-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-161)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ސެޕްޓެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2012-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަސްޓަމްސް އޮފިސަރ ގްރޭޑް 1.

(ށ) އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ނ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ނަންބަރާއި، (6) ވަނަ ނަންބަރ،ު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަސްޓަމްސް އޮފިސަރ ގްރޭޑް 2.

(ނ) (2) ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(3) ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ 

(4) އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ މަގާމުގައި މަދުވެގެން 8 (އަށެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ)ލިބިފައިވުން؛ ނުވަތަ

(5) އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 6 )ހައެއް( އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(6) އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަސްޓަމްސް އޮފިސަރ ގްރޭޑް 3.

(ރ) (1) ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(2) ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(3) ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 10 (ދިހައެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(4) ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 8 (އަށެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(5) ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 6 )ހައެއް(އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ބ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ނަންބަރާއި، (6) ވަނަ ނަންބަރ،ު އަންނަނިވިގޮތަށް އިސްލާހުކުރުން.

ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1.

(ބ) (2) ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(3) ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ)ލިބިފައިވުން؛ ނުވަތަ

(4) ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 15 (ފަނަރަ) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ)ލިބިފައިވުން؛ ނުވަތަ

(5) ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 10 (ދިހައެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(6) ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 8 (އަށެއް)އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއްއިންސައްތަ) ލިބިފައިވުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2.
(ޅ) (1) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ)ލިބިފައިވުން؛ ނުވަތަ

(2) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(3) ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 20 (ވިހި) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ)ލިބިފައިވުން؛ ނުވަތަ

(4) ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 12 )ބާރަ( އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(5) ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 10 (ދިހައެއް)އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3.

(ކ) (1) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ)ލިބިފައިވުން؛ ނުވަތަ

(2) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 3 (ތިނެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ކޯހެއް ނުވަތަ ވަކިވަކި ކޯސްތަކެއް ހަދައިގެން 3 (ތިނެއް) މަސްދުވަސް ހަމަވުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(3) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 25 (ފަންސަވީސް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު،މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން؛ ނުވަތަ

(4) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 15 (ފަނަރަ) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ)ލިބިފައިވުން؛ ނުވަތަ

(5) ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 1 (އެކެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ކަސްޓަމްސްގެ ހިދުމަތުގައި 10 (ދިހައެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ގ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2.
(ގ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ޏ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3.

(ޏ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ސ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4.

(ސ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ (ޑ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 5.

(ޑ) ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 4 ގެ މަގާމުގައި 4 (ހަތަރެއް) އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން އެވަރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) ލިބިފައިވުން.

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު