gaanoon_logo
-

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމު ގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރު 2022-10) އަށް 4 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-08)

(މި އުސޫލަށް އަަމަލުކުރަން ފެށީ 19 މާރިޗު 2025 ގައި)

 

އުސޫލު ނަންބަރު 2022-10 (ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމު ގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނަން ހާމަކުރުން 2.

1. ޓެކްސް ބަޔާން ހުށަނޭޅުމާ ގުޅިގެން ނުވަތަ ފައިސާ ނުދެއްކުމާ ގުޅިގެން ދޭ 2 (ދޭއް) ނީޓިސް ދީފައިވުން ނުވަތަ އެ ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތަށް އަންގައިފައިވުން ނުވަތަ މީރާގެ އުސޫލު ނަންބަރު 2025-08 (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) ގެ ދަށުން ދީފައިވާ އިންސްޓޯލްމަންޓް އެއްބަސްވުމެއް ބާތިލުކޮށްފައިވުން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

ނަން ހާމަކުރުން 2.

(5) (އުނިކޮށްފައި)

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނަން ހާމަކުރާނެ ގޮތް 4.

(ހ) ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާއާ ގުޅިގެން މީރާއިން ނަން ހާމަކުރާނީ، މީރާއިން ކަނޑައަޅާ މުއްދަތުތަކަކާ ގުޅޭ އިލްތިޒާމުތައް އަދާ ނުކުރާ ފަރާތްތަކުގެ ތެރެއިން، މީރާއިން ނަން ހާމަކުރަން ކަނޑައަޅާ ތުރެށްހޯލްޑަކަށް ރިއާޔަތްކޮށް، މީރާއިން ކަނޑައަޅާ ތާރީީހުތަކެއްގައެވެ. މިގޮތުން ނަން ހާމަކުރާނީ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ މަރުހަލާތަކުގައި، އެ ތަރުތީބުންނެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސްޓިއަރިންގ ކޮމިޓީ 7.

މި އުސޫލުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ކަނޑައެޅުމުގައި ލަފާދީ، މަސައްކަތްތައް ވިލަރެސްކުރާނީ، އެ ކަމަށް ހާއްސަކޮށް، ކޮމިށަނަރ ޖެނެރަލް އެކުލަވައިލާ ސްޓިއަރިންގ ކޮމިޓީންނެވެ. މި ކޮމިޓީގައި ހިމެނޭނީ، މީރާގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ހޮވައިލެވޭ މުވައްޒަފުންނެވެ.

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-10)

 

ކޮންސޮލިޑޭޓެޑް އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު