-

ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2018-09)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 މާރިޗް 2018 ގައި)

 

ގަވާއިދު ނަންބަރު 69-2016 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ދެ އަކުރު އިތުރުކުރުން.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދެވޭ ދައުވަތުގައި އެކުއިޒިށަން ފީ ދައްކަންޖެހޭ މުއްދަތުކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދެއްކޭނަމަ، އަންނަނިވި ކަންކަން ފުރިހަމަކުރުމުން، އެކުއިޒިށަން ފީ ދެއްކުމަށް ދެވޭ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ދައުވަތުގައި އެކުއިޒިށަން ފީ ދައްކަންޖެހޭ މުއްދަތު ކަމަށް ކަނޑައަޅާފައިވާމުއްދަތު ހަމަވުމުގެ ކުރިން، އެކުއިޒިށަން ފީ ދެއްކުމަށް ދެވިފައިވާ މުއްދަތުއިތުރުކޮށްދިނުމަށްއެދި، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުން.
  2. މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު، މުއްދަތު އިތުރުކުރުމަށް، 1000 (އެއް ހާސް އެމެރިކާ ޑޮލަރު) ގެ ފީއެއްޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދެއްކުން.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެކުއިޒިށަން ފީ ދެއްކުމަށް ދެވޭ މުއްދަތު ކޮންމެ ފަހަރަކުވެސް އިތުރުކޮށްދެވޭނީ އެންމެ ގިނަވެގެން 45 (ސާޅީސް ފަހެއް) ދުވަހަށެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69)

 

ކޮންސޮލިޑޭޓް ގަވާއިދު

މައި ގަވާއިދު ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު