-

ސިޔާސީ ޕާޓީގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2019-110)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ،  6ވަނަ، 7ވަނަ، 8ވަނަ، 9ވަނަ އިސްލާހު އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެދިފައިވާ ގަވާއިދެކެވެ. މިއީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ޕާޓީ ރަޖިސްޓަރީކުރުމާއި، ޕާޓީ ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިހާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުއާމަލާތުކުރުމާއި، މިކަންކަމުގައި އުސޫލުތައް ކަނޑައެޅުމާއި، ޕާޓީ އުވައިލުމުގެ އުސޫލުތައް ކަނޑައަޅައި، ސިޔާސީ ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ސިޔާސީ ޕާޓީގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކުގެ ހައްގުތަކާއި އިމްތިޔާޒުތައް

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގައިވާ ހައްގު ފިޔަވައި އެހެން ހައްގުތަކާއި އިމްތިޔާޒުތަކުގެ ބޭނުންހިފުމުގައި އެ ޕާޓީއަކުން ކަނޑައަޅާ އުސޫލުތައް ޕާޓީގެ އަސާސީ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

3 ވަނަ މާއްދާ - ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުން

(ހ) ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދައި ހިންގަންވާނީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީކޮށްގެންނެވެ.

(ށ) ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރަން އެދޭ ފަރާތަކުން މިކަމަށް އެދި ހުށަހަޅާނީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ޖަދުވަލުގައިވާ ފޯމުންނެވެ. މި ފޯމުގެ ނަކަލެއް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ވާނެއެވެ.

(ނ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން، އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 3،000 (ތިންހާސް) މީހުންގެ ސޮއި ހޯދައި، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގައި ހިމެނޭ މައުލޫމާތާއެކު، ޖަދުވަލު 2 ގައިވާ ފޯމު، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ 3،000 (ތިންހާސް) މީހުން، އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ މަސްއޫލިއްޔަތު

(ހ) ޕާޓީން ކުރާ މުހިންމު ކަންކަން އާންމުކޮށް ފެންނާނޭހެން އެ ޕާޓީއެއްގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. އަދި ޕާޓީގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު، ޕާޓީގެ ވެބްސައިޓުން އާންމުންނަށް ފެންނަގޮތަށް ބަހައްޓަންވާނެއެވެ. އަދި ޕާޓީގެ ވަކި ކަމަކާ ގުޅޭ ނުވަތަ ޕާޓީން ހިންގި ވަކި ހަރަކާތަކާ ގުޅިގެން ޕާޓީއަށް ލިބިފައިވާ އާމްދަނީއާއި، ކުރެވުނު ހަރަދުގެ ތަފުސީލު ހޯދުމަށް ޕާޓީގެ އާންމު މެންބަރަކު އެދިއްޖެނަމަ، އެ ހަރަކާތަކާ ގުޅިގެން ލިބިފައިވާ އާމްދަނީއާއި،އަދި ހަރަދުތަކުގެ އެންމެހައި ތަފުސީލުތައް އެ މެންބަރަކަށް ލިޔުމުން ދޭންވާނެއެވެ.

(ށ) ޕާޓީއަށް އިތުރުވާ މެންބަރުންނާއި ޕާޓީން ވަކިވާ މެންބަރުން އެނގޭނޭހެން (ނަމާއި އެޑްރެސް) ލަސްވެގެން 6 (ހައެއް) މަހުން އެއްފަހަރު އަޕްޑޭޓްކޮށްފައިވާ ލިސްޓު ޕާޓީގެ ވެބްސައިޓުގައި،ކޮންމެ ވަގުތަކު ފެންނާނޭހެން ށާއިއުކުރަންވާނެއެވެ. ޕާޓީން ހިންގާ ހަރަކާތްތަކާއި ޕާޓީގެ އެކި ގޮފިތަކުން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު އާންމު މެންބަރުންނަށް ފެންނާނޭހެން ޕާޓީގެ ވެބްސައިޓުގައި ށާއިއުކޮށްފައި ބަހައްޓަންވާނެއެވެ.

(ނ) ޕާޓީން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ، ޓީވީ، ނޫސްމަޖައްލާތަކަށް ހަމަހަމަ ފުރުސަތުދީގެން އާންމު ރައްޔިތުންނަށް ހާމަކުރަމުން ގެންދަންވާނެއެވެ.

(ރ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ރިޕޯޓު، (ޕާޓީގެ މެމްބަރށިޕަށް އަންނަ ބަދަލުތަކާއި ޕާޓީގެ އިސް މަގާމުތަކަށް އަންނަ ބަދަލު ހިމެނޭގޮތަށް) ކޮންމެ އަހަރަކު 2 (ދޭއް) ފަހަރު ކޮމިށަނަށް ފޮނުވަންވާނެއެވެ. މިގޮތުން މީލާދީ ކަލަންޑަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ރިޕޯޓު ފޮނުވާނީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ގެ ކުރިން، އަދި ދެވަނަ 6 (ހައެއް) މަސްދުވަހުގެ ރިޕޯޓު، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީމަހުގެ 15 ގެ ކުރިން ކޮމިށަނަށް ފޮނުވަންވާނެއެވެ.

(ބ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، (ޖަދުވަލު 3 ގައިވާ ފޯމެޓަށް) ކޮންމެ އަހަރަކު އެއްފަހަރު ކޮމިށަނަށް ފޮނުވަންވާނެއެވެ. މިގޮތުން ފާއިތުވި އަހަރުގެ ރިޕޯޓު ފޮނުވާނީ، ޖެހިގެން އަންނަ އަހަރުގެ މާރިޗުމަހުގެ 1 ގެ ކުރިންނެވެ.

 

5 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ މެންބަރުންނަށް ވުން މަނާ ފަރާތްތައް

(ހ) ސިޔާސީ ޕާޓީގެ މެންބަރަކަށް ވުން މަނާ ފަރާތްތައް ތިރީގައި މިވަނީއެވެ.

  1. 18 އަހަރު ނުފުރޭ ކުދިން.
  2. ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުން.
  3. އިލެކްށަންސް ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުން.
  4. އޮޑިޓަރ ޖެނެރަލް.
  5. ޕްރޮސެކިއުޓަރ ޖެނެރަލް.
  6. ގާނޫނު އަސާސީގައި ބަޔާންވެފައިވާ މުސްތަގިއްލު ކޮމިށަންތަކުގެ މެންބަރުން. (މީގެ ތެރޭގައި، ގާނޫނު އަސާސީން ލާޒިމްކޮށްގެން ކޮމިށަނެއްގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިސްތިސްނާވާނެއެވެ.)
  7. ޕޮލިސް އިންޓެގްރިޓީ ކޮމިށަނުގެ މެންބަރުން.
  8. މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީގެ ކޮމިށަނަރ.
  9. ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުން.
  10. މީޑިއާ ކައުންސިލުގެ މެންބަރުން.
  11. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން.
  12. ސިފައިންގެ މީހުން .
  13. ފުލުހުންގެ މީހުން.
  14. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި ވައިސް ގަވަރުނަރު.
  15. އެއްވެސް ކުންފުންޏެއް، ނުވަތަ ޖަމްއިއްޔާއެއް، ނުވަތަ ޖަމާއަތެއް.
  16. ބިދޭސީން.
  17. ދިވެހިރާއްޖޭގެ ގާނޫނަކުން ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭނެކަމަށް ބަޔާންކޮށްފައިވާ މީހުން.

(ށ) ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު އަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށްވުން މަނާކުރާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ހ) ގެ )1) އާއި (15) އާއި (16) ފިޔަވައި، ދެން ހުރި ފަރާތްތަކުގެ ދަފުތަރެއް،އިލެކްށަންސް ކޮމިށަނުން އެކުލަވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނާ ދަފުތަރު އެކުލަވައިލުމަށް ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދަން އިލެކްށަންސް ކޮމިށަނުން އެދުމުން، ކަމާބެހޭ މުއައްސަސާތަކުން އެ މައުލޫމާތު ދޭންވާނެއެވެ.

  1. ފުރިހަމަ ނަން.
  2. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  4. އަދާކުރާ ވަޒީފާ (ވަޒީފާ އަދާކުރާ ތަނާއެކު).

(ރ) އެއްވެސް މީހަކު އެއްފަހަރާ 1 (އެކެއް) ސިޔާސީ ޕާޓީއަށްވުރެ ގިނަ ސިޔާސީ ޕާޓީގެ މެންބަރަކަށް ވެގެންނުވާނެއެވެ.

 

6 ވަނަ މާއްދާ - ސިޔާސީ ޕާޓީ އުފެއްދުން (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ށައުގުވެރިވާކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ށަރުޒު ހަމަވާ ފަރާތަކުން ނުވަތަ ފަރާތްތަކުން ހުށަހަޅައިފިނަމަ، ޕާޓީ އުފެއްދުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް ދޭންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން؛
  2. ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައި ވުން؛
  3. އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން؛
  4. އެ މީހެއްގެ މައްޗަށް ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން؛ 
  5. އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން؛
  6. ސާބިތު ދަރަންޏެއް ދައްކަމުންދާ މީހެއްކަމުގައި ނުވުން؛
  7. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން؛ 
  8. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަހުލާގީ އަމަލުހިންގިކަން އެއްވެސް އިރެއްގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ 
  9. މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ މީހަކު ކަމުގައި ނުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށްއެދި އެކަކަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެއެވެ. އެގޮތުން ހުށަހަޅާ ފޯމާއެކު، މިކަމަށް އެދޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި، ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެއެވެ.

(ނ) ސިޔާސީ ޕާޓީއެއް އުފައްދަން އެދޭ ފަރާތަކުން ނުވަތަ ފަރާތްތަކުން، މި މާއްދާގެ (ށ) ގައިވާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ކޮމިށަނަށް ހުށަހެޅުމުން، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ލިޔުމުން ދޭންޖެހޭނެއެވެ.

(ރ) ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން ނުވަތަ އެދޭ ފަރާތްތަކުން، އެ ޕާޓީއަށް ކިޔަން ހުށަހަޅައިފައިވާ ނަމަކ،ީ ކޮމިށަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ. ވަކި ނަމެއްގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިށަނުން ހުއްދަ ދީފިނަމަ، ކަނޑައެޅިފައިވާ މުއްދަތަކަށް އެ ނަން ބޭނުންކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ދީގެން ނުވާނެއެވެ.

(ބ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މަދުވެގެން 3,000 (ތިރީސް) މީހުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ފުރައިފައިވާ މީހުން، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ.

(ކ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.

(އ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުތައް ޗެކުކޮށް ނިންމާއިރު 3,000 (ތިރީސް) މީހުންގެ ސޮއި ހަމަނުވެއްޖެނަމަ، 3,000 (ތިރީސް) މީހުންގެ ސޮއި ހަމަކުރުމަށް އިތުރު 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް، އެ ފަރާތަށް ދޭންޖެހޭނެއެވެ.

(ވ) ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ޗެކުކުރުމުގައި، ޕާޓީގެ މެންބަރަކަށް ވުމަށް އެދި ފޯމު ފުރައިފައިވާ މީހާގެ މައުލޫމާތާއި، ފޯމުގައި ހިމެނޭ އެހެނިހެން މައުލޫމާތު ފުރިހަމަކޮށްފައިވޭތޯ ބަލަންޖެހޭނެއެވެ. މިގޮތުން ބަލަންޖެހޭ މައުލޫމާތުތަކަކީ:

  1. ނަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށް)؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  3. ސޮއި (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށް)؛
  4. އުފަން ތާރީހު؛
  5. ދާއިމީ އެޑްރެސް؛ 
  6. މިހާރު ދިރިއުޅޭ އެޑްރެސް؛ 
  7. ސޮއިކުރި ތާރީހު؛ 
  8. އިނގިލީގެ ނިށާން؛ 
  9. ހެކިންގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، އިގްރާރާއި، ތާރީހާއި، ސޮއި؛ 
  10. ފޯމުތައް ގެނައި މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ނަންބަރާއި، ސޮއި؛
  11.  ޕާޓީ އުފެއްދުމަށް ހުއްދަދީފައިވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ނުވަތަ (އެ ފަރާތުން ޕަވަރ އޮފް އެޓަރނީ ދީ، އެކަން ކޮމިށަނަށް ހުށަހަޅާފަރާތެއްގެ) ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި،ތާރީހާއި، ސޮއ.

(މ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޓަކައި ފޯމުތައް ފުރުމުގައި، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާ ހިލާފު އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފައިވާކަމުގެ ށަކުވާއެއް، ނުވަތަ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުގައި ސޮއިނުކުރާކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ށަކުވާއެއް/ މައްސަލައެއް ހުށަހަޅައިފިނަމަ، އެފަދަ ށަކުވާތައް/ މައްސަލަތައް ބެލުމަށް އިލެކްށަންސް ކޮމިށަނުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލައެއް ބަލައި ތަހުގީގަށް ފެންނަގޮތުގެ ރިޕޯޓު އިލެކްށަންސް ކޮމިށަނަށް ފޮނުވަންދެން، އެ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްދިނުން ވަގުތީގޮތުން މަޑުޖައްސައިލަންވާނެއެވެ.

(ދ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަ 3,000 (ތިރީސް) ފޯމު ހަމަކުރެވިފައި ނުވާނަމަ، ނުވަތަ ޕާޓީ އުފައްދަން ހުށަހަޅައިފައިވާ ފޯމުތަކުގެ ތެރޭގައި އޮޅުވައިލައިގެން، ނުވަތަ ނުފޫޒު ފޯރުވައިގެން ނުވަތ،ަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ސޮއިކޮށްފައިވާ ފޯމު ހިމެނޭކަން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ކުރާ ތަހުގީގަށް ފެނިގެން އެކަން އިލެކްށަންސް ކޮމިށަނަށް އަންގައިފިނަމަ، އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާޒިލުކުރަންވާނެއެވެ.

(ތ) ޕާޓީ އުފައްދަން ދިން މުއްދަތުގައި ޕާޓީ އުފެއްދިފައިނުވާނަމަ، ނުވަތަ ޕާޓީ އުފައްދަން ދީފައި އޮތް ހުއްދަ ބާޒިލުކޮށްފިނަމަ، ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނު ފަރާތަށް އިލެކްށަންސް ކޮމިށަނުން އެކަން އަންގާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޕާޓީ އުފައްދަން ހުށަހަޅައިފައިވާ ހުރިހާ ފޯމެއް، އެ ހުށަހެޅި ފަރާތުން އަނބުރާ ގެންދަންވާނެއެވެ. (އެ މުއްދަތުގެ ތެރޭގައި އެ ފޯމުތައް އަނބުރާ ގެންގޮސްފައިނުވާނަމަ، ފޯމުތައް ނައްތައިލުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.)

(ލ) ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނު ފަރާތުން ނުވަތަ ހުއްދައަށް އެދުނު ފަރާތްތަކުން، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ހިންގައިފައިވާކަން ތަހުގީގަށް ސާބިތުވެގެން، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ދީފައި އޮތް ޕާޓީ ރަޖިސްޓަރީކުރުމުގެ ހުއްދަ ބާޒިލުކުރުމާއެކު، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދަ އަލުން ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ހުއްދަ އަލުން ނުދީ ހިފަހައްޓާ މުއްދަތު، 3 (ތިނެއް) އަހަރުދުވަހަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން

(ހ) ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ދިނުމަށްފަހު، 3،000 (ތިންހާސް) މީހުން ހަމަކޮށްގެން ކޮމިށަނަށް ހުށަހަޅައި، އެކަން ކޮމިށަނުން ކަށަވަރުކޮށްފައި ޕާޓީ އުފައްދަން ހުއްދަ ދީފައިވާ ފަރާތަށް އެންގުމުން، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 8 (އަށެއް) ވަނަ މާއްދާގައި ވާގޮތަށް، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިމަނައިގެން، ޕާޓީގެ އަސާސީ ގަވާއިދާއި މައިގަނޑު މެނިފެސްޓޯ އެކުލަވައިލައި، މިކަންކަން ފާސްކުރުމަށް ބައްދަލުވުމެއް،ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ލިބުނު ފަރާތުން ބާއްވަންޖެހޭނެއެވެ. މި ބައްދަލު ވުމަށް ކިޔާނީ ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމެވެ.

(ށ) ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަކީ، ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅައިފައިވާ ސައްހަ 3،000 (ތިންހާސް) މެންބަރުންގެ ތެރެއިން އެންމެ މަދުވެގެން 300 (ތިންސަތޭކަ) މެންބަރުން ހަމަވާ ބައްދަލުވުމަކަށް ވާންޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުން ބޭއްވުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން، އެ ބައްދަލުވުން ބާއްވާ ފަރާތުން ކޮމިށަނަށް ލިޔުމުން އަންގަންޖެހޭނެއެވެ. އަދި އާންމުކޮށް އިއުލާނެއް ކޮށްގެން، ނުވަތަ އެހެ ން ގޮތަކުން ނަމަވެސް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާގެ ހުރިހާ ފަރާތްތަކަށް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތުދޭންވާނެއެވެ.

(ރ) ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ، ބައްދަލުވުމަށް ކޮމިށަނުގެ އިދާރާގެ ވެރިންގެ ފެންވަރުގެ މުވައްޒަފަކާއި، ކޮމިށަނުން ކަނޑައަޅާ މިންވަރުން އެހެން މުވައްޒަފުން ހާޒިރުވެ، ޕާޓީ އުފެއްދުމަށް ހުށަހަޅައިފައިވާ 3،000 (ތިންހާސް) މީހުންގެ ތެރެއިން 300 (ތިންސަތޭކަ) މީހުން ހާޒިރުވިތޯ ޗެކުކޮށް ބެލުމާއި، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަން ފުރިހަމަކުރޭތޯ ޔަގީންކުރަންވާނެއެވެ. އަދި މިކަންކަން ޔަގީންކުރުމަށްފަހު، ކޮމިށަނުގެ އިދާރާގެ އިސް މުވައްޒަފަކު ސޮއިކޮށްފައި ، އެ ޕާޓީއަށް މިކަމުގެ ލިޔުމެއް ދޭންވާނެއެވެ.

(ބ) ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ބާޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު،އެ ބައްދަލުވުމުގެ ޔައުމިއްޔާ ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލުކުރުން

(ހ) ޕާޓީއެއް އުފެއްދުމަށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާ ށަކުވާއެއް ކޮމިށަނުން ބަލާއިރު، އެ ޕާޓީއެއް އުފެއްދުމުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހިނގައިފައިވާކަން ކޮމިށަނުގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އާންމު މަސްލަހަތަށް ބަލައި، އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުންދަނީ ރަޖިސްޓަރީކުރެވި ހިނގަމުންދާ އެހެން ޕާޓީއެއްގެ ވަސީލަތްތައް ނުވަތަ މުވައްޒަފުން ބޭނުންކޮށްގެންކަން ނުވަތަ އެ ޕާޓީއެއްގެ ކަންކަމުގައި ޒިންމާވާނެ އިސްފަރާތެއް ނެތުމުގެ ސަބަބުން އެ ޕާޓީއެއްގެ ހިނގުން ހުއްޓިގެން ހިނގައިދާނެ ފަދަ ގޮތަކަށްކަމަށްވުން.
  2. ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެންކަމަށްވުން.
  3. ހުއްދަދީފައިވާ ފަރާތުން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ ނިސްބަތްވާ ފަރާތްތަކަކަކީ ހިނގަމުންދާ އެހެން ޕާޓީއެއްގެ ލީޑަރށިޕްގައި މަސައްކަތްކުރާ ފަރާތްތަތަކަށްވެފައި، އެފަރާތްތަކުން އެ ޕާޓީއެއްގެ ނަން ބޭނުންކޮށްގެން އިތުރު އެހެން އާންމު ފަރުދެއްގެ ނުވަތަ މައުނަވީ ށަހްސެއްގެ މަސްލަހަތާ ގުޅިފައިވާ މުއާމަލާތެއްގެ ތެރެއަށް ޕާޓީ ވެއްދުމަށްފަހު، ޕާޓީގެ ފަރާތުން އަދާކޮށްދޭންޖެހޭ ޒިންމާ އަދާކޮށްފައިނުވުން.
  4. ހުއްދަދީފައިވާ ފަރާތުން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ އުފައްދަނީ ކުށްކުރާ ޖަމާއަތެއްގެ މެންބަރުން ބައިވެރިކޮށްގެން އެ ޖަމާއަތަކުން ސިޔާސީ ބާރު ހޯދުމަށް ކަމަށްވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާއެއް ބަލާއިރު، ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަމަށް ފެންނަނަމަ، އެ މައްސަލައެއް ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާއަށް ފޮނުވުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދު

ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް އެ ޕާޓީއެއް ހިންގާނެ އަސާސީ ގަވާއިދެއް، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އެކުލަވައިލައި، ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުން ފާސްކުރުމަށްފަހު، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. ކޮމިށަނުން އެ ގަވާއިދު ބަލައި ޗެކުކުރުމަށްފަހު، ސިޔާސީ ޕާޓީގެ ގާނޫނާއި ހިލާފު ނުވާނަމަ، އެކަން އެ ޕާޓީއަކަށް އަންގައި، އިލެކްށަންސް ކޮމިށަނުގައި ދަފުތަރުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ޕާޓީއަށްދޭ ނަމާއި ޕާޓީ ރަމްޒުކޮށްދޭ ތަކެތި ފާސްކުރުން

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ކުރިން، އެ ޕާޓީން ހުށަހަޅާ ތަކެތި ބަލައި ފާސްކުރަންވާނެއެވެ. އަދި ފާސްނުވާ ތަކެތި ބަދަލުކުރުމަށް 7 (ހަތެއް) ދު ވަހުގެ މުއްދަތު ދޭންޖެހޭނެއެވެ.

 

11 ވަނަ މާއްދާ - ސިޔާސީ ޕާޓީ ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

(ހ) ސިޔާސީ ޕާޓީ ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ށ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ނ) ގައިވާ ރަޖިސްޓަރީ ފީގެގޮތުގައި ދައްކަންޖެހޭ -/000,10( ދިހަހާސް( ރުފިޔާ ދައް ކަންވާނީ ނަގުދު ފައިސާއިންނެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު ފޯމާއެކު ހިމަނަންޖެހޭ ލިޔުމާއި ތަކެތި

(ހ) ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު ފޯމާއެކު ހިމަނަންޖެހޭ ލިޔުމާއި ތަކެތި، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 21 ވަނަ މާއްދާގައިވާ ގޮތުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ކޮމިށަނަށް ބަލައިގަނެ، އެ ތަކެތީގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، އާންމުންނަށް ފެންނާނެހެން ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު މައުލޫމާތު ފުރިހަމަނުވުން

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 22 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަވޭތޯ އިލެކްށަންސް ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ. މި މައުލޫމާތު ފުރިހަމަކުރުމަށް ދޭންޖެހޭ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ނުކޮށްފިނަމަ، ޕާޓީ އުފައްދަން ހުށަހެޅި ހުށަހެޅުން ބާތިލުވާނެއެވެ.

(ށ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުތައް ސައްހަވާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

  1. ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ، ސާފު ފިންގަޕްރިންޓް.
  2. ނަން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށް)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށް)
  4. ދާއިމީ އެޑްރެސް.
  5. މިހާރު އުޅޭ އެޑްރެސް.
  6. އުފަން ތާރީހު.
  7. ހެކިވެރިންގެ މައުލޫމާތު.
  8. ޕާޓީގެ ފަރާތުން ފުރިހަމަކުރަންޖެހޭ މައުލޫމާތުތައް.
  9. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުތަކުގެ ސާފުކޮޕީއެއް.
  10. ސިޔާސީ ޕާޓީ އުފެއްދުމަށް ފުރާ ފޯމުތައް ފުރުމުގައި، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާކަން.

 

14 ވަނަ މާއްދާ - ސިޔާސީ ޕާޓީ ރަޖިސްޓަރީކޮށްދިނުން

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާނަމަ، އެ ޕާޓީއެއް ރަޖިސްޓަރީކޮށްދޭ ން ޖެހޭނެއެވެ. އަދި ބުނެވިދިޔަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޕާޓީ ރަޖިސްޓަރީވީކަން، ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން އަންގައިފައިނުވާނަމަ، މި މާއްދާގައިވާގޮތަށް އެއީ ރަޖިސްޓަރީވެފައިވާ ޕާޓީއެއްކަމުގައި ބެލޭނެއެވެ.

 

15 ވަނަ މާއްދާ - ސިޔާސީ ޕާޓީއެއް ރަޖިސްޓަރީވުމާ ގުޅިގެން ޕާޓީން ކުރަންޖެހޭ ކަންކަން

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ކަންކަން ކުރުމަށްފަހު، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލިޔުމުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރާ ދުވަހުން ފެށިގެން ޕާޓީގެ މެންބަރުންގެ ރަޖިސްޓަރީ ލިޔެ ބަލަހައްޓަންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ދަށުން ކޮމިށަނުގައި ދަފުތަރު ކުރަންޖެހޭ ކަން ކަން ލިޔެ ބަލަހައްޓަންވާނެއެވެ.

(ރ) ޕާޓީގެ އޮފީސް ހުޅުވައިފައި ހުންނާނެ ގަޑިތަކާއި، ޕާޓީގެ ކަންކަމުގައި އާންމު ރައްޔިތުން ގުޅަންޖެހޭނެ ފޯނު ނަންބަރުތައް އާންމުކޮށް އިއުލާނުކޮށްގެން ރައްޔިތުންނަށް އެނގޭގޮތަށް ހަދަންވާނެއެވެ.

(ބ) ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާ، ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުތައް، ސިޔާސީ ޕާޓީތަކުން 10 (ދިހައެއް) އަހަރުވަންދެންބަލަހައްޓަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްށަންސް ކޮމިށަނަށް ފޯމު ހުށަހެޅ ނެއެވެ. (އިތުރު ކުރެވިފައި)

 

16 ވަނަ މާއްދާ - ޕާޓީގެ މެންބަރުންގެ ރަޖިސްޓަރީ

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ސީޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ، ކޮމިށަނުންނާއި ސިޔާސީ ޕާޓީތަކުން ވެސް ބަލަހައްޓަންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތު އައިސްގެން މެންބަރުންގެ އަދަދު ފުރިހަމަކުރުމަށް ދިން 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި 3،000 (ތިންހާސް) މެންބަރުން ހަމަނުވެއްޖެނަމަ، އެ ޕާޓީއެއް އުވުނީކަމަށް ބަލައި، ކޮމިށަނުން ކުރަންޖެހޭ ކަންކަން ކު ރަންވާނެއެވެ.

 

17 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ ދަފުތަރު

އިލެކްށަންސް ކޮމިށަނުން ލިޔެ ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފުތަރު އާންމުކޮށް ފެންނާނެ ގޮތަކަށް ހަމަޖައްސަންޖެހޭނެއެވެ.

(ށ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ށ) ގައިވާ ކަންކަމުގެ އިތުރަށް، ސިޔާސީ ޕާޓީގެ ދަފުތަރުގައި، އަންނަނި ވި މައުލޫމާތު ހިމެނިފައި ހުންނަން ޖެހޭނެއެވެ.

  1. ޕާޓީގެ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތް ފަރާތުގެ ނަމާއި މަގާމު (ރައީސް، ޗެއަރޕަރސަން، ލީޑަރު)
  2. ޕާޓީގެ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތް ފަރާތުގެ ނައިބުންގެ ނަމާއި މަގާމު.
  3. އިދާރީ ހިންގުމުގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތުގެ ނަމާއި މަގާމު.
  4. ޕާޓީގެ ފައިސާއާބެހޭ ކަންކަން ބަލަހައްޓާ އިސް ފަރާތުގެ ނަމާއި މަގާމު.
  5. ޕާޓީގެ އެންމެ އިސް ކޮމިޓީ/ކައުންސިލުގެ މެންބަރުންގެ ނަމާއި މަގާމު.
  6. ޕާޓީގެ ގޮފިތަކާއި، ގޮފިތަކުގެ އިސް ފަރާތްތަކުގެ ނަމާއި މަގާމު.
  7. ޕާޓީގެ ކުލައާއި، ލޯގޯ ނުވަތަ ނިށާނާއި، ސިއްކައާއި، މޮޓޯއެއް ވާނަމަ މޮޓޯ.
  8. ޕާޓީގެ އޮފީސް ހިންގާ އެޑްރެސް (ގޭގެ ނަމާއި، މަގާއި، އަވަށާއި، ރަށާއި، އަތޮޅު/ސިޓީ ހިމެނޭގޮތަށް).

 

18 ވަނަ މާއްދާ - ޕާޓީއަށް މެންބަރުން ވެއްދުން 

(ހ) ޕާޓީއަށް މެންބަރުން ވެއްދުމަށް ޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ހުއްދ،ަ އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ. (އިތުރު ކުރެވިފައި)

(ށ) ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން ވެއްދުމަށް (އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމެޓަށް) އެ ޕާޓީއަކުން ފޯމެއް ތައާރަފު ކުރަންވާނެއެވެ. މި ފޯމުގެ ނަމޫނާއެއް، މި ގަވާއިދުގެ ޖަދުވަލު 5 ގައި ވާނެއެވެ. އެ ފޯމު "ސިމެދަ ޕޯޓަލް" މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާއިރު، ފޯމުގައި ހިމެނުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ހުރިހާމައުލޫމާތެއް ފުރިހަމަކުރަން ޖެހޭނެއެވެ. ފޯމުގައި ހިމެނޭ އިނގިލީގެ ނިށާން އިލެކްށަންސް ކޮމިށަނަށް ގަބޫލުކުރެވ ފެންވަރަކަށް ޖަހައިފައި ހުންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުގެ ދަފުތަރުގައި ހިމެނުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރުކުރުމަށް ޓަކައި، ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތްނަމަ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމުގެ އުސޫލުގެ ތެރެއިން ށަކުވާ ހުށަހެޅޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

 

19 ވަނަ މާއްދާ - ޕާޓީން މެންބަރުން ވަކިވުން 

(ހ) ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެއެވެ. އަދި ޕާޓީއަށް ހުށަހަޅައިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފި ނަމަ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އޭނާގެ ނަން، ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެއެވެ. އަދި ޕާޓީއެއްގެ މެންބަރަކު، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭން ވެސް ވާނެއެވެ. (އިސްލާހުއިސްލާހު2 ކުރެވިފައި)

(ށ) ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަކޮށްދޭންވާނެއެވެ. (އިސްލާހުއިސްލާހު2 ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

 

20 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ މުހިންމު ތަފުސީލުތަކަށް އަންނަ ބަދަލު

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީގެ މުހިންމު ތަފުސީލުތަކަށް އަންނަ ބަދަލު ޕާޓީއަކުން ކޮމިށަނަށް އެންގުމުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ބަދަލު ގެނެސް، އެ ޕާޓީއަކަށް އެކަން އަންގަންވާނެއެވެ.

 

21 ވަނަ މާއްދާ - ޕާޓީގެ އިދާރީ އޮފީސް 

(ހ) ޕާޓީގެ އިދާރީ އޮފީހުގެ ބޭރުގައި، ޕާޓީގެ ނަންބޯޑު، އާންމުންނަށް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ށ) ޕާޓީގެ އޮފީސް ހުޅުވައިފައި ހުންނާނެ ގަޑިތަކާއި، ޕާޓީގެ ކަންކަމުގައި އާންމު ރައްޔިތުން ގުޅަންޖެހޭނެ ފޯނު ނަންބަރުތައް އާންމުކޮށް އިއުލާނުކޮށް ރައްޔިތުންނަށް އެނގޭގޮތަށް ހަމަޖައްސަންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތަށް އޮފީހެއް ހިންގާނަމަ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު ކޮމިށަނަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

  1. އޮފީސް ހުޅުވައިފައި ހުރި ގައުމު.
  2. ގުޅޭނެ ފޯނު ނަންބަރު، ފެކުސް ނަންބަރު، އީމެއިލް އެޑްރެސް.
  3. އެ އޮފީހުގެ ޕޯސްޓަލް އެޑްރެސް.

 

22 ވަނަ  މާއްދާ - މެންބަރުންނާމެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުން

މެންބަރުންނާމެދު ސުލޫކީ ފިޔަވަޅު އެޅުމާއި، މެންބަރުކަމުން ވަކިކުރުމުގައި ބަލާނީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 17 ވަނަ މާއްދާގައިވާ ކަންތަކަށާއި އެ ޕާޓީއެއް ގެ އަސާސީ ގަވާއިދަށެވެ.

 

23 ވަނަ މާއްދާ - ޕާޓީގެ ނަމުގައި އިންތިހާބުތަކަށް ކުރިމަތިލުން

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 18 ވަނަ މާއްދާއާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެއްވެސް ޕާޓީއަކުން އިންތިހާބަކަށް ކެންޑިޑޭޓަކު ނެރެގެން ނުވާނެއެވެ. ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ނަމުގައި އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނަމަ، އޭނާގެ ކެންޑިޑެސީ، ކޮމިށަނުން ގަބޫލުކޮށްގެން ނުވާނެއެވެ.

 

24 ވަނަ މާއްދާ - ސިޔާސީ ޕާޓީ އުވައިލުން

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 30 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ކޮމިށަނުން އެ ސިޔާސީ ޕާޓީއެއް އުވައިލަންވާނެއެވެ. އަދި ޕާޓީތަކުގެ ދަފުތަރުން އެ ޕާޓީގެ ނަން އުނިކުރުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ) ޕާޓީއެއް އުވައިލުމަށް އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ނިންމުމަށްފަހު، ނުވަތަ ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެގެން ޕާޓީއެއް އުވައިލާނަމަ، ބުނެވިދިޔަ ގާނޫނުގެ 33ވަނަ މާއްދާގައިވާ ގޮތަށް އެ ޕާޓީއަކުން އަމަލުކުރުމަށްފަހު، އެކަން ލަސްވެގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ކޮމިށަނަށް އަންގަންވާނެއެވެ.

(ނ) ޕާޓީ އުވައިލަން ނިންމައި، ޕާޓީގެ ފަރާތުން ކޮމިށަނަށް އެންގުމުން، އެކަން ކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއި ދާ އެއްގޮތަށްކަން ކަށަވަރުކުރުމަށްފަހު، ޕާޓީ އުވައިލަންވާނެއެވެ.

(ރ) ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ޕާޓީއެއް އުވައިލުމަށް ނިންމައި، އެކަން މި މާއްދާގެ (ށ) ގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ކޮމިށަނަށް ނާންގައިފިނަމަ، އަންނަނިވި ފިޔަވަޅުތައް ކޮމިށަނުން އަޅަންވާނެއެވެ.

  1. އެކަން ހިނގައިފައިވާ ގޮތް ބަލައި، ޕާޓީގެ އުވައިލުމަށް ނިންމި ނިންމުމުގެ ތަފުސީލު ހޯދުން.
  2. އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ނިންމައިފައިވާ ނިންމުމެއްނަމަ، ޕާޓީ އުވައިލުން.

(ބ) ސިޔާސީ ޕާޓީއެއް އުވައިލުމުގެ ހުށަހެޅުން އެ ޕާޓީގެ ނިންމުންތައް ނިންމާ ގުނަވަނަށް ހުށަހެޅިއްޖެނަމަ، ނުވަތަ ޕާޓީ އުވައިލަންޖެހޭކަމަށް އިލެކްށަންސް ކޮމިށަނުން ނިންމައިފިނަމަ،އެ ނިންމުމަކާމެދު ޕާޓީގެ ކަންކަން ނިންމާ ގުނަވަނުން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމުން، ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަކުރެވި، އަދި އެ ޕާޓީއަކުން އެކިފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދައްކައި ހަލާސްކުރުމަށްފަހު މެނުވީ އެ ޕާޓީއެއް އުވައިލައިގެން ނުވާނެއެވެ،

(ޅ) ސިޔާސީ ޕާޓީއެއް އުވައިލުމުގެ ހުށަހެޅުން އެ ޕާޓީގެ ނިންމުންތައް ނިންމާ ގުނަވަނަށް ހުށަހެޅިފައި އޮތްނަމަ، ނުވަތަ ޕާޓީ އުވައިލަންޖެހޭކަމަށް އިލެކްށަންސް ކޮމިށަނުން ނިންމައިފިނަމަ، މި މާއްދާގެ (ބ) ގައި ބުނެފައިވާ އިޖުރާއަތު ފުރިހަމަކުރެވެންދެން، ޕާޓީގެ މަގާމުތަކަށް އިންތިހާބުވެފައިވާ އަދި އައްޔަނުވެފައިވާ ފަރާތްތައް އެ މަގާމުތަކުންނާއި، ޕާޓީގެ މެންބަރުންގެ ދަފުތަރުން އުނިކޮށްގެންނުވާނެއެވެ.

 

25 ވަނަ މާއްދާ - ޕާޓީ އުވައިލުމުން ޕާޓީގެ މުދަލާއިދަރަންޏާމެދު އަމަލުކުރާނޭ ގޮތް

(ހ) ސިޔާސީ ޕާޓީއެއް އުވައިލުމުގެ ކުރިން ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައިވޭތޯ އިލެކްށަންސް ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ.

(ށ) ޕާޓީ އުވައިލާއިރު އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް އޮވެފައި، އެ ދަރަންޏާމެދު ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން ޕާޓީގެ ނިންމުންތައް ނިންމުމަށް އޮތް ގުނަވަނުން ގޮތެއް ނިންމަންޖެހޭ ހާލަތުގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް ނުވަތަ ގޮތްތަކެއް އިހްތިޔާރުކުރެވިދާނެއެވެ.

  1. އެ ދަރަންޏަކަށް ށަހްސީގޮތުން ޒިންމާވުމަށް އެއްބަސްވެފައިވާ ފަރާތުން އެ ފައިސާއެއް ދައްކައި ހަލާސްކުރުމަށް އެންގުން.
  2. އެ ދަރަންޏެއް އުފެދުނުއިރު އެ ޕާޓީއެއްގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުރި ފަރާތެއް އެ ދަރަންޏަކަށް ށަހްސީގޮތުން ޒިންމާވުމަށް އެންގުން.

 

26 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަހާނެގޮތް

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނީ، އެ މާއްދާގެ (ނ) ގައިވާ ކަންކަން ސިޔާސީ ޕާޓީތަކުން ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށްފަހުއެވެ. އަދި އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަން ފުރިހަމަކޮށްފައި ނުވާނަމަ، ދައުލަތުގެ ބަޖެޓުންދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކަށް ދޫކޮށްގެން ނުވާނެއެވެ.

 

27 ވަނަ މާއްދާ - ޕާޓީތަކަށް ބިންދޫކުރުން

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 37 ވަނަ މާއްދާ ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު، ކޮމިށަނުން، މާލޭ ސިޓީ ކައުންސިލަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީއަކަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ދޫކުރުމާބެހޭ ހުރިހާ ކަމެއް ހަމަޖައްސާނީ މާލޭ ސިޓީ ކައުންސިލުންނެވެ.

(ނ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން ޕާޓީތަކަށް ދޫކުރާ ބިން ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމުގެ އެއްބަސްވުމުގެ ކޮޕީއެއް 15 (ފަނަރަ) ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން، ކޮމިށަނަށް ފޮނުވަންޖެހޭނެއެވެ.

 

28 ވަނަ މާއްދާ - ފައިސާއާއި ތަކެތި ހޯދުމަށް ނުފޫޒު ފޯރުވުން

(ހ) ޤާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާފަދަ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިކަމަށް އިލެކްށަންސް ކޮމިށަނަށް ގަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ދަރަންޏަށް ޒިންމާވުން 

(ހ) ސިޔާސީ ޕާޓީއަކުން ފަހުން ފައިސާ ދައްކާގޮތަށް ހޯދާ ހިދުމަތަކަށް ނުވަތަ މުދަލަކަށް ށަހްސީގޮތުން ޒިންމާވާނޭ މީހަކު ކަނޑައަޅައި، އެ މުދަލެއް ވިއްކާ ނުވަތަ ހިދުމަތްދޭ ފަރާތަކަށް އެކަން އަންގަންވާނެއެވެ. އަދި ސިޔާސީ ޕާޓީން ހޯދި ހިދުމަތުގެ ނުވަތަ މުދަލަށް އަގު ދައްކަން އެއްބަސްވިގޮތާއި، އެކަމުގައި ށަހްސީގޮތުން ޒިންމާވުމަށް ކަނޑައެޅި ފަރާތަކާއި، އެފަރާތަކުން އެކަމަށް އެއްބަސްވިކަމުގެ އިގުރާރު އެ މުއާމަލާތެއް ހިންގާ ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން އެ މުއާމަލާތަކާ ގުޅޭ ދަރަންޏަށް ށަހްސީގޮތުން ޒިންމާވުމަށް އެއްބަސްވާ ފަރާތަކީ އިލެކްށަންސް ކޮމިށަނުން ގަބޫލުކުރާ ފަރާތްތަކަކަށް ވާންވާނެއެވެ.

(ނ) ޕާޓީން ހިންގާ ހަރަކާތްތަކާ ގުޅިގެން އުފެދޭ ދަރަންޏަށް އަބަދުވެސް ށަހްސީގޮތުން ޒިންމާވާނޭ މީހަކު ނުވަތަ ބަޔަކު ކަނޑައަޅައި، އެމީހަކު ނުވަތަ އެބަޔަކު އެކަމަށް އިގުރާރުވާކަމުގެ ލިޔުމާއެކު ޕާޓީގެ ފަރާތުން އިލެކްށަންސް ކޮމިށަނަށް އަންގައިފައިވާނަމަ، އެއީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވާނޭ ހާލަތެކެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ސިޔާސީ ޕާޓީތަކުގައި އުފެދިފައިހުރި ދަރަނިތަކަށް ޕާޓީގެ ފަރާތުން ށަހްސީގޮތުން ޒިންމާވާނޭ ފަރާތްތައް ކަނޑައަޅައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ރ) ގައި ބުނެފައިވާ ގޮތުގެ މަތީން، ޕާޓީގެ ދަރަންޏަށް ށަހްސީގޮތުން ޒިންމާވާނޭ ފަރާތެއް ކަނޑައަޅައި، އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފައިނުވާނަމަ، އެ ދަރަނި ދެއްކުމަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނުއިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތެވެ.ފައިސާގެ ހިސާބުތައް ބެލެހެއްޓުން 30. ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުންތައް ކޮމިށަނުން ބަލަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި، އެ ލިޔުންތައް ބެލޭނެ އިންތިޒާމު ޕާޓީތަކުން ހަމަޖައްސަންވާނެއެވެ.

 

31 ވަނަ މާއްދާ - އޮޑިޓް ރިޕޯޓު ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލްއަށް ޕާޓީގެ ފަރާތުން ހުށަހެޅުމުން، އެ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ރިޕޯޓާމެދު އޮޑިޓަރ ޖެނެރަލް ދެކޭގޮތް (ރިކޮމެންޑޭށަންތަކާއެކު) ރިޕޯޓު ހުށަހަޅާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކު ރާ އޮޑިޓް ރިޕޯޓު 90 (ނުވަދިހަ) ދުވަހުގެތެރޭގައި ކޮމިށަނަށް ހުށަނާޅާ ޕާޓީއެއް، 50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާގޮތަށް ޕާޓީއެއް ޖޫރިމަނާކުރަން ނިންމައިފިނަމަ، އެކަން އެ ޕާޓީއަކަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޮމިށަނުން އަންގަންވާނެއެވެ. އަދި ޕާޓީއަކަށް އެކަން އަންގާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޖޫރިމަނާ ފައިސާ ކޮމިށަނަށް ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޕާޓީއަށްދޭ ފައިސާގެ އެހީގެ ތެރެއިން، ނުދައްކައިހުރި ޖޫރިމަނާގެ ފައިސާގެ އަދަދު އުނިކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - އާމްދަނީއާއި ހަރަދު ހާމަކުރުން 

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތު ބަލަން ޕާޓީގެ އާންމު މެންބަރަކު ބޭނުންވެއްޖެނަމަ، އެ މައުލޫމާތެއް އެ މެންބަރަކަށް ބެލޭނެ އިންތިޒާމު ޕާޓީގެ އޮފީހުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ. މި މައުލޫމާތަކީ މަދުވެގެން ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު ޕާޓީގެ ވެބްސައިޓުގައި އަޕްޑޭޓުކުރެވޭ މައުލޫމާތަކަށް ވާންވާނެއެވެ.

(ށ) ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓު، އެ ޕާޓީގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނަގޮތަށް އެ ޕާޓީއަކުން ހަމަޖައްސަންޖެހޭނެއެވެ.

 

33 ވަނަ މާއްދާ - ފައިސާއާއި ތަކެތި ހޯދުމާއި، ފައިސާގެ ހިސާބު ބެލެހެއްޓުމުގައި ގަވާއިދާ ހިލާފުވުން

އެއްވެސް ޕާޓީއަކުން، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާ ހިލާފު ގޮތަކަށް ފައިސާއާއި ތަކެތި ހޯދިކަން ސާބިތުވެއްޖެނަމަ، އެ ފައިސާއާއި ތަކެތީގެ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެ ޕާޓީއެއް ކޮމިށަނުން ޖޫރިމަނާކޮށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެ ޕާޓީއަކަށް އަންގަންވާނެއެވެ.

 

34 ވަނަ މާއްދާ - ސުލޫކީ މިންގަނޑަށް ތަބާވުން 

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާގައިވާ ސުލޫކީ މިންގަނޑަށް ޕާޓީތަކުން ތަބާވޭތޯ ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ. މިކަން ކުރާނެ ޕްރޮސީޖަރ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ވާނެއެވެ.

(ށ) ޕާޓީއަކުން އެއްވެސް ތަނެއްގައި އާންމު ބައްދަލުވުމެއް ބާއްވާނަމަ، ތިރީގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. އާންމު ބައްދަލުވުން ބާއްވާ ތަނަކާއި، ވަގުތާއި، ބައްދަލުވުމުގެ ބާވަތް، ބައްދަލުވުން ބޭއްވުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ކޮމިށަނަށް ލިޔުމުން އަންގަންވާނެއެވެ.
  2. މި މާއްދާގެ (1) ގައި ބަޔާންކުރާ ބައްދަލުވުން އަންގަންޖެހުނު ވަގުތާއި ކޮމިށަނުގެ އިދާރާގެ ބަންދު ވަގުތަކާ ދިމާވެއްޖެނަމަ، ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
  3. ޕާޓީއަކުން ބާއްވަން ހަމަޖެއްސި ބައްދަލުވުމެއް ބޭއްވޭގޮތް ނުވެއްޖެނަމަ، ނުވަތަ ކެންސަލްކޮށްފިނަމަ، އެ ބައްދަލުވުން ނުބާއްވަން ނިންމި ވަގުތުން ފެށިގެން އެއްގަޑިއިރުގެ ތެރޭގައި އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
  4. ޕާޓީއަކުން އެދިގެން ރޭޑިއޯއަކުން ނުވަތަ ޓީވީއަކުން ފޮނުވާ އެ ޕާޓީއެއްގެ ބައްދަލުވުމެއްގެ ރެކޯޑިންގ ކޮމިށަނަށް ބޭނުންވެއްޖެނަމަ، އެ ރެކޯޑިންގ ކޮމިށަނަށް ދޭންވާނެއެވެ.

 

35 ވަނަ މާއްދާ - ދައުލަތުގެ/ސަރުކާރުގެ މުވައްޒަފުންގެ ނާޖާއިޒު ފައިދާ ނުހޯދުން

(ހ) ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކު، އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ޕާޓީއަކަށް ފައިދާއެއް ލިބޭފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.

(ށ) ސިޔާސި ޕާޓީއަކަށް މީހުން ވެއްދުމަށްޓަކައި، ސިޔާސީ ޕާޓީއެއްގެ މެމްބަރށިޕް ފޯމު ފުރުން ފަދަ އަމަލެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ތެރޭގައި އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެއެވެ.

 

36 ވަނަ މާއްދާ - ދައުލަތުގެ އިމާރާތެއް، މުދަލެއް ނުވަތަ ވަސީލަތެއް ޕާޓީއަކުން ބޭނުންކުރުން

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 48 ވަނަ މާއްދާގައިވާ ގޮތަށް ދައުލަތުގެ އިމާރާތެއް، މުދަލެއް ނުވަތަ ވަސީލަތެއް ޕާޓީއަކުން ބޭނުންކުރުމަށް ދޫކުރަންވާނީ، އެ އިމާރާތެއް، ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ޕާޓީތަކަށް ކުއްޔަށްދޫކުރާގޮތަށް ހަމަޖެހިފައިވާނަމައެވެ. އަދި ކުއްޔެއް ނަގާނަމަ ކުލި ކަނޑައަޅަންވާނީ، އެ ކުއްޔެއް ހުރިހާ ޕާޓީތަކަށްވެސް އެއް ހަމައަކުންނެވެ.

(ށ) ދައުލަތުގެ ތަނެއް ނުވަތަ ވަސީލަތެއްގެ ބޭނުން ހިފުމަށް ގިނަ ޕާޓީތަކުން އެއްފަހަރާ އެދިއްޖެނަމަ، އެ ތަނެއް ނުވަތަ ވަސީލަތެއް ދޫކުރަންވާނީ އެދިފައިވާ ތަރުތީބަށް އިސްކަން ދީގެންނެވެ.

 

37 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދަށް ގެނެވޭ އިސްލާހަކަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހެއް ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

38 ވަނަ މާއްދާ - ޖަދުވަލަކީ މި ގަވާއިދުގެ ބައެއްކަމުގައި ކަނޑައެޅުން

މި ގަވާއިދުގެ ޖަދުވަލަކީ، މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ، އެ ޖަދުވަލާއެކީގައެވެ.

 

39 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައި އޮތްގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު މާނަކުރާނީ އަންނަނިވި ގޮތަށް ބަލައިގެންނެވެ.

  1. "އިލެކްށަންސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައި އެވަނީ،ގާނޫނު އަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލެކްށަންސް ކޮމިށަނަށެވެ.
  2. "މެނިފެސްޓޯ" ކަމަށް ބުނެފައި އެވަނީ، ޕާޓީގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ޕާޓީގެ ފަރާތުން ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ކުރުމަށް ގަސްތުކުރާ ކަންތަކަށެވެ.
  3. "ޕާޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ދަށުން، އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށެވެ.
  4. "ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕާޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށާއި، ޕާޓީ ތަމްސީލުކުރުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން އައްޔަނުކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހާއަށެވެ.
  5. "ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށެވެ.
  6. "އާންމު ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ، އާންމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުމަށެވެ.
  7. "ގައުމީ ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ، ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭގޮތަށް ބާއްވާ ބައްދަލުވުމަށެވެ.

(ށ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތައް ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވިދާނެއެވެ.

 

-------------------

 

ޖަދުވަލު 1

 

 

-------------------

ޖަދުވަލު 2 (އިސްލާހުއިސްލާހު2، އިސްލާހު3، އިސްލާހު4 ކުރެވިފައި)

 

 

-------------------

 

ޖަދުވަލު 3

 

-------------------

 

ޖަދުވަލު 4 (އިސްލާހުއިސްލާހު2، އިސްލާހު3 ކުރެވިފައި)

 

 

 

-------------------

ޖަދުވަލު 5 (އިސްލާހު1، އިސްލާހު2، އިސްލާހު3، އިސްލާހު4، ކުރެވިފައި)

 

 

 

 

-------------------

 

ޖަދުވަލު 6 (އިސްލާހު ކުރެވިފައި)

-----------------------

 

ޖަދުވަލު 7

 

ސުލޫކީ މިންގަނޑަށް ޕާޓީތަކުން ތަބާވޭތޯ ކޮމިށަނުން ކަށަވަރުކުރުމަށް ބޭނުންކުރާނެ ޕްރޮސީޖަރ 

ސިޔާސީ ޕާޓީތަކުންނާއި، ޕާޓީގެ މެންބަރުންނާއި، ޕާޓީއެއްގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އެ ޕާޓީތަކަށް މަސައްކަތްކޮށްދޭ ފަރާތްތަކުން،  ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާގައިވާ ސުލޫކީ މިންގަނޑާ ހިލާފުކަމެއް ނުކުރާކަން އިލެކްށަންސް ކޮމިށަނުން ކަށަވަރުކުރުމުގެ ބޭ ނުމުގައި ކޮމިށަނުން އެދިއްޖެނަމަ، ސިޔާސީ ޕާޓީތަކުން އަންނަނިވި މައުލޫމާތު ފޯރުކޮށްދޭން ވާނެއެވެ.

  1. ސިޔާސީ ޕާޓީތަކުންނާއި، ޕާޓީގެ މެންބަރުންނާއި، ޕާޓީއެއްގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އެ ޕާޓީތަކަށް އިންތިހާބުގައި ކެންޕޭން މަސައްކަތްކުރާ ފަރާތްތަކުން ބާއްވާ ބައްދަލުވުންތަކުގެ އޯޑިއޯ/ވީޑިއޯ ރެކޯޑިންގ ހަދައިފައިވާނަމަ، އެ ރެކޯޑިންގ ކޮމިށަނަށް ފޮނުވުން.
  2. އެ ޕާޓީއެއްގެ މިލްކުގައިނުވާ ތަންތަނުގައި ޕޯސްޓަރު، ބެނާ، ބިލްބޯޑު ބެހެއްޓުން ނުވަތަ ހިއްޕުމުގެ ކުރިން، އެކަން ކުރުމަށް އެތަނުގެ ވެރިފަރާތުން ދީފައިވާ ހުއްދަ ކޮމިށަނަށް ހުށަ ހެޅުން.
  3. ދައުލަތުގެ އިމާރާތްތައް ނުވަތަ ވަސީލަތްތައް ބޭނުންކުރުމަށް އެދި ފޮނުވާ ސިޓީތަކުގެ ކޮޕީއާއި، އެ ސިޓީތަކަށް ލިބޭ ޖަވާބު ތަކުގެ ކޮޕީ، ކޮމިށަނަށް ފޮނުވުން.
  4. އާންމު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން އުފައްދައި ފެތުރުމަށް ސިޔާސީ ޕާޓީއަކުން މަސައްކަތެއް ނުކުރާކަން ކަށަވަރުކުރުމަށްޓަކައި، މިފަދަ ކަމަކާ ގުޅިގެން ށަކުވާއެއް ހުށަހެޅިއްޖެނަމަ އެ ށަކުވާއެއް ބެލުން.
  5. ދިވެހިރާއްޖެގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިޔާތަކުގައި ޕާޓީތަކުގެ ފަރާތުން އިންތިޒާމުކޮށްގެން ނުވަތަ ވަގުތު ގަނެގެން ބާއްވާ އިވެންޓެއް، ނުވަތަ ރިޕޯޓެއް ގެނެސްފިނަމަ، އޭގެ ރިކޯޑިންގ ނުވަތަ ކޮޕީ، ކޮމިށަނަށް ދިނުން.
  6. ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ޕާޓީން ބާއްވާ ބައްދަލުވުން ނުވަތަ އެފަދަ ހަރަކާތްތައް މޮނީޓަ ރކުރުމަށް އިލެކްށަންސް ކޮމިށަނު ގެ އޮފިށަލުން ފޮނުވުން. (މިކަން ބެލުމަށް އިލެކްށަންސް ކޮމިށަނުގެ އިދާރާގެ ދާއިމީ މުވައްޒަފުން، ވަގުތީ މުވައްޒަފުން، އަތޮޅު ޔުނިޓްތަކުގެ މުވައްޒަފުން އަދި ފޯކަލް ޕޮއިންޓުން ބޭނުންކުރެވޭނެއެވެ.)
  7. ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެންނާއި، އެ ޕާޓީތަކަށް މަސައްކަތްކޮށްދޭ ފަރާތްތަކުންނާއި، އެ ޕާޓީއެއްގެ ކެން ޑިޑޭޓުން ބާއްވާ ނުވަތަ ބޭއްވި ތަނުގެ މަ އުލޫމާތު ކޮމިށަނަށް ފޮނުވުން.
  8. ރިށްވަތު ދިނުމާއި، ބިރުދެއްކުމާއި، އިންތިހާބާބެހޭ ޤާނޫ ނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުގައި މަނާކޮށްފައި ވާ ކަމަކާ ގުޅިގެން ށަކުވާއެއް ހުށަ ހެޅިއްޖެނަމަ، އެ މައްސަލަ ތަހުޤީޤުކުރުމަށް ބޭނުންވާ މަ އުލޫމާތު ކޮމިށަނަށް ފޯރުކޮށްދިނުން.
  9. އެއް ޕާޓީއަކުން ބަހައްޓާ ޕޯސްޓަރުތަކާއި ނިށާންތަކާއި ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗެއް ނައްޓައި ހަލާކު ނުކުރާކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ކަމަކާ ގުޅިގެން ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާއެއް ތަހުޤީޤު ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  10. އެއްވެސް ޕާޓީއެއްގެ ނުވަތަ އިންތިހާބެއްގައި ވާދަކުރާ އެ ޕާޓީއެއްގެ ކެންޑިޑޭޓު ނުވަތަ އެ ޕާޓީއަށް ތާއިދުކުރާ މީހެއް ގެ 
    ނިށާނެއް، ނުވަތަ ރަމްޒުކޮށްދޭ އެއްޗެއް، މީހެއްގެ ގެއެއްގައި، ނުވަތަ އިމާރާތެއްގައި، ނުވަތަ ބިމެއްގައި ހަރުކުރާނަމަ، އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ކަމަކާ ގުޅިގެން ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާއެއް ތަހުޤީޤު ކުރުމަށް ބޭނުންވާ މައު ލޫމާތު ފޯ ރުކޮށްދިނުން.
  11. ޕާޓީއެއްގެ ބައްދަލުވުމަކަށް އުނދަގޫކުރާ ނުވަތަ އެތަނެއްގެ އިންތިޒާމު ނަގައިލުމަށް މަސައްކަތްކުރާ މީހަކާ ނުވަތަ ބަޔަކާމެދު އަމިއްލައަށް ފިޔަވަޅު ނާޅާކަން ކަށަވަރުކުރުމަށްޓަކައި، މިފަދަ ކަމަކާ ގުޅިގެން ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާއެއް ތަހުޤީޤު ކުރުމަށް ބޭނުންވާ މައު ލޫމާތު ފޯރުކޮށްދިނުން.
  12. ޕާޓީއެއްގެ މެންބަރުންގެ ތެރެއިން ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު، ދައުލަތުގެ އެއްވެސް އެއްޗެއް އަމިއްލަ ފައިދާއަށްޓަކައި ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއެއްގެ ފައިދާއަށްޓަކައި ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެ މުވައްޒަފަކު އަމިއްލައަށް ނުވަތަ އެހެން މުވައްޒަފަކު ލައްވާ އެ މުވައްޒަފަކު ނިސްބަތްވާ ޕާޓީއެއްގެ ފައިދާއަށްޓަކައި އެ ޕާޓީއެއްގެ މަސައްކަތެއް ނުވަތަ ކަމެއް ނުކުރުވާކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ކަމަކާ ގުޅިގެން ށަކުވާއެއް ހުށަ ހެޅިއްޖެނަމަ، އެ ށަކުވާއެއް ބެލުމަށް އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަ ހެޅުން.

 

ޖަދުވަލު 8 (އިތުރު ކުރެވިފައި)

(ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ ހިލާފަށް ސިޔާސީ ޕާޓީއަކުން ނުވަތަ އެނޫންވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން އިލެކްށަންސް ކޮމިށަނުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތައް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ފިޔަވަޅުތައް 

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާ ހިލާފުވާ ފަރާތްތަކާމެދު، އެ ގާނޫނުގެ ދަށުން، އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސިޔާސީ ޕާޓީތައް ޖޫރިމަނާކުރުން.

(ށ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) އާއި، 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ގާނޫނާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރުން.

(ނ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް އުވައިލުން.

 

3 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ ކުރިން ކުރަންޖެހޭ ކަންކަން 

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ދަށުން އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، އަންނަނިވި އިޖުރާއަތުތައް ފުރިހަމަ ކުރަންވާނެއެވެ.

  1. އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އެޅުމަށް ނިންމައިފައިވަނީ ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ނުވަތަ ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ މާއްދާއަކާ ހިލާފުވެގެންކަން ކަށަވަރުކުރުން؛
  2. ކަމާ ގުޅުންހުރި އިދާރާއަކުން ނުވަތަ ސެކްށަނުން އެ މައުލޫމާތު ލިޔުމުން ހޯދުން؛
  3. ފިޔަވަޅު އެޅުމުގެ ކުރިން، ފިޔަވަޅު އެޅޭ ފަރާތެއް ޖަވާބުދާރީ ކުރުވުން.
  4. ފިޔަވަޅު އެޅުމަށް ހުށަހަޅާއިރު، މައްސަލައާ ގުޅުންހުރި ސާބިތު ހެކި ހުރިކަން ޔަގީންކުރުން.

 

4 ވަނަ މާއްދާ - ފިޔަވަޅު އަޅާ މީހާ ނުވަތަ ޕާޓީ ޖަވާބުދާރީ ކުރުވުން 

(ހ) ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ ދަށުން ސިޔާސީ ޕާޓީއަކާމެދު ނުވަތަ އެނޫންވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން، ގާނޫނާ ނުވަތަ ގަވާއިދާ ހިލާފުވިކަމަށް ބެލެވޭ މައްސަލައެއްގައި އެކަން ހިނގައިފައިވާ ގޮތް ކަށަވަރުކުރުމަށާއި، މައްސަލައާ ގުޅިގެން އެ ފަރާތުގެ ބަހެއް ހޯދުމަށް ޓަކައި، އެ ފަރާތަކާ ސުވާލުކޮށް، އެ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުގައި، އެ ފަރާތަކުން، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ނުވަތަ ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ ހިލާފުވިކަމަށް ތުހުމަތުކުރެވޭ ހާދިސާއާ ގުޅޭ މައުލޫމާތު ދިނުމަށްފަހު، ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ، އެ ފަރާތެއްގެ ދިފާއުގައި ދައްކަންހުރި ވާހަކައެއް ދައްކަން ނުވަތަ ސާބިތު ހެއްކަކާއެކު އެ މައްސަލައެއްގައި ލިޔުމުން ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޖަވާބުދާރީވުމަށް ދޭ މުއްދަތު ހަމަވާއިރު ޖަވާބުދާރީ ވެފައި ނުވާނަމަ، އެ ފުރުސަތު ދޫކޮށްލީކަމަށް ބަލައި، ކޮމިށަނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތިން، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ފިޔަވަޅު އެޅުމަށް ކޮމިށަނުން ނިންމުން 

(ހ) ސިޔާސީ ޕާޓީއަކާމެދު ނުވަތަ މީހަކާމެދު ފިޔަވަޅު އެޅުމަށް ކޮމިށަނުން ނިންމާއިރު، އެ ފަރާތަށް ޖަވާބުދާރީވުމަށް ދީފައިވާ ފުރުސަތުގައި އެ ފަރާތުން ދައްކައިފައިވާ ވާހަކަތަކަށާއި، ލިޔުމެއް ހުށަހަޅައިފައިވާނަމަ، އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއެއް ނުވަތަ އެނޫންވެސް ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ކޮމިށަނުން ނިންމާ ނިންމުމަކަށް ވާސިލުވި އެންމެހައި ސަބަބުތައް ބަޔާންކޮށް، ފިޔަވަޅު އެޅޭ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ލިޔުމުން ރިކޯޑު ބެލެހެއްޓުން 

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އާ ހިލާފުވެގެން ފިޔަވަޅު އެޅުމަށް ނިންމޭ މައްސަލައެއްގައި ކަން ހިނގައިފައިވާ ގޮތާއި، މައްސަލައިގައި ހިމެނޭ ފަރާތަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި އެ ފަރާތަކުން ދީފައިވާ ޖަވާބާއި، މައްސަލައިގައި ނިންމި ނިންމުމާއި، އެ ނިންމުމާ ހަމައަށް ވާސިލުވި ސަބަބުތަކާއި، މައްސަލައާ ގުޅޭ އެންމެހައި ކަންކަން ލިޔުމުން ރިކޯޑުކުރެވި ބަހަލައްޓަންވާނެއެވެ.

 

7 ވަނަ މާއްދާ - އުސޫލަށް ޢަމަލުކުރަން ފެށުން 

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، އިލެކްށަންސް ކޮމިށަނުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމާބެހޭ އުސޫލު (މުޅީ މި ބައި އިތުރު ކުރެވި / އިސްލާހު1،  އިސްލާހު2، ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފު

މިއ،ީ ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށް، ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކަށް، ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން، ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކުން، "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާ ފޯމު ޕްރޮސެސް ކުރުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއް ކަން ކަށަވަރު ކުރުމަށް ޓަކައި، ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތްނަމަ، އެ ށަކުވާ ހުށަހެޅުމާއި އެ ށަކުވާއާ ގުޅިގެން އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކުލަވައިލައިފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ފޯމުގެ ސައްހަކަން ކަށަވަރުކުރުމާއި ށަކުވާ ހުށަހެޅުން

(ހ) ސިޔާސީ ޕާޓީއަކުން، ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކުން، އެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި ފޯމު ހުށަހަޅައިފިނަމަ، ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، ހުށަހަޅާ ފޯމުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، މި މާއްދާގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން އަމަލުކުރަން ވާނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން ޕާޓީގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާ ފޯމުގައި، މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ ފޯނު ނަންބަރުކަމަށް ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އިލެކްށަންސް ކޮމިށަނުން ލިންކެއް، އެސ.ްއެމ.ްއެސ.ް އެއްގެ ޒަރީއާއިން (އެ ފަރާތ،ް ސިޔާސީ ޕާޓީއަކަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ކަން އަންގައިދޭ މެސެޖެއް) ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިންކް، އެ ފަރާތަކަށް ލިބޭ ވަގުތުން ފެށިގެން ށަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާނެއެވެ. އަދި ށަކުވާއެއް އޮތްނަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިންކް މެދުވެރިކޮށް ށަކުވާ ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސ،ް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއްގެ ނުވަތަ އަލަށް އުފައްދާ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދަފުތަރުވުމަށް ނުވަތަ މެންބަރަކު ޕާޓީ ބަދަލުކުރުމަށް ހުށަހަޅާ ފޯމާއެކު، ފޯމު ހުށަހަޅާ ފަރާތުން، ފޯމު އަވަހަށް ޕްރޮސެސްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅައިފައިވާނަމަ، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ދަފުތަރުވުމަށް ނުވަތަ ޕާޓީ ބަދަލުކުރުމަށް އެދި ހުށަހަޅާ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތައްއިސްތިސްނާވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރުމުގެ ކުރިން، އެ ފޯމުތަކާއެކު ހުށަހަޅާ ސިޓީތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އެ ފޯމު ހުށަހަޅާ ތާރީހުން ފެށިގެން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ މެންބަރަކު ދަފުތަރުވުމަށް އެދި ހުށަހަޅާ ޕާޓީގެ ދަފުތަރުގައި، އެ މެންބަރުގެ ނަން ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ ށަކުވާގެ ޖަވާބު 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން، ށަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

3 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުށަހަޅައިފައިވާ ށަކުވާއަކީ ސައްހަ ށަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާޒިލުކޮށް، އެ ޕާޓީއަކަށް އިލެކްށަންސް ކޮމިށަނުން، އެކަން އަންގަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއަކުން ހުށަހަޅާ ސައްހަ ނޫން ފޯމަކާ ގުޅިގެން، އިލެކްށަންސް ކޮމިށަނުން އެ މައްސަލަ ބެލުމަށްފަހު، ސައްހަ ނޫން ފޯމު ހުށަހެޅި ޕާޓީއަކާމެދު، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ އުސޫލުތައް ތަންދޭ މިންގަނޑުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.

 

 

ޖަދުވަލު 1

 

 

ޖަދުވަލު 2

 

މި ގައވާއިދަށް ގެެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

 

މައި ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)

 

މައި ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2013-04)

ކިޔުންތެރިންގެ ހިޔާލު