ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-05) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2013-583)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮކްޓޫބަރު 2013 ގައި)
ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި 120 ވަނަ މާއްދާއާއި 124 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާއި 157 ވަނަ މާއްދާއަށް އިސްލާހުގެނައުން.
އިތުރުގަޑީގެ ފައިސާ 48.
ށަރުއީ ދާއިރާގެ މުވައްޒަފުން ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވިދާނެއެވެ. އިތުރުގަޑީގައި ކުރާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެންނެތް މަސައްކަތަކަށް ވާންޖެހޭނެއެވެ. އަދި އެމަސައްކަތަކީ އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއް ކަމުގައި ވާންޖެހޭނެއެވެ. ށަރުއީ ދާއިރާގެ މުވައްޒަފުން ލައްވައި ނުރަސްމީ ގަޑީގައި މަސައްކަތް ކުރުވައިފި ނަމަ، ތިރީގައި މިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
(ހ) ށަރުއީ ދާއިރާގެ މުވައްޒަފުންލައްވައި، ދުވާލަކު 7 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތްކުރި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޒާންމަހު، މުވައްޒަފަކު ލައްވައި ދުވާލަކު 1/24 ގަޑި އިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފި ނަމަ އިތުރަށް މަސައްކަތް ކުރުވި ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
(ށ) ށަރުއީ ދާއިރާގެ މުވައްޒަފަކު ލައްވައި، ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު ހަފްތާއަކު 35 ގަޑި އިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފި ނަމަ، އިތުރަށް މަސައްކަތް ކުރުވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޒާންމަހު، ހަފްތާއަކު 1/222 ގަޑި އިރަށް ވުރެ އިތުރަށް މަސައްކަތް ކުރުވައިފި ނަމަ، އިތުރަށް މަސައްކަތް ކުރުވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.
(ނ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 22 ން ގެއްލީމައި އަންނަ އަދަދު 7 ން ގެއްލީމައި އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެންނެވެ.
(ރ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 22 ން ގެއްލީމައި އަންނަ އަދަދު 1/24 ން ގެއްލީމައި އަންނަ އަދަދު އެއީ ގަޑިއަކަށް ޖެހޭވަރު ކަމުގައި ބަލައިގެންނެވެ.
(ބ) މުވައްޒަފަކު ލައްވައި ރަސްމީ މަސައްކަތު ދުވަހެއްގައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން 1/41 އަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެމުވައްޒަފަކަށް ދޭންވާނެއެވެ. އަދި މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތްކުރުވީ، މިގަވާއިދުގެ 138 ވަނަ މާއްދާގައިބުނާ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން 1/21 އަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެމުވައްޒަފަކަށް ދޭންވާނެއެވެ.
(ޅ) އާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވައި 7 ގަޑިއިރު މަސައްކަތް ކުރުވާނަމަ، އިތުރުގަޑީގެ ފައިސާގެ އިތުރުން އެމުވައްޒަފަކަށް ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އިތުރުގަޑީގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފެއްގެ މުސާރައިގައި ހިމަނައިގެން އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ކ) އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހަކަށްވާ ފައިސ،ާ އެއްފަހަރާއެވެ. މިގޮތުން އެފައިސާދޭނީ، ކުރީމަހުގެ 16 ން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސ،ާ ހިނގާމަހުގެ މުސާރަދޭ ދުވަހު މުސާރައާ އެކުގައެވެ.
އިިސްތިސްނާކުރެވޭ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ދިނުން 49.
އަތޮޅުތަކަށާއި، އަތޮޅުތަކުން މާލެއަށާއި، އެއްއަތޮޅުން އަނެއް އަތޮޅަށާއި، އެއްރަށުން އަނެއްރަށަށް މުވައްޒަފުން ކުރާ ރަސްމީ ދަތުރުތަކުގައި، ދަތުރު އެލަވަންސް ދިން ނަމަވެސް ދުވާލަކު 7 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށ،ް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. މިގޮތުން ފައިސާދޭނީ، އެދަތުރެއްގައި ދާން ބޭނުންވާ ތަނަކަށް ދިއުމަށްފަހު، އެތަނެއްގައި މަސައްކަތްކުރާ ވަގުތަށެވެ. އަދި އެވަގުތަކީ، މިގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އިސްވެރިޔާ ކަނޑައަޅާފައިވާ އުސޫލެއްގެ މަތީން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއްގެ ވަގުތު ކަމަށްވާން ޖެހޭނެއެވެ.
މަސައްކަތު ގަޑި 120.
(ހ) އާންމުގޮތެއްގައި ކޯޓުތަކާއި އިދާރާތަކުގެ ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ 7 (ހަތެއް) ގަޑިއިރެވެ. ރަސްމީ ގަޑިއަކީ ހެނދުނު 8:00 ން މެންދުރުފަހު 3:00 އަށެވެ. ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހުގައި މެންދުރު 12:00 ން މެންދުރުފަހު 2:00 އާ ދެމެދު، ނަމާދު ކުރުމަށާއި މެންދުރު ކެއުމަށް 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. މިހުސްވަގުތުކޮޅު ދޭންވާނީ އާންމުންނަށް ކޯޓުތަކުންނާއި އިދާރާތަކުން ދޭ އަސާސީ ހިދުމަތް ހުއްޓުމަކަށް ނާންނާނެ އިންތިޒާމެއްގެ މަތިންނެވެ.
- މިމާއްދާގެ (ހ) ގައި ބުނާ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި ހުސްވަގުތު ނެގޭނީ އެކޯޓެއްގެ ނުވަތަ އިދާރާއެއްގެ އެންމެ އިސްވެރިޔާ ނުވަތަ އިސްވެރިޔާގެ ހުއްދަ ލިބިގެން ނުވަތަ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ށ) ރަމަޒާން މަހުގެ ރަސްމީ ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހުގެ 1:30 އަށެވެ.
(ނ) ދަންފަޅި އުސޫލުން މަސައްކަތްކުރަންޖެހޭ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ ދަންފަޅިއަކަށް ކަނޑައަޅާފައިވާ ގަޑިއެވެ. ހުސްވަގުތުކޮޅެއް ނުލިބި މަސައްކަތުގައި ހޭދަވާ ކޮންމެ 4 (ހަތަރެއް) ގަޑިއަކުން 15 (ފަނަރަ) މިނެޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. އަދި ކޮންމެ 5 (ފަހެއް) ގަޑިއިރަކުން 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއ،ް ކެއުމަށް ދޭންވާނެއެވެ. އެގޮތުންދޭ ވަގުތުކޮޅު ދޭނެ ދަ ނޑިވަޅެއް ކަނޑައަޅާނީ ކޯޓުން ނުވަތަ އިދާރާއިންނެވެ.
(ރ) މުވައްޒަފުން ލައްވައި ރަސްމީގަޑީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވަންވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައެވެ.
(ބ) ކޯޓު ނުވަތަ އިދާރާ ހުޅުވުމަށް ހަވާލުކޮށްފައިވާ މުވައްޒަފު ރަސްމީގަޑި ފެށުމުގެ 15 (ފަނަރަ) މިނެޓުކުރިން ކޯޓު ނުވަތަ އިދާރާ ހުޅުވަންވާނެއެވެ.
(ޅ) ށަރުއީ ދާއިރާގެ ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު، ގަޑިއަށް މަސައްކަތަށް ހާޒިރުވާންވާނެއެވެ. މަސައްކަތަށް ހާޒިރުނުވެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، އެމުވައްޒަފާ ދިމާވި ހާލަތާ ގުޅޭގޮތުން ގަވާއިދުން ސަލާމް ނުވަތަ ޗުއްޓީ ނަގަންވާނެއެވެ. ޗުއްޓީ ނުވަތަ ސަލާމް ހަމަނުޖައްސައި، މަސައްކަތަށް ހާޒިރުނުވެ ގަވާއިދުން ކޯޓަށް ނުވަތަ އިދާރާއަށް ނާންގައި ހުރެއްޖެނަމަ ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
ގަޑިޖެހުން 124.
(ހ) ށަރުއީ ދާއިރާގެ ކޮންމެ މުވައްޒަފަކުމ،ެ ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރު ވެއްޖެނަމަ ގަޑި ޖެހޭނެއެވެ.
(ށ) ށަރުއީ ދާއިރާގެ މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު ރަސްމީ ދުވަސްދުވަހު ގަޑިޖެހޭނީ، ހެނދުނު 8:01 ހިނގުމުންނެވެ. ރަމަޒާންމަހު ގަޑި ޖެހޭނީ ހެނދުނު 9:01 ހިނގުމުންނެވެ.
(ނ) ށަރުއީދާއިރާ މުވައްޒަފުންގެ ތެރެއިން ބްރޭކް ގަޑީގައި ބޭރަށްދާ މުވައްޒަފުންނާއި އެހެންވެސް އަމިއްލަ ބޭނުންތަކުގައި ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފުން ބޭރުގައި ހޭދަކުރާ ވަގުތުގެ ރިކޯޑު ކޯޓުތަކާއި އިދާރާތަކުން ރަނގަޅަށް ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ރ) މުވައްޒަފުންގެ މުސާރައިން ގަވާއިދާ އެއްގޮތަށް ގަޑީލާރި ކެނޑޭނީ، ރަސްމީ މަސައްކަތު ގަޑީގައި އޮފީހުގެ މަސައްކަތެއްނޫން ކަމެއްގައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު ތަކަށާއި ހުއްދައަކާއި ނުލައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތުތަކަށާއި މުވައްޒަފުންނަށް ލިބޭ ބްރޭކް ގަޑީގައި 1 (އެކެއް) ގަޑިއިރަށްވުރެ އިތުރަށް ހުއްދަނެތި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތުތަކަށެވެ. މިގޮތުން ރަސްމީ މަސައްކަތު ގަޑީގައި ހުއްދަ ލިބިގެން ބޭރުގައި ހޭދަކުރާ ވަގުތު ލިޔެކިޔުމުން ބަލަހައްޓަންވާނެއެވެ.
(ބ) ތަކުރާރުކޮށް ރަސްމީގަޑީގައި އަމިއްލަ ބޭނުމުގައި އޮފީހުން ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މުވައްޒަފުންނާ މެދު، މިގަވާއިދުގައި ވާގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
(ޅ) ރަސްމީގަޑީގައި ކޯޓު ނުވަތަ އިދާރާ ހުޅުވުމަށް އެފަހަރަކު ހަވާލުވެތިބި މުވައްޒަފުން ގަޑިޖެހޭނީ، ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، ހެނދުނު 7:46 ހިނގުމުންނެވެ. ރަމަޒާންމަހު ގަޑިޖެހޭނީ ހެނދުނު 8:46 ހިނގުމުންނެވެ.
(ކ) ޑިއުޓީ ބަހައިގެން މަސައްކަތްކުރާ މުވައްޒަފުން ގަޑިޖެހޭނީ، އެ މުވައްޒަފަކު ޑިއުޓީއަށް ނިކުންނަން ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރު ވުމުންނެވެ.
(އ) ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތަށް ނުކުމ،ެ ގަޑިޖެހުމުގެ ކުރިން ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވިކަން އެ ކޯޓެއްގައި ނުވަތަ އެ އިދާރާއެއްގައި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ހާޒިރުވި ގަޑި ރިކޯޑު ކުރަން ވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން ހާޒިރު ވިޔަސް ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑު ކޮށްފައި ނުވާނަމަ އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑި ބަލާނީ ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތުން ފެށިގެންނެވެ.
(ވ) ކޯޓުން ނުވަތަ އިދާރާއިން އަންގައިގެން މަސައްކަތެއްގައި ބޭރުގައި އުޅެންޖެހުމުގެ ސަބަބުން ގަޑިޖެހުމުގެ ކުރިން ހާޒިރުވިގަޑި ރިކޯޑު ނުކުރެވިއްޖެނަމަ އެ މަސައްކަތެއް ނިމިގެން ކޯޓަށް ނުވަތަ އިދާރާއަށް ހާޒިރުވ،ެ ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގައި ހާޒިރުވިގަޑި ރިކޯޑުކުރަން ވާނެއެވެ. އަދި ސަބަބު ރިކޯޑު ކޮށްފައި އޮންނަން ވާނެއެވެ. މިހާލަތުގައި ގަޑިއަށް ހާޒިރު ނުވި މުވައްޒަފުން ގަޑިއެއް ނުޖެހޭނެއެވެ.
(މ) ކޯޓު ނުވަތަ އިދާރާ ހުޅުވާ މުވައްޒަފަކު ހާޒިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑި ޖެހުނުއިރު ކޯޓު ނުވަތަ އިދާރާ ނުހުޅުވިއްޖެނަމަ، މުވައްޒަފުންގެ ތެރެއިން އެވަގުތު ހާޒިރުވެހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. ކޯޓު ނުވަތަ އިދާރާ ހުޅުވުމުން ހާޒިރީ ރިކޯޑުކުރާނީ އެވެ.
(ފ) މުވައްޒަފު ވަޒީފާ އަދާކުރަން ނުކުންނަން ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ނުނިކުތުމުގެ ސަބަބުން ގަޑީލާރި ކެނޑޭނީ އެމުވައްޒަފު ހާޒިރުނުވި ވަގުތަށް މުސާރައިންޖެހޭ މިންވަރަށެވެ.
(ދ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނެޓަކަށް ޖެހޭ އަދަދު ބަލާނީ މަހުމުސާރަ 30 ން ގެއްލައި، ގެއްލީމާ އަންނަ އަދަދު ށަރުއީ ދާއިރާގެ އާންމު ރަސްމީގަޑިކަމަށް ހަމަޖައްސާފައި އޮންނަ ގަޑީގެ އަދަދުން ގެއްލައި، ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ. ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، މަހުމުސާރަ 30 ން ގެއްލީމާ އަންނަ އަދަދު 7 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ. ރަމަޒާންމަހު، މިނެޓަކަށް ޖެހޭ އަދަދު ބަލާނީ މަހު މުސާރަ 30 ން ގެއްލީމާ އަންނަ އަދަދު 1/24 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ.
(ތ) ނުރަސްމީ ގަޑީގައި ނުކުންނަން އަންގާފައިވާ ގަޑިއަކަށް މަގުބޫލު އުޒުރަކާ ލައިގެން މެނުވީ ހާޒިރު ނުވެއްޖެނަމަ އެމުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅޭނެއެވެ.
(ލ) މުވައްޒަފަކު ގަޑި ޖެހިގެން، ދުވަހަކަށް ކެނޑޭ ގަޑީލާރި ކެނޑޭނެ އެންމެ ގިނަ އަދަދަކީ އެމީހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މުސާރައިގެ އަދަދެވެ.
ވަޒީފާ މެދުކެނޑުމަށްފަހު ވަޒީފާ އާ ގުޅޭ ހިނދު ނުވަތަ ވަޒީފާ ބަދަލުވުމާގުޅިގެން މުވައްޒަފުންގެ އަހަރީ ޗުއްޓީ 141.
މުވައްޒަފެއްގެ ވަޒީފާ މެދުކެނޑުމަށްފަހު ވަޒީފާއާ ގުޅޭ ހިނދު ނުވަތަ ވަޒީފާ ބަދަލު ވުމާގުޅިގެން އަހަރީ ޗުއްޓީ ގުނާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ށަރުއީ ދާއިރާގެ މުވައްޒަފަކު ކޯހަކަށް ނުވަތަ މުސާރަ ނުލިބޭ ޗުއްޓީއަކަށް ދިއުމަށްފަހު ވަޒީފާއަށް ނުކުންނަ ހިނދު މުވައްޒަފުގެ ޗުއްޓީގެ ދުވަސްތަކުގެ ތާރީހު ބަލާނީ އަލުން ހިދުމަތްފަށާ ދުވަހާއި ކުރިން ހިދުމަތްކުރި އަހަރުގެ ދުވަސްތަކާ ގުޅުވާލައި، ކުރިން ހިދުމަތްކުރި އަހަރުގެ ބައިކުޅަބަޔާ އެއްކޮށްލުމުން އަހަރުވާ ތާރީހުން ފެށިގެންނެވެ.
(ށ) ށަރުއީ ދާއިރާގެ މުވައްޒަފަކު އެހެން ކޯޓަކަށް ނުވަތަ އެހެން އިދާރާއަކަށް ބަދަލުވުމުން، އެމުވައްޒަފުގެ ޗުއްޓީ ހައްގުވާ ތާރީހު ބަލާ ދުވަހަކަށް ބަދަލެއް ނާންނާނެއެވެ. އަދި ބާކީހުރި ޗުއްޓީ ކަނޑައެޅިފައިވާ އުސޫލުން އެމުވައްޒަފަކަށް ލިބެންވާނެއެވެ.
(ނ) ދައުލަތުގެ އެހެން މުއައްސަސާއެއްގައި ވަޒީފާއަދާކުރުމަށްފަހު މެދުނުކެނޑޭގޮތަށް ށަރުއީ ދާއިރާގެ ވަޒީފާއާ ގުޅޭ ފަރާތްތަކުގެ ޗުއްޓީ ހައްގުވާ ތާރީހު ބަލާ ދުވަހަކަށް ބަދަލެއް ނާންނާނެއެވެ.
(ރ) މިމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޗުއްޓީ ހައްގުވާ ތާރީހު ބަލާ ދުވަހަށް ބަދަލު ނައިނަމަވެސ،ް ހައްގުވާ އަހަރީ ޗުއްޓީގެ ތެރެއިން ބާކީ ހުރި ދުވަސްތައް ލިބޭނީ، އެމުވައްޒަފަކު ކުރިން ވަޒީފާ އަދާކުރި މުއައްސަސާއަކުން ވަކިވުމުން، އަހަރީ ޗުއްޓީގެ ބާކީ ދުވަސްތަކަށް ފައިސާ ދީފައިނުވާކަމުގެ ލިޔުމެއ،ް އެމުއައްސަސާއަކުން ހޯދައި
ހުށަހެޅުމުންނެވެ.
(ބ) ދައުލަތުގެ އެހެން މުއައްސަސާއެއްގައި ވަޒީފާއަދާކުރުމަށްފަހު މެދުނުކެނޑޭގޮތަށް ށަރުއީ ދާއިރާގެ ވަޒީފާއާ ގުޅޭ ފަރާތްތަކުގެ ޗުއްޓީ މިމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ގުޅުވައިގެން ކުރިއަށް ގެންދިއުމަށްޓަކައި އެމުވައްޒަފެއްގެ ޗުއްޓީގެ ރިކޯޑު ކުރިން ވަޒީފާ އަދާކުރި މުއައްސަސާއަކުން ހޯދަންވާނެއެވެ.
މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނެ މުއްދަތު 157.
(ހ) ށަރުއީ ދާއިރާގެ އިދާރީ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނެ އެންމެ ކުރު މުއްދަތަކީ، 3 (ތިނެއް) މަސްދުވަހެވެ. އަދި ގިނަވެގެން ވީއްލޭނީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، އެ ހާލަތު ބަޔާންކޮށް ކަމާބެހޭ އެންމެހާ ލިޔެކިއުންތައް ކޯޓަށް ނުވަތަ އިދާރާއަށް ހުށަހެޅުމުން، އެ ކޯޓެއްގެ ނުވަތަ އެ އިދާރާއެއްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގައި މަށްވަރާ ކުރުމަށްފަހު، އެ މުވައްޒަފު ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ ބަދަލު އިންތިޒާމު ހަމަޖެއްސުމާއެކު، ބަންދު ދުވަސްތައް ހިމަނައިގެން 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލިދާނެއެވެ. މިގޮތުން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލަންވާނީ އެމުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީއެއް ނެތްނަމައެވެ. ނަމަވެސް މިހާލަތުގައި އެމުވައްޒަފު ވަގުތީގޮތުން ވަޒީފާއިން ވަކި ނުކުރެވޭނެއެވެ. އަދި މުވައްޒަފުގެ ބަދަލުގައި އެމަގާމުގައި މުވައްޒަފަކު ނުގެންގުޅެވޭނެއެވެ. އަދި އެ މުއްދަތު މުވައްޒަފު ހިދުމަތުގައި ދެމިހުރި މުއްދަތެއް ކަމުގައި ގުނޭނެއެވެ. އަދި މިގޮތުން ދެވޭ ޗުއްޓީ މިމާއްދާގެ (ހ) އިން އިސްތިސްނާ ވާނެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-05)
ކޮންސޮލިޑޭޓެޑް ގަވާއިދު
ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-05)
ކިޔުންތެރިންގެ ހިޔާލު