-

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-04)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 ޖަނަވަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 8 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުނ.ް

ސިޔާސީ ޕާޓީ އުފެއްދުން 6.

(ހ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ށައުގުވެރިވާކަން ބަޔާންކޮށ،ް މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ށަރުޒު ހަމަވާ ފަރާތަކުން ނުވަތަ ފަރާތްތަކުން ހުށަހަޅައިފިނަމަ، ޕާޓީ އުފެއްދުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް ދޭންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން؛
  2. ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައި ވުން؛
  3. އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން؛
  4. އެ މީހެއްގެ މައްޗަށް ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން؛ 
  5. އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން؛
  6. ސާބިތު ދަރަންޏެއް ދައްކަމުންދާ މީހެއްކަމުގައި ނުވުން؛
  7. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 (ބާރ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތ،ާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން؛ 
  8. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއ،ި ކުޑަކުދިންނާ ބަދުއަހުލާގީ އަމަލުހިންގިކަން އެއްވެސް އިރެއްގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ 
  9. މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ މީހަކު ކަމުގައި ނުވުނ.ް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށްއެދި އެކަކަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެއެވެ. އެގޮތުން ހުށަހަޅާ ފޯމާއެކ،ު މިކަމަށް އެދޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއ،ި ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެއެވެ.

(ނ) ސިޔާސީ ޕާޓީއެއް އުފައްދަން އެދޭ ފަރާތަކުން ނުވަތަ ފަރާތްތަކުން، މި މާއްދާގެ (ށ) ގައިވާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ކޮމިށަނަށް ހުށަހެޅުމުން، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ލިޔުމުން ދޭންޖެހޭނެއެވެ.

(ރ) ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން ނުވަތަ އެދޭ ފަރާތްތަކުން، އެ ޕާޓީއަށް ކިޔަން ހުށަހަޅައިފައިވާ ނަމަކ،ީ ކޮމިށަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ. ވަކި ނަމެއްގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިށަނުން ހުއްދަ ދީފިނަމަ، ކަނޑައެޅިފައިވާ މުއްދަތަކަށް އެ ނަން ބޭނުންކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ދީގެން ނުވާނެއެވެ.

(ބ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައ،ި މަދުވެގެން 3,000 (ތިރީސް) މީހުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ފުރައިފައިވާ މީހުން، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ.

(ކ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކ،ު މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް ހުށަހަޅަން ޖެހޭނެއެވ.

(އ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުތައް ޗެކުކޮށް ނިންމާއިރު 3,000 (ތިރީސް) މީހުންގެ ސޮއި ހަމަނުވެއްޖެނަމަ، 3,000 (ތިރީސް) މީހުންގެ ސޮއި ހަމަކުރުމަށް އިތުރު 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއ،ް އެ ފަރާތަށް ދޭންޖެހޭނެއެވެ.

(ވ) ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ޗެކުކުރުމުގައ،ި ޕާޓީގެ މެންބަރަކަށް ވުމަށް އެދި ފޯމު ފުރައިފައިވާ މީހާގެ މައުލޫމާތާއ،ި ފޯމުގައި ހިމެނޭ އެހެނިހެން މައުލޫމާތު ފުރިހަމަކޮށްފައިވޭތޯ ބަލަންޖެހޭނެއެވެ. މިގޮތުން ބަލަންޖެހޭ މައުލޫމާތުތަކަކ:ީ

  1. ނަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށް)؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  3. ސޮއި (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށް)؛
  4. އުފަން ތާރީހު؛
  5. ދާއިމީ އެޑްރެސް؛ 
  6. މިހާރު ދިރިއުޅޭ އެޑްރެސް؛ 
  7. ސޮއިކުރި ތާރީހު؛ 
  8. އިނގިލީގެ ނިށާން؛ 
  9. ހެކިންގެ ނަމާއ،ި ދާއިމީ އެޑްރެހާއ،ި މިހާރު ދިރިއުޅޭ އެޑްރެހާއ،ި އިގްރާރާއ،ި ތާރީހާއ،ި ސޮއި؛ 
  10. ފޯމުތައް ގެނައި މީހާގެ ނަމާއ،ި އެޑްރެހާއ،ި ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ނަންބަރާއ،ި ސޮއި؛
  11.  ޕާޓީ އުފެއްދުމަށް ހުއްދަދީފައިވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ނުވަތަ (އެ ފަރާތުން ޕަވަރ އޮފް އެޓަރނީ ދ،ީ އެކަން ކޮމިށަނަށް ހުށަހަޅާފަރާތެއްގެ) ނަމާއ،ި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއ،ިތާރީހާއ،ި ސޮއ.

(މ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޓަކައި ފޯމުތައް ފުރުމުގައ،ި ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާ ހިލާފު އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފައިވާކަމުގެ ށަކުވާއެއ،ް ނުވަތަ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުގައި ސޮއިނުކުރާކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ށަކުވާއެއް/ މައްސަލައެއް ހުށަހަޅައިފިނަމަ، އެފަދަ ށަކުވާތައް/ މައްސަލަތައް ބެލުމަށް އިލެކްށަންސް ކޮމިށަނުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލައެއް ބަލައި ތަހުގީގަށް ފެންނަގޮތުގެ ރިޕޯޓު އިލެކްށަންސް ކޮމިށަނަށް ފޮނުވަންދެން، އެ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްދިނުން ވަގުތީގޮތުން މަޑުޖައްސައިލަންވާނެއެވެ.

(ދ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަ 3,000 (ތިރީސް) ފޯމު ހަމަކުރެވިފައި ނުވާނަމަ، ނުވަތަ ޕާޓީ އުފައްދަން ހުށަހަޅައިފައިވާ ފޯމުތަކުގެ ތެރޭގައި އޮޅުވައިލައިގެން، ނުވަތަ ނުފޫޒު ފޯރުވައިގެން ނުވަތ،ަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ސޮއިކޮށްފައިވާ ފޯމު ހިމެނޭކަން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ކުރާ ތަހުގީގަށް ފެނިގެން އެކަން އިލެކްށަންސް ކޮމިށަނަށް އަންގައިފިނަމަ، އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާޒިލުކުރަންވާނެއެވެ.

(ތ) ޕާޓީ އުފައްދަން ދިން މުއްދަތުގައި ޕާޓީ އުފެއްދިފައިނުވާނަމަ، ނުވަތަ ޕާޓީ އުފައްދަން ދީފައި އޮތް ހުއްދަ ބާޒިލުކޮށްފިނަމަ، ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނު ފަރާތަށް އިލެކްށަންސް ކޮމިށަނުން އެކަން އަންގާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޕާޓީ އުފައްދަން ހުށަހަޅައިފައިވާ ހުރިހާ ފޯމެއ،ް އެ ހުށަހެޅި ފަރާތުން އަނބުރާ ގެންދަންވާނެއެވެ. (އެ މުއްދަތުގެ ތެރޭގައި އެ ފޯމުތައް އަނބުރާ ގެންގޮސްފައިނުވާނަމަ، ފޯމުތައް ނައްތައިލުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.)

(ލ) ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނު ފަރާތުން ނުވަތަ ހުއްދައަށް އެދުނު ފަރާތްތަކުން، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ހިންގައިފައިވާކަން ތަހުގީގަށް ސާބިތުވެގެން، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ދީފައި އޮތް ޕާޓީ ރަޖިސްޓަރީކުރުމުގެ ހުއްދަ ބާޒިލުކުރުމާއެކ،ު އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދަ އަލުން ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ހުއްދަ އަލުން ނުދީ ހިފަހައްޓާ މުއްދަތ،ު 3 (ތިނެއް) އަހަރުދުވަހަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގެ ގޮތުގައި އަކުރެއް އިތުރުކޮށ،ް ދެން ހުރި އަކުރު ތައް ތަރުތީބުކުރުނ.ް

ޕާޓީއަށް މެންބަރުން ވެއްދުން 18.

(ހ) ޕާޓީއަށް މެންބަރުން ވެއްދުމަށް ޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށާއ،ި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ހުއްދ،ަ އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

(ށ) ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން ވެއްދުމަށް (އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމެޓަށް) އެ ޕާޓީއަކުން ފޯމެއް ތައާރުފު ކުރަންވާނެއެވެ. މި ފޯމުގެ ނަމޫނާއެއ،ް މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމަނައިފައިވާ ނެއެވެ. އެ ފޯމު "ސިމެދަ ޕޯޓަލް" މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާއިރ،ު ފޯމުގައި ހިމެނުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރަން ޖެހޭނެއެވެ. ފޯމުގައި ހިމެނޭ އިނގިލީގެ ނިށާން، އިލެކްށަންސް ކޮމިށަނުން ގަބޫލުކުރާ ފެންވަރަކަށް ޖަހައިފައި ހުންނަންވާނެއެވެ.

(ނ) މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން "ސިމެދަ ޕޯޓަލް"މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުގެ ދަފުތަރުގައި ހިމެނުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރުކުރުމަށް ޓަކައި ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތްނަމަ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމުގެ އުސޫލުގެ ތެރެއިން، އެ ފޯމަށް ވެސް ށަކުވާ ހުށަހެޅޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 4 އިސްލާހުކުރުނ.ް

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 އިސްލާހުކުރުން.

ޖަދުވަލު 8 
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް ސިޔާސީ ޕާޓީތަކުން ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކުން، "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމާބެހޭ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު

މިއ،ީ ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށ،ް ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކަށ،ް ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން، ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކުން، "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާ ފޯމު ޕްރޮސެސް ކުރުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއް ކަން ކަށަވަރު ކުރުމަށް ޓަކައ،ި ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތްނަމަ، އެ ށަކުވާ ހުށަހެޅުމާއި އެ ށަކުވާއާ ގުޅިގެން އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކުލަވައިލައިފައިވާ އުސޫލެވެ.

 

2 ވަނަ މާއްދާ - ފޯމުގެ ސައްހަކަން ކަށަވަރުކުރުމާއި ށަކުވާ ހުށަހެޅުން

(ހ) ސިޔާސީ ޕާޓީއަކުން، ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކުން، އެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި ފޯމު ހުށަހަޅައިފިނަމަ، ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، ހުށަހަޅާ ފޯމުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށ،ް މި މާއްދާގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން އަމަލުކުރަން ވާނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން ޕާޓީގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާ ފޯމުގައ،ި މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ ފޯނު ނަންބަރުކަމަށް ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އިލެކްށަންސް ކޮމިށަނުން ލިންކެއ،ް އެސ.ްއެމ.ްއެސ.ް އެއްގެ ޒަރީއާއިން (އެ ފަރާތ،ް ސިޔާސީ ޕާޓީއަކަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ކަން އަންގައިދޭ މެސެޖެއް) ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިންކް، އެ ފަރާތަކަށް ލިބޭ ވަގުތުން ފެށިގެން ށަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާނެއެވެ. އަދި ށަކުވާއެއް އޮތްނަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިންކް މެދުވެރިކޮށް ށަކުވާ ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސ،ް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއްގެ ނުވަތަ އަލަށް އުފައްދާ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދަފުތަރުވުމަށް ނުވަތަ މެންބަރަކު ޕާޓީ ބަދަލުކުރުމަށް ހުށަހަޅާ ފޯމާއެކ،ު ފޯމު ހުށަހަޅާ ފަރާތުން، ފޯމު އަވަހަށް ޕްރޮސެސްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅައިފައިވާނަމަ، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ދަފުތަރުވުމަށް ނުވަތަ ޕާޓީ ބަދަލުކުރުމަށް އެދި ހުށަހަޅާ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތައްއިސްތިސްނާވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރުމުގެ ކުރިން، އެ ފޯމުތަކާއެކު ހުށަހަޅާ ސިޓީތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އެ ފޯމު ހުށަހަޅާ ތާރީހުން ފެށިގެން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ މެންބަރަކު ދަފުތަރުވުމަށް އެދި ހުށަހަޅާ ޕާޓީގެ ދަފުތަރުގައ،ި އެ މެންބަރުގެ ނަން ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ ށަކުވާގެ ޖަވާބު 3 (ތިނެއް) ދުވަހުގެ ތެރޭގައ،ި އިލެކްށަންސް ކޮމިށަނުން، ށަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

3 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުށަހަޅައިފައިވާ ށަކުވާއަކީ ސައްހަ ށަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާޒިލުކޮށ،ް އެ ޕާޓީއަކަށް އިލެކްށަންސް ކޮމިށަނުން، އެކަން އަންގަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއަކުން ހުށަހަޅާ ސައްހަ ނޫން ފޯމަކާ ގުޅިގެން، އިލެކްށަންސް ކޮމިށަނުން އެ މައްސަލަ ބެލުމަށްފަހު، ސައްހަ ނޫން ފޯމު ހުށަހެޅި ޕާޓީއަކާމެދު، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ އުސޫލުތައް ތަންދޭ މިންގަނޑުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވ.

 

މައި ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-110)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު