރވިސް އެޑްރެސް މެދުވެރިކޮށެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ސަރވިސް އެޑްރެހެއް ގާއިމުކޮށް، ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައި ނުވާ ނަމަ، ކުންފުނީގެ ސަރވިސް އެޑްރެހެއްގެ ގޮތުގައި، ހުރިހާ ބޭނުމަކަށް ވެސް ބަލާނީ، މި ގަވާއިދުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ އެޑްރެހެވެ.

(ބ) މި މާއްދާގެ ދަށުން ކުންފުނިން ކަނޑައަޅާ ސަރވިސް އެޑްރެހުގެ ގޮތުގައި ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ޓަކައި އަންނަނިވި މައުލޫމާތުތައް، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ފުރިހަމަކުރާ ފޯމަކުން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

  1. އެޑްރެހާއި (ބިލްޑިންގ/އިމާރާތް، ފްލޯރ، މަގު، އަތޮޅާއި ރަށް)، ފޯނު ނަންބަރާއި އީމެއިލް އެޑްރެސް؛
  2. ސަރވިސް އެޑްރެހަކީ ފަރމެއް ނަމަ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ފަރމުގެ ނަމާއި، ފަރމުގެ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ނަމާއި މަގާމ.ު

 

50 ވަނަ މާއްދާ - ސަރވިސް އެޑްރެސް ބަދަލުކުރާ ކުރުން ރަޖިސްޓަރީކުރުން

(ހ) ސަރވިސް އެޑްރެސް ބަދަލުކުރުމަށް ކުންފުނިން ނިންމައިފި ނަމަ، އެކަންރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް އެ ބަދަލެއް ގެނައުމަށް ކުންފުނިން ނިންމާ ތާރީހުން ފެށިގެން، 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ފުރިހަމަކުރާ ފޯމަކުން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގޮތުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހެޅުމާއެކު ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމެއްގެ ދަށުން، މި ގަވާއިދުގެ ބޭނުމަށް ޓަކައި ކުންފުނީގެ ސަރވިސް އެޑްރެސް ބަދަލުވި ތާރީހުކަމަށް ބަލާނީ އަންނަނިވި ތާރީހަށެވެ.

  1. ސަރވިސް އެޑްރެސް ބަދަލުވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރާރއަށް ހުށަހަޅައިފައިވާ ނަމަ، ސަރވިސް އެޑްރެސް ބަދަލުވިކަމަށް ކުންފުނިން ކަނޑައަޅާ ތާރީހު؛ ނުވަތަ
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ނޫން އެހެން ކޮންމެ ހާލަތެއްގައި، ރަޖިސްޓްރާރގެ ދަފުތަރުގައި އައު ސަރވިސް އެޑްރެސް ރަޖިސްޓަރީކުރާ ތާރީހު.

 

 

ނުވަ ވަނަ ބާބު

މެންބަރުންގެ އާންމު ޖަލްސާ

 

51 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ

(ހ) އެންމެ މެންބަރަކު ހިމެނޭ ކުންފުނިތައް ފިޔަވައި، އެހެން ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއެއް، ކޮންމެ އަހަރަކު އެއްފަހަރު ބާއްވަންވާނެއެވެ.

 

52 ވަނަ މާއްދާ - އެންމެ މެންބަރަކު ހިމެނޭ ކުންފުނިތަކުގެ އާންމު ޖަލްސާ 

(ހ) އެންމެ މެންބަރަކު ހިމެނޭ ކުންފުންޏެއްގެ ހަމައެކަނި މެންބަރު، އަހަރީ އާންމުޖަލްސާއާ ގުޅޭގޮތުން ނިންމާ ނިންމުންތައް، އެ މެންބަރު ސޮއިކޮށް ލިޔުމުން ކުންފުންޏަށް ފޮނުވުމުން، އެ ނިންމުމަކާ، އެ ކުންފުނީގެ މެންބަރުންގެ އާންމުޖަލްސާއެއް ބޭއްވުމަށާއި، އަހަރީ އާންމު ޖަލްސާގައި ނިންމަންޖެހޭ ކަންކަން ނިންމައިފައިވާ ނިންމުމެއްގެ ގޮތުގައި ބެލޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، އެންމެ މެންބަރަކު ހިމެނޭ ކުންފުނ،ި ގާނޫނުގެ 94 ވަނަ މާއްދާއާއި 106 ވަނަ މާއްދާއާއި 107 ވަނަ މާއްދާއާއި 108 ވަނަ މާއްދާއިން އިސްތިސްނާވެގެންވެއެވެ.

 

53 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާގައި ފުރިހަމަކުރަންޖެހޭ ކަންކަން 

ކޮންމެ ކުންފުންޏަކުން ވެސް، އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) އަހަރީ ހިސާބުތަކާއި، އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ ނަމަ، އެ އޮޑިޓް ރިޕޯޓުތަކާއި، ޑިރެކްޓަރުންގެ ފަރާތުން ހުށަހަޅަންޖެހޭ ކުންފުނީގެ އަހަރީ ރިޕޯޓު ޖަލްސާއަށް ހުށަހަޅައި ފާސްކުރުން.

(ށ) ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރުން އައްޔަނުކުރަންޖެހޭ ނަމަ ނުވަތަ އިންތިހާބު ކުރަންޖެހޭ ނަމަ، ޑިރެކްޓަރުން އައްޔަނުކުރުން ނުވަތަ އިންތިހާބުކުރުން.

(ނ) އޮޑިޓަރުން އައްޔަނުކުރަންޖެހޭ ނަމަ، އޮޑިޓަރުން އައްޔަނުކޮށް، އެ ފަރާތަށް ދޭނެ އުޖޫރަ ކަނޑައެޅުން.

(ރ) އެ އަހަރެއްގައި މެންބަރުންނަށް ހިއްސާއިން ބަހަންވާ ފައިދާ )ޑިވިޑެންޑް( އެއް އޮތް ނަމަ، އެކަން ކަނޑައެޅުން.

 

54 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެއަހަރީ އާންމު ޖަލްސާގެ ނޯޓިސް 

ޕްރައިވެޓް ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، އެ ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވަންވާނެއެވެ. އަދި އެ ނޯޓިހާ ގުޅިގެން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) އެ ނޯޓިހުގައި އެ ޖަލްސާއެއްގެ މަގުސަދާއި، ޖަލްސާ ބާއްވާ ތާރީހާއި، ގަޑިއާއި، ތަނާއި، ޖަލްސާގެ އެޖެންޑާ ބަޔާންކުރުން.

(ށ) ނޯޓިހާއެކު ކުންފުނީގެ އަހަރީ ރިޕޯޓާއި، އަހަރީ ހިސާބުތަކާއި، އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ނަމަ އެ ރިޕޯޓު، ކޮންމެ މެންބަރަކަށް ވެސް ފޮނުވައި، އަހަރީ ޖަލްސާއަށް ހުށަހެޅުން.

 

55 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާ

އެންމެ މެންބަރަކު ހިމެނޭ ކުންފުނިތައް ފިޔަވައި، ޕްރައިވެޓް ކުންފުންޏެއްގެ އާންމުޖަލްސާއެއްގައި ވޯޓުލެވޭ މެންބަރުންގެ ތެރެއިން %10 (ދިހައެއް އިންސައްތަ) ހިއްސާއަށްވުރެ މަދުނޫން އަދަދެއްގެ ވޯޓުލެވޭ މެންބަރުން އެދިއްޖެ ނަމަ، ހާއްސަ އާންމު ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހަމަޖައްސަންވާނެއެވެ.

 

56 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދުން 

މި ގަވާއިދުގެ 55 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ހާއްސަ އާންމު ޖަލްސާއެއް ބާއްވަން މެންބަރުން އެދޭއިރު އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ޖަލްސާ ބޭއްވުމަށް އެދި ލިޔުމުން ހުށަހެޅުން.

(ށ) ޖަލްސާގައި އެއްވެސް ނިންމުމެއް ނިންމުމަށް ނުވަތަ ގަރާރެއް ފާސްކުރަން ހުށަހަޅާ ނަމަ، އެކަމެއް ބަޔާންކުރުން.

(ނ) ޖަލްސާ ބޭއްވުމަށް އެދޭ ހުރިހާ މެންބަރުންގެ ސޮއި ހުށަހެޅުން.

(ރ) ޖަލްސާ ބޭއްވުމަށް އެދޭ ލިޔުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަށް ފޮނުވުން.

 

57 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާގެ ނޯޓިސް 

(ހ) ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް އެދ،ި މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏަކަށް ހުށަހަޅައިފި ނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.

  1. ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުން؛
  2. ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޖަލްސާ 
    ބޭއްވުން.

(ށ) ޕްރައިވެޓް ކުންފުނީގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވާ ނަމަ، އެ ޖަލްސާއެއް ބޭއްވުމުގެ މަގުސަދާއި، އެޖެންޑާއާއި، ޖަލްސާ ބާއްވާ ތަނާއި، ތާރީހާއި ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ގަޑި އެނގޭނޭ ފަދަ ނޯޓިހެއް ކުންފުނީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. އެގޮތުން އެ ނޯޓިސް ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 7 (ހަތެއް) ދުވަހުގެ ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

58 ވަނަ މާއްދާ - އާންމު ޖަލްސާއެއް ބޭއްވުމަށް ރަޖިސްޓްރާރ އެންގުން 

(ހ) އެއްވެސް ސަބަބަކާހުރެ ކުންފުނީގެ އާންމު ޖަލްސާއެއް، ކަނޑައެޅިފައިވާ މުއްދަތުގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ނުވަތަ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ނުބޭއްވިއްޖެ ނަމަ ނުވަތަ ކުރިޔަށް ނުގެންދެވިއްޖެ ނަމަ، ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދ،ިރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ރަޖިސްޓްރާރއަށް ހުށަހެޅުމުގެ ހައްގު ކުންފުނީގެ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރއަށް ލިބޭ ހުށަހެޅުމަކާ ގުޅިގެން، ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރަޖިސްޓްރާރއަށް އެންގިދާނެއެވެ.

(ނ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރަޖިސްޓްރާރ އަންގާ އެންގުމާ އެއްގޮތަށް އެ ކުންފުންޏަކުން އާންމު ޖަލްސާއެއް ނުބާއްވައިފި ނަމަ ނުވަތަ ނުބޭއްވިއްޖެ ނަމަ،ރަޖިސްޓްރާރގެ ބެލެމުގެ ދަށުން ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އެގޮތުން ބާއްވާ އާންމު ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އެކަމަށް ކަނޑައަޅާ ފަރާތަކުންނެވެ.

(ރ) ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ ދަށުން ރަޖިސްޓްރާރ ބާއްވާ ޖަލްސާއަށް ކުންފުނީގެ އެންމެ މެންބަރަކު ނުވަތަ ބަދަލުގައި ފޮނުވާ އެންމެ މީހަކު ހާޒިރުވިޔަސް އެ ޖަލްސާއެއް ކުރިޔަށް ގެންދެވިދާނެއެވެ.

 

59 ވަނަ މާއްދާ - އާންމު ޖަލްސާއެއް. ބާއްވައިދިނުމަށް އެދުން 

(ހ) މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހަޅާއިރު، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ޖަލްސާ ބޭއްވުމަށް އެދޭ ސަބަބ،ު ލިޔުމުން ހުށަހެޅުން؛
  2. ޖަލްސާގެ އެޖެންޑާ ހުށަހެޅުން؛
  3. ޖަލްސާގައި އެއްވެސް ނިންމުމެއް ނިންމުމަށް ނުވަތަ ގަރާރެއް ފާސްކުރަން ހުށަހަޅާ ނަމަ، އެ ކަމެއް ބަޔާންކުރުން؛
  4. ޖަލްސާ ބޭއްވުމަށް އެދޭ ހުރިހާ މެންބަރުންގެ ސޮއި ހުށަހެޅުން؛ 
  5. ޖަލްސާ ބާއްވައިދިނުމަށް އެދޭ ގޮތް؛
  6. ޖަލްސާ ބާއްވައިދިނުމަށް އެދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަށް ފޮނުވައިފައިވާ ލިޔުންތަކުގެ ކޮޕީ.

(ށ) މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމެއް ރަޖިސްޓްރާރއަށް ލިބިއްޖެ ނަމަ، އެ ހުށަހެޅުމެއް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމާމެދު ރަޖިސްޓްރާރ ނިންމާ ގޮތެއް، 
އެ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ނ) މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ ގުޅިގެން ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަންޖެހޭކަމަށް ރަޖިސްޓްރާރ ނިންމައިފި ނަމަ، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރަޖިސްޓްރާރ އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރަޖިސްޓްރާރ އަންގާ އެންގުމާ އެއްގޮތަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކުންފުންޏަކުން އާންމު ޖަލްސާއެއް ނުބާއްވައިފި ނަމަ ނުވަތަ ނުބޭއްވިއްޖެ ނަމަ، ރަޖިސްޓްރާރގެ ބެލެމުގެ ދަށުން ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ބ) ރަޖިސްޓްރާރގެ ބެލުމުގެ ދަށުން ބާއްވާ ކުންފުނީގެ އާންމު ޖަލްސާއެއް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ބާއްވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓްރާރގެ ބެލެމުގެ ދަށުން ބާއްވާ އާންމު ޖަލްސާއެއްގެ އެޖެންޑާއަކާ، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅައިފައިވާ އެޖެންޑާއާއި ތަފާތު އެޖެންޑާއަކަށް ވެގެން ނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓްރާރގެ ބެލުމުގެ ދަށުން ބާއްވާ އާންމު ޖަލްސާއެއްގައި ކުންފުނީގެ މެންބަރުންގެ މައްޗަށް އެއްވެސް އިލްތިޒާމެއް އުފެދޭ ކަމެއް ކުރުމަށް އެޖެންޑާކޮށް މިފަދަ ޖަލްސާއެއްގައި ނިންމުމެއް ނުނިންމޭނެއެވެ.

(އ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާ ބޭއްވުމުގެ މަދުވެގެން 5 (ފަހެއް) ދުވަހުގެ ކުރިން، އެ ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވަންވާނެއެވެ. މި ގޮތުން ފޮނުވާ ނޯޓިހުގައި އެ ޖަލްސާއެއްގެ މަގުސަދާއި، ޖަލްސާ ބާއްވާ ތާރީހާއި، ގަޑިއާއި، ތަނާއި، ޖަލްސާގެ އެޖެންޑާ ބަޔާންކުރަންވާނެއެވެ.

(ވ) މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ހުށަހަޅައިފައިވަނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވިފައި ނުވާތީ ކަމުގައިވާ ނަމަ، ކުންފުނީގެ އަހަރީ ރިޕޯޓާއި، އަހަރީ ހިސާބުތަކާއި، އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ނަމަ،މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ނޯޓިހާއެކު އެ ރިޕޯޓު ކޮންމެ މެންބަރަކަށް ވެސް ފޮނުވައި، އަހަރީ ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންނަށް ރަޖިސްޓްރާރ އަންގަންވާނެއެވެ.

(މ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓްރާރ ބާއްވާ އާންމުޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އެކަމަށް ކަނޑައަޅާ ފަރާތަކުންނެވެ.

(ފ) ގާނޫނުގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓްރާރ ބާއްވާ ޖަލްސާއަށް ކުންފުނީގެ އެންމެ މެންބަރަކު ނުވަތަ ބަދަލުގައި ފޮނުވާ އެންމެ މީހަކު ހާޒިރުވިޔަސް އެ ޖަލްސާއެއް ކުރިޔަށް ގެންދެވިދާނެއެވެ.

 

60 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ޖަލްސާ ބޭއްވުން 

(ހ) ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގައި އެކަށީގެންވާ ގޮތެއްގެ މަތީން ބައިވެރިވުމުގެ ފުރުސަތު، އެ ޖަލްސާގައި ބައިވެރިވެ، އެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވުމަށް ބޭނުންވާ އަދަދުގެ މެންބަރުންނަށް ލިބޭ ނަމަ، އެ ޖަލްސާއެއް ބާއްވާ ތަނަށް ހާޒިރުވެ ބައިވެރިވުމުގެ ފުރުސަތު މެންބަރުންނަށް ލިބިދިނުމާއެކު، އިލެކްޓްރޯނިކް ޒަރީއާއިން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު މެންބަރުންނަށް ދެވިދާނެއެވެ.

(ށ) އިލެކްޓްރޯނިކް ޒަރީއާއިން ޖަލްސާ ބޭއްވުމުގައި ކުންފުނީގެ މެންބަރުންގެ އަގްލަބިއްޔަތުގެ ރުހުން އޮންނަންވާނެއެވެ. އަދި ރުހުން އަނބުރާ ނުގެންދާހައި ހިނދަކު، އެ ރުހުން އޮތްކަމުގައި ބެލެވޭނެއެވެ. އެއްވެސް މެންބަރަކު ރުހުން އަނބުރާ ގެންދަން ބޭނުންވެއްޖެ ނަމަ، ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ 5 (ފަހެއް) ދުވަހުގެ ކުރިން، އެކަން ކުންފުންޏަށް އަންގަންވާނެއެވެ. 

 

61 ވަނަ މާއްދާ - އާންމު ޖަލްސާގައި ބައިވެރިވުމުގެ ހައްގު 

ކުންފުނީގެ ކޮންމެ މެންބަރަކަށް ނުވަތަ އޭނާގެ ބަދަލުގައި އައްޔަނުކޮށްފައިވާ ފަރާތަކަށް، ކުންފުނީގެ ކޮންމެ އާންމު ޖަލްސާއެއްގައި ވެސް ބައިވެރިވުމުގެ ހައްގު ލިބިގެންވެއެވެ.

 

62 ވަނަ މާއްދާ - ޕްރޮކްސީ އައްޔަނުކުރުން 

(ހ) ކުންފުނީގެ މެންބަރަކު، އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް، ކުންފުނީގެ މެންބަރުންގެ ޖަލްސާއަކަށް ހާޒިރުވުމަށް ހަމަޖެއްސިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެހެން ފަރާތެއް ހަމަޖައްސާ ނަމަ، އެކަން ސައްހަވާނީ، ބަދަލުގައި އެ މީހަކު ކަނޑައަޅައިފައިވާކަމުގެ ލިޔުމުގައި ސޮއިކޮށްފައިވާ ނަމަ ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މެންބަރެއްގެ ބަދަލުގައި އެހެން ފަރާތެއް ކަނޑައަޅައިފައިވާ ލިޔުމުގެ ސައްހަކަން ސާބިތުކޮށް، އަންނަނިވި މައުލޫމާތުތައް އެ ލިޔުމުގައި ހިމެނޭނަމައެވެ.

  1. މެންބަރުގެ ނަމާއި އެޑްރެސް؛
  2. ކުންފުނީގެ ނަން؛
  3. ބަދަލުގައި އައްޔަނުކުރާ ފަރާތުގެ ނަމާއި އެޑްރެސް؛
  4. ބަދަލުގައި އައްޔަނުކުރާ ފަރާތް ބައިވެރިކުރަން ކަނޑައެޅި ޖަލްސާތައް.

 

63 ވަނަ މާއްދާ - ޕްރޮކްސީއަށް ލިބިދޭ ހައްގުތައް 

(ހ) މެންބަރުންގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓުދިނުމަށް ޕްރޮކްސީންގެ ގޮތުގައި އައްޔަނުކުރެވޭ ފަރާތްތަކަށް ވެސް މެންބަރަކަށް ލިބިގެންވާ ހައްގުތައް ލިބިގެންވެއެވެ. އެ ގޮތުން ޕްރޮކްސީންގެ ގޮތުގައި އައްޔަނުކުރާ ފަރާތްތަކަށް އަންނަނިވި ހައްގުތައް ލިބިދެވޭނެއެވެ.

(ހ) މެންބަރުންގެ ފަރާތުން ޖަލްސާއެއްގައި ވާހަކަދެއްކުމުގެ ހައްގު.

(ށ) ގަވާއިދުގެ 66 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްގު.

 

64 ވަނަ މާއްދާ - ޖަލްސާގެ ގާނޫނީ އަދަދު

(ހ) ކުންފުނީގެ މެންބަރުންގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވާނީ މަދުވެގެން ހިއްސާގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު އަދަދެއްގެ ހިއްސާ ތަމްސީލުކުރާ މެންބަރުން ހާޒިރުވުމުންނެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، މެންބަރެއްގެ ބަދަލުގައި އައްޔަނުކުރާ ޕްރޮކްސީއަކީ ވެސް ގާނޫނީ އަދަދު ހަމަކުރުމަށް ޓަކައި މެންބަރެއް ކަމުގައި ބެލޭނެއެވެ.

 

65 ވަނަ މާއްދާ - ވޯޓުދިނުމުގެ ހައްގު 

(ހ) ކުންފުނީގެ ހިއްސާގެ ބާވަތަށް ބަލައި ކަނޑައެޅިފައިވާ ހައްގުތަކާއި ގައިދުތައް ފިޔަވައި، ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގައި ކޮންމެ މެންބަރަކަށް ވެސް ވޯޓުދެވޭނީ، އޭނާއަށް ލިބިގެންވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓެވެ. އަދި ބައްދަލުވުމުގައި ވޯޓުދޭ އިރު އަތްއުފުލައިގެން ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެ ނޫން ވެސް ގޮތަކަށް ވޯޓު ދެވިދާނެއެވެ.

(ށ) ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، އެއްފަރާތަށްވުރެ ގިނަފަރާތުން ބައިވެރިވާ ހިއްސާއެއް ނަމަ، އެ ހިއްސާގެ ބައިވެރިންގެ ތެރެއިން ވޯޓުދެވޭނީ، އެ ބައިވެރިންގެ ތެރެއިން ކަނޑައަޅާ ފަރާތެއް ނުވަތަ އެ ހިއްސާއަކާ ގުޅިގެން ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ދަފުތަރުގައި އެންމެ ފުރަތަމަ ނަން ހިމަނައިފައިވާ މެންބަރަށެވެ.

(ނ) ހިއްސާއިންވާ ފައިދާ ބެހުމަށް ނުވަތަ ކުންފުނި އުވައިލުމަށް ބޭއްވޭ އާންމު ޖަލްސާތަކުގައި، އެކި ބާވަތްތަކުގެ ހިއްސާއާއި އެއާ ގުޅިފައިވާ ހައްގުތަކަށް ބަލައި، ވޯޓުދިނުމާ ގުޅޭ ތަފާތު އުސޫލުތައް، ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ހިމެނުމަކަށް،މި މާއްދާ ހުރަހެއް ނާޅައެވެ.

 

66 ވަނަ މާއްދާ - މެންބަރުން ކަނޑައަޅާ ގޮތަކަށް ޕްރޮކްސީން ވޯޓުދިނުން 

މެންބަރެއްގެ ފަރާތުން ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ކޮންމެ ފަރާތަކުން ވެސް ވޯޓުދޭންވާނީ، އެ ޕްރޮކްސީއެއް ތަމްސީލުކުރާ މެންބަރަކު ކަނޑައަޅައި އިރުށާދު ދީފައިވާ ގޮތަކަށެވެ.

 

 

ދިހަ ވަނަ ބާބު

އާންމު ޖަލްސާގެ ޔައުމިއްޔާއާއި ރިކޯޑުތައް

 

67 ވަނަ މާއްދާ - ޔައުމިއްޔާ 

(ހ) ކޮންމެ ޕްރައިވެޓް ކުންފުންޏަކުން އަންނަނިވި ހާލަތްތަކުގައި، އެ ކުންފުންޏެއްގެ އަންނަނިވި ހަރަކާތްތަކުގެ ޔައުމިއްޔ،ާ އެ ކަމެއް ހިނގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ރިކޯޑުކުރަންވާނެއެވެ.

  1. ކުންފުނީގެ މެންބަރުންގެ ޖަލްސާތައް ކުރިޔަށްދާ ގޮތާއި ފާސްކުރާ ގަރާރުތައް؛
  2. ޖަލްސާއަކާ ނުލައި ފާސްކުރެވޭ މެންބަރުންގެ ގަރާރު،

(ށ) ކުންފުނީގެ ޖަލްސާތަކުގެ ޔައުމިއްޔާތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ފަރާތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ސޮއިކޮށްފައިވާކަން ކުންފުނިން ކަށަވަރުކުރަންވާނެއެވެ.

  1. އެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓި ފަރާތް؛ ނުވަތަ
  2. އެ ޖަލްސާއަށްފަހު ބޭއްވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓި ފަރާތް.

(ނ) ކުންފުންޏަކުން ޖަލްސާއަކާ ނުލައި މެންބަރުން ފާސްކުރާ ގަރާރު ފާސްވުމަށްފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ގަރާރުގައި މެންބަރުން ސޮއިކޮށްފައިވާކަން ކުންފުނިން ކަށަވަރުކުރަންވާނެއެވެ.

(ރ) ލިޔުމުން ރިކޯޑުކޮށް ސޮއިކޮށްފައިވާ ޔައުމިއްޔާއަކާ، އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދެއްގައި، ޖަލްސާއެއްގައި ހިނގައިދިޔަ ކަންކަމާއި، ގަރާރުތަކާއި، އެ ކަންކަމާ ގުޅުންހުރި ނިންމުންތައް، އެގޮތަށް ހިނގައިފައިވާކަމަށް ބެލެވޭނެ ހެއްކެކެވެ.

 

68 ވަނަ މާއްދާ - ޖަލްސާގެ ޔައުމިއްޔާއާއި ލިޔެކިޔުން މެންބަރުންނަށް ލިބުން 

ކުންފުނީގެ މެންބަރުންގެ ޖަލްސާތަކާއި މެންބަރުންގެ ޖަލްސާތަކާ ނުލައި ފާސްކުރެވޭ ގަރާރުތަކާ ގުޅޭ ޔައުމިއްޔާތަކާއި ލިޔެކިޔުން، އެއްވެސް އަގެއް ދިނުމެއް ނެތި މެންބަރުންނަށް ބެލޭނެ އިންތިޒާމެއް ކުންފުނިން ކަށަވަރުކުރަންވާނެއެވެ. މިގޮތުން ކުންފުނީގެ މެންބަރަކަށް އަންނަނިވި ލިޔެކިޔުމުގެ ކޮޕީއެއް ހޯދުމަށް އެދި ލިޔުމުން ހުށަހެޅިދާނެއެވެ.

(ހ) ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގެ ޔައުމިއްޔާ ނުވަތަ ޖަލްސާއެއްގެ ޔައުމިއްޔާގެ ބައެއް؛ އަދ/ިނުވަތަ

(ށ) ޖަލްސާއަކާ ނުލައި މެންބަރުން ފާސްކޮށްފައިވާ ގަރާރެއްގެ ޔައުމިއްޔާ،

 

69 ވަނަ މާއްދާ - ޖަލްސާގެ ޔައުމިއްޔާއާއި ލިޔެކިޔުންތައް ފޯރުކޮށްދޭންޖެހޭ މުއްދަތު 

(ހ) މި ގަވާއިދުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ލިޔުމެއް މެންބަރަކު ހޯދުމަށް އެދިއްޖެ ނަމަ، މެންބަރަކު ލިޔުމަކަށް އެދޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ލިޔުން، އެ މެންބަރަކަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މެންބަރަކު ހޯދުމަށް އެދޭ ލިޔުމަކީ 14 (ސާދަ) ދުވަހުގެ ތެރޭގައި ފޯރުކޮށްދެވޭ ފަދަ ލިޔުމަކަށް ނުވާ ނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އެންގުމަށްފަހު، އެ އެންގުން އެންގިތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މެންބަރަކު އެދުނު ލިޔުމެއް ފޯރުކޮށްދޭންވާނެއެވެ.

 

 

އެގާރަ ވަނަ ބާބު

ކުންފުނީގެ ޑިރެކްޓަރުން

 

70 ވަނަ މާއްދާޑިރެކްޓަރުން ތިބުން ލާޒިމުވުން 

ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައި ވެސް، މަދުވެގެން 1 (އެކެއް) ޑިރެކްޓަރަކު ހުންނަންވާނެއެވެ.

 

71 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރ

(ހ) ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި މެނޭޖިންގ ޑިރެކްޓަރެއް ހުންނަންވާނެއެވެ.

(ށ) މެނޭޖިންގ ޑިރެކްޓަރަކާ، ކުންފުނީގެ ހިންގުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި، ފުލްޓައިމް އޮފިސަރެއްގެ ގޮތުން ކަނޑައެޅ،ޭ ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން ޑިރެކްޓަރެކެވެ. އަދި މެނޭޖިންގ ޑިރެކްޓަރަކާ، ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން، ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑިރެކްޓަރުންނަށް ލިބިގެންވާ އާންމު ބާރުތަކާއި، ހައްގުތަކާއި، މަސްއޫލިއްޔަތުތަކާއި، ޒިންމާތަކުގެ އިތުރުން، ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅާ ގޮތެއްގެ މަތީން ނުވަތަ ކުންފުނީގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ނުވަތަ ކުންފުންޏާއެކު ކުރާ އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާ ގޮތެއްގެ މަތީން، ކުންފުނީގެ ހިންގުމުގެ މައިގަނޑު ބާރުތަކާއި ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ އަދި ޑިރެކްޓަރުންގެ ބޯޑުގެ އިރުށާދާއި ކޮންޓްރޯލުގެ ދަށުން އެ ބާރުތަކާއި ހައްގުތަކުގެ ބޭނުންކުރުމަށާއި، ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަނޑައެޅޭ ފަރާތެކެވެ.

 

72 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރ އައްޔަނުކުރުމާއި ވަކިކުރުން 

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަނޑައެޅުމުގައްޔާއި ވަކިކުރުމުގައި އަމަލުކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާ ނަމަ، މި ގަވާއިދުގެ 78 ވަނަ މާއްދާއާއި 79 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

73 ވަނަ މާއްދާ - ޑިރެކްޓަރުންގެ ށަރުތުތައް 

(ހ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ޑިސްކޮލިފައިކޮށްފައިނުވާ، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ފަރުދުންނަށެވެ.

(ށ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކު، އެ ހާލަތު މެދުވެރިވެފައިވާ މުއްދަތަކަށް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަނެއް ނުކުރެވޭނެއެވެ. އަދި ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފަރާތަކަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މީހަކު ޑިރެކްޓަރުކަމުން ވަކިވާނެއެވެ.

  1. އިފްލާސްކުރުމާބެހޭ ގާނޫނެއްގެ ދަށުން، އިފްލާސްކޮށްފައިވާ ފަރާތެއް ނަމަ،އިފްލާސްކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް؛
  2. އިފްލާސްކުރުމާބެހޭ ނުވަތަ އިންސޮލްވެންސީއާބެހޭ ގާނޫނެއްގެ ދަށުން އިފްލާސްކޮށްފައިވާ ކުންފުންޏެއްގެ ޑިރެކްޓަރެއް ނަމަ ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރެއް ނަމަ، އިފްލާސްކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް؛
  3. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަކަރާއި ހީލަތުގެ ކުށުގެ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް، ނުވަތަ އެ ގާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާނާތުގެ ކުށުގެ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ނުވަތަ މަނީ ލޯންޑްރިންގއާބެހޭ ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ނަމަ، ހުކުމް ފުރިހަމަކޮށް ނިމުނުތާ ނުވަތަ މާފުދިންތ،ާ 5 (ފަހެއް) އަހަރުދުވަސް ވެފައި ނުވުން؛
  4. މި ގަވާއިދުގެ ސައުވީސްވަނަ ބާބުގެ ދަށުން ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފަރާތަކަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ދަށުން ކުރެވޭ ޖޫރިމަނާއެއް ދެއްކުމަށް ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެ ޖޫރިމަނާ ނުދައްކާތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވެފައިވުން؛
  5. ކުންފުނީގެ އޮޑިޓަރު؛
  6. ކުންފުނީގެ ލިކުއިޑޭޓަރު؛ ނުވަތަ
  7. އެހެން ގާނޫނެއްގެ ދަށުން، ނުވަތަ އެއްބަސްވުމެއްގެ ދަށުން، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރުން މަނާކޮށްފައިވާ ފަރާތެއް، އެފަދައިން މަނާކޮށްފައިވާ މުއްދަތަށް.

(ނ) ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއް ފިޔަވައި ޕްރައިވެޓް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރެވޭނީ، ހަމައެކަނި ދިވެހި ރައްޔިތަކަށެވެ.

 

74 ވަނަ މާއްދާ - އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ޑިރެކްޓަރަކު ހުރުން 

ކޮންމެ ކުންފުންޏެއްގައި ވެސް، ހުރިހާ ވަގުތެއްގައި ވެސް، ޑިރެކްޓަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޑިރެކްޓަރަކާ، އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއްކަމުގައި ވާންވާނެއެވެ.

 

75 ވަނަ މާއްދާ - ޑިރެކްޓަރުކަމަށް އައްޔަނުކުރުމަށް ރުހުން އޮތުން 

(ހ) ކުންފުންޏެއްގެ ޑިރެކްޓަރުކަމަށް އައްޔަނުކުރާ ފަރާތްތަކުން އަންނަނިވި ކަންކަން ބަޔާންކޮށް ނޯޓަރައިޒްކޮށްފައިވާ އިގްރާރު ހުށަހެޅުމުން މެނުވީ، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް ފަރާތެއް ހަމަޖައްސައިގެން ނުވާނެއެވެ.

  1. ޑިރެކްޓަރުކަމަށް އައްޔަނުކުރުމަށް އޭނާ ރުހި ގަބޫލުވާކަން؛ އަދި
  2. މި ގަވާއިދުގެ 73 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ މީހެއް ނޫންކަން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ހަވާލާދޭ ހާލަތްތަކުންކުރެ ހާލަތަކަށް 
ބަދަލެއް އަތުވެއްޖެ ނަމަ، އެ ހާލަތު ބަދަލުވި ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރު އެކަން، ކުންފުންޏަށް އަންގަންވާނެއެވެ.

 

76 ވަނަ މާއްދާ - ޑިރެކްޓަރުން ޑިސްކޮލިފައިވިކަން ރަޖިސްޓްރާރ ކަނޑައެޅުން 

(ހ) މި ގަވާއިދުގެ 73 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ އެއްވެސް މީހަކު ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރެއްޖެ ނަމަ، އެ ފަރާތެއްގެ ނަން، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ ދަފުތަރުން އުނިކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ށ) ޑިސްކޮލިފައިކޮށްފައިވާ ޑިރެކްޓަރަކު ކުންފުނީގެ ދަފުތަރުން އުނިކުރާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އެ ކުންފުންޏަކަށް ނޯޓިހެއް ފޮނުވަންވާނެއެވެ.

 

77 ވަނަ މާއްދާ - ޑިރެކްޓަރުންގެ އަމަލުތަކުގެ ގާނޫނީ ހައިސިއްޔަތާއި ނަތީޖާ

ކުންފުނީގެ ޑިރެކްޓަރަކާ، އޭނާ އައްޔަނުކުރުމުގައި ސައްހަނޫން އިޖުރާއަތެއްގެ ތެރެއިން ޑިރެކްޓަރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާ ފަރާތެއްކަމުގައި ވީނަމަވެސް، ނުވަތަ އޭނާއަކީ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަނުކުރުމަށް ށަރުތު ފުރިހަމަވާ ފަރާތެއްކަމުގައި ނުވި ނަމަވެސް، އޭނާ އެ ކުރި އަމަލަކާ، ޑިރެކްޓަރެއްގެ ގޮތުގައި، ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކުރި ސައްހަ އަމަލުތަކެއްކަމަށް ބެލޭނެއެވެ.

 

ބާރަ ވަނަ ބާބު

ޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުން

 

78 ވަނަ މާއްދާ - ޑިރެކްޓަރުން އައްޔަނުކުރުން

(ހ) ކުންފުނީގެ ޑިރެކްޓަރުން އައްޔަނުކުރާނީ ނުވަތަ ޑިރެކްޓަރުން އިންތިހާބުކުރާނީ،ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން، ކުންފުނީގެ މެންބަރުންގެ ނިންމުމަކުންނެވެ.

(ށ) ކުންފުނި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ހުށަހެޅުމުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަކީ، ކުންފުނި ރަޖިސްޓަރީކުރާ ހިނދުން ފެށިގެން އެ ފަރާތެއް އައްޔަނުކުރާ މުއްދަތު ހަމަވަންދެން ނުވަތަ ޑިރެކްޓަރުކަމުން ވަކިކުރެވެންދެން ނުވަތަ ވަކިވަންދެން، ކުންފުނީގެ ސައްހަ ޑިރެކްޓަރުންގެ ގޮތުގައި ބެލެވޭނެއެވެ. 

(ނ) ކުންފުނި ރަޖިސްޓަރީކުރުމަށްފަހު ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް މީހަކު އައްޔަނުކުރަންވާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، ކުންފުނީގެ މެންބަރުންގެ ޖަލްސާއަކުން ނުވަތަ މެންބަރުންގެ ގަރާރަކުން ނިންމާ ނިންމުމަކުންނެވެ.

(ރ) ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށް، ކުންފުނީގެ ވަކި މެންބަރެއްގެ ފަރާތުން ޑިރެކްޓަރެއް ނުވަތަ ޑިރެކްޓަރުންތަކެއް އައްޔަނުކުރުމަށް އެ މެންބަރަކަށް އިހްތިޔާރު ދީފައިވާ ނަމަ، އެ މެންބަރެއްގެ ނިންމުމަކުން ކުންފުނީގެ ޑިރެކްޓަރަކު އައްޔަނުކުރެވިދާނެއެވެ.

 

79 ވަނަ މާއްދާޑިރެކްޓަރުން ވަކިކުރުން 

ކުންފުނީގެ ޑިރެކްޓަރުން ވަކިކުރުމުގައި އަމަލުކުރަންވާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތީންނެވެ.

 

80 ވަނަ މާއްދާ - ޑިރެކްޓަރުކަމުގެ މަގާމު ހުސްވުން 

(ހ) މި މާއްދާގެ (ނ) އާ ހިލާފުނުވާނެ ގޮތެއްގެ މަތީން، އަންނަނިވި ހާލަތްތަކުގައި، ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމު ހުސްވީކަމުގައި ބެލޭނެއެވެ.

  1. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިސްތިއުފާ ދިނުން؛
  2. ގާނޫނާއި، މި ގަވާއިދުގެ މާއްދާތަކާއި، ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީން، ކުންފުނީގެ ޑިރެކްޓަރަކު ވަކިކުރުން؛
  3. ގަވާއިދުގެ 73 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުމުގެ ސަބަބުން، މި ގަވާއިދުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ޑިރެކްޓަރުކަމުން ޑިސްކޮލިފައިކުރެވުން؛
  4. މަރުވުން؛ ނުވަތަ
  5. އެނޫންވެސް ގޮތަކަށް ކުންފުނީގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމުގެ މަގާމު ހުސްވުން.

(ށ) މި މާއްދާގެ (ނ) އާ ހިލާފުނުވާނެ ގޮތެއްގެ މަތީން، ކުންފުނީގެ ޑިރެކްޓަރަކު، ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ކުންފުނީގެ ސަރވިސް އެޑްރެހަށް ފޮނުވައި، އެ ނޯޓިސް ކުންފުންޏަށް ލިބުމުން،ނުވަތަ އެ ނޯޓިހުގައި އެހެން މުއްދަތެއް ބަޔާންކޮށްފައިވާ ނަމަ އެ މުއްދަތެއް ހަމަވުމުން، އެ މީހަކު ޑިރެކްޓަރުކަމުގެ މަގާމުން ވަކިވީއެވެ.

(ނ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެންމެ ޑިރެކްޓަރަކު ހުންނަ ކުންފުންޏެއް ނަމަ ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އެ ވަގުތަކު ހުރީ ހަމައެކަނި އެންމެ ޑިރެކްޓަރެއް ނަމަ، ކުންފުންޏަށް ޑިރެކްޓަރަކު އައްޔަނުކުރުމަށްޓަކައި ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް މެންބަރުންނަށް ފޮނުވައި،އާންމު ޖަލްސާގައި އެ ޑިރެކްޓަރެއްގެ އިސްތިއުފާގެ ނޯޓިސް ހުށަހެޅުމަށްފަހު ނުވަތަ އެ ޖަލްސާގެ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުގައި މެނުވީ، އެ ޑިރެކްޓަރަކަށް މަގާމުން އިސްތިއުފާއެއް ނުދެވޭނެއެވެ.

(ރ) ކުންފުނީގެ ހަމައެކަނި ޑިރެކްޓަރަކާ، އެ ކުންފުނީގެ ހަމައެކަނި މެންބަރުކަމަށްވީ ނަމަވެސް، މި މާއްދާގެ (ނ) އާ ހިލާފުވެގެން ނުވާނެއެވެ.

(ބ) އެންމެ ޑިރެކްޓަރަކު ހުންނަ ކުންފުންޏެއް ނަމަ ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އެ ވަގުތަކު ހުރީ ހަމައެކަނި އެންމެ ޑިރެކްޓަރެއް ނަމަ އަދި އެ ޑިރެކްޓަރަކު މަގާމުން ވަކިވީ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރު ނުވަތަ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއްގައި ކަމަށް ވާނަމަ، ކުންފުނީގެ މެންބަރުން ނުވަތަ ކުންފުނީގެ ހަމައެކަނި ޑިރެކްޓަރަކީ އެ ކުންފުނީގެ ހަމައެކަނި މެންބަރު ނަމަ، އެ ފަރާތެއްގެ ވާރިސުންގެ ފަރާތުން،ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވައި، ކުންފުންޏަށް ޑިރެކްޓަރަކު އައްޔަނުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ނުކުޅެދ،ި ކުންފުނީގެ ޑިރެކްޓަރަކު ނެތި 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ފާއިތުވެއްޖެ ނަމަ، ގާނޫނުގެ 208 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުންފުންޏަކާ، ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރ ކަނޑައަޅަންވާނެއެވެ.

(ކ) ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމު ހުސްވިކަމުގައި ވީނަމަވެސް، އެ މީހަކު ޑިރެކްޓަރުކަމުގެ މަގާމުގައި ހުރި މުއްދަތުގައި ކުރި ކަމަކަށް ނުވަތަ ނުކޮށް ދޫކޮށްލި ކަމަކަށް، ގާނޫނާއި މި ގަވާއިދާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީންޒިންމާވާންވާނެއެވެ.

 

81 ވަނަ މާއްދާ - ޑިރެކްޓަރުންގެ ދަފުތަރު

(ހ) ކޮންމެ ކުންފުންޏަކުން ވެސް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ދަފުތަރެއް، ކުންފުނީގެ އޮފީހުގައި ލިޔެ ބަލަހައްޓަންވާނެއެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރުންގެ ދަފުތަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޑިރެކްޓަރުންގެ ނަމާއި، ދާއިމީ އެޑްރެހާއި، ސަރވިސް އެޑްރެސް؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ދިވެހި ރައްޔިތެއް ނޫން ނަމަ، ގައުމީ ނިސްބަތާއި ޕާސްޕޯޓް ނަންބަރު؛
  3. ޑިރެކްޓަރެއްގެ ގޮތުގައި އައްޔަނުކުރި ތާރީހު؛
  4. ކުންފުނީގެ އެއްވެސް ހިއްސާއެއް އޮތް ފަރާތެއް ނަމަ، އެކަމުގެ މައުލޫމާތު؛
  5. ޑިރެކްޓަރެއްގެ މަގާމަށް އައްޔަނުކުރި ތާރީހާއި ނުވަތަ އިންތިހާބުކުރިތާރީހާއި، މަގާމުން ވަކިކުރި ތާރީހު ނުވަތަ ވަކިވި ތާރީހު؛
  6. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަނުކުރި އެންމެހައި ފަރާތްތަކުގެ، މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތ.ު

(ނ) ކުންފުންޏަކާ، އެންމެ ޑިރެކްޓަރަކު ހިމެނޭ ކުންފުންޏެއް ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، ކުންފުނީގެ ހަމައެކަނި ޑިރެކްޓަރުގެ މައުލޫމާތާއް އެ ކުންފުންޏަކީ ހަމައެކަނި އެންމެ ޑިރެކްޓަރެއް ހިމެނޭ ކުންފުންޏެއްކަމަށް 
ބަޔާންކުރަންވާނެއެވެ.

 

82 ވަނަ މާއްދާ - ޑިރެކްޓަރުންގެ ދަފުތަރު ބެލެހެއްޓުމުގެ ޒިންމާ 

(ހ) މި ގަވާއިދުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ޑިރެކްޓަރުންގެ ދަފުތަރެއް ބަލަހައްޓައި، ކުންފުނީގެ ޑިރެކްޓަރުންނަށް އަންނަ ބަދަލުތައް، އެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދަފުތަރުގައި ރަޖިސްޓަރީކޮށް ބެލެހެއްޓުމަކާ، ކުންފުނީގެ ޑިރެކްޓަރުންގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ޑިރެކްޓަރުންގެ ދަފުތަރު ބެލެހެއްޓުމުގައި އިހުމާލުވެއްޖެ ނަމަ، ކުންފުނިންނާއި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

83 ވަނަ މާއްދާ - ޑިރެކްޓަރުންނަށް އަންނަ ބަދަލުތައް ރަޖިސްޓްރާ ރއަށް އެންގުން 

(ހ) ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުރި ފަރާތަށް އެއްވެސް ބަދަލެއް ގެނެސްފި ނަމަ، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް، އެ ބަދަލެއް ގެންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ތިރީގައިވާ މައުލޫމާތުތަކާއި ލިޔެކިޔުންތަކާއެކު، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ކުންފުނިން ހުށަހަޅަންވާނެއެވެ.

  1. ޑިރެކްޓަރެއްގެ ގޮތުގައި ނުވަތަ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އަލަށް އައްޔަނުކުރި ނުވަތަ ކަނޑައެޅި ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެހާއި، ސަރވިސް އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ދިވެހި ރައްޔިތެއް ނޫން ނަމަ، ގައުމީ ނިސްބަތާއި އެ ގައުމަކުން ދޫކޮށްފައިވާ ޕާސްޕޯޓް ނަންބަރު ނުވަތަ ނޭށަނަލް އައިޑެންޓިފިކޭށަން ނަންބަރު؛
  2. ކުންފުނީގެ ޑިރެކްޓަރުންގެ ނުވަތަ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށްއައްޔަނުކުރުމަށް ނުވަތަ މަގާމު ކަނޑައެޅުމަށް ނުވަތަ އެ މަގާމުން ވަކިކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ނިންމުން އެކުލެވޭ ގަރާރު؛ 
  3. ޑިރެކްޓަރެއްގެ ގޮތުގައި ނުވަތަ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި އަލަށް އައްޔަނުކުރި ނުވަތަ ކަނޑައެޅި ފަރާތް އެ މަގާމު ގަބޫލުކުރާކަމަށާއި،އޭނާއަކީ މި ގަވާއިދުގެ 73 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރުކަމުގެ ށަރުތު ފުރިހަމަވާ މީހެއްކަމަށް ބަޔާންކޮށް، ނޯޓަރައިޒްކޮށްފައިވާ އިގުރާރު؛
  4. ކުރިން ހުރި ޑިރެކްޓަރަކު ޑިސްކޮލިފައިކޮށްފައިވާ ނަމަ،ޑިސްކޮލިފައިކޮށްފައިވާ ސަބަބު އަންގައިދޭ ލިޔުން؛
  5. ކުރިން ހުރި ޑިރެކްޓަރަކު މަގާމުން އިސްތިއުފާ ދީފައިވާ ނަމަ، ކުންފުންޏަށް އެ ފަރާތުން ފޮނުވައިފައިވާ ނޯޓިސް.

(ށ) މި މާއްދާގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރއަށް ހުށަހެޅުމެއް ލިބުމާއެކު،މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާ ނަމަ،ކުންފުނީގެ ޑިރެކްޓަރުންނަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަށް ގެނައި ބަދަލު، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުންފުނިން ޑިރެކްޓަރުންނަށް އަންނަ ބަދަލު ރަޖިސްޓްރާރއަށް ހުށަހަޅައި، ކުންފުނިތަކުގެ ދަފުތަރުގައި އެ ބަދަލެއް ރަޖިސްޓަރީކޮށްފައި ނުވާ ނަމަ، ކުންފުނިން ވަކިވިޑިރެކްޓަރަށް ނުވަތަ އިސްތިއުފާދިން ޑިރެކްޓަރަށް އެ ބަދަލެއް ރަޖިސްޓްރާރއަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމެއް، ކުންފުނިން ވަކިވި ޑިރެކްޓަރަކު ނުވަތަ އިސްތިއުފާދިން ޑިރެކްޓަރަކު ރަޖިސްޓްރާރއަށް ހުށަހެޅުމާ ގުޅިގެން،އެ ހުށަހެޅުމެއްގެ ސައްހަކަން ކުންފުނިން ކަށަވަރުކުރުމަށްފަހު ކުންފުނީގެ ދަފުތަރުގައި އެ ބަދަލު ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި،ގާނޫނާއި މި ގަވާއިދާ ނުވަތަ އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވޭ ނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތު، ރަޖިސްޓްރާރ ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ،ނުވަތަ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކާ،ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ ޑިރެކްޓަރުންނަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަށް ގެނެވުނު ބަދަލު ބާތިލުވާނެ ކަމެއް ނޫނެވެ. އަދި ގާނޫނާއި، މި ގަވާއިދުގެ މާއްދާތަކާއި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގެނެސްފައިވާ ބަދަލަކަށް ވާ ނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.

 

84 ވަނަ މާއްދާ - ޑިރެކްޓަރުން އައްޔަނުކުރުމަށް ރަޖިސްޓްރާރ އެންގުން

(ހ) މި ގަވާއިދުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށް އެއްވެސް ކުންފުންޏެއްގައި، އެއްވެސް ވަގުތެއްގައި ޑިރެކްޓަރުން ނެތް ނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތްކަމަށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސްފި ނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށް ޑިރެކްޓަރުން އައްޔަނުކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. މި ގޮތުން ރަޖިސްޓްރާރ ކުންފުންޏަށް އެންގުމެއް އަންގައިފި ނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށް ކުންފުންޏަށް ޑިރެކްޓަރުން އައްޔަނުކޮށް، މި ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު ރަޖިސްޓްރާރއަށްއެ ކުންފުންޏަކުން ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެނޭޖިންގ ޑިރެކްޓަރެއް އެއްވެސް ކުންފުންޏެއްގައި، އެއްވެސް ވަގުތެއްގައި ނެތް ނަމަ، ނުވަތަ މެނޭޖިންގ ޑިރެކްޓަރެއް ނެތްކަމަށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސްފި ނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ މެނޭޖިންގ ޑިރެކްޓަރު އައްޔަނުކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި ރަޖިސްޓްރާރ އެފަދައިން ކުންފުންޏަށް އެންގުމެއް އަންގައިފި ނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރެއް އައްޔަނުކޮށް، މި ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު ރަޖިސްޓްރާރއަށް އެ ކުންފުންޏަކުން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

85 ވަނަ މާއްދާ - ޑިރެކްޓަރުން އައްޔަނުކުރުމަށް ކޯޓަށް ހުށަހެޅުން 

(ހ) މި ގަވާއިދު 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށް ޑިރެކްޓަރުން އެއްވެސް ކުންފުންޏެއްގައި ނެތް ނަމަ، އަދި ގާނޫނާއި، މި ގަވާއިދާއި، ކުންފުނީގެ ދުސްތޫރާ އެއްގޮތަށް ޑިރެކްޓަރުން އައްޔަނުކުރެވެން ނެތް ނަމަ، ކުންފުނީގެ ކޮންމެ މެންބަރަކަށް ނުވަތަ ކްރެޑިޓަރަކަށް، ކުންފުނީގެ ޑިރެކްޓަރަކު އައްޔަނުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ކުންފުނީގެ މެންބަރަކު ނުވަތަ ކްރެޑިޓަރަކު، ކޯޓަށް ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، އެ ކަމަކީ ކުންފުނީގެ މަސްލަހަތުގައިވާ ކަމެއްކަމަށް ކޯޓަށް ފެނިއްޖެ ނަމަ، އެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކުންފުންޏަށް ޑިރެކްޓަރަކު އައްޔަނުކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެގޮތުން ކޯޓުން ކުންފުންޏަށް ޑިރެކްޓަރަކު އައްޔަނުކުރާއިރު، ކޯޓުން ކަނޑައަޅާ މުއްދަތަކަށް ނުވަތަ ށަރުތުތަކަކާއެކު ޑިރެކްޓަރަކު އައްޔަނުކުރުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.

 

 

ތޭރަ ވަނަ ބާބު

ހިއްސާ

 

86 ވަނަ މާއްދާ - ހިއްސާ

(ހ) ކުންފުނީގެ ކޮންމެ ހިއްސާއަކާ، އެ ހިއްސާގެ މިލްކުވެރި މެންބަރުގެ އުފުލޭ މުދަލެކެވެ.

(ށ) ކުންފުނީގެ ދުސްތޫރުގައި ހުއްދަކޮށްފައިވާ ގޮތެއްގެ މަތީންނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހިއްސާއެއް ވިއްކައި، އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކޮށް، ނަގުލުކުރެވިދާނެއެވެ.

 

87 ވަނަ މާއްދާ - ހިއްސާގެ އަގު 

(ހ) ހިއްސާގެ އަސްލު އަގަކާ، ހިއްސާގެ މޫނުމަތީ އަގުކަމަށް ހިއްސާގެ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ އަގެވެ.

(ށ) ކުންފުންޏެއްގެ ހިއްސާއެއް، އެ ހިއްސާގެ މޫނުމަތީ އަގަށްވުރެ ދަށް އަގެއްގައި 
އެ ކުންފުންޏަކުން ވިއްކައިގެން ނުވާނެއެވެ.

 

88 ވަނަ މާއްދާ - ޖޮއިންޓް ށެއަރހޯލްޑިންގ 

ކުންފުނީގެ ހިންގާ ގަވާއިދުގައި މަނާކޮށްފައިނުވާ ނަމަ، ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ބައިވެރިވެގެން ހިއްސާއެއް މިލްކުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ހާލަތެއްގައި،ކުންފުނީގެ ހުރިހާ ބޭނުމަކަށް ވެސް އެ ހިއްސާއެއް ތަމްސީލުކުރާނީ، އެ ބައެއްގެ ތެރެއިން ކޮންމެ ވެސް އެކަކެވެ.

 

89 ވަނަ މާއްދާ - ޑިވިޑެންޑް 

(ހ) ޑިވިޑެންޑަކާ، ކުންފުނީގެ ދުސްތޫރުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން، ކުންފުންޏެއްގެ ފައިދާއިން ކުންފުނީގެ މެންބަރުންނަށް ބަހަން ނިންމާ އަދަދެކެވެ.

(ށ) ހިއްސާގެ ފައިދާ ބަހަންވާނީ، ކުންފުނިން ހަމައެކަނި ވިޔަފާރިކޮށްގެން ލިބިފައިވާ ފައިދާގެ ތެރެއިންނެވެ.

(ނ) މެންބަރުންނަށް ޑިވިޑެންޑް ބެހުމާ ގުޅ،ޭ އަންނަނިވި ކަންކަން، ހިންގާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

  1.  ފައިދާ ދޫކުރާނެ މުއްދަތު ނުވަތަ ވަގުތާބެހޭ ކަންކަން؛
  2. ފައިދާ ދޫކުރާނީ، ފައިސާގެ ގޮތުގައި ނުވަތަ ހިއްސާއެއްގެ ގޮތުގައި ނުވަތަ އޮޕްށަންތަކެއްގެ ގޮތުގައި ނުވަތަ މުދަލެއް ބަދަލުކުރެވޭ ގޮތަށްކަން؛
  3. އިންޓެރިމް ޑިވިޑެންޑް ބެހުމާގުޅޭ ކަންކަން؛
  4. ޑިވިޑެންޑް ބެހުމުގައި އަމަލުކުރާނެ ގޮތާއި، ޑިވިޑެންޑް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތީން ޑިވިޑެންޑް ބަލައިގަނެފައި ނުވާ ނަމަ ކުންފުނިން އަމަލުކުރާނެ ގޮތް.

(ރ) ޑިވިޑެންޑުގެ މައްޗަށް އިންޓްރެސްޓެއް އިތުރެއް ނުކުރެވޭނެއެވެ.

 

90 ވަނަ މާއްދާ - ހިއްސާގެ ގިންތިތަކުގެ ހައްގުތައް ބަދަލުކުރުމާއި ބާތިލުކުރުން 

ކުންފުނީގެ ހިންގާ ގަވާއިދުގައި، ހިއްސާގެ ގިންތިތަކާއި، އެ ގިންތިތަކުގެ ހައްގުތައް ބަދަލުކުރާނެ ނުވަތަ ބާތިލުކުރާނެ އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ.

 

91 ވަނަ މާއްދާ - ހިއްސާގެ ގިންތިތަކުގެ ހައްގުތައް ބަދަލުކުރުމާއި ބާތިލުކުރުމުގެ އިޖުރާއަތު 

(ހ) ވަކި ގިންތިއެއްގެ ހިއްސާއަކާ ގުޅޭ ހައްގުތައް ބަދަލުކުރަން ނުވަތަ ބާތިލުކުރަން ކުންފުނިން ނިންމައިފި ނަމަ، އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހިއްސާގެ ގިންތީގެ މެންބަރުންނަށް އެކަން އަންގަންވާނެއެވެ.

(ށ) ކުންފުނީގެ ހިންގާ ގަވާއިދުގައި، ހިއްސާގެ ގިންތިތަކުގެ ހައްގުތައް ބަދަލުކުރާނެ ނުވަތަ ބާތިލުކުރާނެ އިޖުރާއަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، ހިއްސާގެ ގިންތިތަކުގެ ހައްގުތަކަށް ބަދަލުގެނެވޭނީ ނުވަތަ ބާތިލުކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ފާސްކޮށްފައިވާ، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުންނެވެ.

  1. އެ ހިއްސާގެ ގިންތީގެ، މަދުވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) މެންބަރުންގެ ރުހުން ލިޔުމުން ދިނުމުން؛ ނުވަތަ
  2. އެ ހިއްސާގެ ގިންތީގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ހިއްސާ ތަމްސީލުކުރާ މެންބަރުންގެ ރުހުން ދިނުމުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިއްސާގެ ގިންތިތަކުގެ ހައްގުތަކަށް ގެނެވިފައިވާ ބަދަލަށް އެއްބަސްނުވާ ނުވަތަ ވޯޓުނުދޭ އެ ގިންތިއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން މަދުވެގެން %15 (ފަނަރަ އިންސައްތަ) މެންބަރުންނަށް، ހިއްސާގެ ގިންތިތަކުގެ ހައްގަށް ގެނައި ބަދަލު ބާތިލުކުރުމަށް ކޯޓަށް ހުށަހެޅިދާނެއެވެ.

 

ސާދަ ވަނަ ބާބު

ހިއްސާގެ ރައުސްމާލު ބަދަލުކުރުން

 

92 ވަނަ މާއްދާ - ހިއްސާގެ ރައުސްމާލު 

ހިއްސާގެ ރައުސްމާލަކާ، ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުނީގެ މެންބަރުންނަށް ހިއްސާ ދޫކޮށްގެން ފައިސާ ހޯދުމަށް ކަނޑައަޅައިފައިވާ މިންވަރެވެ.

 

93 ވަނަ މާއްދާރައުސްމާލު އިތުރުކުރުން 

ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމައި، ކުންފުނީގެ ހިއްސާގެ ރައުސްމާލު އިތުރުކުރެވިދާނެއެވެ.

 

94 ވަނަ މާއްދާ - ރައުސްމާލު މަދުކުރުން

(ހ) ކުންފުންޏަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ރައުސްމާލު ހުރެއްޖެ ނަމަ، އެހެން ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނުލިބޭ ގޮތަށް، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ރައުސްމާލު މަދުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ މެންބަރުންގެ ނިންމުމަކުން ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމައި ރަޖިސްޓްރާރއަށްހުށަހެޅުމުން، ރަޖިސްޓްރާރގެ ގެޒެޓުގައި އާންމުކޮށްކުރާ އިއުލާނަކުން، ކުންފުނީގެ އެ ބަދަލަށް އެއްވެސް ކްރެޑިޓަރެއް ނުވަތަ ކުންފުނީގެ އެއްވެސް މެންބަރެއް ނުވަތަ ކުންފުންޏާ ގުޅުންހުރި އެނޫންވެސް ފަރާތެއްގެ އިއުތިރާޒެއް އޮތްތޯ ކަށަވަރުކުރަންވާނެއެވެ. އަދި އެފަދައިން ކުރާ އިއުލާނުގައި މަދުވެގެން 30 (ތިރީސް) ދުވަހުގެ މުހުލަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުންކުރާ އިއުލާނާ ގުޅިގެން އިއުތިރާޒެއް ހުށަހަޅަން ބޭނުންވާ ފަރާތަކުން އިއުލާނުގައި ބަޔާންކޮށްފައިވާ އަންނަނިވި މައުލޫމާތު ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

  1. އިއުތިރާޒުކުރާ ފަރާތުގެ މައުލޫމާތު؛
  2. އިއުތިރާޒުކުރާ ފަރާތާއި ކުންފުންޏާ އޮތް ގުޅުން؛
  3. އިއުތިރާޒުގެ ތަފުސީލު؛
  4. އިއުތިރާޒުކުރާ ސަބަބާއެކު ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެއްވެސް ފަރާތަކުން ރަޖިސްޓްރާރއަށް އިއުތިރާޒެއް ހުށަހަޅައިފައިނުވާ ނަމަ، މި ގަވާއިދުގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރާރގެ ދަފުތަރުގައި ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމި ނިންމުން ރަޖިސްޓަރީކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކުރާ އިއުލާނާ ގުޅިގެން، އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އިއުތިރާޒެއް ހުށަހަޅައިފައިވާ ނަމަ، ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމައިރަޖިސްޓްރާރއަށް ހުށަހަޅައިފައިވާ ހުށަހެޅުމާމެދު އަންނަނިވި ގޮތުންކުރެ ގޮތަކަށް ރަޖިސްޓްރާރ އަމަލުކުރަންވާނެއެވެ.

  1. ހުށަހަޅައިފައިވާ ހުށަހެޅުމުގައި އަސާސެއްވާކަމަށް ގަބޫލުކުރެވޭ ނަމަ، އެ ކަމެއް އިސްލާހުކުރުމަށް ކުންފުންޏަށް އެންގުން؛ އަދި
  2. ހުށަހަޅައިފައިވާ ހުށަހެޅުމުގައި އަސާސެއް ނެތްކަމަށް ގަބޫލުކުރެވޭ ނަމަ، ކުންފުނީގެ ރައުސްމާލަށް ގެނެސްފައިވާ ބަދަލު، މި ގަވާއިދުގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށްހުށަހެޅުމަށް އެންގުން.

 

95 ވަނަ މާއްދާރައުސްމާލު ބަދަލުކުރާކުރުން ރަޖިސްޓްރާރއަށް އެންގުން 

(ހ) މި ގަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ރައުސްމާލަށް ބަދަލެއް ގެނެސްފި ނަމަ، އެ ބަދަލެއް ގެންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް އެ ބަދަލެއް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުން އަންގާތާ ނުވަތަ މި ގަވާއިދުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާނީ ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށެވެ.

  1. ކުންފުނީގެ ރައުސްމާލު އިތުރުކުރުމަށް ނުވަތަ ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ނިންމުން އެކުލެވޭ ހާއްސަ ގަރާރު؛
  2. ރައުސްމާލަށް ގެނައި ބަދަލުގެ ތަފުސީލު؛
  3. ރައުސްމާލަށް ގެނައި ބަދަލާ ގުޅިގެން ހިއްސާ އެކަށައެޅި ގޮތް؛
  4. ރައުސްމާލު މަދުކުރިކުރުން ރަޖިސްޓަރީކުރަން ހުށަހަޅާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް؛
  5. ރައުސްމާލަށް އައި ބަދަލު ހިމެނޭގޮތުން އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދު؛
  6. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ތާވަލުގައި ބަޔާންކޮށްފައިވާ ފީ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރއަށް ހުށަހެޅުމެއް ލިބުމާއެކު، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާ ނަމަ،އެ ކުންފުންޏެއްގެ ރައުސްމާލަށް ގެނެވުނު ބަދަލު، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކޮށް، އެ ހުށަހެޅުން ލިބުނުތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުންފުންޏަށް އެ ބަދަލެއް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، ގާނޫނާއި މި ގަވާއިދާ ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވޭ ނަމަ، އެކަންއިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށްލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، 7 (ހަތެއް) ދުވަހުގެ މުއްދަތަށްވުރެ ކުރު ނޫން މުއްދަތެއް ކުންފުންޏަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، ކުންފުނިންނާއި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކާ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ ރައުސްމާލު ބަދަލުކުރިކުރުން ބާތިލުވާނެ ކަމެއް ނޫނެވެ. އަދި އެ ބަދަލަކާ، ގާނޫނާއި، މި ގަވާއިދު ގެ މާއްދާތަކާއި،ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގެނެސްފައިވާ ބަދަލަކަށް ވާ ނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.

 

 

ފަނަރަ ވަނަ ބާބު

ހިއްސާ އެކަށައެޅުމާއި ހިއްސާ ބަދަލުކުރުން

 

96 ވަނަ މާއްދާހިއްސާ އެކަށައެޅުން 

(ހ) ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއް ރަޖިސްޓަރީވުމާއެކު، އެ ކުންފުނީގެ އަސާސީ ގަވާއިދުގައި، އެ ކުންފުނީގެ ހިއްސާ ނެގުމަށް އެއްބަސްވެފައިވާ ފަރާތްތަކަށް، އެ ނިސްބަތަށް ހިއްސާ އެކަށައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތްތަކުގައި، ގާނޫނާއި މި ގަވާއިދާއި ކުންފުނީގެ ދުސްތޫރު ހުއްދަކުރާ ގޮތެއްގެ މަތީން، ކުންފުނީގެ މެންބަރުންގެ ގަރާރަކުން ހުއްދަ ހޯދައިގެން، ކުންފުނީގެ ހިއްސާ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އެކަށައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނާއި، މި ގަވާއިދުގެ މާއްދާތަކާ ހިލާފުނުވާނެ ގޮތެއްގެ މަތީން، ކުންފުނީގެ ހިއްސާ އެކަށައެޅުމުގައި ވަކި ތަފާތު އުސޫލުތަކެއް ނުވަތަ ކުންފުނީގެ މެންބަރުންގެ ހުއްދަ ހޯދުމަށް ށަރުތުކޮށް، ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅައި ބަޔާންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

97 ވަނަ މާއްދާ - ހިއްސާ ނެގުމަށް ރުހުން އޮތުން 

މި ގަވާއިދުގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެއްވެސް ފަރާތަކަށް ހިއްސާއެއް އެކަށައެޅުމުގައި ކުންފުންޏަށް، އެ ފަރާތަކަށް އޮތް އިލްތިޒާމެއް އިތުރުވާ ނަމަ ނުވަތަ ކުންފުންޏަށް، އެ ފަރާތަކަށް އިތުރު އިލްތިޒާމެއް އުފަންވާ ނަމަ، ހިއްސާ އެކަށައަޅާ ފަރާތުގެ ރުހުން ލިޔުމުން އޮންނަންވާނެއެވެ. އަދި އެ ނޫން ގޮތަކަށް ހިއްސާއެއް އެކަށައަޅައިފި ނަމަ، އެއީ ބާތިލު ނިންމުމެކެވެ.

 

98 ވަނަ މާއްދާ - މެންބަރުންގެ ދަފުތަރުގައި ރިކޯޑުކުރުން 

(ހ) މި ގަވާއިދުގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ހިއްސާ އެއްވެސް ފަރާތަކަށް އެކަށައަޅައިފި ނަމަ ނުވަތަ މި ގަވާއިދުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ބަދަލުވެއްޖެ ނަމަ ނުވަތަ މި ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ނަގުލުކޮށްފި ނަމަ، އެކަން، ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރުންގެ ދަފުތަރުގައި އެ މައުލޫމާތު ރަޖިސްޓަރީކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައިރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް، ކުންފުނިން ރަޖިސްޓްރާރއަށް އެ މައުލޫމާތު އަންގަންވާނެއެވެ.

 

99 ވަނަ މާއްދާ - ހިއްސާ އެކަށައެޅުމުގެ މުގާބިލު

ކުންފުނީގެ ދުސްތޫރުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާ ހައި ހިނދަކު، ކުންފުނީގެ ހިއްސާ އެކަށައެޅުމުގެ މުގާބިލު ކަނޑައަޅާނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ހިއްސާ އެކަށައެޅުމުގެ މުގާބިލަކާ، ފައިސާއެއް ނުވަތަ ޕްރޮމިސަރީ ނޯޓެއް ނުވަތަ ހިދުމަތުގެ އެއްބަސްވުމެއް ނުވަތަ މުދަލެއް ނުވަތަ ކުންފުނީގެ އެ ނޫން ވެސް މާލީ ޕްރޮޑަކްޓެއްކަމަށް ކަނޑައެޅިދާނެއެވެ.

 

100 ވަނަ މާއްދާމާލީ އެހީ ދިނުން މަނާކުރުން 

މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނުވީ، އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ މެންބަރުންނަށް، އެ ކުންފުނީގެ ހިއްސާ ނުވަތަ އެހެނިހެން ސެކިއުރިޓީޒް ގަތުމަށް އެއްވެސް މާލީ އެހީއެއް ދީގެން ނުވާނެއެވެ.

(ހ) އެއްވެސް ކުންފުންޏަކުން، އެ ކުންފުނީގެ ހިއްސާ ނުވަތަ އެހެނިހެން ސެކިއުރިޓީޒް ގަތުމަށް އެއްވެސް މާލީ އެހީއެއް ދެވޭނީ، ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމާ ހާލަތުތަކުގައި މެންބަރުންގެ ކިބައިން ގަންނަ ހިއްސާއަކީ ކުންފުނިން ހިއްސާ 
މަދުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ބާތިލުކުރެވޭނެ ހިއްސާގެ ގޮތުގައި 
ކަނޑައަޅައި، މެންބަރުންގެ ގަރާރަކުން، އެކަން ފާސްކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުންފުނީގެ މެންބަރުންގެ ހުއްދަ ދޭންވާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

  1. ކުންފުނީގެ އާންމު ޖަލްސާއެއްގައި ފާސްކުރާ މެންބަރުންގެ ހާއްސަ ގަރާރަކުން؛ ނުވަތަ
  2. އާންމު ޖަލްސާއެއްގައި އޯޑިނަރީ ށެއަރ ހޯލަޑަރުން ފާސްކުރާ ގަރާރަކުން. 

 

101 ވަނަ މާއްދާ - ހިއްސާގެ އަގު ދެއްކުމަށް އެންގުން 

(ހ) ކުންފުނީގެ ހިއްސާ ނަގައިފައިވާ އެއްވެސް މެންބަރަކު، އެ ހިއްސާއާ ގުޅޭގޮތުން ކުންފުންޏަށް ދައްކަންޖެހޭ އަގު ދައްކައިފައި ނުވާ ނަމަ، އެ ފައިސާ ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުން އެންގިދާނެއެވެ.

(ށ) ކުންފުނީގެ ހިއްސާ އެއްވެސް ފަރާތަކަށް އެކަށައެޅުމުގައި ވަކި ށަރުތުތަކެއްކޮށް، ވަކި ތާރީހެއްގެ ކުރިން އަގު ދެއްކުމަށް ށަރުތުކޮށްފައިވާ ނަމަ، މި މާއްދާގެ (ހ) ގެ ދަށުން އިތުރު އެންގުމެއް އެންގުމަކާ ނުލައި، އެ ތާރީހެއްގައި ހިއްސާގެ އަގު ދެއްކުމަށް އެންގުނުކަމަށް ބެލެވޭނެއެވެ.

(ނ) ކުންފުނީގެ ދުސްތޫރުން ހުއްދަކުރާ ގޮތެއްގެ މަތީން، މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ހިއްސާގެ އަގު ކުންފުންޏަށް ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުގެ އެންގުމެއް މެންބަރަކަށް ލިބިއްޖެ ނަމަ، އެ މެންބަރަކު ނަގައިފައިވާ ހިއްސާގެ އަގު، އެ އެންގުމާ އެއްގޮތަށް ކުންފުންޏަށް ދައްކަންވާނެއެވެ. އަދި ހިއްސާއެއް ނަގައިފައިވަނީ، އެއްފަރާތަށްވުރެ ގިނަފަރާތުގެ ނަމުގައި ކަމަށް ވާ ނަމަ، އެ ހުރިހާ ފަރާތަކުން، ހިއްސާގެ އަގު، އެ އެންގުމާ އެއްގޮތަށް ކުންފުންޏަށް ދެއްކުމުގެ ޒިންމާ އޮންނާނެއެވެ.

 

102 ވަނަ މާއްދާ - ހިއްސާ އަނބުރާ އަތުލުން

(ހ) ކުންފުނީގެ ހިއްސާ ނަގައިފައިވާ މެންބަރަކަށް، މި ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން އެ ހިއްސާގެ އަގު ކުންފުންޏަށް ދެއްކުމަށް އެންގުމުން، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ކުންފުންޏަށް ދައްކައި ފައި ނުވާ ނަމަ،މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ މެންބަރަކަށް ނޯޓިސް ދިނުމަށްފަހު، އެ ހިއްސާއެއް އަނބުރާ ކުންފުންޏަށް އަތުލެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދީ، ހިއްސާގެ އަގަށް ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބަޔާންކޮށް، އެ ފައިސާ ދެއްކުމަށް އެންގުން؛
  2. އެ ނޯޓިހުގެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، އެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލެވޭނެކަމަށް ބަޔާންކުރުން.

(ނ) މި މާއްދާގެ ދަށުން ކުންފުނީގެ މެންބަރެއްގެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލައިފި ނަމަ، އެ އަތުލި ހިއްސާއަކީ ކުންފުނީގެ ރައުސްމާލުން އެކަށައެޅިފައިވާ ހިއްސާގެ ތެރެއިން ވަކި ފަރާތަކަށް އެކަށައަޅައިފައިނުވާ ހިއްސާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި އެ މެންބަރެއްގެ އިތުރު އެއްވެސް ހިއްސާއެއް ނެތް ނަމަ،ކުންފުނީގެ މެންބަރުންގެ ދަފުތަރުން އެ ފަރާތެއް އުނިކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ކުންފުނީގެ މެންބަރުކަމުން އެ ފަރާތެއް ވަކިވިކަމުގައި ވިޔަސް، އެ ފަރާތަކުން ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިލްތިޒާމުން ބަރީއަވެގެނެއް ނުވާނެއެވެ. އަދި އެ ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމަށް ޓަކައި އެ ފަރާތެއްގެ މައްޗަށް ދައުވާކުރުމުގެ ހައްގު ކުންފުންޏަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ ދަށުން ކުންފުނީގެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލައިފި ނަމަ، ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ މެންބަރުންގެ ދަފުތަރުގައި އެކަން ރަޖިސްޓަރީކުރަންވާނެއެވެ. އަދި ގާނޫނާއި މި ގަވާއިދާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނިތަކުގެ ދަފުތަރުގައި އެފަދައިން ރަޖިސްޓަރީކުރުމަކީ އެ މެންބަރެއްގެ ހިއްސާ ކުންފުންޏަށް އަނބުރާ އަތުލިކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވޭނެއެވެ.

 

103 ވަނަ މާއްދާހިއްސާ ބަދަލުކުރުމުގައި ކުންފުނީގެ މެންބަރުންނަށް ފުރަތަމަ އިހްތިޔާރު ލިބުން 

ޕްރައިވެޓް ކުންފުންޏެއްގެ ދުސްތޫރުގައި އެހެން ގޮތަކަށް ކަނޑައަޅައި ބަޔާންކޮށްފައިނުވާ ނަމަ، ކުންފުނީގެ މެންބަރެއްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރުމަށް ހުށަހަޅާ ހާލަތްތަކުގައި، ކުންފުނީގެ އެ ވަގުތަކު ތިބި މެންބަރުންގެ ތެރެއިން މެންބަރެއް ނުވަތަ މެންބަރުންތަކެއް އެ ހިއްސާ ގަތުމަށް ހުށަހަޅައި، އެ މެންބަރުން އެ ހިއްސާ ގަތުމަށް އެއްބަސްނުވާ ހާލަތެއްގައި މެނުވީ، ކުންފުނީގެ މެންބަރެއްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

104 ވަނަ މާއްދާ - އެކެއްގެ ކިބައިން އަނެކަކަށް ހިއްސާ ބަދަލުކުރުން 

(ހ) ކުންފުނީގެ ދުސްތޫރު ހުއްދަކުރާ ގޮތެއްގެ މަތީން، ކުންފުނީގެ މެންބަރެއްގެ ހިއްސާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ މެންބަރުންގެ ދަފުތަރުގައި ހިއްސާ ބަދަލުކުރިކުރުން ރަޖިސްޓަރީކުރުމުންނެވެ.

(ށ) ކުންފުނީގެ މެންބަރެއްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރުމަށް ޓަކައި ހިއްސާ ބަދަލުކުރިކަމުގެ ލިޔުމެއް ކުންފުނީގެ ސަރވިސް އެޑްރެހަށް ލިބުމާއެކު، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހިއްސާ ބަދަލުކުރިކުރުން ކުންފުނީގައިރަޖިސްޓަރީކޮށް، ކުންފުނީގެ މެންބަރުންގެ ދަފުތަރުގައި އެ ބަދަލު ރަޖިސްޓަރީކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހިއްސާ ބަދަލުކުރިކަމުގެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ތައް ހިމަނަންވާނެއެވެ.

  1. ހިއްސާ އޮތް މެންބަރުގެ މައުލޫމާތު؛
  2. ހިއްސާ ބަދަލުކުރާ ފަރާތުގެ މައުލޫމާތު؛
  3. ބަދަލުކުރާ ހިއްސާތަކުގެ މައުލޫމާތާއި، ހިއްސާ ބަދަލުކުރުމުގެ މުއާމަލާތުގެ މުގާބިލުގެ މައުލޫމާތު؛
  4. ހިއްސާ ބަދަލުކުރި ތާރީހު؛ 
  5. ހިއްސާ ބަދަލުކުރުމަށް އެދޭ ފަރާތަކާ، ހިއްސާގެ ވެރިފަރާތްކަމާއި،އެ ފަރާތުން ހިއްސާ ގަތުމަށް އެދޭ ފަރާތަށް ހިއްސާ ވިއްކައި، އެ ހިއްސާ ބަދަލުކުރުމަށް އެދޭކަން ބަޔާންކުރުމާއެކު ދެ ފަރާތުން ސޮއިކޮށްނޯޓަރައިޒްކޮށްފައިވާ ލިޔުން؛
  6. ހިއްސާ ބަދަލުކުރުމާއެކު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ގެންނަންޖެހޭ ބަދަލު؛ 
  7. އަލަށް ހިއްސާ ގަންނަ ފަރާތާއި ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމަށް ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ހިއްސާ ބަދަލުކުރިކަމުގެ ލިޔުމެއް ކުންފުންޏަށް ލިބުމުން، އެކަންކުންފުނީގައި ރަޖިސްޓަރީނުކުރުމަށް، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުގެ ގަރާރަކުން ނިންމިދާނެއެވެ. އެފަދައިން ނިންމާ ނިންމުމުގައި،ހިއްސާ ބަދަލުކުރިކަން ރަޖިސްޓަރީނުކުރުމަށް ނިންމި ސަބަބުތައް ބަޔާންކުރަންވާނެއެވެ.

  1. ހިއްސާ ބަދަލުކުރިކަން ރަޖިސްޓަރީކުރުން ކުންފުނީގެ ދުސްތޫރު މަނާކުރުން؛
  2. ހިއްސާ ނަގައިފައިވާ މެންބަރު ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ދަރަންޏެއް ނުވަތަ ފައިސާއެއް އެއީ ހިއްސާ ގަތުމަށް އެއްބަސްވި އެއްބަސްވުމުގެ ތެރެއިން ދައްކަންޖެހޭ ފައިސާއެއް ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް، ނުދައްކާ އޮތުން؛ ނުވަތަ
  3. މި ގަވާއިދުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައި ނުވުން.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުންފުނިން ނިންމުމެއް ނިންމައިފި ނަމަ، ކުންފުނީގެ ހިއްސާ އޮތް މެންބަރަށާއި ހިއްސާ ބަދަލުކުރި ފަރާތަށް، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކުންފުނިން އެކަން އަންގަންވާނެއެވެ. އަދި މި މާއްދާގެ (ރ) ގެ ދަށުން ނިންމި ނިންމުމުގެ ކޮޕީއެއް އެ ފަރާތްތަކަށް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) އާ ނުވަތަ (ރ) އާ ނުވަތަ (ބ) އާ އެއްގޮތަށް ކުންފުނިން އަމަލުކޮށްފައި ނުވާ ނަމަ، ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ކ) އެންމެ މެންބަރަކަށް ވުރެ ގިނަ މެންބަރުން ހިމެނޭ ކުންފުންޏެއް، އެންމެ މެންބަރެއް ހިމެނޭ ކުންފުންޏަކަށް ބަދަލުކުރުމުގައި ވެސް އަމަލުކުރާނީ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

105 ވަނަ މާއްދާހިއްސާ ބަދަލުކުރި ވަގުތު 

ކުންފުނީގެ ހިއްސާ، އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރި ވަގުތުކަމަށްވާނީ، ކުންފުނީގެ ދުސްތޫރު އެހެން ގޮތަކަށް ހުއްދަ ނުކުރާހައި ހިނދަކު، މި ގަވާއިދުގެ 104 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިއްސާ ބަދަލުކުރިކަން ކުންފުނީގައި ރަޖިސްޓަރީކޮށް، ކުންފުނީގެ މެންބަރުންގެ ދަފުތަރު ގައި ރަޖިސްޓަރީކުރި ވަގުތަށެވެ.

 

106 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުމުން ސެޓުފިކެޓު ދޫކުރުނ 

މި ގަވާއިދުގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ހިއްސާއެއް އެއްވެސް ފަރާތަކަށް އެކަށައަޅައިފި ނަމަ ނުވަތަ މި ގަވާއިދުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ބަދަލުވެއްޖެ ނަމަ ނުވަތަ މި ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ނަގުލުކޮށްފި ނަމަ ނުވަތަ މި ބާބުގެ އެހެންވެސް މާއްދާއެއްގެ ދަށުން ކުންފުނީގެ ހިއްސާއެއް އެއްވެސް މެންބަރަކަށް އެކަށައަޅައި، ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ މެންބަރުންގެ ދަފުތަރު ގައި ރަޖިސްޓަރީކޮށްފި ނަމަ، ގާނޫނުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މެންބަރަކަށް ކުންފުނިން ހިއްސާގެ ސެޓުފިކެޓެއް ދޫކުރަންވާނެއެވެ.

 

107 ވަނަ މާއްދާ - ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިއްސާ ބަދަލުވުން 

ކުުންފުނީގެ ދުސްތޫރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ހިއްސާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުވާނެއެވެ. 

 

108 ވަނަ މާއްދާ - ހިއްސާ ނަގުލުކުރުން 

ކުުންފުނީގެ މެންބަރަކު މަރުވެއްޖެ ނަމަ ނުވަތަ އިފްލާސްކޮށްފި ހާލަތެއްގައި ނަމަ،އެ މެންބަރެއްގެ ހިއްސާއާއި އެ ހިއްސާއާ ގުޅިފައިވާ ހައްގުތައް، އެ މެންބަރަކު ތަމްސީލުކުރާފަރާތަކަށް ނުވަތަ އެ ހިއްސާ ލިބިގަތުމުގެ ހައްގު ލިބިފައިވާ ފަރާތެއްކަމަށް ކޯޓަކުން ކަނޑައަޅާފަރާތަކަށް، ގާނޫނާއި މި ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ހިއްސާބަދަލުވިކަން ރަޖިސްޓަރީކުރަންވާނެއެވެ.

 

109 ވަނަ މާއްދާ - ހިއްސާ ބަދަލުކުރާ ކުރުން ރަޖިސްޓްރާރއަށް އެންގުން

(ހ) މި ގަވާއިދުގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ހިއްސާ އެއްވެސް ފަރާތަކަށް އެކަށައަޅައިފި ނަމަ ނުވަތަ މި ގަވާއިދުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާބަދަލުވެއްޖެ ނަމަ ނުވަތަ މި ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން ކުންފުނީގެއެއްވެސް މެންބަރެއްގެ ހިއްސާ ނަގުލުކޮށްފި ނަމަ ނުވަތަ މި ބާބުގެ އެހެންވެސް މާއްދާއެއްގެ ދަށުން ކުންފުނީގެ މެންބަރުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއްގެނެސްފި ނަމަ، އެ ބަދަލެއް ގެންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަންރަޖިސްޓްރާރއަށް އަންގަންވާނެއެވެ. އަދި ބަދަލު ގެނެވުނު ފަރާތްތަކުގެ މައުލޫމާތު،މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގަވާއިދުގެ 155 ވަނަ މާއްދާގައިބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރ ކަނޑައަޅާސިސްޓަމެއް މެދުވެރިކޮށް އަންނަނިވި މައުލޫމާތުތަކާއި ލިޔެކިޔުންތައްރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

  1. ކުންފުނީގެ މެންބަރެއްގެ ގޮތުގައި އަލަށް ރަޖިސްޓަރީކުރެވުނު ފަރާތުގެ މައުލޫމާތާއި، އެ ފަރާތުގެ ރުހުން؛ އަދި
  2. ކުންފުނީގެ މެންބަރުންގެ ދަފުތަރަށް ގެނެވުނު ބަދަލަކާ، މި ގަވާއިދުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ނަމަ، ހިއްސާ ވިއްކިފަރާތުގެ މައުލޫމާތާއި، ހިއްސާ ބަދަލުކުރިކަމުގެ ނޯޓަރައިޒްކޮށްފައިވާ ލިޔުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިއްސާ ބަދަލުކުރާކުރުން ރަޖިސްޓްރާރއަށް އަންގާއިރު
ހިއްސާ ވިއްކި ފަރާތަކީ ކުންފުނީގެ ޑިރެކްޓަރެއް ނަމަ، އެ ފަރާތެއްގެ ޑިރެކްޓަރުގެ ައިސިއްޔަތަށް ބަދަލު އަންނަ ނަމަ، އެކަން ކުންފުނިތަކުގެ ދަފުތަރުގައި ހިމެނުމަށް ޓަކައި ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރއަށް ހުށަހެޅުމެއް ލިބުމާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައިފުރިހަމަވެފައިވާ ނަމަ، ކުންފުނީގެ މެންބަރުންގެ ދަފުތަރަށް ގެނެވުނު ބަދަލު،ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކޮށް،އެކަން ކުންފުންޏަށް އަންގަންވާނެއެވެ.

(ރ) ރަޖިސްޓްރާރގެ ދަފުތަރުގައި ހިއްސާ ބަދަލުކުރި ވަގުތުގެ ގޮތުގައި ރިކޯޑުކުރެވޭނީ،ހަމައެކަނި ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ހުށަހަޅަންޖެހޭލިޔެކިޔުން ފުރިހަމަކުރުމުން އެ ލިޔެކިޔުން ހުށަހެޅި ތާރީހުގައެވެ.

(ބ) މި މާއްދާގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، ގާނޫނާއިމި ގަވާއިދު ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާއެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވޭ ނަމަ، އެކަންއިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށްލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކުންފުންޏަށް ރަޖިސްޓްރާރ ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މާއްދާގައި ބަޔާންކޮށްފައިވާމުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ،ނުވަތަ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން އަމަލުކޮށްއެ މުއްދަތުގައި ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ ކުންފުނިންނާއިއެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދުމި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކާ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ މެންބަރުންގެ ދަފުތަރަށް ގެނެވުނު ބަދަލު ބާތިލުވާނެ ކަމެއް ނޫނެވެ. އަދި އެއީ ގާނޫނާއި، މި ގަވާއިދުގެ މާއްދާތަކާއި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގެނެސްފައިވާ ބަދަލަކަށް ވާ ނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.

 

110 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުމާ ގުޅޭ ނިންމުން ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 102 ވަނަ މާއްދާގެ ދަށުން ކުންފުނީގެ މެންބަރެއްގެ ހިއްސާއެއް ކުންފުނިން އަނބުރާ އަތުލައިފި ނަމަ ނުވަތަ މި ގަވާއިދުގެ 104 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކެއްގެ ކިބައިން އަނެކަކަށް ހިއްސާ ބަދަލުކުރިކަން ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ދެކޮޅުހަދައިފި ނަމަ،ކުންފުނީގެ އެ ނިންމުމެއް ބަދަލުކުރުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ލިބިއްޖެ ނަމަ، އެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލުމުގައި ނުވަތަ ހިއްސާ ބަދަލުކުރިކަން ރަޖިސްޓަރީކުރަން ދެކޮޅުހެދުމުގައި ކުންފުނިން އަމަލުކޮށްފައިވަނީ، ގާނޫނާއި މި ގަވާއިދާއި ކުންފުނީގެ ދުސްތޫރާ ހިލާފަށްކަމަށް ކޯޓަށް ފެނިއްޖެ ނަމަ، ކުންފުނީގެ އެ ނިންމުމެއް ބާތިލުކޮށް، ކުންފުނީގެ މެންބަރުންގެ ދަފުތަރަށް ބަދަލުގެނައުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

111 ވަނަ މާއްދާ - ހޯލްޑިންގ ކުންފުނީގެ ހިއްސާ، ސަބްސިޑިއަރީ ކުންފުންޏަކުން ނެގުން މަނާކުރުން 

(ހ) ކުންފުންޏެއްގެ ސަބްސިޑިއަރީ ކުންފުންޏަކުން، އެ ކުންފުންޏެއްގެ ހޯލްޑިންގ ކުންފުނީގެ ހިއްސާ ނެގުމަކީ މަނާކަމެކެވެ.

(ށ) ހޯލްޑިންގ ކުންފުންޏެއްގެ ހިއްސާއެއް، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏަކަށް އެކަށައަޅައިފި ނަމަ، އެ މުއާމަލާތަކީ ސައްހަނޫން ބާތިލު މުއާމަލާތެއް ކަމުގައި ބެލޭނެއެވެ.

 

 

ސޯޅަ ވަނަ ބާބު

ހިއްސާ ރަހުނުކުރުން (ށެއަރ ޗާޖު)

 

112 ވަނަ މާއްދާ - ޗާޖު ރަޖިސްޓަރީކުރުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުންފުންޏެއްގެ އެއްވެސް ހިއްސާއެއް ނުވަތަ މުދަލެއް އެއްވެސް ފަރާތަކަށް ރަހުނުކޮށްފި ނަމަ، އެކަން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވަރުކޮށް، ކުންފުނިން 
ރަޖިސްޓްރާރއަށް އަންގަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޗާޖުތަކުގެ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ކުންފުނީގެ އަންނަނިވި މުދަލުގެ މައްޗަށް ކުރެވޭ ކޮންމެ ޗާޖެއް އެ މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.

  1. ޑިބެންޗަރ އެކަށައެޅުމަށް ކުރެވޭ ޗާޖު؛
  2. ހިއްސާގެ އަގު އަދާކޮށްފައިނުވާ ނުވަތަ ހިއްސާގެ އަގު އަދާކުރުމަށް އަންގައިފައިނުވާ، ރައުސްމާލުގެ މައްޗަށް ކުރެވޭ ޗާޖު؛
  3. ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްގައި އޮތް، އެ ކުންފުނީގެ ހިއްސާގެ މައްޗަށް ކުރެވޭ ޗާޖު؛
  4. ކުންފުނީގެ މުދަލުގެ ނުވަތަ އަންޑަރޓޭކިންގގެ މައްޗަށް ކުރެވޭ ޗާޖު؛
  5. އެ ނޫން ވެސް އެއްބަސްވުމެއްގެ ދަށުން ތިންވަނަ ފަރާތަކަށް ލިބިދެވޭ ހައްގުތައް ބަޔާންކޮށް، ދިވެހިރާއްޖޭގެ ގާނޫނުތަކުން ހުއްދަކުރާ ކޮންމެ ޗާޖެއް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޗާޖުތަކުގެ މައުލޫމާތު ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނިތަކުގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ޗާޖުކުރި ތާރީހާއި މުއްދަތު؛
  2. ޗާޖުގެ މިންވަރު؛
  3. ޗާޖުކުރި މުދަލުގެ ތަފުސީލާއި އެކަން އަންގައިދޭ ލިޔުން؛ 
  4. ޗާޖުގެ ބެނެފިށަރީގެ މައުލޫމާތު؛
  5. ނޯޓަރައިޒްކޮށްފައިވާ ށެއަރ ޗާޖު އެއްބަސްވުން.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ރަޖިސްޓަރީކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުންނެވެ.

 

113 ވަނަ މާއްދާ - ޗާޖު ދޫކޮށްލުން 

(ހ) މި ގަވާއިދުގެ 112 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ޗާޖެއްގެ އަގު އަދާކޮށް ނިންމައި ޗާޖު ދޫކޮށްލައިފައިވާ ނަމަ، ކުންފުނިން ނުވަތަ ޗާޖާ ގުޅޭ މަސްލަހަތު އޮތް ފަރާތަކުން، ޗާޖު ދޫކޮށްލި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަންގާ އެންގުން ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ، އެ މައުލޫމާތު ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީކޮށް އެކަން ކުންފުންޏަށް އަންގަންވާނެއެވެ.

 

114 ވަނަ މާއްދާ - ޗާޖާ ގުޅޭ މައުލޫމާތު އިސްލާހުކުރުން 

(ހ) މި ގަވާއިދުގެ 112 ވަނަ މާއްދާއާއި 113 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، ގާނޫނާއި މި ގަވާއިދާއި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވޭ ނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތު ރަޖިސްޓްރާރ ކުންފުންޏަށް ދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ 112 ވަނަ މާއްދާ އާއި 113 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން އަމަލުކޮށް، އެ މުއްދަތުގައި ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

115 ވަނަ މާއްދާ - ޗާޖުތަކުގެ ދަފުތަރު ބެލެހެއްޓުން

މި ގަވާއިދުގެ 112 ވަނަ މާއްދާއާއި 113 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ހިއްސާގެ ނުވަތަ މުދަލުގެ ޗާޖުތަކުގެ ދަފުތަރެއް، ކުންފުނީގެ އޮފީހުގައި ލިޔެ ބަލަހައްޓަންވާނެއެވެ. މި ގޮތުން ބަލަހައްޓާ ދަފުތަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޗާޖުކުރި ތާރީހާއި މުއްދަތު؛
  2. ޗާޖުގެ މިންވަރު؛
  3. ޗާޖުކުރި މުދަލުގެ ތަފުސީލާއި އެކަން އަންގައިދޭ ލިޔުން؛
  4. ޗާޖުގެ ބެނެފިށަރީގެ މައުލޫމާތު؛
  5. ޗާޖު ދޫކޮށްލެވުނު ތާރީހު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ޗާޖުތަކުގެ ދަފުތަރު ބެލެހެއްޓުމުގައި އިހުމާލުވެއްޖެ ނަމަ، ކުންފުނިން ނާއި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

 

ސަތާރަ ވަނަ ބާބު

މާލީ ހިސާބުތަކާއި ރިޕޯޓުތައް

 

116 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން 

(ހ) ކުންފުނި ރަޖިސްޓަރީކޮށްފައިވާ އެޑްރެހުގައި ނުވަތަ ކުންފުނީގެ އޮފީހުގައި ރައްކައުތެރިގޮތެއްގައި، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން، ކުންފުނީގެ ރިކޯޑުތަކުގެ ދެލިކޮޕީ ރައްކައުކޮށްފައި ބަހައްޓަންވާނެއެވެ. އެގޮތުން އެ ރިކޯޑު ރައްކައުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އެކައުންޓިންގ ރިކޯޑުތައް ކުންފުނީގެ ޑިރެކްޓަރުންނާއި މެންބަރުން ބަލަން އެދިއްޖެ ކޮންމެ ހިނދެއްގައި ލިބޭނެ ގޮތަށް ހުރުން؛
  2. ކުންފުނީގެ އޮފީހުގެ އެޑްރެސް ބަދަލުވެއްޖެ ނަމަ ކުންފުނީގެ އައު އޮފީހުގައި އެކައުންޓިންގ ރިކޯޑުތައް ލިބެން ހުރުން؛
  3. ކޮންމެ ކުންފުންޏަކުން އެ ކުންފުންޏެއްގެ އެކައުންޓިންގ ރިކޯޑުތައް ތައްޔާރުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެހެން ގާނޫނެއްގައި އެހެން މުއްދަތެއް ކަނޑައަޅައިފައިވާ ނަމަ އެ މުއްދަތަކަށް އެ ރިކޯޑުތައް ބެލެހެއްޓުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ކުންފުނީގެ އެކައުންޓިންގ ރިކޯޑުތައް ބެލުމަށް ކުންފުނީގެ ޑިރެކްޓަރަކު ނުވަތަ މެންބަރަކު އެދުމުން ކުންފުނިން އެ މައުލޫމާތު ބެލޭނެ އިންތިޒާމު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހަމަޖައްސައިފައި ނުވާ ނަމަ، އެ މައުލޫމާތެއް ބެލޭނެ އިންތިޒާމު، މަދުވެގެން5 (ފަހެއް) ނުވަތަ 15 (ފަނަރަ) ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތެއް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރ އަންގާ އެންގުމާ އެއްގޮތަށް ކުންފުނިން އަމަލުކޮށްފައި ނުވާ ނަމަ، އެ ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

117 ވަނަ މާއްދާ - މާލީ ހިސާބު ބެލެހެއްޓުމުގެ ޒިންމާ 

(ހ) ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުންޏަކުން ކުރާ މުއާމަލާތްތަކާއި މާލީ ހާލަތު ރިކޯޑުކޮށް، ތަފުސީލުކޮށް ބަޔާންކުރެވޭ ފަދަ ގޮތަކަށް، އަދި ހަގީގަތާ އެއްގޮތް އިންސާފުވެރި މާލީ ބަޔާންތައް ތައްޔާރުކޮށް އޮޑިޓްކުރެވޭނެ ފަދަ ގޮތަކަށް، އެ ކުންފުންޏެއްގެ މާލީ ހިސާބުތައް ބަލަހައްޓަންވާނެއެވެ. އެގޮތުން ކޮންމެ ކުންފުންޏަކުން ވެސް އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. އެ ކުންފުންޏެއްގެ ހަގީގީ މާލީ ހާލަތު އެކަށީގެންވާ ސައްހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް ދެނެގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުން؛ 
  2. ގާނޫނާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޑިރެކްޓަރުންނަށް މާލީ ބަޔާންތައް ތައްޔާރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، މާލީ ހިސާބުތަކުގެ މާނައިގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމެނެއެވެ.

  1. ކުންފުންޏަށް ކޮންމެ ދުވަހަކު ވަންނަ ފައިސާއާއި، ބޭރުވާ ފައިސާއާއި، އެ ފައިސާ ހަރަދުކުރެވޭ އުސޫލު؛
  2. ކުންފުނީގެ މުދަލާއި ދަރަންޏާބެހޭ ތަފުސީލުތައް.

 

118 ވަނަ މާއްދާ - މާލީ ހިސާބުތައް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު 

(ހ) އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ކޮންމެ ކުންފުންޏަކުން ވެސް، މި ގަވާއިދުގެ 119 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުންފުންޏެއްގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކުރާކަން ކަށަވަރުކޮށް، އެ ހިސާބުތަކަކީ ކުންފުނީގެ މެންބަރުންނަށް ލިބެން ހުންނަ ލިޔެކިޔުންތައްކަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަށަވަރުކުރަންވާނެއެވެ.

(ނ) އަހަރީ މާލީ ހިސާބުތަކުގެ މުއްދަތަކަށް ވާންވާނީ، އެ އަހަރެއްގެ 1 ޖަނަވަރީންފެށިގެން ޑިސެންބަރުގެ ނިޔަލަށެވެ. ކުންފުނި އުފައްދާ އަހަރުގައި މާލީ އަހަރަކީ ކުންފުނި އުފެދުނު ތާރީހުން ފެށިގެން އެ އަހަރުގެ 31 ޑިސެންބަރުގެ ނިޔަލަށެވެ.

 

119 ވަނަ މާއްދާ - އަހަރީ މާލީ ހިސާބު

(ހ) ކުންފުނީގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށްފައި ހުންނަންވާނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސް އޮފް ދަ މޯލްޑިވްސްއިން އެ އިރަކު ކަނޑައަޅައިފައިވާ މިންގަނޑަކަށެވެ.

(ށ) ކުންފުނީގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށްފައި ހުންނަންވާނީ އިނގިރޭސިބަހުންނެވެ.

(ނ) އެންމެ މެންބަރަކު ހިމެނޭ ކުންފުންޏެއް ފިޔަވައި، ކޮންމެ ކުންފުންޏަކުން ވެސް، އަހަރީ މާލީ ހިސާބު ތައްޔާރުކޮށް އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތީން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން އެ ހިސާބުތައް ފާސްކޮށް، އެ ހިސާބުތަކުގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސޮއިކުރަންވާނެއެވެ.

(ރ) އެންމެ މެންބަރަކު ހިމެނޭ ކުންފުންޏެއްގެ ހަމައެކަނި މެންބަރު، އަހަރީ މާލީ ހިސާބު ތައްޔާރުކޮށް، އެ މެންބަރު ސޮއިކޮށް ލިޔުމުން ކުންފުންޏަށް ފޮނުވުމުން، އަހަރީ މާލީ ހިސާބުތައް ފޮނުވުނީ ކަމުގައި ބެލޭނެއެވެ.

 

120 ވަނަ މާއްދާ - މާލީ ބަޔާންތަކުގައި ހިމަނަންޖެހޭ މައުލޫމާތު 

ކުންފުނީގެ މާލީ ބަޔާންތަކުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ފުރިހަމަ އާމްދަނީގެ ބަޔާން.

(ށ) މާލީ ހާލަތު އަންގައިދޭ ބަޔާން.

(ނ) ހިއްސާގެ ރައުސްމާލަށް އައި ބަދަލުގެ ބަޔާން.

(ރ) ފައިސާ ދައުރުވި ގޮތުގެ ބަޔާން.

(ބ) މާލީ ބަޔާންތަކާ ގުޅޭ ނޯޓުތައް.

(ޅ) ގުޅުންހުރި ފަރާތްތަކާއެކު ހިންގައިފައިވާ މުއާމަލާތްތައް.

 

 

އަށާރަ ވަނަ ބާބު

ޑިރެކްޓަރުންގެ ރިޕޯޓު

 

121 ވަނަ މާއްދާ - ޑިރެކްޓަރުންގެ ރިޕޯޓު ތައްޔާރުކުރުމުގެ ޒިންމާ

(ހ) ކޮންމެ ކުންފުންޏެއްގެ ވެސް ޑިރެކްޓަރުންގެ ރިޕޯޓު، އެ ކުންފުނިން ތައްޔާރުކުރާކަން ޑިރެކްޓަރުންގެ ބޯޑުން ކަށަވަރުކުރަންވާނެއެވެ. އަދި ޑިރެކްޓަރުންގެ ރިޕޯޓު ކުންފުނީގެ ހުރިހާ މެންބަރުންނަށް ލިބެން ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ބެލުމަށް ކުންފުނީގެ މެންބަރަކު އެދުމުން ކުންފުނިން އެ މައުލޫމާތު ބެލޭނެ އިންތިޒާމު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހަމަޖައްސައިފައި ނުވާ ނަމަ، އެ މައުލޫމާތެއް ބެލޭނެ އިންތިޒާމު 3 (ތިނެއް) ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރ އަންގާ އެންގުމަކާ ހިލާފުވެއްޖެ ނަމަ،އެ ފަރާތަކުން އެ ކުރަނީ ކުށެކެވެ. އަދި އެފަރާތަކާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

122 ވަނަ މާއްދާ - ޑިރެކްޓަރުންގެ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު 

(ހ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، ޑިރެކްޓަރުންގެ ރިޕޯޓުގައި ކޮންމެ ކުންފުންޏަކުން ވެސް ހިމަނަންވާނެއެވެ.

  1. ކުންފުނި ހިންގުމުގެ މައުލޫމާތު؛
  2. ވޭތުވެދިޔަ އަހަރު ކުންފުނިން ހިންގި މައިގަނޑު ވިޔަފާރީގެ ހަރަކާތްތައް؛
  3. ފައިދާ ބެހި ނުވަތަ ހުށަހެޅި އަދަދު؛
  4. ރިޒަރވްގައި ބަހައްޓަން ކަނޑައެޅި އަދަދު؛
  5. ފައިދާ ބަހަން ހުށަހަޅާ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑިރެކްޓަރުންގެ ބޯޑުން ހަދައިފައިވާ، މި ގަވާއިދުގެ 133 ވަނަ މާއްދާގައިބަޔާންކޮށްފައިވާ މިންގަނޑުތަކަށް ތަބާވާ ސޮލްވެންސީ ޓެސްޓް؛
  6. މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތާއި، ޑިރެކްޓަރުންގެ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތުގެ ގޮތުގައި ރަޖިސްޓްރާރ ނެރޭ ސަރކިއުލަރގައި ކަނޑައަޅައިފައިވާ އެ ނޫން ވެސް މައުލޫމާތ.ު

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފާއިތުވެދިޔަ އަހަރު ކުންފުނިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ނަމަ، ނުވަތަ ވިޔަފާރީގެ އެއްވެސް ހަރަކާތެއް ހިންގައިފައި ނުވާ ނަމަ، އެކަން ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާއި، ކުންފުނީގެ މައުލޫމާތުގެ ތެރެއިން ރަޖިސްޓްރާރގެ ދަފުތަރުގައި ހިމެނ،ޭ އެ ކުންފުންޏެއްގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، އެކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ އިގުރާރު ފުރިހަމަކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓުގެ ބައެއްގެ ގޮތުގައި ހިމަނަންވާނެއެވެ.

 

123 ވަނަ މާއްދާ - ޑިރެކްޓަރުންގެ ރިޕޯޓު ރަޖިސްޓްރާރއަށް ފޮނުވުން 

(ހ) ކޮންމެ މާލީ އަހަރަކު، އެ އަހަރެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ސުންގަޑިއަކަށް ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު، ކުންފުނިން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޑިރެކްޓަރުންގެ ރިޕޯޓުރަޖިސްޓްރާރއަށް ހުށަނާޅައިފި ނަމަ ނުވަތަ އެ ރިޕޯޓުގައި މައުލޫމާތު ފުރިހަމަނުވާ ނަމަ ނުވަތަ އޭގައި ކުށެއް އޮތް ނަމަ ނުވަތަ އެ ރިޕޯޓު ސާފުނުވުމުގެ ސަބަބުން ކިޔަން ނޭނގޭ ނަމަ، އެ ރިޕޯޓު ބަލައިގަތުމަށްފަހުގައި ވެސް އަނބުރާ ފޮނުވައިލުމާއި، ރަޖިސްޓްރާރ ކަނޑައަޅާ ގޮތުގެ މަތީން އެ ރިޕޯޓު އިސްލާހުކުރުމަށް ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި މިގޮތުން ރަޖިސްޓްރާރ އެންގުމެއް އަންގާއިރު، މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މާއްދާގައި ބަޔާންކޮށްފައިވާމުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، ކުންފުނިންނާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

124 ވަނަ މާއްދާ - އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރއަށް ހުށަހެޅުން

(ހ) ކޮންމެ މާލީ އަހަރަކު، އެ އަހަރެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ސުންގަޑިއެއްގެ ކުރިން އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާމްދަނީން ޓެކްސް 
ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަހަރީ މާލީ ހިސާބުތައް ހުށަހަޅައިފައިވާ ފަރާތްތަކުން، މި މާއްދާގެ ދަށުން އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރއަށް ހުށަނާޅައިފި ނަމަ ނުވަތަ އެ ހިސާބުތަކުގައި މައުލޫމާތު ފުރިހަމަނުވާ ނަމަ ނުވަތަ އެ ހިސާބުތަކުގައި ސައްހަނޫން ދޮގު މައުލޫމާތު ހިމެނޭނަމަ، ނުވަތަ އެ ހިސާބުތަކުގައި ކުށެއް އޮތް ނަމަ ނުވަތަ އެ ހިސާބުތައް ސާފުނުވުމުގެ ސަބަބުން ކިޔަން ނޭނގޭ ނަމަ، އެ ހިސާބުތައް ބަލައިގަތުމަށްފަހު ވެސް އެ އަނބުރާ ފޮނުވައިލުމާއި ރަޖިސްޓްރާރ ކަނޑައަޅާ ގޮތުގެ މަތީންއެ ހިސާބުތައް އިސްލާހުކުރުމަށް ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ،ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރއަށް ހުށަހަޅައިފައި ނުވާ ނަމަ، ކުންފުނިންނާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

125 ވަނަ މާއްދާ - އޮޑިޓްކުރުން

(ހ) އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން އޮޑިޓުކުރަންޖެހޭ ކުންފުނިތަކުން، މި ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން އޮޑިޓްކޮށް ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އޮޑިޓް ރިޕޯޓް ހުށަހަޅައިފައިވާ ފަރާތްތަކުން މި މާއްދާގެ ދަށުން އޮޑިޓް ރިޕޯޓު ރަޖިސްޓްރާރއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ނ) އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން އޮޑިޓްކުރަން ނުޖެހޭ ކުންފުނިތަކުން، ރަޖިސްޓްރާރ ކަނޑައަޅާ ސްޓޭންޑަޑަކަށް ތައްޔާރުކޮށްފައިވާ އެ ކުންފުންޏެއްގެ ކޮންމެ މާލީ އަހަރެއްގެ އާމްދަނީއާއި ހަރަދުގެ ބަޔާނެއް ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑުތަކަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުޓެންޓްސް އޮފް ދަ މޯލްޑިވްސްގެ މަށްވަރާގެ މަތީން، ކޮންމެ މާލީ އަހަރެއް ނިމުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ރަޖިސްޓްރާރގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

126 ވަނަ މާއްދާ - އޮޑިޓަރު އައްޔަނުކުރުން 

(ހ) އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން އޮޑިޓުކުރަންޖެހޭ ކުންފުނިތަކުން، އަންނަނިވި ކަންކަން ކުރުމަށް ޓަކައި، ކުންފުނީގެ އަހަރީ އާންމު ޖަލްސާއެއްގައި، ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ހުއްދަ ދީފައިވާ އޮޑިޓަރަކު އައްޔަނުކުރަންވާނެއެވެ.

  1. މި ގަވާއިދުގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކާ ހިލާފުނުވާނޭ ގޮތަކަށް، އޮޑިޓަރު އައްޔަނުކުރެވޭ އާންމު ޖަލްސާއިން ފެށިގެން އަލުން އޮޑިޓަރަކު އައްޔަނުކުރަންޖެހޭ އާންމު ޖަލްސާއަކާ ހަމަޔަށް، ކުންފުނީގެ އޮޑިޓަރުގެ މަގާމުގައި ދެމިހުރުމަށް؛ އަދި
  2. ކުންފުނީގެ މާލީ ހިސާބުތައް އޮޑިޓުކުރުމަށް.

(ށ) ގާނޫނުގެ ދަށުން ކުންފުނި އޮޑިޓުކުރުމަށް އައްޔަނުކުރާ ފަރާތްތައް ވާންވާނީ،ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.

 

127 ވަނަ މާއްދާ - އޮޑިޓަރުންގެ މަގާމުގެ މުއްދަތު 

(ހ) އައްޔަނުކުރި ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަދި ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފުނުވާ ގޮތުގެ މަތީން އޮޑިޓަރުގެ މަގާމު ދެމިއޮންނާނެއެވެ.

  1. ކުރިން އައްޔަނުކޮށްފައިވާ އެއްވެސް އޮޑިޓަރަކު މަގާމުން ވަކިވުމުގެ ކުރިން މަގާމާ ހަވާލުނުވުން؛ އަދި 
  2. އޮޑިޓަރުގެ މަގާމަށް އަލުން އައްޔަނުކުރާ ހާލަތުގައި ފިޔަވައި އެ ފަރާތެއް އޮޑިޓަރުކަމަށް އައްޔަނުކޮށްފައިވާ މުއްދަތު ހަމަވުމުން އޮޑިޓަރުގެ މަގާމުން ވަކިވުން.

(ށ) އަންނަނިވި ހާލަތްތަކުގައި މެނުވީ، އޮޑިޓަރުން އައްޔަނުކުރުމަށް އޮންނަ މުއްދަތު ނިމުމުގެ ކުރިން އޮޑިޓަރަކު އައްޔަނުކޮށްފައި ނުވާ ނަމަ، އެ ވަގުތެއްގައި މަގާމުގައި ހުރި އޮޑިޓަރަކު، އަލުން އޮޑިޓަރުކަމަށް އައްޔަނު ކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

  1. ކުންފުނީގެ ހިންގާ ގަވާދުގައި އަލުން އޮޑިޓަރެއް އައްޔަނުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތުން؛
  2. ވޯޓުލުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ތެރެއިން %5 (ފަހެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އޮޑިޓަރު އަލުން އައްޔަނު ނުކުރުމަށް ގަރާރެއް ހުށަހެޅުން؛
  3. އެ އޮޑިޓަރަކު އަލުން އައްޔަނު ނުކުރުމަށް މެންބަރުން ނިންމުން؛
  4. އެ ހިނގާ މާލީ އަހަރަށް އޮޑިޓަރަކު އައްޔަނުކުރަން ނުޖެހޭކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމުން.

 

128 ވަނަ މާއްދާ - އޮޑިޓަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް 

ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ ތިރީގައި ބަޔާންވެގެންވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ހ) އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ދިވެހިރާއްޖޭގައި އޮޑިޓުގެ ހިދުމަތާއި އެށޫރަންސް ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ކަމުގައި ވުން.

(ށ) ކުންފުނީގެ ނުވަތަ ކުންފުންޏާ ގުޅުންހުރި އެހެން ކުންފުންޏެއްގެ ޑިރެކްޓަރެއް ކަމުގައި ނުވަތަ މުވައްޒަފެއް ކަމުގައި ނުވުން.

(ނ) ކުންފުނީގެ ޕާޓްނަރެއް ނުވަތަ ބިޒްނަސް އެސޯސިއޭޓެއް ނުވަތަ ކުންފުނީގެ ނުވަތަ ކުންފުންޏާ ގުޅުހުންރި އެހެން ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރާ ނުވަތަ ޑިރެކްޓަރެއްގެ ދަށުން މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވުން.

(ރ) ލިކުއިޑޭޓަރެއް ނުވަތަ ކުންފުނި އުވައިލުމުގެ ކަންތައްތައް ނުވަތަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް އައްޔަނުކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

(ބ) އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ނަމަ، ކުންފުނީގެ ނުވަތަ ކުންފުންޏާ ގުޅުންހުރި އެހެން ކުންފުންޏެއްގެ ހިސާބުތައް ބެލެހެއްޓުމުގެ ކަންތައްތަކާ ހަވާލުވެގެން ހުރި ފަރާތެއް ކަމުގައި ނުވުން.

(ޅ) ކުންފުންޏަށް ނުވަތަ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏަކަށް ދަރަނީގެ ގޮތުގައި 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން. މިގޮތުން އިސްތިސްނާވާނީ އެ ދަރަންޏަކީ އާންމުކޮށް ވިޔަފާރި ހިންގުމުގައި ހިނގައިފައިވާ ދަރަންޏެއް ކަމުގައި ވާ ނަމައެވެ.

(ކ) ސާބިތު ދަރަންނެއް އޮތް ނަމަވެސް ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ ފަރާތެއް ކަމުގައި ވުން؛ ނުވަތަ

(އ) އޮޑިޓަރެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެކަމަށް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ފެންނަ ފަރާތެއް.

 

129 ވަނަ މާއްދާ - އޮޑިޓަރުންގެ ހައްގުތައް

(ހ) ކުންފުނީގެ އޮޑިޓަރަކަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

  1. ކުންފުނީގެ އާންމު ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވާ އުސޫލުން، އެ ނޯޓިސް ލިބުމުގެ ހައްގު؛
  2. އާންމު ޖަލްސާއާ ގުޅޭގޮތުން ކުންފުނީގެ މެންބަރުންނާ ހިއްސާކުރާ އެންމެހައި ލިޔެކިޔުން ލިބުމުގެ ހައްގު؛
  3. ކުންފުނީގެ ކޮންމެ އާންމު ޖަލްސާއެއްގައި ބައިވެރިވުމުގެ ހައްގު؛
  4. އޮޑިޓަރު މިނިވަންކަމާއެކު އޮޑިޓްކުރުމަށް ޓަކައި ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއި، މައުލޫމާތާއި އެއްބާރުލުން އެކަށީގެންވާ އަވަސްކަމާއެކު ލިބުމުގެ ހައްގު.

(ށ) ކުންފުނީގެ އޮޑިޓަރަށް، އާންމު ޖަލްސާތަކުގައި އޮޑިޓަރު ތަމްސީލުކުރުމަށް މީހަކު އައްޔަނުކުރެވިދާނެއެވެ.

 

130 ވަނަ މާއްދާ - އޮޑިޓަރުގެ ރިޕޯޓު 

(ހ) ކޮންމެ އަހަރީ އާންމު ޖަލްސާއަކަށް ހުށަހެޅުމަށް ޓަކައި ކުންފުނިން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އޮޑިޓަރަށް ފޮނުވުމުން، އޮޑިޓްކުރުމަށްފަހު،އޮޑިޓް ރިޕޯޓު ތައްޔާރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ތައްޔާރުކުރާ އޮޑިޓް ރިޕޯޓުތައް ތައްޔާރުކުރަންވާނީ،އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސް އޮފް ދަ މޯލްޑިވްސްއިން އެ އިރަކު ކަނޑައަޅައިފައިވާ މިންގަނޑަށެވެ.

 

131 ވަނަ މާއްދާއޮޑިޓަރުން ވަކިކުރުމާއި ވަކިވުން އަދި ފިޔަވަޅު އެޅުން 

(ހ) ކުންފުނީގެ އޮޑިޓަރަކަށް އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ދޫކޮށްފައިވާ ދިވެހިރާއްޖޭގައި އޮޑިޓާއި އެށޫރަންސް ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމާއެކު، ކުންފުނީގެ އޮޑިޓަރުކަމުން އެ ފަރާތެއް ވަކިވީކަމަށް ބެލެވޭނެއެވެ.

(ށ) މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި، އޮޑިޓަރު އިސްތިއުފާ ދޭންވާނެއެވެ. އޮޑިޓަރު އިސްތިއުފާ ނުދޭ ހާލަތުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ގޮތެއްގެ މަތީން، އާންމު ޖަލްސާއަކަށް ހުށަހަޅައި، އޮޑިޓަރު ވަކިކުރެވިދާނެއެވެ.

(ނ) ކުންފުނީގެ މާލީ ބަޔާންތައް އޮޑިޓުކުރުމާ ބެހޭގޮތުން ކުންފުނިން އަދާކުރަންޖެހޭ ހުރިހާ ޒިންމާތައް އަދާކޮށްފައި އޮވެ، ކުންފުނީގެ އޮޑިޓަރު އިހުމާލުވުމުގެ ނަތީޖާއެއްގެގޮތުން، ދެފަރާތުން އެއްބަސްވާ މުއްދަތުގައި އޮޑިޓް ނުނިމިއްޖެ ނަމަ، އެ ފަރާތުން އެ ކުރަނީ ކުށެކެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތާމެދު ފިޔަވަޅު އެޅޭނެއެވެ.

  1. އެ ފަރާތާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުން؛ ނުވަތަ 
  2. އެ ފަރާތަކާމެދު ފިޔަވަޅުއެޅުމަށް އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ހުށަހެޅުން.

(ރ) ކުންފުނީގެ އޮޑިޓަރުކަމުން ވަކިވާން ބޭނުންވެއްޖެ ނަމަ، އެކަން، ސަބަބު ބަޔާންކޮށް ކުންފުނީގެ ރަޖިސްޓަރީކޮށްފައިވާ އޮފީހަށް ލިޔުމުން ނޯޓިސް ހުށަހަޅައި ކުންފުނީގެ އޮޑިޓަރުކަމުން ވަކިވެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ނޯޓިހެއް ހުށަހަޅައިފި ނަމަ، އޮޑިޓަރުގެ މަގާމުން ވަކިވީކަމުގައި ބެލެވޭނީ ކުންފުންޏާއި އޮޑިޓަރާ ދެމެދު އެހެން ގޮތަކަށް އެއްބަސްވެފައި ނުވާ ހިނދަކު، ނޯޓިސް ހުށަހަޅާތާ 21 (އެކާވީސް) ވަނަ ދުވަހު ނުވަތަ ނޯޓިހުގައި ބަޔާންކޮށްފައިވާ ތާރީހުގައެވެ.

 

132 ވަނަ މާއްދާރަޖިސްޓްރާރ، އޮޑިޓަރަކު އައްޔަނުކުރުން 

(ހ) އަންނަނިވި ހާލަތްތަކުގައި ރަޖިސްޓްރާރއަށް އޮޑިޓަރަކު އައްޔަނުކުރެވިދާނެއެވެ.ކުންފުނިން އޮޑިޓަރަކު އައްޔަނުކޮށްފައި ނުވުން ނުވަތަ ކުންފުނީގެ އަހަރީ އާންމުޖަލްސާގައި އޮޑިޓަރަކު އަލުން އައްޔަނުކޮށްފައި ނުވުން. ނުވަތަ

(ށ) އެއްވެސް ސަބަބަކާހުރެ އޮޑިޓަރުގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެހެން ފަރާތެއް އެ މަގާމަށް އައްޔަނުކޮށްފައި ނުވުން.

 

133 ވަނަ މާއްދާ - ސޮލްވަންސީ ޓެސްޓް އަދި އެސެސްމަންޓް 

(ހ) މި ގަވާއިދުގެ ބޭނުމަށް ސޮލްވަންސީ ޓެސްޓް ހެދުމުގައި ކުންފުންޏަކީ ސޮލްވަންޓް ކުންފުންޏެއް ކަމުގައި ބެލެވޭނީ، އެ ކުންފުނީގެ ވިޔަފާރީގެ އާންމު އުސޫލުން ބޭރުން ކުންފުނީގެ މުދާ ވިއްކަން ނުޖެހ،ި ކުންފުނީގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމެއް ނެތ،ި ކުންފުނީގެ އާންމު ވިޔަފާރިއަށް ބަދަލުގެނައުމެއް ނެތި ނުވަތަ މިފަދަ އެހެން އެއްވެސް ކަމެއް ނުކޮށް އެ ކުންފުނީގެ ދަރަނިތައް ދައްކަން އޮންނަ ވަގުތުގައި ދަރަނި އަދާކުރުމުގައި ދެމިއޮތުމުގެ ގާބިލުކަން ލިބިގެންވާނަމައެވެ.

(ށ) މި މާއްދާގައި (ހ) ގެ ބޭނުމަށް ކުންފުންޏަކީ ސޯލްވަންޓް ކުންފުންޏެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ބޭނުމަށް ސޯލްވަންސީ އެސެސްމަންޓެއް ކުންފުނީގެ އޮޑިޓަރު ތައްޔާރުކުރަންވާނެއެވެ.

 

 

ނަވާރަ ވަނަ ބާބު

ކުންފުނި އުވައިލުން

 

134 ވަނަ މާއްދާ - ކުންފުނި އުވައިލެވޭނެ ގޮތްތައް 

ކުންފުންޏެއް އުވައިލެވޭނީ، މި މާއްދާގައިވާ ގޮތުގެ މަތީން، ތިރީގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ގޮތުންކުރެ ގޮތަކަށެވެ.

(ހ) ކުންފުންޏެއް އުވައިލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން؛

(ށ) ކުންފުންޏެއް އުވައިލުމަށް ކޯޓުން އަމުރުކުރުން؛ ނުވަތަ

(ނ) ކުންފުންޏެއް އުވައިލުމަށް ރަޖިސްޓްރާރ ކަނޑައެޅުން.

 

135 ވަނަ މާއްދާ - ކުންފުންޏެއް އުވައިލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން 

(ހ) ކުންފުންޏެއް އުވައިލުމަށް އެ ކުންފުންޏަކަށް ކަނޑައެޅޭނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ ކުންފުންޏެއް އުވައިލުމަށް ފާސްކޮށް، ބޯޑުން އެ ފާސްކުރި ފާސްކުރުމަށް ތާއީދުކޮށް، އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ.

(ށ) ކުންފުންޏެއް އުވައިލުމަށް އެ ކުންފުންޏެއްގައި ހުރި ހަމައެކަނި މެންބަރު ނިންމުމާއެކު ނުވަތަ މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރުމާއެކު، އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރާނެ ލިކުއިޑޭޓަރަކު އެ ޖަލްސާގައި އައްޔަނުކޮށް،އެ ފަރާތަށް އެ ކުންފުންޏަކުން ދޭނެ އުޖޫރައެއް ކަނޑައަޅަންވާނެއެވެ. އަދި އެ ކުންފުންޏެއްގެ ބެލެންސް ށީޓާއި، އެ ކުންފުންޏެއްގެ މުދަލާއި، ދަރަންޏާއި އެ ނޫން ވެސް ޒިންމާތަކާބެހޭ މައުލޫމާތާއި، ކުންފުނިން ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ކުންފުންޏަކުން އެ ދަރަންޏަކާ ގުޅޭގޮތުން އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނުވަތަ މުދަލެއް ރަހުނުކޮށްފައިވާ ނަމަ، އެ ކަމަކާބެހޭ މައުލޫމާތު، އެ ކުންފުންޏަކުން ލިކުއިޑޭޓަރަށް ދޭންވާނެއެވެ.

(ނ) ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް ހަވާލުވާ ލިކުއިޑޭޓަރު، އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތާ ހަވާލުވެއްޖެކަން، އެ މަސައްކަތާ އޭނާ ހަވާލުވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތުގެ ނަމާއި އެޑްރެހާއި އައްޔަނުކު ރި ތާރީހު އެނގޭނޭހެން ރަޖިސްޓްރާރއަށް އަންގައި، އަދި ރަޖިސްޓްރާރގެ ގެޒެޓުގައި އެކަން އިއުލާނުކުރުމަށްފަހު، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފަށަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކުރާ އިއުލާނު އޮންނަންވާނީ، މި ގަވާއިދު ޖަދުވަލު 4 ގައިވާ ނަމޫނާ ލިކުއިޑޭށަން ނޯޓިހާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމާ ހަވާލުވާ ލިކުއިޑޭޓަރު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައި ނުވާ ނަމަ، އެ ފަރާތުން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތަކާމެދު މި ގަވާއިދުގެ ސައުވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ޅ) ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރު އެކަމަށް ދާއިމީގޮތެއްގައި ނުކުޅެދިއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ، 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއެއް ބާއްވައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރާނެ ލިކުއިޑޭޓަރަކު އަލުން އައްޔަނުކުރަންވާނެއެވެ. އެގޮތުން އައްޔަނުކުރާ ލިކުއިޑޭޓަރުގެ މައްޗަށް މި މާއްދާގެ (ނ) އާއި (ބ) ހިނގާނެއެވެ.

 

136 ވަނަ މާއްދާ - ކުންފުންޏެއް އުވައިލުމަށް ކަނޑައެޅުމަށްފަހު އެ ކުންފުންޏަކުން ވިޔަފާރީގެ މުއާމަލާތެއް ނުކުރުން

މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކުންފުންޏެއް އުވައިލުމަށް ފާސްކުރުމަށްފަހު، އެ ކުންފުނި އުވައިލުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުން ފިޔަވައި، އެ ކުންފުންޏަކުން އެއްވެސް ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ.

 

137 ވަނަ މާއްދާ - ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުމަށްފަހު ހިއްސާ ބަދަލުކުރުން

މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް ފެށުމަށްފަހު، ކުންފުނީގެ ހިއްސާ އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރެވޭނީ، ކުންފުނީގެ އެންމެހައި ދަރަނިތަކާއި އިލްތިޒާމުތައް އަދާކުރުމަށްފަހު، ލިކުއިޑޭޓަރުގެ ހުއްދަ ހޯދައިގެންނެވެ.

 

138 ވަނަ މާއްދާ - ކުންފުނި އުވައިލުމަށް ބާއްވާ އާންމު ޖަލްސާ 

(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ ފަދައިން ކުންފުނި އުވައިލުމުގެ ގޮތުން ކުރަންޖެހޭ ކަންކަން މުޅިން ފުރިހަމަކުރުމަށްފަހު، މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރު، ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަންވާނެއެވެ.

(ށ) ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް އެ ކުންފުންޏަކުން އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރު އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ކުރިޔަށްގެންދިޔަ ގޮތުގެ ތަފުސީލާއި، ކުންފުނީގެ މުދަލާއި ދަރަންޏާއި އެހެނިހެން ޒިންމާތަކާމެދު އަމަލުކުރިގޮތުގެ ތަފުސީލު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާއަށް ހުށަހަޅައި، އާންމު ޖަލްސާއިން ކުންފުނި އުވައިލުމަށް ފާސްކުރަންވާނެއެވެ.

 

139 ވަނަ މާއްދާ - އެންމެ ފަހުގެ ހިސާބު 

(ހ) މި ގަވާއިދުގެ 135 ވަނަ މާއްދާގެ ދަށުން ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރު، އެ ކުންފުންޏެއް އުވައިލުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށް ނިންމުމަށްފަހު، މި ގަވާއިދުގެ 138 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ އާންމު ޖަލްސާއަށް ހުށަހަޅާނެ ހިސާބުތައް ތައްޔާރުކޮށް، އެ ހިސާބުތައް އެ އާންމު ޖަލްސާއަށް ހުށަހަޅައި، އެ ކުންފުންޏެއް އުވައިލުމާ ބެހޭގޮތުން ކުރި މަސައްކަތުގެ ތަފުސީލު، އެ ކުންފުންޏެއްގެ މެންބަރުންނަށް ދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ 144 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ މީހަކު ނުވަތަ ބަޔަކު، އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކޮށް ނިންމުމަށްފަހު، ކޯޓަށް ހުށަހަޅާ ހިސާބުތައް ތައްޔާރުކޮށް،އެ ހިސާބުތައް ކޯޓަށް ހުށަހަޅައި، އެ ކުންފުންޏެއް އުވައިލުމާ ބެހޭގޮތުން ކުރި މަސައްކަތުގެ ތަފުސީލު، ކޯޓަށް ދޭންވާނެއެވެ.

 

140 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް ޓަކައި ކޯޓަށް ހުށަހެޅުން

ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރަށް ކުންފުންޏާ ގުޅޭގޮތުން ހައްލުނުކުރެވޭ ކަމެއް ދިމާވެއްޖެ ނަމަ، އެ މައްސަލައެއް ހައްލުކުރާނީ ކޯޓަށް ހުށަހަޅައި، ކޯޓުން ނިންމާ ގޮތެއް ގެ މަތީންނެވެ.

 

141 ވަނަ މާއްދާ - ކުންފުނި އުވައިލުމުގެ މަސައްކަތް ނިންމުން

(ހ) މި ގަވާއިދުގެ 135 ވަނަ މާއްދާގެ ދަށުން ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރު، މި ގަވާއިދުގެ 138 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ ހިސާބުތައް ކުންފުނީގެ އާންމު ޖަލްސާއަށް ހުށަހަޅައި،އާންމު ޖަލްސާއިން ކުންފުނި އުވައިލުމަށް ފާސްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކުންފުނީގެ ނަން ރަޖިސްޓްރާރގެ ދަފުތަރުން އުނިކުރުމަށް ޓަކައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރއަށް ހުށަހެޅުމެއް ލިބުމާއެކު، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާ ނަމަ، އެ ކުންފުންޏެއްގެ ރަޖިސްޓަރީ ބާތިލުކޮށް، އެ ކުންފުނީގެ ނަން، ރަޖިސްޓްރާރގެ ދަފުތަރުން އުނިކުރަންވާނެއެވެ.

(ނ) ކުންފުންޏެއް އުވައިލުމާ ގުޅޭގޮތުން، މި ގަވާއިދުގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެއްޖެ ނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކުންފުންޏެއް އުވައިލައި، އެ ކުންފުނީގެ ނަން، ރަޖިސްޓްރާރގެ ދަފުތަރުން އުނިކުރަންވާނެއެވެ.

 

142 ވަނަ މާއްދާ - ކުންފުންޏެއް އުވައިލުމަށް ރަޖިސްޓްރާރ ކަނޑައެޅުން

(ހ) މި ގަވާއިދުގެ 143 ވަނަ މާއްދާގެ ދަށުން އެއްވެސް ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްކަމުގައި ރަޖިސްޓްރާރ ކަނޑައަޅައިފި ނަމަ، އަދި ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި އެކަން ރަޖިސްޓަރީކޮށް، ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި އެ ދަފުތަރުގައި އެ ކުންފުންޏެއްގެ ނަން ހިމަނާތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ފާއިތުވެއްޖެ ނަމަ، އެ ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުންޏެއް އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފި ނަމަ، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ރަޖިސްޓްރާރ އިއުލާނުކުރަންވާނެއެވެ. އަދި އިއުލާނުގައި ބަޔާންކޮށްފައިވާ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތް ނަމަ، އެކަން ހުށަހެޅުމަށް، އެންމެ މަދުވެގެން ވެސް، 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ރަޖިސްޓްރާރ ކުރާ އިއުލާނާ ގުޅިގެން،އަދި އެ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްކަމަށް،އެ އިއުލާނުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި، އެއްވެސް ފަރާތަކުން ހުށަނާޅައިފި ނަމަ، އެ ކުންފުންޏެއްގެ ރަޖިސްޓަރީ ބާތިލުކޮށް، ރަޖިސްޓްރާރ އެ ކުންފުނި އުވައިލަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން، ރަޖިސްޓްރާރ ކުރާ އިއުލާނާ ގުޅިގެން، ކުންފުންޏާ ދެކޮޅަށް ދައުވާއެއް އޮތްކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރއަށްހުށަހަޅައިފި ނަމަ، އެ ކުންފުންޏެއް އުވައިލުމުގެ މައްސަލަ ރަޖިސްޓްރާރ ކޯޓަށް ހުށަހަޅަންވާނެއެވެ.

 

143 ވަނަ މާއްދާ - ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅުން 

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ އެއްވެސް ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރ ކަނޑައަޅައި، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި އެކަން ބަޔާންކުރަންވާނެއެވެ.

  1. މި ގަވާއިދުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށް ކުންފުނީގެ ޑިރެކްޓަރަކު ނެތި 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ފާއިތުވުން؛
  2. މި ގަވާއިދުގެ 122 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓްރާރގެ ދަފުތަރުގައި ހިމެނޭ އެ ކުންފުންޏެއްގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އެކަން ބަޔާންކޮށްފައިވާ އިގުރާރު ރަޖިސްޓްރާރއަށްހުށަހަޅައިފައިނުވާތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވުން؛
  3. މި ގަވާއިދުގެ ސަތާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ އަހަރީ މާލީ ހިސާބުތަކާއި ރިޕޯޓުތައް ރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނާޅައި 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވުން؛ ނުވަތަ
  4. މި ގަވާއިދުގެ ސައުވީސްވަނަ ބާބުގެ ދަށުން އެ ކުންފުންޏަކަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ދަށުން ކުރާ ޖޫރިމަނާ ދެއްކުމަށް ކަނޑައަޅާ މުއްދަތުގައި އެ ޖޫރިމަނާ ނުދައްކާތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާ އެއްވެސް ކުންފުންޏެއް، އެގޮތަށް ކަނޑައަޅައިފައިވަނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކަށް ބިނާކޮށްކަން ރަޖިސްޓްރާރ، އެ ކުންފުންޏަކަށް އަންގަންވާނެއެވެ. އަދި އެފަދައިން ކުންފުންޏަށް އެންގުމުގައި ރަޖިސްޓްރާރގެ ދަފުތަރުގައި ހިމެނޭ ކުންފުނީގެ ސަރވިސް އެޑްރެހަށް ނޯޓިސް ފޮނުވެން ނެތް ނަމަ، އެކަން ރަޖިސްޓްރާރގެ ގެޒެޓުގައި ކުރާ އާންމު އިއުލާނަކުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް ކުންފުންޏަކުން، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން، (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަކޮށް ރަޖިސްޓްރާރއަށް ހުށަހެޅުމުން،އެ ހުށަހެޅުން ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅައިފައި އޮތްއޮތުން ބާތިލުކޮށް، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި އެ ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތްއޮތުން އުނިކުރަންވާނެއެވެ.

 

144 ވަނަ މާއްދާ - ކުންފުންޏެއް އުވައިލުމަށް ކޯޓުން އަމުރުކުރުން 

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ކުންފުންޏެއް އުވައިލުމަށް ކޯޓުން އަމުރުކުރެވިދާނެއެވެ.

  1. ކޯޓަށް ހުށަހަޅައިގެން ކުންފުނި އުވައިލުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ކުންފުނީގެ ހާއްސަ ގަރާރަކުން ނިންމުން؛
  2. ކުންފުނީގެ ދަރަނި އަދާނުކުރެވުމުގެ ސަބަބުން ނުވަތަ ކުންފުނިން ކުރުމަށް ގާނޫނަކުން ލާޒިމުކޮށްފައިވާ ކަމެއް ކުރުމަށް ތަކުރާރުކޮށް ކުންފުނިން ނުކުޅެދުމުން ނުވަތަ އެ ނޫން ވެސް ސަބަބަކަށް ޓަކައި އެ ކުންފުންޏެއް އުވައިލުމަށް ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ކްރެޑިޓަރަކު ނުވަތަ މަސްލަހަތު އޮތް އެ ނޫން ވެސް ފަރާތަކުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، އެކަމުގައި އެންމެ މަސްލަހަތު އޮތް ގޮތަކީ އެ ކުންފުންޏެއް އުވައިލުންކަމަށް ކޯޓުން ކަނޑައަޅާ ހާލަތެއްގައި؛ ނުވަތަ
  3. ކުންފުނިން ކުރަމުންދާ ވިޔަފާރިއަކީ ގާނޫނާ ހިލާފު ވިޔަފާރިއެއްކަމަށް ކޯޓުގައި ސާބިތުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއް އުވައިލުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ބަލައި، އެ ކުންފުންޏެއް އުވައިލުމަށް ކޯޓަށް ފެނިއްޖެ ނަމަ، އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރާނެ މީހަކު ނުވަތަ ބަޔަކު އައްޔަނުކޮށްފައި ނުވާ ނަމަ، މި ގަވާއިދުގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކު ނުވަތަ ބަޔަކު ކޯޓުން އައްޔަނު ކުރަންވާނެއެވެ. އަދި އެ ކުންފުންޏެއްގެ ބެލެންސް ށީޓާއި، ކުންފުނީގެ މުދަލާއި، ދަރަނިތަކާއި އެ ނޫން ވެސް ޒިންމާތަކާބެހޭ މައުލޫމާތާއި، ކުންފުނިން ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ދަރަންޏަކާ ގުޅޭގޮތުން ކުންފުނީގެ އެއްވެސް މުދަލެއް ރަހުނުކޮށްފައިވާ ނަމަ، އެކަމަކާބެހޭ މައުލޫމާތު އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ކުރުމާ ހަވާލުކޮށްފައިވާ މީހަކަށް އެ ކުންފުންޏަކުން ދިނުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ނ) ކުންފުނި އުވައިލުމާބެހޭ މަސައްކަތްކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަނުކުރުމަށްފަހު، ކުންފުނި އު ވައިލުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުން ފިޔަވައި އެހެން ވިޔަފާރިއެއް، އެ ކުންފުންޏަކުން ކޮށްގެން ނުވާނެއެވެ.

 

145 ވަނަ މާއްދާ - ކޯޓުން އައްޔަނުކުރާ ފަރާތާބެހޭ މައުލޫމާތު ރަޖިސްޓްރާރއަށް އެންގުން 

ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަނުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތުގެ ނަމާއި އެޑްރެހާއި އައްޔަނުކުރި ތާރީ ހު އެނގޭނޭހެން، އެކަން، ކަނޑައެޅިފައިވާ ސިސްޓަމެއްގެ ތެރެއިން ކޯޓުން ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.

 

146 ވަނަ މާއްދާ - ކުންފުނި އުވައިލުމުގެ ނޯޓިސް 

(ހ) މި ގަވާއިދުގެ 144 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކުންފުނި އުވައިލުމާބެހޭ މަސައްކަތްކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަނުކޮށް، ކުންފުނި އުވައިލުމުގެ މަސައްކަތް އެ ފަރާތަކުން ފެށުމާއެކު، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކަން ރަޖިސްޓްރާރގެ ގެޒެޓުގައި އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރގެ ގެޒެޓުގައި ކުރާ އިއުލާނުގައި، މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

 

147 ވަނަ މާއްދާ - ނަން ދަފުތަރުން އުނިކުރުން 

(ހ) މި ބާބުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއް އުވައިލުމާއެކު، އެ ކުންފުންޏެއްގެ ނަން ކުންފުނިތަކުގެ ދަފުތަރުން އުނިކޮށް، އެކަން ރަޖިސްޓްރާރގެ ގެޒެޓުގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނިތަކުގެ ދަފުތަރުގައި، ގަވާއިދުގެ 155 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތީން އުވައިލެވިފައިވާ ކުންފުނިތަކުގެ އަންނަނިވި މައުލޫމާތު، އެ ކުންފުންޏެއް އުވައިލެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް، ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

  1. ކުންފުނީގެ ނަމާއި (ނަން ބަދަލުކޮށްފައިވާ ނަމަ ކުރިން ކިޔުނު ނަންތައް)، ކުންފުނީގެ ބާވަތާއި، ރަޖިސްޓަރީކުރި ތާރީހާއި، ރަޖިސްޓަރީ ނަންބަރާއި،ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި ސަރވިސް އެޑްރެސް؛
  2. ކުންފުނީގެ ދުސްތޫރާއި، އެ ދުސްތޫރަށް ގެނެވޭ އެންމެހައި ބަދަލުތައް ހިމެނޭގޮތަށް؛
  3. ކުންފުނީގެ މެންބަރުންގެ މައުލޫމާތު؛
  4. ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރުންގެ މައުލޫމާތު؛
  5. ކުންފުނީގެ ޑިރެކްޓަރުކަމުގެ މަގާމުން ޑިސްކޮލިފައިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު؛
  6. ކުންފުނީގެ ސިއްކަ.

 

 

ވިހި ވަނަ ބާބު

ލިކުއިޑޭޓަރ

 

148 ވަނަ މާއްދާ - ލިކުއިޑޭޓަރުގެ މަސްއޫލިއްޔަތު 

ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް، މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ށ) އާއި، 144 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އައްޔަނުކޮށްފައިވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނެއެވެ.

  1. ކުންފުނީގެ މުދަލާއި ދަރަނީގެ ތަފުސީލު ބަޔާނެއް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ މުދަލުގެ މިލްކުވެރިކަން ހޯދައި، މުދާ ރައްކައުތެރިކުރުމާއި، އެކި ފަރާތްފަރާތުން ކުންފުންޏަށް ލިބެންހުރި ދަރަނި އަނބުރާ ހޯދުން؛
  2. ކުންފުނީގެ މައްޗަށް އެކި ފަރާތްތަކުން ކުރާ ދައުވާއާއި ކުންފުނީގެ ފަރާތުން އެކި ފަރާތްތަކުގެ މައްޗަށް ކުރާ ދައުވާގައި ކުންފުނި ތަމްސީލުކުރުން ނުވަތަ ކުންފުނި ތަމްސީލުކުރުމަށް ޓަކައި އަދި ކުންފުނި އުވައިލުމަށް ޓަކައި ކުރަންޖެހޭ ކަންކަންކުރުމުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ވަކީލަކު އައްޔަނުކުރުން؛
  3. ކުންފުނީގައި ހުރި ފައިސާއާއި، ކުންފުންޏަށް ލިބޭ ފައިސާއާއި، ކުންފުނީގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ދަރަނިތައް އަދާކުރުން؛
  4. ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ބިލުތަކާއި ފީތައް ދެއްކުން؛
  5. ކުންފުނީގެ ދަރަނިތައް އަދާކުރުމަށްފަހު، ކުންފުނީގައި ހުރި މުދަލަކާއި ފައިސާއެއް، މެންބަރުންގެ މެދުގައި އެ މެންބަރެއްގެ ހިއްސާގެ ނިސްބަތުން ބެހުން؛
  6. ކުންފުނި އުވައިލުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ އެހީތެރިކަން ހޯދުން؛
  7. މި ގަވާއިދުގެ 134 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުންފުނި އުވައިލުމުގެ މައްސައްކަތް ނުނިމި 1 (އެކެއް) އަހަރުދުވަހަށްވުރެ އިތުރުވެއްޖެ ނަމަ، މެންބަރުންގެ ބައްދަލުވުމެއް ބާއްވައި، ކުންފުނި އުވައިލުމުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ ތަފުސީލު، ކުންފުނީގެ މެންބަރުންނާ ހިއްސާކުރުން؛
  8. ކުންފުނީގެ ހުއްދަތަކާއި ހިދުމަތްތައް ބާތިލުކުރުމަށް ޓަކައި ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
  9. ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުމަށްފަހު، އެ ކުންފުންޏަކަށް ލިބޭ ހުރިހާ ފައިސާއަކާއި ހަރަދުކުރެވޭ ހުރިހާ ފައިސާއެއްގެ ހިސާބުތައް ރިކޯޑުކޮށް، އެކަށީގެންވާ ގޮތަކަށް ބެލެހެއްޓުން.

(ށ) ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް އައްޔަނުކުރެވޭ ފަރާތެއްގެ މައްޗަށް މި ގަވާއިދުގެ ދަށުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ފަރާތަކުން އެހެން ފަރާތަކާ ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ ވެސް މި ގަވާއިދުގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިކުއިޑޭޓަރުގެ ށަރުތު ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

(ނ) ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުމަށްފަހު، އެ ކުންފުންޏަށް ލިބޭ ހުރިހާ ފައިސާއެއް ބަލަހައްޓަންވާނީ ލިކުއިޑޭޓަރު މެދުވެރިވެގެންނެވެ.

 

149 ވަނަ މާއްދާ - ލިކުއިޑޭޓަރުގެ ށަރުތުތައް 

ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ށ) އާއި 144 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އައްޔަނުކުރާ މީހެއްގެ ނުވަތަ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ކުންފުނި އުވައިލުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގެ ގާބިލުކަން ހުރުން.

(ށ) އެ ކުންފުންޏަށް ދަރައިފައިވާ ނުވަތަ ކުންފުންޏަކުން އެއްވެސް ފައިސާއެއް ލިބެންޖެހޭ މީހަކު ނުވަތަ ބަޔަކުކަމުގައި ނުވުން.

(ނ) އެ ކުންފުންޏެއްގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ އޮފިސަރަކު ނުވަތަ މުވައްޒަފަކު ކަމުގައި ނުވުން.

(ރ) އެ ކުންފުންޏެއްގެ މެންބަރެއްގެ މުވައްޒަފަކު ނުވަތަ ވަޒީފާދޭ ފަރާތެއް ނުވަތަ ވިޔަފާރީގެ ބައިވެރިއަކުކަމުގައި ނުވުން.

(ބ) އިފްލާސްކުރުމާބެހޭ ގާނޫނެއްގެ ދަށުން، އިފްލާސްކޮށްފައިވާ ފަރާތެއް ނަމަ، އިފްލާސްކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ވެފައިވުން.

(ޅ) އިފްލާސްކުރުމާ ބެހޭ ނުވަތަ އިންސޮލްވެންސީއާ ބެހޭ ގާނޫނެއްގެ ދަށުން އިފްލާސްކޮށްފައިވާ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރެއް ނަމަ، އިފްލާސްކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ވެފައިވުން.

(ކ) ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަކަރާއި ހީލަތުގެ ކުށުގެ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް، ނުވަތަ އެ ގާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާނާތުގެ ކުށުގެ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ނުވަތަ މަނީ ލޯންޑްރިންގއާބެހޭ ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފުދެވުނުތާ 5 (ފަހެއް) އަހަރުދުވަސް ވެފައިވުން.

(އ) ކުންފުނީގެ އޮޑިޓަރަކު ކަމުގައި ނުވުން.

(ވ) ކުންފުނީގެ މުދާ ރަހުނުކޮށްފައިވާ ފަރާތެއްގެ އޮފިސަރަކު ކަމުގައި ނުވުން.

(މ) ގާނޫނާއި މި ގަވާއިދުގެ ދަށުން ކުންފުނި ހިންގުމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ނުވަތަ މަނާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

 

150 ވަނަ މާއްދާ - ލިކުއިޑޭޓަރު ވަކިކުރުން 

ކުންފުނި އުވައިލުމުގެ މަސައްކަތްކުރުމާ ހަވާލުކޮށްފައިވާ ލިކުއިޑޭޓަރުގެ އަމަލުތަކާމެދު، އެ ކުންފުންޏަށް ދަރަންޏެއްގެ ގޮތުގައި މުދަލެއް ނުވަތަ ފައިސާއެއް ދޫކޮށްފައިވާ ފަރާތަކުން ނުވަތަ ކުންފުނީގެ ބޯޑު މެންބަރަކު ރަޖިސްޓްރާރއަށް ށަކުވާއެއް ހުށަހަޅައިފި ނަމަ،އެ ށަކުވާއެއް ރަޖިސްޓްރާރ ބަލަންވާނެއެވެ. އަދި ކުންފުނި އުވައިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރު އަމަލުކޮށްފައިވަނީ އެކަށީގެންވާ ގޮތަކަށް ނޫންކަމަށް ރަޖިސްޓްރާރއަށް ފެނިއްޖެ ނަމަ، އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް އެ ކުންފުނިން އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރު އެ މަސައްކަތުން ވަކިކޮށް، އެ ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ކޯޓަށް ހުށަހެޅުމަށް އެ ކުންފުންޏަކަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

 

 

އެކާވީސް ވަނަ ބާބު

އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަން 

 

151 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަން

(ހ) މި ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައި އުވައިލައިފައިވާ ކުންފުންޏެއް އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަކަށް އެދި އަންނަނިވި ހާލަތްތަކުގައި ރަޖިސްޓްރާރއަށް ހުށަހެޅިދާނެއެވެ.

  1. ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން؛
  2. ކޯޓަށް ވަކި މައްސަލައެއް ހުށަހެޅުމުގެ ބޭނުމަށް؛ ނުވަތަ
  3. ވަކި ކުންފުންޏަކީ ކުންފުނި އުވައިލުމުގެ މަރުހަލާގައި އެ ކުންފުންޏަކާ ގުޅޭ އިލްތިޒާމުތައް ކޯޓެއްގެ ހުކުމަކާ ގުޅިގެން ފުރިހަމަކޮށްފައިނުވާ ކުންފުންޏެއްނަމ.ަ

(ށ) މި މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަކަށް އެދި ރަޖިސްޓްރާރއަށް ހުށަހެޅޭނީ އަންނަނިވި ފަރާތްތަކަށެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހެޅޭނީ، އެ ކުންފުންޏެއް އުވައިލިތާ 12 (ބާރަ) މަސްދުވަހުގެ މުއްދަތެއް ފާއިތުވެފައި ނުވާނަމައެވެ.

  1. ސަރުކާރު؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ހަވާލާދޭ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތް؛ ނުވަތަ 
  3. އެ ކުންފުނި އުވައިލި ތާރީހުގައި މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން، %75 (ހަތްދިހަ ފަހެއް އިންސައްތަ) ހިއްސާ ތަމްސީލުކުރާ ފަރާތްތައް.

(ނ) މި މާއްދާގެ ދަށުން، އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަށް އެދޭ ފަރާތަކީ ކުންފުނީގެ މެންބަރުން ކަމަށް ވާ ނަމަ، އަދި އެ ކުންފުންޏެއް އުވައިލިތާ 12 (ބާރަ) މަސްދުވަސް ފާއިތުވެފައިނުވާ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުން، އެ ކުންފުންޏަކީ މުއާމަލާތްކުރާ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށްލިބިގެންވެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން މުއާމަލާތްކުރާ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރާ ކުންފުންޏަކީ ހަމައެކަނި ށަރުއީ މަރުހަލާގައި ނިންމަންޖެހޭ ނިންމުންތަކާބެހޭ މުއާމަލާތްތައް ހިންގުމުގެ ހުއްދަ އޮންނަ ކުންފުންޏެކެވެ. އަދި މިފަދަ ކުންފުންޏަކީ ވިޔަފާރީގެ މުއާމަލާތް ހިންގޭނެ ކުންފުންޏެއް ނޫނެވެ.

 

152 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަށް އެދި ހުށަހެޅު މާ ގުޅޭ އިޖުރާއަތުތައް 

މި ގަވާއިދުގެ ދަށުން އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަށް އެދި ހުށަހަޅާނީ ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް، އަންނަނިވި މައުލޫމާތުތަކާ އެކުގައެވެ.

(ހ) މި ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުވެފައިވާކަން ސާބިތުކޮށްދޭ ލިޔުން.

(ށ) އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަށް އެދި ހުށަހަޅަނީ، މި ގަވާއިދުގެ 151 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބާޔާންކޮށްފައިވާ ފަރާތަކުން ނަމަ، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާކަން ސާބިތުކޮށްދޭ ލިޔުން.

(ނ) މި ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ކުންފުނި އުވައިލައިފައިވަނީ؛

  1. މި ގަވާއިދުގެ ސަތާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނީގެ އަހަރީ މާލީ ހިސާބުތަކާއި ރިޕޯޓުތައްރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނާޅައި 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވުމުން ކަމުގައި ވާ ނަމަ، ރަޖިސްޓްރާރ ބަލަހައްޓާ ރިކޯޑުތައް އަދާހަމަކުރުމަށް ބޭނުންވާ މައުލޫމާތު؛
  2. މި ގަވާއިދުގެ ސައުވީސްވަނަ ބާބުގެ ދަށުން އެ ކުންފުންޏަކަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ދަށުން ކުރާ ޖޫރިމަނާ ދެއްކުމަށް ކަނޑައަޅާ މުއްދަތުގައި ޖޫރިމަނާ ނުދައްކައި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވުމުން ކަމުގައި ވާ ނަމަ، އެ ފައިސާ ދައްކައިފައިވާކަމުގެ ލިޔުން.

(ރ) މި ގަވާއިދުގެ ދަށުން އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަނަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ނަމަ، އެފަދަ ހުށަހެޅުމެއް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާ މެދު ރަޖިސްޓްރާރ ގޮތެއް ނިންމަންވާނެއެވެ. އަދި މި ގޮތުން ނިންމާ ނިންމުން އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަނަށް ހުއްދަ ދިނުމަށް ރަޖިސްޓްރާރ ނިންމާ ނިންމުމުގެ ނޯޓިސް އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ދޭ ދުވަހުން ފެށިގެން ކުންފުނި ރެސްޓޯރ ކުރެވުނީއެވެ.

 

153 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންގެ ނަތީޖާ 

(ހ) މި ގަވާއިދުގެ ދަށުން އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަށް ހުއްދަ ދިނުމަށް ނިންމުމަށްފަހު އަންނަނިވި ގޮތުގެ މަތީން ރަޖިސްޓްރާރ އަމަލުކުރަން ވާނެއެވެ.

  1. އެ ކުންފުންޏަކީ "ރެސްޓޯޑް" ކުންފުންޏެއްގެ ގޮތުގައި ރެސްޓޯކުރި ތާރީހު އެނގޭނޭހެން ކުންފުނިތަކުގެ ދަފުތަރުގައި ހިމަނަންވާނެއެވެ. އަދި މި ގޮތުން ހިމަނާއިރު ކުންފުނީގެ ނަން ބަދަލުވެފައިވާ ނަމަ، ކުންފުނީގެ ކުރީގެ ނަމާއި މިހާރުގެ ނަން ހިމަނަންވާނެއެވެ.
  2. އެ ކުންފުންޏަކީ "ރެސްޓޯޑް" ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރގެ ގެޒެޓުގައި އާންމުކޮށް އިއުލާނުކުރަންވާނެއެވެ. އަދި މިގޮތުން ކުރާ އިއުލާނުގައި، ކުންފުނީގެ ނަން ބަދަލުވެފައިވާ ނަމަ، ކުންފުނީގެ ކުރީގެ ނަމާއި މިހާރުގެ ނަމާއި، ކުންފުނީގެރަޖިސްޓްރޭށަން ނަންބަރާއި، ރެސްޓޯކުރި ތާރީހު ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަޖިސްޓްރާރ ކުރާ އިއުލާނުގައި،އެ ކުންފުންޏަކީ ހަމައެކަނި ށަރުއީ މަރުހަލާގައި ނިންމަންޖެހޭ ނިންމުންތަކާބެހޭ މުއާމަލާތްތައް ހިންގުމުގެ ހުއްދަ އޮންނަ ކުންފުންޏެއްކަމާއި، އެއީ ވިޔަފާރީގެ މުއާމަލާތް ހިންގޭނެ ކުންފުންޏެއް ނޫންކަން ބަޔާންކޮށްފައި ވާންވާނެއެވެ.

(ނ) މި ގަވާއިދުގެ 152 ވަނަ މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުމަކާ،ހުއްދަ ނުދިނުންކަމަށް ވާ ނަމަ، ރަޖިސްޓްރާރ ދޭ ޖަވާބުގައި ހުއްދަ ނުދިނުމަށް ނިންމި ސަބަބު ބަޔާންކުރަންވާނެއެވެ.

 

154 ވަނަ މާއްދާކުންފުނި އުވައިލުމަށްފަހު ވުޖޫދުވާ މުދަލުގެ މިލްކުވެރިކަން 

(ހ) ކުންފުންޏެއް އުވައިލުމަށްފަހު، އެ ކުންފުންޏަކަށް ލިބެންޖެހޭ މުދަލެއް ވުޖޫދަށް އައިސްފައިވާ ނަމަ، އެ މުދަލެއްގެ މިލްކުވެރިކަން ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، ކުންފުނި އުވައިލެވުނުއިރު ކުންފުނީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލަކީ ވަކިފަރާތެއްގެ ބެލުމުގެ ދަށުގައިވާ މުދަލެއްކަމުގައި ވާ ނަމަ ނުވަތަ ވަކިފަރާތަކުން އަދާކުރަންޖެހޭ ޒިންމާއަކާ ގުޅިގެން ކުންފުންޏަށް ލިބެންޖެހިފައިވާ މުދަލެއްކަމުގައި ވާ ނަމަ، ކުންފުނި އުވައިލެވުނުއިރު ކުންފުނީގެ މެންބަރުންގެ ގޮތުގައި ތިބި ހުރިހާ ފަރާތްތަކުގެ ނަމުގެ މައްޗަށް އެ މުދަލެއް ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، އެ މުދަލެއް ބަލަހައްޓާ ފަރާތަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް ޓަކައި "މުދާ" ކަމަށް ބުނެފައި އެވަނީ، އުފުލޭ މުދަލާއި ނޫފުލޭ މުދަލާއި، އެ މުދަލަކުން މީހަކަށް ލިބިދޭ ހައްގުތަކާއި މަސްލަހަތުތަކާއި ފައިސާ ހިމެނޭ ގޮތުގެ މަތީންނެވެ.

 

 

ބާވީސްވަނަ ބާބު

ކުންފުނިތަކުގެ ދަފުތަރު

 

155 ވަނަ މާއްދާކުންފުނިތަކުގެ ދަފުތަރު 

ގާނޫނާއި މި ގަވާއިދުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓަރީކުރާ ކުންފުނިތަކުގެ އަންނަނިވި މައުލޫމާތުތައް ވަކިން ހިމެނޭގޮތަށް، ކުންފުނިތަކުގެ ދަފުތަރުރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

(ހ) ކުންފުނީގެ ނަން (ނަން ބަދަލުކޮށްފައިވާ ނަމަ، ކުރިން ކިޔުނު ނަންތައް)، ކުންފުނީގެ ބާވަތް، ރަޖިސްޓަރީކުރި ތާރީހު، ރަޖިސްޓަރީ ނަންބަރު، ރަޖިސްޓަރީކޮށްފައިވާ އެޑްރެސް، ސަރވިސް އެޑްރެސް.

(ށ) ކުންފުނީގެ ދުސްތޫރާއި އެ ދުސްތޫރަށް ގެނެވޭ އެންމެހައި ބަދަލުތައް ހިމެނޭގޮތަށް.

(ނ) ކުންފުނީގެ މެންބަރުންގެ މައުލޫމާތ.ު

(ރ) ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރުންގެ މައުލޫމާތ.ު

(ބ) ކުންފުނީގެ ޑިރެކްޓަރުކަމުގެ މަގާމުން ޑިސްކޮލިފައިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތ.ު

(ޅ) ކުންފުނީގެ ސިއްކަ.

(ކ) ޗާޖުތަކުގެ މައުލޫމާތު؛

(އ) ހަރަކާތްތެރިނުވާ ކުންފުނިތަކުގެ މައުލޫމާތ.ު

(ވ) އުވައިލުމަށް ކަނޑައަޅައިފައިވާ ކުންފުނިތަކާއި، އުވައިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރުގެ މައުލޫމާތ.ު

(މ) އުވައިލެވިފައިވާ ކުންފުނިތަކުގެ، މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި މައުލޫމާތު، އުވައިލެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް.

 

156 ވަނަ މާއްދާ - ކުންފުނީގެ ދަފުތަރު އާންމުކޮށް ށާއިއުކުރުން

މި ގަވާއިދުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ހިމެނޭމައުލޫމާތުގެ ތެރެއިން އަންނަނިވި މައުލޫމާތު، އެއްވެސް އަގެއް ނެގުމަކާ ނުލައި އާންމުންނަށް ބެލޭނެގޮތަށް ރަޖިސްޓްރާރ އާންމުކޮށް ށާއިއުކުރަންވާނެއެވެ. 

  1. މި ގަވާއިދުގެ 155 ވަނަ މާއްދާގެ (ހ) އާއި (އ) އާއި (ވ( ގައި ބަޔާންކޮށްފައިވާ މައުލޫމާތު؛
  2. މި ގަވާއިދުގެ 155 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުންފުނީގެ މެންބަރުންގެ ނަމާއި، ދާއިމީ އެޑްރެހާއި، ސަރވިސް އެޑްރެސް؛
  3. މި ގަވާއިދުގެ 155 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރުގެ ނަމާއި، ދާއިމީ އެޑްރެހާއި،ސަރވިސް އެޑްރެސް؛
  4. މި ގަވާއިދުގެ 155 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާއުވައިލެވިފައިވާ ކުންފުނިތަކުގެ ނަމާއި، ރަޖިސްޓަރީ ނަންބަރާއި އުވައިލެވުނު ތާރީހު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފިޔަވައި އެހެނިހެން މައުލޫމާތު،މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ ދެއްކުމަށްފަހު، ބެލޭނެ އިންތިޒާމުރަޖިސްޓްރާރ ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރގެ ދަފުތަރުގައި ހިމެނޭ މައުލޫމާތު ބެލުމަށް އެދި ހުށަހަޅާނީ ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށެވެ.

 

157 ވަނަ މާއްދާ - ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން

(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކުން ރަޖިސްޓްރާރއަށް ހުށަހަޅާ މައުލޫމާތުގެ ތެރެއިން، ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ގޮތުގައި ރަޖިސްޓްރާރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުގެ ސިއްރުކަން، ރަޖިސްޓްރާރއާއި މިނިސްޓްރީން ހިފަހައްޓަންވާނެއެވެ. އަދި ގާނޫނަކުން ބާރު ލިބިގެން ތަހުގީގީ އިދާރާއަކުން ހިންގާ ތަހުގީގަކަށް، ގާނޫނުގައިވާ ގޮތުގެ މަތީން މެނުވީ ނުވަތަ ކޯޓު އަމުރެއްގެ ދަށުން މެނުވީ، ވިޔަފާރީގެ ސިއްރު މައުލޫމާތު، ތިންވަނަ ފަރާތަކާ ރަޖިސްޓްރާރ ނުވަތަ މިނިސްޓްރީން ހިއްސާކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްރު މައުލޫމާތެއްގެ ގޮތުގައި ރަޖިސްޓްރާރ ނުވަތަ މިނިސްޓްރީން ކަނޑައަޅައިފައިވާ މައުލޫމާތެއް ދޫކުރުމަށް އެ ކުންފުންޏަކުން ލިޔުމުން ހުއްދަ ދީފައިވާ ނަމަ، ހުއްދަ ދީފައިވާ ފަރާތަކަށް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ދެއްކުމުން އެ މައުލޫމަތެއް ދޫކުރެވިދާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް ސިއްރު މައުލޫމާތު ކަމުގައި ބެލެވޭނީ، ކުންފުންޏެއް ރަޖިސްޓަރީ ކުރުމަށްފަހު، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށް ދޫކުރާ ޕްރޮފައިލް ށީޓުގައި ބަޔާންކޮށްފައިވާ ކުންފުނީގެ އަސާސީ މައުލޫމާތާއި ކުންފުނީގެ ދުސްތޫރު ފިޔަވައި އެހެން މައުލޫމާތުތަކެވެ.

 

 

ތޭވީސްވަނަ ބާބު

ރަޖިސްޓްރާރގެ ގެޒެޓު 

 

158 ވަނަ މާއްދާ - ރަޖިސްޓްރާރގެ ގެޒެޓު

(ހ) ގާނޫނާއި، މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރގެ ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ރަޖިސްޓްރާރގެ ފަރާތުން އާންމުކޮށް ކުރަންޖެހޭ އިއުލާނުތައް ކުރުމަށާއި، އާންމުކޮށް ށާއިއުކުރަންޖެހޭ ގާނޫނީ ނޯޓިސް ދިނުމަށާއި، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެ ނޫން ވެސް މައުލޫމާތު އާންމުކޮށް ފެންނާނޭހެން ށާއިއުކުރުމަށާއި، އެ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމުހަމަޖެއްސުމުގެ ގޮތުން، ރަޖިސްޓްރާރގެ ގެޒެޓުގެ ނަމުގައި ވަކި އޮންލައިން ވެބްސައިޓެއް ނުވަތަ ޕޯޓަލްއެއް ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓްރާރގެ ގެޒެޓުގައި، އަންނަނިވި އިއުލާނުތަކާއި ނޯޓިސްތައް ގަވާއިދުން ށާއިއުކުރަމުން ގެންދަންވާނެއެވެ.

  1. މި ގަވާއިދުގެ 94 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމި ނިންމުމަށް އެއްވެސް ކްރެޑިޓަރެއްގެ ނުވަތަ ކުންފުނީގެ އެއްވެސް މެންބަރެއްގެ ނުވަތަ ކުންފުންޏާ ގުޅުންހުރި އެ ނޫން ވެސް ފަރާތެއްގެ އިއުތިރާޒެއް އޮތްތޯ ކަށަވަރުކުރުމަށް ރަޖިސްޓްރާރ ކުރާ އިއުލާނު؛
  2. މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރު، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ކުރާ އާންމު އިއުލާނު؛
  3. ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް ހަވާލުވާ ލިކުއިޑޭޓަރު މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ނ) ގެ ދަށުންކުރާ އިއުލާނު؛
  4. މި ގަވާއިދުގެ 146 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުންފުނި އުވައިލުމުގެ މަސައްކަތް ލިކުއުޑޭޓަރު ފެށުމާއެކުކުރާ އިއުލާނު؛
  5. މި ގަވާއިދުގެ 142 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުންޏެއް އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައި، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށްކުރާ އާންމު އިއުލާނު؛
  6. މި ގަވާއިދުގެ 143 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ،ހަރަކާތްތެރިނުވާ ކުންފުންޏާ ގުޅޭގޮތުންކުރާ އިއުލާނު؛
  7. މި ގަވާއިދުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއް އުވައިލުމާއެކު، އެ ކުންފުންޏެއްގެ ނަން ރަޖިސްޓްރާރގެ ދަފުތަރުން އުނިކުރިކަން އާންމުކުރުމަށް ޓަކައި ކުރާ އިއުލާނު؛
  8. މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އާއި 45 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުންފުނީގެ ނަމަށް އަންނަ ބަދަލު، އެންގުމަށް ށާއިއުކުރާ ނޯޓިސް؛
  9. އާންމުކުރުމަށް ރަޖިސްޓްރާރ ކަނޑައަޅާ އެހެނިހެން މައުލޫމާތ.ު

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ރަޖިސްޓްރާރގެ ގެޒެޓުގައި އާންމުކުރާ އިއުލާނާއި މައުލޫމާތު ށާއިއުކުރުމަށް ރަޖިސްޓްރާރއަށް އޮންނަ އިލްތިޒާމަކާ، އެހެން ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިއުލާނެއް ނުވަތަ މައުލޫމާތެއް ށާއިއުކުރުމަށް ލާޒިމުކުރާ އެއްވެސް ކަމަކަށް ހުރަސްއަޅާ ކަމެއް ނޫނެވެ.

 

 

ސައުވީސްވަނަ ބާބު

ކުށާއި އަދަބު

 

159 ވަނަ މާއްދާ - ކުންފުނިން ކުރާ ކުށް 

(ހ) އަންނަނިވި ކަންކަން ކުންފުންޏަކުން ކުރުމަކީ ކުށެކެވެ.

  1. މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ގެންނަ ބަދަލު ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ހުށަނޭޅުން؛ 
  2. މި ގަވާއިދުގެ 45 ވަނަ މާއްދާ ގެ (ށ) ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ނަން ބަދަލުކުރަން އެންގުމުން، ނަން ބަދަލުކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  3. މި ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ޑިރެކްޓަރުންގެ ދަފުތަރު ބެލެހެއްޓުމަށް އިހުމާލުވުން؛
  4. މި ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ޑިރެކްޓަރުންނަށް އަންނަ ބަދަލުތައް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  5. މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ޑިރެކްޓަރުން ތިބެންޖެހޭ އަދަދަށް ޑިރެކްޓަރުން ނެތުމުގެ ސަބަބުން، ރަޖިސްޓްރާރ އަންގާ މުއްދަތުގައި ޑިރެކްޓަރުން އައްޔަނުކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  6. މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނެތުމުގެ ސަބަބުން، ރަޖިސްޓްރާރ އަންގާ މުއްދަތުގައި މެނޭޖިންގ ޑިރެކްޓަރު އައްޔަނުކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  7. މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ރައުސްމާލު ބަދަލުކުރާ ކުރުން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  8. މި ގަވާއިދުގެ 104 ވަނަ މާއްދާގެ (ށ) ގައި ނުވަތަ (ރ) ގައި ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާ، ހިއްސާ ބަދަލުކުރުމާ ގުޅޭ އިޖުރާއަތާ ހިލާފުވުން؛
  9. މި ގަވާއިދުގެ 109 ވަނަ މާއްދާގެ (ހ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ މެންބަރުންގެ ދަފުތަރަށް އަންނަ ބަދަލު ރަޖިސްޓަރީކުރުމަށް ޓަކައި ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  10. މި ގަވާއިދުގެ 114 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ޗާޖު ރަޖިސްޓަރީކުރުމަށް ނުވަތަ ޗާޖު ދޫކޮށްލިކަން ރަޖިސްޓަރީކުރުމަށް ހުށަނޭޅުން؛
  11. މި ގަވާއިދުގެ 115 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ޗާޖުތަކުގެ ދަފުތަރު ބެލެހެއްޓުމުގައި އިހުމާލުވުން؛
  12. މި ގަވާއިދުގެ 116 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކައުންޓިންގ ރިކޯޑުތައް ޑިރެކްޓަރަކާ ނުވަތަ މެންބަރަކާ ހިއްސާނުކުރުން؛
  13. މި ގަވާއިދުގެ 121 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޑިރެކްޓަރުންގެ ރިޕޯޓުތައް މެންބަރަކާ ހިއްސާނުކުރުން؛
  14. މި ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޑިރެކްޓަރުންގެ ރިޕޯޓު ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  15. މި ގަވާއިދުގެ 124 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ އަހަރީ މާލީ ހިސާބު ރަޖިސްޓްރާރއަށް ހުށަނޭޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުންފުންޏަކުން ކޮށްފި ނަމަ އަދަބަކާ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައުލޫމާތަށް އަންނަ ބަދަލު ރަޖިސްޓްރާރއަށް އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަންގައިފައި ނުވާ ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

 

160 ވަނަ މާއްދާ - ޑިރެކްޓަރުން ކުރާ ކުށް

(ހ) ކުންފުންޏެއްގެ ޑިރެކްޓަރަކު، އަންނަނިވި ކަންކަން ކުރުމަކީ ކުށެކެވެ.

  1. މި ގަވާއިދުގެ 45 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ކުންފުނީގެ ނަން ބަދަލުކުރަން އެންގުމުން، ނަން ބަދަލުކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  2. މި ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ކުންފުނީގެ ޑިރެކްޓަރުންގެ ދަފުތަރު ބެލެހެއްޓުމުގައި އިހުމާލުވުން؛
  3. މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ރައުސްމާލު ބަދަލުކުރާ ކުރުން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  4. މި ގަވާއިދުގެ 104 ވަނަ މާއްދާގެ (ށ) ގައި ނުވަތަ (ރ) ގައި ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ ހިއްސާ ބަދަލުކުރުމާ ގުޅޭ އިޖުރާއަތާ ހިލާފުވުން؛
  5. މި ގަވާއިދުގެ (ހ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން،ކުންފުނީގެ މެންބަރުންގެ ދަފުތަރަށް އަންނަ ބަދަލު ރަޖިސްޓަރީކުރުމަށް ޓަކައި ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  6. މި ގަވާއިދުގެ 115 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ޗާޖުތަކުގެ ދަފުތަރު ބެލެހެއްޓުމުގައި އިހުމާލުވުން؛
  7. މި ގަވާއިދުގެ 124 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރއަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފައި ނުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުންފުނީގެ އެއްވެސް ޑިރެކްޓަރަކު ކޮށްފި ނަމަ، އެ މީހެއްގެ އަދަބަކ:ީ

  1. ފުރަތަމަ ފަހަރު ނަމަ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. ދެވަނަ ފަހަރު ނަމަ، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކު، 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

161 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރު، ކުރާ ކުށް

(ހ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. މި ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޑިރެކްޓަރުންގެ ރިޕޯޓު ރަޖިސްޓްރާރއަށް ހުށަނޭޅުން؛
  2. މި ގަވާއިދުގެ 124 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ އަހަރީ މާލީ ހިސާބު ރަޖިސްޓްރާރއަށް ހުށަނޭޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކޮށްފި ނަމަ، އޭނާގެ އަދަބަކީ:

  1. ފުރަތަމަ ފަހަރު ނަމަ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. ދެވަނަ ފަހަރު ނަމަ، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

162 ވަނަ މާއްދާ - އެހެން ފަރާތްތަކުން ކުރާ ކުށް

(ހ) އަންނަނިވި ފަރާތްތަކުން، އަންނަނިވި ކަންކަން ކުރުމަކީ ކުށެކެވެ.

  1. މި ގަވާއިދުގެ 131 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުނީގެ އޮޑިޓަރުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ ހިސާބުތައް އޮޑިޓްކުރަންޖެހޭ ސުންގަޑިއަށް ނުނިމުން.
  2. މި ގަވާއިދުގެ 135 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުންފުންޏެއް އުވައިލުމުގެ މަސައްކަތްކުރުމަށް ހަވާލުވާ ލިކުއިޑޭޓަރު،އެ މަސައްކަތާ ހަވާލުވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް އަންގައިފައި ނުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކ:ީ

  1. ފުރަތަމަ ފަހަރު ނަމަ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. ދެވަނަ ފަހަރު ނަމަ، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކު، 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

163 ވަނަ މާއްދާ - ޖިނާއީ ކުށް 

(ހ) ގާނޫނާއި، މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމުގައި، އެއްވެސް ދޮގު މައުލޫމާތެއް ދިނުމަކާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

(ށ) ގާނޫނާއި މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ހުށަހެޅުމުގައި ސައްހަނޫން ލިޔެކިޔުމެއް ހުށަހެޅުމަކާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.

 

164 ވަނަ މާއްދާ - އެހެނިހެން ކުށާއި އަދަބު 

މި ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކާއި އަދަބުތަކުގެ އިތުރުން، މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރ އަންގާ އެންގުންތަކަށް އަމަލުނުކޮށްފި ނަމަ ނުވަތަ މި ގަވާއިދުގެ ދަށުން ވަކި ކަމެއް ކުރުމަށް ލާޒިމުކުރާ ހާލަތުގައި އެ ކަމެއް ނުކޮށްފި ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކަމެއް ކުރި ފަރާތެއް ނުވަތަ ނުކޮށް ދޫކޮށްލި ފަރާތެއް، 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

 

165 ވަނަ މާއްދާ - ޖޫރިމަނާގެ އަދަދު ދަރަޖަކުރުން 

މި ގަވާއިދުގެ 164 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ކަނޑައަޅާ ޖޫރިމަނާގެ އަދަދުތައް ބިނާކުރާނީ ޖޫރިމަނާކުރަން ކަނޑައެޅުނު އަމަލުގެ ކުޑަ ބޮޑުމިނަށް ބަލައި، އަންނަނިވި ކަންކަމަށް ރިއާއަތްކުރަންވާނެއެވެ.

(ހ) ގާނޫނާއި މި ގަވާއިދަށް އަމަލުނުކޮށް ދޫކޮށްލި ކަންކަމުގެ ކުޑަބޮޑުމިން.

(ށ) އެ ފަރާތަކުން އެފަދަ އަމަލުތައް ތަކުރާރުކޮށްފައިވާ މިންވަރު،

 

166 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ދެއްކުން

(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރާ ތާރީހުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، ޖޫރިމަނާ ދެއްކުމަށް އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ރަޖިސްޓްރާރ ހުށަހަޅަންވާނެއެވެ.

 

 

ފަންސަވީސްވަނަ ބާބު

އެހެނިހެން

 

167 ވަނަ މާއްދާ - ރަޖިސްޓްރާރ އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

(ހ) މި ގަވާއިދުގެ ބޭނުމަށް، ކުންފުނީގެ ގަރާރެއް ނުވަތަ ހާއްސަ ގަރާރެއް ނުވަތަ އެ ނޫން ވެސް ކުންފުނީގެ ނިންމުމެއް ހިމެނޭ ލިޔެކިޔުމެއް ނުވަތަ އެ ނޫން ވެސް ލިޔުމެއް ނުވަތަ ބަޔާނެއް ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ވަކި ގޮތަކަށް ހުށަހެޅުމަށް ބަޔާންކޮށްފައި ނުވާ ނަމަ، އެ ލިޔުމެއްގެ އަސްލު ހުށަހެޅުމުގެ ބަދަލުގައި،އެ ލިޔުމެއްގެ ނޯޓަރައިޒްކޮށްފައިވާ ލިޔުމެއް ނުވަތަ އެޓެސްޓްކޮށްފައިވާ ކޮޕީއެއް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގައި ނޯޓަރައިޒް ނުވަތަ އެޓެސްޓް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ނޯޓަރައިޒް ކުރެވޭނީ ނުވަތަ އެޓެސްޓް ކުރެވޭނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ނޯޓަރައިޒް ކުރުމުގެ ހުއްދަ ނުވަތަ އެޓެސްޓް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް އެކަންޏެވެ.

 

168 ވަނަ މާއްދާ - ކޮމްޕްލަޔަންސް ސްޓޭޓްމަންޓް 

(ހ) މި ގަވާއިދުގައި ރަޖިސްޓްރާރއަށް ހުށަހެޅުމަށް ބަޔާންކޮށްފައިވާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓަކާ، ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކުރަން ހުށަހަޅާ ހުށަހެޅުމެއްގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ބަޔާންކޮށް، ގާނޫނީ ވަކީލަކު ސޮއިކޮށްފައި ދޫކުރާ ބަޔާނެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާނަކާ، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން، އެ ބަޔާނާއެކީ ހުށަހަޅާ ހުށަހެޅުމެއްގައި ފުރިހަމަވާކަމުގެ އެކަށީގެންވާ ހެއްކެއްގެ ގޮތުގައި ރަޖިސްޓްރާރއަށް ބަލައިގަނެވިދާނެ ބަޔާނެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމަނައިފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

169 ވަނަ މާއްދާ - ކުންފުނީގެ ސެކްރެޓަރީން ދަފުތަރުން އުނިކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ޕްރައިވެޓް ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތްތައް، ކުންފުނިތަކުގެ ދަފުތަރުން އުނިކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގެ ދަށުން އުނިކުރެވޭ މައުލޫމާތު، ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމުން ލިބެން ހުންނާނެއެވެ.

 

170 ވަނަ މާއްދާ - މުއްދަތު ގުނުން 

މި ގަވާއިދުގެ ބޭނުމަށް، ވަގުތު ނުވަތަ މުއްދަތު ގުނުމުގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ތާރީހު ނުވަތަ ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ އެންމެފަހުގެ ތާރީހު ބެލުމުގައި، އެ ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ތާރީހާއި، އެ ކަމެއް ކޮށް ނިންމަންޖެހޭ ތާރީހު ހިމަނައިގެން ވަގުތު ނުވަތަ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

 

171 ވަނަ މާއްދާ - ޖަދުވަލުތައް 

މި ގަވާއިދުގައި ހިމެނޭ ޖަދުވަލުތަކަކާ، މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ،ބުނެވިދިޔަ ޖަދުވަލުތަކާ އެކުގައެވެ.

 

172 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން،ކުންފުނިން ނިންމާ ކޮންމެ ނިންމުމަކަށެވެ.

(ށ) "ނޯޓަރައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ލިޔުމެއްގައި ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައިފައި ސޮއިކުރުމަށެވެ.

(ނ) "ނޯޓަރައިޒްކޮށްފައިވާ ލިޔުމެއް" ކަމަށް ބުނެފައި އެވަނީ، ނޯޓަރައިޒްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކޮށްފައިވާ ލިޔުމަކަށެވެ.

(ރ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 218 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.

(ބ) "ކުންފުނިތަކުގެ ދަފުތަރު" ނުވަތަ "ރަޖިސްޓްރާރގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރަށެވެ.

(ޅ) "ފަރމް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ޒ) ގައި ބަޔާންކޮށްފައިވާ އެކައުންޓެންސީ ފަރމެއް ނުވަތަ އޮޑިޓް ފަރމެއް ނުވަތަ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ލޯ ފަރމަކަށެވެ.

(ކ) "އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(އ) "އެޓެސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ލިޔުމެއްގައި އަސްލާ އެއްގޮތް ތައްގަނޑު ޖެހުމަށެވެ.

(ވ) "އެޓެސްޓްކޮށްފައިވާ ކޮޕީއެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަކަށެވެ.

(މ) "ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ފ) "މަނީ ލޯންޑްރިންގއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ދ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ތ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ލ) "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ގ) "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ޏ) "ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ސ) "ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ޑ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) އަށެވެ.

(ޒ) "ގާނޫނީ ވަކީލު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ކޮންމެ މީހަކަށެވެ.

(ޓ) "ސަބްސިޑިއަރީ ކުންފުނި" ކަމަށް ބުނެފައި އެވަނީ:

  1. އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކުރުން ކޮންޓްރޯލްކުރާ ފަރާތަކަށް؛ ނުވަތަ
  2. އެ ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން، މަދުވެގެން %50 (ފަންސާސް އިންސައްތަ) ވޯޓުދިނުމުގެ ކޮންޓްރޯލް އޮތް ފަރާތަކަށް؛ ނުވަތަ
  3. ކުންފުނީގެ ހިއްސާގެ ރައުސްމާލުން އެކަށައަޅައިފައިވާ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ، އެ ފަރާތުގެ ނަމުގައި ނަގައިފައިވާ ނުވަތަ މިލްކުކުރާ ފަރާތަކަށް؛ ނުވަތަ
  4. ކުންފުނީގެ ޑިވިޑެންޑުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ލިބުމުގެ ހައްގު އޮތް ފަރާތަކަށެވެ.

(ޔ) "ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން ނުވަތަ ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ސެކްރެޓަރީ، އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް، އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އެ ފަރާތަކާ މުއާމަލާތްކުރާ އެހެނިހެން ފަރާތްތަކުން، އެ ފަރާތަކަށް ފޮނުވަންޖެހޭ ގާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.

(ޕ) "ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) އާއި، މި ގަވާއިދާއި، ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަނުކުރ،ާ ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ޖ) "ޑިރެކްޓަރުންގެ ބޯޑު" ކަމަށް ބުނެފައި އެވަނީ:

  1. ކުންފުނީގެ ހުރިހާ ޑިރެކްޓަރުންނަށް؛
  2. ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން ގާނޫނީ އަދަދަށްވުރެ މަދުނުވާ އަދަދެއްގެ ޑިރެކްޓަރުންނަށް؛ ނުވަތަ
  3. ކުންފުނީގައި ހިމެނެނީ އެންމެ ޑިރެކްޓަރެއް ކަމަށް ވާ ނަމަ، އެ ޑިރެކްޓަރަކަށެވެ.

(ޗ) "ޕަބްލިކް ނޯޓަރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ އޮތް ކޮންމެ ފަރާތަކަށެވެ.

 

173 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 1

ފީ ތާވަލު 

 

ޖަދުވަލު 2

ނަމުގައި ބޭނުންކުރުން ހުއްދަ ކެރެކްޓަރސް 

 

ޖަދުވަލު 3

ކުންފުނިތަކުގެ ދަފުތަރުގައި ހިމެނޭ ކުންފުނީގެ މައުލޫމާތުގެ ސައްހަކަން ބަޔާންކުރާ އިގުރާރު 

 

ޖަދުވަލު 4

ލިކުއިޑޭށަން ނޯޓިސް 

 

ޖަދުވަލު 5

ކޮމްޕްލަޔަންސް ސްޓޭޓްމަންޓް 

 

މައި ގާނޫނު

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު