ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-86)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ސެޕްޓެމްބަރު 2026 ގައި)
(މި ގަވާއިދުގެ 55 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2022-72 އުވާލެވިފައި)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން، އެ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކުރުމާއި، ޔުނިވަރސިޓީ ހިންގުމާއި، ޔުނިވަރސިޓީ އުވައިލުމާ ގުޅޭ ކަންކަމުގައި އެއް މިންގަނޑެއްގެ ދަށުން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ޔުނިވަރސިޓީތަކުގެ މިންގަނޑުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގުން
މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީންނެވެ.
ދެވަނަ ބާބު
ޔުނިވަރސިޓީ ރަޖިސްޓަރީކުރުމުގެ ށަރުތު
4 ވަނަ މާއްދާ - ޔުނިވަރސިޓީ ރަޖިސްޓަރީކުރުމުގެ ށަރުތުތައް
ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ތައުލީމުދޭ މަރުކަޒުތަކެވެ.
(ހ) ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި، މެދުކެނޑުމެއްނެތި، ހިންގަމުން އަންނަތާ މަދުވެގެން 15 (ފަނަރަ) އަހަރުވެފައިވުމާއެކު، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވެފައިވުން؛ ނުވަތަ،
(ށ) ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި، އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެގެން ހިންގަމުން އަންނަތާ މަދުވެގެން 10 (ދިހައެއް) އަހަރު ފުރިހަމަވެފައިވުން.
5 ވަނަ މާއްދާ - ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ށަރުތުތައް
ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވުމާއެކު، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ތަފާތު ދާއިރާތަކުގެ މަތީ ތައުލީމުގެ ޕްރޮގްރާމުތައް ހިންގުން.
- ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އާއި ލެވެލް 9 ގެ މަދުވެގެން 3 (ތިނެއް) ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމުތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމުތައް ހިންގަމުން ގެންދިއުން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ދާއިރާތަކުން ޕްރޮގްރާމުތައް ހިންގަމުން ގެންދިއުންކަމަށް ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތައުލީމީ ދާއިރާތަކުގެ ތެރެއިން މަދުވެގެން 3 (ތިނެއް) ދާއިރާއަކުން، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އާއި ލެވެލް 9 ގެ ޕްރޮގްރާމުތައް، އެ ކޮލެޖެއްގައި މެދުނުކެނޑި ފާއިތުވި 5 (ފަހެއް) އަހަރުދުވަހު، ހިންގަމުންގޮސްފައިވުމާއެކު، މަދުވެގެން 3 (ތިނެއް) ދާއިރާއިން ވެސް ކޮންމެ ދާއިރާއަކުން، އިސްވެ ބަޔާންކޮށްފައިވާ ލެވެލްތަކުގެ މަދުވެގެން 1 (އެކެއް) ބެޗުގެ ދަރިވަރުން އެ ޕްރޮގްރާމުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސަނަދު ދޫކޮށްފައިވުމުންނެވެ.
(ށ) ދަރިވަރުންގެ އަދަދު.
- އެ ކޮލެޖެއްގައި ހިންގާ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 (އެއްހާސް) ދަރިވަރުން ކިޔަވަމުން ގެންދިއުން؛
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރިވަރުންގެ އަދަދަކީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ، އެ ކޮލެޖުގެ އަމިއްލަ ނަމުގައި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްގެން ހިންގާ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދުކަމުގައިވުން؛
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފެންވަރުގައި އަދި އެ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ދަރިވަރުން ކިޔަވަމުން ގެންދިއުންކަމަށް ބަލާނީ، ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ވެސް އެ އަދަދަށްވުރެ ދަރިވަރުންގެ އަދަދު މަދުނުވެ، އެ ޕްރޮގްރާމުތަކުގައި ކިޔަވައިދެމުން ގެންގޮސްފައިވާނަމައެވެ.
(ނ) ބައިނަލްއަގުވާމީ މިންގަނޑަކުން ރޭޓްކުރުމާއި، ރޭންކުކުރުން
- ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭޓިންގއެއްގައި ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެގެން ރޭޓުކުރެވިފައިވާ ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން؛
- މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭޓިންގއެއްގައި ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެފައިވާ ކަމުގައި ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭޓިންގ ނުވަތަ ރޭންކިންގ ނިޒާމެއްގެ ދަށުން، ކޮލެޖު ޔުނިވަރސިޓީއަކަށް ވުމަށް ހުށަހަޅާއިރު، އެ ކޮލެޖެއް ރޭޓުކުރެވި ނުވަތަ ރޭންކު ކުރެވިފައިވާނަމައެވެ.
(ރ) ބައިނަލްއަގުވާމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރުކަން
- ކޮލެޖު ޔުނިވަރސިޓީއަކަށް ވުމަށް ހުށަހަޅާއިރު، މެންބަރެއްގެ ގޮތުގައި އޮތުން ހިމެނޭހެން، ބައިނަލްއަގުވާމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ހޭދަކޮށްފައިވުން؛
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ބައިނަލްއަގުވާމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާއަތެއްކަމުގައި ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ޖަމާއަތްތަކަށެވެ.
(ބ) ބައިނަލްއަގުވާމީ ކޮލިޓީ އެށުއަރަންސް ޖަމާއަތެއްގެ މެންބަރުކަން
- ކޮލެޖް ޔުނިވަރސިޓީއަކަށް ވުމަށް ހުށަހަޅާއިރު، މެންބަރެއްގެ ގޮތުގައި ހުރުން ހިމެނޭހެން ބައިނަލްއަގުވާމީ ކޮލިޓީ އެށުއަރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ހޭދަކޮށްފައިވުން.
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ބައިނަލްއަގުވާމީ ކޮލިޓީ އެށުއަރަންސް ޖަމާއަތެއްކަމުގައި ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ޖަމާއަތްތަކަށެވެ.
(ޅ) ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތުގެ ތަޖުރިބާ.
- ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް ބޭރުގެ ޔުނިވަރސިޓީތަކާއި ޖަމާއަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށްވުން.
- މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި، ބޭރުގެ ޔުނިވަރސިޓީތަކާއި ޖަމާއަތްތަކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް ހިންގުމުގެ ތަޖުރިބާ ހުރިކަމަށް ބަލާނީ، ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ތާރީހުގެ ކުރިން ކޮލެޖެއްގެ ގޮތުގައި ހިންގައިފައިވާ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ރިސާޗް ހަރަކާތްތަކެއް އެ މުއައްސަސާއަކުން ހިންގައިފައިވާކަން ސާބިތުކޮށްދިނުމުންނެވެ.
(ކ) ޕީއެޗްޑީ ފެންވަރުގެ މުވައްޒަފުން ތިބުން.
- އެ ކޮލެޖެއްގެ އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުންގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) އަކީ ޕީއެޗްޑީ ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވާ، އެ ކޮލެޖެއްގެ ދާއިމީ، ފުލްޓައިމް މުވައްޒަފުންނަށްވުން.
- މި މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރުގައި، ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުންގެ %10 (ދިހައެއް އިންސައްތަ) ކަމަށް ބުނެފައި އެ ވަނީ، ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންވާ ފުލްޓައިމް އިކުއިވަލަންޓް (FTE) ޖުމުލަ އަދަދުގެ މުވައްޒަފުންގެ %10 (ދިހައެއް އިންސައްތަ) އަށެވެ. ކިޔަވައިދޭ މުވައްޒަފުންގެ ފުލްޓައިމް އިކުއިވަލަންޓް ކަނޑައަޅާނެ ގޮތް މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާނެއެވެ.
(އ) ޔުނިވަރސިޓީއެއް ހިންގުމަށް، އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުން؛
- އެ ކޮލެޖަކީ، މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްފައިވާ ކޮލެޖަކަށްވުން؛
- މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް ގާއިމުކޮށް ހިންގުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ އުނގަންނައިދިނުމާއި، ދިރާސާއާއި ތަހުލީލުތައް ކުރުމާއި، އިދާރީ ކަންކަމާއި ދަރިވަރުންގެ މަންފާއަށް ބޭނުންވާ ވަސީލަތްތަކާއި، ބިމާއި އިމާރާތުގެ ވަސީލަތްތަކާއި، އެކަޑަމިކް ދާއިރާއާއި އިދާރީ ދާއިރާގެ އިންސާނީ ވަސީލަތްތަކާއި، ދެމެހެއްޓެނިވިގޮތެއްގައި ޔުނިވަރސިޓީއެއް ހިންގުމަށް ބޭނުންވާނެ މާލީ ވަސީލަތްތަކުގެ އެންމެ މަދުވެގެން ހުންނަންޖެހޭނެ މިންގަނޑުތައް މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާނެއެވެ.
- ކޮލެޖުގެ މައި ކެމްޕަސް ހިމެނޭ ހުރިހާ ބިމަކާއި ހުރިހާ އިމާރާތަކީ، ޔުނިވަރސިޓީ ގާއިމުކުރުމަށް ހުށަހަޅާ ތާރީހުން ފެށިގެން މުއައްސިސުގެ އަމިއްލަ މިލްކުވެރިކަމުގައިވާ ނުވަތަ މަދުވެގެން 20 (ވިހި) އަހަރުދުވަހުގެ މުއްދަތަށް ކުލީގެ އެއްބަސްވުމެއްގެ ދަށުގައިވާ ތަންތަނަށް ވާންޖެހޭނެއެވެ.
6 ވަނަ މާއްދާ - ބޭރު ގައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުގެ ށަރުތު
(ހ) ބޭރު ގައުމެއްގެ ޔުނިވަރސިޓީއެއް ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވުމާއެކު، ގަވާއިދު ނަންބަރު 2022-81 (ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަވުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޔުނިވަރސިޓީތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގުމުގައި އިސްކަންދޭނީ، މި ގަވާއިދަށެވެ.
ތިންވަނަ ބާބު
ޔުނިވަރސިޓީ ރަޖިސްޓަރީކުރުން
7 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނެ ފަރާތްތައް
(ހ) ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމަށް ހުށަހެޅޭނީ، އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކަށެވެ:
- މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ކޮލެޖަކަށް، ގަވާއިދު ނަންބަރު 2021-160 (ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އެ ކޮލެޖެއް ރަޖިސްޓަރީކޮށްދީފައިވާ ފަރާތް؛ ނުވަތަ
- މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ބޭރުގެ ޔުނިވަރސިޓީއަކަށް، ގަވާއިދު ނަންބަރު 2022-81 (ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތެއްގެ ހުށަހެޅުމަށް ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް ރަޖިސްޓަރީކޮށްދީފި ނަމަ، މި ގަވާއިދުގެ ބޭނުމަށް އެ ފަރާތަކަށް ކިޔާނީ "ޔުނިވަރސިޓީގެ މުއައްސިސް" އެވެ.
8 ވަނަ މާއްދާ - ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނެ ގޮތް
(ހ) ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމަށް އެދި ޕްރޮޕޯޒަލް ހުށަހަޅާނީ، އެކަމަށް މިނިސްޓްރީން އާންމުކުރާ ފޯމަކުން ނުވަތަ މިނިސްޓްރީން އެކަމަށް ހާއްސަކުރާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.
(ށ) ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް؛
- ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށް ބޭނުންވާ ޔުނިވަރސިޓީގެ ޗާޓަރުގެ ޑްރާފްޓް؛
- މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާކަން ސާބިތުކުރުމުގެ ގޮތުން ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި ހެކިތައް؛
- ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލުގެ ޕްރޮފޯމާގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތައް.
(ނ) ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ޕްރޮޕޯޒަލް ހުށަހަޅާތާ ގިނަވެގެން 2 (ދޭއް) ހަފުތާގެ ތެރޭގައި ޕްރޮޕޯޒަލާއި އެހެނިހެން ޑޮކިއުމަންޓްތައް ހަމަތޯ ބެލުމަށްފަހު، އެޕްލިކޭށަން ބަލައިގަތްކަން ހުށަހެޅި ފަރާތަށް މިނިސްޓްރީން ލިޔުމަކުން އަންގަންވާނެއެވެ.
9 ވަނަ މާއްދާ - ފަންނީ ކޮމިޓީ އެކުލަވައިލުން
(ހ) ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް ހުށަހަޅާ ޕްރޮޕޯޒަލާއި ކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި ހެކިތައް ދިރާސާކޮށް، އެސެސްކުރުމަށްފަހު، އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރާނީ އެކަމަށް މިނިސްޓްރީން އެކުލަވައިލާ ފަންނީ ކޮމިޓީންނެވެ.
(ށ) ފަންނީ ކޮމިޓީ އެކުލަވައިލަންވާނީ އަންނަނިވި ދާއިރާތަކުގެ މެންބަރުން ހިމެނޭގޮތުން މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
- މަތީ ތައުލީމުގެ ދާއިރާގެ ތަޖުރިބާކާރު 2 (ދޭއް) މެންބަރުން؛
- މިނިސްޓްރީގެ އިސް މުވައްޒަފެއް؛
- މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އިސް މުވައްޒަފެއް؛
- ފައިނޭންސް ދާއިރާގެ މެންބަރެއް.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަންނީ ކޮމިޓީގެ މަސައްކަތްތަކަށް އިތުރު ފަންނީ ފަރާތްތައް ބޭނުންވާ ނަމަ، އިތުރު މެންބަރުން އައްޔަނުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) ފަންނީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ މެންބަރެއް ކަނޑައަޅާނީ މިނިސްޓްރީންނެވެ.
10 ވަނަ މާއްދާ - ންނީ ކޮމިޓީގެ މަސްއޫލިއްޔަތު
ފަންނީ ކޮމިޓީގެ މަސްއޫލިއްޔަތަކީ އަންނަނިވި ކަންކަމަށް ބަލައި، އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރުމެވެ.
(ހ) ޔުނިވަރސިޓީއަކަށް ވުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލުގެ އިބްތިދާއީ މުރާޖައާކޮށް ހުށަހަޅައިފައިވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވޭތޯ ބެލުން.
(ށ) ޔުނިވަރސިޓީއަކަށް ވުމަށް ހުށަހަޅައިފައިވާ ކޮލެޖަކީ ގާނޫނުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާ ކޮލެޖެއްތޯ ބެލުން.
(ނ) ޔުނިވަރސިޓީއަކަށް ވުމަށް އެދި ހުށަހަޅައިފައިވާ ކޮލެޖަށް ޒިޔާރަތްކޮށް، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ވަސީލަތްތައް ފުރިހަމަވޭތޯ ބެލުން.
(ރ) ޔުނިވަރސިޓީއަކަށް ވުމަށް އެދި ކޮލެޖުން ހުށަހަޅައިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެމް.ކިއު.އޭ.އިން މައުލޫމާތުގެ ކަށަވަރުކަން ބެލުން.
(ބ) އެޕްލިކޭށަން ފޯމާއި، ޕްރޮޕޯޒަލާއެކު، ހުށަހަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް ދިރާސާކުރުން.
(ޅ) ފަންނީ ކޮމިޓީގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޔުނިވަރސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭގޮތުން ކޮމިޓީއަށް ފެންނަ ގޮތް ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވައިލައި މިނިސްޓްރީއަށް އެ ރިޕޯޓު ހުށަހެޅުން.
11 ވަނަ މާއްދާ - ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް ހުށަހަޅާ ހުށަހެޅުން ދިރާސާކޮށް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރުން
(ހ) ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ދިރާސާކޮށް، ފަންނީ ކޮމިޓީން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓު މިނިސްޓްރީން ޕްރޮޕޯޒަލް ބަލައިގަތްތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި ނިންމަންވާނެއެވެ.
(ށ) ފަންނީ ކޮމިޓީން އެކުލަވައިލާ އެސެސްމަންޓް ރިޕޯޓުގައި، ޔުނިވަރސިޓީއަކަށް ވުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމުގައި ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތަކާއި އެހެނިހެން ކަންކަން ފުރިހަމަވާކަން ނުވަތަ ނުވާކަން ބަޔާންކުރަންވާނެއެވެ.
(ނ) ފަންނީ ކޮމިޓީން އެކުލަވައިލާ އެސެސްމަންޓް ރިޕޯޓު، މިނިސްޓްރީން ދިރާސާކުރުމަށްފަހު، އެ ރިޕޯޓު ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް ނިންމަންވާނެއެވެ.
- ޔުނިވަރސިޓީ އުފެއްދުމަށް ހުށަހަޅައިފައިވާ ހުށަހެޅުމުގައި، ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތަކާއި އެހެނިހެން ކަންކަން ފުރިހަމަވާ ނަމަ ޔުނިވަރސިޓީ ޗާޓަރ ދޫކުރުމަށް؛ ނުވަތަ
- ޔުނިވަރސިޓީ އުފެއްދުމަށް ހުށަހަޅައިފައިވާ ހުށަހެޅުމުގައި، ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ މައިގަނޑު ށަރުތުތައް ފުރިހަމަވީނަމަވެސް، އިސްލާހުކުރަންޖެހޭ ކަންކަން ހުރި ނަމަ، އެ ކަންކަން ބަޔާންކޮށް 40 (ސާޅީސް) ދުވަހުގެ ތެރޭގައި އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް؛ ނުވަތަ
- ޔުނިވަރސިޓީ އުފެއްދުމަށް ހުށަހަޅައިފައިވާ ހުށަހެޅުމުގައި، ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ މައިގަނޑު ށަރުތުތައް ފުރިހަމަނުވާ ނަމަ، ޔުނިވަރސިޓީ ޗާޓަރ ދޫނުކުރުމަށް.
12 ވަނަ މާއްދާ - ރަޖިސްޓަރީކުރުމާއި ހުއްދަދިނުން
(ހ) ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތަކާއި މި ގަވާއިދުގައިވާ އެންމެހައި ކަންކަން ފުރިހަމަވާ ނަމަ، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން ޔުނިވަރސިޓީ ޗާޓަރު ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ޔުނިވަރސިޓީއަށް ޗާޓަރު ދޫކޮށްފި ނަމަ، ގާނޫނުގެ 33 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން އެ ޔުނިވަރސިޓީއެއްގެ ޗާޓަރު، މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) ޔުނިވަރސިޓީއެއްގެ ޗާޓަރު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުން، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ދަފުތަރުގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ގިންތިކޮށް ހިމަނަންވާނެއެވެ.
ހަތަރުވަނަ ބާބު
ޔުނިވަރސިޓީގެ ގާނޫނީ ހައިސިއްޔަތު
13 ވަނަ މާއްދާ - ޔުނިވަރސިޓީގެ ގާނޫނީ ހައިސިއްޔަތު
(ހ) މި ގަވާއިދުގެ ދަށުން ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމާއެކު، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުމުގެ އިހުތިޔާރާއި ބާރު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ށަހްސެއް އުފެދުނީއެވެ.
(ށ) ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސିޓީއަކަށް ބަދަލުކޮށްފި ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ ކޮލެޖެއްގެ އެންމެހައި ހައްގުތަކާއި އިލްތިޒާމްތައް އަލަށް އުފެދޭ ޔުނިވަރސިޓީއަށް ބަދަލުވެގެންދާނެއެވެ.
(ނ) ޔުނިވަރސިޓީއެއް އުފެދުމާއެކު، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން އެ ޔުނިވަރސިޓީއެއްގެ މައްޗަށް ލާޒިމުވާނެއެވެ.
14 ވަނަ މާއްދާ - ޔުނިވަރސިޓީ މުސްތަގިއްލު ވަކި ށަހްސަކަށްވުން
(ހ) ކުރިން ހިނގަމުންއައި ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުވުމުން، އެ ޔުނިވަރސިޓީއަކީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ޔުނިވަރސިޓީގެ އަމިއްލަ ޒާތުގައި ދެމިއޮންނަނިވި ހައިސިއްޔަތެއް ލިބިގެންވާ ގާނޫނީ މުސްތަގިއްލު ވަކި ށަހްސަކަށް ވާނެއެވެ.
(ށ) ޔުނިވަރސިޓީގެ ހިންގުމުގެ އެންމެ އިސްފަރާތަކީ، ޔުނިވަރސިޓީގެ މަޖިލީހެވެ. ގާނޫނުގެ ދަށުން ޔުނިވަރސިޓީއަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް، ޔުނިވަރސިޓީގެ ޗާޓަރުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޔުނިވަރސިޓީ ހިންގުމުގެ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާތަުތައް ކަނޑައެޅުމުގެ ބާރު ލިބިގެންވާ ފަރާތަކީ ޔުނިވެރސިޓިގެ މަޖިލީހެވެ.
15 ވަނަ މާއްދާ - އުނިވަރސިޓީގެ މުއައްސިސާއި ޔުނިވަރސިޓީގެ ގުޅުން
(ހ) ޔުނިވަރސިޓީ ހިންގުމުގެ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ލިބިގެންވާ ފަރާތަކީ ޔުނިވަރސިޓީގެ މަޖިލީހެވެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.
(ށ) ޔުނިވަރސިޓީގެ ކަންކަމަށް ޔުނިވަރސިޓީގެ މުއައްސިސުގެ ނުފޫޒާއި ބާރާއި ޒިންމާ އޮންނާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރެއިން ޔުނިވަރސިޓީގެ ޗާޓަރުގައި ކަނޑައެޅި ބަޔާންކޮށްފައިވާ މިންވަރަށެވެ. ޔުނިވަރސިޓީއެއްގެ ޗާޓަރުގައި ޔުނިވަރސިޓީގެ މުއައްސިސަށް ހާއްސަކުރެވިފައިވާ ތިރީގައި ބަޔާންކޮށްފައިވާ ބާރުތަކާއި އިހުތިޔާރުތައް، ކަނޑައެޅިދާނެއެވެ.
- ޔުނިވަރސިޓީގެ މަޖިލީހުގެ އަންނަނިވި މަގާމުތަކަށް މެންބަރުން އައްޔަނުކުރުމާއި، ވަކިކުރުން؛
1.1 ޗާންސެލަރ (ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް)
1.2 ވައިސް ޗާންސެލަރ
1.3 ޔުނިވަރސިޓީގެ މަޖިލީހުގެ އައްޔަނުކުރެވޭ މެންބަރުން - ޔުނިވަރސިޓީގެ ދުސްތޫރީ ކަންކަމާއި ގާނޫނީ ކަންކަމުގެ ތެރެއިން އަންނަނިވި ކަންކަން ކުރުން؛
2.1 ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް ހުށަހެޅުން؛
2.2 ޔުނިވަރސިޓީގެ ފުރަތަމަ ޗާޓަރުގެ ދެލިކޮޕީ އެކުލަވައިލައި ހުށަހެޅުން؛
2.3 ޔުނިވަރސިޓީގެ ޗާޓަރަށް ބަދަލުގެނައުމަށް ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހެޅުން؛
2.4 ޔުނިވަރސިޓީގެ ނަމަށް ނުވަތަ ގާނޫނީ ސިފައަށް ބަދަލުގެނައުމަށް ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހެޅުން. - އިގްތިސާދީ އަދި މުދަލާ ގުޅުންހުރި އަންނަނިވި ކަންކަން ކުރުން؛
3.1 ޔުނިވަރސިޓީގެ ދިގު މުއްދަތުގެ އިސްތިރާﺘީޖީ ޕްލޭންތަކަށް ރުހުން ދިނުން
3.2 ޔުނިވަރސިޓީގެ ބިމާއި، އިމާރާތާއި، އަގުބޮޑު މުދާ ހޯދުމާއި ވިއްކައިލުމާއި، ރަހުނުކުރުމަށް ޔުނިވަރސިޓީގެ މަޖިލީހަށް ރުހުން ދިނުން.
3.3 ޔުނިވަރސިޓީގެ ކެމްޕަސްތައް ނުވަތަ ޔުނިވަރސިޓީގެ ގޮފިތައް އުފެއްދުމާއި ބަންދުކުރުމަށް ޔުނިވަރސިޓީގެ މަޖިލީހަށް ރުހުން ދިނުން.
3.4 ކަނޑައެޅިފައިވާ ވަކި މިންވަރަކަށްވުރެ އިތުރަށް، ޔުނިވަރސިޓީގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ޔުނިވަރސިޓީގެ މަޖިލީހަށް ރުހުން ދިނުން.
3.5 ޔުނިވަރސިޓީ، ތައުލީމީ އެހެން މުއައްސަސާއަކާ އެއްކޮށްލުމަށް، ނުވަތަ ޔުނިވަރސިޓީ ބައިކޮށްލުމަށް ޔުނިވަރސިޓީގެ މަޖިލީހަށް ރުހުން ދިނުން.
3.6 ކަނޑައެޅިފައިވާ ވަކި އަދަދަކުން މަތީގެ ކެޕިޓަލް ހަރަދުކުރުމަށް ޔުނިވަރސިޓީގެ މަޖިލީހަށް ރުހުން ދިނުން.
3.7 ޔުނިވަރސިޓީން އެހެން ފަރާތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާރޓްނަރށިޕްތަކަށް ޔުނިވަރސިޓީގެ މަޖިލީހަށް ރުހުން ދިނުން.
(ށ) ޔުނިވަރސިޓީގެ މުއައްސިސަށް ލިބިދޭ ބާރުތަކާއި އިހުތިޔާރުގެ ތެރޭގައި، ޔުނިވަރސިޓީގެ އެކަޑަމިކް ކަންކަމާއި، ދުވަހުން ދުވަހަށް ހިންގާ އިދާރީ ކަންކަމުގެ ތެރެއަށް ވަނުމުގެ ބާރެއް ނުހިމެނޭނެއެވެ. މި ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއްގައި ޔުނިވަރސިޓީގެ މުއައްސިސުގެ އެއްވެސް ނުފޫޒެއް ނުވަތަ ބައިވެރިވުމެއް އޮވެގެން ނުވާނެއެވެ.
- ކިޔަވައިދޭ މުގައްރަރުތައް ނުވަތަ ޕްރޮގްރާމުތައް؛
- ދަރިވަރުން ޔުނިވަރސިޓީއަށް ވެއްދުމާއި ވަކިކުރުން؛
- އިމްތިހާނުކުރުމާއި، ދަރިވަރުންގެ ފެންވަރު ވަޒަންކުރުން؛
- ވައިސް ޗާންސެލަރއަށް ވުރެ ދަށް މަގާމުތަކުގެ އެކަޑަމިކް މުވައްޒަފުންނާއި އިދާރީ މުވައްޒަފުން އައްޔަނުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މަގާމުން ވަކިކުރުން؛
-
ކިޔަވައިދިނުމާ ގުޅޭ ކަންކަން؛
-
ސަނަދު ދިނުމާއި ދަސްވެނިވުމާ ގުޅޭ ކަންކަން؛
-
ކުރެވޭ ދިރާސާތަކާއި، އޭގެ ނަތީޖާއާއި، ދިރާސާގައި ހިމެނޭ ބައިތަކާ ގުޅޭ ކަންކަން.
16 ވަނަ މާއްދާ - ކޮލެޖުގެ ޒިންމާތައް ޔުނިވަރސިޓީއަށް ބަދަލުވުން
މި ގަވާއިދުގެ ދަށުން ކުރިން ހިނގަމުން އައި ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުވުމުން، ޔުނިވަރސިޓީ އުފެދޭ ތާރީހުން ފެށިގެން އަންނަނިވި ކަންކަން ތަންފީޒުވާނެއެވެ.
(ހ) ކުރިން ހިނގަމުން އައި ކޮލެޖަކީ މަތީ ތައުލީމުދޭ ވަކި މުއައްސަސާއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައުން.
(ށ) ކޮލެޖުގެ މުވައްޒަފުންނާއި، ދަރިވަރުން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ވުން.
(ނ) ކޮލެޖުގައި ހިންގަމުން ގެންގޮސްފައިވާ ޕްރޮގުރާމުތަކާއި އެކްރެޑިޓްކޮށްފައިވާ އެންމެހައި ޕްރޮގުރާމުތައް ޔުނިވަރސިޓީގެ ޕްރޮގުރާމުތަކަށްވުން.
(ރ) ކޮލެޖަށް ލިބިގެންވާ އެންމެހައި ހައްގުތަކާއި، މިލްކިއްޔާތާއި، މުދަލާއި މަސްލަހަތުތަކާއި، ޒިންމާތަކާއި، އިލްތިޒާމުތަކާއި، ހުއްދަތަކާއި، ށަރްއީ މައްސަލަތައް ޔުނިވަރސިޓީގެ ދަށަށް ބަދަލުވެ، އެ ކަންކަމާ ޔުނިވަރސިޓީން ޒިންމާވުން.
(ބ) ހުރިހައި މަގްސަދަކަށް ޓަކައި، ކޮލެޖުގެ ގާނޫނީ ވަސިއްޔަތު ލިބިގެންވާ ފަރާތަކީ ޔުނިވަރސިޓީކަމުގައި ބަލައިގަތުން.
(ޅ) ކޮލެޖުގައި އަމަލުކުރަމުންދާ ގަވާއިދުތަކާއި، އުސޫލުތަކަކީ ޔުނިވަރސިޓީގެ ގަވާއިދުތަކާއި އުސޫލުތައް ކަމުގައި ވުމާއި، މި ގަވާއިދުތަކާއި އުސޫލުތައް، ޔުނިވަރސިޓީ ރަޖިސްޓަރީކުރާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޔުނިވަރސިޓީގެ މަޖިލީހުން ނުވަތަ އެކަޑަމިކް ސެނެޓަށް ހުށަހަޅައި، ފާސްކުރުން.
17 ވަނަ މާއްދާ - ޔުނިވަރސިޓީގެ ބާރުތައް
(ހ) މި ގަވާއިދުގެ ދަށުން ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމާއެކު، އެ ޔުނިވަރސިޓީއެއްގެ މަގްސަދުތައް ހާސިލުކުރުމަށާއި، އެ ޔުނިވަރސިޓީއެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ގާނޫނުގައި ކަނޑައަޅައިފައިވާ އަންނަނިވި ބާރުތައް ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- ގަތުމާއި ކުއްޔަށް ހިފުމާއި ނުވަތަ އެހެން ގޮތަކުން ނަމަވެސް އުފުލޭ ނުވަތަ ނޫފުލޭ މުދަލެއް ނުވަތަ އެހީއެއް ލިބިގަތުމާއި، ވިއްކުމާއި ކުއްޔަށް ދިނުމާއި ނުވަތަ އެނޫން ގޮތްގޮތުން ނަމަވެސް މުދަލެއް ދޫކޮށްލުން؛
- ސައިންޓިފިކް ހޯދުންތަކާއި، އިލްމީ ދިރާސާތަކާއި، އައު އުފެއްދުންތަކާއި މުދާ، ވިޔަފާރީގެ އުސޫލުން، ތަރައްގީކުރުން؛
- ޔުނިވަރސިޓީގެ ފަރާތުން އެހެން ފަރާތްތަކަށް، ކޮށްދޭ މަސައްކަތްތަކަށާއި ދެވޭ ހިދުމަތްތަކަށާއި، ފޯރުކޮށްދެވޭ މައުލޫމާތަށާއި، މުދަލަށް އަގު ނުވަތަ ބަދަލު ހޯދުން؛
- ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް މަގުފަހިވާ ގޮތެއްގެ މަތިން ކުންފުނި އުފެއްދުމާއި، އެހެން ފަރާތަކާ އެކުވެގެން، ކުންފުނި އުފެއްދުމުގައި ބައިވެރިވުން؛
- ސެކިއުރިޓީޒްއަށް އިށްތިރާކު ދިނުމާއި ގަތުން؛
- އެކަޑަމިކް ޕާޓްނަރށިޕް އުފެއްދުން؛
- ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް އެހީވެދޭ، ވިޔަފާރިއާއި ފައިދާ ލިބޭފަދަ ކަންކަމުގައި ބައިވެރިވުން؛
- އަގުދުތައް ކުރުމާއި، އެއްބަސްވުންތަކުގައި ބައިވެރިވުން؛
- އިމާރާތްތައް ބިނާކުރުން؛
- ޔުނިވަރސިޓީގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ މުދަލާއި ބިންތަކާއި، އިމާރާތްތައް ބޭނުންކޮށް، އަދި އެއަށް އަމުރު ހިންގުން؛
- ވަޒީފާ ދިނުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރުން
- ޔުނިވަރސިޓީގެ ފައިސާއިން ވިޔަފާރިކުރުމާއި ވިޔަފާރި ހުއްޓައިލުން؛
- އިލްމީ ދިރާސާކުރުމާއި، އައު ހޯދުންތައް ޕޭޓެންޓްކުރުން؛
- ދަރިވަރުންނަށް ފައިސާގެ އެހީއާއި ލޯނު ދިނުން؛
- ސްކޮލަރށިޕް ދިނުމާއި، ފެލޯށިޕް ދިނުން؛
- ރިސާޗް ގްރާންޓް ހޯދުމާއި، އެ ގްރާންޓް ހައްގުވާ ފަރާތްތަކަށް ދިނުން؛
- ޔުނިވަރސިޓީއަށް ހަދިޔާއާއި އިނާޔަތާއި، ވަސިއްޔަތް ގަބޫލުކުރުމާއި ވަގުފާއި ޓްރަސްޓް ބަލައިގަތުމާއި، އެ ތަކެއްޗާ ގުޅުންހުރި އެންމެހައި ކަންކަން ކުރުން؛
- މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ޔުނިވަރސިޓީއަށް ކުރުމުގެ ބާރު ލިބިފައިވާ އެހެނިހެން ކަންތައްތައް ކުރުން؛
- ޔުނިވަރސިޓީއަށް ލިބިގެންވާ ބާރުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާރުތައް ޔުނިވަރސިޓީން ތަންފީޒުކުރާނީ، އެ ބާރުތައް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ޔުނިވަރސިޓީގެ މަޖިލީހުން އެކުލަވައިލައި ފާސްކުރުމަށްފަހުގައެވެ.
18 ވަނަ މާއްދާ - ޔުނިވަރިޓީގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ ދަށުން އުފައްދާ ޔުނިވަރސިޓީން، ގާނޫނުގައި ކަނޑައަޅައިފައިވާ އަންނަނިވި މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް ޔުނިވަރސިޓީގެ ޗާޓަރުގައި އެ ޔުނިވަރސިޓީގެ މަސްއޫލިއްޔަތުތައް ކަނޑައަޅައި، އޭގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދާކުރަމުން ގެންދަންވާނެއެވެ.
(ހ) އިލްމީގޮތުން އެންމެ މަތީ ފެންވަރަށް ވާސިލުވުމަށް ޓަކައި ހިންގަންޖެހޭ، މަތީ ތައުލީމާއި ތަމްރީނުގެ އެންމެހައި ޕްރޮގުރާމުތައް ހިންގުން.
(ށ) ޔުނިވަރސިޓީގައި ހިންގާ ޕްރޮގުރާމުތަކާއި ލިބިދޭ ތަމްރީނާއި ތައުލީމާ ގުޅިގެން ދޭންޖެހޭ ސަނަދުތަކާއި އެވޯޑުތައް ދިނުން.
(ނ) އިލްމީ ދިރާސާކުރުމާއި، އެ ދިރާސާތަކުގެ ފެންވަރު ހިފެހެއްޓުމާއި، ގައުމީ ބޭނުންތަކަށާއި ބައިނަލްއަގުވާމީ މުޖުތަމައުގެ މަންފާއަށް ޓަކައި އެ ދިރާސާތައް ށާއިއުކުރުން.
(ރ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ޓަކައި ޔުނިވަރސިޓީގެ ވަސީލަތްތައް ތަރައްގީކޮށް އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދުން.
(ބ) އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތަށް، މަތީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި، ކުރަންޖެހޭ ކޮންމެ ކަމެއް ކުރުން.
ފަސްވަނަ ބާބު
ޔުނިވަރސިޓީގެ ނަމާއި، ނިށާނާއި، ދިދައާއި، ކުލަޔާއި، މޮޓޯއާއި، ސިފަތައް
29 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނަން
ޔުނިވަރސިޓީގެ ނަމުގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، ގަވާއިދު ނަންބަރު 2022-73 (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީކޮށްފައިވާ ނަންތަކެވެ.
20 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނަން ބަދަލުކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކުން، ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފި ނަމަ، އެ ޔުނިވަރސިޓީގެ ނަން ބަދަލުކުރަންވާނެއެވެ.
- ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް އެ ޔުނިވަރސިޓީގެ މަޖިލީހުން ނިންމުން؛
- ގަވާއިދު ނަންބަރު 2022-73 (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް މިނިސްޓްރީން އެންގުން؛
- ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން އަމުރުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފި ނަމަ، ޔުނިވަރސިޓީގެ މަޖިލީހުން ނަން ބަދަލުކުރުމަށްފަހު، ނަމަށް ގެނައި ބަދަލު، ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާއަކުން ފާސްކުރަންވާނެއެވެ.
21 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ރަޖިސްޓަރީކުރުން
(ހ) ޔުނިވަރސިޓީގެ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ބޭނުންކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު، މި ގަވާއިދުގެ ދަށުން ހުށަހަޅާ ޔުނިވަރސިޓީގެ ޗާޓަރުގައި ހިމަނައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިނިސްޓްރީން އެ ޗާޓަރު ށާއިއުކުރުމަށްފަހުގައެވެ.
- ރަޖިސްޓަރީކުރުމަށް އެދޭ ނިށާނާއި، ކުލަ ކޯޑާއި ސައިޒް ޕްރޮޕޯށަން އެނގޭނޭހެން، ކުރަހައިފައިވާ ދިދައިގެ ކުރެހުމުގެ ސޮފްޓްކޮޕީ؛
- ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ، ރަމްޒުކުރާ މާނައާއި ތަފްސީލް.
(ށ) ޔުނިވަރސިޓީއަކުން ރަޖިސްޓަރީކޮށްގެން ބޭނުންކުރަމުންގެންދާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ނުވަތަ އެފަދަ އެއްޗަކާ އޮޅުންއަރާ ނިށާނެއް، ނުވަތަ ދިދައެއް ނުވަތަ ކުލައެއް ނުވަތަ މޮޓޯއެއް މަތީ ތައުލީމާއި ތަމްރީނުދޭ އެހެން އެއްވެސް މަރުކަޒަކަށް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
(ނ) އިސްލާމްދީނުގެ އަދަބުތަކާ ހިލާފުވާ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ، އަހުލާގީގޮތުން ނޭދެވޭ މާނައެއް ދޭހަވާ، އަދި އަނިޔާވެރިކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިމެނޭ ނިށާނެއް ނުވަތަ ދިދައެއް ނުވަތަ މޮޓޯއެއް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
22 ވަނަ މާއްދާ - ޔުނިވަރސިޓގެ ރަޖިސްޓަރީކޮށްފައިވާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ބަދަލުކުރުން
(ހ) ޔުނިވަރސިޓީއަކުން ރަޖިސްޓަރީކޮށްފައިވާ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ ބަދަލުކުރެވޭނީ، ޔުނިވަރސިޓީގެ ޗާޓަރުގައިވާ ގޮތުގެމަތިން، ޔުނިވަރސިޓީގެ މަޖިލީހުން ފާސްކުރުމަށްފަހު މިނިސްޓްރީއަށް އެކަން އަންގައި، މިނިސްޓްރީގެ ހުއްދަ އެކަމަށް ލިބިގެންނެވެ.
(ށ) ގަވާއިދު ނަންބަރު 2022-73 (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު) ގެ 9 ވަނަ މާއްދާގައިވާ ހާލަތެއް މެދުވެރިވެގެން، ޔުނިވަރސިޓީގެ ނަން ބަދަލުކުރާ ނަމަ، ބަދަލުކުރާ އައު ނަން ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށް ނިންމި ގަރާރާއި، އިސްލާހުކުރެވުނު ޗާޓަރު، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
23 ވަނަ މާއްދާ - ޔުނިވަސިޓީގައި ހުންނަންވާނެ ސިފަތައް
ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ޔުނިވަރސިޓީއެއްގައި ހުންނަންވާނެ މައިގަނޑު ސިފަތައް އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.
(ހ) ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ މަރުކަޒެއްގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ށަރުތުތައް އެންމެ ކުޑަ މިންވަރުން ފުރިހަމަވެފައި ހުރުން.
(ށ) ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ މަރުކަޒެއްގައި އެ ޔުނިވަރސިޓީއެއް ގާއިމުވިތާ 2 (ދޭއް) އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ މަދުވެގެން 1 (އެކެއް) ޕްރޮގްރާމް ހިންގަން ފެށުން.
(ނ) ޔުނިވަރސިޓީތަކުގައި ކިޔަވައިދޭންވާނީ، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ދަރިވަރުންނަށް ކަމުގައިވުން، އެހެންނަމަވެސް، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، 16 (ސޯޅަ) އަހަރުން ދަށުގެ ދަރިވަރުން ބައިވެރިކުރުމަކަށް ހުރަހެއް ނެތެވެ.
(ރ) ޔުނިވަރސިޓީތަކުގައި ހިންގޭ ޕްރޮގުރާމުތަކަކީ، ނުވަތަ ތަމްރީނުތަކަކީ، އެ ޔުނިވަރސިޓީއެއްގެ ފަލްސަފާއާއި، ވިށަންއާއި، މިށަން ހާސިލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމުތަކަކަށްވުން.
(ބ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ޕްރޮގުރާމެއް ނަމަ، ކިޔަވައިދޭ ލެކްޗަރަރއިންނަކީ، އެމް.ކިއު.އޭ.އިން ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ލެކްޗަރަރއިންނަށްވުން.
ހަވަނަ ބާބު
ޔުނިވަރސިޓީގެ ޕްރޮގުރާމުތައް ހިންގުން
24 ވަނަ މާއްދާ - ޕްރޮގުރާމު ހިންގުން
(ހ) ޔުނިވަރސިޓީގައި ހިންގާ އެންމެހައި ޕްރޮގުރާމުތައް ހިންގަންވާނީ ގާނޫނާއި، މި ގަވާއިދާއި، ގާނޫނުގެ ދަށުން ހެދިފައިވާ އެންމެހައި ގަވާއިދުތަކާއި، އުސޫލުތަކާއި، ޔުނިވަރސިޓީގެ ޗާޓަރާއި، ޔުނިވަރސިޓީގެ މަޖިލީހުންނާއި އެކަޑަމިކް ސެނެޓުން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ ޕްރޮގުރާމުތައް ޔުނިވަރސިޓީގައި ހިންގަންވާނީ އަންނަނިވި ފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ.
- ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ފެންވަރުގެ ޕްރޮގުރާމުތައް ހިންގަންވާނީ އެމް.ކިއު.އޭއަށް ހުށަހަޅައިގެން ޕްރޮގުރާމު އެކްރެޑިޓްކުރުމަށްފަހު، އެ ފަރާތުގެ ހުއްދަ ހޯދައިގެންނެވެ.
- ޓެކްނިކަލް ޓްރެއިނިންގއާއި ވޮކޭށަނަލް ޓްރެއިނިންގ ޕްރޮގުރާމުތައް، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް ހިންގަން އެދޭ ނަމަ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެން އެކަމަށް ހުއްދަ ހޯދަންވާނެއެވެ.
- ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގުރާމުތައް ހިންގަން ފަށަންވާނީ، އެ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.
25 ވަނަ މާއްދާ - ޓިޔުށަން ފީ
(ހ) ޔުނިވަރސިޓީން ހިންގާ ހުރިހާ ޕްރޮގުރާމުތަކަށް ކަނޑައެޅިފައިވާ ޓިޔުށަންފީގެ އޮނިގަނޑު (ފީ ސްޓްރަކްޗަރ)، ޕްރޮގުރާމަށް އެޕްލައިކުރުމުގެ ކުރިން ދަރިވަރުންނަށް އެނގެން އޮންނަންވާނެއެވެ.
(ށ) އެއް ޕްރޮގުރާމެއްގައި، އެއް ވަގުތެއްގައި އެންރޯލްވާ ހުރިހާ ދަރިވަރުންގެ އަތުން ނެގުމަށް ކަނޑައަޅާ ފީ އެއްވަރުވާންވާނެއެވެ. ކުރިން އާންމުކުރެވިފައިވާ އުސޫލެއްގެ ދަށުން، ދަރިވަރަކަށް، ނުވަތަ ދަރިވަރުންތަކަކަށް ސްކޮލަރށިޕެއްގެ ދަށުން، ނުވަތަ މި ފަދައިން ދެވޭ އެވޯޑެއްގެ ސަބަބުން ކޯހުގެ ފީއިން ދެވޭ ޑިސްކައުންޓެއް ދިނުން މި މާއްދާއިން ހުރަހެއް ނާޅައެވެ.
(ނ) ދަރިވަރުންގެ އަތުން ނެގޭ އެކިކަހަލަ އިތުރު ފީތަކުގެ މައުލޫމާތު، ކޯހަށް އެންރޯލްވުމުގެ ކުރިން ދަރިވަރުންނަށް އެނގެން އޮންނަންވާނެއެވެ.
(ރ) ޕްރޮގުރާމަށް ދަރިވަރުން ދައްކާ ފައިސާ ރިފަންޑްކުރުމާބެހޭ ޕޮލިސީއެއް އޮތުމާއެކު، ދަރިވަރުންނަށް އެ ޕޮލިސީ އެނގެން އޮންނަންވާނެއެވެ.
26 ވަނަ މާއްދާ - ފެންވަރު ހިފެހެއްޓުމާއި ރިކޯޑު ބެލެހެއްޓުން
(ހ) ކޮންމެ 3 (ތިނެއް) އަހަރަކުން ޔުނިވަރސިޓީގެ އޮޑިޓެއް އެމް.ކިއު.އޭ.އިން ކުރާނެއެވެ. އަދި މި އޮޑިޓްކުރުމަށް ބޭނުންވާ އެންމެހައި ކަންކަމަށް ޔުނިވަރސިޓީން އެއްބާރުލުން ނުދޭ ފަރާތްތަކާ މެދު، ގާނޫނާއި ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
(ށ) ފެންވަރު ބެލުމުގެ އޮޑިޓުގައި ބެލެވޭނީ، އެމް.ކިއު.އޭ.ގެ އިންސްޓިޓިއުށަނަލް އޮޑިޓާއި ޕްރޮގުރާމު އޮޑިޓުގެ ގައިޑްލައިނަށެވެ.
(ނ) ޔުނިވަރސިޓީގައި ޕްރޮގުރާމެއް ހިންގުމުގައި ނުވަތަ ކިޔަވައިދިނުމުގައި މައްސަލައެއް ދިމާވެއްޖެ ނަމަ ނުވަތަ ކިޔަވައިދިނުމުގެ ފެންވަރަށް އަސަރުކުރާނޭ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ކުރިން އެންގުމަކާ ނުލައި އެ ކަމެއް ބަލައި އޮޑިޓްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށާއި، އެމް.ކިއު.އޭ.އަށް ލިބިގެންވެއެވެ.
(ރ) ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގާ ޕްރޮގުރާމުތައް އޮޑިޓްކޮށް، އެ ފަރާތްތަކުން ބަލަންވާނެއެވެ.
(ބ) އޮޑިޓުގައި ފާހަގަކުރެވޭ މައްސަލަތައް، އޮޑިޓް ރިޕޯޓުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހައްލުކުރަންވާނެއެވެ.
(ޅ) ޔުނިވަރސިޓީގައި ހިންގާ ކޯސްތައް ހިނގާނުހިނގާގޮތް ބެލުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށާއި، ދަރިވަރުންނާއި ކިޔަވައިދޭ ޕްރޮގުރާމުތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށްޓަކައި އިންޓަރނަލް ސުޕަވިޒަން ނިޒާމެއް ގާއިމުވެފައި އޮންނަންވާނެއެވެ. އަދި މި ނިޒާމުގެ ތެރޭގައި ސުޕަވިޒަންގެ ކަންތައްތައް ބަލަހައްޓާނެ މުވައްޒަފަކާއި އިންޓަރނަލް ކޮލިޓީ އެށުއަރަންސްގެ ކަންކަން ބަލަހައްޓާނެ މުވައްޒަފުން ތިބެންވާނެއެވެ.
(ކ) ތިރީގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، އެމް.ކިއު.އޭ.އިން ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ފަސޭހައިން ލިބޭނެ އިންތިޒާމު، ޔުނިވަރސިޓީގައި ހަމަޖެހިފައި ހުންނަންވާނެއެވެ.
- ކިޔަވައިދިނުމުގެ މަސައްކަތް ރިވިއުކޮށް، މޮނިޓަރކުރި ގޮތުގެ ރިކޯޑުތައް (ކޯސްތައް/ ޕްރޮގުރާމުތައް ވަކިވަކިން)؛
- ކިޔަވައިދިނުމާއި، ދެވޭ ހިދުމަތްތަކާ މެދު ދަރިވަރުންގެ ފީޑްބެކް ރިޕޯޓު؛
- ލެކްޗަރަރއިންގެ ލިސްޓާއި، ކޮލިފިކޭށަނާއި، ވަޒީފާގެ އެއްބަސްވުންތަކާއި މަސައްކަތުގެ ސުޕަވިޒަން ރިޕޯޓުތަކާއި ހާޒިރީ ރިޕޯޓުތައް؛
- ދަރިވަރުންގެ ހާޒިރީ ރިޕޯޓުތަކާއި ދަރިވަރުންގެ ޕްރޮގްރެސް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ މާކްށީޓުތައް (ޕްރޮގުރާމު ފެށުމަށްފަހު ޕްރޮގުރާމު ދޫކޮށްލާ ދަރިވަރުން އެނގޭގޮތަށް)؛
- ސްޓޫޑެންޓް އެސެސްމެންޓް ކްރައިޓީރިޔާއާއި، ދެވޭ އިމްތިހާނު ކަރުދާހާއި، އެސައިންމެންޓްތައް؛
- ޕްރޮގުރާމުތައް ހިނގަމުންދާ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ރިސޯސްތައް؛
- އިންޓަރނަލް ސުޕަވިޒަނާ ގުޅިގެން އެޅިފައިވާ ފިޔަވަޅުތައް؛
- ދަރިވަރުން/ ލެކްޗަރަރއިންގެ ކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު؛
- އިމްތިހާނާއި، ޕްރޮގުރާމުގެ މުގައްރަރާއި އެސެސްކުރުމާބެހޭ ލިޔެކިޔުންތައް؛
- އިންޓަރނަލް އޮޑިޓާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް.
- އެޑްމިށަން ކްރައިޓީރިއާއާއި، އެޑްމިށަންގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު؛
- މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކުރެވިފައިވާ ދަރިވަރުންގެ ރިކޯޑުތައް.
27 ވަނަ މާއްދާ - ރިޕޯޓުތަކާއި ތަފާސްހިސާބު ހުށަހެޅުން
(ހ) މިނިސްޓްރީން އަންގާ ފޯމެޓަށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބު، ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މިނިސްޓްރީން އަންގާ ފޯމެޓަށް ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓު، ކޮންމެ އަހަރެއްގެ މާރިޗުމަހުގެ 31 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މާލީ ކޮންމެ އަހަރެއް ނިމޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާރމެއް މެދުވެރިކޮށް އެކުލަވައިލައިފައިވާ ޔުނިވަރސިޓީގެ އޮޑިޓް ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
28 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު
(ހ) އަންނަނިވި ކަންކަން ހިމެނޭގޮތުން ށަކުވާ ހުށަހެޅޭނެ އިންތިޒާމު، ޔުނިވަރސިޓީގައި ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލުތައް ހަދައި، ދަރިވަރުންނަށް ފެންނާނެހެން ށާއިއުކުރަންވާނެއެވެ.
- ދަރިވަރުންނަށް އެޑްމިށަން ދިނުމާއި، އެންރޯލްކުރުމާ ގުޅޭ ކަންކަން؛
- ދަރިވަރުންނަށް ކިޔަވައިދިނުމާއި ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް؛
- ޔުނިވަރސިޓީގެ މާހައުލުން ފުރައްސާރަކުރުމާއި، ގަނާކުރުން ފަދަ ކަންކަން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅޭ ށަކުވާއެއް ދަރިވަރަކު ހުށަހަޅައިފި ނަމަ، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދަރިވަރު ހުށަހެޅި ށަކުވާއަށް ޔުނިވަރސިޓީން ދަރިވަރަށް ލިޔުމަކުން ޖަވާބުދޭންވާނެއެވެ. އަދި ދަރިވަރު ހުށަހެޅި ށަކުވާއަށް ޖަވާބުދީފައިނުވާ ނަމަ، ނުވަތަ ދަރިވަރަށް ދީފައިވާ ޖަވާބާމެދު ހިތްހަމަ ނުޖެހިއްޖެ ނަމަ، އެ ށަކުވާއެއް އެޕީލްކުރުމަށް ހުށަހެޅުމުގެ އިންތިޒާމު ޔުނިވަރސިޓީގައި ހަމަޖެހިފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް އެޕީލްކޮށް ދަރިވަރު ހުށަހެޅި ށަކުވާއަށް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ލިޔުމުން ޖަވާބު ދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ލިޔުމުން ޖަވާބު ލިބިފައިނުވާ ނަމަ، މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދަރިވަރަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީއަށް ދަރިވަރަކު އެފަދަ ށަކުވާއެއް ހުށަހަޅައިފިނަމަ، ގަވާއިދު ނަންބަރު 2022-70 (މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ވާގޮތުގެމަތިން އަމަލުކުރެވޭނެއެވެ.
ހަތްވަނަ ބާބު
ޔުނިވަރސިޓީގެ ޗާޓަރު
29 ވަނަ މާއްދާ - ޔުނިވަރސިޓީގެ ޗާޓަރު
(ހ) ޔުނިވަރސިޓީ ހިންގަންވާނީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން އެކުލަވައިލެވި، ޔުނިވަރސިޓީ ހިންގުމަށް ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ، މިނިސްޓްރީން ފާސްކޮށްފައިވާ ޔުނިވަރސިޓީގެ ޗާޓަރުގައިވާ ގޮތުގެމަތިންނެވެ. ޔުނިވަރސިޓީގެ ޗާޓަރަކީ ގާނޫނުގެ ދަށުން، ޔުނިވަރސިޓީއެއް ގާއިމުވިކަން ކަނޑައަޅައި، ގާނޫނުގައި ކަނޑައަޅައިފައިވާ އުނިވަރސިޓީގެ ގާނޫނީ ހައިސިއްޔަތާއި ބާރުދޭ ޔުނިވަރސިޓީގެ އަސާސީ ގަވާއިދެވެ.
(ށ) ޔުނިވަރސީޓީގެ ޗާޓަރުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޔުނިވަރސިޓީގެ ނަން؛
- ޔުނިވަރސިޓީ އުފައްދައިފައިވާ މައިގަނޑު މަގްސަދާއި، ގާނޫނީ ހައިސިއްޔަތު؛
- ޔުނިވަރސިޓީގެ މިށަނާއި ވިށަން؛
- ޔުނިވަރސިޓީ ހުންނަ ތަން؛
- ޔުނިވަރސިޓީގެ ނިށާނާއި، ދިދައާއި، ކުލައާއި، މޮޓޯ؛
- ޔުނިވަރސިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް؛
- ޔުނިވަރސިޓީގެ މަޖިލިސް؛
- ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުކަމުގެ ދައުރާއި، މަޖިލީހުގެ ނޮމިނޭށަން ކޮމިޓީއާއި، މަޖިލީހަށް މެންބަރުން އިންތިހާބުކުރާނެ ގޮތާއި، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަރާތްތައް؛
- ޔުނިވަރސިޓީގެ މުއައްސިސުންގެ އިމްތިޔާޒުތައް؛
- ޔުނިވަރސިޓީގެ އެކަޑަމިކް ސެނެޓް؛
- ޔުނިވަރސިޓީގެ ގޮފި އުފައްދާނެ ގޮތް؛
- ރަޖިސްޓަރީ ބާތިލުކުރާނެ ގޮތް؛
- ޔުނިވަރސިޓީގެ އިސްވެރިން އައްޔަންކުރާނެ ގޮތް؛
- މުވައްޒަފުންނާއި ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓް؛
- ޔުނިވަރސިޓީގެ ފައިސާ ހަރަދުކުރުމުގައި ރިޒާވްކުރާނެ އެންމެ ދަށް މިންވަރު؛
- ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ވެރިންނާ މެދު ފިޔަވަޅުއެޅޭނެ ނިޒާމު؛
- ޑިގްރީ ދިނުމާ ގުޅޭ ކަންކަން؛
- ދަސްވެނިވުމުގެ ރަސްމިއްޔާތު؛
- ފީއާ ގުޅޭ މައުލޫމާތު؛
- ޔުނިވަރސިޓީގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުތައް އެކުލަވައިލާނެ ގޮތް؛
- އިންތިގާލީ ކަންކަން؛
- ޔުނިވަރސިޓީގެ ދަރިވަރުންނާއި އިސް ދަރިވަރުންގެ ޖަމުއިއްޔާ ހެދުމާއި ހިންގުމުގެ އުސޫލު.
ޗާޓަރު
ދިވެހިސަރުކާރުގެ
30 ވަނަ މާއްދާ - ގެޒެޓުގައި ށާއިއުކުރުން
މިނިސްޓްރީން ޔުނިވަރސިޓީގެ ޗާޓަރު ފާސްކުރުމުން، އެ ޗާޓަރުގައި މިނިސްޓަރު ސޮއިކޮށް، ޔުނިވަރސިޓީގެ ޗާޓަރު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
31 ވަނަ މާއްދާ - ޗާޓަރަށް ބަދަލުގެނައުން
(ހ) ޔުނިވަރސިޓީގެ ޗާޓަރަށް ބަދަލުގެންނަން ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ބަދަލުގެނައުމަށް ޔުނިވަރސިޓީގެ މަޖިލީހުން ނިންމި ނިންމުން، މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) ޗާޓަރަށް ގެންނަ ބަދަލަކީ އެ ޔުނިވަރސިޓީއެއްގެ މަސައްކަތްތައް ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެނެވޭ ބަދަލަކަށް ވާންވާނެއެވެ.
(ނ) ޔުނިވަރސިޓީގެ ޗާޓަރަށް ބަދަލުގެންނަން ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށްފައި، މިނިސްޓްރީއަށް ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓްރީން އެކަމާމެދު ގޮތެއް ނިންމައިފައި ޔުނިވަރސިޓީއަށް އަންގަންވާނެއެވެ.
އަށްވަނަ ބާބު
ޔުނިވަރސިޓީގެ މަޖިލިސް
32 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލިސް / ކައުންސިލް
(ހ) ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސްފަރާތަކީ، ޔުނިވަރސިޓީގެ މަޖިލިސް (ކައުންސިލް) އެވެ.
(ށ) ޔުނިވަރސިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަމާ ގުޅޭ ސިޔާސަތު ކަނޑައަޅާ ފަރާތަކީ ޔުނިވަރސިޓީގެ މަޖިލިހެވެ.
33 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް
ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކަކީ، ޔުނިވަރސިޓީއާ ގުޅޭގޮތުން، އަންނަނިވި ކަންކަން ކުރުމެވެ.
(ހ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ޓަކައި ޔުނިވަރސިޓީގެ ކަންތައްތައް ރާވައި ފަރުމާކޮށް، ސިޔާސަތުތައް ކަނޑައެޅުން.
(ށ) އެކިއެކި ކޯސްތައް ހިންގައި، ޑިޕްލޮމާއާއި، ބެޗްލަރސް ޑިގްރީއާއި، މާސްޓަރސް ޑިގްރީއާއި، ޑޮކްޓޯރަލް ޑިގްރީއާއި، އެ ނޫން ސަނަދުތަކާއި، ސެޓްފިކެޓުތަކާއި، އެވޯޑްތައް ދިނުން.
(ނ) ޔުނިވަރސިޓީއަށް މުވައްޒަފުން އައްޔަންކުރުމާއި، ވަކިކުރާނެ އުސޫލު ކަނޑައެޅުން.
(ރ) ޔުނިވަރސިޓީގެ ގޮފިތައް ޔުނިވަރސިޓީގެ ތެރޭގައި، ނުވަތަ އެހެން ސަރަހައްދެއްގައި ގާއިމުކުރުމުގެ އުސޫލު ކަނޑައަޅައި، އެ ފަދަ ތަންތަން ގާއިމުކުރުމުގެ ހުއްދަ ދިނުން.
(ބ) ޔުނިވަރސިޓީގެ އަހަރީ ބަޖެޓު ފާސްކުރުން.
(ޅ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ޓަކައި ހަދަންޖެހޭ ގަވާއިދުތައް ފާސްކުރުން.
(ކ) ފީތަކާއި އަގުތަކާއި، ޖޫރިމަނާތައް ކަނޑައެޅުމާއި، ދަރިވަރުންނަށް ދޫކުރާ ފައިސާގެ އެހީއާއި ލޯނާ ގުޅޭ އުސޫލުތައް ފާސްކުރުން.
(އ) ޔުނިވަރސިޓީގެ އީޖާދުތަކާއި އުފެއްދުންތަކާއި، ހޯދުންތައް ވިޔަފާރިއަށް ޓަކައި، ތަރައްގީކުރުމުގެ އުސޫލުތައް ކަނޑައެޅުން.
(ވ) ޔުނިވަރސިޓީގެ ކަންތައްތައް ރޭވުމަށާއި، ހިންގުމަށާއި ދިރާސާކުރުމަށް ކޮމިޓީތަކާއި، ބޯޑުތައް އުފެއްދުން.
(މ) ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތައުލީމީ މަރުކަޒުތަކާ ގުޅުން އުފައްދައި، ތަރައްގީކުރުމުގެ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުން.
(ފ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެހެނިހެން ތައުލީމީ މަރުކަޒުތަކާ ގުޅުން އުފެއްދުމުގެ އުސޫލުތައް ކަނޑައެޅުން.
(ދ) ޔުނިވަރސިޓީގެ ގަވާއިދުތަކާ އެއްގޮތަށް މުވައްޒަފުން ކުރިއަރުވައި ތަރައްގީކުރުމުގެ އުސޫލުތައް ކަނޑައެޅުން.
(ތ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ފަހިވާ ވިޔަފާރީގެ މުއާމަލާތުތައް ކުރުމުގެ އުސޫލުތައް ކަނޑައެޅުން.
- ދަރިވަރުންނާއި މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަމުގެ މައުލޫމާތު ރައްކައުކޮށް ބެލެހެއްޓުމުގެ އުސޫލު؛
- ޔުނިވަރސިޓީގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުން؛
- ޔުނިވަރސިޓީގެ ލައިބްރަރީތައް އުފައްދައި، ތަރައްގީކޮށް ބެލެހެއްޓުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން އެކުލަވައިލަންޖެހޭ އެހެނިހެން އުސޫލުތައް ކަނޑައެޅުން.
34 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން
(ހ) ޔުނިވަރސިޓީގެ މަޖިލިސް އެކުލެވިގެންވަނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
- ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް / ޗާންސެލަރ؛
- ޔުނިވަރސިޓީގެ މަޖިލީހުގެ ނާއިބު ރައީސް / ވައިސް ޗާންސެލަރ؛
- ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން؛
- ޔުނިވަރސިޓީގައި ކިޔަވައިދޭ ދާއިރާތައް ހިމެނޭގޮތަށް އެކި ފަންނުގެ ތަޖުރިބާކާރުންގެ ތެރެއިން، ޔުނިވަރސިޓީގެ މަޖިލީހުން ނޮމިނޭޓްކުރުމުން، 5 (ފަހެއް) މެންބަރުންނާއި 9 (ނުވައެއް) މެންބަރުންނާ ދެމެދުގެ އަދަދަކަށް، މިނިސްޓަރުގެ ރުހުމާއެކު، އައްޔަންކުރާ މެންބަރުން.
-
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، އިންތިހާބުކުރާ 7 (ހަތެއް) މެންބަރުން؛
-
ޔުނިވަރސިޓީގެ މުއައްސިސް ކަނޑައަޅާ 2 (ދޭއް) މެންބަރުން.
(ށ) އަންނަނިވި މެންބަރުންނަކީ، ޔުނިވަރސިޓީގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންނެވެ.
- ޔުނިވަރސިޓީގެ އެކަޑަމިކް ސެނެޓުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
- ފެކަލްޓީތަކުގެ ޑީނުންގެ ތެރެއިންނާއި، މަރުކަޒުތައް ހިންގާ އެންމެ އިސްވެރީންގެ ތެރެއިން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައިވާ މަގާމުތަކުގައި ހިމެނޭ ފަރާތްތައް ފިޔަވައި، ލެކްޗަރަރއިންގެ ތެރެއިން އިންތިހާބުކުރާ 2 (ދޭއް) މެންބަރުން؛
- ޔުނިވަރސިޓީގެ އިދާރީ މުވައްޒަފުންގެ ތެރެއިން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
- ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ، ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
- ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރުންގެ ތެރެއިން އިންތިހާބުކުރާ 1 (އެކެއް) މެންބަރު.
35 ވަނަ މާއްދާ - އިންތިހާބުކުރާ މެންބަރުންނަށް ވޯޓުދިނުން
މި ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޔުނިވަރސިޓީގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަރާތްތައް ކަނޑައަޅާނީ، ޔުނިވަރސިޓީގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
36 ވަނަ މާއްދާ - ގާނޫނީ އަދަދު
ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ، ޖަލްސާގެ ގާނޫނީ އަދަދު ހަމަވުމުންނެވެ. ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވާނީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދުވެގެން ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ.
37 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުކަމުގެ ށަރުތު
ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުކަމަށް އައްޔަނުކުރެވޭ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ނ) ބުއްދިހަމައަށްހުރި މީހަކު ކަމުގައިވުން.
(ރ) ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތާއި ހުނަރާއި މަސައްކަތުގެ އަހުލާގުހުރި މީހަކު ކަމުގައި ވުން.
(ބ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ޅ) އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން.
38 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް
ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ އަންނަނިވި ކަންކަން ކުރުމެވެ:
(ހ) ޔުނިވަރސިޓީގެ މަޖިލީހާއި، މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އެ މެންބަރަކު ހިމެނޭ ކޮމިޓީއެއްގެ ޖަލްސާތަކަށް ހާޒިރުވުން.
(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، މެންބަރުގެ ހުނަރާއި ތަޖުރިބާ ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ހުށަހެޅުން.
(ނ) ޔުނިވަރސިޓީގެ މަސައްކަތްތަކަށް ރިއާޔަތްކޮށް ޔުނިވަރސިޓީގެ މަސްލަހަތު ކުރިއެރުވުމަށް ހަރަކާތްތެރިވުން.
(ރ) އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުމަށް، އަދި ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް މަގާމުގެ ބޭނުންނުކުރުން.
(ބ) މަގާމުގެ ހައިޘިއްޔަތުން ލިބޭ މައުލޫމާތަށް ރައްކާތެރިވުމާއި، އެފަދަ މައުލޫމާތު އަމިއްލަ ފައިދާއަކަށް ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ނުވަތަ ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް ބޭނުންނުކުރުން.
(ޅ) ޔުނިވަރސިޓީގެ މަޖިލީހުގައި މަށްވަރާކުރެވޭ ކަންކަމުގައި، މެންބަރެއްގެ އަމިއްލަ މަސްލަހަތެއް އޮތް ނަމަ، ކައުންސިލުގެ ރިޔާސަތަށް އެކަން އަންގައި، އެފަދަ ޖަލްސާއަކަށް ހާޒިރުނުވުން، އަދި ރިޔާސަތުން ހާޒިރުވާން އަންގައިގެން ހާޒިރުވިޔަސް، ވޯޓު ދިނުމުގައި ބައިވެރިނުވުން.
(ކ) ޔުނިވަރސިޓީގެ ވިޔަފާރީގެ މުއާމަލާތުތަކާ ބެހޭގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި، ބޭނުންވާ ހުރިހައި މައުލޫމާތެއްގެ އަލީގައި އަމިއްލަ މަންފާއެއް ނެތި، ތެދުވެރިކަމާއެކު ޔުނިވަރސިޓީގެ ފައިދާއަށް، ކަންކަން ނިންމުން.
(އ) ހެޔޮ ނިޔަތުގައި ރަނގަޅު ވިސްނުމާއެކު، މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.
39 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުން
މި ގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި، ގާނޫނާއި މި ގަވާއިދުގެ ދަށުން މަޖިލީހާ މަތިކޮށްފައިވާ ޒިންމާ އެހެން ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.
40 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލިސް އެކުލަވައިލުން
(ހ) ޔުނިވަރސިޓީގެ ޗާޓަރު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން އެކުލަވައިލާ ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރުން އައްޔަންކޮށް، އަދި އިންތިހާބުކުރަންޖެހޭ މެންބަރުން އިންތިހާބުކުރުމަށްފަހު، ޔުނިވަރސިޓީގެ މަޖިލިސް އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޔުނިވަރސިޓީގެ މަޖިލިސް އެކުލަވައިލުމުގެ ކަންކަން އިންތިޒާމުކޮށް ހަމަޖެއްސުމުގެ މަސައްކަތްކުރާނީ ޔުނިވަރސިޓީގެ ޗާންސެލަރ އެކަމަށް އައްޔަންކުރާ ވަގުތީ ކޮމިޓީއަކުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލެވިގެންވާނީ ޗާންސެލަރާއި ވައިސް ޗާންސެލަރާއި ޔުނިވަރސިޓީގެ މަގާމުތައް ފުރަމުންދާ ފަރާތްތަކުގެ ތެރެއިން ޗާންސެލަރ އައްޔަންކުރާ 4 (ހަތަރެއް) މެންބަރުންގެ މައްޗަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޔުނިވަރސިޓީގެ މަޖިލިސް އެކުލަވައިލުމާއެކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އުވުނީއެވެ.
41 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް
ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސަކީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް އައްޔަންކުރެވޭ ފަރާތެވެ. އަންނަނިވި ކަންކަމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި ރިޔާސަތު ބެލެހެއްޓުން.
(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ ނިންމުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
(ނ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކުގެ ގަވާއިދުތައް ހިފެހެއްޓުން.
(ރ) ޔުނިވަރސިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި މިނިސްޓްރީއަށް ޖަވާބުދާރީވުން.
42 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ނާއިބު ރައީސް
(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ނާއިބު ރައީސަކީ، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރއެވެ.
(ށ) ވައިސް ޗާންސެލަރ ވާންވާނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ، ދަށްވެގެން، ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޔުނިވަރސިޓީއެއްގައި ނުވަތަ ކޮލެޖެއްގައި މަދުވެގެން 10 (ދިހައެއް) އަހަރުގެ ކިޔަވައިދިނުމާއި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ، އެ ޔުނިވަރސިޓީގެ ފުލްޓައިމް މުވައްޒަފަކަށެވެ.
(ނ) އަންނަނިވި ކަންކަމަކީ، ޔުނިވަރސިޓީގެ މަޖިލީހުގެ ނާއިބު ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
- ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް ނެތް ހިނދެއްގައި ރައީސްގެ މަސްއޫލިއްޔަތު އަދާކުރުން؛
- ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް ހަވާލުކުރާ ޒިންމާތައް އަދާކުރުން؛
- ރައީސަށް، ޔުނިވަރސިޓީގެ ހަރަކާތްތަކުގެ މައުލޫމާތު އެންގުން؛
- ޔުނިވަރސިޓީގެ ބަޖެޓާއި، އިދާރީ ކަންތައްތަކާއި، ކިޔަވައިދިނުމާބެހޭ ރޭވުންތައް ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހެޅުން؛
- ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ ނިންމުންތަކާ އެއްގޮތަށް ޔުނިވަރސިޓީގެ އިދާރީ ކަންތައްތަކާއި، ތައުލީމީ ކަންތައްތައް ހިންގުން.
43 ވަނަ މާއްދާ - މަޖިލީހުގެ ސެކްރެޓަރީ
(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ސެކްރެޓަރީއަކީ ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ، މަޖިލީހުން އައްޔަންކުރާ ޔުނިވަރސިޓީގެ މުވައްޒަފެކެވެ.
(ށ) މަޖިލީހުގެ ސެކްރެޓަރީގެ މަސްއޫލިއްޔަތުތަކަކީ، އަންނަނިވި ކަންކަން ކުރުމެވެ.
- މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ޔައުމިއްޔާއާއި ނިންމުންތައް ލިޔެ ރައްކާތެރިކޮށް ބެލެހެއްޓުން؛
- މަޖިލީހުގެ ނިންމުންތަކާ ގުޅިގެން އެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން؛
44 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވުން
(ހ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރަކަށް ދިމާވެއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ހުސްވާނެއެވެ.
- މަގްބޫލު އުޒުރެއްނެތި، ވިދިވިދިގެން މަޖިލީހުގެ 3 (ތިނެއް) ޖަލްސާއަށް ހާޒިރުނުވުން؛
- ލިޔުމަކުން ޗާންސެލަރަށް އިސްތިއުފާ ހުށަހަޅައި، އެ ލިޔުން ޗާންސެލަރަށް ލިބުން؛
- ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެގެން ހުކުމެއް ކުރުން؛
- ދުނިޔެއިން މޮޔަވުން؛
- މަރުވުން؛
- މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރާކަމަށް، މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުން؛
- މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ކުޅަދާނަކަން ނެތްކަމަށް، މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުން؛
(8) މަޖިލީހުގެ މެންބަރުކަމަށް ހޮވުނުފަހުން، މެންބަރުކަމުގެ ށަރުތު ހަމަނުވާކަން ސާބިތުވުން.
(ށ) މަޖިލީހަށް އައްޔަންކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ ގޮނޑިއަށް އައު މެންބަރަކު އައްޔަންކުރާނީ، އެ ގޮނޑިއަށް މެންބަރުން އައްޔަންކުރާ ފަރާތަށް އެންގުމުން، އެ ފަރާތުންނެވެ.
ނުވަވަނަ ބާބު
އެކަޑަމިކް ސެނެޓް
45 ވަނަ މާއްދާ - އެކަޑަމިކް ސެނެޓް
(ހ) ޔުނިވަރސިޓީގެ ތައުލީމީ ކަންކަމާއި އިލްމީ ކަންތައްތަކާ މެދު މަށްވަރާކޮށް، އެ ކަންކަމަށް މިސްރާބުދީ، ކަމުގެ ވާނުވާބަލާ، އެންމެ އިސް ކޮމިޓީގެ ގޮތުގައި، ޔުނިވަރސިޓީގެ މަޖިލީހުގެ ގަވާއިދެއްގެ ދަށުން، އެކަޑަމިކް ސެނެޓެއް ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކަޑަމިކް ސެނެޓް އެކުލަވައިލަންވާނީ، އަންނަނިވި ފަރާތްތައް ހިމެނޭގޮތަށެވެ.
- ކިޔަވައިދޭ މުވައްޒަފުން؛
- ޔުނިވަރސިޓީގެ ކިޔަވައިދޭ މުވައްޒަފުން؛
- ވައިސް ޗާންސެލަރ؛ ޑެޕިއުޓީ ވައިސް ޗާންސެލަރުން މަގާމުގެ ހައިސިއްޔަތުން؛
- ޔުނިވަރސިޓީގެ ދަށުގައިވާ ފެކަލްޓީތަކުގެ ޑީނުންނާއި ޔުނިވަރސިޓީގެ ދަށުގައިވާ އެހެން ސެންޓަރުތަކުގެ އިސްވެރިން؛
- ޔުނިވަރސިޓީގެ ދަށުގައިވާ ފެކަލްޓީތަކާއި، ސެންޓަރުތަކުން އިންތިހާބުކުރާ އެކަޑަމިކް މެންބަރުން؛ އެ ބައެއްގެ އިލްމުވެރިކަމާއި ތަޖުރިބާއަށް ބަލައި، މަށްވަރާތަކަށް ހިއްސާކުރެވޭނެ ހިޔާލުތަކަށްޓަކައި އައްޔަންކުރާ މެންބަރުން.
(ނ) އެކަޑަމިކް ސެނެޓުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާނީ، ވައިސް ޗާންސެލަރެވެ. ވައިސް ޗާންސެލަރ ނެތް ހާލަތެއްގައި، ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ތެރެއިން، ވައިސް ޗާންސެލަރ ކަނޑައަޅާ ފަރާތެކެވެ.
46 ވަނަ މާއްދާ - އެކަޑަމިކް ސެނެޓުގެ މަސްއޫލިއްޔަތުތަކަކީ، ތިރީގައިމިވާ ކަންތައްތަކެވެ.
(ހ) ތައުލީމީ ކަންތައްތައް ތަރައްގީކުރުމާއި، ދަރިވަރުން ވެއްދުމާއި އިމްތިހާނުކުރުމާއި، އިލްމީ ދިރާސާކުރުމާއި، ސަނަދު ދިނުމާއި ޔުނިވަރސިޓީގެ ސުލޫކު ހިފެހެއްޓުމާއި، ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާ މެދު މަށްވަރާކޮށް، މަޖިލީހަށް ހުށަހެޅުންތައް ހުށަހެޅުން؛
(ށ) މަޖިލީހުގެ ގަވާއިދަކުން، ސެނެޓާ ހަވާލުކުރާ މަސައްކަތްތަކާއި، މަޖިލީހުން ފޮނުވާ ހާއްސަ މައްސަލަތަކާ ގުޅޭގޮތުން މަޖިލީހަށް ރިޕޯޓު ހުށަހެޅުން؛
(ނ) ތިރީގައިމިވާ ކަންތައްތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުން:
- ޔުނިވަރސިޓީއަށް ވަނުމުގެ އިމްތިހާނުތައް؛
- ދަރިވަރުން ހޮވުމާއި، ދަރިވަރުން ޔުނިވަރސިޓީއަށް ވެއްދުން؛
- ތައުލީމީ ޕްރޮގްރާމުތައް ފަރުމާކުރުން؛
- މަންހަޖު ރާވައި ތަރައްގީކުރުން.
-
އިމްތިހާނުތައް ބޭއްވުމާއި، ސަނަދު ދިނުން.
47 ވަނަ މާއްދާ - އެކަޑަމިކް ސެނެޓް މެންބަރުންގެ ށަރުތު
ޔުނިވަރސިޓީގެ މަޖިލީހުގެ އެކަޑަމިކް ސެނެޓުގެ މެންބަރުކަމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
ތޭރަވަނަ ބާބު
އެހެނިހެން ކަންކަން
48 ވަނަ މާއްދާ - ޔުނިވަރސިޓީގެ ގޮފިތައް އުފެއްދުން
ޔުނިވަރސިޓީގެ ދަށުން، އަންނަނިވި ގޮތްގޮތަށް ގޮފިތައް އުފެއްދިދާނެއެވެ.
(ހ) ކެމްޕަސް:
ޔުނިވަރސިޓީގެ ކެމްޕަހެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅާ ތަނަކީ، ގަވާއިދު ނަންބަރު 2021-160 (ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު) ގައިވާ، ކޮލެޖު ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފުރިހަމަކޮށްފައިވާ ތަނަކަށް ވާންވާނެއެވެ.
(ށ) ލަރނިންގ ސެންޓަރު:
ޔުނިވަރސިޓީގެ ލަރނިންގ ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅާ ތަނަކީ، ގަވާއިދު ނަންބަރު 2021-160 (ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު) ގައިވާ، އިންސްޓިޓިއުޓް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފުރިހަމަކޮށްފައިވާ ތަނަކަށް ވާންވާނެއެވެ.
(ނ) އައުޓްރީޗް ސެންޓަރު:
- އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅާ ތަނަކީ، ގަވާއިދު ނަންބަރު 2021-160 (ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު) ގައިވާ، އިންސްޓިޓިއުޓް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް ފުރިހަމަކޮށްފައިވާ ތަނަކަށް ވާންވާނެއެވެ.
- އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ތަނެއް ބޭނުންކުރުމަށް ހުއްދަ ދެވޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ. މި މުއްދަތަށްވުރެ ގިނަދުވަހު ބޭނުންކުރަންވާނީ ހުއްދަ އައުކުރަން މިނިސްޓްރީއަށް ހުށަހަޅައިގެން، އެކަމުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
- އެހެން މަރުކަޒަކުން ކިޔަވައިދޭން ރަޖިސްޓަރީކޮށްފައިވާ ތަނެއް، އެ މަރުކަޒެއްގައި ކުރިޔަށްދާ ޕްރޮގްރާމުތަކަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް އައުޓްރީޗް ސެންޓަރެއް ހިންގާ އިމާރާތުގެ ގޮތުގައި ބޭނުންކުރަން ހުއްދަ ދެވިދާނެއެވެ.
49 ވަނަ މާއްދާ - ރަޖިސްޓްރޭށަން ފިީ
ޔުނިވަރސިޓީގެ ނުވަތަ ޔުނިވަރސިޓީގެ ކެމްޕަސްގެ ރަޖިސްޓްރޭށަން ފީ ނަގަންވާނީ އަންނަނިވި ފަދައިންނެވެ.
(ހ) ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓަރީކުރުމަށް 100,000 (އެއްލައްކަ) ރުފިޔާ.
(ށ) އިތުރު ކެމްޕަހެއް ރަޖިސްޓަރީކުރުމަށް ނުވަތަ ކެމްޕަސް ހުރި އިމާރާތް ބަދަލުކުރުމަށް 15,000 (ފަނަރަ ހާސް) ރުފިޔާ.
(ނ) ލަރނިންގ ސެންޓަރެއް ރަޖިސްޓަރީކުރުމަށް ނުވަތަ ލަރނިންގ ސެންޓަރު ހުރި އިމާރާތް ބަދަލުކުރުމަށް 3,000 (ތިން ހާސް) ރުފިޔާ.
(ރ) އައުޓްރީޗް ސެންޓަރ ރަޖިސްޓަރީކުރުމަށް 2,500 (ދެހާސް ފަސް ސަތޭކަ) ރުފިޔާ.
(ބ) ރަޖިސްޓަރީކުރުމަށްފަހު ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، 500 (ފަސް ސަތޭކަ) ރުފިޔާ.
(ޅ) ރަޖިސްޓަރީ ގެއްލިގެން ނުވަތަ އެހެނިހެން ސަބަބަކާހުރެ ރަޖިސްޓަރީ އައުކުރަން އެދޭ ނަމަ، 2,000 (ދެ ހާސް) ރުފިޔާ.
50 ވަނަ މާއްދާ - ރަޖިސްޓަރީއަށް ބަދަލުގެނައުމާއި އަލުން ހެދުން
ރަޖިސްޓަރީކުރުމަށްފަހު، ރަޖިސްޓަރީއަށް ބަދަލެއް ގެންނަ ނަމަ ނުވަތަ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން، އައު ރަޖިސްޓަރީއެއް ހައްދަން އެދޭ ނަމަ، އެކަމަށް އެދި ޗާންސެލަރގެ ސިޓީއަކާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
51 ވަނަ މާއްދާ - ރަޖިސްޓަރި ބާތިލުކުރުން
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅައިގެން، ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށްފަހު، އަންނަނިވި ހާލަތްތަކުގައި ޔުނިވަރސިޓީއަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
- ޔުނިވަރސިޓީގެ ޗާޓަރު ހުށަހެޅުމުގައި ސައްހަނޫން މައުލޫމާތު ހިމަނައިފައިވާކަން މިނިސްޓްރީއަށް ސާބިތުވުން؛
- ގާނޫނުގައި ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ށަރުތުތަކުން ކުރެ ށަރުތެއް އުނިވުން؛
- ޔުނިވަރސިޓީގެ ރަޖިސްޓަރީ ބާތިލުކުރުމަށް އެދި އެ ޔުނިވަރސިޓީއަކުން ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުތަކުން ކުރެ ހާލަތެއް ދިމާވެއްޖެ ނަމަ، އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް ގިނަވެގެން 30 (ތިރީސް) ދުވަހުގެ ނޯޓިހެއް، އެ ޔުނިވަރސިޓީއަކަށް މިނިސްޓަރު ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި އެ ޔުނިވަރސިޓީއަކުން އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަމަށް މިނިސްޓަރަށް ފެންނަ ނަމަ، އެ ކަންކަން އިސްލާހުކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތުގައި އެ ކަންކަން އިސްލާހުނުކޮށްފި ނަމަ، ތިރީގައިވާ މަރުހަލާތަކަށްފަހު، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ޔުނިވަރސިޓީއެއްގެ ޗާޓަރާއި ރަޖިސްޓަރީ ބާތިލުކުރުމުގެ އިހުތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ.
- މިނިސްޓްރީން 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލެއް މިނިސްޓަރު އެކުލަވައިލައި، އެ މައްސަލަ ބެލުން؛ އަދި
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕެނަލުން، އެ ޔުނިވަރސިޓީއެއް އުވައިލަންޖެހޭކަމަށް މިނިސްޓަރަށް ލަފާ ދިނުން.
(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕެނަލް އެކުލަވައިލަންވާނީ ތިރީގައިމިވާ ދާއިރާތަކުގެ މެންބަރުން ހިމެނޭގޮތުން 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
- މަތީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރު 2 (ދޭއް) މެންބަރުން؛
- މިނިސްޓްރީގެ އިސް މުވައްޒަފެއް؛
- މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އިސް މުވައްޒަފެއް؛
- ފައިނޭންސް ދާއިރާއިންނާއި ތަޖުރިބާކާރު ބޭފުޅެއް.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޔުނިވަރސިޓީއެއްގެ ރަޖިސްޓަރީ ބާތިލުކުރުމަށް މިނިސްޓްރީން ނިންމާ ހާލަތުގައި، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
(ކ) ޔުނިވަރސިޓީއަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރެވިއްޖެ ނަމަ، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ މައުލޫމާތު ށާއިއުކޮށް، އެ ޔުނިވަރސިޓީގެ އެންމެހައި ހަރަކާތްތައް މި ގަވާއިދާ އެއްގޮތަށް ހުއްޓައިލަންޖެހޭނެކަމާއި، ރަޖިސްޓަރީ ބާތިލުކުރެވުނު ނަމަވެސް، އެ ޔުނިވަރސިޓީއަކުން އޭގެ ކުރިން ދޫކޮށްފައިވާ އެއްވެސް ސަނަދެއް ބާތިލުނުވާނެކަމަށް މިނިސްޓްރީން އަންގަންވާނެއެވެ.
52 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު، ގާނޫނާއި، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2022-70 (މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
(ށ) މި ގަވާއިދު ތަންފީޒުކުރުމުގައި، އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާ ނަމަ، ނުވަތަ ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.
(ނ) ޔުނިވަރސިޓީއަކުން ރަޖިސްޓަރީނުކޮށް، ނިށާން، ދިދަ، ކުލަ، ނުވަތަ މޮޓޯއެއް ބޭނުންކުރުމަކީ މަނާކަމެކެވެ. އެފަދަ އަމަލެއް ހިންގައިފި ނަމަ، އެ ފަރާތެއް 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
53 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
- "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
- "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
- "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކޒެއްގައި ދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގުރާމުތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ، އަދި އެ ސްޓޭންޑަޑަށް ތައްޔާރުކޮށްގެން ހިންގާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގުރާމުތަކަށެވެ.
- "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.
- "ފުލްޓައިމް ދަރިވަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ކޯސްތައްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.
- "ފުލްޓައިމް ލެކްޗަރަރ" އިން ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކޒެއްގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ފުލްޓައިމް އިކުއިވަލެންޓް ލޯޑެއް ނަގައިގެން އެ ތަނެއްގެ ކިޔަވައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
- "އިންސްޓިޓިއުށަނަލް އޮޑިޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.
- "ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ، މަތީ ތައުލީމާއި ތަމްރީނުދޭ ތަންތަނަށެވެ.
- "ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރާ ގޮފިތަކަށެވެ.
- "ޔުނިވަރސިޓީތަކުގެ ދަފްތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން އާންމުކޮށްފައިވާ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޔުނިވަރސިޓީތަކުގެ ލިސްޓަށެވެ.
- "ޔުނިވަރސިޓީގެ މުއައްސިސް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ޔުނިވަރސިޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަށެވެ.
- "އެމް.ކިއު.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށެވެ.
- "ފުލްޓައިމް އިކުއިވަލަންޓް" (FTE) ކަމަށް ބުނެފައި އެވަނީ، ފުލްޓައިމް (އެކަޑަމިކް ކޮންޓްރެކްޓެއްގައި) ކަނޑައެޅިގެން ކިޔަވައިދިނުމާއި، ރިސާޗްކުރުމާއި، ދަރިވަރުންނަށް އިރުށާދުދިނުމާއި، އިދާރީ ޒިންމާތައް އަދާކުރުން ހިމެނޭ ގޮތަށް އެކަޑަމިކް މުވައްޒަފުންގެ "ވޯކްލޯޑް" ނުވަތަ މަސައްކަތުގެ މިންވަރު ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.
- "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އަށެވެ.
- "ޔުނިވަރސިޓީގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހަށެވެ.
- "އެލަމްނައި" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީން ދަސްވެނިވެފައިވާ ދަރިވަރުންނަށެވެ.
- "ފުލްޓައިމް މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ ރަސްމީ މަސައްކަތު ގަޑިކަމަށް ކަނޑައަޅައިފައިވާ، ފުރިހަމަ މަސައްކަތު ވަގުތުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
54 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
55 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2022-72 (ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) އުވުނީއެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ކޮލެޖުތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ކަނޑައަޅައިފައިވާ ތަޢުލީމާއި ތަމްރީނުގެ މައިގަނޑު ދާއިރާތައް
ޖަދުވަލު 2
ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭންކިންގއެއްގައި ނުވަތަ ގައި ރޭޓިންގއެއްގައި ބައިވެރިވެފައިވާ ކަމަށް ބަލާނެ މިންގަނޑު
ޖަދުވަލު 3
ބައިނަލްއަގުވާމީ ޔުނިވެރސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވާކަން ކަނޑައަޅާ މިންގަނޑު
ޖަދުވަލު 4
ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވާކަން ކަނޑައަޅާ މިންގަނޑު
ޖަދުވަލު 5
ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ހުރިކަން ކަނޑައަޅާ މިންގަނޑު
ޖަދުވަލު 6
ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްޓަކައި ކޮލެޖެއްގައި ހުންނަންޖެހޭ ވަސީލަތްތަކުގެ މިންގަނޑު
ޖަދުވަލު 7
މަރުކަޒުތައް ބަންދުކުރުމާއި، ރަޖިސްޓަރީ ބާޠިލުކުރުމާއި، ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތައް ހިމާޔަތްކުރުން
އުވުނު ގަވާއިދު
ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-72)
ކިޔުންތެރިންގެ ހިޔާލު