-

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-37)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 މާޗް 2021 ގައި)

ގަވާއިދު ނަންބަރު 2019-1010 (އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

43. (އ) އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީއާއި ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީތަކުގައި ރަޖިސްޓަރީކޮށްދެވޭނީ، 2022 މާރިޗު 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެއަށްފަހު މި ކެޓަގަރީ އުވި، ބިލްޑިންގ ކޯޑާއި ގަވާއިދުތަކާ އެއްގޮތަށް ޑިޒައިން ކުރުމުގެ އެންމެހައި ޒިންމާ އުފުލާނީ ލައިސަންސެއް ދެވިފައިވާ ފަރާތްތަކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

44. (ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީ ކުރެވޭ ފަރާތަށް ޗެކަރގެ ކެޓަގަރީގެ ހުއްދައެއް ދޫކުރާންވާނީ، 2022 މާރިޗު  22 ވަނަ ދުވަހުގެ ނިޔަލަށް ވުރެ އިތުރުނުވާ ގޮތަށް އިންޝުއަރަންސް ހުށަހަޅާ މުއްދަތަށެވެ. އަދި ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 22 މާރިޗު 2022 ގެ ނިޔަލަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ހަމަވާނަމަ، ހުއްދަ ދޫކުރާންވާނީ މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

47. (ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މާރިޗު 2021 އަށް މުއްދަތު ހަމަވާ ޗެކަރުންގެ ތެރެއިން 1 (އެކެއް) އަހަރަދުވަހަށް ވުރެ ކުރު މުއްދަތަކަށް ރަޖިސްޓަރީކޮށްފައިވާ ޗެކަރެއްގެ ރަޖިސްޓްރޭށަން އައުކުރަން އެދޭނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ރަޖިސްޓަރީ އައުކޮށްދެވިދާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރގެ ކެޓަގަރީއާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގެ މުއްދަތު ހަމަނުވާ ހުއްދައެއް އޮތުން؛
  2. މި ގަވާއިދުގެ ދަށުން އެ ކެޓަގަރީއަކަށް ހޯދަންޖެހޭ އިންށުއަރަންސް ހޯދައި ހުށަހަޅައިފައިވުން؛
    i.  ކުރިން ދޫކޮށްފައިވާ ހުއްދައަށް ހުށަހަޅައިފައިވާ އިންޝުއަރަންސްގައި ބާކީ މުއްދަތެއް އޮތްނަމަ، އެ އިންށުއަރަންސް ހުށަހެޅުން؛
    ii. އައު އިންޝުއަރަންސެއް ހޯދައި ހުށަހެޅުން.
  3. އެ ފަރާތަކީ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛ 
  4. އެ ފަރާތަކީ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު، މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީ ނުވަތަ ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

52. (ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތްތަކުގައި ފީ ނެގުމަކާ ނުލައި ޗެކަރުންގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު