-

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

އެއްވަނަ

ބާބު ފެށުން

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން ފަންނުވެރިން ރަޖިސްޓަރީކުރުމާ ގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި އެ ގާނޫނުގެ 95 މާއްދަގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެކުލަވަ އިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދާށް ކިޔާނީ، "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ގާބިލު، ފަންނުވެރި ބަޔަކަށް ހެދުމަށްޓަކައި ތިރީގައިވާ ކަންކަން ކަނޑައެޅުމެވެ.

(ހ) ފަންނުވެރިން ރަޖިސްޓަރީ ކުރާ ކެޓަގަރީތަކާއި އެ ކެޓަގަރީތަކުގައި ރަޖިސްޓަރީ ކުރާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި ފުރިހަމަވާންޖެހޭ ށަރުތުތައް އެ ފަރާތެއްގައި ހުރިކަން ވަޒަންކުރުމާއި، އެކަން ރެކޯޑުކުރުން؛

(ށ) އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަކީ ފަރުވާތެރިކަމާއެކު ކުރަންޖެހޭ ފަންނީ މަސައްކަތަކަށްވުމާއެކު، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަކީ އެކަމަށް ގާބިލު ފަރާތްތަކެއްކަން ދެނެގަނެވޭނެ ގޮތެއް ކަނޑައެޅުން؛

(ނ) ފަންނުވެރިން ގިންތިކުރެވޭ ކެޓަގަރީތައް ކަނޑައެޅުމާއި، އެ ކެޓެގަރީތަކަށް ކަނޑައެޅޭ އެންމެ ދަށް ފެންވަރު (އެލިޖިބިލިޓީ ކްރައިޓީރިއާ) ކަނޑައެޅުން؛ 

(ރ) ރަޖިސްޓަރީކޮށްގެން ނޫނީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ނުކުރެވޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުން؛

(ބ) ރަޖިސްޓަރީކުރާ ފަރާތްތަކުގެ ތެރެއިން އިންށުއަރ ކުރަންޖެހޭ ފަރާތްތަކާއި އެ ފަރާތްތަކުން އިންށުއަރ ކުރަންޖެހޭ މިންގަނޑު ކަނޑައެޅުން؛

(ޅ) ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާބެހޭ މައުލޫމާތާއި، ދޫކުރާ ހުއްދައިގައި ހުންނަންޖެހޭ އެންމެހައި މައުލޫމާތުތައް ކަނޑައެޅުން؛

(ކ) ރަޖިސްޓަރީކުރެވޭ މުއްދަތާއި ރަޖިސްޓަރީ އައުކުރުމުގެ އުސޫލުތައް ކަނޑައެޅުން؛

(އ) ފަންނުވެރިންނަކީ ހުއްދަ ލިބިގެން ހަރަކާތްތެރިވާ ފަރާތްތަކެއްތޯ ބެލުމަށާއި، އެ ފަރާތްތަކުގެ ހުއްދައިގެ ހާލަތް ދެނެގަތުމަށާއި، އެ ފަރާތްތަކުގެ ހުއްދައިގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމެއް ކަނޑައެޅުން؛

(ވ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ މައުލޫމާތު އާންމުކުރުން؛

(މ) ގަވާއިދާ ހިލާފުވާ ފަންނުވެރިންނާ މެދު ފިޔަވަޅު އަޅާނެ ގޮތް ބަޔާންކުރުން؛

(ފ) ފަންނުވެރިންގެ ރަޖިސްޓަރީ ބާތިލުކުރެވޭނެ ގޮތްތަކާއި ހިފެހެއްޓޭނެ ގޮތްތައް ކަނޑައެޅުން؛ އަދި

(ދ) ރަޖިސްޓަރީކޮށްފައިވާ ފަންނުވެރިންނާ ގުޅޭގޮތުން މައްސަލަ ހުށަހަޅާނެ ގޮތާއި، އެފަދަ މައްސަލަތައް ބަލާނެ ގޮތް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ. 

 

4 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދާށް އަމަލު ކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

 

5 ވަނަ މާއްދާ - މާލޭ ޕްލޭނިންގ ގަވާއިދުގައި ހިމެނޭ ބައިތަކުގެ ތެ ރެއިން މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ބައިތަކާއި އިމާރާތް ޑިޒައިން ކުރުމާއި އިމާރާތުގެ ޑިޒައިން ޗެކުކުރުމާ ގުޅޭ އުސޫލު އުވުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މާލޭ ޕްލޭނިންގ ގަވާއިދުގައި ހިމެނޭ އާކިޓެކްޓުންނާއި އިންޖިނިއަރުންނާއި އާކިޓެކްޗުރަލް ޗެކަރުންނާއި ސްޓްރަކްޗުރަލް ޗެކަރުން ކުރެހުން ތައްޔާރުކޮށް ހުށަހެޅުމާ ބެހޭ ބައިތަކާއި، އެ ގަވާއިދުގެ 4 ވަނަ ބަޔާއި އެ ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ އިމާރާތް ޑިޒައިން ކުރުމާއި އިމާރާތުގެ ޑިޒައިން ޗެކުކުރުމާގުޅޭ އުސޫލު އުވުނީއެވެ. 

 

6 ވަނަ މާއްދާ - ހުއްދަ ނުހޯދައި މަސައްކަތް ކުރުން މަނާކުރުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ކެޓަގަރީތަކުގެ ތެރެއިން ތިރީގައިވާ ބަޔާންކޮށްފައިވާ ކެޓަގަރީތަކުގެ މަސައްކަތް، މި ގަވާއިދުގައިވާ ގޮތުގެމަތިން އެ މަސައްކަތާ ގުޅޭ ކެޓަގަރީއެއްގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެވެ.

  1. ގްރެޖުއޭޓް އާކިޓެކްޓެއް ނުވަތަ އިމާރާތްކުރުމުގެ އާންމު ފަންނުވެރިންގެ އާކިޓެކްޗަރ ކެޓަގަރީގެ ދަށުން ލައިސަންސްޑް އާކިޓެކްޓެއްގެ ބެލުމުގެ ދަށުން ކުރާ ބާވަތް 1 ގެ އިމާރާތެއްގެ އާކިޓެކްޗުރަލް ޑިޒައިން މަސައްކަތެއް؛
  2. ގްރެޖުއޭޓް އިންޖިނިއަރެއް ނުވަތަ އިމާރާތްކުރުމުގެ އާންމު ފަންނުވެރިންގެ ސިވިލް އިންޖިނިއަރިންގ ކެޓަގަރީގެ ދަށުން ލައިސަންސްޑް އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ކުރާ ބާވަތް 1 ގެ އިމާރާތެއްގެ ސްޓްރަކްޗުރަލް ޑިޒައިން މަސައްކަތެއް؛
  3. ލައިސަންސްޑް އާކިޓެކްޓެއްގެ މަސައްކަތެއް؛
  4. ލައިސަންސްޑް އިންޖިނިއަރެއްގެ މަސައްކަތެއް؛
  5. އާކިޓެކްޗުރަލް ޗެކަރެއްގެ މަސައްކަތް؛
  6. ސްޓްރަކްޗުރަލް ޗެކަރެއްގެ މަސައްކަތް؛ އަދި
  7. ބިލްޑިންގ އިންސްޕެކްޓަރ ގިންތިއެއްގެ މަސައްކަތެއް.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކެޓަގަރީތަކުގެ ތެރެއިން އިމާރާތްކުރުމުގެ އާންމު ފަންނުވެރިންގެ ކެޓަގަރީއެއްގައި ކަނޑައަޅައިފައިވާ މަސައްކަތްތަކުގެ ތެރެއިން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަން ބަރުގައިވާ މަސައްކަތްތައް ފިޔަވައި އިތުރު މަސައްކަތެއް މި ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ނުކޮށް ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅާނެއެވެ.

 

7 ވަނަ މާއްދާ - އިންތިގާލީ މަރުހަލާ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު "ޕްރެކްޓިށަނަރޒް ރަޖިސްޓަރީ" ގައި ރަޖިސްޓަރީ ވެފައިވާ ފަންނުވެރިން 31 ޑިސެންބަރު 2019 ގެ ނިޔަލަށް ބެލޭ ނީ މި ގަވާއިދުގެ އާންމު ފަންނުވެރިންގެ ކެޓަގަރީތަކުގައި ރަޖިސްޓަރީ ވެފައިވާ ފަންނުވެރިން ކަމުގައެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު، އިމާރާތް ޑިޒައިން ކުރުމާއި އިމާރާތުގެ ޑިޒައިން ޗެކުކުރުމާ ގުޅޭ އުސޫލުގެ ދަށުން ރަޖިސްޓަރީ ވެފައިވާ އާކިޓެކްޓެއް ނުވަތަ އިންޖިނިއަރަކަށް ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު ހަމަވަންދެން ބެލޭ ނީ މި ގަވާއިދުގެ ލައިސަންސްޑް އާކިޓެކްޓާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަންނުވެރިއެއް ކަމުގައެވެ.

(ނ) މި ގާވާއިދަށް އަމަލުކުރަން ފެށިއިރު އިމާރާތް ޑިޒައިން ކުރުމާއި އިމާރާތުގެ ޑިޒައިން ޗެކުކުރުމާ ގުޅޭ އުސޫލުގެ ދަށުން ރަޖިސްޓަރީ ވެފައިވާ އާކިޓެކްޗުރަލް ޗެކަރަކަށް ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު ހަމަވަންދެން ބެލޭނީ މި ގަވާއިދުގެ އާކިޓެކްޗުރަލް ޗެކަރ ކެޓަގަރީގެ ދަށުން ރަޖިސްޓަރީ ވެފައިވާ ޗެކަރެއް ކަމުގައެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު އިމާރާތް ޑިޒައިން ކުރުމާއި އިމާރާތުގެ ޑިޒައިން ޗެކުކުރުމާ ގުޅޭ އުސޫލުގެ ދަށުން ރަޖިސްޓަރީ ވެފައިވާ ސްޓްރަކްޗުރަލް ޗެކަރަކަށް ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު ހަމަވަންދެން ބެލޭނީ މި ގަވާއިދުގެ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ދަށުން ރަޖިސްޓަރީ ވެފައިވާ ޗެކަރެއް ކަމުގައެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކެއް ކަމަށް ބެލޭނީ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް އަލުން ރަޖިސްޓަރީ ކުރާ ފަރާތްތަކެވެ.

(ޅ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަންނުވެރިޔަކަށް ކުރިން ދޫކޮށްފައިވާ ހުއްދަ ބާތިލު ނުވިކަމުގައިވިޔަސް، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ވުމަށް އެދި ހުށަހެޅިދާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދު މުތާލިޔާކުރުން

މި ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން މި ގަވާއިދަށް އަމަލުކުރަން ފަށާތާ މަދުވެގެން 1 (އެކެއް) އަހަރު ތެރޭގައި، މުތާލިޔާކުރަން ފަށަންވާނެއެވެ. 

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަ ކުރެވޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ރަޖިސްޓްރޭށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަ ވެފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ނުވާ ހާލަތްތަކުގައި އެ ފަރާތެއް ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމުމަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަށެވެ.

(ށ) "ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަންނުވެރިންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.

  1. ލައިސަންސްޑް އާކިޓެކްޓުން؛
  2. ލައިސަންސްޑް އިންޖިނިއަރުން؛

(ނ) "ބާވަތް 1 ގެ އިމާރާ ތެއް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2017-04 ގެ 99 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައިވާ އިމާރާތުގެ މާނައިގައި އާންމުން އާންމުކޮށް ބޭނުންކުރާ މާނައިގައި ހިމެނޭ ތަންތަނަށެވެ.  

(ރ) "އާ ކިޓެކްޗުރަލް ޗެކަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ އާކިޓެކްޗުރަލް ޗެކަރުންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.

(ބ) "ދާއިރާ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަސައްކަތުގެ ދާއިރާއަށެވެ.

(ޅ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނު ގައި މިނިސްޓަރު ކަމަށް ކަނޑައަޅައިފައިވާ ފަރާތެވެ.

(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނުގައި މިނިސްޓްރީކަމަށް ކަނޑައަޅައިފައިވާ ފަރާތެވެ.

(އ) "ލައިސަންސްޑް އާކިޓެކްޓެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ބާވަތް 1 ގެ އިމާރާތެއްގެ އާކިޓެކްޗުރަލް ޑިޒައިންކުރުމަށްޓަކައި ހުއްދައެއް ދީފައިވާ ފަރާތަކަށެވެ.

(ވ) "ލައިސަންސްޑް އިންޖިނިއަރެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ބާވަތް 1 ގެ އިމާރާތެއްގެ ސްޓްރަކްޗުރަލް ޑިޒައިންކުރުމަށްޓަކައި ހުއްދައެއް ދީފައިވާ ފަރާތަކަށެވެ.

(މ) "ސީ.ޕީ.ޑީ" ނުވަތަ ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވަލޮޕްމަންޓް ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމު ހާސިލުކުރުމަށްފަހު ރަސްމީކޮށް ހޯދާ ތަމްރީނާއި ނުރަސްމީކޮށް ހޯދާ ތަމްރީނާއި ތަޖުރިބާ ރެކޯޑުކޮށް ބެލެހެއްޓުމަށެވެ.

(ފ) "ޑިޒަިންކުރި ފަރާތް" ނުވަތަ "ޑިޒައިނަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ލައިސަންސްޑް އާކިޓެކްޓުންނަށާއި ލައިސަންސްޑް އިންޖިނިއަރުންނަށެވެ.

 

ދެވަނަ ބާބު

ރަޖިސްޓަރީ ކުރެވޭ ކެޓަގަރީތައް

 

10 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ ކެޓަގަރީތައް 

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ކެޓަގަރީތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އަންނަނިވި ކެޓަގަރީތަކަކީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވޭ އިމާރާތްކުރުމުގެ އާންމު ފަންނުވެރިންގެ ކެޓަގަރީތަކެވެ.

  1. އާކިޓެކްޗަރ؛
  2. ސްޓްރަކްޗުރަލް އިންޖިނިއަރިންގ؛ 
  3. ސިވިލް އިންޖިނިއަރިންގ؛
  4. އިމާރާތުގެ ސަރވިސަސް އިންޖިނިއަރިންގ؛
  5. އިންޓީރިއަރ ޑިޒައިނިންގ؛
  6. ކުއަންޓިޓީ ސަރވެޔިންގ؛
  7. ލޭންޑް ސަރވެޔިންގ؛
  8. ހައިޑްރޯގްރަފިކް ސަރވެޔިންގ؛
  9. ޖިއޯމެޓިކް އިންޖިނިއަރިންގ؛
  10. އަރބަން ޕްލޭނިންގ؛
  11. އަރބަން ޑިޒައިނިންގ؛
  12. ޓްރާންސްޕޯޓް އިންޖިނިއަރިންގ؛
  13. ވޯޓަރ އިންޖިނިއަރިންގ؛
  14. ވޭސްޓް-ވޯޓަރ އިންޖިނިއަރިންގ؛
  15. ކޯސްޓަލް އިންޖިނިއަރިންގ؛
  16. އޯފް-ށޯ އިންޖިނިއަރިންގ؛
  17. އިލެކްޓްރިކަލް އިންޖިނިއަރިންގ؛
  18. ފަޔަރ އިންޖިނިއަރިންގ؛
  19. ޕްރޮޖެކްޓް މެނޭޖްމަންޓް؛
  20. ކޮންސްޓްރަކްށަން މެނޭޖްމަންޓް؛
  21. ސަސްޓެއިނަބަލް މެނޭޖްމަންޓް؛
  22. އެހެނިހެން ދާއިރާއެއް.

(ށ) ލައިސަންސްޑް އާކިޓެކްޓް؛

(ނ) ލައިސަންސްޑް އިންޖިނިއަރ؛

(ރ) އާކިޓެކްޗުރަލް ޗެކަރ؛

(ބ) ސްޓްރަކްޗުރަލް ޗެކަރ؛

(ޅ) ބިލްޑިންގ އިންސްޕެކްޓަރ

 

 

ތިންވަނަ ބާބު

އާންމު ބައިތައް

 

11 ވަނަ މާއްދާ - ރަޖިސްޓަރީކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ފަރާތްތަކުގެ މައުލޫމާތުތައް ތިރީގައިވާ ދަފުތަރުތަކުގައި ހިމަނައި އާންމުކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ފަންނުވެރިންގެ މައުލޫމާތު ޕްރެކްޓިށަނަރޒް ރަޖިސްޓަރީގައި ހިމެނުން؛

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ފަންނުވެރިންގެ މައުލޫމާތު "ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ" (އިމާރާތް ފަރުމާކުރާ ފަރާތްތަކުގެ ރަޖިސްޓަރީ) ގައި ހިމެނުން؛

(ނ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ފަންނުވެރިންގެ މައުލޫމާތު "އާކިޓެކްޗުރަލް ޗެކަރޒް ރަޖިސްޓަރީ" ގައި ހިމެނުން؛

(ރ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ބ) ގައިވާ ފަންނުވެރިންގެ މައުލޫމާތު "ސްޓްރަކްޗުރަލް ޗެކަރޒް ރަޖިސްޓަރީ" ގައި ހިމެނުން؛

(ބ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ފަންނުވެރިންގެ މައުލޫމާތުތައް "ބިލްޑިންގ އިންސްޕެކްޓަރޒް ރަޖިސްޓަރީ" ގައި ހިމެނުން. 

 

12 ވަނަ މާއްދާ - ކުރިން ބޭނުން ކުރަމުންދިޔަ ދަފުތަރުތައް ބޭނުންކުރުނ

23 މާރިޗު 2020 ގެ ނިޔަލަށް މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ދަފު ތަރުތަކުގެ ގޮތުގައި ބޭނުންކުރާނީ މި ގަވާއިދަށް އަމަލުކުރަން ފެށިއިރުގައިވެސް އެ ނަމުގައި މިނިސްޓްރީން ބޭނުންކުރަމުންދާ ދަފުތަރުތަކެވެ. އަދި 24 މާރިޗު 2020 ގައި މި ގަވާއިދުގެ ދަށުން ދަފުތަރުތައް އެކުލަވައިލައި، އެ ދަފުތަރުތައް އާންމުކުރަންވާނެއެވެ. 

 

13 ވަނަ މާއްދާ - ބިލްޑިންގ އިންސްޕެކްޓަރޒް ރަޖިސްޓަރީ އެކުލަވައިލުން

މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް( ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައިވާ ބޭނުމަށް "ބިލްޑިންގ އިންސްޕެކްޓަރޒް ރަޖިސްޓަރީ" އެއް އެކުލަވައިލައި އެ ދަފުތަރު އާންމުކުރަންވާނެއެވެ. 

 

14 ވަނަ މާއްދާ - ދަފުތަރުގައި ހުންނަންވީ މައުލޫމާތު

މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ދަފުތަރުތަކުގައި ހިމަނަންވާނީ ފަންނުވެރިންނާބެހޭ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކެވެ.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަން؛

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް؛

(ނ) ރަޖިސްޓަރީކޮށްފައިވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛

(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ އީ-މެއިލް އެޑްރެސް؛

(ބ) ރަޖިސްޓަރީ ކޮށްފައިވާ ކެޓަގަރީ؛

(ޅ) ރަޖިސްޓަރީކޮށްފައިވާ ކެޓަގަރީއަކީ ގިންތި ހިމެނޭ ކެޓަގަރީއެއްނަމަ، ރަޖިސްޓަރީކޮށްފައިވާ ގިންތި. 

 

15 ވަނަ މާއްދާ - މައުލޫމާތު އާންމު ނުކުރުމަށް އެދުނެ

ފަންނުވެރިޔަކު ބޭނުންނަމަ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ހިމަނައިފައިވާ މައުލޫމާތުތަކުގެ ތެރެއިން ތިރީގައިވާ މައުލޫމާތުތައް އާންމު ނުކުރުމަށް އެދެވިދާނެއެވެ.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް؛

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛ 

 

16 ވަނަ މާއްދާ - ސެޓުފިކެޓުގައި ހިމަނަންވީ މައުލޫމާތު

މި ގަވާއިދުގެ 36 ވަނަ މާއްދާއާއި 43 ވަނަ މާއްދާއާއި 56 ވަނަ މާއްދާގެ ދަށުން ދޫކުރާ ސެޓުފިކެޓުތަކުގައި، ތިރީގައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

(ހ) ރަޖިސްޓަރީކުރާ ފަރާތުގެ ނަން؛

(ށ) ރަޖިސްޓަރީ ކުރާ ފަރާތުގެ ދާއިމީ އެޑްރެސް؛

(ނ) ރަޖިސްޓަރީކުރާ ފަރާތް ރަޖިސްޓަރީ ކުރެވޭ ދާއިރާތައް؛

(ރ) ރަޖިސްޓަރީކުރާ ފަރާތް ރަޖިސްޓަރީ ކުރެވޭ ދާއިރާތަކާ ގުޅޭ ގޮތުން ހާސިލުކޮށްފައިވާ އެންމެ މަތީ ސަނަދުގެ މައުލޫމާތު؛

(ބ) ރަޖިސްޓަރީ ކުރެވުނު ތާރީހު؛

(ޅ) ޗެކަރެއް ނަމަ މުއްދަތު ހަމަވާ ތާރީހު.

(ކ) ރަޖިސްޓަރީ ކުރާ ފަރާތަކީ ދިވެހި ރައްޔިތެއްނަމަ، މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛ އަދި  

(އ) ރަޖިސްޓަރީ ކުރާ ފަރާތަކީ ބިދޭސީ އެއްނަމަ، މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ޕާސްޕޯޓު ނަންބަރު ހިމަންނަންވާނެއެވެ. 

 

17 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ހޯދާ މަސައްކަތުގެ ތަޖުރިބާ ބަލައިގަތުން

ރާއްޖެއިން ބޭރުގައި ހޯދާ މަސައްކަތުގެ ތަޖުރިބާ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ ތަޖުރިބާގެ ދެބައިކުޅަ އެއްބަޔާ ހަމައަށް ބަލައިގަނެވިދާނެއެވެ. އަދި އެގޮތުން ރާއްޖެއިން ބޭރުގައި ހާސިލުކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހޯދުމަށްފަހު ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު އެ ތަޖުރިބާ ހުރިކަމުގެ ލިޔުންތައް ހުށަހެޅިދާނެއެވެ.

(ހ) މަސައްކަތު ތަޖުރިބާ ހޯދައިފައިވާ ގައުމަކީ ފަރމްތައް މެދުވެރިކޮށް މަސައްކަތް ކުރެވޭ ގައުމެއްނަމަ، އެ ގައުމެއްގައި އެފަދަ މަސައްކަތް ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރމެއްގައި ކޮށްފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔުންތައް؛

(ށ) މަސައްކަތުގެ ތަޖުރިބާ ހޯދައިފައިވާ ގައުމަކީ ލައިސަންސެއް ދޫކޮށްފައިވާ ވަކިވަކި ފަރުދުން މެދުވެރިކޮށް މަސައްކަތް ކުރެވޭ ގައުމެއްނަމަ، އެ ގައުމެއްގައި އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔުންތައް؛

(ނ) މަސައްކަތު ތަޖުރިބާ ހޯދައިފައިވާ ގައުމަކީ އެ މަސައްކަތް ކުރުމަށް ވަކިވަކި ފަރުދުން ނުވަތަ ފަރމް ރަޖިސްޓަރީކޮށްގެން މަސައްކަތް ކުރާ ގައުމެއް ނޫންނަމަ، އެފަދަ ގައުމެއްގައި ހޯދައިފައިވާ މަސައްކަތުގެ ތަޖުރިބާ ބަލައިގަންނަންވާނީ، ރަޖިސްޓްރޭށަން ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ. 

 

18 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުމުން އެންގުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މައުލޫމާތަކަށް ބަދަލު އައުމުން އެ މައުލޫމާތެއް، ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. 

 

19 ވަނަ މާއްދާ - ރަޖިސްޓަރީ ކުރާ ފަރާތްތަކުން އަމަލުކުރަންވީ އާންމު ސުލޫކީ މިންގަނޑު

މި ގަވާއިދުގެ ދަށުން ފަންނުވެރިންގެ ގޮތުގައި ރަޖިސްޓަރީކުރާ ފަރާތްތައް އަމަލުކުރަންވީ ސުލޫކީ މިންގަނޑުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަސައްކަތް ކުރުމުގައި ފުރިހަމަ ތެދުވެރިކަމާއެކު މަސައްކަތް ކުރުން؛

(ށ) ކުރާ މަސައްކަތަކާ ގުޅިގެން މަސައްކަތް ހަވާލުކުރާ ފަރާތުން އެ މަސައްކަތަށް ދޭންޖެހޭ އުޖޫރަ ފިޔަވައި މަސައްކަތް ކުރުވާ ފަރާތުންވެސް އަދި އެ ނޫން އެހެން ފަރާތަކުންވެސް އެ މަސައްކަތާ ގުޅޭގޮތުން ދޭ ހަދިޔާއެއް ނުވަތަ ކޮމިށަނެއް ނުވަތަ ފައިސާއެއް ނުވަތަ މިނޫންވެސް އެއްޗެއް ގަބޫލުނުކުރުން؛ ނަމަވެސް އެހެން އޮތުމަކުން ފަންނުވެރިޔާގެ ހިއްސާ އޮންނަ ކުންފުންޏަކުން ލިބެންޖެހޭ ހިއްސާގެ ފައިސާއެއް އެ ފަރާތަ ށް ލިބުމަކަށް ހުރަހަކަށް ވެގެން ނުވުން؛

(ނ) ފަންނުވެރިޔާ ކުރާ މަސައްކަތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރާ ފަރާތް ނޫން އެހެން ފަރާތަކުން ފަންނުވެރިޔާއަށް ފައިސާ ލިބޭގޮތަށް ޓެންޑަރެއް، ނުވަތަ ބިލް އޮފް ކުއަންޓިޓީއެއް ނުވަތަ މިނޫންވެސް ލިޔެކިއުމެއްގައި ފަންނުވެރިޔާއަށް ފައިސާ ލިބޭގޮތަށް ހަމަޖައްސަންވާނީ އެ ފަރާތަކާ މަސައްކަތް ހަވާލުކުރި ފަރާތަށް އެންގުމަށްފަހު އެފަރާތުގެ ރުހުމާއެކު؛

(ރ) ފަންނުވެރިޔާ ރަޖިސްޓަރީވެފައިވާ ކެޓަގަރީގެ ދަށުން ދެވޭ ހިދުމަތްތަކާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުނުވާގޮތުގެ މަތިން މައުލޫމާތު އާންމުކުރުން؛

  1. ފަންނުވެރިޔާ އޭނާގެ މަސައްކަތް އިސްތިހާރުކުރުމުގެ ތެރޭގައި އެ ދާއިރާގެ އަގު ހިފަހައްޓަންވާނެއެވެ.
  2. އެއްވެސް ފަންނުވެރިޔެއް އެ ފަރާތުގެ މަސައްކަތް އިސްތިހާރުކުރުމުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.
    (i) ދާއިރާއަށް އޮންނަ އިތުބާރު ނުވަތަ ދާއިރާގެ އަގު ގެއްލިދާނެ ފަދަ ގޮތަކަށް އަމަލުކުރުން؛
    (ii) ދޮގު މައުލޫމާތު ދިނުން؛
    (iii) އިސްތިހާރުކުރުމުގައި އެ ދާއިރާއަކަށް އެކަށީގެން ނުވާ ގޮތެއް ކަމަށް ރަޖިސްޓްރޭށަން ކޮމިޓީން ނިންމައިފައިވާ ގޮތަކަށް އަމަލުކުރުން؛
  3. މި މާއްދާގެ މަގްސަދަށް ދޮގު މައުލޫމާތު ކަމުގައި އެ ބުނަނީ:
    (i) އޮޅޭނެ ފަދަ މައުލޫމާތު ހިމެނުން؛
    (ii) ހިމަނަންޖެހޭ މައުލޫމާތެއް އުނިކުރުން؛
    (iii) ސައްހަކަން ނުބެލޭފަދަ މައުލޫމާތު ހިމެނުން؛
    (iv) އެ ފަރާތަކުން ހިދުމަތް ދެވޭނެ ފެންވަރަށް ވުރެ މާ ފެންވަރު ރަނގަޅުކޮށް ހިދުމަތް ދެވޭނެ ކަމަށް ދޭހަވާ ގޮތަކަށް އަމަލުކުރުން؛
  4. ފަންނުވެރިން މަސައްކަތް އިސްތި ހާރުކުރުމުގެ ތެރޭގައި ތިރީގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.
    (i) އެފަރާތެއް އެ މަސައްކަތެއްގައި އެއްވެސް ވަރަކަށް ށާމިލުނުވާ މަސައްކަތެއް ކުރި މަސައްކަތެއްގެ ގޮތުގައި އިސްތިހާރު ނުކުރުން؛
    (ii) ހިދުމަތް ލިބޭ ފަރާތާއެކު ސިއްރުކުރުމަށް އެއްބަސްވެފައިވާ މައުލޫމާތު ތަކެއް ހިމަނައިފައި ނުވުން؛ އަދި
    (iii) ވަކި މަސައްކަތެއްގެ ވަކި ބައެއްގައި އެކަނި ށާމިލުވެފައިވާނަމަ، އިސްތިހާރުކުރުމުގައި އެފަރާތެއް ކޮށްފައިވަނީ ސީދާ އެ މަސައްކަތުގެ ކޮން ބައެއްކަން އެނގޭ ގޮތަށް މައުލޫމާތު ދިނުމާއި، އެ ފަރާތުން ކޮށްފައިވާ މަސައްކަތުގައި ށާމިލުވި އެހެން ފަރާތްތަކަށްވެސް އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތަށް ހައްގު އިހްތިރާމް އަދާކުރުން.

 

20 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ފަންނުވެރިންގެ ޒިންމާތައް

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ ފަންނުވެރިން އަމަލުކުރަން ޖެހޭ މިންގަނޑުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަސައްކަތް ކުރުމުގައި ކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތް ކުރުން؛

(ށ) އެ ފަންނުވެރިއަކަށް ހުއްދަ ދީފައިވާ ގިންތީގެ ތެރޭގައި މަސައްކަތް ކުރުން؛

(ނ) އެ ފަންނުވެރިއެއް ކޮށްފައިވާ މަސައްކަތެއްގެ ފުރިހަމަ ޒިންމާ ނެގުން؛

(ރ) ގްރެޖުއޭޓް ކެޓަގަރީއެއްގައިވާ ފަރާތަކާއެކު ނުވަތަ އާކިޓެކްޗަރ ނުވަތަ ސިވިލް އިންޖިނިއަރިންގ ކެޓަގަރީއެއްގައި ރަޖިސްޓަރީވެގެން އެ ކެޓަގަރީގެ މަސައްކަތާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގައިވާ ފަރާތެއްގެ ބެލުމުގެ ދަށުން މަސައްކަތް ކޮށް، އެ ފަންނުވެރިއެއް ސޮއިކޮށް ޒިންމާ ނަގައިފައިވީނަމަވެސް، އެ ފަރާތުގެ ދަށުން މަސައްކަތް ކޮށްފައިވާ ފަންނުވެރިޔާ ޒިންމާވުން؛

(ބ) ފަންނުވެރިންގެ ކެޓަގަރީއެއްގައިވާ ފަރާތަކާއެކު އެ ކެޓަގަރީގެ މަސައްކަތާ ގުޅޭ ޗެކަރ ކެޓަގަރީގައިވާ ފަރާތެއް ސޮއިކޮށް ޒިންމާ ނަގައިފައިވިޔަސް، އެ ފަންނުވެރިންގެ ކެޓަގަރީގައިވާ ފަރާތުން ޒިންމާ ނެގުން؛

(ޅ) އެފަރާތެއް ރަޖިސްޓަރީވެފައިވާ ގިންތީގައި މަސައްކަތް ކުރުމަށްޓަކައި ހިދުމަތް ލިބިގަންނަ ފަރާތަކާމެދު ވެވޭ އެއްބަސްވުމުގައިވާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތުން؛

(ކ) ވަކި ހިދުމަތެއް ދިނުމަށްޓަކައި އެޑްވާންސަށް ފައިސާއެއް ނަގައިފައިވާނަމަ، އެ މަސައްކަތެއް ފުރިހަމަކުރުން ނުވަތަ މަސައްކަތް ފުރިހަމަކުރެވެން ނެތްނަމަ ކޮށްފައިނުވާ މަސައްކަތުގެ ފައިސާ ހިދުމަތަށް އެދުނު ފަރާތަށް ރައްދުކުރުން؛

(އ) އެ ފަރާތެއް ކުރުމަށް އެއްބަސްވެފައިވާ މަސައްކަތަކާ ގުޅޭގޮތުން ނަގަންޖެހޭ ހުއްދައެއްގެ ހުރިހާ މަރުހަލާއެއް ފުރިހަމަވަންދެން އެ ފަރާތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެއްބަސްވެފައިވާ މަސައްކަތާ ގުޅޭ އިތުރު ލިޔެކިއުމާއި ތަފުސީލާއި އިސްލާހު ފޯރުކޮށްދިނުން؛

(ވ) އެ ފަރާތަކުން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ލިޔެކިއުމާއި ކުރެހުމާއި ތަފުސީލު ފަދަ ތަކެތި އިމާރާތްކުރުމުގެ ހުއްދަ ދޭ އިދާރާއަކަށް ނުވަތަ މިނޫންވެސް ހުއްދަ ދޭ އިދާރާއަކަށް ހުށަހެޅުމާއެކު، އެފަރާތުން ބަލައިގަތްނަމަ ނުވަތަ ހުއްދަ ދިންކަމުގައިވިޔަސް، އެފަރާތަކުން ހުށަހަޅައިފައިވާ ލިޔެކިއުމާއި ކުރެހުމާއި ތަފުސީލު ފަދަ ތަކެތީގެ ޒިންމާ ފަންނުވެރިޔާ ނެގުން؛  

(މ) މި މާއްދާގެ (ވ) ގައިވާ ފަދައިން ހުށަހަޅައިފައިވާ ލިޔެކިއުމާއި ކުރެހުމާއި ތަފުސީލު ފަދަ ތަކެތީގައި މައްސަލައެއް ހުރެގެން ރަނގަޅުކުރަން އެންގުމުން، އެކަމަށް ކަނޑައަޅައިފައިވާ އުޖޫރަ ދީފައިވާނަމަ، އެއްބަސްވެފައިވާ ގޮތުގެ މަތިން އެކަމެއް ރަނގަޅުކޮށްދިނުން؛

(ފ) ކޮށްފައިވާ މަސައްކަތެއްގެ ލިޔެކިއުމާއި ކުރެހުމާއި ތަފުސީލު ފަދަ ތަކެތި ހޯދުމަށް ވެރިފަރާތުން އެދިއްޖެ ހާލަތެއްގައި އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން، ކުރެހުންތަކާއި ތަފުސީލު ހިމެނޭ ލިޔެކިޔުމުގެ ސޮފްޓާއި އެހެނިހެން ލިޔެކިޔުންތަކާއި ތަފުސީލުތައް ވެރިފަރާތަށް ފޯރުކޮށްދިނުން؛

(ދ) ފަންނީ ލަފައެއް ދޭނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ފަންނީ ސައްހަ ލަފާ ދިނުން؛

 

21 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްފައިވާ ގިންތީގެ ބޭރުން މަސައްކަތް ކުރުން މަނާކުރުން

(ހ) ވަކި ކެޓަގަރީއެއް ނުވަތަ ގިންތިއެއްގެ ދަށުން ވަކި މަސައްކަތެއް ކުރުމަށް ރަޖިސްޓަރީނުކޮށް، އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީކޮށްފައި އޮތްކަމަށް ދެއްކުމަކީ ނުވަތަ އެފަދައިން ދޭހަވާނެ ގޮތަށް އަމަލުކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއާއި 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން މިނިސްޓްރީން ޖޫރިމަނާ ކުރަންވާނެއެވެ. 

 

22 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ދީފައި ވާ މައުލޫމާތަކަށް ބަދަލު އައުމުން ނާންގައި ހުރުން މަނާކުރުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ރަޖިސްޓަރީކުރުމުގެ ބޭނުމަށް އެ ފަރާތަކުން ދީފައިވާ މައުލޫމާތަކަށް ބަދަލު އައުމުން މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އެކަން މިނިސްޓްރީއަށް ނާންގައި ހުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއާއި 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން މިނިސްޓްރީން ޖޫރިމަނާ ކުރަންވާނެއެވެ. 

 

23 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަކާ ނުލައި ކުރާ މަސައްކަތަށް ފިޔަވަޅު އެޅުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ކުރަންޖެހޭ މަސައްކަތެއް ކޮށްފައިވާ ފަރާތަކީ މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓަރީކުރެވިފައިވާ ފަރާތެއް ކަމުގައި ނުވިނަމަވެސް، އެހެން ގާނޫނަކުން ފުށުނާރާހައި ހިނދަކު އެ ފަރާތަކާމެދު މި ގަވާއިދާ ހިލާފަށް ކޮށްފައިވާ މަސައްކަތަކާ ގުޅޭގޮތުން މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފިޔަވަޅުއެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

24 ވަނަ މާއްދާ - ހުއްދަ ދީފައިވާ ފަރާތްތައް ކަނޑައެޅިފައިވާ މިންގަނޑުތަކާ ހިލާފުވުމުން އެޅޭ ފިޔަވަޅު

(ހ) މި ގަވާއިދުގައި ކުރުން މަނާކޮށްފައިވާ ކަމެއް، މި ގަވާއިދުގައި ބަޔާންކުރާ ފަރާތަކުން ކޮށްފިކަން މިނިސްޓްރީއަށް އެނގިއްޖެނަމަ، މި ގަވާއިދުގެ 29 ވަނަ މާއްދާގައިވާ މައްސަލަ ބަލާ ކޮމިޓީން ނިންމާ ގޮތެއްގެ މަތިން، މިނިސްޓްރީން އެ ފަރާތަކާމެދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. އިންޒާރުދިނުން؛ 
  2. އެ ފަރާތަށް އަންގައިފައިވާ އެންގުމުގައި ވަކި ތަމްރީނެއް ފުރިހަމަކުރުމަށް ކަނޑައަޅައިފައިވާނަމަ، އެ ފަދައިން އަމަލުކުރުމަށް އެންގުން؛
  3. އެ ފަރާތެއްގެ މަސައްކަތުގެ ދާއިރާ ހަނިކުރަން ޖެހޭނަމަ އެ ފަދައިން އަމަލުކޮށް، އެކަމަށް ވަކި ށަރުތުތަކެއް ކަނޑައެޅުމާއި، އެކަން ރަޖިސްޓަރީގައި ރެކޯޑުކުރުން؛
  4. އެ ހުއްދައެއް ދިނުމަށް އެ ފަރާތެއްގައި ހުންނަންޖެހޭ ށަރުތުތައް ހަމަވަންދެން، ނުވަތަ 12 (ބާރަ) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ހުއްދަ ހިފެހެއްޓުން، އަދި އެ ހުއްދަ ހިފެހެއްޓިފައިވާކަން ރެކޯޑުކުރުން؛
  5. އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށް، އެ ފަރާތެއްގެ ނަން ރަޖިސްޓަރީން އުނިކޮށް، އެ ފަރާތަކަށް އަލުން ހުއްދަ ދޫކުރެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަން އެންގުން؛
  6. ކަމުގެ ކުޑަބޮޑުމިނަށް ބަލައި،  2،500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއާއި 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅުމުގައި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެކުގައި އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން މިނިސްޓްރީން އަޅާ ފިޔަވަޅެއް ރަޖިސްޓަރީގައި ރެކޯޑުކުރުމުގެ އިތުރުން، އެ ފަންނުވެރިޔެއްގެ ހުއްދަ ހިފެހެއްޓިފައިވާނަމަ، އެ ފަންނުވެރިޔެއް ދަފުތަރުން ވަގުތީގޮތުން އުނިކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ހުއްދަ ދީފައިވާ ފަރާތުން ދައްކަންޖެހޭ ފައިސާ ނުވަތަ ޖޫރިމަނާ ނުދެއްކުން

މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ނުވަތަ އެ މާއްދާގެ (ށ) ގެ ދަށުން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާއެއް، އެ ފައިސާ ދައްކަން އަންގާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، އެ ފައިސާއެއް ދައްކަންދެން އެ ފަރާތެއްގެ ހުއްދަ ހިފަހައްޓަންވާނެއެވެ. އަދި 12 (ބާރަ) މަސްދުވަސް ފާއިތުވާއިރުވެސް އެ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށް، ބާތިލު ކުރިކަން ރަޖިސްޓަރީގައި ރެކޯޑުކުރަންވާނެއެވެ. 

 

26 ވަނަ މާއްދާ - އިސްތި އުނާފުކުރުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތަކާމެދު މިނިސްޓްރީން އަޅާ ފިޔަވަޅާކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލާ "އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ގޮތަށް އެ ކަމެއް ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އަޅާ ފިޔަވަޅާކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން " އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނުނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" އަށް އަމަލުކުރަން ފަށަންދެން އަމަލުކުރާނީ އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ. 

 

27 ވަނަ މާއްދާ - ފަންނުވެރިން ހާސިލުކޮށްފައިވާ ތަމްރީނަކީ ވަކި ދާއިރާއެއްގެ ވަކި ދަރަޖައަކަށް ފެތޭ ތަމްރީނެއްތޯ ކަނޑައަޅާނެ މިންގަނޑު 

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތްތަކުން ތައުލީމީ ސެޓުފިކެޓު ހޯދުމަށްޓަކައި ބައިވެރިވެފައިވާ ކޯސްތަކަކީ އެ ދާއިރާއަކާ ގުޅޭ ކޯހެއްކަމާއި ކޯހުގެ ދަރަޖަ ކަނޑައަޅާނީ "އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދު" އަށް އަމަލުކުރަންދެން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތްތަކުން ތައުލީމީ ސެޓުފިކެޓު ހޯދުމަށްޓަކައި ބައިވެރިވެފައިވާ ކޯސްތަކަކީ އެ ދާއިރާއަކާ ގުޅޭ ކޯހެއްކަމާއި ކޯހުގެ ދަރަޖަ ކަނޑައަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. ރާއްޖެއިން ބޭރުގައި ހަދާ ކޯސްތަކުގެ ތެރެއިން އެ ގައުމެއްގައި އެ ދާއިރާއަށް ހާއްސަ ކޯސްތައް އެކްރެޑިޓް ކުރާ ފަރާތަކުން ކޯސް އެކްރެޑިޓްކުރާ ދާއިރާއެއް ނަމަ، އެ ގައުމުގެ އެފަދަ އިދާރާއަކުން އެކްރެޑިޓްކޮށްފައިވާ ކޯސްތައް އެ ދާއިރާގެ އެ ދަރަޖައިގެ ކޯސްތަކެއް ކަމުގައި ކަނޑައެޅުން؛
  2. މި މާއްދާގެ (ށ) ގެ (1) ގައިވާ ހާލަތް ފިޔަވައި އެހެން ހާ ލަތެއްނަމަ، މޯލްޑިވްސް ނެށަނަލް ކޮލިފިކޭށަން ފްރޭމްވާރކްގެ ދަށުން އެކްރެޑިޓްކުރުމާއެކު ކޯސް އައުޓްލައިނަށް ބަލައި، އެ ކޯހަކީ ވަކި ދާއިރާއެއްގެ ވަކި ދަރަޖައަކަށް ފެތޭ ކޯހެއްކަން ކަނޑައެޅުން. 

 

28 ވަނަ މާއްދާ - ރަޖި ސްޓްރޭށަން ކޮމިޓީ އެކުލަވަ އިލުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ޔަގީންކުރުމަށްޓަކައި މިނިސްޓްރީން ކޮމިޓީއެއް އެކުލަވައިލައިގެން ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ޔަގީންނުވާ ހާލަތްތަކުގައި އެ ފަރާތެއް ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމުމަށް ރަޖިސްޓްރޭށަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ މަހެއް ނިމުމުން، އެ މަހެއްގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު، މި ގަވާއިދުގެ ދަށުން ރަޖިސްޓްރޭށަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. 

 

29 ވަނަ މާއްދާ - މައްސަލަ ބަލާ ކޮމިޓީއެއް އެކުލަވަ އިލުން

މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ހުށަހެޅޭ ފަރާތްތަކުގެ މައްސަލަތައް ބަލައިފައި، މައްސަލަތަކާމެދު ގޮތެއް ނިންމުމަށްޓަކައި، މައްސަލަ ބަލާ ކޮމިޓީއެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. 

 

30 ވަނަ މާއްދާ - ކޮމިޓީތައް އެކުލަވައިލައި ހިންގުން

މި ގަވާއިދުގެ 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮމިޓީތައް އެކުލަވައިލައި ހިންގަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) ކޮމިޓީ އެކުލަވައިލާނީ މިނިސްޓަރެވެ.

(ށ) ކޮމިޓީ ހިންގާ އުސޫލު ހަދާނީ އެ ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި، ކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތް ހިމަނަންވާނެއެވެ. 

 

31 ވަނަ މާއްދާ - ކުރިން ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ، މި ގަވާއިދުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެއް ކަމަށް ބެލުން 

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، "މާލޭ ޕްލޭނިންގ ގަވާއިދު" އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާއި، އެ ގަވާއިދާ ގުޅިގެން އެކުލަވައިލައިފައިވާ އުސޫލުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އިމާރާތް ޑިޒައިންކުރާ ފަރާތްތަކާއި ޗެކްކުރާ ފަރާތްތައް ބެލޭނީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކެއްގެ ގޮތުގައެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މިނިސްޓްރީގެ ޕްރެކްޓިށަނަރޒް ރަޖިސްޓަރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ބެލޭނީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކެއްގެ ގޮތުގައެވެ. 

 

32 ވަނަ މާއްދާ - ކެޓަގަރީގެ ނަން ބަދަލުވުން

(ހ)  23 މާރިޗު 2019 ގެ ކުރިން ބިލްޑިންގ ޑިޒައިނަރޒް ރެޖިސްޓަރީގައި އޮތް އާކިޓެކްޓް ކެޓަގަރީގެ ނަން ވަނީ މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ލައިސަންސްޑް އާކިޓެކްޓުގެ ނަމަށް ބަދަލުވެފައެވެ.

(ށ) 23 މާރިޗު 2019 ގެ ކުރިން ބިލްޑިންގ ޑިޒައިނަރޒް ރެޖިސްޓަރީގައި އޮތް އިންޖިނިއަރު ކެޓަގަރީގެ ނަން ވަނީ މި ގަވާއިދަށް އަމަލުކުރަން ފެށުމުން ލައިސަންސްޑް އިންޖިނިއަރުގެ ނަމަށް ބަދަލުވެފައެވެ.  

 

33 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ގްރެޖުއޭޓް ކެޓަގަރީތަކުގައި އިތުރަށް ރަޖިސްޓަރީ ނުކުރުން

(ހ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިން ރަޖިސްޓަރީ ކުރާ ކެޓަގަރީތަކުގެ ތެރެއިން މި ގަވާއިދުގެ ދަށުން އިތުރަށް ރަޖިސްޓަރީނުކުރާނެ ކެޓަގަރީތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ގްރެޖުއޭޓް އާކިޓެކްޓް؛
  2. ގްރެޖުއޭޓް އިންޖިނިއަރ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަންނުވެރިންނަށް މިހާރު ދޫކޮށްފައިވާ ހުއްދަ ބެލޭނީ މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައެއްގެ ގޮތުގައެވެ. ނަމަވެސް އެ ފަންނުވެރިންނަށް މިހާރު ދޫކޮށްފައިވާ ހުއްދަތަކުގެ މުއްދަތު ހަމަވުމުން، ދެން އެ ފަންނުވެރިން ރަޖިސްޓަރީކޮށްދެވޭނީ މި ގަވާއިދުގައި ހިމެނޭ އިމާރާތްކުރުމުގެ އާންމު ފަންނުވެރިންގެ ކެޓަގަރީތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގައެވެ. 

  1. ގްރެޖުއޭޓް އާކިޓެކްޓް، އާކިޓެކްޗަރގެ ކެޓަގަރީގައި ރަޖިސްޓަރީކުރުން؛
  2. ގްރެޖުއޭޓް އިންޖިނިއަރ، ސިވިލް އިންޖިނިއަރިންގެ ކެޓަގަރީގައި ރަޖިސްޓަރީކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އުވައިލެވޭނެއެވެ. 

 

33.1 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ލުއިދިނުމުގެ ބާރު (އިތުރު ކުރެވިފައި)

ދިވެހިރާއްޖޭގައި އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ ކާރިސާއެއްގެ ހާލަތުގައި، އެ ހާލަތު އިއުލާނު ކުރާ ދުވަހުން ފެށިގެން، އެ ހާލަތު ނިމުނުކަމަށް އިއުލާނުކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މި މާއްދާގައިވާ ހާލަތު ހިނގަމުންދާ މުއްދަތުގައި އަލަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، މި ގަވާއިދުގެ 33-2 ވަނަ މާއްދާގެ ދަށުން ލުއިދިނުން؛

(ށ) ހުއްދަ އައުކުރުމަށް އެދޭ ފަރާތްތަކަށް، ތިރީގައިވާ ގޮތްތަކުން ކުރެ ކޮންމެވެސް އެއްގޮތަކަށް ލުއިދޭން ކަނޑައެޅުން؛

  1. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ލުއިދޭ މުއްދަތު ކަނޑައަޅައި، މި ގަވާއިދުގެ 33-2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލުއި ދިނުން؛ ނުވަތަ
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ފަހަރަކު 4 (ހަތަރު) މަސްދުވަހަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށްދިނުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނީ ތިރީގައިވާ ފަރާތްތަކަށެވެ.

  1.  ރެއިން ހުއ މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ފަރާތްތަކަށް؛ ނުވަތަ
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވިއިރު ހުއްދައަށް އެދި ހުށަހަޅައި، އެ ހުށަހެޅުން ބާޠިލުކޮށްފައިނުވާ ފަރާތްތަކުގެ ތެްދަ އައުކުރަން އެދޭ ފަރާތްތަކަށް.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން ޗެކަރުންނަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތުގެ ތެރޭގައި މި ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތަށް ޗެކަރ ހުއްދަ އައުކުރި ކަމުގައި ވިޔަސް، މި މާއްދާގެ (ނ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރެޖިސްޓްރޭޝަން ބާޠިލެއް ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، މި މާއްދާގެ (ނ) ގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ޗެކަރ ޗެކްކޮށް ސެޓިފައިކުރާ ކުރެހުންތަކާއި ލިޔެކިއުންތައް ޞައްހަ ހުށަހެޅުމެއްގެ ގޮތުގައި އިދާރާތަކުން ބަލައިގަންނަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅިގެން ދޫކުރާ ހުއްދައިގެ މުއްދަތު 4 (ހަތަރު) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާގޮތަށް ކަނޑައެޅިދާނެއެވެ. އަދި ހުއްދައިގެ މުއްދަތު ހަމަވާއިރު ކުއްލި ނުރައްކަލުގެ ހާލަތުން މިންޖުނުވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އެ ފަރާތްތަކަށް ހުއްދަ އައުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

 

33.2 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ލުއި ދެވިދާނެ ކަންކަން (އިތުރު ކުރެވިފައި)

ދިވެހިރާއްޖޭގައި އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ ކާރިސާއެއްގެ ހާލަތުގައި، އެ ހާލަތު އިއުލާނު ކުރާ ދުވަހުން ފެށިގެން، އެ ހާލަތު ނިމުނުކަމަށް އިއުލާނުކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އަންނަނިވި ކަންކަމަށް ތިރީގައި ބަޔާންކޮށްފައިވާ ލުއިތައް ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން އެހެން އިދާރާއަކުން ދޫކުރާ ލިޔުމެއްގެ ބާވަތަށް ނުވަތަ ނަމަށް އަންނަ ބަދަލަކާ ގުޅިގެން ބަދަލުގައި ދޫކުރާ ލިޔުން ބަލައިގަތުން؛

(ށ) އެހެން ތަންތަނުން ޞައްހަކަން ކަށަވަރުކުރަންޖެހޭ ލިޔެކިޔުން ޞައްހަކަން ކަށަވަރުނުކޮށް ހުއްދަ ދޫކުރުން؛

(ނ) ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީއެއް ނުވަތަ ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކަންޖެހޭ މުއްދަތަށް ބަދަލު ގެނައުން.

 

33.3 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތުގައި ދޭ ލުއިގެ މައުލޫމާތު އާންމުކޮށް އަންގައި އިއުލާނުކުރުން (އިތުރު ކުރެވިފައި)

މި ގަވާއިދުގެ 1-33 ވަނަ މާއްދާއާއި 2-33 ވަނަ މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅޭ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު، ލުއިދޭ މުއްދަތު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

33.4 ވަނަ މާއްދާ - މި ގަވާއިދުގެ 1-33 ވަނަ މާއްދާއާއި 33.2 ވަނަ މާއްދާގެ ދަށުން ދޭ ލުއި ދިނުމާ ގުޅިގެން ރަޖިސްޓަރީ ކުރުމަށްފަހު އަމަލުކުރަންވީ ގޮތް (އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ 2-33 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަދަލުގައި ދޫކުރާ ލިޔުމެއް ބަލައިގަނެ ރަޖިސްޓަރީކޮށްފައިވާ ހިނދެއްގައި، އެ ލިޔުމަކީ ވަކި މުއްދަތެއްގެ ފަހުން ބަދަލުކުރަންޖެހޭ ލިޔުމެއް ނަމަ، އެ ލިޔުން ބަދަލުކުރުމަށްފަހު މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ 2-33 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިޔެކިޔުމުގެ ޞައްހަކަން ކަށަވަރުނުކޮށް މިނިސްޓްރީން ރަޖިސްޓަރީކޮށްފައިވާނަމަ، އެ މާއްދާގައި ބަޔާންކުރާ ހާލަތު ނިމުމަކަށް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިޔެކިޔުމުގެ ޞައްހަކަން ކަށަވަރުކުރުމަށްޓަކައި ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅިގެން ދޫކުރެވޭ ރެޖިސްޓްރޭޝަން ހަދައިދެވުނީ އޭރު ދިން އިސްތިސްނާތަކުގެ ދަށުށް ކަމަށް ވެފައި، ހާލަތު ނިމި ލިޔެކިޔުމުގެ ޞައްހަކަން ދެނެގަނެވި ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުމެއް އަލުން ހުށަހެޅުމަށް ދެވޭ ފުރުޞަތުގައި އެކަން ކޮށްފައި ނުވާނަމަ، އެ ހުށަހެޅުމެއް ނުވަތަ ރެޖިސްޓްރޭޝަން ބާޠިލު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރިއިރު ހުށަހަޅައިފައިވާ ލިޔެކިއުމެއް ޞައްހަ ނޫން ނަމަ، މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

 ހަތަރުވަނަ ބާބު

އާންމު ފަންނުވެރިންގެ ކެޓަގަރީތަކުގައި ރަޖިސްޓަރީވުން

 

34 ވަނަ މާއްދާ - ރަޖިސްޓަރީކުރެވޭ ކެޓަގަރީތަކާއި، ށަރުތުތަކާއި ، ކުރެވޭ މަސައްކަތްތައް

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ކެޓަގަރީތަކުގައި ރަޖިސްޓަރީ ވުމުގެ ށަރުތުތަކާއި ގިންތިތަކާއި އެ ކެޓަގަރީތަކާ ގުޅޭ މަސައްކަތްތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

35 ވަނަ މާއްދާ -  އާންމު ފަންނުވެރިންގެ ކެޓަގަރީގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުން

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު ފަންނުވެރިންގެ ކެޓަގަރީގައި ހިމޭނޭ ފަރާތެއް މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ތިރީގައިވާ ތަކެއްޗާއެކު ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ހ) "އިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުމަށް އެދޭ ފޯމު"؛

(ށ) އެ ފަރާތެއް ރަޖިސްޓަރީވާން އެދޭ ކެޓަގަރީއާ ގުޅޭ އެންމެ މަތީ ތައުލީމީ ފާހުގެ ސަނަދުގެ ކޮޕީއާއި، އެ ކޯހުގެ ކޯސް އައުޓްލައިނުގެ ކޮޕީ؛

(ނ) 100 (އެއްސަތޭކަ ރުފިޔާ) ގެ ފީއެއް؛

(ރ) ރަޖިސްޓަރީކުރަން އެދޭ ފަރާތަކީ ދިވެހި ރައްޔިތެއްނަމަ، މި މާއްދާގެ (ހ) އިން (ނ) ގައިވާ ތަކެއްޗާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ބ) ރަޖިސްޓަރީކުރަން އެދޭ ފަރާތަކީ ބިދޭސީއެއްނަމަ، މި މާއްދާގެ (ހ) އިން (ނ) ގައިވާ ތަކެއްޗާއި، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި؛

  1. ޕާސްޕޯޓުގެ ކޮޕީ؛
  2. ކައިވެނީގެ ސެޓުފިކެޓުގެ ކޮޕީ؛
  3. ވިސާއާ ގުޅޭ ލިޔެކިއުން. 

(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު ޕްރެކްޓިށަނަރޒް ރަޖިސްޓަރީގައި ރަޖިސްޓަރ ވެފައިވާ ފަރާތެއް ނަމަ މި މާއްދާގެ (ހ) އިން (ބ) ގައިވާ ތަކެތީގެ އިތުރުން ކުރިން ޕްރެކްޓިށަނަރޒް ރަޖިސްޓަރީގައި ރަޖިސްޓަރީކޮށް މިނިސްޓަރީން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 

 

36 ވަނަ މާއްދާ - އާންމު ފަންނުވެރިންގެ ކެޓަގަރީ ގައި ރަޖިސްޓަރީކުރުން

(ހ)  މި ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާނަމަ، އެ ފަރާތެއް ށަރުތު ފުރިހަމަވީ ކެޓަގަރީގައި ރަޖިސްޓަރީކޮށް، މި ގަވާއިދުގެ ދަށުން އެ ކެޓަގަރީގެ މަސައްކަތްތައް ކުރުމަށް އެ ފަރާތަކަށް ހުއްދަ ދޫކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަ ނުވާކަމުގައި ވާނަމަ، އެފަރާތެއް ރަޖިސްޓަރީކޮށް ނުދެވުނު ސަބަބު ބަޔާންކޮށް ލިޔުމުން އެފަރާތަށް ޖަވާބު ދޭންވާނެއެވެ. 

 

37 ވަނަ މާއްދާ - އާންމު ފަންނުވެ ރިންގެ ކެޓަގަރީ ގެ ލިސްޓުގައި ބަޔާންކޮށްފައިނުވާ އިމާރާތްކުރުމުގެ ފަންނީ ދާއިރާއެއްގެ މަސައްކަތަށް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (22) ވަނަ ނަންބަރުގެ ދަށުން އާންމު ފަންނުވެރިންގެ ކެޓަގަރީތަކުގެ ލިސްޓުގައި ބަޔާންކޮށްފައި ނުވާ އިމާރާތްކުރުމުގެ ފަންނީ ދާއިރާއެއްގެ މަސައްކަތް ކުރުމަށްޓަކައި މި ގަވާއިދުގެ 35 ވަނަ މާއްދާގައިވާ ގޮތަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވާން އެދޭ ދާއިރާއަށް ށަރުތު ފުރިހަމަވާކަން ކަނޑައަޅަންވާނީ މިނިސްޓްރީން އެ ފަރާތެއް ހާސިލުކޮށްފައިވާ ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބެލުމަށްފަހު، އެފަރާތެއް ރަޖިސްޓަރީކުރުމަށް އެދިފައިވާ ދާއިރާގެ މަސައްކަތްތައް ކުރުމަށް ހުއްދަދީފައިވާކަން އަންގައިދޭ ސެޓުފިކެޓު ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބެލުމަށްފަހު، އެފަރާތެއް ރަޖިސްޓަރީކުރުމަށް އެދިފައިވާ ދާއިރާގެ މަސައްކަތްތައް ކުރުމަށް ށަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅަ އިފައިވާނަމަ، އެފަރާތެއް ރަޖިސްޓަރީކޮށް ނުދެވުނު ސަބަބު ބަޔާންކޮށް ލިޔުމުން އެފަރާތަށް ޖަވާބު ދޭންވާނެއެވެ. 

 

38 ވަނަ މާއްދާ - ހުއްދައިގެ މުއް ދަތު

މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އާއި (ރ) ގެ ދަށުން ހުއްދަ ދޫކުރެވެނީ މުއްދަތެއް ނެތް ގޮތަށެވެ. 

 

39 ވަނަ މާއްދާ - ހުއްދަ އައުކުރަން ނުޖެހުން

މި ބާބުގެ ދަށުން ރަޖިސްޓަރީވާ ފަރާތްތަކުން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަ އައުކުރާކަށެއް ނުޖެހޭނެއެވެ. 

 

40 ވަނަ މާއްދާ - އާންމު ފަންނުވެރިން އިންށުއަރަންސް ނަގަން ނުޖެހުން

މި ބާބުގެ ދަށުން ރަޖިސްޓަރީ ކުރާ ފަރާތްތަކުން އިންށުއަރަންސެއް ނަގާކަށް މަޖުބޫރެއް ނޫނެވެ. 

 

ފަސް ވަނަ ބާބު

ލައިސަންސްޑް އާ ކިޓެކްޓުންނާއި، ލައިސަންސްޑް އިންޖިނިއަރުންނާއި، ޗެކަރުން ރަޖިސްޓަރީވުން 

 

41 ވަނަ މާއްދާ - ލައިސަން ސްޑް އާކިޓެކްޓް ކެޓަގަރީއާއި، ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީއާއި، ޗެކަރ ކެޓަގަރީގައި ރަޖިސްޓަރީކުރެވޭ ށަރުތުތަކާއި ކުރެވޭ މަސައްކަތްތައް

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި (ބ) ގައިވާ ކެޓަގަރީތަކުގައި ރަޖިސްޓަރީ ވުމުގެ ށަރުތުތަކާއި، އެ ކެޓަގަރީތަކާ ގުޅޭ މަސައްކަތްތައް، މި ގަވާއިދުގެ ޖަދުވަލު 2 އާއި 3 ގައި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީއާއި، ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީތަކުގައި ރަޖިސްޓަރީކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޖުރިބާގެ ބާވަތްތަކާއި މިންވަރު ކަނޑައަޅައި 6( ހައެއް) މަސްދުވަހުގެ ތެރޭގައި ށާއިއުކުރަންވާނެއެވެ. އަދި މި މިންގަނޑުތައް އެކުލަވައިލުމުގައި ކަމާގުޅޭ ފަންނީ ޖަމްއިއްޔާތަކާއި ރަޖިސްޓްރޭށަން ކޮމިޓީގެ ލަފާ ހޯދަންވާނެއެވެ. 

 

42 ވަނަ މާއްދާ - ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީއާއި، ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީއާއި، ޗެކަރ ކެޓަގަރީގައި ރަޖިސްޓަރީކުރަން އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި (ބ) ގައިވާ ކެޓަގަރީއެއްގައި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 2 އާއި 3 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ތިރީގައިވާ ތަކެއްޗާއެކު ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. މިނިސްޓްރީން އާންމުކޮށްފައިވާ "އިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުމަށް އެދޭ ފޯމު"؛ ފުރިހަމަކުރުމަށްފަހު؛
  2. ރަޖިސްޓަރީ ކުރަން އެދޭ ކެޓަގަރީއާ ގުޅޭ، އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ސައްހަ ކޮޕީ؛
  3. ލައިސަންސްޑް އާކިޓެކްޓެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ނުވަތަ ލައިސަންސްޑް އިންޖިނިއަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ނުވަތަ ޗެކަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނަމަ، ތަޖުރިބާ ހުރިކަން އަންގައިދޭ، ތިރީގައިވާ ލިޔެކިޔުން؛
    (i) މިނިސްޓްރީން އާންމުކޮށްފައިވާ ޕްރޮޖެކްޓް އެކްސްޕީރިއަންސް ރެކޯޑު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމު؛
    (ii) ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުމުގައި، ދިވެހި ދައުލަތުގެ އިދާރާއެއްގެ ޕްރޮޖެކްޓެއް ހިމަނާނަމަ، އެ ޕްރޮޖެކްޓެއް ފުރިހަމަކޮށްފައިވާކަން އަންގައިދޭ، އެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުނ
    (iii) އެ ކެޓަގަރީގެ މަސައްކަތަކީ ހުއްދަ ދޭ އިދާރާއަކަށް ހުށަހަޅައިގެން ފާސްކޮށްފައިވާ މަސައްކަތެއް ނަމަ، ހުއްދައަށް އެދި ހުށަހަޅާ ފަރާތުން އެދޭނަމަ، ފާސްކޮށްފައިވާ ލިޔުމުގެ ކޮޕީއެއް ހުށަހެޅުން؛
    (iv) އެ ކެޓަގަރީގެ މަސައްކަތަކީ ހުއްދަ ދޭ އިދާރާއަކަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭ ފަދަ މަސައްކަތެއް ނޫންނަމަ، އެ މަސައްކަތެއް ފުރިހަމަކޮށްފައިވާކަން އަންގައިދޭ، މަސައްކަތް ކުރުވި ފަރާތުގެ ލިޔުމެއް؛
    (v) ރާއްޖެއިން ބޭރުގައި ކޮށްފައިވާ މަސައްކަތްތައް މި ގަވާއިދުގެ ދަށުން ބަލައިގަތުމަށް އެދޭ ފަރާތްތަކުން ، ރާއްޖެއިން ބޭރުގައި މަސައްކަތްކުރި ދުވަސްވަރުގެ މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދިނުމަށްޓަކައި މި މާއްދާގެ (ހ) ގެ (3) ގެ (i) ގައިވާ ލިޔުމާއި، އެ ލިޔުމުގައި ހިމަނައިފައިވާ ޕްރޮޖެކްޓްތަކަކީ އެ ފަރާތެއް ރަޖިސްޓަރީވާން އެދޭ ކެޓަގަރީއާ ގުޅޭގޮތުން އެ ޕްރޮޖެކްޓެއްގެ މަސައްކަތްތަކުގައި އެފަރާތުން ބައިވެރިވެފައިވާ ޕްރޮޖެކްޓްތަކެއްކަން އަންގައިދޭ، އެފަރާތެއް ރާއްޖެއިން ބޭރުގައި މަސައްކަތްކުރި ތަނުގެ ނުވަތަ ފަރާތުން ހޯދައިފައިވާ، ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ޕާސްޕޯޓު ނަންބަރު ހިމަނައިފައިވާ ލިޔުމެއް؛
    (vi) އެ ފަރާތަކީ ރާއްޖެއިން ބޭރުގައި މަސައްކަތް ކޮށްފައި އަންނަ ފަރާތަކަށްވުމާއެކު، އެ ގައުމެއްގައި، އެ ދާއިރާގެ ފަރާތްތައް ރަޖިސްޓަރީކުރާ އިދާރާއެއްގައި ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ، އެ ފަރާތެއް ރަޖިސްޓަރީ ވެފައިވާ ކެޓަގަރީ އަންގައިދޭ ލިޔުމުގެ ކޮޕީ އެޓެސްޓް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. 

  4. (i) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ރައްޔިތެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
    (ii) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ރައްޔިތަކަށްވުމާއެކު، އެ ފަ ރާތަކީ ރާއްޖެއިން ބޭރުގައި ހާސިލުކޮށްފައިވާ ތަޖުރިބާ ހުށަހަޅާ ފަރާތެއް ނަމަ، މި މާއްދާގެ (ހ) ގެ (3) ގެ (i) ގައިވާ ފަދައިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓު ކޮޕީ؛
    (iii) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ، ކައިވެނީގެ ސެޓުފިކެޓާއި ޕާސްޕޯޓުގެ ކޮޕީއަކާއި ވިސާގެ ކޮޕީއަކާއި ވާރކް ޕަރމިޓު ގެ ކޮޕީއެއް؛
  5. މި ގަވާއިދަށް އަމަލުކުރަން ފެށިއިރު އިމާރާތް ޑިޒައިންކުރުމާއި އިމާރާތް ޑިޒައިން ޗެކުކުރުމުގެ އުސޫލުގެ ދަށުން ރަޖިސްޓަރ ވެފައިވާ ފަރާތެއް ނަމަ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (4) ވަނަ ނަންބަރުގައިވާ ތަކެތީގެ އިތުރުން އެ އުސޫލުގެ ދަށުން ރަޖިސްޓަރީކޮށް މިނިސްޓަރީން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. (ށ) މި ގަވާއިދުގެ ދަށުން ހުއްދައަކަށް އެދުމަށް ނުވަތަ ވަކި ކަމަކަށް އެދުމަށް ހުށަހަޅާ ފޯމު ނުވަތަ ލިޔެކިއުން ފުރިހަމަނުވާނަމަ، އެ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

 

43 ވަނަ މާއްދާ - ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީއާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީއާއި ޗެކަރ ކެޓަގަރީއެއްގައިވާ ފަރާތަކަށް ހުއްދަ ދިނުމާއި ބެލޭނެ ކަންކަން

(ހ)  ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ކެޓަގަރީއެއްގެ ށަރުތުތަކާއި ކަންކަން ފުރިހަމަވާ ފަރާތްތަކަށް، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުމުގައި ހިމެނޭ ހުއްދަ ނަގައިފައިވާ ކުރެހުންތަކުގެ ސައްހަކަން ޔަގީންކުރުމަށްޓަކައި އޭގައި ހިމަނައިފައިވާ ތަންތަނުގެ މައުލޫމާތުގެ ތެރެއިން ހުއްދަ ދިނުމަށް ބޭނުންވަ މިންވަރަށް ޔަގީންވުމާ ހަމައަށް މި މާއްދާގެ (ހ) ގައިވާ މުއްދަތު ހިނގާކަށެއް ނުފަށާނެއެވެ. އަދި އެފަދައިން ޔަ ގީންވެފައިވާ ފަރާތްތަކުގެ ތެރޭގައިވެސް އިންށުއަރަންސް ފަދަ އިތުރު ލިޔެކިއުމެއް ހުށަހެޅުމުން ރަޖިސްޓަރީކޮށްދެވޭ ފަރާތްތަކަށް މުއްދަތު ހިނގަން ފަށާނީ އެފަދައިން ހުށަހަޅަންޖެހޭ އެންމެ ފަހު ލިޔުން ހުށަހަޅާ ތާރީހުންނެވެ.

(ނ) ހުއްދަ ދޭ އިދާރާއަކަށް ހުށަހަޅައިގެން ފާސްކޮށްފައިވާ ކުރެހުންތައް މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ގުނޭނީ، ހުއްދައަށް އެދި ހުށަހަޅާ ފޯމުގައި ސޮއިކޮށް، އެ ކުރެހުމުގެ ޒިންމާ ނަގައިފައިވާ ފަރާތްތަކެވެ. އަދި ތަޖުރިބާގެ ގޮތުގައި ގުނޭނީ މި ޕްރޮޖެކްޓްތަކުގެ ތެރެއިން ފާސްވެފައިވާ ޕްރޮޖެކްޓްތަކެވެ.

(ރ) ގްރެޖުއޭޓް ކެޓަގަރީއެއްގައިވާ ފަރާތެއް ނުވަތަ އިމާރާތްކުރުމުގެ އާންމު ފަންނުވެރިންގެ އާކިޓެކްޗަރ ނުވތަ ސިވިލް އިންޖިނިއަރިންގ ކެޓަގަރީގެ އިމާރާތުގެ ޑިޒައިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި މި މާއްދާގެ (ނ) ގައިވާ ގޮތަށް ގުނޭނީ އެފަރާތެއްގެ އިތުރުން އެފަރާތެއް ސުޕަވައިޒް ކުރި ލައިސަންސްޑް އާކިޓެކްޓް ނުވަތަ ލައިސަންސްޑް އިންޖިނިއަރ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމުގައި ސޮއިކޮށްފައިވާ ނަމައެވެ.

(ބ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް، އެ ފަރާތެއް މަސައްކަތް ކުރެވޭނެ ކެޓަގަރީއާއި ހުއްދައިގެ މުއްދަތާއި ކުލާހާއި ހުއްދައިގެ ނަންބަރު އެނގޭގޮތަށް ހުއްދަ ދޫކުރަންވާނެއެވެ.

(ޅ) ޗެކަރ ކެޓަގަރީއާއި ލައިސަންސްޑް އާކިޓެކްޓް ނުވަތަ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ހަމަވާ ފަރާތްތައް މި ގަވާއިދުގެ 48 ވަނަ މާއްދާގައިވާގޮތަށް އިންށުއަރަންސް ސްކީމެއްގައި ބައިވެރިވުމަށް އެންގޭނެއެވެ. އަދި އިންށުއަރަންސްގެ ބައި ފުރިހަމަ ކުރުމަށްފަހު އިންށުއަރަންސާ ގުޅޭ ލިޔެކިއުންތަކުގެ ކޮޕީ ހުށަހެޅުމުން، ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޗެކަރ ކެޓަގަރީއާއި، ހުއްދައިގެ މުއްދަތާއި ނަންބަރު އެނގޭގޮތަށް ހުއްދައާއި ޗެކަރ ސްޓޭމްޕް ދޫކުރަންވާނެއެވެ.

(ކ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 2 އާއި 3 ގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަ ނުވާކަމުގައި ވާ ނަމަ، އެ ފަރާތެއް ރަޖިސްޓަރީކޮށް ނުދެވުނު ސަބަބު ބަޔާންކޮށް، ލިޔުމުން އެފަރާތަށް ޖަވާބު ދޭންވާނެއެވެ.

(އ) އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީއާއި ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީތަކުގައި ރަޖިސްޓަރީކޮށްދެވޭނީ، 2023 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެއަށްފަހު މި ކެޓަގަރީ އުވި، ބިލްޑިންގ ކޯޑާއި ގަވާއިދުތަކާ އެއްގޮތަށް ޑިޒައިން ކުރުމުގެ އެންމެހައި ޒިންމާ އުފުލާނީ ލައިސަންސެއް ދެވިފައިވާ  ފަރާތްތަކެވެ. (އިސްލާހު1، / އިސްލާހު2 ކުރެވިފައި)

 

44 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު

(ހ) ލައިސަންސްޑް އާކިޓެކްޓް ނުވަތަ ލައިސަންސްޑް އިންޖިނިއަރު ކެޓަގަރީގެ ހުއްދަ ދޫކުރަންވާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 47 ވަނަ މާއްދާގައިވާ އިންށުއަރަންސް ކޮންމެ އަހަރަކު ހުށަހަޅަމުން ނުދާނަމަ، ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓޭނެއެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީ ކުރެވޭ ފަރާތަށް ޗެކަރގެ ކެޓަގަރީގެ ހުއްދައެއް ދޫކުރަންވާނީ، 2023 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ ނިޔަލަށް ވުރެ އިތުރުނުވާ ގޮތަށް އިންށުއަރަންސް ހުށަހަޅާ މުއްދަތަށެވެ. އަދި ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 2023 ސެޕްޓެންބަރު 22 ގެ ނިޔަލަށް، މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ހަމަވާނަމަ، ހުއްދަ ދޫކުރަންވާނީ، މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި 2023 ސެޕްޓެންބަރު 22 ގެ ނިޔަލަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ހަމަނުވާނަމަ ހުއްދަ ދޫކުރަންވާނީ ބާކީ އޮތް މުއްދަތަށެވެ. (އިސްލާހު1، / އިސްލާހު2 ކުރެވިފައި)

 

45 ވަނަ މާއްދާ - ސީ.ޕީ.ޑީ. ޕްރޮގްރާމެއް ހެދުން 

(ހ)  މި ބާބުގެ ދަށުން ރަޖިސްޓަރީކުރާ ފަރާތްތަކުގެ ތެރެއިން ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީއާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގައި ރަޖިސްޓަރީކުރާ ފަރާތްތައް 1 ޖަނަވަރީ 2020 އިން ފެށިގެން ތިރީގައިވާ ފަދައިން ސީ.ޕީ.ޑީ. ޕްރޮގްރާމުތަކުގައި ކޮންމެ 2 (ދޭއް) އަހަރަކުން އެއްފަހަރު ބައިވެރިވެ، އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

  1. ލައިސަންސްޑް އާކިޓެކްޓާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީއެއްގައިވާ ފަރާތެއް ކޮންމެ 2 (ދޭއް) އަހަރަކުން މަދުވެގެން 10 (ދިހައެއް) ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކުރުން؛
  2. މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީގެ ފަރާތްތަކުން ކޮންމެ 2 (ދޭއް) އަހަރަކު ން 4 (ހަތަރެއް) ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކުރުން؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާސިލުކޮށްފައިވާ ސީ.ޕީ.ޑީ. ގެ މައުލޫމާތު، ކޮންމެ 2 (ދޭއް) އަހަރެއް ނިމުމުން، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ސީ.ޕީ.ޑީ. ތަކުން ބޭނުންވާ މިންވަރަށް ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކުރެވިފައި ނުވާނަމަ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕޮއިންޓް ހަމަވާނެ މިންވަރަށް ސީ.ޕީ.ޑީ. ހެދުމަށްފަހު އަލުން ހުށަހަޅަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ސީ.ޕީ.ޑީ. ޕޮއިންޓް ހަމަކުރުމަށް ދޭ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕޮއިންޓް ހަމަކުރުމަށްފަހު ހުށަހަޅާފައިނުވާނަމަ، އެ ފަރާތެއް ވަގުތީގޮތުން މަސައްކަތް ނުކުރެވޭގޮތަށް ހުއްދަ ހިފަހައްޓައި ، ދަފުތަރުގައި އެގޮތަށް ރެކޯޑު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ފަރާތެއް ސީ.ޕީ.ޑީ. ޕޮއިންޓް ހަމަކުރުމުން، އެ ފަރާތެއްގެ ހުއްދަ އަލުން އިއާދަކުރަންވާނެއެވެ.

(ޅ) ސީ.ޕީ.ޑީ. ބަލައިގަންނާނެ މިންގަނޑުތައް ކަނޑައަޅައިގެން ގައި ޑްލައިނެއް މިނިސްޓްރީން އެކުލަވައިލައި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަން ވާނެއެވެ.

 

46 ވަނަ މާއްދާ - ލައިސަންސް އާކިޓެކްޓް ކެޓަގަރީ ނުވަތަ ލައިސަންސްޑްއިންޖިނިއަރ ކެޓަގަރީގެ ހުއްދަ އައުކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގެ ހުއްދަ އައުކުރާއިރު، ތިރީގައިވާ ށަރުތުތައް ފުރިހަމަކުރަންވާނެއެވެ.

  1. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި 3 (ތިނެއް) ޕްރޮޖެކްޓް ޑިޒައިންކޮށް ހުއްދަ ދޭ އިދާރާއަކުން ފާސްކޮށްފައިވުމާއެކު، މި 3 (ތިނެއް) ޕްރޮޖެކްޓްގެ ތެރެއިން 1 (އެކެއް) ޕްރޮޖެކްޓް ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ޑިޒައިންކޮށްފައިވާ ޕްރޮޖެކްޓަކަށް ވާންވާނެއެވެ. )މި ޕްރޮޖެކްޓަކީ ދައުލަތުގެ އިދާރާއެއްގެ ޕްރޮޖެކްޓެއްނަމަ، ޕްރޮޖެކްޓް ޑިޒައިންކޮށް ނިންމުމަށްފަހު، ދައުލަތުގެ އިދާރާއަކަށް އެ ޕްރޮޖެކްޓް ހުށަހަޅައިފައި އޮންނަން ވާނެއެވެ. އަދި މި މުއްދަތު ގުނުމުގައި، ކިޔަވަން ހުރި މުއްދަތު ނުހިމަނައި ބެލިދާނެއެވެ. އަދި އެންމެ ފަހުގެ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން ކިޔަވަން ގޮސްފައިވާނަމަ، މުއްދަތު ބެލުމުގައި އެ ހުއްދައިގެ މުއްދަތުގެ ކުރިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތުވެސް ހިމަނަންވާނެއެވެ.؛
  2. މި ގަވާއިދުގެ 45 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކޮށްފައިވުން؛
  3. މި ގަވާއިދުގެ ދަށުން ފިޔަވަޅެއް އެޅުމުގެ ސަބަބުން ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛
  4. މި ކެޓަގަރީގެ ހުއްދަ އައުކުރުމަށް މަސައްކަތުގެ އިތުރު އެހެން ތަޖުރިބާ ހޯދުން ނުވަތަ ޓެސްޓަކުން ފާސްވުން ނުވަތަ އިންޓަވިއުއަކުން ފާސްވާން ޖެހޭގޮތަށް މިނިސްޓްރީން ކަނޑައަޅައިފައިވާނަމަ އެކަމެއް ފުރިހަމަކޮށްފައިވުން؛ 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، އަލުން ހުއްދަ ދެވިދާނެއެވެ. އެގޮތުން އެ ކަންކަން ފުރިހަމަކުރުމަށްޓަކައި އެފަރާތަށް ވަގުތީ ހުއްދައެއް ދެވޭނެއެވެ. އަދި މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓުގެ މަސައްކަތް ކުރަންވާނީ އެ ފަރާތް ރަޖިސްޓަރީ އައުކުރަން އެދޭ ކެޓަގަރީގެ ހުއްދައެއް އޮތް ފަރާތުގެ ބެލުމުގެ ދަށު ންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (4) ވަނަ މާއްދާގެ ދަށުން ކަމެއް ފުރިހަމަކުރަންޖެހޭ ކަމުގައިވާނަމަ އެކަމެއް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

47 ވަނަ މާއްދާ - ޗެކަރ ކެޓަގަރީގެ ހުއްދަ އައުކުރުން

(ހ)  ލައިސަންސްޑް އާކިޓެކްޓެއްގެ ގޮތުގައި ނުވަތަ ލައިސަންސްޑް އިންޖިނިއަރެއްގެ ގޮތުގައި ނުވަތަ ޗެކަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ރަޖިސްޓްރޭށަން އައުކުރަން އެދޭނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަކުރަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރ ކެޓަގަރީއާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގެ މުއްދަތު ހަމަނުވާ ހުއްދައެއް އޮތުން؛
  2. މި ގަވާއިދުގެ ދަށުން އެ ކެޓަގަރީއަކަށް ނަގަންޖެހޭ އިންށުއަރަންސެއް ނަގައިފައިވުން؛
  3. ވޭތުގެ ދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި 3 (ތިނެއް) ޕްރޮޖެކްޓް ޑިޒައިންކޮށް ނުވަތަ ޗެކްކޮށް ހުއްދަ ދޭ އިދާރާއަކުން ފާސްކޮށްފައިވުމާއެކު، މި 3 (ތިނެއް) ޕްރޮޖެކްޓުގެ ތެރެއިން 1 (އެކެއް) ޕްރޮޖެކްޓް ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ޑިޒައިންކޮށްފައި ނުވަތަ ޗެކުކޮށްފައިވާ ޕްރޮޖެކްޓަކަށް ވާންވާނެއެވެ. (މި ޕްރޮޖެކްޓަކީ ދައުލަތުގެ އިދާރާއެއްގެ ޕްރޮޖެކްޓެއްނަމަ، ޕްރޮޖެކްޓް ޑިޒައިންކޮށް ނުވަތަ ޗެކްކޮށް ނިންމުމަށްފަހު، ދައުލަތުގެ އިދާރާއަކަށް އެ ޕްރޮޖެކްޓް ހުށަހަޅައިފައި ވުން)؛
  4. އެ ފަރާތަކީ އާކިޓެކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެފަރާތުގެ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ އާކިޓެކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛
  5. އެ ފަރާތަކީ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު، މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީ ނުވަތަ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛ އަދި

(ށ) ޗެކަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ރަޖިސްޓްރޭށަން އައުކުރަން އެދޭއިރު، މި މާއްދާގެ (ހ) ގައިވާ ށަރުތުތައް ފުރިހަމަނުވާނަމަ، ދެން އެ ފަރާތެއްގެ ޗެކަރ ކެޓަގަރީގެ ރަޖިސްޓްރޭށަން އައުކުރެވޭނީ ތިރީގައިވާ ށަރުތުތައް ހާސިލުކުރުމަށްފަހުގައެވެ.

  1. މި ގަވާއިދުގެ ޖަދުވަލުގައިވާ ފަދައިން އާކިޓެކްޗުރަލް ޗެކަރ ކެޓަގަރީގެ ރަޖިސްޓްރޭށަން އައުކުރަން ނުވަތަ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރ ކެޓަގަރީއާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގެ މުއްދަތު ހަމަނުވާ ހުއްދައެއް އޮތުން؛
  2. މި ގަވާއިދުގެ ދަށުން އެ ކެޓަގަރީއަކަށް ނަގަންޖެހޭ އިންށުއަރަންސެއް އޮތުން؛ އަދި
  3. ވޭތުވެ ދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތުގައި 3 (ތިނެއް) ޕްރޮޖެކްޓް މި ގަވާއިދުގެ ޖަދުވަލު 2 ނުވަތަ 3 ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރ ކެޓަގަރީއާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގައި ޑިޒައިންކޮށް ހުއްދަ ދޭ އިދާރާއަކުން ފާސްކޮށްފައިވުން، ނުވަތަ މި ޕްރޮޖެކްޓަކީ ދައުލަތުގެ އިދާރާއެއްގެ ޕްރޮޖެކްޓެއްނަމަ، ޕްރޮޖެކްޓް ޑިޒައިންކޮށް ނުވަތަ ޗެކްކޮށް ނިންމުމަށްފަހު އެ ޕްރޮޖެކްޓް ދައުލަތުގެ އިދާރާއަކަށް ހުށަހަޅައިފައި ވުން؛

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މާރިޗު 2021 އަށް މުއްދަތު ހަމަވާ ޗެކަރުންގެ ތެރެއިން 1 (އެކެއް) އަހަރަދުވަހަށް ވުރެ ކުރު މުއްދަތަކަށް ރަޖިސްޓަރީކޮށްފައިވާ ޗެކަރެއްގެ ރަޖިސްޓްރޭށަން އައުކުރަން އެދޭނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ރަޖިސްޓަރީ އައުކޮށްދެވިދާނެއެވެ. (އިތުރު ކުރެވިފައި)

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރގެ ކެޓަގަރީއާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގެ މުއްދަތު ހަމަނުވާ ހުއްދައެއް އޮތުން؛
  2. މި ގަވާއިދުގެ ދަށުން އެ ކެޓަގަރީއަކަށް ހޯދަންޖެހޭ އިންށުއަރަންސް ހޯދައި ހުށަހަޅައިފައިވުން؛
    i.  ކުރިން ދޫކޮށްފައިވާ ހުއްދައަށް ހުށަހަޅައިފައިވާ އިންޝުއަރަންސްގައި ބާކީ މުއްދަތެއް އޮތްނަމަ، އެ އިންށުއަރަންސް ހުށަހެޅުން؛
    ii. އައު އިންޝުއަރަންސެއް ހޯދައި ހުށަހެޅުން.
  3. އެ ފަރާތަކީ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛ 
  4. އެ ފަރާތަކީ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު، މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީ ނުވަތަ ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛ 

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މާރިޗު 2022 އަށް މުއްދަތު ހަމަވާ ޗެކަރުންގެ ތެރެއިން 1 (އެކެއް) އަހަރަދުވަހަށް ވުރެ ކުރު މުއްދަތަކަށް ރަޖިސްޓަރީކޮށްފައިވާ ޗެކަރުންގެ ތެރެއިން މި މާއްދާގެ (ނ) ގެ ދަށުންރަޖިސްޓްރޭށަން އައުކޮށްފައި ނުވާ ޗެކަރެއްގެ ރަޖިސްޓްރޭށަން އައުކުރަން އެދޭނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ރަޖިސްޓަރީ އައުކޮށްދެވިދާނެއެވެ. (އިތުރު ކުރެވިފައި)

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރގެ ކެޓަގަރީއާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގެ މުއްދަތު ހަމަނުވާ ހުއްދައެއް އޮތުން؛
  2. މި ގަވާއިދުގެ ދަށުން އެ ކެޓަގަރީއަކަށް ހޯދަންޖެހޭ އިންށުއަރަންސް ހޯދައި، އެ އިންށުއަރަންސް ހުށަހަޅައިފައިވުން؛
    (i) ކުރިން ދޫކޮށްފައިވާ ހުއްދައަށް ހުށަހަޅައިފައިވާ އިންށުއަރަންސްގައި ބާކީ މުއްދަތެއް އޮތްނަމަ، އެ އިންށުއަރަންސް ހުށަހެޅުން؛ ނުވަތަ
    (ii) އައު އިންށުއަރަންސެއް ހޯދައި، އެ އިންށުއަރަންސް ހުށަހެޅުން.
  3. އެ ފަރާތަކީ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛ އަދި
  4. އެ ފަރާތަކީ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު، މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީ ނުވަތަ ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން.

 

48 ވަނަ މާއްދާ - އިންށުއަރަންސް ނެގުން

(ހ) އާކިޓެކްޗުރަލް ޗެކަރ ކެޓަގަރީގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން  300،000 (ތިން ލައްކަ) ރުފިޔާއަށް ވުރެ މަދުނޫން އަދަދަކުން ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރެންސެއް ނަގައިގެން ރަޖިސްޓްރޭށަންގެ މުއްދަތަށް ދަމަހައްޓަންވާނެއެވެ.

(ށ) ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން 500،000 (ފަސް ލައްކަ) ރުފިޔާއަށް ވުރެ މަދުނޫން އަދަދަކުން ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރެންސެއް ނަގައި ރަޖިސްޓްރޭށަންގެ މުއްދަތަށް ދަމަހައްޓަންވާނެއެވެ.

(ނ) ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީއާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުން ފެށިގެން ހުއްދަ ނަގާ ފަރާތްތަކުން ކޮންމެ އަހަރަކަށް 500،000 (ފަސް ލައްކަ) ރުފިޔާއަށްވުރެ މަދުނޫން އަދަދަކުން ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރެންސެ އް ނަގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) އައި (ނ) ގެ ދަށުން ނަގާ ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރަންސަކީ ތިރީގައިވާ ކަންތައްތައް ހިމެނޭ އިންށުއަރަންސަކަށް ވާންވާނެއެވެ.

  1. އާކިޓެކްޗުރަލް ޗެކަރ ނުވަތަ ލައިސަންސްޑް އާކިޓެކްޓް ސްޓޭމްޕް ޖަހާ ކުރެހުމެއްގައި ޖަހައިފައިވާ ސްޓޭމްޕުގެ މުއްދަތު ހަމަވުމުގެ ކުރިއަށް ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުމުން އިމާރާތުގެ ކުރެހުމުގައި ހުރި ޕްލޭނިންގ ގަވާއިދާ ހިލާފު ނުވަތަ އާކިޓެކްޗުރަލް މައްސަލައަކާ ގުޅިގެން އިމާރާތައް ވާ ގެއްލުން ނުވަތަ އިމާރާތުގައި ހުރި މައްސަލައެއްގެ ސަބަބުން އެހެން ފަރާތަކަށް ވާ ގެއްލުން ކަވަރު ކުރުން؛ އަދި
  2. ސްޓްރަކްޗުރަލް ޗެކަރ ނުވަތަ ލައިސަންސްޑް އާކިޓެކްޓް ސްޓޭމްޕް ޖަހާ ކުރެހުމެއްގައި ޖަހައިފައިވާ ސްޓޭމްޕުގެ މުއްދަތު ހަމަވުމުގެ ކުރިއަށް ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުމުން އިމާރާތުގެ ކުރެހުމުގައި ހުރި ސްޓްރަކްޗުރަލް މައްސަލައަކާ ގުޅިގެން އިމާރާތަށް ލިބޭ ގެއްލުން ނުވަތަ އިމާރާތުގައި ހުރި މައްސަލައެއްގެ ސަބަބުން އެހެން ފަރާތަކަށް ލިބޭ ގެއްލުން ކަވަރު ކުރުން. 

 

49 ވަނަ މާއްދާ - އިމާރާތް ޑިޒައިންކުރާ ފަރާތްތަކުން ޑިޒައިންކުރުމުގައި އުފުލަންޖެހޭ ޒިންމާތައް 

އިމާރާތް ޑިޒައިން ކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ލައިސަންސްޑް އާކިޓެކްޓާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގައިވާ ފަރާތްތަކާއި އިމާރާތްކުރުމުގެ އާންމު ފަންނުވެރިންގެ ތެރެއިން އާކިޓެކްޗަރ ކެޓަގަރީއާއި ސިވިލް އިންޖިނިއަރިންގ ކެޓަގަރީގައިވާ ފަރާތްތަކާއި މި ގަވާއިދަށް އަމަލުކުރަން ފެށިއިރު ރަޖިސްޓަރީ ކޮށްފައިވާ ގްރެޖުއޭޓް އާކިޓެކްޓުންނާއި ގްރެޖުއޭޓް އިންޖިނިއަރުން މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޑިޒައިންކުރަންވާނީ ގާނޫނާއި ގަވާއިދުތަކާއި ކޯޑުތަކާއި ކޮމްޕްލަޔަންސްތަކާއި ސްޓޭންޑަރޑްތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ށ) އެ ކުރެހުމެއްގެ ހުއްދައަށް އެދި ހުށަހަޅާއިރު ފޯމުގައި ސޮއިކޮށްފައިވާ ޗެކަރުންނާއި ލައިސަންސްޑް އާކިޓެކްޓާއި ލައިސަންސްޑް އިންޖިނިއަރ އެ ކުރެހުމަކަށް ޒިންމާ ވާންވާނެއެވެ.

(ނ) ގްރެޖުއޭޓް ކެޓަގަރީއެއްގައިވާ ފަރާތެއް ނުވަތަ އާންމު ފަންނުވެރިން އާކިޓެކްޗަރ ކެޓަގަރީގައިވާ ނުވަތަ ސިވިލް އިންޖިނިއަރިންގ ކެޓަގަރީގައިވާ ފަރާތެއް ނުވަތަ ވަގުތީ ހުއްދައެއް ދީފައިވާ ފަރާތެއް އިމާރާތެއް ޑިޒައިންކޮށްފައިވާނަމަ، ފޯމުގައި ސޮއިކުރުމުގެ އިތުރުން، އެފަރާތެއް އެ ޑިޒައިނަރެއްގެ ބެލުމުގެ ދަށުން މަސައްކަތް ކޮށްފައިވާ ލައިސަންސްޑް އާކިޓެކްޓް ނުވަތަ ލައިސަންސްޑް އިންޖިނިއަރ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމުގައި ނުވަތަ ކުރެހުން ފާސްކުރުމަށް އެދޭ ފޯމުގައި ސޮއިކުރުވުމަކީ ގްރެޖުއޭޓް ކެޓަގަރީއެއްގައިވާ ފަރާތެއް ނުވަތަ އާންމު ފަންނުވެރިން އާކިޓެކްޗަރ ނުވަތަ ސިވިލް އިންޖިނިއަރިންގ ކެޓަގަރީގައިވާ ފަރާތެއް ނުވަތަ ވަގުތީ ހުއްދައެއް ދީފައިވާ ފަރާތެއްގެ ޒިންމާއެވެ.

(ރ) އިމާރާތުގެ ސްޓްރަކްޗަރަލް ޑިޒައިންކުރާ ފަރާތްތައް ސްޓްރަކްޗުރަލް ޑިޒައިނާއި ސްޓްރަކްޗުރަލް ޑިޒައިން ކުރެހުންތަކާއި ޑީޓެއިލް ތަކުގެ އެންމެހައި ތަފުސީލުތަކާއި ކަލްކިއުލޭށަންތަކާއި، ސްޓްރަކްޗަރަލް ޑިޒައިންކުރިއިރު ބޭނުންކުރި މިންގަނޑުތަކާއި އުސޫލުތަކަށް ޒިންމާ އުފުލަންވާނެއެވެ. އަދި ސްޓްރަކްޗުރަލް ޑިޒައިނުގެ ގޮތުގައި ހުށަހަޅަންޖެހޭ ހުރިހާ ކުރެހުމަކާއި، ތަފުސީލަކާއި، ލިޔެކިއުމެއް ހަމަކުރުމަކީ އެ ފަރާތުގެ ޒިންމާއެކެވެ. 

(ބ) އިމާރާތުގެ އާކިޓެކްޗުރަލް ޑިޒައިންކުރާ ފަރާތްތައް އާކިޓެކްޗުރަލް ޑިޒައިނާއި އާކިޓެކްޗުރަލް ޑިޒައިން ކުރެހުންތަކާއި ޑީޓެއިލްތަކުގެ އެންމެހައި ތަފުސީލުތަކާއި، ސްޓްރަކްޗުރަލް ކުރެހުންތަކުގައި ދައްކައިފައިވާ އާކިޓެކްޗުރަލް ބައިތަކުގެ ޒިންމާ އުފުލަންވާނެއެވެ. އަދި އާކިޓެކްޗުރަލް ޑިޒައިނުގެ ގޮތުގައި ހުށަހަޅަންޖެހޭ ހުރިހާ ކުރެހުމަކާއި، ތަފުސީލަކާއި، ލިޔެކިއުމެއް ހަމަކުރުމަކީ އެ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން މުޅި ކުރެހުންސެޓުގައިވާ ކުރެހުންތައް ލޭބަލްކޮށް ރަނގަޅަށް މިންތައް ގަވާއިދާ އެއްގޮތަށް ޖެހުމާއި، މުޅި ކުރެހުން ސެޓު ފުރިހަމަކޮށްފައިވޭތޯ އާކިޓެކްޗުރަލް ޑިޒައިން ކުރާ ފަރާތުން ޗެކްކުރަންވާނެއެވެ. 

 

50 ވަނަ މާއްދާ - ޗެކަރުން އުފުލަންޖެހޭ ޒިންމާތައް

ޗެކަރުންގެ ގޮތުގައި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) އާއި (ބ) ގައިވާ ފަރާތްތަކަކީ އިމާރާތުގެ ސްޓްރަކްޗަރަލް ޑިޒައިން ޗެކްކުރާ ފަރާތްތަކާއި އިމާރާތުގެ އާ ކިޓެކްޗަރަލް ޑިޒައިން ޗެކްކުރާ ފަރާތްތަކެވެ. އެ ފަރާތްތަކުން މަސައްކަތްކުރުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޗެކަރެއްގެ ހައިސިއްޔަތުން ކުރެހުން ޗެކްކޮށް، އެ ކުރެހުމެއްގެ ޒިންމާ އުފުލޭނީ އެ ޗެކަރެއް ނޫން އެހެން ފަރާތެއް ޑިޒައިންކޮށްފައިވާ ކުރެހުންތަކުގައެވެ. އެގޮތުން ޑިޒައިންކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޗެކްކޮށް، ޗެކްކޮށްފައިވާ ކުރެހުމުގެ ފުރިހަމަ ޒިންމާ އިމާރާތުގެ ޑިޒައިން ޗެކްކުރާ ފަރާތްތަކުން އުފުލަންވާނެއެވެ.

(ށ) އިމާރާތުގެ ސްޓްރަކްޗަރަލް ޑިޒައިން ޗެކްކުރާ ފަރާތްތައް ސްޓްރަކްޗުރަލް ޑިޒައިނާއި ސްޓްރަކްޗުރަލް ޑިޒައިން ކުރެހުންތަކާއި ޑީޓެއިލްތަކުގެ އެ ންމެހައި ތަފުސީލުތަކާއި އާކިޓެކްޗުރަލް ކުރެހުންތަކުގައި ދައްކައިފައިވާ ސްޓްރަކްޗުރަލް ބައިތަކުގެ ޒިންމާ އުފުލަންވާނެއެވެ. އަދި ސްޓްރަކްޗަރަލް ޑިޒައިން ކުރުމަށް ގެންގުޅެފައިވާ މިންގަނޑުތަކާއި ތަބާވެފައިވާ އުސޫލުތަކަކީ ހާސިލުކުރަން އުޅޭ މަގްސަދާ އެކަށީގެންވާ މިންގަނޑުތަކާއި އުސޫލުތަކެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި ސްޓްރަކްޗުރަލް ޑިޒައިނުގެ ގޮތުގައި ހުށަހަޅަންޖެހޭ ހުރިހާ ކުރެހުމަކާއި، ތަފުސީލަކާއި، ލިޔެކިއުމެއް ހަމަކުރުމަކީ އެ ފަރާތުގެ ޒިންމާއެކެވެ.

(ނ) އިމާރާތުގެ އާކިޓެކްޗުރަލް ޑިޒައިން ޗެކްކުރާ ފަރާތްތައް އާ ކިޓެކްޗުރަލް ޑިޒައިނާއި އާކިޓެކްޗުރަލް ޑިޒައިން ކުރެހުންތަކާއި ޑީޓެއިލްތަކުގެ އެންމެހައި ތަފުސީލުތަކާއި ސްޓްރަކްޗުރަލް ކުރެހުންތަކުގައި ދައްކައިފައިވާ އާކިޓެކްޗުރަލް ބައިތަކުގެ ޒިންމާ އުފުލަންވާނެއެވެ. އަދި އާކިޓެކްޗުރަލް ޑިޒައިނުގެ ގޮތުގައި ހުށަހަޅަންޖެހޭ ހުރިހާ ކުރެހުމަކާއި، ތަފުސީލަކާއި ލިޔެކިއުމެއް ހަމަކުރުމަކީ އެ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން މުޅި ކުރެހުންސެޓުގައިވާ ކުރެހުންތައް ލޭބަލްކޮށް ގަވާއިދާ އެއްގޮތަށް ރަނގަޅަށް މިންތައް ޖެހުމާއި، މުޅި ކުރެހުން ސެޓު ފުރިހަމަކޮށްފައިވޭތޯ އާކިޓެކްޗުރަލް ޗެކަރ ޗެކްކުރަންވާނެއެވެ.

(ރ) ޗެކްކުރާ ފަރާތުން ޒިންމާ އުފުލި ކަމުގައިވިޔަސް، ޑިޒައިންކުރި ފަރާތަށް ކަނޑައަޅައިފައިވާ ޒިންމާ، ޑިޒައިންކުރި ލައިސަންސްޑް އާކިޓެކްޓް ނުވަތަ ލައިސަންސްޑް އިންޖިނިއަރުގެ ކިބައިން ކެނޑިގެނެއް ނުދާނެއެވެ. އަދި އެ ދެފަރާތުން އެއްކަމަކަށް ޒިންމާވަން ޖެހުނު ނަމަވެސް އެ ޒިންމާ ފުރިހަމަށް އުފުލަން ވާނެއެވެ.

(ބ) ހުއްދަދޭ އިދާރާއަކަށް ކުރެހުން ހުށަހަޅާއިރު އެ ކުރެހުމަކީ ޗެކަރެއް ނުވަތަ ޗެކަރުންތަކެއް ޒިންމާވާ ކުރެހުމެއް ކަމުގައިވާ ހާލަތުގައި ހުއްދަދޭ އިދާރާއަކުން އެ ކުރެހުމެއް ފާސްކުރުމަކުން މި މާއްދާގައި އިސްވެ ލިޔެވިފައިވާ ޒިންމާތައް ޗެކަރުންގެ ކިބައިން ނެތިގެނެއް ނުދާނެއެވެ. އަދި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އެފަދަ ކުރެހުންތަކުގެ ފުރިހަމަ ޒިންމާ ޗެކަރުން ނަގަންވާނެއެވެ.

(ޅ) އެފަރާތެއް ޗެކްކޮށްފައިވާ އިމާރާތެއްގެ ކުރެހުމެއްގައި މައްސަލައެއް އޮވެގެން އެ މައްސަލައެއް ރަނގަޅުކުރުމަށް ހުއްދަދޭ އިދާރާއަކުން ޑިޒައިންކުރި ފަރާތަށް ނުވަތަ ވެރިފަރާތަށް އެންގުމުން، އެ ކުރެހުމެއް ޑިޒައިންކުރި ފަރާތުން ރަނގަޅުކުރުމަށްފަހު، ޗެކްކޮށްދިނުމަށް އެދުމުން، ޗެކްކޮށްދިނުމަކީ ކުރެހުން ޗެކްކުރި ފަރާތުގެ ޒިންމާއެކެވެ.

 

51 ވަނަ މާއްދާ - ވަގުތީ ގޮތުން ހުއްދަ ހިފެހެއްޓުން

މި ބާބުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތެއްގެ ހުއްދަ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހިފެހެއްޓޭނެއެވެ.

(ހ) އެއްވެސް ހާލަތެއްގައި އާކިޓެކްޗުރަލް ޗެކަރަށް ބޭނުންވާ ލައިސަންސްޑް އާކިޓެކްޓް ހުއްދަ ނުވަތަ ސްޓްރަކްޗުރަލް ޗެކަރަށް ބޭނުންވާ ލައިސަންސްޑް އިންޖިނިއަރގެ ހުއްދައިގެ މުއްދަތު ހަމަވެއްޖެއްޖެނަމަ، ނުވަތަ އެ ހުއްދަ ހިފެހެއްޓިއްޖެނަމަ، އިމާރާތުގެ ޑިޒައިން ޗެކުކުރުމަށް އެ ފަރާތަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓޭނެއެވެ.

(ށ) ކޮންމެ އަހަރަކު ފުރިހަމަކުރަންޖެހޭ ސީ.ޕީ.ޑީ. ޕްރޮގްރާމްތަކުގެ ޕޮއިންޓް ހަމަނުވެއްޖެނަމަ، އިމާރާތް ޑިޒައިންކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓޭނެއެވެ.

(ނ) މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، މައްސަލައިގެ ކުޑަބޮޑުމިނާއި ބާވަތަށް ބަލައި، ފޫނުބެއްދޭ ފަދަ އިތުރު ގެއްލުމެއް ލިބިދާނެކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތެއްގައި، މައްސަލަބަލާ ކޮމިޓީގެ ލަފަޔާއެކު، އިމާރާތް ޑިޒައިންކުރާ ފަރާތެއްގެ ހުއްދަ ހިފެހެއްޓިދާނެއެވެ. 

 

52 ވަނަ މާއްދާ - ފީ ނެގުން

މި ބާބުގެ ދަށުން ރަޖިސްޓަރީކުރެވޭ ފަރާތްތަކުން ރަޖިސްޓްރޭށަން ފީގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފީ ނެގޭނެއެވެ. އަދި ރަޖިސްޓްރޭށަން އައު ކުރާއިރުވެސް މި ގޮތުގެ މަތިން ފީ ނެގޭނެއެވެ.

(ހ) ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން، ރަޖިސްޓަރީވާ ލައިސަންސްޑް އާކިޓެކްޓް ނުވަތަ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގެ ދާއިމީ ހުއްދައަކަށް ނުވަތަ ވަގުތީ ހުއްދައަކަށް އަދި ހުއްދަ އައުކުރާ ކޮންމެ ފަހަރަކު 500 (ފައްސަތޭކަ) ރުފިޔާ؛

(ށ) އިމާރާތުގެ އާކިޓެކްޗަރަލް ޑިޒައިނާއި ސްޓްރަކްޗަރަލް ޑިޒައިން ޗެކުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން، ރަޖިސްޓަރީވާ ކޮންމެ ކެޓަގަރީއަކަށް ރަޖިސްޓަރީ ވާ ކޮންމެ ފަހަރަކަށް އަދި ރަޖިސްޓްރީ އައުކުރާ ކޮންމެ ފަހަރަކަށް 1،000 (އެއްހާސް) ރުފިޔާ ނެގުން. 

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ ހާލަތްތަކުގައި ފީ ނެގުމަކާ ނުލައި ޗެކަރުންގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

 

 

 ހަވަނަ ބާބު

ބިލްޑިންގ އިންސްޕެކްޓަރުންގެ ކެޓަގަރީތަކުގައި ރަޖިސްޓަރީވުން

 

53 ވަނަ މާއްދާ - ރަޖިސްޓަރީކުރެވޭ ކެޓަގަރީތަކާއި ށަރުތުތަކާއި ކުރެވޭ މަސައްކަތްތައް

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ޅ) ގައިވާ ކެޓަގަރީގައި ރަޖިސްޓަރީވުމުގެ ށަރުތުތަކާއި، އެ ކެޓަގަރީއާ ގުޅޭ މަސައްކަތްތައް، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައި އެވަނީއެވެ. 

 

54 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ޅ) ގައިވާ ކެޓަގަރީއެއްގައި މި ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވުމަށް އެދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން ތިރީގައިވާ ތަކެއްޗާއެކު ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. މިނިސްޓްރީން އާންމުކޮށްފައިވާ "އިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު؛
  2. ރަޖިސްޓަރ ކުރަން އެދޭ ކެޓަގަރީއާ ގުޅޭ، އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ސައްހަ ކޮޕީ؛
  3. އެ ގިންތިއަށް ތަމްރީނެއް ނުވަތަ ޓެސްޓެއް ހާއްސަކޮށްފައިވާނަމަ، އެ ތަމްރީނެއް ހާސިލުކޮށްފައިވާކަމުގެ ލިޔުން.
  4. (i) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ރައްޔިތެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
    (ii) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ، ކައިވެނީގެ ސެޓުފިކެޓާއި ޕާސްޕޯޓުގެ ކޮޕީއަކާއި، ވިސާގެ ކޮޕީއަކާއި، ވާރކް ޕަރމިޓުގެ ކޮޕީއެއް؛

(ށ) މި ގަވާއިދުގެ ދަށުން ހުއްދައަކަށް އެދުމަށް ނުވަތަ ވަކި ކަމަކަށް އެދުމަށް ހުށަހަޅާ ފޯމު ނުވަތަ ލިޔެކިއުން ފުރިހަމަނުވާނަމަ، ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ވަކި ތަމްރީނެއް ނުވަތަ ޓެސްޓެއް ފުރިހަމަކުރަން މިނިސްޓްރީން ކަނޑައަޅާނަމަ، އެފަދަ މައުލޫމާތެއް މިނިސްޓްރީން އާންމުކުރަންވާނެއެވެ. 

 

55 ވަނަ މާއްދާ - ހުއްދަ ދިނުން

(ހ) ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި ކަންކަން ފުރިހަމަވާ ފަރާތްތަކަށް، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ 54 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށް، އެ ފަރާތެއް މަސައްކަތް ކުރެވޭނެ ކެޓަގަރީއާއި، ގިންތިއާއި، ހުއްދައިގެ މުއްދަތާއި، ހުއްދައިގެ ނަންބަރު އެނގޭގޮތަށް ހުއްދަ ދޫކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 54 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 4 ގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަނުވާނަމަ، އެ ފަރާތެއް ރަޖިސްޓަރީކޮށް ނުދެވުނު ސަބަބު ބަޔާންކޮށް ލިޔުމުން އެފަރާތަށް ޖަވާބު ދޭންވާނެއެވެ. 

 

56 ވަނަ މާއްދާ - ހުއްދައި ގެ މުއްދަތު

ރަޖިސްޓަރ ކުރެވޭ ފަރާތަށް ބިލްޑިންގ އިންސްޕެކްޓަރ ކެޓަގަރީގެ ހުއްދައެއް ދޫކުރަންވާނީ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަށެވެ. 

 

57 ވަނަ މާއްދާ - ސީ.ޕީ.ޑީ. ޕްރޮގްރާމެއް ހެދުން

(ހ)  ބިލްޑިންގ އިންސްޕެކްޓަރ ކެޓަގަރީގައި ރަޖިސްޓަރީކުރާ ފަރާތްތައް ސީ.ޕީ.ޑީ. ޕްރޮގްރާމުތަކުގައި ކޮންމެ 2 (ދޭއް) އަހަރަކުން ބައިވެރިވެ، މަދުވެގެން 10 (ދިހައެއް) ޕޮއިންޓް ހާސިލުކުރުމާއެކު، އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަން ވާނެއެވެ. 

ނޯޓް: މި މާއްދާގެ (ށ) ނެތް

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ސީ.ޕީ.ޑީ. ތަކުން އެ އަހަރަށް ބޭނުންވާ މިންވަރަށް ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކޮށްފައި ނުވާނަމަ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕޮއިންޓް ހަމަވާނެ މިންވަރަށް ސީ.ޕީ.ޑީ. ހެދުމަށްފަހު އަލުން ހުށަހަޅަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ސީ.ޕީ.ޑީ. ޕޮއިންޓް ހަމަކުރުމަށް ދޭ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕޮއިންޓް ހަމަކުރުމަށްފަހު ހުށަހަޅައިފައިނުވާނަމަ، އެފަރާތެއް ވަގުތީގޮތުން މަސައްކަތް ނުކުރެވޭގޮތަށް ހުއްދަ ހިފަހައްޓައި ، ދަފުތަރުގައި އެގޮތަށް ރެކޯޑު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ފަރާތެއް ސީ.ޕީ.ޑީ. ޕޮއިންޓް ހަމަކުރުމުން، އެ ފަރާތެއްގެ ހުއްދަ އަލުން އިއާދަކުރަންވާނެއެވެ.

(ޅ) ސީ.ޕީ.ޑީ. ބަލައިގަންނާނެ މިންގަނޑުތައް ކަނޑައަޅައިފައިވާ ގައި ޑްލައިނެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. 

 

58 ވަނަ މާއްދާ -  ހުއްދަ އައުކުރުން

(ހ)  ބިލްޑިންގ އިންސްޕެކްޓަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ރަޖިސްޓްރޭށަން އައުކުރަން އެދޭނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާގައިވާ ފަދައިން ސީ.ޕީ.ޑީ. ހާސިލުކުރަންވާނެއެވެ.

(ށ) ސީ.ޕީ.ޑީ. ހާ ސިލުކޮށްފައި ނުވާނަމަ، އެ ފަރާތެއްގެ ހުއްދަ އައުކޮށްދެވޭނީ ސީ.ޕީ.ޑީ. ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ. 

 

59 ވަނަ މާއްދާ - ބިލްޑިންގ އިންސްޕެކްޓަރުން ގެ ޒިންމާތައް 

ބިލްޑިންގ އިންސްޕެކްޓަރުން މަސައްކަތްކުރުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ބިލްޑިންގ އިންސްޕެކްޓަރުން ޗެކްކުރާ މަސައްކަތްތަކަށް އެ ފަރާތުން ޒިންމާ އުފުލަންވާނެއެވެ.

(ށ) ބިލްޑިންގ އިންސްޕެކްޓަރުން މަސައްކަތްކުރުމުގައި ގަވާއިދާ ހިލާފު ކަމެއް ފާހަގަވެއްޖެނަމަ، އެކަމެއް ރަނގަޅުކުރުމަށް ވެރިފަރާތަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެންގުމުންވެސް ވެރިފަރާތުން އެކަމެއް ރަނގަޅުކުރުމަށް މަސައްކަތް ނުކުރާނަމަ، ހުއްދަ ދޫކުރާ އިދާރާއަށް އެކަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އަންގާ ކަންކަން ވެރިފަރާތުން ރަނގަޅު ކުރިޔަސް، ބިލްޑިންގ އިންސްޕެކްޓަރުގެ ރިޕޯޓުގައި އެކަން ބަޔާންކޮށް، ވެރިފަރާތުން އެކަން ރަނގަޅުކޮށްފައިވާކަން ބަޔާންކުރަންވާނެއެވެ. 

 

60 ވަނަ މާއްދާ - ފީ ނެގުން

ބިލްޑިންގ އިންސްޕެކްޓަރުން ރަޖިސްޓަރީކުރާ ކޮންމެ ފަހަރަކު އަދި ހުއްދަ އައުކުރާ ކޮންމެ ފަހަރަކު  100 (އެއް ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ.

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި 

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)

 

މި ގައވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2017-04)

ކިޔުންތެރިންގެ ހިޔާލު