-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 އަށް 2 ވަނަ އިސްލާހު ގަނައުން

(ގަވާއިދު ނަންބަރު 2017-04)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ޖަނަވަރީ 2017 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާއިލީ ޒިންމާގެ ޗުއްޓީ 38.

(ހ) އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާއަކާ ގުޅިގެން، ކޮންމެ މުވައްޒަފަކަށްވެސް މުސާރަ ލިބޭގޮތަށް 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް އަހަރުދުވަހުގެ ތެރޭގައި ދޭންވާނެއެވެ. އާއިލާގެ މެންބަރުން ކަމުގައި ބަލާނީ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ އަދި ށަރުއީ އަދި ގާނޫނީ ގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާއިލީ ޒިންމާގެ ޗުއްޓީ 38.

(ރ) އާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު އޮފީހަށް ނުކުންނަ ދުވަހ،ު އޮފީހުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތިން އެކަން ޑިއުޓީ ނިމުމުގެ ކުރިން ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 218 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިދުމަތުގެފެންވަރު ބެލުމަށްޓަކައި ބޭނުންކުރާނެ މިންގަނޑުތައް 218.

ކަސްޓަމްސްގެ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމަށްޓަކައި ބަލާނޭ މިންގަނޑުތަކާއި ބޭނުންކުރާނެ ނިޒާމުތައް ކަސްޓަމްސްއިން އެކުލަވައިލައި މުވައްޒަފުންނަށް އާންމު ކުރަންވާނެއެވެ.

 

(ނޯޓް މި ގަވާއިދުގެ 4 ވަނަ މާއްދާއެއް ހިމެނިފައިނުވޭ)

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 219 ވަނަ މާއްދާ އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 220 ވަނަ މާއްދާ އުނިކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 222 ވަނަ މާއްދާ އަންނިވި ގޮތަށް އިސްލާހުކުރުން.

ސުޕަވައިޒަރުގެ ރޯލް 222.

މުވައްޒަފުންގެ ހިދުމަތުގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އަންނަނިވި ކަންތައްތައް ސުޕަވައިޒަރު ފުރިހަމަ ކުރަންވާނެއެވެ.

(ހ) އެ ސުޕަވައިޒަރުގެ ދަށުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުން ހިމެނޭގޮތަށް އެ މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާގޮތް ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އެގޮތުގެމަތިން މުވައްޒަފުންގެ ކަންކަން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދިއުން. 

(ށ) މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު އެނގޭނެހެން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ރިޕޯޓެއް ތައްޔާރުކޮށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަމުން ގެންދިއުން. މި ރިޕޯޓުގައި، ހިދުމަތުގެ ފެންވަރު ބެލުނު މުވައްޒަފާއި އޭނާގެ ސުޕަވައިޒަރުގެ ސޮއި އޮންނަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 223 ވަނަ މާއްދާ އުނިކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 224 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

މައްސަލަ ހުށަހެޅުން 224.

ހިދުމަތުގެ ފެންވަރު ބެލުމުގައި މުވައްޒަފަށް ލިބިފައިވާ މާކްސްއާމެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލަ މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ސެކްށަނަށް ހުށަހެޅުމުގެ ހައްގު މުވައްޒަފަށް ލިބިގެން ވެއެވެ. މިގޮތުން ހުށަހަޅޭ މައްސަލަތައް ނިންމާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު ،1 ،15 ،16 17 އަދި 18 އުނިކުރުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް، މި ގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ
އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން. 

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް، މި ގަވާއިދުން އުނިކުރާ ޖަދުވަލުތަކާ ގުޅިގެން ގަވާއިދުގެ ޖަދުވަލުތަކުގެ ނަންބަރު ތަރުތީބުކުރުން.

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2012-35)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު