-

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-149)

(މި ގަވާއިދަށް އަމަލުުރަން ފެށީ 22 އޮގަސްޓް 2023 ގައި)

 

ގަވާއިދު ނަންބަރު 2019-1010 (އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް 5 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރަމުންދާ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީ އާއި ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީ ތަކުގައި ރަޖިސްޓަރީ ކުރުން އުވައިނުލުމަށް މިވަގުތު މި އިސްލާހުން ހަމަޖެއްސުމާއެކު، އަލަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކާއި ހުއްދަ އައުކުރަން އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތައ،ް މި ގަވާއިދުގެ 44 ވަނަ މާއްދާގެ (ނ) ގައިވާ މުއްދަތަ ށް ރަޖިސްޓަރީ ކޮށްދޭން ވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ރަޖިސްޓަރީ ކުރެވޭ ފަރާތަށް ޗެކަރގެ ކެޓަގަރީ ގެ ހުއްދައެއް ދޫކުރަންވާނީ، މަދުވެގެން 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް، ނުވަތަ 2 (ދޭއް) އަހަރުދުވަހަށްވުރެ އިތުރުނުވާގޮތަށް އިންށުއަރެންސް ހުށަހަޅާ މުއްދަތަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 2023 ސެޕްޓެންބަރު 22 އަށް މުއްދަތު ހަމަވާ ޗެކަރުންގެ ތެރެއިން 1 (އެކެއް) އަހަރުދުވަހަށް ވުރެ ކުރު މުއްދަތަކަށް ރަޖިސްޓަރީ ކޮށްފައިވާ ޗެކަރަކަށް ކުރިން ދޫކޮށްފައިވާ ހުއްދައަށް ހުށަހަޅައި ފައިވާ އިންށުއަރެންސްގައި ބާކީ މުއްދަތެއް އޮތްނަމަ، އެ ފަރާތްތަކަށް 2023 ސެޕްޓެންބަރު 23 އިން ފެށިގެން، 2 (ދޭޢް) އަހަރުދުވަހަށްވުރެ އިތުރުނުވާގޮތަށް، އިންށުއަރެންސްގައިވާ ބާކީ މުއްދަތަށް، ތިރީގައިވާ ފަދައިން ރަޖިސްޓަރީ ކޮށްދެވިދާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރގެ ކެޓަގަރީ އާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީ ގެ މުއްދަތު ހަމަނުވާ ހުއްދައެއް އޮތުން؛
  2. މި ގަވާއިދުގެ ދަށުން އެ ކެޓަގަރީ އަކަށް ހޯދަންޖެހޭ އިންށުއަރަންސް ހޯދައ،ި އެ އިންށުއަރަންސް ހުށަހަޅައިފައިވުން؛
  3. އެ ފަރާތަކީ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީ ގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީ ގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛
  4. އެ ފަރާތަކީ ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީ ގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީ ނުވަތަ ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީ ގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (ބ) ގައިވާ ހާލަތްތަކުގައި ފީ ނެގުމަކާ ނުލައި ޗެކަރުންގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު