ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-22)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ފެބުރުއަރީ 2025 ގައި)
ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 10 ވަނަ އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.
ސިޔާސީ ޕާޓީ އުފެއްދުން 6.
(ހ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ށައުގުވެރިވާކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ފަރާތަކުން ނުވަތަ ފަރާތްތަކުން ހުށަހަޅައިފި ނަމަ، ޕާޓީ އުފެއްދުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ދޭންވާނެއެވެ.
- ދިވެހި ރައްޔިތަކަށް ވުން؛
- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައި ވުން؛
- އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން؛
- އެ މީހެއްގެ މައްޗަށް ށަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހަކު ކަމުގައި ނުވުން؛
- އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން؛
- ސާބިތު ދަރަންޏެއް ދައްކަމުންދާ މީހަކު ކަމުގައި ނުވުން؛
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން.
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ކުޑަކުދީންނަށް ބަދުއަހުލާގީ އަމަލު ހިންގިކަން އެއްވެސް އިރެއްގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ މީހަކު ކަމުގައި ނުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އެކަކަށް ވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެއެވެ. އެގޮތުން ހުށަހަޅާ ފޯމާއެކު، މިކަމަށް އެދޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި، ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެއެވެ.
(ނ) ސިޔާސީ ޕާޓީއެއް އުފައްދަން އެދޭ ފަރާތަކުން ނުވަތަ ފަރާތްތަކުން، މި މާއްދާގެ (ހ) ގައިވާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ކޮމިށަނަށް ހުށަހެޅުމުން، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ލިޔުމުން ދޭންޖެހޭނެއެވެ.
(ރ) ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން ނުވަތަ އެދޭ ފަރާތްތަކުން، އެ ޕާޓީއަށް ކިޔަން ހުށަހަޅައިފައިވާ ނަމަކީ ކޮމިށަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ. ވަކި ނަމެއްގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިށަނުން ހުއްދަ ދީފި ނަމަ، ކަނޑައެޅިފައިވާ މުއްދަތަކަށް އެ ނަން ބޭނުންކުރުމުގެ ހުއްދަ އިލެކްށަންސް ކޮމިށަނުން އެހެން ފަރާތަކަށް ދީގެން ނުވާނެއެވެ.
(ބ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަދޭ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މަދުވެގެން 3,000 (ތިންހާސް) މީހުންގެ މައުލޫމާތު އިލެކްށަން ކޮމިށަނުގެ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މީހުން އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ.
(ކ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފަރާތްތައް ޗެކުކޮށް ނިންމާއިރު 3,000 (ތިންހާސް) މީހުން ހަމަނުވެއްޖެ ނަމަ، 3,000 (ތިންހާސް) މީހުން ހަމަކުރުމަށް އިތުރު 3 (ތިނެއް) މަސްދުވަހުގެ މުއްދަތު އެ ފަރާތަށް ދޭންޖެހޭނެއެވެ.
(އ) މި މާއްދާގެ (ބ) ގައި ބަޔާންކޮ ށްފައިވާ ގޮތުގެ މަތީ ން އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން، އީފާސް މެދުވެރިކޮށް ހުށަހަޅާއިރު، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުގައިވާ އެ ފަރާތުގެ މައުލޫމާތު، އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގައި އިގުރާރުވާންވާނެއެވެ.
(ވ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޓަކައި 3,000 (ތިންހާސް) މީހުންގެ މައުލޫމާތު ހޯދުމުގައި، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާ ހިލާފު އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފައިވާކަމުގެ ށަކުވާއެއް ނުވަތަ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅައިފައި ނުވާކަމުގެ ށަކުވާއެއް / މައްސަލައެއް ކޮމިށަނަށް ހުށަހަޅައިފި ނަމަ، އެފަދަ ށަކުވާތައް / މައްސަލަތައް ބެލުމަށް އިލެކްށަންސް ކޮމިށަނުން، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން އެ މައްސަލައެއް ބަލައި، އެ ހިދުމަތުގެ ފަރާތުން ތަހުގީގަށް ފެންނަގޮތުގެ ރިޕޯޓު އިލެކްށަންސް ކޮމިށަނަށް ފޮނުވަންދެން، އެ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްދިނުން ވަގުތީގޮތުން މަޑުޖައްސައިލަންވާނެއެވެ.
(ފ) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަށް ވަނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސައްހަ 3,000 (ތިންހާސް) މީހުން ހަމަކުރެވިފައި ނުވާ ނަމަ ނުވަތަ އޮޅުވައިލައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ނުވަތަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ޕާޓީއަށް ވައްދައި ފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ކުރާ ތަހުގީގަށް ފެނިގެން އެކަން އިލެކްށަންސް ކޮމިށަނަށް އަންގައިފި ނަމަ، އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލުކުރަންވާނެއެވެ.
(ދ) ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނު ފަރާތުން ނުވަތަ ހުއްދައަށް އެދުނު ފަރާތްތަކުން، މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގައިފައިވާކަން ތަހުގީގަށް ސާބިތުވެގެން، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ދީފައި އޮތް ޕާޓީ ރަޖިސްޓަރީކުރުމުގެ ހުއްދަ ބާތިލުކުރުމާއެކު، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދަ އަލުން ނުދީ ހިފެހެއްޓުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ހުއްދަ އަލުން ނުދީ ހިފަހައްޓާ މުއްދަތު، 3 (ތިނެއް) އަހަރުދުވަހަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.
ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު މައުލޫމާތު ފުރިހަމަނުވުން 13.
ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 22 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަވޭތޯ އިލެކްށަންސް ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ. މި މައުލޫމާތު ފުރިހަމަކުރުމަށް ދޭންޖެހޭ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ، ޕާޓީ އުފައްދަން ހުށަހެޅި ހުށަހެޅުން ބާތިލުވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ބ) އާއި (ޅ) އަންނަނިވި ފަދައިން އިސްލާހުކުރުން.
ސިޔާސީ ޕާޓީއެއް ރަޖިސްޓަރީވުމާ ގުޅިގެން ޕާޓީން ކުރަންޖެހޭ ކަންކަން 15.
(ބ) ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅ،ާ ފަރާތްތަކުގެ މައުލޫމާތު، ސިޔާސީ ޕާޓީތަކުން 10 (ދިހައެއް) އަހަރުވަންދެން ބަލަހައްޓަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް، އިލެކްށަންސް ކޮމިށަނުން ގޮތެއް ކަނޑައަޅައި އާންމުކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.
ޕާޓީއަށް މެންބަރުން ވެއްދުން 18.
(ހ) ޕާޓީއަށް މެންބަރުން ވެއްދުމަށް ޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ޕާޓީއަށް މީހުން ވެއްދުމުގެ ހުއްދ،ަ އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ސިމެދަ" ޕޯޓަލް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ، އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުންނެވެ.
(ނ) މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް ސިޔާސީ ޕާޓީތަކުން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާ ފަރާތްތައް އިލެކްށަންސް ކޮމިށަނުގެ ދަފުތަރުގައި ހިމެނުމުގެ ކުރިން، އެ ހުށަހެޅުމަކީ ސައްހަ ހުށަހެޅުމެއްކަން ކަށަވަރުކުރުމަށް ޓަކައި އެކަމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތް ނަމަ، ކޮމިށަނުން އާންމުކުރާ ށަކުވާ ހުށަހެޅުމުގެ އުސޫލުގެ ތެރެއިން ށަކުވާ ހުށަހެޅިދާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް (8) ވަނަ ނަންބަރާއި (9) ވަނަ ނަންބަރު އިތުރުކުރުން.
(8) "ސިމެދަ" ކަމަށް ބުނެފައި އެވަނީ، އިލެކްށަންސް ކޮމިށަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފުތަރަށް މީހުން ވެއްދުމާއި މީހުން އުނިކުރުމަށް ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ޕްލެޓްފޯމަށެވެ.
(9) "އީފާސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ ސަރުކާރުން ޑިޖިޓަލް އައިޑެންޓިޓީ ކަށަވަރުކުރުމަށް ބޭނުންކުރާ ނިޒާމަށެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 5 އުނިކޮށް، ދެންހުރި ޖަދުވަލުތަކުގެ ނަންބަރު ތަރުތީބުކުރުން.
7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)
ކިޔުންތެރިންގެ ހިޔާލު