-

ގަވާއިދު ނަންބަރު 2016-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-32)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 މާރިޗު 2017 ގައި)

 

ގަވާއިދު ނަންބަރު 2016-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. (ނ) (2) ދިވެހިރާޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާރޓްނަރށިޕެއް ނުވަތަ ކުންފުންްޏަކަށްވުން (ދިވެހިރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ހިއްސާވާ ޕާރޓްނަރށިޕަކަށް ނުވަތަ ކުންފުންްޏަކަށްވެސް ހުށަހެޅިދާނެއެވެ.)، ނުވަތަ ރާއްޖޭގައި ރީ-ރަޖިސްޓްރީކޮށްފައިވާ ކުންފުންްޏެއް ނުވަތަ ޕާރޓްނަރށިޕަކަށްވުން ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންްޏެއް ނުވަތަ ޕާރޓްނަރށިޕަކަށްވުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ ގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

5. (ބ)

  1. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ށާއިޢުކޮށްފައިވާ ދަފުތަރުގައި ހިމެނޭ ރަށަކަށް އެއް ފަރާތުން ތަފުސީލު ލިޔުން ހުށަހެޅުމަށްފަހު، މި ގަވާއިދުގެ 9 އަދި 10 ވަނަ މާއްދާ ގައި ބުނެފައިވާ އިޖުރާއަތުތައް ދުރިހަމަ ކުރެވެންދެން ނުވަތަ ވަކިގޮތަކަށް އެއިން ވަރުހަލާއެއް ނިމެންދެން މި ގަވާއިދުގެ 3 ވަނަ މާއްދާ ގެ (ށ) ގެ ދަށުން ށާއިޢުކޮށްފައިވާ ދަފުތަރުގައި ހިމެނޭ ރަށަކަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިތުރު ތަފްސީލު ލިޔުމެއް ހުށަހެޅުމަށް އެހެން ފަރާތަކުން ށައުގުވެރިކަން ފާޅުކޮށްފިނަމަ، އެ ތަފުސީލު ލިޔުން ބަލައިނުގަނެ ހިފެހެއްޓުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.
  2. މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، އެ ރަށެއްގެ ކުލލީގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވުނު ރަށާ ގުޅިގެން މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިތުރު ތަފުސީލު ލިޔުމެއް ހުށަހެޅުމަށް އެހެން ފަރާތަކުން ށައުގުވެރިކަން ފާޅުކޮށްފިނަމަ، އެ ތަފުސީލު ލިޔުން ބަލައިނުގަތުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ ގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

6. (ބ) ކޮމިޓީގައި އިދާރާގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ސެކްރެޓޭރިއަޓެއް އައްޔަންކުރުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ ގެ ފަހަތަށް 7 ވަނަ މާއްދާގެެ ގޮތުގައި އަންނަނިވިގޮތަށް މާއްދާއެއް އިތުރުކޮށް އެ މާއްދާގެ ފަހަތުގައި ހުރި އެހެނިހެން މާއްދާތައް ތަރުތީބުކުރުން.

7. ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ލިބިގެންވާ އިހުތިޔާރުތައް

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ ހިންގާ ގަވާއިދު އެކުލަވައިލުމަށް އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތަފުސީލު ލިޔުން ވަޒަންކުރުމުގެގޮތުން މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ ތާވަލާ އެއްގޮތަށް ޕޮއިންޓު ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެނވެއެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ކޮމިޓީގައި ހާޒިރުވެ ތިބެންޖެހޭނެ މެންބަރުންގެ ކޯތަމަކީ އެންމެ މަދުވެގެން 2 (ދޭއް) މެންބަރުންނެވެ.

(ރ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ތަފުސީލު ލިޔުމެއް އިބްތިދާއީ ގޮތުން ބަލާ ބެލުމުގައި، އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ކުރިން ވަޒަންކޮށް ފާސްކޮށްފައިވާ ހުށަހެޅުމަކާއި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ފަހުް ހުށަހަޅާ ތަފުސީލު ލިޔުމެއް އެއްގޮތްކަމަށް ފާހަގަކުރެވޭނަމަ ނުވަތަ ދެފުށްފެންނަ ގޮތަށް އެ ހުށަހެޅުން އިވެލުއޭޓުކުރުމަށް ހުރަސް އެޅޭނެ އެއްވެސް މައްސަލައެއް އެ ތަފުސީލު ލިޔުމުގައި ވާކަމަށް ފާހަގަކުރެވޭނަމަ، އެ ހުށަހެޅުން ވަޒަންނުކޮށް ބާތިލުކުރުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ބ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ ރިސެސްއަށް ދާނެ ދުވަސްތައް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ. އަދި ކޮމިޓީ ރިސެސްގައިވާ ދުވަސްތަކުގައި، މި ގަވާއިދުގައި ބަޔާންކުރާ ކޮމިޓީގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެއެވެ. އަދި ، މި ގަވާއިދުގައި ބަޔާންކުރާ ހުށަހެޅުމެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލައިނުގަނެވޭނެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން

8. (ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ށަޢުޤުވެރިކަން ފާޅުކޮށް ތަފުސީލު ލިޔުން ހުށަހެޅުމުން، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އިބްތިދާއީ ގޮތުން ބަލާ ބެލުން ބެލުމަށްފަހު، އެ ތަފުސީލު ލިޔުން ފުރިހަމަކަމަށްވާނަމަ، އެ ހުށަހެޅުން ހުށަހަޅާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ހުށަހެޅުމުގައިވާ ތަފުސީލު ލިޔުމަށް ބިނާކޮށް، އެ ހުށަހެޅުން ހުށަހަޅާފައިވާ ފަރާތުން މަށްރޫޢު ކުރިއަށް ގެނދިއުމާމެދު، ކޮމިޓީން ޓޫރިޒަމާބެހޭ މިނިސްޓަރަށް ލަފާ ދޭންވާނެއެވެ.

 

6 ވަނަ މާއްދާ – މި ގަވާއުދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ، އަދި އެ ގަވާއިދުން އުނިކުރާ މާއްދާތަކާ ގުޅިގެން ބުނެވިދިޔަ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

7 ވަނަ މާއްދާ – މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69)

 

ކޮންސޮލިޑޭޓް ގަވާއިދު

މައި ގަވާއިދު ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު