ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-117)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 މޭ 2023 ގައި)
ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 6 ވަނަ އިސްލާހު ގެނައުން
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައިވާ އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމު އިސްލާހުކުރުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 ގައިވާ މެންބަރަކަށް ވުމަށް އެދޭ ފޯމު އިސްލާހުކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގައިވާ ސިޔާސީ ޕާޓީއަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމާބެހޭ އުސޫލު އިސްލާހުކުރުން.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 8
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމާބެހޭ އުސޫލު
1 ވަނަ މާއްދާ - ތައާރަފު
މިއީ، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމު ޕްރޮސެސް ކުރުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރު ކުރުމަށް ޓަކައި، ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތްނަމަ އެ ށަކުވާ ހުށަހެޅުމާއި، އެ ށަކުވާއާ ގުޅިގެން އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.
2 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން
ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ދިވެހި ރައްޔިތަކު ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅައިފިނަމަ، ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، ހުށަހަޅާ ފޯމުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް މި މާއްދާގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން އަމަލުކުރަން ވާނެއެވެ.
(ހ) ސިޔާސީ ޕާޓީތަކުން ސިޔާސީ ޕާޓީގައި ދަފުތަރުކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކާއެކު ފޮނުވާ ލިސްޓު އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. މިގޮތުން އާންމުކުރާ ލިސްޓުގައި މެންބަރަކަށް ވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ ފަހު ތިން އަކުރާއި، ދަފުތަރުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޕާޓީގެ ނަން ހިމަނަންވާނެއެވެ. މި މާއްދާގެ ބޭނުމަށް ސިޔާސީ ޕާޓީގެ ދަފުތަރުގައި ދަފުތަރުކޮށްދިނުމަށް، އެދި ޕާޓީތަކުން ފޮނުވާ ލިސްޓުގައި، މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވާންވާނެއެވެ.
(ށ) މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި، މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ ފޯނު ނަންބަރުކަމަށް ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އިލެކްށަންސް ކޮމިށަނުން އެސ.ްއެމ.ްއެސ.ް އެއް (އެ ފަރާތަކަށް ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ހުށަހަޅައިފައިވާކަން ބަޔާންކޮށްދޭ މެސެޖެއް) ފޮނުވަންވާނެއެވެ. އަދި އެ މެސެޖަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތުން ޖަވާބުދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އާންމުކުރާ ލިސްޓު، ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަކަށް އިލެކްށަންސް ކޮމިށަނުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތީން އާންމުކުރާނީ، ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހެއްގައެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދަފުތަރުވުމަށް ނުވަތަ ޕާޓީ ބަދަލުކުރުމަށް ހުށަހަޅާ ފޯމާއެކު، ފޯމު ހުށަހަޅާ ފަރާތުން ފޯމު އަވަހަށް ޕްރޮސެސްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅައިފައިވާނަމަ، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ދަފުތަރުވުމަށް ނުވަތަ ޕާޓީ ބަދަލުކުރުމަށް އެދި ހުށަހަޅާ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް އިސްތިސްނާވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީތަކުގައި ދަފުތަރުކޮށްދިނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުތައް ހުށަހަޅަންވާނީ، އާންމުކޮށް ހުށަހަޅާ ފޯމުތަކާ ވަކިން، ވަކި ބެޗެއްގެ ގޮތުގައެވެ.
(ކ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރުމުގެ ކުރިން، އެ ފޯމުތަކާއެކު ހުށަހަޅާ ސިޓީތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، އެ ފޯމު ހުށަހަޅާ ތާރީހުން ފެށިގެން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ މެންބަރަކު ދަފުތަރުވުމަށް އެދި ހުށަހަޅާ ޕާޓީގެ ދަފުތަރުގައި އެ މެންބަރެއްގެ ނަން ހިމަނަންވާނެއެވެ.
3 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) މި އުސޫލުގައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން އާންމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅިގެން އެއްވެސް ށަކުވާއެއް އޮތްނަމަ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަކުވާ ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހަޅަންވާނީ، ފޯމުގެ ވެރިފަރާތުންނެވެ.
(ށ) ށަކުވާ ފޯމު ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުގެ ރަސްމީ އިދާރާއަށް ނުވަތަ [email protected] އީމެއިލަށެވެ.
(ނ) ށަކުވާގެ ޖަވާބު 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން، ށަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ. ށަކުވާގެ ޖަވާބާއެކު، ށަކުވާ ހުށަހެޅި ފަރާތުގެ ނަމުގައި ޕާޓީގެ މެންބަރަކަށް ވުމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފައިވާ ފޯމުގެ ކޮޕީއެއް ވެސް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ ފޯމާ ގުޅިގެން އިތުރަށް މައްސަލައެއް ބަލަން ބޭނުންވާނަމަ، ނުވަތަ ށަކުވާއެއް އޮތްނަމަ، ދައުލަތުގެ ކަމާބެހޭ ފަރާތަށް އެ ކަމެއް ހުށަހަޅައިގެން ކުރިޔަށް ގެންދަންވާނީ ފޯމުގެ ވެރިފަރާތުންނެވެ.
4 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން އާންމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅޭގޮތުން ހުށަހަޅައިފައިވާ ށަކުވާއަކީ ސައްހަ ށަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާތިލުކޮށް، އެ ޕާޓީއަކަށް އިލެކްށަންސް ކޮމިށަނުން އެކަން އަންގަންވާނެއެވެ.
(ށ) ސިޔާސީ ޕާޓީއަކުން ހުށަހަޅާ ސައްހަ ނޫން ފޯމަކާ ގުޅިގެން، އިލެކްށަންސް ކޮމިށަނުން އެ މައްސަލަ ބެލުމަށްފަހު، ސައްހަ ނޫން ފޯމު ހުށަހެޅި ޕާޓީއަކާ މެދު، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ އުސޫލުތައް ތަންދޭ މިންގަނޑުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.
މައި ގަވާއިދު
ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)
ކިޔުންތެރިންގެ ހިޔާލު