-

ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2018-84)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 އޯގަސްޓް 2018 ގައި)

 

ގަވާއިދު ނަންބަރު 2016-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން. 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ބ) އަންނަނިވިގޮތަށް އިސްލާހުކުރުން.

2 (ބ) (i) އަންނަނިވި ތަންތަނުގެ ތެރެއިން ތަނެއްގައި، ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ ނުވަތަ ޓޫރިސްޓު ގެސްޓުހައުސް ތަރައްގީކުރުމަށްޓަކައި ކުއްޔަށް ހިފުމަށް ުހށަހަޅާނަމަ، ކޯޕަރޭޓް ސޯށަލް ރެސްޕޯންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި، 500،000 (ފަސް ލައްކަ އެމެރިކާ ޑޮލަރު) އާއި 1،000،000 (އެއް މިލިއަން އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަދަދެއް ހަރަދުކޮށްގެން ހިންގާނެ މަށްރޫއެއް، އެކަމަށް އެދޭ ފަރާތުން ހުށަހަޅާފައިވުން.

(ހހ) މީހުން ދިރިނޫޅޭ ރަށްރަށް؛

(ށށ) ފަޅު.

 (ii) މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓާ ނުވަތަ ޓޫރިސްޓު ގެސްޓުހައުސް ތަރައްގީކުރުމަށް ބިން ކުއްޔަށްހިފުމަށް ހުށަހަާޅނަމަ، ކޯޕަރޭޓް ސޯށަލް ރެސްޕޯންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި، ހިންގާނެ މަށްރޫއެއްގެ ތަފުސީލު، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތުން ހުށަހަޅާފައިވުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69)

 

ކޮންސޮލިޑޭޓް ގަވާއިދު

މައި ގަވާއިދު ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު