-

ގުދްރަތީ ނުވަތަ ތަބިއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2018-107)

 

1 ވަނަ މާއްދާ - ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދަށް އަމަލުކުރަން ފެށުން 3.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ވަކިވަކި ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ގޮތުން އެކުލަވައިލާފައިވާ ހާއްސަ ގަވާއިދުތައް މި ގަވާއިދު ތަންފީޛުކުރުމުގައި އިސްތިސްނާވާނެއެވެ. އަދި މިގޮތުގެމަތިން، އިސްތިސްނާކުރެވުނު ގަވާއިދުތައް ތިރީގައި މިވަނީއެވެ.

  1. ގަވާއިދު ނަންބަރު: 2012-23 (ބ. އަތޮޅު ހަނިފަރު ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު)
  2. ގަވާއިދު ނަންބަރު: 2018-105 (އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު)
  3. ގަވާއިދު ނަންބަރު: 2018-106 (ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު)

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-78) 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2018-78)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު