-

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-89)

(މި ގަވާއިދަށް އަމަލުކުރަން ފެށި/ފަށާނެ ތާރީހެއް ބަޔާންވެފައި ނެތުމުން އަމަލުކުރަން ޖެހޭ ތާރީހްކަމަށް ބެލެވޭނީ ގެޒެޓު ކުރެވުނު ތާރީހު ކަމުގައިވާ 13 މާރިޗު 2023) 

 

ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 5 ވަނަ އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) އާއި (ޅ) ގެ ގޮތުގައި 2 އަކުރު އިތުރުކުރުން.

(ބ) ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާ، ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުތައް، ސިޔާސީ ޕާޓީތަކުން 10 (ދިހައެއް) އަހަރުވަންދެންބަލަހައްޓަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްށަންސް ކޮމިށަނަށް ފޯމު ހުށަހެޅ ނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

(ހ) ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން ވެއްދުމަށް (އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމެޓަށް) އެ ޕާޓީއަކުން ފޯމެއް ތައާރަފު ކުރަންވާނެއެވެ. މި ފޯމުގެ ނަމޫނާއެއް، މި ގަވާއިދުގެ ޖަދުވަލު 5 ގައި ވާނެއެވެ. އެ ފޯމު "ސިމެދަ" ޕޯޓަލް މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާއިރު، ފޯމުގައި ހިމެނުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ހުރިހާމައުލޫމާތެއް ފުރިހަމަކުރަން ޖެހޭނެއެވެ. ފޯމުގައި ހިމެނޭ އިނގިލީގެ ނިށާން އިލެކްށަންސް ކޮމިށަނަށް ގަބޫލުކުރެވ ފެންވަރަކަށް ޖަހައިފައި ހުންނަންވާނެއެވެ.

(ށ) މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް (އޮންލައިންކޮށް) ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުގެ ދަފުތަރުގައި ހިމެނުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރުކުރުމަށް ޓަކައި ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއްއޮތްނަމަ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފޯމުތަކަށް ށަކުވާ ހުށަހެޅުމުގެ އުސޫލުގެ ތެރެއިން ށަކުވާ ހުށަހެޅޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 4 ގައިވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމު އިސްލާހު ކުރުން.

 

 

މައި ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-110)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު