ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު
(2008)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 އޮކްޓޫބަރު 2003 ގައި)
ތައާރަފް
1 ވަނަ މާއްދާ -
(ހ) މިއީ ދިވެހިރާއްޖޭގައި ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު އެވެ.
(ށ) މި ގަވާއިދު ހަދާފައިވަނީ، ދިވެހިރާއްޖޭގެ ބިމާއިބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ.
(ނ) މި ގަވާއިދަށް ކިޔަނީ " ގޯތި އަމިއްލަކުރުމާއި، ގަނެ ވިއަކުމާ ބެހޭ ގަވާއިދު " އެވެ.
ދިރިއުޅުމަށް ދޫކުރެވިފައިވަ ބަންޑާރަ ގޯތޮ އަމިއަލްކުރުން
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުން
2 ވަނަ މާއްދާ -
(ހ) ބަންޑާރަ ގޯތި، އެ ފަރާތަކަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެއް ފަހަރާ އަގު ދެއްކުމަށް ފަހު، ނުވަތަ އެކި ފަހަރު މަތިން ފައިސާ ދައްކައި އަގު އަދާ ކުރުމަށް ފަހު އަމިއްލަ ކުރެވިދާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަންޑާރަ ގޯތި އެއްކޮށް ނުވަތަ ގޯތިން ބައެއްވެސް އަމިއްލަކުރެވިދާނެއެވެ.
(ނ) މިމާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ގޮތަށް ބަންޑާރަ ގޯއްޗެއްގެ އެކި ބައިތައް ވަކި ވަކިން ޢިމާރާތް ކުރެވޭ ގޮތަށް ހުއްދަދީފައިވާ ތަންތަނުގެ ބައި ބައި ވަކިން އަމިއްލަ ކުރެވިދާނެއެވެ.
3 ވަނަ މާއްދާ -
ދިރިއުޅުމަށް ދޫކޮށްފައިާވ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، އެގޯތި އަމިއްލަކުރަން ބޭނުންނަމަ، އެކަމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، މާލޭގައި ނަމަ މާލޭ މުނިސިޕަލްޓީއަށެވެ. އަތޮޅު ތަކުގައި ނަމަ، އެ އަތޮޅެއްގެ އަތޮޅު އޮފީސް ނުވަތަ އަތޮޅު އޮފީހުން ކަނޑައަޅާ ފަރާތަކަށެވެ.
4 ވަނަ މާއްދާ -
މި ގަވާއިދުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިންބިން އަމިއްލަކުރާއިރު، ގޯތި އަމިއްލަކުރުމުގެ އަގަށްވާ ފައިސާދައްކާނީ މާލޭގައިނަމަ، މާލޭ މުނިސިޕަލްޓީއަށް ނުވަތަ އެ އޮފީހުން ކަނޑައަޅާ ފަރާތަކަށެވެ. އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު އޮފީހަށް ނުވަތަ އަތޮޅު އޮފީހުން ކަނޑައަޅާ ފަރާތަކަށެވެ.
5 ވަނަ މާއްދާ -
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގެބައެއް، މިގަވާދުގައިވާ ގޮތަށް، އެކިފަހަރުމަތިން އަގު ދައްކައިގެން އަމިއްލަކުރާ ހާލަތްތަކުގައި، ގޯތި އަމިއްލަ ކުރާފަރާތަށް ބިމުގެ މިލްކުވެރިކަން ބަދަލުވާނީ، ގޯތި ނުވަތަ ގޯތިން އަމިއްލަކުރާ ބައިގެ އަގު އަދާކޮށް ނިމުމުންނެވެ.
އެކިފަހަރުމަތިން އަގު އަދާ ކޮށް ނިންމާ އުސޫލުން، ގޯތި އަމިއްލަކުރުން
6 ވަނަ މާއްދާ -
(ހ) މި ގަވާދުގެ ދަށުން ގޯތި އަމިއްލަ ކުރާ ފަރާތްތަކުން ގޯތި އަމިއްލަކުރުމަށްޓަކައި އެކިފަހަރުމަތިން ސަރުކާރަށް ފައިސާ ދައްކާނީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ ދަށުންކަނޑައަޅާ އަގަށް ބަލައިގެންނެވެ. އަދި އެކިފަހަރުމަތިން އަގު އަދާކުރާ އުސޫލުން އަމިއްލަކުރަން ބޭނުންވާ ފަރާތްތަކުން އަމިއްލަކުރުމަށް ފައިސާ ދެއްކުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ދުވަހެވެ. މިގޮތަށް އެކި ފަހަރު މަތިން އަގު އަދާ ކުރާ ނަމަ އަގު އަދާ ކުރުމުގެ ކަންތައް ކުރިއަށް ގެންދަންވާނީ ގޯތި އަމިއްލަކުރާ ފަރާާތާއި ސަރުކާރުގެ ކަމާބެހޭ މުވައްސަސާ އާ ދެމެދު ވެވޭ އެއްބަސް ވުމެއްގެ ދަށުންނެވެ.
(ށ) އެކިފަހަރުމަތިން އަގު އަދާ ކުރ ާގޮތަށް ގޯތި އަމިއްލަ ކުރުމަށް އެއްބަސްވެފައިވާ މުއްދަތު 5 އަހަރަށް ވުރެ އިތުރު ވާނަމަ އަމިއްލ ަކުރުމަށް ކަނޑައަޅާ ރޭޓަށް އަންނަ ބަދަލުތަކާއެއްގޮތަށް އެ ގޯތި އަމިއްލަކުރާ އަގު ބަދަލުކުރަންވާނެއެވެ.
7 ވަނަ މާއްދާ -
މި ގަވާއިދުގެ ދަށުން އެކިފަހަރުމަތިން އަގު އަދާކޮށްނިންމާ އުސޫލުން އަމިއްލަކުރުމަށް ހުށަހަޅާފައިވާ ގޯއްޗެއްގެ އަގުގެ ގޮތުގައި ދައްކާފައިވާ އެއްވެސް ފައިސާއެއް،އަނބުރާ ނުލިބޭނެއެވެ.
8 ވަނަ މާއްދާ -
(ހ) މި ގަވާއިދުގެ ދަށުންކަނޑައެޅޭ ވަކިމުއްދަތެއްގައި އަގު އަދާކޮށް ގޯތި އަމިއްލަކުރާ ހާލަތްތަކުގައި، ވަކިވަރަކަށް ފައިސާ ދައްކާފަހުން ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތް ނިޔާވެއްޖެނަމަ، ބިމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން، އެގޯތީގެ ބިން ލިބޭފަރާތްތަކަށް، ގޯތީގެ ބިން އަމިއްލަ ކުރުމުގެ ފުރުސަތު ލިބިދެވޭނެއެވެ. މިގޮތަށް އެފަރާތަކަށް އެބިން އަމިއްލަ ކުރެވޭނީ ކުރިން ފައިސާ ދެއްކި ފަރާތް ނިޔާވުމާ ހަމައަށް ނުދައްކާހުރި ފައިސާ ކަނޑައެޅިފައިވާ އުސޫލުގެ މަތިން ދައްކާ ނިންމުމުންނެވެ.
(ށ) މި ގަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް އެކިފަހަރުމަތިން ފައިސާ ދައްކާ އަމިއްލަ ކުރުމަށް އެއްބަސް ވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާ ނަމަ، ފައިސާ ބަލައިގަނެވޭނީ އެފަހަރަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަށް %5 އިތުރު ކޮށްގެންނެވެ.
ވިއްކުން
9 ވަނަ މާއްދާ -
އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް އަމިއްލަ ކުރުމަށް ފަހު ވިޔަސް ވިއްކާނީ، ތިރީގައިވާ ގޮތުގެ މަތިންނެވެ
(ހ) ވިއްކުމުގެ މުޢާމަލާތު ށަރީޢަތް މެދުވެރިކޮށްހިންގުން
(ށ) ގޯތި ވިއްކަންއެދޭ މީހާއާއި، އެމީހަކު ށަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.
(ނ) ގޯތި ގަންނަ ފަރާތަކީ، ދިވެހިރައްޔިތަކު ކަމުގައިވުން. ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެކުން ފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާާ ދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމުގައިވުން.
ބިމުގެ އަގު ކަނޑައެޅުން
10 ވަނަ މާއްދާ -
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށް ޓަކައި، އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގުކަނޑައަޅާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ގާއިމް ކުރެވި ފައިވާސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވިފައިވާ ކޮމެޓީއެއްގެ މަށްވަރާ އާއެކު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރަބން ޑިވެލޮޕްމަންޓުންނެވެ.
(ށ) މިގޮތުން ބަންޑާރަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް އަމިއްލަކުރާ އަގުކަނޑަ އެޅުމުގައި އެއްފަހަރާ ފައިސާދައްކައިގެން އަމިއްލަކުރަން ދައްކަންޖެހޭ ރޭޓާއި، އެކިފަހަރުމަތިން ފައިސާ ދައްކާ އަމިއްލަކުރަން ދައްކަންޖެހޭރޭޓް ތަފާތުކުރެވިދާނެއެވެ.
(ނ) މިގަވާޢިދުގެ ދަށުން ކަނޑަ އަޅާފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު އާއްމުކޮށް އިޢުލާނު ކުރަންވާނެއެވެ. އަދި މިއަގަށް ގެންނަން ފެންނަބަދަލު، މިމާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީން ކަނޑަ އަޅާގޮތެއްގެ މަތިން ގެންނަންވާނެއެވެ.
(ރ) މިގަވާޢިދުގެ 14 ވަނަ މާއްދާ ގައި ކަނޑަ އަޅާފައިވާ ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގު މި މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީންކަނޑައަޅާ އިޢުލާނު ކުރަން ވާނެއެވެ. އަދި މިއަގަށް ގެންނަން ފެންނަބަދަލު، މިމާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީން ކަނޑަ އަޅާގޮތެއްގެ މަތިން ގެންނަންވާނެއެވެ.
11 ވަނަ މާއްދާ -
ބިމުގެ އަގު ކަނޑައެޅުމުގައި، އެސަރަހައްދެއްގެ އިގްތިސާދީ އިޖްތިމާޢީ ހާލަތާއި، ބިމުގެ ތަނަވަސްކަމަށާއި، އަދި ބިމުގެ މުޢާމަލާތްތައް އެއިރަކު ހިންގަމުންދާ ގޮތަށް ބަލައި، މިނޫން ވެސް އެކަށޭނެ ކަންކަމަށް ބެލުމަށްފަހު، ރާއްޖޭގެ އެކި ސަރަހައްދަށް، އެކިރައްރަށަށް އަދިރަށެއްގެ އެކިހިސާ ބުތަކަށް، އަމިއްލަ ކުރާއަގު އަދި ޓެކްސް ނެގުމަށް ބަލާނެ އެންމެދަށް އަގު ވެސް ތަފާތުކުރުމުގެ އިހްތިާޔރު، މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާ ކޮމިޓީގެ މަށްވަރާގެމަތިން މިނިސްޓްރީ އޮފް ހައުސިންގއެންޑްއަރބަން ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ.
ރަހުނު ތަންފީޒުކުރުމުގެ ގޮތުން ބިން ވިއްކުން
12 ވަނަ މާއްދާ -
ރަހުނު ތަންފީޒު ކުރުމުގެ ގޮތުން ބިން ވިއްކޭނީ، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާއާއި، އެގާނޫނުގެ ދަށުން ހަދާފައިވާ ރަހުނާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ސަރުކާރަށް ޓެކްސް ދެއްކުން
13 ވަނަ މާއްދާ -
(ހ) މި ގަވާއިދުގެ ދަށުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިއްކާ ނަމަ، ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ. މި ފައިސާ ދައްކާނީ، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން ކަނޑައަޅާ ފަރާތަކަށެވެ. އަދި އަތޮޅުތަކުގައި ނަމަ އެއަތޮޅެއްގެ އަތޮޅު އޮފީހުން ކަނޑައަޅާ ފަރާތަކަށެވެ.
(ށ) އަމިއްލަ ގޯތި ވިއްކުމުގައި ނަގަންޖެހޭ ޓެކްސް ނެގުމުގައި ބަލާނީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށެވެ. މިގޮތުން ވިއްކި އަގުކަމަށް ހުށަހަޅާ އަގު ޓެކްސް ނެގުމަށް ކަނޑަ އަޅާފައިވާ އަގަށްވުރެ ކުޑަނަމަ ޓެކްސް ނެގުމަށް ކަނޑަ އަޅާފައިވާ އަގަށް ބަލާ ޓެކްސް ކުރަން ވާނެއެވެ. އަދި ވިއްކި އަގު ކަމަށް ހުށަހަޅަނީ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ކަމަށް ވާނަމަ ޓެކްސްކުރާނީ އެހުށަހެޅި އަގަށް ބަލައިގެންނެވެ.
14 ވަނަ މާއްދާ -
ރަހުނެއް ތަންފީޒުކުރުމުގެ ގޮތުން ގޯއްޗެއް ވިއްކުމުގައި، މި ގަވާއިދުގެ 13 ވަނަ މާއްދާ ގައި ބުނެފައިވާ ޓެކްސްގެ ގޮތުގައި ނަގާނީ ރަހުނާ ބެހޭ ގަވާޢިދު ގައިވާ ގޮތުގެ މަތިން އެގޯތި ވިއްކާލައިގެން ލިބޭއަގެއްގެ %15 އަށް ވާ ފައިސާއެވެ.
ރަޖިސްޓްރީކުރުން
15 ވަނަ މާއްދާ -
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރާހާލަތްތަކުގައި، ބިމާއިބެހޭ ގާނޫނާއި، މި ގަވާއިދުގައިވާ ގޮތުގެމަތިން ބިމުގެއަގު އަދާކޮށް ނިމުމުން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް އަމިއްލަ ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭން ވާނެއެވެ.
(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބައެއް އަމިއްލަކުރާ ހާލަތްތަކުގައި، ބިމާއިބެހޭ ގާނޫނާއި، މި ގަވާއިދު ގައިވާ ގޮތުގެ މަތިން އަމިއްލަ ކުރާބައިގެ އަގު އަދާކޮށް ނިމުމުން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް ''އަމިއްލަބަންޑާރަ'' ގޯއްޗެއްގެ ގޮތުގައި އެ ގޯތި ރަޖިސްޓްރީކޮށްދޭން ވާނެއެވެ. އެރަޖިސްޓްރީގައި އަމިއްލަ ބައިގެ ބޮޑު މިނާއި ބަންޑާރަ ބައިގެ ބޮޑު މިން އެނގެން އޮންނަންވާނެއެވެ.
(ނ) އަމިއްލަ ބަންޑާރަ ބިމެއް ގައި ހިމެނޭ އަމިއްލަ ބަޔަށް ވަކި ރަޖިސްޓްރީ އެއ ްހަދައިދެވޭނީ އެ ގޯތީގެ އަމިއްލަ ބައިގެ ބޮޑު މިނުގައި 600 އަކަފޫޓް ހަމަވެ، އަދި އެގޯތީގެ ބާކީއޮތް ބިމުގައި ވެސް 600 އަކަފޫޓް ހަމަވާނަމައެވެ.
(ރ) މިގަވާޢިދުގެ 2 ވަނަމާއްދާގެ (ނ) ގައިވާ ފަދައިން ވަކިން އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ބައެއް ވިއްކާލުމުން އެބަޔަކީ 600 އަކަފޫޓް ހަމަވާ ބަޔަކަށް ވެފައި އަދި އެގޯތީގެ ބާކީ އޮތް ބައިގެ އޭރިޔާ 600 އަކަފޫޓް ހަމަވާ ނަމަ ވިއްކާލާބަޔަށް ވަކި ރަޖިސްޓްރީ އެއް ހަދައި ދެވިދާނެއެވެ.
(ބ) ވަކި ވަކިން ޢިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ގޯއްޗެއްގެ ބައިތަކެއްގެ ތެރެއިން 600 އަކަފޫޓް ހަމަވާ ބައެއް އަމިއްލަ ކުރި ނަމަވެސް އެބައިގެ ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށްވާ ބައިތަކުގެ ޖުމްލަ އޭރިޔާ 600 އަކަފޫޓް ހަމަނުވާނަމަ އަމިއްލަ ކުރާ ބައި ވަކި ގޯއްޗެއް ގޮތަށް ރަޖިސްޓްރީ ކޮށެއް ނުދެވޭނެއެވެ. ނަމަވެސް އެބައި ގޯތީގެ ރަޖިސްޓްރީގައި އަމިއްލަ ކޮށްފައިވާ ބައެއްގެ ގޮތުގައި ހިމަނާ އެބައި ގަތް ފަރާތުގެ ނަން ރަޖިސްޓްރީ ގައި ހިމަނަން ވާނެއެވެ.
(ޅ) ވަކިވަކިން ޢިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ގޯއްޗެއްގެ ބައެއް އަމިއްލަ ކޮށް ވިއްކާލި ނަމަވެސް ވިއްކާލި ބައި 600 އަކަފޫޓަށް ވުރެ ކުޑަ ނަމަ އެބަޔަށް ވަކި ރަޖިސްޓްރީ އެއް ހަދަ އެއްނުދެވޭނެއެވެ. ނަމަވެސް އެބައި ގޯތީގެ ރަޖިސްޓްރީ ގައި އަމިއްލަ ކޮށްފައިވާ ބައެއްގެ ގޮތުގައި ހިމަނާ އެބައި ގަތް ފަރާތުގެ ނަން ރަޖިސްޓްރީ ގައި ހިމަނަންވާނެއެވެ.
16 ވަނަ މާއްދާ -
މި ގަވާއިދުގެ ދަށުން ގޯތި ރަޖިސްޓްރީ ކުރަން ހުށަހަޅާނީ، ތިރީގައި ބުނެފައިވާ ތަކެއްޗާއެކު، އެކަމަށް ޓަކައި ހާއްސަ ކުރެވިފައިވާ ފޯމުން، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށެވެ. އަތޮޅު ތަކުގައި ނަމަ، އެއަތޮޅެއްގެ އަތޮޅު އޮފީހަށެވެ.
(ހ) ބިމުގެ އަގު އަދާކޮށް ނިންމާ ފައިވާ ކަން އަންގައިދޭ ލިޔުން
(ށ) ގޯތީގެ ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެ އަސްލު
(ނ) ބިމާއި ބެހޭ ގާނޫނާއި، މިގަވާއިދުގެ ދަށުން ޓެކްސް ދައްކަން ޖެހޭ ނަމަ، ޓެކްސް ދައްކާ ނިންމާ ފައިވާ ކަމުގެ ލިޔުން.
17 ވަނަ މާއްދާ -
މި ގަވާއިދުގެ ބޭނުމަށް ޓަކައި، ދިރިއުޅޭނެ އެހެން ތަނެއް ހުރި ކަމަށް ކަނޑަ އަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން އެމައްސަލަ އަކާ ގުޅުން ހުރި އެހެނިހެން ކަންތައް ތަކަށް ބެލުމަށް ފަހު ށަރީއަތުންނެވެ. މިގޮތުން ބަލާނެ ކަންތައް ތަކަކީ:
(ހ) އެމީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި މި ގަވާއިދުގެ 9 ވަނަ ނަންބަރުގެ (ށ) ގައިވާފަދަ ތަނެއް ރަޖިސްޓަރީ ކޮށްފައި އޮތުން.
(ށ) އެމީހެއްގެ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްއޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ ކަންތައް ތައް ހަމަޖެހިފައިވުން.
(ނ) އެމީހެއްގެ އަތުގައި ދިރިއުޅޭނެއެހެން ތަނެއް ހަމަ ޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން.
(ރ) ރާއްޖެއިން ބޭރުގެ އެހެން ގައުމެއް ގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް ހުރުން.
18 ވަނަ މާއްދާ -
މިގަވާއިދުގެ ދަށުން، ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް ކަމުގައި ބެލޭނީ ބިމުގެ ބޮޑުމިނު ގައި 600 އަކަފޫޓް ހަމަވާ ތަންތަނެވެ.
މި ގަވާއިދަށް ގެނެވިފައިވާ އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ކިޔުންތެރިންގެ ހިޔާލު