-

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-05) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2013-61)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 އޯގަސްޓު 2013 ގައި)

 

1 ވަނަ މާއްދާ - ށަރްއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 84 ވަނަ މާއްދާއާއި 140 ވަނަ މާއްދާއަށް އިސްލާހުގެނައުން.

އިންޓަވިއު ޕެނަލްގެ ނިންމުން 84.

(ހ) އިންޓަވިއުކުރެވޭ ކޮންމެ ފަރާތަކާ ބެހޭ ގޮތުން އިންޓަވިއު ޕެނަލްގެ ކޮންމެ މެންބަރަކު މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ "ވަޒީފާތަކަށް މީހުން ހޮވުމަށް ޕޮއިންޓް ދޭނެގޮތުގެ ފޯމު" ފުރިހަމަ ކުރަންވާނެއެވެ.

(ށ) ށަރުއީ ދާއިރާގެ ވަޒީފާތަކަށް ހަމަޖައްސަންވާނީ ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާއާއި، ހުނަރާއި، އަހްލާގާއި، އިންޓަވިއުއާއި، ނަޒާހަތްތެރިކަމުގެ މައްޗަށްބަލައި، އެންމެގިން މާކްސް ލިބިފައިވާ ފަރާތެކެވެ. 

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ކުރެވޭފަދަ ސިއްހަތެއްގައި ހުރި ފަރާތެއް ކަމުގައިނުވާނަމަ ނުވަތަ އަހްލާގީ މިންގަ ނޑާއި ގައުމީ ސަލާމަތާގުޅޭ ގޮތުން ބަލަންޖެހޭ މިންގަ ނޑަކަށް ނުފެތޭ ފަރާތެއް ކަމުގައިވާނަމަ އެކަން އަންގައިދޭ ލިޔުންތަކާއެކު، ވަޒީފާ ހަމަޖެއްސުމަށް ހުށަހަޅާ ކޯޓަކުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުން، އެކަމެއް ބަލައި އެފަރާތަކަށް ވަޒީފާ ހަމަނުޖެއްސުމުގެ އިހުތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.

(ރ) މިމާއްދާގެ (ނ) ގައިވާފަދަ ސަބަބެއް މެދުވެރިވެގެން އެންމެމަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސެންނެތް ހާލަތެއްގައި، ދެން ވަޒީފާ ހަމަޖައްސާނެ ފަރާތެއް ހޮވާނީ، މާކްސް ލިބިފައިވާ ތަރުތީބަށް ބަލައިގެންނެވެ.

(ބ) ކޯޓުތަކާއި އިދާރާތަކުން އިންޓަވިއުކޮށް ނިމުމުން މިގަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މައުލޫމާތު" ފޯމު ފުރިހަމަކޮށް، ސުޕްރީމް ކޯޓާއި ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކާއި އަދި އިދާރާތަކުން، މިގަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާ ދެއްވުން އެދި ދަންނަވާ ޗިޓު" ފުރިހަމަކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.

(ޅ) މެޖިސްޓްރޭޓް ކޯޓުތަކުން އިންޓަވިއުކޮށް ނިމުމުން، މިގަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މައުލޫމާތު" ފޯމު ފުރިހަމަކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.

(ކ) މިމާއްދާގެ (ށ) ގައިވާގޮތުގެމަތިން ވަޒީފާ ހަމަޖެއްސުމަށް ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 33 ގައިވާ "އިންޓަރވިއު ޕެނަލުގެ ޔައުމިއްޔާ" އާ އެކުގައެވެ.

 

އަހަރީ ޗުއްޓީ 140.

(ހ) 1 މެއި 1984ގެ ކުރީން ދައުލަތުގެ ވަޒީފާ ލިބިފައި ތިބި މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ މެއި 1 ން އެޕްރީލް 30 ގެ ނިޔަލަށެވެ. 1 މޭ 1984 ގެ ފަހުން ދައުލަތުގެ ވަޒީފާ ލިބުނު މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ އެމުވައްޒަފަކަށް ވަޒީފާ ލިބުނު އަހަރުގެ އެދުވަހަކުން ފެށިގެންނެވެ. ށަރުއީ ދާއިރާގެ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންނަށް މިގަވާއިދުގައިވާ ގޮތުގެ މަތީން އަހަރީ ޗުއްޓީ ލިބޭނެއެވެ. 

(ށ) ވަޒީފާ އަދާކުރާތާ އަހަރުވުމުން، ވަޒީފާއާބެހޭ ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ. މިދުވަސްތައް ގުނާނީ މިގަވާއިދުގެ 138 ވަނަ މާއްދާގައިވާ ބަންދު ދުވަސްތައް ނުހިމަނައެވެ.

(ނ) މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފަކު އާދައިގެ މަތިން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށްވެއްޖެނަމަ، އެ ދުވަހުގެ ބަދަލުގައި ދުވަހެއް އެ މުވައްޒަފުގެ އަހަރީ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.

(ރ) އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ އެ މުވައްޒަފެއްގެ ނުރުހުމުގައި، އެމުވައްޒަފަކު ލައްވައި ރަސްމީ އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.

(ބ) ކޮންމެ މުވައްޒަފަކަށްވެސް އަހަރީ ޗުއްޓީ ހައްގުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެކޯޓަކުން ނުވަތަ އެއިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ޗުއްޓީ ފެށިދާނެއެވެ.

(ޅ) މީލާދީ އަހަރު ފެށުމާއެކު، ކޮންމެ ކޯޓެއްގައިވެސް ނުވަތަ އިދާރާއެއްގައިވެސް، މުވައްޒަފުންގެ ކަންތަކާ ހަވާލުވެ ހުންނަވެރިޔާ، މުވައްޒަފުންނާ މަށްވަރާކޮށް، ތަނުގެ މަސައްކަތަށް ދަތިނުވާނޭހެން، ޗުއްޓީނަގާ މުވައްޒަފުންގެ މަސައްކަތްތައް ހަމަޖެއްސޭނެގޮތް ރާވައި، އެ އިންތިޒާމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލެއް ހަދައި މުވައްޒަފުންނަށް އަންގަންވާނެއެވެ.

(ކ) މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ނުނަގައި ދޫކޮށްލައިފިނަމަ، އެޗުއްޓީ ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.

(އ) މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް ކެންސަލްނުވެ އޮތްނަމަ، އެ ޗުއްޓީގެ ބަދަލުގައި މުސާރައިން ދުވަހަކަށް ޖެހޭ މިންވަރުން އެދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.

(ވ) އަހަރީ ޗުއްޓީއަށް އެދޭނީ މިގަވާއިދުގައިވާ ކަންތައްތައް ފުރިހަމަވާގޮތަށް މުވައްޒަފު މަސައްކަތްކުރާ ކޯޓުން ނުވަތަ އިދާރާއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(މ) އަހަރީ ޗުއްޓީގެ ގޮތުގައި، ށަރުއީދާއިރާގެ މުވައްޒަފަކަށް ހައްގުވާ 30 (ތިރީސް) ދުވަހުގެ ޗުއްޓީގެ އިތުރުން، ދައުލަތުން ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގެ ޑޮކްޓަރެއްގެ ސެޓްފިކެޓާއެކު، ހުށަހެޅުމުން ސިއްހީ ސަބަބަކަށްޓަކައި ދެވޭ ދިގުމުއްދަތުގެ ޗުއްޓީގެ ގޮތުގައި، އަސާސީ މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) މުސާރަ ދޭގޮތަށް 6 (ހައެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޗުއްޓީއެއް ދެވިދާނެއެވެ.

(ފ) އަސާސީ މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ދެވޭ ޗުއްޓީ ދޭންވާނީ، މުވައްޒަފު ނުވަތަ، އޭނާގެ ފިރިމީހާ ނުވަތަ އަނބިމީހާ، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ 18 އަހަރު ނުވާ ދަރިއެއްގެ ސިއްހީ ފަރުވާއަކަށެވެ.

(ދ) އަސާސީ މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ދެވޭ ޗުއްޓީ ދޭންވާނީ، އެކޯޓެއް ނުވަތަ އިދާރާއެއްގެ ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހަޅައި އެ ކޮމިޓީން ނިންމާގޮތެއްގެ މަތިން މިމާއްދާގެ (މ) ގައިވާ މުއްދަތަށްވުރެ ދިގުނުވާނެގޮތަށެވެ.

(ތ) މުވައްޒަފަށް ޗުއްޓީ ދޭނީ މި ގަވާއިދުގެ ޖަދުވަލު 20 ގައިވާ " ޗުއްޓީ ޗިޓު" ންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-05)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު