-

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-05) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-16)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ފެބުރުވަރީ 2014 ގައި)

 

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 142 ވަނަ މާއްދާއަށް އިސްލާހު ގެނައުން.

ބަލިވެއިނުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީ 142. 

މުވައްޒަފަކު ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ޗުއްޓީއާއި އިނާޔަތް ދޭންވާނެއެވެ. 

(ހ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެ ސެޓްފިކެޓުގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި މުސާރައާއެކު ދޭންވާނެއެވެ.

(ށ) ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއްވުމުގެ ސަބަބުން މާބަނޑުމީހާ ކޯޓަށް ނުވަތަ އިދާރާއަށް ނުކުންނަން އުޒުރުވެރިވާނަމަ، ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުގެ ތެރެއިން 30 (ތިރީސް) ދުވަސް އެ މުވައްޒަފަކަށް ނެގިދާނެއެވެ.

(ނ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ކުރިން ބަންދުދުވަސް ހިމަނައިގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެމުވައްޒަފަށް ނެގިދާނެއެވެ.

(ރ) ވިހެއުމާ ގުޅިގެންދެވޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީގެ އިތުރުން ވިހެއުމުގެ ސަބަބުން މުވައްޒަފު، ނުވަތަ ވިހޭ ދަރިފުޅު ބަލިކަމަށް ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ފަހުން، ބަންދުދުވަސް ހިމަނައިގެން، ވިހެއި ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ނެގިދާނެއެވެ.

 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-05)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު