-

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012

(ގަވާއިދު ނަންބަރު 2012-35)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ޖުލައި 2012 ގައި)

 

1 ވަނަ މާއްދާ - ތައާރަފް

މިއީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 110 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަާވލެވިފައިވާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - މިގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "ކަސްޓަމްސް މުވައްޒަފުންގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

މިގަވާއިދު ހިންގާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންނެވެ.

 

4 ވަނަ މާއްދާ - އަމަލުކުރަން ފެށުން

(ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) (ށ) މިމާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް މިގަވާއިދުގެ 13 ވަނަ ބާބު (ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައާއި އެލަވަންސް ދިނުން) އަށް އަމަލުކުރަން ފަށާނީ މިގަވާއިދު އާއްމުކޮށް ށާއިއުކުރާ ދުވަހުން ފެށިގެން މީލާދީގޮތުން 1 (އެކެއް) މަސްދުވަހުގެ ތެރޭގައެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް މިގަވާއިދުގެ ތިރީގައިވާ ބައިތަކަށް އަމަލުކުރަން ފަށާނީ މިގަވާއިދު އާއްމުކޮށް ށާއިއުކުރާ ދުވަހުން ފެށިގެން މީލާދީގޮތުން 3 (ތިނެއް) މަސްދުވަސް ތެރޭގައެވެ.

  1. 11 ވަނަ ބާބު (ކަސްޓަމްސް ރިޓަޔަމަންޓް)
  2. 6 ވަނަ ބާބު (ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުން)
  3. 42 ވަނަ މާއްދާ (މުސާރަ ނުލިބޭ ޗުއްޓީ)
  4. 43 ވަނަ މާއްދާ (މުސާރަ ލިބޭގޮތަށްދޭ ޗުއްޓީ)

 

5 ވަނަ މާއްދާ - ބޯޑުތައް އުފެއްދުން

(ހ) މިގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ބޯޑުތައް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އުފައްދަންވާނެއެވެ.

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑު:
  2. ޓްރެއިނިންގ އެންޑް އެކަޑަމިކް އެޑްވައިޒަރީ ބޯޑު.

 

6 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

ކަސްޓަމްސްގެ އެއްވެސް މުވައްޒަފަކު މިގަވާއިދާ ހިލާފުވެއްޖެނަމަ، މިގަވާއިދުގެ 5 ވަނަ ބާބު (އިދާރީ އަދަބު ދިނުން) ގައިވާގޮތުގެ މަތިން އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

7 ވަނަ މާއްދާ - އިލްތިާމސްކުރުން

(ހ) މިގަވާއިދުގެ ދަށުން ކަސްޓަމްސްއިން ނިންމި ނިންމުމާމެދު ނުވަތަ ކަސްޓަމްސްއިން ނުކޮށް ދޫކޮށްލި ކަމަކާމެދު މުވައްޒަފު ހިތްހަމަނުޖެހޭ ކަމުގައިވަނީނަމަ، އެކަން ނިންމިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސަށް އިލްތިމާސްކުރުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތަށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނިންމި ނިންމުމަކާމެދު ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުކޮށް ދޫކޮށްލި ކަމަކާމެދު ހިތްހަމަނުޖެހޭ ކަމުގައިވަނީނަމަ، އެކަން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނިންމިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް އިލްތިމާސްކުރުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ. 

(ނ) މިމާއްދާގެ (ށ) ގައިާވ ގޮތަށް މިނިސްޓަރ ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭކަމުގައިވަނީނަމަ، މިނިސްޓަރ އެކަމެއް ނިންމިާތ 60) ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ އިންޓެގްރިޓީ ކޮމިށަނަށް އިލްތިމާސްކުރުމުގެ ހައްގު އެމުވައްޒަފަކަށްމެ ލިބިގެންވެއެވެ.

(ރ) މިމާއްދާގެ (ނ) ގައިވާގޮތަށް ކަސްޓަމްސްގެ އިންޓެގްރިޓީ ކޮމިށަނުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމުގައިވަނީނަމަ، އެކަން ވަޒީާފއާބެހޭ ޓްރައިބިއުނަލް ނުވަތަ ށަރުއީ ކޯޓަށް ހުށަހެޅުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ.

(ބ) އިލްތިމާސްކުރުމުގައި މުވައްޒަފުން އަމަލުކުރަންވާނީ މިމާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައިވާ ތަރުތީބުންނެވެ.

 

8 ވަނަ މާއްދާ - ބަހުގެ މާނަ

(ހ) މިގަވާއިދުގައި "ކަސްޓަމްސް" ކަމުގައި ބުނެފައިއެވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ.

(ށ) މިގަވާއިދުގައި "މުވައްޒަފުން" ކަމުގައި ބުނެފައިއެވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ވަޒީފާ އަދާ ކުރާ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށެވެ.

(ނ) މިގަވާއިދުގައި "ބަންދު ދުވަސްތައް" ކަމުގައި ބަލާނީ ސަރުކާރު ބަންދުދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކެވެ

(ރ) މިގަވާއިދުގައި "ވަޒީފާއަދާކުރާ ތަން" ކަމަށް ބުނެފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެކި ރީޖަން، ޑިވިޒަން، ސެކްށަންތަކާއި ކަސްޓަމްސްގެ މަސައްކަތް ހިނގާ ހުރިހާ ދާއިރާތަކަށެވެ.

(ބ) މިގަވާއިދުގައި "ރިޓަޔަރމެންޓް ޕޭ" ކަމަށް ބަޔާންކުރެވިފައިވަނީ ރިޓަޔަރކުރާ ދުވަހުން ފެށިގެން އެމީހަކަށް މަހުން މަހަށް ދެވޭ ފައިސާ އަށެވެ. 

 

ދެވަނަ ބާބު

ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓް

 

9 ވަނަ މާއްދާ - ތައާރަފް

ކަސްޓަމްސްއަކީ، ދައުލަތުގެ އާމްދަނީއަށް މުހިންމު ހިއްސާއެއް ފޯރުކުރާ ދާއިރާއަކަށްވެފައި، އެކްސްޕޯރޓް އިމްޕޯރޓް ޑިއުޓީ ނެގުމާއި، މަސްތުވާތަކެތި ރާއްޖެ އެތެރެވިޔަ ނުދިނުމާއި، ގަވާއިދާ ހިލާފަށް މުދާ އެކްސްޕޯޓް އަދި އިމްޕޯރޓް ކުރިޔަ ނުދިނުމާއި، ވިޔަފާރީގެ މުއާމަލާތުތައް ފަސޭހަކޮށްދިނުމާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކާ ރަހްމަތްތެރި ގޮތެއްގައި ހިދުމަތްދިނުާމއި ކަސްޓަމްސްއާ ގުޅުންހުރި ގާނޫނާއި ގަވާއިދުތައް ހިންގާ ތަންފީޒުކުރުމާއި، ކަސްޓަމްސްއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަާދތަކާއި އެއްބަސްވުންތަކުގެ ސަބަބުން ުއފެދޭ އިލްތިޒާމްތައް ފުރިހަމަކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އިދާރާކަމުގައިވީތީ، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުން މިކޯޑް އޮފް އެތިކްސްއާއި ކޯޑްއޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ލާޒިމްކަމެކެވެ.

 

10 ވަނަ މާއްދާ - އަމިއްލަ ޒިންމާ

(ހ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ތިރީގައިމިވާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، މިކަންތައްތަކަށް އަމަލުކޮށް، ޒިންމާ އުފުލަންވާނެއެވެ.

  1. ކަސްޓަމްސްގެ ތަސައްވުރާއި، މަގްސަދުތަކާއި ލަނޑުދަނޑިތަކާއި މަސައްކަތްތައް ރަނގަޅަށް ދަންނަ ބަޔަކަށްވުން.
  2. ކަސްޓަމްސްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން.
  3. ކަސްޓަމްސްއިން ހިދުމަތް ލިބިގަންނަ ފަރާތްތަކާއެކު މުާއމަލާތުކުރުމުގައި އިހްލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކަސްޓަމްސްގެ ހިދުމަތުގެ ދާއިރާގައި ހިމެނިގެންވާ މިންގަނޑުތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން.
  4. ކަސްޓަމްސްގައި އަދާކުރާ ވަޒީފާއާ ގުޅިގެން ކަސްޓަމްސްގެ އަބުރާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން، ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން.
  5. ކަސްޓަމްސްގެ ޔުނީފޯޯމާ ގުޅޭގޮތުން މިގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ތަބާވާ ބަޔަކަށްވުން.
  6. ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި އަމިއްލަ ރައްކާތެރިކަމަށާއި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ރައްކާތެރިކަމަށް އަހަންމިއްޔަތުކަންދޭ ބަޔަކަށްވުން.
  7. މުވައްޒަފުންގެ ހަވާލުގައި ހުންނަ ކަސްޓަމްސްގެ މުދަލާމެދު އެކަށީގެންވާ މިންވަރަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބޭ ބަޔަކަށްވުން.
  8. ރަސްމީ ވަޒީފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ ބެޖުތަކާއި، ފާސްތަކާއި، ތަޅުދަނޑިތަކާއި، ޕާސްވޯޯޑުތައް ފަދަތަކެތި ރައްކާތެރިކަމާއެކު ގެންގުޅޭ ބަޔަކަށްވުން.
  9. ކަސްޓަމްސްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކުރުމުގައި އިގްތިސާދުކުރުމާއެކު، އެންމެ ފައިދާ ހުރި ގޮތުގައި، ރަސްމީ ބޭނުންތަކަށް ނުވަވަ ހުއްދަ ކުރެވިފައިވާ ބޭނުންތަކަށް ބޭނުންކުރާ ބަޔަކަށްވުން.
  10. ކަސްޓަމްސްގެ މުދަލުގެ މާއްދީ ރައްކާތެރިކަމާއި ސަލާމަތަށް ބެލުމާއެކު މުދަލާއި ހިދުމަތާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް، ވީހާވެސް ކުޑަކޮށްކުރާ ބަޔަކަށްވުން.
  11. ވަޒީފާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން.
  12. ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ވެރިން ކުރާ އަމުރުތަކަށް ކިޔަމަންވުމާއި، ރަސްމީގޮތުން ހަވާލުކުރެވިފައިވާ ޑިއުޓީ ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތް، ފަރުވާތެރިކަމާއެކު ފުރިހަމަކުރާ ބަޔަކަށްވުން.

(ށ) ކަސްޓަމްސްގެ އެއްވެސް މުވައްޒަފަކު އަންނަނިވި ކަންތައްތައްތަކުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

  1. ކަސްޓަމްސްގެ އިދާރީ ހިންގުމެއް ނުވަތަ ހިދުމަތެއް ހުއްޓާލުމާއި، ހުއްޓުވާލުން  ނުވަތަ ހުއްޓުވާލުމަށް މަސައްކަތްކުރުމާއި، އަދި މިއިން ކަމަކަށް ބުރޫއަރާފަދަ އަމަލުތަކާއި، ތަނުގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި، މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން.
  2. ކަސްޓަމްސްގެ އެއްމުވައްޒަފަކު އަނެއް މުވައްޒަފަކާމެދު މުއާމަލާތު ކުރުމުގައްޔާއި މުހާތަބުކުރުމުގައި އާންމު އަހްލާގީ މިންގަނޑުން ބޭރު ބޭއަދަބީ ބަސްތައް ބޭނުންކުރުން.
  3. ރަސްމީ ވަޒީފާގެ ހައިސިއްޔަތުން ކަސްޓަމްސްގެ ދާއިރާއާ ގުޅޭގޮތުން ލިބޭ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރުން.
  4. ރަސްމީ ލިޔުމެއް، ވަޒީފާގެ ގޮތުން އެނގޭ މައުލޫމާތެއް، ސިއްރު ލިޔުމެއް ނުވަތަ ހަރަކާތެއް ނުވަތަ މައުލޫމާތު ރިކޯޑް ކުރެވިފައިވާ އިލެކްޓްރޯނިކް އާލާތެއް ހާމަކުރަންޖެހޭ ފަރާތެއް ނޫން އެހެންފަރާތަކަށް ދީ ނުވަތަ ހާމަކުރުން

(ނ) މިމާއްދާގެ (ހ) އަދި (ށ) ގައިާވ އުސޫލާ ހިލާފަށް ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެންމުވައްޒަފުން އަމަލުކުރުމަކީ ކުށެކެވެ. އަދި އެފަދަ ފަރާތްތަކާމެދު މިގަވާއިދުގެ 5 ވަނަ ބާބު (އިދާރީ އަދަބު ދިނުން) ގައިވާގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. 

 

11 ވަނަ މާއްދާ - އެކިއެކި ފައިދާ ލިބިގަތުން

(ހ) އަމިއްލަ ފަރާތްތަކަށް ކަސްޓަމްސްއިން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުންދޭ އެއްވެސް އެއްޗެއް ގަބޫލުކުރުމަކީ އެއްވެސް މުވައްޒަފަކަށް ހުއްދަކަމެއް ނޫނެވެ.

(ށ) ކޮމިށަނަރ ޖެނެރަލް ކަނޑައަޅުއްވައި އާއްމުކޮށްފައިވާ އުސޫލެއްގައިވާ ގޮތުގެ މަތިން މެނުވީ، ދެވޭ ހިދުމަތަކާ ގުޅިގެން ނޫންގޮތަކަށް ލިބޭ އެއްވެސް ކަހަލަ އަގެެއްހުރި ހަދިޔާއެއް ލިބިގަތުމަކީ މުވައްޒަފުންނަށް ހުއްދަ ކަމެއްނޫނެވެ. 

 

12 ވަނަ މާއްދާ - ވާޖިބަށް ހުރަސް އެޅިދާނެ ކަންކަމުން ދުރުހެލިވުން

(ހ) ކަސްޓަމްސާ ގުޅުންހުރި ފަރާތްތަކާ ނުވަތަ ކަސްޓަމްސުން ކަމަކަށް އެދެންޖެހޭ ފަރާތްތަކާ ދެމެދު މުވައްޒަފަކު މުއާމަލާތުކުރަންޖެހިއްޖެ ފަދަ ހާލަތެއްގައި މުއާމަލާތުކުރަންވާނީ، އެމުވައްޒަފެއްގެ ވަޒީފާގެ މަސްލަހަތު ފުށޫނާރާނެ ގޮތުގެ މަތިންނެވެ.

(ށ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ރަސްމީ ވަޒީފާގެ ސަބަބުން އަދާކުރަންޖެހޭ ވާޖިބުތަކަށް ރަނގަޅު ގޮތެއްގައި އަސަރުކުރާ، ނުވަތަ އަސަރުކޮށްފާނެ އެއްވެސް ހާލަތެއް، މުވައްޒަފަކަށް ދިމާވެއްޖެނަމަ، އެކަމެއްގެ މައުލޫމާތު، ލިޔުމުން ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި، ކަސްޓަމްސްގެ ކޮމިށަނަރ ޖެނެރަލްއަށް އަންގަންވާނެއެވެ.

(ނ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން އަމިއްލަ ވިޔަފާރިކުރާނަމަ، އެވިޔަފާރިއެއްގެ މައުލޫމާތު ކަސްޓަމްސްގެ ކޮމިށަނަރ ޖެނެރަލްއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ރ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން އެކްސްޕޯ/އިމްޕޯޓް ވިޔަފާރި ކުރާ ތަނެއްގައި ވަޒީފާއަދާ އަދާކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު އެކްސްޕޯ/އިމްޕޯޓް ވިޔަފާރި ހިންގާ ކުންފުންޏެއްގެ ހިއްސާދާރަކަށް ވެވިދާނެއެވެ. އަދި އެކްސްޕޯ/އިމްޕޯޓް ވިޔަފާރިއެއް އަމިއްލަ ގޮތުން ކުރަން ބޭނުންނަމަ، އެކަން ކަސްޓަމްސްގެ ކޮމިށަނަރ ޖެނެރަލްއަށް ލިޔުމުން ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. 

(ބ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން އެއްވެސް އުޖޫރައަކަށް ނުވަތަ ހިލޭ ސާބަހަށް ނަމަވެސް، ރަސްމީ ވަޒީފާއިން ބޭރު އެއްވެސް މަސައްކަތެއް ކުރުމުގައި، ރަސްމީ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. 

 

13 ވަނަ މާއްދާ - ރަސްމީ މަގާމު ނަހަމަގޮތުގައި ބޭނުން ކުރުން

އެއްވެސް މުވައްޒަފަކު، އޭނާ ފުރަމުންދާ މަގާމާ ގުޅޭގޮތުން، ނުވަތަ އޭނާ އެމަގާމުގައި އަދާކުރާ ވާޖިބުތަކާ ގުޅޭ ގޮތުން އަންނަނިވި ކަންތައްތައް ކޮށްގެން ނުވާނެއެވެ. 

(ހ) ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން، އެއްވެސް އަމަލެއްކުރުން.

(ށ) އެއްވެސް ފަރާތަކުން ފައިދާއެއް ހޯދުމަށް ނުވަތަ އަމިއްލަ ބޭނުންތަކެއް ހާސިލުކުރުމަށް މަގާމުގެ ބޭނުންކުރުން.

(ނ) ކަސްޓަމްސްގެ ކަމާބެހޭ ފަރާތަކުން، ނުވަތަ ކަސްޓަމްސުން ބޭރުގެ ފަރާތަކުން ނަމަވެސް، ހިންގާ ނުވަތަ ހިންގަފާނެ ތަހުގީގެއް، ނުވަތަ އެފަދަ ފަރާތަކުން ނިންމާ ނުވަތަ ނިންމަފާނެ ނިންމުމެއް ނުވަތަ އަޅާ ނުވަތަ އަޅާފާނެ ފިޔަވަޅަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ނުވަތަ ެއކަމަކަށް ހުރަސްއެޅުމުގެ ގޮތުން، މަގާމު ނުވަތަ އެމަގާމުގެ ސަބަބުން އުފެދިފައިވާ އެއްވެސް ގުޅުމެއްގެ ބޭނުންކުރުން.

(ރ) މުވައްޒަފަކު އަދާކުރަންޖެހޭ ރަސްމީ ވަޒީފާގެ އިތުރުން، އެއްވެސް މަސައްކަތެއް މުވައްޒަފު ލައްވާ ކުރުވުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް، އެމުވައްޒަފުގެ ބޭނުން އެހެން މުވައްޒަފަކު ހިފުން. 

 

14 ވަނަ މާއްދާ - ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން

(ހ) ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މަންފާއާއި ލާބައަށްޓަކައި، ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި، ކަސްޓަމްސްގެ މުވައްޒަފެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްގެން ނުވާނެއެވެ. އަދި މިފަދަ ފަރާތެއްގެ ސިޔާސަތަކަށް ނުވަތަ ފިކުރަކަށް  ކަސްޓަމްސްގެ މުވައްޒަފެއްގެ ހައިސިއްޔަތުން ފާޑުކިޔާ ނުވަތަ ދެކޮޅު ހަދައިގެންވެސް ނުވާނެއެވެ. 

(ށ) ކަސްޓަމްސްގެ މުވައްޒަފެއްގެ ހައިސިއްޔަތުން ސަރުކާރުގެ ސިޔާސަތަށާއި ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ މަގްސަދާ ފުށޫއަރާފާނެ ގޮތަކަށް ފާޑުކިޔައި އަދި އެފަދަ އަމަލެއް ކޮށްގެންނުވާނެއެވެ. 

(ނ) މިމާއްދާގެ (ހ) އަދި (ށ) ގައި އެހެން އޮތް ކަމުގައިވީނަމަވެސް އަމިއްލަ ހައިސިއްޔަތުން ސިޔާސީހަރަކާތްތަކުގައި ބައިވެރިވެ އުޅުމަށް މިގަވާއިދު ހުރަހެއްނާޅައެވެ.

 

15 ވަނަ މާއްދާ - ފަރުވާތެރިވުން

ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމަށާއި ފެތުރުމަށް، ކަސްޓަމްސްގެ ހުރިހައި މުވައްޒަފުން މަސައްކަތް ކުރަންވާނެއެވެ. ކޮންމެ މުވައްޒަފަކުވެސް، އެ މުވައްޒަފެއްގެ ވާޖިބުތަކަށް އިހްލާސްތެރި،  ފަރުވާތެރިވާންވާނެއެވެ. އަދި ކޮންމެ މުވައްޒަފަކުވެސް، އެމުވައްޒަފެއްގެ ވާޖިބުތައް އަދާކުރަންވާނީ، މުވައްޒަފުން އަމަލުކުރަންޖެހޭ އެކިއެކި ގަވާއިދުތަކާއި އަދި ކަމާގުޅޭގޮތުން އަމަލުކުރެވޭ އުސޫލުތަކާއި އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކަންކަމަށް ރައްކާތެރިވެ، ފަރުވާތެރިވެ، މަސައްކަތުގެ އަހްލާގާއި ސުލޫކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

16 ވަނަ މާއްދާ - މުވައްޒަފުންނަށް ގޯނާކުރުން

(ހ) މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ގޯނާކުރުމަކީ، ތަފާތު ގޮތް ގޮތުން އެހެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަށް ނޭދެވޭ އަސަރެއް ކުރިމަތި ކުރުވުމެވެ. ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކުމެ މަސައްކަތް ކުރަންވާނީ އެންމެހައި މުވައްޒަފުންނަށް ރައްކާތެރި، މަސައްކަތުގެ ހިތްހަމަޖެހުން ލިބިދޭ މާހައުލެއް ގާއިމުކޮށް ދިނުމަށެވެ. އެހެންކަމުން ކަސް ަޓމްސްގެ އެންމެހާ މުވައްޒަފުން މި މަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރަން ވާނެއެވެ. 

(ށ) މަސައްކަތުގެ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނަށް އަބުރުވެރިކަމާއި ނަފުސުގެ އިއްޒަތާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) ކަސްޓަމްސްގެ އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު އެއްވެސް ބާވަތެއްގެ ގޯނާކުރުމުގެ އަމަލެއް ހިންގައިގެން ނުވާނެއެވެ.

 

17 ވަނަ މާއްދާ - ގޯނާގެ ވައްތަރުތައް

ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް، އެހެން މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ކުރުމަކީ ނުވަތަ އެފަދަ އެކިއެކި ކަންތައްތައް ތަކުރާރުކޮށް ކުރުމަކީ ގޯނާކަމަށް ބެލެވިދާނެ ބައެއް އަމަލުތަކެވެ. 

(ހ) މުވައްޒަފަކު ރުޅިއެރުވުމަށް، ދެރަކޮށްލުމަށް ނުވަތަ ނިކަމެތިކޮށްލުމުގެ ގޮތުން މަލާމާތްކުރުން، ދިމާކުރުން، ޖެއްސުންކުރުން ނުވަތަ ފުރައްސާރަ ކުރުން.

(ށ) މުވައްޒަފުގެ ނަފުސަށް ނުވަތަ ޖިސްމަށް ގެއްލުމެއް ދިނުން، ނުވަތަ ދެވިދާނެ ފަދަ އަމަލެެއް ކުރުން ނުވަތަ ބަހެއް ބުނުން.

(ނ) މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން.

(ރ) މުވައްޒަފަކާ ދިމާއަށް އަހުލާގީ ގޮތުން ބޭއަދަބީ ބަހުން މުހާތަބު ުކރުމާއި އެއްޗެހި ގޮވުން.

(ބ) އެކަށީގެންވާ ސަބަބަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެކަމަށް، ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެކަމަށް ބުނެ ބިރުދެއްކުން.

(ޅ) މުވައްޒަފެއްގެ މަސައްކަތަށް ޖެއްސުން ކުރުން ނުވަތަ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރެވޭ އަމަލުތައް. (މިސާލު: މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތެއް ކުރުމަށް ބޭނުންވާ މައުލޫމާތު ގަސްތުގައި ނުދިނުން ނުވަތަ ހިފެހެއްޓުން، ސައްހަ ނޫން މައުލޫމާތު ދިނުން ފަދަ ކަންތައްތައް.) 

 

18 ވަނަ މާއްދާ - ޖިންސީ ގޯނާކުރުން

މި ގަވާއިދުގެ ބޭނުމަށްޓަކައި، ތިރީގައި ބުނެފައި މިވާ އަމަލުތަކަކީ ޖިންސީ ގޯނާކުރުން ކަމުގައި ބެލެވޭނެއެވެ. 

(ހ) ޖިންސީ ބޭނުމަކު ނުވަތަ ޖިންސީ އެދުމެއް އޮވެގެން މަސައްކަތުގެ މާހައުލުގައި މުވައްޒަފަކާ، އަނގަބަހުން ނުވަތަ އިށާރާތަކުން ބެހުމާއި، އެހެން މުވައްޒަފެއްގެ ހަށިގަނޑުގައި ޖެހުމާއި، ކޮއްޓުމާއި، ވިކުމާއި، އަތްކޭއްތުާމއި، ފިރުމުން.

(ށ) މަސައްކަތްކުރާ އޮފީހުގައި ނުވަތަ ކަސްޓަމްސްގެ ރަސްމީ ދަތުރެއްގައި ނުވަތަ މަސައްކަތުގެ މާހައުލުގައި ޖިންސީ އެދުމެއް ހާސިލުކުރުމަށްޓަކައި އެހެން މުވައްޒަފަކު ލައްވައި އެއްވެސް އަމަލެއް ކުރުވުން ނުވަތަ ކުރުވަން އުޅުން.

(ނ) އެކަށީގެން ނުވާ ހަޑިހުތުރު އިބާރާތުން ޖިންސީ ކަންކަމާބެހޭ ގޮތުން ވާހަކަ ދެއްކުމާއި، މުވައްޒަފަކު ޖިންސީ ގޮތުން ށައުގުވެރި ކުރުވުމަށްޓަކައި ވާހަކަ ދެއްކުމާއި، މި ބޭނުމަށްޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހުށަހެޅުމާއި، މަސައްކަތުގެ ދާއިރާއިން ބޭރުގައި އަނެކަކު ބޭނުންނުވާ ގޮތަށް ބައްދަލު ކުރުމަށް ހުށަހެޅުމާއި، ހަޑިހުތުރުބަސް ބުނުމާއި، ހަޑިހުތުރު ޖޯކު ކިޔުމާއި ހަޑިހުތުރު އަމަލެއް ހިންގުން.

(ރ) އެހެން މުވައްޒަފަކަށް އެއްވެސް ބާވަތެއްގެ ޒަރިއާއަކުން އޮރިޔާން ކާޑު ދެއްކުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ހިންގުން.

(ބ) މުވައްޒަފެއްގެ ޖިންސަށް ނިސްބަތްކޮށް އެ މުވައްޒަފަކު ކުޑައިމީސްކުރުމާއި، މަލާމާތްކުރުމާއި، ބެހުމާއި، ފޮށުމާއި، ދިމާކުރުމާއި، ދެރަކުރުމާއި، އެކަހެރި ކުރުމާއި، އެކިއެކި ބަސްބުނުން.

(ޅ) ޖިންސީ އެދުމެއް ހާސިލުކުރުމުގެ މަގްސަދުގައި އިދާރީގޮތުން ކޮށްދޭން ނުޖެހޭ ކަމެއް ކޮށްދިނުން ނުވަތަ ކޮށްދޭން ޖެހޭކަމެއް ކޮށްނުދިނުމާއި، ދޭންޖެހޭ ހައްގެއް ނުދީ ހިފެހެއްޓުން ނުވަތަ ބިރުދެއްކުން ނުވަތަ ދޭންނުޖެހޭ ހައްގެއް ދީ ބިރުދެއްކުން.

 

19 ވަނަ މާއްދާ - އާންމުންނާއެކު އޮންނަ ގުޅުން

(ހ) މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކާއެކު އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއެރުވުމުގެ ރޫހުގައި މަސައްކަތް ކުރަންވާނެއެވެ.

(ށ) ވަކިފަރާތަކަށް ތަފާތުކުރުމެއްނެތި، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުބާރާއި ޔަގީންކަން ހޯދޭނެގޮތަށް ހިދުމަތް ދޭންވާނެއެވެ.

(ނ) ހިދުމަތް ލިބިގަންނަ ފަރާތްތަކާ މުއާމަލާތުކުރަންވާނީ، އިހްތިރާމާއެކުގައެވެ.

(ރ) ކަސްޓަމްސްގެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާއީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ހިޔާލުތަކަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް އަދި ނުކުޅެދުންތެރި ކަމަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ.

(ބ) އެމުވައްޒަފަކު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ކުރާ ކަންކަމާއި ހިންގާ ހަރަކާތްތަކުގައި ތިމާގެ މީހުންނާއި ރައްޓެހިންނަށް ހައްގުނޫން މަންފާއެއް ހޯދައިދޭން މަސައްކަތް ކޮށްގެން ނުވާނެއެވެ.

(ޅ) އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހިދުމަތް ލިބިގަންނަ ކޮންމެ ފަރާތެއްގެ އިއްޒަތަށާއި ކަރާމާތަށާއި އެމީހަކަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ކ) ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް އެހިދުމަތް ހޯދުމަށް ފަސޭހަވާނޭ ކޮންމެ މައުލޫމާތެއް، ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އެފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ. އަދި ހިދުމަތް ހޯދުން ފަސޭހަކޮށް ދިނުމުގެ ގޮތުން އެފަދަ މައުލޫމާތު އަންގައި އޮޅުން ފިލުވައި ދޭންވާނެއެވެ. މިގޮތަށް މައުލޫމާތު ދިނުމުގައި އަނެކުންގެ ހައްގުތަކަށް ރައްކާތެރި ވާންވާނެއެވެ.

(އ) އާންމު ފަރުދުންނާއެކު ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން މުއާމަލާތުކުރަންވާނީ، އަންނަނިވި ގޮތުގެމަތީންނެވެ.

  1. އެއްވެސް މީހަކު މައުލޫމާތެއް ސާފުކޮށްދިނުމަށް މުވައްޒަފެއްގެ ގާތުން އެދެފިނަމަ، ނުވަތަ އެއްވެސް ކަމަކަށް އެދެ ިފނަމަ، އެކަމަކަށް އަޅާނުލައި އެީހތެރިކަން ފޯރުކޮށްނުދީ ހުރެގެން ނުވާނެއެވެ. 
  2.  އަހްލާގީ ގޮތުން ދަށްގޮތަކަށް ނުވަތަ ނުރުހުން ރައްދުވާ ގޮތަކަށް މުވައްޒަފުންގެ އުޅުން ބަހައްޓައިގެން ނުވާނެއެވެ.
  3. އަދަބާ ހިލާފު ގޮތަކަށް އާންމުންގެ ފަރުދަކު މުއާމަލާތު ކުރާ ދަނޑިވަޅެއްގައިވެސް، ކަސްޓަމްސްގެ މުވައްޒަފު، އެމީހަކާއި މުއާމަލާތުކުރުމުގައި އަދަބާ ހިލާފު އެއްވެސް ބަހެއް ބޭނުންކޮށްގެން ނުވާނެއެވެ.

(މ) ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑުޖަހާފައި ހުރުމުގެ އިތުރުން، ރަސްމީ ވަޒީފާގެ ގޮތުން އާންމުންނާ މުއާމަލާތު ކުރަންޖެހޭ ދަނޑިވަޅުތަކުގައި ކޮންމެ މުވައްޒަފަކުވެސް، އެމުވައްޒަފަކީ ކާކުކަން އާންމުންގެ މީހާއަށް އަންގައިދޭންވާނެއެވެ. މީގެ ތެރޭގައި، ލިޔުމުންނާއި ފޯނުން މުއާމަލާތުކުރުމުގައިވެސް އެފަދައިން އަމަލުކުރުން ހިމެނެއެވެ.

 

20 ވަނަ މާއްދާ - ސަރުކާރުގެ މުދަލެއް ލިބިގަތުން

އަންނަނިވި ހާލަތްތައް ފިޔަވައި އާންމު ފަރުދެއްގެ ހައިސިއްޔަތުން ދައުލަތުގެ މުއައްސަސާއަކުން ވިއްކާ ނުވަތަ ނީލަން ކިޔާ ނުވަތަ ނައްތާލާ މުދާ ލިބިގަތުމުގެ އިހްތިޔާރު ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ލިބިގެންވެއެވެ.

(ހ) ރަސްމީވަޒީފާގެ ހައިސިއްޔަތުން އެމުދަލަކާއި ބެހޭގޮތުން އެމުވައްޒަފަކަށް ލިބިފައިާވ މައުލޫމާތުގެ އަލީގައި މުދާލިބިގަތުން.

(ށ) ރަސްމީވަޒީފާގެ ހައިސިއްޔަތުން އެމުދަލެއް ވިއްކުމުގައި ނުވަތަ ނައްތާލުމުގައި ނުވަތަ ނީލަން ކިޔުމުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިވެފައިވުން.

(ނ) ވަކި ހާއްސަ އުސޫލެއް ކަނޑައެޅިފައި ނުވާހާ ހިނދަކު، އާންމު ފަރުދެއްގެ ހައިސިއްޔަތުން ނުލިބޭ ޑިސްކައުންޓެއް ކަސްޓަމްސްގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގަތުން.

(ރ) ކަސްޓަމްސްއިން، ނުވަތަ ކަސްޓަމްސްއިން އަންގާ އެންގުމެއްގެ މައްޗަށް ބިނާކޮށް ވިއްކާ ނުވަތަ ނީލަންކިޔާ ނުވަތަ ނައްތާލާ މުދަލެއް ލިބިގަތުން.

(ބ) ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، ކަސްޓަމްސް ބައިވެރިވެގެން ވިއްކާ ނުވަތަ ނީލަން ކިޔާ ނުވަތަ ނައްތާލާ މުދަލެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ލިބިގަތުން. 

 

21 ވަނަ މާއްދާ - ކަސްޓަމްސްގެ ވަސީލަތްތަކާއި ހިދްމަތްތައް ބޭނުންކުރުން

(ހ) ހުއްދަދެވިފައިވާ ހާލަތްތަކުގައި މެނުވީ ކަސްޓަމްސްގެ މުދަލާއި ދެމުން ގެންދާ ހިދުމަތްތައް އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ، މަނާކަމެކެވެ. މިގޮތުން ަމނާކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ކަސްޓަމްސްގެ ހުރިހާ މުދަލަކާއި، ހިދުމަތްތަކާއި، އާލާތްތަކާއި، ވަސީލަތްތައް ބޭނުންކުރުން ހިމެނެއެވެ.

(ށ) ކަސްޓަމްސްގައި އަދާކުރާ ވަޒީފާއާއި މަގާމުގެ ހައިސިއްޔަތުން ހަވާލުކުރެވޭ ބެޖް، ފާސް، ޕާސްވޯރޑް، ތަޅުދަނޑި އަދި ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ފަދަ ތަކެތި ރަސްމީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭނުން ކުރުމަކީ، މަނާކަމެކެވެ. 

(ނ) ކަސްޓަމްސްގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، އާލާތްތަކާއި، ސޮފްޓްވެއަރ ބޭނުންކުރުމުގެ ހުއްދަ އޮންނަ މުވައްޒަފުން މިތަކެއްޗަށާއި، އަދި މިތަކެތީގައި ރައްކާކުރެވިފައިވާ އެންމެހައި މައުލޫމާތުތަކަށް ރައްކާތެރިވާންާވނެއެވެ.

(ރ) ކަސްޓަމްސްގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، މި ސިސްޓަމްތަކާ ގުޅިފައިވާ ކަސްޓަމްސްއިން ބޭރުގެ މުއައްސަސާތަކުގެ ސިސްޓަމްތަކާއި، އާލާތްތަކާއި، ސޮފްޓްވެއަރ އަދި ނެޓްވޯރކް ބޭނުންކުރަންވާނީ ހަމައެކަނި ކަސްޓަމްސްގެ ބޭނުންތަކަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ ގާނޫނުތަާކ ގަވާއިދުތަކާއި ހިލާފުނުވާ ގޮތުގެމަތިން ފަންނީ އިލްމު އުނގެނުމަށާއި، ހުނަރު އަދި ދާއިރާގެ ކުރިއެރުން ހޯދުމަށް ކަސްޓަމްސްގެ މަސައްކަތްތަކާއި، ތިމާއާއި ތިމާއާއެކު މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްނޭޅޭ ފަދަގޮތަކަށް ކަސްޓަމްސްގެ އިލެކްޓްރޯޯނިކް ވަސީލަތްތައް ބޭނުން ކުރެވިދާނެއެވެ.

 

22 ވަނަ މާއްދާ - ގާނޫނަށް ތަބާވުން

(ހ) ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ އެންމެހައި ގާނުނުތަކަށާއި ގަވާއިދުތަކަށާއި އުސޫލުތަކަށް، ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ތަބައަވާންވާނެއެވެ.

(ށ) އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ގާނޫނާއި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތިން ވެރިން އަންގާ އެންގުންތަކަށާއި، ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި މުވައްޒަފުން ކިޔަމަންތެރިވާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް މުވައްޒަފަކަށް އަމުރެއް ކޮށްފިކަމަށް ނުވަތަ ަގބޫލުނުކުރެވޭ ކަމެއް އޮފީސް މާހައުލުގައި ހިނގަމުންދާނަމަ އެކަމެއް އޭނާ ރިޕޯޓްކުރަން ކަނޑައެޅިފައިވާ ފަރާތަކަށް ރިޕޯޓްކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ކަސްޓަމްސް މުވައްޒަފުންގެ ޔުނިފޯމު

 

23 ވަނަ މާއްދާ - މުވައްޒަފުންގެ ޔުނިފޯމުތައް

(ހ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޔުނިފޯމުގެ ގޮތުގައި ބޭނުންކުރެވޭ އެކިއެކި ޔުނިފޯމުތަކުގެ ނަންތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. 

  1. ވާރކިންގ ޔުނިފޯމު
  2. އެޕަރޭށަނަލް ޔުނިފޯމު
  3. އެހެނިހެން ޔނިފޯމު

(ށ) މިމާއްދާގެ (ހ) ގައި ބަާޔންކޮށްފައިވާ ޔުނިފޯމު ތަކުގެ ނަމޫނާގެ ތަފްސީލު ބަޔާންކޮށްފައިވާ އުސޫލު، ކޮމިށަނަރ ޖެނެރަލް ކަނޑައަޅައި އާންމު ކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ވާރކިންގ ޔުނިފޯމު

(ހ) ފިރިހެން އޮފިސަރުންގެ ވާރކިންގ ޔުނިފޯމުގެ ގޮތުގައި އަންނަނިވި ޔުނީފޯމު ހިމެނެއެވެ. 

4 ފިރިހެން އޮފިސަރުންގެ ޔުނިފޯމު.

(ށ) އަންހެން އޮފިސަރުންގެ ވާރކންގ ޔުނިފޯމުގެ ގެގޮތުގައި އަންނަނިވި ޔުނީފޯމުތައް ހިމެނެއެވެ.

5 އަންހެން އޮފިސަރުންގެ އަތްކުރު ޔުނިފޯމު

6 އަންހެން އޮފިސަރުންގެ އަތްދިގު ޔުނިފޯމު

7 އަންހެން އޮފިސަރުންގެ ބުރުގާ އެޅި ޔުނިފޯމު

8 މާބަނޑު އޮފިސަރުންގެ އަތްކުރު އަދި އަތްދިގު ޔުނިފޯމު

9 ބުރުގާ އެޅި މާބަނޑު އޮފިސަރުންގެ ޔުނިފޯމު

 

25 ވަނަ މާއްދާ - އޮޕަރޭ ަށނަލް ޔުނިފޯމު

(ހ) އޮޕަރޭށަނަލް ޔުނިފޯމު އަޅާނީ، އޮޕަރޭށަނަލް މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ މުވައްޒަފުން، އޮޕަރޭށަނަލް މަސައްކަތް ކުރުމުގައެވެ. 

(ށ) އޮޕަރޭށަނަލް ޔުނިފޯމު އަޅާނީ، ތިރީގައި މިވާ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. 

  1. މުދާ ބަލައި ފާސްކުރުމުގެ މަސައްކަތަށް ހާއްސަ ކުރެވިފައިވާ މުވައްޒަފުން
  2. ހާއްސަ އޮޕަރޭށަންސް ތަކުގައި މަސައްކަތްކުރާ މުވައްޒަފުން
  3. ބޯޓު ފަހަރުގައި މަސައްކަތް ކުރާ މުވައްޒަފުން
  4. ކަސްޓަމްސް ކޮންޓްރޯލްޑް އޭރިޔާތަކަށް ވަދެ ނިކުމެވާ ދޮރާށިތައް ސުޕަވައިޒްކޮށް އެސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވާ މުވައްޒަފުން 
  5. ކަސްޓަމްސްގެ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުން

(ނ) ފިރިހެން އޮފިސަރުންގެ އޮޕަރޭށަނަލް ޔުނިފޯމުގެ ގޮތުގައި އަންނަނިވި ޔުނީފޯމު ހިމެނެއެވެ.

  1. ފިރިހެން އޮފިސަރުންގެ ޔުނިފޯމު

(ރ) އަންހެން އޮފިސަރުންގެ އޮޕަރޭށަނަލް ޔުނިފޯމުގެ ގެގޮތުގައި އަންނަނިވި ޔުނީފޯމު ހިމެނެއެވެ. 

  1. އަންހެން އޮފިސަރުންގެ ޔުނިފޯމު.
  2. އަންހެން އޮފިސަރުންގެ ބުރުގާ އެޅި ޔުނިފޯމު.
  3. މާބަނޑު އޮފިސަރުންގެ ޔުނިފޯމު.


26 ވަނަ މާއްދާ - ފޯރމަލްހެދުން

ފޯރމަލް ހެދުން ބޭނުންކުރަންވާނީ، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ސެކްށަން، ޔުނިޓް ތަކުގައި މަސައްކަތްކުރާ އޮފިސަރުންނެވެ.

 

27 ވަނަ މާއްދާ - ހަވީރީހެދުން

(ހ) ރަސްމީ ޑިއުޓީ ގަޑި ނޫން ގަޑިތަކުގައި އޮފީހުގެ މަސައްކަތަށް ނިކުންނައިރު ހަވީރީ ހެދުމެއް އެޅިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި މިހެންއޮތް ނަމަވެސް، އޮފީހުގެ ރަސްމީ ކަންކަމަށް ނެރެވޭ އޮފިސަރަކަށް، ޔުނިފޯޯމު އެޅުމަށް، އެ އޮފިސަރަކު މަސައްކަތްކުރާ ޑިވިޒަން ހެޑް، ނުވަތަ ސެކްށަން ހެޑް، ނުވަތަ ޔުނިޓް ހެޑް އަންގައިފިނަމަ، މަސައްކަތަށް ނިކުންނަންވާނީ، ޔުނިފޯމު އަޅައިގެންނެވެ.

 

28 ވަނަ މާއްދާ - ޔުނިފޯމު ދޫކުރުން

ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ޔުނިފޯމު ދޫކުރާނެ އަދަދާއި ޔުނިފޯމު ދޫކުރާނެ އުސޫލު، ކޮމިށަނަރ ޖެނެއަލް އޮފް ކަސްޓަމްސް ކަނޑައަޅައި އާންމު ކުރަންވާނެއެވެ. 

 

29 ވަނަ މާއްދާ - ޔުނިފޯމަށް ބަދަލުދޭންޖެހޭ ހާލަތްތައް

(ހ) ޔުނިފޯމާއި، ޔުނިފޯމާއެކު ބޭނުންކުރާ އައިޓަމެއް އެ މުވައްޒަފެއްގެ އިހުމާލުން ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ، އެއެއްޗެއްގެ އަގަށް ޖެހޭ މިންވަރު އޮފިސަރަކު ދައްކަން ޖެހޭނެއެވެ.

(ށ) ޔުނިފޯމާއި، ޔުނިފޯމާއެކު ބޭނުންކުރާ ތަކެތީގެ އަގު ލިސްޓެއް އޮފިސަރުންނަށް ފެންނާނޭހެން، ފައިސާ އާބެހޭ ސެކްށަނުން ށާއިއުކުރެވިފައި ހުންނަންވާނެއެވެ.

 

30 ވަނަ މާއްދާ - ޔުނިފޯމު އެޅުން

(ހ) ކަސްޓަމްސްގެ ކޮންމެ މުވައްޒަފެއްވެސް އެމުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން އެ މުވައްޒަފަކަށް ހަވާލުކުރެވިފައިވާ ޔުނިފޯމު، ޑިއުޓީ ގަޑީގައި އަޅަންވާނެއެވެ.

(ށ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ޔުނިފޯމު އަޅާފައި ހުންނަންވާނެ ގޮތުގެ ތަފްސީލު ބަޔާންކޮށްފައިވާ އުސޫލު ކޮމިށަނަރ ޖެނެރަލް އެކުލަވާލުމަށްފަހު އާންމު ކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ޔުނިފޯމުގައި ސިޔާސީ ހަރަކާތުގައި ބައިވެރިވުން

ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން، ޔުނިފޯމުގައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ، މަނާކަމެކެވެ. 

 

32 ވަނަ މާއްދާ - ޔުނިފޯމަށް އުނިއިތުރު ގެނައުން

(ހ) މިގަވާއިދުގައި ބަޔާންކޮށްފައިވާ ޔުނިފޯމުތަކަށް އުނިއިތުރު ގެނައުމުގެ ހައްގު ލިބިގެންވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށެވެ. 

(ށ) ގަވާއިދުގައި ބަޔާންކޮށްފައިވާ ޔުނިފޯމަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ލިބިގެންމެނުވީ އެއްވެސް އުނިއިތުރެއް ގެނައުމަކީ، މަނާކަމެކެވެ.

 

 

ހަތަރުވަނަ ބާބު

ޗުއްޓީ ނެގުމާއި ސަލާންބުނުން

 


33 ވަނަ މާއްދާ - ޗުއްޓީގެ ބާވަތް

ކަސްޓަމްސް މުވައްޒަފުންނަށް ދެވޭނެ ޗުއްޓީތައް ތިރީގައި ބަޔާން ެވގެން އެވަނީއެވެ.

(ހ) އަހަރީ ޗުއްޓީ؛

(ށ) ސަލާމުގެ ޗުއްޓީ؛

(ނ) ބަލިވެއިނުމާ ވިހެއުމާ ގުޅިގެންދެވޭ ޗުއްޓީ؛

(ރ) މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ދެވޭ ޗުއްޓީ؛

(ބ) އާއިލީ ޒިންމާގެ ޗުއްޓީ؛

(ޅ) އަނބިމީހާ ވިހެއުމުން ދެވޭ ޗުއްީޓ؛

(ކ) ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ؛

(އ) ހައްޖު އަދި އުމްރާގެ ޗުއްޓީ؛

(ވ) މުސާރަ ނުލިބޭ ޗުއްޓީ؛

(މ) މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީ؛

(ފ) މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދޭ ޗުއްޓީ؛

 

34 ވަނަ މާއްދާ - އަހަރީ ޗުއްޓީ

(ހ) އަހަރީ ޗުއްޓީއަކީ ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ އެހެނިހެން މުވައްޒަފަކު ވަޒީފާއަދާކުރާތާ އެއް އަހަރުވުމުން، ކޮންމެ އަހަރަކު، ހަމަ މުސާރައާއެކު ހައްގުވާ ޗުއްޓީއެކެވެ. މި ޗުއްޓީގެ މުއްދަތަކީ، ސަރުކާރު ބަންދު ދުސްސްތަކާއި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 30 ދުވަހެވެ.

(ށ) 01 މެއި 1984 ގެ ކުރީން ސަރުކާރުގެ ވަޒީފާ ލިބިފައި ތިބި މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ މެއި 01 އިން އޭޕްރީލް 30 ގެ ނިޔަލަށެވެ. 01 މެއި 1984 ގެ ފަހުން ސަރުކާރު ނުވަތަ ކަސްޓަމްސްގެ ވަޒީފާ ލިބުނު ތާރީހަކުން (އަހަރުގެއެ ދުވަހަކުން) ފެށިގެންނެވެ.

(ނ) އަލަށް ކަސްޓަމްސްގެ ވަޒީފާދޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ަބލާނީ އެމުވައްޒަފަކަށް ވަޒީފާ ލިބުނު ތާރީހަކުން (އަހަރުގެ އެ ދުވަހަކުން) ފެށިގެންނެވެ.

(ރ) ހިދުމަތުގެ މުއްދަތު މެދުކެނޑުމަށްފަހު، ވަޒީފާއާ ގުޅޭ މުވައްޒަފުންގެ އަހަރީ ޗުއްޓީ ހައްގުވާ ތާރީހު ބަލާނީ، އަލުން ހިދުމަތްފަށާ ދުވަހާއި، ކުރިން ހިދުމަތްކުރި އަހަރުގެ ދުވަސްތަކާއި ގުޅުވާލައި، ކުރިން ހިދުމަތްކުރި އަހަރުގެ ބައިކުޅަބަޔާ އެއްކޮށްލުމުން އަހަރުވާ ތާރީހުންނެވެ. އެީއ މުވައްޒަފަށް ޗުއްޓީ ދިނުންފަދަ އިދާރީ ބޭނުންތަކަށް އަހަރު ބަލާނެ ތާރީހެވެ.

(ބ) އަހަރީ ޗުއްޓީގެ ދުވަސްތައް އެއްފަހަރާ ނުވަތަ އެކި ފަހަރު މަތިން ބަހާލައިގެންވެސް ނެގިދާނެއެވެ.

(ޅ) ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ އެހެނިހެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީއެއް އޮވެއްޖެނަމަ، އެޗުއްޓީގެ ބަދަލުގައި އޭނާއަށް އެއިރަކު ލިބޭ މުސާރައިގެ ނިސްބަތުން ދުވަހަކަށް ޖެހޭ މުސާރައިގެ ރޭޓުން އެދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.

(ކ) އަހަރީ ޗުއްޓީ ދޭންވާނީ ކަސްޓަމްސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް އެމުވައްޒަފަކު މަސައްކަތްކުރާ ސެކްށަނަކުން ކަނޑައަޅާ މިންވަރަށެވެ.

(އ) މުވައްޒަފަކު އަހަރީ ޗުއްޓީ ފެށުމަށްފަހު، ޗުއްޓީގެ މުއްދަތު ހަމަނުވަނީސް އެމުވައްޒަފަކު ބޭނުންވެއްޖެ ހިނދެއްގައި ޗުއްޓީ މެދުކަނޑާލުމަށްފަހު އޮފީހަށް ނުކުމެވިދާނެއެވެ.

(ވ) މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ހައްގުވާ އަހަރު ދުވަހުގެ ތެރޭގައި ޗުއްޓީ ނުނަގައިފިނަމަ، އެ ޗުއްޓީ ކެންސަލް ވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް، ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.

(މ) ޗުއްޓީގައި ހުރެފައި ޗުއްޓީގެ މުއްދަތު އިތުރުކުރަން އެދޭނަމަ، ޗުއްޓީ ހަމަވުމުގެ 01 (އެކެއް) ދުވަސް ކުރިން ލިޔުމަކުން ޗުއްޓީ އިތުރުކުރުމަށް އެދެންވާނެއެވެ.

 

35 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ

(ހ) ބަލިވުމާ ގުޅިގެން މުސާރަލިބޭ ގޮތަށް ސަލާމުގެ ޗުއްޓީ ދެވޭނީ، ހިދުމަތްކުރާ ކޮންމެ އަހަރަކު 30 ދުވަހެވެ.

(ށ) ސަލާން ބުނަންާވނީ، ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް، ތިމާބަލިވުމުގެ ސަބަބުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވުމުން ކޮންމެހެން ސަލާން ނުބުނެ ނުވެއްޖެނަމައެވެ.

(ނ) ސިއްހީ ފަރުވާ ދިނުމުގެ ސެޓްފިކެޓް އޮތް ޑޮކްޓަރަކު ނުވަތަ ހަކީމެއްގެ، މެޑިކަލް ސެޓްފިކެޓެކާ ނުލައި ސަލާމުގެ ޗުއްޓީ ގަބޫލުކުރެވޭނީ ޖެހިޖެހިގެން 02 (ދޭއް) ދުވަހަށެވެ. ސަލާމުގެ ޗުއްޓީ ތެރޭގައި ބަންދު ދުވަސް ހިމެނިއްޖެނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ، ބަންދު ދުވަސް ހިމަނައިގެންނެވެ.

(ރ) ސަލާމުގެ ޗުއްޓީ ތެރޭގައި ބަންދު ދުވަސް ހިމެނިއްޖެނަމަ، އެދުވަހެއް ސަލާމުގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ނުގުނޭނެއެވެ

(ބ) ބަލިވުމުގެ ސަބަބުން މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އޮފީހުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަންގަންވާނެއެވެ.

(ޅ) އެ މުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ހަވާލުވެފައިވާ މުވައްޒަފެއްނަމަ، އެމުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކޮށް ހިންގަން ފެށޭހާ ވަގުތު އޮއްވައި، އެމުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަން ވާނެއެވެ. އަދި އަންގާއިރު، އެމުވައްޒަފެއް ހަވާލުވެފައިވާ މަސައްކަތަށް ބުރޫ ނާރައި އެ މަސައްކަތެއް ހިންގުމަށް އޮފީހުން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މައުލޫމާތުދީ، އެ ކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

(ކ) ވަގުތު އޮއްވައި ނޭންގޭ ފަދަ، ސިއްހީ ގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ، އެންގޭ ފަދަ ހާލަތަކަށް އެމުވައްޒަފަކު އައުމުން، ސަލާމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި، ސިއްހީ ފަރުވާ ދިނުމުގެ ސެޓްފިކެޓް އޮތް ޑޮކްޓަރަކު ނުވަތަ ހަކީމެއްގެ، މެޑިކަލް ސެޓްފިކެޓް، އޮފީހުން  ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ހުށަހަޅަންވާނެއެވެ.

(އ) މި މާއްދާގައިވާ ގޮތުގެ މަތިން މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ބަލިވުމުގެ ސަބަބުން ނުކުތުމަށް އުޒުރުވެރިވެއްޖެކަން އަންގާފައި ނުވާނަމަ، އެމުވައްޒަފެއްގެ ސަލާން ގަބޫލުކުރެވޭނީ ކަސްޓަމްސްގެ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން އެމުވައްޒަފަކަށް ދިމާވެފައިވާ ބަލިހާލަތައް ރިއާޔަތްކުރުމަށްފަހު، އެއީ މަގްބޫލު އުޒުރެއް ކަމުގައި ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑަށް ގަބޫލުކުރެވޭ ނަމައެވެ. 

(ވ) ސަލާމުގެ ޗުއްޓީގައި ހުއްޓާ މަހުގެ މުސާރަ ހެދުމަށް ކަނޑައަޅާފައިވާ ދުވަސް އަތުވެއްޖެނަމަ، އޮފީހުން ކަނޑައަޅާފައިވާ ދުވަހުގެ ކުރިން ސެޓްފިކެޓް ހުށަހެޅުމުން މެނުވީ، އެމަހުގެ މުސާރަ ދޭންވާނީ ސަލާމުގައި ހުރި ދުވަސްތަކަށް މުސާރައާއި އިނާޔަތް އުނިކުރުމަށް ފަހުގައެވެ. އޮފީހަށް ނިކުންނަ ފުރަތަމަ ދުވަހު ސަލާމުގެ ސެޓްފިކެޓް ހުށަހަޅައިފިނަމަ، ސަލާމުގެ މުއްދަތަށް ކެނޑި މުސާރައާއި އިނާޔަތަށްވާ އަދަދު، ޖެހިގެން  އަންނަ މަހުގެ މުސާރައާއެކު ދޭންވާނެއެވެ.

(މ) ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. އަދި ވަޒީފާއަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ދެވޭނެއެވެ.

(ފ) މުވައްޒަފެއް ސެޓްފިކެޓް ހުށަހަޅަންނުޖެހޭ ގޮތަށް ބުނާ ސަލާން އަދި ސެޓްފިކެޓް ހުށަހަޅަންޖެހޭގޮތަށް ބުނާ ސަލާމުގެ ރެކޯޑް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަންވާނެއެވެ.

(ދ) މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު ބަލިވެގެން މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި، އަދި އެ ދުވަހުގެ މަސައްކަތުގެ ގަޑީގެ ތެރެއިން 04 (ހަތަރެއް) ގަޑިއިރަށްވުރެ މަދުނޫން ވަގުތެއްގައި މަސައްކަތުގައި ހޭދަކޮށްފައި ވާނަމަ، އެ ދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބެލިދާނެއެވެ. އަދި މުވައްޒަފު އެދުވަހުގެ މަސައްކަތު ގަޑީގައި 04 (ހަތަރެއް) ގަޑިއިރު ހަމަނުވާނަމަ، އެ ދުވަހަކީ ސަލާމުގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، ސަލާމުގެ ޗުއްޓީ ހަމަޖައްސައިދޭން ވާނެއެވެ.

 

36 ވަނަ މާއްދާ - ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ

(ހ) މުވައްޒަފަކު ބަލިވެއިނދެ 27 (ހަތާވީސް) ހަފްތާގެ ފަހުން ކުއްޖަކު ވިހައިފިނަމަ (ކުއްޖާގެފުރާނަ ހުއްޓަސް ނެތަސް)، ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ހަމަމުސާރައާއެކު 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ޗުއްޓީ، މުވައްޒަފު ވިހާނެ ކަމަށް ލާަފކުރާ ދުވަސް ބަޔާންކޮށް ސިއްހީ ފަރުވާ ދިނުމުގެ ސެޓްފިކެޓް އޮތް ޑޮކްޓަރަކު ނުވަތަ ހަކީމެއް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން، އެ ސެޓްފިކެޓްގައިވާ ތާރީހުން ފެށިގެން، ދެވިދާނެއެވެ.

(ނ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް ސިއްހީ ހާލަތު ތަންނުދޭކަމަށް، ސިއްހީ ފަރުވާ ދިނުމުގެ ސެޓްފިކެޓް އޮތް ޑޮކްޓަރަކު ނުވަތަ ހަކީމެއް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭ ގޮތަށް ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ނުލިބޭގޮތަށް 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް އެމުވައްޒަފަކަށް ދެވިދާނެއެވެ.

(ރ) މުވައްޒަފަކު ވިހެއުމާގުޅިގެން ދެވޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީގެ އިތުރުން ވިހެއުމުގެ ސަބަބުން މުވައްޒަފު ނުވަތަ ވިހޭ ދަރިފުޅު ބަލި ވުމުގެ ސަބަބުން، ސިއްހީ ހާލަތު ތަންނުދޭކަމަށް، ސިއީްހީ ފަރުވާ ދިނުމުގެ ސެޓްފިކެޓް އޮތް ޑޮކްޓަރަކު ނުވަތަ ހަކީމެއް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭ ގޮތަށް ވިހެއުމަށްފަހު ވިހޭ ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި އެމުވައްޒަފަކު އެދިއްޖެ ހިނދެއްގައި، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ނުލިބޭގޮތަށް 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް އެމުވައްޒަފަކަށް ދެވިދާނެއެވެ،

 

37 ވަނަ މާއްދާ - މަޔަކަށް ނުވަތަ ބަފަޔަކަށްވުމުން ލިބޭ ޗުއްޓީ 

(ހ) ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް 01 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ.

(ށ) ދަރިފުޅުގެ މަންމައާއި ބައްޕަ މަސައްކަތް ކުރަނީ ކަސްޓަމްސްގައި ކަމަށް ވަނީނަމަ، މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ އެދެމީހުންނަށް ފެންނަ ގޮތަކަށް އެ ޗުއްޓީގެ މުއްދަތު ދެމީހުންގެ މައްޗަށް ބާަހލެވިދާނެއެވެ.

 

38 ވަނަ މާއްދާ - އާއިލީ ޒިނާްމގެ ޗުއީްޓ

(ހ) އާއިލާގެ މެމްބަރަކު ބަލިވުން ނުވަތަ މުވައްޒަފަކަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް އަހަރު ދުވަހުގެ ތެރޭގައި ދޭންވާނެއެވެ. އާއިލާގެ މެމްބަރުން ކަމުގައި ބަލާނީ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ އަދި ށަރުއީ އަދި ގާނޫނީ ގޮތުން އެމީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.

(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް، ވީަޒފާ އަދާކުރާތާ އަހަރު ނުވިކަމުގައިވިޔަސް، މި ޗުއްޓީ ދެވާިދނެއެވެ.

(ނ) މިމާއްދާގެ (ހ) ގައިވާފަދަކަމެއް ދިމާވުމުގެ ސަބަބުން އެ މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން ސުޕަވައިޒަރަށް އެމުވައްޒަފަކު އާއިލީ ޒިންމާގެ ޗުއްޓީގައި ހުރިކަން އަންގަންވާނެއެވެ.

(ރ) އާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު އޮފީހަށް ނުކުންނަ ދުވަހު މިގަވާއިދުގެ ޖަދުވަލް 1 ގައިވާ "ޗުއްޓީ އަށް އެދި ހުށަހަޅާ" ފޯޯމް ފުރިހަމަ ކުރުމަށްފަހު އެމުވައްޒަފަކު މަސައްކަތްކުރާ ސެކްށަނަށް، އޮފީހަށް ނުވަތަ އޮފީހުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތިން އެކަން ޑިއުޓީ ނިމުމުގެ ކުރިން ހުށަހަޅަންވާނެއެވެ.

 

39 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ

ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން  ފެށިގެން، މުސާރަ ލިބޭ ގޮތަށް 03 (ތިނެއް) ދުވަހުގެ ޗުއްޓީ ނެގިދާނެއެވެ. 

 

40 ވަނަ މާއްދާ - ދަރިފުޅު ހިތާނުކުރުމުން ލިބޭ ޗުއްޓީ

މުވައްޒަފުގެ ދަރިއަކު ހިތާނުކުރާ ދުވަހުން ފެށިގެން މުސާރަ ިލބޭ ގޮތަށް، ބަންދު ދުވަސްތައްހިމަނައިގެން 05 (ފަހެއް) ދުވަހުގެ ޗުއްޓީއެއް މުވައްޒަފަށް ނެގިދާނެއެވެ. ހިތާނު ކުރުމުން ދޭޗުއްޓީ، ދަރިފުޅުގެ މަންމަ އާއި ބައްޕައަށްވެސް ލިބޭނެއެވެ. 

 

41 ވަނަ މާއްދާ - ހައްޖު އަދި އުމްރާގެ ޗުއްޓީ

(ހ) ހައްޖަށް ދިއުމަށް ޗުއްޓީއަށް އެދޭ މުވައްޒަފުންނަށް، ފުރަތަމަ ފަހަރަށް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ހަމަ މުސާރައާއެކު، 35 (ތިރީސް ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ. ދެވަނަފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް ހައްޖަށް ދާން ބޭނުންވާ މުވައްޒަފުންނަށް، މުސާރައާއެކު، ކޮންމެ 05 (ފަހެއް) އަހަރުން 01 (އެކެއް) ފަހަރު، 35 (ތިރީސް ފަހެއް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ.

(ށ) އުމްރާއަށް ދިއުމަށް ޗުއްޓީއަށް އެދޭ މުވައްޒަފުންނަށް، ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ހަމަމުސާރައާއެކު، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ކޮންމެ 10 (ދިހައެއް) އަހަރަކުން 01 (އެކެއް) ފަހަރު ދެވިދާނެއެވެ.

(ނ) މާލެސިޓީ ފިޔަވައި އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ މުއްދަތުގެ އިތުރަށް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 10 (ދިހައެއް) ދުވަސް ދޭންވާނެއެވެ.

(ރ) މިމާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ދެ ބާވަތުގެ ޗުއްޓީ އެއްފަހަރާ މީލާދީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނުލިބޭނެއެވެ.

 

41 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއީްޓ 

(ހ) މުސާރަ ނުލިބޭ ޗުއްޓީ ނެގޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ނުވަތަ މިނޫންވެސް މިފަދަ ކަމަކާ ގުޅިގެން، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާގެމަތިން، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ހުއްދަ ލިބިގެންނެވެ.

10 މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާއި ގުޅިގެން ޗުއްޓީއެއް ބޭނުންވުން.

11 އަމިއްލަ ގޮތުން ތައުލީމު ހާސިލުކުރުމަށްޓަކައި ޗުއްޓީއެއް ބޭނުންވުން  

(ށ) އަހަރީ ޗުއްޓީގައި، ޗުއްޓީ ހައްގުވާ ދުވަސްތަކެއް އޮތް މުވައްޒަފަކަށް މުސާރަ ނުލިބޭ ޗުއްޓީ ދޭންވާނީ، އަހަރީ ޗުއީްޓގައި އޮތް ދުވަސްތަކަށް ޗުއީްޓ ދިނުމަށްފަހު، އިތުރަށް ޗުއްޓީއެއް ކޮންމެހެން ބޭނުންވެގެން ހުށަހެޅުމުންނެވެ.

(ނ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީ ބޭނުންކުރަންވާނީ، އެ ޗުއްޓީއެއް ނެގި ބޭނުމަށެވެ. އަދި ޗުއްޓީ ނެގި ބޭނުމާ ހާިލފަށް ޗުއްޓީ ބޭނުންކޮށްފިނަމަ ޗުއްޓީ ކެންސަލްކުރުމުގެ އިހްތިޔާރު، ކަސްޓަމްސްއަށް ލިބިގެންވެއެވެ. އެމުވައްޒަފެއްގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކުރަންޖެހޭ ކަންތައް ކުރުމަކީ އެޗުއްޓީ ނެގި ބޭނުމާ ހިލާފަށް ކުރިކަމެއް ކަމަށް ނުބެލެވޭނެއެވެ.

(ރ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީގައި މުވައްޒަފަކު ހުންނަ މުއްދަތަށް އޭނާއަށް މުސާރަ އާއި، މަހުން މަހަށް ދިނުމަށް ކަނޑައެޅިފައިވާ އެލަވެންސްއެއް ނުދެވޭނެއެވެ.

(ބ) މުސާރަ ނުލިބޭގޮތަށް ދެވޭ ޗުއްޓީގައި ހުންނަ މުއްދަތު 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވާނަމަ، ކަސްޓަމްސް މުވައްޒަފެއްގެ ހިދުމަތުގެ މުއްދަތުގެ ތެރޭ ނުގުނޭނެތީ، އެދުވަސްތައް ޕެންށަންގެ މުއްދަތާއި ރިޓަޔަރމެންޓްގެ މުއްދަތު ބެލުމުގައިވެސް ނުގުނޭނެއެވެ. ވަކި މުއްދަތަކަށް ކަސްޓަމްސްއަށް ހިދުމަތް ކުރަންޖެހިފައިވާ މީހަކު މިޗުއްޓީ ނަގައިފިނަމަ، މުސާރަ ނުލިބޭ ޗުއްޓީގައި ހުރި ދުވަސްތައް، އެމުވައްޒަފަކު ހިދުމަތް ކުރަން ޖެހިފައިވާ މުއްދަތުގެ ތެރޭގައި ނުހިމެނޭނެއެވެ.

(ޅ) މިމާއްދާ (ހ) ގެ (1) ގައިވާ ހާލަތް މެދުވެރިވެގެން، މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ ގިނަވެގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ކ) މިމާއްދާގެ (ހ) ގެ (1) ގައިވާ ހާއްސަ ހާލަތަކާ ގުޅިގެން، އެހާލަތު ބަޔާންކޮށް އޮފީހަށް ހުށަހެޅުމުން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭގޮތައް އެމުވައްޒަފަކަށް ޗުއްޓީ ދެވިދާނެއެވެ. މިގޮތުން މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދޭންވާނީ އެމުވައްޒަފަށް ހައްގު އަހަރީ ޗުއްޓީއެއް ނެތްނަމައެވެ. ނަމަވެސް މިހާލަތުގައި އެމުވައްޒަފަށް ވަގުތީގޮތުން ވަޒީފާއިން ވަކި ނުކުރެވޭނެއެވެ. އަދި މުވައްޒަފު ހިދުމަތުގައި ދެމިހުރި މުއްދަތެއް ކަމުގައި ގުނޭނެއެވެ.

(އ) މިމާއްދާ (ހ) ގެ (2) ގައިވާ ހާލަތު މެދުވެރިވެގެން، މުސާރަ ނުލިބޭގޮތަށް ދޭ ޗުއްޓީ ދެވޭނީ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސްއަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. މިގޮތުން ޗުއްޓީ ދެވޭނީ 04 (ހަތަރެއް) އަހަރަށްވުރެ އިތުރުނުވާ މުއްދަތަށެވެ.

(ވ) މިމާއްދާގެ (ހ) ގެ (2) ގައިވާ ހާލަތްތަކުގައި، ޗުއްޓީއެއް ބޭނުންވާ މުވައްޒަފަކަށް މި ޗުއްޓީ ދެވޭނީ، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކުން އެމީހަކު ގަބޫލުކޮށްފައިވާ ކަމުގެ ލިޔުމާއެކު އެކޯހަށް ފަންޑުކުރާނެ ގޮތުގެ މައުލޫމާތު، ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ. އަދި އެކޯހަކީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީއިން ގަބޫލުކުރ،ާ ކަސްޓަމްސްގެ ޓްރޭނިންގ ރިކްއަރމަންޓްސްގައި ހިމެނިފައިވާ ނުވަތަ ކަސްޓަމްސްގެ މަސައްކަތާގުޅޭ ކޯހަކަށްވާންވާނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށް މިޗުއްޓީ ލިބޭނީ، އެމީހަކު ކިޔަވަންދާ މަރުކަޒަކަށް ދިއުމަށާއި، އެތަނަކުން އެނބުރި އައުމަށް ލަފާކުރާ މުއްދަތު ހިމަނައިގެން ކޯހުގެ މުއްދަތަށްވުރެ 14 (ސާދަ) ދުވަހަށް ވުރެ އިތުރުނުވާ ގޮތުގެމަތިން މަސައްކަތަށް ދަތިނުވާ ގޮތަށް، ކަސްޓަމްސްއިން ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

(މ) މިމާއްދާގެ (ހ) ގެ (2) ގައިވާ ޗުއްޓީ ދީފައިވާ މުވައްޒަފަކަށް ދެވަނަ ފަހަރަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދެވޭނީ، ކޯސް ފުރިހަމަކޮށްގެން އައުމަށްފަހު، މަދުވެގެން 04 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތައް ކަސްޓަމްސްއަށް ހިދުމަތްކުރުމުންނެވެ. މިގޮތުން ޗުއްޓީ ދެވޭނީ 02 (ދޭއް) އަހަރަށްވުރެ އިތުރުނުވާ މުއްދަތަށެވެ.

 

43 ވަނަ މާއްދާ - މުސާރަ ލިބޭގޮތަށްދޭ ޗުއްޓީ

(ހ) މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ ހަމަޖައްސައިދެވޭނީ ތައުލީމު ހާސިލުކުރުމަށާއި، ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނުވަތަ ކަސްޓަމްސް ތަމްސީލުކުރުމަށްޓަކައި ބައިވެރިވާ ކުޅިވަރު ހަރަކާތް ތަކުގައި ނުވަތަ ކަސްޓަމްސްއިން ހިންގާ ކުޅިވަރު ހަރަކާތް އަދި އިޖުތިމާއީ އެކި އެކި ހަރަކާތް ތަކުގައި ލިބޭ އަނިޔާއާ ގުޅިގެން ބޭސް ފަރުވާ ކުރުމަށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ހުއްދަލިބުމުންނެވެ.

(ށ) އަމިއްލަގޮތުން ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަލިބޭ ގޮތަށް ދެވޭ ޗުއްޓީ ދެވޭނީ، ގިނަވެގެން 04 (ހަތަރު) އަހަރެވެ. ތައްލީމް ހާސިލްކުރުމަށްޓަކައި ދެވޭ ޗުއްޓީ ދޭންވާނީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީއިން ގަބޫލުކުރާ  އަދި ކަސްޓަމްސްގެ ޓްރޭނިންގ ރިކްއަރމަންޓްސްގައި ހިމެނިފައިވާ ނުވަތަ ކަސްޓަމްސްގެ މަސައްކަތާގުޅޭ ކޯސްތަކަށެވެ.

(ނ) އަމިއްލަގޮތުން ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަލިބޭ ގޮތަށް ޗުއްޓީ ދެވޭނީ، ކަސްޓަމްސްއަށް މަދުވެގެން 03 (ތިނެއް) އަހަރު ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.

(ރ) ކަސްޓަމްސްއިން ރާވައި ހިންގާ ނުވަތަ ބައިވެރިވާ އިޖުތިމާއީ ހަރަކާތެއް ނުވަތަ ކުޅިވަރު ހަރަކާތެއްގައި މުވައްޒަފަށް ލިބޭ އަނިޔާއަކާ ގުޅިގެން ބޭސްފަރުވާ ކުރުމަށްޓަކައި ޗުއްޓީދޭނީ، އެ އަނިޔާއަކަށް ބޭސްފަރުވާކޮށް ނިމޭނެކަމަށް ޑޮކްޓަރ ދެއްވާ ލިޔުމުގައިވާ މުއްދަތަށެވެ. މިގޮތުން ގިނަވެގެން ދެވޭނީ، ބަންދު ދުވަސްތައް ހިމަނައިގެން އަހަރަކު 90 (ނުވަދިހަ) ދުވަހެވެ.

(ބ) އަމިއްލަގޮތުން ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަލިބޭ ގޮތަށް ޗުއްޓީ ދީފައިވާ މުވައްޒަފަކަށް ދެވަނަ ފަހަރަށް މުސާރަ ލިބޭގޮތަށް ޗުއްޓީ ދެވޭނީ، ކޯސް ފުރިހަމަކޮށްގެން އައުމަށްފަހު، މަދުވެގެން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސްއަށް ހިދުމަތްކުރުމުންނެވެ. މިހާލަތުގައި ޗުއްޓީ ދެވޭނީ 03 (ތިނެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަށެވެ.

(ޅ) މުސާރަ ލިބޭ ގޮތަށް ދެވޭ ޗުއްޓީ ދެވޭނީ، އަހަރީ ޗުއްޓީ ބާކީއޮތްނަމަ އެދުވަސްތައް ހިމަނައިގެންނެވެ.

(ކ) މުސާރަލިބޭ ގޮތަށް ދެވޭ ޗުއްޓީގައި މުވައްޒަފު ހުންނައިރު މުވައްޒަފަށް ލިބޭނީ، އެމުވައްޒަފު މުސާރަލިބޭ ގޮތަށް ދެވޭ ޗުއްޓީ ފެށި ތާރީހުގައި އެމުވައްޒަފަށް ލިބެމުން އައި އަސާސީ މުސާރައާ އެއްވަރު އަދަދެކެވެ.

(އ) މިމާއްދާގެ (ކ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ޗުއީްޓގައި ހުއްޓާ އެމުވައްޒަފު އަދާކުރި މަގާމުގެ މުސާރައަށް ބަދަލެއް އައި ކަމުގައިވީނަމަވެސް، ލިބެނީ ކުރިން  ލިބެމުންއައި މުސާރައާ އެއްވަރުގެ އަދަދެކެވެ. 

 

44 ވަނަ މާއްދާ - މުސާރަ 1/2 ލިބޭގޮތަށް ދޭ ޗުއީްޓީ

(ހ) މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދެވޭ ޗުއީްޓ ދެވޭނީ، ކަސްޓަމްސްގެ މުވައްޒަފަކަށް ނުވަތަ އޭނާގެ އާއިލާއަށް ދިމާވާ ބޮޑު ކަމަކާ ގުޅިގެން، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ހުއްދަ ލިބިގެންނެވެ.

(ށ) މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދޭ ޗުއްޓީގެ ގޮތުގައި ދެވޭނީ، ގިނަވެގެން 15 (ފަނަރަ) ދުވަހެވެ،

 

 

ފަސްވަނަ ބާބު

އިދާރީ އަދަބު

 

45 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ކަސްޓަމްސްގެ ގާނޫނު އަދި މި ގަވާއިދާ އަދަބާ ހިލާފުވާ މުވައްޒަފުންނާ މެދު ިމބާބުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. 

 

46 ވަނަ މާއްދާ - ތަހްގީގުކުރުމާއި އަދަބު ކަނޑައެޅުން

(ހ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ އަހްލާގީ އަދި އިދާރީ މައްސަލަތައް ތަހްގީގްކުރަންޖެހޭނަމަ، އެމައްސަލަ ތަހްގީގް ކުރާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ކަމާބެހޭ ސެކްށަނަކުންނެވެ. މިގޮތުން ތަހްގީގު ނިންމުމަށްފަހު ތަހްގީގް ރިޕޯޓް މިގަވާއިދުގެ 5 ވަނަ މާއްދާގައި ބުނާ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑަށް ފޮނުވަންވާނެއެވެ. 

(ށ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ އަހްލާގީ އަދި އިދާރީ މައްސަލަތަކަށް އިދާރީ އަދަބު ކަނޑައަޅާނީ މިގަވާއިދުގެ 5 ވަނަ މާއްދާގައި ބުނާ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

(ނ) މުވައްޒަފުންގެ ހާޒިރީއާބެހޭ މައްސަލަތައް ބަލަހައްޓައި ފިޔަވަޅުއަޅާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުންނެވެ.

(ރ) މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަދަބުވެރިކުރުމަށް ނަސޭހަތްދޭނީ އެމުވައްޒަފަކު މަސައްކަތްކުރާ ސެކުށަނަކުންނެވެ.

 

47 ވަނަ މާއްދާ - މަގާމު ދަށް ކުރުން އަދި ވަޒީފާއިންނ ވަކިކުރުން

(ހ) އެއްވެސް މައްސަލައަކާހުރެ މުވައްޒަފެއްގެ މަގާމު ދަށްކުރުމަށް ނުވަތަ ވަޒީފާއިން ވަކިކުރުމަށް މިނިސްޓަރަށް ލަފާދޭނީ މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ފަދައިން ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމާ ނިންމުންތައް މިނިސްޓަރަށް ފޮނުވުމުގެ ކުރިން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ލަފާ ހޯދަންވާނެއެވެ. 

(ނ) މިމާއްދާގެ (ހ) ގައި ވާގޮތަށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމާ ނިންމުންތައް މިނިސްޓަރަށް ފޮނުވުމުން މަގާމު ދަށް ކުރުމަށް ނުވަތަ ވަޒީފާއިން ވަކިކުރުމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.

(ރ) މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމަށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމައި މިނިސްޓަރަށް ފޮނުވުމުން، އެ ނިންމުން އަލުން ވިސްނުމަށް އަނބުރާ ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑަށް ފޮނުވުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ބ) ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން މައްސަލަ ބެލުމުގައި އެމުވައްޒަފަކަށް އަންނަނިވި ފުރުސަތުތައް ދޭންވާނެއެވެ.

  1. އެ މުވައްޒަފުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަޔާ ބެހޭ އެންމެހާ ލިޔެ ކިޔުންތައް ބެލުމުގެ ފުރުސަތު
  2. ކަމާބެހޭގޮތުން އަނގަބަހުން ނުވަތަ ލިޔުމުން ޖަވާބު ދިނުމުގެ އެކަށީގެންވާ ފުރުސަތު
  3. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމާއި ލިބިގަތުމުގެ ފުރުސަތު 

 

48 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

އިދާރީ ފިޔަވަޅު އެޅޭނީ ކަސްޓަމްސްގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާއި، ކޯޑް އޮފް އެތިކްސް އާއި ކޯޑްއޮފްކޮންޑަކްޓާ އަދަބާ ހިލާފުވާ މުވައްޒަފުންނާމެދުގައެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ އިދާރީ ފިޔަވަޅުގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.

  1. އަނގަބަހުން ނަސޭހަތް ދިނުން.
  2. ލިޔުމުން ނަސޭހަތް ދިނުން.
  3. އިންޒާރު ދިނުން.
  4. ޖޫރިމަނާކުރުން
  5. 14 ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއިން ސަސްޕެންޑް ކުރުން.
  6. މަގާމު ދަށްކުރުން.
  7. ވަޒީފާއިން ވަކިކުރުން

(ނ) މިމާއްދާގެ (ށ) ގެ (1) އަދި (2) ގައި ބުނެފައިވާ އިދާރީ ފިޔަވަޅުތައް ފިޔަވައި އެހެނިހެން އިދާރީ ފިޔަވަޅުތައް އަޅާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

(ރ) މިމާއްދާގެ (ށ) ގެ (1) އަދި (2) ގައި ބުނެފައިވާ އިދާރީ ފިޔަވަޅުތައް އަޅާނީ އެމުވައްޒަފަކު މަސައްކަތްކުރާ ސެކުށަނުންނެވެ.

(ބ) މުވައްޒަފަކާމެދު އިދާރީ ފިޔަވަޅު އަޅައިފިނަމަ، އެ ފިޔަވަޅެއްގެ މައުލޫމާތު މުވައްޒަފުގެ ރެކޯޑް ފައިލަށް ލާންވާނެއެވެ.

 

49 ވަނަ މާއްދާ - އަހުލާގީ އަދި އިދާރީ ކުށްތައް

އަހުލާގީ އަދި އިދާރީ ކުށް ކަމުގައި ބަލާނީ ތިރީގައިވާ ކުށްތަކެވެ.

(ހ) ކަސްޓަމްސްގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފަށް ހިންގާ ކޮންމެ ކަމެއް.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އަހްލާގީ ކުށެއް ކަމުގައި މިގަވާއިދުގައި  ކަނޑައަޅާފައިވާ ކޮންމެ ކަމެއް.

(ނ) ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ ދަށުން ކަސްޓަމްސް އިންޓަގްރިޓީ ކޮމިށަނުން ހަދާ ގަވާއިދު  ފިޔަވައި މި ގާނޫނާ އަދި މިގާނޫނުގެ ދަށުން ހަދާ އެހެނިހެން ގަވާއިދުތަކާ ހިލާފަށް ކުރާ ކޮންމެކަމެއް.

(ރ) ކަސްޓަމްސް ގައި އަމަލުކުރެވެމުންދާ އާންމު އިޖްރާއަތުތަކާއި ހިލާފު ކަމެއްކުރުން.

 

50 ވަނަ މާއްދާ - އަދަބު ކަނޑައަޅާނެ މިންގަނޑު

(ހ) އަހްލާގީ އަދި އިދާރީ ކުށްތަކަށް މިބާބުގެ ދަށުން އަދަބު ދިނުމުގައި އާންމު އުސޫލެއްގެ ގޮތުން އަދަބު ކަނޑައަޅަންވާނީ މިގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ތަރުތީބުންނެވެ. ނަމަވެސް، މުވައްޒަފެއް ކުރާ ކުށެއްގެ ކުޑަބޮޑު މިނަށް ބަލައި، މިނޫން ގޮތަކަށް ފިޔަވަޅު އެޅުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

(ށ) މުވައްޒަފެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އެމުވައްޒަފެއްގެ ދިފާއުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) އެމުވައްޒަފެއްގެ ދިފާއުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތް ކުރާއިރު އެކުށަކީ އޭނާ ގަސްދުގައި ކޮށްފައިވާ ކުށެއްނޫންކަމަށް ސާބިތު ވެއްޖެނަމަ، އެފަދަ ކުށަކަށް ފުރަތަމަ ފަހަރަށް އިންޒާރަކަށްވުރެ ބޮޑު އަދަބެއް ދީގެންނުވާނެއެވެ.

(ރ) އެއް މައްސަލައަށްވުރެ ގިނަ މައްސަލަ މުވައްޒަފެއްގެ މައްޗަށް ހުށަހެޅިފައިވާނަމަ އެމައްސަލަތައް ބަލަންވާނީ ވަކިވަކި މައްސަލަތަކެއްގެ ގޮތުގައެވެ. ނަމަވެސް މިމައްސަލަތަކަށް އަދަބު ކަނޑައެޅުމުގައި ކުރިން ސާބިތުވެފައިވާ މައްސަލައަކަށް ރިއާޔަތް ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ. އަދި އަދަބު ކަނޑައެޅުމުގައި ސާބިތުނުވެހުރި އެއްވެސް ކަމަކަށް ރިޔާއަތް ކޮށްގެންނުވާނެއެވެ. 

 

51 ވަނަ މާއްދާ - ނަސޭހަތްދިނުން

(ހ) މުވައްޒަފަކަށް އަނގަބަހުން ނަސޭހަތްދެވިއްޖެނަމަ، އެކަން މުވައްޒަފު މަސައްކަތްކުރާ ސެކްށަނަކުން ލިޔެ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްށަނަށް ފޮނުވަންވާނެއެވެ. އަނގަބަހުން ނަސޭހަތް ލިޔެފައި އޮންނަންވާނެ ގޮތުގެ ނަމޫނާ މިގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ. 

(ށ) މުވައްޒަފަކަށް އިދާރީ ފިޔަވަޅުގެ ގޮތުގައި އަނގަބަހުން ނަސޭހަތް ދެވޭނީ އެއްކުށަކަށް އެއްފަހަރުއެވެ. ނަމަވެސް މިގޮތުން ދެވޭ ނަސޭހަތް ދެވޭ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުގެ މުއްދަތުގެ ތެރޭގައި އެފަދަ ކުށެއް ތަކުރާރުކޮށްފައިނުވާނަމަ، އެނަސޭހަތަށް ރިއާޔަތް ނުކުރެވޭނެއެވެ.

(ނ) މުވައްޒަފަކަށް ލިޔުމުން ނަސޭހަތް ދެވިއްޖެނަމަ، އެކަން އެމުވައްޒަފު މަސައްކަތްކުރާ ސެކްށަނަކުން މުވައްޒަފުންނާބެހޭ ކަންކަން ބަލަހައްޓާ ސެކްށަނަށް ފޮނުވަންވާނެއެވެ. ލިޔުމުންދޭ ނަސޭހަތް އޮންނަންވާނެ ގޮތުގެ ނަމޫނާ މިގަވާއިދުގެ ޖަދުވަލު 3 ގައި އެވަނީއެވެ.

(ރ) މުވައްޒަފަކަށް އިދާރީ ފިޔަވަޅުގެ ގޮތުގައި ލިއުމުން ނަސޭހަތް ދެވޭނީ އެއްކުށަކަށް އެއްފަހަރުއެވެ. ނަމަވެސް މިގޮތުން ދެވޭ ނަސޭހަތް ދެވޭ ތާރީހުންފެށިގެން 02 (ދޭއް) އަހަރުގެ މުއްދަތުގެ ތެރޭގައި އެފަދަ ކުށެއް ތަކުރާރުކޮށްފައިނުވާނަމަ، އެ ނަސޭހަތަށް ރިއާޔަތް ނުކުރެވޭނެއެވެ. 

 

52 ވަނަ މާއްދާ - އިންޒާރުދިނުން

(ހ) އިންޒާރު ދެވޭނީ އެކުށަކަށް ލިޔުމުން ނަސޭހަތް ދިން ދުވަހުން ފެށިގެން 02 (ދޭއް) އަހަރުގެ މުއްދަތުގެ ތެރޭގައި އެކުށް ތަކުރާރު ކުރުމުންނެވެ. މިގޮތުން ލިޔުމުންދެވޭ އިންޒާރު އޮންނަންވާނެ ގޮތުގެ ނަމޫނާ މިގަވާއިދުގެ ޖަދުވަލު 4 ގައި އެވަނީއެވެ.

(ށ) މުވައްޒަފަކަށް އިސްލާހުވުމަށް އިންޒާރުދޭނީ އެއްކުށަކަށް އެއްފަހަރުއެވެ. މިގޮތަށް ދޭ އިންޒާރެއް، އެ އިންޒާރު ދޭ ތާރީހުން ފެށިގެން 03 (ތިނެއް) އަހަރުގެ މުއްދަތުގެތެރޭގައި އިތުރު ކުށެއް ނުކުރާކަމުގައި ވާނަމަ، އެ އިންޒާރަށް ރިއާޔަތް ނުކުރެވޭނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވިއަސް މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި ނަސޭހަތް ދިނުމަކާ ނުލާ އިންޒާރު ދެވިދާނެއެވެ.

 

53 ވަނަ މާއްދާ - ޖޫރިމަނާ ކުރުން

(ހ) މުވައްޒަފަކު ޖޫރިމަނާކުރެވޭނީ އެމުވައްޒަފަކު ކުރި ކުށަކަށް އިންޒާރު ދިން ދުވަހުން ފެށިގެން 03 (ތިނެއް) އަހަރުގެ މުއްދަތުގެ ތެރޭގައި އެކުށް ތަކުރާރު ކުރުމުން، އެމުވައްޒަފެއްގެ އަސާސީ މުސާރައިގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދަކުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި ިއތުރު ފިޔަވަޅެއް އެޅުމަކާ ނުލައި، ޖޫރިމަނާ ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

54 ވަނަ މާއްދާ - ވަކިމުއްދަތަކަށް ވަޒީފާއިން ސަސްޕެންޑްކުރުން

(ހ) މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކުރެވޭނީ މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށަކަށް އިންޒާރު ދިނުމަށްފަހު 03 (ތިނެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އެކުށް ތަކުރާރު ކޮށްފިނަމައެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި އިތުރު އިސްލާހީ ފިޔަވަޅެއް އެޅުމަކާ ނުލައި ވަޒީފާއިން ސަސްޕެންޑް ކުރުމަކަށް މިމާއްދާ ހުރަހެއްނާޅައެވެ.

(ނ) އިދާރީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ސަސްޕެންޑު ކުރެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން އެންމެ ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. 

(ރ) ވަޒީފާއިން ސަސްޕެންޑުކުރުމަށްފަހު އެކަން އެންގުމަށް ދެވޭ ލިޔުން މިގަވާއިދުގެ ޖަދުވަލު 5 ގައިއެވަނީއެވެ.

 

55 ވަނަ މާއްދާ - މަގާމު ދަށް ކުރުން

(ހ) މުވައްޒަފެއްގެ މަގާމު ދަށްކުރެވޭނީ، މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށަކަށް މަގާމުން ސަސްޕެންޑް ކުރުމަށްފަހު 02 (ދޭއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އެކުށް ތަކުރާރު ކޮށްފިނަމައެވެ.

(ށ) އެމުވައްޒަފެއްގެ މަގާމު ދަށް ކުރެވޭނީ އެމުވައްޒަފަކު ހުރި މަގާމަށްވުރެ އެއްދަރަޖަ ދަށް މަގާމަކަށެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި އިތުރު އިސްލާހީ ފިޔަވަޅެއް އެޅުމަކާ ނުލައި މަގާމު ދަށް ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ. 

 

56 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށަކާ ގުޅިގެން މަގާމު ދަށްކުރުމަށްފަހު 05 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އެކުށް ތަކުރާރު ކޮށްފިނަމައެވެ.
(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް މުވައްޒަފަކު ކުރާ އަހުލާގީ އަދި އިދާރީ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި އިތުރު އިސްލާހީ ފިޔަވަޅެއް އެޅުމަކާ ނުލައި ވަޒީފާއިން ވަކި ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

57 ވަނަ މާއްދާ - މުވައްޒަފެއްގެ ފަރާތުން ލިބޭ މާއްދީ ގެއްލުމަށް ބަދަލުނެގުން

އެމުވައްޒަފެއްގެ މަސައްކަތަށް ނުވަތަ ކަސްޓަމްސްގެ އެއްވެސް ސާމާނަކަށް ނުވަތަ އާލާތަކަށް ނުވަތަ އެ ނޫންވެސް ގޮތަކުން އޮފީހަށް މާއްދީ ގެއްލުމެއް ލޭިބނެކަން އެނގިހުރެ މުވައްޒަފަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމަކަށްމުވައްޒަފެއްގެ އަތުން އެކަށީގެންވާ ބަދަލު ނެގިދާނެއެވެ. 

 

58 ވަނަ މާއްދާ - މާއްދީ ގެއްލުން ކަނޑައެޅުން

(ހ) މުވައްޒަފެއްގެ ފުށުން ކަސްޓަމްސަށް ލިބޭ މާއީްދ ގެއްލުމުގެބަދަލު ކަނޑައަޅާނީ، އެ މައްސަލައެއް ބެލުމަށްފަހު، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ. 

(ށ) މުވައްޒަފެއްގެ ފުށުން ލިބޭ މާއްދީ ގެއްލުން ކަނޑައެޅުމުގެ މައްސަލަ ނިންމުމުގައި އެ މުވައްޒަފުގެ ބަޔާން ހޯދަންވާނެއެވެ. އަދި އެކަމުގައި މުވައްޒަފުގެ އިހުމާލުވުން އޮތް މިންވަރު ބަލަން ޖެހޭނެއެވެ.

 

59 ވަނަ މާއްދާ - މާއްދީ ގެއްލުމަށް ބަދަލުނެގުން

(ހ) މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު، އެ މުވައްޒަފަކަށް އަމިއްލައަށް އެއްފަހަރާވެސް ދެއްކިދާނެއެވެ. ނުވަތަ އެކި މަސްތަކަށް ބަހާލައިގެން ދައްކާ ހަލާސްކުރާގޮތަށް، ހަމަޖެއްސިދާނެއެވެ.

(ށ) މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު ނެގުމުގެ ގޮތުން ނެގޭ ފައިސާގެ މިންވަރު ކަނޑައަޅާނީ، އެމުވައްޒަފުގެ އަސާސީ މުސާރައިން %33 (ތިރީސް ތިނެއް އިން ސައްތަ) އަށްވުރެ އިތުރުނުވާ ގޮތުގެމަތީންނެވެ.

(ނ) މުވައްޒަފެއްގެ ފުށުން ލިބުނު މާއްދީ ގެއްލުމެއްގެ ބަދަލު ދައްކާ ހަލާސްވުމުގެ ކުރިން އެމުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކުރެވިއްޖެނަމަ އެފައިސާ އެއްފަހަރާ ދެއްކުމަށް އަންގަންވާނެއެވެ. މިގޮތުން އެފައިސާ ނުދައްކައިފިނަމަ،  

(ރ) މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން މުވައްޒަފެއްގެ ކިބައިން ލިބޭ މާއްދާ ގެއްލުމަށް ނެގޭ ބަދަލު ނެގުމުގެ ސަބަބުން މި ގަވާއިދުގައިވާ ގޮތުގެ މަތިން، އެމުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅުމަކަށް ހުރަހެއް ނާޅައެވެ. 

 

 

ހަތްވަނަ ބާބު

ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުން

 

60 ވަނަ މާއްދާ - މުއްދަތު ގުނަން ފަށާ ތާރީހް

މި ގަވާއިދު ގެޒެޓްކުރާ ދުވަހުން ފެށިގެން މުވައްޒަފުން ބަދަލުކުރުމުގައި އިސްކަންދޭނީ، ޑިވިޒަނެއް ނުވަތަ ސެކްށަނެއްގައި 05 (ފަހެއް) އަހަރަށްވުރެ ގިނަ ދުވަސްވެފައާިވމުވައްޒަފުންނަށެވެ.

 

61 ވަނަ މާއްދާ - މަސައްކަތުގެ މާހައުލު

އަންނަނިވި ކަންތައްތަކުގެ މައްޗަށް އެކުލެވިގެންވާ، ސިއްހީގޮތުން ދުޅަހެޔ،ޮ ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ގާއިމްކޮށްދިނުމަކީ، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ޒިންމާއެކެވެ. 

(ހ) އިންސާފުވެރި އަދި ހަމަހަމަ؛

(ށ) ރައްކާތެރި އަދި މަދަދުވެރި؛

(ނ) މުވައްޒަފުންގެ މެދުގައި ވަކި ބަޔަކާ ދިމާކުރުމެއް ނެތް، ނުވަތަ ވަކި ބަޔަކު، އަސާސެއްނެތ،ި ތަފާތުކުރުމެއް ނެތް؛

(ރ) އޮފިސަރުންނާއި މު ަވއްޒަފުންގެ މެދުގައި މަސައްކަތްކުރެވެމުންދާ ގޮތާމެދު ތެދުވެރިކަމާއެކު ފާޑުކިޔޭ، އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތަރައްގީއަށް ފުރުސަތު ލިއްބައިދޭ؛ އަދި

(ބ) އެކިއެކި ނިންމުންތައް ނިންމުމުގައި، އޮފިސަރުންނާއި މުވައްޒަފުންނަށް ށައުގުވެރިކަމާއެކު ބައިވެރިވެވޭ.

 

62 ވަނަ މާއްދާ - މަސައްކަތް ކުރާނނެ ތަން ކަނޑައެޅުން

(ހ) މިގަވާއިދަށް އަމަލުކުރަން ފެށޭ ދުވަހުން ފެށިގެން ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުންދާ އެންމެހާ މުވައްޒަފުން، އެވަގުތު މަސައްކަތް ކުރަމުންދާ ތަނަކީ ކަސްޓަމްސްގައި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަން ކަމުގައި ބެލެވޭނެއެވެ.

(ށ) ކަސްޓަމްސްގައި، މުވައްޒަފަކު ވަޒީފާ އަދާކުރާނެ ތަންތަން ކަނޑައަޅާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ފަރާތެކެވެ.

(ނ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން، ވަޒީފާ އަދާކުރަންވީ ތަނެއް ކަނޑައަޅާނީ ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހުއެވެ.

  1. އެމުވައްޒަފެއްގެ ބޭނުން އެވަގުތެއްގައި ކަސްޓަމްސްއަށް އެންމެބޮޑަށް ހިފޭ ދާއިރާ.
  2. އެމުވައްޒަފަކަށް ލިބިފައިވާ ތައުލީމާއި ތަމްރީނާއި، ހުނަރު އަދި ތަޖްރިބާ.

(ރ) ކަސްޓަމްސްއިން ކަނޑައަޅާފައިވާ އަސާސީ ތަމްރީން ފުރިހަމަކޮށް އަދި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ހުވާ ކުރުމުން، އެމުވައްޒަފަކު ވަޒީފާއާަދކުރާތަން ކަނޑައަޅަންވާނެއެވެ.

(ބ) ކަސްޓަމްސްއިން ކަނޑައަޅާފައިވާ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު، ކޮންމެ އޮފިސަރަކު 04 (ހަތަރެއް) އަހަރުގެ ތެރޭގައި ތިރީގައިވާ އޮޕަރޭށަނަލް ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއެއްގައި މަދުވެގެން 03 ( ިތނެއް) މަސްދުވަހު ވަޒީފާ އަދާކުރަން ޖެހޭނެއެވެ.

12 ޕެސެންޖަރ ޕްރޮސެސިންގ ދާއިރާ

.13 އިންޓެލިޖެންސް އެންޑް އެންފޯސްމެންޓް ދާއިރާ
.14 ވެލުއޭށަން / ޑޮކިއުމެންޓް ޕްރޮސެސިންގ ދާއިރާ
.15 އެގްޒަމިނޭށަން ދާއިރާ

(ޅ) އިލްމީ އަދި ފަންނީ ތަޖުރާިބ ލިބިފައިވާ މުވައްޒަފުން ިމމާއްދާގެ (ބ) އިން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. 

 

63 ވަނަ މާއްދާ - ވަޒީފާ އަދާކުރާތަން ބަދަލުކުރުން

(ހ) ތަނެއްގެ ނުވަތަ ރަށެއްގެ އާންމު މަސްލަހަތަށް ބަލައި، ވަކި މުވައްޒަފަކު ވަކި ތަނެއްގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ކަސްޓަމްސްގެ ތަސައްވުރަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ބެލެވިއްޖެ ހިނދެއްގައި، އެމުވައްޒަފަކު ވަޒީފާ އަދާކުރަމުންދާ ތަން، އެހެން ތަނަކަށް ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ އެހެނިހެން މުވައްޒަފަކު ވަޒީފާ އަދާކުރާ ތަން ބަދަލުކުރަން ބޭނުންވެގެން އެދިއްޖެނަމަ ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާފަރާތަކުން ބަދަލުކުރެވިދާނެއެވެ.

  1. އެމުވައްޒަފު ހުރި ދާއިރާގައި މަދުވެގެން 06 (ހައެއް) މަސް ދުވަހު ވަޒީފާއަދާކޮށްފައިވުން
  2. މުވައްޒަފު ބަދަލުވާން އެދޭ ތަނުގައި އެމުވައްޒަފަކު ހުރިމަގާމާ އެއްފެންވަރުގެ މަގާމެއް އޮތުން
  3. ބަދަލުވާން އެދޭ ދާއިރާއަކަށް ބޭނުންވާ ތަމްރީނު ލިބިފައިވުން
  4. ބަދަލުވާން އެދޭ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވުން

(ނ) ވަކި ތަނަކަށް، ވަޒީފާ އަދާކުރާތަން ބަދަލުކުރުމަށް އެކަކަށްވުރ ގިނަ މުވައްޒަފުން އެދިއްޖެނަމަ، އެތަނަށް ބަދަލުވުމުގެ ފުރުސަތު ދެވޭނީ، އެތަނެއްގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ވާވަތަށް ބަލައި، އެކަމަށް އެންމެ އެކަށީގެންވާ މީހުންގެ ތެރެއިން ތިރީގައި މިވާ ކަންތައްތަކަށް ބެލުމަށް ފަހުގައެވެ. މިގޮތުންވެސް ބަދަލުކުރާނެ މުވައްޒަފަކު ކަނޑަނޭޅިއްޖެ ހާލަތެއްގައި އިސްކަންދޭނީ ފުރަތަމަ އެދުނު ތަރީުތބަށް ބަލައިގެން ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

  1. މުވައްޒަފަށް ދިމާވެގެން އުޅޭ ހާލަތަށް ރިއާޔަތްކުރުން.
  2. އެދާއިރާއެއްގެ މަސައްކަތާ، ގުޅޭގޮތުން ތަމްރީނާއި ހުނަރު އަދި ގާބިލުކަން ލިބިފައިވުން.
  3. ބަދަލުވާން އެދޭ ތަނަކީ އާއިލާ ދިރިއުޅޭ ތަން ކަމުގައިވުން.

(ރ) ރީޖަން، ޑިވިޒަން އަދި ސެކްށަން ތެރޭގައި މުވައްޒަފުން ބަދަލުކުރުމުގެ އިހްތިޔާރު އެ ރީޖަން ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔަކަށް ލިބިގެންވެއެވެ. 

 

64 ވަނަ މާއްދާ - ވަޒީފާ އަދާކުރާތަން ބަދަލުކުރުމުގައި އިސްތިސްނާވާ ހާލަތްތައް

ވަޒީފާއަދާކުރާ ތަން ބަދަލުކުރުން ތިރީގައިވާ ހާލަތްތަކުގައި އިސްތިސްނާކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ހ) ބަލިވެއިނުމާއި ނުވަތަ ވިހެއުމާ ގުޅިގެން، ވަކިކަހަލަ މާހައުލެއްގައި ވަޒީފާއަދާކުރުމަށް އުޒުރުވެރިވާ މުވައްޒަފުން އެކަމަށް އެދުމުން، 

(ށ) (ށ) އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ އަދި އެއްބަނޑުއެއްބަފާ މީހުން އެއް ސެކްށަނެއްގައި މަސައްކަތްކުރަން ނުޖެހޭނެ ފަދަގޮތަކަށް ހަމަޖެއްސުމަށް،

(ނ) ސެންޓްރަލް ރީޖަން ފިޔަވައި، އެހެން ރީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެސަރަހައްދުގެ ރަށަކަށް ނިސްބަތްވާ މުވައްޒަފުން.

(ރ) އެއް ސެކްށަނެއްގައި މުވައްޒަފަކަށް މަސައްކަތްކުރެވޭނީ މެދުނުކެނޑި ގިނަވެގެން 02 (ދޭއް) އަހަރު ދުވަހުއެވެ. މީގެ ތެރެއިން، އިލްމީ އަދި ފަންނީ ތަޖުރިބާ ލިބިފައިވާ މުވައްޒަފުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ބ) ސެކްށަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެއްފަހަރާ ބަދަލުކުރެވޭނީ، ސެކްށަނުގެ މުވައްޒަފުންގެ %5 (ފަހެއް އިން ސައްތަ) އާއި %20 (ވިހި އިންސައްތަ) ދޭތެރޭގެ މިންވަރަކަށެވެ.

(ޅ) މި މިމާއްދާގެ (ބ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް ސެކްށަންގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަދަދު 05 (ފަހެއް) މުވައްޒަފުންނަށްވުރެ މަދުވާނަމަ، ބަދަލުކުރަންވާނީ ފަހަރަކު 01 (އެކެއް) މުވައްޒަފެކެވެ.

 

65 ވަނަ މާއްދާ - ބަދަލުކުރުމުގެ ނޯޓިސް

މުވައްޒަފުން ބަދަލު ކުރަން ނިންމުމާއެކު އެކަން އެމުވައްޒަފަށާއި ކަމާބެހޭ ރީޖަން، ޑިވިޒަން ނުވަތަ ސެކްށަނަށް 02 (ދޭއް) ދުވަސް ކުރިން އަންގަންވާނެއެވެ. މިގޮތުން އަންގަންޖެހޭ ފަރާތްތައް ތިރީގައި އެވާނީއެވެ.

(ހ) މުވައްޒަފަށް

(ށ) މުވައްޒަފު މަސައްކަތްކުރަމުންދާ ރީޖަން، ޑިވިޒަން ނުވަތަ ސެކްށަން

(ނ) މުވައްޒަފު ބަދަލުކުރާ ރީޖަން، ޑިވިޒަން ނުވަތަ ސެކްށަން

(ރ) އިންފޮރމޭށަން ޓެކްނޮލޮޖީ ސެކްށަން 

 

 

ހަތްވަނަ ބާބު

ތަމްރީނުކުރުން

 

66 ވަނަ މާއްދާ - މަގްސަދު

މިބާބުގެ މަގްސަދަކީ ކަސްޓަމްސްގެ ދައުރު އަދާކުރުމުގެ ގޮތުން ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު މަތިކޮށް، ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަކީ ހުނަރުވެރި އަދި އިލްމީ ގޮތުން ކުރިއަރާފައިވާ ބަޔަކަށްހަދައި، އެކަން ދެމެހެއްޓުމަށްޓަކައި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޭންޖެހޭ އެންމެހައި ތައުލީމާއި ތަމްރީނުތައް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ހިންގާ ބެލެހެއްޓުމާއި، އެފަދަ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމުގައި އަމަލު ކުރާނޭމިންގަނޑުތައް ކަނޑައެޅުމާއެކު ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ހަމަހަމަކަމާ އިންސާފުވެރިކަމާއެކު ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތު ދިނުމާއި މިކަމާގުޅޭ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރުމެވެ. 

 

67 ވަނަ މާއްދާ - މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ހިންގާފަރާތް

(ހ) މިބާބުގައިވާ ގޮތުގެ މަތިން ކަސްޓަމްސް މުވައްޒަފުންނަށް ތައުލާީމއި ތަމްރީނު ދިނުމުގެ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ ކަސްޓަމްސް އެކަޑަމީއިންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިއެވާ ކަސްޓަމްސް އެކަޑަމީގައި ތިރީގައި ބަޔާންކުރާ ސިފަތައް ހުންނަންވާނެއެވެ.

  1. ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ތަމުރީނު ދިނުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ތަނަކަށް ވުން؛ 
  2. ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށް ދިނުމަށާއި ކަސްޓަމްސްގެ މަސައްކަތަށް ބޭނުންވާނެ ހުނަރު އުނގަންނައި ދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ތައްޔާރުކުރެވިފައިވާ ކްލާސް ރޫމްތަކާއި ކިޔަވައި ދިނުމަށް އެހީތެރިވެދޭނެ ވަސީލަތްތައް ގާއިމްވެފައިވާ ތަނަކަށް ވުން. 

 

68 ވަނަ މާއްދާ - ކަސްޓަމްސް އެކަޑަމީގެ މަސްއޫލިއްޔަތު

ކަސްޓަމްސް އެކަޑަމީގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ. 

(ހ) ކޮންމެ މީލާދީ އަހަރެއްގައި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށާއި، ކަސްޓަމްސުން ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ދެމެހެއްޓުމަށްޓަކާ ހިންގަންޖެހޭ ތަމްރީނުތައް ދެނެގަތުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުން؛

(ށ) ކަސްޓަމްސްގެ ވަޒީފާ ދެވޭ ފަރާތްތަކަށް ކަސްޓަމްސްގެ އަސާސީ ތަމްރީނު ކޯސް ހިންގައި ބެލެހެއްޓުން؛

(ނ) ކަސްޓަމްސްގެ ވަޒީފާގައި ދެމިތިބޭ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު އިތުރުކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ ތަމްރީނުތައް ހިންގައި ބެލެހެއްޓުން؛ 

(ރ) ކަސްޓަމްސުން ހިދުމަތް ހޯދާ ފަރާތްތަކަށް ކަސްޓަމްސްގެ މަސައްކަތްތަކާ ގުޅޭގޮތުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތާއި ތަމްރީނު ޕްރޮގްރާމްތައް ހިންގާ ބެލެހެއްޓުން.

(ބ) މިމާއްދާގެ (ށ) (ނ) އަދި (ރ) ގައި ބަޔާންކުރެވިފައިވާ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛
(ޅ) ކަސްޓަމްސްގެ މަސައްކަތުގެ ދާއިރާތަކަށް ހާއްސކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް، އެފަދަ ޕްރޮގްރާމްތައް ހިންގާ ބެލެހެއްޓުން؛

(ކ) ތަމްރީނު ޕްރޮގްރާމްތަކުގެ މުގައްރަރު އެކަށައަޅައި، އަދި ދެވޭ އިމްތިހާނުތައް ހިންގާ ބެލެހެއްޓުން.

 

69 ވަނަ މާއްދާ - ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުން

މިގަވާއިދުގެ ދަށުން ކަސްޓަމްސް އެކަޑަމީއިން ހިންގާ އެންމެހައި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި ތިރީގައިވާ ކަންތައްތައް ފުރިހަމަވާން ޖެހޭނެއެވެ.

(ހ) ތަމްރީނު ހިންގުމަށްޓަކައި މިގަވާއިދުގެ 67 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ސިފަތައް ކަސްޓަމްސް އެކަޑަމީގައި ހުންނަން ވާނެއެވެ. 

(ށ) ކަސްޓަމްސް އެކަޑަމީއިން ރާވާ ހިންގާ އެންމެހާ ތަމްރީނު ޕްރޮގްރާމްތައް ހިންގަން ޖެހޭނީ ޒަމާނީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން، އެޕްރޮގްރާމެއް ހިންގުމަށްޓަކައި ކަސްޓަމްސްގެ ތައުލީމާއި ތަމްރީނު ދިނުމުގެ ކަންތައްތައް ބަލަހައްޓާ ދާއިރާއިން ތައްޔާރުކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށެވެ.

(ނ) ކަސްޓަމްސް އެކަޑަމީއިން ދެވޭ ތަމްރީނުތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި ބޭރު ގައުމުތަކުގެ އެކިއެކި ތަމްރީނު ހިންގާ މަރުކަޒުތަކުން ދޭ ތަމްރީނު ޕްރޮގްރާމްތައް ދިރާސާކޮށް އަދި އެފަދަ މަރުކަޒުތަކާއި ގުޅިގެން ދެވޭ ތަމްރީނުތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

(ރ) މި ގަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މުދައްރިބުން ބޭނުންކުރަންވާނެއެވެ. 

 

70 ވަނަ މާއްދާ - ތަމްރީނުތަކުގައި ސަލާމަތީ ސިއްހީ ރައްކާތެރިކަން ދިނުން

ކަސްޓަމްސް އެކަޑަމީއިން ރާވާ ހިންގާ އެންމެހާ ތަމްރީނުތައް ހިންގަންވާނީ ސަލާމަތާ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

 

71 ވަނަ މާއްދާ - ތަމްރީން ޕްރޮގްރާމްތަކަށް މީހުން ހޮވުން

ކަސްޓަމްސް އެކަޑަމީއިން ހިންގާ ތަމްރީނުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ ތަމްރީނު ޕްރޮގްރާމްތަކަށް އެންމެ އެކަށޭނަ ފަރާތްތައް ހޮވާނީ ޓްރެއިނިންގ އެންޑް އެކަޑަމިކް އެޑްވައިޒަރީ ބޯޑުންނެވެ.

 

72 ވަނަ މާއްދާ - ދިގު މުއްތަކުގެ ތަމްރީން ހިންގުން

ކަސްޓަމްސް އެކަޑަމީގައި މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކުގެ މުއްދަތު 03 މަސް ދުވަހަށްވުރެ އިތުރުވާނަމަ އެތަމްރީނު ޕްރޮގްރާމް ހިންގަންވާނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީގައި އެކްރެޑިޓް ކުރެވޭނަމަ އެކްރެޑިޓް ކުރުމަށްފަހުއެވެ. 

73 ވަނަ މާއްދާ - ކަސްޓަމްސްގެ މުދައްރިބުރުންގެ ށަރުތުތައް

ކަސްޓަމްސް އެކަޑަމީގެ މުދައްރިބުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ކަސްޓަމްސް ގެ ވަޒީފާގައި މަދުވެގެން 01 (އެކެއް) އަހަރު އުޅެ ތަޖުރިބާ ލިބިފައިވާ އަހްލާގާއި ސުލޫކު ރަނގަޅު މުވައްޒަފަކަށްވުން؛

(ށ) ކިޔަވައިދިނުމަށް ބޭނުންވާ ހުނަރުވެރިކަމާ ކުޅަދާނަކަން ލިބިފައިވާ މުވައްޒަފެއްކަމުގައިވުން؛

(ނ) ކަސްޓަމްސްގެ ތައުލީމާއި ތަމްރީނު ދިނުމުގެ ކަންތައްތައް ބަލަހައްޓާ ދާއިރާއިން ނުވަތަ ތަމްރީނު ދޭ އެހެން ފަރާތަކުން ހިންގާ ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފައިވާ ފަރާތްތަކަށްވުން؛

(ރ) އެ މީހަކު ތައުލީމީ ގޮތުން ހާއްސަ ވެފައިވާ ދާއިރާއަކާ ގުޅޭގޮތުން ހިންގޭ ތަމްރީނު ޕްރޮގްރާމްތަކުގެ މުދައްރިބެއްގެ ގޮތުން ބައިވެރިވުމަށް މި މާއްދާގެ (ހ)، (ށ) އަދި (ނ) ހުރަހެއް ނާޅައެވެ. 

 

74 ވަނަ މާއްދާ - މުދައްރިބުންށް ދެވޭ އިނާޔަތްތައް

ކަސްޓަމްސް އެކަޑަމީގައި މުދައްރިބެއްގެ ގޮތުން މަސައްކަތްކުރާ ކޮންމެ ފަރާތަކަށް، ކިޔަވައިދޭ ކޮންމެ 50 މިނެޓަކަށް 100 (އެއްސަތޭކަ) ރުފިޔާގެ މަގުން ފައިސާގެ އިނާޔަތެއް ދެވޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތަށް ކިޔަވާ ދެއްވާ ކޮންމެ ތަމްރީނު ޕްރޮގްރާމަކަށް ކޮންމެ މުދައްރިބަކަށް ހަފްތާ އަކަށް އެންމެ ގިނަވެގެން ދެވޭނީ 1000 (އެއްހާސް) ރުފިޔާއެވެ.

(ނ) އެދުވަސްވަރެއްގެ އިގްތިސާދީ ހާލަތަށް ބަލައި، މިއެލަވަންސަށް އުނި އިތުރު ގެނައުމުގެ އިހްތިޔާރު ޓްރެއިނިންގ އެންޑް އެކަޑަމިކް އެޑްވައިޒަރީ ބޯޑުގެ މަށްވަރާގެ މަތިން ކޮމިށަނަރ ޖެނެރަލްއަށް ލިބިގެންވެއެވެ. 

 

75 ވަނަ މާއްދާ - ތަމްރީނު ލިބިގަންނަ މީހުންގެ މަސްއޫލިއްޔަތު

ކަސްޓަމްސް އެކަޑަމީގެ އުސޫލުތަކާއި ކަސްޓަމްސް ގެ ދައުރު އަދާކުރުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ތަމްރީނު ލިބިގަންނަ ފަރާތްތަކުން އަމަލުކުރަން ޖެހޭނެއެވެ. 

 

76 ވަނަ މާއްދާ - ކަސްޓަމްސްގެ ދައުރުއަދާކުރުމާއި ކަަސްޓަމްސްގެ ހިދުމަތް ރަނގަޅުކުރުމަށް ހިންގޭ ތަމްރީނުތައް

(ހ) ކަސްޓަމްސްގެ ދައުރު އަދާކުރުމާއި މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެކިއެކި ދާއިރާތަކަށް އަމާޒުކޮށްގެން ކަސްޓަމްސްގެ ހިދުމަތުގައި ދެމިތިބޭ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތައް ކަސްޓަމްސް އެކަޑަމީގެ ބެލުމުގެ ދަށުން ހިންގަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސް އެކަޑަމީއިން ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ތިރީގައިވާ ދާއިރާތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގަންވާނެއެވެ.

  1. އިންޑަކްށަން ޓްރެއިނިންގ (ކަސްޓަމްސް ސްޓަޑީޒް ކޯސް)
  2. އިންސްޓްރަކްޓަރ ޓްރެއިނިންގ
  3. ވެލުއޭށަން އަދި ޕޯސްޓް ކްލިއަރެންސް އޯޑިޓް
  4. ޑޮކިއުމެންޓް ޕްރޮސެސިންގ
  5. ކާގޯ ކްލިއަރެންސް އަދި އެގްޒެމިނޭށަން
  6. ހާމަނައިޒްޑް ސިސްޓަމް
  7. ރިސްކް މެނޭޖްމަންޓް
  8. ޕެސެންޖަރ ޕްރޮސެސިންގ
  9. އިންވެސްޓިގޭށަން
  10. އޯޑިޓްކުރުން
  11. ޑްރަގް ލޯ އެންފޯސްމެންޓް
  12. ބޯޑަރ ޕްރޮޓެކްށަން
  13. ކަސްޓަމަރ ކެއަރ އަދި ޕަބްލިކް ރިލޭށަން
  14. ލީޑަރށިޕް އަދި މެނޭޖްމަންޓް
  15. ސެލްފް ޑިފެންސް އަދި ފިޒިކަލް ޓްރެއިނިންގ
  16. ގާނޫނާއި ގަވާއިދު
  17. މަގާމުގެ ކުރިއެރުން ދިނުމަށްޓަކައި ފުރިހަމަ ކުރުމަށް ބޭނުންވާނެ ޓްރޭނިންގތައް

(ނ) މިމާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ިއތުރުން އެއިރެއްގައި ކަސްޓަމްސް މުވައްޒަފުންނަށް މުހިންމު ކަމަށް ބެލެވޭ ދާއިރާއަކުން ނުވަތަ ދާއިރާތަކަކުން ތަމްރީނު ޕްރޮގްރާމެއް ހިންގަން ފެނިއްޖެ ހިނދެއްގައި އެފަދަ ޕްރޮގްރާމެއް ހިންގުމަށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނިންމަވައިފިނަމަ އެޕްރޮގްރާމެއް ހިންގަންވާނެއެވެ.

 

77 ވަނަ މާއްދާ - ތަމްރީނުތަކުން މުވައްޒަފުން ވަކިކުރުން

ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، ތަމްރީނެއްގައި ބައިވެރިކޮށްފައިވާ މުވައްޒަފަކު އެތަމްރީނަކުން ވަކި ކުރެވޭނެއެވެ.

(ހ) ކަސްޓަމްސްގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވުން.

(ށ) ތަމްރީނު ޕްރޮގްރާމްގެ ހާޒިރީން ހަމަވާންޖެހޭ މިންވަރަށް ހާޒިރީ ހަމަނުވުން.

(ނ) ތަމްރީނުން ފާސްވާން ޖެހޭ މިންވަރަށް މާކްސް ނުލިބުމުން.

(ރ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބަކާހުރެ ތަމްރީނު ޕްރޮގްރާމަކުން ވަކިކުރެވިފައިވާ މުވައްޒަފަކު ކުރިޔަށްއޮތް 01 (އެކެއް) އަހަރު ދުވަސް ވަންދެން އެއްވެސް ޓްރެއިނިންގ އެއްގައި ބައިވެރިއެއް ނުކުރެވޭނެވެ.

(ބ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބަކާހުރެ ތަމްރީނު ޕްރޮގްރާމަކުން ވަކިކުރެވިފައިވާ މުވައްޒަފަކު ކުރިޔަށްއޮތް 06 (ހައެއް) މަސް ދުވަސް ވަންދެން އެއްވެސް ޓްރެއިނިންގ އެއްގައި ބައިވެރިއެއް ނުކުރެވޭނެވެ.

(ޅ) ސިއްހީ މައްސަލައެއް ނުވަތަ އެހެންވެސް ގަބޫލުކުރެވޭފަދަ ހާލަތެއް މެދުވެރިވެގެން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަނުކުރެވޭ ފަރާތްތައް މިމާއްދާގެ (ށ) އަދި (ނ) ގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި، ކޯހެއްގެ އެއް މޮޑިއުލް ނުވަތަ އެއްބައިން ފާސްނުވާ ފަރާތަކަށް، އެކޯހުން ފާސްނުވާ މޮޑިއުލް ނުވަތަ ބައި ފުރިހަމަކުރުމަށް، އެކޯހެއް ހިންގުމުގެ ޕްރޮސީޖަރު ނުވަތަ ގަވާއިދުގައި ތަންދޭނަމަ އެކަން ހަމަޖައްސައި ދެވިދާނެއެވެ.

(ކ) މިމާއްދާގައި ހިމެނޭ ބައިތަކަށް ރިއާޔަތްކޮށް ތަމްރީނުތަކުން ވަކިކުރެވޭ މުވައްޒަފުން، ތަމްރީނުން ވަކިކުރެވުނުކަމާއި ސަބަބު ބަޔާންކޮށްފައިވާ ލިއުމެއް އެމުވައްޒަފެއްގެ ރެކޯޑް ފައިލްގައި ބަހައްޓަންވާނެއެވެ. 

 

78 ވަނަ މާއްދާ - މުވައްޒަފުންގެ ހިދުމަތް ރަނގަޅުކުރުން

ކަސްޓަމްސްގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ޑައިރެކްޓަރޭޓް، ޑިވިޒަން ނުވަތަ ސެކްށަންތަކުން ހިންގަންބޭނުންވާ ތަމްރީން ކަސްޓަމްސް އެކަޑަމީއަށް ހުށަހަޅަން ޖެހޭނެއެވެ. 

 

79 ވަނަ މާއްދާ - އެހެން ފަރާތްތަކުން ހިންގާ ތައުލީމާއި ތަމްރީނުތައް

ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތުތަކުގައި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ފުރުސަތު ދިނުމާއި، އަދި މުވައްޒަފުން އަމިއްލަ ގޮތުންހޯދާ މިފަދަ ފުރުސަތުތަކުގައި ބައިވެރިވުމަށް ހުއްދަ ދިނުމުގައި ބަލާނެ ކަންތައްތައް ތިރީގައި އެވަނީއެވެ.

(ހ) މުވައްޒަފުންނަށް ދޭ ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތުތަކަކީ ކުރިމަގަށް ފައިދާ ކުރާނެ ގޮތަކަށް ރޭވިގެން ދެވޭ ފުރުސަތުތަކަކަށް ވުން؛

(ށ) ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތުތަކަށް ހޮވުމުގައި ހާމަކަންބޮޑު ސިޔާސަތަކާއި އުސޫލުތަކެއް ބޭނުންކުރުން؛

(ނ) ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތުތަކަށް ފޮނުވާ ފަރާތްތަކަކީ އެފަދަކޯހަކަށް ފޮނުވުމަށް އެންމެ އެކީަށގެންވާ ގާބިލް ބަޔަކަށްވުން؛ 

 

80 ވަނަ މާއްދާ - މުވައްޒަފުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުން

ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެއިން ދެވެން ހުރިނަމަ އެފަދަ ތަމްރީނުތައް ދޭނީ ރާއްޖެއިންނެވެ. ރާއްޖެއިން ބޭރުން ތަމްރީނު ދިނުމަށް ފޮނުވާނީ އެކަމަށް ރާއްޖޭގައި ތަމްރީނު ދެވެންނެތްނަމަ ނުވަތަ އެދާއިރާއަކުން  ތަމްރީނުދޭން ބޭނުންވާ ފެންވަރަށް ރާއްޖޭގައި ތަމްރީނު ދެވެން ނެތްނަމައެވެ. ނުވަތަ ތަމްރީނު  ކުރުމަށް ބޭނުންވާ އެހީ ލިބުމުންނެވެ.

 

81 ވަނަ މާއްދާ - ތަމްރީނު ހިންގުމުގައި ބޭނުންކުރެވޭނެ ގޮތްތައް

ތިރީގައިވާ ތަމްރީނު ހިންގުމުގެ ގޮތްތަކުގެ ތެރެއިން އެފަހަރަކު ބޭނުންކުރާނެ ގޮތެއް ކަނޑައަޅާނީ، ތަމްރީނު ދޭންޖެހިފައިވާ މުވައްޒަފުންގެ އަދަދަށާއި، ބޭނުންވާ ތަމްރީނުގެ ބާވަތަށާއި، އެކަމަށް ކުރަންޖެހޭ ހަރަދަށް ބަލައިގެންނެވެ.

(ހ) މަސައްކަތަށް ބޭނުންވާ ހުނަރުވެރިކަމާއި ކުޅަދާނަކަން ލިބިފައިވާ މީހުން މެދުވެރިކޮށްގެން ވަޒީފާ އަދާކުރުމުގެ ތެރޭގައި މަސައްކަތަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދިނުން.

(ށ) ވަކި ދާއިރާތަކަށް ހާއްސކޮށްގެން ހިންގޭ މައުލޫމާތު ދިނުމުގެ ކޯސްތަކާއި، ސެމިނަރ އަދި ވަރކްށޮޕާއި، ސްޓަޑީ ޓުއަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގައި މުވައްޒަފުން ބައިވެރިކޮށްގެން މުވައްޒަފުންގެ ހުނަރު މަތިކުރުން.

(ނ) ވަކި ފަންނުތަކުން މީހުން ބިނާކުރުމަށް ބޭނުންވާ ސެޓްފިކެޓް ލެވެލް 01 (އެކެއް) ން ފެށިގެން މަތީފެންވަރުގެ ކޯސްތައް މެދުވެރިކޮށް ދާއިރާގެ އެކި ފަންނުތަކަށް ބޭނުންވާ މީހުން ބިނާކުރުން.

 

82 ވަނަ މާއްދާ - މުވައްޒަފުން ތަމްރީނުތަކުގައި ބައިވެރިކުރުން

ކުރިން ތަމްރީނެއްގައި ބައިވެރި ކޮށްފައިވާ މުވައްޒަފެއް ކަމުގައިވާނަމަ، އެމުވައްޒަފު އެހެން ތަމްރީނެއްގައި ބައިވެރިކުރަންވާނީ، ކުރީގައި އެމުވައްޒަފަކު ބައިވެރި ކުރެވުނު ޕްރޮގްރާމެއްގެ މުއްދަތަށް ބަލައި، ތިރީގައިވާ އުސޫލަށް ފެތޭގޮތަށެވެ.

(ހ) 01 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަމްރީނެއްގައި ބައިވެރިކުރެވިފައިވާ މުވައްޒަފެއްނަމަ، އެތަމްރީނެއް ފުރިހަމަކޮށްގެން އައުމަށްފަހު، 01 (އެކެއް) އަހަރު ހިދުމަތްކޮށްފައިވުން.

(ށ) 06 (ހަޔެއް) މަހާއި 01 (އެކެއް) އަހަރާއި ދެމެދުގެ މުއްދަތެއްގެ ތަމްރީނެއްގައި ބައިވެރިކުރެވިފައިވާ މުވައްޒަފެއްނަމަ، އެ ތަމްރީނެއް ފުރިހަމަ ކޮށްގެން އައުމަށްފަހު، 06 (ހަޔެއް) މަސްދުވަސް ވެފައިވުން.

(ނ) 06 (ހަޔެއް) މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ތަމްރީނެއްގައި ބައިވެރިކުރެވިފައިވާ މުވައްޒަފެއްނަމަ، އެ ތަމްރީނެއް ފުރިހަމަ ކޮށްގެން އައުމަށްފަހު 3 (ތިނެއް) މަސްދުވަސް ވެފައިވުން. 

 

83 ވަނަ މާއްދާ - ތަމްރީނު ދިނާުމބެހޭ ޕްލޭން އެކުލަވާލުން (ޓްރެއިނިންގ ރިކުއަރމެންޓް)

ކުރިއަށް އޮތް މީލާދީ އަހަރަށް ކަސްޓަމްސްގެ އިންސާނި ވަސީލަތް ތަރައްގީ ކުރާނެ ގޮތުގެ ޕްލޭނެއް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނާއި ކަސްޓަމްސް އެކަޑަމީއާއި ގުޅިގެން އެކުލަވާލަންވާނެއެވެ. މި ޕްލޭން މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓްރެއިނިންގ އެންޑް އެކަޑަމިކް އެޑްވައިޒަރީ ބޯޑުން ފާސްކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ޕްލޭންގައި ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދު ބަޔާން ކުރަންވާނެއެވެ.

(ނ) މީހުން ބިނާ ކުރުމުގެ ދާއިރާތައް ކަނޑައެޅުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލު ކުރުމަށް ހާއްސަ އިސްކަމެއް ދޭންވާނެއެވެ.

84 ވަނަ މާއްދާ - ކުރު މުއްދަތުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވުން

ވަކި މަސައްކަތެއް ކުރާ މުވައްޒަފަކު ބައިވެރިކުރަންޖެހޭ ކުރު މުއްދަތުގެ ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތުތައް ފިޔަވައި، އެފަދަ އެހެނިހެން ފުރުސަތުތަކަށް މުވައްޒަފުން ހޮވަންވާނީ މުވައްޒަފުންނަށް އެންގުމަށްޓަކައި އިއުލާން ކުރުމަށްފަހު، ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން އެފުރުސަތަކަށް ފޮނުވަން އެންމެ އެކަށީގެންވާ މުވައްޒަފެކެވެ.

(ށ) ކުރު މުއްދަތައް ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުސަތު ކަމަށް ބަޔާން ކޮށްފައިއެވަނީ 03 (ތިނެއް) މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތުގެ ފުރުސަތެވެ.

(ނ) އެކިއެކި ފަރާތްތަކުން އެހީ ލިބޭގޮތަށް ހަމަޖެހިފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި، ޓްރެއިނިންގ، ސެމިނަރ، ވޯކްށޮޕް، ސްޓަޑީ ޓުއަރ ފަދަ ކަންކަމަށް މުވައްޒަފުން ބައިވެރިކުރުވުމުގައި، ތިރީގައި މިވާ ކަންތައްތަކަށް ރާިއޔަތްކުރަނާްވނެއެވެ.

  1. އޮފީހުގެ މަސައްކަތް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި އޮފީހަށް ބޭނުން ތަމްރީނެއް ކަމުގައިވުން؛
  2. ތަމްރީނުކުރަން ފޮނުވާ މުވައްޒަފަކީ އެ ތަމްރީނެއް ފުރިހަމަކުރުމަށް ބޭނުންވާ ށަރުތު ފުރިހަމަވާ މުވައްޒަފެއް ކަމުގައިވުން؛ 
  3. އެތަމްރީނެއް އޮންނަ ދުވަސްވަރާ ފުށުއަރާގޮތަށް އެހެން ތަމްރީނެއްގައި ބައިވެރިކުރަން ހަމަޖެހިފައިވާ މުވައްޒަފެއް ކަމުގައި ނުވުން. 
  4. ކުރިން ތަމްރީނަކަށް ފޮނުވިފައާިވ މީހަކުނަމަ، އެ މީހަކު ތަމްރީނުކުރެވޭ ދާއިރާއިން އޮފީހުގެ މަސައްކަތުގައި ހިއްސާކޮށްފައިވާ މިންވަރަށް ރިއާޔަތްކުރުން. 

85 ވަނަ މާއްދާ - މަތީތައުލީމު އުނގެނުމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވުން

(ހ) ކަސްޓަމްސްއިން ހަރަދުކުރާ މަތީތައުލީމު އުނގެނުމުގެ ފުރުސަތުތަކާއި، އެެހެން ފަރާތަކުން ހަރަދުކުރާ މަތީތައުލީމު އުނގެނުމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވަންވާނީ އާންމުކޮށް އިއާުލާނުކުރުމަށްފަހު، ކުރިމަތާިލ މުވައްޒަފުންގެ ތެރެއިން އެފުރުސަތަކަށް ފޮނުވަން އެންމެ އެކަށީގެންވާ މުވައްޒަފެކެވެ.

(ށ) މަތީތައުލީމުގެ ފުރުސަތުކަމަށް ބަޔާންކޮށްފައި އެވަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ލެވެލް 05 (ޑިޕްލޮމާ) ނުވަތަ އެއަށްވުރެ މަތީފެންވަރުގެ ކޯހެއްގެ ގޮތުގައި ގަބޫލުކުރާ ކޯސްތަކެވެ.

(ނ) ސަރުކާރުން ހަރަދުކޮށްގެން ކަސްޓަމްސް އަށް ކަނޑައަޅާފައިވާ ފުރަތަމަ ޑިގްރީ އިން ފެށިގެން މަތީފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވާ މުވައްޒަފަކު، މަތީތައުލީމުގެ އިތުރު ފުރުސަތެއްގައި ކަސްޓަމްސްއިން ހަރަދު ކުރާ ގޮތަށް ފޮނުވަންވާނީ ކުރިން ފުރިހަމަ ކުރި ކޯސް ނިންމުމަށްފަހު ކަސްޓަމްސްއަށް 01 (އެކެއް) އަހަރު ހިދުމަތް ކުރުމުންނެވެ. 

(ރ) ކަސްޓަމްސްއިން ހަރަދުކޮށްގެން މުވައްޒަފުން ބައިވެރިކުރާ މަތީ ތައުލީމުގެ ކޯސްތަކަށްމުވައްޒަފުން ހޮވުމުގައި ބޭނުން ކުރަންވާނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ބަޔާންކުރާ ކޯސްތަކަށް ވަނުމުގެ އަސާސީ ށަރުތުތަކުގެ މިންގަނޑެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކޯސްތަކަށް ވަނުމުގެ އަސާސީ ށަރުތުތަކުގެ އިތުރަށް އިތުރު ށަރުތުތަކެއް ކަނޑައެޅުން މި މާއްދާ ހުރަހެއްނާޅައެވެ. (ޅ) ކަސްޓަމްސް ފިޔަވައި އެހެން ފަރާތަކުން ހަރަދުކޮށްގެން ހިންގާ މަތީތައުލީމުގެ ފުރުސަތުތަކުގެ ތެރެއިން ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ބައިވެރިކުރުމަށް ލިބޭ ފުރުސަތުތަކުގައި އެފަރާތަކުން ކަނޑައަޅާ ށަރުތުތަކެއްހިމެނިދާނެއެވެ. މިގޮތުން ވަކި ށަރުތެއް ކަނޑައަޅާފައިނުވާ ނަމަ ބޭނުންކުރަންވާނީ މިމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކެވެ.

(ކ) މަތީތައުލީމުގެ ކޯސްތަކަށް ށަރުތު ފުރިހަމަވާކަން އަންގައިދިނުމުގެ ގޮތުން ހުށަހަޅާ މަތީތައުލީމުގެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.

(އ) މިމާއްދާގެ (ރ) ގައި ބަޔާންކުރާ ކޯސްތަކަށް ވަނުމުގެ އަސާސީ ށަރުތު ފުރިހަމަ ނުވާ މުވައްޒަފުން، އިތުރު ށަރުތުތައް ފުރިހަމަވާކަން އަންގައިދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގެ އިތުރުން މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީއިން ގަބޫލުކުރާ މިންގަނޑަށް ށަރުތު ހަމަވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

(ވ) މަތީތައުލީމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވާނީ ށަރުތު ހަމަވާ މުވައްޒަފުންނަށް، ކަނޑައެޅޭ ދާއިރާތަކަކުން މާކްސްދީ، އެންމެ މަތީ މާކްސް ލިބޭ މުވައްޒަފެކެވެ. މާކްސް ދޭނެ ދާއިރާތަކާއި މާކްސް ދިނުމުގައި ބަލާ މިންގަނޑުތައް މިގަވާއިދުގެ ޖަދުވަލް 6 ގައި އެވަނީއެވެ. 

86 ވަނަ މާއްދާ - އަމިއްލަގޮތުން ތައުލީމު ހާސިލްކުރުމަށް މުސާރަނުލިބޭ ޗުއްޓީދިނުން

އަމިއްލަ ގޮތުން ތައުލީމް ހާސިލްކުރުމަށް މުވައްޒަފުންނަށް މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ %3 (ތިނެއް އިންސައްތަ) އަށް ވުރެ އިތުރުނުވާނެ މިންވަރަކަށެވެ.

(ށ) މިޗުއްޓީ ދެވޭނީ ހަތަރުވަނަ ބާބު (ޗުއްޓީ ނެގުމާއި ސަލާމު ބުނުން) އާއި އެއްގޮތްވާ ގޮތުގެ މަތިން، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

(ނ) އަމިއްލަ ގޮތުން ތައުލީމު ހާސިލްކުރުމަށް މުސާރަ ނުލިބޭ ޗުއްޓީ ދިނުމުގައި ބަލާނެ ށަރުތުތަކާއި، މިޗުއްޓީއަށް އެދި ހުށަހަޅަންޖެހޭ ލިއުންތަކުކ ތަފްސީލު ހަތަރުވަނަ ބާބު (ޗުއްޓީ ނެގުމާއި ސަލާމު ބުނުން) ގައި ބަޔާންކޮށްފައިވާނެއެވެ. 

 

87 ވަނަ މާއްދާ - އަމިއްލަ ގޮތުން ތައުލީމް ހާސިލްކުރުމަށް މުސާރަލިބޭ ގޮތަށް ދޭ ޗުއްޓީ 

(ހ) އަމިއްލަ ގޮތުން ތައުލީމް ހާސިލްކުރަން މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށްދޭ ޗުއްޓީ ދެވޭނީ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ %2 (ދޭއް އިންސައްތަ) އަށް ވުރެ އިތުރުނުވާ މިންވަރަކަށެވެ.

(ށ) މިޗުއްޓީ ދެވޭނީ ހަތަރުވަނަ ބާބު (ޗުއްޓީ ނެގުމާއި ސަލާމު ބުނުން) އާއި އެއްގޮތްވާ ގޮތުގެ މަތިން، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

(ނ) އަމިއްލަ ގޮތުން ތައުލީމު ހާސިލްކުރުމަށް މުސާރަ ލިބޭ ޗުއީްޓ ދިނުމުގައި ބަލާނެ ށަރުތުތަކާއި، މިޗުއްޓީ އަށްއެދި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލު ހަތަރު ވަނަ ބާބު (ޗުއްޓީ ނެގުމާއި ސަލާމު ބުނުން) ގައި ބަޔާންކޮށްފައިވާނެއެވެ. 

 

88 ވަނަ މާއްދާ - ވަޒީފާ އަދާކުރާގޮތަށް ތައުލީމް ހާސިލްކުރުމަށްދެވޭ ފުރުސަތު

ރާއްޖޭގައި ހިންގޭ 03 (ތިނެއް) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ކޯހެއްގައި އޮފީހުގައި ވަޒީފާ އަދާކުރަމުން ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ދަތިނުވާނޭ ގޮތުގެ މަތިން، މުވައްޒަފު އަމިއްލަ ގޮތުން ބައިވެރިވެވިދާނެއެވެ. މިގޮތުން މުވައްޒަފުންނަށް ވަޒީފާ އަދާކުރާ ގޮތަށް ތައުލީމް ހާސިލްކުރުމަށް ދެވޭ ފުރުސަތު ދޭގޮތަށް ކަނޑައަޅާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

 

89 ވަނަ މާއްދާ - ވަޒާީފގައިހުރެ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ދިނުން 

ވަޒީފާ އަދާކުރަމުން ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މުވައްޒަފުންނަށް އެކަމަށް ފުރުސަތުދެވޭނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ތިރީގައިވާ ކަންތައްތަކުގެ މައްޗަށް  ރިއާޔަތް ކުރުމަށްފަހުގައެވެ.

(ހ) އޮފީހުގެ ޓްރެއިނިންގ ރިކްއަރމެންޓުގައި ހިމެނިފައިވާ ކޯހެއްކަމުގައިވުން.

(ށ) ކޯހުގައި ބައިވެރިކުރުވުމުގެ ސަބަބުން ސަރުކާރަށް ހިދުމަތް ކުރަންޖެހޭނަމަ، ބޮންޑު އަދާކުރުމަށް މުވައްޒަފު އެއްބަސްވެފައިވުން.

(ނ) ކޯހުގައި ބައިވެރިކުރާ މުވައްޒަފަކީ އޮފީހުގެ މަސައްކަތަށް ށައުގުވެރިވާ، އެ މުވައްޒަފަކަށް ތަމްރީނު ލިބިއްޖެނަމަ، އޮފީހުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިދޭނެ ފަދަ މުވައްޒަފެއް ކަމުގައިވުން.

(ރ) ސެކްށަން / ޔުނިޓްގެ މަސައްކަތްތަކަށް ދަތިނުވާ ގޮތަށް ތަމްރީނުތަކުގައި މުވައްޒަފުން ބައިވެރިކުރުން. 

 

90 ވަނަ މާއްދާ - ތައުލީމް ހާސިލުކުރުމަށް ފުރުސަތަށް އެދިހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާ އަދާކުރަމުން ތައުލީމް ހާސިލް ކުރަން ދޫކޮށްދޭން އެދޭއިރު އެކަމަށް ކަނޑައެޅިފައިވާ ފޯމާއެކު ތިރީގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅަންވާނެއެވެ. 

(ހ) ކޯސް ހިންގާ ފަރާތުން އެމުވައްޒަފަކަށް ކޯސްލިބިފައިވާކަން އެނގޭނެ ލިޔުމެއް؛

(ށ) ކޯހުގެ މުގައްރަރާއި، މުއްދަތު އެނގޭނެ ލިޔުމެއް؛

(ނ) ކޯހުގެ މުއްދަތުގައި އެމުވައްޒަފަކު ރަސްމީ ޑިއުޓީ އަދާކުރަން ޖެހޭގޮތް ބަޔާންކުރާ ތާވަލް ނުވަތަ ލިޔުމެއް؛ 

 

90 ވަނަ މާއްދާ - ތަމްރީނު ނުވަތަ ކޯސް ފުރިހަމަކުރުމަށްފަހު ބޮންޑު އަދާކުރުން

ވަޒީފާ އަދާކުރަމުން ތައުލީމް ހާސިލް ކުރަން ދޫކޮށްދޭން އެދޭއިރު އެކަމަށް ކަނޑައެޅިފައިވާ ފޯމާއެކު ތިރީގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ކޯސް ހިންގާ ފަރާތުން އެމުވައްޒަފަކަށް ކޯސްލިބިފައިވާކަން އެނގޭނެ ލިޔުމެއް؛

(ށ) ކޯހުގެ މުގައްރަރާއި، މުއްދަތު އެނގޭނެ ލިޔުމެއް؛

(ނ) ކޯހުގެ މުއްދަތުގައި އެމުވައްޒަފަކު ރަސްމީ ޑިއުޓީ އަދާކުރަން ޖެހޭގޮތް ބަޔާންކުރާ ތާވަލް ނުވަތަ ލިޔުމެއް؛ 

 

91 ވަނަ މާއްދާ - ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ކުރުމަށްފަހު ބޮންޑު އަދާކުރުން

ކަސްޓަމްސްއަށް ހިދުމަތްކުރާގޮތަށް، ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނުދެވޭ ކޯސްތަކުގައި ސަރުކާރުން ނުވަތަ ކަސްޓަމްސްގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވައިދެވޭ މުވައްޒަފުން، އެ މުވައްޒަފަކަށް ކިޔަވައިދެވުނު ނުވަތަ ތަމްރީނު ދެވުނު މުއްދަތަކާ ގުޅޭގޮތުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތިން ކަސްޓަމްސަށް ހިދުމަތްކުރަންވާނެއެވެ.

  1. ކޯހުގެ މުއްދަތަކީީ، 03 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް.
  2. ކޯހުގެ މުއްދަތަކީީ، 06 (ހަޔެއް) މަސްދުވަސް ނުވަތަ 03 (ތިނެއް) މަހާއި 06 (ހަޔެއް) މަހާ ދެމެދުގެ މުއްދަތެއްނަމަ، 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް.
  3. ކޯހުގެ މުއްދަތަކީީ، 01 (އެކެއް) އަހަރު ދުވަސް ނުވަތަ 06 (ހަޔެއް) މަހާއި 01 (އެކެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް.
  4. ކޯހުގެ މުއްދަތަކީީ، 02 (ދޭއް) އަހަރު ދުވަސް ނުވަތަ 01 (އެކެއް) އަހަރާއި 02 (ދޭއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް.
  5. ކޯހުގެ މުއްދަތަކީީ، 04 (ހަތަރެއް) އަހަރު ދުވަސް ނުވަތަ 02 (ދޭއް) އަހަރާއި 04 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 05 (ފަހެއް) އަހަރު ދުވަހުގެމުއްދަތަށް.
  6. ކޯހުގެ މުއްދަތަކީީ، 05 (ފަހެއް) އަހަރަށްވުރެ ދިގު މުއްދަތެއްނަމަ، 07 (ހަތެއް)އަހަރު ދުވަހުގެ މުއްދަތަށް.

(ށ) ކަސްޓަމްސްއިން ފައިސާގެ އެހީ ލިބޭގޮތަށް ރާއްޖެއިން ބޭރުގައި އަމިއްލަ ގޮތުންތަމްރީނު ނުވަތަ ކޯސް ފުރިހަމަކުރާ ފަރާތްތައް ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކަސްޓަމްސަށް ހިދުމަތްކުރަންވާނެއެވެ.

  1.  ކޯހުގެ މުއްދަތަކީީ، 03 (ތިނެއް) މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރެ މުއްދަތެއްނަމަ، 06 (ހަޔެއް) މަސް ދުވަހުގެ މުއްދަތަށް.
  2. ކޯހުގެ މުއްދަތަކީ، 06 (ހަޔެއް) މަސް ދުވަސް ނުވަތަ 03 (ތިނެއް) މަހާއި 06 (ހަޔެއް) މަހާ ދެމެދުގެ މުއްދަތެއްނަމަ، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް.
  3. ކޯހުގެ މުއްދަތަކީ، 01 (އެކެއް) އަހަރު ދުވަސް ނުވަތަ 06 (ހަޔެއް) މަހާއި 01 (އެކެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 01 (އެކެއް) އަހަރާއި 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް.
  4. ކޯހުގެ މުއްދަތަކީ، 02 (ދޭއް) އަހަރު ދުވަސް ނުވަތަ 01 (އެކެއް) އަހަރާއި 02 (ދޭއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް.
  5. ކޯހުގެ މުއްދަތަކީ، 04 (ހަތަރެއް) އަހަރު ދުވަސް ނުވަތަ 02 (ދޭއް) އަހަރާއި 04 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 02 (ދޭއް) އަހަރާއި 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް.
  6. ކޯހުގެ މުއްދަތަކީ، 05 (ފަހެއް) އަހަރަށްވުރެ ދިގު މުއްދަތެއް ނަމަ، 03 (ތިނެއް) އަހަރާއި 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް. 

 

92 ވަނަ މާއްދާ - އިގްރާރުވުން

މިބާބުގައި ބަޔާނޮްކށްފައިވާ ތައުލީމާއި ތަމްރީނުގެ ފުރުށަތުތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ ކުރިން ކަސްޓަމްސްއަށް ހިދުމަތްކުރުމަށް ށަރުތުކޮށް އިގުރާރުކުރުވަން ވާނެއެވެ. އެ އިގުރާރު މިގަވާއިދުގެ ޖަދުވަލު 7 ގައި އެވަނީއެވެ.

 

93 ވަނަ މާއްދާ - އިގްރާރާއި ހިލާފުވުން

މިބާބުގައި ބަޔާންކޮށްފައިވާ ިއގުރާއި ހިލާފުވެއްޖެނަމަ އިގުރާރުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ. 

 

94 ވަނަ މާއްދާ - ށަރުތުފުރިހަމަވާ މުވައްޒަފުން ކުރިމަތިލާފައި ނުވާނަމަ އަމަލުކުރާނެގޮތް

މިބާބުގައި ބަޔާންކޮށްފައިވާ ތައުލީމާއި، ތަމްރީނާއި، އުނގެނުމުގެ ފުރުށަތަކަށް އިއުލާން ކުރުމުން އެއިލާނުގައިވާ ށަރުތު ފުރިހަމަވާ މުވައްޒަފަކު ކުރިމަތިލާފައި ނުވާނަމަ، އިތުރު ފުރުށަތަކަށް ހުޅުވާލަންވާނެވެ.

 

95 ވަނަ މާއްދާ - އިސްތިސްނާވާ ފަރާތް

މިބާބަށް އަމަލުކުރަން ފަށާއިރު ތައުލީމާއި، ތަމްރީނުތައް ފުރިހަމަ ކުރަމުންދާ މުވައްޒަފުންނާމެދު އަމަލުކުރާނީ އެފަރާތްތަކާމެދު ކުރެވިފައިވާ އިގްރާރާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

96 ވަނަ މާއްދާ - ތަމްރީނުދޭ މީހުންގެ މައުލޫމާތު ބެލެހެއްޓުން

ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ކޮންމެ މުވައްޒަފަކާބެހޭ މައުލޫމާތު މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) ކޯހުގައި ފޮނުވާ މުވައްޒަފުންގެ، ހިދުމަތް ކުރުމާބެހޭ ރެކޯޑު ބަލަހައްޓާނީ، މުވައްޒަފުންނާބެހޭ ކަންކަން ބަލަހައްޓާ ސެކްށަނުންނެވެ.

(ނ) ކޯހެއްގައި މުވައްޒަފަކު ފުރުމުން، އެމުވައްޒަފަކު ކޯހުގައި ގޮސް ހުންނަ ހުރުމުގައި ކިޔެވުން ކުރިއަށްދާގޮތް ބަލަނާްވނެއެވެ.

(ރ) ހިދުމަތް ކުރުމަށް އެއްބަސްވެގެން ކޯހުގައި ގޮސް ހުންނަ މުވައްޒަފަކު ކޯސް ފުރިހަމަކުރުމަށްފަހު ކޯހުގެނަތީޖާ ހުށަހަޅަންޖެހޭނެއެވެ. އަދި ކޯހާއި ގުޅިގެން އެއްވެސް ބަދަލެއް ގެންނަނަމަ އެބަދަލެއް ގެންނަންވާނީ ކަސްޓަމްސްގެ ހުއްދަ ލިޔުމުން ލިބުމުންނެވެ.

 

 

އަށްވަނަ ބާބު

ވަޒީފާދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި މަގާމުދަށް ކުރުމާއި ވަޒީފާއިން ވަކިކުރުން

 

97 ވަނަ މާއްދާ - މިނިސްޓަރަށް ލަފާދިނުން

ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މަގާމު ދަށްކުރުމާއި، މަގާމުން ވަކިކުރުމުގެ ކަންތައްތައް ކުރުމަށް މިނިސްޓަރަށް ލަފާ ދޭނީ މިގާަވއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

 

98 ވަނަ މާއްދާ - ވަޒީފާދިނުމުގައި ބޯޑުގެ މަސްއޫލިއްޔަތު

ވަޒީފާ ދިނުމުގައި، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މުވައްޒަފުންނަށް ވަޒީފާދިނުމުގައި އިސްކަންދޭނެ ގޮތުގެ ކްރައިޓީރިއާއެއް ވާނަމަ ކްރައިޓީރިއާ ކަނޑައެޅުމާ، މުވައްޒަފުންނަށް ވަޒީފާދިނުމުގައި މާކްސްށީޓުގެ ބައިތަކަށް ދެވޭ މާކްސްގެ ވެއިޓޭޖަށް ބަދަލެއް ގެންނަންޖެހޭނަމަ އެކަމެއް ކަނޑައެޅުން.

(ށ) ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރާނެ މީހުންގެ އަދަދު ކަނޑައެޅުން.

(ނ) އިންޓަވިއުކުރުމުގައި އިންޓަވިއު ޕެނަލަށް ބޭނުންވާ މާކްސްދޭނެ މިންގަނޑު  ކަނޑައެޅުން.

(ރ) އިންޓަވިއު ޕެނަލް އެކުލަވާލުން.

 

99 ވަނަ މާއްދާ - މަގާމުތަކަށް މީހުން ހޯދުން

(ހ) ހުސްވެފައިވާ މަގާމަކަށް މީހުން ހޮވާނީ ކަސްޓަމްސްގެ ތެރޭގައިކުރެވޭ އިއުލާނަކުން ނުވަތަ އާންމުކޮށް އިއުލާނު ކޮށްގެންނެވެ.

(ށ) ކަސްޓަމްސްގެ މަގާމުތަކަށް މީހުން ހޯދޭނީ ތިރީގައިވާ ހާލަތާއި އެއްގޮތްވާގޮތުގެ މަތީންނެވެ.

  1. ހުސްވި މަގާމުތަކަށް މީހުން ބޭނުންވުން.
  2. އަލަށް އުފައްދާ މަގާމަކަށް މީހުން ބޭނުންވުން.
  3. ފަންނީ މީހުން ބޭނުންވުން.

(ނ) ކަސްޓަމްސްގެ ވަޒީފާއަށް އެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލް 10 ގައިވާ ފޯމުންނެވެ. 

 

100 ވަނަ މާއްދާ - ކޮންޓްރެކްޓް އުށޫލުންނާއި ކޮންސަލްޓަންޓުންގެ ގޮތުގައި މީހުން ގެންގުޅުން

(ހ) ކަސްޓަމްސްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންޓްރެކްޓް އުށޫލުން މީހުން ގެންގުޅެވިދާނެއެވެ. މިގޮތުން ގެންގުޅެވޭނެ މީހުން ކަނޑައަޅާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފަޔާއެކު މިނިސްޓަރެވެ.

(ށ) ކަސްޓަމްސްގެ ވަކި ހާއްށ މަސައްކަތެއް ނުވަތަ ދިރާސާއެއް ކުރުމަށް ރާއްޖެއިންނާއި ރާއްޖެއިންބޭރުން ކޮންސަލްޓަންޓުންގެ ގޮތުގައި މީހުން ގެންގުޅެވިދާނެއެވެ. މިގޮތުން ގެންގުޅެވޭނެ މީހުން ކަނޑައަޅާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފަޔާއެކު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.

101 ވަނަ މާއްދާ - އިންޓަރވިއު ޕެނަލް އެކުލަވާލުން

އިންޓަރވިއު ޕެނަލްގައި ހިމަނަންވާނީ އިންޓަވިއު ކުރެވޭ ފަރާތާ އާއިލީ ގުޅުމެއްނެތް ނުވަތަ އަމިއްލަ މަށްލަހަތު އެއްވެސް މިންވަރަކަށް ނުހިމެނޭ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނެވެ.

(ށ) އިންޓަވިއު ޕެނަލުގައި މަދުވެގެން 03 (ތިނެއް) މެމްބަރުން ތިބެނާްވނެއެވެ.

(ނ) އިންޓަވިއު ޕެނަލުގައި ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ 01 (އެކެއް) މެމްބަރަކު މަދުވެގެން ހިމެނެންވާނެއެވެ.

(ރ) އިންޓަވިއު ޕެނަލްގެ މުގައްރިރަކަށްވާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން އިންޓަވިއު ޕެނަލްއަށް ކަނޑައަޅާ މެމްބަރެކެވެ.

 

102 ވަނަ މާއްދާ - ވަޒީފާ ދިނުމުގައި މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ސެކްށަނުގެ މަސްއޫލިއްޔަތު

ވަޒީފާ ދިނުމުގައި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން އަންނަނިވި ކަންތައް ކުރަންޖެހޭނެއެވެ.

  1. މަގާމެއް ހުސްވެއްޖެނަމަ އެމަގާމަކާ ބެހޭ މައުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑަށް ހުށަހެޅުން. 
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތައް ށޯޓްލިސްޓްކޮށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑަށް ހުށައެޅުން.
  3. ވަޒީފާއަށް ހޮވޭ ފަރާތްތަކަށް އެކަން އެންގުމާއި، ވަޒީފާ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  4. ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް އެކަން ލިޔުމަކުން އަންގައި ޖަވާބުދާރީވުން.

(ށ) ވަޒީފާއަށް ހޮވޭ ފަރާތްތަކަށް އެކަން އެންގުމަށްޓަކައި، މިނިސްޓަރ ސޮއިކޮށްފައިވާ ލިޔުމެއް ހަވާލުކުރަންވާނެވެ.

(ނ) މިމާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ވަޒީފާދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން އަންނަނިވި ކަންތައްތައް ކުރަންވާނެއެވެ.

  1. ކަސްޓަމްސްގެ ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުން މުވައްޒަފާ ހަވާލު ކުރުން. 
  2. ކަސްޓަމްސްގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ކަސްޓަމްސްގެ ގާނޫނާއި، ގަވާއިދުތަކުގެ ތައާރަފެއް ދިނުން
  3. ކަސްޓަމްސްގެ ވަޒީފާއަށް ހޮވޭ މުވައްޒަފަށް ވަޒީފާ ބަޔާން ހަވާލުކުރުން. 
  4. ކަސްޓަމްސްގެ ވަޒީފާއަށް ހޮވޭ މުވައްޒަފު ރިޕޯޓްކުރަންޖެހޭ ސެކްށަނާ ހަވާލުކުރުން. 
  5. ކަސްޓަމްސްގެ ވަޒީފާއަށް ހޮވޭ މުވައްޒަފަށް ވަޒީފާގެ ގޮތުން ހަމަޖައްސަންޖެހޭ އިނާޔަތްތަށް ހަމަޖެއްސުމާ އެކަމުގެ މައުލޫމާތު ދިނުން
  6. ކަސްޓަމްސްގެ ވަޒީފާއަށް ހޮވޭ މުވައްޒަފު ތަމްރީން ކުރުމާ ބެހޭ ބާބުގައިވާ ގޮތުގެމަތިން ދޭންޖެހޭ ތަމްރީނު ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.

103 ވަނަ މާއްދާ - މަސައްކަތު ވަގުތު

(ހ) ކަސްޓަމްސަކީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް ދިނުމަށްޓަކައި އުފެދިފައި އޮންނަ މުއައްސަސާއެކެވެ. އެހެންކަމުން ކަސްޓަމްސްގެ މަސައްކަތުގެ ވަގުތު ކަނޑައެޅިފައި އޮންނާނީ ސަރުކާރުން އެ ހިދުމަތެއް ދިނުމަށް ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ. އެގޮތުން، މުޅި ސަރުކާރުގެ ހިދުމަތްދޭ ވަގުތަށް ނުވަތަ ގަޑިއަށް އަންނަ ނުވަތަ ގެނެވޭ ބަދަލާ ގުޅިގެން، ކަސްޓަމްސްގެ މަސައްކަތު ވަގުތު އަދި ގަޑި ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ށ) ކަސްޓަމްސްގެ ފުލް ޓައިމް ވަޒީފާއެއް ދީފައި ހުންނަ ކޮންމެ މުވައްޒަފަކީ ހަފްތާއަކު 07 (ހަތެއް) ދުވަހަށް ދުވާލަކު 24 (ސައުވީސް) ގަޑި އިރަށް ވަޒީފާދީފައި ހުންނަ މީހެކެވެ. ގާނޫނާއި ގަވާއިދާ ހިލާފު ނުވާ ގޮތުގެމަތީން، ކަސްޓަމްސްގެ މުވައްޒަފަކަށް ހަފްތާގެ ކޮންމެ ދުވަހަކުވެސް، އަދި ދުވަހުގެ ކޮންމެ ގަޑިއެއްގައިވެސް، ވަޒީފާގެ ބޭނުމެއްގައި، މަސައްކަތު ނެރުމަކީ ކަސްޓަމްސަށް އިހްތިޔާރު ލިބިގެންވާ ކަމެކެވެ.

 

104 ވަނަ މާއްދާ - މަސައްކަތު ގަޑި

(ހ) ކަސްޓަމްސްގެ މަސައްކަތު ގަޑި ކަނޑައަޅާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ. 

(ށ) މިމާއްދާގައި (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ޑިއުޓީއަށް ނުކުންނަން ޖެހޭ ވަގުތު ނުވަތަ ވަގުތުތައް ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

105 ވަނަ މާއްދާ - ހާޒިރުވިކަން ރެކޯޑުކުރުން

(ހ) މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ގޮތެއްގެމަތީން ހާޒިރުވި ގަޑި ރެކޯޑްކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް ހާޒިރުވިގަޑި ގަވާއިދުން ރެކޯޑްކޮށްފައި ނުވާނަމަ އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑި ބަލާނީ ހާޒިރުވި ގަޑި ރެކޯޑުކުރި ވަގުތުން ފެށިގެންނެވެ.

(ށ) ކަސްޓަމްސުން އަންގައިގެން ކަސްޓަމްސްގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން، ގަޑިޖެހުމުގެ ކުރިން ހާޒިރުވި ގަޑި ރެކޯޑް ނުކުރެވިއްޖެނަމަ އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގާފައި ހާޒިރުވިގަޑި ރެކޯޑްކުރަން ވާނެއެވެ. އަދި ސަބަބު ރެކޯޑް ކޮށްފައި އޮންނަން ވާނެއެވެ. މިގޮތަށް ރެކޯޑްކޮށްފައި ނުވާނަމަ މުވައްޒަފު ގަޑިޖެހޭނެއެވެ.

(ނ) ކަސްޓަމްސް ހުޅުވާ މުވައްޒަފަކު ހާޒިރުނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގަޑިޖެހުނުއިރު ކަސްޓަމްސް ނުހުޅުވިއްޖެނަމަ، ކަސްޓަމްސްގެ އޮފިސަރުންނާއިއެހެނިހެން މުވައްޒަފުންގެ ތެރެއިން އެވަގުތު ހާޒިރުވެހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. ކަސްޓަމްސް ހުޅުވުމުން ހާޒިރީ ރެކޯޑްކުރާނީ އެވެ.

(ރ) މުވައްޒަފު ވަޒީފާ އަދާކުރަން ނުކުންނަން ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ނުނިކުމެ ގަޑިޖެހިގެންނުކުމެއްޖެނަމަ، އެނިކުތް ގަޑިއާ ހަމައަށް ގަޑީލާރި ކެނޑޭނެއެވެ.

(ބ) އޮފީހުން އަންގައިގެން، ނުވަތަ ރާވައި ތާވަލް ކުރެވިގެން ރަސްމީގަޑީގެ އިތުރުން މުވައްޒަފުން ނުރަސްމީ ގަޑިގައި މަސައްކަތަށް ނުކުންނަން އަންގާފައިވާ ނުވަތަ ހަމަޖެހިފައިވާ ގަޑިއަކަށް ހާޒިރުނުވެއްޖެނަމަ ގަޑިޖެހޭނެއެވެ. އަދި ގަޑިޖެހިއްޖެނަމަ، އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަން ހަމަޖެހިފައިވާ އުސޫލުގެމަތިން އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ.

(ޅ) މުވައްޒަފަކު ގަޑި ޖެހިގެން، ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ އެމީހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މުސާރައިގެ އަދަދެވެ. 

 

106 ވަނަ މާއްދާ - ސއްކަތް ނިންމިގަޑި ރެކޯޑްކުރުން 

ކަސްޓަމްސްގެ މަސައްކަތަށް ނުކުމެ، މަސައްކަތް ނިންމި ގަޑި މަސައްކަތް ނިންމާފައި ދިއުމުގެ ކުރިން ކަނޑައަޅާފައިވާ އުށޫލުގެ ތެރެއިން ރެކޯޑްކުރަންވާނެއެވެ. 

 

107 ވަނަ މާއްދާ - ގަޑިޖެހުން

ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކުމެ، ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރު ވެއްޖެ ނަމަ ގަޑި ޖެހޭނެއެވެ.

(ށ) މުވައްޒަފަކު ގަޑިޖެހުނުކަމަށް ބަލާނީ ހާޒިރުވާން ޖެހޭ ގަޑިއަށްވުރެ 01 (އެކެއް) މިނެޓުން ފެށިގެން އިތުރަށް ހިނގުމުންނެވެ.

(ނ) ކަސްޓަމްސް ހުޅުވުމާ އެފަހަރަކު ހަވާލުވެހުރި މުވައްޒަފު ރަސްމީ ގަޑި ފެށުމުގެ 10 (ދިހެއް) މިނެޓް ކުރިން ނުހުޅުވައިފިނަމަ ގަޑިޖެހޭނެއެވެ.

(ރ) ށިފްޓް ޑިއުޓީ މަސައްކަތްކުރާ މުވައްޒަފުން ގަޑި ޖެހެނީ، އެ މުވައްޒަފަކު ޑިއުޓީއަށް ނިކުންނަން ހަމަޖެ ހިފައިވާ ގަޑި ޖެހުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ. 

 

108 ވަނަ މާއްދާ - ވީގޮތެއް ނާންގައި އޮފީހަށް ހާޒިރުނުވެ ހުރުން

(ހ) ކަސްޓަމްސްގެ ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކަށް، ވީގޮތެއް ނާންގައި، ހާޒިރުނުވެ، ވަޒީފާގައި ދެމިއެއް ނުހުރެވޭނެއެވެ. އެ ގޮތަށް ހުންނަ އެންމެ ދުވަހެއްވެސް ބެލެވޭނީ ވަޒީފާއަށާއި ޒިންމާއަށް އިހުމާލު ވުމެއް ކަމުގައެވެ. ކަސްޓަމްސްގެ ވަޒީފާއެއް އަދާ ކުރާ މުވައްޒަފަކަށް ވަޒީފާއަށް ހާޒިރުނުވެ ހުރެވޭނީ މިގަވާއިދުގެ ޗުއްޓީނެގުމާއި ސަލާމުބުނުމުގެ ބާބުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

(ށ) މުވައްޒަފަކު ވީނުވީއެއް ނާންގައި 15 (ފަނަރަ) ދުވަހު ހުރެއްޖެނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ. މިގޮތުން މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރަށް ހުށަހަޅަން ވާނެއެވެ. ވީނުވީއެއް އެންގުން ކަމުގައި ބެލެވޭނީ ލިޔުމުން ހުށަހަޅާފައިވާނަމައެވެ. 

 

109 ވަނަ މާއްދާ - އޮފީހުން ބޭރަށް ދިޔުމާއި ރަށުން ބޭރަށް ދިޔުން

(ހ) ކަސްޓަމްސްގެ ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފަކު އަމިއްލަ ބޭނުމެއްގައި އޮފީހުން ބޭރަށްދާނާްވނީ، ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.

(ށ) ޑައިރެކްޓަރޭޓް، ޑިވިޒަން، ސެކްށަން އަދި ޔުނިޓްތައް ހިންގުމާ ހަވާލުވެ ތިބޭ މުވައްޒަފުން، ރަސްމީ ދުވަހެއް ނުވަތަ ބަންދު ދުވަހެއްގައި ނަމަވެސް، ޗުއްޓީ ނެގުމަކާނުލައި، ދިމާވެދާނެ ކުއްލި ކަމަކަށް އިޖާބަނުދެވޭ ހިސާބަށް، ރަށުން ބޭރަށް ދާނަމަ ދާންވާނީ، އެ މުވައްޒަފަކު  ރިޕޯޓްކުރަންޖެހޭ ވެރިއަކަށް އެންގުމަށް ފަހުގައެވެ. އެއްފަސްކޮށް އޮންނަ ރަށްރަށާއި، އެއްގަމުމަގުން ގުޅުވާލެވިފައިވާ ރަށްރަށާއި އަދި މަދުވެގެން ގަޑިއަކު އެއްފަހަރު މުވައްޒަފު ވަޒީފާއަދާކުރާތަނާ މުވައްޒަފު ދާ ރަށާ ދެމެދު ފެރީދަތުރުތައް އޮންނަ ރަށްރަށަށް ދިއުން މީގެތެރެއަކު ނުހިމެނެއެވެ. 

110 ވަނަ މާއްދާ - މުވައްޒަފުން ވީއްލުން

(ހ) ދައުލަތުގެ އެހެން މުއައްސަސާއަކުން ކުރަންޖެހޭ ހާއްށަ މަސައްކަތެއް ކުރުމަށް، ނުވަތަ އެހެން ބޭނުމަކަށް، ކަސްޓަމްސްގެ މުވައްޒަފެއްގެ ހިދުމަތް ބޭނުންވެއްޖެނަމަ، އެމުއައްސަސާއަކުން ކަސްޓަމްސަށް ލިޔުމުން އެ މުވައްޒަފަކު ވީއްލުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސަށް ލިބިގެންވެއެވެ.

(ށ) އެހެން އޮފީހެއްގެ މަސައްކަތަށް ވީއްލާފައިވާ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރާނީ، އެ މުވައްޒަފަކު ދޫކުރެވިފައިވާ އޮފީހުގައެވެ. ވީއްލާފައިވާ މުއްދަތުގެ ތެރޭގައި މުސާރަދޭ ދުވަސް އަންނަނަމަ، އެދުވަހާ ހަމަޔަށް އެ މުވައްޒަފުގެ ހާޒިރީ ރިޕޯޓް،  ހިދުމަތް ލިބިގަންނަ އޮފީހުން ކަސްޓަމްސަށް ފޮނުވަން ވާނެއެވެ.

(ނ) ވީއްލާފައިވާ މުވައްޒަފުންގެ މުސާރައާމެދ،ު މިނިސްޓަރު އެހެންގޮތަކަށް އަންގާފައިނުވާނަމަ، މުސާރައާއި އެލަވަންސް ދޭނީ ކަސްޓަމްސުންނެވެ. 

111 ވަނަ މާއްދާ - މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުން

ކަސްޓަމްސް ގައި މަސައްކަތްކުރާ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މައުލޫމާތު ކަސްޓަމްސުން ބަލަހައްޓަމުން ގެންދަން ވާނެއެވެ.

 

112 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން

(ހ) ކަސްޓަމްސްގެ މަގާމުތަކުގެ ރަޖިސްޓަރީއާއި، މުވައްޒަފުންގެ ރަޖިސްޓަރީ ބަލަހައްޓަނާްވނެއެވެ. މިގޮތުން ިތރީގައިމިވާ ބާވަތްތަކުގެ ރަޖިސްޓަރީ މިކަމަށް ތައްޔާރު ކޮށްފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއް ގައި ނުވަތަ ފޮތްތަކުގައި ބަލަހައްޓަންވާނެއެވެ.

  1. މަގާމުގެ ރަޖިސްޓަރީ.
  2. ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ
  3. އާންމު މުވައްޒަފުންގެ ރަޖިސްޓަރީ
  4. ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ
  5. ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓަރީ 
  6. ކަސްޓަމްސްގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ގެންގުޅޭ ކަސްޓަމްސް ގައި 
    ނުހިމެނޭމީހުންގެ ރަޖިސްޓަރީ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީތަކުގައި ލިޔަންވާނީ، ވަޒީފާއާ ގުޅިގެން އޮފީހަށް ލިބޭ ލިޔުން އެއީ އަސްލުކަމަށް ބަލައި، އޭގައިވާ ގޮތަށެވެ. މިފަދަ ލިޔުމެއްނެތ،ި ރަޖިސްޓަރީގައި ލިޔެފައިވާ އެއްޗަކަށް ގެންނަ ބަދަލަކީ ސައްހަ ބަދަލެއް ނޫނެވެ. 

 

113 ވަނަ މާއްދާ - ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ

(ހ) ކަސްޓަމްސް މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީގައި ހިމަނައި ބަލަހައްޓާނީ، ކަސްޓަމްސްގެ މަގާމުތަކުގައި އެވަގުތަކު ތިބި މުވައްޒަފުންނާއި ކުރިން އުޅެފައިވާ މުވައްޒަފުންގެ މައުލޫމާތެވެ.

(ށ) ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީގައި، އަންނަނިވި މައުލޫމާތު ނަން ވާނެއެވެ.

  1. މަގާމުގެ ނަން.
  2. މުވައްޒަފުގެ ނަމާއި ދާއިމީ އެޑްރެސް.
  3. މުވައްޒަފުގެ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނަންބަރު.
  4. ކަސްޓަމްސް ގާނޫނު ތަސްދީގު ކުރުމުގެ ކުރިން މުވައްޒަފުގެ ހިދުމަތުގެ ރެކޯޑުކާޑު ނަންބަރު
  5. މުވައްޒަފުގެ ނަންބަރު.
  6. މަގާމު ހަމަޖެހިފައިވާ ސެކްށަން.
  7. މަގާމުގެ މުސާރަ،
  8. މަގާމުގެ ކްލެސިފިކޭށަން.
  9. މަގާމުގެ ރޭންކް.
  10. ސަރވިސް ކެޓަގަރީ.
  11. މުވައްޒަފަށްލިބޭ މުސާރަ.
  12. މުސާރައިގެ އިތުރަށް ދެވޭ އިނާޔަތްތައް.
  13. މުވައްޒަފު ހިދުމަތް ކުރަންފެށި ތާރީހު.
  14. މުވައްޒަފަށް ވަޒީފާ ދިން ނުވަތަ ވަޒީފާ ބަދަލުކުރި ނުވަތަ ވަޒީފާއިން ވަކިކުރި ތާރީހާއި ޗިޓު ނަންބަރު.

(ނ) ކަސްޓަމްސްގެ މުވައްޒަފަކު ވަކިވުމުން ނުވަތަ ބަދަލުވުމުން. ރަޖިސްޓަރީގައި، ވަކިވި ނުވަތަ ބަދަލުވި ތާރީހު އެނގެން އޮންނަންވާނެއެވެ.

 

114 ވަނަ މާއްދާ - ކޮންޓްރެކްޓް ކޮށްގެން ގެންގުޅޭ މީހުންގެ ރަޖިސްޓަރީ

(ހ) ކަސްޓަމްސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންން މީހުން ގެންގުޅޭނަމަ، ގެންގުޅޭ މީހުންގެ ރަޖިސްޓަރީއެއް ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.

(ށ) ކަސްޓަމްސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ގެންގުޅޭ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނޫން މީހުންނަކީ ކަސްޓަމްސްގައި މަސައްކަތެއް ކުރުމަށް ވަކި މުއްދަތަކަށް ކޮންޓްރެކްޓް ކޮށްގެން ގެންގުޅޭ މީހުންނެވެ. މިގޮތަށް މަސައްކަތްކުރާ މީހުންނަކީ ކަސްޓަމްސްގެ މުވައްޒަފުންނެއް ނޫނެނެ.

(ނ) ކަސްޓަމްސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ގެންގުޅޭ ކަސްޓަމްސްގެއޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނޫން މީހުންގެ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތުތައް ހުންނަން ވާނެއެވެ.

  1. ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް.
  2. އައިޑެންޓިޓީ ކާޑު ނަންބަރު، ބޭިދސީއެއްނަމަ ޕާސްޕޯޓް ނަންބަރު. 
  3. ގައުމީ ނިސްބަތް.
  4. އުފަން ތާރީހު.
  5. މަގާމު އޮތް ދާއިރާ.
  6. ކޮންޓްރެކްޓް އުސޫލުން މީހާ ގެންގުޅޭ މަގާމު.
  7. މަގާމުގެ ކްލެސިފިކޭށަން.
  8. މަގާމުގެ މުސާރަ.
  9. މީހާއަށް ދެވޭ މުސާރައާއި އިނާޔަތްތައް.
  10. ގެންގުޅެން ފެށި ތާރީހު.
  11. ދޫކޮށްލި ތާރީހު.
  12. ދޫކޮށްލި ސަބަބު.

 

115 ވަނަ މާއްދާ - މަގާމުތަކުގެ ރަޖިސްޓަރީ

މަގާމުތަކުގެ ރަޖިސްޓަރީގައި ހިމަނައި ބަލަހައްޓާނީ، ކަސްޓަމްސްގައި އެވަގުތަކު ހުރި މަގާމުތަކާއި، ކުރިން ހުރި މަގާމުތަކާއި، މަގާމުތަކަށް އަންނަ ބަދަލާއި، އެ މަގާމުތަކާބެހޭ މައުލޫމާތެވެ.

(ށ) މަގާމުތަކުގެ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ. 

  1. މަގާމުގެ ނަން.
  2. މަގާމުގެ ނަންބަރު.
  3. މަގާމު އިތުރުކުރި އަދަދު.
  4. މަގާމު އުނިކުރި އަދަދު.
  5. މަގާމު އިތުރުކުރުމުން ނުވަތަ އުނިކުރުމުން ބާކީއޮތް ޖުމްލަ އަދަދު. 
  6. މަގާމު އުފެއްދި ޗިޓު/ސިޓީ ނަންބަރާއި ތާރީހު. 
  7. މަގާމު އުވާލި ޗިޓު/ސިޓީ ނަން ަބރާއި ތާރީހު.
  8. މަގާމުގެ މުސާރަ
  9. މަގާމުގެ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް.
  10. އުޖޫރަ ހަމަޖެއްސި ޗިޓު/ސިޓީ ނަންބަރާއި ތާރީހު. 

 

116 ވަނަ މާއްދާ - ކަސްޓަމްސް މުވައްޒަފުންގެ ރަޖިސްޓަރީ

ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކަށް ތިރީގައިވާ ގޮތުގެ މަތިން މައުލޫމާތު ފައިލެއް ތައްޔާރުކޮށް، ބަލަހައްޓަމުން ގެންދަން ވާނެއެވެ.

(ހ) ވަޒީފާ ލިބިގެން މުވައްޒަފު އޮފީހަށް ނުކުތުމާއެކު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ދާއިރާއިން މުވައްޒަފުގެ މައުލޫމާތު ފައިލް ހަދައި، އެ ފައިލަށް ނަންބަރެއް ދޭންވާނެއެވެ. މިފައިލަށް ދޭނީ އެ މުވައްޒަފަކަށް މިނިސްޓަރު ދީފައި އޮންނަ، ހިދުމަތުގެ ރެކޯޑްކާޑު ނަންބަރެވެ. އަދި ފައިލް ހެދުމަށްފަހު، އެ މުވައްޒަފަކާ ބެހޭގޮތުން ލިޔާ ލިޔުންތަކުގައި މި ނަންބަރު ޖަހަމުން ގެންދަންވާނެއެވެ.

(ށ) ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންނަށްވެސް މައުލޫމާތު ފައިލް ހަދައި،ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ނ) މުވައްޒަފުންގެ މައުލޫމާތު ފައިލުގައި އެންމެ މަދުވެގެން، ތިރީގައިވާ ލިޔުންތައް ހުންނަންވާނެއެވެ.

  1. ވަޒީފާއަށްއެދި ފުރި ފޯމު ނުވަތަ ފޮނުވި ސިޓީ،
  2. ލިބިފައިވާ ފާސްތަކާއި ސަނަދުތަކާއި ލިޔުންތަކުގެ އަސްލާ އެއްގޮތްކަން ބަޔާންކޮށްފައިވާ ކޮޕީ.
  3. ކުރީގައި ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައާިވ ލިޔުން ހުށަހަޅާފައިވާނަމަ، އެ ލިޔުންތައް
  4. ވަޒީފާއަށް ވަންނަންއެދޭ މީހުން ެގ ކުށުގެ ރެކޯޑު ބަލާ ފޯމު.
  5. ވަޒީފާދިން ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
  6. ވަޒީފާގެ އެއްބަސްވުމުގެ އަސްލު.
  7. ވަޒީފާ ދިނުމުން. ބަދަލުކުރުމުން. ވަކިކުރުމުން. އެކަން މުވައްޒަފަށް އެންގި ލިޔުމުގެ ކޮޕީ.
  8. ވަޒީފާ ބަޔާނުގެ ކޮޕީ.
  9. މުވައްޒަފާ ގުޅޭގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ ކޮޕީ.
  10. ސަލާމު ސިޓީއާއި، ޗުއްޓީއަށް އެދި ފޮނުވާ ސިޓީއާއި، ޑޮކްޓަރު ސެޓްފިކެޓް.
  11. ޗުއްޓީދޭ ލިޔުން (ނުވަތަ އެ ލިޔުމުގެ ކޮޕީ).
  12. ވަޒީފާގައި ގެންގުޅެން ފެށުމަށްފަހު، ތަމްރީނު ކޯހެއް ފުރިހަމަ ކޮށްފައިވާނަމަ، ފުރިހަމަކުރި ކޯހާބެހޭ މައުލޫމާތު (ލިބިފައިވާ ސެޓްފިކެޓުތަކުގެ ކޮޕީއާއެކު)
  13. އިސްލާހީ ފިޔަވަޅުތަކުގެ ރެކޯޑު.
  14. ކަސްޓަމްސްގެ ވަޒީފާ ލިބުމަށްފަހު ގާނޫނީގޮތުން ބަންދެއްވެ، ށަރީއަތުން އަދަބެއް ލިބިފައިވާނަމަ އެކަމުގެ ރެކޯޑު.
  15. އެހެން އޮފީހަކުން ހިންގާ ކަމެއްގައި ނުވަތަ ގައުމީ ފެންވަރުގައި ހިންގާ ކަމެއްގައި ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކަމެއްގައި ކަސްޓަމްސް ތަމްސީލުކުރުމަށް ފޮނުވިފައިވާނަމަ އެކަމުގެ މައުލޫމާތު.
  16. ވަގުތީގޮތުން އެކިއެކި ހާއްސަ މަސައްކަތް ހަވާލުކޮށްފައިވާނަމަ އެކަމުގެ މައުލޫމާތު.
  17. ވަޒީފާ ބަދަލުކުރި ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
  18. މަސައްކަތުގެ ފެންވަރު ބެލި ފޯމު.
  19. މުސާރައިގެ ކުރިއެރުން ހަމަޖެއްސި ޗިޓް (ނުވަތަ ޗިޓުގެ ކޮޕީ).
  20. ވަޒީފާއިން ވަކިކުރި ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
  21. ވަޒީފާ އަދާކުރިގޮތުގެ ލިޔުމުގެ ކޮޕީ.

(ރ) ކަސްޓަމްސް މެދުވެރިވެގެން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ކޮންމެ މީހަކާ ބެހޭގޮތުން، ތިރީގައިވާ މައުލޫމާތު އެ ފައިލުގައި ފައިލް ކުރަމުން ގެންދަން ވާނެއެވެ.

  1. ގާނޫނުގައިވާ ގޮތުގެ މަތިން ހިދުމަތް ކުރަންޖެހޭ މީހުންގެ ރެކޯޑު ފޯމު.
  2. ދިވެހި ސަރުކާރު މެދުވެރިވެގެން ސްކޮލަރށިޕްގައި ދިއުމަށް އެދޭ މީހުން ފުރާ އެޕްލިކޭށަން ފޯމު.
  3. ކޯސް ލިބިފައިވާ މުވައްޒަފާ ކަސްޓަމްސާ ދެމެދު ވެވޭ އެއްބަސްވުން.
  4. ކޯސް ފުރިހަމަ ކުރުމުން ލިބޭ ސެޓްފިކެޓް.
  5. ކޯހުން ހާއްސ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ އެ ލިޔުން

(ބ) ވަޒީފާ ލިބޭ މީހުންގެ މައުލޫމާތު ފައިލުތަކުގައި އެމުވައްޒަފަކާ ބެހޭގޮތުން ފައިލުކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ފައިލުކުރަމުން ގެންދަންވާނެއެވެ.

(ޅ) މުވައްޒަފުންގެ މައުލޫމާތު ފައިލުތައް ވަކި މުވައްޒަފަކާ ހަވާލުކޮށް ރައްކާތެރި ގޮތެއްގައި ބަލަހައްޓަންވާނެއެވެ.

(ކ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މައުލޫމާތު ފައިލުގައިވާ ލިޔުންތަކަކީ ސިއްރު ލިޔުންތަކެކެވެ. ވީމާ، މަސައްކަތާ ގުޅޭގޮތުން ކޮންމެހެން މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބަލައި ހަދައިގެން ނުވާނެއެވެ. 

(އ) މުވައްޒަފަކު، އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލް ބަލަން ބޭނުންވެއްޖެނަމަ، ޕަރސަނަލް ފައިލް ބަލަހައްޓާ މުވައްޒަފުގެ ބެލުމުގެ ދަށުން އެ ފައިލުގައިވާ ލިޔެކިޔުންތައް ދައްކަންވާނެއެވެ. 

(ވ) ކަސްޓަމްސްގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވެއްޖެނަމަ ބަދަލުވި އޮފީހަށް އެ މުވައްޒަފެއްގެ މައުލޫމާތު ފައިލު ފޮނުވަންވާނެއެވެ. މިގޮތުން ފޮނުވާނީ ފައިލުގެ ފޮޓޯޯކޮޕީއެކެވެ. 

 

117 ވަނަ މާއްދާ - ކަސްޓަމްސް މުވައްޒަފުންގެ މައުލޫމާތުތަކަށް ބަދަލު ގެނައުން

(ހ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތުތަކަށް ބަދަލެއް އަތުވެއްޖެނަމަ ނުވަތަ ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ އެކަން އެ މުވައްޒަފަކު، އެ ބަދަލެއް ގެންނަތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި އޮފީހަށް އަންގަންޖެހޭނެއެވެ. 

(ށ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ބަދަލު ގެނެވުނު މައުލޫމާތު، ނުވަތަ ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ، އެކަން ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ ވަޒީފާއާ ބެހޭ ހުރިހާ ލިޔެކިޔުންތަކުން އެކަން އިސްލާހު ކުރަންވާނެއެވެ. 

 

118 ވަނަ މާއްދާ - އަދާކުރި ވަޒީފާގެ ލިޔުން

(ހ) ކަސްޓަމްސްގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވުމަށްފަހު ނުވަތަ ވަޒީފާއިން  ވަކިވުމަށްފަހު، ވަޒީފާ އަދާކުރި ގޮތުގެ ލިޔުން ވަޒީފާއިން ވަކިވި ނުވަތަ ބަދަލުވި  ތާރީހުން ފެށިގެން 06 (ހަޔެއް) މަސް ދުވަހުގެ ތެރޭގައި އެ މުވައްޒަފަކު އެދިއްޖެނަމަ، އަންނަނިވި ކަންތައްތަކަށް އިށާރާތްކޮށް އަދާކުރި ވަޒީފާގެ ލިޔުން ދޫކުރަންވާނެއެވެ.

  1. ވަޒީފާގައި އުޅުނުމީހާގެ ނަމާއި އެޑްރެސް.
  2. ކަސްޓަމްސްގެ މަސައްކަތުގެ ބާވަތް.
  3. މެދުކެނޑުމެއްނެތި ކަސްޓަމްސްގެ ވަޒީފާގައި އެ މުވައްޒަފަކު ދެމިހުރި މުއްދަތު.
  4. ވަޒީފާ އަދާކުރި ތަން. ސެކްށަން. ނުވަތަ ޔުނިޓް.
  5. ވަޒީފާއިން ވަކިވިއިރުއެ މުވައްޒަފަކު އަދާކުރަމުން އައި ވަޒީފާ އަދި ޒިންމާ. 
  6. ވަޒީފާއިން ވަކިވިއިރު އެ މުވައްޒަފަކަށް ލިބެމުންދިޔަ މުސާރައާއި އެހެނިހެން އިނާޔަތްތައް.

(ށ) އެ މުވައްޒަފަކު ވަޒީފާއިން ވަކިވި ސަބަބު ނުވަތަ ބަދަލުވި ސަބަބު ނުވަތަ އޭނާ ވަޒީފާ އަދާކުރި ގޮތާމެދު ވަޒީފާދޭ ފަރާތުން ދެކޭގޮތް (ރަނގަޅު ނުވަތަ ރަނގަޅު ނުވިޔަސް)، ވަޒީފާއަދާކުރި ލިޔުމުގައި، މުވައްޒަފަކު އެދިއްޖެ ހިނދެއްގައި މެނުވީ ހިމަނައިގެން ނުވާނެއެވެ.

 

119 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުން

(ހ) ކަސްޓަމްސްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މަގާމުތަކަށް މަގާމުގެ ކުރިއެރުން ދޭނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާގެ މަތީން މިނިސްޓަރެވެ.

(ށ) މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދިނުމަށްޓަކައި ހިއުމަން ިރސޯސް މެނޭޖްމަންޓް ބޯޑަށް ހުށަހަޅާނީ އެމުވައްޒަފަކު މަސައްކަތްކުރާ ޑައިރެކްޓަރޭޓ،ް ޑިވިޒަން ނުވަތަ ސެކްށަން ހިންގުމާ ހަވާލުވެހުންނަ އެންމެ އިސްވެރިޔާއެވެ.

 

120 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމުގައި ބޯޑުން ރިއާޔަތްކުރަންޖެހޭ ކަންތައްތައް

(ހ) މަގާމުގެ ކުރިއެރުން ދިނުމުގައި ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން މިގަވާއިދުގެ ޖަދުވަލް 9 ގައިވާ ށަރުތުތަކުގެ އިތުރުން ތިރީގައިމިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ. 

  1. ވަޒީފާގެ ކުރިއެރުން ދިނުމަށް ހުށަހަޅާފައިވާ މުވައްޒަފަކު މަގާމުގެ މަސްއޫލިއްޔަތުތަކަށް އެކަށީގެންވާ މިންވަރު. 
  2. ވަޒީފާގެ ކުރިއެރުން ދިނުމަށް ހުށަހަޅާފައިވާ މުވައްޒަފަކު ހާޒިރީއަށާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، މަސައްކަތުގެ ފެންވަރު. 
  3. އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާ.
  4. އެ މުވައްޒަފަކު އެ ދާއިރާގެ ވަޒީފާގައި އުޅެފައިވާ މުއްދަތު. 
  5. އޮފީހުގެ މަގްސަދު ހާސިލްކުރުމަށް އެ މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު.
  6. އެ މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު.
  7. އެމުވައްޒަފަކު ވަޒީފާގައި ހޭދަކުރި މުއްދަތުގައި ސްޓާފް އެޕްރައިސަލް ފޯމުން ލިބުނު މާރކްސް.

(ށ) މިމާއްދާގެ (ހ) ގެ 04 ވަނަ ނަންބަރުގައި އެހެން އޮތްކަމުގައި ވީނަމަވެސް މަގާމުގެ ކުރިއެރުން ދިނުމަށްޓަކައި ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑަށް ހުށަހަޅާއިރު މުވައްޒަފާ މެދު އެޅިފައިވާ އިސްލާހީ ފިޔަވަޅު ނުވަތަ ިއދާރީ އަދަބުގެ މުއްދަތު، މަގާމުގެ ކުރިއެރުން ދިނުމުގެ މުއްދަތުގެ ތެރޭގައި ނުގުނޭނެއެވެ.

(ނ) މިގަވާއިދުގައި ބަޔާންކޮށްފައާިވ އޮނިގަނޑަށް މުވައްޒަފުން ހަމަޖެއްސުމުގައި މަގާމުތަކަށް ހިޖުރަކުރާ މުވައްޒަފުންނަށް މިގަވާއިދުގެ ދަށުން މަގާމުގެ ކުރިއެރުން ދިނުމުގައި އެމީހަކު ހިޖުރަކުރި މަގާމުގެ މުއްދަތު ގުނާނީ އޮނިގަނޑަށް ހިޖުރަކުރިއިރު އެމީހަކު ހުރި މަގާމުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނައިގެނެވެ. 

 

121 ވަނަ މާއްދާ - ރިޒާރވްކޮށްފައިވާ މަގާމު ހަމަޖެއްސުން

(ހ) މުވައްޒަފު ފުރިހަމަކުރި ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްކަމަށްވެފައި، އެ މަގާމަކީ އެ މުވައްޒަފަށް ރިޒާވްކޮށްފައިވާ މަގާމެއްނަމަ، ކިޔެވި މަރުކަޒަކުން ދޫކުރާ ކޯސް ނިމުނުކަމުގެ ލިޔުން ހުށަހެޅުމުން، އެ މަގާމަށް ވަޒީފާ
ހަމަޖައްސަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތަށް މަގާމު ހަމަޖައްސާތާ 01 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ފުރިހަމަކޮށްފައިވާ ކޯހަކީ އެ މަގާމުގެ ގިންތިއާއި އެއް ފެންވަރެއްގެ ކޯހެއްގެ ގޮތުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫ ުލކުރިކަމުގެ ލިޔުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެ ކޯހަކީ އެ މަގާމުގެ ގިންތިއާއި އެއްފެންވަރެއްގެ ކޯހެއްކަމަށް ގަބޫލުކުރިކަމުގެ ލިޔުން ހުށަނާޅައިފިނަމަ، ކޯހަށް ދިޔައިރު ހުރި ފެންވަރުގެ މަގާމަކަށް އިޔާދަކުރެވޭނެއެވެ. 

(ރ) މިމާއްދާގެ (ނ) ގައިވާގޮތަށް ިއޔާދަކުރެވޭނީ އެ ފެންވަރުގެ މަގާމެއް ހުސްކޮށް އޮވެއްޖެނަމައެވެ.

(ބ) މިމާއްދާގެ (ނ) ގައި ބަޔާން ުކރާ ފެންވަރުގެ މަގާމެއް ކަސްޓަމްސްގެ އިދާރީ އޮނިގަނޑުގައި ނެތްނަމަ، އެމުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ. މިފަދައިން މުވައްޒަފަކު ވަޒީފާއިން ވަކިކުރާނީ އެމައްސަލަ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން މިނިސްޓަރަށް ހުށަހެޅުމަށްފަހުގައެވެ. 

 

122 ވަނަ މާއްދާ - މަގާމުދަށްކުރުން

(ހ) ކަސްޓަމްސްގެ މުވައްޒަފަކަށް ދެވޭ އިދާރީ އަދަބެއްގެ ގޮތުން މަގާމު ދަށްކުރުމާމެދު ގޮތެއްނިންމަން ޖެހިއްޖެނަމަ، އަމަލުކުރާނީ ފަސްވަނަ ބާބު (އާިދރީ އަދަބު ދިނުން) ގައިވާގޮތުގެ މަތީންނެވެ.

(ށ) ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަނުން ކަސްޓަމްސްގެ މުވައްޒަފެއްގެ މަގާމު ދަށްކުރުމަށް މިނިސްޓަރަށް ހުށަހެޅުމަށް މިމާއްދާގެ (ހ) ހުރަހެއް ނާޅައެވެ. 

 

123 ވަނަ މާއްދާ - ށަރަފްވެރިކާަމއެކީ ކަސްޓަމްސްގެ ވަޒީފާއިން ވަކިވުން

(ހ) ކަސްޓަމްސްގެ ވަޒީފާއިން ފިލައިގެން ނުވަތަ އަހުލާގީ މައްސަލައެއް ދިމާވެގެން ނުވަތަ ކުށެއްކޮއްގެން ނުވަތަ ކަސްޓަމްސްގެ ގަވާއިދަކާއި ހިލާފުވެގެން ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރާ މީހުން ފިޔަވައި ކަސްޓަމްސްގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ ށަރަފްވެރިކަމާއިއެކު ވަކިވާ މީހެކެވެ.

(ށ) ކަސްޓަމްސްގެ ވަޒީފާގައި 20 އަހަރުދުވަހު ހިދްމަތްކުރުމަށްފަހު، ށަރަފުވެރިކަމާއިއެކު ކަސްޓަމްސްގެ ވަޒީފާއިން ވަކިވާ މީހުންނަށް ލިބިދޭ އިނާޔަތްތަކާއި އިމްތިޔާޒުތަށް ކަނޑައަޅާނީ އެގާރަވަނަ ބާބު (ރިޓަޔަރމަންޓް) ގައިވާ ގޮތުގެމަތިންނެވެ. 

 

124 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް

މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ހާލަތްތަކުގައި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެއެވެ.

(ހ) ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކުރުމުން؛

(ށ) މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ކުރާ ތަހްގީގަކުން މުވައްޒަފަކު ގާނޫނާއި ނުވަތަ ގަވާއިދާއި އަދަބާހިލާފު އަމަލެއް ކޮށްފިކަން ކަސްޓަމްސްގެ ތަހްގީގަށް ސާބިތުވާ ހާލަތެއްގައި، އެކުޅަ އަމަލެއްގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސާރވިސް ފަދަ ތަންފީޒީ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް އާންމު
ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެކަމެއް ކަމަށް އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމުން؛

(ނ) އެގާރަވަނަ ބާބު (ރިޓަޔަރމަންޓް) ގައިވާ ގޮތަށް އުމުރުން 55 އަހަރު ހަމަވުމުން ނުވަތަ ކަސްޓަމްސްގައި 20 އަހަރު ހިދުމަތް ކުރުމަށްފަހު އަމިއްލަ އިހްތިޔާރުގައި ވަޒީފާއިން ވަކިވުން

(ރ) އުމުރުން 65 (ފަސްދޮޅަސް ފަސް) އަހަރު ހަމަވުމުން؛

(ބ) ފަސްވަނަ ބާބު (އިދާރީ އަދަބު ދިނުން) ގެ ދަށުން ވަޒީފާއިން ވަކިކުރަން ނިންމުން؛

(ޅ) ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ވަޒީފާ އަދާކުރުމަށް ނުކުޅެދުން؛

(ކ) މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުން؛

(މ) މުވައްޒަފަކު މަރުވުން؛

 

125 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މިގަވާއިދުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާގެ މަތީން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ލިޔުމުން މިނިސްޓަރަށް ހުށަހެޅުމުންނެވެ.

(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ ވަޒީފާއިން ވަކިކުރި ސަބަބާއެކު އެމުވައްޒަފަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

 

126 ވަނަ މާއްދާ - އެދިގެން ވަޒީފާއިން ވަކިކުރުން

(ހ) ވަޒީފާއިން ވަކިވާން މުވައްޒަފަކު އެދެންވާނީ ލިޔުމުން، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައެވެ. ވަކިމުއްދަތަކަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް ހިދުމަތްކުރަންޖެހިފައިވާ މުވައްޒަފުން ވަޒީފާއިން ވަކާިވން ެއދެންވާނީ އެމުއްދަތު ހަމަވުމަށް ފަހުގައެވެ. ވަކިވާން ފޮނުވާ ސިޓީގައި ވަޒީފާއިން ވަކިވާން އެދޭ ސަބަބު ބަޔާންކުރަންވާނެއެވެ.

(ށ) މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ހުށަހެޅުމުން، ރަސްމީ މަސައްކަތު 14 (ސާދަ) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް  ސާރވިސްއިން، އެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ކަމުގައި ޖަވާބު ދޭންޖެހޭނެއެވެ. އަދި ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެމުވައްޒަފަކާއި ހަވާލުކުރެވިފައިވާ މަސައްކަތަކާއި، ފައިސާ އާބެހޭ ކަންތައްތައް ހުރި ގޮތް މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްށަނުން ބަލައި، އެކަންކަން ނިންމުމަށްފަހު 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިންވެސް އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. ބަޔާންކުރެވުނު 30 (ތިރީސް) ދުވަސް ގުނާނި ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ މަސައްކަތު 30 (ތިރީސް) ދުވަހެވެ.

(ނ) މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް ހުށަހެޅުމުން އެމުވައްޒަފު ވަޒީފާއިން ވަކިކުރިކަން އަންގާނީ މި ގަވާއިދުގެ ޖަދުވަލު 12 ގައިވާ "ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓް" އިންނެވެ. "ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓް" އެމުވައްޒަފަށް ލިބެންދެން، ގަވާއިދުން އޮފީހަށް ނުކުމެ އެމުވައްޒަފާއި ހަވާލުކުރެވިފައިވާ މަސައްކަތް ފުރިހަމައަށް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

(ރ) ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓް" ގައި ތިރީގައިވާ މައުލޫމާތު ހިމަނަން ވާނެއެވެ.

  1. ވަޒީފާއިން ވަކިކުރިމީހާގެ ފުރިހަމަ މައުލޫމާތު؛
  2. ވަޒީފާ ދިން ތާރީހާއި ވަޒީފާއިން ވަކިކުރި ތާރީހް؛
  3. ވަޒީފާއިން ވަކިކުރި ސަބަބު؛

(ބ) ވަކިމުއްދަތަކަށް ހިދުމަތްކުރުމަށް އިގުރާރެއްގައި ސޮއިކޮށްފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެއިގްރާރުގައިވާ ގޮތަށް އަމަލުކުރުމަށްފަހުގައެވެ.

(ޅ) ވަޒީފާއިން ވަކިވާން އެދިފައިވާ މުވައްޒަފަކީ މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސާރވިސްމެދުވެރިވެގެން، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ލޯނެއް ނުވަތަ ފައިސާއެއް ނަގާފައިވާ ފަރާތެއް ނަމަ އެފައިސާއެއް އަނބުރާ ދައްކާނެގޮތެއް ކަނޑައަޅާ ނިންމުމަށްފަހު މެނުވީ ވަޒީފާއިން ވަތްކެއް ނުކުރެވޭނެއެވެ.

 

127 ވަނަ މާއްދާ - ނޯޓިސް ދިނުން

(ހ) ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، ނޯޓިސް ދޭންޖެހޭ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމަޔަށް އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ހަމަޔަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާއިން ވަކިކުރެވިދާނެއެވެ.


128 ވަނަ މާއްދާ - ވަޒާީފއާގުޅޭ ކަންކަމުގައި އުޅޭ މުވައްޒަފުގެ މަސްލަހަތު

(ހ) ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި މަގާމު ދަށްކުރުމާއި ވަޒީފާއިން ވަކި ކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ މަސައްކަތްކުރާ މުވައްޒަފުންގެ އަމިއްލަ މަސްލަހަތު އެއްވެސް މިންވަރަކަށް ހިމެނޭ ކަމެއްގައި، އެ މުވައްޒަފު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހާމަ ކުރަންވާނެވެ.

(ށ) މިމާއްދާގެ (ހ) އާއި ހިލާފަށް އަމިއްލަ މަސްލަހަތު އެއްވެސް މިންވަރަކަށް ހިމެނޭ ކަމެއްގައި، އެއްވެސް މިންވަރަކަށް ބައިވެރިވެއްޖެނަމަ މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ބަލައި އެމުވައްޒަފަކާމެދު ފަސްވަނަ ބާބު (އިދާރީ އަދަބުދިނުން) ވާގޮތަށް ފިޔަވަޅު އަޅަންވާނެއެވެ.

 

 

ނުވަނަ ބާބު

ކަސްޓަމްސް އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުން

 

129 ވަނަ މާއްދާ - ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑުގައި ހުންނަންވާނެ މައުލޫމާތު

(ހ) ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑުގައި ތިރީގައިވާ މައުލޫމާތު ހުންނަން ވާނެއެވެ.

  1. މުވައްޒަފުގެ ފުރިހަމަ ނަން؛
  2. މުވައްޒަފުގެ ރޭންކް ނުވަތަ މަގާމު؛
  3. ކަސްޓަމްސް ކާޑު ނަންބަރު؛
  4. ކާޑު ހެއްދި ތާރީހް؛
  5. ކާޑުގެ މުއްދަތު ހަމަވާ ތާރީހް؛
  6. ކާޑުގެ ސީރިއަލް ނަންބަރު؛
  7. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  8. މޯލްޑިވްސް ކަސްޓަމްސްގެ ބެޖް؛
  9. ކާޑު ދޫކުރެވޭ މުވައްޒަފުގެ ފޮޓޯ
  10. ކާޑު ހޮވައިފިނަމަ ހަވާލުކުރަންވީ އެޑްރެސް؛
  11. ކަސްޓަމްސްގެ މިލްކިއްޔާތެއްކަން އަންގައިދޭ ލިޔުން.

(ށ) ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑުގެ ނަމޫނާއެއް މިގަވާއިދުގެ ޖަދުވަލު 12 ގައި ވާނެއެވެ.

 

130 ވަނަ މާއްދާ - ކަސްޓަމްސްގެ އައިޑެންޓިޓީކާޑު ދޫކުރުން

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ކަސްޓަމްސް އިން ދޭންވާނެއެވެ

 

131 ވަނަ މާއްދާ - ކަސްޓަމްސްގެ އައިޑެންޓިޓީކާޑު ބޭނުންކުރުން

(ހ) ވަކި މުވައްޒަފަކަށް ދޫކުރެވިފައިވާ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު އެހެން މުވައްޒަފަކު ބޭނުންކުރުމަކީ ނުވަތަ އެހެން މީހަކަށް ދިނުމަކީ މަނާކަމެކެވެ.

(ށ) ކަސްޓަމްސްގެ ވާޖިބު އަދާކުރުމުގައި، އެމީހަކީ ކާކުކަން އަންގައިދޭން ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ބޭނުންކުރަންވާނީ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑެވެ.

(ނ) ކަސްޓަމްސްގެ އޮފީހެއްގައި އުޅޭއިރު އަބަދުވެސް ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު، ފެންނަ ގޮތަށް ޔުނީފޯމްގައި ހަރުކޮށްފައި ހުންނަން ވާނެއެވެ. 

 

132 ވަނަ މާއްދާ - ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު އަތުލުން އަދި ހަވާލު ކުރުން

އެއްވެސް ސަބަބަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ނުވަތަ ސަސްޕެންޑް ކޮށްފިނަމަ ނުވަތަ ރިޓަޔަރ ކޮށްފިނަމަ، އެމީހަކަށް ދޫކުރެވިފައިވާ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ހަވާލުކުރަންވާނެއެވެ. 

 

133 ވަނަ މާއްދާ - ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ހޮވުން

ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑެއް ނުވަތަ ކާޑުތަކެއް އެހެން އެއްވެސް ތަނެއްގައި އޮތްކަން ކަސްޓަމްސްއަށް އެނގިއްޖެނަމަ، ނުވަތަ އެއްވެސް ފަރާތަކުން ކަސްޓަމްސްއަށް އަންގައިފިނަމަ، އެކާޑެއް ނުވަތަ އެކާޑުތަކެއް ކަސްޓަމްސްއަށް ގެނައުމަކީ ކަސްޓަމްސްގެ ޒިނާްމއެކެވެ. 

 

134 ވަނަ މާއްދާ - ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ނަކަލުކުރުން

ކަސްޓަމްސް އިން ހުއްދަ ނުހޯ ވައްތަރު ކާޑެއް، ނުވަތަ ކަސްޓަމްސްގެ ކާޑު ކަމަށް ގަބޫލުކުރެވޭ ޑިޒައިނެއްގައި އެއްވެސް ކާޑެއް ހަދާ ނުވަތަ ބޭނުންކުރުމީަކ މަނާ ކަމެކެވެ.

 

135 ވަނަ މާއްދާ - ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ގެއްލުން ނުވަތަ ހަލާކުވުން

ކަސްޓަމްސް މުވައްޒަފަކާއި ހަވާލުކުރެވިފައިވާ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، ލަސްނުކޮށް ކަސްޓަމްސް ގެ އައިޑެންޓިޓީ ކާޑު ދޫކުރާ ޑިވިޒަން ނުވަތަ ޔުނިޓަށް ލިޔުމަކުން އަންގަންވާނެއެވެ. 

 

136 ވަނަ މާއްދާ - ކަސްޓަމްސްގެ އެއިޑެންޓިޓީ ކާޑުގެ މުއްދަތުހަމަވުން

ކަސްޓަމްސް މުވައްޒަފަކާއި ހަވާލުކުރެވިފައިވާ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑުގެ މުއްދަތު ހަމަވުމުގެ 03 (ތިނެއް) ދުވަސް ކުރިން އެކަން ބަޔާންކޮށް ލިޔުމަކުން އައިޑެންޓިޓީ ކާޑު ދޫކުރާ ޑިވިޒަން ނުވަތަ ޔުނިޓަށް އަންގަންވާނެއެވެ.

 

 

ދިހަވަނަ ބާބު

ކަސްޓަމްސް މުވައްޒަުންގެ ވެލްފެއަރފަންޑު

 

137 ވަނަ މާއްދާ - ފަންޑުގެ މަގްސަދު

ވެލްފެއަރ ފަންޑުގެ މަގުސަދަކީ، މުވައްޒަފުންނަށް ދާިމވާ ބޮޑެތި ކަންތައްތަކުގައި އެހީތެރިވުމުގެ ގޮތުން އަނބުރާ ދައްކާގޮތަށް ފައިސާ ދޫކުރުމެވެ.

 

138 ވަނަ މާއްދާ - ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލުގެނައުން

އަނބުރާ ދައްކާ ގޮތަށް ފަންޑުން ފައިސާ ދޫކުރާނީ އަންނަނިވި ބޮޑެތި ކަންތައްތަކަށެވެ. 

(ހ) މުވައްޒަފު ނުވަތަ އޭނާގެ ފިރި ނުވަތަ އަނބި ނުވަތަ ދަރިން ނުވަތަ މައިންބަފައިން ނުވަތަ ށަރުއީގޮތުން އޭނާ ބަލަންޖެހޭ މީހުން ބަލިވުމުން ބޭސްކުރުމަށް.

(ށ) މުވައްޒަފު ނުވަތަ އޭނާގެ ދަރިން ނުވަތަ ށަރުއީގޮތުން ބަލަންޖެހޭ ކުދިންގެ ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ނުވަތަ އެކިއެކި އިމްތިހާންތަކުގައި ބައިވެރިވުމަށް.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ކަންތައްތަކުގެ އިތުރުން މުވައްޒަފަށް ކަމެއް ދިމާވެގެން އެކަމެއް ހުށަހަޅައިފިނަމަ، އެކަމެއްގެ ބޮޑު ކުޑަމިނަށްބަލާ ފައިސާ ދޫކުރުމަށް ކަޑައަޅާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

 

139 ވަނަ މާއްދާ - ފަންޑުން ފައިސާ ދޫކުރެވޭ ފަރާތްތައް

(ހ) ފައިސާ ދޫކުރާނީ، ކަސްޓަމްސްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި މަދުވެގެން 06 (ހައެއް) މަސް ދުވަސް ވެފައިވާ ކަސްޓަމްސްގެ ހިދުމަތުގައި ތިބި މުވައްޒަފުން.

(ށ) ވަކި މުއްދަތަކަށް ކަސްޓަމްސަށް ހިދުމަތް ކުރުމަށް އެއްބަސްވެގެން ފައިސާގެ އެހީލިބޭގޮތަށް ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ކެއުމާއިހުރުމުގެ ހަރަދު ނުލިބޭ ކުދިން. 

 

140 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ 

ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންނަށް ދޭންޖެހޭ ފައިސާގެ މިންވަރު ކަނޑައަޅާނީ ކޮންޓްރެކްޓްގެ މުއްދަތުގެ ބާކީ އޮތް މުއްދަތައް ބަލައި ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

 

141 ވަނަ މާއްދާ - ފައިސާ ދޫކުރެވޭ އަދަދު

އަނބުރާ ދައްކާގޮތަށްދޫކުރާ ފައިސާގެ އަދަދު އާއި ފައިސާދެވޭނެ ކަންކަން ކަނޑައަޅާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމަވާ މިންގަނޑުތަކެއްގެ މަތިންނެވެ. 

142 ވަނަ މާއްދާ - ފައިސާ އަނބުރާ ދެއްކުން

(ހ) ފަންޑުން ދޫކުރި ފައިސާ ލަސްވެގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު 01 (އެކެއް) އަހަރަށް ވުރެ ކުރުނަމަ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުގެ 01 (އެކެއް) މަސް ކުރިއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ.

(ނ) ފައިސާގެ އެހީ ލިބޭ މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެކުރުނަމަ، އެމުވައްޒަފަކަށް ފައިސާގެ އެހީ ލިބޭ މުއްދަތު ހަމަވުމުގެ 01 (އެކެއް) މަސް ކުރިއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ.

(ރ) ފަންޑުން ދޫކުރި ފައިސާއިން މަހަކަށް ޖެހޭ އަދަދު ޖެހިގެން އަންނަ މަހުގެ މުސާރައިން ކަނޑަން ފެށޭނެއެވެ. އަދި އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާގެ އަދަދު ހަމަވަންދެން މުސާރައިން ކަނޑަމުން ގެންދެވޭނެއެވެ.

(ބ) ފަންޑަށް ފައިސާ އަދާކުރުމަށް ތައްޔާރުކުރެވޭ ތާވަލާ އެއްގޮތަށް ފައިސާ ދައްކަމުން ގެންގޮސް ނުދެއްކި ބާކީ އޮތްބައި އެއްފަހަރާ ދައްކާ ނިންމަން ބޭނުންވާނަމަ އެފައިސާ އެއްފަހަރާ ދެއްކިދާނެއެވެ. އަދި ތާވަލުގައިވާ އަދަދަށްވުރެ މަދުންވާގޮތަށް ފައިސާދައްކަން ބޭނުންވާ ފަރާތްތަކުން ތާވަލަށް ބަދަލެއްގެންނަން އެދި ފަންޑު ކޮމެޓީއަށް ލިޔުމަކުން ހުށަހެޅުމުން އެކަންބެލުމަށްފަހު ހަމަޖައްސައިދެވިދާނެއެވެ.

 

143 ވަނަ މާއްދާ - ދެވަނަ ފަހަރަށް ފައިސާ ދޫކުރުން

މުވައްޒަފުންނަށް އެހީވާ ފަންޑުން ފައިސާ ނަގާފައިވާ މީހަކަށް ދެވަނަ ފަހަރަށް ފައިސާ ދޫކުރެވޭނީ ކުރިން ނެގި ފައިސާ އަނބުރާ ދައްކާނިމުމުންނެވެ.

 

144 ވަނަ މާއްދާ - އެއްބަސްވުން

މުވައްޒަފުންނަށް އެހީވާ ފަންޑުން ފައިސާ ދޫކުރެވޭނީ ކަނޑައެޅިފައިވާ އެއްބަސްވުމުގައި ސޮއިކޮށް އެއާއި އެއްގޮތަށް އަމަލު ކުރުމަށް އެއްބަސްވާ ފަރާތްތަކަށެވެ. 

 

145 ވަނަ މާއްދާ - ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުން ފައިސާހޯދުން

ފަންޑުން ފައިސާ ނަގާފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކުރަންޖެހިގެން ވަކިކޮށްފިނަމަ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އެފައިސާއެއް ދައްކާ ނިންމަންވާނެއެވެ. މިގޮތުގެ މަތިން އަމަލު ނުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ށަރީއަތަށް ހުށަހެޅުމުގެ އިހްތިޔާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ލިބިގެންވެއެވެ. 


146 ވަނަ މާއްދާ - ފަންޑުން ފައިސާ ހަރަދުކުރުން

(ހ) ފަންޑުގެ ފައިސާ ބަހައްޓަންވާނީ ފަންޑުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައެވެ.

(ށ) މުވައްޒަފުންނަށް އެހީވާ ފަންޑުން ދޫކުރާ ޗެކުގައި ސޮއިކުރާނެ މީހުން ހަމަޖައްސާނީ ފަންޑް ކޮމެޓީގެ ލަފާގެ މަތިން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ. 

 

147 ވަނަ މާއްދާ - ފަންޑުން ނަގާފައިވާ ފައިސާ މާފުވުން

ފަންޑުން ފައިސާ ނަގާފައިވާ މުވައްޒަފަކު ވަޒީފާއިން ވަކި ނުވަނީސް ނިޔައުވެއްޖެނަމަ އެ މުވައްޒަފަކު ނަގާފައިވާ ފައިސާގެ ބާކީ ނުދައްކާ އޮތް އަދަދު މައާފުވާނެއެވެ. 

 

148 ވަނަ މާއްދާ - ފަންޑަށް ފައިސާ ހޯދުން

މުވައްޒަފުންނަށް އެހީވާ ފަންޑަށް ފައިސާ ހޯދޭނީ ތިރީގައިވާ ގޮތްތަކުންނެވެ.

(ހ) ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރާ ތަކެއްޗާއި އެތެރެކުރާ ތަކެއްޗާއިބެހޭ މައްސަލަތަކުގައި ކުރެވޭ ޖޫރިމަނާގެ %10 (ދިހައެއް އިން ސައްތަ)

(ށ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން ހަދިޔާކުރާ ފައިސާ

(ނ) ކަސްޓަމްސް ރިކްރިއޭށަން ކުލަބުން ހަދިޔާކުރާ ފައިސާ

(ރ) ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރާ ފައިސާ.

 

149 ވަނަ މާއްދާ - އިތުރު މައްސަލަ

މި ބާބުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމާބެހޭގޮތުން ގޮތެއް ނިންމާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަށްވަރާގެ މަތިން ފަންޑު ކޮމެޓީންނެވެ. 

 

 

އެގާރަވަނަ ބާބު

ރިޓަޔަރމަންޓް

 

150 ވަނަ މާއްދާ - ރިޓަރ ކުރެވޭ ހާލަތްތައް

ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ އެހެނިހެން މުވައްޒަފަކު ވަޒީފާއިން ރިޓަޔަރ ކުރެވޭނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިންނެވެ.

(ހ) އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ހަމަވުމުން ކަސްޓަމްސް މުވައްޒަފުން ރިޓަޔަރ ކުރުން؛ ނުވަތަ

(ށ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުން އެމުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން ރިޓަޔަރކުރުން؛ ނުވަތަ

(ނ) ކަސްޓަމްސްއަށް 20 (ވިހި) އަހަރު ހިދުމަތް ކުރުމަށްފަހު އަމިއްލަ އަށް އެދިގެން ރިޓަޔަރ ކުރުން؛ ނުވަތަ

(ރ) ވަޒީފާގައި ދެމިހުރުމަށް ސިއްހީ ހާލަތު ތަން ނުދިނުން؛ ނުވަތަ

(ބ) ވަޒީފާގެ މަސްއޫލިއްޔަތާ ވާޖިބު އަދާކުރުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުންވަޒީފާ އަދާ ކުރުމަށް ނުކުޅެދުންތެރިވުން؛ ނުވަތަ

(ޅ) ކަސްޓަމްސް މުވައްޒަފު ވަޒީފާގައި ހިދުމަތްކުރަމުން ދަނިކޮށް ނިޔާވުން.

 

151 ވަނަ މާއްދާ - ރިޓަޔަރކުރުމުގެ ށަރުތު

(ހ) މިގަވާއިދުގެ 150 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ޅ) ގައިވާ ހާލަތުގައި ރިޓަޔަރ ކުރިކަމުގެ ދަރަޖަދެވޭނީ، ވަޒީފާއިން ވަކިކުރެވޭއިރު މަދުވެގެން 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސް އަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށެވެ. 

(ށ) މިގަވާއިދުގެ 150 ވަނަ މާއްދާގެ (ރ) ގެ ދަށުން ިރޓަޔަރ ކުރުމުގެ ދަރަޖަ ދެވޭނީ ވަޒީފާގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސް އަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށެވެ.

 

152 ވަނަ މާއްދާ - ވަޒީފާގައި ދެމިހުއްޓާ މުވައްޒަފު ނިޔާވުން

ވަޒީފާގައި ދެމިހުއްޓާނިޔާވެއްޖެނަމަ މިގަވާއިދުގެ ދަށުން އެމުވައްޒަފަކަށް ހައްގުވާ ރިޓަޔަރމަންޓް ފައިސާ ށަރުއީ ކޯޓަކުން ކަނޑައަޅާ ށަރުއީ ވާރިސުންނަށް ކަސްޓަމްސްއިން ހަވާލު ކުރަންވާނެއެވެ.

 

153 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން

މިގަވާއިދުގެ 150 ވަނަ މާއްދާގައި ބަޔާންވެގެންވާ ހާލަތް ފިޔަވައި އެހެން ހާލަތެއް މެދުވެރިވެގެން ނުވަތަ އެހެން ސަބަބަކާއި ގުޅިގެން މުވައްޒަފަކު، އަމިއްލައަށް އެދިގެން ކަސްޓަމްސްގެ ވަޒީފާއިން ވަކިވިނަމަވެސް އެއީ ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެފައިވާ މީހަކު ކަމުގައި ވާނެއެވެ. އެހެން ނަމަވެސް. އެފަދަ މީހަކީ މިގަވާއިދުގެ 151 ވަނަ މާއްދާގައިވާ ށަރުތު ފުރިހަމަނުވާ މީހަކު ކަމުގައިވާނަމަ މިބާބުގައި ބަޔާންވެގެންވާ އިނާޔަތެއް ނުދެވޭނެއެވެ.

 

154 ވަނަ މާއްދާ - ސިއްހީ ހާލަތު ތަންނުދިމުގެ ސަބަބުން ވަޒީފާ އިން ރިޓަޔަރ ކުރުން

(ހ) މުވައްޒަފެއްގެ މަސްއޫލިއްޔަތާ ވާޖިބު އަދާކުރުމަށް ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތެއް ކުރުމަށް، އެމުވައްޒަފެއްގެ ސިއްހީ ހާލަތު ތަންނުދޭ ކޮންމެ މީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ. މިސަބަބާއި ގުޅިގެން ވީަޒފާއިން ވަކިކުރެވޭ މީހުންގެ ތެރެއިން ރިޓަޔަރ ކުރި ކަމަށް ބަލަންވާނީ މިގަވާއިދުގެ 151 ވަނަ މާއްދާގެ (ށ) ގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކެވެ. މުވައްޒަފުގެ ސިއްހީ ހާލަތު ހުރިގޮތުން ކަސްޓަމްސްގެ ވަޒީފާގައި ދެމިހުރުމަށް ތަންނުދޭ ކަމަށް ނިންމާނީ އޭނާގެ މަސައްކަތަށާއި މެޑިކަލް ހިސްޓްރީއަށް ރިއާޔަތްކޮށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާގެ މަތިން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ކަންތައްތަކަށް ރިޔާއަތްކޮށް މުވައްޒަފަކު ރިޓަޔަރ ކުރާއިރު، އެމުވައްޒަފު މަދުވެގެން 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސްއަށް ހިދުމަތްކޮށްދީފައިވާނަމަ މިގަވާއިދުގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ފުރިހަމައަށް ލިބޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ކަންތައްތަކަށް ރިޔާއަތްކޮށް މުވައްޒަފަކު ރިޓަޔަރ ކުރާއިރު، އެމުވައްޒަފު މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސް އަށް ހިދުމަތްކޮށް އަދި ހިދުމަތުގައި 20 (ވިހި) އަހަރު ހަމަނުވާނަމަ ހަމައެކަނި ދެވޭނީ މިގަވާއިދުގެ 157 ވަނަ މާއްދާގެ (ހ) ގެ ދަށުން ިލބިދެވޭ އިނާޔަތެވެ.

 

155 ވަނަ މާއްދާ - އަމިއްލައަށް އެދިގެން ރިޓަޔަރވުން

(ހ) ކަސްޓަމްސްގެ އޮފިސަރަކު ނުވަތަ އެހެނިހެން މުވައްޒަފަކު އަމިއްލަ އަށް އެދިގެން ރިޓަޔަރ ވެވިދާނެއެވެ. ނަމަވެސް ރިޓަޔަރމަންޓްގެ އިނާޔަތްތައް ދެވޭނީ މިގަވާއިދުގެ 151 ވަނަ މާއްދާގައިވާ ކަންތައްތައް ފުރިހަމަ ވާނަމައެވެ. 

(ށ) އަމިއްލަ އަށް އެދިގެން ރިޓަޔަރ ވާން ބޭނުންވާ މުވައްޒަފުން، އެކަމަށް އެދެން ވާނީ މިގަވާއިދުގެ ޖަދުވަލު 14 ގައިވާ ފޯމުންނެވެ.  އެމުވައްޒަފަކު ރިޓަޔަރކުރަން ބޭނުންވާ ސަބަބަށް ރިއާޔަތްކޮށް މިގަވާއިދުގެ ދަށުން ރިޓަޔަރ ކުރެވޭކަން ނުވަތަ ނޫންކަން ނިންމާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.


156 ވަނަ މާއްދާ - ވާޖިބުއަދާ ކުރުމުގެ ތެރޭގައި ލިބޭ އަނިޔާއަކާއި ގުޅިގެން ރިޓަޔަރ ކުރުން

(ހ) ކަސްޓަމްސް މުވައްޒަފުން ވާޖިބު އަދާކުރުމުގެ ތެރޭ އެމުވައްޒަފަކަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އެމުވައްޒަފެއްގެ ސިއްހީ ހާލަތު ރަނގަޅުނުވެ، އެގޮތަށްދެމިގެންދާނަމަ ނުވަތަ އިތުރަށް އޭނާގެ ހާލަތު ގޯސްވަމުންދާ ނަމަ، ނުވަތަ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަކީ އާމްދަނީއެއްލިބޭ އެއްވެސް މަސައްކަތެއް ނުކުރެވޭވަރުގެ މީހެއްކަމަށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ކަނޑައަޅައިފިނަމަ ރިޓަޔަރ ކުރަން ވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާގޮތުގެ މަތިން މުވައްޒަފަކު ރިޓަޔަރކުރުމަށް ނިންމަންވާނީ ތިރީގައިވާ ކަންތައް ތަކަށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން ރިއާޔަތްކުރުމަށްފަހުގައެވެ.

  1. އެ މުވައްޒަފެއްގެ މެޑިކަލް ސެޓްފިކެޓްތަކަށާއި ޑޮކްޓަރުގެ ލަފާ 
  2. އެމުވައްޒަފަކު އަދާކުރަމުންދާ މަސައްކަތާއި އެމުވައްޒަފަކާ ހަވާލުކުރެވިދާނެ އެހެން މަސައްކަތް
  3. ސިއްހ ހާލަތު މެދުވެރިވި ސަބަބު ނުވަތަ ގޮތް 

(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ މި މާއްދާގެ (ށ) ގައިވާ ކަންތައްތަކަށް ރިޔާއަތްކޮށް މުވައްޒަފަކު ރިޓަޔަރ ކުރާއިރު، އެމު ަވއްޒަފު މަދުވެގެން 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ކަސްޓަމްސް އަށް ހިދުމަތްކޮށްދީފައިވާނަމަ މިގަވާއިދުގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ުފރިހަމައަށް ލިބޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ މި މާއްދާގެ (ށ) ގައިވާ ކަންތައްތަކަށް ރިޔާއަތްކޮށް މުވައްޒަފަކު ރިޓަޔަރ ކުރާއިރު، އެމުވައްޒަފު މަދުވެގެން 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ވުރެ މަދުން ކަސްޓަމްސް އަށް ހިދުމަތްކޮށްދީފައިވާނަމަ ހަމައެކަނި ދެވޭނީ މިގަވާއިދުގެ 157 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދެވޭ އިނާޔަތެވެ. 

157 ވަނަ މާއްދާ - ރިޓަޔަރކުރުމުން ދެވޭ އިނާޔަތްތައް 

ރިޓަޔަރ ކުރެވޭ ކަސްޓަސް މުވައްޒަފަކަށް ތިރީގައިވާ އިނާޔަތްތައް ލިބޭނެއެވެ. 

(ހ) ރިޓަޔަރ ކުރެވޭ ކޮންމެ މުވައްޒަފަކަށް، އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި، އެމީހަކު ހުރި ރޭންކަށް ކަނޑައެޅިފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ލިބިދޭންވާނެއެވެ. ނަމަވެސް އެމީހަކު ހިދުމަތް ކުރި އަހަރު 40 (ސާޅީސް) އަހަރަށްވުރެ އިތުރުވާނަމަ އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާ ދިނުމުގައިބަލާނީ 40 (ސާޅީސް) އަހަރަށެވެ. 

(ށ) ކަސްޓަމްސްގައި 20 (ވިހި) އަހަރު ވަޒީފާ އަދާކުރުމަށްފަހު ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔަރކުރާ ކޮންމެ މީހަކަށް މަހުން މަހަށް، އޭނާގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އޭނާ އެންމެފަހުން ހުރި ރޭންކަށް ކަނޑައެޅިފައިވާ މުސާރައިގެ ނިސްބަތުން ޖަދުވަލު 14 ގައި ބަޔާންކޮށްފައިވާ ޕަސެންޓ،ް ރިޓަޔަރމެންޓް ޕޭ ގެ ގޮތުގައި ދެވޭނެއެވެ.

(ނ) ހިދުމަތްކުރާތާ 40 އަހަރުވުމަށްފަހު މުވައްޒަފަކު ރިޓަޔަރކުރާނަމަ ރިޓަޔަރމަންޓް ޕޭގެ ގޮތުގައި އެމީހަކު ހުރި ރޭންކަށް ކަނޑައެޅިފައިވާ އަސާސީ މުސާރަ ދެވޭނެއެވެ.

(ރ) މިމާއްދާގައި ބުނެފައިވާ ހިދުމަތުގެ މުއްދަތު ބަލާއިރު ކަސްޓަމްސްގެ ވަޒީފާ ލިބިފައިވާ މީހުން ހިދުމަތް ކޮށްފައިވާ މުއްދަތުގެ އިތުރަށް ސަރަކާރުގެ އެހެން އޮފީހެއްގައި ވަޒީފާ އަދާކޮށް، މެދުނުކެނޑި އޮތްނަމަ އެމުއްދަތު ރިޓަޔަރމެންޓް އަހަރު ގުނުމުގައި ބެލޭނެއެވެ.

(ބ) ކަސްޓަމްސް މުވައްޒަފުން ވަޒީފާގައި ދެމިހުއްޓާނިޔާ ވެއްޖެނަމަ އެމީހާގެ ށަރުއީ ވާރިސުންނަށް ދެވޭނީ ހަމައެކަނި މިމާއްދާގެ (ހ) ގައި ބަޔާންކުރާ އިނާޔަތް އެކަންޏެވެ.

(ޅ) ރިޓަޔަރމަންޓް ޕޭ ގެ އިންސައްތަ ހިސާބު ކުރާނެގޮތް މިގަވާއިދުގެ ޖަދުވަލް 14 (ސާދަ) ގައި ބަޔާންކޮށްފައި އެވަނީއެވެ. 

 

158 ވަނަ މާއްދާ - ސަސްޕެންށަނުގައި ވަނިކޮށް ރިޓަޔަރކުރުން

ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާމުވައްޒަފެއްގެ މައްޗަށް އުފުލިފައިވާ މައްސަލައިގެ ބާވަތަށް ރާިއޔަތްކޮށް، އެއީ ކޮރަޕްށަންގެ މައްސަލައެއް ކަމުގައި ނުވާނަމަ މިގަވާއިދުގައިވާ ރިޓަޔަރ ކުރުމުގެ ށަރުތު ފުރިހަމަވާ މުވައްޒަފެއްގެ ރިޓަޔަރމެންޓާއި މެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަށް ލިބިގެންވެއެވެ. 

 

159 ވަނަ މާއްދާ - ރިޓަޔަރޑް ތަޖުރިބާކާރުން ގެންގުޅުން

މި ގަވާއިދުގައި ބުނެފައިވާ ރިޓަޔަރމަންޓް އުމުރު ހަމަވުމުން އެ މުވައްޒަފުން ރިޓަޔަރ ކުރުމަށްފަހު ވަކި މަސައްކަތެއް ނުވަތަ ވަކި މަގްސަދެއް ހާސިލު ކުރުމަށްޓަކައި އެފަދަބަޔަކު ކޮންޓްރެކްޓް އުސޫލުން ގެންގުޅުމުގެ ބާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް އޮންނާނެއެވެ. (މިސާލަކަށް ކަސްޓަމްސް ގެ މުހިއްމު އޮޕަރޭށަނެއް ހިންގަން ނުވަތަ ކަސްޓަމްސްގެ ކަންތައްތައް ކުރިއެރުވުމަށް ލަފާ ހޯދުން)

 

160 ވަނަ މާއްދާ - ރިޓަޔަރމެންޓް ކާޑު

ރިޓަޔަރ ކުރެވިފައިވާ ކަސްޓަމްސް މުވައްޒަފުންނަށް ފޮޓޯޖެހި ރިޓަޔަރމެންޓް ކާޑްދޫކުރަންވާނެއެވެ.


161 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އާއި ޑެޕިެުޓީ ކޮމިށަނަރ އޮފް ކަސްޓަމްސް މަގާމުން ރިޓަޔަރަކުރުން

(ހ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އާއި ޑެޕިއުޓީ ކޮމިށަނަރއޮފް ކަސްޓަމްސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ދެމަގާމު ކަމުގައިވާތީ، އެމަގާމުގައި ހުރި މުވައްޒަފަކު ރިޓަޔަރކުރަން ބޭނުންވެއްޖެނަމަ އެކަން ހުށަހަޅާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ށ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމުގައި ހުރި މުވައްޒަފަކު، ގާނޫނީ ގޮތުން ކުށްވެރިނުވެ، މަގާމުން ވަކިކުރުން ނުވަތަ މަގާމުން އިސްތިއުފާ ދިނުން، މިދެސަބަބުގެ ތެރެއިން ސަބަބަކާއި ގުޅިގެން ކަސްޓަމްސްގެ ހިދުމަތުން ވަކިވެއްޖެނަމަ، އެމުވައްޒަފަކާއި މެދު އަމަލުކުރަންވާނީ ކަސްޓަމްސް ގެ ރިޓަޔަރކޮށްފައިވާ މުވައްޒަފެއްގެ ގޮތުގައެވެ. 

 

162 ވަނަ މާއްދާ - މަހުންމަހަށް ދެވޭ އިނާޔަތް ހިސާބުކުރުން

މަހުން މަހަށް ދެވޭ އިނާތަތް ދިނުމުގައި ބެލެވޭނީ ރިޓަޔަރ ކުރިއިރު އެމުވައްޒަފަކަށް ލިބެމުންދިޔަ އަސާސީ މުސާރައަށެވެ. 

 

163 ވަނަ މާއްދާ - މުއްދަތު ބަލާނެގޮތް

(ހ) މިގަވާއިދުގެ ދަށުން، އުމްރާއި މުއްދަތު ކަނޑައަޅަން ޖެހޭ ހާލަތްތަކުގައި އަމަލު ކުރަންވާނީ މީލާދީ ތާރީހަށެވެ. އަދ،ި މީހަކު ހިދުމަތްކޮށްފައިވާ މުއްދަތު އަހަރަކަށްވުރެ ކުރު، ނަމަވެސް 06 (ހައެއް) މަސް ނުވަތަ އެއަށްވުރެ އިތުރުވާނަމަ، އިނާޔަތްތައް ހިސާބުކުރުމުގައި އެއީ އެއްއަހަރު ކަމުގައި ބަލަންވާނެއެވެ.

(ށ) ކަސްޓަމްސް ފިޔަވައި އެއްވެސް އެހެން މުއައްސަސާ ނުވަތަ އޮފީހެއްގައި ވަކި މުއްދަތަކަށް މަސައްކަތް ކުރުމުގެ ސަބަބުން، އެމުއައްސަސާ ނުވަތަ އޮފީހަކުން ރިޓަޔަރ ނުވަތަ މުސްކުޅިކުރިކަމުގެ ދަރަޖަދީ، ވަކި އިނާޔަތްތަކެއް ހަމަޖައްސާފައިވާ މީހަކު ރިޓަޔަރ ކުރާއިރު، އޭނާގެ ކުރީގެ ވަޒީފާގެ މުއްދަތު ގުޅުވާފައި އޮތް ކަމުގައި ވީނަމަވެސް، މިގަވާއިދަށް އަމަލުކުރުމުގައި އެމުއްދަތު ނުގުނޭނެއެވެ. 

 

 

ބާރަވަނަ ބާބު

ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަންކުރުން

 

164 ވަނަ މާއްދާ - ތައާރަފް

މިބާބަކީ ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެހައި ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގައި ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް އެހީތެރިވެދިނުމަށްޓަކައި ކަސްޓަމްސްމުވައްޒަފުންގެ ތެރެއިން ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަންކުރުމާއި އެމަގާމުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ ބާބެވެ.

 

165 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު ހަމަޖެއްސުން

ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު ކަނޑައަޅާނީ ކަސްޓަމްސްގެ ދާއިމީ މުވައްޒަފުންގެ ތެރެއިންނެވެ. މިގޮތުން ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރުމަށް މީހަކު ނުވަތަ ބަޔަކު ހުށަހަޅާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ލަފާގެ މަތިން މިނިސްޓަރެވެ. 

 

166 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމުގެ ށަރުތުތައް

ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމުގެ ށަރުތުތައް ތިރީގައި މިވަނީއެވެ.

(ހ) ދިވެހިރައްޔިތެއްކަމުގައިވުން؛

(ށ) އުމުރުން 30 (ތިރީސް) އަހަރުން މަތީގެ މީހެއްކަމުގައިވުން؛

(ނ) އެމީހަކީ ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ުކރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރިމީހެއްކަމުގައިވުން؛ 

(ރ) ގައުމީ ސަނަދުތަކުގެ އޮނިގަނޑުލެވެލް 09 (ނުވައެއް) ގެ ކޯހެއް ނުވަތަ އެއަށްވުރެމަތީ ލެވެލްއެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ކަސްޓަމްސްގެ ވަޒީފާގައި މަދުވެގެން 05 (ފަހެއް) އަހަރު ދުވަހު ހިދުމަތްކޮށްފައިވުން؛

ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުލެވެލް 05 (ފަހެއް) ގެ ކޯހެއް ނުވަތަ އެއަށްވުރެމަތީ ލެވެލްއެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ކަސްޓަމްސްގެ ވަޒީފާގައި މަދުވެގެން 15 (ފަނަރަ) އަހަރަށްވުރެ ގިނަ އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފެއްކަމުގައިވުން؛ ނުވަތަ 

ޗީފް ކަސްޓަމްސް އޮފިސަރ އިން ފެށިގެން މަތީގެ މަގާމެއްގައި 03 (ތިނެއް) އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކޮށްފައިވުމާއެކު، ކަސްޓަމްސްގެ ވަޒީފާގައި މަދުވެގެން 20 (ވިހި) އަހަރަށްވުރެ ގިނަ އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފެއްކަމުގައިވުން.

 

167 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށްމީހަކު ނުވަތަ ބަޔަކު އައްޔަންކުރުމާއި ވަކިކުރުން

ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

168 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އެކަކަށްވުރެ ގިނަމީހުން އައްޔަންކުރުމާއި މަސްއޫލިއްޔަތު 

ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އެކަކަށްވުރެ ގިނަމީހުން އައްޔަންކޮށްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތުގައި ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ހަވާލުކުރާނެ މީހަކު ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމުގައި ތިބި މީހުންގެ ތެރެއިން ކަނޑައެޅިފައި ހުންނަންވާނެއެވެ.

(ހ) އެއްވެސް ސަބަބަކާއިހުރެ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނެތުމުން؛ ނުވަތަ

(ށ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ސަސްޕެންޑްވުމުން؛ ނުވަތަ

(ނ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ހުސްވުމުން؛ ނުވަތަ

(ރ) އެއްވެސް ސަބަބަކާއި ހުރެ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން.

(ބ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޗުއްޓީއާއި ސަލާމުގައި ހުންނެވުން.  

 

ތޭރަވަނަ ބާބު

ކަސްޓަމްސް މުވައްޒަފުންގެ މުސާރަކަނޑައެޅުމާއި، މުސާރައާއި އެލަވަންސް ދިނުން

 

169 ވަނަ މާއްދާކަސްޓަމްސް މުވައްޒަފުންގެ މުސާރަކަނޑައެޅުން

(ހ) ކަސްޓަމްސްގެ އިދާރީ އޮނިގަނޑުގައިވާ މަގާމުތަކުގެ މުސާރަ ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. 

(ށ) ކަސްޓަމްސްގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ މުސާރަ ކަނޑައެޅުމާއި، މުސާރައަށް ބަދަލުގެނައުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަން ވާނެއެވެ.

  1. ކަސްޓަމްސްގެ އޮނިގަނޑުގެއެކިއެކި މަގާމުތަކުގެ މުސާރަ.
  2. މަގާމުތަކުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް.
  3. މަގާމަށް ބޭނުންވާ އިލްމީ އަދި ފަންނީ ހުނަރާއި ގާބިލުކަމާއި ތަޖުރިބާ.
  4. ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައަށާއި، ދައުލަތުގެ އެހެނިހެން މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރަ.
  5. ދިވެހިރާއްޖޭގައި ދިރިއުޅުމުގެ އަގުތަކާއި ތަކެތީގެ އަގުތައް.
  6. ދިވެހި ސަރުކާރުގެ މާލީ ސިޔާސަތުތަކާއި އިގްތިސާދީ ހާލަތު.
  7. ތަންފީޒީ މުއައްސަސާތަކުގެ މުސާރަ.

 

170 ވަނަ މާއްދާ - މުސާރައަށް ބަދަލު ގެނައުމުގެ ދިރާސާ

(ހ) ކޮންމެ 3 (ތިނެއް) އަހަރަކުން 1 (އެކެއް) އަހަރު، އެއަހަރެ ްއގެ އަހަރީ ބަޖެޓު ތައްޔާރުކުރުމުގެ ކުރިން، ކަސްޓަމްސްގެ އޮފިސަރުންނާއި، އެހެނިހެން މުވައްޒަފުންގެ މުސާރައިގެ ދަރަޖަތަކަށް އަސަރުކުރާނެ ކަންކަމާބެހޭ ދިރާސާ ރިޕޯޓެއް ކަސްޓަމްސުން އެކުލަވާލަންވާނެއެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައިވާ ކަންކަމަށް ބެލުމަށްފަހު ކަސްޓަމްސްގެ އޮފިސަރުންނާއި، އެހެނިހެން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަންޖެހޭކަމަށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ގަބޫލުކުރެވޭނަމަ، މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލާއި، އެބަދަލު ގެންން ބޭނުންވާ ސަބަބު ބަޔާންކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. 

 

171 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރަ ކަނޑައެޅުން

(ހ) ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދޭއިރު އެ މުވައްޒަފެއްގެ އަސާސީ މުސާރައާއި އެލަވަންސް އޮންނަންވާނީ، ކަނޑައަޅާފައެވެ. މިގޮތުން ކަނޑައަޅާ މުސާރައަކީ އެމުވައްޒަފު ހަމަޖައްސާ މަގާމަށް، ކަސްޓަމްސްގެ މަގާމުތަކުގެ މުސާރައިގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ މުސާރައަށް ވާންވާނެއެވެ.

(ށ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހުގައި، ކަސްޓަމްސް މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ކަނޑައެޅިފައި އޮންނަންވާނީ، ހަފްތާއަކު 07 (ހަތެއް) ދުވަހު، ދުވާލަކު 08 (އަށެއް)ގަޑިއިރަށެވެ. މިގޮތުން ކަސްޓަމްސްގެ މުވައްޒަފަކަށް ދުވަހަކަށްޖެހޭ މުސާރަ އަދި އެލަވަންސްތަކުގެ އަދަދު ބަލާނީ 30 (ތިރީސް) ން ގެއްލައިގެންނެވެ. މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބަލާނީ، ދުވަހަކަށް ޖެހޭ އަދަދު 08 (އަށެއް) ން ގެއްލައިގެންނެވެ.

(ނ) ރަމަޒާންމަހު ކަސްޓަމްސް މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ކަނޑައެޅިފައި އޮންނަންވާނީ، ހަފްތާއަކު 07 (ހައެއް) ދުވަހު، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ގަޑިއަކަށެވެ. މިގޮތުން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ގަޑި 08 (އަށެއް) ގަޑިއިރަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ރ) މިމާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ގަޑިތަކަށް ބަދަލު ގެނައުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަށް ލިބިގެންވެއެވެ.

(ބ) ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދިންކަން އަންގާ ޗިޓުގައި، އެ މުވައްޒަފެއްގެ އަސާސީ މުސާރަ ބަޔާން ކުރަންވާނެއެވެ. އެހެން މަގާމަކަށް ބަދަލުކުރެވޭ މުވައްޒަފެއްނަމަ، ވަޒީފާ ބަދަލު ކުރިކަން އަންގާ ޗިޓުގައި އެ މައުލޫމާތު ބަޔާން ކުރަން ވާނެއެވެ.

(ޅ) އެއްވެސް މުވައްޒަފެއްގެ އަސާސީ މުސާރައަށް ނުވަތަ އެލަވަންސަށް ބަދަލެއް އަތުވެއްޖެނަމަ، އެކަން އެމުވައްޒަފަކަށް ލިޔުމުން އަންގަންވާނެވެ.

 

172 ވަނަ މާއްދާ - މަގާމު ދަށްކުރެވޭ މުވައްޒަފުންގެ މުސާރަ

އެއްވެސް މުވައްޒަފަކު، ދާއިމީކޮށް ނުވަތަ ވަގުތީ ގޮތުން، އޭނާ ހުރިމަގާމަށްވުރެ ދަށް މަގާމަކަށް ބަދަލުކޮށްފިނަމަ، އެ މުވައްޒަފަކަށް ދޭންވާނީ، ދަށްކުރެވޭ މަގާމަށް ކަނޑައެޅިފައިވާ އަސާސީ މުސާރައާއި، އެލަވަންސްތަކެވެ.

 

173 ވަނަ މާއްދާ - ވަޒީފާއަށް ރުޖޫއަކުރެވޭ މުވައްޒަފުންގެ މުސާރަ

ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައިވާ މުވައްޒަފެއް، ނުވަތަ މައްސަލައެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއް، ނުވަތަ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ސަސްޕެންޑު ކުރެވިފައި ނުވަތަ މަގާމު ދަށްކުރެވިފައިހުރި މުވައްޒަފެއްގެ މައްޗަށް ކުރެވުނު ތުހުމަތުން ބަރީއަވެގެން އެމުވައްޒަފު އަލުން ވަޒީފާއަށް ރުޖޫއަކުރާނަމަ، ނުވަތަ ވަޒީފާއަށް އަލުން ނެރޭނަމަ، އޭނާގެ އަސާސީ މުސާރައާއި އެލަވަންސްތައް ހަމަޖައްސަންވާނީ، އެވަޒީފާގައި މެދުނުކެނޑި އޭނާ ދެމިހުރިނަމަ މުސާރަ ލިބޭނެ މިންވަރަށް ރިއާޔަތް ކޮށްގެންނެވެ.

 

174 ވަނަ މާއްދާ - މުސާރަދިނުން

(ހ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް ދިނުމަކީ، ކަސްޓަމްސްގެ މަސްއޫލިއްޔަތެކެވެ. މިގޮތުން މުސާރައާއި އެލަވަންސްތައް ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު ދެދުވަހުންކުރެ ދުވަހަކު މުވައްޒަފުންނަށް ދޭނާްވނެއެވެ. މުސާރައާއި އެލަވަންސްތައް ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވެއްޖެނަމަ، އެމަހެއްގެ ބަންދުނޫން އެންމެފަހު ދެ ދުވަހުންކުރެ ދުވަހަކު މުސާރައާއި އެލަވަންސްތައް މުވައްޒަފުންނަށް ދޭންވާނެއެވެ.

(ށ) މުވައްޒަފުންނަށް މުސާރައާއި އެލަވަންސްތައް ދޭންވާނީ، އެމުވައްޒަފަކަށް ވަޒީފާ ދިން ޗިޓުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ތާރީހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައާއި އެލަވަންސްތަކަށް ބަދަލެއް އަތުވެއްޖެނަމަ، ބަދަލު ގެނެވުނު މުސާރައާއި އެލަވަންސްތައް އެމުވައްޒަފަކަށް ދޭންވާނީ، މުސާރައާއި އެލަވަންސްތައް ބަދަލުކުރި ޗިޓުގައިވާ ތާރީހުން ފެށިގެންނެވެ.

(ނ) ވަޒީފާއިން ވަކިކުރެވޭ މީހުން ަނށް މުސާރައާއި އެލަވަންސްތައްދޭންވާނީ، ވަޒީފާއިން ވަކިކުރި ޗިޓުގައިވާ، ވަޒީފާއިން ވަކިކުރި ތާރީހާ ހަމައަށެވެ. އެއްވެސް ސަބަބަކާހުރެ ޗިޓުގައިވާ ވަޒީފާއިން ވަކިކުރި ތާރީހަށް ޗިޓް ރައްދު ނުކުރެވުމުގެ ސަބަބުން އެމީހަކު އޮފީހަށް ނުކުމެ ވަޒީފާ އަދާކޮށްފައިވާނަމަ، އެންމެ ފަހުން އީެމހަކު އޮފީހަށް ނުކުމެ ހާޒިރުވިކަމަށް ރެކޯޑްކޮށްފައިވާ ތާރީހާ ހަމައަށް އެ މީހަކަށް ިލބެންޖެހޭ މުސާރައާއި އެލަވަންސްތައް ދޭންވާނެއެވެ.

(ރ) ވަޒީފާއަށް އަލަށް ނުކުންނަ މު ަވއްޒަފުންނަށް މުސާރައާއި އެލަވަންސްތައް ދޭންވާނީ، ވަޒީފާ ދިން ޗިޓުގައިވާ، ވަޒީފާ ދީފައިވާ ތާރީހުން ފެށިގެންނެވެ. އެއްވެސްސަބަބަކާހުރެ ޗިޓުގައިވާ ވަޒީފާ ދިން ތާރީހުގެ ކުރިން ޗިޓް ރައްދު ނުކުރެވުމުގެސަބަބުން، ޗިޓުގައިވާ ތާރީހަށް އެމުވައްޒަފަކަށް އޮފީހަށް ހާޒިރުނުވެވިއްޖެނަމަ،އެމުވައްޒަފަކަށް މުސާރައާއި އެލަވަންސްތައްދޭންވާނީ، އެމުވައްޒަފަކު އެންމެ އަވަހަށްއޮފީހަށް ހާޒިރުވިކަމަށް ރެކޯޑްކޮށްފައިވާ ތާރީހުން ފެށިގެންނެވެ.

(ބ) މުވައްޒަފަކު ވަޒީފާ އަދާކުރާމަގާމު އެހެން މަގާމަކަށް ބަދަލު ކުރެވިގެން ނުވަތަ އެނޫން ގޮތަކުންވެސް އެމުވައްޒަފެއްގެ މުސާރައާއި އެލަވަންސްތަކަށް ބަދަލެއް ގެނެވިއްޖެނަމަ، އެ ބަދަލު ގެނެވުނު ދުވަހާ ހަމައަށް އެމުވައްޒަފަކަށް ދޭންވާނީ، ކުރިން ލިބެމުންދިޔަ މުސާރައާއި އެލަވަންސްތަކެވެ. އަދި ބަދަލު ގެނެވުނު ދުވަހުންފެށިގެން އެބަދަލާ އެއްގޮތަށް އެމުވައްޒަފަކަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް ދޭންވާނެއެވެ.

(ޅ) މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން 1/2 (ދެބައިކުޅަ އެއްބައި) މުސާރަ ލިބޭ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ލިބެންޖެހޭ އަސާސީ މުސާރައިގެ 1/2 (ދެބައިކުޅައެއްބައި) ދޭންވާނީ އެމުވައްޒަފަކަށް ޗުއްޓީދިންއިރު އެމުވައްޒަފަކު ހުރި މަގާމު ެގއަސާސީ މުސާރައަށް އަންނަ ބަދަލުތައް ހިމަނައިގެންނެވެ. 

 

175 ވަނަ މާއްދާ - ބަންދުކުރެވިފައިވާ ނުވަތަ ހައްޔަރު ކުރެވިފައިވާ މުވައްޒަފުންގެ މުސާރަ

ކުށެއްގެ ތުހުމަތުގައި މުވައްޒަފަކު ބަންދުކޮށްފިނަމަ ނުވަތަ ހައްޔަރުކޮށްފިނަމަ، އެކަމާ ގުޅިގެން އެ މުވައްޒަފަކަށް ވަޒީފާއަށް ނުނިކުމެވި ހުންނަންޖެހޭ ދުވަސްތަކުގައި، އެމުވައްޒަފެއްގެމުސާރައާއި އެލަވަންސްތަކާމެދު އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) އެ މުވައްޒަފެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ށަރީއަތަށް ސާބިތުވެއްޖެނަމަ، ބަންދުގައި ނުވަތަ ހައްޔަރުކުރެވިފައި ހުރި ދުވަސްތަކުގެ މުސާރައާއި އެލަވަންސްތައް އެމުވައްޒަފަކަށް ނުލިބޭނެއެވެ.

(ށ) އެ މުވައްޒަފެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ށަރީއަތަށް ހުށަހެޅުމުން އެމުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލައިގެ ށަރީުއ ހުރިހާ މަރުހަލާއެއްނިމިއްޖެނަމަ، ނުވަތަ ކަމާބެހޭ ފަރާތުން އެމައްސަލައެއް ށަރީއަތަށް ހުށަނާޅައިމައްސަލަ ނިންމައިފިނަމަ އެމުވައްޒަފަކު ބަންދުގައި ނުވަތަ ހައްޔަރުކުރެވިފައި ހުރިދުވަސްތަކުގައި އެމުވައްޒަފަކަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައްއެމުވައްޒަފަކަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުވައްޒަފަކު ބަންދުގައި ނުވަތަ ހައްޔަރުކުރެވިފައި ހުރި ދުވަސްތަކުގެ މުސާރައާއި އެލަވަންސްތައް އެމުވައްޒަފަކަށް ދޭންޖެހިއްޖެނަމަ، އެމުވައްޒަފެއްގެ މަގާމުގެ އަސާސީ މުސާރައިގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ އެލަވަންސްތައް އެމުވައްޒަފަކަށް ދޭންވާނެއެވެ.

  1. ސަރވިސް އެލަވަންސް؛
  2. ނޮން ޕްރެކްޓިސް އެލަވަންސް؛
  3. ލޯންގ ސަރވިސް އެލަވަންސް؛
  4. ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ.

 

176 ވަނަ މާއްދާ - މުސާރަ ހަވާލުކުރުން

(ހ) މުވައްޒަފަކަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް ދޭންވާނީ، އެ މުވައްޒަފެއްގެ އަތަށް ނުވަތަ އެމުވައްޒަފަކު ލިޔުމަކުން ކަނޑައަޅާ ފަރާތަކަށެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް މުވައްޒަފެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް، މުސާރައާއި އެލަވަންސްތައް ޖަމާކުރުމާމެދު އެ މުވައްޒަފެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ލިބިއްޖެނަމަ، އެމުވައްޒަފަކަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް، އެ އެކައުންޓަކަށް ޖަމާކުރެވޭނެއެވެ.

(ނ) މުވައްޒަފުންނަށް މުސާރައާއި އެލަވަންސްތައް ދޭއިރު، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ލިޔުމެއް އެމުވައްޒަފަކަށް ދޭންވާނެއެވެ.

  1. މުސާރަދެވޭ މުއްދަތުގައި އެ މުވައްޒަފަކަށް ލިބޭ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ އަދަދު؛
  2. މުވައްޒަފަށް ލިބޭ އަސާސީ މުސާރައާއި، ލިބޭ އެކި އެލަވަންސްތަކުގެ އަދަދާއި ތަފްސީލު؛
  3. މުވައްޒަފަށް ލިބޭ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ އަދަދުން އެއްވެސް ފައިސާއެއް ކަނޑާފައިވާނަމަ، އެގޮތުން ކެނޑި ފައިސާގެ އަދަދާއި ތަފްސީލު،
  4. މުސާރައާއި އެލަވަންސްތައް ބޭންކު އެކައުންޓަކަށް ޖަމާކުރާ ނަމަ، ޖަމާކުރި ބޭންކުގެ ނަމާއި، އެކައުންޓުގެ ވެރިފަރާތުގެ ނަމާއި، އެކައުންޓު ނަންބަރު.

 

177 ވަނަ މާއްދާ - މުސާރައިން އުނިކުރުން

(ހ) މުވައްޒަފަކު ވަޒީފާއަށް ނުނިކުމެއްޖެނަމަ، ނުވަތަ ނުކުންނަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުމެއްޖެނަމަ، އެމުއްދަތަކަށް ނުވަތަ އެވަގުތަކަށް، އެ މުވައްޒަފެއްގެ މުސާރައާއި އެލަވަންސްތައް ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުނިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމުންނާއި، ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރައިން ކަނޑާނީ، ތިރީގައި މިވާ ގޮތަށެވެ.

  1. ކަސްޓަމްސްގެ އިޒުނަ ގަވާއިދާ އެއްގޮތަށް ނުހޯދައި، ނުވަތަ ގަވާއިދު ތަން ނުދޭ ގޮތެއްގައި މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހަކަށް މުސާރައިން ކަނޑާނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދެވެ.
  2. މުވައްޒަފަކު ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށްވުރެ ލަހުން ނުވަތަ ގަޑިޖެހިގެން ވަޒީފާއަށް ނުކުމެއްޖެނަމަ، އެމުވައްޒަފުގެ އަސާސީ މުސާރައިން މިނިޓަކަށް ޖެހޭ މިންވަރު އުނިކުރަންވާނެއެވެ.


178 ވަނަ މާއްދާ - މާއްދީ ގެއްލުމުގެ ބަދަލު ހޯދުމަށް މުސާރައިން އުނިކުރުން

ކަސްޓަމްސްގެ މުދަލަކަށް ނުވަތަ މަސައްކަތުގެ ބާވަތުން މުވައްޒަފަކާ ހަވާލުކުރެވިފައިވާ މުދަލަކަށް ނުވަތަ އެއްޗަކަށް، މުވައްޒަފު ގަސްދުގައިކުރާ ކަމަކުން ނުވަތަ މުވައްޒަފުގެ އިހުމާލުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން، ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއް އަގުކުރުމަށްފަހު، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެމުވައްޒަފެއްގެ މުސާރައިން އެއަދަދު އުނިކުރަންވާނެއެވެ.

 

179 ވަނަ މާއްދާ - ދައުލަތުގެ އިދާރާއަކަށް ނުވަތަ އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ފައިސާ މުސާރައިން އުނިކުރުން

(ހ) ކަސްޓަމްސްގެ މުވައްޒަފަކު، ދައުލަތުގެ އިދާރާއަކަށް ނުވަތަ އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއ،ް އެމުވައްޒަފެއްގެ މުސާރައިން އުނިކުރެވޭނީ، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުން، ކަސްޓަމްސް ރިކްރިއޭށަން ކްލަބަށް ދައްކަންޖެހޭ ޗަންދާއާއި، އެހެނިހެން ފައިސާއާއި އަދި ކަސްޓަމްސްގެ ވެލްފެއަރ ފަންޑަށް ދައްކަންޖެހޭ ފައިސާއާއި، އަދި ިމނޫންވެސް ގޮތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެފައިސާ އެމުވައްޒަފެއްގެ މުސާރައިން އުނިކުރެވޭނީ، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

180 ވަނަ މާއްދާ - އެލަވަންސްތައް ކަނޑައެޅުމާއި ބަދަލުގެނައުން

ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ލަފާގެމަތިން ކަސްޓަމްސް މުވައްޒަފުންނަށް ދެވޭ އެލަވަންސްތައް ކަނޑައެޅުމާއި ބަދަލުގެނައުމުގެ އިހްތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ. 

 

181 ވަނަ މާއްދާ - އެލަވަންސްތައް ބަހާލެވިފައިވާގޮތް

އެލަވަންސްތައް ބަހާލެވިފައިވަނީ، ތިރީގައި ބަޔާންކުރާ މައިގަނޑު ތިން ބަޔަކަށެވެ. 

(ހ) އާންމު އެލަވަންސް (G100)

(ށ) ހާއްސަ އެލަވަންސް (S100)

(ނ) ވެލްފެއަރ އެލަވަންސް (W100)

 

182 ވަނަ މާއްދާ - އާންމު އެލަވަންސް (G100) ބަހާލެވިފައިވާ ގޮތް

އާންމު އެލަވަންސްގެ ތެރޭގައި ހިމެނެނީ، ތިރީގައި ބަޔާންކޮށްފައިވާ އެލަވަންސްތަކެވެ.

(ހ) ދަތުރު އެލަވަންސް (G101)

(ށ) ނޮން ޕްރެކްޓިސް އެލަވަންސް (G102)

(ނ) ސަރވިސް އެލަވަންސް (G103)

(ރ) އިތުރުގަޑީގެ ފައިސާ (G105)

(ބ) ބަންދުދުވަހުގެ ފައިސާ (G106)

(ޅ) ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ (G107)

 

183 ވަނަ މާއްދާ - ދަތުރު އެލަވަންސް

(ހ) މި އެލަވަންސް ދެވެނީ، ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  1. ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ނިދުމާއި ކެއިންބުއިން ހަމަޖެހިފައިވާ ރަށްނޫން އެހެން ރަށެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މުވައްޒަފުން.
  2. ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށާއި، ދަތުރު އުސޫލުން މުދާއަރުވައި ބޭލުމުގެ މަސައްކަތް ބެލެހެއްޓުމަށް ފޮނުވާ މުވައްޒަފުން.
  3. ރީޖަނަލް ކަސްޓަމްސްތަކަށް ފޮނުވޭ މުވައްޒަފުން.
  4. އެކިއެކި މަސައްކަތް ކުރުމަށް ވަކި މުއްދަތަކަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފޮނުވޭ މުވައްޒަފުން

(ށ) މިމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަތުރު އެލަވަންސް ދެވޭނީ، އެ މުވައްޒަފަކު އެރަށެއްގައި ދިރިއުޅޭކަން ބަޔާންކޮށް އެރަށެއްގައިހުރި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަކާއެކު، މި އެލަވަންސް ހޯދުމަށް ސިޓީއަކުން ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ. މި އެލަވަންސް ދެވޭނީ، ސިޓީ ކަސްޓަމްސްއަށް ހުށަހަޅާ ތާރީހުން ފެށިގެންނެވެ. ނަމަވެސް، އައްޑޫ ސިޓީއާއި، ލ. ގަމާއި، އަދި ކ. ތިލަފުށީގައި ގާއިމު ކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ނ) ކަސްޓަމްސްގެ ފެރީ ހަމަޖެހިފައިވާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިއެލަވަންސެއް ނުދެވޭނެއެވެ.

 

184 ވަނަ މާއްދާ - ދަތުރު އެލަވަންސްގެ މިންވަރު

މި ގަވާއިދުގެ 200 ވަނަ މާއްދާގެ (ހ) ގެ 1 ގައިވާ މުވައްޒަފުންނަށް މި އެލަވަންސް ދެވޭނެ މިންވަރު ތިރީގައި މިވަނީއެވެ. 

 

އެލަވަންސް ކޯޑް

ތަފްސީލު

އެލަވަންސް ދެވޭ އަދަދު

G101.1/G101.2 ފެެރީ/ބަސް ހިދުމަތް އޮންނަ ތަންތާނގައި ފެރީ/ބަސް ދަތުރުގެ ހަރަދު
G101.2.1 ލ. ފޮނަދޫން ލ. ގަމަށް ހާޒިރުވާ ދުވަހަކަށް 18 ރ
G101.2.2 ސ. ހިތަދޫން ސ. ގަމަށް ހާޒިރުވާ ދުވަހަކަށް 21 ރ
G101.2.3 ސ. މަރަދޫން ސ. ގަމަށް ހާޒިރުވާ ދުވަހަކަށް 9 ރ
G101.2.4 ސ. ފޭދޫން ސ. ގަމަށް ހާޒިރުވާ ދުވަހަކަށް 5 ރ
G101.2.5 ސ. މަރަދޫފޭދޫން ސ. ގަމަށް ހާޒިރުވާ ދުވަހަކަށް 8 ރ
G101.2.6 ސ. މަރަދޫން ސ. ހިތަދުއަށް ހާޒިރުވާ ދުވަހަކަށް 9 ރ
G101.2.7 ސ. ފޭދޫން ސ. ހިތަދުއަށް ހާޒިރުވާ ދުވަހަކަށް 14 ރ
G101.2.8 ސ. މަރަދޫފޭދޫން ސ. ހިތަދުއަށް ހާޒިރުވާ ދުވަހަކަށް 11 ރ

 

(ށ) މި ގަވާއިދުގެ 200 ވަނަ މާއްދާގެ (ހ) ގެ 2،3 އަދި 4 ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުންނަށް ދަތުރު އެލަވަންސް ދެވޭނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

185 ވަނަ މާއްދާ - އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް

(ހ) އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސަކީ، ކަސްޓަމްސް މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ބާވަތުން  އާމްދަނީ ހޯދުމަށް އިތުރު އެހެން ވަޒީފާއެއް އަދާކުރުމަކީ، ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ކަމެއްކަމުގައި ވާތީއާއި، އެ ވަޒީފާއެއް އަދާކުރުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ބުރޫއަރާފާނެ ނުވަތަ "ކޮންފްލިކްޓް އޮފް އިންޓަރެސްޓް" އުފެދިދާނެފަދަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުކުރުމަށްދެވޭ އެލަވަންސެކެވެ.

186 ވަނަ މާއްދާ - އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ މިންވަރު

(ހ) އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުވައްޒަފުގެ އަސާސީ މުސާރައިގެ %35 (ތިރީސްފަހެއް އިންސައްތަ) ކޮންމެ މުވައްޒަފަކަށް ދޭންވާނެއެވެ. 

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް، ޗުއްޓީގައި ހުންނަ ދުވަސްތަކަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި ދެވޭނީ، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ 1/2 (ދެބައިކުޅަ އެއްބައި) އެވެ. 

 

187 ވަނަ މާއްދާ - އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް (G102) ނުލިބޭނެ ހާލަތު

ކަސްޓަމްސް މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް ނުދެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ

(ހ) މުސާރަ ނުލިބޭ ޗުއްޓީގައި ހުރުން.

(ށ) މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީގައި ހުރުން

(ނ) ވަގުތީގޮތުން ވަޒީފާ މެދުކަނޑާލެ ިވފައިވުން.

(ރ) ހުއްދަ ނުހޯދާ އޮފީހަށް ނުނިކުމެ ހުރުން. 

188 ވަނަ މާއްދާ - ސަރވިސް އެލަވަންސް (G103)

ސަރވިސް އެލަވަންސަކީ، ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތީން ކަސްޓަމްސްގެ ވަޒީފާގައި ދެމިހުރި ކޮންމެ މުވައްޒަފަކަށްވެސް ދެވޭ އެލަވަންސެކެވެ.

 

189 ވަނަ މާއްދާ - ސަރވިސް އެލަވަންސް (G103) ގެ މިންވަރު

(ހ) ކަސްޓަމްސް މުވައްޒަފުންނަށް ސަރވިސް އެލަވަންސް ދެވޭނީ، މަހަކު 3500 (ތިންހާސް ފަސްސަތޭކަ) ރުފިޔާއެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) ލިބޭ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް، ޗުއްޓީގައި ހުންނަ ދުވަސްތަކަށް ސަރވިސް އެލަވަންސްގެ ގޮތުގައި ދެވޭނީ، ސަރވިސް އެލަވަންސްގެ 1/2 (ދެބައިކުޅައެއްބައި) އެވެ. 

 

190 ވަނަ މާއްދާ - ސަރވިސް އެލަވަންސް

ކަސްޓަމްސް މުވައްޒަފުންނަށް ސަރވިސް އެލަވަންސް ނުދެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. 

(ހ) މުސާރަ ނުލިބޭ ޗުއްޓީގައި ހުރުން.

(ށ) މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީގައި ހުރުން

(ނ) ވަގުތީގޮތުން ވަޒީފާ މެދުކަނޑާލެވިފައިވުން.

(ރ) ހުއްދަ ނުހޯދާ އޮފީހަށް ނުނިކުމެ ހުރުން.

191 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ

(ހ) އިތުރުގަޑީގެ ފައިސާއަކީ، ކަސްޓަމްސް މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާނަމަ، އެ މަސައްކަތްކުރި ވަގުތަކަށް ދެވޭ ފައިސާއެކެވެ.

(ށ) އިތުރުގަޑީގެ ފައިސާ ދެވޭނީ، ކަސްޓަމްސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން، އެސިސްޓެންޓް ކޮމިށަނަރ އޮފް ކަސްޓަމްސް ގެ މަގާމުން ފެށިގެން ދަށުގެ މުވައްޒަފުންނަށް ހަމަޖެހިފައާިވ އުސޫލާ އެއްގޮތަށް ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް މަސައްކަތްކުރުމުންނެވެ.

(ނ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު ކަސްޓަމްސް މުވައްޒަފެއްގެ ރަސްމީ މަސައްކަތުގަޑީގެ ގޮތުގައި ހަފްތާއަކު 48 ގަޑިއިރު ހަމަނުވާނަމަ، ހަފްތާގެ ރަސްމީގަޑީގެ މަސައްކަތް ހަމަނުވާކަމަށްބަލައި އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

(ރ) ރަމަޒާންމަހު ކަސްޓަމްސް މުވައްޒަފެއްގެ ރަސްމީ މަސައްކަތުގަޑީގެ ގޮތުގައި ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ވަގުތު ހަމަނުވާނަމަ، ހަފްތާގެ ރަސްމީގަޑީގެ މަސައްކަތް ހަމަނުވާކަމަށްބަލައި އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

(ބ) މިމާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ވަކި ދުވަހެއްގެ ރަސްމީ މަސައްކަތު ގަޑިއަށްވުރެ އިތުރަށް އެދުވަހު މަސައްކަތް ކުރުވައިފިނަމަ، އެދުވަހެއްގެ އިތުރުގަޑީގެ ފައިސާ އެމުވައްޒަފަކަށް ދޭންވާނެއެވެ.

 

192 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާގެ މިންވަރު

އިތުރުގަޑީގެ ފައިސާ ހިސާބުކުރުމުގައި ބަލާނީ، ރަސްމީ ބަންދު ދުވަހެއް ނޫންނަމަ، މުވައްޒަފުގެ އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ 1/41 ބަޔަށްވާ ފައިސާއެވެ. އަދި ސަރުކާރު ނުވަތަ ރަސްމީ ބަންދުދުވަހެއްނަމަ، އެ މުވައްޒަފެއްގެ އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ 1/21 ބަޔަށްވާ ފައިސާއެވެ.

 

193 ވަނަ މާއްދާ - ބަންދު ދުވަހުގެ ފައިސާ

(ހ) ބަންދު ދުވަހުގެ ފައިސާއަކީ، ސަރުކާރު ނުވަތަ ރަސްމީ ބަންދު ދުވަހަކު ކަސްޓަމްސް މުވައްޒަފުން މަސައްކަތަށްނުކުމެ، މަސައްކަތްކޮށްފިނަމަ ދެވޭ ފައިސާއެކެވެ.

(ށ) ބަންދު ދުވަހުގެ ފައިސާ ދޭންވާނީ، ކަސްޓަމްސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރު ނުވަތަ ރަސްމީ ބަންދު ދުވަސްތަކުގައި އޮފީހުގެ މަސައްކަތަށް ނިކުމެ، ރަސްމީ މަސައްކަތުގަޑީގެ ގޮތުގައި ދުވާލަކަށް ކަނޑައެޅިފައިވާ ގަޑީގެ 1/2 (ދެބައިކުޅަ އެއްބައި) ވަގުތު މަސައްކަތް ކޮށްފައިވާނަމައެވެ.

(ނ) ކަސްޓަމްސްގެ ވަޒީފާގައި ތިބި މުވައްޒަފުން މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރުކާރު ނުވަތަ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ،ބަންދުދުވަހުގެ ފައިސާގެ ގޮތުގައި މުވައްޒަފުގެ އަސާސީ މުސާރައިން ދުވާލަށް ޖެހޭމިންވަރުގެ 1/2 (ދެބައިކުޅަ އެއްބައި) ދޭންވާނެއެވެ.

 

194 ވަނަ މާއްދާ - ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ

(ހ) ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާއަކީ، ކޮންމެ އަހަރެއްގެ ރަމަޒާންމަހުގެ މުނާސަބަތުގައި، ކަސްޓަމްސްގެ ވަޒީފާގައި ދެމިތިބި ކޮންމެ މުސްލިމު މުވައްޒަފަކަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުން ދެވޭ އެލަވަންސެކެވެ.

(ށ) ކަސްޓަމްސްގެ ވަޒީފާގައި ދެމިތިބި ކޮންމެ މުސްލިމު މުވައްޒަފަކަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ ދޭންވާނެއެވެ.

 

195 ވަނަ މާއްދާ - ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ ނުދެވޭނެ ހާލަތްތައް

ކަސްޓަމްސް މުވައްޒަފުންނަށް ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާ ނުދެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މުސާރަ ނުލިބޭ ޗުއްޓީގައި ހުރުން.

(ށ) މުސާރަ ލިބޭގޮތަށްދޭ ޗުއްޓީގައި ހުރުން.

(ނ) ވަގުތީގޮތުން ވަޒީފާ މެދުކަނޑާލެވިފައިވުން.

 

196 ވަނަ މާއްދާ - ހާއްސަ އެލަވަންސް ބަހާލެވިފައިވާ ގޮތް

ހާއްސަ އެލަވަންސްގެ ތެރޭގައި ހިމެނެނީ، ތިރީގައި ބަޔާންކޮށްފައިވާ އެލަވަންސްތަކެވެ.

(ހ) ލޯންގ ސަރވިސް އެލަވަންސް (ސްޓެޕް އެލަވަންސް) (S101)

(ށ) އެޖަސްޓްމަންޓް އެލަވަންސް (S102)

(ނ) ޔުނިފޯމު އެލަވަންސް (S103)

(ރ) ފޯނު އެލަވަންސް (S104)

(ބ) އައުޓް ސްޓޭށަން އެލަވަންސް (S105)

(ޅ) ހެދުން އެލަވަންސް (S107)

 

197 ވަނަ މާއްދާ - ލޯންގ ސަރވިސް އެލަވަންސް

(ހ) ލޯންގ ސަރވިސް އެލަވަންސަކީ، ސަރުކާރުގެ ހިދުމަތުގައި މެދުނުކެނޑި 10 (ދިހައެއް) އަހަރަށްވުރެ ގިނަދުވަހު ހިދުމަތުގައި ހޭދަކުރާ މުވައްޒަފުންނަށް ދެވޭ އެލަވަންސެކެވެ.

(ށ) ކަސްޓަމްސްގެ މުވައްޒަފަކު މެދުނުކެނޑި ސަރުކާރަށް ހިދުމަތްކުރާތާ 10 (ދިހައެއް) އަހަރު ހަމަވުމުން، ލޯންގ ސަރވިސް އެލަވަންސްގެ ގޮތުގައި އެމުވައްޒަފަކަށް 1,000 (އެއްހާސް) ރުފިޔާ ދޭންވާނެއެވެ. އަދި 10 (ދިހައެއް) އަހަރުހަމަވުމަށްފަހު، އިތުރުވާ ކޮންމެ އަހަރަކަށް 100 (އެއްސަތޭކަ) ރުފިޔާ މިއެލަވަންސްގެ ތެރެއަށް އިތުރުކުރަންވާނެއެވެ.


198 ވަނަ މާއްދާ - ލޯންގ ސަރވިސް އެލަވަންސް ނުދެވޭނެ ހާލަތްތައް

ކަސްޓަމްސް މުވައްޒަފުންނަށް ލޯންގ ސަރވިސް އެލަވަންސް ނުދެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. 

(ހ) މުސާރަ ނުލިބޭ ޗުއްޓީގައި ހުރުން.

(ށ) މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީގައި ހުރުން.

(ނ) ވަގުތީގޮތުން ވަޒީފާ މެދުކަނޑާލެ ިވފައިވުން. 

 

199 ވަނަ މާއްދާ - އެޖަސްޓްމަންޓް އެލަވަންސް

އެޖަސްޓްމަންޓް އެލަވަންސްއަކީ، ކަސްޓަމްސް މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން އަސާސީ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ އަދަދުގެ ގޮތުގައި މުވައްޒަފަކަށް ކުރިން ލިބެމުންދިޔަ އަދަދު މަދުވާނަމަ، އެ މަދުވާ އަދަދު މުވައްޒަފަށް ލިބިދިނުމަށްޓަކައި ދެވޭ އެލަވަންސެކެވެ. 

 

200 ވަނަ މާއްދާ - އެޖަސްޓްމަންޓް އެލަވަންސްގެ މިންވަރު

(ހ) މުވައްޒަފަކަށް ކުރިން ލިބެމުންދިޔަ އަސާސީ މުސާރައާއި އެލަވަންސްތަކުގެ ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ އެވްރެޖް އަދަދަށްވުރެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން ލިބޭ އަސާސީ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ މަދުވެއްޖެނަމ،ަ ކަނޑައެޅިފައިވާ އުސޫލުގެ މަތީން ކުރިން ލިބެމުންދިޔަ ޖުމްލަ އަދާަދ އެއްވަރުގެ އަދަދެއް އެމުވައްޒަފަކަށް އެޖަސްޓްމަންޓް އެލަވަންސްގެ ގޮތުގައި ދޭންވާނެއެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ 6 (ހައެއް) މަސްދުވަސް ކަމުގައި ބަލާނީ، ނޮވެމްބަރ 2011 އިން ފެށިގެން އޭޕްރިލް 2012 އަށެވެ.

(ނ) މުވައްޒަފަކު ކުރިން މަސައްކަތްކުރި ދާއިރާ ބަދަލުކުރުމާ ގުޅިގެން، އެދާއިރާއަކުން އެމުވައްޒަފަކަށް ކުރިން ލިބެމުންދިޔަ ހާއްސަ އެލަވަންސެއް މަދުވުމުގެ ސަބަބުން އެމުވައްޒަފެއްގެ އަސާސީ މުސާރައާއި އެލަވަންސްތަކުގެ އެވްރެޖް އަދަދުން މަދުވާ އަދަދު ލިބިދިނުމަށްޓަކައި އެޖަސްޓްމަންޓް އެލަވަންސެއް ނުދެވޭނެއެވެ.

(ރ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ފަހުންއައި ބަދަލަކާ ގުޅިގެން، މުސާރައާއި އެލަވަންސަށް ކުރިން ލިބުނު އަދަދަށްވުރ އިތުރުވާނަމަ، އިތުރުވިބައި އެޖަސްޓްމަންޓް އެލަވަންސުން އުނިކުރެވިދާނެއެވެ. އަދި އިތުރުވިބައި އެޖަސްޓްމަންޓް އެލަވަންސްއަށްވުރެ ބޮޑުވާނަމ،ަ އެޖަސްޓްމަންޓް އެލަވަންސް ދިނުން ހުއްޓާލެވޭނެއެވެ.

(ބ) މުވައްޒަފުން އައު އޮނިގަނޑަށް ބަދަލުވުމާ ގުޅިގެން މުސާރައާއި އެލަވަންސްގެ މިންވަރު މަދުވުމުގެ ސަބަބުން އެޖަސްޓްމަންޓް އެލަވަންސް ލިބެންޖެހޭ މުވައްޒަފުންގެ ލިސްޓާއި ދޭންޖެހޭ ފައިސާގެ މިންވަރު 90 ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެއެވެ. އަދި މިމުއްދަތުގެ ފަހުން، ލިސްޓާއި ދޭންޖެހޭ ފައިސާގެ މިންވަރަށް ބަދަލެއް ނުގެނެވޭނެއެވެ. 

 

201 ވަނަ މާއްދާ - އެޖަސްމަންޓް އެލަވަންސްނުދެވޭނެ ހާލަތްތައް

ކަސްޓަމްސް މުވައްޒަފުންނަށް އެޖަސްޓްމަންޓް އެލަވަންސް ނުދެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މުސާރަ ނުލިބޭ ޗުއްޓީގައި ހުރުން.

(ށ) މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީގައި ހުރުން

(ނ) ވަގުތީގޮތުން ވަޒީފާ މެދުކަނޑާލެވިފައިވުން.

 

202 ވަނަ މާއްދާ - ޔުނިފޯމު އެލަވަންސް

(ހ) ޔުނިފޯމު އެލަވަންސަކީ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ ތެރެއިން ޔުނިފޯމު އަޅަންޖެހޭ މުވައްޒަފުނ،ް ޔުނީފޯމާއެކު ބޭނުންކުރަންޖެހޭ ބޫޓ،ް އިސްޓާކީން އަދި ބުރުގާ ހޯދުމަށް ފައިސާއިންދެވޭ އެލަވަންސެކެވެ.

(ށ) ޔުނިފޯމު އެލަވަންސް ދޭންވާނީ ކަސްޓަމްސް މުވައްޒަފުންގެ ތެރެއިން ޔުނިފޯރމު އަޅަން ކަނޑައަޅ،ާ އެފަރާތްތަކަށް ޔުނިފޯރމް ހަވާލުކުރެވިފައިވާ މުވައްޒަފުންނަށެވެ.

(ނ) އަލަށް ޔުނީފޯމްއަޅާ މުވައްޒަފުންނަށް ޔުނިފޯމު އެލަވަންސް ދޭންވާނީ، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްށަނުން މުވައްޒަފު ޔުނިފޯމު އެޅުމަށް އެންގި ތާރީހުން ފެށިގެންނެވެ. މިގޮތުން ޔުނިފޯމު އެޅުމަށް އެންގި ތާރީހް، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްށަނުން މުސާރައިގެ މަސައްކަތްކުރާ ސެކްށަނަށް އަންގަންވާނެއެވެ. އަދި މިމައުލޫމާތު މުސާރައިގެ މަސައްކަތްކުރާ ސެކްށަނަށް ލިބުނީ އެމަހެއްގެ މުސާރަ ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިމުނުފަހުން ކަމުގައިވާނަމަ، ޖެހިގެން އަންނަ މަހު މިއެލަވަންސް ދޭނާްވނެއެވެ.

(ރ) ކޮންމެ ހަމަހަކުން އެއްފަހަރު މުވައްޒަފުންނަށް ޔުނިފޯމު އެލަވަންސް ދޭންވާނެއެވެ. ގޮތަށް މިއެލަވަންސް ދޭނީ ޖަނަވަރީ މަހާއި ޖުލައި މަހުގެ މުސާރައާއި އެކުގައެވެ. 

 

203 ވަނަ މާއްދާ - ޔުނިފޯމު އެލަވަންސް (S103) ގެ މިންވަރު

ކަސްޓަމްސް މުވައްޒަފުންނަށް ޔުނިފޯމު އެލަވަންސް ދެވޭނެ މިންވަރު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. 

ތަފްސީލު ރޭޓް ކަނޑައެޅިފައިވާ އަދަދު ރޭޓް
ބޫޓާއި، އިސްޓާކީން 1 ބޫޓު / 2 ޖޯޑު އިސްޓާކީން 400 ރުފިޔާ
ބުރުގާ 2 ބުރުގާ 100 ރުފިޔާ



204 ވަނަ މާއްދާ - ޔުނިފޯމު އެލަވަންސްދެވޭނެ ހާލަތު

އޮފީހުގެ ފަރާތުން ޔުނީފޯމާއި ގުޅޭ އެހެނިހެން އައިޓަމްތައް ހަމަޖައްސައިދީފައިވާނަމަ، މި ތަކެތި ހޯދުމަށް ދޫކުރެވޭ އެލަވަންސް ނުދެވޭނެއެވެ. 


205 ވަނަ މާއްދާ - ފޯނު އެލަވަންސް (S104)

ފޯނު އެލަވަންސަކީ ކަސްޓަމްސް މުވައްޒަފުންގެ ތެރެއިން އެމީހެއްގެ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ގުޅިގެން އޮފީހުގެ ކަންކަމުގައި އެ މުވައްޒަފެއްގެ އަމިއްލަ ފޯނުން އެކިފަރާތްތަކަށް ގުޅަންޖެހޭ މުވައްޒަފުންނަށް ދެވޭ އެލަވަންސެކެވެ. އަދި ކަސްޓަމްސްގެ ބޭނުންތަކަށް މުވައްޒަފުގެ އަމިއްލަ މުވައްޒަފުގެ އަމިއްލަ ފޯނުން އާދަކޮށް ގުޅަންޖެހޭ މުވައްޒަފުންނަށްވެސް މި އެލަވަންސް ދެވޭނެއެވެ. 

 

206 ވަނަ މާއްދާ - ފޯނުއެލަވަންސް (S104) ދިނުމަށް ހަމަޖެހިފައިވާ މިންވަރު

(ހ) ކަސްޓަމްސް މުވައްޒަފުންނަށް ފޯނު އެލަވަންސް ދެވޭނެ މިންވަރު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. 

  1. ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް 1500 (ފަނަރަ ސަތޭކަ) ރުފިޔާ.
  2. ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްއަށް މަހަކު 1000 (އެއްހާސް) ރުފިޔާ.
  3. ޑިވިޒަން ހެޑް / ޑިޕާރޓްމަންޓް ހެޑް އަށް 500 (ފަސްސަތޭކަ) ރުފިޔާ.
  4. ސެކްށަން ހެޑް އަށް 350 (ތިންސަތޭކަ ފަންސާސް) ރުފިޔާ.
  5. މިމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން 5 ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައ،ި ކަސްޓަމްސްގެ ބޭނުންތަކަށް އަމިއްލަ ފޯނުން ގުޅަންޖެހޭ މުވައްޒަފުންނަށް 100 (ސަތޭކަ ރުފިޔާ) އާއި 250 (ދުއިސައްތަ ފަންސާސް) ރުފިޔާއާ ދެމެދުގެ އަދަދެއް ދެވިދާނެއެވެ. 

(ށ) މިމާއްދާ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ފޯނު އެލަވަންސް ދެވޭނެ މުވައްޒަފުންނާއ،ި އެލަވަންސްގެ ގޮތުގައި ފައިސާ ދެވޭނެ މިންވަރު ކަނޑައަޅާނީ ފައިނޭންސް އެގްޒެކެޓިވްއެވެ. 

 

207 ވަނަ މާއްދާ - އައުޓްސްޓޭށަން އެލަވަންސް (S105) 

(ހ) އައުޓް ސްޓޭށަން އެލަވަންސަކީ ކަސްޓަމްސްގެ މުވައްޒަފަކު ދިރިއުޅޭ ރަށްނޫން އެހެން ރަށަކަށް ވަޒީފާ އަދާކުރުމަށް ފޮނުވާ މުވައްޒަފުންގެ ތެރެއިން، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް އެމުވައްޒަފަށް ދެވޭ އެލަވަންސެކެވެ. 

208 ވަނަ މާއްދާ - އައުޓްސްޓޭށަން އެލަވަންސް (S105) ގެ މިންވަރު 

ކަސްޓަމްސް މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް އައުޓް ސްޓޭށަން އެލަވަންސްގެ ގޮތުގައި 40 (ސާޅީސް) ރުފިޔާ ދޭންވާނެއެވެ.

209 ވަނަ މާއްދާ - އައުޓްސްޓޭށަން އެލަވަންސް ދެވޭނެ މުވައްޒަފުން

މިގަވާއިދަށް އަމަލުކުރަން ފަށާއިރު އައުޓްސްޓޭށަން އެލަވަންސް ދެވޭނެ މުވައްޒަފުން ތިރީގައި މިވަނީއެވެ.

(ހ) ކ. ހުޅުލޭގައި މަސައްކަތްކުރާ މުވައްޒަފުން.

(ށ) ކ. ތިލަފުށީގައި މަސައްކަތްކުރާ މުވައްޒަފުން.

(ނ) ސ. ގަމުގައި މަސައްކަތްކުރާ މުވައްޒަފުން.


210 ވަނަ މާއްދާ - ހެދުން އެލަވަންސް (S107)

(ހ) މިއެލަވަންސަކީ ކަސްޓަމްސްގައި ވަޒީފާ އަދާކުރާ ގާނޫނީ ވަކީލުންގެ ތެރެއިން، ކަސްޓަމްސްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރުމަށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ގަނޫނީ ވަކީލުންނަށް ދެވޭ އެލަވަންސެކެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮފައިވާ މުވައްޒަފުންނަށް ހެދުން އެލަވަންސްގެ ގޮތުގައި އަހަރަކު 3,000 (ތިންހާސް) ރުފިޔާ ދޭންވާނެއެވެ.

 

211 ވަނަ މާއްދާ - ވެލްފެއަރ އެލަވަންސް ބަހާލެވިފައިވާގޮތް

ވެލްފެއަރ އެލަވަންސްގެ ތެރޭގައި ހިމެނެނީ ތިރީގައި ބަޔާންކޮށްފައިވާ އެލަވަންސްތަކެވެ.

(ހ) ކޮއްތު ފައިސާގެ އެލަވަންސް (W101)

(ށ) އިންށުއަރެންސް (W102)


212 ވަނަ މާއްދާ - ކޮއްތު ފައިސާ (W101)

(ހ) ކޮއްތު ފައިސާގެ އެލަވަންސް ދޭންވާނީ ކަސްޓަމްސް މުވައްޒަފުންގެ ތެރެއިން އޮފީހުގެ ވަޒީފާގައި ދެމިތިބި އަދި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށެވެ.

(ށ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށާއި، ދަތުރު އުސޫލުން މުދާއަރުވައި ބޭލުމުގެ މަސައްކަތް ބެލެހެއްޓުމަށް ފޮނުވާ މުވައްޒަފުންނާއި، ރީޖަނަލް ކަސްޓަމްސްތަކަށް ފޮނުވޭ މުވައްޒަފުންނާއި، އެކިއެކި މަސައްކަތްކުރުމަށް ވަކި މުއްދަތަކަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފޮނުވޭ މުވައްޒަފުންނަށް ކޮއްތު ފައިސާދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

213 ވަނަ މާއްދާ - ކޮއްޓު ފައިސާގެ އެލަވަންސް ދެވޭނެ މިންވަރު

މިގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ބަޔާންކޮށްފައިވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ އެލަވަންސްގެ ގޮތުގައި 60 (ފަސްދޮޅަސް) ރުފިޔާ ދޭންވާނެއެވެ.

 

214 ވަނަ މާއްދާ - އެލަވަންސް ދިނުމުގައި ތާރީހު ބަލާނެގޮތް

އިތުރުގަޑިއާއި ބަންދު ފައިސާއާއި ރަމަޒާންމަހުގެ އިނާޔަތުގެ ފައިސާއާއި އެޖަސްޓްމަންޓް އެލަވަންސް ފިޔަވައި ދެންހުރި އެލަވަންސްތައް ދިނުމަށް މި ގަވާއިދުގައި ބުނެފައިވާ ގޮތަށް އަމަލުކުރަންފަށާނީ 1 ޖެނުއަރީ 2013 އިން ފެށިގެންނެވެ.

(ށ) 31 ޑިސެމްބަރ 2012 ގެ ނިޔަލަށް ދެމުން ގެންދާނީ މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދެމުން ގެންދިޔަ އެލަވަންސްތަކެވެ. މީގެ ތެރޭގައި "އެހެން ވަޒީފާއެއް އަދަކުރުން މަނާކުރާތީދޭ އެލަވަންސް" ގެ މިންވަރަކީ މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އެ މުވައްޒަފަކަށް ލިބެމުން ދިޔަ ފައިސާގެ މިންވަރެވެ. ނަމަވެސް، އިތުރުގަޑިއާއި ބަންދުފައިސާއާއި ރަމަޒާންމަހުގެ ިއނާޔަތުގެ ފައިސާ ދިނުމުގައި ބަލަނީ އައު އޮނިގަނޑުގެ އަސާސީ މުސާރައިގެ ގޮތުގައި މަގާމަށް ކަނޑައެޅިފައިވާ އަސާސީ މުސާރައެވެ. އަދި އެލަވަންސްތައް އުނިކުރުމުގައިވެސް ބަލާނީ މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެލަވަންސްތައް އުނިކުރަމުން ދިޔަ އުސޫލުތަކަށާއި މިންގަނޑު ތަކަށެވެ.

 

215 ވަނަ މާއްދާ - އައްޔަންކުރާ މަގާމުތަކަށް އެލަވަންސް ހަމަޖެއްސުން

ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނެކޭ އެއްގޮތަށް ޑެޕިއުޓީ ކޮމިށަނަރަ އޮފް ކަސްޓަމްސްއިން ފެށިގެން މަތީގެ މަގާމުތަކަށް އެލަވަންސް ދޭނީ މިގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

216 ވަނަ މާއްދާ - އިންށުއަރެންސް

ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންނަށް ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ބޭސްފަރުވާ ކުރެވޭނެ ހެލްތް އިންށުއަރަންސްގެ ހިދުމަތްދޭންވާނެއެވެ.

 

 

ސާދަވަނަ ބާބު

ކަސްޓަމްސް މުވައްޒަފުންގެ ހިދުމަތުގެ ފެންވަރުބެލުން

 

 

217 ވަނަ މާއްދާ - ކަސްޓަމްސް މުވައްޒަފުންގެ ހިދުމަތުގެފެންވަރު ބެލުމުގެ ބޭނުން

ހިދުމަތުގެ ފެންވަރު ބެލުމުގެ ބޭނުމަކީ، މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ކޮށްފައިވާ ފެންވަރާއި މިންވަރު އަދި މަސައްކަތް ފުރިހަމަ ކުރެވުނު ވަގުތުގެ އިތުރުނ،ް މަސައްކަތުގައި މުވައްޒަފުގެ މިޒާޖާއި ސިފަތައް ދެނެގަތުމާއި ވަޒީފާ އަދާކުރުމުގައި މުވައްޒަފު ބަހައްޓާ ށައުގުވެރިކަން ދެނެގަތުމުގެ އިތުރުން މުވައްޒަފުންގެ ހާޒިރީއާ ގުޅިގެން ހިދުމަތުގެ ފެންވަރަށް އަންނަ ބަދަލު ދެނެގަތުމެވެ. އަދި މީގެ އިތުރުންވެސް ފެންވަރު ރަނގަޅު، މަސައްކަތަށް ގާބިލު މުވައްޒަފުންތަކެއް އުފެއްދުމެވެ. އަދި މި ނިޒާމުގެ ސަބަބުން ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތް ހަރުދަނާވެގެން ދިއުމެވެ. 

218 ވަނަ މާއްދާ - މުވައްޒަފުންގެ ހިދުމަތުގެފެންވަރު ބަލާ ފޯމު

ކަސްޓަމްސް މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމަށްޓަކައި ބޭނުންކުރާނީ އަންނަނިވި ފޯމުތަކެވެ.

(ހ) ޗީފް ކަސްޓަމްސް އޮފިސަރ އިން ފެށިގެން މަތީގެ މަގާމުތަކަށް މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބަލާ ފޯމު-1 (ޖަދުވަލު 15)

(ށ) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުން ފެށިގެން ދަށުގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބަލާ ފޯމު-2 (ޖަދުވަލު 16)

(ނ) ސެލްފް އިވެލުއޭށަން ފޯރމު، މިފޯމަކީ ހުރިހާ މުވައްޒަފުން އަމިއްލައަށް ފުރާ ފޯމު (ޖަދުވަލު 17)

 

219 ވަނަ މާއްދާ - މާރކްސް ދިނުމުގެ މިންގަނޑާއި ސަމާލުކަންދޭންޖެހޭ ކަންތައްތައް

މުވައްޒަފުންގެ ހިދުމަތުގެ ފެންވަރުބަލާ މުއްދަތަކީ ކޮންމެ މީލާދީ އަހަރެއްގެ ޖެނުއަރީ މަހުގެ 01 (އެކެއް) ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރ 31 (ތިރީސް އެކެއް) ގެ ނިޔަލަށެވެ. 

220 ވަނަ މާއްދާ - މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބަލާ މުއްދަތު

މުވައްޒަފުންގެ ހިދުމަތުގެ ފެންވަރުބަލާ މުއްދަތަކީ ކޮންމެ މީލާދީ އަހަރެއްގެ ޖެނުއަރީ މަހުގެ 01 (އެކެއް) ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރ 31 (ތިރީސް އެކެއް) ގެ ނިޔަލަށެވެ.
 

221 ވަނަ މާއްދާ - ފެންވަރުނުބެލޭނެ މުވައްޒަފުން

ވަޒީފާއަދާކުރާތާ 06 (ހައެއް)މަސްދުވަސް ނުވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރެއް ނުބެލޭނެއެވެ.

 

222 ވަނަ މާއްދާ - ސުޕަވައިޒަރުގެ ރޯލް

މުވައްޒަފުންގެ ހިދުމަތުގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އަންނަނިވި ކަންތައްތައް ސުޕަވައިޒަރު ފުރިހަމަ ކުރަންވާނެއެވެ.

(ހ) އެ ސުޕަވައިޒަރުގެ ދަށުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުން ހިމެނޭގޮތަށް އެ މުވައްޒަފުންގެ މަސައްކަތްތައް ވޭތުވެދިޔަ އަހަރު ކޮށްފައިވާގޮތް މިނޭނެ ގޮތަށް އެ ރީޖަން / ޑިވިޒަން / ސެކްށަންގެ މަސައްކަތަށް ބިނާކޮށް ޗެކް ލިސްޓެއް ތައްޔާރުކުރުން. އަދި ޗެކް ލިސްޓާ އެއްގޮތަށް މުވައްޒަފުންގެ ހަރަކާތްތައް ރަނގަޅަށް މޮނިޓަރ ކުރަމުން ގެންދިއުން.

(ނ) މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓަވާ ސެކްށަނުން އަންގަވާ ގޮތަށް ޗެކް ލިސްޓް ފޮނުވަމުން ގެންދިއުން.

(ރ) މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމުގައި މި ޗެކް ލިސްޓަށް ބިނާކޮށް މުވައްޒަފުންނަށް މާކްސް ދެވޭނެ އިންތިޒާމު ހަމަޖެއްސުން.

 

223 ވަނަ މާއްދާ - ރީޖަނަލް / ޑިވިޒަން ސެކްށަން ބަދަލުވުމާއި ސުޕަވައިޒަރ ބަދަލުވުން

މުވައްޒަފު އުޅެމުންދާ ސެކްށަން ބަދަލުވެއްޖެނަމ،ަ އެމުވައްޒަފުގެ ޗެކްލިސްޓް ފުރިހަމަ ކުރުމަށްފަހު މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. ސުޕަވައިޒަރު ބަދަލުވެއްޖެނަމަ އޭނާގެ ދަށުގައިވާ ހުރިހާ މުވައްޒަފުންގެ ޗެކްލިސްޓުތައް ފުރިހަމަ ކުރުމަށްފަހު އަލަށް އަންނަ ސުޕަވައިޒަރަކާ ހަވާލު ކުރަންވާނެއެވެ.

 

224 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

ހިދުމަތުގެ ފެންވަރުގެ ބެލުމުގެ ފޯމަށް ލިބިފައިވާ މާކްސް އާއި މެދު ހިތްހަމަ ނުޖެހޭނަމަ އެފޯރމުގައި ސޮއި ނުކޮށް އެކަން މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ސެކްށަނަށް މައްސަލަ ހުށަހެޅުމުގެ ހައްގު މުވައްޒަފަށް ލިބިގެން ވެއެވެ.

 

225 ވަނަ މާއްދާ - މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަންގެ ރޯލް

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމުގައި ބޭނުންކުރާނެ މިންގަނޑާބެހޭ މައުލޫމާތު އެނގޭނެ އިންތިޒާމު މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި ގަވާއިދުގެ 224 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅޭ މައްސަލަތައް ވީހާވެސް އިންސާފުވެރިކަމާއެކު ހައްލުކުރުމަށް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑަށް ހުށަހަޅަންވާނެއެވެ. 

 

226 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތު

މި ގަވާއިދުގެ 224 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާ މައްސަލަތައް ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑަށް ހުށަހަޅައި 14 ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ. އަދި މި މައްސަލަ ބެލުމަށްޓަކައި ސުޕަވައިޒަރާއި މުވައްޒަފު ހާޒިރުކުރަންވާނެއެވެ. 

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ)

 

ޖަދުވަލު 1 - ޗުއްޓޫއަށް އެދޭ ފޯމު

ޖަދުވަލު 2 - އަނގަބަހުން ދޭ ނަސޭހަތް

ޖަދުވަލު 3 - ލިޔުމުން ދޭ ނަސޭހަތް

ޖަދުވަލު 4 - އިންޒާރު

ޖަދުވަލު 5 - އިސްލާހީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއަށް ނުނިކުމެ ހުރުމަށް އަންގާ ޗިޓް

ޖަދުވަލު 6 - މަތީ ތައުލީމުގެ ފުރުސަތަކަށް މުވައްޒަފުން ހޮވުުގައި ބަލާނެ މިންގަނޑުތައް

ޖަދުވަލު 7 - ސްކޯލާށިޕް، ފެލޯށިޕް، ނުވަތަ ޓްރޭނިންގ ކޯހަށް ފޮނުވާ މީހުންގެ އެއްބަސްވުން

ޖަދުވަލު 8 - ކަސްޓަމްސްގެ މަގާމުތައް

ޖަދުވަލު 9 - ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މަގާމުގެ ށަރުތުތައް

ޖަދުވަލު 10 - ވަޒީފާއަށް އެދޭ ފޯމު

ޖަދުވަލު 11 - ވަޒީފާ ވަކިކުރެއްވި ޗިޓް

ޖަދުވަލު 12 - ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑުގެ ނަމޫނާ

ޖަދުވަލު 13 - ރިޓަޔަރކުރުމުން ދެވޭ އިނާޔަތްތައް

ޖަދުވަލު 14 - ރިޓަރަޔަ ކުރާފަރާތްތަކުން/ވާރިސުން ފުރަންޖެހޭ ފޯމް

ޖަދުވަލު 15 - މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބަލާ ފޯމު - 1

ޖަދުވަލު 16 - މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބަލާ ފޯމު - 2

ޖަދުވަލު 17 - ސެލްފް އިވުލެއޭށަން ފޯމު

ޖަދުވަލު 18 - މާކްސް ދިނުމުގައި ބޭނުންކުރާނެ މިންގަނޑާއި އަދި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

10 ވަނަ އިސްލާހު

 

މައި ގާނޫނު

ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 8/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު