ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު
(ގަވާއިދު ނަންބަރު 2011-05)
1 ވަނަ ބާބު
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރ 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ށަރުއީދާއިރާގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމާބެހޭ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު" އެވެ.
(ނ) މި ގަވާއިދަށް އަމަލު ކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
2 ވަނަ މާއްދާ - ގަވާއިދު ހިންގުން
(ހ) މި ގަވާއިދު ހިންގާނީ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ވަޒީފާދީފައިވާ ފަރާތްތައް ފިޔަވައި ށަރުއީދާއިރާގެ އެންމެހައި މުވައްޒަފުންގެ މައްޗަށެވެ. މިގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް، ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ވަޒީފާދީފައިވާ ފަރާތްތައް ފިޔަވައި، ށަރުއީދާއިރާގެ އެންމެހައި މުވައްޒަފުން އަމަލު ކުރަންވާނެއެވެ. އަދި މިގަވާއިދަށް ގެނެވެމުންދާ ބަދަލުތަކަށްވެސް، އެ ބަދަލެއް ގެނެވުމުން އެ ބަދަލަކާ އެއްގޮތަށް އެބަދަލަށް ނުވަތަ ބަދަލުތަކަށް އަމަލުކުރަންޖެހޭ ކޮންމެ ފަރާތަކުން އަމަލު ކުރަންވާނެއެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާހިނދަކު، މި ގަވާއިދަށް އަމަލު ކުރަން ފެށުމަކުން، ށަރުއީދާއިރާގެ އިދާރީ މުވައްޒަފަކާ މެދު މީގެކުރިން، އަޅާފައިވާ ފިޔަވަޅެއް، ނުވަތަ ނިންމާފައިވާ ނިންމުމެއް ނުވަތަ ލިބިދީފައިވާ ހައްގެއް ބާތިލެއް ނުވާނެއެވެ. އަދި ކުރީގައި އަމަލު ކުރެވުނު ގަވާއިދެއްގެ ދަށުން ލިބިދީފައިވާ ހައްގަކީ ވަކި މުއްދަތެއް ބަޔާންކޮށް ލިބިދީފައިވާ ހައްގެއް ކަމުގައި ވާނަމަ، އެ މުއްދަތު ހަމަވުމާ ހަމަޔަށް އެ ހައްގެއް މި ގަވާއިދުގެ ދަށުން ލިބިދެވޭނެއެވެ. އަދި އެ މުއްދަތު ހަމަވުމާ ހަމަޔަށް އެ ހައްގާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މާލީ އިނާޔަތްތައް އެގަވާއިދުގައިވާ ގޮތުގެ މަތީން ލިބިދެވޭނެއެވެ.
3 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން
މިގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ އުނިއިތުރެއް ގެންނަންޖެހިއްޖެނަމަ، އެކަމެއް ކުރުމުގެ އިހްތިޔާރު ލިބިގެންވަނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ.
4 ވަނަ މާއްދާ - ށަރްއީދާއިރާގެ މުވައްޒަފުންގެ ވާޖިބު
ށަރްއީދާއިރާގައި ހިދުމަތްކުރާ މުވައްޒަފުންގެ ވާޖިބަކީ، ތެދުވެރިކަމާއި އިހްލާސްތެރި ކަމާއެކު، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ކުރުމެއްނެތި، އަދުލުއިންސާފު ގާއިމުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތަކާއި ށަރްއީދާއިރާއިން އެކަށައަޅާ ސިޔާސަތުތަކާއި ޕްރޮގްރާމުތައް ހިންގައި އެޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެ ދިނުމެވެ.
5 ވަނަ މާއްދާ - ހިދުމަތް ކުރުމުގެ އުސޫލުތައް
ށަރްއީދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ދައުލަތަށް ހިދުމަތް ކުރުމުގައި އަމަލު ކުރަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.
(ހ) ކޮންމެ މުވައްޒަފަކުމެ އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓު ނުވަތަ އިދާރާއެއްގައި އެމީހަކު ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށާއި އެކޯޓެއް ނުވަތަ އެއިދާރާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްފަރާތަށާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ޖަވާބުދާރީ ވާން ވާނެއެވެ.
(ށ) ކޮންމެ މުވައްޒަފަކުމެ އެމުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި، ވާޖިބު އަދާކުރުމުގައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ނ) ކޮންމެ މުވައްޒަފަކުމެ އެމުވައްޒަފެއްގެ ޒިންމާތައް އަދާ ކުރުމުގައި:
- މަސައްކަތުގެ ދާއިރާގައި، މަސައްކަތާގުޅޭ ހުނަރުވެރި މިންގަނޑާ އެއްގޮތަށް މުވައްޒަފުގެ އަމަލުތައް ބަހައްޓަންވާނެއެވެ.
- ހިލޭސާބަހަށް އިލްމީ މަސައްކަތެއްކުރުން ފިޔަވައި، ވަޒީފާގެ މަސްލަހަތާ ފުށުއަރާ އަމިއްލަ މަސައްކަތެއް މުވައްޒަފު ކުރަންވާނެއެވެ. އަދި ށަރްއީދާއިރާ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ.
- ކޯޓުގައި ނުވަތަ އިދާރާގައި، ހޭދަކުރަންޖެހޭ ވަގުތުތަކުގައި، އަމިއްލަ މަސައްކަތްކުރުމާއި ކޯޓުގެ ނުވަތަ އިދާރާގެ ވަސީލަތްތައް އަމިއްލަ ކަންކަމުގައި ބޭނުންކޮށްގެނެއް ނުވާނެއެވެ.
- ށަރްއީދާއިރާގެ މިނިވަންކަމާ މުސްތަގިއްލު ކަމަށް ބުރޫނާރާފަދަގޮތަކަށް ޖަމްއިއްޔާތަކުގައި ބައިވެރިވެވިދާނެއެވެ.
6 ވަނަ މާއްދާ - ރިޕޯޓް ކުރުން
ށަރްއީދާއިރާގެ މުވައްޒަފަކު މިގަވާއިދާ ހިލާފުކަމެއް ކުރާކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެކަމެއް އެނގުނު މުވައްޒަފަކު، އެ މުވައްޒަފު ޖަވާބުދާރީވާންޖެހޭ ވެރިޔާއަށް އެކަމެއް އަންގަން ވާނެއެވެ.
7 ވަނަ މާއްދާ - އިލްތިމާސްކުރުން
(ހ) މިގަވާއިދު ތަންފީޒު ކުރުމުގައި، މުވައްޒަފަކާމެދު އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ދެކޭނަމަ، އެކަމެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އިލްތިމާސް ކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނީ މި ގަވާއިދުގެ 25 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.
8 ވަނަ މާއްދާ - މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުން
ށަރުއީދާއިރާގެ މުވައްޒަފުންގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. އަދި މިގޮތުން މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން އިން ނެރޭ ގަވާއިދުތައް މުވައްޒަފުންނަށް އަންގައި، އެ ގަވާއިދުތައް ހިންގުން.
(ށ) ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާ ބަޔާނާއި، މުވައްޒަފުންގެ ޒިންމާތަކާއި، މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރާނެގޮތާއި، ރެކޯޑާއި ލިޔެކިޔުންތައް ބެލެހެއްޓުމާއިބެހޭ އާންމު އުސޫލުތައް ކަނޑައެޅުން.
(ނ) މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެހެނިހެން ގޮތްގޮތުން ދޭންޖެހޭ ހިދުމަތްތައް ދިނުން.
(ރ) އެވަގުތަކަށް ހަމަޖައްސައި ދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައާއި، ވަސީލަތް ހަމަޖައްސައި ދިނުން.
(ބ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ގާއިމުކޮށް އެނިޒާމުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ޅ) މުވައްޒަފުންގެ މެދުގައި އެކުވެރިކަން އުފެއްދުމާއި، ގުޅުން ބަދަހިކުރުމާއި، މަސްލަހަތު ގާއިމުކުރުން.
(ކ) މުވައްޒަފުންގެ މެދުގައި ދުވަހުން ދުވަހަށް މަސައްކަތް ނިންމުމުގެ ސިފަ އަށަގަންނުވައި، މަސައްކަތުގެ އަހުލާގު ހަރުދަނާ ކުރުން.
9 ވަނަ މާއްދާ - ކޯޓު ނުވަތަ އިދާރާ ހުޅުވައި
(ހ) ކޮންމެ ކޯޓެއް ނުވަތަ އިދާރާއެއްވެސް ހުޅުވަންވާނީ، އަދި ހުޅުވާފައި ލެއްޕުން ބަހައްޓަންވާނީ، އެ ކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ފަންތިން ފެށިގެން މަތީ ދަރަޖައެއްގެ މުވައްޒަފަކު ނުވަތަ އެކަމަށް ހުއްދަ ދީފައިވާ މުވައްޒަފަކު ހުރެގެންނެވެ. އަދި ކޯޓުގެ ނުވަތަ އިދާރާގެ ރަސްމީ ގަޑީގަޔާއި ހިދުމަތެއްދިނުމަށް ކޯޓު ނުވަތަ އިދާރާ ހުޅުވާފައި ބަހައްޓަންޖެހިއްޖެ ކޮންމެ ވަގުތެއްގައި އެފަދަ މުވައްޒަފަކު ކޯޓުގައި ނުވަތަ އިދާރާގައި ހުންނަން ވާނެއެވެ.
(ށ) އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ފަންތިން ފެށިގެން މަތީގެ ދަރަޖައެއްގެ މުވައްޒަފަކު ނެތިގެން އެނޫން މުވައްޒަފަކަށް ކޯޓު ނުވަތަ އިދާރާއެއް ހުޅުވުމުގެ ހުއްދަ ދޭން ކޮންމެހެން ޖެހިއްޖެނަމަ، ހުއްދަ ދޭނީ ކޯޓު ނުވަތަ އިދާރާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާ ނުވަތަ ކޯޓު ނުވަތަ އިދާރާގެ އިދާރީކަންތައް ހިންގުމާ ހަވާލުވެހުރި ވެރިޔެކެވެ.
10 ވަނަ މާއްދާ - އަމިއްލަ ފައިދާއަށް ކޯޓުގެ ނުވަތަ އިދާރާގެ ތަކެތި ބޭނުން ނުކުރުން
އެއްވެސް މުވައްޒަފަކު، އެމީހެއްގެ މަސްލަހަތެއް އޮތް ނުވަތަ މަސްލަހަތެއް ނެތް ވިޔަފާރިއަކަށް ނުވަތަ އެމީހަކަށް މާލީ ފައިދާއެއް ލިބޭ ނުވަތަ މާލީ ފައިދާއެއް ނުލިބޭ ކަމަކަށް ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
11 ވަނަ މާއްދާ - މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސިއްހީ މިންގަނޑުތަކާއި އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް
(ހ) މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން މުވައްޒަފުން ސަލާމަތް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކަށީގެންވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަކީ، ކޯޓުގެ ނުވަތަ އިދާރާގެ މަސްއޫލިއްޔަތެކެވެ.
(ށ) އެތަނެއްގައި ކުރާ މަސައްކަތަކާގުޅޭ ގޮތުން މުވައްޒަފުން ނުރައްކަލުން ސަލާމަތް ކުރުމަށް ބޭނުންވާ އާލާތާއި ތަކެތި، މުވައްޒަފުންނަށް ދޫކުރަންވާނެއެވެ.
(ނ) ށަރްއީދާއިރާގެ މަސައްކަތުގައި އުޅެނިކޮށް މުވައްޒަފަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެމީހަކު ލައްވާ މަސައްކަތް ކުރުވުމާ ހަވާލުވެ ހުރި އިސްމީހާ، ލަސްނުކޮށް އެކަން ކޯޓުގެ ނުވަތަ އިދާރާގެ ކަމާބެހޭ ވެރިޔަކަށް އަންގައި އެމީހަކަށް ފަރުވާ ދިނުމަށް ލަސްނުކޮށް ފިޔަވަޅު އަޅަންވާނެއެވެ. ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތުގައި އުޅެނިކޮށް އެ މަސައްކަތުގެ ތެރެއިން މުވައްޒަފެއްގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބޭ ގެއްލުމަކަށް ބޭނުންވާ ފަރުވާ އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހަމަޖައްސައިދޭންވާނެއެވެ. އަދި މިކަމުގެ މައުލޫމާތު ލަސްނުކޮށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އަންގަންވާނެއެވެ.
12 ވަނަ މާއްދާ - ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ނުކުރުން
ށަރްއީދާއިރާގެ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ނުކުރުން ވިޔަފާރިއާބެހޭ ކަމެއް، ނުވަތަ މާލީ ފައިދާއެއް ލިބޭ ނުވަތަ ނުލިބޭ މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަދި އެހެން މުވައްޒަފަކު ލައްވާވެސް މިފަދަ މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.
13 ވަނަ މާއްދާ - ދައުލަތުގެ ދުއްވާ އެއްޗެހި
ށަރުއީދާއިރާގެ އެއްވެސް މުވައްޒަފަކަށް އެ މުވައްޒަފެއްގެ މަގާމުގައި ކުރަންޖެހޭ ބޭނުންކުރުން މަސައްކަތެއް ކުރުމަށް ދޫކޮށްފައިވާ ދައުލަތުގެ ދުއްވާ އެއްޗެއް އެމީހަކަށް އާމްދަނީއެއް ނުވަތަ މަންފާއެއް ލިބިގަތުމަށްޓަކައި، ބޭނުން ކުރުމަކީ މަނާކަމެކެވެ.
14 ވަނަ މާއްދާ - މުވައްޒަފުން ދިރިއުޅުމަށް ދޭ
(ހ) މުވައްޒަފަކު ދިރިއުޅުމަށް ށަރުއީދާއިރާއިން ދީފައިވާ ތަނެއްގައި ތަންތަން ބޭނުންކުރުން ށަރުއީދާއިރާއިން ހަމަޖައްސާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ އާއިލާގެ މީހުން ބޭތިއްބުމަކީ ހުއްދަ ކަމެކެވެ.
(ށ) ށަރުއީދާއިރާގެ މުވައްޒަފަކު ދިރިއުޅުމަށް ނުވަތަ ހުރުމަށް ށަރުއީދާއިރާއިން ދީފައިވާ ތަނެއް ބޭނުންކޮށްގެން މާލީ އެއްވެސް ފައިދާއެއް ހޯދުމާއި ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.
2 ވަނަ ބާބު
ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް)
15 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ، ހިދުމަތްލިބިގަންނަ ފަރާތްތަކަށް އިތުބާރުހިފޭ ހިތްހަމަޖެހޭ، ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭ ހިތްހެޔޮ ރިވެތި ސުލޫކެއްގެ ވެރިބަޔަކަށް ވާންވާނެއެވެ.
16 ވަނަ މާއްދާ - އާންމު ރައްޔިތުންނާމެދު އޮންނަ ގުޅުން
ށަރްއީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންތައްތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތީން، އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ތަފާތުކުރުމެއްނެތި އޯގާތެރިކަމާއެކު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބޭގޮތަށް ކޮންމެ މުވައްޒަފަކުވެސް މަސައްކަތްކުރަންވާނެއެވެ. އަދި ށަރްއީދާއިރާގެ އިތުބާރާއި ގަދަރު ކުޑަވާފަދަ އެއްވެސް ކަމެއް އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެއެވެ.
(ށ) ރައްޔިތުންނާ މުއާމަލާތުކުރުމުގައި އަދަބުވެރިކަމާއި މަޑުމައިތިރިކަމާއި އިހްތިރާމާއެކު ފަސޭހައިން މުއާމަލާތުކުރެވޭނެ އުސޫލެއް ގެންގުޅެންވާނެއެވެ.
(ނ) ރައްޔިތުންނާ މުއާމަލާތު ކުރުމުގައި، ރައްޔިތުންނަކީ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ލިބިގަތުމުގެ ހައްގު ލިބިގެންވާ ބަޔަކު ކަމުގައި ދެކެންވާނެއެވެ.
(ރ) މުވައްޒަފުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ރައްޔިތެއްގެ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ ނަސްލަށް ނުވަތަ ވާހަކަދައްކާ ބަހަށް ނުވަތަ އިޖްތިމާއީ ދަރަޖައަށް ނުވަތަ މަގާމަށް ނުވަތަ ނުކުޅެދުންތެރިކަމަށް ނުވަތަ ސިޔާސީގޮތުން ތާއީދުކުރާ ފަރާތަކަށް ނުވަތަ މިނޫންވެސް ގޮތަކަށް ބަލައި އެއްވެސް މޭރުމަކުން ތަފާތެއް ކޮށްގެންނުވާނެއެވެ.
(ބ) އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މަންފާއާއި ލާބައަށްޓަކައި، ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި، ކޯޓުގެ ނުވަތަ އިދާރާގެ އެއްވެސް އެއްޗެއްގެ ބޭނުން ކުރުމާއި، މުވައްޒަފެއްގެ މަގާމުގެ ބޭނުން ކުރުމަކީ މަނާކަމެކެވެ.
(ޅ) މުވައްޒަފުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ކޮންމެ ރައްޔިތެއްގެ އިއްޒަތަށާއި ކަރާމަތަށާއި އެރައްޔިތަކަށް ގާނޫނުއަސާސީއިން ލިބިދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ކ) ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް، އެހިދުމަތަކާގުޅިގެން ބޭނުންވާ މައުލޫމާތުގެ ތެރެއިން ކޮންމެހެން ދޭންޖެހޭ މައުލޫމާތު އަންގައި އޮޅުން ފިލުވައިދޭންވާނެއެވެ.
(އ) މުވައްޒަފު ވަޒީފާއަދާކުރާ ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާ ބެހޭގޮތުން ރަސްމީކޮށްދޭންޖެހޭ މައުލޫމާތެއް ފިޔަވައި އެއާގުޅޭ އެހެން މައުލޫމާތެއް އެއްވެސް ފަރާތަކަށްދީ، މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކާ މަށްވަރާކޮށް ހިޔާލުދީ ވާހަކަ ދައްކައި ހަދައިގެން ނުވާނެއެވެ.
(ވ) މުވައްޒަފު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރާކަންކަމާއި ހިންގާ ހަރަކާތްތަކުގައި ތިމާގެމީހުންނާއި ރައްޓެހިންނަށް ފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެއެވެ.
(މ) އަމިއްލަ ލާބައާއި މަންފާއެއް ހޯދުމަށްޓަކައި، ނުވަތަ ނާޖާއިޒު ގޮތެއްގައި އެހެންމީހަކަށް ފައިދާއެއް ހޯދައިދިނުމަށްޓަކައި ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކޮށް ހަދައިގެނެއް ނުވާނެއެވެ.
17 ވަނަ މާއްދާ - މުވައްޒަފުންގެ މެދުގައި އޮންނަންވާނެ ގުޅުން ށަރްއީދާއިރާގެ ކޮންމެ މުވައްޒަފަކުމެ:
(ހ) ށަރްއީދާއިރާގެ މަސްލަހަތު ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް އެއްބާރުލުން ދޭންވާނެއެވެ.
(ށ) އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެމުވައްޒަފެއްގެ މަގާމުގެ ބޭނުންކޮށްގެން ނުވަތަ އެހެން މުވައްޒަފަކު މެދުވެރިކޮށް ނާޖާއިޒު ފައިދާ ނަގައިގެނެއް ނުވާނެއެވެ.
(ނ) އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، އަދި އެމުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ހިނގާ ކަންކަމާ ގުޅޭގޮތުން އެއްވެސް ހިތްހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމަ، އެކަމެއް ހައްލުކުރަންވާނީ މިގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ރ) އެމުވައްޒަފެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ ރޫހު ހިފެހެއްޓުމަށާއި، ހަރުދަނާ އަދި އެކުވެރި މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.
18 ވަނަ މާއްދާ - ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމާގުޅޭ
ށަރްއީދާއިރާގެ ކޮންމެ މުވައްޒަފަކުމެ:
(ހ) ވަޒީފާ އަދާކުރާކުރުމުގައި ހަރަދުކުޑަކޮށް، ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފައިދާވާނެ އުސޫލަކުން، އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މަގުސަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.
(ށ) އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅެން ވާނެއެވެ. އަދި މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ހައްލު ކުރުމުގައި އައުގޮތްތައް ހޯދައި، ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.
(ނ) އެ މުވައްޒަފަކާ ހަވާލުކުރެވޭ ކަންކަން ކުރަންވާނީ ހުނަރުވެރިކަމާއެކު، ކަމަށް ކަމޭ ހިތައިގެންނެވެ. އަދި އެކަމެއް ނިންމަންޖެހޭ ވަގުތަށް ނިންމަންވާނެއެވެ.
(ރ) މުވައްޒަފަކު ރަސްމީ ވަޒީފާ އަދާކުރުމުގެގޮތުން ކުރާ ކަމަކުން ނުވަތަ ނިންމާނިންމުމަކުން މުވައްޒަފަކަށް ނުވަތަ މުވައްޒަފަކާ ގުޅުންހުރި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ނުވަތަ މަސްލަހަތާ ފުށުއަރާ ކަމެއް ނުވަތަ މަންފާ ލިބިދޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމެއް ވަންހަނާ ނުކޮށް އެކަން އެއިދާރާއެއްގެ އިސްވެރިޔާއަށް ނުވަތަ އެކަމަކާގުޅޭ ވެރިއަކަށް އަންގަންވާނެއެވެ.
އަދި އެމުވައްޒަފަކު އަމިއްލައަށް އެކަމަކުން ތަނާޒުލްވާން ވާނެއެވެ.
(ބ) ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ތިމާގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި، ވަޒީފާ ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާނޭ އިތުރު މައުލޫމާތާއި ހުނަރުތައް އުނގެނުމަށްޓަކައި މަސައްކަތްކުރަންވާނެއެވެ.
(ޅ) ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރަންވާނީ އަމާނާތްތެރިކަމާއެކު ޖަވާބުދާރީވެވޭ ގޮތަށް އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
(ކ) މުވައްޒަފަކު ވަޒީފާއަދާކުރާ މާހައުލުން ފެންނަ ކޮރަޕްށަނުގެ އަމަލުތަކާއި، މަކަރާއި ހީލަތް ހެދުމުގެ އަމަލުތަކާއި، ހިޔާނާތުގެ އަމަލުތަކާއި، ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް އިދާރާއިން ހިދުމަތްދިނުމުގައި އެހެން މީހުންނާއި ތަފާތުކުރުމުގެ އަމަލުތަކާއި، އެއިދާރާގެ ހިންގުމަށް ބުރޫއަރާފަދަ އަމަލުތަކާއި، އަދި މިނޫންވެސް ގާނޫނާ ހިލާފު އަމަލުތައް ރިޕޯޓް ކުރަންވާނެއެވެ.
(އ) އިދާރީ ކަންކަމުގައި ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިންނާއި، ށަރުއީދާއިރާގެ އެހެން އިދާރާއަކުން ތިމާކުރެން ލަފަޔަކަށް ނުވަތަ މަށްވަރާއަކަށް އެދިއްޖެނަމަ ވަކި ފަރާތަކަށް ބުރަނުވެ ތެދުވެރިކަމާއެކު ލަފަޔާއި މަށްވަރާދީ އެހީތެރިކަން ދޭންވާނެއެވެ.
(ވ) ކޯޓުގެ ނުވަތަ އިދާރާގެ ސިއްރުކަމުގައި ބެލެވިދާނޭ އެންމެހައި ކަންކަމާއި، އާންމު ރައްޔިތުންގެ ޒާތީ މަސްލަހަތު ހިމެނޭ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަން ވާނެއެވެ.
19 ވަނަ މާއްދާ - އުޅުން ބަހައްޓަންވީ ގޮތް
ށަރްއީދާއިރާގެ ކޮންމެ މުވައްޒަފަކުމެ:
(ހ) ށަރްއީދާއިރާގެ މުވައްޒަފުން، ވަޒީފާގެ ރަސްމީ މަސައްކަތުގައާއި ނުރަސްމީގަޑީގެ މަސައްކަތުގައި އުޅޭ އިރު ހެދުން ބަހައްޓަންވާނީ، މިގަވާއިދުގެ 13 ވަނަބާބުގައިވާ ގޮތުގެ މަތިންނެވެ.
(ށ) ށަރްއީދާއިރާގެ މުވައްޒަފުން ރަސްމީ މަސައްކަތުގައާއި ދިރިއުޅުމުގެ އެހެން ކަންތައްތަކުގައި އުޅޭއިރު އަމަލުތައް ބަހައްޓަންވާނީ، ށަރްއީދާއިރާގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އަބުރާއި، އިއްޒަތާއި، ށަރަފާއި، ގަދަރު ހިފެހެއްޓޭފަދަ ގޮތަކަށެވެ.
(ނ) ށަރްއީދާއިރާގެ އެއްވެސް މުވައްޒަފަކު އާންމުރައްޔިތުންގެ ކުރިމަތީގައި ށަރްއީދާއިރާގެ ގަދަރު ކުޑަވާފަދަ އެއްވެސް އަމަލެއް ނުވަތަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ވާހަކައެއް ދައްކައިގެނެއް ނުވާނެއެވެ.
20 ވަނަ މާއްދާ - ރައްޔިތުންނަށް ޒިންމާދާރުވުން
ކޮންމެ މުވައްޒަފަކުމެ، އޭނާ އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ރައްޔިތުންނަށް ޒިންމާދާރު ވާންވާނެއެވެ.
3 ވަނަ ބާބު
މުވައްޒަފުންގެ މަގާމުތަކުގެ ފަންތި
21 ވަނަ މާއްދާ - ތައާރުފު
(ހ) ށަރުއީދާއިރާގައި ހިމެނޭ މަގާމުތަކުގެ ފަންތިތައް ކަނޑައަޅާނީ މިއުސޫލުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ.
(ށ) ށަރުއީދާއިރާގެ މަގާމްތަކުގެ ފަންތިތައް ކަނޑައަޅައި އެކުލަވާލާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
22 ވަނަ މާއްދާ - މަގާމުތަކުގެ ފަންތި ކަނޑައެޅުން
(ހ) ށަރުއީދާއިރާގެ މަގާމުތަކުގެ ފަންތިތައް ކަނޑައަޅާނީ އަންނަނިވި މިންގަނޑުތަކުގެ މައްޗަށެވެ.
- ކޮންމެ ވަޒީފާއެއް ނިސްބަތްވާ ފަންތީގެ ނަން.
- ކޮންމެ ފަންތިއެއްގައި ހިމެނޭ ވަޒީފާތައް އަދާކުރާ މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު.
- ކޮންމެ ފަންތިއެއްގައި ހިމެނޭ ވަޒީފާތަކަށް މީހުން ކުރިމަތިލާއިރު އެމީހުންގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި ތަޖުރިބާ.
(ށ) ށަރުއީދާއިރާގެ ކޮންމެ ވަޒީފާއެއްވެސް މިމާއްދާގެ (ހ) ގެ ދަށުން އެކަށައެޅޭ މަގާމުތަކުގެ ފަންތީގެ އޮނިގަނޑުގައި ހިމެނޭ ކޮންމެވެސް އެއް ފަންތިއެއްގައި ހިމަނަންވާނެއެވެ.
23 ވަނަ މާއްދާ - ޒިންމާތަކާ ގުޅޭގޮތުން މަގާމަށް ނަންކިޔުން
އެއްފަންތިއެއްގައި ހިމެނޭ ވަޒީފާތަކަށް އެއްނަމެއް، ނުވަތަ އެއްކޯޑެއް ކަނޑައެޅިފައިވީ ނަމަވެސް، މަސައްކަތުގެ ދާއިރާގައި ބޭނުންކުރާ ރަސްމީނަމުގެ ގޮތުގައި އެފަންތީގައި ހިމެނޭ ތަފާތު ވަޒީފާތަކަށް އެކިނަންނަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައެޅިދާނެއެވެ.
24 ވަނަ މާއްދާ - ފަންތީގެ އޮނިގަނޑުގައި މަގާމު ހިމެނުން
(ހ) މުވައްޒަފަކަށް ށަރުއީދާއިރާގެ މަގާމެއް ހަމަޖެއްސުމުގެ ކުރިން ށަރުއީދާއިރާގައި ހިމެނޭ މަގާމުތަކުގެ ފަންތީގެ އޮނިގަނޑުގައި އެމަގާމެއް ހިމެނިފައި އޮންނަން ވާނެއެވެ.
(ށ) އެއްފަންތިއަކަށް ވަޒީފާގެ އޮނިގަނޑާއި މުސާރަ ކަނޑައެޅުމުގައި އަމަލުކުރަންވާނީ އެއް އުސޫލަކުން އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކުގައެވެ.
25 ވަނަ މާއްދާ - ފަންތި ބަދަލުކުރުން
ކޯޓު ނުވަތަ އިދާރާގެ އިދާރީ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ބަދަލު ގެންނަން ޖެހިގެން، އެމަގާމެއްގެ ފަންތި ބަދަލު ކުރަން ޖެހިއްޖެނަމަ އެކަމުގެ ސަބަބު ބަޔާންކޮށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ. މަގާމެއްގެ ފަންތި ބަދަލު ކުރަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
26 ވަނަ މާއްދާ - މަގާމުތަކުގެ އޮނިގަނޑާއި
ށަރްއީދާއިރާގެ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑުތައް ކޯޓުތަކާއި އިދާރާތަކުގެ ށަރުތު ކަނޑައެޅުން ލަފާގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވާލައި، މަގާމުތަކުގެ ށަރުތު ކަނޑައަޅައި އާންމު ކުރަންވާނެއެވެ.
4 ވަނަ ބާބު
ށަރުއީދާއިރާގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި މަގާމު އުފެއްދުމާއި އުވާލުން
27 ވަނަ މާއްދާ - ތައާރުފު
(ހ) ށަރުއީދާއިރާގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މަގާމު އުފެއްދުމާއި، މަގާމު އުވާލުމުގައި އަމަލުކުރާނީ މިބާބުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.
(ށ) އިދާރީ އޮނިގަނޑު އެކުލަވައިލުމާއި، މަގާމު އުފެއްދުމާއި، މަގާމު އުވާލާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
28 ވަނަ މާއްދާ - އިދާރީ އޮނިގަނޑު އެކުލަވާލުން
(ހ) ށަރުއީދާއިރާގެ އިދާރީ އޮނިގަނޑު އެކުލަވާލާނީ ކޯޓުތަކާއި އިދާރާތަކުގެ މަސައްކަތްތަކުގެ މައްޗަށް ބަލައިގެން އެތަންތަނުގެ މަށްވަރާއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ށ) އޮނިގަނޑު ފަރުމާކުރަންވާނީ މިގަވާއިދުގައިވާ އުސޫލުތައް އެއީ އަސާސީ މިންގަނޑުތަކެއް ކަމުގައި ބަލައިގެންނެވެ.
(ނ) އިދާރީ އޮނިގަނޑު އެކުލަވާލުމުގައި އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި ކުރެވޭނެ ގޮތަކަށް، ޑިވިޒަނާއި ސެކްށަން އުފައްދަންޖެހޭ ތަންތަނުގައި އުފައްދައި، މަގާމު ކަނޑައަޅަންވާނެއެވެ.
(ރ) އިދާރީ އޮނިގަނޑު އެކުލަވާލުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.
- ކޯޓުގެ އިހްތިސާސްތަކާއި، މަސައްކަތް ހިންގުމަށް ރާވާފައިވާގޮތާއި، ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަށް.
- ކޯޓުގެ ނުވަތަ އިދާރާގެ އޮނިގަނޑުގައި ހިމެނޭ ހަރުފަތްތަކަށް މުވައްޒަފުން ބެހިފައިވާގޮތަށާއި، ކޯޓުގެ ނުވަތަ އިދާރާގެ އޯގަނައިޒޭށަނަލް ޗާޓުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހަމަޖައްސަން ބޭނުންވާ ސަބަބުތަކަށް.
- އޯގަނައިޒޭށަނަލް ޗާޓުގައި ހިމެނޭ މަގާމުތަކުގެ ވަޒީފާ ބަޔާންތަކަށް.
29 ވަނަ މާއްދާ - އިދާރީ އޮނިގަނޑުތައް މުރާޖައާ ކުރަން
(ހ) ކޯޓު ނުވަތަ އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، އެކޯޓެއް ނުވަތަ އެއިދާރާއެއްގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް ގެންނަން ފެންނަ ބަދަލެއް މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓު ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ށ) ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ ނުވަތަ މަސައްކަތުން ބައެއް އުނިވެއްޖެނަމަ، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް ގެންނަން ފެންނަ ބަދަލެއް މިގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ނ) ކޯޓަކުން ނުވަތަ އިދާރާއަކުން އޮނިގަނޑު މުރާޖައާކޮށް ގެންނަ ބަދަލަކުން، ކޯޓުގައި ނުވަތަ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމުތައް އުވާލާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ މިގަވާއިދުގެ 7 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.
30 ވަނަ މާއްދާ - މަގާމު އުފެއްދުން
(ހ) ށަރުއީދާއިރާގެ މަގާމު އުފައްދާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފޮނުވާ ލިޔުމަކުންނެވެ.
(ށ) ށަރުއީދާއިރާގެ ކޯޓަކުން ނުވަތަ އިދާރާއަކުން މަގާމެއް އުފައްދަން ބޭނުންވެއްޖެނަމަ، އެކަމަށް ބޭނުންވި ކޯޓަކުން ނުވަތަ އިދާރާއަކުން އެކަމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ. އަދި މަގާމެއް އުފައްދައިދެވޭނީ އެކޯޓެއް ނުވަތަ އެއިދާރާއެއްގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނިފައިވާ މަގާމަކަށް ނުވަތަ ހިމެނިފައިވާ މަގާމެއްގެ ބަދަލުގައި އެހެން މަގާމަކަށެވެ.
(ނ) މަގާމެއް އުފައްދަން ހުށަހަޅަންވާނީ، ކޯޓަކަށް ނުވަތަ އިދާރާއަކަށް އަލަށް މަސައްކަތެއް ހަވާލުވެގެން ނުވަތަ ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންގެންދާ މަސައްކަތް އިތުރުވުމުގެ ސަބަބުން މަގާމެއް ނުއުފައްދައި ހަމަޖެއްސެން ނެތްނަމައެވެ.
(ރ) މަގާމެއް އުފައްދަން ހުށަހަޅާނީ ތިރީގައިވާ މައުލޫމާތާ އެކުގައެވެ.
- އުފައްދަން ހުށަހަޅާ މަގާމުގެ ވަޒީފާ ބަޔާން.
- އުފައްދަން ހުށަހަޅާ މަގާމު ބޭނުންވި ސަބަބު ތަފްސީލްކޮށް.
- ކޯޓުގެ އިދާރީ އޮނިގަނޑު (އިތުރުކުރުމަށް ބޭނުންވާ މަގާމު ހިމެނޭގޮތަށް އެ މަގާމު ފާހަގަކޮށްފައިވާ).
- އުފައްދަން ހުށަހަޅާ މަގާމުގެ މުސާރައާއި އިނާޔަތްތައް އެ ކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ބަޖެޓުގައި ހިމެނިފައިވާކަން ނުވަތަ ނޫންކަން އަދި ބަޖެޓުގައި ހިމެނިފައި ނުވާނަމަ، އެ ހަރަދު ހަމަޖެއްސުމަށް ހުށަހަޅާގޮތް.
31 ވަނަ މާއްދާ - މަގާމު އުވާލުން
(ހ) މަގާމު އުވާލާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފޮނުވާ ލިޔުމަކުންނެވެ.
(ށ) މަގާމެއް ހުސްވުމަށްފަހު އެމަގާމަށް މީހަކު ހޯދުމަށް މަސައްކަތެއްނުކޮށް އޮންނަތާ 6 (ހަޔެއް) މަސްދުވަސް ވެއްޖެނަމަ، އެމަގާމަކީ އެވަގުތަށް ބޭނުންނުވާ މަގާމެއް ކަމަށްބަލައި އެމަގާމެއް އުވާލަންވާނެއެވެ. މިގޮތުން މަގާމެއް އުވާލުމަށްފަހު އެ މަގާމަކަށް އަލުން މީހަކު ބޭނުންވާނަމަ މީހަކު ހޯދަންވާނީ، މިގަވާއިދުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެމަގާމު އަލުން އުފައްދަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅައި އެމަގާމު އުފައްދައިގެންނެވެ.
(ނ) މަގާމެއް އުވާލަން ބޭނުންވެއްޖެނަމަ، އެކަމަށް ބޭނުންވި ސަބަބު ތަފްސީލްކޮށް ބަޔާންކޮށް އެކަމަށް ބޭނުންވި ކޯޓަކުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
(ރ) ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ، ނުވަތަ މަސައްކަތުން ބައެއް އުނިވެއްޖެނަމަ އެހުއްޓާލި ނުވަތަ އުނިވި މަސައްކަތުގެ ނިސްބަތުން މަގާމު އުނިކުރަން ވާނެއެވެ.
(ބ) މަސައްކަތުން ބައެއް އުނިކުރެވޭ ހާލަތުގައި، އެމަސައްކަތެއް ކުރުމަށް އެއް މަގާމަށް ވުރެ ގިނަ މަގާމު އޮތްނަމަ، އޮނިގަނޑުގައި މަގާމު ބާއްވާނެ އަދަދު ކަނޑައަޅާނީ މަގާމުގެ ބޭނުންތެރިކަމުގެ މައްޗަށް ބަލާފައެވެ. އަދި މަސައްކަތުން ބައެއް އުނިކުރެވޭ ހާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ، އެ މީހުންގެ ތެރެއިން ވަޒީފާއިން ވަކިނުކޮށް ބަހައްޓާނެ މީހެއް ނުވަތަ ބަޔަކު ކަނޑައަޅާނީ އެމީހެއްގެ ތައުލީމާއި ތަޖުރިބާއާއި މަސައްކަތުގެ ފެންވަރާއި އަހުލާގަށް ބަލައިގެންނެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން މަސައްކަތުން ބައެއް އުނިކުރުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް މިގަވާއިދުގެ 91 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިސް ދޭންވާނެއެވެ.
5 ވަނަ ބާބު
މުސާރަ
32 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާގެ އެންމެހައި ފަންތިތަކުގައި ހިމެނޭ ވަޒީފާތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމާއި އެ އޮނިގަނޑަށް ބަދަލުގެނައުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އިހުތިޔާރު ލިބިގެންވާ ކަމެކެވެ. އެ އިހުތިޔާރުގެ ދަށުން، ށަރްއީދާއިރާގެ އެންމެހައި ފަންތިތަކުގައި ހިމެނޭ ވަޒީފާ ތަކުގެ މުސާރަތައް ކަނޑައަޅާފައި އޮންނަ އޮނިގަނޑެއް އޮންނަންވާނެއެވެ. މުސާރައިގެ އޮނިގަނޑު އޮންނަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަށައަޅާފައިވާ ށަރްއީދާއިރާގައި ހިމެނޭ ވަޒީފާތަކުގެ ފަންތީގެ އޮނިގަނޑާ ގުޅުވައި އެއާ އެއްހަމަ ކުރެވިފައެވެ.
33 ވަނަ މާއްދާ - މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު
ށަރްއީދާއިރާގެ މުސާރަ ކަނޑައެޅިފައި އޮންނަނީ ހަފްތާއަކު 7 (ހަތެއް) ދުވަހު ދުވާލަކު 8 (އަށެއް) ގަޑިއިރަށެވެ. މިގޮތުން ށަރްއީދާއިރާގެ މުވައްޒަފަކަށް ދުވަހަކަށްޖެހޭ މުސާރައިގެ އަދަދު ބަލާނީ މުވައްޒަފުގެ މުސާރަ 30 ން ގެއްލައިގެންނެވެ. މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބަލާނީ ދުވަހަކަށް ޖެހޭ އަދަދު 8 ން ގެއްލައިގެންނެވެ. މިގަޑިތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.
34 ވަނަ މާއްދާ - ށަރްއީދާއިރާގެ މުސާރަ ކަނޑައެޅުން
ށަރްއީދާއިރާގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ކޯޓުތަކާއި އިދާރާތަކާއި ޖުޑީށަލް ކައުންސިލް އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެށަރީގެ ލަފާގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. ށަރްއީދާއިރާގެ ވަޒީފާތަކުގެ މުސާރައިގެ އޮނިގަނޑު އެކަށައެޅުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ހ) ށަރްއީދާއިރާގެ އޮނިގަނޑުގެ އެކިއެކި ފަންތިތަކުގެ މުސާރަ.
(ށ) ވަޒީފާތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.
(ނ) ވަޒީފާއަށް ބޭނުންވާ އިލްމާ އަދި ފަންނީ ހުނަރާއި ގާބިލުކަމާއި ތަޖުރިބާ.
(ރ) ވަޒީފާތަކަށް މީހުން ލިބުމުގެ ފަސޭހަކަމާއި ދަތިކަން.
(ބ) ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވަޒީފާތަކުން ލިބޭ މުސާރަ.
(ޅ) ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އަގުތައް.
(ކ) ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު.
(އ) ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު.
(ވ) މުވައްޒަފަށް ލިބިފައިވާ އިލްމާއި ހުނަރު އަދާކުރާ ވަޒީފާގައި ނޫންގޮތަކަށް ބޭނުންކުރުން މަނާކޮށްފައިވާ މިންވަރު.
35 ވަނަ މާއްދާ - މުސާރައަށް ބަދަލުގެނައުމުގެ ރިޕޯޓް
(ހ) ކޮންމެ އަހަރެއްގެ ބަޖެޓް އެކުލަވާލުމުގެ ކުރިން ށަރުއީދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ދަރަޖަތަކަށް އަސަރުކުރާނޭ ކަންކަމާބެހޭ ދިރާސާއެއްކޮށް ރިޕޯޓެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވާލަންވާނެއެވެ. މި ރިޕޯޓްގައިވާ ކަންކަމަށް ބެލުމަށްފަހު ށަރުއީދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަންޖެހޭކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފެނިއްޖެނަމަ، މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ޖުޑީށަލް ކައުންސިލަށް ހުށަހަޅާ ފާސްކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފަޔަކަށް އެދި ހުށަހަޅަންވާނެއެވެ.
(ށ) ށަރުއީދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ކަމަށް ށަރުއީދާއިރާގެ އެއްވެސް މުވައްޒަފަކަށް ފެނިއްޖެނަމަ އެކަމެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުގެ ހައްގު ށަރުއީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވެއެވެ.
(ނ) މިމާއްދާގެ (ށ) ގެ ދަށުން މުވައްޒަފަކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާ ހުށަހެޅުމުގައި ބަދަލު ގެންނަން ފެންނަ ސަބަބު ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާ ހުށަހެޅުމުގެ ކޮޕީއެއް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާއަށް ފޮނުވަން ވާނެއެވެ.
36 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރަ ކަނޑައެޅުން
(ހ) ށަރުއީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދޭއިރު އެ މުވައްޒަފެއްގެ މުސާރަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައެޅޭ މުސާރަ ވާންވާނީ އެ މުވައްޒަފަކު އައްޔަންކުރެވޭ ވަޒީފާ ހިމެނޭ ފަންތިއަށް އޮނިގަނޑުގައި ކަނޑައަޅާފައިވާ މުސާރައަކަށެވެ.
(ށ) ކޮންމެ މުވައްޒަފަކަށް ވަޒީފާ ދިންކަން އަންގާ ޗިޓްގައި އެ މުވައްޒަފެއްގެ މުސާރަ ބަޔާންކުރަން ވާނެއެވެ. އެހެން މަގާމަކަށް ބަދަލުކުރެވޭ މުވައްޒަފެއްނަމަ، ވަޒީފާ ބަދަލުކުރިކަން އަންގާ ޗިޓުގައި އެ މުވައްޒަފެއްގެ މުސާރަ ބަޔާންކުރަންވާނެއެވެ.
(ނ) އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލު އަތުވެއްޖެނަމަ، އެމުވައްޒަފަކަށް މުސާރަ ބަދަލުވިކަން އަންގާނީ ޗިޓަކުންނެވެ.
37 ވަނަ މާއްދާ - މުސާރަ ދޭ ތާރީހު
(ހ) މުސާރަދޭނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ވަޒީފާ ދިން ޗިޓުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ އެޗިޓުގައިވާ ތާރީހުން ފެށިގެންނެވެ. ނަމަވެސް ވަޒީފާދިން ޗިޓުގައިވާ ތާރީހުގައި މަސައްކަތަށް ނުނިކުމެއްޖެނަމަ، މުސާރަ ދޭނީ މަސައްކަތަށް ނިކުތް ދުވަހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައަށް ބަދަލު އަތުވެއްޖެނަމަ، ބަދަލު ގެނެވުނު މުސާރަ އެމުވައްޒަފަކަށް ދޭންވާނީ މުސާރަ ބަދަލުވިކަމުގެ ޗިޓުގައިވާ، މުސާރަ ބަދަލުވި ތާރީހުން ފެށިގެންނެވެ.
(ށ) އެއްވެސް މުވައްޒަފެއްގެ ވަޒީފާ އެހެން ފަންތިއަކަށް ބަދަލު ކުރެވިގެން ނުވަތަ އެނޫން ގޮތަކުންވެސް މުސާރައަށް ބަދަލެއް ގެނެވިއްޖެނަމަ އެ ބަދަލު ގެނެވުނު ތާރީހަކާ ހަމައަށް މުވައްޒަފަށް ދެވޭނީ ބަދަލުގެނެވުނު ދުވަހާ ހަމަޔަށް ލިބެމުންދިޔަ މުސާރައެވެ. އަދި ބަދަލުގެނެވުނު ތާރީހުން ފެށިގެން ދެވޭނީ ގެނެވުނު ބަދަލާއެކު ހަމަޖެހުނު މުސާރައެވެ.
38 ވަނަ މާއްދާ - ފަންތިއާގުޅޭ ގޮތުން މުސާރަދިނުން
މުވައްޒަފު އަދާކުރަމުން ގެންދިޔަ ވަޒީފާ ހިމެނޭ ފަންތި ނޫން އެހެން ފަންތިއެއްގައި ހިމެނޭ ވަޒީފާއަކަށް މަގާމުގެ ކުރިއެރުމެއް ދެވޭއިރު، ކުރިއެރުންދެވޭ ވަޒީފާ ހިމެނޭ ފަންތިއަކީ އެމުވައްޒަފަކު ކުރިން އަދާކުރަމުންގެންދިޔަ ވަޒީފާ ހިމެނޭ ފަންތީގެ މުސާރައަށްވުރެ ކުޑަ މުސާރައެއް ކަނޑައެޅިފައިވާ ފަންތިއެއްނަމަ، އެފަންތިއަކަށް ކަނޑައަޅާފައިވާ މުސާރައިގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މުސާރަ ބޮޑުކުރަންވާނެއެވެ. ބަދަލުކުރެވޭ ވަޒީފާ ހިމެނޭ ފަންތީގެ މުސާރައަކީ ކުރިން އަދާކުރި ވަޒީފާ ހިމެނޭ ފަންތީގެ މުސާރައާއި އެއްވަރުގެ މުސާރައެއްނަމަ މުސާރަ އޮންނާނީ އެވަރަށެވެ.
39 ވަނަ މާއްދާ - ފަންތި ދަށްކުރާ މުވައްޒަފުންގެ މުސާރަ
(ހ) އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި އެއްވެސް މުވައްޒަފަކު ދާއިމީ ގޮތެއްގައި ނުވަތަ ވަގުތީގޮތުން، އޭނާ އަދާކުރަމުންގެންދިޔަ ވަޒީފާ ހިމެނޭފަންތިއަށްވުރެ ދަށް ފަންތިއެއްގައި ހިމެނޭ ވަޒީފާއަކަށް އޭނާގެ މަގާމު ދަށްކުރެވިއްޖެނަމަ، އެފަދަ ހާލަތެއްގައި އެމުވައްޒަފަކަށް ދޭންވާނީ ދަށްކުރެވޭ ވަޒީފާގެ ފަންތިއަށް ކަނޑައެޅިފައިވާ މުސާރައެވެ.
(ށ) ށަރްއީދާއިރާގެ މުވައްޒަފަކު އެދިގެން، އެމީހަކު ހުރި މަގާމާ ފެންވަރުގެ ގޮތުން ނުވަތަ މުސާރައިގެ ގޮތުން އެއްވަރު މަގާމަކަށް، ނުވަތަ އެމީހަކުހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލުކޮށްދެވޭނީ، އެގޮތަށް ބަދަލުކޮށްދިނުން އެކަށީގެންވާކަމަށް ފެންނަ ސަބަބެއް އޮތްނަމައެވެ. މިފަދަ ބަދަލެއް ގެންނަން ކޯޓަށް ނުވަތަ އިދާރާއަށް ފެނިގެން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާއިރު މިފަދަ ބަދަލެއް ގެންނަން ފެންނަ ސަބަބު ސާފުކޮށް ލިޔަންވާނެއެވެ. އެކަށީގެންވާ ސަބަބެއް އޮވެގެން ދަށް މަގާމަކަށް ބަދަލުވުމަށް މުވައްޒަފަކު އަމިއްލައަށް އެދިއްޖެނަމަ، އަދި މި ބަދަލާ ގުޅިގެން މުސާރައަށް އަންނަ ބަދަލާމެދު އެމުވައްޒަފު އިއުތިރާޒު ނުކުރާނަމަ، އެކަމުގެ ލިއުމަކާއެކު ހުށަހެޅުމުން، ވަޒީފާ ބަދަލުކޮށްދެވިދާނެއެވެ.
40 ވަނަ މާއްދާ - ވަޒީފާއަށް ރުޖޫއަކުރެވޭ މުވައްޒަފުންގެ މުސާރަ
މައްސަލައެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއް، ނުވަތަ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައި ހުރި މުވައްޒަފެއް، ނުވަތަ މަގާމަށް ބަދަލު ގެނެވިފައިވާ މުވައްޒަފެއް، އެމީހެއްގެ މައްޗަށް ކުރެވުނު ތުހުމަތުން ބަރީއަވެގެން ވަޒީފާއަށް އަލުން ނެރޭނަމަ، ނެރޭއިރު އޭނާގެ މުސާރަކަމަށް ހަމަޖައްސާނީ، އެވަޒީފާގައި އޭނާ ދެމިހުރިނަމަ މުސާރަ ލިބޭނެ މިންވަރަށް ރިއާޔަތް ކޮށްގެންނެވެ.
41 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުން ދިނުން
މުސާރައިގެ ކުރިއެރުން ދޭނީ މުވައްޒަފުގެ ހިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަނޑައެޅޭ އުސޫލަކުންނެވެ. މިގޮތުން މުސާރައިގެ ކުރިއެރުން ދޭނީ މަގާމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުގެ މަތިންނެވެ.
42 ވަނަ މާއްދާ - މުސާރަ ދިނުން
(ހ) ށަރުއީދާއިރާގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެމީހަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މަސްއޫލިއްޔަތެކެވެ. މުސާރަދޭނީ ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު 2 ދުވަހުންކުރެ ދުވަހަކުއެވެ. މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ، މުސާރަދޭނީ އެމަހެއްގެ ބަންދުނޫން އެންމެ ފަހު ދެ ދުވަހުންކުރެ ދުވަހަކުއެވެ. މިގޮތުން މުސާރަ ދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެށަރީން ކަނޑައަޅާފައިވާ ތާރީހަށް އެހިސާބުތައް އެމިނިސްޓްރީއަށް ފޮނުވުމަކީ އެކޯޓުގެ ނުވަތަ އެއިދާރާގެ މަސްއޫލިއްޔަތެކެވެ.
(ށ) ށަރުއީދާއިރާގެ އެއް ތަނުން އަނެއްތަނަށް ބަދަލުވާ މުވައްޒަފުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ށަރުއީދާއިރާއަށް ބަދަލުކޮށްފައިވާ މުވައްޒަފަކަށް ބަދަލުވި ތާރީހާ ހަމައަށް މުސާރަދޭނީ އެ މުވައްޒަފަކު ކުރިން އުޅުނު ތަނަކުންނެވެ. ބަދަލުވި ތާރީހުން ފެށިގެން މުސާރަދޭނީ އެ މުވައްޒަފެއްގެ ވަޒީފާ ހަމަޖެހިފައިވާ ކޯޓުން ނުވަތަ އިދާރާއިންނެވެ. މަހުގެ ތެރޭގައި އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރެވޭ މުވައްޒަފަކަށް އެދުވަހުގެ މުސާރަދޭނީ ކުރިން އެމުވައްޒަފަކު ހުރި ތަނަކުންނެވެ.
(ނ) ވަޒީފާއިން ވަކިވާ މީހުންނަށް މުސާރަދޭނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ވަޒީފާއިން ވަކިކުރި ޗިޓުގައިވާ، ވަޒީފާއިން ވަކިކުރި ތާރީހާ ހަމައަށެވެ. އެއްވެސް ސަބަބަކާހުރެ ޗިޓުގައިވާ ވަކިކުރި ތާރީހުގައި ޗިޓް ރައްދު ނުކުރެވުމުގެ ސަބަބުން، މުވައްޒަފު ކޯޓަށް ނުވަތަ އިދާރާއަށް ނުކުމެ ވަޒީފާ އަދާކޮށްފައިވާނަމަ، އެންމެ ފަހުން ނުކުމެ ސޮއިކުރި ތާރީހާ ހަމައަށް އެމީހަކަށް މުސާރަ ދޭންވާނެއެވެ.
43 ވަނަ މާއްދާ - ހައްޔަރުކޮށް ފައިވާ މުވައްޒަފުންގެ މުސާރަ
މުވައްޒަފަކު ހައްޔަރުކޮށްފިނަމަ، ހައްޔަރުކުރުމާއި ވަޒީފާއިން ވަކިކުރުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާއި، ވަޒީފާއިން ވަކިނުކުރާނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާމެދު އަމަލުކުރާނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.
(ހ) އެ މުވައްޒަފެއްގެ މައްޗަށް ށަރީއަތަށް ކުށް ސާބިތުވެފައިވާނަމަ، ބަންދުގައިހުރި ދުވަސްތަކުގެ މުސާރަ ނުދިނުން.
(ށ) ށަރީއަތަށް ހުށަހެޅުމުން އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ނުވަތަ ކަމާބެހޭ ފަރާތުން އެމައްސަލައެއް ށަރީއަތަށް ހުށަނާޅައި މައްސަލަ ނިންމައިފިނަމަ އެމީހަކު ބަންދުގައި ހުރި ދުވަސްތަކުގެ މުސާރަ ދިނުން.
(ނ) ށަރްއީދާއިރާގެ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެފައިވާ މައްސަލައެއް ހައިކޯޓުން އިސްތިއުނާފުކޮށް، ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމައިފިނަމަ، އެމީހަކު ބަންދުގައިހުރި ދުވަސްތަކަށް މުސާރަ ދިނުން. ހަމައެހެންމެ، ކުށް ސާބިތުވެފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން އިސްތިއުނާފުކޮށް، އެކޯޓުން، ކުށް ސާބިތުނުވާ ކަމަށް ނިންމައިފިނަމަ އެމީހަކު ބަންދުގައި ހުރި ދުވަސްތަކަށް މުސާރަދިނުން.
44 ވަނަ މާއްދާ - މުވައްޒަފަށް މުސާރަ ހަވާލުކުރުން
މުވައްޒަފަކަށް ލިބޭ މުސާރަ ދޭންވާނީ އެ މުވައްޒަފެއްގެ އަތަށް ނުވަތަ އޭނާ ލިޔުމަކުން ކަނޑައަޅާ ފަރާތަކަށެވެ. މިގޮތުން އެމުވައްޒަފެއްގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށް އެ މުވައްޒަފެއްގެ ރުހުން ލިޔުމަކުން ލިބިގެން، މުސާރަ ޖަމާކުރުމަކީ، މުވައްޒަފުގެ އަތަށް މުސާރަ ހަވާލުކުރުން ކަމުގައި ބެލެވޭނެއެވެ. މުވައްޒަފުންނަށް މުސާރަދޭއިރު، އެމުސާރަޔާއެކު ތިރީގައި އެވާ މައުލޫމާތު ހިމެނޭ ލިޔުމެއް އެމުވައްޒަފެއް ވަޒީފާ އަދާކުރާ ކޯޓަކުން ނުވަތަ އިދާރާއިން އެމުވައްޒަފަކަށް ދޭންވާނެއެވެ.
(ހ) މުސާރަދެވޭ މުއްދަތުގައި އެ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ޖުމުލަ އަދަދު.
(ށ) އެއްވެސް އަދަދެއް އުޖޫރައިގެ ޖުމުލައިން ކަނޑާފައިވާނަމަ، އެގޮތުން ކަނޑާ އަދަދާއި އެއަދަދު ކަނޑަން ޖެހުނު ސަބަބު.
(ނ) މުސާރަ ދެވޭ މުއްދަތުގައި، މުވައްޒަފަށް މުސާރައިގެ ގޮތުގައި ދެވޭ އަސްލު އަދަދު.
(ރ) އިތުރުގަޑީގެ ފައިސާއާއި އެކިއެކި އެލަވަންސްތަކުގެ ގޮތުގައި ދެވޭ އަދަދު.
(ބ) ބޭންކު އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ، ޖަމާކުރި ތާރީހާއި، ޖަމާކުރި ބޭންކުގެ ނަމާއި، އެ ބޭންކުގެ ގޮފީގެ ނަމާއި، އެކައުންޓުގެ ވެރިފަރާތުގެ ނަމާއި އެކައުންޓް ނަންބަރު.
45 ވަނަ މާއްދާ - މުސާރައިން އުނިކުރުން
(ހ) މުވައްޒަފަކު ވަޒީފާއަށް ނުނިކުމެއްޖެނަމަ، ނުނިކުތް މުއްދަތަކަށް ނުވަތަ ވަގުތަކަށް އެމުވައްޒަފެއްގެ މުސާރައިން ކަނޑާނެއެވެ. ނަމަވެސް، ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު އެމީހެއްގެ މުސާރައިން ކަނޑުން ފިޔަވައި، މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން އިތުރު ޖޫރިމަނާއެއް ކޮށްގެން ނުވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމުންނާއި ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރައިން ކަނޑާނީ ތިރީގައި މިވާ ގޮތަށެވެ.
- މުވައްޒަފު ވަޒީފާއަށް، ކޯޓުގެ ނުވަތަ އިދާރާގެ އިޒުނަ، ގަވާއިދާ އެއްގޮތަށް ނުހޯދައި ނުވަތަ ގަވާއިދު ތަންނުދޭ ގޮތެއްގައި، ހާޒިރުނުވާ ދުވަހަކަށް މުސާރައިން ކަނޑާނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދެވެ.
- މުވައްޒަފަކު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި އޭނާގެ މުސާރައިން ކަނޑާނެއެވެ.
- ގަޑީލާރި ކަނޑާނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭއަދަދު، 480 (60*8) އިން ގެއްލީމާ އަންނަ އަދަދު އެއީ މިނިޓަކަށްޖެހޭ އަދަދުކަމުގައި ބަލައި، އެއަދަދު މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ޖުމްލަ ވަގުތާ ގުނަކޮށްގެންނެވެ.
46 ވަނަ މާއްދާ - މާއްދީ ގެއްލުމުގެ ބަދަލު ހޯދުމަށް މުސާރައިން އުނިކުރުން
ކޯޓުގެ ނުވަތަ އިދާރާގެ މުދަލަކަށް މުވައްޒަފަކު އިހުމާލުން ނުވަތަ ގަސްތުގައިކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން، ކޯޓަށް ނުވަތަ އިދާރާއަށް ނުވަތަ މުދަލަށް ލިބުނު ގެއްލުމަށް ބަދަލު ނެގުމުގެ ގޮތުން، އެ ގެއްލުން އަގުކޮށް، އެގެއްލުމަށްޖެހޭ އަގު މުވައްޒަފުގެ އަތުން ފައިސާ ނެގުންފަދަ ކަންކަމާގުޅޭ ގޮތުން އަމަލުކުރާނީ މިގަވާއިދުގެ 24 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.
6 ވަނަ ބާބު
އިތުރުގަޑިއާއި އެލަވަންސްތަކާއި އިނާޔަތްތައް
47 ވަނަ މާއްދާ - ތައާރުފު
(ހ) ށަރްއީދާއިރާގެ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ކަނޑައަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. އަދި މިގޮތުން ކަނޑައަޅާ އިނާޔަތްތައް، އެއިނާޔަތްތައް ދެވޭ މުވައްޒަފުން ތިބި ކޯޓުތަކަށާއި އިދާރާތަކަށް އަންގަންވާނެއެވެ. އަދި މިއިނާޔަތްތަކާބެހޭ މައުލޫމާތު އާންމުކުރަންވާނެއެވެ.
(ށ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާފައިވާ އެލަވަންސްތަކާއި އިނާޔަތްތައް ދިނުމަކީ، އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މަސްއޫލިއްޔަތެކެވެ.
(ނ) ށަރްއީދާއިރާގެ މުވައްޒަފުންނަށް އާންމުކޮށް ހަމަޖައްސާފައި ހުންނަ އެލަވަންސްތަކާއި އިނާޔަތްތައް މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން މުރާޖައާކޮށް ޖުޑީށަލް ކައުންސިލްގެ މަށްވަރާއާއެކު އެލަވަންސްތަކާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެންނަންޖެހޭތޯ ބަލައި، ބަދަލެއް ގެންނަންޖެހިއްޖެނަމަ، އެބަދަލެއްގެނައުމުގެ އިހްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.
48 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ
ށަރްއީދާއިރާގެ މުވައްޒަފުން ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވިދާނެއެވެ. އިތުރުގަޑީގައި ކުރާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެންނެތް މަސައްކަތަކަށް ވާންޖެހޭނެއެވެ. އަދި އެމަސައްކަތަކީ އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއް ކަމުގައިވާންޖެހޭނެއެވެ. ށަރްއީދާއިރާގެ މުވައްޒަފުން ލައްވައި ނުރަސްމީގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ތިރީގައި މިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
(ހ) ށަރްއީދާއިރާގެ މުވައްޒަފުން ލައްވައި، ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތްކުރި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޒާންމަހު، މުވައްޒަފަކު ލައްވައި ދުވާލަކު 4½ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހިއްޖެނަމަ އިތުރަށް މަސައްކަތްކުރެވި ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
(ށ) ށިފްޓްޑިއުޓީގެ މުވައްޒަފަކު ލައްވައި، ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު ހަފްތާއަކު 40 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހިއްޖެނަމަ، އިތުރަށް މަސައްކަތްކުރެވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޒާންމަހު، ހަފްތާއަކު 22½ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހިއްޖެނަމަ، އިތުރަށް މަސައްކަތްކުރެވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
(ނ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމައި އަންނަ އަދަދު 8 ން ގެއްލީމައި އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެން، މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
(ރ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމައި އަންނަ އަދަދު ½4 ން ގެއްލީމައި އަންނަ އަދަދު އެއީ ގަޑިއަކަށް ޖެހޭވަރު ކަމުގައި ބަލައިގެން، މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
(ބ) މުވައްޒަފަކު ލައްވައި ރަސްމީ މަސައްކަތުގެ ދުވަހެއްގައި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، އޭނާގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ¼1 އަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެމުވައްޒަފަކަށް ދޭންވާނެއެވެ. އަދި މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތްކުރަންޖެހީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ½1 އަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެމުވައްޒަފަކަށް ދޭންވާނެއެވެ.
(ޅ) އާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވައި 8 ގަޑިއިރު މަސައްކަތްކުރާވާނަމަ، އިތުރުގަޑީގެ ފައިސާގެ އިތުރުން އެމުވައްޒަފަކަށް ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައި ކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އިތުރުގަޑީގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފެއްގެ މުސާރައިގައި ހިމަނައިގެން އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ކ) އިތުރުގަޑީގެ ފައިސާދޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެ ފައިސާދޭނީ، ކުރީމަހުގެ 16 ން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާމަހުގެ މުސާރަދޭ ދުވަހު މުސާރައާ އެކުގައެވެ.
49 ވަނަ މާއްދާ - އިސްތިސްނާކުރެވޭ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ދިނުން
އަތޮޅުތަކަށާއި އަތޮޅުތަކުން މާލެއަށާއި، އެއްއަތޮޅުން އަނެއް އަތޮޅަށާއި، އެއްރަށުން އަނެއްރަށަށް މުވައްޒަފުން ކުރާ ރަސްމީ ދަތުރުތަކުގައި ދަތުރު އެލަވަންސް ދިން ނަމަވެސް، ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް، އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. މިގޮތަށް ފައިސާދޭނީ، އެދަތުރެއްގައި ދާން ބޭނުންވާ ތަނަކަށް ދިއުމަށްފަހު، އެތަނެއްގައި މަސައްކަތްކުރާ ވަގުތަށެވެ. އަދި އެވަގުތަކީ، މިގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އިސްވެރިޔާ ކަނޑައަޅާފައިވާ އުސޫލެއްގެ މަތީން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއްގެ ވަގުތު ކަމަށްވާން ޖެހޭނެއެވެ.
50 ވަނަ މާއްދާ - ކެއުމާއި ސައިގެ ހަރަދު
ކޮއްތު ނުވަތަ ކޮއްތު ފައިސާ ލިބޭ މުވައްޒަފުންނަށް ކެއުމާއި ސައިގެ ހަރަދެއް ނުލިބޭނެއެވެ. ނަމަވެސް، ކޯޓުތަކުންނާއި އިދާރާތަކުން އެތަނެއްގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ހާއްސަ ބޮޑެތި މަސައްކަތްތައް ކުރާއިރު، ކެއުމާއި ސައި ދެވިދާނެއެވެ. މިގޮތުން ކެއުމާއި ސައިދޭނީ ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
51 ވަނަ މާއްދާ - ށަރުއީދާއިރާގެ ދަތުރުތަކުގައި، ހުރުމާއި ކެއުމުގެ ހަރަދާއި ދަތުރު އެލަވަންސް
ށަރުއީދާއިރާގެ މަސައްކަތެއްގައި ރާއްޖޭގެ އެތެރޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި، ހުރުމާއި ކެއުމުގެ ހަރަދާއި ދަތުރު އެލަވަންސް ދޭނީ ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
52 ވަނަ މާއްދާ - ރަމަޒާންމަހުގެ މުނާސަބަތުގައި ދޭ ހާއްސަ އިނާޔަތް
(ހ) ކޮންމެ އަހަރެއްގެ ރަމަޒާންމަހުގެ މުނާސަބަތުގައި، ށަރުއީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް، ހާއްސަ އިނާޔަތުގެ ފައިސާ، ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ދޭންވާނެއެވެ.
(ށ) ރަމަޒާންމަހުގެ މުނާސަބަތުގައިދޭ ހާއްސަ އިނާޔަތުގެ ފައިސާދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެށަރީން ފައިސާ ދިނުމަށް ކަނޑައަޅާ ދުވަހަކުއެވެ.
(ނ) ށަރުއީދާއިރާގައި މަސައްކަތްކުރާ ވަގުތީ މުވައްޒަފުންނަށާއި ށަރުއީދާއިރާގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ގެންގުޅޭ މުވައްޒަފުންނަށްވެސް، ރަމަޒާންމަހުގެ މުނާސަބަތުގައިދޭ ހާއްސަ އިނާޔަތުގެ ފައިސާ ދޭންވާނެއެވެ.
(ރ) އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރަމަޒާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެމުވައްޒަފެއްގެ އަތުން ހޯދައި، އެފައިސާ އަނބުރާ ޖަމާކުރަންވާނެއެވެ.
(ބ) ރަމަޒާން މަހުގެ ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެމުވައްޒަފަކު ވަޒީފާ އަދާކުރަންފަށާ ދުވަހުން ފެށިގެން ރަމަޒާން މަހުގެ ނިޔަލަށްޖެހޭ ވަރެއް ބަލައި، އެއަދަދަށް އިނާޔަތުގެ ފައިސާ ދޭންވާނެއެވެ.
(ޅ) އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ރަމަޒާން މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރަމަޒާން މަހުގައި އެމީހަކު މަސައްކަތްކުރާ ދުވަހަށެވެ.
53 ވަނަ މާއްދާ - ސަރވިސް އެލަވަންސް
(ހ) ށަރުއީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން މުސާރައާއެކު ސަރވިސް އެލަވަންސް ދޭންވާނެއެވެ.
(ށ) ށަރުއީދާއިރާގެ މަގާމުތަކުގެ އޮނިގަނޑުގައި ސަރވިސް އެލަވަންސް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
(ނ) ކޮންމެ މުވައްޒަފަކަށް، ވަޒީފާ ދިންކަން އަންގާ ޗިޓުގައި، އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ސަރވިސް އެލަވަންސް ބަޔާންކުރަންވާނެއެވެ. އެހެން މަގާމަކަށް ބަދަލުކުރެވޭ މުވައްޒަފެއްނަމަ، ވަޒީފާ ބަދަލުކުރިކަން އަންގާ ޗިޓުގައި އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ސަރވިސް އެލަވަންސް ބަޔާންކުރަންވާނެއެވެ.
54 ވަނަ މާއްދާ - ޖުޑީށަލް އެލަވަންސް
ށަރުއީދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޖުޑީށަލް އެލަވަންސެއް ލިބޭނެއެވެ. މިއެލަވަންސަކީ ރަސްމީގަޑީގައި އަމިއްލަ ވިޔަފާރިއާބެހޭ ކަމެއް ނުވަތަ މާލީ ފައިދާއެއް ލިބޭ އެހެން މަސައްކަތެއް ނުކުރުމަށާއި، އަދި ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް ށަރުއީދާއިރާއާގުޅޭ އެއްވެސް މަސައްކަތެއް އަމިއްލަ ހައިސިއްޔަތުން ނުކުރުމަށް އިގްރާރުވުމުން ދެވޭ އެލަވަންސެކެވެ. މިއިގްރާރުގެ ނަމޫނާ މިގަވާއިދުގެ ޖަދުވަލު 1 ގައި ވާނެއެވެ.
(ހ) މިއެލަވަންސް ދެބަޔަކަށް ބެހިފައިވެއެވެ. އެއީ
- ފިކްސްޑް ޕަސެންޓޭޖް.
- ހާޒިރުވި ދުވަހުގެ ނިސްބަތަށް ބެލުމަށްފަހު ކަނޑައެޅޭ ޕަސެންޓޭޖް.
(ށ) އެމަހެއްގައި ހާޒިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން ހުރިހާ ދުވަހެއްގައި ހާޒިރުވެ މަސައްކަތްކޮށްފައިވާނަމަ، އެކޯޓަކަށް ނުވަތަ އެއިދާރާއަކަށް ކަނޑައެޅިފައިވާ ޕަސެންޓޭޖް އެމުވައްޒަފަކަށް ފުރިހަމައަށް ލިބޭނެއެވެ.
(ނ) ހާޒިރުވާންޖެހޭ ދުވަހުގެ ތެރެއިން ދުވަހެއްގައި ހާޒިރުނުވެއްޖެނަމަ، ހިސާބު ހަދާނީ ކަނޑައެޅިފައިވާ ޕަސެންޓޭޖުން ހާޒިރުވި ދުވަހުގެ ނިސްބަތަށް ބަލައިގެންނެވެ.
(ރ) މިމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހާޒިރުވާންޖެހޭ ދުވަހުގެ ތެރެއިން ދުވަހެއްގައި ހާޒިރުނުވާ ކަމަށް ބެލެވޭނީ ތިރީގައި މިވާ ހާލަތްތަކުގައެވެ.
- ސެޓްފިކެޓް ހުށަނާޅައި ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަސްތައް.
- ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުނުވާ ދުވަސްތައް.
(ބ) ށަރްއީދާއިރާގެ މަގާމުގެ އޮނިގަނޑުގައި ޖުޑީށަލް އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
55 ވަނަ މާއްދާ - ފޯން އެލަވަންސް
(ހ) ފޯނު އެލަވަންސް ހަމަޖައްސަންވާނީ އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތަކާއި ގުޅަންޖެހޭ މިންވަރަށް ރިއާޔަތް ކޮށްގެންނެވެ.
(ށ) ށަރްއީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ފޯނު އެލަވަންސް ހަމަޖައްސަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.18 ގައިވާގޮތުގެ މަތިން އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކުލަވާލެވިފައިވާ އަންދާސީހިސާބު ބަލާ ކޮމިޓީންނެވެ.
(ނ) ފޯން އެލަވަންސަކީ މުވައްޒަފުންނަށް ހިނގާ ހަރަދުގެ ކޯޑުން ހަރަދުކުރާ ފައިސާއަކަށްވާތީ، ފޯން އެލަވަންސް ހަމަޖެއްސުމަށްފަހު އެމައުލޫމާތު 7 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ރ) ށަރްއީދާއިރާގެ މަގާމްތަކުގެ އޮނިގަނޑުގައި ފޯނު އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
56 ވަނަ މާއްދާ - ޕެޓްރޯލް އެލަވަންސް
(ހ) ށަރްއީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސަރުދާރުންނާއި، އޮފީސް އެސިސްޓެންޓުންނާއި އަދި އިދާރާގެ މުވައްޒަފުންގެ ތެރެއިން އާންމުކޮށް ރަސްމީގަޑީގައި އަމިއްލަ ސައިކަލުގައި ދަތުރުކޮށްގެން ތަކެތި ރައްދުކުރާ މުވައްޒަފުންނަށާއި އެހެން ތަންތަނުން ތަކެތި ހޯދާ މުވައްޒަފުންނަށް ޕެޓްރޯލް އެލަވަންސް ދޫކުރަންވާނެއެވެ.
(ށ) ށަރްއީދާއިރާއިން ދޫކޮށްފައިވާ ސައިކަލަށް ޕެޓްރޯލް އެޅުމަށްޓަކައި އެސައިކަލް ހަވާލުކުރެވިފައިވާ މުވައްޒަފަކަށް ޕެޓްރޯލް އެލަވަންސް ދޫކުރަންވާނެއެވެ.
(ނ) ށަރްއީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޕެޓްރޯލް އެލަވަންސް ހަމަޖައްސަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.18 ގައިވާގޮތުގެ މަތިން އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކުލަވާލެވިފައިވާ އަންދާސީހިސާބު ބަލާ ކޮމިޓީންނެވެ.
(ރ) ޕެޓްރޯލް އެލަވަންސަކީ މުވައްޒަފުންނަށް ހިނގާ ހަރަދުގެ ކޯޑުން ހަރަދުކުރާ ފައިސާއަކަށްވާތީ، ޕެޓްރޯލް އެލަވަންސް ހަމަޖެއްސުމަށްފަހު އެމައުލޫމާތު 7 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ބ) ށަރްއީދާއިރާގެ މަގާމުތަކުގެ އޮނިގަނޑުގައި ޕެޓްރޯލް އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
(ޅ) ޕެޓްރޯލް އެލަވަންސް ލިބޭ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތުގެ ބާވަތުން ސައިކަލު ބޭނުންކުރަންނުޖެހޭ މަގާމަކަށް މުވައްޒަފު ބަދަލުވެއްޖެނަމަ، އެމުވައްޒަފަކަށް ޕެޓްރޯލް އެލަވަންސް ދިނުން ހުއްޓާލަންވާނެއެވެ.
57 ވަނަ މާއްދާ - ނައިޓް ކޯޓު އެލަވަންސް
(ހ) ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، ރަސްމީގަޑީގައި އެކަނި މަސައްކަތްކޮށްގެން މައްސަލަތައް އެކަށީގެންވާ ހަލުވިމިނެއްގައި ނިންމުމަށްދަތިވާ ހާލަތްތަކުގައި، ރައްޔިތުންނަށާއި ދައުލަތުގެ މުއައްސަސާތަކަށް ކޯޓުތަކުންދޭ ހިދުމަތް ހަލުވިކުރުމަށްޓަކައި ނުރަސްމީގަޑީގައި (ނައިޓްކޯޓުގައި) މައްސަލަތައް ހިންގުމާއި، ތަހްގީގަށް ބަންދުކުރެވޭ ފަރާތްތަކުގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް ނުރަސްމީގަޑީގައި ކުރަންޖެހޭ ހާލަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ނައިޓްކޯޓު އެލަވަންސް ދޫކުރަންވާނެއެވެ.
(ށ) ނައިޓް ކޯޓު އެލަވަންސް ހަމަޖައްސަންވާނީ، ނައިޓް ކޯޓު ހިންގުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތިން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.18 ގައިވާ ގޮތަށް އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކުލަވާލެވިފައިވާ އަންދާސީހިސާބު ބަލާ ކޮމިޓީންނެވެ.
(ނ) ށަރުއީދާއިރާގެ މަގާމްތަކުގެ އޮނިގަނޑުގައި، ނައިޓްކޯޓު އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
58 ވަނަ މާއްދާ - ރިސްކް އެލަވަންސް
(ހ) ށަރުއީދާއިރާގެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ބާވަތުން، އެމަސައްކަތުގައި އެމުވައްޒަފަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ނުވަތަ ގެއްލުމެއް ލިބޭފަދަ މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދޭންވާނެއެވެ.
(ށ) ށަރުއީދާއިރާގެ މަގާމްތަކުގެ އޮނިގަނޑުގައި ރިސްކް އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
59 ވަނަ މާއްދާ - ކައިވެނީގެ އެލަވަންސް
މައުޒޫނުންނަށާއި ކޯޓުންބޭރުގައި ކުރާ ކައިވެނިތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އެލަވަންސެއް ދޭންވާނެއެވެ. މިގޮތުން ދޭ އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ށަރުއީދާއިރާގެ މަގާމްތަކުގެ އޮނިގަނޑުގައި ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
60 ވަނަ މާއްދާ - ކާވެންޏަށް ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމް ގައި ދޭ އެލަވަންސް
ކާވެންޏަށް ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމް ހިންގާ ފަރާތްތަކަށް އެލަވަންސެއް ދޭންވާނެއެވެ. މިގޮތުން ދޭ އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ށަރުއީދާއިރާގެ މަގާމްތަކުގެ އޮނިގަނޑުގައި ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.
61 ވަނަ މާއްދާ - ހެލްތު އިންށުއަރެންސް
ށަރުއީދާއިރާގެ ދާއިމީ މުވައްޒަފުންނަށާއި ވަގުތީ މުވައްޒަފުންގެ ތެރެއިން 3 މަސްދުވަހަށްވުރެ ގިނަދުވަހަށް މަސައްކަތްކުރުމަށް އައްޔަނުކުރެވޭ މުވައްޒަފުންނަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންށުއަރެންސްގެ ހިދުމަތް ދޭންވާނެއެވެ. މިގަވާއިދުގެ 11 ވަނަ ބާބުގައިވާ ށަރުއީދާއިރާގައި ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންނަށްވެސް އެފަރާތްތަކާއެކު ކުރެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހެލްތު އިންށުއަރެންސްގެ ހިދުމަތް ދޭންވާނެއެވެ.
62 ވަނަ މާއްދާ - ކޯޓުގެ ނުވަތަ އިދާރާގެ ހަރަދުގައި ބޭސްފަރުވާ ކޮށްދިނުން
(ހ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ނުވަތަ މަސައްކަތާ ގުޅިގެން ޖިސްމާނީ ނުވަތަ ނަފްސާނީގޮތުން ލިބޭ ގެއްލުމަކަށް ހެލްތު އިންށުއަރެންސް ސްކީމުން ހަރަދު ހަމަޖައްސައި ނުދޭނަމަ، އެ ގެއްލުމަކަށް އިދާރާގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭންވާނެއެވެ. ނުވަތަ އިންށުއަރެންސް ސްކީމުން ހަމަޖައްސައިދެނީ ވަކި މިންވަރެއްނަމަ އެ ހަމަޖައްސައި ނުދޭ މިންވަރު ކޯޓުން ނުވަތަ އިދާރާއިން ދޭންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ކޯޓުން ނުވަތަ އިދާރާއިން ބޭސްފަރުވާ ކޮށްދޭ މީހަކު ފަސޭހަނުވަނީސް އެމީހަކު އަމިއްލައަށް ބޭސްފަރުވާކުރުން ހުއްޓާލައިފިނަމަ، ށަރުއީދާއިރާއިން އަލުން އެކަމަކަށް ބޭސްފަރުވާކޮށެއް ނުދެވޭނެއެވެ.
63 ވަނަ މާއްދާ - ޔުނިފޯމާއި ހެދުން
(ހ) ޔުނިފޯމު ދެވޭ މުވައްޒަފުންނަށް އަހަރަކު ޔުނިފޯމު ދެވޭނެ އަދަދާއި، ޔުނިފޯމު ފެހުމުގެ ހަރަދުގެ ގޮތުގައި ޔުނިފޯމް އެލަވަންސް ދޭންވާނެއެވެ. މިގޮތުން ދޭ އެލަވެންސްގެ އަދަދު ށަރުއީދާއިރާގެ މަގާމްތަކުގެ އޮނިގަނޑުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
(ށ) ކޯޓުގެ މުވައްޒަފުންނަށް ނުވަތަ މުވައްޒަފުންގެ ތެރެއިން ބަޔަކަށް ޔުނިފޯމެއް ހަމަޖައްސަން ބޭނުންވެއްޖެނަމަ، ޔުނިފޯމު ހަމަޖައްސަން ބޭނުންވާ ސަބަބު ބަޔާންކޮށް، ޔުނިފޯމަށް ހިނގާނެ ހަރަދާއި އެ ޔުނިފޯމެއް ހުންނާނެ ގޮތުގެ ކުލަ ކުރެހުމެއް ނުވަތަ ފޮޓޯއަކާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ނ) ޔުނިފޯމުގައި ހުންނަ ލިޔުމެއް، އުސޫލެއްގެ ގޮތުން ހުންނަންވާނީ ދިވެހިބަހުންނެވެ. ޔުނިފޯމު އަޅައިގެން އުޅޭ މުވައްޒަފުންގެ މަސައްކަތުގެ ބާވަތުން އެލިޔުމެއް އެހެން ބަހަކުން ބެހެއްޓުމަށް ބޭނުންވާނަމަ، އެލިޔުމެއް ދިވެހިބަހުންނާއި އެބަހަކުން ބެހެއްޓިދާނެއެވެ.
(ރ) ޔުނިފޯމު އެޅުމަށް ހަމަޖެހިފައިވާ މުވައްޒަފުން ޔުނިފޯމު އަޅައިގެން އުޅެންވާނީ، ޔުނިފޯމު އެޅުމަށް، އެކޯޓަކުން ނުވަތަ އެއިދާރާއަކުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިންނެވެ.
(ބ) ޔުނިފޯމު ދީފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ، އެމުވައްޒަފަކަށް ދޫކޮށްފައިވާ ޔުނިފޯމާ މެދު އަމަލުކުރާނީ، ތިރީގައި މިވާ ގޮތަށެވެ.
- ކަނޑައެޅިފައި އޮންނަ ހާއްސަ ފާހަގައެއް ޔުނިފޯމުގައި ހަރުކުރެވިފައިވާނަމަ، ވަޒީފާއިން ވަކިވުމާއެކު ޔުނިފޯމު އަތުލުން. މިގޮތުގެ މަތިން އަތުލެވިފައިވާ ޔުނިފޯމު ނައްތާލުން.
- ކަނޑައެޅިފައި އޮންނަ ހާއްސަ ފާހަގައެއް ނުހުންނަ ޔުނިފޯމެއްނަމަ އެމީހަކަށް ދޫކޮށްލުން.
64 ވަނަ މާއްދާ - ހާއްސަ އެހީގެ ފައިސާ
(ހ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ނުވަތަ ކޯޓަކުން ނުވަތަ އިދާރައަކުން ފޮނުވައިގެން މަސައްކަތަށް ބޭނުންވާ ހާއްސަ ހުނަރެއް ދަސްކުރަން އުޅެނިކޮށް، ވަޒީފާގައި މަސައްކަތްކޮށް ނޫޅެވޭވަރުގެ ގެއްލުމެއް، މުވައްޒަފެއްގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބިއްޖެނަމަ، އެކަމަކަށް ބޭސްކޮށްދިނުމުގެ އިތުރުން، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން ހާއްސަ އެހީގެ ފައިސާގެ ގޮތުގައި، އެއިރަކު އެމީހަކަށް ލިބެމުންއައި މުސާރައިގެ ދެބައިކުޅަ އެއްބަޔާ އެއްވަރު އަދަދަކަށް ފައިސާ، މަހުން މަހަށް ލިބޭ އެހީގެ ގޮތުގައި ކޮންމެ މަހަކުވެސް ދޭންވާނެއެވެ.
(ށ) މިއެލަވަންސް ދެވޭނީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓްގައި އެކަމެއް ބަޔާންކޮށް ހުށަހެޅުމުންނެވެ.
(ނ) ށަރުއީދާއިރާގެ މަގާމެއްގައި މަސައްކަތްކޮށް ނޫޅެވޭވަރުގެ ގެއްލުމެއް މުވައްޒަފުގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބިއްޖެނަމަ، އެމުވައްޒަފަކަށް ޕެންށަނާބެހޭ ގާނޫނުގެ ދަށުން ލިބިދޭ އިނާޔަތްތައް ލިބުމާ ހަމަޔަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން ރިޓަޔަރމަންޓް ބެނެފިޓެއް ލިބިދޭން ވާނެއެވެ.
(ރ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ހާއްސަ އެހީ ހަމަޖައްސާނީ، އެމައްސަލައެއް ދިމާވުމުން، އެމީހަކު އުޅޭ ކޯޓުން ނުވަތަ އިދާރާއަކުން އެކަމެއް ހިނގިގޮތުގެ ތަފްސީލާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. އެފަދަ ކަމެއް ދިމާވެގެން، އެކަމެއް، މުވައްޒަފު އަމިއްލައަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅިދާނެއެވެ.
(ބ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ހާއްސަ އެހީގެ ފައިސާ ހަމަޖެއްސުމަށާއި ވަޒީފާއިން ވަކިކުރުމަށްޓަކައި، އެކޯޓަކުން ނުވަތަ އެއިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
7 ވަނަ ބާބު
ވަޒީފާ ދިނުމާއި، ބަދަލުކުރުމާއި، ކުރިއެރުންދިނުމާއި ވަކިކުރުން
65 ވަނަ މާއްދާ - ތައާރުފު
(ހ) ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކާއި ކޯޓުތަކުގެ ރަޖިސްޓްރާރއިން ފިޔަވައި، ކޯޓުތަކާއި އިދާރާތަކުގެ މަގާމުތަކަށް މީހުންހޯދުމާއި، ވަޒީފާދިނުމާއި، އެއްވަޒީފާއިން އަނެއްވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި ވަޒީފާއިންވަކި ކުރުމުގެ އެންމެހައި ކަންތައްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ށ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެމަތިން ށަރުއީދާއިރާގެ އިދާރީ މަގާމުތަކަށް މީހުންހޯދުމާއި ވަޒީފާދިނުމާއި، އެއްވަޒީފާއިން އަނެއްވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ ވަޒީފާއާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި މިގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
66 ވަނަ މާއްދާ - އަސާސީ އުސޫލުތައް
(ހ) ށަރުއީދާއިރާގެ މަގާމަކަށް އެއްވެސް މީހަކުހޯދަންވާނީ ނުވަތަ އައްޔަންކުރަންވާނީ، ނުވަތަ މުވައްޒަފަކަށް މަގާމުގެ ކުރިއެރުންދޭންވާނީ، ނުވަތަ މުވައްޒަފެއްގެ މަގާމު ބަދަލުކުރަންވާނީ ނުވަތަ މަގާމެއް އުފައްދަންވާނީ، ނުވަތަ މަގާމެއް އުވާލަންވާނީ، ނުވަތަ މަގާމަކުން މުވައްޒަފަކު ވަކިކުރަންވާނީވެސް ނުފޫޒާއި ތައައްސުބުން އެއްކިބާވެ، ވަކިން ހާއްސަކޮށް ސިޔާސީ ނުފޫޒުން އެކަހެރިވެ، ތައުލީމާއި ތަޖުރިބާއަކީ އަސާސީ މިންގަނޑުކަމަށް ބަލައިގެންނެވެ. ހަމައެހެންމެ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) އަސާސީ މިންގަނޑަކީ ތައުލީމާއި ތަޖުރިބާ ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް ނުވަތަ މަގާމުގެ ކުރިއެރުން ދިންކަމަށް ނުވަތަ ވަޒީފާ ބަދަލުކުރިކަމަށް ބެލެވޭނީ ތިރީގައިމިވާ ގޮތަށް އަމަލުކޮށްފައިވާ ނަމައެވެ.
- އައްޔަން ކުރެވުނު ނުވަތަ މަގާމުގެ ކުރިއެރުން ދެވުނު ނުވަތަ ބަދަލުކުރެވުނު މީހާއަކީ، އެވަޒީފާގެ ށަރުތުތައް ފުރިހަމަވާ މީހަކު ކަމުގައިވުން.
- އައްޔަންކުރެވުނު މީހާއަކީ ނުވަތަ މަގާމުގެ ކުރިއެރުން ދިން މީހާއަކީ ނުވަތަ ބަދަލުކުރި މީހާއަކީ، އެމީހެއްގެ ތައުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އައްޔަނުކުރި ނުވަތަ މަގާމުގެ ކުރިއެރުންދިން ނުވަތަ ބަދަލު ކުރި މީހަކު ކަމުގައިވުން.
- އައްޔަނުކުރެވުނު މީހާކީ ނުވަތަ މަގާމުގެ ކުރިއެރުން ދިން މީހާކީ ނުވަތަ ބަދަލުކުރި މީހާކީ، ކޯޓަށް ނުވަތަ އިދާރާއަށް ބުރަބޮޑު ނުވާނެ ގޮތަކަށް، ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތެއްގެމަތިން، ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތް ހަލުވިކުރުމަށާއި އިދާރީ ލުއިފަސޭހަކަމަށް ރިއާޔަތްކޮށްގެން އައްޔަނުކުރި މީހަކު ކަމުގައިވުން.
67 ވަނަ މާއްދާ - ވަޒީފާބަޔާން
(ހ) މުވައްޒަފަކާ ވަޒީފާ ހަވާލުކުރާއިރު އެ މުވައްޒަފެއްގެ ވަޒީފާބަޔާން، އެކޯޓެއްގެ ނުވަތަ އެ އިދާރާގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެމުވައްޒަފަކަށް އޮޅުންފިލުވައިދީ، ވަޒީފާދޭ ދުވަހުންފެށިގެން ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އޭނާ ލައްވައި ވަޒީފާބަޔާނުގައި ސޮއިކުރުވަން ވާނެއެވެ.
(ށ) ކޮންމެ ކޯޓަކުން ނުވަތަ އިދާރާއަކުންވެސް 6 (ހަޔެއް) މަހުން އެއްފަހަރު އެ ކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މުވައްޒަފުން ކުރާ މަސައްކަތްތަކާ ވަޒީފާ ބަޔާންތައް އަޅައިބަލައި، މަސައްކަތަށް ބަދަލު އައިސްފައިވާ މަގާމެއް އޮތްނަމަ، އެމަގާމެއްގެ ވަޒީފާބަޔާން އަލުން ލިޔެ، މަސައްކަތަށް ބަދަލުއައި ބަޔާނުގައި އެމުވައްޒަފު ލައްވައި ސޮއިކުރުވަން ވާނެއެވެ.
(ނ) ވަޒީފާބަޔާން ތައްޔާރު ކޮށްފައި އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ވަޒީފާބަޔާން" ގެ ނަމޫނާގައިވާ ބައިތައް ހިމަނައިގެންނެވެ.
68 ވަނަ މާއްދާ - ވަޒީފާގެ ގިންތިތައް
ށަރްއީދާއިރާގެ މުވައްޒަފުންނަށް ވަޒީފާދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށެވެ.
(ހ) ދާއިމީ މުވައްޒަފުން.
(ށ) ވަގުތީ މުވައްޒަފުން.
69 ވަނަ މާއްދާ - ވަޒީފާދިނުން
ށަރްއީދާއިރާގެ އިދާރީ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޯޓުތަކުން ލިޔާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ.
(ހ) ށަރްއީދާއިރާގެ މަގާމަކަށް މީހަކު ލައްވަން ބޭނުންވެއްޖެނަމަ، އެމަގާމަކަށް އެންމެ އެކަށީގެންވާ މީހާ ހޮވުމަށްފަހު، އެމީހަކަށް ވަޒީފާ ހަމަޖެއްސުމަށް ކޯޓުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާނީ، މިގަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާ ދެއްވުންއެދި ދަންނަވާ ޗިޓު" އިންނެވެ. ށަރްއީދާއިރާގެ އެހެން ވަޒީފާއެއްގައި ހުރި މީހެއްނަމަ، މިގަވާއިދުގެ ޖަދުވަލު 4 ގައިވާ "ވަޒީފާ ބަދަލުކުރެއްވުމަށް އެދި ދަންނަވާ ޗިޓް" އިންނެވެ.
(ށ) ވަޒީފާދިނުމަށްފަހު އެކަން ކޯޓަށް ނުވަތަ އިދާރާއަށް އަންގާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފޮނުވާ ޗިޓަކުންނެވެ.
(ނ) ވަޒީފާދިނުމާގުޅިގެން، ށަރުއީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް ހިދުމަތުގެ ރެކޯޑުކާޑު ނަންބަރެއް ދެވޭނެއެވެ.
(ރ) ށަރުއީދާއިރާގެ ވަޒީފާދިންކަން ކޯޓަށް ނުވަތަ އިދާރާއަށް އެންގުމުން، އެ މުވައްޒަފަކަށް އެކޯޓަކުން ނުވަތަ އިދާރާއަކުން ލިޔުމަކުން އެކަން އަންގަންވާނެއެވެ.
70 ވަނަ މާއްދާ - ވަޒީފާއަށް އައްޔަންކުރުން
(ހ) ށަރުއީދާއިރާގެ ވަޒީފާއަކަށް އައްޔަންކުރެވޭނީ، ތިރީގައި މިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ މަގާމަށް ބޭނުންވާ ށަރުތު ހަމަވާ މީހުންނެވެ.
- ދިވެހި ރައްޔިތަކަށްވުން.
- އަސާސީ ތައުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގޭ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން ނުވަތަ ވަޒީފާއިން މުސްކުޅިކުރުމުގެ އިހްތިޔާރު ލިބޭ އުމުރު 55 އަހަރަށްވުރެ ދޮށީ މީހަކުކަމުގައި ނުވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި، ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. "ށަރުއީދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެރެކޯޑު ބަލާ ފޯމު" މި ގަވާއިދުގެ ޖަދުވަލު 5 ގައި ވާނެއެވެ.
- ގައިރު ގާނޫނީ ޖަމާއަތެއް ކަމުގައި ށަރީއަތުން ކަނޑައަޅާފައިވާ ޖަމާއަތެއްގެ މެމްބަރެއްކަމުގައި ނުވުން.
- ވަޒީފާއަދާކުރަން ޖެހޭ ކޯޓުގެ ފަނޑިޔާރުންނާއި ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާ ނުވަތަ އިސްވެރިންނާ، ވަޒީފާއަށް ހޮވޭމީހާއާ ނަސަބުގެ ގޮތުން ނުވަތަ މުސާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ، ޅިޔަންފަހަރިންނާ، ބަފައިބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ ނުވަތަ އެއްބަފާ މީހަކާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުން ހުރި މީހަކަށް ނުވުން.
- ވަޒީފާއަށް ހޮވޭ މީހާއީ، ވަޒީފާއަދާކުރަން ޖެހޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވުން.
- ދައުލަތުގެ އެއްވެސް މަގާމަކުން މުސްކުޅިކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް އިގްރާރުވެ ކޯހެއްގައި ބައިވެރިވެ ކޯސް ފުރިހަމަނުކޮށްގެން ނުވަތަ ކޯހުން ފޭލްވެގެން ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމުގައި ނުވުން.
- ށަރުއީދާއިރާއަށް ހާއްސަކޮށްގެން ހިންގާ ކޯހެއްގައި ބައިވެރިވުމަށް ދެވޭ ފުރުސަތުގެ ބޭނުންނުކޮށް ދޫކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން.
- ސިޔާސީ ޕާޓީއެއްގެ މަގާމެއް އަދާކުރާ މީހަކު ކަމުގައިނުވުން.
- ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ކަނޑައެޅިފައިވާ އިންތިހާބުކުރެވޭ މަގާމަކަށް، ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމަކަށް ވާދަކުރަމުންދާ މީހަކު ކަމުގައި ނުވުން.
(ށ) ވަޒީފާއަށް އައްޔަންކުރެވޭ ފަރާތަކަށް ވަޒީފާ ދިނުމުގެ ކުރިން ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހު، އެކަށީގެންވާ ގޮތަކަށް ވަޒީފާ އަދާނުކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފެނިއްޖެ ހިނދެއްގައި، އެމީހަކަށް ވަޒީފާ ނުދިނުމުގެ ފުރިހަމަ އިހްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެން ވެއެވެ.
- ވަޒީފާ އަދާކުރެވޭ ވަރުގެ ސިއްހަތެއް ހުރި މީހެއްކަމުގައިނުވުން.
- އަހްލާގީ މިންގަނޑަށް ފެތޭ މީހެއްކަމުގައި ނުވުން.
71 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން
ށަރުއީދާއިރާގެ ކޮންމެ މުވައްޒަފަކަށް ވަޒީފާދެވޭ ހިނދު، ލިޔެފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި އެ މުވައްޒަފަކު ލައްވައި ސޮއި ކުރާވަން ވާނެއެވެ. މިގޮތުން ސޮއިކުރެވޭ އެއްބަސްވުމެއްގައި މިގަވާއިދުގެ ޖަދުވަލު 6 ގައިވާ "ވަޒީފާގެ އެއްބަސްވުން" ގެ ށަރުތުތަކާއި މާއްދާތައް ހިމަނަން ވާނެއެވެ.
(ހ) ށަރުއީދާއިރާގެ މުވައްޒަފުންނާއި ށަރުއީދާއިރާއާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ށަރުއީދާއިރާގެ ފަރާތުން ސޮއިކުރާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ އެންމެ އިސްފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ ށަރުއީދާއިރާގެ މުވައްޒަފެކެވެ.
(ށ) ވަޒީފާގެ އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރުމަށްފަހު، އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފުގެ ރެކޯޑް ފައިލަށް ލާންވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް އެ މުވައްޒަފަކަށްވެސް ދޭންވާނެއެވެ.
72 ވަނަ މާއްދާ - ގާނޫނާއި ގަވާއިދަށް ހުރަސްއެޅޭ އެއްވެސް ބައެއް ވަޒީފާގެ އެއްބަސްވުމުގައި ނުހިމެނުން
ށަރުއީދާއިރާގެ ވަޒީފާގެ އެއްބަސްވުމެއްގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން ނުވަތަ ގަވާއިދުން ވިޔަސް، ށަރުއީ ކޯޓަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިދީފައިވާ ބާރެއް ހަނިވާފަދަ މާއްދާއެއް އެބާރެއް ހަނިކުރުމުގެ އިހްތިޔާރު ގާނޫނާއި ގަވާއިދުގައި ކަނޑައެޅި ބަޔާންވެފައިނެތީސް، ހިމަނައިގެން ނުވާނެއެވެ. އެފަދަ ކަމެއް ވަޒީފާގެ އެއްބަސްވުމުގައި ހިމެނިއްޖެނަމަ، އެ ހިމެނުނު ބައެއް ވާނީ ބާތިލު ބަޔަކަށެވެ.
73 ވަނަ މާއްދާ - ވަޒީފާ ބަދަލު ކުރުން
(ހ) ށަރުއީދާއިރާގެ މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. ވަޒީފާ ބަދަލު ކުރުމުގައި ކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ވަޒީފާ ބަދަލު ކުރެއްވުމަށް އެދި ދަންނަވާ ޗިޓް" ންނެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފަކު އެއް މަގާމުން އަނެއް މަގާމަށް ބަދަލު ކުރާއިރު، އެ މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ ރުހުމަކާނުލާ ބަދަލުކުރެވޭނީ ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައެވެ.
- މިގަވާއިދުގެ 207 ވަނަ މާއްދާގެ ދަށުން އެޅޭ އިސްލާހީ ފިޔަވަޅެއްގެ ގޮތުން.
- އެ މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތް ކުރަންވާ މިންވަރަށް ނުވަތަ ފެންވަރަށް މަސައްކަތް ނުކުރުން.
74 ވަނަ މާއްދާ - މުވައްޒަފުން އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލު ކުރުން
(ހ) ށަރުއީދާއިރާގައި ވަކި މުއްދަތަކަށް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުވައްޒަފަކު، ކޯޓަކަށް ނުވަތަ ށަރުއީދާއިރާގެ އިދާރާއަކަށް ބަދަލު ވާން ބޭނުންވެފައި، އެ މުވައްޒަފު މަސައްކަތް ކުރާ ކޯޓުން ނުވަތަ އިދާރާއިން އެކަމަށް އިއުތިރާޒު ނުކުރާނަމަ، މިގަވާއިދުގައިވާ ގޮތުގެ މަތިން އެ މުވައްޒަފަކު ބަދަލުކޮށް ދެވިދާނެއެވެ.
(ށ) އިދާރީ ގޮތުން ކޯޓެއްގެ ނުވަތަ އިދާރާއެއްގެ ހިންގުން ހަރުދަނާކޮށް އެދެވޭ ބަދަލެއް ގެނެވޭނެކަމަށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފެނިއްޖެނަމަ އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މަށްވަރާގެ މަތިން މުވައްޒަފަކު އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލު ކުރުމުގެ އިހްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެން ވެއެވެ.
(ނ) ކޯޓެއް ނުވަތަ އިދާރާއެއްގައި ހާއްސަ މަސައްކަތެއް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފާހަގަ ކުރެވިއްޖެ ހިނދެއްގައި، ކޯޓެއް ނުވަތަ އިދާރާއެއްގެ މުވައްޒަފަކު ކޯޓު ނުވަތަ އިދާރާގެ މަށްވަރާއާއެކު ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރުމުގެ އިހްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.
75 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލަން ޖެހޭ ކަންތައްތައް
ށަރްއީދާއިރާގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދޭނީ މުވައްޒަފުންގެ ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އުފުލައި، މަސައްކަތުގެ ފެންވަރު ރަނގަޅަށް ބަލަހައްޓައި، މަސައްކަތުގެ އަހްލާގު ރަނގަޅުވެގެން އެކަންކަން ސާބިތުކޮށްދޭ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ނުވަތަ، އެކަންކަމުގެ މައްޗަށް ބަލައި އެއަށްވުރެ މަތީ މަސްއޫލިއްޔަތަކަށް ބަދަލު ކުރުމުގެ ގޮތުންނެވެ. ވަޒީފާގެ ކުރިއެރުން ދިނުމުގައި، ތިރީގައި މިވާ ކަންތައްތަކަށް ބަލަންވާނެއެވެ.
(ހ) މަގާމުގެ މަސްއޫލިއްޔަތުތަކަށް އެ މުވައްޒަފަކު އެކަށީގެންވާ މިންވަރު.
(ށ) މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު.
(ނ) މުވައްޒަފުގެ ތައުލީމީ ފެންވަރާއި ތަޖުރިބާ.
(ރ) މުވައްޒަފު ވަޒީފާގައި އުޅެފައިވާ މުއްދަތު.
(ބ) ކޯޓުގެ ނުވަތަ އިދާރާގެ މަގްސަދު ހާސިލު ކުރުމަށް މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު.
(ޅ) މުވައްޒަފު ހާޒިރީއަށް ފަރުވާ ބަހައްޓާ މިންވަރު.
(ކ) ވަކި މުއްދަތެއް ހަމަވުމުން މަގާމުގެ ކުރިއެރުން ލިބޭގޮތަށް އެކުލަވާލެވިފައިވާ އޮނިގަނޑެއްގައި އެމީހެއްގެ ހިދުމަތުގެ ފެންވަރު ބެލުމުން އެމީހަކަށް މަގާމުގެ ކުރިއެރުން ހާސިލުވާވަރަށް ޕޮއިންޓް ލިބުން.
(އ) އިސްލާހީ ފިޔަވަޅު އެޅިފައި ވާނަމަ، އިސްލާހީ ފިޔަވަޅު އަޅާފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގައި ކޮންފެންވަރެއްގައިތޯ ބެލުން.
76 ވަނަ މާއްދާ - މަގާމުތަކަށް މީހުން ހޯދުން
(ހ) ށަރުއީދާއިރާގެ އެކިއެކި މަގާމުތަކަށް މީހުން ހޯދަންވާނީ ހުސް މަގާމެއް އޮވެގެންނެވެ. ނުވަތަ މަގާމުގައި ހުރި މުވައްޒަފު ވަކިވާން އެދުމުންނެވެ.
(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ށަރުއީދާއިރާގެ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުމުން، އެމީހަކީ ވަކި މުއްދަތަކަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ކަމުގައި ނުވާނަމަ، އެ މަގާމު އޮތް ކޯޓަކުން ނުވަތަ އިދާރާއަކުން، މަގާމު ހުސްނުވި ކަމުގައި ވިޔަސް، އެމީހާގެ ބަދަލުގައި އެހެން މީހަކު ހޯދުމަށް މަސައްކަތް ފެށިދާނެއެވެ. އަދި ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފަކު އެހެން މަގާމަކަށް ބަދަލުކުރަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސާފައި އެންގުމުން މަގާމު ހުސްނުވި ކަމުގައި ވިޔަސް، އެމީހާގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށިދާނެއެވެ.
(ނ) ސުޕްރީމް ކޯޓާއި، ހައިކޯޓާއި އަދި ސުޕީރިއަރ ކޯޓުތަކުގެ މަގާމުތަކަށް މީހުން ހޮވާނީ އެކޯޓުތަކުންނެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މަގާމްތަކަށް މީހުން ހޮވާނީ، އެކޯޓުތަކުން އިންޓަރވިއުކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވުމުން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ރ) ށަރުއީދާއިރާގެ މަގާމުތަކަށް މީހުން ހޯދުމުގައި ކޯޓުތަކާއި އިދާރާތަކުން އަމަލު ކުރާނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.
- އާންމުކޮށް އިއުލާން ކުރުން.
- އިއުލާނަށް އިޖާބަދިން މީހުންގެ ތެރެއިން އެ ވަޒީފާއަކަށް އެންމެ ގާބިލު ފަރާތެއް ހޮވުން.
- މީހަކު ހަމަޖެއްސުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުން.
77 ވަނަ މާއްދާ - އިއުލާނުގައި ހިމަނަންޖެހޭ މައުލޫމާތު
ށަރުއީދާއިރާގެ މަގާމުތަކަށް މީހުން ހޯދުމަށް ކުރާ އިއުލާނުގައި ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) މަގާމުގެ ނަމާއި މަގާމު އޮތް ކޯޓު ނުވަތަ އިދާރާ.
(ށ) ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް.
(ނ) މަގާމުގެ ރޭންކާއި ކްލެސިފިކޭށަން.
(ރ) މަގާމުގެ ށަރުތުތައް.
(ބ) މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު.
(ޅ) މުސާރައާއި މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތަކާއި އިނާޔަތްތައް.
(ކ) އިއުލާނަށް އިޖާބަދޭންވީ މުއްދަތު.
78 ވަނަ މާއްދާ - ވަޒީފާއަށް ކުރިމަތިލުން
ވަޒީފާއަށް އެދި ކޯޓަށް ނުވަތަ އިދާރާއަށް ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ށަރްއީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ންނެވެ. ށަރްއީދާއިރާގެ ވަޒީފާއެއްގައި ހުރި މީހަކު ށަރްއީދާއިރާގެ އެހެން މަގާމަކަށް ކުރިމަތިލާ ނަމަވެސް މިފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
79 ވަނަ މާއްދާ - އިއުލާނާގުޅޭ ލިޔެކިޔުންތައް ބަލަހައްޓަންޖެހޭ މުއްދަތު
(ހ) މުވައްޒަފުން ހޯދުމަށް ކުރެވޭ އިއުލާނާއި އަދި އެއިއުލާނާ ގުޅިގެން ހުށަހަޅައި އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު އެކޯޓަކުން ނުވަތަ އެއިދާރާއަކުން ބަލަހައްޓަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ލިޔެކިޔުންތަކުގެ ތެރެއިން ވަޒީފާއަށް ހޮވޭ މީހާގެ ލިއެކިޔުންތައް ފިޔަވައި، އެހެން މީހުންގެ ލިޔެކިޔުންތައް 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.
(ނ) ވަޒީފާއަށް ހޮވޭމީހާގެ ލިއެކިޔުންތައް އޭނާގެ ރެކޯޑްފައިލުގައި ބަލަހައްޓަންވާނެއެވެ.
80 ވަނަ މާއްދާ - އެކްރެޑިޓްކުރުމާއި އެޓެސްޓް ކުރުން
(ހ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށްއެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ނުވަތަ ސެޓްފިކެޓްތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ފެންވަރު ބަލައިގެންނެވެ. މިގޮތަށް ހުށަހަޅައި ލިޔުންތަކުގެ ކޮޕީގައި "އަސްލާ އެއްގޮތް" ކަމަށް ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.
(ށ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން މުވައްޒަފުގެ ވަނަވަރު ފިޔަވައި އެހެން ލިޔުންތައް ހުށަހަޅަންވާނީ "އަސްލާ އެއްގޮތްކަން" ބަޔާންކޮށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު ކޮޕީއެވެ.
81 ވަނަ މާއްދާ - މީހުން ހޮވުން
ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމުގައި ކޯޓުން ނުވަތަ އިދާރާއިން، ތިރީގައި މިވާ ގޮތަށް އަމަލުކުރަން ވާނެއެވެ.
(ހ) ވަޒީފާއަށް އެދޭ ފޯމުގައިވާ މައުލޫމާތު އެމީހަކު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ މައްޗަށް ބަލައި ކަށަވަރުކުރުން.
(ށ) ވަޒީފާއަށް ހޮވޭ ފަރާތަށް ވަޒީފާ ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާއިރު، ފުރިހަމަކުރުމަށް ވަޒީފާއަށްހޮވޭ މުވައްޒަފާ ހަވާލުކުރި މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "ށަރްއީދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެރެކޯޑު ބަލާ ފޯމު" ފުރިހަމަ ކޮށްފައިތޯ ބެލުން.
(ނ) ށަރްއީދާއިރާގެ ވަޒީފާއަށް އެދޭފޯމު ފުރައިގެން ގެނައުމަށްދީފައިވާ މުއްދަތު ހަމަވުމަށްފަހު، ވަޒީފާއަށް އެދިފައިވާ މީހުންނާ ވަކިވަކިން ބައްދަލުކޮށް މަގާމަށް އެންމެ އެކަށީގެންވާ މީހަކު ހޮވުމަށްޓަކައި އިންޓަރވިއު ބޭއްވުން.
(ށ) ވަޒީފާއަށް އެދުނު ށަރުތު ހަމަވާ މީހުންގެ އަދަދު 20 (ވިހި) އަށްވުރެ އިތުރުވާނަމަ، އިންޓަރވިއުއަށް ގެންނާނެ މީހުން ކަނޑައެޅުމަށްޓަކައި ތައުލީމާއި ތަޖުރިބާއަށް ބަލައިގެން ށޯޓްލިސްޓްކުރުމަށް ތަރުތީބުން އިންޓަރވިއުއަށް ގެންނާނެ ފަރާތްތަކުގެ އަދަދު އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ހިއުމަން ރިސޯސް ކޮމިޓީގެ މަށްވަރާގެ މަތިން ކަނޑައެޅިދާނެއެވެ.
82 ވަނަ މާއްދާ - އިންޓަރވިއު ޕެނަލް އެކުލަވާލުން
(ހ) މަގާމުތަކަށް މީހުން ހޮވުމަށް ހިއުމަން ރިސޯސް ކޮމިޓީގެ ލަފާގެ މަތިން، އެކުލަވާލާ އިންޓަރވިއު ޕެނަލްގައި ތިރީގައިވާ ގޮތުގެ މަތިން މަދުވެގެން 3 (ތިނެއް) މެންބަރުން ހިމަނަންވާނެއެވެ.
- އިންޓަރވިއު ކުރެވޭ މަގާމަށްވުރެ މަތީ މަގާމެއް ފުރަމުންދާ މުވައްޒަފެއް.
- މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިސް މުވައްޒަފެއް.
- އިންޓަރވިއު ކުރެވޭ މަގާމަކީ ފަންނީ މަގާމެއްނަމަ އެދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް.
(ށ) އިންޓަރވިއު ޕެނަލްގައި މަދުވެގެން ހިމަނާނެ 3 (ތިނެއް) މުވައްޒަފުން އެކޯޓަކުން ނުވަތަ އެއިދާރާއަކުން ނުލިބިއްޖެނަމަ، ދައުލަތުގެ އެހެން މުއައްސަސާއެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއް ހިމެނިދާނެއެވެ.
83 ވަނަ މާއްދާ - އިންޓަވިއު ޕެނަލްގައި ހިމަނައިގެން ނުވާނެ ފަރާތްތައް
(ހ) އިންޓަވިއު ކުރެވޭ ފަރާތާއި ނަސަބުގެ ގޮތުން ނުވަތަ މުސާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބައާ، ބޮޑުދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ ނުވަތަ އެއްބަފާ މީހަކާ ނުވަތަ ޅިޔަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުންހުރި ފަރާތެއް އިންޓަވިއު ޕެނަލްގައި ހިމަނައިގެން
ނުވާނެއެވެ.
(ށ) އިންޓަވިއު ޕެނަލް ގައި ސިޔާސީ މަގާމެއް އަދާކުރަމުންދާ މީހަކު، ނުވަތަ ސިޔާސީ ހަރަކާތްތެރިއަކު ހިމަނައިގެން ނުވާނެއެވެ.
84 ވަނަ މާއްދާ - އިންޓަވިއު ޕެނަލްގެ ނިންމުން
(ހ) އިންޓަވިއުކުރެވޭ ކޮންމެ ފަރާތަކާ ބެހޭ ގޮތުން އިންޓަވިއު ޕެނަލްގެ ކޮންމެ މެމްބަރަކު މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ "ވަޒީފާތަކަށް މީހުން ހޮވުމަށް ޕޮއިންޓް ދޭނެގޮތުގެ ފޯމު" ފުރިހަމަ ކުރަންވާނެއެވެ.
(ށ) ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން ވަޒީފާއަށް ހަމަޖައްސާނެ މީހަކު ކަނޑައަޅާނީ ތައުލީމާއި ތަޖުރިބާއާއި އިންޓަރވިއުއިން އެންމެ ގިނަ މާރކްސް ލިބޭފަރާތް ނުވަތަ 3 (ތިނެއް) ފަރާތަށްވުރެ ކުޑަނޫން އަދަދަކަށް މީހުންބަލައިގެންނެވެ. 3 (ތިނެއް) ވަނައަށްވުރެ ދަށްކޮށް މާކްސް ލިބިފައިވާ ފަރާތަކަށް ވަޒީފާ ހަމަޖައްސަން ހުށަހަޅާނަމަ، ހުށަހަޅާ ސަބަބުތައް މިގަވާއިދުގެ ޖަދުވަލު 33 ގައިވާ "އިންޓަރވިއު ޕެނަލްގެ ޔައުމިއްޔާ" އާއެކު ހުށަހަޅަންވާނެއެވެ.
(ށ) ކޯޓުތަކާއި އިދާރާތަކުން އިންޓަވިއުކޮށް ނިމުމުން މިގަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މައުލޫމާތު" ފޯމު ފުރިހަމަކޮށް، ސުޕްރީމް ކޯޓާއި ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި އަދި އިދާރާތަކުން، މިގަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާ ދެއްވުން އެދި ދަންނަވާ ޗިޓް" ފުރިހަމަކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
(ރ) މެޖިސްޓްރޭޓް ކޯޓުތަކުން އިންޓަވިއުކޮށް ނިމުމުން، މިގަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މައުލޫމާތު" ފޯމު ފުރިހަމަކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
85 ވަނަ މާއްދާ - ވަޒީފާއަށް ނުހޮވުނު ފަރާތްތަކަށް އެންގުން
ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން އެ ވަޒީފާއަށް ނުހޮވުނު މީހުންނަށް އެމީހުން ނުހޮވޭކަން އެކޯޓަކުން ނުވަތަ އެ އިދާރާއަކުން އަންގަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލި މީހަކު، އޭނާ އެވަޒީފާއަށް ނުހޮވުނު ސަބަބު، ލިއުމުން ބޭނުންވާކަމަށް އެދިއްޖެނަމަ، އެސަބަބު ބަޔާންކޮށް ލިޔުމުން އޭނާއަށް ދޭންވާނެއެވެ.
86 ވަނަ މާއްދާ - ވަގުތީ މުއްދަތު (ޕްރޮބޭށަން)
(ހ) ށަރުއީދާއިރާގެ ވަޒީފާ ދެވޭ މުވައްޒަފަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މުވައްޒަފެއްތޯ ބެލުމަށް، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ވަގުތީ މުއްދަތު (ޕްރޮބޭށަން) ގައި ގެންގުޅެވިދާނެއެވެ. ވަގުތީ މުއްދަތުގައި ވަޒީފާގައި މުވައްޒަފަކު ގެންގުޅޭނީ މިގަވާއިދުގެ ޖަދުވަލު 10 ގައިވާ "ވަޒީފާގެ ވަގުތީ މުއްދަތުގައި ގެންގުޅެން ފެށިކަން އަންގާ" ލިޔުމުންނެވެ. އެމުއްދަތުގައި އެމުވައްޒަފަކީ، މަސައްކަތަށް ގާބިލު މީހެއް ކަމުގައި ވާނަމަ، އޭނާގެ ވަޒީފާ ދާއިމީ ކުރިކަން މިގަވާއިދުގެ ޖަދުވަލު 11 ގައިވާ "ވަޒީފާ ދެއްވިކަން އަންގާ ލިޔުން" މެދުވެރިކޮށް ހަވާލުކުރަންވާނެއެވެ.
(ށ) ވަގުތީ މުއްދަތުގައި މުވައްޒަފަކު، މަގާމަށް އެކަށީގެން ނުވާނަމަ، ވަގުތީ މުއްދަތު ހަމަވުމުގެ ކުރިން އެމުވައްޒަފަކު ވަކިކުރުމަށް އެކޯޓަކުން ނުވަތަ އެއިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) ވަގުތީ މުއްދަތު ހަމަވާއިރު، އެމުވައްޒަފަކު ދާއިމީކުރިކަން ނުވަތަ ވަޒީފާއިން ވަކިކުރިކަން އަންގާފައިނުވާނަމަ، އެމުވައްޒަފުގެ ވަޒީފާ ދާއިމީވީކަމުގައި ބެލެވޭނެއެވެ. މިގޮތުން ދާއިމީވާ މުވައްޒަފަށް މިގަވާއިދުގެ ޖަދުވަލު 11 ގައިވާ "ވަޒީފާދެއްވިކަން އަންގާ ލިޔުން" ހަވާލުކުރަންވާނެއެވެ.
87 ވަނަ މާއްދާ - ވަގުތީމުއްދަތުގައި ހުންނަ
ވަގުތީމުއްދަތުގައި ހުންނަ ކޮންމެ މުވައްޒަފަކާމެދު އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މުވައްޒަފާމެދު އިސްވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ފަރާތުން އަންނަނިވި ގޮތުގެ އަމަލުކުރާނެގޮތް
މަތިން އަމަލުކުރަން ވާނެއެވެ.
(ހ) ވަގުތީ މުއްދަތު ހަމަވާއިރު ދާއިމީ މުވައްޒަފަކަށްވުމަށްޓަކައި، އެ މުވައްޒަފަކު ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން، ވަޒީފާ އަދާކުރަން ފެށުމާއެކު އެމުވައްޒަފަކަށް އެންގުން.
(ށ) ވަގުތީ މުއްދަތުގައި، މުވައްޒަފަކަށް އެއްވެސް ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާނަމަ އެ ތަމްރީނެއް ދިނުން.
(ނ) ވަގުތީ މުއްދަތުގައި، އެމުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި ރެކޯޑްކުރުމާއި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާބެހޭ މައުލޫމާތު ހިއްސާކުރުން.
(ރ) ވަގުތީ މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ އަހުލާގާއި ހިދުމަތް ދިނުމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ވާނަމަ އެކަން މުވައްޒަފަށް ރަނގަޅު ކުރުމަށް އެންގުމަށްފަހު އެކަމުގެ މައުލޫމާތު މުވައްޒަފުގެ ރެކޯޑް ފައިލްގައި ހިމެނުން.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މުވައްޒަފަށް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ރަނގަޅުކޮށްފައިނުވާނަމަ، މިގަވާއިދުގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިތުރު ނޯޓިހަކާނުލައި އެމުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
88 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމާއި،
(ހ) ށަރުއީދާއިރާގެ މުވައްޒަފަކަށް ވަޒީފާއިން ވަކިވެވޭނީ، ނުވަތަ މުވައްޒަފަކު ވަކިކުރުން ވަކިކުރެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ބޭނުންވެއްޖެނަމަ، މިގަވާއިދުގެ ޖަދުވަލު 12 ގައިވާ "ވަޒީފާއިން ވަކިކުރުމަށް ދަންނަވާ ޗިޓް" ކޯޓުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ނ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިވާނެއެވެ.
- ވަކިމުއްދަތަކަށް ހިދުމަތް ކުރުމަށް އިގްރާރެއް ނެތް ކޮންމެ މުވައްޒަފަކަށް، އެންމެ މަދުވެގެން 1 (އެކެއް) މަސް ދުވަހުގެ ނޯޓިސް، ލިޔުމަކުން ހުށަހެޅުމާއެކު، މަގާމުން އިސްތިއުފާ ދިނުން. އެގޮތަށް މުވައްޒަފަކު މަގާމުން އިސްތިއުފާ ދީފިނަމަ، ސިޓީހުށަހަޅާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ. ނޯޓިސްގެ މުއްދަތުގައި ވަޒީފާއިން ވަކިކުރުމާ ހަމަޔަށް މުވައްޒަފު ކޯޓުގެ ނުވަތަ އިދާރާގެ ވަޒީފާއަށް ނުކުންނަން ވާނެއެވެ.
- ށަރުއީދާއިރާގެ މުވައްޒަފަކު ނިޔާވުން. ށަރުއީދާއިރާގެ މުވައްޒަފަކު ނިޔާވެއްޖެނަމަ، އެމުވައްޒަފަކު ވަޒީފާއަދާކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން، އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަންގަން ވާނެއެވެ.
(ރ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
- ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ކަނޑައެޅިފައިވާ އިންތިހާބެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމެއްގެ އިންތިހާބެއްގައި، ށަރުއީދާއިރާގެ މުވައްޒަފަކު ބައިވެރިވުން.
- ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެމުވައްޒަފަކު ހުރި ފަންތީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް ނުކުޅެދުން.
- ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫންތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ، ވަޒީފާ އަދާ ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުން.
- ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
- މިގަވާއިދާއި، ށަރުއީދާއިރާގެ ސުލޫކީ މިންގަނޑާއި ހިލާފުވިކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ސާބިތުވުމުން އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން.
- އެމުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި މި ގަވާއިދުގައި
މުވައްޒަފުން ވަޒީފާއަށް އައްޔަނުކުރުމަށް ހަމަޖެހިފައިވާ ގޮތާ ހިލާފަށްކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކުރި ތަހުގީގަށް ސާބިތުވުން.
-
މި ގަވާއިދުގެ 21 ވަނަ ބާބުގައި ބުނެފައިވާ ގޮތުގެ މަތީން ދެވޭ އިސްލާހީ ފިޔަވަޅަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ނިންމުން.
-
މުވައްޒަފަކު ށަރުއީދާއިރާގެ ވަޒީފާއިން މުސްކުޅިކުރުން.
-
މިގަވާއިދުގައި ބުނެފައިވާ ށަރުތެއް މުވައްޒަފެއްގެ ކިބައިން އުނިވުން.
-
މިގަވާއިދުގެ 96 ވަނަ މާއްދާގައިވާ ހާލަތުންކުރެ ހާލަތެއް މެދުވެރިވެގެން ވަޒީފާއިން ދޫކޮށްލުން.
-
މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެ، ދިވެހިރާއްޖޭގެ ކޯޓަކުން އެ މުވައްޒަފަކު ގޭގައި ނުވަތަ ޖަލުގައި ބަންދުކުރުމަށް ނުވަތަ އަރުވާލުމަށް ހުކުމް ކުރުން.
-
މިގަވާއިދުގެ 74 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން މުވައްޒަފަކު އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރުމުން އެބަދަލުކުރި ކޯޓަކަށް ނުވަތަ އެއިދާރާއަކަށް ނިކުތުމަށް އިންކާރުކުރުން.
-
ކޯޓުގެ ނުވަތަ އިދާރާގެ ސެކްށަނެއް ނުވަތަ ބައެއް އެހެން ރަށެއްގައި ގާއިމުކުރުމުން، އެ ރަށަކަށް ވަޒީފާ ބަދަލުކުރުމުން ވަޒީފާއަށް ނިކުތުމަށް އިންކާރުކުރުން.
89 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރުން
ށަރުއީދާއިރާގައި ވަޒީފާ އަދާކުރާ ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ ދާއިމީ މުވައްޒަފުން ވަކިކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
90 ވަނަ މާއްދާ - ވަކި އެއްބަސްވުމުގެ ދަށުން ވަޒީފާ އަދާކުރާ މީހުން ވަކިކުރުން
ވަކި އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ މީހުން، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ މިގަވާއިދުގެ 117 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
91 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުން
ވަޒީފާއާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ށަރުއީދާއިރާގެ މުވައްޒަފަކަށް ނޯޓިސްދީ ވަޒީފާއިން ވަކިކުރާނަމަ، އެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މުސާރަ އާއި މަގާމާ ގުޅުވައިގެން ދެވޭ ހުރިހާ އިނާޔަތެއް ދޭންވާނެއެވެ. ނޯޓިސްދޭންވާނީ، އަންނަނިވި ކަންތައްތަކަށް ރިއާޔަތްކޮށްގެންނެވެ.
(ހ) 6 (ހައެއް) މަސް ދުވަހަށްވުރެ ކުރޫން އަދި 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ދިނުން.
(ށ) 1 (އެކެއް) އަހަރަށްވުރެ ކުރުނޫން އަދި 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ދިނުން.
(ނ) 5 (ފަހެއް) އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދިނުން.
(ރ) މިގަވާއިދުގެ ދަށުން މުވައްޒަފަކަށް ލިބިދޭ ޗުއްޓީއެއްގެ ބޭނުން، މުވައްޒަފަކު ކުރަމުންދާ ދަނޑިވަޅެއްގައި، އެޗުއްޓީގެ މުއްދަތާއެކު، ނޯޓިސްގެ މުއްދަތު ގުނޭގޮތަށް މިމާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ނޯޓިހެއް ދީގެން ނުވާނެއެވެ.
(ބ) މިމާއްދާގެ ދަށުން ދެވޭ ނޯޓިސް ދޭންވާނީ ލިޔުމުންނެވެ.
92 ވަނަ މާއްދާ - ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުން
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ހަމަޔަށް އެމުވައްޒަފަކަށް ދިނުމަށްފަހު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަކިކުރެވޭ މުވައްޒަފަކަށް ނޯޓިސްގެ މުއްދަތުގައި އެއްވެސް އިނާޔަތެއް ހައްގުވާނަމަ، ވަޒީފާއިން ވަކިކުރެވޭނީ އެ މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތެއް ދިނުމަށްފަހުއެވެ.
93 ވަނަ މާއްދާ - ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން
މުވައްޒަފުގެ މަސައްކަތުގެ އަހުލާގު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ކޯޓަކަށް ނުވަތަ އިދާރާއަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފެނިއްޖެނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެން ވެއެވެ.
8 ވަނަ ބާބު
މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން
94 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާގެ ވަޒީފާއިން މުވައްޒަފަކު ދޫކޮށްލަން ޖެހިއްޖެނަމަ، މިގަވާއިދުގައިވާ ގޮތުގެ މަތިން ދޭންޖެހޭ އިނާޔަތެއްވާނަމަ، އެއިނާޔަތެއް ދިނުމަށްފަހު މުވައްޒަފަކު ދޫކޮށްލެވިދާނެއެވެ. ށަރްއީދާއިރާގެ ވަޒީފާއިން ދޫކޮށްލުމަކީ، މިގަވާއިދުގެ 96 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދިމާވެގެން، ށަރްއީދާއިރާގެ ދާއިމީ މުވައްޒަފަކު، ވަޒީފާއިން ވަކިކުރާ ކުރުމެވެ.
95 ވަނަ މާއްދާ - އިސްތިސްނާވާ ފަރާތްތައް
މިގަވާއިދުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިމީ މުވައްޒަފުންގެ ތެރޭގައި ތިރީގައި މިވާ ފަރާތްތައް ނުހިމެނެއެވެ.
(ހ) މިގަވާއިދުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ ވަގުތީ މުއްދަތުގައި މަސައްކަތްކުރާ މުވައްޒަފުން.
(ށ) މިގަވާއިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތީ މުވައްޒަފުން.
(ނ) މިގަވާއިދުގެ 11 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ ފަރާތްތައް.
96 ވަނަ މާއްދާ - މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ހާލަތްތައް
އަންނަނިވި ހާލަތުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން ށަރްއީދާއިރާގެ ދާއިމީ މުވައްޒަފަކު ށަރްއީދާއިރާގެ ވަޒީފާއިން ދޫކޮށްލެވިދާނެއެވެ.
(ހ) މަގާމު އުވާލުމާގުޅިގެން ވަޒީފާއިން ދޫކޮށްލަންޖެހުން: ކޯޓުގެ ނުވަތަ އިދާރާއެއްގެ އޮނިގަނޑަށް ނުވަތަ މަސައްކަތަށް ބަދަލު ގެނައުމުގެ ސަބަބުން ނުވަތަ ކުރަމުންއައި މަސައްކަތެއް ހުއްޓާލުމުގެ ސަބަބުން މަގާމު އުވި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ ށަރްއީދާއިރާގެ އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ށ) ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން: ށަރްއީދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެން ދިއުމުގެ ސަބަބުން ކޯޓެއް ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ށަރްއީދާއިރާގެ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ނ) ބޭނުންވާ ވަރަށްވުރެ މުވައްޒަފުން ގިނަވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން: ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތާއި ވަޒީފާތަކުގެ ދިރާސާ އަކަށްފަހު މަގާމުތައް އަލުން ތަރުތީބުކުރުމުގެ ސަބަބުން ނުވަތަ އެވަޒީފާގައި ކުރަމުންދިޔަ މަސައްކަތް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހެން ގޮތަކަށް ކުރުމަށް ކޯޓަކުން ނުވަތަ އިދާރާއަކުން ނިންމައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ތަފްސީލާއެކު ހުށުހެޅުމުން، އެމަގާމު އުވާލުމުގެ ސަބަބުން، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ ށަރްއީދާއިރާގެ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ރ) މުވައްޒަފުގެ ގާބިލުކަން ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުން: ތަމްރީނުގެ ފުރުސަތު ދެވި، އެފުރުސަތުގެ އެދެވޭ ނަތީޖާ ހާސިލް ނުކުރުމުގެ ސަބަބުން މުވައްޒަފު ދޫކޮށްލަންޖެހުން ނުވަތަ މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސައްކަތަށް ބޭނުންވާ ގާބިލްކަން ނެތިގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ބ) ކޯޓު ނުވަތަ އިދާރާ އެހެން ރަށަކަށް ނުވަތަ ތަނަކަށް ބަދަލުކުރުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން: ށަރްއީދާއިރާ ހިންގުމުގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން އެ ބަދަލުކުރެވޭ ރަށަކަށް ނުވަތަ ތަނަކަށް ވަޒީފާ އަދާކުރަން ދިއުމަށް މުވައްޒަފަކު އުޒުރުވެރިވާނަމަ، ބަދަލުގައި އެރަށަކުން އެފެންވަރުގެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ޅ) މުވައްޒަފު އަދާކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސް ކުރުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން: މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް އައުޓްސޯސް ކުރުމުގެ ސަބަބުން އެމަގާމު އުވާލައި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަށީގެންވާ މަސައްކަތެއްކޮށް ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.
(ކ) ކޯޓުން ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް
އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުވާއިރު އިތުރުވާ މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން: ށަރުއީދާއިރާގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރުމުން، އެމަސައްކަތް ބަދަލުވި ކޯޓަކަށް ނުވަތަ އިދާރާއަކަށް އެމަސައްކަތްކުރި މުވައްޒަފުން ބަދަލުކުރެވޭއިރު އިތުރުވާ މުވައްޒަފުންނަށް، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ އެހެން އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަށީގެންވާ މަސައްކަތެއްކޮށް ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.
97 ވަނަ މާއްދާ - ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް
ށަރުއީދާއިރާގެ ވަޒީފާއިން ދޫކޮށްލަންޖެހޭ ދާއިމީ މުވައްޒަފުންނަށް އިނާޔަތް ދިނުމަށްހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
(ހ) އުމުރުން 55 އަހަރުވެފައިވާ މުވައްޒަފުންގެ ތެރެއިން ށަރުއީދާއިރާގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް.
(ށ) އުމުރުން 55 އަހަރުނުވާ މުވައްޒަފުންގެ ތެރެއިން ށަރުއީދާއިރާގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް.
(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް ޖަދުވަލު 13 ގައި ވާނެއެވެ.
98 ވަނަ މާއްދާ - މުވައްޒަފަކު ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަންޖެހޭ ގޮތް
ށަރުއީދާއިރާގެ މަސައްކަތަށާއި މަގާމުތަކަށް އަންނަ ބަދަލަކާގުޅިގެން މުވައްޒަފަކު ދޫކޮށްލާނަމަ، އަންނަނިވި ކަންތައްތައް ކަށަވަރުކުރުމަށްފަހު، އެކަމާގުޅޭ ތަފްސީލީ ލިޔުންތަކާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ހ) ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތެއް ހުއްޓާލެވޭނަމަ، އެކަމެއް އިއުލާނުކުރުން އަދި މިއިއުލާނުގައި އުވިގެންދާ މަގާމުތައް ބަޔާންކުރުން.
(ށ) ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުން މަދުކުރަންޖެހިއްޖެ ހާލަތެއްގައި، މަސައްކަތާއި މަގާމުތަކުގެ ދިރާސާއެއް ހަދައި އެ ދިރާސާގެ ނަތީޖާ އިއުލާނުކޮށް، މަދުކުރަންޖެހޭ މަގާމުތައް ބަޔާންކޮށް، އަމިއްލައަށް އެދިގެން ވަކިވާން ބޭނުން މުވައްޒަފުންނަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާނުކުރުން.
(ނ) ތަމްރީނުގެ ފުރުސަތު ދެވުމުން އެފުރުސަތުގެ ބޭނުން މުވައްޒަފަކު ނުހިފުމުގެ ސަބަބުން ވަޒީފާއިން ދޫކޮށްލަންޖެހޭނަމަ، ދޫކޮށްލާކަން މުވައްޒަފަށް އެންގުން.
(ރ) ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފަކު ހުރި އޮނިގަނޑުގެ އެ ފެންވަރުގެ މަގާމެއްގައި ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު ނުވަތަ ވަގުތީ މުވައްޒަފަކު އެދާއިރާގެ ދާއިމީ މަގާމެއްގައި ހުރިނަމަ، ވަޒީފާއިން ދޫކޮށްލަން ޖެހުނު މުވައްޒަފަށް ދާއިމީ މަގާމު ހަމަޖައްސައިދީ، ވަގުތީ މުވައްޒަފާއެކު ކޮށްފައިވާ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުން.
(ބ) ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުން ދިޔަ މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް އެހެން ކޯޓަކަށް ނުވަތަ އެހެން އިދާރާއަކަށް ބަދަލުކޮށްފިނަމަ، އެބަދަލުކުރެވުނު މަސައްކަތެއް ކުރަމުންދިޔަ ހުރިހާ މުވައްޒަފުން އެކޯޓަކަށް ނުވަތަ އެއިދާރާއަކަށް ބަދަލުކުރާއިރު، ކޯޓެއްގެ ނުވަތަ އިދާރާއެއްގެ މަސައްކަތް ރޭވިފައިވާ ގޮތާއި މުވައްޒަފުން ތިބި މިންވަރުން ކުރަންޖެހޭ މަސައްކަތާ އަޅާބަލާއިރު ބަދަލުވާ މުވައްޒަފުން އިތުރުވާނަމަ، އިތުރުވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން. މުވައްޒަފުން އިތުރުވެގެން ދޫކޮށްލަންޖެހިއްޖެނަމަ، ތައުލީމާއި ތަޖުރިބާއާއި މަސައްކަތުގެ ފެންވަރަށް ބެލުން.
(ޅ) ކޯޓެއް ނުވަތަ އިދާރާއެއް ހިންގުން އެހެން ރަށަކަށް ނުވަތަ ތަނަކަށް ބަދަލުކުރުމުން އެކޯޓެއް ނުވަތަ އެއިދާރާއެއް ހިންގާ ރަށަކަށް ނުވަތަ ތަނަކަށް ދިއުމަށް އުޒުރުވެރިވާ މުވައްޒަފުން އެ ރަށަކަށް ނުވަތަ އެތަނަކަށް ވަޒީފާއަދާކުރުމަށް ނުދެވޭނަމަ ށަރުއީދާއިރާގެ ވަޒީފާއިން ވަކިކުރެވޭނެކަން އެންގުމާއެކު، އެދާއިރާއަކުން ނުވަތަ އެހެން ދާއިރާއަކުން ނަމަވެސް އެމުވައްޒަފު އަދާކުރި ފެންވަރުގެ މަގާމެއް ހުސްކޮށް އޮތްނަމަ، އެމަގާމަކަށް ބަދަލުވުމުގެ ފުރުސަތު ދިނުން. މިގޮތުން ހުސްވަޒީފާއަކަށް ބަދަލުވުމުގެ ފުރުސަތު ނުދެވޭ މުވައްޒަފުން، ވަޒީފާއަށް ދިއުމަށް އުޒުރުވެރިވާކަމުގެ ލިޔުމާއެކު ވަޒީފާއިން ދޫކޮށްލުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުން.
9 ވަނަ ބާބު
ވަޒީފާއިން މުސްކުޅިކުރުން އަދި ޕެންށަން ހައްގުވުން
99 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅިކުރެވޭނީ 2 ހާލަތެއްގައެވެ. އެއީ:- އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުމާއި 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުމަށް ހިތްވަރުދީ ވަޒީފާއިން މުސްކުޅިކުރުން. މިގޮތުން ވަޒީފާއިން މުސްކުޅިކުރެވޭނީ ކަނޑައެޅިފައިވާ އިނާޔަތްތައް ދިނުމާއެކުއެވެ.
100 ވަނަ މާއްދާ - 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުމާއި އިނާޔަތް ދިނުން
(ހ) ށަރްއީދާއިރާގެ މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ށަރްއީދާއިރާގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) ށަރްއީދާއިރާގެ މުވައްޒަފުންގެ ތެރެއިން އުމުރުން 65 އަހަރު ހަމަވާ މުވައްޒަފުންނަށް އެމުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުގެ 6 މަސްދުވަހުގެ ކުރިން އެމުވައްޒަފަކަށް ލިބޭނެ އިނާޔަތްތަކުގެ ތަފްސީލާއެކު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެކަން އަންގަންވާނެއެވެ.
(ނ) އުމުރުން 65 އަހަރުވުމުން ށަރްއީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މިގަވާއިދުގެ ޖަދުވަލު 14 ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ދޭންވާނެއެވެ.
101 ވަނަ މާއްދާ - 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމާއި އިނާޔަތް ދިނުން
(ހ) ށަރްއީދާއިރާގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމަށްފަހު، އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކޮށް ވަކިވުމަށްއެދޭނަމަ، މުވައްޒަފު މަސައްކަތްކުރާ ކޯޓު ނުވަތަ އިދާރާ މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ށ) ށަރްއީދާއިރާގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވެގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭއިރު، ށަރްއީދާއިރާގައި ނުވަތަ ދައުލަތަށް ހިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަވެސް ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ނ) އުމުރުން 55 އަހަރުވުމުން، އަމިއްލައަށް އެދިގެން ށަރްއީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މިގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ދޭންވާނެއެވެ.
102 ވަނަ މާއްދާ - އުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމާއި އިނާޔަތު ދިނުން
(ހ) އުމުރުން 55 އަހަރުވެފައިވާ މުވައްޒަފެއްގެ ބަލިހާލު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދޭކަމަށް ކޯޓަށް ނުވަތަ އިދާރާއަށް ފެނިގެން އެމުވައްޒަފަކު މުސްކުޅި ކުރުމަށް ހުށަހަޅާނަމަ، ސިއްހީގޮތުން ވަޒީފާ އަދާކުރެވޭވަރު ނުވާކަމަށް ދައުލަތުގެ ސިއްހަތާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހުށަހަޅަން ވާނެއެވެ.
(ށ) އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހުށަހަޅަންޖެހޭ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށްޓަކައި ވަކިމުއްދަތެއް ދިނުމަށްފަހު، އެސެޓްފިކެޓް ހުށަހަޅާފައިނުވާނަމަ، އެމުވައްޒަފެއްގެ ސިއްހީ ގާބިލުކަން ބެލުމަށްޓަކައި ސިއްހަތާބެހޭ އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިން މަސައްކަތްކުރާ ތަނަކުން ދޭ ސެޓްފިކެޓަކަށް ބަލައި އެމީހަކު މުސްކުޅިކުރުމުން ލިބިދޭންޖެހޭ އިނާޔަތާއެކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ނ) ކޯޓުގެ ނުވަތަ އިދާރާގެ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވެ، މަސައްކަތް ކުރަންތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 އަހަރުވެފައިވާ މުވައްޒަފަކު ހުރެ، އެމީހަކަށް ވަޒީފާ ދޫކޮށްލަންޖެހޭނަމަ، އެމުވައްޒަފަކު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމަށް އެ މުވައްޒަފަކު މަސައްކަތްކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
(ރ) އުމުރުން 55 އަހަރުވެފައިވާ މުވައްޒަފަކަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދޭނަމަ ނުވަތަ ވަޒީފާ ރަނގަޅަށް އަދާނުކުރެވޭނަމަ، އެތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު އެކޯޓަކުން ނުވަތަ އެއިދާރާއަކުން ތަނަވަސްކޮށްދިނުމަށްފަހު، އެމުވައްޒަފު އެފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މިކަންތައްތަކުގެ ތަފްސީލު ބަޔާންކޮށް ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަށް ކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
(ބ) މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަށް ހުށަހަޅާއިރު، އެއިދާރާއެއްގެ ހިއުމަން ރިސޯސް ކޮމިޓީގައި މަށްވަރާކޮށް، އެމަށްވަރާގައި ނިންމި ގޮތެއް ލިޔުމުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ޅ) އުމުރުން 55 އަހަރުވުމުން، ށަރުއީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މިގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ދޭންވާނެއެވެ.
103 ވަނަ މާއްދާ - ޕެންށަން
ށަރްއީދާއިރާގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ ގާނޫނު ނަންބަރު 2009-08 "ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު" ގައިވާ ގޮތުގެ މަތިންނެވެ.
10 ވަނަ ބާބު
ވަގުތީ މުވައްޒަފުން
104 ވަނަ މާއްދާ - ތައާރުފު
(ހ) ށަރްއީދާއިރާގައި އަންނަނިވި ހާލަތްތަކުގައި ވަގުތީ ގޮތުން މުވައްޒަފުން ގެންގުޅެވިދާނެއެވެ.
- ށަރްއީދާއިރާގެ މުވައްޒަފަކު ޗުއްޓީނެގުމުން.
- ދިގުމުއްދަތަކަށް ސަލާމުގައި ތިބުން.
- މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލުން.
(ށ) މިމާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއްގައި ހުރި މުވައްޒަފު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ވަގުތީގޮތުން ގެންގުޅުނު މުވައްޒަފު ދޫކޮށްލަންވާނެއެވެ.
(ނ) ށަރްއީދާއިރާގެ ދާއިމީ މުވައްޒަފުން ހިދުމަތްކުރާ މުއްދަތާއި އެއްފަދައިން ވަގުތީ މުވައްޒަފުން ށަރްއީދާއިރާއަށް ހިދުމަތްކުރާ ދުވަސްތައް ހިދުމަތުގެ މުއްދަތު ބެލުމުގައި ގުނޭނެއެވެ.
105 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ހޯދުމާއި މަގާމަށް ލެއްވުން
(ހ) ވަގުތީ މުވައްޒަފުން ހޯދާނީ އާންމުކޮށް އިއުލާން ކޮށްގެންނެވެ. މިގޮތުން ކުރާ އިއުލާނު ގެޒެޓުގައި ށާއިއުކޮށް ނުވަތަ މަދުވެގެން 3 (ތިނެއް) ދުވަސް ވަންދެން އެރަށެއްގައި އާންމުކޮށް އިއުލާނު ބަހައްޓާ ތަންތަނުގަޔާއި ކޯޓުގެ ނޯޓިސްބޯޑުގައި ބަހައްޓަންވާނެއެވެ.
(ށ) ވަގުތީގޮތުން ވަޒީފާއަށް ލައްވާނެ މީހަކު ހޯދުމަށް އިއުލާނުކުރާ ތާރީހުން ފެށިގެން މަދުވެގެން 4 (ހަތަރު) ދުވަހުގެ މުއްދަތު ވަޒީފާއަށް ކުރިމަތިލުމަށް ދޭންވާނެއެވެ.
(ނ) ވަގުތީގޮތުން ވަޒީފާއަށް ލައްވަން ވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެމަގާމަކަށް އެންމެ އެކަށީގެންވާ މީހާއެވެ. މަގާމަށް އެކަށީގެންވާ ކަމަށް ނިންމާނީ ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި، ހޯދާފައިވާ ތަޖުރިބާއާއި، އެމީހަކާ ކުރެވޭ އިންޓަރވިއުއަށް ބިނާކޮށްގެންނެވެ.
(ރ) ވަގުތީގޮތުން މުވައްޒަފުން ނެގުމަށް އިންޓަރވިއު ކުރުމުގައި އެމުވައްޒަފެއްގެ ސިއްހީ ހާލަތަށާއި ޗުއްޓީއެއް ނަގަން ޖެހޭފަދަ ހާލަތެއް މެދުވެރިވެދާނެ ކަމެއްއޮތްތޯ ސުވާލުކޮށް އެކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ބ) ވަގުތީގޮތުން ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް މި ގަވާއިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަލަހައްޓަންވާނެއެވެ.
(ޅ) ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ މުވައްޒަފުންނަށް މިގަވާއިދުގެ ޖަދުވަލު 16 ގައިވާ "ވަގުތީގޮތުން ގެންގުޅެންފެށިކަން އަންގާލިޔުން" ވަޒީފާއަށް ނުކުންނަ ދުވަހު ހަވާލުކުރަންވާނެއެވެ.
(ކ) ވަގުތީ މުވައްޒަފު، ވަޒީފާއަށް ނުކުންނަ ދުވަހު މިގަވާއިދުގެ ޖަދުވަލު 2 ގައިވާ "މުވައްޒަފުގެ ވަޒީފާބަޔާން" ގައި ސޮއިކުރުވަންވާނެއެވެ.
(އ) ވަގުތީ މުވައްޒަފު، ވަޒީފާއަށް ނުކުންނަ ދުވަހު މިގަވާއިދުގެ ޖަދުވަލު 6 ގައިވާ "ށަރްއީދާއިރާގެ ވަޒީފާގެ އެއްބަސްވުން" ގައި ސޮއިކުރުވަންވާނެއެވެ.
(ވ) ވަގުތީ މުވައްޒަފަށް ވަޒީފާދީ، ވަޒީފާއިން ވަކިކުރާނީ އެމުވައްޒަފަކު ވަޒީފާއަށް ނެރެން ބޭނުންވި ކޯޓުން ނުވަތަ އިދާރާއިންނެވެ.
(މ) މިގަވާއިދުގެ ޖަދުވަލު 17 ގައި ބަޔާންކޮށްފައިވާ "ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ" ކޮންމެ ކޯޓެއްގައި ނުވަތަ އިދާރާއެއްގައި އޮންނަންވާނެއެވެ.
(ފ) ވަގުތީ މުވައްޒަފު ވަޒީފާއަށް ނުކުތުމާއެކު ނުވަތަ ވަގުތީ މުވައްޒަފު ދޫކޮށްލުމާއެކު 3 ދުވަހުގެ ތެރޭގައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އަންގަންވާނެއެވެ.
- ވަގުތީ މުވައްޒަފު ވަޒީފާއަށް ނުކުތުމާއެކު އަންގާނީ މިގަވާއިދުގެ ޖަދުވަލު 16 ގައި ބަޔާންކޮށްފައިވާ "ވަގުތީ ގޮތުން ގެންގުޅެން ފެށިކަން އަންގާ ލިޔުން" އިންނެވެ.
- ވަގުތީ މުވައްޒަފު ވަޒީފާއިން ދޫކޮށްލުމާއެކު އަންގާނީ، މިގަވާއިދުގެ ޖަދުވަލު 18 ގައި ބަޔާންކޮށްފައިވާ "ވަގުތީ މުވައްޒަފުން ވަޒީފާއިން ދޫކޮށްލިކަން އަންގާ ލިޔުން" އިންނެވެ.
106 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި ބަލާނެ ކަންތައްތައް
(ހ) ވަގުތީ މުވައްޒަފަށް ވަޒީފާ ދިނުމުގެ ކުރިން ކްރިމިނަލް ކޯޓުން އެމުވައްޒަފުގެ ކުށުގެ ރެކޯޑު ހޯދަންވާނެއެވެ. އަދި މާލެ ފިޔަވައި އެހެންރަށެއްގައިނަމަ، އެމީހަކު ރަށްވެހި ވެފައިވާ ރަށުގެ މެޖިސްޓްރޭޓު ކޯޓުންވެސް ކުށުގެ ރެކޯޑު ބަލަންވާނެއެވެ.
(ށ) ޖިނާއީ ކުށްތަކުގެ ތެރެއިން ށަރީއަތަށް ސާބިތުވެގެން ހުކުމެއް ތަންފީޒުކޮށްފައިވާ މީހެއްގެ ކުށުގެ ބާވަތަށް ބަލައި، އެމީހަކު އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 5 އަހަރު ނުވަނީސް އެފަދަ މީހަކު އެއްވެސް ކޯޓެއް ނުވަތަ އިދާރާއެއްގައި ވަގުތީގޮތުން ގެންގުޅެގެންނުވާނެއެވެ.
(ނ) ވަގުތީގޮތުން ގެންގުޅެންވާނީ އުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ މީހުންނެވެ.
(ރ) ވަގުތީގޮތުން ލައްވާ މުވައްޒަފަކީ، މިގަވާއިދުގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަބައި ގައިވާ މީހަކަށް ވެގެން ނުވާނެއެވެ.
107 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ހަމަޖެއްސޭނެ ހާލަތު
ވަގުތީ މުވައްޒަފަކު ހަމަޖެއްސޭނީ އިދާރީ 3 މުވައްޒަފުންނަށްވުރެ މަދުން މުވައްޒަފުން ހަމަޖެހިފައިވާ ތަންތަނުން، އެތަނެއްގެ އިދާރީ މުވައްޒަފެއްގެ ހިދުމަތް 30 ދުވަހަށް ވުރެ ކުރުމުއްދަތަކަށް ލިބޭގޮތް ނުވެގެންނެވެ. މިނޫންގޮތަކަށް ވަގުތީގޮތުން އިދާރީ މުވައްޒަފަކު ވަޒީފާއަށް ނެރެންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅައި ލިއުމަކުން ހުއްދަ ލިބިގެންނެވެ.
108 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންގެ ބަންދު ދުވަސްތަކާއި ޗުއްޓީއާއި މަސައްކަތުގެ ގަޑި
(ހ) ދާއިމީ މުވައްޒަފުންނާއި އެއްގޮތަށް ވަގުތީ މުވައްޒަފުންނަށްވެސް މަސައްކަތުގެ ގަޑިއާއި ބަންދު ދުވަސްތަކާއި ޗުއްޓީ ހަމަޖެހޭނީ މިގަވާއިދުގެ 12 ވަނަ ބާބު އަދި 14 ވަނަ ބާބުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިންނެވެ.
(ށ) މިމާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކުރެވިފައިވީނަމަވެސް ވަގުތީ ގޮތުން ގެންގުޅޭ މުވައްޒަފުން މަހަކު 3 ސަލާމަށްވުރެ އިތުރަށް ސަލާމް ބުނާނަމަ އަދި އެމުވައްޒަފަކު ގަވާއިދުން ޗުއްޓީއެއްނަގައިގެން ނޫންގޮތަކަށް އެހެންވެސް ސަބަބެއް މެދުވެރިވެގެން އެމީހެއްގެ ހިދުމަތް އެތަނަކަށް 3 ދުވަހަށްވުރެ އިތުރަށް ނުލިބޭގޮތް ވެއްޖެނަމަ އެމީހަކު ދޫކޮށްލުމުގެ އިހްތިޔާރު އެތަނަކަށް ލިބިގެންވެއެވެ. އަދި އެކަން ވަޒީފާގެ އެއްބަސްވުމުގައި ބަޔާން ކުރަންވާނެއެވެ.
109 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ހަމަޖައްސާނެ ރޭންކް
(ހ) ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން ހިދުމަތް ނުލިބޭ ފަރާތަކީ ސަޕޯޓް ސަރވިސް ކެޓަގަރީގައި ހިމެނޭ މުވައްޒަފެއްނަމަ، ވަގުތީގޮތުން ހަމަޖައްސާ މުވައްޒަފަކު ހަމަޖައްސާނީ އެސްއެސް 1 ގެ ރޭންކަށެވެ.
(ށ) ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން ހިދުމަތް ނުލިބޭ ފަރާތަކީ ސަޕޯޓް އޮފިސަރ ކެޓަގަރީގައި ހިމެނޭ މުވައްޒަފެއްނަމަ، ވަގުތީގޮތުން ހަމަޖައްސާ މުވައްޒަފަކު ހަމަޖައްސާނީ ޖީއެސް 1 ގެ ރޭންކަށެވެ.
110 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް
ވަގުތީ މުވައްޒަފަކަށް ދޭނީ އެމުވައްޒަފަކު ހަމަޖައްސާ ވަޒީފާގެ އޮނިގަނޑުގައިވާ މަގާމުގެ ފަންތީގެ މުސާރައާއި އެހެނިހެން އެލެވަންސްތަކެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާވިފައިނަމަ މުވައްޒަފުންނަށް އިތުރުގަޑި ދިނުމަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ވަގުތީ މުވައްޒަފުންގެ މުސާރައިން އުނިކުރެވޭނީ މި ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
11 ވަނަ ބާބު
ށަރްއީދާއިރާގައި ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅުން
111 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާގެ މަގާމެއްގައި އެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅުމާއި އެމީހުންނާ މަސައްކަތް ހަވާލުކުރުމާއި، މަސައްކަތުން ވަކިކުރުމުގައި އަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
112 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅުން
(ހ) ށަރްއީދާއިރާގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް، ށަރްއީދާއިރާގެ މުވައްޒަފުންގެ ރަޖިސްޓްރީގައި ނުހިމެނޭގޮތަށް، ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅެވިދާނެއެވެ. މިގޮތުން ކޯޓަކުން ނުވަތަ އިދާރާއަކުން، ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅޭނީވެސް އަދި ވަކިކުރާނީވެސް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ހުއްދަ ލިބިގެންނެވެ.
(ށ) ށަރްއީދާއިރާގައި ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- ދާއިމީ މަގާމަށް އިއުލާނުކޮށްގެން ގާބިލު މީހެއް ނުލިބުން.
- ހާއްސަ މަސައްކަތެއް ކުރުމުގެ ގޮތުން މީހަކު ގެންގުޅެން ޖެހުން.
(ނ) ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެވޭނީ އަންނަނިވި ހަމަތަކުގެ މަތިންނެވެ.
- ކޮންޓްރެކްޓް އުސޫލުން މީހުން ހޯދުމުގައާއި، ހޮވުމުގައާއި، މަސައްކަތް ހަވާލުކުރުމުގައި އަމަލުކުރާނީ، ށަރްއީދާއިރާގެ ދާއިމީ މަގާމުތަކަށް މީހުން ހޯދުމާއި ހޮވުމާއި މަސައްކަތް ހަވާލުކުރުމުގައި އަމަލުކުރާ އާންމު އުސޫލުންނެވެ.
- ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް ކުރި އިއުލާނާގުޅިގެން ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް މިގަވާއިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަލަހައްޓަންވާނެއެވެ.
- މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގެންގުޅޭ މީހަކީ ށަރްއީދާއިރާގެ މުވައްޒަފުންގެ ރަޖިސްޓްރީގައި ހިމެނޭ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
- އުމުރުން 55 އަށްވުރެ ދޮށީ އުމުރުގެ މީހެއްކަމުގައިވިޔަސް، ކޮންޓްރެކްޓް އުސޫލުން ގެންގުޅެވިދާނެއެވެ.
- ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެވޭނީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
-
ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެންވާނީ ކަނޑައެޅިފައި އޮންނަ ވަކި އެއްބަސްވުމެއްގައި މަސައްކަތާ ހަވާލުވާ ފަރާތާއި މަސައްކަތް ހަވާލުކުރާ ފަރާތުން ސޮއިކޮށްގެންނެވެ.
-
ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާގެ ރެކޯޑު އެކޯޓަކުން ނުވަތަ އެއިދާރާއަކުން ބަލަހައްޓަން ވާނެއެވެ.
(ރ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުން، ށަރުއީދާއިރާގެ މުވައްޒަފުންނާބެހޭ ގަވާއިދާއި އުސޫލުތަކަށާއި ސުލޫކީ މިންގަނޑަށް އެމީހެއްގެ ވަޒީފާގެ ނިސްބަތުން ހުރުމަތްތެރިކޮށް ހިތަންޖެހޭ މިންވަރަށް ހިތަންވާންވާނެއެވެ.
(ބ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ވަގުތު އޮތްވައި، އެމީހާ ކުރާ މަސައްކަތް ނިސްބަތްވާ ށަރުއީދާއިރާގެ މަގާމަށް އާންމުކޮށް އިއުލާނުކޮށް، އެ މަގާމަކަށް ށަރުތު ހަމަވާ މީހަކު ވޭތޯ ބަލަން ވާނެއެވެ.
(ޅ) ކަނޑައެޅޭ ވަކި ދާއިރާއެއްގެ ބޭނުންތަކަށާއި މަސައްކަތުގެ ބުރަދަނަށްބަލައި ވަކި އަދަދަކަށް ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުން ހޯދުމުގެ ހުއްދައަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
113 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުން
(ހ) "ކޮންޓްރެކްޓް އުސޫލުން ށަރުއީދާއިރާގައި ގެންގުޅޭ ފަރާތްތަކުގެ މައުލޫމާތު" މިގަވާއިދުގެ ޖަދުވަލު 19 ގައިވާ ފޯމު ފުރިހަމަކޮށް މަސައްކަތް ހަވާލުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކޯޓަކުން ނުވަތަ އެއިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ށ) ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެން ފަށާނަމަ އެމީހަކާބެހޭ މައުލޫމާތު، އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކަމަށް ގާއިމުކޮށްފައިވާ ރަޖިސްޓަރީގައި ލިޔަންވާނެއެވެ.
114 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުން
ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު ކުރާކަމަކާ ގުޅިގެން އިސްލާހީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އިސްލާހީ ފިޔަވަޅު އަޅާނީ، މިގަވާއިދުގެ 21 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ. އަދި މިގޮތަށް އަމަލުކުރެވޭނެކަން އެއްބަސްވުމުގައި ލިޔެވިފައި އޮންނަން ވާނެއެވެ.
115 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންގެ އުޖޫރަ
ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންނަށް އުޖޫރަ ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
(ހ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކަށް އުޖޫރަ ދޭންވާނީ އޭނާ ކުރާ މަސައްކަތް ނިސްބަތްވާ ށަރުއީދާއިރާގެ މަގާމުގެ މުސާރައާއި އިނާޔަތްތަކަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާ ގޮތަށެވެ. އަދި އެމީހަކަށް ދެވޭނެ އުޖޫރައާއި އިނާޔަތްތައް އެމީހަކާއެކު ކުރެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ށ) އެއްބަސްވުމުގައިވާ އުޖޫރައާއި އިނާޔަތްތަކަށް އުނިއިތުރެއް ނުވަތަ ބަދަލެއް ގެނެވޭނެގޮތާއި ހާލަތްތައްއެމީހަކާއެކު ކުރެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
116 ވަނަ މާއްދާ - އެއްބަސްވުން އުވާލުން
ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހެއްގެ އެއްބަސްވުމުގައި، އަންނަނިވި ހާލަތްތަކުގައި ކޮންޓްރެކްޓު އުވާލެވޭނެކަމަށް ބަޔާންކުރަން ވާނެއެވެ.
(ހ) ކޮންޓްރެކްޓް އުސޫލުން މަސައްކަތް ހަވާލުކުރާ ކޯޓެއްގެ ނުވަތަ އިދާރާއެއްގެ މަސައްކަތަށް އަންނަ ބަދަލަކާ ގުޅިގެން ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ މަސައްކަތް ހުއްޓާލުން.
(ށ) އެމީހަކާ ހަވާލުކުރެވޭ މަސައްކަތްކޮށް ނަތީޖާ ހާސިލުކޮށްދެއްކުމަށް އެމީހަކު ނުކުޅެދުން.
117 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާ ދޫކޮށްލުން
(ހ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު، ގާނޫނީގޮތުން ބަންދެއްވެއްޖެނަމަ ނުވަތަ ށަރްއީ ހުކުމެއްގެ ދަށުން ބަންދެއްވެއްޖެނަމަ، އެމީހަކަށް އެހިސާބަށް ދޭންޖެހޭ ފައިސާއެއް ދިނުމަށްފަހު، އެމީހަކު ދޫކޮށްލާނީއެވެ. އަދި މިގޮތަށް އަމަލުކުރެވޭނެކަން އެއްބަސްވުމުގައި ލިޔެވިފައި އޮންނަންވާނެއެވެ.
(ށ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކު ދޫކޮށްލައިފިނަމަ ދޫކޮށްލިކަން، އެމީހަކު ގެންގުޅުނު ކޯޓަކުން ނުވަތަ އިދާރާއަކުން އެމީހަކަށް ލިޔުމަކުން އަންގަން ވާނެއެވެ.
(ނ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހާއާ ދެމެދުވެވޭ އެއްބަސްވުން ނިމުމަކަށް އަންނަތާ ނުވަތަ ނިމުމަކަށް ގެނެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، މިގަވާއިދުގެ ޖަދުވަލު 19 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އަންގަންވާނެއެވެ.
12 ވަނަ ބާބު
ށަރްއީދާއިރާގެ މުވައްޒަފުންގެ މަސައްކަތު ގަޑި
118 ވަނަ މާއްދާ - ތައާރުފު
(ހ) ށަރްއީދާއިރާގެ މަސައްކަތުގެ ގަޑި ކަނޑައަޅާނީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ މަސައްކަތުގެ ގަޑިއަށް ރިއާޔަތްކުރުމަށްފަހު ޖުޑީށަލް ކައުންސިލްގެ މަށްވަރާއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ށ) ށަރްއީދާއިރާގެ ދާއިމީ ވަޒީފާއެއްގައި ހުންނަ ކޮންމެ މުވައްޒަފަކީ ހަފްތާއަކު 7 (ހަތެއް) ދުވަހު، ދުވާލަކު 24 (ސައުވީސް) ގަޑިއިރަށް ވަޒީފާ ދެވިފައި ހުންނަ މީހެކެވެ. ވަޒީފާއާބެހޭ ގާނޫނާއި މިގަވާއިދާއި ހިލާފުނުވާ ގޮތުގެ މަތިން، ށަރްއީދާއިރާގެ މުވައްޒަފަކަށް ހަފުތާއަކު ކޮންމެ ދުވަހަކުވެސް، އަދި ދުވަހުގެ ކޮންމެ ގަޑިއެއްގައިވެސް، ވަޒީފާގެ ބޭނުމެއްގައި، މަސައްކަތު ނެރުމަކީ އެމީހެއްގެ ވަޒީފާއޮތް ކޯޓަކަށް ނުވަތަ އިދާރާއަކަށް އިހުތިޔާރު ލިބިގެންވާ ކަމެކެވެ.
119 ވަނަ މާއްދާ - މަސައްކަތު ހަފްތާ
(ހ) ށަރްއީދާއިރާގެ މުވައްޒަފުންގެ މަސައްކަތު ހަފުތާއަކީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހަފުތާއަކު 5 (ފަހެއް) ދުވަހެވެ.
(ށ) ށައްއީދާއިރާގެ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތަކަކީ ކޮންމެ ދުވަހަކު ދެމުން ގެންދަންޖެހޭ ހިދުމަތްތަކަކަށްވާތީ، އެފަދަ ހިދުމަތްދޭ ތަންތާންގައި، ބަންދު ދުވަހެއްނެތި ހަފްތާގެ ހުރިހައި ދުވަހެއްގައި މަސައްކަތް އޮންނާނެއެވެ. މަސައްކަތް އޮންނާނީ، ވަޒީފާއާބެހޭ ގާނޫނުން ކަނޑައަޅާފައިވާ އުސޫލުންނެވެ.
(ނ) ހަފްތާގެ ހުރިހައި ދުވަހެއްގައި ހިދުމަތްދޭ ހާލަތްތައް ފިޔަވައި އެހެނިހެން ހާލަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަފުތާއަކު 6 (ހަޔެއް) ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ އެމުވައްޒަފު މަސައްކަތް ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެ ކޯޓަކުން ނުވަތަ އިދާރާއިން ކަނޑައަޅާފައިވާ ވަގުތެވެ.
(ރ) ހަފުތާއަކު 6 (ހަޔެއް) ދުވަހަށް ދަންފަޅި ބަހައިގެން މުވައްޒަފަކު ލައްވައި މަސައްކަތްކުރުވައިފިނަމަ، އޭނާއަށް 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް އަރާމުކުރުމަށް ދޭންވާނެއެވެ. އަދި މެދުކެނޑުމެއްނެތި، މަދުވެގެން 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއްނުދީ، 5 (ފަހެއް) ގަޑިއިރަށްވުރެ ދިގުކޮށް މުވައްޒަފަކު ލައްވައި މަސައްކަތް ކުރުރުވައިގެން ނުވާނެއެވެ.
120 ވަނަ މާއްދާ - މަސައްކަތު ގަޑި
(ހ) އާންމުގޮތެއްގައި ކޯޓުތަކާއި އިދާރާތަކުގެ ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ 8 (އަށެއް) ގަޑިއިރެވެ. ރަސްމީ ގަޑިއަކީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. ރަމަޒާންމަސް ފިޔަވައި އެހެންމަސްމަހުގައި މެންދުރު 12:00 ން މެންދުރު ފަހު 1:00 އަށް އެއްގަޑި އިރުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. މެންދުރު 12:00 ން 1:00 އަށް ދެވޭ ހުސްވަގުތުކޮޅުގައި އާންމުންނަށް ކޯޓުތަކުންނާއި އިދާރާތަކުން ދޭ އަސާސީ ހިދުމަތް ހުއްޓުމަކަށް ނާންނާނެ އިންތިޒާމެއްގެ މަތިން މުވައްޒަފުންނަށް ކޯޓުން ނުވަތަ އިދާރާއިން ބޭރަށްދެވޭނެއެވެ. އާންމުންނަށް ކޯޓުން ނުވަތަ އިދާރާއިންދޭ އަސާސީ ހިދުމަތް ދިނުމަށް އެ ހުސްވަގުތުކޮޅުގައި ކޯޓުގައި ނުވަތަ އިދާރާގައި ތިބޭ މުވައްޒަފުންނަށް މެންދުރުފަހު 1:00 ން 2:00 އަށް ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.
(ށ) ރަމަޒާންމަހުގެ ރަސްމީ ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހުގެ 1:30 އަށެވެ.
(ނ) ދަންފަޅި އުސޫލުން މަސައްކަތްކުރަންޖެހޭ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ ދަންފަޅިއަކަށް ކަނޑައަޅާފައިވާ ގަޑިއެވެ. ހުސްވަގުތުކޮޅެއް ނުލިބި މަސައްކަތުގައި ހޭދަވާ ކޮންމެ ހަތަރު ގަޑިއަކުން 15 (ފަނަރަ) މިނެޓުގެ ހުސްވަގުތުކޮޅެއް ނަމާދުކުރުމަށް ދޭންވާނެއެވެ. އަދި ކޮންމެ ފަސްގަޑިއިރަކުން 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއް، ކެއުމަށް ދޭންވާނެއެވެ. އެގޮތުންދޭ ވަގުތުކޮޅު ދޭނެ ދަނޑިވަޅެއް ކަނޑައަޅާނީ ކޯޓުން ނުވަތަ އިދާރާއިންނެވެ.
(ރ) މުވައްޒަފުން ލައްވައި ރަސްމީގަޑީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވަންވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައެވެ.
(ބ) ކޯޓު ނުވަތަ އިދާރާ ހުޅުވުމަށް ހަވާލުކޮށްފައިވާ މުވައްޒަފު ރަސްމީގަޑި ފެށުމުގެ 15 (ފަނަރަ) މިނެޓުކުރިން ކޯޓު ނުވަތަ އިދާރާ ހުޅުވަންވާނެއެވެ.
(ޅ) ށަރުއީދާއިރާގެ ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު، ގަޑިއަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ. މަސައްކަތަށް ހާޒިރުނުވެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، އެމުވައްޒަފާ ދިމާވި ހާލަތާ ގުޅޭގޮތުން ގަވާއިދުން ސަލާމް ނުވަތަ ޗުއްޓީ ނަގަންވާނެއެވެ. ޗުއްޓީ ނުވަތަ ސަލާމް ހަމަނުޖައްސައި، މަސައްކަތަށް ހާޒިރުނުވެ ގަވާއިދުން ކޯޓަށް ނުވަތަ އިދާރާއަށް ނާންގައި ހުރެއްޖެނަމަ ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
121 ވަނަ މާއްދާ - ގަޑިއަށް ހާޒިރުވުމާއި
ށަރުއީދާއިރާގެ މުވައްޒަފުންނަކީ ކަނޑައެޅިފައިވާ ގަޑީގައި ރައްޔިތުންނަށް ހިދުމަތް މަސައްކަތުގައި މަސްއޫލުވެ ދިނުމުގައި ދެމިތިބެންޖެހޭ ބަޔަކަށްވާތީ ކޮންމެ މުވައްޒަފަކާ ހަވާލުވެފައިވާ ޒިންމާ ތިބުން ފުރިހަމައަށް އަދާކުރުމަށްޓަކައި، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވެ މަސައްކަތުގައި ދެމި ހުރުމަކީ، ކޮންމެ މުވައްޒަފަކަށްމެ ލާޒިމުވެގެންވާ ކަމެކެވެ.
122 ވަނަ މާއްދާ - ވީގޮތެއް ނާންގައި ވަޒީފާއަށް
(ހ) ވީގޮތެއް ނާންގައި ށަރުއީދާއިރާގެ މުވައްޒަފަކަށް ވަޒީފާއަށް ހާޒިރުނުވެ ނުނިކުމެ ހުރުން ހުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ގިނަވެގެން 5 (ފަހެއް) ދުވަހުއެވެ. އަދި ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ގިނަވެގެން 5 (ފަހެއް) ދުވަހަށްވުރެ އިތުރަށް ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުނުވެ ހުރެއްޖެނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެމީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) އެމުވައްޒަފަކަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން، 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކަން އެންގިފައިނުވަނީ އޭނާއަށް އެކަން ނޭންގޭފަދަ ކުއްލި ހާލަތެއް މެދުވެރިވެގެންތޯ ބަލަންވާނެއެވެ.
123 ވަނަ މާއްދާ - ކޯޓުން ނުވަތަ އިދާރާއިން
(ހ) ކޯޓުގެ ނުވަތަ އިދާރާގެ ރަސްމީގަޑީގައި އަމިއްލަ ބޭނުމެއްގައި މުވައްޒަފުން ބޭރަށްދިއުމާއި ރަށުންބޭރަށް ކޯޓުން ނުވަތަ އިދާރާއިން ބޭރަށްގޮސްގެން ނުވާނެއެވެ. ރަސްމީ މަސައްކަތު ދިޔުން ގަޑީގައި މުވައްޒަފަކު އަމިއްލަ ބޭނުމެއްގައި ކޯޓުން ނުވަތަ އިދާރާއިން ބޭރަށްދާންވާނީ، ކޮންމެހެން ނުގޮސް ނުވެއްޖެ ހާލަތެއްގައި، އެކަމެއްގެ މުހިންމުކަން ބަޔާންކޮށް، ކޯޓުގެ ނުވަތަ އިދާރާގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ. އަދި އަމިއްލަ ކަންކަމުގައި މުވައްޒަފުން ބޭރަށްގޮސް، ކޯޓުން ނުވަތަ އިދާރާއިން ބޭރުގައި ހޭދަކުރާ ވަގުތު ސަބަބާއެކު ރެކޯޑުކުރެވިފައި އޮންނަންވާނެއެވެ.
(ށ) ޑިވިޒަން ނުވަތަ ސެކްށަން ނުވަތަ ޔުނިޓްތައް ހިންގުމާ ހަވާލުވެތިބޭ މުވައްޒަފުން، ރަސްމީ ދުވަހެއް ނުވަތަ ބަންދު ދުވަހެއްގައިނަމަވެސް، ޗުއްޓީ ނެގުމަކާނުލައި، ދިމާވެދާނެ ކުއްލި ކަމަކަށް އިޖާބަނުދެވޭ ހިސާބަށް، ރަށުން ބޭރަށް ދާނަމަ ދާންވާނީ، އެ މުވައްޒަފަކު ރިޕޯޓްކުރަންޖެހޭ ވެރިއަކަށް އެންގުމަށް ފަހުގައެވެ. އެއްފަސްކޮށް އޮންނަ ރަށްރަށާއި، އެއްގަމުމަގުން ގުޅުވާލެވިފައިވާ ރަށްރަށާއި އަދި މަދުވެގެން ގަޑިއަކު އެއްފަހަރު މުވައްޒަފު ވަޒީފާއަދާކުރާތަނާ މުވައްޒަފު ދާ ރަށާ ދެމެދު ފެރީދަތުރުތައް އޮންނަ ރަށްރަށަށް ދިއުން މީގެތެރެއަކު ނުހިމެނެއެވެ.
124 ވަނަ މާއްދާ - ގަޑިޖެހުން
(ހ) ށަރުއީދާއިރާގެ ކޮންމެ މުވައްޒަފަކުމެ، ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ފަހުން ހާޒިރު ވެއްޖެނަމަ ގަޑި ޖެހޭނެއެވެ.
(ށ) ށަރްއީދާއިރާގެ މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު ރަސްމީ ދުވަސްދުވަހު ގަޑިޖެހޭނީ، ހެނދުނު 8:01 ހިނގުމުންނެވެ. ރަމަޒާންމަހު ގަޑި ޖެހޭނީ ހެނދުނު 9:01 ހިނގުމުންނެވެ.
(ނ) ރަސްމީގަޑީގައި ކޯޓު ނުވަތަ އިދާރާ ހުޅުވުމަށް އެފަހަރަކު ހަވާލުވެތިބި މުވައްޒަފުން ގަޑިޖެހޭނީ، ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، ހެނދުނު 7:46 ހިނގުމުންނެވެ. ރަމަޒާންމަހު ގަޑިޖެހޭނީ ހެނދުނު 8:46 ހިނގުމުންނެވެ.
(ރ) ޑިއުޓީ ބަހައިގެން މަސައްކަތްކުރާ މުވައްޒަފުން ގަޑިޖެހޭނީ، އެ މުވައްޒަފަކު ޑިއުޓީއަށް ނިކުންނަން ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރު ވުމުންނެވެ.
(ބ) ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ނުކުމެ، ގަޑިޖެހުމުގެ ކުރިން ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވިކަން އެ ކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ހާޒިރުވި ގަޑި ރެކޯޑްކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން ހާޒިރުވިޔަސް ހާޒިރުވި ގަޑި ގަވާއިދުން ރެކޯޑްކޮށްފައި ނުވާނަމަ އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑި ބަލާނީ ހާޒިރުވި ގަޑި ރެކޯޑުކުރި ވަގުތުން ފެށިގެންނެވެ.
(ޅ) ކޯޓުން ނުވަތަ އިދާރާއިން އަންގައިގެން މަސައްކަތެއްގައި ބޭރުގައި އުޅެންޖެހުމުގެ ސަބަބުން ގަޑިޖެހުމުގެ ކުރިން ހާޒިރުވިގަޑި ރެކޯޑް ނުކުރެވިއްޖެނަމަ އެ މަސައްކަތެއް ނިމިގެން ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވެ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގައި ހާޒިރުވިގަޑި ރެކޯޑްކުރަން ވާނެއެވެ. އަދި ސަބަބު ރެކޯޑް ކޮށްފައި އޮންނަން ވާނެއެވެ. މިހާލަތުގައި މުވައްޒަފު ގަޑިއެއް ނުޖެހޭނެއެވެ.
(ކ) ކޯޓު ނުވަތަ އިދާރާ ހުޅުވާ މުވައްޒަފަކު ހާޒިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑި ޖެހުނުއިރު ކޯޓު ނުވަތަ އިދާރާ ނުހުޅުވިއްޖެނަމަ، މުވައްޒަފުންގެ ތެރެއިން އެވަގުތު ހާޒިރުވެހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. ކޯޓު ނުވަތަ އިދާރާ ހުޅުވުމުން ހާޒިރީ ރެކޯޑްކުރާނީ އެވެ.
(އ) މުވައްޒަފު ވަޒީފާ އަދާކުރަން ނުކުންނަން ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ނުނިކުތުމުގެ ސަބަބުން ގަޑީލާރި ކެނޑޭނީ އެމުވައްޒަފު ހާޒިރުނުވި ވަގުތަށް މުސާރައިންޖެހޭ މިންވަރަށެވެ.
(ވ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނެޓަކަށް ޖެހޭ އަދަދު ބަލާނީ މަހުމުސާރަ 30 ން ގެއްލައި، ގެއްލީމާ އަންނަ އަދަދު ށަރުއީދާއިރާގެ އާންމު ރަސްމީގަޑިކަމަށް ހަމަޖައްސާފައި އޮންނަ ގަޑީގެ އަދަދުން ގެއްލައި، ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ. ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، މަހުމުސާރަ 30 ން ގެއްލީމާ އަންނަ އަދަދު 8 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ. ރަމަޒާންމަހު މިނެޓަކަށް ޖެހޭ އަދަދު ބަލާނީ މަހު މުސާރަ 30 ން ގެއްލީމާ އަންނަ އަދަދު ½ 4 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ.
(މ) ނުރަސްމީ ގަޑީގައި ނުކުންނަން އަންގާފައިވާ ގަޑިއަކަށް މަގުބޫލު އުޒުރަކާ ލައިގެން މެނުވީ ހާޒިރު ނުވެއްޖެނަމަ އެމުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
(ފ) މުވައްޒަފަކު ގަޑި ޖެހިގެން، ދުވަހަކަށް ކެނޑޭ ގަޑީލާރި ކެނޑޭނެ އެންމެ ގިނަ އަދަދަކީ އެމީހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މުސާރައިގެ އަދަދެވެ.
125 ވަނަ މާއްދާ - ގުދުރަތީގޮތުން ދިމާވާކަމެއްގެ ސަބަބުން ގަޑިނުޖެހޭގޮތަށް ހަމަޖެއްސުން
(ހ) ގުދުރަތީކަމެއް ދިމާވެގެން، މުވައްޒަފަކަށް ކޯޓަށް ނުވަތަ އިދާރާއަށް ގަޑިއަށް ހާޒިރުނުވެވޭގޮތް މެދުވެރިވެއްޖެނަމަ، ނުވަތަ އެމުވައްޒަފަކު ހާޒިރުވާންޖެހޭ ގަޑީގެ 15 (ފަނަރަ) މިނެޓް ކުރިން ވާރޭވެހިގެން ނުވަތަ ދަތުރު ނުކުރެވޭވަރަށް ކަނޑު ގަދަވުމުގެ ސަބަބުން ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުނުވެވިއްޖެނަމަ، އެދުވަހަކު ގަޑިއެއް ނުޖެހޭނެއެވެ. މިފަދަ ދުވަސްތަކުގައި ގަޑިޖެހޭނެ ގަޑި ކަނޑައަޅާނީ މޫސުމާބެހޭ އިދާރާއިން ރިޕޯޓެއް ހޯދުމަށްފަހު އެކޯޓެއް ނުވަތަ އިދާރާއެއްގެ އިސްވެރިޔާއެވެ. ގުދުރަތީގޮތުން ދިމާވާކަމެއްގެ ސަބަބުން ގަޑިނުޖެހޭގޮތަށް ހަމަޖެއްސުން
(ށ) މިމާއްދާގެ (ހ) ގައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތެއް ދިމާވެގެން ގަޑިނުޖެހޭގޮތަށް ހަމަޖެއްސުމުގެ މައްސަލަ ނިންމާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
13 ވަނަ ބާބު
ހެދުން ބަހައްޓަންވީ ގޮތް
126 ވަނަ މާއްދާ - ތައާރުފު
ށަރުއީދާއިރާގެ މުވައްޒަފުން ރަސްމީގަޑީގައާއި ނުރަސްމީގަޑީގައި މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވާނީ، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހްލާގީ އާންމު އުސޫލުތަކާއި ހަމަތައް ހިފެހެއްޓޭފަދަ ގޮތަކަށެވެ. އަދި، މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން ހިދުމަތް ދިނުމަށް ދަތިނުވެ، ހިދުމަތް ލިބިގަންނަ ފަރާތުގެ ކުރިމަތީގައި މުވައްޒަފާއި ކޯޓުގެ ނުވަތަ އިދާރާގެ ހައިބަތާއި ގަދަރު ހިފެހެއްޓޭފަދަ ގޮތަކަށެވެ.
127 ވަނަ މާއްދާ - މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވީގޮތް
މުވައްޒަފުން ރަސްމީގަޑީގައި މަސައްކަތް ކުރާއިރު ހެދުން ބަހައްޓަންވާނީ ތިރީގައިވާ ގޮތަށެވެ.
(ހ) ފިރިހެން މުވައްޒަފުންގެ ހެދުމަކީ ދިގު ފަޓުލޫނާއި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ޓައީ އެވެ. ނުވަތަ ދިގު ފަޓުލޫނާއި އަތް ދިގު ބުސްގަމީހެވެ. މިގޮތަށް ހެދުން އަޅާއިރު މުވައްޒަފުން ތިބެންޖެހޭނީ އޮފީސް ބޫޓަށް ނުވަތަ ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓަކަށް އަރާފައެވެ.
(ށ) އަންހެން މުވައްޒަފުންގެ ހެދުމަކީ ފާސްކުރި ހެދުން ނުވަތަ ޕާކިސްތާން ހެދުން (ސަލްވާރާއި ގަމީސް ނުވަތަ ކުރަތާއާއި ދޯޕައްޓާ) ނުވަތަ ހަރުވާލާއި އެއާއި އެކުގައިވާ މަތީބައި ނުވަތަ މިނޫންވެސް ޖަމާއަތުގެ އަދަބާ ހިލާފުނުވާ ހެދުމެކެވެ. އަދި އަރައިގެން ހުންނަންވާނީ ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ފައިވާން ނުވަތަ ބޫޓެކެވެ.
(ނ) ސަޕޯޓް ސަރވިސް ކެޓެގަރީގައި ހިމެނޭ ވަކި ޔުނީފޯމެއް ކަނޑައެޅިފައިނުވާ މަގާމުތަކުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ ހެދުމަކީ ފަޓުލޫނާއި ގަމީސް ނުވަތަ ބުސްގަމީހެވެ. މިމުވައްޒަފުން މަސައްކަތުގައި އުޅޭއިރު ތިބެންޖެހޭނީ އެކަށީގެންވާ ބޫޓެއް ނުވަތަ ފައިވާނެއްގައެވެ. މިގިންތީގެ އަންހެނުންގެ ހެދުމަކީ މަސައްކަތަށް ދަތިނުވާ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި އެކަށީގެންވާ ބޫޓެއް ނުވަތަ ފައިވާނެކެވެ.
(ރ) ޔުނިފޯމެއް އެޅުމަށް ހަމަޖެހިފައިވާ މުވައްޒަފުން އެބަޔެއްގެ ޑިއުޓީގައި އުޅޭއިރު ތިބެންވާނީ އެބައަކު އެޅުމަށް ކަނޑައަޅާފައިވާ ޔުނިފޯމުގައެވެ. ޔުނިފޯމު އަޅާއިރު ޔުނިފޯމުގައި ހިމެނޭ ހުރިހާ ބައިތައް ހަމައަށް ބޭނުންކުރަންވާނެއެވެ.
(ބ) ށަރުއީދާއިރާގެ މުވައްޒަފުން ރަސްމީގަޑީގެ މަސައްކަތުގައި އުޅޭއިރު، އެމުވައްޒަފަކަށް އެކޯޓަކަށް ނުވަތަ އިދާރާއަކަށް ދޫކޮށްފައިވާ "އޮފީސްކާޑު" ހުންނަންވާނީ ފެންނަގޮތަށެވެ.
(ޅ) މަސައްކަތް ހުންނަ ގޮތުން މިމާއްދާގެ (ހ)، (ށ)، (ނ)، (ރ) ގައިވާ ގޮތްތަކާ ތަފާތުގޮތަކަށް ހެދުން ބަހައްޓަންޖެހޭނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިޔެ އެކަން ހަމަޖައްސަން ވާނެއެވެ.
128 ވަނަ މާއްދާ - ރަސްމީގަޑީގައި މުވައްޒަފުން ބޭނުން ކުރުން ހުއްދަނޫން ހެދުމާއި ތަކެތި
މުވައްޒަފުން ރަސްމީގަޑީގައި މަސައްކަތް ކުރާއިރު ބޭނުން ކުރުން ހުއްދަނޫން ހެދުމާއި ތަކެތި:
(ހ) އެއްވެސް ބާވަތެއްގެ ހަވީރީހެދުމެއް.
(ށ) އަހްލާގީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުން.
(ނ) އެއްވެސް ވައްތަރެއްގެ ޓީ-ށާރޓް އަދި އާދައިގެ ޓީ-ށާރޓް ފޮތިން ފަހާފައިވާ ހެދުމާއި އަދި ގައިގެ ހަންގަނޑުފާޅުވާފަދަ ތުނިހެދުން. (އެތެރެއިން ގައިނިވާވާގޮތަށް ބޯފޮތީގެ ޕެޓީ ފަދަ އެއްޗެއްސާއެކު ތުނިފޮތީގެ ހެދުންލުން މީގެތެރެއަކު ނުހިމެނެއެވެ.)
(ރ) އެއްވެސް ބާވަތެއްގެ އަދި އެއްވެސް ކުލައެއްގެ ޖީންސްއާއި، ޕޮކެޓު ލާފައިވާ (ހަރުވާޅުގެ ކުރިމަތިން ދެފަރާތުން ލާފައި ހުންނަ އަރިމަތީ ޖީބާއި، އާންމުކޮށް ފަހަތުގައާއި ކުރިމަތީގައި ލާފައިހުންނަ ފްލެޓް ޖީބާއި، ފަހަތުގައި އެތެރެއަށް ހުންނަގޮތަށް ލާފައިހުންނަ ފަހަތު ޖީބު ފިޔަވައި)، މުޅި ހަރުވާލުގެ އެތައްމިތަނުގައި ޕޮކެޓް، އަދި އުފުލިފައި ހުންނަ ޕޮކެޓް، ބާރު ހަރުވާޅު، ކުރު ހަރުވާޅު، ނުވަތަ އޮފީސް މާހައުލާ ނުގުޅޭ ހެދުން.
(ބ) ފުންފައިވާނާއި ޓެނިސް، ޖޮގިންގ ބޫޓް އަދި މީނޫންވެސް އޮފީސް މާހައުލާ ނުގުޅޭ ފައިވާނާއި ބޫޓު.
129 ވަނަ މާއްދާ - ހެދުން އެޅުމުގައި މީހާ ފާހަގަވެ އެނގޭ ގޮތަށް ހެދުން އެޅުން
ށަރްއީދާއިރާގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައެވެ.
130 ވަނަ މާއްދާ - ރަސްމިއްޔާތުތަކުގައި ހެދުން ބަހައްޓަންވީގޮތް
ދައުލަތުގެ މުއައްސަސާތަކުން ބާއްވާ މުހިންމު ރަސްމިއްޔާތުތަކުގައި ބައިވެރިވާ ށަރްއީދާއިރާގެ މުވައްޒަފުން ތިބެންވާނީ އެމުނާސަބަތަކުގައި ބޭނުން ކުރުމަށް އެކަށީގެންވާ ހެދުމުގައި ނުވަތަ އެ މުނާސަބަތަކަށް ކަނޑައަޅާފައިވާ ހެދުމެއްގައެވެ.
131 ވަނަ މާއްދާ - މުނާސަބަތަކަށް ހެދުން އެޅުން
ވަކި މުނާސަބަތަކާ ގުޅޭގޮތުން، ނުވަތަ ގައުމީ ފެންވަރެއްގައި ނުވަތަ ދާއިރާގެ ފެންވަރުގައި ނުވަތަ ޖަމާއަތުގެ ފެންވަރުގައި ކުރިއަށް ގެންދެވޭ ށިއާރެއްގައި ބައިވެރިވުމަށްޓަކައި، ނުވަތަ ގައުމީ މަސްލަހަތަކަށް ހިތްވަރުދީ ފޯރި އިތުރު ކުރުމަށްޓަކައި، އޮފީސްހެދުން ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަސްލުތައް ނުގެއްލޭގޮތަށް ހެދުން ނުވަތަ ހެދުމާއެކު ބެޖާއި ކުލައާއި މެޑެއްޔާއި އެކިއެކި ނިށާންތަކާއި ފާހަގަ ބޭނުން ކުރެވިދާނެއެވެ.
132 ވަނަ މާއްދާ - ވަކިހެދުމެއްގައި ކުރަންޖެހޭ މަސައްކަތާއި ހާއްސަ މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވީގޮތް
އެ މަސައްކަތެއްގެ ބާވަތުން ވަކިހެދުމެއްގައި ކުރަންޖެހޭ މަސައްކަތް ކުރާއިރު މުވައްޒަފުން ތިބެންވާނީ އެ ހެދުމެއްގައެވެ. އަދި ވަކި ހާއްސަ މަސައްކަތެއް، ވަކިވަގުތެއްގައި، ވަކި ހެދުމެއްގައި ކުރުމަށް ހަމަޖެހިގެން ކުރަންޖެހޭ ހާލަތުގައި ކަނޑައެޅޭ ވަގުތެއްގައި އާންމު އުސޫލަށް ނުވާގޮތުން، ކަނޑައަޅާ ހެދުމެއް ބޭނުންކުރެވިދާނެއެވެ.
133 ވަނަ މާއްދާ - ޔުނިފޯމު އަޅާ މުވައްޒަފުން
ޔުނިފޯމެއް އެޅުމަށް ހަމަޖެހިފައިވާ މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު، ތިބެންވާނީ އެމުވައްޒަފުން އެޅުމަށް ކަނޑައެޅިފައިވާ ޔުނިފޯމުގައެވެ. ޔުނިފޯމު އަޅާއިރު ޔުނިފޯމުގައި ހިމެނޭ ހުރިހާ ބައިތައް ހަމައަށް ބޭނުންކުރަން ވާނެއެވެ. ޔުނިފޯމު ހުންނަންވާނީ މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ހެދުން އެޅުމުގެ މިންގަނޑުތަކާ އުސޫލުތަކަށް ފެތިފައެވެ.
134 ވަނަ މާއްދާ - އަންހެން މުވައްޒަފުންގެ ހެދުން
ށަރުއީދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުން ވަޒީފާގެ މާހައުލުގައި ބަހައްޓަންވާނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) ދިގު ހެދުން، ދިވެހިލިބާސް އަދި އޮފީސް ހެދުން: މިހެދުން ހުންނަންވާނީ ފައިގެ ތަނބިކައްޓަށް ވުރެކުރުނުވާ ގޮތަށެވެ. އަދި މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުން ކަމުގައި ވާންވާނެއެވެ.
(ށ) ފަޓްލޫނު، ހަރުވާޅު އަދި ޖެކެޓާއިއެކު ލާ ފަޓްލޫނު: ފަޓުލޫނު، ހަރުވާޅު އަދި ޖެކެޓާއިއެކު ލާ ފަޓުލޫނަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ އެއްޗެހި ކަމުގައި ވާންވާނެއެވެ.
(ނ) މަތީބައި، ގަމީސް އަދި ސޫޓް ޖެކެޓް: މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަނަމަ، ފަޅާފައިހުންނަބައި ހުންނަންވާނީ މައްޗަށް އަތްދަމާލީމާ ތިރީބަޔާއި މަތީބައިގެ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށެވެ. މިފަދަ ހެދުމުގެ ދިގުމިން ހުންނަންވާނީ ބުޑުގެތިރީ ކައިރިން ފެށިގެން ތިރިއަށް ހަތަރު އިންޗިއަށްވުރެ ހެދުން ކުރުނުވާވަރަށެވެ. އަދި ފޮތި ވާންވާނީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށެވެ.
(ރ) ކޮންމެ ބާވަތެއްގެ ހެދުމެއްގެވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާގޮތަށް ކަރުވަޅު ނިވާވާ ގޮތަށެވެ. އަދި އަތްކުރު ހެދުމެއްނަމަ އަތް ހުންނަންވާނީ އެމީހެއްގެ އުޅަބޮއްޓަށްވުރެ ކުރުނުވާ ގޮތަށެވެ. އަތްދިގުހެދުމެއްނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށްވުރެ ދިގުނުވާ ވަރަށެވެ.
(ބ) ގަހަނާ، މޭކަޕް އަދި ބޮލުގައި ކުލަޖެއްސުން ފަދަ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންތައްތަކާ މަނާކުރެވިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
- ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވާން ވާނީ ރީތިވެގެން ނަލަކޮށެވެ. ޒީނަތްތެރިވުމުގެ ގޮތުން އޮފީހުގެ މާހައުލާ ގުޅޭގޮތަށް ގަހަނާއާއި މޭކަޕް ބޭނުން ކުރުމަކީ ހުއްދަކަމެކެވެ.
- އޮފީހުގެ މާހައުލާ ގުޅޭގޮތަށް، އިސްތަށިގަނޑު ރީތިކޮށް ބަލަހައްޓަންވާނެއެވެ. ނަމަވެސް، އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، އިސްތަށީގައި ރަތް، ނޫ، ފެހި، ރީނދޫ ފަދަ ފާޅުކަން ބޮޑު ކުލަޖެއްސުމަކީ، ނުވަތަ ކުލައިން ށޭޑްކޮށް ހައިލައިޓް ކުރުމަކީ ހުއްދަކަމެއް ނޫނެވެ.
- ކަންފަތާއި އަތާއި އަތުގެ އިނގިލިތައް ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގައި ފެންނަގޮތަށް އެއްޗެހި ލާފައި ނުވަތަ އަޅުވާފައި ހުރުމަކީ ހުއްދަކަމެއްނޫނެވެ. ކަންފަތުފޫޅުގައި ގިނަވެގެން ދެ މުދި ލެވިދާނެއެވެ. އަދި މާބޮޑަށް ފާޅުނުވާ، ކުރު، އެލޭ އެއްޗެހި ކަންފަތުގައި ލުން ހުއްދަކަމުގައި ވިޔަސް ދިގުކޮށް އެލިފައި ހުންނަ އެލޭ އެއްޗިއްސާއި ބޮޑެތި އެއްޗެހި ލުމަކީ ހުއްދަކަމެއްނޫނެވެ.
135 ވަނަ މާއްދާ - ފިރިހެން މުވައްޒަފުންގެ ހެދުން
ށަރުއީދާއިރާގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ ހެދުން ވަޒީފާގެ މާހައުލުގައި ބަހައްޓަންވާނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) އަތްދިގު، އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް: ގަމީހުގެ އަތް ހުންނަންވާނީ އަތް ދިގުގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށެވެ. އަދި އަތްކުރު ގަމީހެއްނަމަ އަތް ހުންނަންވާނީ އަތުގެ އުޅަބޮއްޓަށް ވުރެ 2 (ދޭއް) އިންޗި ކުރުނުވާ ވަރަށެވެ.
(ށ) ދިގު ފަޓުލޫނު: ފަޓުލޫނަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ފަޓުލޫނު ކަމުގައި ވާންވާނެއެވެ. ފަޓުލޫނު ހުންނަންވާނީ ފައިގެ ތަނބިކަށީގެ މަތީކައިރިއަށް ވުރެ ކުރުނުވާ ވަރަށް އަދި ފައިގެ ފުންނާބަށްވުރެ ދިގު ނުވާވަރަށެވެ.
(ނ) ބޭރަށް ބަހައްޓާ ގޮތަށް، އޮފީސް ގަމީހުގެ ގޮތުގައި ފަހާފައިހުންނަ އަތްދިގު ބުސް ގަމީސް ފިޔަވައި، އެހެން ގަމީސްތައް ދަރަން ޖެހުން. ދަރަށް ޖަހާފައި ހުންނައިރު ހުންނަންވާނީ ބެގީބައިން ކަމަރު އެކީގައި ނުފޮރުވޭވަރަށެވެ.
(ރ) ކަމަރަކީ ރަސްމީ ހެދުންތަކާއެކު ބޭނުން ކުރުމަށް އެކަށީގެންވާ ކަމަރަކަށް ވާންވާނެއެވެ.
(ބ) ރަސްމީ ގަޑީގަޔާއި ރަސްމީ މަސައްކަތުގައި، އަތްދިގު އަދި އަތްކުރު ގަމީހާއެކު ބޭނުންކުރާ ޓައިގައި، އަހްލާގީގޮތުން އެކަށީގެންނުވާ ފަދަ ބަސް، މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ހުރެގެން ނުވާނެއެވެ. ޓައިގެ ގޮތުގައި ވާކޮޅެއް ކަރުގައި އެޅުމަކުން، ޓައިއަކަށް ނުބެލެވޭނެއެވެ.
(ޅ) ސަޕޯޓް ސަރވިސް ގިންތީގައި ނުހިމެނޭ، ވަކި ޔުނިފޯމެއް ނުވަތަ ހެދުމެއް ކަނޑައެޅިފައިނުވާ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުމަކީ، ފަޓުލޫނާއި ގަމީހާއި ބޫޓެވެ. ބުސް ގަމީސް ނޫން ގަމީސް ހުންނަންވާނީ ދަރަށް ޖަހާފައެވެ. އަދި ދަރަށް ޖަހާފައި ހުންނައިރު ހުންނަންވާނީ ބެގީބައިން ކަމަރު އެކީގައި ނުފޮރުވޭވަރަށެވެ. ކަމަރަކީ ރަސްމީ ހެދުންތަކާއެކު ބޭނުން ކުރުމަށް އެކަށީގެންވާ ކަމަރަކަށް ވާންވާނެއެވެ.
(ކ) ފިރިހެން މުވައްޒަފުން ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވާން ވާނީ ރީތިވެގެން ސާފުތާހިރުކޮށެވެ. ނަމަވެސް ފާޅުކަން ބޮޑު މޭކަޕެއް، އަނގޮޓިއެއް ފިޔަވައި އެހެން ގަހަނާއެއް ބޭނުން ކުރުމަކީ ހުއްދަ ކަމެއްނޫނެވެ. އަދި އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެހިލާފައި ހުރުމަކީ ހުއްދަކަމެއް ނޫނެވެ. ބޮލުގެ އިސްތަށި ހުންނަންވާނީ ކުރުކޮށް ކޮށައި ފުނާ އަޅާފައެވެ. އިސްތަށި ކަޅުކުރުން ފިޔަވައި، އިސްތަށީގައި ކުލަ ޖައްސައި، ށޭޑްކޮށް ހެދުމަކީ ހުއްދަކަމެއް ނޫނެވެ. ހުޅިޖެހުމާއި، އިސްތަށިގަނޑުގެ ވަކިބައެއް ދިގުކޮށް ފައި، ވަކިބައެއް ބާލާފައި ބެހެއްޓުމަކީ ހުއްދަކަމެއްނޫނެވެ.
136 ވަނަ މާއްދާ - ހެދުން އެޅުމުގެ މިންގަނޑާ
ށަރުއީދާއިރާގެ މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން، މިމިންގަނޑާ އެއްގޮތަށް ހިލާފުވުން ބެހެއްޓުމަކީ މުވައްޒަފުންގެ އަހްލާގާއި ސުލޫކުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. އެ މިންގަނޑާ ހިލާފުވާ މުވައްޒަފުން ގެ މައްޗަށް މިގަވާއިދުގެ 21 ވަނަ ބާބުގައި ބަޔާންވެފައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
14 ވަނަ ބާބު
ބަންދު ދުވަސްތަކާއި ޗުއްޓީ
137 ވަނަ މާއްދާ - ތައާރުފު
ށަރުއީދާއިރާގެ މުވައްޒަފުންގެ ޗުއްޓީގެ ކަންތައް ބަލަހައްޓަންވާނީ ވަޒީފާއާބެހޭ ގާނޫނާއި މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މުވައްޒަފަކު މަސައްކަތްކުރާ ކޯޓަކުން ނުވަތަ އިދާރާއަކުންނެވެ.
138 ވަނަ މާއްދާ - ބަންދު ދުވަސްތައް
ތިރީގައި މިބަޔާންކުރާ ދުވަސްތަކަކީ ބަންދު ދުވަސް ދުވަހެވެ.
(ހ) ގައުމީ ދުވަސް.
(ށ) މިނިވަން ދުވަސް.
(ނ) ޖުމްހޫރީ ދުވަސް.
(ރ) ހިޖްރީ އަހަރުގެ ފުރަތަމަ ދުވަސް.
(ބ) މީލާދީ އަހަރުގެ ފުރަތަމަ ދުވަސް.
(ޅ) ރަމަޒާންމަހުގެ ފުރަތަމަ ދުވަސް.
(ކ) ފިތުރު އީދު ދުވަސް.
(އ) ހައްޖު ދުވަސް.
(ވ) އަޒްހާ އީދު ދުވަހާއި އައްޔާމުއްތަށްރީގް 3 ދުވަސް.
(މ) ނަސްރުގެ ދުވަސް.
(ފ) ކީރިތި ރަސޫލާގެ އީދުމީލާދު ދުވަސް.
(ދ) ރާއްޖެ އިސްލާމްވި ދުވަސް.
(ތ) ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހާއި ހޮނިހިރު ދުވަސް.
(ލ) ބަންދު ދުވަސްތަކާއި ގުޅިގެން ބަންދުކުރާ މުނާސަބަތު ދުވަސްތައް.
(ގ) ބަންދު ދުވަހެއްކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ދުވަސްތައް.
139 ވަނަ މާއްދާ - ބަންދު ދުވަހުގެ އިނާޔަތް
ބަންދު ދުވަސްކަމަށް ކަނޑައަޅާފައިވާ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއަށް ނިކުންނަން ޖެހިއްޖެނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 38 ވަނަ މާއްދާއާއި މިގަވާއިދުގައިވާ ގޮތުގެ މަތީން ބަންދު ދުވަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިނާޔަތްދޭން ހަމަޖެހިފައިވާ އުސޫލުން
އެ މުވައްޒަފަކަށް އިނާޔަތް ދެވޭނެއެވެ.
140 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) 1 މެއި 1984ގެ ކުރީން ދައުލަތުގެ ވަޒީފާ ލިބިފައި ތިބި މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ މެއި 1 ން އޭޕްރީލް 30 ގެ ނިޔަލަށެވެ. 1 މެއި 1984 ގެ ފަހުން ދައުލަތުގެ ވަޒީފާ ލިބުނު މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ އެމުވައްޒަފަކަށް ވަޒީފާ ލިބުނު އަހަރުގެ އެދުވަހަކުން ފެށިގެންނެވެ. ށަރްއީދާއިރާގެ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންނަށް މިގަވާއިދުގައިވާ ގޮތުގެ މަތީން އަހަރީ ޗުއްޓީ ލިބޭނެއެވެ.
(ށ) ވަޒީފާ އަދާކުރާތާ އަހަރުވުމުން، ވަޒީފާއާބެހޭ ގާނޫނުގެ 39 މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ. މިދުވަސްތައް ގުނާނީ މިގަވާއިދުގެ 134 ވަނަ މާއްދާގައިވާ ބަންދު ދުވަސްތައް
ނުހިމަނައެވެ.
(ނ) މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފަކު އާދައިގެ މަތިން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށްވެއްޖެނަމަ، އެ ދުވަހުގެ ބަދަލުގައި ދުވަހެއް އެ މުވައްޒަފުގެ އަހަރީ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.
(ރ) އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ އެ މުވައްޒަފެއްގެ ނުރުހުމުގައި އެމުވައްޒަފަކު ލައްވައި ރަސްމީ އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.
(ބ) ކޮންމެ މުވައްޒަފަކަށްވެސް އަހަރީ ޗުއްޓީ ހައްގުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެކޯޓަކުން ނުވަތަ އެއިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ޗުއްޓީ ފެށިދާނެއެވެ.
(ޅ) މީލާދީ އަހަރު ފެށުމާއެކު، ކޮންމެ ކޯޓެއްގައިވެސް ނުވަތަ އިދާރާއެއްގައިވެސް، މުވައްޒަފުންގެ ކަންތަކާ ހަވާލުވެ ހުންނަވެރިޔާ، މުވައްޒަފުންނާ މަށްވަރާކޮށް، ތަނުގެ މަސައްކަތަށް ދަތިނުވާނޭހެން، ޗުއްޓީނަގާ މުވައްޒަފުންގެ މަސައްކަތްތައް ހަމަޖެއްސޭނެގޮތް ރާވައި، އެ އިންތިޒާމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލެއް ހަދައި މުވައްޒަފުންނަށް އަންގަންވާނެއެވެ.
(ކ) މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ނުނަގައި ދޫކޮށްލައިފިނަމަ، އެޗުއްޓީ ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(އ) މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް ކެންސަލްނުވެ އޮތްނަމަ، އެ ޗުއްޓީގެ ބަދަލުގައި މުސާރައިން ދުވަހަކަށް ޖެހޭ މިންވަރުން އެދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.
(ވ) އަހަރީ ޗުއްޓީއަށް އެދޭނީ މިގަވާއިދުގައިވާ ކަންތައްތައް ފުރިހަމަވާގޮތަށް މުވައްޒަފު މަސައްކަތްކުރާ ކޯޓުން ނުވަތަ އިދާރާއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(މ) މުވައްޒަފަށް ޗުއްޓީ ދޭނީ މި ގަވާއިދުގެ ޖަދުވަލު 20 ގައިވާ "ޗުއްޓީ ޗިޓު" އިންނެވެ.
141 ވަނަ މާއްދާ - ވަޒީފާ މެދުކެނޑުމަށްފަހު ވަޒީފާ އާ ގުޅޭ ހިނދު ނުވަތަ ވަޒީފާ ބަދަލުވުމާގުޅިގެން މުވައްޒަފުންގެ އަހަރީ ޗުއްޓީ
މުވައްޒަފެއްގެ ވަޒީފާ މެދުކެނޑުމަށްފަހު ވަޒީފާއާ ގުޅޭ ހިނދު ނުވަތަ ވަޒީފާ ބަދަލުވުމާގުޅިގެން އަހަރީ ޗުއްޓީ ގުނާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ށަރުއީދާއިރާގެ މުވައްޒަފަކު ކޯހަކަށް ނުވަތަ މުސާރަ ނުލިބޭ ޗުއްޓީއަކަށް ދިއުމަށްފަހު ވަޒީފާއަށް ނިކުންނަ ހިނދު މުވައްޒަފުގެ ޗުއްޓީގެ ދުވަސްތަކުގެ ތާރީހު ބަލާނީ އަލުން ހިދުމަތްފަށާ ދުވަހާއި ކުރިން ހިދުމަތްކުރި އަހަރުގެ ދުވަސްތަކާ ގުޅުވާލައި، ކުރިން ހިދުމަތްކުރި އަހަރުގެ ބައިކުޅަބަޔާ އެއްކޮށްލުމުން އަހަރުވާ ތާރީހުން ފެށިގެންނެވެ.
(ށ) ށަރުއީދާއިރާގެ މުވައްޒަފަކު އެހެން ކޯޓަކަށް ނުވަތަ އެހެން އިދާރާއަކަށް ބަދަލުވުމުން، އެމުވައްޒަފުގެ ޗުއްޓީ ހައްގުވާ ތާރީހް ބަލާ ދުވަހަކަށް ބަދަލެއް ނާންނާނެއެވެ. އަދި ބާކީހުރި ޗުއްޓީ ކަނޑައެޅިފައިވާ އުސޫލުން އެމުވައްޒަފަކަށް ލިބެންވާނެއެވެ.
(ނ) ދައުލަތުގެ އެހެން މުއައްސަސާއެއްގައި ވަޒީފާއަދާކުރުމަށްފަހު ށަރުއީދާއިރާގެ ވަޒީފާއާ ގުޅޭފަރާތްތަކުގެ ޗުއްޓީ ހައްގުވާ ތާރީހްކަމަށް ބަލާނީ ށަރުއީދާއިރާގެ ވަޒީފާ ހަމަޖެހޭ ތާރީހުންނެވެ.
142 ވަނަ މާއްދާ - ބަލިވެއިނުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީ
މުވައްޒަފަކު ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ޗުއްޓީއާއި އިނާޔަތް ދޭންވާނެއެވެ.
(ހ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެމުވައްޒަފަކަށް، އެސެޓްފިކެޓްގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދޭންވާނެއެވެ.
(ށ) ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއްވުމުގެ ސަބަބުން މާބަނޑުމީހާ ކޯޓަށް ނުވަތަ އިދާރާއަށް ނުކުންނަން އުޒުރުވެރިވާނަމަ، ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުގެ ތެރެއިން 30 (ތިރީސް) ދުވަސް އެ މުވައްޒަފަކަށް ނެގިދާނެއެވެ.
(ނ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ކުރިން ބަންދުދުވަސް ހިމަނައިގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެމުވައްޒަފަށް ނެގިދާނެއެވެ.
(ރ) ވިހެއުމާ ގުޅިގެންދެވޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީގެ އިތުރުން ވިހެއުމުގެ ސަބަބުން މުވައްޒަފު، ނުވަތަ ވިހޭ ދަރިފުޅު ބަލިކަމަށް ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ފަހުން ބަންދުދުވަސް ހިމަނައިގެން، ވިހެއި ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ނެގިދާނެއެވެ.
143 ވަނަ މާއްދާ - މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ
ވިހެއުމާއި ގުޅިގެން ދަރިފުޅުގެ މަންމައަށް ލިބޭ ޗުއްޓީ ހަމަވާ ތާރީހުން ފެށިގެން، ދަރިފުޅު ބެލުމަށްޓަކައި ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް ވަޒީފާއާބެހޭ ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުލިބޭ ގޮތަށް މުވައްޒަފު އެދިއްޖެނަމަ، ބަންދުދުވަސްތައް ހިމަނައިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ޗުއްޓީއެއް ދެވިދާނެއެވެ.
(ހ) މިޗުއްޓީ ބޭނުންނަމަ، ވިހެއުމާއި ގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަސްކުރިން ޗުއްޓީ ނެގުމަށް، މަސައްކަތްކުރާ ކޯޓަށް ނުވަތަ އިދާރާއަށް ހުށަހަޅަންވާނެއެވެ.
(ށ) ވިހެއުމާގުޅިގެން ދަރިފުޅު ބެލުމަށްޓަކައި މަންމަ ނުވަތަ ބައްޕައަށް ދެވޭ މިޗުއްޓީ ދިނުމުގައި ދަރިފުޅުގެ މަންމައާއި ބައްޕަ ށަރުއީދާއިރާގައި ވަޒީފާ އަދާކުރަމުންދާނަމަ އެމީހުންނަށް ފެންނަ ގޮތަކަށް މިޗުއްޓީގެ މުއްދަތު ދެމީހުންގެ މެދުގައި ބަހައިލައިގެން ދެވިދާނެއެވެ.
(ނ) މިޗުއްޓީ ދެވޭނީ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. ޗުއްޓީގެ މުއްދަތުގެ ދިގުމިނަކަށްވާނީ ޗުއްޓީ ދެވުނު ތާރީހުން ފެށިގެން މިޗުއްޓީ ހައްގުވާ މުއްދަތު ނިމެންދެންނެވެ.
144 ވަނަ މާއްދާ - ވިހެއުމާ ގުޅިގެންދެވޭ އިނާޔަތް
މުވައްޒަފަކު ވިހެއުމާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތިރީގައިމިވާ އިނާޔަތްތައް ދޭންވާނެއެވެ.
(ހ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 12 (ބާރަ) މަސްވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނިޓްގެ ހުސްވަގުތުކޮޅެއް، މަސައްކަތުގެ ވަގުތުގެ ތެރެއިން ކޮންމެ 8 (އަށެއް) ގަޑިއިރަކުން ދެފަހަރު، ދޭންވާނެއެވެ. އަދި މުވައްޒަފު ބޭނުންވާނަމަ، މިހުސްވަގުތުކޮޅު އެއްކޮށްލައި، 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވިދާނެއެވެ. މިގޮތުން ދެވޭ ހުސްވަގުތުކޮޅު މަސައްކަތު ވަގުތު ފެށޭ ގަޑިއާއި ނިމޭގަޑިއަކު ނުދެވޭނެއެވެ.
(ށ) އުމުރުން 12 (ބާރަ) މަސްދުވަސް ނުވާ ކުޑަކުދިން ގެންގުޅޭ އަންހެން މުވައްޒަފުންނަށް ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ދަތި ނުވާގޮތަށް، ވީވަރަކުން، ލުއި ކޮށްދެވޭތޯ ކޯޓުން ނުވަތަ އިދާރާއިން ބަލަންވާނެއެވެ. އަދި ށިފްޓު ޑިއުޓީގައި މަސައްކަތްކުރާ ތަންތަނުގައި ޑިއުޓީ ހަމަޖައްސާއިރު، އެފަދަ މުވައްޒަފުންނަށް ލުއިވާގޮތަށް ށިފްޓު ހަމަޖައްސައިދެވޭތޯ ބަލަން ވާނެއެވެ.
(ނ) ގިނައިރު ކޮޅަށް ހުންނަންޖެހޭ ވަޒީފާތަކާއި، މާބުރަކޮށް މަސައްކަތް ކުރަންޖެހޭ ވަޒީފާތަކުގައި އުޅޭ އަންހެނަކު ބަލިވެއިނުމުން، ބަލިވެއިނުމުގެ އުނދަގޫތަކަށް ލުއިވާނޭ ގޮތަށް ވީވަރަކުން މަސައްކަތް ރާވައިދެވޭތޯ ބަލަންވާނެއެވެ.
(ރ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، މަސައްކަތުގެ ފެންވަރު ބެލުމުން މަގާމުގެ ކުރިއެރުމެއް ހައްގުވެއްޖެނަމަ އެކުރިއެރުމެއް ލިބިދިނުން ފަދަ ހައްގުތައް ފުރިހަމައަށް ލިބެންވާނެއެވެ. މިގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުމަށާއި ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ. އަދި މުވައްޒަފު ވަޒީފާއަދާކުރާ މުއްދަތަށް އެއްވެސް ހުއްޓުމެއް އައިކަމަކަށް ނުވަތަ މެދުކެނޑުނީކަމަކަށް ނުވަތަ އެމުއްދަތު ކުރުވީ ކަމަކަށްވެސް ބަލައިގަނެގެން ނުވާނެއެވެ.
(ބ) މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ހިމަނައިގެން، 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ. އެފަދަ ހާލަތަކީ، މިގަވާއިދުގައި ބަޔާންކުރާ ވިހެއުން ކަމަކަށް ނުބެލޭނެއެވެ.
(ޅ) މުވައްޒަފަކު ބަލިވެ އިންތާ 16 (ސޯޅަ) ހަފުތާއާ 27 (ހަތާވީސް) ހަފުތާއާ ދެމެދުގެ މުއްދަތެއްގައި، ފުރާނަހުރި ކުއްޖަކު ވިހައިފިނަމަ، އަމަލުކުރާނީ މި ގަވާއިދުގައި، ވިހެއުމާގުޅިގެން އަމަލުކުރުމަށް ކަނޑައަޅާފައިވާ ފަދައިންނެވެ. އެ މުއްދަތުގެ ތެރޭގައި ވިހޭއިރު ދަރިފުޅު މަރުވެފައިވާނަމަ، އެކަން ބަޔާންކޮށްދޭ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން، ބަންދުދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ.
145 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުންދޭ ޗުއްޓީ
ފިރިހެން މުވައްޒަފަކަށް، ކުއްޖަކު ލިބޭ ދުވަހުން ފެށިގެން އެކަން ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން، މުސާރަ ލިބޭގޮތަށް ވަޒީފާއާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަންދު ދުވަސްތައް ހިމަނައިގެން 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.
146 ވަނަ މާއްދާ - ދަރިފުޅު ހިތާނުކުރުމުން ލިބޭ ޗުއްޓީ
ވަޒީފާއާބެހޭ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މުވައްޒަފުގެ ދަރިއަކު ހިތާނުކުރާ ދުވަހުން ފެށިގެން، އެކަން ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ނުވަތަ ހިތާނުކުރުމަށް ސިއްހީއިދާރާއަކުން ހުއްދަދީފައިވާ މީހަކު، ދޫކުރާ ލިޔުމެއް ހުށަހެޅުމުން، މުސާރަ ލިބޭގޮތަށް، 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ބަންދުދުވަސް ހިމަނައިގެން މުވައްޒަފަށް ދޭންވާނެއެވެ. ހިތާނުކުރުމުންދޭ ޗުއްޓީ ދަރިފުޅުގެ މަންމައާއި ބައްޕައަށްވެސް ލިބޭނެއެވެ.
147 ވަނަ މާއްދާ - ހައްޖު ޗުއްޓީ
(ހ) ހައްޖު ޗުއްޓީއަކީ ހަމަމުސާރައާއެކު، ށަރުއީދާއިރާގެ މުވައްޒަފުންގެ ތެރެއިން ހައްޖަށް ދާން އެދޭ މީހުންނަށް، އޭނާގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި 1 ފަހަރު ދެވޭ ޗުއްޓީއެކެވެ. ތިރީގައިވާ ގޮތުގެ މަތިން ހަމަމުސާރައާއެކު ހައްޖު ޗުއްޓީ ދޭންވާނެއެވެ.
- ޗާޓަރުކުރާ މަތިންދާ ބޯޓަކުން ދަތުރުކުރާ، މާލޭގައި ވަޒީފާ އަދާކުރާ މީހުންނަށް އެމީހަކު މާލެއިން ފުރާ ދުވަހުން ފެށިގެން، އެނބުރި މާލެ އަންނަ ދުވަހާ ދެމެދުގައި ހިނގާ މުއްދަތަށް.
- މިއަކުރުގެ 1 ގައިވާ ގޮތްނޫން ގޮތަކުން ހައްޖަށް ދާ މީހުންނަށް، އެމީހަކު މާލެއިން ފުރާ ދުވަހަކުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ މުއްދަތަށް.
- އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ މީހުންނަށް މިއަކުރުގެ 1 އާއި 2ގައި ބުނެފައިވާ މުއްދަތުގެ އިތުރަށް ހައްޖަށް ދިއުމަށްޓަކައި ރަށުން މާލެ އައުމަށާއި އެނބުރި މާލެއިން ރަށަށް ދިއުމަށް ބަންދުދުވަސްތައް ހިމަނައިގެން 15 (ފަނަރަ) ދުވަސް.
(ށ) މިމާއްދާގައިވާ ގޮތަށް އެއްވެސް މުވައްޒަފަކަށް ހަމަ މުސާރައާއެކު ހައްޖު ޗުއްޓީ ދެވޭނީ، އެމުވައްޒަފު އަދާކުރާ ފުރަތަމަ ހައްޖަށް އެކަންޏެވެ.
(ނ) "ހައްޖު ޗުއްޓީ" ނަގާ މުވައްޒަފުން އެ ޗުއްޓީގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް، އެމީހަކު އެދޭނަމަ، އަހަރީ ޗުއްޓީގެ ތެރެއިން ހަމަޖައްސައި ދެވިދާނެއެވެ.
(ރ) އަހަރީ ޗުއްޓީގައި ނޫންގޮތަކަށް، މީހަކު އަދާކުރާ ފުރަތަމަ ހައްޖު ފިޔަވައި އެހެން ހައްޖަކަށް ދާނަމަ، ދެވޭނީ އެ ދުވަސްތަކަށް މުސާރަ ނުލިބޭ ގޮތަށް ކޯޓުން ނުވަތަ އިދާރާއިން ހުއްދަ ލިބިގެންނެވެ.
148 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ
(ހ) ވަޒީފާއާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާތަކާ ގުޅިގެން، ކޮންމެ މުވައްޒަފަކަށް މުސާރަ ލިބޭގޮތަށް ބަންދުދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް އަހަރު ދުވަހުގެ ތެރޭގައި ނެގިދާނެއެވެ. އާއިލާގެ މެންބަރުން ކަމުގައި ބަލާނީ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމައާއި ބައްޕަ، އަދި ށަރްއީ ގޮތުން އެމީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.
(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައިވިޔަސް، މިޗުއްޓީ ދެވިދާނެއެވެ.
149 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ
ސަލާމުގެ ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. ސަލާމުގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި ސަލާމުގެ ޗުއްޓީއާ ގުޅިގެން އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) މުވައްޒަފު ނުވަތަ އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހަކު، ބަލިވުމުގެ ސަބަބުން އެމުވައްޒަފަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތުގެ ގަޑިއަށް، ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީގަޑި ފެށޭތާ 2 (ދޭއް) ގަޑިއިރުގެ ތެރޭގައި އެކަން އެމުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. ނުވަތަ އެކޯޓަކުން ނުވަތަ އެއިދާރާއަކުން ކަނޑައަޅާ އުސޫލަކުން އަމަލުކުރަންވާނެއެވެ. މިގޮތުން 2 (ދޭއް) ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުވަތަ އިދާރާއަށް ނާންގައި ސަލާމުގެ ޗުއްޓީ ހަމަނުޖައްސައިފިނަމަ، އެދުވަހެއް ބެލެވޭނީ، ހާޒިރުނުވާ ދުވަހެއްކަމުގައެވެ.
(ށ) މިމާއްދާގެ (ހ) ގައި މިއެން ބުނެފައިއޮތް ނަމަވެސް އެދުވަހު މުވައްޒަފު ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވެ ރަސްމީގަޑި ނިމުމުގެ ކުރިން ގަޑިޖަހައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން ގަޑީލާރި ކެނޑި ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވި ދުވަހެއް ކަމުގައި ބެލެވޭނެއެވެ.
(ނ) އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތީން ކޯޓަށް ނުވަތަ އިދާރާއަށް އެކަން އެންގުމާއެކު އެދުވަހަކު އެމުވައްޒަފާ ހަވާލުކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތު ސުޕަވައިޒަރަށް ދޭންވާނެއެވެ.
(ރ) އެމުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ހަވާލުވެފައިވާ މީހެއްނަމަ، އެމީހެއްގެ މަސައްކަތް އެހެން މީހަކާ ހަވާލުކޮށް ފެށޭހާ ވަގުތު އޮއްވައި، އެމީހެއްގެ ސުޕަވައިޒަރަށް ނުވަތަ އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތީން އަންގަންވާނެއެވެ. އަދި އަންގާއިރު، އެމީހަކާ ހަވާލުވެފައިވާ މަސައްކަތަށް ބުރޫ ނާރައި ހިންގުމަށް ކޯޓުން ނުވަތަ އިދާރާއިން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މައުލޫމާތު ދޭންވާނެއެވެ. ވަގުތު އޮއްވައި ނޭންގޭފަދަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އެންގޭފަދަ ހާލަތަކަށް އެމީހަކު އައިހާ އަވަހަކަށް ސަލާމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި، އެމީހަކު އެކަން ކޯޓަށް ނުވަތަ އިދާރާއަށް އަންގަންވާނެއެވެ.
(ބ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު، ސަލާމުގެ ޗުއްޓީ ނަގަންވާނީ ހަމައެކަނި އެ މުވައްޒަފަކު ނުވަތަ އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހަކު، ބަލިވެގެން މަސައްކަތަށް ހާޒިރު ނުވެވޭވަރު ވެއްޖެނަމައެވެ.
(ޅ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ ދުވަހު، އެކަން އަންގަންވާނެއެވެ.
(ކ) މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކަށް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ.
(އ) ސަލާމުގެ ޗުއްޓީގައި ހުއްޓާ މަހުގެ މުސާރަ ހަދާ ދުވަސްކަމުގައިވާ ކޮންމެ މީލާދީމަހެއްގެ 20 ވަނަ ދުވަހާހަމައަށް ސަލާމް ސެޓްފިކެޓް ހުށަހަޅާފައިނުވާނަމަ، އެމަހުގެ މުސާރަ ދޭންވާނީ އެދުވަސްތަކަށް މުސާރައާއި އިނާޔަތް އުނިކުރުމަށްފަހުގައެވެ. ސަލާމުގައި ހުރެފައި ކޯޓަށް ނުވަތަ އިދާރާއަށް ނިކުންނަ ދުވަހު ސަލާމުގެ ސެޓްފިކެޓް ހުށަހަޅައިފިނަމަ ސަލާމުގެ މުއްދަތަށް ކެނޑި މުސާރައާއި އިނާޔަތަށްވާ އަދަދު ޖެހިގެން އަންނަ މަހުގެ މުސާރައާއެކު ދޭންވާނެއެވެ.
(ވ) ސަލާމުގެ ޗުއްޓީގެ ދުވަސް ގުނުމުގައި އަހަރު ބަލާނީ އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައިވިޔަސް، ސަލާމުގެ ޗުއްޓީ ހައްގުވާނެއެވެ.
(މ) މުވައްޒަފަކު ސެޓްފިކެޓު ހުށަހަޅަންޖެހޭ ގޮތަށް ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހު ކޯޓަށް ނުވަތަ އިދާރާއަށް ނުކުންނަ ދުވަހު އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި މިލިޔުން މުވައްޒަފުގެ މައުލޫމާތު ފައިލުގައި ފައިލުކޮށް ބަލަހައްޓަންވާނެއެވެ.
(ފ) މުވައްޒަފު ސެޓްފިކެޓް ހުށަހަޅަންޖެހޭ ގޮތަށް ނޫން ގޮތަކަށް ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހު ކޯޓަށް ނުވަތަ އިދާރާއަށް ނުކުންނަ ދުވަހު މިގަވާއިދުގެ ޖަދުވަލު 34 ގައިވާ "މުވައްޒަފު ސަލާމުގައިކަން ކޯޓަށް ނުވަތަ އިދާރާއަށް އެންގުމާއި ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ފުރިހަމަކުރުމަށްފަހު، ސަލާމުގެ ޗުއްޓީ ކަންތައް ބަލަހައްޓާ ސެކްށަނާ ހަވާލުކުރަންވާނެއެވެ.
150 ވަނަ މާއްދާ - ސަލާމުގެ ސެޓްފިކެޓް ހުށަހެޅުން
(ހ) މުވައްޒަފަކަށް ސެޓްފިކެޓު ހުށަހެޅުމަކާނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަހުއެވެ.
(ށ) މުވައްޒަފަކު ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ހުރެއްޖެނަމަ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެމީހަކު ކޯޓަށް ނުވަތަ އިދާރާއަށް ނުކުންނައިރު، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައިހުރި ހުރިހާ ދުވަސްތަކަށް، (ދޭތެރެ މެދުން އަންނަ ބަންދު ދުވަސްތައް ހިމަނައިގެން) ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންވާނެއެވެ. ސަލާމުގެ ސެޓްފިކެޓު ދޫކުރުމުގެ ހުއްދަ ދީފައިވާ މީހުން ތިބި ރަށެއްގައިނަމަ، ހުށަހަޅަންވާނީ އެފަދަ މީހެއްގެ ސެޓްފިކެޓެކެވެ.
(ނ) ބަލިވެގެން، ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މިމާއްދާގައި ބަޔާންކުރާފަދަ ސެޓްފިކެޓެއް ކޯޓަށް ނުވަތަ އިދާރާއަށް ހުށަހަޅައިފިނަމަ، ސަލާމުގެ ޗުއްޓީ ކުރިއަށްވެސް ނެގިދާނެއެވެ.
151 ވަނަ މާއްދާ - ވަކި ދުވަސްވަރަކާ ދިމާކޮށް އަހަރީ ޗުއްޓީ ދިނުން
އަންހެން މުވައްޒަފަކު ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގައި ވަނިކޮށް، އެމުއްދަތާ ދިމާވާގޮތަށް، ވަކި ދުވަސްވަރެއްގައިނޫނީ އަހަރީ ޗުއްޓީ ނުދެވޭފަދަ ހިދުމަތެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް އެގޮތުން ހައްގުވާ އަހަރީ ޗުއްޓީ ބޭނުންކުރަން ފަށާނީ ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަވުމަށްފަހުގައެވެ. އަދި އެފަދަ މުވައްޒަފަކަށް ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ދެވިފައިވާ ޗުއްޓީގެ ސަބަބުން ހައްގުވި އަހަރީ ޗުއްޓީން ނުނެގި ބާކީ ހުރި ދުވަސްތައް ނެގޭނީ އެ މުވައްޒަފެއްގެ ޗުއްޓީ އަހަރު ހަމަނުވާ ކަމުގައި ވާނަމައެވެ.
15 ވަނަ ބާބު
ށަރްއީދާއިރާގެ މުވައްޒަފުން ވީއްލުން
152 ވަނަ މާއްދާ - ތައާރުފު
ކޯޓެއް ނުވަތަ އިދާރާއެއް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ބޭނުމެއްގައި ށަރްއީދާއިރާގެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ބޭނުންވެ ހިނދެއްގައި ދެފަރާތުގެ އިސްވެރިން ހަމަޖައްސާ އުސޫލެއްގެ މަތިން ކަނޑައެޅޭ ވަކިމުއްދަތަކަށް އެމުވައްޒަފަކު ވީއްލިދާނެއެވެ. މުވައްޒަފަކު ވީއްލާ ހިނދު ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ދަތިނުވާގޮތަށް މަސައްކަތް ރާވަންވާނެއެވެ.
153 ވަނަ މާއްދާ - މުވައްޒަފުން ވީއްލުން
(ހ) ކޯޓަކުން ނުވަތަ އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ހިންގާ ކަމެއްގައި، ށަރްއީދާއިރާގެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ބޭނުންވެއްޖެނަމަ، އެކަން ހަމަޖައްސާނީ އެ މުވައްޒަފަކު ވަގުތީގޮތުން ވީއްލުމަށް އެދި، އެ މުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ބޭނުންވާ ކޯޓަކުން ނުވަތަ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން، އެމުވައްޒަފަކު މަސައްކަތް ކުރާ ކޯޓަކަށް ނުވަތަ އިދާރާއަށް ހުށަހެޅުމުން، އެ ކޯޓުން ނުވަތަ އިދާރާއިން އެކަން ހަމަޖައްސައި މުވައްޒަފަކު އެކަމަށް ވީއްލިކަން ބަޔާންކުރާ ލިއުމަކުންނެވެ. މުވައްޒަފުގެ ހިދުމަތް ބޭނުންވާ ތަނަކުން އެމުވައްޒަފަކު ވީއްލުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ މުވައްޒަފަކު ބޭނުންވާ ސަބަބާއި، މުއްދަތު ބަޔާންކުރަންވާނެއެވެ.
(ށ) މިގަވާއިދުގެ 152 ވަނަ މާއްދާގައި ވާގޮތުގެ މަތިން މުވައްޒަފަކު ވީއްލޭނީ ފުރަތަމަ ފަހަރު ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން، އެ މީހާގެ ހިދުމަތް އެއަށްވުރެ އިތުރަށް ބޭނުންވާނަމަ، އަލުން ބޭނުންވާ ސަބަބު ދެ ތަނުގެ އިސްވެރިންގެ މެދުގައި ވާހަކަދައްކައިގެން، ލިޔުމުން ހަމަޖައްސާނީއެވެ. އެގޮތަށްވެސް މުވައްޒަފަކު އެއް ތަނުން އަނެއް ތަނަށް ވީއްލާފައި ބެހެއްޓޭނެ އެންމެ ދިގުމުއްދަތަކީ 3 (ތިނެއް) މަސްދުވަހެވެ.
(ނ) އެހެން ކޯޓެއްގެ ނުވަތަ އެހެން އިދާރާއެއްގެ ނުވަތަ އެހެން މުއައްސަސާއެއްގެ ބޭނުމަށް ވީއްލާފައިވާ މުވައްޒަފު މަސައްކަތަށް ހާޒިރުވެ ސޮއި ކުރާނީ، އެ މުވައްޒަފެއްގެ ހިދުމަތް ލިބިގަންނަ ތަނެއްގައެވެ.
(ރ) ވީއްލާފައިވާ މުއްދަތުގެ ތެރޭގައި މުސާރަދޭ ދުވަސް އަތުވެއްޖެނަމަ، އެ ދުވަހާ ހަމަޔަށް އެމުވައްޒަފުގެ ހާޒިރީ ރިޕޯޓް އެމުވައްޒަފުގެ ހިދުމަތް ލިބިގަންނަ ކޯޓުން ނުވަތަ އިދާރާއިން ނުވަތަ މުއައްސަސާއިން އެ މުވައްޒަފުގެ މަގާމު އޮތް ކޯޓަށް ނުވަތަ އިދާރާއަށް ފޮނުވަން ވާނެއެވެ.
(ބ) ވަގުތީގޮތުން ދޫކޮށްފައިވާ ށަރްއީދާއިރާގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާފަދަ ހަރަދުތައް ދޭންވާނީ އެމުވައްޒަފެއްގެ ހިދުމަތް ވަގުތީގޮތުން ލިބިގަންނަ ތަނަކުންނެވެ.
(ޅ) ވީއްލާފައިވާ މުއްދަތު ހަމަވުމުން، ވީއްލާފައިވާ މުވައްޒަފު އެ މުވައްޒަފުގެ ދާއިމީ ވަޒީފާ އޮތް ކޯޓަށް ނުވަތަ އިދާރާއަށް ނިކުންނަންވާނެއެވެ.
(ކ) އެހެން ކޯޓެއްގެ، އިދާރާއެއްގެ ނުވަތަ މުއައްސަސާއެއްގެ ބޭނުމަށް ވީއްލާފައި ހުރި ދުވަސްތަކުގެ ހާޒިރީ ރިޕޯޓާއި އެ މުވައްޒަފާ ހަވާލުކުރެވުނު މަސައްކަތް ކުރި މިންވަރާއި ފެންވަރު ބަޔާންކުރާ ރިޕޯޓެއް އެ މުވައްޒަފެއްގެ ހިދުމަތް ލިބިގަތް ކޯޓަކުން ނުވަތަ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ދާއިމީ ވަޒީފާ އޮތް ކޯޓަށް ނުވަތަ އިދާރާއަށް ފޮނުވަންވާނެއެވެ.
16 ވަނަ ބާބު
މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ވީއްލުން
154 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާގެ މުވައްޒަފަކު ހިދުމަތުގައި ހޭދަކުރާ ދުވަސްތަކުގައި، ދިގުމުއްދަތަކަށް މުސާރަ ނުލިބޭގޮތަށް މަސައްކަތަށް ނުނިކުމެ ހުރުމަށް އެދިއްޖެނަމަ، މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލިދާނެއެވެ.
155 ވަނަ މާއްދާ - މުވައްޒަފު ވީއްލިދާނެ ހާލަތްތައް
ށަރްއީދާއިރާގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެންނެވެ.
(ހ) އަމިއްލަގޮތުން ކިޔެވުމަށް.
(ށ) ތިމާއަށް ސިއްހީ ފަރުވާއެއް ކުރުމަށް ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ތިމާގެ ބެލެނިވެރިކަމުގެދަށުގައި ހުރި މީހަކު ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް.
(ނ) ށަރްއީދާއިރާއިން ސްޕޮންސަރ ކޮށްގެން އިސްލާމީ ށަރީއާ ނުވަތަ ގާނޫނުގެ ރޮނގުން ޑިޕްލޮމާއިން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކުން ފަނޑިޔާރުކަމާގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް.
(ރ) މަތީގައިވާ ހާލަތްތައް ފިޔަވައި އެހެން ހާއްސަ ހާލަތެއްގައި މުސާރަ ނުލިބޭގޮތަށް ވީއްލުން.
156 ވަނަ މާއްދާ - މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ވީއްލުން
(ހ) ށަރްއީދާއިރާގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އިސްވެރިޔާއަށް ވީއްލިދާނެއެވެ. މުސާރަނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލަންވާނީ އެމުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތް ކުރާނޭ ގޮތުގެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.
(ށ) މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލުމަށް އެދެންވާނީ ވަޒީފާއިން ވީއްލުމަށްއެދޭ ސަބަބާއެކު، އެމުވައްޒަފަކު ވަޒީފާއަދާކުރާ ކޯޓަށް ނުވަތަ އިދާރާއަށެވެ. އަދި މުވައްޒަފަކު ވީއްލުމަށް އެދުމުން ވަޒީފާއިން ވީއްލުމަށްއެދޭ ސަބަބާއެކު 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކޯޓަކުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ނ) މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލާފައި ހުންނަ މުއްދަތުގައި ވަގުތީގޮތުން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ. އަދި އެމުއްދަތަކީ އެމުވައްޒަފު ހިދުމަތްކުރި މުއްދަތެއްކަމުގައެއް ނުގުނޭނެއެވެ.
(ރ) މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާ މުވައްޒަފު ވަގުތީގޮތުން ވަޒީފާއިން ވަކިކުރުމަށްފަހު، ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ދަތިވުމުގެ ސަބަބުން އެމަގާމުގެ މަސައްކަތަށް ކޮންމެހެން މީހަކު ބޭނުންވާނަމަ، އަމަލުކުރާނީ މިގަވާއިދުގެ 10 ވަނަބާބުގައިވާ ގޮތުގެ މަތިންނެވެ.
(ބ) މުސާރަ ނުލިބޭގޮތަށް ވީއްލުމުގެ ސަބަބުން ވަގުތީގޮތުން ވަޒީފާއިން ވަކިކޮށްފައިހުރި މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާ މުއްދަތު ހަމަނުވަނީސް ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުމަށް އެދޭނަމަ، އެކަން 30 (ތިރީސް) ދުވަސް ކުރިން މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓަށް ނުވަތަ އިދާރާއަށް ހުށަހަޅަން ވާނެއެވެ. ވަޒީފާއިން ވަކިކުރި މުވައްޒަފުގެ ވަޒީފާ ހަމަޖެއްސުމަށްޓަކައި އެމަގާމުގައި ވަގުތީ ގޮތުން މުވައްޒަފަކު ހުރިނަމަ، އެމުވައްޒަފަކަށް 15 (ފަނަރަ) ދުވަހުގެ ނޯޓިސްދީ ވަޒީފާއިން ވަކިކުރަންވާނެއެވެ.
(ޅ) މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާ މުވައްޒަފަކު، މުއްދަތު ހަމަކޮށް ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުމަށް އެދި، އެމުވައްޒަފު ވަޒީފާ އަދާކުރާ ކޯޓަށް ނުވަތަ އިދާރާއަށް ހުށަހެޅުމުން އެމުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލިއިރު އަދާކުރި ވަޒީފާއަށް ހަމަޖެއްސުމަށްޓަކައި އެކޯޓަކުން ނުވަތަ އެއިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަހެޅުމުން އެމުވައްޒަފަކަށް ވަޒީފާ ހަމަޖައްސައިދޭންވާނެއެވެ.
(ކ) މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާ މުވައްޒަފަކު ވީއްލުނު މުއްދަތު ހަމަވާއިރު، ކޯޓުގެ ނުވަތަ އިދާރާގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާ ގުޅިގެން ނުވަތަ އެހެންވެސް ސަބަބާހުރެ، މަގާމު އުވާލެވިފައިވުމުގެ ސަބަބުން ވަޒީފާ ދެވެން ނެތްނަމަ، ވީއްލި މުއްދަތު ހަމަވުމުގެ މަދުވެގެން 1 (އެކެއް) މަސްދުވަސް ކުރިން އެކަން އެމުވައްޒަފަށް އަންގަންވާނެއެވެ.
(އ) މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލިކަން ކޯޓުން ނުވަތަ އިދާރާއިން މުވައްޒަފަށް އަންގާނީ މިގަވާއިދުގެ ޖަދުވަލު 21 ގައިވާ "މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލިކަން އަންގާ ޗިޓް" އާ އެއްގޮތަށް ދޫކުރާ ލިއުމަކުންނެވެ.
(ވ) މުސާރަ ނުލިބޭގޮތަށް ވީއްލޭނީ ހަމައެކަނި ށަރުއީދާއިރާގެ ދާއިމީ މުވައްޒަފުންނެވެ.
157 ވަނަ މާއްދާ - މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނެ މުއްދަތު
ށަރުއީދާއިރާގެ އިދާރީ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނެ އެންމެ ކުރު މުއްދަތަކީ، 3 (ތިނެއް) މަސްދުވަހެވެ. އަދި ގިނަވެގެން ވީއްލޭނީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
158 ވަނަ މާއްދާ - ހިދުމަތްކުރުމަށް އިގްރާރުވެފައިވާ މުވައްޒަފު ވީއްލުން
އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލޭނީ ތިރީގައިވާ ހާލަތްތަކަށް ރިއާޔަތްކޮށްގެންނެވެ.
(ހ) އަމިއްލަ ގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވިއްލަންވާނީ ށަރްއީދާއިރާގެ ޓްރޭނިންގ ރިކުއަރމެންޓުގައި ހިމެނޭ ނުވަތަ އެމީހަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށެވެ.
(ށ) މިގޮތުން މުވައްޒަފު މުސާރަ ނުލިބޭ ގޮތަށް ވީއްލަންވާނީ ކޯޓުގެ ނުވަތަ އިދާރާގެ ހިއުމަން ރިސޯސް ކޮމިޓީގެ މަށްވަރާގެ މަތިންނެވެ.
(ނ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާ މުވައްޒަފުން ވީއްލޭނީ، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކަށް އެމީހަކު ގަބޫލުކޮށްފައިވާކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ. މިލިޔުމުގައި ކޯހުގެ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ރ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނީ އޭނާ ކިޔަވަންބޭނުންވާ ކޯހުގެ މުއްދަތުކަމަށް ކިޔަވައިދޭ މަރުކަޒުން ބަޔާންކުރާ މުއްދަތަށެވެ.
(ވ) ރާއްޖެއިން ބޭރުން ކިޔެވުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލުމުގައި، އެ މީހަކު ކިޔަވަންދާ މަރުކަޒަކަށް ދިއުމަށާއި، އެ ތަނަކުން އެބުރި އައުމަށް، އިތުރަށް 1 (އެކެއް) މަސްދުވަސް ދެވިދާނެއެވެ.
159 ވަނަ މާއްދާ - ށަރްއީދާއިރާއިން ސްޕޮންސަރކޮށްގެން ކިޔަވާފައިވާ މުވައްޒަފުން އަމިއްލަގޮތުން ކިޔެވުމަށް ވީއްލުން
ކޯހެއް ފުރިހަމަކުރުމާ ގުޅިގެން އެ ކޯހަށް ހިނގި ހަރަދު ނުވަތަ ހަރަދުގެ ބައެއް ދައުލަތަށް ދައްކަންޖެހޭ މުވައްޒަފުން އިތުރަށް ކިޔެވުމަށް މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ޒިންމާވާނެ ފަރާތެއް، ދައުލަތުގެ ކަމާބެހޭ ފަރާތަށް ދެއްކުމަށްފަހު، އެ ފަރާތަކުން އެކަން ގަބޫލުކުރިކަމުގެ ލިޔުމެއް އެ މުވައްޒަފަކު މަސައްކަތްކުރާ ކޯޓު ނުވަތަ އިދާރާ މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުންނެވެ. ނުވަތަ ފައިސާ ކަމާބެހޭ ފަރާތަށް އެއްފަހަރާ ދައްކާފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
160 ވަނަ މާއްދާ - ހިދުމަތްކުރުމަށް އިގްރާރުވެފައިވާ މުވައްޒަފު ވީއްލުން\
ދައުލަތަށް ހިދުމަތްކުރަން އިގްރާރުވެފައިވާ ށަރްއީދާއިރާގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ދައުލަތަށް ހިދުމަތް ކުރަންޖެހޭ މުއްދަތު، މުސާރަ ނުލިބޭގޮތަށް ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުން އެކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ހުއްދަ ލިބުމުންނެވެ.
162 ވަނަ މާއްދާ - ހިދުމަތްކުރުމަށް އިގްރާރުވެފައިވާ މުވައްޒަފުގެ ހިދުމަތުގެ މުއްދަތު
ދައުލަތަށް ހިދުމަތްކުރަން އިގްރާރުވެފައިވާ ށަރްއީދާއިރާގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލައިފިނަމަ، އެހެންކަމެއް ކުރިކަން އެކޯޓަކަށް ނުވަތަ އެއިދާރާއަކަށް ސާބިތުވެއްޖެނަމަ ދާއިމީކޮށް ވަޒީފާއިން ވަކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ސާބިތުވިގޮތާއެކު ހުށަހަޅަންވާނެއެވެ. އަދި އޭނާއާމެދު މިގަވާއިދުގައިވާ ގޮތުގެ މަތިނ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފިޔަވަޅަު އަޅަންވާނެއެވެ.
163 ވަނަ މާއްދާ - ދިގުމުއްތަކަށް ސިއްހީ ފަރުވާ ހޯދުމަށް ވީއްލުން
ތިމާއަށް ސިއްހީ ފަރުވާއެއް ހޯދުމަށް ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ތިމާގެ ބެލެނިވެރިކަމުގައިވާ މީހަކަށް ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށްޓަކައި، މުސާރަ ނުލިބޭގޮތަށް ވީއްލޭނީ ތިރީގައިވާ ހާލަތްތަކަށް ރިއާޔަތްކޮށްގެންނެވެ. މުސާރަ ނުލިބޭގޮތަށް ވީއްލޭނީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ހ) މުވައްޒަފަކު ބަލިވެގެން މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ ބައްޔެއްގެ ބާވަތާއި، ފަރުވާގެ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސެޓްފިކެޓެއް ހުށަހެޅުމުންނެވެ.
(ށ) މުވައްޒަފެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހަކު ބަލިވެގެން މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސެޓްފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި، އެ މުވައްޒަފަކު، ކޮންމެހެން ހުންނަން ޖެހޭކަން، ބަޔާންކޮށް، އެ މުވައްޒަފަކު، ވަޒީފާ އަދާކުރާ ކޯޓަކަށް ނުވަތަ އިދާރާއަކަށް، ހުށަހެޅުމުންނެވެ.
164 ވަނަ މާއްދާ - ވީއްލާފައި ހުންނަ މުއްދަތު
(ހ) މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު ވީއްލި ބޭނުންކުރަންވާނީ، މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުމަކަށެވެ. ބޭނުން ހިފުން މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކޮށްގެން ނުވާނެއެވެ. މިގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި ވީއްލުން ނިމުމަކަށް ގެނަސް ވަޒީފާއަށް ނުކުތުމަށް އަންގަންވާނެއެވެ. ވަޒީފާއަށް ނުކުތުމަށް، އެންގުމަށްފަހުވެސް، ވަޒީފާއަށް ނުނިކުމެއްޖެނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި، ދުވަހުން ފެށިގެން، ށަރުއީދާއިރާގެ ވަޒީފާއިން އެ މުވައްޒަފު ދާއިމީކޮށް، ވަކިކުރުމަށް، ކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
(ށ) މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުރި މުވައްޒަފަކު، ވީއްލި ބޭނުން ބަދަލުކުރަން ބޭނުންވެއްޖެނަމަ، ގަވާއިދުގައިވާ ގޮތުގެ މަތިން، އެ މުވައްޒަފަކު މަސައްކަތްކުރާ ކޯޓަކަށް ނުވަތަ އިދާރާއަކަށް ހުށަހަޅައި، މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ބަދަލުކުރެވިދާނެއެވެ.
165 ވަނަ މާއްދާ - ވަގުތީގޮތުން ވަޒީފާއިން ވަކިކުރުން ދާއިމީ ވަކިކުރުން، ދާއިމީ ހާލަތަށް ބަދަލުކުރުން
މުސާރަ ނުލިބޭގޮތަށް ވީއްލިމ، މުވައްޒަފު ވަގުތީގޮތުން ވަޒީފާއިން ވަކިކުރުން، އަންނަނިވި ހާލަތްތަކުގައި ދާއިމީ ވަކިކުރެވޭނެއެވެ.
(ހ) މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު، ކޯޓުގެ ނުވަތަ އިދާރާގެ ވަޒީފާއަށް ނުކުމަށް އެދި ހުށަނާޅައި ނުވަތަ ވީގޮތެއް ނާންގައި 15 (ފަނަރަ) ދުވަސްވުން.
(ށ) މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކުރަމުންގެންދާކަން ސާބިތުވުން.
17 ވަނަ ބާބު
މުވައްޒަފުން ތަމްރީނުކުރުން
166 ވަނަ މާއްދާ - ތައާރުފު
މުވައްޒަފުން، ވަޒީފާގައި ކުރާ މަސައްކަތާ ގުޅޭގޮތުން، ދޭންޖެހޭ މައުލޫމާތާއި ހުނަރު ހޯދައިދިނުމުގެ ގޮތުންނާއި މުވައްޒަފުގެ ފެންވަރު މަތިކުރުމަށްޓަކައި، މުވައްޒަފުގެ މަސައްކަތާއި ގުޅޭގޮތުން، ހުނަރާއި، މައުލޫމާތު ލިބޭ ޕްރޮގްރާމްތަކާއި ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާއި ކޯސްތައް މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތަކަށް، ރާވައި ހިންގަންވާނެއެވެ.
167 ވަނަ މާއްދާ - ކޯޓަށް ނުވަތަ އިދާރާއަށް ބޭނުންވާ ތަމްރީން ދެނެގަތުން
(ހ) ކޯޓުތަކުންނާއި އިދާރާތަކުން، އެތަނެއްގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި ކުރިޔަށް ޕްލޭނެއް އެކުލަވާލަންވާނެއެވެ.
(ށ) ކޯޓުތަކާއި، އިދާރާތަކުން ކުރިއަށް އޮންނަ، އަހަރުގައި، މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލައި، ހިނގަމުންދާ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ށަރުއީދާއިރާގެ ޓްރެއިނިންގ ރިކްއަރމެންޓް އެކުލަވާލުމަށްޓަކައި އިދާރާތަކުގެ ޕްލޭންތައް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
168 ވަނަ މާއްދާ - މުވައްޒަފުން ތަމްރީނުކުރުން
(ހ) ތިރީގައިވާ ތަމްރީން ދިނުމުގެ ގޮތްތަކުގެ ތެރެއިން އެފަހަރަކު ބޭނުންކުރާނެ ގޮތެއް ކަނޑައަޅާނީ، ތަމްރީން ދޭންޖެހިފައިވާ މުވައްޒަފުންގެ އަދަދަށާއި ބޭނުންވާ ތަމްރީނުގެ ބާވަތަށާއި އެކަމަށް ކުރަންޖެހޭ ހަރަދަށް ބަލައިގެންނެވެ.
- ވަޒީފާ އަދާކުރުމުގެ ތެރޭގައި މަސައްކަތަށް ބޭނުންވާ މައުލޫމާތު، ކަމާގުޅޭ ތަޖުރިބާކާރުން މެދުވެރިކޮށް ދިނުން.
- ކޯސްތަކާއި ސެމިނަރ އަދި ވަރކްށޮޕާއި، ސްޓަޑީޓުއަރ ފަދަ ތަމްރީން ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކޮށްގެން މުވައްޒަފުންގެ ހުނަރާއި ފެންވަރު މަތިކުރުން.
- ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ކޯސްތަކުގައި ބައިވެރިކޮށްގެން ދާއިރާގެ އެކިފަންނުތަކަށް ބޭނުންވާ މީހުން ބިނާކުރުން.
(ށ) ބޭނުންވާ ތަމްރީނު ރާއްޖެއިން ދެވެންހުރިނަމަ އެފަދަ ތަމްރީނުދޭނީ ރާއްޖެއިންނެވެ. ރާއްޖެއިން ބޭރަށް ތަމްރީން ދިނުމަށް ފޮނުވާނީ، އެކަމަށް ރާއްޖޭގައި ތަމްރީނުދެވެން ނެތްނަމަ، ނުވަތަ އެރޮނގަކުން ތަމްރީނުދޭން ބޭނުންވާ ފެންވަރަށް ނުވަތަ ބޭނުންވާގޮތަށް ރާއްޖޭގައި ތަމްރީނުދެވެން ނެތްނަމައެވެ.
(ނ) އަމިއްލަގޮތުން، ތަމްރީނުގެ ފުރުސަތު ހޯދައި އެފުރުސަތުގެ ބޭނުން ހިފަން އެދޭ މުވައްޒަފުންނަށް، މިގަވާއިދާ އެއްގޮތަށް އެކަމަށް ފުރުސަތު ދޭންވާނެއެވެ.
169 ވަނަ މާއްދާ - މީހުން ބިނާކުރުމުގައި އަމަލުކުރާނެގޮތް
ކޯޓަށް ނުވަތަ އިދާރާއަށް ބޭނުންވާ ފަންނީމީހުން ބިނާކުރުމަށް، ގައުމީ ސަނަދުގެ އޮނިގަނޑުގައި ނުހިމެނޭ ކުރުމުއްދަތުގެ ކޯސްތަކަށް މީހުން ހޮވުމާއި ފޮނުވުމުގައި އަމަލުކުރާނީ، އަންނަނިވިގޮތުގެ މަތިންނެވެ.
(ހ) ކުރުމުއްދަތުގެ ކޯސްތަކުގައި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލަންވާނީ ށަރުއީ ދާއިރާގެ މުވައްޒަފުންނަށެވެ.
(ށ) ކުރުމުއްދަތުގެ ކޯސްތަކުގައި ބައިވެރިކުރާނީ ވަޒީފާ އަދާކޮށްފައިވާ ގޮތާއި، މުއްދަތަށާއި، އެ ކޯހަކަށް ކަނޑައެޅިފައިވާ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، އަދި އެ މީހެއްގެ މަސައްކަތުގެ އަހްލާގާއި، އެ ކޯސް ފުރިހަމަކުރުމުން، އެ މުވައްޒަފުގެ ހިދުމަތް ށަރުއީ ދާއިރާގައި ހިފޭނެ މިންވަރުގެ މައްޗަށް ބެލުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ނ) ކޯހުގައި ފޮނުވާނެ މުވައްޒަފަކު ކަނޑައެޅުމުން، އެ މުވައްޒަފަކު ކޯހަށް ފޮނުވުމުގެ ކަންތައް އެ ކޯޓަކުން ނުވަތަ އެ އިދާރާއަކުން ކުރިއަށް ގެންދަންވާނެއެވެ.
170 ވަނަ މާއްދާ - ކުރުމުއްދަތުގެ ކޯސްތަކުގައި މުވައްޒަފުން ބައިވެރި ކުރުން
(ހ) ކުރުމުއްދަތުގެ ކޯސްތަކާއި، ޓްރޭނިންގ، ސެމިނަރ، ވާރކްށޮޕް، ސްޓަޑީޓުއަރގައި މުވައްޒަފުން ބައިވެރިކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ އެ ކޯޓަކުން ނުވަތަ އެ އިދާރާއަކުންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން މެދުވެރިކޮށް ދައުލަތުގެ އެހެން އިދާރާއަކުން ހަމަޖައްސަންޖެހޭ ތަމްރީން ޕްރޮގްރާމެއްނަމަ، އެ ތަމްރީނު ޕްރޮގްރާމެއް ހަމަޖައްސާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. މި ތަމްރީނު ޕްރޮގްރާމުގައި މުވައްޒަފުން ބައިވެރިކުރާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހުއެވެ.
- ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތް ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ކޯޓަށް ނުވަތަ އިދާރާއަށް ބޭނުންވާ ތަމްރީނެއް ކަމުގައިވުން.
- ތަމްރީނުކުރަން ފޮނުވާ މީހަކީ، އެ ތަމްރީނެއް ފުރިހަމަކުރެވޭ ފެންވަރު ހުރި މީހެއް ކަމުގައިވުމާއި، އެ ފަދަ ތަމްރީނެއް ފުރިހަމަކުރުމަށް އުމުރުގެ ގޮތުންނާއި ސިއްހީ ގޮތުން އެކަށީގެންވާ މީހެއް ކަމުގައިވުން.
-
އެ ތަމްރީނެއް އޮންނަ ދުވަސްވަރާއި، ފުށުއަރާގޮތަށް އެހެންކަމެއްގެ ތަމްރީނަށް ފޮނުވަން ހަމަޖެހިފައިވާ މީހެއްކަމުގައިވުން،
-
ކުރިން ތަމްރީނަކަށް ފޮނުވިފައިވާ މީހަކުނަމަ، އެތަމްރީނުކުރެވޭ ދާއިރާއިން ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތުގައި ހިއްސާކޮށްފައިވާ މިންވަރަށް ރިއާޔަތްކުރުން.
(ށ) އަމިއްލަ ހަރަދުގައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އެފުރުސަތު ދިނުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.
171 ވަނަ މާއްދާ - ގައުމީ ސަނަދު އޮނިގަނޑަށްދޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކުރުން
ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ތަމްރީނު ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރާނީ ތިރީގައިމިވާ ކަންތައްތަކަށް ރިއާޔަތްކޮށްގެންނެވެ:
(ހ) ށަރްއީދާއިރާއިން ކުރިއަށްއޮތް އަހަރަށް ބޭނުންވާ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ކޯސްތައް ހިނގާ އަހަރުގެ ޖުލައިމަސް ހުސްވުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ. އެކޯޓަކުން ނުވަތަ އިދާރާއަކުން ބޭނުންވާ ކޯސްތައް ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 22 ގައިވާ ށަރްއީދާއިރާގެ މީހުން ތަމްރީނުކުރަން ބޭނުންވާ ކޯސްތަކުގެ މައުލޫމާތު ފޯމުންނެވެ.
(ށ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވާ މީހުން ތަމްރީނުކުރަން ބޭނުންވާ ކޯސްތަކުގެ މައުލޫމާތު ފޯމުގައިވާ ކޯސްތައް ށަރްއީދާއިރާގެ ސްކޮލަރށިޕް ބޯޑުން ބެލުމަށްފަހު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހުއްދަދޭ ކޯސްތައް، ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ކޯޓުތަކަށާއި އިދާރާތަކަށް އަންގަންވާނެއެވެ.
(ނ) ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ކޯސްތަކުގައި ބައިވެރިކުރުމަށް މުވައްޒަފުން ހޯދާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ށަރްއީދާއިރާގެ ތެރޭގައި އިއުލާނުކޮށްގެންނެވެ.
(ރ) ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ކޯސްތަކަށް މުވައްޒަފުން ހޮވާނީ އެކަމަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތައުލީމީ ފެންވަރަށާއި، މުވައްޒަފު އެހައިތަނަށް ށަރްއީދާއިރާގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއި، މުއްދަތަށާއި އަދި އެމުވައްޒަފެއްގެ މަސައްކަތުގެ އަހުލާގު ހުންނަގޮތް ބެލުމަށްފަހު ށަރްއީދާއިރާގެ ސްކޮލަރށިޕް ބޯޑުންނެވެ.
(ބ) ކޯހުގައި ފޮނުވާނެ މުވައްޒަފަކު ކަނޑައެޅުމުން އެމުވައްޒަފަކު ކޯހަށް ފޮނުވުމުގެ ކަންތައް އެކޯޓަކުން ނުވަތަ އެއިދާރާއަކުން ކުރިއަށް ގެންދަންވާނެއެވެ.
172 ވަނަ މާއްދާ - ކުރިން ތަމްރީނެއްގައި ބައިވެރިކޮށްފައިވާ މުވައްޒަފަކު ތަމްރީނެއްގައި ބައިވެރިކުރުން
ކުރިން ތަމްރީނެއްގައި ބައިވެރިވެފައިވާ މުވައްޒަފަކު ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިކުރާކަމުގައިވާނަމަ، ކުރީގައި އެމުވައްޒަފަކު ބައިވެރިވި ޕްރޮގްރާމެއްގެ މުއްދަތަށް ބަލައި އެމުވައްޒަފަކު ބައިވެރިކުރާނީ ތިރީގައިވާ އުސޫލުންނެވެ.
(ހ) 1 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަމްރީނެއްގައި ބައިވެރިކުރެވިފައިވާ މުވައްޒަފެއްނަމަ އެ ތަމްރީނެއް ފުރިހަމަކޮށްގެން އައުމަށްފަހު، 1 (އެކެއް) އަހަރު ވެފައިވުން.
(ށ) 6 (ހަޔެއް) މަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތެއްގެ ތަމްރީނެއްގައި ބައިވެރިކުރެވިފައިވާ މުވައްޒަފެއްނަމަ އެ ތަމްރީނެއް ފުރިހަމަ ކޮށްގެން އައުމަށްފަހު، 6 (ހަޔެއް) މަސްވެފައިވުން.
(ނ) 6 (ހަޔެއް) މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ތަމްރީނެއްގައި ބައިވެރިކުރެވިފައިވާ މުވައްޒަފެއްނަމަ، އެ ތަމްރީނެއް ފުރިހަމަ ކޮށްގެން އައުމަށްފަހު 3 (ތިނެއް) މަސް ވެފައިވުން.
(ރ) މި މާއްދާގެ (ނ) ގެ ނަންބަރު 1، 2، 3 ގައި ބުނެވިފައިވާ މުއްދަތުތައް ބަލާނީ، އެމީހަކު ބައިވެރިވި ތަމްރީނެއް ނިންމައި އެކަން ކޯޓަށް ނުވަތަ އިދާރާއަށް އެންގި ތާރީހާއި، އެމީހަކު ބައިވެރިކުރާ ތަމްރީން ޕްރޮގްރާމް ފެށޭ ތާރީހާ ދެމެދު އެއީ ޕްރޮގްރާމުގެ މުއްދަތު ކަމުގައި ބަލައިގެންނެވެ.
(ބ) ށަރްއީދާއިރާއަށް އަލަށް ވަންނަ މުވައްޒަފުން ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިކުރެވޭނީ މުވައްޒަފުން، ބައިވެރިކުރާ ތަމްރީން ޕްރޮގްރާމާ ގުޅޭ ށަރްއީދާއިރާގެ ވަޒީފާގައި މަދުވެގެން 1 (އެކެއް) އަހަރު ހޭދަކުރުމުންނެވެ. ނަމަވެސް މަގާމުގެ މަސައްކަތުގެ ބާވަތުން، މުވައްޒަފުން ވަޒީފާ އަދާކުރާތާ 1 (އެކެއް) އަހަރު ނުވިކަމުގައިވީނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެމުވައްޒަފަކު ކޯހަށް ފޮނުވުމަށް ހުށަހެޅިދާނެއެވެ.
- މަގާމުގެ މަސައްކަތުގެ ބާވަތުން ތަމްރީނުދޭ ގޮތަށް ހަމަޖެހިގެން އުފައްދާ މަގާމުތަކަށް ލައްވާ މުވައްޒަފުން.
- ވަޒީފާގެ އެއްބަސްވުމުގައި ހިމެނިގެން ފުރިހަމަކުރުމަށް ލާޒިމްކުރާ ތަމްރީނުތައް.
(ޅ) ތަމްރީނު ޕްރޮގްރާމަށް ހޮވިފައިވާ މުވައްޒަފަކީ ވަޒީފާ އަދާކުރުމުގައި ވޭތުވެ ދިޔަ 2 (ދޭއް) އަހަރުގެ ދުވަހުގެ ތެރޭގައި ތަކުރާރުކޮށް އިސްލާހީ ފިޔަވަޅު އަޅާފައިވާ ނުވަތަ އިސްލާހީ ފިޔަވަޅެއްގެ ގޮތުން އިންޒާރުކުރެވިފައިވާ މުވައްޒަފެއްނަމަ، އޭނާއަށް އެތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
(ކ) ތަމްރީނުގައި ބައިވެރިކުރުމާ ބެހޭގޮތުން، ރާއްޖޭގައި ކުރަންޖެހޭ ހަރަދުތައް، ކޯޓުގެ ނުވަތަ އިދާރާގެ ބަޖެޓުން ކުރެވެން ހުރިނަމަ، އެހަރަދުތައް ކުރަންވާނެއެވެ. ކޯޓުގެ ނުވަތަ އިދާރާގެ ބަޖެޓުން ހަރަދުކުރެވެން ނެތްނަމަ އެ ހަރަދުތައް އެ މުވައްޒަފަކު ކުރުމަށް އެއްބަސްވާނަމަ، އެކަން އެގޮތަށް ހަމަޖައްސައިދެވޭނީ މިގަވާއިދާ ހިލާފުނުވާގޮތެއްގެ މަތިންނެވެ.
(އ) ތަމްރީން ހޯދަން ފުރުސަތު ދިނުމުގައި ހުރިހާ މުވައްޒަފުން ހަމަހަމަވާ އުސޫލަކުން ވީހާ ގިނަ ބަޔަކަށް ފުރުސަތު ލިބިގެންދާނެ ގޮތެއްގެ މަތިން، ތަމްރީނު ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރި ކުރަމުން ގެންދަންވާނެއެވެ.
(ވ) ކުރު މުއްދަތުގެ ކޯސް، ޓްރެއިނިންގ، ސެމިނަރ، ވަރކްށޮޕް، ސްޓަޑީޓުއަރ ފަދަ ކަންކަމުގައި މުވައްޒަފަކު ބައިވެރިކުރަން ބޭނުންވެއްޖެ ހިނދެއްގައި، ބައިވެރިކުރާނެ މުވައްޒަފަކު ކަނޑައަޅާނީ އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ހިޔުމަން ރިސޯސް ކޮމިޓީންނެވެ. އެފަދަ ކޮމިޓީއެއް އެކުލަވާލެވިފައިނެތް ކޯޓެއް ނުވަތަ އިދާރާއެއްގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ހިޔުމަން ރިސޯސް ކޮމިޓީންނެވެ.
(މ) ކުރުމުއްދަތުގެ ކޯސް، ޓްރެއިނިންގ، ސެމިނަރ، ވަރކްށޮޕް، ސްޓަޑީޓުއަރ ފަދަ އެކިއެކި ފަރާތްތަކުގެ އެހީގައި ހުރިހާ ހަރަދެއް ލިބޭގޮތަށް ހަމަޖެހިފައިނުވާ ޕްރޮގްރާމެއްގައި މުވައްޒަފަކު ބައިވެރިކުރަން ކޮންމެހެން ބޭނުންވެއްޖެނަމަ އެކަން ކުރާނީ އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އެކޯޓަކުން ނުވަތަ އެއިދާރާގެ ބަޖެޓުން އެހަރަދެއް ކުރެވެން ހުރިނަމައެވެ.
173 ވަނަ މާއްދާ - ތަމްރީނުގައި ބައިވެރިވާ މުވައްޒަފުން އިގުރާރު ކުރުން
(ހ) މުވައްޒަފުން ތަމްރީން ކުރަންވާނީ ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް ނުވަތަ އެ މުވައްޒަފު ތަމްރީންކުރުމަށް ހަރަދުކުރި ކޯޓަކަށް ނުވަތަ އިދާރާއަކަށް ހިދުމަތްކުރުމަށް، އިގްރާރު ކޮށްގެންނެވެ. އިގްރާރު ކުރުވާނީ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ނުވަތަ 30 (ތިރީސް) ދުވަހަށްވުރެ ދިގުމުއްދަތުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ މުވައްޒަފުންނެވެ. ތަމްރީންގައި ބައިވެރިވާ މުވައްޒަފު އިގްރާރު ކުރުވާނީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. މި ގަވާއިދުގެ ޖަދުވަލު 23 ގައި "ތަމްރީނުގައި ބައިވެރިވާ މީހުންގެ އިގްރާރު" އޮންނާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް ބައިނަލްއަގްވާމީ ފެންވަރެއްގައި ގަބޫލުކުރާ ފަންނީ ސެޓްފިކެޓެއް ހާސިލުކުރުމަށް ކޯޓުން ނުވަތަ އިދާރާއިން ހަރަދުކޮށްގެން މުވައްޒަފަކު ބައިވެރިކުރާނަމަ އެމުވައްޒަފަކާ އެމުވައްޒަފު ބައިވެރިކުރާ ކޯޓު ނުވަތަ އިދާރާއާ ދެމެދު މިމާއްދާގެ (ހ) ގައިވާ އިގްރާރު ކުރަންވާނެއެވެ.
174 ވަނަ މާއްދާ - ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަކުރުން
ކުރުމުއްދަތުގެ ކޯސްތަކާއި ދިގުމުއްދަތުގެ ކޯސްތަކުގައި މުވައްޒަފުން ބައިވެރިވާއިރު އެމުވައްޒަފުންގެ ވަޒީފާއާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.
(ހ) 3 (ތިނެއް) މަސްދުވަހުގެ ނުވަތަ އެއަށްވުރެ ކުރު މުއްދަތުގެ ކޯހެއްގައި ކޯޓުގެ ނުވަތަ އިދާރާގެ ފަރާތުން މުވައްޒަފަކު ބައިވެރިކުރާނަމަ، ބައިވެރިކުރާނީ ވަޒީފާއިން ވަކިނުކޮށް މުސާރައާއި އިނާޔަތްތައް ކަނޑައެޅިފައިވާ އުސޫލުން ލިބޭގޮތަށެވެ. އަދި ކޯސް ފޯމް އޮފީހުން ފުރިގެން ކޯހަށް އެނބުރި އައިސް ވަޒީފާއަށް ނުކުންނަ ދުވަހާ ދެމެދުގައިވާ މުއްދަތު، ށަރުއީ ދާއިރާއަށް ހިދުމަތްކުރި މުއްދަތު ކަމުގައި ބެލެވޭނެއެވެ.
(ށ) ދައުލަތުން ގަބޫލުކުރާ މަރުކަޒަކުން ހިންގާ 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ކޯހެއްގައި، ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން ކޯޓުން ނުވަތަ އިދާރާއިން ހަރަދުކޮށްގެން ކޯޓުގައި ނުވަތަ އިދާރާގައި ވަޒީފާ އަދާކުރަމުން މުވައްޒަފަކު ބައިވެރިކުރެވިދާނެއެވެ. ނަމަވެސް މިގޮތުން މުވައްޒަފަކު ކޯހެއްގައި ބައިވެރިކުރަންވާނީ ތިރީގައިވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތް ކުރުމާއެކު އެކޯޓެއްގެ ނުވަތަ އިދާރާއެއްގެ ހިއުމަން ރިސޯސް ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.
- ށަރްއީދާއިރާގެ ރަސްމީގަޑި ނޫން ގަޑިތަކުގައި ކިޔެވުން އޮންނަ ނުވަތަ މުވައްޒަފަކު މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ޑިއުޓީ ވަގުތުނޫން ވަގުތެއްގައި ކިޔެވެން އޮންނަ ގައުމީ ސަނަދުގެ އޮނިގަނޑަށްފެތޭ ތަމްރީނު ޕްރޮގްރާމެއް ކަމުގައިވުން.
- ށަރްއީދާއިރާގެ ޓްރޭނިންގ ރިކުއަރމަންޓްގައި ހިމެނިފައިވާ ނުވަތަ އެމުވައްޒަފަކު އަދާކުރާ ވަޒީފާއާގުޅޭ ތަމްރީނު ޕްރޮގްރާމެއް ކަމުގައިވުން.
- އެއަހަރެއްގެ ބަޖެޓުން އެކަމަށް ކަނޑައެޅިފައިވާ ފައިސާ ހަރަދުކުރެވެން ހުރުން.
- ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކުރާނޭ ފަރާތެއް ހޯދުމަށް ކޯޓުގައި ނުވަތަ އިދާރާގައި އާންމުކޮށް އިއުލާން ކުރުމާއެކު، ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިފައިވާ މުވައްޒަފުންގެ ތެރެއިން ކޯހުގައި ބައިވެރިކުރާނޭ ފަރާތެއް ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ހޮވުން.
- މުވައްޒަފުން ކޯހުގައި ބައިވެރިވުމުން، މިގަވާއިދުގެ 173 ވަނަ މާއްދާގައިވާ އިގްރާރުގައި ސޮއިކުރުވުން. މި އިގްރާރުގައި ކޯހުގައި ބައިވެރިވުމުގެ ސަބަބުން ކޯޓުގެ ނުވަތަ އިދާރާގެ ރަސްމީ ގަޑީގައި ނުވަތަ ނުރަސްމީ ގަޑީގައި ނަމަވެސް، އަދާކުރާ ވަޒީފާގައި މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކަށް އުނިކަމެއް ނާންނާނެ ކަމަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- ކޯހުގައި ބައިވެރިކުރާ މުވައްޒަފަކީ އެކޯހެއް ފުރިހަމަކުރުމުގެ ފެންވަރާއި، އުމުރާއި ސިއްހީގޮތުން އެފަދަކޯހެއް ފުރިހަމަ ކުރެވޭވަރުގެ މުވައްޒަފެއް ކަމުގައިވުން.
- ކޯހުގައި ބައިވެރިކުރާ މުވައްޒަފަށް ތަމްރީނު ލިބިއްޖެނަމަ، ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިދޭނެފަދަ މުވައްޒަފެއް ކަމުގައިވުން.
(ނ) ވަޒީފާ އަދާކުރަމުން ކުރުމުއްދަތުގެ ކޯސްތަކާއި ދިގުމުއްދަތުގެ ކޯސްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމުގެ ކޮންމެ ސެމިސްޓަރެއްގެ އިމްތިހާނު ފެށުމުގެ ކުރިން 7 ދުވަހުގެ ސްޓަޑީ ލީވެއް ބަންދުދުވަސްތައް ހިމަނައިގެން މުސާރަ ލިބޭގޮތަށް ދެވިދާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް 3 (ތިނެއް) މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ކޯހެއްގައި ކޯޓުގެ ނުވަތަ އިދާރާގެ ފަރާތުން މުވައްޒަފަކު ބައިވެރިކުރާއިރު، އެމުވައްޒަފެއްގެ ވަޒީފާއާމެދު އަންނަނިވި ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.
- ބައިވެރިކުރި ކޯހުގެ މައުލޫމާތާއެކު، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް، އެކޯޓަކުން ނުވަތަ އެއިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
- މުވައްޒަފުގެ ހިދުމަތުގެ މުއްދަތު ބަލަންވާނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ އަދާކުރި މުއްދަތު، ކޯސް ނިންމާފައި އައިސް އަލުން ވަޒީފާ އަދާކުރަންފަށާ ދުވަހާ ގުޅުވައިގެންނެވެ. އަދި ކޯހުގައި ބައިވެރިކުރި ދުވަހުން ފެށިގެން، ކޯހުން އެނބުރި އައިސް ވަޒީފާއަށް ނުކުންނަ ދުވަހާ ދެމެދުގައިވާ ދުވަސްތައް، ށަރްއީދާއިރާއަށް ހިދްމަތް ކުރި މުއްދަތެއް ކަމުގައެއް ނުގުނޭނެއެވެ.
175 ވަނަ މާއްދާ - އަމިއްލަގޮތުން ކޯސްތަކުގައި ބައިވެރިވުން
ށަރްއީދާއިރާގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނޭ ކޯސްތަކުގަޔާއި، މުވައްޒަފު އަދާކުރާ ވަޒީފާއާގުޅޭ ކޯސްތަކުގައި އަމިއްލަގޮތުން މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން އަމިއްލަ ހަރަދުގައި ކޯސް ފުރިހަމަކުރަންއެދޭ މުވައްޒަފުންނަށް ފުރުސަތު ދޭންވާނީ މިގަވާއިދުގެ 158 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
176 ވަނަ މާއްދާ - ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު ވަޒީފާއަށް ނިކުތުން
(ހ) ތަމްރީނު ޕްރޮގްރާމަކަށް ވީއްލާފައިވާ މުވައްޒަފުން ކޯސް ނިމުމުން ވަޒީފާއަށް ނިކުތުމުގައި އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- ރާއްޖެއިން ބޭރުގައި ތަމްރީނުކުރެވޭ މީހެއްނަމަ ކޯސް ނިމުމުން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރާއްޖެއަށް އެނބުރި އައިސް އެކަން ކޯޓަށް ނުވަތަ އިދާރާއަށް އެންގުން.
- ރާއްޖޭގައި ތަމްރީނުކުރެވޭ މީހެއްނަމަ ކޯސް ނިމުމުން ގިނަވެގެން 7 (ހަތެއް) ދުވަހުގެތެރޭގައި އެކަން ކޯޓަށް ނުވަތަ އިދާރާއަށް އެންގުން.
(ށ) ކޯސް ނިމިގެން އެކަން ކޯޓަށް ނުވަތަ އިދާރާއަށް އަންގާއިރު ކޯހުގެ ސެޓިފިކެޓް ގެންނަންވާނެއެވެ. ސެޓިފިކެޓް ނުލިބުނުނަމަ، ކިޔެވި މަރުކަޒުން ނުވަތަ ކޯސް ހިންގުމާބެހޭ ރަސްމީފަރާތުން ދީފައިވާ އެމީހަކު ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއި ފަހު ސެމިސްޓަރގެ ނަތީޖާ ށީޓް ގެންނަންވާނެއެވެ.
177 ވަނަ މާއްދާ - ތަމްރީނު ޕްރޮގްރާމަށް ފޮނުވާ ފަރާތްތަކަށް ރިޒަރވްކުރެވޭ މަގާމް
(ހ) ދައުލަތަށް ހިދުމަތް ކުރުމަށް ބޮންޑުކޮށް، ށަރުއީދާއިރާގެ މަގާމަކަށް ހާއްސަ ކުރެވިގެން ކޯސްތަކުގައި ބައިވެރިކުރާ މުވައްޒަފުން، އެމުވައްޒަފަކު ފުރިހަމަކުރާ ކޯސް ފުރިހަމަކުރުމަށްފަހު، އެނބުރި އައިސް ގުޅޭނެ ށަރުތު ފުރިހަމަވާ މަގާމު އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އޮނިގަނޑުގައި ރިޒާވްކޮށްފައި ބާއްވަންވާނެއެވެ.
(ށ) ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް ބޮންޑުކޮށް، ށަރުއީދާއިރާގެ މަގާމަކަށް ހާއްސަ ކުރެވިގެން ކޯހެއް ފުރިހަމަކުރާ މީހާއަށް ރިޒާވްކުރާ މަގާމާބެހޭ މައުލޫމާތު، މިގަވާއިދުގެ ޖަދުވަލު 24 ގައިވާ "ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން ތަމްރީނުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ފޯމު" ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، އެމުވައްޒަފަކު ށަރުއީދާއިރާއަށް ހިދުމަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ނ) ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް އިގުރާރުކޮށްފައިވާ މުވައްޒަފަކަށް ރިޒާވްކޮށްފައިވާ މަގާމު، އެމުވައްޒަފަކު ކޯސް ނިމިގެން އެނބުރި ވަޒީފާއަށް ނުކުންނަންދެން ރިޒާވްކޮށްފައި އޮންނަ މުއްދަތުގައި، މިގަވާއިދުގެ 10 ވަނަ ބާބުގައިވާ ގޮތުގެމަތިން، ވަގުތީގޮތުން އެމަގާމުގައި އެހެން މުވައްޒަފަކު ގެންގުޅެވިދާނެއެވެ.
(ރ) ކޯސްނިންމި މުވައްޒަފު ކިޔެވި މަރުކަޒުން ނުވަތަ ކޯސް ހިންގުމާބެހޭ ރަސްމީފަރާތަކުން އެމީހަކު ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއި ފަހު ސެމިސްޓަރގެ ނަތީޖާ ށީޓް ހުށަހެޅުމުން، އެ ލިޔުންތައް ކޯޓަށް ނުވަތަ އިދާރާއަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމީހަކަށް ރިޒަރވްކުރެވިފައިވާ މަގާމަށް އެމީހަކު ނެރެންވާނެއެވެ. އެމީހަކު ނެރެންވާނީ ކޯޓު ނުވަތަ އިދާރާއާ އެމުވައްޒަފަކާ ދެމެދުގައި ކުރެވޭ މަސައްކަތު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ރިޒަރވްކޮށްފައިވާ މަގާމުގެ ފެންވަރުގައި ސެޓްފިކެޓް އެކްރެޑިޓްކުރުމުން ވަޒީފާގައި ގެންގުޅެން ފެށިތާރީހުން ފެށިގެން ވަޒީފާ ދާއިމީ ކުރެވޭނެކަމާއި، ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިއްޖެނަމަ، އެއްބަސްވުން އުވާލެވޭނެކަމާއި އެނެރެވުނު ވަޒީފާއިން ދޫކޮށްލެވޭނެކަން ބަޔާންކުރަންވާނެއެވެ.
(ބ) ރިޒަރވްކޮށްފައިވާ މަގާމަށް ކޯސް ފުރިހަމަކުރާ މުވައްޒަފު ހަމަޖެއްސޭނީ ފުރިހަމަކުރި ކޯހުގެ އެކްރިޑެޓް ކުރެވިފައިވާ ސެޓްފިކެޓް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައެވެ.
178 ވަނަ މާއްދާ - ރިޒަރވްކުރެވުނު މަގާމު ހަމަޖައްސައި ނުދެވޭނެ ހާލަތްތައް
(ހ) ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް އިގުރާރުކޮށްގެން، ތަމްރީންކުރާ މުވައްޒަފަކަށް ރިޒަރވްކުރި މަގާމު އަންނަނިވި ހާލަތްތަކުގައި ހަމަޖައްސައެއް ނުދެވޭނެއެވެ.
- ކޯސް ފުރިހަމަ ނުކުރުން.
- ކޯހުން ފާސްވިކަމުގެ ލިޔުން ހުށަހަޅާފައި ނެތުން.
- އަމިއްލައަށް ކޯސް ބަދަލުކުރުން.
- މުވައްޒަފަކު ހިދުމަތްކުރަންޖެހޭ މުއްދަތު، ފަނޑިޔާރުކަމުގެ ތަމްރީން ހޯދުމަށް ފަސްކުރެވިފައިވަނިކޮށް އެމުވައްޒަފަކު އެނޫން އެހެން ތަމްރީނެއް ހޯދުން.
(ށ) ށަރުއީދާއިރާ މެދުވެރިވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ މުވައްޒަފުން، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ތަމްރީން ފުރިހަމަނުކޮށްފިނަމަ، އެމުވައްޒަފަކު ކޯހުގައި ފޮނުވި ކޯޓަކުން ނުވަތަ އިދާރާއަކުން އެކަން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ. މިފަދަ ހާލަތުގައި އަމަލުކުރާނެގޮތް، ޑިޕާޓްމަންޓ އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެންގުމުން، ކޯޓުގެ ނުވަތަ އިދާރާގެ ފަރާތުން އެގޮތަކަށް އެ މުވައްޒަފަކާ މެދު އަމަލު ކުރަންވާނެއެވެ.
179 ވަނަ މާއްދާ - ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނު ނުވަތަ ކޯސް ފުރިހަމަކުރުމަށްފަހު ށަރުއީދާއިރާއަށް ހިދުމަތްކުރުން
(ހ) ށަރުއީދާއިރާއިން ބާއްވާ ތަމްރީން ކޯސްތަކުގައި ބައިވެރިވާ މީހުންނާއި، އެކިއެކި ސްކޮލަރށިޕް، ފެލޯށިޕް، ޓްރޭނިންގގެ ކޯހަށް ށަރުއީދާއިރާގެ ފަރާތުން ފޮނުވާ މީހުން ށަރުއީދާއިރާއަށް ހިދުމަތްކުރަން ޖެހޭނެއެވެ.
(ށ) ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް އިގުރާރުވެފައިވާ މުވައްޒަފަކު އަމިއްލަ ގޮތުން ނުވަތަ އެހެން ގޮތަކުން ކޯހެއް ފުރިހަމަ ކުރިކަމުގައިވިޔަސް، އެނބުރި އައިސް ފުރަތަމަ އަދާކުރަންޖެހޭނީ ށަރުއީދާއިރާއަށް އޮތް ބޮންޑެވެ.
(ނ) ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނުދެވޭ މުވައްޒަފުން، އެމުވައްޒަފަކަށް ތަމްރީނު ދެވުނު މުއްދަތަކާ ގުޅޭގޮތުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތިން ށަރުއީދާއިރާއަށް ހިދުމަތް ކުރަންވާނެއެވެ.
- ކޯހުގެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 6 (ހައެއް) މަސްދުވަސް ނުވަތަ 3 (ތިނެއް) މަހާއި 6 (ހައެއް) މަހާ ދެމެދު މުއްދަތެއްނަމަ، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 1 (އެކެއް) އަހަރު ދުވަސް ނުވަތަ 6 (ހައެއް) މަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 2 (ދޭއް) އަހަރު ދުވަސް ނުވަތަ 1 (އެކެއް) އަހަރާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، 4 (ހަތަރު) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 4 (ހަތަރު) އަހަރު ދުވަސް ނުވަތަ 2 (ދޭއް) އަހަރާއި 4 (ހަތަރު) އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 5 (ފަހެއް) އަހަރަށް ވުރެ ދިގު މުއްދަތެއްނަމަ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް.
(ރ) ށަރުއީދާއިރާއަށް ހިދުމަތް ކުރަންޖެހި، އެހިދުމަތް ކުރަންޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވައި އެހެން ކޯހެއްގައި ބައިވެރިވެގެން ނުވަތަ އެނޫންވެސް ގޮތަކުން ށަރުއީދާއިރާއަށް ހިދުމަތް ކުރަންޖެހޭ މުއްދަތަށް ބަދަލެއް އަންނަގޮތް ދިމާވެއްޖެނަމަ، އެމީހަކު ހިދުމަތް ކުރަންޖެހޭނީ ކުރިން ހިދުމަތް ކުރަންޖެހިފައިވާ މުއްދަތުން ބާކީ އޮތް ދުވަހަށް ބަލައި، މިދެބައިގެ ތެރެއިން ބޮޑު ބަޔަކަށެވެ.
(ބ) ތަމްރީން ކޯހުގައި ބައިވެރިވުމާ ގުޅިގެން މުވައްޒަފުގެ ހިދުމަތުގެ މުއްދަތު ގުނަންފަށާނީ ތިރީގައި މިވާގޮތުގެ މަތިންނެވެ.
- ވަޒީފާއިން ވަކިވެފައިނުވާނަމަ، ތަމްރީން ޕްރޮގްރާމް ނިމުނު ތާރީހުން ފެށިގެން.
- ވަޒީފާއިން ވަކިވެފައިވާނަމަ، ވަޒީފާ އަދާކުރަންފަށާ ތާރީހުން ފެށިގެން.
(ޅ) ށަރުއީދާއިރާއަށް ހިދުމަތްކުރަން ބޮންޑްކުރެވިފައިވާ މުވައްޒަފަކު ބޮންޑުގެ މުއްދަތުގެ ތެރޭގައި ށަރީއަތަށް ކުށް ސާބިތުވެ، އެކުށުގެ އަދަބުގައި ހައްޔަރުވެއްޖެނަމަ، ހައްޔަރުވެފައި ހުންނަ ދުވަސްތައް ހިދުމަތް ކުރުމަށް އޮންނަ ބޮންޑުގެ މުއްދަތުގެ ތެރެއަކުން ނުކެނޑޭނެއެވެ. ހައްޔަރުވީއިރު ށަރުއީދާއިރާއަށް ހިދުމަތް ކުރަންޖެހިފައިވާ މުއްދަތުން ބާކީ އޮތްބައި ކެނޑެން ފަށާނީ އަލުން ށަރުއީދާއިރާއަށް ހިދުމަތްކުރަން ފެށުމުންނެވެ.
(ކ) ރާއްޖޭގައި ހިންގާ ކޯސްތަކުގައި ބައިވެރިވާ މީހުން ހިދުމަތް ކުރަންޖެހޭ މުއްދަތު، ތިރީގައި އެވަނީއެވެ.
- ކޯހުގެ މުއްދަތަކީ، 30 (ތިރީސް) ދުވަސް ނުވަތަ، 30 (ތިރީސް) ދުވަހާއި 6 (ހައެއް) މަސް ދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 12 (ބާރަ) މަސް ދުވަސް ނުވަތަ، 6 (ހައެއް) މަހާއި 12 (ބާރަ) މަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 18 (އަށާރަ) މަސް ދުވަސް ނުވަތަ، 12 (ބާރަ) މަހާއި 18 (އަށާރަ) މަހާ ދެމެދުގެ މުއްދަތެއްނަމަ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް.
- ކޯހުގެ މުއްދަތަކީ، 18 (އަށާރަ) މަސް ދުވަހަށްވުރެ ދިގު މުއްދަތެއްނަމަ، 4 (ހަތަރު) އަހަރު ދުވަހުގެ މުއްދަތަށް.
180 ވަނަ މާއްދާ - ށަރުއީދާއިރާއަށް ހިދުމަތްކުރަންޖެހޭ މީހުން، ހިދުމަތް ނުކުރުމުން އެމީހުންނާމެދު އަމަލުކުރާގޮތް
(ހ) ށަރުއީދާއިރާއަށް ހިދުމަތް ކުރަންޖެހޭ މުވައްޒަފަކު، އެމީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތް ނުކޮށްފިނަމަ، ގާނޫނު ނަންބަރު 1976-29 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތްކުރުމާބެހޭ ގާނޫނު) އާއި މިގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ށ) ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް އިގްރާރުވެގެން ކިޔަވާ މުވައްޒަފުންގެ ތެރެއިން ކޯހުން ފޭލްވާ މުވައްޒަފުންނާއި ކޯހުގެ މެދުތެރެއިން ކޯސް ދޫކޮށްލާ މުވައްޒަފުންނާމެދު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
- ކޯހަށް ހިނގި ހަރަދާއި ޕޮކެޓްމަނީއާއި ދަތުރު ހަރަދުގެ ތެރެއިން ށަރުއީދާއިރާއިން ކޮށްފައިވާ ހަރަދު އަނބުރައި ދެއްކުން. މިފައިސާ ދައްކާނީ ހިދުމަތްކުރުމަށް އިގްރާރުވެފައިވާ މުއްދަތަށް ބަހާލައިގެން.
- މި އަކުރުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފައިސާ ނުދައްކައިފިނަމަ، އެފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން. އަދި އިގްރާރުވެފައިވާ މުއްދަތުގެ ތެރޭގައި ށަރުއީދާއިރާއިން ވަޒީފާއެއް ހަމަޖައްސައިނުދިނުން.
(ނ) ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް އިގްރާރުވެގެން ކޯސް ފުރިހަމަކުރުމަށްފަހު، ވަޒީފާއަށް ނިކުމެ ހިދުމަތްކުރުމަށް ބޭނުންނުވާތީ، ވަޒީފާގައި ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
- މިގަވާއިދުގެ 21 ވަނަ ބާބުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އެޅުން.
- މިއަކުރުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅުތައް އަޅައި އެއަށްފަހު ވަޒީފާއިން ވަކިކުރާއިރު، ކޯހަށް ހިނގި ހަރަދާއި ޕޮކެޓްމަނީއާއި ދަތުރު ހަރަދުގެ ތެރެއިން ށަރުއީދާއިރާއިން ކޮށްފައިވާ ހަރަދު އަނބުރައި ށަރުއީދާއިރާއަށް ދެއްކުން. މިފައިސާ ދައްކާނީ ހިދުމަތްކުރުމަށް އިގްރާރުވެފައިވާ މުއްދަތަށް ބަހާލައިގެންނެވެ.
- މި އަކުރުގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފައިސާ ނުދައްކައިފިނަމަ، އެފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަދި އިގްރާރުވެފައިވާ މުއްދަތުގެ ތެރޭގައި ށަރުއީދާއިރާއިން ވަޒީފާއެއް ހަމަޖައްސައިނުދިނުން.
(ރ) ށަރުއީދާއިރާއަށް ހިދުމަތްކުރުމަށް އިގްރާރުކޮށްގެން ކޯސް ފުރިހަމަކުރުމަށްފަހު، ހިދުމަތްކުރަންޖެހޭ މުއްދަތު ފުރިހަމަނުކޮށް ފައިސާ ދައްކައި ވަޒީފާއިން ވަކިވާންބޭނުންވާ މުވައްޒަފުންނާމެދު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
- ކޯހަށް ހިނގި ހަރަދާއި ޕޮކެޓްމަނީއާއި ދަތުރު ހަރަދުގެ ތެރެއިން ށަރުއީދާއިރާއިން ކޮށްފައިވާ ހަރަދު އަނބުރައި ދެއްކުން. މިފައިސާ ދައްކާނީ ހިދުމަތްކުރުމަށް އިގްރާރުވެފައިވާ މުއްދަތަށް ބަހާލައިގެންނެވެ.
- މި އަކުރުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފައިސާ ނުދައްކައިފިނަމަ، އެފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަދި އިގްރާރުވެފައިވާ މުއްދަތުގެ ތެރޭގައި ށަރްއީދާއިރާއިން ވަޒީފާއެއް ހަމަޖައްސައިނުދިނުން.
(ބ) ށަރްއީދާއިރާއަށް ހިދުމަތްކުރުމަށް އިގްރާރުކޮށްގެން ކޯސް ފުރިހަމަކުރުމަށްފަހު، ހިދުމަތްކުރުމަށް އިންކާރުކުރާ މުވައްޒަފުންނާމެދު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
- މުވައްޒަފަށް އޭނާ ހިދުމަތްކުރަންޖެހޭ މުއްދަތާއި، ހިދުމަތް ކުރި މުއްދަތާއި، ހިދުމަތްކުރަންޖެހޭ މުއްދަތަށް ހިދުމަތްކުރުމަށް އިންކާރުކޮށްފިނަމަ، އޭނާއާމެދު އަޅާނެ ފިޔަވަޅު ލިޔުމުން އެންގުން.
- މުވައްޒަފަށް، މިއަކުރުގެ 1 ވަނަ ނަންބަރުގައިވާ ލިޔުން ފޮނުވުމުން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެލިއުމަށް އިޖާބަ ނުދީފިނަމަ، ކޯހަށް ހިނގި ހަރަދާއި ޕޮކެޓްމަނީއާއި އިތުރު ހަރަދުގެ ތެރެއިން ށަރްއީދާއިރާއިން ކޮށްފައިވާ ހަރަދު އަނބުރައި ދެއްކުމަށް އެންގުން. މިފައިސާ ދައްކާނީ ހިދުމަތްކުރުމަށް އިގްރާރުވެފައިވާ މުއްދަތަށް ބަހާލައިގެންނެވެ.
- މި އަކުރުގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފައިސާ ނުދައްކައިފިނަމަ، އެފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަދި އިގްރާރުވެފައިވާ މުއްދަތުގެ ތެރޭގައި ށަރްއީދާއިރާއިން ވަޒީފާއެއް ހަމަޖައްސައިނުދިނުން.
(ޅ) ށަރްއީދާއިރާއަށް ހިދުމަތްކުރުމަށް އެއްބަސްވެ ސޮއިކުރާ އިގްރާރުގައި މިމާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ކ) ށަރްއީދާއިރާއަށް ހިދުމަތްކުރުމަށް އިގްރާރުކޮށްގެން ކޯސް ފުރިހަމަކުރުމަށްފަހު، ސިއްހީ ހާލަތު ހުރިގޮތުން ހިދުމަތްކުރުމުގެ މުއްދަތު ފުރިހަމަނުކުރެވޭ މުވައްޒަފުންނާމެދު އަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
- މިގަވާއިދުގެ 64 ވަނަ މާއްދާގެ (ހ) ގައިވާ އިނާޔަތްތަކާއެކު ށަރްއީދާއިރާގެ ވަޒީފާއިން ވަކިކުރުން.
181 ވަނަ މާއްދާ - ފަނޑިޔާރުކަމަށް ބޭނުންވާ ތަމްރީނަށްޓަކައި ހިދުމަތްކުރުން ފަސްކުރުން
(ހ) ށަރްއީދާއިރާއިން ސްޕޮންސަރ ކޮށްގެން އިސްލާމީ ށަރީއާ ނުވަތަ ގާނޫނުގެ ރޮނގުން އެޑްވާންސްޑް ޑިޕްލޮމާއިން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވާ ށަރްއީދާއިރާގެ ދާއިމީ މުވައްޒަފެއް ފަނޑިޔާރުކަމާގުޅޭ އަމަލީ ތަޖުރިބާ ހޯދަން އެދިއްޖެނަމަ، އެފަދަ މުވައްޒަފަކު ގިނަވެގެން 2 އަހަރުދުވަހުގެ މުއްދަތަށް ދޫކޮށްލެވިދާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދޫކުރެވޭ މުވައްޒަފު އޭނާހުރި ވަޒީފާއަށް ނުކުތުމަށް ވަޒީފާ އަދާކުރި ކޯޓުގައި އޭނާއަށް ވަޒީފާ ރިޒަރވް ކުރެވިފައެއް ނޯންނާނެއެވެ.
(ނ) ފަނޑިޔާރުކަމާގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް ދޫކުރެވޭ މުވައްޒަފުންގެ ރެކޯޑު، އެމުއްދަތުގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ރ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދޫކުރެވޭ މުވައްޒަފު، ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން ވަޒީފާ ހަމަޖައްސައި ދިނުމަށްއެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ބ) ފަނޑިޔާރުކަމާގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް ދޫކުރެވުނު މުވައްޒަފު، ތަޖުރިބާ ހޯދުމަށްފަހު ވަޒީފާ ހަމަޖައްސައި ދިނުމަށްއެދި ހުށަހަޅާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ށަރްއީދާއިރާގެ ކޯޓަކުން ނުވަތަ އިދާރާއަކުން އޭނާ ކުރިން ހުރި ވަޒީފާއާ އެއްފެންވަރުގެ ވަޒީފާއެއް ހަމަޖައްސައި ދޭންވާނެއެވެ.
(ޅ) މިމާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ވަޒީފާ ހަމަޖެއްސުމުން، އެވަޒީފާއަށް ނިކުތުމަށް އިއުތިރާޒުކޮށްފިނަމަ، އޭނާއާމެދު އަމަލުކުރާނީ މިގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އަދި (ބ) ގައިވާ ގޮތުގެ މަތިންނެވެ.
(ކ) ފަނޑިޔާރުކަމާގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް ދޫކުރެވުނު މުވައްޒަފަށް، މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ވަޒީފާ ހަމަޖައްސައި ނުދެވިއްޖެނަމަ، ދައުލަތުގެ އެހެން މުއައްސަސާއަކުން ވަޒީފާއެއް ހޯދުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.
182 ވަނަ މާއްދާ - ށަރްއީދާއިރާގެ ފަރާތުން ތަމްރީނުވާ މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ށަރްއީދާއިރާގެ މުވައްޒަފުންގެ ތިރީގައިމިވާ މައުލޫމާތު ބަލަހައްޓަމުން ގެންދަންވާނެއެވެ.
- ކޯހާބެހޭ އެންމެހައި މައުލޫމާތު.
- ކޯހާބެހޭގޮތުން ފުރާފައިވާ ފޯމުތަކުގެ ކޮޕީތައް.
- އެމުވައްޒަފެއްގެ ތައުލީމީ ސެޓްފިކެޓްތައް.
- އިގްރާރު.
- އިމްތިހާނުތަކުގެ ނަތީޖާ (ކޮންމެ ސެމިސްޓަރެއް ވަކިން).
- ކޯހުގެ މުއްދަތުގައި ބަދަލުކުރެވޭ ލިއެކިޔުންތައް.
- ކޯހަށް ހިނގާ ހަރަދުގެ ތަފްސީލް.
(ށ) ކޯހުގައި ބައިވެރިކުރާ މުވައްޒަފުންގެ ރެކޯޑު، މިގަވާއިދުގައިވާ ގޮތުގެ މަތިން ހިދުމަތް ކުރުމާއިބެހޭ ރެކޯޑު އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން ބަލަހައްޓަންވާނެއެވެ.
(ނ) ށަރުއީދާއިރާއަށް ހިދުމަތް ކުރުމަށް އިގްރާރުވެ ކޯހުގައި ބައިވެރިވެފައިވާ މުވައްޒަފަކު، ފާސް ނުވެއްޖެނަމަ އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެކޯޓަކުން ނުވަތަ އެއިދާރާއަކުން އަންގަންވާނެއެވެ. އަދި ކޯހުގެ މުއްދަތަށް ބަދަލެއް ގެންނަން ޖެހިއްޖެ މިންވަރަކަށް ގުޅޭގޮތުން ގެންނަންޖެހޭ ބަދަލެއް ގެންނަންވާނީ ކޯހުގައި ފޮނުވި ކޯޓާއި ނުވަތަ އިދާރާއާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ ހުއްދަ ހޯދައިގެންނެވެ.
183 ވަނަ މާއްދާ - ށަރުއީދާއިރާއަށް ހިދުމަތް ކުރަންޖެހޭ މުވައްޒަފުން ދޫކުރުން
ށަރުއީދާއިރާއަށް ހިދުމަތްކުރަންޖެހޭ މުވައްޒަފު މިގަވާއިދުގެ 176 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓަށް ނުވަތަ އިދާރާއަށް އެންގުމަށްފަހު މިގަވާއިދުގެ 177 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ވަޒީފާ ހަމަޖައްސައި ނުދެވިއްޖެނަމަ، ދައުލަތުގެ އެހެން މުއައްސަސާއަކުން ވަޒީފާއެއް ހޯދުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.
18 ވަނަ ބާބު
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން
184 ވަނަ މާއްދާ - ތައާރުފު
މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމަކީ، މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ކޮށްފައިވާ ފެންވަރާއި މިންވަރު އަދި މަސައްކަތް ފުރިހަމަކުރެވުނު ވަގުތުގެ އިތުރުން، މުވައްޒަފުންގެ މިޒާޖާއި ސުލޫކު ދެނެގަތުމާއި ފެންވަރު ރަނގަޅު މުވައްޒަފުން މަސައްކަތަށް ގާބިލު ކުރުވުމުގެ މަގްސަދުގައި އެކުލަވާލެވިފައިވާ ނިޒާމެކެވެ. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އެކުލަވާލާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
185 ވަނަ މާއްދާ - މައިގަނޑު އުސޫލުތައް
(ހ) ށަރުއީދާއިރާގެ އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ބަލަންވާނެއެވެ.
(ށ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ބޭނުންކޮށްގެން ކޯޓުގެ ނުވަތަ އިދާރާގެ މަގްސަދުތައް ހާސިލުވާގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދޭތޯ ބަލަންވާނެއެވެ.
(ނ) މުވައްޒަފުންނަށް އެމީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އެހީތެރިކަން ކޯޓުން ނުވަތަ އިދާރާއިން ދޭންވާނެއެވެ.
(ރ) މަސައްކަތުގެ ފެންވަރު ރަނގަޅު މުވައްޒަފުންނަށް، މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި މަގާމުގެ ކުރިއެރުމާއި، މަސައްކަތާއި އެހެނިހެން އިނާޔަތްތައް ދޭންވާނެއެވެ.
(ބ) ނަތީޖާ ހާސިލުކޮށް ނުދެއްކޭ މުވައްޒަފުންނަށް ނަތީޖާ ހާސިލުކޮށް ދެއްކުމަށް ހިތްވަރުދޭ ނިޒާމަކަށް މިނިޒާމު ވާންވާނެއެވެ.
(ޅ) މިނިޒާމަކީ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން އޮންނަ، ހާމަކަން ބޮޑު އަދި އިންސާފުވެރި އުސޫލެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއްކަމުގައި ވާންވާނެއެވެ.
(ކ) މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އޭނާ މަސައްކަތްކޮށްފައިވާ ގޮތުގެ ލިޔުމެއް އޭނާއަށް ދޭންވާނެއެވެ.
(އ) މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ކަނޑައެޅިފައިވާ މިންވަރަށްވުރެ ދަށްނަމަ، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.
(ވ) މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރުގެ ނަތީޖާ އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ ކަމާބެހޭ މުވައްޒަފުން ނޫން އެހެން މީހަކަށް ދައްކައިގެން ނުވާނެއެވެ.
(މ) ކަނޑައެޅިފައިވާ އުސޫލުން މުވައްޒަފަކާ ދޭތެރޭ އަޅަންޖެހޭ މިގަވާއިދުގެ 207 ވަނަ މާއްދާގެ (ނ) ގައިވާ 6 އިސްލާހީ ފިޔަވަޅުގެ ތެރެއިން އިސްލާހީ ފިޔަވަޅެއްގެ ހުރިހައި މަރުހަލާތަކެއް ގިރާކޮށް އިސްލާހީ ފިޔަވަޅެއް އަޅާފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުންދެވޭނީ އެފިޔަވަޅެއްއެޅި ތާރީހުން ފެށިގެން އިތުރު އިސްލާހީ ފިޔަވަޅެއް އެޅުމެއްނެތި 1 (އެކެއް) އަހަރު ވުމަށްފަހުގައެވެ.
186 ވަނަ މާއްދާ - މަސައްކަތު ފެންވަރު ބަލާ ފޯމް
(ހ) މަސައްކަތުގެ ފެންވަރު ބަލާ ފޯމުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
- މަސައްކަތު ފެންވަރު ބަލާނެ ބައިތަކާއި މިންގަނޑު.
- މަސައްކަތު ފެންވަރު ބަލާނޭ މުއްދަތު.
- މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި ވަޒަންކުރާނެ ސުޕަވައިޒަރު.
(ށ) ށަރުއީދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނީ ށަރްއީދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައިވާ ގޮތުގެ މަތިން ޖަދުވަލު 25 ގައިވާ ފޯމުތައް ބޭނުންކޮށްގެންނެނެވެ.
187 ވަނަ މާއްދާ - ސުޕަވައިޒަރުގެ މަސްއޫލިއްޔަތު
(ހ) މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި ވަޒަންކުރާ ސުޕަވައިޒަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
- ކޮންމެ އަހަރެއްގެ ޖެނުއަރީމަހު ކޯޓުގެ ނުވަތަ އިދާރާގެ ވަރކްޕްލޭނާ އެއްގޮތަށް އަހަރު ދުވަހުގެ ޓާގެޓްތައް ކަނޑައެޅުން.
- ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތްބަލައި ބަދަލެއް ގެންނަންޖެހޭނަމަ، އެބަދަލެއް ގެނައުން.
- ކޮންމެ އަހަރެއްގެ ޑިސެމްބަރުމަސް ނިމުމުން މުވައްޒަފުގެ މަސައްކަތަށް މާކްސްދީ މަސައްކަތުގެ ފެންވަރު ވަޒަންކުރުން.
188 ވަނަ މާއްދާ - އިލްތިމާސްކުރުން
މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ ސަބަބު ބަޔާންކޮށް، އިލްތިމާސްކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްމެ ލިބިގެންވެއެވެ. އިލްތިމާސްކުރާނީ ށަރްއީދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ މައްސަލަތައް ބެލުމަށް އެކުލަވާލާ އިލްތިމާސް ކޮމިޓީ އަށެވެ.
(ހ) މިކޮމިޓީ އެކުލެވިގެންވަނީ:
- ސުޕްރީމް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ
- ހައިކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ
- ސިވިލް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ
- ކްރިމިނަލް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ
- ފެމިލީ ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ
- ޖުވެނައިލް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ
- ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ ސެކްށަނުގެ އިސްވެރިޔާ
- ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ކޯޓް އެޑްމިނިސްޓްރޭށަން ސެކްށަނުގެ އިސްވެރިޔާ
(ށ) މަސައްކަތަށް މާކްސްދީފައިވާ ގޮތާމެދު ށަކުވާ ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށެވެ. މިފަދަ ށަކުވާތައް މާރޗްމަހުގެ ނިޔަލަށް ހުށަހަޅާ ނިންމަންވާނެއެވެ.
(ނ) މަސައްކަތަށް މާކްސްދީފައިވާ ގޮތާމެދު ށަކުވާއެއް ހުށަހެޅުމުން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްކުރާ ސެކްށަނުން، އެށަކުވާ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބުނުކަން ލިޔުމަކުން އަންގަންވާނެއެވެ.
(ރ) މަސައްކަތަށް މާކްސްދީފައިވާ ގޮތާމެދު ހުށަހެޅިފައިވާ ށަކުވާތައް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބަލައިގަނެ އޭޕްރީލް މަހުގެތެރޭގައި އިލްތިމާސް ކޮމިޓީން ބަލައި ނިންމަންވާނެއެވެ.
(ބ) އިލްތިމާސް ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކީ އެކޮމީޓީގެ މެމްބަރަކު ނުވަތަ އެމެމްބަރެއްގެ ނަސަބުގެ ގޮތުން ނުވަތަ މުސާހަރާގެ ގޮތުން ތިމާގެ މީހެއް ށާމިލުވާ މައްސަލައެއްކަމުގައި ވަނީނަމަ، އެމައްސަލައެއް ހިނގަމުންދާއިރު އެމައްސަލަ ބެލުމަށާއި އެކޮމިޓީގައި ހާޒިރުވެ އިންނަން އެ މެމްބަރަކު ތަނާޒުލުވާން ވާނެއެވެ.
(ޅ) އިލްތިމާސް ކޮމިޓީގެ ކޯރަމަކީ 5 (ފަހެއް) އެވެ.
19 ވަނަ ބާބު
ށަރްއީދާއިރާގެ މުވައްޒަފުންގެ ދަފްތަރުތައް ބެލެހެއްޓުން
189 ވަނަ މާއްދާ - ތައާރުފު
ކޯޓުތަކާއި، އިދާރާތަކުން އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަފްތަރެއް ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ށަރްއީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަރުކަޒީ ދަފްތަރެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބަލަހައްޓަމުން ގެންދަންވާނެއެވެ.
190 ވަނަ މާއްދާ - ދަފްތަރު ބެލެހެއްޓުން
(ހ) ކޯޓުތަކާއި އިދާރާތަކުން އަންނަނިވި ބާވަތްތަކުގެ ދަފްތަރުތައް ބަލަހައްޓަންވާނެއެވެ.
- މަގާމުގެ ދަފްތަރު.
- ދާއިމީ މުވައްޒަފުންގެ ދަފްތަރު.
- ވަގުތީ މުވައްޒަފުންގެ ދަފްތަރު.
- ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންގެ ދަފްތަރު.
(ށ) ކޯޓުތަކުންނާއި އިދާރާތަކުން އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމްތަކުގެ ދަފްތަރާއި، މުވައްޒަފުންގެ ދަފްތަރު ބަލަހައްޓަން ވާނެއެވެ. "މަގާމްތަކުގެ ދަފްތަރު" މިގަވާއިދުގެ ޖަދުވަލު 26 ގައި އަދި "މުވައްޒަފުންގެ ދަފްތަރު" މިގަވާއިދުގެ ޖަދުވަލު 27 ގައި ވާނެއެވެ. މި ދަފްތަރުތައް، އެ އެކޯޓެއްގައި ނުވަތަ އެ އިދާރާއެއްގައި މިކަމަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއްގައި ނުވަތަ ފޮތްތަކުގައިވެސް ބެލެހެއްޓިދާނެއެވެ.
- "މުވައްޒަފުންގެ ދަފްތަރު" ގެ މައުލޫމާތު ފުރިހަމަކުރަންވާނީ ކޯޓަށް ނުވަތަ އިދާރާއަށް ލިބިފައިވާ މުވައްޒަފާގުޅޭ، (އަސްލާއެއްގޮތްކަމަށް ބަޔާންކޮށްފައިވާ) ލިޔުންތަކަށް ބަލައިގެންނެވެ.
(ނ) ވަޒީފާއާބެހޭ މަރުކަޒީ ދަފްތަރު ބަލަހައްޓާ އިދާރާކަމަށްވާ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބަލަހައްޓަމުން ގެންދާ ރެކޯޑުތަކުގައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތަށާއި، ދިރިއުޅޭ އެޑްރެހަށާއި އަދި ތައުލީމީ ފެންވަރަށް ބަދަލެއް އަތުވެއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެމުވައްޒަފަކު، ވަޒީފާއަދާކުރާ ކޯޓަށް ނުވަތަ އިދާރާއަށް އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި މުވައްޒަފުގެ ދަފްތަރަށް މިގޮތަށް ގެނެވޭ ބަދަލުތަކުގެ މައުލޫމާތު 5 (ފަހެއް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިޔުމުން އަންގަންވާނެއެވެ.
191 ވަނަ މާއްދާ - މަގާމުތަކުގެ ދަފްތަރުގައި
މަގާމުތަކުގެ ދަފްތަރުގައި ހިމަނާނީ ކޯޓުގައި ނުވަތަ އިދާރާގައި އެވަގުތަކު ހުރި ހިމަނާ މައުލޫމާތު މަގާމުތަކާއި، ކުރިން ހުރި މަގާމުތަކާއި، މަގާމުތަކަށް އަންނަ ބަދަލާއި، އެ މަގާމުތަކާބެހޭ ތިރީގައިވާ މައުލޫމާތެވެ.
(ހ) މަގާމުގެ ނަން.
(ށ) މަގާމުގެ ނަންބަރު.
(ނ) މަގާމު އިތުރުކުރި އަދަދު.
(ރ) މަގާމު އުނިކުރި އަދަދު.
(ބ) މަގާމު އިތުރުކުރުމުން ނުވަތަ އުނިކުރުމުން ބާކީއޮތް ޖުމްލަ އަދަދު.
(ޅ) މަގާމު އުފެއްދި ޗިޓު/ސިޓީ ނަންބަރާއި ތާރީހު.
(ކ) މަގާމު އުވާލި ޗިޓު/ސިޓީ ނަންބަރާއި ތާރީހު.
(އ) މަގާމުގެ މުސާރަ.
(ވ) މަގާމުގެ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް.
(މ) އުޖޫރަ ހަމަޖެއްސި ޗިޓް/ސިޓީ ނަންބަރާއި ތާރީހު.
192 ވަނަ މާއްދާ - ދާއިމީ މުވައްޒަފުންގެ
(ހ) މުވައްޒަފުންގެ ދާއިމީ ދަފްތަރުގައި ހިމަނާނީ، ކޯޓުގެ ނުވަތަ އިދާރާގެ ދަފްތަރު މަގާމުތަކުގައި އެވަގުތަކު ތިބި މުވައްޒަފުންނާއި ކުރިން އުޅެފައިވާ މުވައްޒަފުންގެ ތިރީގައިވާ މައުލޫމާތެވެ.
- މަގާމުގެ ނަން.
- މުވައްޒަފުގެ ނަމާއި ދާއިމީ އެޑްރެސް.
- މުވައްޒަފު މިހާރު އުޅޭ އެޑްރެސް.
- އުފަންތާރީހް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
- ހިދުމަތުގެ ރެކޯޑުކާޑު ނަންބަރު.
- މަގާމު ހަމަޖެހިފައިވާ ސެކްށަން.
- މަގާމުގެ މުސާރަ.
- މުވައްޒަފަށް ލިބޭ މުސާރަ.
- މަގާމުގެ ކްލެސިފިކޭށަން.
- މަގާމުގެ ރޭންކް.
- ސަރވިސް ކެޓަގަރީ.
- މުސާރައިގެ އިތުރަށް ދެވޭ އިނާޔަތްތައް.
- މުވައްޒަފު ހިދުމަތްކުރަންފެށި ތާރީހު.
- މުވައްޒަފަށް ވަޒީފާ ދިން ނުވަތަ ވަޒީފާ ބަދަލުކުރި ނުވަތަ ވަޒީފާއިން ވަކިކުރި ތާރީހާއި ޗިޓް ނަންބަރު.
- އިތުރު މައުލޫމާތު.
(ށ) ށަރުއީދާއިރާގެ މުވައްޒަފަކު ވަކިވުމުން ނުވަތަ ބަދަލުވުމުން، ދަފްތަރުގައި، ވަކިވި ނުވަތަ ބަދަލުވި ތާރީހު އެނގެން އޮންނަންވާނެއެވެ.
193 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންގެ ދަފްތަރު
ކޮންމެ ކޯޓެއްގައި ނުވަތަ އިދާރާއެއްގައި އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ވަގުތީ މުވައްޒަފުންގެ ދަފްތަރުގައި ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) މުވައްޒަފުގެ ނަމާއި ދާއިމީ އެޑްރެސް.
(ށ) މުވައްޒަފު މިހާރު އުޅޭ އެޑްރެސް.
(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
(ރ) އުފަން ތާރީހް.
(ބ) މަގާމު އޮތް ސެކްށަން.
(ޅ) މަގާމުގެ ނަން.
(ކ) މަގާމުގެ ނަންބަރު.
(އ) މަގާމުގެ ރޭންކް.
(ވ) މަގާމުގެ ކްލެސިފިކޭށަން.
(މ) މަގާމުގެ މުސާރަ.
(ފ) މަގާމަށް ކަނޑައެޅިފައިވާ އިތުރު އިނާޔަތްތައް.
(ދ) މުވައްޒަފު ހިދުމަތް ކުރަންފެށި ތާރީހު.
(ތ) ދޫކޮށްލި ތާރީހު.
(ލ) ދޫކޮށްލި ސަބަބު.
194 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންގެ ދަފްތަރު
ށަރުއީދާއިރާ ގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންގެ ދަފްތަރެއް، ކޯޓުގައި ނުވަތަ އިދާރާގައި އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް އޮންނަންވާނެއެވެ.
(ހ) ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް.
(ށ) މިހާރުއުޅޭ އެޑްރެސް.
(ނ) އައިޑެންޓިޓީ ކާޑު ނަންބަރު.
(ރ) އުފަން ތާރީހު.
(ބ) މަގާމު އޮތް ސެކްށަން.
(ޅ) ކޮންޓްރެކްޓް އުސޫލުން މީހާ ގެންގުޅޭ މަގާމު.
(ކ) މަގާމުގެ ކްލެސިފިކޭށަން.
(އ) މަގާމުގެ މުސާރަ.
(ވ) މީހާއަށް ދެވޭ މުސާރައާއި އިނާޔަތްތައް.
(މ) ހިދުމަތްކުރަން ފެށި ތާރީހު.
(ފ) ދޫކޮށްލި ތާރީހު.
(ދ) ކޮންޓްރެކްޓް މުއްދަތު ހަމަވާ ތާރީހް.
(ތ) ދޫކޮށްލި ސަބަބު.
195 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ކޮންމެ ކޯޓަކާއި ކޮންމެ އިދާރާއަކުން ކޮންމެ މުވައްޒަފަކަށް، އެއީ ވަގުތީ މުވައްޒަފެއްކަމުގައިވިޔަސް އަދި ދާއިމީ މުވައްޒަފެއްކަމުގައިވިޔަސް އެމުވައްޒަފަށް ވަޒީފާ ދިނުމާއެކު، ތިރީގައިވާ ގޮތުގެ މަތިން މައުލޫމާތު ފައިލެއް ތައްޔާރުކޮށް، ބަލަހައްޓަމުން ގެންދަންވާނެއެވެ.
- ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ދީފައި އޮންނަ، ހިދުމަތުގެ ރެކޯޑްކާޑު ނަންބަރު ހިމަނައިގެން ފައިލަށް ނަންބަރެއް ދިނުން.
- ވަޒީފާއަށް އެދި ފުރި ޕާސްޕޯޓު ސައިޒްގެ ފޮޓޯޖެހި ފޯމު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ފާސްތަކާއި ސަނަދުތަކާއި ލިޔުންތަކުގެ އަސްލާ އެއްގޮތްކަން ބަޔާންކޮށްފައިވާ ކޮޕީ.
- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުން ހުށަހަޅާފައިވާނަމަ، އެ ލިޔުންތައް.
- ވަޒީފާއަށްއެދި ފުރާފައިވާ ކުށުގެ ރެކޯޑު ބަލާ ފޯމު.
- ވަޒީފާ ދިން ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ)
- ވަޒީފާގެ އެއްބަސްވުމުގެ އަސްލު.
- ވަޒީފާ ދިންކަން ނުވަތަ ބަދަލުކުރިކަން ނުވަތަ ވަކިކުރިކަން އެމުވައްޒަފަށް އެންގި ލިޔުމުގެ ކޮޕީ.
- ވަޒީފާ ބަޔާނުގެ ކޮޕީ.
- މުވައްޒަފާ ގުޅޭގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ ކޮޕީ.
- ސަލާމް ސެޓްފިކެޓާއި، ޗުއްޓީއަށް އެދެނީ ސިޓީން ކަމުގައިވާނަމަ އެފަދަ ސިޓީއާއި، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޭ ލިޔުން.
- ޗުއްޓީދޭ ލިޔުން (ނުވަތަ އެ ލިޔުމުގެ ކޮޕީ).
- ވަޒީފާގައި ގެންގުޅެން ފެށުމަށްފަހު، ތަމްރީން ކޯހެއް ފުރިހަމަ ކޮށްފައިވާނަމަ، ފުރިހަމަކުރި ކޯހާބެހޭ މައުލޫމާތު (ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).
- އިސްލާހީ ފިޔަވަޅުތަކުގެ ރެކޯޑު.
- ށަރުއީދާއިރާގެ ވަޒީފާ ލިބުމަށްފަހު ގާނޫނީގޮތުން ބަންދެއްވެ، ށަރީއަތުން އަދަބެއް ލިބިފައިވާނަމަ އެކަމުގެ ރެކޯޑު.
- ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފައިވާނަމަ، އެކަމުގެ މައުލޫމާތު.
- ވަގުތީގޮތުން އެކިއެކި ހާއްސަ މަސައްކަތް ހަވާލުކޮށްފައިވާނަމަ އެކަމުގެ މައުލޫމާތު.
- ވަޒީފާ ބަދަލުކުރި ޗިޓް (ނުވަތަ ޗިޓުގެ ކޮޕީ)
- މަސައްކަތުގެ ފެންވަރު ބެލި ފޯމު.
- މުސާރައިގެ ކުރިއެރުން ހަމަޖެއްސި ޗިޓް (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާއިން ވަކިކުރި ޗިޓް (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާ އަދާކުރިގޮތުގެ ލިޔުމުގެ ކޮޕީ.
- މިމާއްދާގެ (ނ) ގައިވާ ތަމްރީނާގުޅޭ މައުލޫމާތު.
(ށ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހަކަށްވެސް މިމާއްދާގެ (ހ) ގެ ދަށުން ހިމަނާފައިވާ މައުލޫމާތު އެމީހަކާ ގުޅޭ މިންވަރަކަށް މައުލޫމާތު ފައިލުގައި ހިމަނައި ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ނ) ށަރުއީދާއިރާއަށް އިގްރާރުވެގެން ތަމްރީން ހޯދާ ކޮންމެ މީހަކާ ބެހޭގޮތުން، ތިރީގައިވާ މައުލޫމާތު އަންގައިދޭ ލިޔެކިއުންތައް، އެމީހެއްގެ ފައިލުގައި ފައިލް ކުރަމުން ގެންދަންވާނެއެވެ.
- ގާނޫނުގައިވާ ގޮތުގެ މަތިން ހިދުމަތްކުރަންޖެހޭ ރެކޯޑު ފޯމު.
- ތަމްރީނާ ގުޅިގެން ހުށަހަޅާ އެޕްލިކޭށަން ފޯމު.
- ކޯސް ލިބިފައިވާ މުވައްޒަފުގެ އިގްރާރު.
- ކޯސް ފުރިހަމަ ކުރުމުން ލިބިފައިވާ ސެޓްފިކެޓް.
- ކޯހުން ހާއްސަ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއް.
(ރ) މުވައްޒަފުގެ މައުލޫމާތު ފައިލުގައި ލިޔުންތައް ހިމަނާނީ ކޯޓަށް ނުވަތަ އިދާރާއަށް އެލިޔުންތައް ލިބިފައިވާ ތާރީހު ތަރުތީބުން ނަންބަރު ޖަހައިގެންނެވެ.
(ބ) މުވައްޒަފުންގެ މައުލޫމާތު ފައިލުތައް ހުންނަންވާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުގެ ވެރިޔާ ފިޔަވައި އެސެކްށަނުގައި އެމަސައްކަތާ ހަވާލުވެފައިވާ އެހެން މުވައްޒަފަކާ ހަވާލުކޮށް ރައްކާތެރި ގޮތެއްގައެވެ.
(ޅ) ށަރްއީދާއިރާގެ މުވައްޒަފުންގެ މައުލޫމާތު ފައިލުގައިވާ ލިޔުންތަކަކީ ސިއްރު ލިޔުންތަކެކެވެ. މަސައްކަތާ ގުޅޭގޮތުން ކޮންމެހެން ބަލަންޖެހޭ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބެލުމަކީ މަނާކަމެކެވެ.
(ކ) މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުން، މުވައްޒަފަކުގެ މައުލޫމާތު ފައިލްގައިވާ ލިޔުމެއް ބެލުމަށް ނުވަތަ ލިބިގަތުމަށް އެދިއްޖެނަމަ، މައުލޫމާތު ފައިލް ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފެއްގެ ބެލުމުގެދަށުން އެލިއުމެއް ދައްކައި، ކޮޕީއެއް ދޫކުރަންވާނެއެވެ.
(އ) ށަރްއީދާއިރާގެ މުވައްޒަފަކު، ދައުލަތުގެ އެހެން މުއައްސަސާއަކަށް ބަދަލުވެއްޖެނަމަ ކަނޑައެޅިފައިވާ އުސޫލުން، ބަދަލުވި މުއައްސަސާއަކަށް އެ މުވައްޒަފެއްގެ މައުލޫމާތު ފައިލް ފޮނުވަންވާނެއެވެ.
(ވ) މުވައްޒަފަކު ށަރްއީދާއިރާގެ ވަޒީފާއިން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ، ނުވަތަ މުސްކުޅިކޮށް ވަޒީފާއިން ވަކިކޮށްފިނަމަ، ނުވަތަ ދޫކޮށްލައިފިނަމަ، ނުވަތަ ނިޔާވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި މުވައްޒަފުގެ މައުލޫމާތު ފައިލް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވަންވާނެއެވެ.
196 ވަނަ މާއްދާ - ހިދުމަތުގެ ރެކޯޑްކާޑު ނަންބަރު
(ހ) ށަރްއީދާއިރާގެ ކޮންމެ ދާއިމީ މުވައްޒަފަކަށް، ތަކުރާރުނުވާ ގޮތަށް ހިދުމަތުގެ ރެކޯޑްކާޑު ނަންބަރެއް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ދޭންވާނެއެވެ.
(ށ) ހިދުމަތުގެ ރެކޯޑްކާޑު ނަންބަރު އޮންނަންވާނީ JS ހިމަނައިގެން ހިސާބު އަކުރުންނެވެ.
(ނ) ދައުލަތުގެ އެހެން މުއައްސަސާއެއްގައި އުޅެފައިވާ މުވައްޒަފަކަށް އެފަރާތުން ހާއްސަ ނަންބަރެއް ދީފައިވާނަމަ، އެނަންބަރު އެނގޭނެގޮތަކަށް މުވައްޒަފުގެ ހިދުމަތުގެ ރެކޯޑްކާޑު ނަންބަރާއެކު ހިމަނަންވާނެއެވެ.
(ރ) މުވައްޒަފާ ގުޅޭ ލިޔެކިޔުންތަކުގައި މުވައްޒަފުގެ ހިދުމަތުގެ ރެކޯޑްކާޑު ނަންބަރު ޖަހަމުން ގެންދަންވާނެއެވެ.
197 ވަނަ މާއްދާ - ށަރްއީދާއިރާގެ މުވައްޒަފުންގެ މައުލޫމާތަށް ބަދަލު ގެނައުން
މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތަށާއި އޭނާގެ އެޑްރެހަށާއި އޭނާގެ ތައުލީމީ ފެންވަރަށް ބަދަލެއް އަތުވެއްޖެނަމަ އެބަދަލެއް އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓަކަށް ނުވަތަ އިދާރާއަކަށް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހެޅުމުން އެލިޔުން މުވައްޒަފުގެ މައުލޫމާތު ފައިލްގައި ފައިލްކުރުމާއެކު ހުށަހަޅާތާ 5 (ފަހެއް) ދުވަސްތެރޭގައި މުވައްޒަފުންގެ ވަޒީފާއާބެހޭ މަރްކަޒީ ދަފްތަރާއި އެނޫނަސް އެެނިހެން ދަފްތަރުތަކުން ބަދަލުކުރުމަށް އެކޯޓަކުން ނުވަތަ އެއިދާރާއަކުން އެލިޔުމުގެ ކޮޕީއެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
198 ވަނަ މާއްދާ - ވަޒީފާ އަދާކުރި ގޮތުގެ ލިޔުން ދޫކުރުން.
(ހ) ށަރުއީދާއިރާގެ މުވައްޒަފަކު ދައުލަތުގެ އެހެން މުއައްސަސާއަކަށް ބަދަލުވުމަށްފަހު ނުވަތަ ވަޒީފާއިން ވަކިވުމަށްފަހު، ވަޒީފާ އަދާކުރިގޮތުގެ ލިޔުން، ވަޒީފާއިން ވަކިވި ނުވަތަ ބަދަލުވި ތާރީހުން ފެށިގެން 6 (ހަޔެއް) މަސް ދުވަހުގެ ތެރޭގައި އެ މުވައްޒަފަކު އެދިއްޖެނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ދޭންވާނެއެވެ. މިގޮތުން ދޭ ލިޔުމެއްގައި އަންނަނިވި ކަންތައްތަކަށް އިށާރާތްކުރަންވާނެއެވެ.
- ވަޒީފާގައި އުޅުނު މުވައްޒަފުގެ ނަމާއި އެޑްރެސް.
- ކޯޓު ނުވަތަ އިދާރާގެ މަސައްކަތުގެ ބާވަތް.
- މެދުކެނޑުމެއްނެތި އެ ކޯޓު ނުވަތަ އެއިދާރާއެއްގައި ވަޒީފާގައި އެ މުވައްޒަފަކު ދެމިހުރި މުއްދަތު.
- ވަޒީފާ އަދާކުރި ކޯޓު ނުވަތަ އިދާރާ، ސެކްށަން، ނުވަތަ ޔުނިޓް.
- ވަޒީފާއިން ވަކިވުމުގެ ކުރިން އެ މުވައްޒަފަކު އަދާކުރަމުން އައި ވަޒީފާ.
- ވަޒީފާއިން ވަކިވި ތާރީހާހަމަޔަށް، އެ މުވައްޒަފަކަށް ލިބެމުންދިޔަ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް.
(ށ) ވަޒީފާއާބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިވި ސަބަބު ނުވަތަ ބަދަލުވި ސަބަބު ނުވަތަ އޭނާ ވަޒީފާ އަދާކުރި ގޮތާމެދު ވަޒީފާ ދޭ ފަރާތުން ދެކޭގޮތް، ވަޒީފާ އަދާކުރި ލިޔުމުގައި، މުވައްޒަފަކު އެދިއްޖެ ހިނދެއްގައި މެނުވީ ހިމަނައިގެންނެއް ނުވާނެއެއެވެ.
20 ވަނަ ބާބު
މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން
199 ވަނަ މާއްދާ - ތައާރުފު
ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، އަނެކުންނާކުރާ ޒާތީ މުއާމަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަމަކަށް ވީހިނދު އެފަދަ ޒާތީ މައުލޫމާތުތައް ހިމާޔަތްކޮށްދީ، ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކޮށްގެނެއް ނުވާނެއެވެ.
200 ވަނަ މާއްދާ - ޒާތީ މައުލޫމާތުގެ މާނަ
(ހ) މިމާއްދާގައި ބަޔާންކުރާ "ޒާތީ މައުލޫމާތު" ގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމެނެއެވެ.
- މުވައްޒަފެއްގެ އުމުރު ނުވަތަ ކައިވެނީގެ ހާލަތާއި ގުޅޭ މައުލޫމާތު.
- މުވައްޒަފެއްގެ ތައުލީމީ، ސިއްހީ، އަދި މަސައްކަތުގެ ފެންވަރާއި ބެހޭ މައުލޫމާތާއި، ކުށުގެ ރެކޯޑާއި، އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކާއި އަދާކޮށްފައިވާ ވަޒީފާގެ މައުލޫމާތު.
- މަގާމުގެ ކްލެސިފިކޭށަން، މުސާރައިގެ ރޭންޖް، އަދި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާ.
- އެޑްރެސް، އިނގިލީގެ ނިށާން ނުވަތަ ސޮއި.
(ށ) ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތަށް މި ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި މެނުވީ މި މާއްދާގައި ހިމެނޭ ޒާތީ މައުލޫމާތެއް ހާމަކޮށް ނުވަތަ ށާއިއުކުރަންވާނީ އެމުވައްޒަފެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
201 ވަނަ މާއްދާ - މައުލޫމާތު ރައްކާތެރިކަމާއެކު
ށަރުއީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަމާއި ބެލެހެއްޓުން އަމާނާތްތެރިކަމާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ނުވަތަ އެމުވައްޒަފަކު މަސައްކަތްކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން ބަލަހައްޓަމުން ގެންދަން ވާނެއެވެ.
202 ވަނަ މާއްދާ - ޒާތީ މައުލޫމާތު ހާމަކުރެވޭނެ
ށަރުއީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު އެމުވައްޒަފެއްގެ ހާލަތްތައް ރުހުމެއް ނެތި ކޯޓުން ނުވަތަ އިދާރާއިން ހާމަކުރަންވާނީ މިމާއްދާގައިވާ ގޮތުގެ މަތިން އެ މައުލޫމާތެއް ބޭނުންވާ މިންވަރަކަށެވެ.
(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ބުނާ އެއްވެސް ސަބަބަކަށްޓަކައި ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއްގެ ދަށުން.
(ށ) ކޯޓުގެ ހުކުމަކަށް، ނުވަތަ ކޯޓުއަމުރަކަށް.
(ނ) އެޓާރނީ ޖެނެރަލް ދައުލަތުގެ ނަމުގައި ދައުވާކުރާ އަދި ދައުލަތަށް ދައުވާ ލިބޭ މައްސަލަތަކުގައި އެހިނދަކަށް ބޭނުންވާ މިންވަރަށް.
(ރ) ޕްރޮސެކިއުޓަރ ޖެނެރަލްއާއި އޭނާގެ މަސައްކަތުގެ ދާއިރާއިން އޭނާ އައްޔަނުކުރާ ބަޔަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އެހިނދަކަށް ބޭނުންވާ މިންވަރަށް.
(ބ) ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިފައިވާ ފަރާތަކުން ކުރާ ތަހުގީގަކަށް ނުވަތަ ބޭނުމަށް އެހިނދަކަށް ބޭނުންވާ މިންވަރަށް.
(ޅ) އޮޑިޓަރ ޖެނެރަލްއާއި އޭނާގެ މަސައްކަތުގެ ދާއިރާއިން އޭނާ އައްޔަންކުރާ ބަޔަކަށް އޮޑިޓް ކުރުމުގެ ބޭނުމަށް.
(ކ) ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ބާރުލިބިދޭ އެންމެހައި މުއައްސަސާތަކަށާއި ފަރާތްތަކަށް އެހިނދަކަށް ބޭނުންވާ މިންވަރަށް.
203 ވަނަ މާއްދާ - ޒާތީ މައުލޫމާތު ހާމަކޮށްފިނަމަ ފިޔަވަޅު އެޅުން
(ހ) ޒާތީ މައުލޫމާތު ކަމުގައި މިގަވާއިދުގެ 200 ވަނަ މާއްދާގައި ބުނެފައިވާ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ.
(ށ) މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަކުރުމުގެ ސަބަބުން، މުވައްޒަފަށް ގެއްލުމެއް ލިބިއްޖެކަމަށް ގަބޫލުކުރެވޭނަމަ، ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ.
21 ވަނަ ބާބު
މަސައްކަތުގެ އަހުލާގު ބަހައްޓަންޖެހޭ މިންގަނޑުތަކާއި އިސްލާހީ ފިޔަވަޅު
204 ވަނަ މާއްދާ - ތައާރުފު
ށަރުއީދާއިރާގެ މުވައްޒަފުން ގާނޫނުތަކާއި، ގަވާއިދުތަކާއި މަސައްކަތުގެ އަހުލާގަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކު ކަމުގައި ހެދުމާއި، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ މުވައްޒަފުން އިސްލާހުކުރުމުގެ މަގްސަދުގައި މިބާބުގައި ބަޔާންކުރާ މަސައްކަތުގެ އަހުލާގު ބަހައްޓަންޖެހޭ މިންގަނޑުތަކަށް މުވައްޒަފުން އަމަލުކުރަންވާނެއެވެ. އަދި އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ މުވައްޒަފު މަސައްކަތްކުރާ ކޯޓުން ނުވަތަ އިދާރާއިން އަޅަންޖެހޭ އިސްލާހީ ފިޔަވަޅެއް އަޅަންވާނެއެވެ.
205 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އަޅާނެ ހާލަތްތައް
ށަރްއީދާއިރާގެ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އަޅާނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ) މުވައްޒަފަކާ ހަވާލުވެފައިވާ ޒިންމާތައް ފުރިހަމައަށް އަދާނުކުރުން.
(ށ) މުވައްޒަފުގެ މަސައްކަތް ގާނޫނާއ ގަވާއިދާ އެއްގޮތަށް ނުކުރުން.
(ނ) މުވައްޒަފާ ހަވާލުކުރާ މަސައްކަތް އޭނާގެ ގާބިލިއްޔަތު ތަންދޭ ފަންނީ ފެންވަރެއްގައި ނުކުރުން.
(ރ) މުވައްޒަފުގެ އަހްލާގާއި އުޅުމާއި ގުޅުން ރަނގަޅު ފެންވަރެއްގައި ނުބެހެއްޓުން.
(ބ) މިގަވާއިދުގެ 212 ވަނަ މާއްދާގައި ބަޔާންކުރާފަދަ ކުށެއްކުރުން.
206 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅުއަޅާނެ އުސޫލު
މިގަވާއިދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ބަޔާންކުރާ ކަމެއް ކޮށްފިނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅާނީ ތިރީގައި ބަޔާންކުރާ އުސޫލުގެ މަތީންނެވެ.
(ހ) އިސްލާހީ ފިޔަވަޅު އަޅާނީ އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަކުންނެވެ. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ މައުލޫމާތު ސެކްށަނުގެ ވެރިޔާ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ.
(ށ) މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅައިފިނަމަ އެމުވައްޒަފަށް އެންގުމާއެކު، އެ ފިޔަވަޅެއްގެ މައުލޫމާތު މުވައްޒަފުގެ މައުލޫމާތު ފައިލަށް ލާންވާނެއެވެ.
(ނ) އިސްލާހީ ފިޔަވަޅު ކަމަށްބުނެފައި އެވަނީ:
- ނަސޭހަތް ދިނުން.
- ލިޔުމުން އިންޒާރު ދިނުން.
- ވަޒީފާގެ މަސައްކަތަށް ނުކުތުން 14 (ސާދަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން.
- ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުން.
- ވަޒީފާއިން ވަކިކުރެވިދާނެކަމުގެ އިންޒާރުދިނުން.
- ވަޒީފާއިން ވަކިކުރުން.
207 ވަނަ މާއްދާ - ނަސޭހަތްދިނުން
(ހ) ނަސޭހަތް ދިނުމަކީ މަސައްކަތުގެ އަހްލާގު ބަހައްޓަންޖެހޭ މިންގަޑުތަކާ އެއްގޮތަށް މުވައްޒަފުގެ އަމަލުތައް ބެހެއްޓުމަށް ލިޔުމުން ނުވަތަ އަނގަބަހުން އަންގައި ނަސޭހަތްތެރިވުމެވެ. ލިޔުމުން ނަސޭހަތް ދިނުމުގެ ކުރިން މުވައްޒަފުގެ ސުޕަވައިޒަރ ނުވަތަ މުވައްޒަފު މަސައްކަތްކުރާ ސެކްށަން ހިންގުމާ ހަވާލުވެހުރިމީހަކު އެމުވައްޒަފަށް އަނގަބަހުން ނަސޭހަތް ދިނުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.
(ށ) މުވައްޒަފަކަށް ލިޔުމުންދެވޭ ނަސޭހަތް މުވައްޒަފުގެ މައުލޫމާތު ފައިލްގައި ފައިލުކުރަންވާނެއެވެ. "ލިޔުމުންދޭ ނަސޭހަތް" މިގަވާއިދުގެ ޖަދުވަލު 28 ގައި އޮންނާނެއެވެ.
(ނ) މުވައްޒަފަކަށް، ލިޔުމުން އިސްލާހުވުމަށް ނަސޭހަތްތެރި ވެވޭނީ ގިނަވެގެން 2 (ދޭއް) ފަހަރުއެވެ. މިގޮތަށް ދޭ ނަސޭހަތެއް ދޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރު ދުވަހު އިތުރު ކުށެއް ކުރުމަކާނުލައި ހޭދަކުރުމަށްފަހު ކުށެއްކޮށްފިނަމަ، އަލުން 2 (ދޭއް) ފަހަރު ލިޔުމުން ނަސޭހަތް ދެވިދާނެއެވެ. މިގޮތުން ނަސޭހަތްދީ ފިޔަވަޅު އަޅާއިރު 2 (ދޭއް) އަހަރު ދުވަހުގެ ކުރިން ދީފައިވާ ނަސޭހަތް އެއީ އިސްލާހީ ފިޔަވަޅެއްކަމުގައި ބަލައިގެން ނުވާނެއެވެ.
(ރ) ލިއުމުން 2 (ދޭއް) ފަހަރު ނަސޭހަތްދިނުމަށްފަހު އިސްލާހު ނުވިނަމަ އެފަދަ މުވައްޒަފަކަށް ދެން ދޭންވާނީ ލިޔުމުން އިންޒާރެވެ.
208 ވަނަ މާއްދާ - ލިޔުމުން އިންޒާރުދިނުން
(ހ) ލިޔުމުން އިންޒާރު ދިނުމަކީ މުވައްޒަފަކަށް ލިޔުމުން ނަސޭހަތް ދިނުމުންވެސް މަސައްކަތު އަހްލާގު ބަހައްޓަންޖެހޭ މިންގަނޑަށް އިސްލާހު ނުވިނަމަ، ނުވަތަ މުވައްޒަފަކު ކުރި ކުށުގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް އެފަދަ ކުށެއްނަމަ އެކަންތަކުރާރު ނުކުރުމަށާއި، ތަކުރާރު ކޮށްފިނަމަ އަޅާނެ ފިޔަވަޅު ބަޔާންކޮށް ލިޔުމުން އިންޒާރު ދިނުމެވެ. މިގަވާއިދުގެ ޖަދުވަލު 29 ގައި "ލިޔުމުންދޭ އިންޒާރު" އޮންނާނެއެވެ.
(ށ) މުވައްޒަފަކަށް އިސްލާހުވުމަށް އިންޒާރު ދޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުގެ މުއްދަތުގެ ތެރޭގައި އިންޒާރުދޭ ފަދަ އިތުރު ކަމެއް ހިނގާފައި ނުވާނަމަ 3 (ތިނެއް) އަހަރު ކުރިން ދީފައިވާ އިންޒާރަށް އަމަލު ކުރެވިގެން ނުވާނެއެވެ.
(ނ) ފުރަތަމަ އިންޒާރުދޭތާ 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި އިތުރު 2 (ދޭއް) ފަހަރު ލިޔުމުން އިންޒާރުދިނުމުން އިސްލާހު ނުވިނަމަ ވަކިމުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެފަދަ މުވައްޒަފަކަށް އަންގަންވާނެއެވެ.
209 ވަނަ މާއްދާ - ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގުން
(ހ) ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގުމަކީ ކުށުގެ ކުޑަބޮޑުމިނަށްބަލައި އެ މުވައްޒަފަކު ވަޒީފާއަށް ނެރުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ނުވަތަ މަސްލަހަތަށް ނުރަނގަޅު އަސަރު ކޮށްފާނެ ކަމަކަށްވާތީ، ވަޒީފާއަށް ނުނިކުމެ ހުރުމަށް ނުވަތަ ވަޒީފާގެ ޒިންމާ އަދާނުކޮށް ހުރުމަށް އަންގާ އެންގުމެކެވެ. މިގޮތަށް އަންގާ އެންގުން އަންގަންވާނީ ލިޔުމުންނެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ފިޔަވަޅު އަޅައިފިނަމަ، އެފިޔަވަޅު އެޅި ގޮތުގެ ލިޔުމުގެ ކޮޕީއެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފޮނުވަން ވާނެއެވެ.
(ނ) އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގޭނީ، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.
(ރ) މިފިޔަވަޅު އެޅުމަށްފަހު އެކަން އެންގުމަށް ދެވޭ، މިގަވާއިދުގެ ޖަދުވަލު 30 ގައިވާ "އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނިކުތުން މަނާކޮށް އަންގާ ޗިޓް" ރެކޯޑެއްގެ ގޮތުގައި އެ މުވައްޒަފެއްގެ މައުލޫމާތު ފައިލުގައި ހިމަނަންވާނެއެވެ.
(ބ) ވަކިމުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގުމުންވެސް އިސްލާހު ނުވިނަމަ އެފަދަ މުވައްޒަފަކަށް ދެންޖެހޭނީ ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރާށެވެ.
210 ވަނަ މާއްދާ - ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުން
އިސްލާހީ ފިޔަވަޅެއްގެ ގޮތުން ހުރިމަގާމަށްވުރެ ދަށްމަގާމަކަށް މުވައްޒަފަކު ބަދަލުކުރާނީ، އަންނަނިވި ގޮތްތަކުގެ މަތީންނެވެ.
(ހ) މުވައްޒަފެއްގެ މަގާމު ދަށްކުރެވޭނީ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ، އެއް ރޭންކް ދަށުގެ މަގާމަކަށެވެ.
(ށ) ހުރި ފަންތީގެ މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލުކުރުމުން އެފަދަ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ލިބޭނީ އެ މުވައްޒަފަކު ދަށްކުރެވުނު މަގާމުން ފެށިގެން، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ނ) މިފަދަ ފިޔަވަޅެއް ށަރްއީދާއިރާގެ މުވައްޒަފަކާމެދު އެޅޭނީ، އެމުވައްޒަފެއްގެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިޔެ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
(ރ) ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކޮށްގެންވެސް އިސްލާހު ނުވެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.
211 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
(ހ) މިގަވާއިދުގައިވާ ގޮތުގެމަތީން އެކިފަހަރު މަތީން ތަކުރާރުކޮށް އިސްލާހީ ފިޔަވަޅުތައް އަޅައިގެން މުވައްޒަފުގެ އަހުލާގު ރަނގަޅު ނުވެއްޖެނަމަ ވަޒީފާއިން ވަކިކުރަންވާނެއެވެ.
(ށ) މުވައްޒަފު ކުރިކުށުގެ ސަބަބުން އިތުރަށް ވަޒީފާގައި ބެހެއްޓުން އެއީ ކޯޓުގެ ނުވަތަ އިދާރާގެ މަސްލަހަތަށް، ނުވަތަ މަސައްކަތަށް ނުވަތަ އެހެން މުވައްޒަފުންނަށް ގެއްލުމެއް ލިބިދާނެކަމެއް ކަމަށް ފެންނަނަމަ، އެމީހަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ނ) ވަޒީފާއިން ވަކިކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅާއިރު، އެ މުވައްޒަފަކު މަސައްކަތުގެ އަހްލާގު ބަހައްޓަންޖެހޭ މިންގަޑާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި، އެ މުވައްޒަފަކު ކޮށްފައިވާ ކުށްތަކާއި، އެކަންތައްތަކާ ގުޅިގެން މުވައްޒަފަކާމެދު އަޅާފައިވާ އިސްލާހީ ފިޔަޅުތަކާއި، އިސްލާހުވުމަށް ދިން މުއްދަތުގެ ތަފްސީލީ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.
(ރ) ވަޒީފާއިން ވަކިކުރަން ހުށަހަޅާ މުވައްޒަފާމެދު އަމަލުކުރާނީ ވަޒީފާއިން ވަކިކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.
212 ވަނަ މާއްދާ - ވަޒީފާގެ ކުށުގެ ދަރަޖަތައް
ށަރްއީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމުގައި ވަޒީފާގެ ކުށުގެ ދަރަޖަތަށް ގިންތި ކުރެވޭނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) ވަޒީފާގެ ކުށުގެ ދަރަޖަ 1 (އެކެއް):
މި ކުށްތަކަކީ، ނަސޭހަތްދީގެންނާއި އެ ނޫންވެސް އެ ކަމަކަށް އެކަށީގެންވާ ފިޔަވަޅު އަޅައިގެން މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުސަތު ދޭންވާނެފަދަ ކުށްތަކެކެވެ.
- ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާ ކުޑަކުރުމާއި ވަޒީފާގެ ޒިންމާ ނުއުފުލުން ނުވަތަ ހަވާލުކުރެވޭ މަސައްކަތްތައް އެ މަސައްކަތެއް ނިންމަންޖެހޭ އަވަސްމިނުގައި ޒިންމާދާރުކަމާއެކު ނުކުރުން.
- ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ނުވަތަ އިދާރާއަށް ނުވަތަ ރަސްމީ މަސައްކަތަށް މުވައްޒަފު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ބުރޫއެރުން ނުވަތަ އެހެން މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި މަސައްކަތުގެ އަހުލާގަށް ނޭދެވޭ އަސަރުކުރުން.
- މަސައްކަތު ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުން ނުދިނުމާއި، އަމުރުތަކާއި އެންގުންތަކަށް ކިޔަމަންނުވުން.
- ކަނޑައަޅާފައިވާ މަސައްކަތުގަޑީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނުން ބޭރުގައި ހުއްދަނެތި އުޅުމާއި، ކަނޑައަޅާފައިވާ މަސައްކަތުގެ ގަޑީގައި އަމިއްލަ މަސައްކަތް ކުރުމާއި އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމާއި ވަގުތު ބޭކާރުކުރުން.
- ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެންވެސް ކޯޓަށް ނުވަތަ އިދާރާއަށް ނާންގާ ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރު ހެދުމާއި، އޮޅުވާލުމާއި، ޗުއްޓީގެ ފުރުސަތު ނުވަތަ އިނާޔަތް ނަހަމަ ގޮތުގައި ބޭނުންކުރުން.
- މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށްވުރެ ދަށްފަންތީގެ އަމަލު ކުރުމާއި ވާހަކަ ދެއްކުމުގަޔާއި މުހާތަބު ކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުން.
- ވަޒީފާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާ ކުޑަވުން.
- 1 (އެކެއް) ވަނަ ދަރަޖައަށް ފެތޭފަދަ ގޯނާއެއް ކުރުން.
- ދައުލަތުގެ އުޅަނދެއް ދުއްވުމުގައި ނުވަތަ ބޭނުންކުރުމުގައި، ގަވާއިދުތަކާ ހިލާފުވެ ކުށުގެ އަދަބެއްގެ ގޮތުގައި ށަރްއީ ހުކުމަކާގުޅިގެން ޖަލަށްލުން، އަރުވާލުން ނުވަތަ ގޭބަންދުކުރުމަށް ވުރެ ކުޑަ އަދަބަކަށްވުން.
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން.
(ށ) ވަޒީފާގެ ކުށުގެ ދަރަޖަ 2 (ދޭއް):
މިކުށްތަކަކީ، އިސްލާހުވުމަށް ފުރުސަތުދީ ތަކުރާރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ ކުށްކުށެވެ.
- ގާނޫނާއި، ގަވާއިދާއި، ށަރްއީދާއިރާގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ސަރކިއުލަރތަކާއި، އާންމު ސިޓީތަކާއި އެންގުންތަކާއި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުން ނުވަތަ އިދާރާއިން ހަދާފައިވާ ގަވާއިދާއި، މި ގަވާއިދާއި ހިލާފުނުވާ ގޮތުގެމަތިން އެކުލަވާލާފައިވާ ޕޮލިސީތަކާއި އުސޫލުގައި ހިލާފުވުން ނުވަތަ އެއިން ކަމަކަށް އިހުމާލުވުންނުވަތަ ފަރުވާކުޑަކުރުން.
- ކޯޓުގެ ނުވަތަ އިދާރާގެ އިސްކޮށް ހުންނަ ވެރިޔަކު ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތަށް ދޭ އިރުށާދަކަށް ތަބާނުވެ، މަސައްކަތް ގަސްތުގައި ނުކުރުން، ނުވަތަ ކުރުމުގައި އިހުމާލުވުން.
- ކަނޑައަޅާފައިވާ ރަސްމީ މަސައްކަތުގަޑި ނިމުމުގެ ކުރިން ހުއްދަނެތި މަސައްކަތް ކުރާތަނުން ދިޔުން.
- އެއްބަސްވެފައިވާ ގޮތުގެމަތިން މަސައްކަތުގަޑީގެ އިތުރުން، އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރުކުރުން ނުވަތަ އިހުމާލުވުން.
- މިގަވާއިދުގައިވާ ގޮތުގެމަތިން، އަންގަންޖެހޭ ފަރާތަކަށް އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން.
- މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނުކުރުން.
- ދައުލަތުގެ މުދަލާއި، ފައިސާއާއި، ކޯޓުގެ ނުވަތަ އިދާރާގެ އެންމެހައި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން.
- 2 (ދޭއް) ވަނަ ދަރަޖައަށް ފެތޭފަދަ ގޯނާއެއް ކުރުން.
- މިގަވާއިދާ ހިލާފަށް ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން.
- ހަށިގަނޑަށް ގެންލުންނުލިބޭ ފަދަ މަސައްކަތެއްކުރި ކަމުގައިވީ ނަމަވެސް އެ މަސައްކަތެއްގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވުން.
- ރަސްމީ މަސައްކަތް ގަޑީގައި ނިދުން.
- މަސައްކަތު ދާއިރާގައި މުވައްޒަފު ހާމަކުރަންޖެހޭ އެއްވެސް މައުލޫމާތެއް އެނގިހުރެ ގަސްތުގައި ހާމަނުކުރުން.
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއްވެދާ ފަދަ އަމަލެއްކުރުން.
- ކުށުގެ ދަރަޖަ 1 (އެކެއް) ގައިވާ ކުށްތައް އިސްލާހު ނުވެ ތަކުރާރުވުން.
(ނ) ވަޒީފާގެ ކުށުގެ ދަރަޖަ 3 (ތިނެއް):
މިކުށްތަކަކީ، އެންމެ ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށްތަކެވެ.
- ގަވާއިދުގައިވާ ގޮތުގެމަތީން އެއްވެސް ސަބަބެއް ނާންގާ 5 (ފަހެއް) ދުވަހަށްވުރެ ދިގުމުއްދަތަކަށް ކޯޓަށް ނުވަތަ އިދާރާއަށް، ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ނުނިކުމެ ހުރުން ނުވަތަ ޗުއްޓީ ހަމަކޮށްފައި ކޯޓަށް ނުވަތަ އިދާރާއަށް ނުކުންނަންޖެހޭ ތާރީހް ހަމަވުމަށްފަހު ވީގޮތެއް ނާންގައި 5 (ފަހެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުނިކުމެހުރުން.
- ދައުލަތުގެ ލިޔެކިޔުމެއް ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވާލައި، ބަދަލުކުރުން. މީގެތެރޭގައި، އެމީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިޔުމާއި، ކޯޓަށް ނުވަތަ އިދާރާއަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިއުމާއި، ހާޒިރީ ރިޕޯޓް، ވައުޗަރ، ޗުއްޓީގެ ރިކޯޑްސް، އަންދާސީ ހިސާބު، ބިލް، އިތުރުގަޑީގެ ހާޒިރީ ފަދަ ކޯޓުގެ ނުވަތަ އިދާރާގެ ލިޔެކިޔުން ހިމެނެއެވެ.
- ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ހާމަކުރުން، ދޫކުރުން، ބޭރުކުރުން، ކޮޕީހެއްދުން، ރެކޯޑުކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހިކުރުން، ނުވަތަ އެހީތެރިވެދިނުމާއި މިއިން ކަމެއް ކުރުމުގައި ބައިވެރިވުން.
- ދައުލަތުގެ މުދަލާއި، ފައިސާއާއި، ކޯޓުގެ ނުވަތަ އިދާރާގެ އެންމެހާ ވަސީލަތްތައް ބޭނުންކުރުމުގައި އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުންކުރުން، ނުވަތަ އެއިން އެއްޗެއް އަމިއްލަކަމަކަށް ބޭނުންކުރުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުމެއް ދިނުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް އަމަލުކުރުން.
- ރިށްވަތުހިފުން، ނުވަތަ އެއްޗެއް ނުވަތަ އަގުނެގޭ ހިދުމަތެއް އަގުއަދާނުކޮށް ލިބިގަތުން.
- އެމީހަކަށް ލިބިފައިވާ މަގާމުގެ އިހްތިޔާރު، ގަސްތުގައި، ނާޖާއިޒް ގޮތެއްގައި ތިމާގެ ނުވަތަ ހައްގުނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުންކުރުން.
- ތެދުވެރިކަމާއި، އިހްލާސްތެރިކަމާއެކު، ވަޒީފާ އަދާކުރުމަށްޓަކައި ކުރިކަމެއްގެ ނަތީޖާއަކަށްނުވާ މައުލޫމާތެއް ދީގެން، ދައުލަތް ނުވަތަ ދައުލަތުގެ މުއައްސަސާއެއް ބަދުނާމުވާ ފަދަ ކަމެއްކުރުން.
- މުވައްޒަފުގެ ވަޒީފާގެ ކޮލިފިކޭށަނާ ގުޅޭގޮތުން ނުވަތަ ވަޒީފާގެ ވާޖިބު އަދާނުކުރެވޭ ގޮތަކަށް މުވައްޒަފުގެ މައްޗަށް ށަރުއީ ހުކުމެއް ކަނޑައެޅުން.
- ވަޒީފާ ހޯދުމަށްޓަކައި ދޮގު މައުލޫމާތު ހުށަހަޅާފައިވާކަން ސާބިތުވުން.
- މިގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރާ ހިލާފަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.
- މަސްތުވާތަކެތި ބޭނުންކުރިކަން ނުވަތަ ގެންގުޅުނުކަމަށް ގާނޫނީގޮތުން އެފަދަ މައްސަލަ ބެލުން ހަވާލުވެފައިވާ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް އެމައްސަލަ ސާބިތުވުން.
- 3 (ތިނެއް) ވަނަ ދަރަޖައަށް ފެތޭފަދަ ގޯނާއެއް ކުރުން.
- މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއްވެދާ ފަދަ އަމަލެއް ތަކުރާރުކުރުން.
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވަތަ ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް، މަކަރާއި ހީލަތްހެދުން ފަދަ ބޮޑުކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.
- ހަށިގަނޑަށް ބޮޑެތި ގެއްލުން ދީފާނެފަދަ ނުރައްކާތެރި މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަކުރުން ނުވަތަ އިހުމާލުވުން.
- ސިއްރުކަމަށް ބަޔާންކޮށްފައިވާ މައުލޫމާތު ހާމަކުރުމާއި އެފަދަ މައުލޫމާތު ލިބިގަތުން.
- ކުށުގެ ދަރަޖަ 2 (ދޭއް) ގައިވާ ކުށެއް އިސްލާހް ނުވެ ތަކުރާރުވުން.
- މިގަވާއިދުގައި މަނާކަމެއްކަމުގައި ބުނެފައިވާ ކޮންމެކަމެއް ކުރުން.
213 ވަނަ މާއްދާ - ވަގުތުން ފިޔަވަޅުއެޅޭނެ ހާލަތު
މުވައްޒަފަކު ވަޒީފާގެ ޒިންމާ ނުއުފުލުމުގެ ސަބަބުން ނުވަތަ މަސައްކަތުގެ އަހުލާގު އެކަށީގެންވާ މިންވަރަކަށް ނުބެހެއްޓުމުގެ ސަބަބުން ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށާއި މަސްލަހަތަށް އެކަށީގެންވާ ކަމެއް ނޫންކަމަށް ކޯޓު ނުވަތަ އިދާރާއަށާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ފެނިއްޖެނަމަ، ނޯޓިހެއް ދިނުމަކާ ނުލައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ހ) މުވައްޒަފެއްގެ އަމަލު އެކަށީގެންނުވާކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ.
- މުވައްޒަފުގެ ކިބައިން އެއްގޮތަކަށްވެސް ހިދުމަތް ނުލިބުން ނުވަތަ މުވައްޒަފު ޒިންމާ ނުއުފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުން.
- ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބުން.
- ވަޒީފާ އަދާކުރާ މާހައުލުގައި ނުރައްކާތެރި އަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރުދިނުން.
- މަސައްކަތަށް ހާޒިރުވިއިރު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުރައްކާތެރި ހަތިޔާރެއް ގެނައުން.
- މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުން.
- ދައުލަތުގެ މުދަލުން ވައްކަން ކުރުން ނުވަތަ ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވުން.
- އެމުވައްޒަފަކީ އެމުވައްޒަފަކަށް ނުވަތަ އެހެން މުވައްޒަފުންނަށް ނުވަތަ ކޯޓަށް ނުވަތަ އިދާރާއަށް ހުރި ނުރައްކަލަކަށްވުން.
- މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލޭފަދަ ބޮޑުކުށެއް ކުރުން ނުވަތަ އެފަދަ ބޮޑުކަމެއް ކުރުމުގެ ސަބަބުން ކޯޓުގެ ނުވަތަ އިދާރާގެ އެހެން މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުން.
- މުވައްޒަފެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ކުށެއް ސާބިތުވެ ހުކުމެއް ކުރުން.
- ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކަށް ގާނޫނާއި ގަވާއިދާ ހިލާފަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަން ސާބިތުވުން.
- ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން އެމައްސަލައިގައި ށާމިލުވާ އެއްވެސް ފަރާތަކަށް ކަނޑައެޅިފައިވާ އުސޫލުން ދޭންޖެހޭ މައުލޫމާތުގެ އިތުރުން މައުލޫމާތުދީ އެފަދަ ފަރާތަކާ މައްސަލައާބެހޭގޮތުން މަށްވަރާކޮށް ލަފާދިންކަން ސާބިތުވުން.
214 ވަނަ މާއްދާ - ވަޒީފާއަށް ނުކުތުން މަނާކުރި ނުވަތަ ވަޒީފާއިން ވަކިކުރި ސަބަބު އެންގުން
މި ބާބުގައިވާ ގޮތުގެ މަތިން އެއްވެސް މުވައްޒަފަކު ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރެވިއްޖެނަމަ ނުވަތަ ވަޒީފާއިން ވަކިކޮށްފިނަމަ، ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރެވުނު ސަބަބު، ނުވަތަ ވަޒީފާއިން ވަކިކުރެވުނު ސަބަބު، ލިޔުމުން އެމުވައްޒަފަކަށް އަންގަން ވާނެއެވެ. އަދި އެލިޔުމުގެ ކޮޕީއެއް މުވައްޒަފުގެ މައުލޫމާތު ފައިލުގައި ފައިލުކުރަންވާނެއެވެ.
22 ވަނަ ބާބު
މުވައްޒަފުންނަށް ގޯނާ ކުރުން
215 ވަނަ މާއްދާ - ތައާރުފު
(ހ) މަސައްކަތުގެ މާހައުލުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކުރާ އަމަލެއްގެ ސަބަބުން އެހެން މުވައްޒަފަކަށް އޭނާގެ އަސާސީ ކުރިއެރުމަކަށް ކޮށްފާނެ ނޭދެވޭ އަސަރަކީ ގޯނާކުރުންކަމުގައި ވާނެއެވެ.
(ށ) މަސައްކަތުގެ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއި އަބުރުވެރިކަމާއި ނަފުސުގެ އިއްޒަތާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.
(ނ) ށަރުއީދާއިރާގެ އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށްގެނެއް ނުވާނެއެވެ.
(ރ) އެއް މުވައްޒަފަކު އަނެއްމުވައްޒަފަކަށް ގޯނާއެއްކޮށްފިނަމަ، އެގޯނާކުރި މުވައްޒަފަކާއި އެކަމުގައި ބައިވެރިވި މުވައްޒަފެއްގެ ނުވަތަ މުވައްޒަފުންގެ މައްޗަށް އެމީހަކު ނުވަތަ އެބަޔަކު ވަޒީފާ އަދާކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން މިގަވާއިދުގެ 21 ވަނަ ބާބުގައިވާ ގޮތުގެމަތީން ލަސްނުކޮށް އެކަމެއް ބަލައި ފިޔަވަޅު އަޅަންވާނެއެވެ.
(ބ) މިމާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެޅިފިޔަވަޅާމެދު މުވައްޒަފަކު ހިތްހަމަނުޖެހޭނަމަ 3 (ތިނެއް) މަސްދުވަހުގެތެރޭގައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅިދާނެއެވެ.
216 ވަނަ މާއްދާ - ގޯނާކުރުމުގެ ވައްތަރުތައް
ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް، އެހެން މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ކުރުމަކީ ނުވަތަ އެފަދަ އެކިއެކި ކަންތައްތައް ތަކުރާރުކޮށް ކުރުމަކީ، ގޯނާކަމަށް ބެލެވިދާނެ ބައެއް އަމަލުތަކެވެ.
(ހ) މުވައްޒަފަކު ރުޅިއެރުވުމަށް، ދެރަކޮށްލުމަށް ނުވަތަ ނިކަމެތި ކޮށްލުމުގެ ގޮތުން މަލާމާތްކުރުން، ދިމާކުރުން، ޖެއްސުންކުރުން ނުވަތަ ފުރައްސާރަކުރުން.
(ށ) އެ އަމަލެއްގެ ސަބަބުން، މުވައްޒަފު ރުޅިއައުން، ދެރަވުން، ހިތްހަމަނުޖެހުން ނުވަތަ ނިކަމެތިކަން އިހްސާސް ނުވިޔަސްމެ، ވިޔަސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ގޯނާކުރުމުގެ އަމަލެއްކަމުގައިވުން.
(ނ) މުވައްޒަފަކަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ގެއްލުމެއް ދިނުން، ނުވަތަ ގެއްލުމެއް ދެވިދާނެ އަމަލެއްކުރުން ނުވަތަ ބަހެއް ބުނުން.
(ރ) މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން.
(ބ) މުވައްޒަފަކާ ދިމާއަށް ބޭއަދަބީބަހުން މުހާތަބު ކުރުމާއި، އެއްޗެހިގޮވުން.
(ޅ) އިސްލާހީ ފިޔަވަޅެއްގެތެރެއިން ނޫންގޮތަކަށް ވަޒީފާއިން ވަކިކުރެވިދާނެކަމަށް، ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެކަމަށް ބުނެ ބިރުދެއްކުން.
(ކ) މުވައްޒަފެއްގެ މަސައްކަތަށް ޖެއްސުންކުރުން ނުވަތަ މަސައްކަތަށް ހުރަސް އެޅުން.
217 ވަނަ މާއްދާ - ޖިންސީ ގޯނާކުރުން
މި ގަވާއިދުގެ ބޭނުމަށްޓަކައި، ތިރީގައި ބުނެފައިމިވާ އަމަލުތަކަކީ ޖިންސީ ގޯނާކުރުންކަމުގައި ބެލެވޭނެއެވެ.
(ހ) ޖިންސީ ބޭނުމަކު ނުވަތަ ޖިންސީ އެދުމެއް އޮވެގެން މަސައްކަތުގެ މާހައުލުގައި ނުވަތަ ރަސްމީދަތުރެއްގައި މުވައްޒަފަކާ، އަނގަބަހުން، ލިޔުމަކުން ނުވަތަ އިށާރާތަކުން ބެހުން.
(ށ) އެހެން މުވައްޒަފަކަށް އެއްވެސް ބާވަތެއްގެ ޒަރިއްޔާއަކުން އޮރިޔާން ކާޑު ދެއްކުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ ހަރަކާތެއް ކުރުން ނުވަތަ ހިންގުން.
(ނ) ޖިންސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ވަޒީފާގެ ހައިސިއްޔަތުން ކޮށްދޭން ނުޖެހޭކަމެއް ކޮށްދިނުމާއި ނުވަތަ ކޮށްދޭންޖެހޭ ކަމެއް ކޮށްނުދިނުމާއި، ދޭންޖެހޭ ހައްގެއް ނުދީ ހިފެހެއްޓުމާއި ނުވަތަ ދޭންނުޖެހޭ ކަމެއްކޮށްދީ ބިރުދެއްކުން.
218 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން
(ހ) މި ބާބުގައި ބުނެފައިވާ އެއްވެސްކަމެއް މުވައްޒަފެއްގެ ފަރާތުން ހިނގައިފިނަމަ، އެކަމެއްގެ ހެއްކާއި ތަފްސީލީ ލިޔުންތަކާއެކު އެމައްސަލައެއް ލިޔުމަކުން، ވަޒީފާ އަދާކުރާ ތަނުގެ އެންމެ އިސްވެރިޔާއަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ލިބިގެންވެއެވެ.
(ށ) މި ބާބުގައި ބުނާފަދަ ކަމެއް ހިނގައިފިނަމަ އެހާދިސާއެއް ހިނގި ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މުވައްޒަފު މަސައްކަތްކުރާ ކޯޓު ނުވަތަ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި މިމުއްދަތުގެ ފަހުން ހުށަހަޅައިފިނަމަ، އެމައްސަލައެއްގެ ކުޑަބޮޑުމިނަށް ބަލައި އެ މައްސަލައެއް ބެލުމާއި ނުބެލުމުގެ އިހްތިޔާރު އެއިދާރާއަށް ލިބިގެންވެއެވެ.
23 ވަނަ ބާބު
މުވައްޒަފުން ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރުން
219 ވަނަ މާއްދާ - ތައާރުފު
މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށް މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރާނީ އެކަމަށް ކޮންމެހެން ބޭނުންވެގެން ކުރަންޖެހިއްޖެ ހާލަތެއްގައެވެ. އެފަދަ ހާލަތެއްގައި މުސާރަ ދޭގޮތަށް ނުވަތަ ނުދޭގޮތަށް މުވައްޒަފަކު ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިއާޔަތްކޮށްގެންނެވެ.
220 ވަނަ މާއްދާ - ވަޒީފާއަށް ނުކުތުން މަނާކުރުން
(ހ) އަންނަނިވި ހާލަތްތަކުގެތެރެއިން ހާލަތެއް މެދުވެރި ވެއްޖެނަމަ، ތަހުގީގަށް ނުވަތަ ށަރީއަތަށް މައްސަލަ ހުށަހަޅާފައިވާ މުއްދަތުގައި މުސާރަދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރުމުގެ އިހްތިޔާރު، ކޯޓު ނުވަތަ އިދާރާގެ މަށްވަރާއާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ. މި ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާއަށް ނުކުތުން މަނާކުރިކަން އަންގާނީ މިގަވާއިދުގެ ޖަދުވަލު 31 ގައިވާ "ކޯޓު/އިދާރާއަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" އިންނެވެ.
- މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެމީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި،
- އެ މީހަކު ވަޒީފާއަށް ނުކުމެ އުޅުމުން އެކޯޓަށް ނުވަތަ އިދާރާގެ މަސައްކަތަށާއި މަސްލަހަތަށް ނުވަތަ ކޯޓުގައި ނުވަތަ އިދާރާގައި
މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް ސީދާ ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތިވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި،
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފުގެ މައްސަލަ ބަލައި ނިންމުމަށްފަހު، ނުވަތަ މައްސަލަބަލައި ނުނިމެނީސް އަލުން ކޯޓަށް ނުވަތަ އިދާރާއަށް ނެރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ކޯޓު ނުވަތަ އިދާރާގެ މަށްވަރާއާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ގޮތެއްގެމަތިން އެ މުވައްޒަފަކަށް ކޯޓަށް ނުވަތަ އިދާރާއަށް ނިކުތުމަށް އެންގިދާނެއެވެ.
(ނ) މުސާރަދޭގޮތަށް ނުވަތަ ނުދޭގޮތަށް މުވައްޒަފަކު ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރުމަކީ މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން މައްސަލައެއްގެ ތަހުގީގު މުއްދަތަށް ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރާ މަނާކުރުމެކެވެ.
221 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި ވަޒީފާއަށް ނުކުތުން ވަގުތީގޮތުން މަނާކުރުން
(ހ) ޖިނާއީ ކުށަކަށް ތުހުމަތު ކުރެވޭފަދަ ކަމެއް އޮފީސް މާހައުލުގައި ކޮށްފިނަމަ ވަގުތީގޮތުން މުވައްޒަފަކު ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރުމުގެ އިހްތިޔާރު ކޯޓު ނުވަތަ އިދާރާ ހިންގުމާ ހަވާލުވެހުރި އިސްވެރިޔާއަށް ލިބިގެންވެއެވެ. އެފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފަކު، ވަޒީފާއަށް ނުކުތުން މަނާކޮށްފިނަމަ، 24 ގަޑިއިރުގެތެރޭގައި ލިޔުމުން އެކަން އެ މުވައްޒަފަށް އަންގަންވާނެއެވެ. އަދި އެލިއުމުގެ ކޮޕީއެއް މުވައްޒަފުގެ މައުލޫމާތު ފައިލުގައި ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓު ނުވަތަ އިދާރާ ހިންގުމާހަވާލުވެހުރި އިސްވެރިޔާ ވަގުތީގޮތުން މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކޮށްފިނަމަ، 24 ގަޑިއިރު ތެރޭގައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިޔުމުން އަންގަންވާނެއެވެ. ވަގުތީގޮތުން މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރިއިރު، ކުރިއަށް އޮތީ ސަރުކާރުގެ ރަސްމީބަންދު ދުވަހެއްކަމުގައި ވާނަމަ، ދެން އެންމެ އަވަހަށް ކޯޓު ނުވަތަ އިދާރާ ހުޅުވޭ ދުވަހު އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެންގުމުން، އެ މައްސަލައެއް ބަލައި ދިރާސާ ކުރުމަށްފަހު، ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ވަޒީފާއަށް ނުކުތުން މަނާކުރި ކުރުމާމެދު ގޮތެއް ނިންމައި އެ ނިންމި ނިންމުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކޯޓު ނުވަތަ އިދާރާ ހިންގުމާހަވާލުވެހުރި އިސް ވެރިޔާއަށް އެންގުމާއެކު، އެ އެންގުމާ އެއްގޮތަށް އަމަލުކޮށް 24 ގަޑިއިރުގެ ތެރޭގައި އެކަން އެމުވައްޒަފަށް އަންގަންވާނެއެވެ.
(ރ) މިމާއްދާގައި ބުނެފައިވާ ގޮތަށް މުސާރަ ދޭގޮތަށް ނުވަތަ ނުދޭގޮތަށް މުވައްޒަފަކު ވަގުތީގޮތުން ވަޒީފާއަށް ނުނެރެ ބެހެއްޓޭނަމަ، ބަހައްޓާންވާނީ ގިނަވެގެން 14 ދުވަހުގެ މުއްދަތަށެވެ.
(ބ) މުވައްޒަފު ވަޒީފާއަށް ވަގުތީގޮތުން ނިކުތުން މަނާކުރުމުގެ އިހްތިޔާރު ކޯޓު ނުވަތަ އިދާރާ ހިންގުމާ ހަވާލުވެހުރި އިސްފަރާތަށް މިމާއްދާގެ (ހ) ގެ ދަށުން ލިބިދީފައި ވީނަމަވެސް މިގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގައިވާ ކުށެއް ކޮށްގެން މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅައި މިގަވާއިދު ގައިވާ ގޮތުގެ މަތިންނެވެ.
(ޅ) މިމާއްދާގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކާމެދު ފިޔަވަޅު އަޅައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެންގުމުން ނުވަތަ ފިޔަވަޅެއް އެޅުމާމެދު ގޮތެއް ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުން، ހިއުމަން ރިސޯސް ކޮމިޓީއަށް ފޮނުވައި، އެކޮމިޓީން 24 ގަޑިއިރުތެރޭގައި އެމައްސަލައާ މެދު ގޮތެއް ނިންމަންވާނެއެވެ.
222 ވަނަ މާއްދާ - ތަހުގީގު މަރުހަލާގައި އަދި ށަރްއީ މަރުހަލާގައި މުވައްޒަފަކު ކޯޓަށް ނުވަތަ އިދާރާއަށް ނުކުތުން މަނާކުރުން
(ހ) ތަހުގީގު މަރުހަލާގައި ނުވަތަ ށަރްއީ މަރުހަލާގައި މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރަންވާނީ، އަންނަނިވި ގޮތުގެމަތިންނެވެ.
- ތަހުގީގީ އިދާރާއެއްގެ ތަހުގީގު މަރުހަލާއެއް ކަމުގައިވާނަމަ، މުވައްޒަފު ވަޒީފާއަށް ނުކުތުން މަނާކުރަންވާނީ މުސާރަ ލިބޭގޮތަށެވެ.
- ތަހުގީގު ނިމުމަށް ފަހު، ތަހްގީގުކުރެވުނު މައްސަލަ ށަރީއަތަށް ހުށަހެޅުމުން އެފަދަ މުވައްޒަފެއް އިތުރަށް ވަޒީފާއަށް ނުކުތުން މަނާކުރާނީ، މުސާރަ ނުލިބޭ ގޮތަށެވެ.
- އެ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެއްޖެނަމަ، ވަޒީފާއަށް ނުނުކުމެ ހުރި ދުވަސްތަކުގެ މުސާރަ އެ މުވައްޒަފަކަށް ނުދެވޭނެއެވެ.
- ށަރީއަތަށް ހުށަހެޅުމުން، އެ މުވައްޒަފެއްގެ މައްޗަށް ކުށްސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ވަޒީފާއަށް ނުނެރެ ހުރި ދުވަސްތަކުގެ މުސާރަ ދޭންވާނެއެވެ.
- ދަށުކޯޓަކުން މައްސަލަ ބަލައި ކުށް ސާބިތުވެފައިވާ މައްސަލައެއްގެ ހުކުމް ހައިކޯޓުން ބާތިލް ކޮށް، ކުށްސާބިތުނުވާ ކަމަށް ނިންމައިފިނަމަ، ވަޒީފާއަށް ނުނެރެ ހުރި ދުވަސްތަކަށް މުސާރަ ދޭން ވާނެއެވެ.
- ސުޕްރީމް ކޯޓުން އެއަށްވުރެ ދަށުމަރުހަލާއެއްގެ ކޯޓެއްގެ ހުކުމް ބާތިލް ކޮށް، ކުށްސާބިތު ވާކަމަށް ނިންމައިފިނަމަ، އެހާތަނަށް މުވައްޒަފަށް ދީފައިވާ މުސާރަ އަނބުރާ ރައްދުކުރާކަށް ނުޖެހޭނެއެވެ. އަދި ކުށްސާބިތުވާކަމަށް ނިންމި ތާރީހުންފެށިގެން މުސާރަ ދިނުން ހުއްޓާލަންވާނެއެވެ.
(ށ) ކުށް ސާބިތުވުމާ ގުޅިގެން މުވައްޒަފު ވަޒީފާގައި އިތުރަށް ބެހެއްޓުމާމެދު 7 (ހަތެއް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ގޮތެއް ނިންމަންވާނެއެވެ.
(ނ) ކުށް ސާބިތު ނުވާކަމަށް ށަރީއަތުން ނިންމާ މައްސަލަތަކުގައި މުވައްޒަފު ވަޒީފާއަށް ނެރުމަށް މުވައްޒަފު ވަޒީފާ އަދާކުރަމުން ދިޔަ ކޯޓަށް ނުވަތަ އިދާރާއަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އަންގަންވާނެއެވެ.
(ރ) ކުށް ސާބިތު ނުވާކަމަށް ށަރީއަތުން ނިންމާ މައްސަލަތަކުގައި މުވައްޒަފު ވަޒީފާ އަދާކުރަމުން ދިޔަ ކޯޓަކުން ނުވަތަ އިދާރާއަކުން 7 (ހަތެއް) ދުވަހުގެ ތެރޭގައި އޭނާ ވަޒީފާއަށް ނެރެންވާނެއެވެ.
(ބ) މިގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، މި މާއްދާގެ ދަށުން އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުކުމެން މަނާކޮށްފައި އެންމެ ދިގު މުއްދަތަކަށް ބެހެއްޓޭނީ 30 (ތިރީސް) ދުވަހުގެ މުއްދަތަކަށެވެ.
- މިމާއްދާގެ (ބ) ގައިވާގޮތުގެ މަތިން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުވައްޒަފު ވަޒީފާއަށް ނެރުމާމެދު ގޮތެއް ނިންމާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
- މިމާއްދާގެ (ބ)ގެ ދަށުން އަޅާފިޔަވަޅު ކޯޓަށް ނުވަތަ އިދާރާއަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން 48 ގަޑިއިރުތެރޭގައި ލިޔުމުން އަންގަންވާނެއެވެ.
24 ވަނަ ބާބު
މުވައްޒަފެއްގެ ކިބައިން ލިބޭ މާއްދީ ގެއްލުމަށް ބަދަލު ނެގުން
223 ވަނަ މާއްދާ - ތައާރުފު
ކޯޓުގެ ނުވަތަ އިދާރާގެ މުދަލަށް ގެއްލުމެއް ލިބޭނޭކަން އެނގިހުރެ މުވައްޒަފަކުކުރާ ކަމަކުން، ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން، ކޯޓަށް ނުވަތަ އިދާރާއަށް ލިބުނު ގެއްލުމުގެ ބަދަލު މުވައްޒަފު އަތުން ނެގިދާނެއެވެ.
224 ވަނަ މާއްދާ - މާއްދީ ގެއްލުން ކަނޑައެޅުން
(ހ) މުވައްޒަފެއްގެ ފުށުން ލިބޭ މާއްދީ ގެއްލުން ކަނޑައަޅާނީ، ހިއުމަން ރިސޯސް ކޮމިޓީއިން އެ މައްސަލައެއް ބެލުމަށްފަހު ގެއްލުމުގެ ބަދަލު މުވައްޒަފުގެ އަތުން ނަގައިދޭންޖެހޭކަމަށް ފެންނަނަމަ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ށަރްއީދާއިރާގެ އަގު ކޮމިޓީއަށް ނުވަތަ އެފަދަ މަސައްކަތްކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ އެހެން ކޮމިޓީއަކަށް ހުށަހަޅައިގެންނެވެ.
(ށ) މުވައްޒަފެއްގެ ފުށުން ލިބޭ މާއްދީ ގެއްލުން ކަނޑައެޅުމުގެ މައްސަލަ ނިންމުމުގައި އެ މުވައްޒަފުގެ ބަޔާން ހޯދަންވާނެއެވެ. އަދި އެކަމުގައި މުވައްޒަފުގެ އިހުމާލުވުން އޮތް މިންވަރު ބަލަން ޖެހޭނެއެވެ.
225 ވަނަ މާއްދާ - މާއްދީ ގެއްލުމަށް ބަދަލު ނެގުން
(ހ) މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މުވައްޒަފަކު ދައްކަންޖެހޭ އަދަދުގެ ކުޑަ ބޮޑު މިނާއި މުވައްޒަފަށް ލިބޭ މުސާރައަށް ބަލައި އެއްފަހަރާ ދެއްކުމަށް ނުވަތަ ކަނޑައަޅާ މަސްތަކަކަށް ބަހާލައިގެން ދެއްކުމަށް އެމުވައްޒަފަށް އެންގިދާނެއެވެ.
(ށ) މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު ނެގުމުގެ ގޮތުން މަހެއްގެ މައްޗަށްނަގާ ފައިސާގެ މިންވަރު ކަނޑައަޅާނީ، އެ މުވައްޒަފުގެ މަހު މުސާރައިން %33 އަށް ވުރެ އިތުރު ނުވާގޮތުގެ މަތީން، އިސް ވެރިޔާއެވެ. މުވައްޒަފުގެ މުސާރައިން %33 އަށް ވުރެ އިތުރަށް ނެގުމަށް މުވައްޒަފު އިއުތިރާޒު ނުކުރާނަމަ، މުވައްޒަފާ ވާހަކަދައްކައި އެއްބަސްވެވޭ ގޮތަކަށް ދައްކަން ޖެހޭވަރު ކަނޑައެޅުމުގައި މިމާއްދާ ހުރަހެއް ނާޅައެވެ.
(ނ) މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މުވައްޒަފެއްގެ އަތުން މާއްދީ ގެއްލުމުގެ ބަދަލު ނެގުމަށް އެމުވައްޒަފެއްގެ މުސާރައިން ކަނޑާ މިންވަރާއި އެމުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރާ މުއްދަތަށް ބެހުމުން އެމުވައްޒަފެއްގެ މުސާރައިން ކަނޑަންޖެހޭ މިންވަރު %33 އަށްވުރެ އިތުރުވާނަމަ އެއަށްވުރެ އިތުރަށް ކެނޑުމަކަށް މިމާއްދާގެ (ށ) ހުރަހެއް ނާޅައެވެ.
226 ވަނަ މާއްދާ - މާއްދީ ގެއްލުމަށް ބަދަލު ނެގުމަށްފަހު އިސްލާހީ ފިޔަވަޅު އެޅުން
މިބާބުގައި ބުނެފައިވާ ގޮތުގެ މަތިން މުވައްޒަފެއްގެ ކިބައިން ލިބޭ މާއްދީ ގެއްލުމަށް ނެގޭ ބަދަލު ނެގުމަކުން މިގަވާއިދުގައިވާ ގޮތުގެ މަތިން، އެ މުވައްޒަފަކާ މެދު އަޅަންޖެހޭ އިސްލާހީ ފިޔަވަޅު އެޅުމަކަށް ހުރަހެއް ނާޅައެވެ.
ވަނަ ބާބު
މުވައްޒަފުންނާބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް
227 ވަނަ މާއްދާ - އިދާރީގޮތުން ބަލާނެ މައްސަލަތައް
މިގަވާއިދުގައި ބަޔާންކޮށްފައިވާ މުވައްޒަފުންނާ ގުޅޭ އިދާރީ މައްސަލަތައް ބަލައި އެކަމުގައި ގޮތެއް ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
ޑިޕާޓްމަންޓަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން، މުވައްޒަފުންނާބެހޭ އިސް ވެރިޔާއަށް އެ މައްސަލައެއް ހުށަހެޅުން
228 ވަނަ މާއްދާ - ޑެޕާޓްމަންޓަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން. މުވައްޒަފުންނާބެހޭ އިސް ވެރިޔާއަށް އެ މައްސަލައެއް ހުށަހެޅުން
(ހ) މި ގަވާއިދުގެ 227 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން، ށަރުއީދާއިރާގެ މުވައްޒަފަކު މިގަވާއިދާ ހިލާފުވުމުން، ނުވަތަ ވަޒީފާއާގުޅޭގޮތުން މުވައްޒަފުންކުރާ ށަކުވާގެ މައްސަލަތައް އެންމެ ފުރަތަމަ ބަލާނީ، މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާބެހޭ އިސް ވެރިޔާއެވެ. ނުވަތަ އޭނާ ކަނޑައަޅާ ފަރާތެކެވެ.
(ށ) މުވައްޒަފަކު ހުށަހަޅާ ނުވަތަ މުވައްޒަފަކާ ގުޅޭގޮތުން ހުށަހަޅާ ށަކުވާއަކާގުޅޭ މައްސަލައެއް ބެލުމަށްފަހު އެމައްސަލައެއްގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ އިސްލާހީ ފިޔަވަޅު އަޅާނީ އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓު ނުވަތަ އިދާރާގެ މުވައްޒަފުންނާބެހޭ އިސްވެރިޔާ ނުވަތަ އޭނާ އެކަމަށް ކަނޑައަޅާފައިވާ ފަރާތުންނެވެ.
(ނ) މުވައްޒަފަކާމެދު އަޅާފައިވާ އިސްލާހީ ފިޔަވަޅަކީ، އެ މުވައްޒަފު ހިތްހަމަ ނުޖެހޭ ފިޔަވަޅެއްކަމުގައި ވާނަމަ އެކަން އެގޮތަށް ނިންމައި، މުވައްޒަފަށް އަންގާތާ 30 (ތިރީސް) ދުވަހުގެތެރޭގައި އެކަމެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އިލްތިމާސް ކުރުމުގެ ހައްގު މުވައްޒަފަށް ލިބިގެންވެއެވެ.
229 ވަނަ މާއްދާ - މުވައްޒަފުންގެ އިދާރީ މައްސަލަ ހުށަހަޅާނެގޮތް
(ހ) ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް މައްސަލަ ހުށަހަޅަންވާނީ ލިޔުމަކުންނެވެ. "އިދާރީ މައްސަލަ ހުށަހަޅާ ފޯމު" މިގަވާއިދުގެ ޖަދުވަލު 32 ގައިވާނެއެވެ.
(ށ) މުވައްޒަފުންނާބެހޭ އިދާރީ މައްސަލަ ހުށަހަޅާއިރު މައްސަލައާ ގުޅޭ ލިޔުމެއް އޮތްނަމަ އެ ލިޔުމެއްގެ ކޮޕީއާއި، މައްސަލައާ ބެހޭގޮތުން ހުށަހަޅާ ހެއްކާއި ގަރީނާ ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ބުނެފައިވާ ގޮތުގެ މަތިން، މުވައްޒަފަކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް މައްސަލަ ހުށަހަޅާނަމަ، އެމައްސަލައެއް ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާބެހޭ އިސްވެރިޔާއަށް ހުށަހެޅުމުން އެކަށީގެންވާ މުއްދަތެއްގެތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ނުވަތަ އެފަރާތުން މުވައްޒަފު ހިތްހަމަޖެހޭ ނަތީޖާ ހާސިލު ނުވިކަން އެނގޭނެ ހެކި އަދި ގަރީނާ ހުށަހަޅަންވާނެއެވެ.
(ރ) މައްސަލަ ހުށަހެޅުމުގައި ބޭނުންކުރާ އިބާރާތާއި، މައްސަލަ ހުށަހަޅާއިރު ހުށަހަޅާ އެހެނިހެން ލިޔުންތައް ލިޔެފައި ހުންނަންވާނީ މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށްފެތޭ މިންވަރަށް އެފަދަ އިބާރާތުންނެވެ.
230 ވަނަ މާއްދާ - މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައިގަތުން
ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް މައްސަލައެއް ހުށަހެޅުމުން، އެމައްސަލައަކީ ޑިޕާޓްމަންޓުން ބެލޭނެ ބާވަތުގެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްފަހު، އެމައްސަލައަކީ ބެލޭނެ ބާވަތުގެ މައްސަލައެއް ކަމަށް ވާނަމަ، މައްސަލަ ބަލައިގަތްކަން މައްސަލަ ހުށަހެޅިފަރާތަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން އަންގަން ވާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބެލޭނެ މައްސަލައެއް ކަމުގައި ނުވާނަމަ، އެކަންވެސް އެމައްސަލައެއް ހުށަހެޅި ފަރާތަށް އެމުއްދަތުގެ ތެރޭގައި ލިޔުމަކުން އަންގަން ވާނެއެވެ.
231 ވަނަ މާއްދާ - މުވައްޒަފުންގެ އިދާރީ މައްސަލަ ބަލާ ކޮމިޓީ
(ހ) މިގަވާއިދުގައިވާ ގޮތުގެ މަތީން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި އެމައްސަލައެއް ނިންމަން ފެންނަގޮތް ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަށް ހުށަހެޅުމަށްޓަކައި، ޑިޕާޓްމަންޓުގެ ދާއިމީ ކޮމިޓީއެއް އުފައްދަން ވާނެއެވެ. މިކޮމިޓީއަށް ކިޔާނީ "އިދާރީ މުވައްޒަފުން ހުށަހަޅާ ށަކުވާގެ މައްސަލަތައް ބަލާ ކޮމިޓީ" އެވެ. ކޮމިޓީ އެކުލެވިގެން ވާނީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ކަނޑައަޅާ 5 (ފަހެއް) މީހުންގެ މައްޗަށެވެ. މިކޮމިޓީގެ ކޯރަމަކީ 3 (ތިނެއް) އެވެ.
(ށ) ކޮމިޓީން މައްސަލައެއް ބެލޭނީ ކޮމިޓީގެ ކޯރަމް ހަމަވާނަމައެވެ. ކޮމިޓީން މައްސަލަ ބެލުމަށްފަހު އިދާރީގޮތުން ހުށަހެޅޭ ލިޔުންތައް ދިރާސާކޮށް އެމައްސަލައެއްގައި އަމަލުކުރުމަށް ފެންނަގޮތް ބަޔާންކޮށް، މައްސަލައިގެ ރިޕޯޓެއް ޗީފް ޖުޑިށަލް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅަންވާނެއެވެ. މިރިޕޯޓްގައި، މުވައްޒަފުންނާބެހޭ އިސް ވެރިޔާ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށް ކަމަށްވާނަމަ، އެގޮތަށް ފާހަގަކުރި ސަބަބުތައް ބަޔާން ކުރަންވާނެއެވެ. ނުވަތަ މުވައްޒަފުންނާބެހޭ އިސްވެރިޔާ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށް ނޫންކަމުގައިވާނަމަ އެސަބަބުތައް، ރިޕޯޓުގައި ފާހަގަ ކުރަންވާނެއެވެ.
(ނ) މައްސަލާގައި މުވައްޒަފަކާ ސުވާލުކޮށްގެން ކަމެއް ސާފުކުރަންޖެހޭނަމަ، އެ މުވައްޒަފެއް ހާޒިރުކޮށް މައުލޫމާތު ސާފުކުރުން ނުވަތަ އެމުވައްޒަފަކު ހުރިތަނަކަށް ކޮމިޓީގެ 3 (ތިނެއް) މެންބަރުން ފޮނުވައިގެން މައްސަލަބެލުމުގެ އިހުތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.
232 ވަނަ މާއްދާ - ކޮމިޓީ ބައްދަލުވުން
ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅޭ މައްސަލައެއް ކޮމިޓީއަށް ފޮނުވާތާ، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެމައްސަލަ ބެލުމަށް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަން ވާނެއެވެ. މައްސަލައިގެ ފުރަތަމަ ބައްދަލުވުން ބާއްވާ ތާރީހުން ފެށިގެން ލަސްވެގެން މަސައްކަތު 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޓީން މައްސަލަ ބަލައި ނިންމުމަށްފަހު، އެމައްސަލަ ނިންމަން ފެންނަ ގޮތުގެ ރިޕޯޓް، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅަންވާނެއެވެ. އަދި މައްސަލަ ބެލުމަށާއި މައްސަލަ ނިންމުމަށް މިމުއްދަތުތައް ކަނޑައަޅާފައި އޮތްކަމުގައިވިޔަސް، މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމުމުގެ މައްޗަށް ހާއްސަ ސަމާލުކަމެއް މައްސަލަ ބަލާ ކޮމިޓީން ދޭންވާނެއެވެ.
233 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލު ކުރެވޭނެގޮތް
މައްސަލަ ބެލުމަށްފަހު މުވައްޒަފު ގަވާއިދާ ހިލާފުވެފައިވާކަމަށް ފެނިއްޖެ ހިނދެއްގައި، އެމީހަކާމެދު ގަވާއިދުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފިޔަވަޅު އަޅަންވާނެއެވެ. އަދި މިގޮތުން އެޅި ފިޔަވަޅެއް އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓަށް ނުވަތަ އިދާރާއަށާއި އެމުވައްޒަފަށް އަންގަންވާނެއެވެ.
26 ވަނަ ބާބު
ށަރްއީދާއިރާގެ އިންފޮމޭށަން ޓެކްނޮލޮޖީއާއި ޑޭޓާ ސެކިއުރިޓީއާބެހޭ
234 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާގެ އިންފޮމޭށަން ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، އެވަސީލަތްތަކުގެ ސެކިއުރިޓީއާއި، ޑޭޓާ މެނޭޖްމަންޓާއި، ޑޭޓާ ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓަންވާނީ މިބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށްގެންނެވެ. ކޯޓުތަކާއި އިދާރާތަކުގައި އިންފޮމޭށަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފަހިވެފައިވާ މިންވަރަކުން އެތަނެއްގެ ހާލަތަށް އެންމެ އެކަށީގެންވާ މިންވަރަކަށް މިބާބުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒު ކުރަންވާނެއެވެ.
235 ވަނަ މާއްދާ - އިންފޮމޭށަން ޓެކްނޮލޮޖީގެ ވަސީލަތްތައް
ށަރްއީދާއިރާގެ އިންފޮމޭށަން ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ، އިލެކްޓްރޯނިކް ޒަރީއާއިން މައުލޫމާތު ރައްކާކޮށް، މައުލޫމާތު ބަދަލުކޮށް، މައުލޫމާތު ބެލެހެއްޓުމަށްޓަކައި ބޭނުންކުރާ ސާވަރ، ކޮމްޕިއުޓަރ، ރައުޓަރ، ސްވިޗް، ޕީ.އޭ.ބީ.އެކްސް، ނެޓްވޯކް، އެކްސަސް ކޮންޓްރޯލް ޔުނިޓް ފަދަ ވަސީލަތްތަކެވެ.
236 ވަނަ މާއްދާ - ހާޑްވެއަރ ސެކިއުރިޓީ
މައުލޫމާތު ރައްކާކުރާ މައި ސާވަރތަކަކީ އެކަށީގެންވާ ރައްކާތެރި ފިޔަވަޅު އެޅިފައިވާ ކޮޓަރިއެއްގައި އެކަށީގެންވާ ރައްކާތެރިކަމާއެކު ބެހެއްޓިފައިވާ ތަކެއްޗަށް ވާންވާނެއެވެ. މިގޮތުން ކޮންމެ ކޯޓެއް ނުވަތަ އިދާރާއެއްގެ ސާވަރގެ ބެކަޕެއް އެކޯޓެއް ނުވަތަ އެއިދާރާއެއް ހުރި އިމާރާތް ނޫން އެހެން އިމާރާތެއްގައި ބެހެއްޓިފައި ހުންނަންވާނެއެވެ.
(ހ) ށަރްއީދާއިރާގެ ކޯޓު ނުވަތަ އިދާރާގެ ސާވަރ، ކޮމްޕިއުޓަރ، ރައުޓަރ، ސްވިޗް، ޕީ.އޭ.ބީ.އެކްސް، ނެޓްވޯކް، އެކްސަސް ކޮންޓްރޯލް ޔުނިޓްފަދަ ވަސީލަތްތައް ބަލަހައްޓާނީ އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އައި.ޓީ ކަންތައްތަކާ ހަވާލުވެ ހުންނަ އެންމެ އިސް މުވައްޒަފެވެ.
- މިގަވާއިދުގެ 235 ވަނަ މާއްދާގައި ބުނެފައިވާ ވަސީލަތްތަކުގެ ހަރުމުދަލުގެ ރަޖިސްޓްރީއެއް އެކޯޓެއް ނުވަތަ އެއިދާރާގެ ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓާ ސެކްށަނުގެ އިތުރުން ކޯޓު ނުވަތަ އިދާރާގެ އައި.ޓީ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ބަލަހައްޓަންވާނެއެވެ.
(ށ) ށަރްއީދާއިރާގެ މުވައްޒަފުންނާ ހަވާލުކުރެވޭ ކޮމްޕިއުޓަރާއި، ޕްރިންޓަރާއި، ސްކޭނަރ އަދި އެނޫނަސް ސްޓޯރޭޖްގެ ވަސީލަތްތައް ކޮންމެ މުވައްޒަފަކުވެސް ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ނ) ށަރްއީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި ނެޓްވޯކް އަޅާފައިވާގޮތާއި، ރައުޓަރ، ސްވިޗް، ޕީ.އޭ.ބީ.އެކްސް ބަހައްޓާފައިވާ ތަންތަން ފާހަގަވާނޭގޮތަށް، އެތަކެއްޗަށް ދެވިފައިވާ އައި.ޕީ އެޑްރެސްތައް ހިމަނައިގެން ނެޓްވޯކް ޑައިގްރާމެއް ތައްޔާރުކޮށް އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ތިޖޫރީގައި ބާއްވަންވާނެއެވެ.
(ރ) ށަރްއީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި މުވައްޒަފުންގެ މަސައްކަތަށް ހަވާލުކުރެވިފައިވާ އިންފޮމޭށަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފިޔަވާ ކޯޓުގެ ނުވަތަ އިދާރާގެ ހާޑްވެއަރގެ ގިންތީގައި ހިމެނޭ ތަކެތީގެ ތެރެއިން ޔޫޒަރ ނޭމާއި ޕާސްވޯޑް ޖަހައިގެން ބޭނުންކުރާ ތަކެތީގެ ޔޫޒަރ ނޭމާއި ޕާސްވޯޑް އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ތިޖޫރީގައި ރައްކާތެރިކަމާއެކު ސިޓީއުރައެއްގައި ބަންދުކޮށް ސިއްކަޖަހާފައި ބާއްވަންވާނެއެވެ.
237 ވަނަ މާއްދާ - ޑޭޓާ ސެކިއުރިޓީ
އިލެކްޓްރޯނިކް މައުލޫމާތު ރައްކާކުރާ މައި ސާވަރތަކަށް އެއްވެސް ފަރާތަކަށް ވަދެވެންޖެހޭނީ ޔޫޒަރ ނޭމަކާއި ޕާސްވޯޑެއްގެ ބޭނުންކޮށްގެން އެމީހަކަށް ކަނޑައަޅާފައިވާ އެމީހަކަށް ފެންނަންޖެހޭ ބައިތަކަށް އެކަންޏެވެ.
(ހ) ށަރްއީދާއިރާގެ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ އައި.ޓީގެ ވަސީލަތްތައް ބަލަހައްޓަންވާނީ ކޮންމެ މުވައްޒަފަކަށް ހާއްސަ އަމިއްލަ ޔޫޒަރނޭމަކާއި ޕާސްވޯޑެއް ބޭނުންކޮށްގެންނެވެ.
(ށ) ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުން ޑޭޓާ ސެކިއުރިޓީއަށް ހޭލުންތެރިކޮށް އަހުލުވެރި ކުރުވުމަށްޓަކައި ކޯޓުގެ ނުވަތަ އިދާރާގައި އައި.ޓީ ކަންތައްތަކާ ހަވާލުވެފައިވާ އިސްފަރާތްތަކުން ދޭތެރެ ދޭތެރެއިން ބައްދަލުވުންތައް ބާއްވާ ހޭލުންތެރިކުރުވަން ވާނެއެވެ.
(ނ) ށަރްއީދާއިރާގައި ބޭނުންކުރާ ރައްޔިތުންގެ މަސްލަހަތުހިމެނޭ ލިއުންތަކަކީ ސިއްރުވެރިގޮތުގައި ބަލަހައްޓަންޖެހޭ ލިޔުންތަކަކަށްވުމާއެކު އެތަކެތި އިންފޮމޭށަން ޓެކްނޮލޮޖީގެ ވަސީލަތް ބޭނުންކޮށްގެން ރަސްމީކޮށް ހާމަކުރަންޖެހޭ ވަގުތުތަކުގައި ހާމަކުރަންޖެހޭ ފަރާތްތަކަށް ހާމަކުރަންޖެހޭ މިންވަރަކަށް ފިޔަވައި އެނޫން އެހެން އެއްވެސް ގޮތަކަށް ހާމަކޮށްގެނެއް ނުވާނެއެވެ.
(ރ) ށަރްއީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި ވަޔަރލެސް ކުރުމަށް ގުޅާ ވަސީލަތްތައް މެދުވެރިކޮށް ވިއުގައާ ގުޅަންވާނީ މެކް އެޑްރެސް ރަޖިސްޓްރީކޮށްގެންނެވެ.
(ބ) ށަރްއީދާއިރާގައި ބޭނުންކުރާ ޑޭޓާއަކީ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ޑޭޓާއަކަށްވުމާއެކު އިންފޮމޭށަން ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ރައްކާކޮށްފައިވާ ޑޭޓާގެ ކޮޕީ ދުވަހުން ދުވަހަށް ނަގައި ބަލަހައްޓަންވާނެއެވެ.
(ޅ) ކޯޓުތަކާއި އިދާރާތަކުގެ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ ކޮމްޕިއުޓަރުތަކަށް، އައި.ޓީ ކަންތައްތަކާ ހަވާލުވެހުރި އިސްމުވައްޒަފުގެ ބެލުމުގެ ދަށުން މެނުވީ، އެއްވެސް ޕްރޮގްރާމެއް ނުވަތަ ސޮފްޓްވެއަރއެއް އަޅައިގެނެއް ނުވާނެއެވެ.
238 ވަނަ މާއްދާ - އައި.ޓީގެ ވަސީލަތްތައް ބޭނުންކުރުމުގައި މުވައްޒަފުން ކޮށްގެން ނުވާނެ ކަންތައްތައް
ށަރްއީދާއިރާގައި އައި.ޓީ ބޭނުންކުރުމުގައި ތިރީގައިމިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.
(ހ) އިސްލާމްދީނާ ހިލާފު މައުލޫމާތާއި، ގާނޫނަކުން ލިބިގަތުމަށް މަނާކޮށްފައިވާ މައުލޫމާތު ހިމެނޭ ސައިޓުތަކަށް ވަނުމާއި އެފަދަ މައުލޫމާތު ހިއްސާކުރުން.
(ށ) މަސައްކަތުގަޑީގައި ގޭމް ކުޅުމާއި ޗެޓް ކުރުމާއި، ފިލްމު ބެލުންފަދަ ކަންކަމުގައި ވަގުތު ހޭދަކުރުން.
(ނ) ށަރްއީދާއިރާގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި، މުވައްޒަފަށް އިތުރު ކުރިއެރުމެއް ލިބިދޭ، ފައިދާހުރި ކަންތައްތަކުގައިމެނުވީ އިންޓަރނެޓްގެ ބޭނުންކުރުން.
(ރ) ށަރްއީދާއިރާގެ އައި.ޓީ އެއްވެސް ވަސީލަތެއްގައި ކީލޮގަރ ނުވަތަ އެނޫނަސް މައުލޫމާތުން ވައްކަންކުރެވޭ ބާވަތުގެ އެއްވެސް ސޮފްޓްވެއަރއެއް ބޭނުންކުރުން.
(ބ) ކޯޓު ނުވަތަ އިދާރާގެ މާހައުލާ ދުރުގައި ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތުގެ ބޭނުމަށް ފިޔަވައި އެނޫންގޮތަކަށް އައި.ޓީގެ އެއްވެސް ވަސީލަތެއް ދުރުން ކޮންޓްރޯލް ކުރާ ބާވަތުގެ ރިމޯޓް ޑެސްކްޓޮޕް ފަދަ ވަސީލަތެއް ބޭނުންކުރުން.
(ޅ) އައި.ޓީ ދާއިރާގެ އެއްވެސް ވަސީލަތެއްބޭނުންކޮށްގެން އަމިއްލަ މަސައްކަތަށް ނުވަތަ މާއްދީ ފައިދާއެއް ހޯދުމަށް މަސައްކަތްކުރުން.
(ކ) ށަރްއީދާއިރާގެ އައި.ޓީގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ގާނޫނަކުން މަނާކޮށްފައިވާ އަމަލެއް ހިންގުން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ގެއްލުންދޭން މަސައްކަތްކުރުން.
(އ) ށަރްއީދާއިރާގެ އައި.ޓީގެ ވަސީލަތްތައް ބޭނުންކޮށްގެން ށަރްއީދާއިރާގެ މަސައްކަތާ ނުގުޅޭކަމެއްގައި އެއްފަހަރާ ގިނަ އީމެއިލް ތަކެއް ފޮނުވުން.
(ވ) ކޯޓު ނުވަތަ އިދާރާއިން މުވައްޒަފަށް ދީފައިވާ އީމެއިލް އައި.ޑީ މަސައްކަތާނުގުޅޭ އެހެނިހެން ބޭނުންތަކުގައި ބޭނުންކުރުން.
(މ) ކޯޓު ނުވަތަ އިދާރާއިން މުވައްޒަފަށް ރަސްމީ އީމެއިލް އައި.ޑީއެއް ދީފައިނުވާނަމަ، ނުވަތަ ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫންގޮތަކަށް ރަސްމީ ބޭނުންތަކުގައި އަމިއްލަ އީމެއިލް އައި.ޑީ ބޭނުންކުރުން.
(ފ) ކޯޓު ނުވަތަ އިދާރާގެ އައި.ޓީ ވަސީލަތްތަކުގައިވާ މުވައްޒަފާ ގުޅުމެއްނެތް ޑޭޓާ ޑިލީޓްކުރުން.
(ދ) ކޯޓު ނުވަތަ އިދާރާގެ މަސައްކަތާނުގުޅޭ ބޭނުންތަކުގައި ޕިއަރ ޓު ޕިއަރ ނެޓްވޯކާ ގުޅުން.
239 ވަނަ މާއްދާ - ވަޒީފާއިން ވަކިވާ މުވައްޒަފުންގެ އައި.ޓީ ވަސީލަތްތަކާމެދު އަމަލުކުރާނެގޮތް
ކޯޓު ނުވަތަ އިދާރާގެ ވަޒީފާއިން ވަކިވާ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ އައި.ޓީގެ ވަސީލަތްތަކާއި އަދި އައި.ޓީ ވަސީލަތްތައް ބޭނުންކުރުމަށްޓަކައި އެމުވައްޒަފަކަށް ދެވިފައިވާ ޔޫޒަރނޭމާއި ޕާސްވޯޑްތަކާއި، ތަޅުދަނޑިތައް އަދި އެމުވައްޒަފެއްގެ ނަމުގައި އައި.ޓީ ވަސީލަތްތަކުގައި ރައްކާކޮށްފައިވާ ލިޔެކިޔުންތަކާމެދު ތިރީގައިމިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ކޯޓު ނުވަތަ އިދާރާގެ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ، އެމުވައްޒަފަކާ ހަވާލުކުރެވިފައިވާ ކޮމްޕިއުޓަރާއި، އެނޫނަސް އެހެނިހެން އައި.ޓީގެ ވަސީލަތްތައް އައި.ޓީ ސެކްށަނާ ހަވާލުކުރަންވާނެއެވެ.
240 ވަނަ މާއްދާ - އައިޓީ ސެކްށަނުގެ ޒިންމާ
ކޯޓު ނުވަތަ އިދާރާގައި ބޭނުންކުރާ ޔޫޒަރނޭމްތަކާއި، ޕާސްވޯޑުތަކާއި، ސޯސްކޯޑުތަކާއި އަދި މިނޫންވެސް ސިއްރުގޮތުގައި ބަލަހައްޓަންޖެހޭ މައުލޫމާތު އެކޯޓު ނުވަތަ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅާފައިވާ ގޮތެއްގެ މަތީން މެނުވީ، އެކަމާ ނުގުޅޭ އެއްވެސް ފަރާތަކަށް ހާމަކޮށްގެނެއް ނުވާނެއެވެ.
27 ވަނަ ބާބު
ށަރްއީދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން
241 ވަނަ މާއްދާ - ތައާރުފު
ށަރްއީދާއިރާއަކީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ހައްގުތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ހޯދައިދީ އަދުލުއިންސާފު ގާއިމުކޮށް ގާނޫނުގެ ބާރުނަގަހައްޓައި މުޖުތަމައުގެ އަފްރާދުންގެ މެދުގައާއި ސިޔާސީ ހަރަކާތްތަކުން އުފެދޭ މައްސަލަތަކުގައި އިންސާފުވެރި ނިޔާ އިއްވުމުގެ މަސައްކަތްކުރާ ބާރެވެ. ވުމާއެކު، މިއީ ށަރްއީދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުން އެއްކިބާވެ ތިބުމުގައި އަމަލުކުރާނެ މިންގަނޑެވެ.
242 ވަނަ މާއްދާ - ސިޔާސީ ހަރަކާތް
މިގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ސިޔާސީ ޕާޓީއެއްގެ ނުވަތަ ކެނޑިޑޭޓެއްގެ ކާމިޔާބީއަށާއި ކުރިއެރުމަށާއި އަދި އެފަދަ ފަރާތެއްގެ ކުރިއެރުމަށް ހުރަސްއެޅުމަށް ކުރާ ކޮންމެކަމަކީ މިއުސޫލުގެ ބޭނުމަށްޓަކައި ސިޔާސީ ހަރަކާތްކަމުގައި ބެލެވޭނެއެވެ.
243 ވަނަ މާއްދާ - ކުރުންމަނާ ކަންތައްތައް
ތިރީގައި ބުނެފައިވާ ކަންތައްތަކަކީ ށަރްއީދާއިރާގެ މުވައްޒަފުންނަށް މަނާކުރެވިގެންވާ ކަންތައްތަކެވެ.
(ހ) ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރާއި، ސިޔާސީ ޕާޓީއެއްގެ އެއްވެސް ކޮމިޓީއެއްގެ މެމްބަރުކަން ކުރަން.
(ށ) ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމްއިއްޔާ ޖަމާއަތެއް، ނުވަތަ ކުލަބެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާކުރުމާއި އެފަދަ ޖަމްއިއްޔާ ޖަމާއަތެއްގެ ނުވަތަ ކްލަބެއްގެ ކޮމިޓީއެއްގެ މެންބަރުކަން ކުރުން.
(ނ) ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމްއިއްޔާ ޖަމާއަތެއް، ނުވަތަ އެފަދަ ކުލަބެއްގެ އެއްވެސް ޖަލްސާއެއްގައި ތަގްރީރުކުރުމާއި، ގަރާރާއި ހުށައެޅުން ހުށައެޅުމާއި، އެކަމުގައި ބައިވެރިވުމާއި، އެފަދަ ބައްދަލުވުމެއްގެ ލިޔެކިޔުން ލިޔެ ބެލެހެއްޓުން.
(ރ) ސިޔާސީ ޕާޓީއެއްގެ ފަރާތުން ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމާއަތެއްގެ ފަރާތުން ޕެޓިށަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން ނުވަތަ އެފަދަ ޕެޓިށަނަކަށް ސޮއިހޯދުމަށް މަސައްކަތްކުރުން.
(ބ) ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާ ޖަމާއަތެއް، ނުވަތަ އެފަދަ ކްލަބަކުން ނުވަތަ މިއިންނެސް އެފަދަ ފަރާތަކުން ބާއްވާ ސިޔާސީ ހިނގާލުމެއް، މުޒާހަރާއެއް، ފުލައިތު އެއްވުމެއް ނުވަތަ ސިޔާސީ ބޭނުމަކަށް ހިންގާ ހަރަކާތެއް ރާވައި އިންތިޒާމް ކުރުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެފަދަ ހަރަކާތެއްގައި ތަގްރީރު ކުރުން.
(ޅ) ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާ ޖަމާއަތެއް، ނުވަތަ އެފަދަ ކްލަބަކުން ހިންގާ، ނުވަތަ ސިޔާސީ މަގާމަކަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ހިންގާ ކެމްޕޭނު އޮފީހެއްގައި ހަރަކާތްތެރިވުން.
(ކ) ސިޔާސީ މަގާމަކަށް މީހަކު އިންތިހާބުކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، ވޯޓުލާ ދުވަހު، ކެންޑިޑޭޓެއްގެ ފަރާތުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ފަރާތުން ވޯޓުލާ މީހުން ވޯޓުލާން ގެންދިޔުމާއި، ގެންދިޔުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން. މީގެތެރޭގައި ނަސަބުގެ ގޮތުންނާއި މުސާހަރާގެ ގޮތުން ގާތްތިމާގެ މީހުން އެމީހަކު ދުއްވާ އުޅަނދެއްގައި ގެންދިޔުން ފަދަ ކަންކަމެއް ނުހިމެނެއެވެ.
(އ) ސިޔާސީ މަގާމަކަށް މީހަކު އިންތިހާބުކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ ނުވަތަ ކެންޑިޑޭޓެއްގެ އޭޖެންޓެއްގެ ހައިސިއްޔަތުން ނުވަތަ އޮބްޒާވަރެއްގެ ހައިސިއްޔަތުން ވޯޓުފޮށިދޮށުގައި ހުރުން ނުވަތަ އިނުން.
(ވ) ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ މަގްސަދެއްގައި ގޮވާލާ ގޮވާލުމަކަށް އިޖާބަ ދިނުމުގެ ގޮތުން ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ހުއްޓާލުން.
(މ) އިންތިހާބުކުރެވޭ ސިޔާސީ އެއްވެސް މަގާމަކަށް ކުރިމަތިލުން.
244 ވަނަ މާއްދާ - މުވައްޒަފުންގެ ހައްގު
މިގަވާއިދުގެ 243 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަކާތަކުންކުރެ ހަރަކާތެއްގައި ށަރުއީދާއިރާގެ މުވައްޒަފަކު ބައިވެރިވުމަށް ކޯޓުގައި ނުވަތަ އިދާރާގައި އޭނާގެ މައްޗަށް ހުރި މުވައްޒަފަކު އެދިގެން، އެފަދަ ހަރަކާތެއްގައި ބައިވެރިނުވުމުގެ ސަބަބުން އޭނާއާމެދު އެއްވެސް ތަފާތެއް ކުރެވިއްޖެކަމަށް އެ މުވައްޒަފަކަށް ގަބޫލުކުރެވޭނަމަ އެމައްސަލައެއް ދިވެހިރާއްޖޭގެ ކޯޓަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ. އަދި އެއިން ކަމަކާ ގުޅުވައިގެން ވަޒީފާއިން ވަކިކުރެވުނު ކަމަށް މުވައްޒަފަކަށް ފެނިއްޖެނަމަ އެމައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ.
245 ވަނަ މާއްދާ - ސިޔާސީ ޕާޓީގެ މަގާމުން
މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ށަރުއީދާއިރާގެ އިސްތިއުފާދިނުން އެއްވެސް މުވައްޒަފަކު ހުރިނަމަ އެހުރި މުވައްޒަފަކު މިގަވާއިދަށް އަމަލުކުރަން ފަށާތާ 07 (ހަތަރެއް) ދުވަހުގެ ތެރޭގައި އެމުވައްޒަފަކު ހުރި ސިޔާސީ ޕާޓީއެއްގެ މަގާމަކުން އިސްތިއުފާ ދޭންވާނެއެވެ.
246 ވަނަ މާއްދާ - މިއުސޫލާ ހިލާފުވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅު
މިއުސޫލާ ހިލާފުވާ ފަރާތްތަކާމެދު މިގަވާއިދުގެ 21 ވަނަ ބާބުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
ޖަދުވަލު 1
ށަރުއީދާއިރާގެ އިދާރީ މުވައްޒަފުން އަމިއްލަ މަސައްކަތް ނުކުރުމަށް ކުރެވޭ އިގްރާރު
ޖަދުވަލު 2
ވަޒީފާ ބަޔާން
ޖަދުވަލު 3
ވަޒީފާ ދެއްވުންއެދި ދަންނަވާ ޗިޓު
ޖަދުވަލު 4
ވަޒީފާ ބަދަލުކުރެއްވުމަށް އެދި ދަންނަވާ ޗިޓު
ޖަދުވަލު 5
ށަރުއީދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމް
ޖަދުވަލު 6
ށަރުއީދާއިރާގެ ވަޒީގެ އެއްބަސްވުން
ޖަދުވަލު 7
ށަރްއީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
ޖަދުވަލު 8 ގެ (ހ)
ސަޕޯޓް ސްޓާފުންގެ ވަޒީފާއަށް ހޮވުމަށް ޕޮއިންޓް ދޭނޭގޮތުގެ ތަފްސީލް ފޯމް
ޖަދުވަލު 8 ގެ (ށ)
ސަޕޯޓް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމަށް ޕޮއިންޓް ދޭނޭގޮތުގެ ތަފްސީލް ފޯމް
ޖަދުވަލު 8 ގެ (ނ)
މިޑްލް މެނޭޖްމަންޓް އިން ފެށިގެން މަތީގެ ވަޒީފާއަށް މީހުން ހޮވުމަށް ޕޮއިންޓް ދޭނޭގޮތުގެ ތަފްސީލް ފޯމް
ޖަދުވަލު 9 ގެ (ހ)
ވަޒީފާތަކަށް ކުރިމަތިލާފައިވާ މީހުންގެ މައުލޫމާތު
ޖަދުވަލު 9 ގެ (ށ)
ވަޒީފާތަކަށް ކުރިމަތިލާފައިވާ މީހުންގެ މައުލޫމާތު
ޖަދުވަލު 10
ވަޒީފާގެ ވަގުތީ މުއްދަތުގައި ގެންގުޅެން ފެށިކަން އަންގާ ލިޔުން
ޖަދުވަލު 11
ވަޒީފާ ދެއްވިކަން އަންގާ ލިޔުން
ޖަދުވަލު 12
ވަޒީފާއިން ވަކިކުރުމަށް ދަންނަވާ ޗިޓު
ޖަދުވަލު 13
ށަރުއީދާއިރާގެ ވަޒީފާއިނ ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް އިނާޔަތް ދެވޭގޮތް
ޖަދުވަލު 14
އުމުރުން 65 އަހަރުވުމުން ށަރްއީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭއިރު އިނާޔަތް ދެވޭނެ ގޮތް
ޖަދުވަލު 15
އުމުރުން 65 އަހަރުވުމުން ށަރްއީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދެވޭނެ ގޮތް
ޖަދުވަލު 16
ވަގުތީގޮތުން ފެށިކަން އަންގާ ލިޔުން
ޖަދުވަލު 17
ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ
ޖަދުވަލު 18
ވަގުތީ މުވައްޒަފުން ވަޒީފާއިން ދޫކޮށްލިކަން އަންގާ ލިޔުން
ޖަދުވަލު 19
ކޮންޓްރެކްޓް އުސޫލުން ށަރްއީދާއިރާގައި ގެންގުޅޭ ފަރާތްތަކުގެ މައުލޫމާތު ފޯމް
ޖަދުވަލު 20
ޗުއްޓީ ޗިޓު
ޖަދުވަލު 21
މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލިކަން އަންގާ ޗިޓު
ޖަދުވަލު 22
ށަރުއީދާއިރާގެ މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ކޯސްތަކުގެ މައްލޫމާތު
ޖަދުވަލު 23
ތަމްރީނުގައި ބައިވެރިވާ މީހުންގެ އިގްރާރު
ޖަދުވަލު 24
ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން ތަމްރީނުކުރެވޭ މައުލޫމާތު ފޯމް
ޖަދުވަލު 25 ގެ (ހ)
ށަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމް ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީ އަދި ސަޕޯޓް ގްރޫޕް 1
ޖަދުވަލު 25 ގެ (ށ)
ށަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމް ސަޕޯޓް ގްރޫޕް 2
ޖަދުވަލު 26
މަގާމްތަކުގެ ދަފްތަރު
ޖަދުވަލު 27
މުވައްޒަފުންގެ ދަފްތަރު
ޖަދުވަލު 28
ލިޔުމުންދޭ ނަސޭހަތް
ޖަދުވަލު 29
ލިޔުމުންދޭ އިންޒާރު
ޖަދުވަލު 30
އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނިކުތުން މަނާކޮށް އަންގާ ޗިޓް
ޖަދުވަލު 31
ކޯޓު/އިދާރާ އަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން
ޖަދުވަލު 32
އިދާރީ މައްސަލަ ހުށަހަޅާ ފޯމު
ޖަދުވަލު 33
އިންޓަވިއު ޕެނަލްގެ ޔައުމިއްޔާ
ޖަދުވަލު 34
މުވައްޒަފު ސަލާމުގައިކަން ކޯޓަށް ނުވަތަ އިދާރާއަށް އެންގުމާއި ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)
ގުޅުންހުރި ގަވާއިދު
ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 2011-18)
ކިޔުންތެރިންގެ ހިޔާލު