-

ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2023-29)

(މި އުސޫލަށް އަމަލުކުރަންފެށީ 30 އޮގަސްޓް 2023 ގައި)

(މި ގަވާއިދުގެ 24 ވަނަ މާއްދާއިން ވަނީ  2019 ސެޕްޓެންބަރު 22 ގައި އާންމުކުރި "ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު” އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް، މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކަށް ބޭނުންވާ ދިވެހި ނަސްލުގެ މުވައްޒަފުން ލިބުން ދަތިވާ ދާއިރާތަކަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ. 

(ށ) މި އުސޫލަށް ކިޔާނީ، “ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މައިގަނޑު މަގުސަދަކީ، ރެކްރޫޓް ކުރެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ސްކޫލްތަކަށް ބޭނުންވާ އަދަދަށް ފަންނީ ބިދޭސީ މުވައްޒަފުންހޯދުމުގައި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، މިނިސްޓްރީއަށް ބޭނުންވާ ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ

(ހ) ރެކްރޫޓްމަންޓުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ވިލަރެސްކުރުމަށް “ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ” ގެ ނަމުގައި 5 (ފަހެއް) މެންބަރުންގެ ކޮމެޓީއެއް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީއަށް މެންބަރުން އައްޔަނުކުރާނީ، މިނިސްޓަރ އޮފް އެޑިޔުކޭށަނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމެޓީއަށް މެންބަރުން އައްޔަނުކުރާއިރ،ު ތިރީގައިވާ ބަޔާންކޮށްފައިވާ މުވައްޒަފަކު ހިމަނައިގެން ނުވާނެއެވެ.

  1. ސީދާގޮތުން މުވައްޒަފުން ވަޒީފާތަކަށް ހަމަޖެއްސުމުގެ މަސައްކަތްކުރާ "މިނިސްޓްރީގެ ސެކްށަންގެ" މުވައްޒަފެއް.
  2. އެމްޕްލޮއިމަންޓް އެޖެންސީއެއްގައި އެއްވެސް ހިއްސާއެއްވ/ާހިންގުމުގެ އިސްފަރާތެއް ކަމުގައިވާ އަދި އެ ފަރާތުގެ "ކްލޯޒް ރިލޭޓިވް" ނުވަތަ "ކްލޯޒް އެސޯސިއޭޓް" އެއްވެސް އެފަދަ އެޖެންސީއެއް ހިންގުމުގައި/ހިއްސާއެއް އޮތް މުވައްޒަފެއް.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލަވައިލަންވާނީ ތިރީގައިމިވާ ދާއިރާތަކުން މުވައްޒަފުން ހިމެނޭ ގޮތަށެވެ.

  1. ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ތެރެއިން އައްޔަނުކުރާ 2 (ދޭއް) މެންބަރުން؛ 
  2. މިނިސްޓްރީ ނުވަތަ މިނިސްޓްރީގެ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ތެރެއިން އެމ.ްއެސް.
  3. ގެ ރޭންކުން ފެށިގެން މަތީގެ ނުވަތަ އެޑިޔުކޭށަން ޑިވެލޮޕްމަންޓް ޕްރޮފެށަނަލް އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން 3 (ތިނެއް) މެންބަރުން. 

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމިޓީއަށް މެންބަރުން އައްޔަނު ކުރުމަށް ޓަކައި ށޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ލިސްޓު، ޕާރމަނެންޓް ސެކްރެޓަރީ ތައްޔާރުކޮށް، މިނިސްޓަރ އޮފް އެޑިޔުކޭށަނަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކޮމިޓީއަށް މެންބަރުން އައްޔަނުކުރާއިރު ކޮމިޓީގެ ޗެއަރއާއި ކޯޗެއަރ ކަނޑައަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުން ރެކުރޫޓް ކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް

މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް އެކުލަވައިލާ ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލު އެކުލަވައިލުން.

(ށ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.

(ނ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންނީ ބިދޭސީ މުވައްޒަފުންގެ ރިކްއަރމަންޓް ފާސްކުރުން.

(ރ) ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނުން އިންޓަވިއު ޕެނަލް ކަނޑައަޅައިފައި ހުށަހެޅުމުން، އިންޓަވިއު ޕެނަލްތައް އެންޑޯޒުކުރުން.

(ބ) ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނުން ށޯޓްލިސްޓުކޮށްފައި ހުށަހަޅާ ފަރާތްތަކާ އިންޓަވިއުކުރުމުގެ ހުއްދަދިނުން.

(ޅ) މި އުސޫލުގެ 11 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިސްޓު އެންޑޯޒުކުރުން.

(ކ) އިންޓަވިއު ޕެނަލްތައް ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން އެޖެންސީތަކުން އިންޓަވިއު ކުރުމަށް ހަމަޖައްސައިފައިވަނީ ކޮން ތަންތަނެއްގައިކަމާއި، އެ ތަންތަނުގައި އިންޓަވިއުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައިފައިވާކަން ކަށަވަރުކުރުން.

(އ) ރެކްރޫޓްކުރާ ފަންނީ ބިދޭސީ މުވައްޒަފުން، ވަޒީފާ ހަމަޖެހިފައިވާ ތަންތަނަށް ފޮނުވުމުގެ ކުރިން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އަޅާނެ ފިޔަވަޅުތައް ނިންމުން.

(ވ) މި އުސޫލުގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޖެންސީގެ އަދަދު ކަނޑައެޅުން.

(މ) މި އުސޫލުގެ ދަށުން ރެކްރޫޓްކުރެވޭ މުވައްޒަފުންގެ ރެކްރޫޓްމަންޓުގެ މަސައްކަތަށް ރެކްރޫޓްމަންޓް ފީގެގޮތުގައި ދެވޭނެ އެންމެ ބޮޑު މިންވަރާއި އެންމެ ކުޑަ މިންވަރު ކަނޑައެޅުން.

(ފ) މި އުސޫލުގެ ދަށުން ވަރކް ޕާރމިޓް މެނޭޖުކުރުމަށާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޖެންސީއާ ހަވާލުކުރާނަމަ، އެ ހިދުމަތްތަކަށް ވާރކް ޕަރމިޓް މެނޭޖްމަންޓް ފީގެގޮތުގައި ދެވޭނެ އެންމެ ބޮޑު މިންވަރާއި އެންމެ ކުޑަ މިންވަރު ކަނޑައެޅުން.

 

5 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރެވޭނެ ގޮތްތައް

ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރެވޭނީ، ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކާބެހޭ ގަވާއިދު) ގެ ދަށުން "ކެޓަގަރީ – (A)" ލައިސަންސް ދޫކޮށްފައިވ،ާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިކޮށެވެ.

 

6 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް ހޮވާ އޭޖެންސީތަކުގައި ހުންނަންޖެހޭ ށަރުތުތައް

ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް ހޮވާ އެޖެންސީތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކާބެހޭ ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ކެޓަގަރީ – (A) ގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުން.

(ށ) ފަންނީ ގިންތީގެ މުވައްޒަފުން ރެކްރޫޓްކުރުމުގެ ހިދުމަތ،ް ފާއިތުވި 3 (ތިނެއް) އަހަރުދުވަހު މެދުނުކެނޑި ދީފައިވާ އޭޖެންސީއަކަށް ވުން.

(ނ) ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، އަހަރަކު މަދުވެގެން، ފަންނީ ގިންތީގެ 100 (އެއްސަތޭކަ) މީހުން ރެކްރޫޓްކޮށްފައިވާ އޭޖެންސީއަކަށް ވުން.

(ރ) ދައުލަތުގެ ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކޮށްފައިވާ އެޖެންސީއަކަށް ނުވުން.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، މިކަމަށް ހުޅުވައިލާ ބީލަމުގައި ކަނޑައަޅާ އިތުރު ށަރުތުތައް ފުރިހަމަވުން.

 

7 ވަނަ މާއްދާ - އޭޖެންސީގެ ޒިންމާ

ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި، ތިރީގައިވާ ޒިންމާތައް، ރެކްރޫޓުމަންޓް އެޖެންސީތަކުން އަދާކުރަންވާނެއެވެ.

(ހ) އިންޓަވިއުއަށް ހޯދޭ ފަރާތްތަކަކީ މިނިސްޓްރީން ކަނޑައަޅައިފައިވާ ތައުލީމީ ފެންވަރާއި ގާބިލުކަން ހުރި ބައެއްކަން ކަށަވަރުކުރުން.

(ށ) މި އުސޫލުގެ ތެރެއިން މިނިސްޓްރީން އަންގާ އެންގުންތަކާއި ހިދުމަތް ފޯރުކޮށްދިނުމަށް ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުން.

(ނ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި އެބައިމީހުންގެ ކިބައިން ނާޖާއިޒު މަންފާއަކަށް ނޭދުމާއި، އެ މަސައްކަތް ކުރުމުގައި މެދުވެރިކުރެވޭ އިތުރު ފަރާތްތައް ވެސް އެފަދައިން އަމަލު ކުރަމުން ނުދާކަން ކަށަވަރުކުރުން.

(ރ) އިންޓަވިއު ކުރުމަށް އެކުލަވައިލާ ލިސްޓ،ު މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފޯމާ އެއްގޮތަށް ތައްޔާރުކޮށްފައި މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނަށް ހުށަހެޅުން.

(ބ) އިންޓަވިއުއަށް އަންނަ ފަރާތްތަކުން އިންޓަވިއުއަށް އަންނައިރު އެ މީހެއްގެ ތައުލީމީ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔެކިޔުންތަކުގެ އަސްލު ގެނައުމަށް އެންގުމާއި، އެ ލިޔުންތައް ގެންނަކަން ކަށަވަރުކުރުމާއި، އިންޓަވިއުއަށް އަންނަ ފަރާތްތަކުން މިގޮތުން ގެންނަ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިންޓަވިއު ޕެނަލަށް ހުށަހެޅުން.

(ޅ) އިންޓަވިއު ބާއްވާނެ ތަނެއް ހަމަޖެއްސުމާއި، މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިސްޓު އެޖެންސީއަށް ފޮނުވުމުން، ލިސްޓުގައިވާ ފަރާތްތަކަށް އިންޓަވިއުއަށް ދައުވަތުދިނުމާއި، މި ކަމާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

(ކ) ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމަށް ކުރެވޭ އިއުލާނުގައި، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަން އެ ފަރާތްތަކަށް އެންގުމުގެގޮތުން އެކަން ބަޔާންކުރުމާއެކު، އެ އިއުލާނު ށާއިއު ކުރުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުން.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އިއުލާނުތައް ށާއިއުކުރާ ނޫސްތަކުގެ މައުލޫމާތާއި، ށާއިއުކުރާ އިއުލާނުގެ ކޮޕީ، އިއުލާނުކުރާ ތާރީހުގައި މިނިސްޓްރީއަށް ހުށަހެޅުން.

(ވ) ކޮންޓްރެކްޓް ބާތިލުކުރުމަށްފަހު ގައުމަށް ފޮނުވައިލަންޖެހޭ މުވައްޒަފުން މާލޭގައި ހުންނަ ދުވަސްތަކުގެ ހުރުމާއި ކެއުމާއި ޓިކެޓް ހަރަދ،ު މިނިސްޓްރީއާ އެއްބަސްވެވޭ ގޮތެއްގެ މަތީން ހަމަޖެއްސުން.

(މ) ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްމަންޓުގެ މަސައްކަތް ކުރިޔަށް ގެންދާނަމަ، އެ ފަރާތަކާ ދެމެދު ވެވިފައިވާ އެއްބަސްވުމަކީ މިނިސްޓްރީއާއި އެޖެންސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ތައާރުޒުވާ އެއްވެސް ކަމެއް ނުހިމެނޭ އެއްބަސްވުމެއްކަން ކަށަވަރުކުރުމާއި، އެ އެއްބަސްވުމުގެ ކޮޕީ މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނަށް ހުށަހެޅުން.

(ފ) ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްމަންޓުގެ މަސައްކަތް ކުރިޔަށް ގެންދާނަމަ، މި އުސޫލާ އެއްގޮތަށް އެ ފަރާތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރުން.

(ދ) މި އުސޫލުގެ ދަށުން ރެކްރޫޓްކުރެވޭ ފަންނީ ބިދޭސީ މުވައްޒަފުން، އެ މުވައްޒަފެއްގެ ގައުމުން މާލެ އައުމަށް ބޭނުންވާ ޓިކެޓް ހަރަދު ސްކޫލަށް ފޮނުވެންދެން އެ މުވައްޒަފަކު މާލޭގައި ހުރުމާއި ކެއުމުގެ ހަރަދާއި ވަރކް ޕާރމިޓް މެނޭޖުކުރުމުގެ މަސައްކަތް މިނިސްޓްރީއާ އެއްބަސްވެވޭ ގޮތެއްގެ މަތީން ކުރިޔަށް ގެންދިއުން.

(ތ) މި އުސޫލުގެ ދަށުން ވަރކް ޕާރމިޓް މެނޭޖުކުރުމަށް އެޖެންސީއާ ހަވާލުކުރާނަމަ،މިނިސްޓްރީއާ އެއްބަސްވެވޭ ގޮތެއްގެ މަތީން ވަރކް ޕާރމިޓް މެނޭޖުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން.

(ލ) މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އަދި މި އުސޫލުގައި ހާއްސަ އުސޫލުތަކެއް ނުވަތަ އިޖުރާއަތުތަކެއް ކަނޑައަޅައިފައިނުވާ ކަންކަމާ ގުޅިގެން، ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުން.

 

8 ވަނަ މާއްދާ - އޭޖެންސީތައް ހޮވުން

(ހ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެޖެންސީތައް ހޮވަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައު ލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށެވެ.

(ށ) ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމަށް ޓަކައި ގިނަވެގެން ހޮވަންވާނީ، 3 (ތިނެއް) އެޖެންސީއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ތެރެއިން ބީލަމަށް ހުޅުވައިލާނެ އެޖެންސީގެ އަދަދާއި އެއްބަސްވުމުގެ މުއްދަތު، ވިލަރެސް ކޮމެޓީން ކަނޑައަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން

(ހ) ކޮންޓްރެކްޓް ކުރެވޭ އެޖެންސީއަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދަން ބޭނުންނަމަ، މިނިސްޓްރީއަށް ލިޔުމުން އެކަން ހުށަހަޅައިގެން، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ހުށަހަޅާއިރ،ު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ތިންވަނަ ފަރާތަކީ ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަންއަންގައިދޭ ރަސްމީ ލިޔުން؛ 
  2. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ކޮޕީ.

 

10 ވަނަ މާއްދާ - ރެކްރޫޓްމަންޓް ފީ ނެގުން މަނާކުރުން

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 70 ވަނަ މާއްދާގައިވާ ފަދައިން، ވަޒީފާ ހޯދައިދިނުމަށް ނުވަތަ ވަޒީފާގެ ކަންތައްތައް ހަމަޖެއްސުމަށް ޓަކައި ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސ،ް މިނިސްޓްރީގެ ބޭނުމަށް ގެނެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ އަތުން މި އުސޫލުގެދަށުން އައްޔަނުކުރާ އެޖެންސީއަކުން ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ އެޖެންސީއަކުން ވިޔަސް ނުވަތަ ރެކްރޫޓްމަންޓުގެ މަސައްކަތްކުރާ އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ފީއެއް ނަގައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރިކަމަށް އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް މިނިސްޓްރީއަށް ކަށަވަރުކުރެވިއްޖެނަމަ، އެ އެޖެންސީއާއެކު ވެފައިވާ އެއްބަސްވުން، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ބާތިލުކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަ ނުގެ ޒިންމާތައް

(ހ) ދިރާސީ އަހަރަށް ކަނޑައެޅިފައިވާ ސްކޫލް ސްޓާފް ރިކުއަރމެންޓުގެ ތެރެއިން ބިދޭސީ ޓީޗަރުން ބޭނުންވާ މާއްދާތަކާއި، ބޭނުންވާ ގްރޭޑްތަކާއި، ބޭނުންވާ އަދަދާއި، ބޭނުންވާ ސްކޫލްތައް ހިމެނޭގޮތަށް، ފަންނީ ބިދޭސީ މުވައްޒަފުންގެ ރިކްއަރމަންޓް ތައްޔާރުކޮށްފައި، ވިލަރެސް ކޮމިޓީއަށް ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންނީ ބިދޭސީ މުވައްޒަފުންގެ ރިކްއަރމަންޓ،ް ވިލަރެސް ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، ކޮންޓްރެކްޓްކޮށްފައިވާ އޭޖެންސީތަކަށް އެންގުން. އަދި މިގޮތަށް ފޮނުވޭ ލިޔުންތައް ފޮނުވިކަން ކަށަވަރުކޮށްދޭނެ ލިޔެކިޔުންތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނުގައި ފައިލުކުރުން.

(ނ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް މި އުސޫލާ އެއްގޮތަށް ރާވައި،ހިންގައި، ކަމާ ގުޅިގެން ހޯދަންޖެހޭ ހުއްދަތައް ހޯދައި ބެލެހެއްޓުން.

(ރ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެޖެންސީތަކުން ހުށަހަޅާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ވިލަރެސްކުރާ ކޮމިޓީން އެންޑޯޒްކުރާ ފަރާތްތަކުގެ އިންޓަވިއުގެ ކަންކަން ކުރިޔަށް ގެންދިއުން.

(ބ) މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލައި ބަލަހައްޓަމުން ގެންދިއުމާއެކު، އެ ދަފުތަރުގައިވާ މީހުންގެ މައުލޫމާތު، ވިލަރެސްކުރާ ކޮމިޓީއަށް ފޯރުކޮށްދިނުން.

(ޅ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރުމުގައި، ތިރީގައިވާ މަސްއޫލިއްޔަތުތައް، ތަފާތު 3 (ތިނެއް) މުވައްޒަފުންނަށް ބަހައިލައިގެން ކުރިޔަށް ގެންދިއުން.

  1. މަގާމު ހުސްކޮށް އޮތްކަން ކަށަވަރުކުރުން؛
  2. އިންޓަވިއުއިން ށޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ލިސްޓު ތައްޔާރުކުރުން؛
  3. އޮފަރ ލެޓަރ ދޫކުރުން.

(ކ) އިންޓަވިއު ކުރުމަށް މިނިސްޓްރީން ދާ އިންޓަވިއު ޕެނަލުގެ މެންބަރުންގެ ހުރުމާއި ކެއުމާއި ދަތުރުފަތުރާއި، އިދާރީ އެހެނިހެން ކަންތައްތައް މިނިސްޓްރީގެ ހަރަދުގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކަށް ލަފައެއް ހޯދުން ފިޔަވައި، އެހެން އެއްވެސް ކަމަކަށް، ގުޅިފައިވާ އެޖެންސީގެ އެހީތެރިކަމެއް ނުހޯދުން.

(ވ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ކޮށްފައިވާ ހަރަދުގެ "ދަތުރު ރިޕޯޓު"، ދަތުރު ނިމުމަށްފަހު އެނބުރި އަންނަތާ 7 )ހަތެއް( ދުވަހުގެ ތެރޭގައި ހޯދައިފައި މިނިސްޓްރީގެ ފައިނޭންސް ޑިވިޒަނަށް ފޮނުވުން.

(މ) އިންޓަވިއު ޕެނަލްގެ މަސައްކަތް ނިމޭތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، އިންޓަވިއު ޕެނަލްތަކުން ހުށަހަޅ،ާ މި އުސޫލުގެ ޖަދުވަލު 3 ގައިވާ 2A ފޯމު ފުރިހަމަކުރުމަށްފަހު، ކޮންމެ މާއްދާއަކަށް އިންޓަވިއު ކުރެވުނު މީހުންގެ ލިސްޓެއް،އެންމެ މަތިން ޕޮއިންޓް ލިބުނުގޮތަށް ތަރުތީބު ކުރުމަށްފަހު، ވިލަރެސް ކޮމެޓީއަށް ހުށަހެޅުން. މި ލިސްޓު ހެދިފައިވަނީ، ސިވިލް ސަރވިސް ކޮމިށަނުގެ ސަރކިއުލަރ ނަންބަރު 2017-11 ގެ 4 ވަނަ މާއްދާގެ 4.5 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތާއި، މުވައްޒަފުން ވަޒީފާއަށް އައްޔަނު ކުރުމުގެ އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރަންވާނެއެވެ.

(ފ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިސްޓާ އެއްގޮތަށް ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށް ގެންދިއުން.

(ދ) ވިލަރެސް ކޮމީޓީގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ސެކްރެޓޭރިއެޓުގެ ހުރިހާ މަސައްކަތެއް ކުރުން.

(ތ) ށޯޓްލިސްޓު ކުރުމުގައި، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތެއް ހިމެނިފައި ނުވާކަން ކަށަވަރުކުރުން.

 

12 ވަނަ މާއްދާ - އިންޓަވިއު ޕެނަލް އެކުލަވައިލުމާއި މެންބަރުން އައްޔަނުކުރުން

(ހ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އިންޓަވިއު ކުރުމަށް ޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނުން އެކުލަވައިލައިފައި ހުށަހެޅޭ އިންޓަވިއު ޕެނަލް އެންޑޯޒުކުރަންވާނީ، ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީންނެވެ.

(ށ) އިންޓަވިއު ކުރުމަށް ކުރާ ކޮންމެ ދަތުރަކަށް އެކުލަވައިލާނީ، އައު އިންޓަވިއު ޕެނަލެކެވެ. ޕެނަލުގެ މަސައްކަތް ނިމުމުން، ޕެނަލް އުވައިލެވޭނެއެވެ.

(ނ) ރާއްޖޭއިން ބޭރުގައި ބާއްވާ އިންޓަވިއު ޕެނަލެއްގައި، އެއް ޕެނަލުގައި ހިމެނޭ މެންބަރަކު އިތުރު ޕެނަލެއްގައި ހިމަނާނީ، އެންމެ މަދުވެގެން ވެސް ރާއްޖެއިން ބޭރުގައި ބާއްވާ ވަކިވަކި 3 (ތިނެއް) އިންޓަވިއު ޕެނަލް އެކުލަވައިލުމަށް ފަހުގައެވެ.

(ރ) އިންޓަވިއު ޕެނަލެއް އެކުލެވިގެންވަނީ، މަދުވެގެން 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

(ބ) އިންޓަވިއު ޕެނަލަށް މެންބަރުން އައްޔަނުކުރާނީ، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނެވެ.

 

13 ވަނަ މާއްދާ - އިންޓަވިއުކުރުމުގެ އިންތިޒާމު ހަމަޖެއްސުން

(ހ) އިންޓަވިއު ޕެނަލެއް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމަންވާނީ، އެ އިރަކަށް ބޭނުންވާ ރިކުއަރމަންޓަށްވުރެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު އަދަދެއް، އިންޓަވިއުއަށް އެދި ކުރިމަތިލައިފައިވާނަމައެވެ.

(ށ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިސްޓު އޭޖެންސީތަކަށް ފޮނުވުމުން، އެ އޭޖެންސީއަކުން ހުށަހެޅި ފަރާތްތަކަށް އިންޓަވިއު ކުރެވޭނޭ އިންތިޒާމު އެ އޭޖެންސީއަކުން ހަމަޖައްސައިދޭންވާނެއެވެ. އަދި މި ތައްޔާރީތައް ވުމަށް މިނިސްޓްރީގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްގެން ނުވާނެއެވެ.

(ނ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ރެކްރޫޓްކުރާ ފަރާތްތަކުގެ އިންޓަވިއުގެ ކަންކަން ހަމަޖައްސާނީ މިނިސްޓްރީގެ ފަރާތުންނެވެ.

 

14 ވަނަ މާއްދާ - ވަޒީފާއަށް އައްޔަނުކުރާނެ ފަރާތްތައް ކަނޑައެޅުން

ފަންނީ ބިދޭސީ މުވައްޒަފުންގެ ވަޒީފާ ހަމަޖައްސަންވާނީ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ތަރުތީބުންނެވެ.

 

15 ވަނަ މާއްދާ - ވަޒީފާއަށް އައްޔަނު ނުކުރެވޭނެ މީހުން  

އަންނަނިވި ފަރާތްތައް މި އުސޫލުގެ ދަށުން ވަޒީފާއަށް އައްޔަނެއް ނުކުރެވޭނެއެވެ.

(ހ) މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައި ނުވަތަ ފޮނުވައިލައިފައިވާ ފަރާތްތައް.

(ށ) ޖިންސީ ގޯނ/ާއަނިޔާ ނުވަތަ ފުރައްސާރަކުރުމުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތައް.

(ނ) ދަރިވަރުންނާއި މުދައްރިސުންގެ ސްލޫކީ މިންގަނޑާއި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ދަރިވަރުންނާ މެދ،ު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ނުވަތަ އެނޫންވެސް ނަހަމަ ގުޅުމެއް ބާއްވަން މަސައްކަތްކޮށްފައިވާކަމަށް ތުހުމަތު ކުރެވިފައިވާ ފަރާތްތައް.

(ރ) ވަޒީފާގެ މަސައްކަތާ ގުޅޭ ސިއްރު މައުލޫމާތު ދަރިވަރުންނަށް ހާމަކޮށްފައިވާކަން އިދާރީ ތަހުގީގަށް ސާބިތުވެފައިވާ ފަރާތްތައް.

(ބ) ދިވެހީންގެ ދީނާއި އަގީދާއާ ތައާރުޒުވާ ތަފާތު ވާހަކަތައް ދައްކައިފައިވާ ނުވަތަ ދަރިވަރުންނާ ނުގުޅޭ ބޭއަދަބީ ވާހަކަ ދަރިވަރުންނަށް ހާމަކޮށްފައިވާކަން ސާބިތުވެފައިވާ ނުވަތަ އެފަދަ ވާހަކަ ދެއްކިކަމަށް ތުހުމަތުކުރެވ،ި އިދާރީ ތަހުގީގަށް އެކަން ސާބިތު ކުރެވިފައިވާ ފަރާތްތައް.

(ޅ) ދިވެހިންގެ މިނިވަންކަމަށާއި އިސްތިގްލާލަށް )ގައުމުގެ އަމިއްލަވަންތަކަމަށް( އަސަރުކުރާ ފަދަ ވާހަކައެއް ދައްކައިފައިވާ ނުވަތަ ހަމަނުޖެހުމެއް ހިންގުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވެފައިވާކަން އިދާރީ ތަހުގީގަށް ސާބިތު ކުރެވިފައިވާ ފަރާތްތައް.

(ކ) ހުއްދަ ކުރެވިފައިވާ ޗުއްޓީއަކަށްފަހު މަސައްކަތަށް ހާޒިރުނުވުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ހުއްދަ ނުނަގައި ވަޒީފާ އަދާކުރާ ރަށުން ނުވަތަ ރާއްޖެއިން ފުރުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް.

(އ) މަސައްކަތާ ގުޅޭގޮތުން ސުޕަވައިޒަރު އަންގާ އެންގުންތަކަށް ކިޔަމަންނުވުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް.

(ވ) ސިވިލް ސަރވިސްގެ ގަވާއިދުތަކާ އި، މިނިސްޓްރީގެ އުސޫލުތަކާއި، މުދައްރިސަކު ހިފަހައްޓަންޖެހޭ ސުލޫކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން އިސްލާހީ ފިޔަވަޅެއް އަޅައިފައިވާ ނުވަތަ މިނިސްޓްރީގެ ބްލެކްލިސްޓުގައި ހިމެނިފައިވާ ފަރާތްތައް.

 

26 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކުރުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ރެކްރޫޓްކުރެވޭ ފަރާތްތަކުގެ ފެންވަރ،ު މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭށަން މުއްދަތުގައި ކަށަވަރުކުރަންވާނެއެވެ.

(ށ) ޕްރޮބޭށަނުގައި ހުންނަ ފުރަތަމަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެ މުވައްޒަފަކުމަސައްކަތްކުރާ ސްކޫލުގެ އިސްވެރިޔާ އެ މުވައްޒަފުގެ ކިޔަވައިދިނުމުގެ ފެންވަރު ބަލައި، ކަމުނުދާނަމަ، ކަމުނުދާ ސަބަބުތައް ބަޔާންކޮށް، ޕްރޮބޭށަނުގެ މުއްދަތު ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކަމުނުދާކަމަށް ކަނޑައަޅައި ސްކޫލްތަކުގެ ވެރިން އަންގާ ފަންނީ ބިދޭސީ މުވައްޒަފުން، ޕްރޮބޭށަނުގެ މުއްދަތު ހަމަވުމުގެ ކުރިން އަނބުރާ ގައުމަށް ފޮނުވައިލުމުގެ އިންތިޒާމ،ު ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނުން ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބިދޭސީ މުވައްޒަފުން ވަޒީފާ އަދާކުރަން ހުރި ރަށަކުން މާލެ ގެނައުމާއި ގައުމަށް ފޮނުވައިލުމުގެ އިންތިޒާމ،ު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސާނީ، މުވައްޒަފު ރެކްރޫޓްކުރި އެޖެންސީންނެވެ.

 

17 ވަނަ މާއްދާ - އޮފަރ ލެޓަރ ފޮނުވުމާއި އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ހުށަހެޅުން

(ހ) ވަޒީފާއަށް އައްޔަނުކުރާނެ ފަރާތްތައް، ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީން ނިންމާތ،ާ އެންމެ ލަސްވެގެން ވެސ،ް މަސައްކަތު 7 )ހަތެއް( ދުވަހުގެ ތެރޭގައި، މި އުސޫލުގެ 4 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ ވަގުތަކަށް ބޭނުންވާ ރިކުއަރމަންޓަށް ބަލައި، ކެންޑިޑޭޓަށް އޮފަރ ލެޓަރ ފޮނުވަންވާނެއެވެ.

(ށ) މިނިސްޓްރީން އޮފަރ ލެޓަރ ފޮނުވުމުން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެމްޕްލޮއިމަންޓް އެޕްރޫވަލްއަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށްއެޖެންސީން ހުށަހަޅަންވާނެއެވެ. އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ހުށަހަޅަންޖެހޭ ލިޔުންތައް 5 (ފަހެއް) ދުވަހުގެ ތެރޭގައި ފޮނުވައިދިނުމަށް ރެކްރޫޓްކުރެވޭ ފަރާތަށް އަންގަންވާނެއެވެ.

(ނ) ރެކްރޫޓްކުރެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބުމުން، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ކޮޕީއެއް، މިނިސްޓްރީގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ޑިވިޒަނަށް ފޮނުވަންވާނެއެވެ.

 

18 ވަނަ މާއްދާ - ވާރކްޕާރމިޓް މެނޭޖްކުރުން

(ހ) މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލުތަކުގައި މަސައްކަތް ކުރުމަށް ރެކްރޫޓުކުރެވޭ އަދި ސިސްޓަމުގައި މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުންގެ ވި ސާ ހެއްދުމަށް؛ކޯޓާ ފީ، އިންށުއަރެންސ،ް ވޯކްޕާމިޓްފީ އަދި ވިސާ ޖެހުމުގެ މަސައްކަތް ކުރާނީ އެކަމަށް ކޮންޓްރެކްޓް ކުރެވޭ އެޖެންސީންނެވެ.

(ށ) ވިޒާ ހެއްދުމަށް؛ ކޯޓާ ފީ، އިންށުއަރެންސ،ް ވޯކްޕާމިޓްފީ އަދި ވި ސާގެ މަސައްކަތް ކުރާނީ އެޖެންސީއާއެކު އެއްބަސް ވާ އެއްބަސްވުމާ އެއްގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތް އެޖެންސީން ކުރުމަށްފަހު، އެ މަސައްކަތުގެ ބިލު މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން އެ ފައިސާ އެޖެންސީއަށް ދައްކަންވާނެއެވެ.

 

19 ވަނަ މާއްދާ - އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުން

(ހ) އަލަށް ރެކްރޫޓްކުރާ ފަންނީ ބިދޭސީ މުވައްޒަފުން އެ މުވައްޒަފެއްގެ ގައުމުން މާލެއަށް އައުމަށް ބޭނުންވާ ޓިކެޓް ހަރަދާއި، ސްކޫލަށް ފޮނުވެންދެން މާލޭގައި ހުރުމާއި ކެއުމުގެ ހަރަދު އެޖެންސީއާއި މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހަމަޖައްސާނީ، އެ މުވައްޒަފަކު ރެކްރޫޓްކުރި އެޖެންސީންނެވެ.

(ށ) ހިދުމަތުގައި ތިބި ފަންނީ މުވައްޒަފުންގެ ތެރެއިން އެކި ސަބަބުތަކާހުރެ ގައުމަށް ފޮނުވައިލަންޖެހޭ މުވައްޒަފުންގެ ޓިކެޓް ހަރަދާއި، ގައުމަށް ފޮނުވެންދެން މާލޭގައި ހުރުމާއި ކެއުމުގެ ހަރަދ،ު އެޖެންސީއާއި މިނިސްޓްރީއާ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހަމަޖައްސާނީ މިނިސްޓްރީން ކަނޑައަޅާ އެޖެންސީއަކުންނެވެ. 

(ނ) ފަންނީ ބިދޭސީ މުވައްޒަފުން ސްކޫލްތަކަށް ފޮނުވުމުގެ ކުރިން، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން އެނގެންޖެހޭ މުހިންމު ކަންކަމަށް ހޭލުންތެރިކުރުމަށް ޓަކައި، ހިޔުމަން ރިސޯސް ޑިވިޒަނުން އޮރިއެންޓޭށަން ޕްރޮގްރާމެއް، ބިދޭސީ މުވައްޒަފުން ހިންގަންވާނެއެވެ. އެ ޕްރޮގްރާމުގައި، ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

  1. ރާއްޖޭގެ ސަގާފަތާއި އާދަކާދަ؛ 
  2. ކިޔަވައިދިނުމުގެ މިންގަނޑުތައް؛ 
  3. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ހެދިފައިވާ އުސޫލުތައް؛ 
  4. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި އުސޫލުތައް؛ 
  5. ވަޒީފާއާބެހޭ ގާނޫނު؛ 
  6. މިނިސްޓްރީގެ ގަވާއިދުތަކާއި އުސޫލުތައް.

 

20 ވަނަ މާއްދާ - އާންމު މާއްދާ

މިނިސްޓްރީން އެއްވެސް އޭޖެންސީއަކާއެކު ވެވޭ އެއްބަސްވުމެއްގައި އެ އޭޖެންސީއަކުން ވަކި އަދަދަކަށް މީހުން ނަގާނެކަމަށް އެއްބަސްވެގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ - މި އުސޫލާ ހިލާފުވުން

(ހ) މި އުސޫލާ ހިލާފަށް، ފަންނީ ބިދޭސީ މުވައްޒަފުން، މިނިސްޓްރީގެ އެއްވެސް މުއައްސަސާއެއްގެ ވަޒީފާގައި ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި އުސޫލާ ހިލާފްވާ އޭޖެންސީތައް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ސަސްޕެންޑްކުރަން ހުށަހަޅަންވާނެއެވެ.

(ނ) މި އުސޫލާ ހިލާފަށް ވަޒީފާ ދީފައިވާ ފަންނީ ބިދޭސީ މުވައްޒަފެއް އަނބުރާ ގައުމަށް ފޮނުވައިލުމަށް ނިންމުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި އުސޫލާ ހިލާފަށް އަމަލުކުރިކަން ސާބިތުވެއްޖެނަމަ، އެ ކުށެއް ކުރި މިނިސްޓްރީގެ މުވައްޒަފަކާމެދު ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސް ގަވާއިދު) އާ އެއްގޮތަށް ފިޔަވަޅު އަޅަންވާނެއެވެ.

(ބ) މަސައްކަތް ހަވާލުކޮށްފައިވާ އެޖެންސީން ނުވަތަ އެ އެޖެންސީ ގުޅިފައިވާ އެޖެންސީއަކުން ވެސް މި އުސޫލާ ހިލާފަށް އަމަލުކުރިކަމަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލައި، އެ މައްސަލައެއް ބަލައި ނިމެންދެން އެ އެޖެންސީއެއް ވަގުތީގޮތުން ސަސްޕެންޑް ކުރަންވާނެއެވެ.(ޅ) މަސައްކަތް ހަވާލުކުރެވިފައިވާ އެޖެންސީން ނުވަތަ އެ އެޖެންސީ ގުޅިފައިވާ އެޖެންސީއަކުން ވެސް މި އުސޫލާ ހިލާފަށް އަމަލުކުރިކަން މި މިނިސްޓްރީން ބަލައި އެކަން ސާބިތުވެއްޖެނަމަ، އެ އޭޖެންސީއަކާއެކު ވެވިފައިވާ އެއްބަސްވުން ބާތިލުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - މާނަ ކުރުން

މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނައެވެ.

(ހ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ރެކްރޫޓްމަންޓުގެ މަސައްކަތްކުރުމަށް ހަވާލުކުރެވ،ޭ ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކާބެހޭ ގަވާއިދު) ގެ ދަށުން އެ މަސައްކަތްކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށެވެ.

(ށ) "ފަންނީ ގިންތި" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓުން އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އެކްސްޕެޓް ސިސްޓަމް އޮކިއުޕޭށަން ކެޓަގަރައިޒޭށަން" ގައި ހިމެނޭ ޕްރޮފެށަނަލް ކެޓަގަރީއަށެވެ.

(ނ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭށަނަށެވެ.

(ރ) "ވިލަރެސް ކޮމެޓީ" ކަމުގައި ބުނެފައި އެވަނީ، ރެކްރޫޓްމަންޓުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ވިލަރެސްކުރުމަށް “ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ” ނަމުގައި އުފައްދައިފައިވާ ކޮމެޓީއަށެވެ.

(ބ) "ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރެކްރޫޓްމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ޓަކައި ހަވާލުކުރެވޭ އެޖެންސީއަކުން އެހެން އެޖެންސީއެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތަށެވެ.

(ޅ) "ޕާރމަނަންޓް ސެކްރެޓަރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭށަނުގެ ޕާރމަނަންޓް ސެކްރެޓަރީ ނުވަތަ ޕާރމަނަންޓް ސެކްރެޓަރީގެ ޒިންމާތައް ހަވާލުކޮށްފައިވާ ފަރާތަށެވެ.

(ކ) "ރެކްރޫޓްމަންޓް ފީ" ކަމަށް ބުނެފައި އެވަނީ، ރެކްރޫޓްކުރެވޭ ކޮންމެ ބިދޭސީ މުވައްޒަފަކަށް މިނިސްޓްރީން ދައްކާ ފައިސާއަށެވެ.

(އ) "ވާރކް ޕަރމިޓް މެނޭޖްމަންޓް ފީ" ކަމަށް ބުނެފައި އެވަނީ، ކޯޓާފީ، އިންށުއަރެންސ،ް ވާރކްޕާރމިޓް ފީ، ވިސާ ހެއްދުން، އަދި ގައުމަށް ފޮނުވައިލަންޖެހޭ ފަރާތްތައް ފޮނުވައިލުމަށް ފޯރުކޮށްދޭ ހިދުމަތުގެ ފީގެގޮތުގައި ދައްކާ ފައިސާއަށެވެ.

(ވ) "ސްކޫލުގެ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، އެ ވަގުތެއްގައި ސްކޫލުގެ ހިންގުމާ ހަވާލުވެ އެންމެ އިސްކޮށް ހުރި ފަރާތަށެވެ.

 

23 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

24 ވަނަ މާއްދާ - ކުރީގެ އުސޫލު އުވައިލުން

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 2019 ސެޕްޓެންބަރު 22 ގައި އާންމުކުރި "ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު” ބާތިލުވީއެވެ. 

 

ޖަދުވަލު 1

އިންޓަވިއު ޕެނަލް އެކުލަވައިލުން

 

1- އިންޓަވިއު ޕެނަލަ ށް މެންބަރުން ހޯދުން.

އިންޓަވިއު ޕެނަލުގެ މެންބަރުން ހޯދުމަށް، އެކަމަށް ށައުގުވެރިވާ ފަރާތްތައް ސްކޫލުތަކުގައި ތިބިތޯ ބަލަންވާނެއެވެ. މިގޮތަށް ސްކޫލުގައި އެފަދަ މީހުން ތިބިތޯ ބަލާނީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނުން ސްކޫލުތަކަށް ފޮނުވާ އީމެއިލް މެދުވެރިކޮށެވެ. އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ވެސް ޖަވާބު ފޮނުވާނީ ލިޔުމުންނެވެ.

 

2- އިންޓަވިއު ޕެނަލުގައި ހިމެނޭ މެންބަރުންގެ ށަރުތ:ު

(ހ) އިންޓަވިއު ޕެނަލުގައި ހިމެނޭ މެންބަރުންގެ ކިބައިގައި، އެންމެ ދަށްވެގެން ވެސް ލެވެލް 7 ގެ ސަނަދެއް 
އޮތުމާއެކު، މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތެއްގައި އަމަލީގޮތުން ކިޔަވައިދިނުމުގައި އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

(ށ) މާސްޓާރޒް ފެންވަރުގެ ސަނަދެއް އޮތުމާއެކު، އެންމެ މަދުވެގެން ވެސް 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއްގައި އަމަލީގޮތުން ކިޔަވައިދިނުމުގައި އުޅެ ތަޖުރިބާ ލިބިފައިވުން.

 

3- އިންޓަވިއު ޕެނަލަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުން.

(ހ) އިންޓަވިއު ޕެނަލުގައި ބައިވެރިވުމަށް ށައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ޕޮއިންޓު ދޭނީ ތިރީގައިވާ ގޮތަށެވެ.

  1. ހާސިލުކޮށްފައިވާ ޑިގްރީ )ބޭނުންވާ މާއްދާއިން( ސަނަދަށް 15 (ފަނަރަ) ޕޮއިންޓް 
  2. ހާސިލުކޮށްފައިވާ މާސްޓާރޒް ސަނަދަށް 5 (ފަހެއް) ޕޮއިންޓް 
  3. ތައުލީމީ ދާއިރާގައި ހިދުމަތްކުރި ކޮންމެ އަހަރަކަށް 1 (އެކެއް) ޕޮއިންޓް (ޖުމުލަ 10 ޕޮއިންޓަށްވުރެ އިތުރުނުވާ ގޮތަށް)

(ށ) ލިބިފައިވާ ޕޮއިންޓުން އެއްވަރުވާ ހާލަތުގައި ޕެނަލުގައި ބައިވެރިވާނެ ފަރާތެއް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް އެޑިޔުކޭށަނުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނަށް ލިބިގެންވެއެވެ.

 

4- އިންޓަވިއު ޕެނަލް ތަރުތީބު ކުރުން

(ހ) އިންޓަވިއު ޕެނަލްތައް ތަރުތީބު ކުރާއިރު ކޮންމެ އިންޓަވިއު ޕެނަލެއްގައި ވެސް ތިރީގައިވާ ގޮތަށް މީހުން ތިބެންވާނެއެވެ.

  1. އިނގިރޭސިބަހުގެ ފެންވަރު ބަލާނެ މީހެއް.
  2. ބިޒްނަސް ސްޓަޑީޒްގެ މާއްދާގެ ދާއިރާއިން މީހެއް.
  3. ސައިންސްގެ މާއްދާގެ ދާއިރާއިން މީހެއް.

(ށ) މީގެ ތެރޭގައި ހިސާބު މާއްދާގެ މީހުން ހިމެނިދާނެއެވެ.

 

5- އިންޓަވިއު ޕެނަލަށް މެންބަރުން ހޮވުން

(ހ) އިންޓަވިއު ޕެނަލަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ޕޮއިންޓް ދިނުމަށްފަހު، ތިރީގައިވާ ދާއިރާތަކުން ކުރިމަތިލައިފައިވާ މީހުންގެ ތެރެއިން ޕެނަލުގައި ހިމަނަން ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް، ޕޮއިންޓް ލިބުނު އެންމެ މަތީން ތަރުތީބުކޮށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަނުގެ ފަރާތުން ވިލަރެސް ކޮމިޓީއަށް އެންޑޯޒުކުރުމަށް ހުށަހަޅަންވާނެއެވެ.

  1. ޓީޗަރުން
  2. ލީޑިންގ ޓީޗަރުން 
  3. ޑެޕިޔުޓީ ޕްރިންސިޕަލ/ްޕްރިންސިޕަލް
  4. އެޑިޔުކޭށަން ޑިވެލޮޕްމަންޓް ޕްރޮފެށަނަލް

(ށ) ޓީޗަރުންގެ ތެރެއިން މީހުން ހޮވާއިރ،ު އިންޓަވިއު ކުރެވޭ ދާއިރާގެ މާއްދާ ކިޔަވައިދޭ ޓީޗަރުންނަށް އިސްކަން ދޭންވާނެއެވެ.

(ނ) ލީޑިންގ ޓީޗަރުންގެ ތެރެއިން މީހުން ހޮވާއިރ،ު ދާއިރާގެ މާއްދާ ކިޔަވައިދ،ޭ ނުވަތަ ސުޕަވައިޒްކުރާ ލީޑީންގ ޓީޗަރުންނަށް އިސްކަން ދޭންވާނެއެވެ.

(ރ) ޑެޕިޔުޓީ ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލުންގެ ތެރެއިން ނުވަތަ އެޑިޔުކޭށަން ޑިވެލޮޕްމަންޓް ޕްރޮފެށަނަލްގެ ތެރެއިން މީހަކު ހަމަޖައްސާނަމަ، އެ މުވައްޒަފު އިންޓަވިއުގައި ބައިވެރިވާ މާއްދާގެ ދާއިރާއިން ޑިގްރީއެއް (ބޭނުންވާ މާއްދާއިން) ސަނަދެއް ހާސިލުކޮށްފައި އޮންނަންވާނެއެވެ.

 

6- އިންޓަވިއު ޕެނަލަށް ލީޑަރުން އައްޔަނުކުރުން

(ހ) އިންޓަވިއު ޕެނަލަށް ހޮވޭ މެންބަރުންގެ ތެރެއިން ކޮންމެ އިންޓަވިއު ޕެނަލެއް ލީޑުކުރާނެ ޕެނަލިސްޓެއް ކަނޑައަޅައިފައި ހުށަހެޅުމުން ވިލަރެސް ކޮމިޓީން އެންޑޯޒްކުރަންވާނެއެވެ.

 

ޖަދުވަލު 2

 

 

 

ޖަދުވަލު 3

 

މައި ގާނޫނު

ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު