-

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2019-158)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތަޢާރަފާއި ނަން

މިއ،ީ ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) ގެ 37 ވަނަ ތައާރަފާއި ނަން މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން ބާރުލިބިގެން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބޯޑުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު 

މި ގަވާއިދުގެ މައިގަނޑު މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ފުރުސަތު ބޮޑު ފަރާތްތަކަށާއި، ހާއްސަކޮށް ޒުވާނުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގެއްލުން އަންގައިދިނުމާއި، ދުންފަތް ގަނެވިއްކުމުގައި އެފަރާތްތަކުގެ ރައްކައުތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމުކުރުން.

(ށ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި، ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމެނޭ އިންޒާރުގެ ނޯޓިސް ޖެހުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން.

(ނ) ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ފަށާ ފަރާތްތަކުގެ އަދަދު މަދުކުރުމަށް މަސައްކަތްކުރުން.

(ރ) ވަކިވަކި ސިނގިރޭޓް ވިއްކުން މަނާކުރުން.

 

3 ވަނަ މާއްދާ - ތަންފީޒީ އިދާރާ (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމާއި، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ. (އިތުރު ކުރެވިފައި)

(ށ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި ފިޔަވައި، މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ، ހެލްތު ޕްރޮޓެކްށަން އެޖެންސީންނެވެ. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންސްޕެކްޓްކުރަނީ ވިޔަފާރިއާބެހޭ ވުޒާރާއިން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަމަށް ވާ ނަމ،ަ ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު އެ އިންސްޕެކްށަނެއް ކުރި ފަރާތަކަށް ލިބިގެންވެއެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށްފި ނަމ،ަ އެ ޖޫރިމަނާކުރި އިދާރާއަކުން ހެލްތު ޕްރޮޓެކްށަން އެޖެންސީއަށް ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)

 

4 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހް

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 31 މެއި 2019 އިން ފެށިގެންނެވެ. 

 

5 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ޕެކެޓްކޮށް ވިއްކުން

ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ބަންދުކޮށްފައެވެ.

(ހ) ސިނގިރޭޓް ފޮށި ބަންދުކޮށްފައި ހުންނަންވާނީ، ކޮންމެ ފޮށްޓެއްގައި 20 (ވިހި) ސިނގިރޭޓަށްވުރެ މަދުނުވާނެގޮތަށެވެ.

(ށ) ބިޑ،ި ޕެކެޓްކޮށްފައި ހުންނަންވާނީ، ކޮންމެ ޕެކެޓެއްގައި، 50 (ފަންސާސް) ބިޑިޔަށްވުރެ މަދުނުވާނޭ ގޮތަށެވެ.

(ނ) ބިޑި އުފެއްދުމަށް ބޭނުންކުރާ ގޮށި ހަދަންވާނީ، އެއްވެސް އެއްޗެއް ޗާޕުކޮށްފައިނުވާ ނުވަތަ ލިޔެފައިނުވާ ސާފު ކަރުދާހެއްގައެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ބާވަ ތްތައް ފިޔަވައި، ދުންފަތުގެ އެހެނި ހެން ބާވަތްތައް ޕެކެޓްކުރަންވާނީ، ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި މަދުވެގެން 30 (ތިރީސް) ގްރާމް ހިމެނޭ ގޮތަށެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، ބަންދުކޮށްފައިވާ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމާއި، ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތައް ބަންދުކުރުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އެންމެ މަދުން ވިއްކޭނެ މިންވަރު

(ހ) ދުންފަތުގެ ބާވަތްތައް އެންމެ މަދުން ވިއްކޭނެ މިންވަރަކީ، މި ގަވާއިދުގެ (5) މާއްދާގެ (ހ) އާއި (ށ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މިންވަރެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ސިނގިރޭޓާއި ބިޑި ވަކިވަކިން ވިއްކުމާއި، ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތުގެ އެހެނިހެން ބާވަތްތައް 30 (ތިރީސް) ގުރާމަށްވުރެ މަދުން ވިއްކުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ - އިންޒާރުގެ ނޯޓިސް ޖެހުން 

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ޖަހަންވާނެއެވެ. އަދި 31 ޖުލައި 2019 އިން ފެށިގެން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާ ޓަނުގެ ބޭރުގައި މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ޖަހަންވާނެއެވެ. މި ނޫން ގޮތަކަށް އޮންނަ އިންޒާރުގެ ނޯޓިހެއްގެ ޢިބާރާތެއް ޖެހުމަކުން ނުވަތަ ކުރެހުމެއް ޖެހުމަކުން މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރިކަމުގައެއް ނުބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންޒާރުގެ ނޯޓިސްތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ކުރިން އާންމުކުރަންވާނެވެ.

(ނ) ވިޔަފާރީގެ ބޭނުމަށްޓަކައި ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް، ސާމްޕަލްގެގޮތުގައި ރާއްޖެއަށް އަލަށް އެތެރެކުރިނަމަވެސް، މި މާއްދާގައި ލާޒިމުކުރާ އެއްވެސް ކަމަކުން އެފަދަ ތަކެތި އިސްތިސްނާއެއް ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ނުޖަހައި، 31 ޖުލައި 2019 ގެ ކުރިން ދިވެހިރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައ،ް 30 ނޮވެންބަރު 2019 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ވިއްކުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިތުރު ކުރެވިފައި)

 

8 ވަނަ މާއްދާ - ލޭބަލްކުރުމުގައި ސަމާލުވާންވީ ކަންތައްތައް

ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ލޭބަލްކުރުމުގައި، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި މިންގަނޑުތަކަށް ސަމާލުވ،ެ އެ މިންގަނޑުތަކާ ތައާރަޒު ނުވާނޭހެން އަމަލުކުރަންވާނެއެވެ.

(ހ) ދުންފަތުގެ އިސްތިއުމާލުކުރުމުގެ ށައުގުވެރިކަން އުފެދޭގޮތަށް ނުވަތަ އިތުރަށް އިށްތިހާރުވާނޭގޮތަށް، ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތަކުގައި ލޭބަލް ޖަހައިގެން ނުވާނެއެވެ.

(ށ) ދުންފަތުގެ އެއްވެސް ބާވަތެއްގެ ހަގީގަތް އޮޅޭގޮތަށް ލޭބަލްކޮށްގެން ނުވާނެއެވެ.

(ނ) އެ ބާވަތެއް ބޭނުންކުރުމަކީ އެ ބާވަތަކުން ސިއްހަތަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ބާވަތެއްކަމަށް ހީވާފަދަ އެއްވެސް ލޭބަލެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ އެފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ.

(ރ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް ލޭބަލްކުރުމުގައި، އެ އުފެއްދުމަކީ، ދުންފަތުގެ އެހެން އުފެއްދުމަކަށްވުރެ ސިއްހަތަށް ލިބޭ ގެއްލުން ކުޑަވާނެ އުފެއްދުމެއް ކަން ދޭހަކޮށްދޭފަދަ އެއްވެސް އިބާރާތެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ އެފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ.

 

9 ވަނަ މާއްދާ - ނޯޓިސް އޮންނަންޖެހޭ ގޮތް

(ހ) އިންޒާރުގެ އިބާރާތް ލިޔެފައި އޮންނަންވާނީ، ފަސޭހައިން ކިޔަން އެނގޭނޭ ގޮތަކަށެވެ. އަދި އިންޒާރުގެ ފޮޓޯ ހުންނަންވާނީ، ފަސޭހައިން ފެންނާނެ ގޮތަކަށެވެ. އިންޒާރުގެ އިބާރާތުގެ ނުވަތަ ފޮޓޯގެ މަތީގައި އެހެން ނަމެއް، ލޯގޯއެއް ނުވަތަ ކުރެހުމެއް ނުވަތަ އެއްވެސް ލިޔުމެއް ނުވަތަ މިފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެއެވެ. އަދި މިނިސްޓްރީން އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، އިންޒާރުގެ އިބާރާތް ލިޔެފައި އޮންނަންވާނީ ނުވަތަ ފޮޓޯ ހުންނަންވާނީ ޕެކެޓުގައި ނުވަތަ ކާޓަނުގައި، އިންޒާރުގެ ނޯޓިސް ޗާޕު (ޕްރިންޓް) ކުރެވޭ ބައިގެ އެންމެ މަތީގައެވެ.

(ށ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް އެކުލެވޭ ކޮންމެ ޕެކެޓެއްގެ ނުވަތަ ކާޓަނެއްގެ ދެފަރާތުގައި ނުވަތަ އޭގެ "މައިގަނޑު" ކޮންމެ ފަރާތެއްގައި (މިސާލަކަށް، މޫނުމައްޗާއި ފަހަތުގައި)، މިނިސްޓްރީން އާން މުކޮށްފައިވާ ނަމޫނާއާއި އުސޫލާ އެއްގޮތަށް އިންޒާރުގެ ނޯޓިސް ޗާޕުކޮށްފައި (ޕްރިންޓުކޮށްފައި) އޮންނަންވާނެއެވެ. ޕެކެޓް ފަރުމާކޮށްފައިވަނީ ދެފަރާތަށްވުރެ ގިނަ ފަރާތް ހިމެނޭގޮތަށްނަމަ، އިންޒާރުގެ ނޯޓިސް ޖަހަންވާނީ ސައިޒަށް (ސަރފަސް އޭރިޔާއަށް) ބަލައިގެން، އެ އެއްޗެއްގައިވާ އެންމެ ބޮޑު ދެފަރާތުގައެވެ

(ނ) އިންޒާރުގެ ނޯޓިސް ޗާޕުކޮށްފައި އޮންނަންވާނީ، ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް ބަންދުކޮށްފައިވާ ޕެކެޓެއް ނުވަތަ ކާޓަނެއް ހުޅުވައި ލައްޕައި ހަދާއިރު އިންޒާރުގެ އިބާރާތް ފަސޭހައިން ހަލާކުވެގެންނުދާނެ ނުވަތަ ފުހެވިގެންނުދާ ނެ ގޮތަކަށެވެ.

(ރ) ރާއްޖޭގައި ވަކިވަކި ފަރުދުން ވިޔަފާރީގެ ބޭނުމުގައި އުފައްދާ ބިޑ،ި ސުއްޓ،ާ ދުންފަތް ޕެކެޓް، ތެޅި ދުންފަތް ފަދަ ތަކެތި ތައްޔާރުކުރާއިރ،ު ނުވަތަ ޕެކެޓްކު ރާއިރ،ު އެފަދަ އެއްޗެހީގައި ލޭބަލްޖަހަންވާނީ މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީންނެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އިތުރު ކަންކަން ކަނޑައަޅައި އެކަންކަން އާންމުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

10 ވަނަ މާއްދާ - އިންޒާރުގެ ނޯޓިސް އޮންނަންވީ ސައިޒު

(ހ) ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުމެއް އެކުލެވޭ ކޮންމެ ޕެކެޓެއްގައި ނުވަތަ ކާޓަނެއްގައި އިންޒާރުގެ ފޮޓޯއާއި ލިޔުން އޮންނަންވާނީ، އެ ޕެކެޓެއްގައި އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅައިފައިވާ ކޮންމެ ބައެއްގައި، އެބައިގެ "ސަރފަސް އޭރިޔާގެ" %90 (ނުވަދިހަ އިންސައްތަ) އަށްވުރެ ކުޑަނުވާ މިންވަރަކަށެވެ.

(ށ) އިންޒާރުގެ ލިޔުން އޮންނަންވާނީ، އެ ޕެކެޓެއްގައި ނުވަތަ ކާޓަނެއްގައި އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅައިފައިވާ %90 (ނުވަދިހަ އިންސައްތަ) ގެ އެތެރޭގައި، އެ ޕެކެޓެއްގެ ސައިޒާ ގުޅޭ މިންވަރަށެވެ.

(ނ) އިންޒާރުގެ ފޮޓޯއާއި ލިޔުން އޮންނަންވާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ، އާންމުކުރާ ނަމޫނާއާއި މައުލޫމާތާ އެއްގޮތަށެވެ.

 

11 ވަނަ މާއްދާ - އިބާރާތް ނުވަތަ ފޮޓޯ ބަދަލުކުރުން

ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތަކުގެ ބޭރުގައި ޖެހުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ އިންޒާރުގެ ނޯޓިސްގައި ހިމެނޭ ފޮޓޯއާއި ލިޔުންތަކުގެ ތެރެއިން އެ އުފެއްދުމެއްގައި ޖެހުމަށް މިނިސްޓްރީން 1 (އެކެއް) އިންޒާރަށްވުރެ ގިނަ އިންޒާރު ކަނޑައަޅައިފައިވާނަމަ، ކޮންމެ 12 (ބާރަ) މަހަކުން އެއްފަހަރ،ު އެ އުފެއްދުމެއްގައި ޖަހައިފައިވާ އިންޒާރުގެ ފޮޓޯއާއި ލިޔުން ބަދަލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ސާމްޕަލް ހުށަހެޅުން

ދުންފަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކުން އުފައްދާ ހުރިހާ ބާވަތެއް ބަންދުކުރުމަށް ބޭނުންކުރާ ޕެކެޓް، ކާޓަން، ކިޓް ނުވަތަ މިފަދަ އެހެނިހެން ތަކެތި މާކެޓަށްނެރެ ވިއްކަން ފެށުމުގެ ކުރިން އެ ތަކެތީގެ ސާމްޕަލ،ް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަންނަނިވި އުސޫލުގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ.

(ހ) މި ގަވާއިދާއި ހިލާފުވެއްޖެނަމަ، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމުލަ އަދަދުގެ 10 (ދިހައެއް) ގުނައިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކ،ު ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވޭނެއެވެ.

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ދެވަނަ ފަހަރު 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ތިންވަނަ ފަހަރު 10000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
  3. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ހަތަރުވަނަ ފަހަރު 20000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
  4. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ފަސްވަނަ ފަހަރު ގާނޫނުގައި ޖޫރިމަނާކުރެވޭނެކަމަށް ކަނޑައަޅައިފައިވާ އެންމެ މަތީ އަދަދުން ޖޫރިމަނާކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ޖޫރިމަނާގެ ހިސާބު ހެދުމުން އަންނަ އަދަދު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ މަދުނަމަ ޖޫރިމަނާގެ އަދަދަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ. އަދި އެ އަދަދު 100000 (އެއްލައްކަ) ރުފިޔާއަށްވުރެ ގިނަވެއްޖެނަމަ ޖޫރިމަނާގެ އަދަދަކީ 100000 (އެއްލައްކަ) ރުފިޔާއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ދުންފަތުގެ މުއާމަލާތުކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި، ހުއްދަ ބާތިލްކުރުމާއި، ހުއްދައިގައި ހިމެނޭ ވަކިވަކި ކަންތައްތައް ހިފެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސ،ާ ޖޫރިމަނާކޮށްފައި އަންގާތާ، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، ޖޫރިމަނާ ޗިޓުގައި ފައިސާ ދެއްކުމަށް ކަނޑައަޅައިފައިވާ އިދާރާއަކަށް ދައްކަންވާނެއެވެ.

 

13-1 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ތިރީގައި ބަޔާންކޮށްފައިވާ ދުންފަތުގެ ބާވަތްތަކުގައި، މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދުންފަތުގެ ބާވަތްތައް ބަންދުކޮށް އިންޒާރުގެ ނޯޓިސް ޖެހުން، މި ގަވާއިދު ލާޒިމެއް ނުކުރެއެވެ.

  1. ގަވާއިދު ނަންބަރު 2011-04 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ ދަށުން، ޑިއުޓީ ހިލޭ ފިހާރަތަކަށް ގެންނަ މުދާބެހެއްޓުމަށް ހާއްސަކޮށް ރަޖިސްޓަރީ ކޮށްދީފައިވާ ބޮންޑެޑްވެއަރހައުސްތަކަށާއި، ރާއްޖެއިން މުދާ އެކްސްޕޯޓުކުރުމަށް ހާއްސަކޮށް ރަޖިސްޓަރީ ކޮށްދީފައިވާ އެކްސްޕޯޓް ބޮންޑެޑް ވެއަރހައުސްތަކަށް ގެންނަ ދުންފަތުގެ ބާވަތްތައް؛
  2. ރާއްޖޭގެ ސަރަހައްދުގައި ހުންނަ ޑިއުޓީ ހިލޭ ފިހާރަތަކުގައި ވިއްކާ ދުންފަތުގެ ބާވަތްތައް؛
  3. ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނު) ގެ ދަށުން ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ދަތުރުވެރިންނަށް ޑިއުޓީ މައާފުކޮށްދީފައިވާ ދުންފަތުގެ ބާވަތްތަ އް، އެ ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ މިންވަރަށް. 

(ށ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެ މާއްދާގެ ދަށުން ޑިއުޓީ ހިލޭ ފިހާރަތަކަށް ގެންނަ މުދާ ބެހެއްޓުމަށް ހާއްސަކޮށް ރަޖިސްޓަރީކޮށްދީފައިވާ ބޮންޑެޑް ވެއަރހައުސްތަކަށާއި، ރާއްޖެއިން މުދާ އެކްސްޕޯޓުކުރުމަށް ހާއްސަކޮށް ރަޖިސްޓަރީ ކޮށްދީފައިވާ އެކްސްޕޯޓް ބޮންޑެޑް ވެއަރހައުސްތަކަށް ގެންނަ ދުންފަތުގެ ބާވަތްތައް، ދިވެހިރާއްޖޭގައި ބޭނުންކުރުމަށްޓަކައި ދޫކުރެވޭނީ މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުކޮށ،ް އިންޒާރުގެ ނޯޓިސް ޖެހުމަށްފަހުއެވެ.

 

14 ވަނަ މާއްދާ - މި ގަވާއިދާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކުރާ ތަކެތި ނެއްތައިލުން

މި ގަވާއިދާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކުރާ ތަކެތި، އިހްތިޔާރު ލިބިފައިވާ ފަރާތުގެ ބާރުގެ ދަށަށް ގެނެސް، ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެމަތިން ނެއްތައިލެވިދާނެއެވެ. މިފަދަ ތަކެތީގެ ތެރޭގައި ހިމެނެނީ،

(ހ) ޕެކެޓްކުރުމަށް ނުވަތަ ލޭބަލްޖެހުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް ތިމާއަށް އެކަން އެނގިހުރެގެން ނުވަތަ ނޭނގިގެންނަމަވެސް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރުމަށް ނުވަތަ މި ގަވާއިދުގެ މާއްދާއަކާ ހިލާފުވުމަށް ބޭނުންކުރެވިދާނެ ގޮތަށް އަތުގައި އޮންނަ އެއްޗެއް ނުވަތަ މެށިނެއް ނުވަތަ ލިޔުމެއް.

(ށ) ދުންފަތުގެ ބާވަތްތަކުގައި ހުންނަންޖެހޭނެކަމަށް މި ގަ ވާއިދުގައި ބުނެފައިވާ މިންގަނޑުތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ދުންފަތުގެ ކޮންމެ އެއްޗަކާއި، ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ބަޔަކުމީހުން ގަސްތުގައި ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ބަހައްޓައިފައިހުރި އަސްލުނޫން ދުންފަތުގެ ބާވަތްތައް.

 

4.1 ވަނަ މާއްދާ - ރާއްޖެއަށް އެތެރެކުރާ މަރުހަލާ (މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) މި މާއްދާގެ 14-2 ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެނިހެން ހާލަތްތަކުގައި، ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި، އެ ތަކެތި ރާއްޖެ އެތެރެކުރި ފަރާތް މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްފަހު، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އާ އެއްގޮތަށް، އެ ތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނައްތައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެ މަތީން ނައްތައިލުމަށް ހިނގާ ހަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތުން، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންޓްރޯލްގެ ދަށުގައި ހުންނައިރު ހިނގާ ހަރަދ،ު އެ ތަކެތި ރާއްޖެ ގެނައި ފަރާތުން، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންވާނެއެވެ.

 

4.2 ވަނަ މާއްދާ - ޕޯސްޓުގެ ޒަރީއާއިން ނުވަތަ ކޫރިއަރގެ ޒަރީއާއިން ގެންނަ ތަކެއްޗާއި ދަތުރުވެރިން ގެންނަ ތަކެތި (މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ޕޯސްޓު މެދުވެރިކޮށް ނުވަތަ ކޫރިއަރ މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ނަމުގައި ނުވަތަ ވިޔަފާރީގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުކޮށް ރާއްޖެއަށް އެތެރެކުރާ ހާލަތުގައި، އެ ތަކެތި އެތެރެކުރި ފަރާތް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުމަށްފަހު، އެ މުދަލެއް ނައްތައިލުމުގެ ބާރު، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕޯސްޓް ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކާއި، މި ގަވާއިދުގެ 1-13 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ދަތުރުވެރީން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފަށް ރާއްޖެއަށް ގެންނަ ދުންފަތުގެ ބާވަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުން އިސްތިސްނާވާނެއެވެ.

 

15 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ނުދެއްކުން 

މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރެވޭ ފަރާތްތަކުން ފައިސާ ނުދައްކައިފިނަމަ، ށަރީއަތަށް މައްސަލަ ހުށަހެޅުމަކަށް މި ގަވާއިދު ހުރަހެއްނާޅާނެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރޭތޯ ބެލުން 

(ހ) ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަމަށް ހުރިހާ ފަރާތަކުން ބޯލަނބާތޯ ބެލުމަކީ، އެކަމެއް ހަވާލުވެފައިވާ މިނިސްޓްރީއަށް ހަވާލުވެހުރި މިނިސްޓަރެއްގެ ޒިންމާއެކެވެ.

(ށ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންވާނީ، ހެލްތު މިނިސްޓްރީއަށް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ލިބޭ ރިޕޯޓުތަކަށް ނުވަތަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، މި ގަވާއިދު ތަންފީޒުކުރުމުގައި ޒިންމާވާ ހެލްތު ޕްރޮޓެކްށަން އޭޖެންސީއާއި، ތަންފީޒުކުރުމުގައި ށާމިލްވާ ދައުލަތުގެ އެންމެހައި އިދާރާތަކުން ކަނޑައަޅާ ތަންފީޒީ އިންތިޒާމެއްގެ ތެރެއިން، އެފަދަ އިދާރާތަކުންނެވެ.

 

17 ވަނަ މާއްދާ - ރިޕޯޓުކުރާ މީހާގެ ރައްކައުތެރިކަން

މި ގަވާއިދުގައި ބުނެފައިވާ ކަމަކާ ހިލާފުވެއްޖެކަމަށް ބުނެ ކަމާބެހޭ ފަރާތަކަށް އެއްވެސް ފަރާތަކުން ރިޕޯޓުކުރުމުން، އެއްވެސް މީހަކު ނުވަތަ މުވައްޒަފަކު ނުވަތަ އެތަނެއްގެ ވެރިޔަކު އެފަރާތެއްގެ މައުލޫމާތު އާންމުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ރިޕޯޓެއްކުރާ މީހަކާމެދު ފިޔަވަޅުއަޅައި، އެ ކަމުގެ ބަދަލުހިފައިގެންވެސް ނުވާނެއެވެ. 

 

17-1 ވަނަ މާއްދާ - އިންވާރޑް ކްލިއަރަންސް ހޯދައިފައިވާ ބޯޓުފަހަރުގައި ހުރި ދުންފަތުގެ ބާވަތްތައް އެތެރެކުރުން (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

މި ގަވާއިދުގައި އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 31 ޖުލައި 2019 ގެ ކުރިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާރޑް ކްލިއަރަންސް ދޫކޮށްފައިވާ އުޅަނދުތަކުގައި ދިވެހިރާއްޖެއަށް އެތެރެކުރުމަށް ގެނެސްފައިވާ ދުންފަތުގެ ބާވަތްތަކަކީ، މި ގަވާއިދުގެ ބޭނުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތައް ކަމަށް ބެލޭނެއެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) އަށެވެ.

(ނ) "ކާޓަނެއް" ކަމުގައި ބުނެފައި އެވަނީ، ސިނގިރޭޓް ނުވަތަ އެނޫންވެސް ދުންފަތުގެ އުފެއްދުމެއްގެ 5 ޔުނިޓް އެކުގައި ބަންދުކޮށްފައިވާ ކޮންމެ ޕެކެޓަކަށެވެ.

(ރ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ބޯޑަށެވެ.

(ބ) "ޕެކެޓް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތްތައް ރީޓެއިލް ކުރާއިރު ދުންފަތުގެ ކޮންމެ އުފެއްދުމެއް ބަންދުކޮށްފައިވާ އެއްޗަކަށެވެ.

(ޅ) "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތުގެ އެއްވެސް މިންވަރެއް ބޭނުންކޮށްގެން އުފައްދައިފައިވ،ާ ދުންފަތުގެ އެއްވެސް މިންވަރެއް ހިމެނޭ ކޮންމެ އުފެއްދުމަކަށެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ދެވޭ ސިއްހީ ފަރުވާގެ ބައެއްގެގޮތުގައި ހިމެނޭ ނުވަތަ ސެޒޭށަން ޕްރޮގްރާމެއްގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ނުވަތަ އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ދެވޭ ނިކޮޓީން ރިޕްލޭސްމެންޓް ތެރަޕީ (އެން.އާރު.ޓީ) ގެ ގޮތުގައި ހިމެނޭ ޗުވިންގަމް ނުވަތަ ޕެޗް ނުވަތަ މިފަދަ އެހެން ބާވަތްތަކާއި، ޑަކްޓަރީބޭސް ފަދަ ތަކެތި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކޮށްފައިވާނަމަ، ނުވަތަ އާންމުކޮށް ހުއްދަކޮށްފައިވާނަމަ، އެ ތަކެތީގައި ދުންފަތުގެ މިންވަރެއް ހިމެނުނުކަމުގައިވިޔަސް، މި ގަވާއިދުގެ ބޭނުމަށް "ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުން" ކަމުގައި ނުބެލޭނެއެވެ.

(ކ) "ކުށް ކުރުމަށް ބޭނުންކުރި މުދާ" ކަމަށް ބުނެފައި އެވަނީ،

  1. ރާއްޖެއަށް މުދާ އެތެރެކުރެވޭ މަރުހަލާގައި ނަމ،ަ ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ.(އިސްލާހް ކުރެވިފައި)
  2. ހޯލްސޭލްކުރާ މަރުހަލާގައިނަމަ، ހޯލްސޭލްކޮށް ވިއްކި މުދަލުގެތެރޭގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ.
  3. ރީޓެއިލް މަރުހަލާގައިނަމަ، ރީޓެއިލްކޮށް ވިއްކ،ި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ.
  4. ނަމަވެސް ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށްވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށްވުރެ މަދު އަދަދެއްނަމަ، ކުށްކުރުމަށް ބޭނުންކުރި މުދާކަމުގައި ބެލޭނީ 20 (ވިހި) ސިނގިރޭޓުގެ 1 (އެކެއް) ފޮށި ނުވަތަ 50 (ފަންސާސް) ބިޑީގެ އެއް ބޮނޑިކަމުގައެވެ.
  5. ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކުރާ އިންސްޕެކްށަނެއްގެ ތެރެއިން ވިޔަފާރިކުރާ ތަނަކުން ނުވަތަ ތަކެތި ގުދަންކޮށް ރައްކައުކުރާ ތަނަކުން ނުވަތަ ތަކެތި އުފުލާ އުޅަނދަކުން މި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތެއް ފެނިއްޖެނަމަ، އެތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެވަގުތު ހުރ،ި މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއް ބެލޭ ނީ، ކުށްކުރުމަށް ބޭނުންކުރި މުދާކަމުގައެވެ.

(އ) "އަގު" ކަމަށް ބުނެފައި އެވަނީ،

  1. ރާއްޖެއަށް ތަކެތި އެތެރެކުރާ މަރުހަލާގައިނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަމަލުކުރާ "ކަސްޓަމްސް ވެލިއު" އަށެވެ.
  2. ހޯލްސޭލް މަރުހަލާގައިނަމަ، ވިޔަފާރީގެ މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓަ އިފައި ހުންނަ ހޯލްސޭލް އަގަށެވެ.
  3. ރީޓެއިލް މަރުހަލާގައިނަމަ، ވިޔަފާރި މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓަ އިފައި ހުންނަ ރީޓެއިލް އަގަށެވެ. 
  4. ނަމަވެސް ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށްވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށްވުރެ މަދު އަދަދެއްނަމަ، އަގުކަމުގައި ބެލޭނީ، ވިޔަފާރީ ގެ މުއާމަލާތް ހިންގި ފަރާތުން ކަނޑައަޅައި، އާންމުކޮށް ފެންނާނެހެން ބަހައްޓައި ފައި ހުންނަ 20 (ވިހި) ސިނގިރޭޓުގެ ސިނގިރޭޓު ފޮއްޓެއްގެ ނުވަތަ 50 (ފަންސާސް) ބިޑީގެ ބިޑި ބޮނޑިއެއްގެ އަގަށެވެ.
  5. ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހިންގާ އިންސްޕެކްށަންގެ ތެރެއިން ފެނުނު ދުންފަތުގެ ބާވަތެއްނަމަ، އެތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެވަގުތު ހުރި މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއްގެ ރީޓެއިލް އަގަށެވެ. އިންސްޕެކްށަންގެ ތެރެއިން ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތްތައް ފެ ނުނީ ގުދަންކޮށްފައި ނުވަތަ އުޅަނދެއްގައި ހުއްޓާ ކަމުގައިވާނަމަ، އަގުކަމުގައި ބެލޭނީ، އެތަކެތީގެ ވެރިފަރާތުން ހިންގާ ތަނެއްގައި އެފަދަ ތަކެތި ވިއްކަން ކަނޑައަޅައި އާންމުކޮށްފައިހުރި ނުވަތަ މިފަދަ ތަކެތި ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ރީޓެއިލް އަގެވެ. 

(ވ) މި ގަވާއިދުގެ ބޭނުމަށްޓަކައި، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭ މަރުހަލާކަމަށް ބެލޭނީ، ދުންފަތުގެ ބާވަތްތައް ރާއްޖޭގެ ބަނދަރަކަށް ގެނެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އެ މުދާ ރާއްޖޭގެ ބަނދަރަކަށް ބޭލުމަށެވެ. (އިތުރު ކުރެވިފައި)

 

މައި ގަވާއިދު

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-158)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-15)

ކިޔުންތެރިންގެ ހިޔާލު