ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް)" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު (އުސޫލު ނަންބަރު 2022-12) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު
(އުސޫލު ނަންބަރު 2025-21)
(މި އުސޫލަށް އަމަލުކުރަން ފެށީ 87 އޮކްޓޫބަރު 2025 ގައި)
އުސޫލު ނަންބަރު 2022-12 (ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި، އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް "އޭއީސީއެމް" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު) އަށް އަންނަނިވި އިސްލާޙުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.
އޭއީސީއެމް އެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް 3.
މި އުސޫލުގެ ދަށުން އޭއީސީއެމް އެއްގެ ގޮތުގައި ކަނޑައެޅޭނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށުގެ (ނުވަތަ ސަރަހައްދުގެ) ފަޅުގެ ސަރަހައްދުގެ ގޮތުގައި، ގަވާއިދު ނަންބަރު 2023-90 (ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) ގެ ދަށުން ކަނޑައަޅައިފައިވާ ސަރަހައްދުން ކަނޑައެޅޭ ޒޯނުތަކެކެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) އާއި، (ވ) އަންނަނިވި ގޮތަށް އިސްލާޙުކޮށް، އެ މާއްދާއަށް (މ) އާއި، (ފ) ގެ ގޮތުގައި 2 އަކުރު އިތުރުކުރުން.
(ނ) "އޭއީސީއެމް ޕޮޓެންށިއަލް" އެއްގެ ގޮތުގައި ކަނޑައެޅުން.
(ރ) ދިރޭތަކެތީގެ ނަސްލުގެ މުއްސަނދިކަމާއި، މާޙައުލީ ނިޒާމުން ލިބޭ ޚިދުމަތްތަކާއި މަންފާ ދެނެގަތުން.
(ބ) ހުށަހަޅާ ސަރަހައްދުގެ މެނޭޖުމަންޓް ޕްލޭން ތައްޔާރުކުރުން.
(ޅ) އިކޮލޮޖިކަލް ސާރވޭ ރިޕޯޓާއި، މެނޭޖުމަންޓް ޕްލޭނާއި، ހުށަހަޅާ ސަރަހައްދުގެ ބައުންޑަރީ، މިނިސްޓްރީއަށް ހުށަހެޅުން.
(ކ) ހުށަހަޅާ ސަރަހައްދު އޯއީސީއެމް އެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅޭގޮތުން ނިންމާ ނިންމުމާއި، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ މަރުޙަލާ.
(އ) އޯއީސީއެމް އެއްގެ ގޮތުގައި ކަނޑައެޅުން.
(ވ) އޯއީސީއެމް އެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު މޮނިޓަރކުރުން.
(މ) މެނޭޖުމަންޓް އިފެކްޓިވްނަސް ދެނެގަތުން.
(ފ) އޯއީސީއެމްއެއްގެ ގޮތުގައި ކަނޑައެޅި ސަރަހައްދު އޯއީސީއެމް އަކުން އުނިކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(ނ) މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ފަތުރުވެރިކަމާބެހޭ ސިޔާސަތު ކަނޑައަޅާ މިނިސްޓްރީގެ ހުއްދަ/އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ރިޒޯޓުގެ ވެރިފަރާތުން ސޮއިކޮށްފައިވާ އޯއީސީއެމް އެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ސިޓީ.
- އޯއީސީއެމްއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ ސަރަހައްދުގެ ޗާޓު.
4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާޙުކުރުން.
(1) އޯއީސީއެމް އެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ ސަރަހައްދަކީ ރިޒޯޓުގެ ސަރަހައްދުގެ ބައުންޑްރީގެ ގޮތުގައި ނުވަތަ އިމުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ސަރަހައްދެއް ނުވަތަ ގަވާއިދު ނަންބަރު 2023-90 (ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ކަނޑައަޅައިފައިވާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ޒޯނަކަށް ވުމާއި، ގާނޫނު ނަންބަރު 2018-78 (ގުދްރަތީ ނުވަތަ ތަބީއީގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) ގެ ދަށުން ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ އެފަދަ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފައިވާ ސަރަހައްދެއް ކަމަށް ނުވުން.
5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.
(ށ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އީސީއެމް އެއްގެ ގޮތުގައި ކަނޑައެޅުމަށް އެދި ފޯމު ހުށަހަޅާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ސަރަހައްދު ސްކްރީންކޮށް އީސީއެމް ވޯކިންގ ގްރޫޕަށް ހުށަހަޅަންވާނެއެވެ.
(ނ) އީސީއެމް އެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ ސަރަހައްދު ސްކްރީން ކުރުމަށްފަހު، އީސީއެމް ވޯކިންގ ގްރޫޕުން އަންނަނިވި ގޮތަކުން ކުރެ ގޮތަކަށް ނިންމައި، ރިޒޯޓުގެ ވެރިފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކްރީނިންގ ށަރުތުތައް ފުރިހަމަވާ ނަމަ، "ޕޮޓެންށިއަލް އީސީއެމް" އެއްގެ ގޮތުގައި ސަރަހައްދެއް ކަނޑައެޅުން؛ ނުވަތަ
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކްރީނިންގ ށަރުތުތައް ފުރިހަމަނުވާ ނަމަ، އީސީއެމް އެއްގެ ށަރުތުތައް ފުރިހަމަނުވާކަން؛
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކްރީނިންގ ށަރުތުތައް ފުރިހަމަވާކަން ޔަގީންކުރުމަށް ޓަކައި، އިތުރު މައުލޫމާތާއި ލިޔެކިޔުން ބޭނުންވާކަމަށް ނިންމާ ހާލަތުގައި އެ މައުލޫމާތާއި ލިޔެކިޔުމާއެކު އަލުން ހުށަހެޅުމަށް.
6 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 8 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާޙުކުރުން:
- ރިޒޯޓުގެ މެރިންބައޮލޮޖިސްޓުން (ސާރވޭކުރުމުގެ ތަޖުރިބާ ނުވަތަ ތައުލީމު ލިބިފައިވާ ފަރާތްތައް) މެދުވެރިކޮށް ނުވަތަ
- ރިޒޯޓުގެ ވެރިފަރާތުން އައްޔަނުކުރާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ރެޖިސްޓަރޑް ކޮންސަލްޓެންޓަކުން
7 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން:
މެނޭޖްމަންޓް ޕްލޭން (ހ) އާއީސީއެމް އެއްގެ ގޮތަށް ހުށަހަޅާ ސަރަހައްދު ދެމެހެއްޓެނިވި ގޮތުގައި ބަލަހައްޓާނެ ގޮތުގެ މެނޭޖްމަންޓް ޕްލޭން، މި އުސޫލުގެ ޖަދުވަލު 4 ގައިވާ ގޮތަށް ތައްޔާރުކޮށް، ޕޮޓެންށިއަލް އާއީސީއެމް އެއްގެ ގޮތުގައި ކަނޑައަޅާ ތާރީޚުން ފެށިގެން އެއް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ރިޒޯޓު ހިންގާ ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި ޕްލޭން ވާންވާނީ ދިގުމުއްދަތަށް އަމަލުކުރާ ނުވަތަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި މުރާޖައާކޮށް އައުކުރެވޭ ޕްލޭނަކަށެވެ.
(ނ) މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގައި ބޭނުންކުރަންވާނީ، މިނިސްޓްރީން އާންމުކޮށްފައިވާ އަންނަނިވި ގައިޑްލައިނާއި، ފްރޭމްވޯކާއި އިޖުރާއާތުތަކުގައި ކަނޑައަޅައިފައިވާ އަންނަނިވި ޕްރޮޓޮކޯލްތަކެވެ:
- މޯލްޑިވްސް ނޭށަނަލް ފްރޭމްވޯރކް ފޮރ މެނޭޖްމަންޓް އޮފް ޕްރޮޓެކްޓެޑް އެންޑް ކޮންޒާރވްޑް އޭރިއާޒް (2024-2029)
- މޯލްޑިވްސް ނޭށަނަލް މެނޭޖްމަންޓް ޕްލޭން ގައިޑެންސް ފޮރ ޕްރޮޓެކްޓެޑް އެންޑް ކޮންޒާރވްޑް އޭރިއާޒް (2024-2029)
- ރިކޮގްނައިޒިންގ އެންޑް ރިޕޯޓިންގ އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އައިޔޫސީއެން)
- "އައިޔޫސީއެން ގްރީން ލިސްޓް: އިން ދަ މޯލްޑިވްސް: އަ ފީޒިިލިޓީ ސްޓަޑީ އެކްސްޕްލޯރިންގ ދަ ޕޮޓެންށިއަލް ފޮރ "ޓޭކިންގ ފޯވާޑް ދަ އައިޔޫ.ސީ.އެން ގްރީން ލިސްޒް ( އިން، ދަ މޯލްޑިވްސް (2023)
(ރ) މި އުސޫލުގެ 13 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މެނޭޖްމަންޓް ޕްލޭންގައި މޮނިޓަރިންގ ޕްލޭނެއް ވެސް ހިމަނަންވާނެއެވެ.
(ބ) މެނޭޖްމަންޓް ޕްލޭނަށް އުނިއިތުރު ގެނެސް ބަދަލުގެންނަ ނަމަ، މިނިސްޓްރީއަށް އެކަން އަންގައި، ބަދަލުގެންނަ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށް މެނޭޖްމަންޓް ޕްލޭން ހުށަހަޅަންވާނެއެވެ
8 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.
ހުށަހަޅާ ސަރަހައްދުގެ 10.
(ހ) އޯ.އީ.ސީ.އެމްއެއްގެ ގޮތުގައި ހުށަހަޅާ ސަރަހައްދުތަކުގެ ބައުންޑަރީ ބައުންޑަރީ ކަނޑައެޅުން އޯ.އީ.ސީ.އެމްއެއްގެ ގޮތަށް ހުށަހަޅާ ރިޒޯޓުގެ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި ރިޒޯޓުގެ ފަރާތުން ހުށަހަޅާ ބައުންޑަރީއަކީ ރިޒޯޓުގެ ސަރަހައްދުގެ އިމުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ސަރަހައްދަކަށް ވާންވާނެއެވެ. އެ ސަރަހައްދަކީ، ބްރައިން އަދި ސުވަރޭޖް އައުޓްފޯލް، ވެލި ޕަމްޕްކުރާ އަދި ވޯޓަރ ވިލާ ފިޔަވައި މިހާރު ރިޒޯޓުގައި ހުރި އިންފްރާސްޓްރަކްޗަރއާއި ކުރިޔަށް އޮތް ތަނުގައި ރިޒޯޓުގައި ގާއިމުކުރުމަށް ގަސްތުކުރާ އިންފްރާސްޓްރަކްޗަރއާ މަދުވެގެން 100 (އެއްސަތޭކަ) މީޓަރު ދުރުގައި އޮތް ސަރަހައްދަކަށް ވާންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.
ހުށަހަޅާ ސަރަހައްދުގެ އޯ.ސީ.އެމް. ގެ ގޮތުގައި ކަނޑައެޅުމާ ގުޅޭގޮތުން ނިންމާ ނިންމުން 11.
(ހ) ޕޮޓެންށިއަލް އޯ.އީ.ސީ.އެމްއެއްކަމަށް ސަރަހައްދެއް ކަނޑައަޅާތާ 1 (އެކެއް) އޯ.އީ.ސީ.އެމް އެއްގެ އަހަރުދުވަހުގެ ތެރޭގައި، މި އުސޫލުގެ 8 ވަނަ މާއްދާގައްޔާއި، 9 ވަނަ މާއްދާގައްޔާއި ގޮތުގައި ކަނޑައެޅުމާ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ރިޒޯޓުގެ ވެރިފަރާތުން ފުރިހަމަކޮށް، ގުޅޭގޮތުން ނިންމާ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅޭ ލިޔެކިޔުންތައް ވޯކިންގ ގްރޫޕަށް ހުށަހަޅަންވާނެއެވެ.
(ނ) އީސީއެމް އެއްގެ ގޮތަށް ކަނޑައެޅުމަށް ހުށަހަޅާ ސަރަހައްދުތައް އުސޫލުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް ހުށަހެޅުމުން ހުށަހަޅާތާ ގިނަވެގެން ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމާމެދު ވޯކިންގ ގްރޫޕުން ނިންމާ ގޮތް، ރިޒޯޓުގެ ވެރިފަރާތަށް، މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ. ގޮތް ނިންމުމުގައި، ރިއާޔަތްކުރާނީ، ހުށަހަޅާ ފަރާތުން ހުށަހަޅައި ފުރިހަމަކޮށްފައިވާ ހުށަހެޅުމަށެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ރިޒޯޓުގެ ހުށަހެޅުމާމެދު ނިންމާ ނިންމުމަށް ރިޒޯޓުން ހުށަހަޅައިފައިވާ ލިޔެކިޔުން ފިޔަވައި އިތުރު ލިޔެކިޔުން މި އެސެސްމަންޓުގެ ބޭނުމަށް ވޯކިންގ ގްރޫޕުން ބޭނުންވާ ނަމަ، ލިޔެކިޔުންތައް ހުށަހަޅާ ތާރީޚުން ފެށިގެން، ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރިޒޯޓުގެ ވެރިފަރާތަށް އަންގަންވާނެއެވެ. އަދި ރިޒޯޓުން އިތުރު ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާ ނަމަ، އެސެސްމަންޓް ކުރިޔަށްގެންދާނީ ރިޒޯޓުން ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ބިނާކޮށެވެ. އަދި ރިޒޯޓުން ހުށަހަޅައިފައިވާ ލިޔެކިޔުންތައް މުރާޖައާކުރަން ޖެހިއްޖެ ނަމަ، ލިޔެކިޔުންތައް އަލުން ހުށަހެޅުމަށް މިނިސްޓްރީން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ރިޒޯޓަށް ދޭންވާނެއެވެ
10 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
13-1 އޯ.ސީ.އެމް. އިވެލުއޭޓްކުރުން
(ހ) އީސީއެމް އެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް މިނިސްޓްރީން ކޮންމެ އީސީއެމް 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު، އިވެލުއޭޓް ކުރަން ވާނެއެވެ.
(ށ) މިގޮތަށް އިވެލުއޭޓް ކުރެވޭނީ، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ހުށަހެޅޭ މޮނިޓަރިންގ ރިޕޯޓަށް ބިނާކޮށެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 5 (ފަހެއް) އަހަރުދުވަސް ވުމުގެ ކުރިން އިވެލުއޭޓްކުރަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީން ރިޒޯޓަށް އެކަން އަންގައި، އެ ސަރަހައްދު އިވެލުއޭޓް ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) މިނިސްޓްރީން އިވެލުއޭށަން ރިޕޯޓެއް ތައްޔާރުކޮށް، އިވެލުއޭށަނުގެ ނަތީޖާ، ރިޒޯޓަށް އަންގަންވާނެއެވެ
11 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން.
(4) މި އުސޫލުގެ 13 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރާ މޮނިޓަރިންގ ރިޕޯޓަށް ބިނާކޮށް ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު ނުވަތަ އިވެލުއޭޓްކުރަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީން އެކުލަވައިލާ އިވެލުއޭށަން ރިޕޯޓަށް ރިއާޔަތްކޮށް އެ ސަރަހައްދުގެ ހާލަތު ގޯސްވެ، އީސީއެމް އެއްގެ ށަރުތުތައް ފުރިހަމަނުވުން.
12 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 14 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން
14-1 އީސީއެމް ވޯކިންގ ގްރޫޕް
(ހ) އީސީއެމް ވޯކިންގ ގްރޫޕް މަސައްކަތްކުރާނީ، ދިވެހިރާއްޖޭގައި ޓޫރިޒަމް އީސީއެމްއާ ގުޅުންހުރި ކަންކަމުގައި ލަފަޔާއި މަށްވަރާ ދިނުމުގެ އިތުރުން، ޓޫރިޒަމް އީސީއެމްއާ ގުޅުންހުރި ނިންމުންތައް ނިންމައި، މިނިސްޓްރީން އެކުލަވައިލާ ދައުލަތުގެ އިދާރާތައް ހިމެނޭ މަށްވަރާ ކޮމިޓީއެއްގެ ގޮތުގައެވެ.
(ށ) އީސީއެމް ވޯކިންގ ގްރޫޕް އެކުލަވައިލެވިގެންވަނީ އަންނަނިވި ފަދައިންނެވެ:
- ތިމާވެށީގެ ދާއިރާއިން 2 (ދޭއް) ފަރާތް؛
- ފަތުރުވެރިކަމާ ގުޅޭ ދާއިރާއިން 2 (ދޭއް) ފަރާތް؛
- އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ).
13 ވަނަ މާއްދާ - މި އުސޫލުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 އިސްލާޙުކުރުން.
14 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.
(މި އުސޫލުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
އޯ.އީ.ސީ.އެމް. އެއްގެ ގޮތުގައި ކަނޑައެޅުމާއި އުނިކުރުމުގެ މަރުޙަލާތައް
ޖަދުވަލު 2
އޯ.އީ.ސީ.އެމް. އެއްގެ ގޮތުގައި ކަނޑަޅައިދިނުމަށް އެދޭ ފޯމު
ކިޔުންތެރިންގެ ހިޔާލު